ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/37
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނެތް، 2025/HC-A/37
Prosecutor General v. Not specified 2025/HC-A/37 (2025/HC-A/37, High Court of the Maldives, 2 June 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނެތް
މައްސަލައިގެ ޚުލާޞާ
ކޯޓުތަކުގެ ޤާނޫނުގެ 69 (މ) އަދި (ފ) އަށް ރިޢާޔަތްކޮށް އިޚްތިޞާޞް ނެތްކަމަށް ރަޖިސްޓްރާރ ނިންމުމުން، މުރާޖަޢާގައިވެސް ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުކުރާނެ ތަނެއް ނެތްކަމަށާއި އިސްކަން ދޭންވާނީ ށ. ނަރުދޫ ކޯޓަށްކަމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ.
ކުޑަކުދިން ފެންވަރާ މަންޒަރު ވީޑިއޯކުރިކަމުގެ ތުހުމަތާ ގުޅިގެން ފޯނުން އޮރިޔާން މަންޒަރު ފެނުމުން، އޮރިޔާންކާޑު ގެންގުޅުމުގެ ދަޢުވާ ދައުލަތުން ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުރި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ؛ ހާދިސާ ހިނގީ ށ. ނަރުދޫގައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 (ރ) އާއި ކޯޓުތަކުގެ ޤާނޫނުގެ 69 (ހ) ގެ ދަށުން ށ. ފުނަދޫ ކޯޓަށް އިޚްތިޞާޞް ލިބޭކަމަށާއި، އިޚްތިޞާޞް ލިބޭ ކޯޓެއް އިޚްތިޔާރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ބާރެއްކަމަށް ދައުލަތުން ބުންޏެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތެވެ.
މައިގަނޑު ސުވާލު
ކުށް ހިނގި ރަށުގެ ކޯޓަށާއި ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ރަށުގެ ކޯޓަށް ވެސް ސަރަޙައްދީ އިޚްތިޞާޞް ލިބޭ ޙާލަތުގައި، ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޖިނާއީ ދަޢުވާ، އިޚްތިޞާޞް ނެތްކަމަށްބުނެ ބަލައިނުގަތުން ޤާނޫނާ އެއްގޮތްވޭތޯ؛ އަދި އެފަދަ ޙާލަތެއްގައި ދަޢުވާ އުފުލާނެ ކޯޓު އިޚްތިޔާރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ބާރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ މައްސަލަ ބެލުމުގެ އިޚްތިޞާޞް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަމަށާއި އަލުން ހުށަހަޅައިފިނަމަ ބަލައިގަންނަން ކަނޑައެޅި
މައްސަލަ ޖަދުވަލު 5 ގައި އިސްތިސްނާކޮށްފައިނުވާތީ މައުޟޫޢީ އިޚްތިޞާޞް ލިބޭކަމަށާއި، ޖަދުވަލު 5 ގެ 1 (ހ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 (ރ) ގެ ދަށުން ށ. ފުނަދޫ އަދި ށ. ނަރުދޫ ދެ ކޯޓަށްވެސް ސަރަޙައްދީ އިޚްތިޞާޞް ލިބޭތީ، ކޯޓު އިޚްތިޔާރުކުރުމަކީ ސަބަބާއެކު ޕްރޮސިކިއުޓަރ ޖެނެރަލް ބޭނުންކުރި އިޚްތިޔާރީ ބާރެއްކަމަށާއި އޭގެ ތެރެއަށް ވަދެވޭނެ ޙާލަތެއް ނެތްކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޯޓަކަށް މައްސަލައެއް ބަލައި ފައިސަލާކުރެވޭނީ މައުޟޫޢީ (subject matter) އިޚްތިޞާޞްއާއި ސަރަޙައްދީ (territorial) އިޚްތިޞާޞް ދެގޮތުންވެސް އެ ކޯޓަކަށް ޤާނޫނީގޮތުން އިޚްތިޞާޞް ލިބިދޭނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-25)
- ކޯޓުތަކުގެ ޤާނޫނުގެ 66 ވަނަ މާއްދާއާއި ޖަދުވަލު 5 ގެ 1 އަދި 2 ވަނަ ނަންބަރުގެ ދަށުން، ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގައި އިސްތިސްނާކޮށްފައިނުވާ ހުރިހާ ބާވަތެއްގެ ޖިނާއީ މައްސަލައަކީ މެޖިސްޓްރޭޓް ކޯޓުގެ މައުޟޫޢީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-34، 56)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް" ގެ ޢިބާރާތުން ފެށިފައިވާތީ، އެއީ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއިން ދޭ އިޚްތިޞާޞް ހަނިކުރުމެއް ނުވަތަ އުވާލުމެއް ނޫން، ކުށް ހިނގި ރަށުގެ ކޯޓާއި ދަޢުވާލިބޭ މީހާ ދިރިއުޅޭ ރަށުގެ ކޯޓަށް އިތުރު ދެގޮތަކަށް އިޚްތިޞާޞް ލިބިދޭ ނައްސެކެވެ؛ އެއް ޤާނޫނަކުން އަނެއް ޤާނޫނުގެ މާއްދާއެއް ނަފީކުރާނަމަ އެކަން ސާފު ނައްސަކުން ބަޔާންކުރާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38)
- ޤާނޫނު މާނަކުރުމުގައި ޤާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައި، މުޅި ޤާނޫނުގެ ސިޔާސަތާއި މަޤްޞަދުގެ އިމުގެ ތެރެއިންނެވެ؛ ކޯޓުތަކުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ޚިލާފަށް) ޖިނާއީ މައްސަލަތަކުގެ ސަރަޙައްދީ އިޚްތިޞާޞްގައި އާންމު އުޞޫލެއް ނުވަތަ އިސްކަންދޭނެ ތަރުތީބެއް ކަނޑައަޅާފައި ނުވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 (ރ) ގެ ޙާލަތްތަކަށް އިސްކަމެއް ދޭންޖެހޭކަން ދޭހައެއް ނުވެއެވެ؛ އެ ނައްސުގެ މަޤުޞަދަކީ އިޚްތިޞާޞްގެ ދާއިރާ ފުޅާކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39-45)
- ޖިނާއީ ދަޢުވާއެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް އެއް ކޯޓަށްވުރެ ގިނަ ކޯޓުތަކަށް ލިބޭ ޙާލަތުގައި (multiple venues)، ޤާނޫނު ހުއްދަކުރާ ކޯޓުތަކުގެ ތެރެއިން ދަޢުވާ އުފުލާނެ ކޯޓު އިޚްތިޔާރުކުރުމަކީ ޤާނޫނުއަސާސީގެ 223 (ނ)، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 (ނ) އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 (ރ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ (prosecutorial discretion). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46-47، 58)
- އާންމު އުޞޫލަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ބާރުގެ ތެރެއަށް ކޯޓުތައް ނުވަނުމެވެ؛ އިސްތިސްނާއަކީ ނުބައި ނިޔަތް، ސިޔާސީ މަންފާ، ތަފާތުކުރުން ނުވަތަ ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ ބާރުގެ ބޭރުން ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ޢަމަލުކުރާ ޙާލަތްތަކެވެ (ޤާނޫނުއަސާސީގެ 220 (ށ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48-52)
- އެއް ކޯޓަށްވުރެ ގިނަ ކޯޓަކަށް އިޚްތިޞާޞް ލިބޭ ޙާލަތުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލި ކޯޓުގައި އެ ކޯޓު އިޚްތިޔާރުކުރި ސަބަބާއި މަޞްލަޙަތު ބަޔާންކުރުމަކީ ޖަވާބުދާރީވާ ދެފުށްފެންނަ ނިޒާމެއްގެ މައިގަނޑު އަސާސެކެވެ؛ ސަބަބު ބަޔާންކޮށް ހުށަހަޅާފައިވާ ހިނދު، ދަޢުވާލިބޭ ފަރާތުން ނުނިޔަތާމެދު ސުވާލު އުފައްދާފައި ނުވާ ޙާލަތެއްގައި ކޯޓުން އެ އިޚްތިޔާރުގެ ތެރެއަށް ވަނުމުގެ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 55، 59-60)
1މި މައްސަލައަކީ، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/7 "މުރާޖަޢާ ކޮށްދިނުމަށްއެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" (26 ޑިސެމްބަރ 4202) އިސްތިއުނާފު ކުރުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށްބުނެފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ މައްސަލައެކެވެ.
2އިސްތިއުނާފުކުރެވޭ މިމައްސަލައަކީ، ޝަރީޢަތުގެ މަޖިލީހަށް ޚަޞްމުން ޙާޟިރުވެ ބަހުސްކޮށް ކޯޓުން ނިންމެވި ޤަޟިއްޔާއެއްގެ އިސްތިއުނާފު މައްސަލައަކަށް ނުވާތީއާއި، މިއީ މައްސަލައެއް ބަލައިގަތުމާމެދު ކޯޓުން ނިންމެވިގޮތަކަށްވާތީ، މިފަދަ މައްސަލަތަކުގައި މިކޯޓުން ޢަމަލުކުރާ ޢާއްމު އުޞޫލުން މި މައްސަލަ ހިންގާފައިވާނީ ހަމައެކަނި އިސްތިއުނާފުކުރި ފަރާތް ޙާޟިރުކޮށްގެން، "އެކްސް ޕާޓޭ" މައްސަލައެއްގެ ގޮތުގައެވެ.
3ދައުލަތުން، ށ. ފުނަދޫ، ދިލކުޝް، އަޙްމަދު ޙުސައިން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ އެކިދުވަސްމަތިން، ދެ ކުޑަކުދިން ފެންވަރާ މަންޒަރު ވީޑިއޯކޮށް ރެކޯޑުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، 17 ސެޕްޓެމްބަރ 2023 ދުވަހު، މީނާގެ އެއްމޯބައިލ ފޯން ފުލުހުންގެ ބެލުމުގެދަށަށ ގެނެސް ތަޙުލީލުކުރިއިރު، އޮރިޔާން މަންޒަރު ދައްކުވައިދޭ 64 (ފަސްދޮޅަސް ހަތަރެއް) މީގެފަހުން "ށ. ފުނަދޫ ކޯޓުން މުރާޖަޢާކޮށް ނިންމިގޮތް"ކަމަށް ބުނެފައިވާ. ފޮޓޯއާއި، 5 (ފަހެއް) ވީޑިއޯ ފައިލު ފެނިފައިވާތީއާއި، މީނާ ގެންގުޅޭ އިތުރު ފޯނަކުނ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ފައލުތައި ފެނިފައިވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 622 ވަނަ މާއްދާގެ (ހ)ގެ (7) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ބ)ގެ (2) ވަނަ ނަންބަރުގެ ދަށުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށާހަޅާފައިވެއެވެ.
4އިސްތިއުނާފުކުރާ ފަރާތުގެ ރެފަރެންސް ނަންބަރު 1437/2024/C15C/9 "ދަޢުވާ ހުށަހަޅާ ފޯމު" (11 ޑިސެމްބަރ 2024)އިން ބުނެވިދިޔަ މައްސަލަ ހުށަހެޅުމުން، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް އަންގާ ލިޔުން" (19 ޑިސެމްބަރ 2024)އިން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 69 ވަނަ މާއްދާގެ (މ) އާއި (ފ)އަށް ރިޢާޔަތްކޮށް، އެ މައްސަލައަކީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް ކަމަށްކަނޑައަޅައި، އެ މައްސަލަ އަނބުރާ ފޮނުވާލާފައިވެއެވެ.
5ބުނެވިދިޔަ މައްސަލަ، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން، އެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި، "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު" 22 ޑިސެމްބަރ 2024 ދުވަހު ދައުލަތުން ހުށަހަޅާފައިވެއެވެ. ދައުލަތުން ހުށަހެޅި ފޯމުގައި، އެ މައްސަލަ ބަލައިގަންނަންޖެހޭކަމަށް ދައުލަތުންދެކޭ ސަބަބުތައް ތަފުޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ދައުލަތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކުރަމެވެ.
1.5. މައްސަލައިގައި ދަޢުވާލިބޭ ފަރާތް ދިރިއުޅޭ އެޑްރެހަކީ، އޭނާގެ ދާއިމީ އެޑްރެސް ކަމުގައިވާ، ށ. ފުނަދޫ ދިލްކޝު އެވެކިޔާ ގޭގައި ކަން، މައްސަލައިގެ ބަޔާންތަކުން އެނގޭކަމަށެވެ. މީގެފަހުން "ޤާނޫނުލްޢުޤޫބާތު"ކަމަށް ބުނެފައިވާ. މީގެފަހުން "ކޯޓުތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ.
2.5. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގެ (ރ)އާއި، ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ)ގެ ދަށުން، މައްސަލަ ބެލުމުގެ އިޚްތިޞާޞް، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާއިރު، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާކަމަށް ނިންމަވާފައިވަނީ، އެ މާއްދާތަކާ ޚިލާފަށްކަމަށެވެ.
3.5. މައްސަލައިގެ ހާދިސާ ހިނގާފައިވަނީ ށ. ނަރުދޫގައި ކަމަށާއި، ހެކިންނަކީ ހާދިސާ ހިނގި ރަށުގެ މީހުންކަމާމެދު ދައުލަތުގެ ދެބަސްވުމެއް ނެތްކަމަށާއި، ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބުމަކީ، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނުލިބޭ ސަބަބެއްނޫންކަމަށެވެ.
4.5. މައްސަލަ ބަލައިނުގަތުމުގައި ޙަވާލާދީފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (މ) އަދި
(ފ)އަށް ކަމަށެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ޚާއްޞަ ޤާނޫނެއްކަމަށާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގައި، އިޚްތިޞާޞްއާގުޅޭ މާއްދާއެއް ބަޔާންކޮށްފައިވާއިރު، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އެމާއްދާއަށް ރިޢާޔަތް ކޮށްފައިނުވާކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ)އަށް ބަލާއިރު، ޚާއްޞަ ޤާނޫނުގައި ވަކިކަމެއް ކުރަންޖެހޭ އުޞޫލު ބަޔާންކޮށްފައި އޮންނަ ޙާލަތުގައި، ޢާއް މ ޤާނޫނުގު މައްޗަށް ޚާއްޞަ ޤާނޫނުގައިވާ އުޞޫލު އިސްކުރަންޖެހޭނެ ކަމަށެވެ.
5.5. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން، ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ރަށުގެ ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމަށެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަންނަ ކަމަށާއި، މާފުށީ ޖަލުގައިހުންނަ މީހުންގެ މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު"ކަމަށް ބުނެފައިވާ. މައްސަލަ މާފުށި ކޯޓުން ބަލަމުން ގެންދާކަމަށާއި، މިއީ މިހާރު ޢަމަލުކުރާ އުޞޫލު ކަމަށްވާއިރު، މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ، އެ އުޞޫލާ ޚިލާފަށްކަމަށެވެ.
6ދައުލަތުގެ ހުށަހެޅުމާ ގުޅިގެން، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/7 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން"އިން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުކުރާނެތަނެއް ނެތްކަމަށްބުނެ، އެ މައްސަލަ ބަލައިނުގަތުމަށް 26 ޑިސެމްބަރ 2024 ދުވަހު އެ ކޯޓުން ނިންމަވާފައިވެއެވެ.
7އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/7 (26 ޑިސެމްބަރ 4202) "މުރާޖަޢާ ކޮށްދިނުމަށްއެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން " އިން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "1. ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، މައްސަލައިގެ ހާދިސާ ހިނގާފައިވަނީ، ށ. ނަރުދޫގައެވެ. މައްސަލައިގައި އަނިޔާ ލިބުނު ފަރާތާއި ހެކިން ނިސްބަތްވަނީ ށ. ނަރުދޫ އަށެވެ. އަދި މައްސަލަ ތަޙްޤީޤުކޮށްފައިވަނީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުންކަނ ދަޢުވް ހުށަހަޅާ ފޯމާއި އެ ފޯމާއެކު ހުށަހަޅއަފައިވާ ލިޔެކއިންތަކުނ އެނގެން އޮންނާތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގެ ދަށުން އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ގެ (މ) ގެ ދަށުން މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ޚާއްޞަ އުސޫލުން ލިބިދެނީ ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓަށާއި ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ރަށުގެ މެޖިސްޓްރޭޓް ކޯޓަށެވެ. ދަޢުވާ ލިބޭ ފަރާތުގެ ދާއިމީ އެޑްރެސް އަކީ ށ. ފުނަދޫ ކަމަށްވީނަމަވެސް މިވަގުތުވެސް އެފަރާތް ދިރިއުޅެމުންދަނީ ށ. ނަރުދޫގައި ކަމަށްވާތީ އާއި މުޅި މައްސަލައަށް ބަލާއިރު މި މައްސަލަ ހުށަހެޅުމުގައި އެންމެ އިސްކަމެއް ދޭންވާނީ ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓުގައި ކަމުގައި ދެކެމެވެ.
2. މުރާޖާ ފޯމުގައި ދައުލަތުން "ރެޖިސްޓްރީ ފާހަގަކުރައްވާފައިވާ ފަދައިން، މައްސަލައިގެ ޙާދިޘާ ހިނގާފައިވަނީ ށ. ނަރުދޫގައި ކަމަށްވެފައި، ޙާދިޘާ ހިނގިއިރު ދަޢުވަލިބޭމީހާ ދިރިއުޅެމުންދިޔައީ ށ. ނަރުދޫގައި ކަމަށާއި، ދއަ ވ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންނަކީ ޙާދިޘާ ހިނގި ރަށުގެ މީހުންކަމަށްވާތީ، އެކަންކަމަށްބަލައި، މައްސަލަބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ށ. ނަރުދޫ ކޯޓަށްކަމަށް ބުނެވިދާނެއެވެ. އެކަމާ ދައުލަތުން ދެބަސްވުމެއްނެތެވެ." މިފަދައިން ބަޔާންކޮށްފައިވުމުން މިކަމުގައި އިތުރަށް ފާހަގަކުރަންޖެހޭ ކަންތައްތަކެއް އޮތްކަމަކަށް ނުދެކެމެވެ.
3. ޕްރޮސިކިއުޓަރ ޖެނު ރަލްގ އޮފީހުގެ ރެފަރެންސް ނަންބަރ 1188/2024/C15C/8 ގައި ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، މިމައްސަލާގައި ޖުމްލަ 6 ފަރާތަކަށް ދައުލަތުން ދައުވާކޮށްފައިވާއިރު ޢިބާދﷲ ޝަރީފް އާއި އާދަމް ޝަރީފް ނިސްބަތްވަނީ އއ. މަތިވެރި އަށެވެ. މުޙައްމަދު ނާޒިފު ނިސްބަތްވަނީ ކ. ކާށިދޫ އަށެވެ. ޙަސަން ޚާލިދު ނިސްބަތްވަނީ ގއ. ވިލިނގިއްޔަށެވެ. ޝަރުމީލް މަޖީދު ނިސްބަތްވަނީ ސ. ފޭދޫ އަށެވެ. އަދި ޢަލީ ރަޝީދު ނިސްބަތްވަނީ ލ. ގަމަށް ކަމަށްވާއިރު މި މައްސަލަ ދައުލަތުން ށ. ފުނަދޫ ކޯޓުގައި ދައުވާކޮށްފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނޭ 3 ފަރާތެއް ށ. ފުނަދޫގައި ދިރިއުޅެމުންދާތީ ކަމަށްބުނެ، ދައުލަތަށް ލިބިދެވޭ އިޚްތިޔާރުގެ ދަށުން މި ފަރާތްތަކަށް ދަޢުވާކޮށްފައިވަނީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
4. ދައުލަތަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ދައުލަތުން ފަސޭހަ ކުރުމަށްޓަކައި އެކި މައްސަލަތަކުގައި އެކި ގޮތަށް ޢަމަލުކުރުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ނުދެކެމެވެ. ޤާނޫނު މާނަކުރަންވާނީ އެވަގުތަކަށް އެކަމެއްގައި އެބަޔަކު އެންމެ ރުހޭ އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. ދައުލަތުން މިހާތަނަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ގިނަ މައްސަލަތަކަކީ ށ. ފުނަދޫގައި ހިނގާފައިވާ ޙާދިޘާތަކުގެ މައްސަލަތައްކަނ އެނގެން އޮވެއެވެ. އަދި މައްސަލަތަކުގައި ދައުވާކޮށްފައިވާ ގިނަ ފަރާތްތަކަކީ ށ. ފުނަދޫގައި ދާއިމީ ގޮތެއްގައި ދިރިއުޅެމުންދާ ފުނަދޫގައި ދާއިމީ އެޑްރެސް އޮންނަ ފަރާތްތައްކަން އެނގެއެވެ.
5. ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ދައުވާލިބޭ ފަރާތްތައް އުޅޭ ނޫޅޭތަނެއް ނޭނގުމުގެ ސަބަބުން މައްސަލަތައް ކުރިއަށް ނުގެންދެވި ދައުލަތާ އެކަންކަމާ މަޝްވަރާ ކުރެވި ޙައްލު ލިބިފައިނުވާ މައްސަލަތައް މިކޯޓުގައި މިހާތަނަށްވެސް ބެކްލޮގްގައި ހުރިކަމުގެ މައުލޫމާތު ހިއްސާކޮށް އެކަންކަމަށް ޙައްލެއް ނުލިބިވާއިރު، މައްސަލަތައް ހުށަހެޅުމުގައި އެއްގޮތަކަށް ޢަމަލުކުރުމަކީ ކޯޓުތަކުންވެސް މައްސަލަތައް އަވަހަށް ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށްވާތީއާއ ކޯޓަށި ހުށަހެޅޭ ކޮންމެ މައްސަލައަކީ ކަނޑައަޅާފައިވާ މުއްދަތުގައި ނިންމަންޖެހޭ މައްސަލަތައް ކަމަށްވާތީ، މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި ރަނގަޅު ހަރުދަނާ އުސޫލަކުން އެއްހަމައަކުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. އިސްވެ ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން ރަޖިސްޓްރާގެ ނިންމުން ބަދަލުކުރާނެ ތަނެއް ނެތްކަމަށް ނިންމައިފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
8މި މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި ނުކުތާއަކީ، އިސްތިއުނާފު ކޮށްފައިވާ މައްސަލަ ބަލައިނުގަތުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ)އާއި، ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު)ގެ 15 ވަނަ މައްދާގެ (ނ)އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) އަދި (ރ)އާއި، ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ)އާއި، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ)އާއި، އެ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ.
9ދައުލަތުގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާގެ ތަފޞުލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
10ދައުލަތުން ހުށަހެޅި މައްސަލައަކީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ކަމާމެދު ބަހުސެއް އޮތްކަމަށް ދައުލަތުން ނުދެކޭކަމަށެވެ. ޚުޞޫމަތު އުފެދިފައިވަނީ، ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (މ) އަދި (ފ)އަށް ރިޢާޔަތްކޮށް، މައްސަލައިގެ ހާދިސާ ހިނގީ ށ. ނަރުދޫގައި ކަމަށްވެފައި، ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓަށްވެސް އިޚްތިޞާޞް ލިބިގެންވާ ޙާލަތުގައި، އަދި ހާދިސާ ހިނގިއިރު ދަޢުވާލިބޭ ފަރާތް ށ. ނަރުދޫގައި ދިރިއުޅުނުކަމަށ ބަޔާން ކޮށްފައިވަނިކޮށް، އެ މާއްދާތަކާ ޚިލާފަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބިގެންވާކަމާމެދު ކަމަށެވެ. މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ. މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު"ކަމަށް ބުނެފައިވާ. މީގެފަހުން "މާނަކުރުމުގެ ހަމަތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ.
11ޖިނާއީ މައްސަލަތަކގު ދަޢުވާ އުފުލުމުގެބާރު ލިބިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށްކަމަށާއި، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ)ގައި، ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމ ދަޢުވެ އުފުލުމުގެބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.
12ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ)ގައި ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެއްވިއްޖ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމ ކޯޓުތަކުގެ އިޚްތިޞާޞް ހުއްދަކުރާ ދަޢުވާ އުފުލުމުގެބާރު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމުގައެވެ.
13ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިނުވާ ދެގޮތަކަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި ވާކަމަށެވެ. އެއީ، ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށްވުނ ނުވަތް ދަޢުވާލިބޭ ފަރާތް ދިރިއުޅެމުންދާ ރަށުގެ ކޯޓަކަށްވުންކަމަށެވެ. އަދި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ)ގައި، ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ކޯޓުތަކުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި، އެ ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްގެ ދާއިރާގެ ތެރެއިންކަމަށެވެ. މި މާއްދާތައް އެކުގައި ކިޔުމުން، ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ އިޚްތިޞާޞްގެ ދާއިރާގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް އިޚްތިޞާޞް ލިބޭނެކަމަށާއި، އޭގެ މަޤުޞަދަކީ، ޖިނާއީ މައްސަލަތަކުގެ އިޚްތިޞާޞްގެ ދާއިރާ ފުޅާކުރުންކަމަށ ދައުލަތުން ބުނެފައިވެއެވެ.
14މާނަކުރުމުގެ ހަމަތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ)ގައި، ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކިމާނައެއް ދޭހަވާނަމަ، އެ ދޭހަވާ މާނައެއް އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންކަން ހިމެނުމަށް މަސައްކަތްކުރުމަކީ، ރަނގަޅުގޮތް ނޫންކަމަށް ބަލަންވާނެކަމަށް ބަޔާންކުރާކަމަށާއި، އެ މާއްދާގެ (ރ)ގައި ޤާނޫނި އެކުލަވާލުމުގައި ވަކިކަމެއް ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަހުން، ނުވަތަ ޢިބާރާތުން، ނުވަތަ ޖުމްލައިން އެ ޤާނޫނު އެކުލަވާލި ފަރާތުގެ ނިޔަތް ރަމްޒުވާކަމަށ ބަލަންވާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.
15ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ)ގައި، ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞްލިބޭ އިތުރު ދެގޮތެއް ބަޔާންކޮށްފައިވާއިރު، ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއިން ދީފައިވާ އިޚްތިޞާޞް ހަނިކޮށްފައި ނުވާކަމަށާއި، އަދި އެއްއިޚްތިޞާޞް އަނެއްއިޚްތިޞާޞްގެ މައްޗަށް އިސްކޮށްފައި ނުވާކަމަށެވެ.
16ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި، އެ ޤާނޫނުގެ މަޤުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ތަޙުޤީޤުކުރުމާއި، ޝަރީޢަތް ހިންގުން އަވަސްމިނެއްގައި ކުރިއަށް ގެންދިޔުންކަމުގައި ބަޔާންކޮށްފައިވާއިރު، ޖިނާއީ މައްސަލަތަކުގައި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ދަޢުވާ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނީ ގޮތުން ލިބިގެންވާ ބާރެއްކަމށާއި، އެ ބާރުގެ ދަށުން މައްސަލައިގެ ވަށައިގެންހުރި ކަންކަން ވަޒަންކުރުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ޤނޫނުގާ 2 ވަނަ މައްދާގައި ބަޔާންކުރާ މަޤުޞަދު ޙާޞިލު ކުރުމަށްޓަކައި، އެ މައްސަލަ ހުށަހަޅާނެ ކޯޓެއް ނިންމުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއްކަމަށް ދައުލަތުން ދެކޭކަމަށެވެ.
17އިސްތިއުނާފު ކޮށްފައިވާ މައްސަލަ، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ ކޯޓުތަކުގެ ޤާނޫނއާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުން، މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވތީކަމަށެވެ. އަދި އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެކަށީގެންވާ އަވަސްމިނެއްގައި މައްސަލަ ކުރިއަށް ގެންދިޔުމުގެ މަޤުޞަދުގައި ކަމަށެވެ. އެހެންނަމަވެސް، ދަށުކޯޓުން ޤާނޫނު މާނަކުރެއްވިއިރު، ޤާނޫނުގައި ކަނޑައަޅާފައިވާ ހައްލުގެ ޙަޤީޤީ މަޤުޞަދަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ދައުލަތުން ދެކޭކަމަށެވެ.
18ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ (ބ)ގައި، އެ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން މައްސަލައެއް ކޯޓަށް ބަލައި ނުގަތުމަށް ރަޖިސްޓްރާރ ނިންމުމުން، އެ މާއްދާގެ (ނ)ގައިވާ ގޮތުގެމަތިން، މުރާޖަޢާ ކުރުމަށްއެދި ހުށަހެޅުމުން، ރަޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށް އިސްފަނޑިޔާރު ނިންމަވައި ފިނަމަ، އެ ނިންމުން އިސްތިއުނާފީ ކޯޓަކުން ބަދަލު ނުކުރާހައިހިނދަކު، އެ މައްސަލައެއް އަލުން ކޯޓަށް ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމުމުން މެނުވީ މައްސަލަ ހުށަނޭޅޭނެކަމަށެވެ.
19އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/7 (26 ޑިސެމްބަރު 2024) މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމި ގޮތް އަންގާ ލިޔުމުން ނިންމަވާފައިވާ ނިންމެވުމަކީ ބާޠިލް ނިންމެވުމެއްކމަށަ ކަނޑައަޅުއްވައިދެއްވއި، މ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅުއްވައިދެއްވައި، މި މައްސަލަ އަލުން އެކޯޓަށް ހުށަހަޅައިފިނަމަ، މި މައްސަލައަކީ އެކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވައިދެއްވުން އެދެމެވެ. މި މައްސަލައަކީ ށ.ފުނަދޫ، މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާސް ހިނގާ މައްސަލައެއްނޫންކަމަށް ނިންމަވާނަމަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01-REG-SC-2021 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ
(ބ)އަށް ރިޢާޔަތްކޮށްދެއްވައ މި މައްސަލައިގައި އުފުލާފައިވާ ދަޢުވާ، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ ފަދައިން މައްސަލަ ހުށަހަޅައިފިނަމަ އެކޯޓުން މައްސަލަ ބަލަންވާނެކަމަށް ކަނޑައަޅުއްވައިދެއްވުން އެދެމެވެ." ގަވާއިދު ނަންބަރު 01-REG-SC-2021.
20މި މައްސަލއިގައަ ހުށަހަޅާފައިވި އިސްތިއުނާފީ ނުކުތާގެ އަލީގައި، ޝަރީޢަތުގެ ކުރިމަތީގައި އޮތީ ސުވާލަކީ ކޯޓުތަކަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިދެވޭގޮތާއި، އަދި އިޚްތިޞާޞްގެ ދާއިރާގެ ތެރެއިން ދައުލަތުން ކޯޓުތަކަށް ދަޢުވާ ހުށަހެޅުމުގައި އިޚްތިޔާރު ލިބިދެވޭ ދާއިރާއާގުޅޭ ޤާނޫނީ ސުވާލެވެ. މި މައްސަލައިގެ އަޑުއެހުން ނިމުނުފަހުން، މި ޙާލަތުގައި ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތައް، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2025/HC-A/64,65,66,67,68,69,74 ޤަޟިއްޔާތަކުގެ ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގެ ނުކުތާ 28 އިން 62 އަށް ބަޔާންކޮށްފައިވެއެވެ. އެ އުޞޫލުތައް، އެ މައްސަލައިގައިވާގޮތަށް ތިރީގައި ނަކަލު ކުރަމެވެ.
21ޕްރިސިޑެންސް 1މި މައުޟޫޢުގެ ބޭނުމަށް، އިޚްތިޞާޞް ނުވަތަ jurisdiction އަކީ، މައްސަލައެއް ބެލުމަށް އަދި މައްސަލައެއްގެ ޙުކުމެއް ކުރުމަށް ކޯޓަށް ބާރުލިބިދީފައިވުމެވެ. ނުވަތަ ކޯޓުގެ ކުރިމައްޗަށް އެކަށީގެންވާ ގޮތެއްގައި ގެނެވިފައިވާ މައްސަލައެއް ނުވަތަ ކަމެއްގެ މައްޗަށް ޤާނޫނުގެ ޙުކުމް އިއްވުމަށް، ނުވަތަ ޤާނޫނުން ކަނޑައަޅާފައިވާ ފަރުވާތައް ދިނުމަށް ޤާނޫނުގެ އިމުގެ ތެރެއިން ކޯޓަކަށް ނުވަތަ ފަނޑިޔާރަކަށް ދީފައިވާ ބާރާއި އިޚްތިޔާރެވެ.
22އާންމު އުޞޫލުން އިޚްތިޞާޞް ބަހާލެވޭ ގިންތިތަކުގެ ތެރޭގައި، މައުޟޫޢީ (subject matter) އިޚްތިޞާޞް، ސަރަޙައްދީ (territorial/regional) އިޚްތިޞާޞް، ޝަޙްސީ (personal) އިޚްތިޞާޞް، މުދަލުގެ މައްޗަށް އޮންނަ އިޚްތިޞާޞް jurisdiction) rem (in، Bryan A. Garner (Ed.) Black’s Law Dictionary, (2009), St. Paul, MN: Thomson Reuters (9th ed., p. 927) Bryan A. Garner (Ed.) Black’s Law Dictionary, (2019), St. Paul, MN: Thomson Reuters (11th ed., p. 1006) ޚާއްޞަ (exclusive) އިޚްތިޞާޞް އާއި އިސްތިއުނާފީ (appellate) އިޚްތިޞާޞް ހިމެނެއެވެ. ބަޔާންކުރަނިވި ގިންތިތަކުގެ ތެރެއިން މި މައްސަލައިގެ މައުޟޫޢުގެ ބޭނުމަށް، މި ނިންމުން ޚާއްޞަކޮށްފައިވަނ ސަރަޙައްދީ އިޚްތިޞާޞްއާއި މައުޟޫޢީ ނުވަތަ މައްސަލައިގެ ބާވަތުން ލިބިދޭ އިޚްތިޞާޞްގެ މައްޗަށެވެ.
23މައްސަލައިގެ ބާވަތުން ނުވަތަ މައުޟޫޢީ (subject matter jurisdiction) އިޚްތިޞާޞްއަކީ ވަކި ބާވަތެއްގެ މައްސަލަތައް ނުވަތަ ވަކި މައުޟޫޢަކީ ގުޅާ މައްސަލަތައް ބެލުމުގެ ބާރު ކޯޓަކަށް ލިބިގެންވުމެވެ. މިސާލަކަށް ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޖުވެނައިލް ކޯޓަށެވެ.
24ސަރަޙައްދީ (territorial or regional jurisdiction) އިޚްތިޞާޞްއަކީ ކޯޓަކަށް ބާރު ލިބިގެންވާ ވަކި ޖިއޮގްރަފީ ސަރަޙައްދެއްގެ މައްޗަށް ބިނާކޮށް ލިބިގެންވާ އިޚްތިޞާޞްއެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓަކަށް ސަރަޙައްދީ އިޚްތިޞާޞް ލިބިގެ ންވެއެވެ. އެއީ ވައްކަންކުރި މީހާއަކީ އެހެން ޤައުމެއްގެ މީހެއް ކަމުގައިވީ ނަމަވެސް، އެ ކުށް ހިނގާފައިވަނީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ކަމަށްވާތީއެވެ.
25މި 02 (ދޭއް) އުޞޫލުން އިޚްތިޞާޞް ލިބިގެން މެނުވީ، ކޯޓަކުން މައްސަލައެއް ބަލައި ފައިސަލާއެއް ނުކުރެވޭނެއެވެ. މީގެ މާނައަކީ، ކޯޓަކަށް ދަޢުވާއެއް އުފުލާނީ މި ދެ މިންގަނޑުންވެސް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ޤާނޫނީގޮތުން އެ ކޯޓަކަށް ލިބިދޭނަމައެވެ. ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ އަދުލުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ).
26ޤާނޫނުއަސާސީގެ 155 ވަނަ މާއްދާގައި ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޤާނޫނުތަކާއި، ކޯޓުތައް ހިންގުމުގެ ޤާނޫނުތަކާއި، ޝަރީޢަތްކުރުމާބެހޭ އިޖުރާއަތުގެ ޤާނޫނުތައް ހެދުމުގެ ބާރު ރައްޔިތުން މަޖިލީހަށް ލިބިގެންވާކަން ބަޔާންކުރެއެވެ. މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު، ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅިފައި އޮތީ ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގައެވެ. 2008 ވަނަ އަހަރުގެ މި ޤާނޫނުއަސާސީއަށް ފަހު، ވުޖޫދުވި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން ކޯޓުތަކުގެ އިޚްތިޞާޞް ތަންޒީމުކުރެވުނެވެ. މިގޮތުން އިސްވެ ބަޔާންކުރަނިވި ދެ ދާއިރާ، އެހެނީ ސަރަޙައްދީ އިޚްތިޞާޞްއާއި މައުޟޫޢީ އިޚްތިޞާޞް ނިސްބަތްވާގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ އިތުރުން، އެ ޤާނޫނުގެ ޖަދުވަލުގައި ހިމެނުނެވެ. އޭގެ ފަހުން ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އިޚްތިޞާޞްގެ ދާއިރާއާ ގުޅޭ އިތުރު އުޞޫލުތަކެއް އެކަށައެޅުނެވެ.
27ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްއާއި ހައިކޯޓުގެ އިޚްތިޞާޞްއާއި އަދި ދަށު ކޯޓު އިޚްތިޞާޞް ކަނޑައަޅާފައިވެއެވެ. މިގޮތުން، ދަށު ކޯޓު ބެހިގެންވަނީ 02 (ދޭއް) ގިންތިއަށްކަމަށްވާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް އިޚްތިޞާޞް ލިބިދެވޭ އުޞޫލު މި ޤާނޫނުގެ ޖަދުވަލު 5 އަދި މި ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
28މި ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރަނީ، ޤާނޫނުއަސާސީއާއި މި ޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން، އަންނަނިވި ޙާލަތްތަކުގައި އެކަންކަމާ ގުޅޭ ނިސްބަތަށް ސަރަޙައްދީ އިޚްތިޞާޞް އެ ކޯޓުތަކަށް ލިބިގެންވާކަމުގައެވެ. ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 (2013) ގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 52 ވަނަ މާއްދާ.
(ހ) އެ ކޯޓަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން. ދަޢުވާ ލިބެނީ އެކަކަށްވުރެ ގިނަ މީހުންނަށް ކަމަށްވާނަމަ، އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް އެ ކޯޓުވުން.
(ށ) މުދަލުގެ މައްސަލަތަކުގައި މުދާ ނުވަތަ މުދަލުގެ ބައެއް ހުރި ދާއިރާގެ ކޯޓަށްވުން.
(ނ) ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ، އެ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަށްވުން.
(ރ) ކުންފުންޏެއް ނުވަތަ ކުލަބް ޖަމްޢިއްޔާއެއްފަދަ ޖަމާޢަތެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ، އެ ޖަމާޢަތެއްގެ މައި މަރުކަޒު ހިމެނޭ ދާއިރާއެއްގެ ކޯޓަށްވުން. އަދި މިފަދަ ޖަމާޢަތެއްގެ ގޮތްޕެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ އެ ގޮތްޕެއްގެ މަރުކަޒު ހުރި ދާއިރާއެއްގު ކޯޓަށްވުން.
(ބ) ތަރިކައިގެ މައްސަލައެއްނަމަ، މުވައްރިޘ ނިޔާވިއިރު ދާއިމީ އެޑްރެސް ހުރި ދާއިރާގެ ކޯޓު ނުވަތަ ތަރިކަ މުދާ ހުރި ދާއިރާގެ ކޯޓަށްވުން.
(ޅ) އިފްލާސްކުރުމުގެ މައްސަލައެއްނަމަ ޙުކުމް ކުރި ކޯޓަށްވުން.
(ކ) ވިޔަފާރީގެ މައްސަލައެއްނަމަ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުރި ދާއިރާގެ ކޯޓު ނުވަތަ ދަޢުވާލިބޭ ފަރާތް ދިރިއުޅޭ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަށްވުން. ނުވަތަ ދެފަރާތުން އެއްބަސްވާ ކޯޓެއް ނުވަތަ މުޅި މުޢާމަލާތް ނުވަތަ މުޢާމަލާތުން ބައެއް ތަންފީޛުކުރވުނެ ދާއިރާއެއްގެ ކޯޓު، ނުވަތަ އެއްބަސްވުން ތަންފީޛުކުރަންޖެހޭ ދާއިރާގެ ކޯޓަށްވުން.
(އ) ޚަރަދު ހޯދުމާބެހޭ ދަޢުވާއެއްނަމަ، ދަޢުވާކުރާ ފަރާތް ދިރިއުޅޭ ނުވަތަ ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށްވުން.
(ވ) ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ވަކި އެޑްރެހެއް ނެތްނަމަ އަދި މި މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، މައްސަލަ ހުށަހެޅެން ނެތްނަމަ ދަޢުވާކުރާ ފަރާތް އުޅޭ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށްވުން.
(މ) ޖިނާއީ މައްސަލަތަކުގައި އަނިޔާ ލިބުނު ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށްވުން.
(ފ) މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތައް ދިރިއުޅެމުންދާ ދާއިރާގެ ކޯޓަށްވުން .
29ޕްރިސިޑެންސް 2މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަން ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގައެވެ. މިގޮތުން، މި ޖަދުވަލުގެ 1 ވަނަ ނަންބަރުގައި، މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞްތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ބެލުން ކަމުގައި ބަޔާންކުރެއެވެ.
(ހ) އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ މައްސަލަތައް
(ށ) އެ ކޯޓު ނިސްބަތްވާ ޖުޑީޝަލް ދާއިރާގެ ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ދަޢުވާގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ މައްސަލަތައް
(ނ) ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް
(ރ) ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ).
(ބ) ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ އެ ބަންދުންދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް
(ޅ) ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުންދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލތައަ
(ކ) ކަފާލާތުގައި ދޫކޮށްދިނުމަށ އެދް ހުށަހަޅި މައްސަލަތައް
(އ) އަވަސް ނިޔާގެ ގަވާއިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކުން އަވަހަށް ނިންމަންޖެހޭ މައްސަލަތައް
(ވ) އެއްބަސްވުންތަކާއި ޕަވަރ އޮފް އެޓަރނީއާއި ރަހުނުގެ އެއްބަސްވުމާއި ވަޞިއްޔަތުގެ ލިޔުންތައް ރަޖިސްޓަރީކުރުން.
30ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ނުހިމެނޭ ބާވަތުގެ މައްސަލަތައް ލިސްޓުކޮށްފައިވެއެވެ. މީގެ މާނައަކީ، މި ނަންބަރުގައި ލިސްޓުކޮށްފައިވާ މައްސަލަތައް ފިޔަވައި އެހެނިހެން ޢާއިލީ، މަދަނީ އަދި ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އެ ކޯޓުތަކަށް ލިބިދީފައިވާކަމެވެ. މެޖިސްޓްރޭޓް ކޯޓުން ނުބެލެވޭނެކަމަށް މި ނަންބަރުގައި ކަނޑައަޅާފައިވަނީ އަންނަނިވި މައްސަލަތަކެވެ.
(ހ) ޤަޞްދުގައި މީހުން މެރުމުގެ ކުށުގެ މައްސަލަތައް
(ށ) މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މައްސަލަތައް
(ނ) ވައްކަން، ޓެކުން، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތާއި، ފޭރުމުގެ ކުށްކުށުގެ ތެރެއިން -100,000/ރ. (އެއްލައްކަ ރުފިޔާ) އިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް
(ރ) ވަގު ނޫޓާއި، ވަގު ކޮއިންޖެހުމާއި، އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތައް
(ބ) ޓެރަރިޒަމްގެ މައްސަލަތައް
(ޅ) ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 1 ގެ [ދިވެހި ދައުލަތާ އިދިކޮޅު ޙަރަކާތާއި ފިތުނަ] މިސުރުޚީގެ ދަށުގައިވާ މާއްދާއަކުން ކުރެ މާއްދާއެއްގެ ދަށުން ދަޢުވާކުރެވޭ މައްސަލަތައް
(ކ) މީހެއްގެ ނުރުހުމުގައި ގަދަކަމުން ޒިނޭކުރުމުގެ މައްސަލަތައް
(އ) -/5,000,000ރ. (ފަސް މިލިއަން ރުފިޔާ) އިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް.
31ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، މި ޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ވަކި ރަށަކާގުޅޭ ގޮތުން ކުރިމަތިވާ އެ ރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތަކާއި، އެ ރަށެއްގެ ރަށްވެއްސެއްގަ ތަރިކައިގެ މައްސަލަތަކަކީ، ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ބަލާ މައްސަލަތައް ކަމުގައެވެ.
32ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާއި، ޖަދުވަލު 5 ގައިވާ ބައިތައް އެކުއެކީގައި ކިޔާއިރު، ފާހަގަވާކަމަކީ، އެ ނައްސުތަކުގައި ކޯޓުތަކަށް މައްސަލައިގެ މައުޟޫޢުން ނުވަތަ މައްސަލައިގެ ބާވަތުން އިޚްތިޞާޞް ލިބިދެވޭ ގޮތާއި (subject matter jurisdiction) އަދި އެ ކޯޓެއްގެ ސަރަޙައްދުން އިޚްތިޞާޞް jurisdiction) regional or (territorial ލިބިދެވޭ ގޮތް ބަޔާންކުރާކަމެވެ. އަދި ހަމައެއާއެކު، ފާހަގަކުރެވޭ އަނެއްކަމަކީ، މި 02 (ދޭއް) އިޚްތިޞާޞް މަސްހުނިކޮށްފައިވާކަމެވެ. ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި، މައްސަލައިގެ ބާވަތުން ވަކި ކޯޓަކަށް އިޚްތިޞާޞް ލިބޭކަން ހާމަވެއެވެ. މިސާލަކަށް ދަޢުވާގެ މައުޟޫޢަކީ ޚަރަދު ހޯދުންކަމަށްވާނަމަ، ނުވަތަ އިފްލާސްކުރުންނަމަ، ނުވަތަ ތަރިކައިގެ މައްސަލައެއްނަމަ، ނުވަތަ ވިޔަފާރީގެ މައްސަލައެއްނަމަ، އިޚްތިޞާޞް ލިބިދެވޭ ކޯޓުގެ ދާއިރާ ހާމަވެއެވެ. މިއީ މައްސަލައިގެ މައުޟޫޢުއަށް ނުވަތަ ބާވަތަށް ބަލައި، މައްސަލަ ހުށަހެޅޭ ދާއިރާގެ ކޯޓު ބަޔާންކުރާކުރުމެކެވެ.
33މީގެ އިތުރުން ބާވަތުގެ އިޚްތިޞާޞްގެ ތެރެއިން، ކަނޑައެޅިފައިވާ ފައިސާގެ ނިސްބަތުންވެސް މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބިދެވޭކަންވެސް ބަޔާންކުރަނިވި ނައްސުތަކުން ފާހަގަވެއެވެ. މިސާލަކަށް -5,000,000/ރ. (ފަސް މިލިއަން ރުފިޔާ) ހަމަނުވާ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގު ހަމަނުވާ މުދާ ހިމެނޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިދެއެވެ.
34އިސްވެ ބަޔާންކުރަނިވި ޖަދުވަލު 5 ގެ 2 ވަނަ ނަންބަރަށް ބަލާއިރު، އެއީ ޖިނާއީ މައްސަލަތަކުގައި މެޖިސްޓްރޭޓް ކޯޓުތަކަށް މައުޟޫޢީގޮތުން އިޚްތިޞާޞް ލިބޭ އާންމު ހަމަ ކަން އެނގެއެވެ. މިސާލަކަށް، މަރުގެ މައްސަލައެއްގެ ދަޢުވާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައިގެ މައުޟޫޢަށް ނުވަތަ ކަމުގެ އިޚްތިޞާޞްއަށް ބަލައި، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިފައިނުވާކަމީ ބަހުސެއްނޫނެވެ. މައުޟޫޢީ ނުވަތަ މައްސަލައިގެ ބާވަތުގެ އިޚްތިޞާޞްއަކީ މިއީއެވެ.
35އަނެއް މިސާލަކީ ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ހުށަހެޅޭ މައްސަލަތަކެވެ. މި ބާވަތުގެ މައްސަލައިގެ މައުޟޫޢުން އެއީ އެކަމަށް ޚާއްޞަ ޓްރައިބިއުނަލެއް އުފައްދާ، މައްސަލައިގެ ބާވަތުން އެ ޒާތުގެ މައްސަލަތައް ކޯޓުތަކަށް ބެލުމުން އިސްތިސްނާކޮށްފައިވާ މައްސަލަތަކެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ 02 (ދޭއް) ސަރަޙައްދެއްގައި ހައިކޯޓުގެ ގޮފިތައް ޤާއިމުކުރެވި، އެކަން އުވާލެވެންދެން، މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އެ ކޯޓެއް ނިސްބަތްވާ ސަރަޙައްދެއްގައި ޤާއިމުކުރެވިފައިވާ ހައިކޯޓުގެ ގޮފީގައި އިސްތިއުނާފުކުރެވުނެވެ. ހައިކޯޓުގެ ގޮފިތަކުގައިވެސް ބެލިގެންދިޔައީ އިސްތިއުނާފުގެ މައްސަލަތައްކަމުން، އެކަމުގެ ބާވަތަށް ނުވަތަ ކަމުގެ އިޚްތިޞާޞްއަށް ބަލައި، އެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC (27 ޖަނަވަރީ 2015) ސަރކިއުލަރއިން ޤާއިމުކުރެވިފައި، އަދި 21 ސެޕްޓެންބަރު 2021 ގައި އުވާލެވިފައި. މައްސަލަ ބެލުމުގެ ކަމުގެ އިޚްތިޞާޞް ހައިކޯޓުގެ ހުރިހާ ގޮފިތަކަށް ލިބިދޭ ކަމީ އަނެއްކާވެސް ބަހުސެއް އޮތް ކަމެއްނޫނެވެ. ބަހުސެއް އުފެދޭނީވެސް، މައްސަލަ ނިންމާފައިވާ ސަރަޙައްދުގެ ގޮތުން، ގޮފިތަކަށް ސަރަޙައްދީ އިޚްތިޞާޞް ލިބިދެވޭކަމާމެދުއެވެ. މިއީ ސަރަޙައްދީ އިޚްތިޞާޞްއާއި މައުޟޫޢީ އިޚްތިޞާޞްގެ ފަރަގެވެ.
36ޖިނާއީ މައްސަލަތަކުގައި ދަޢުވާ އުފުލުމާއި، ޝަރީޢަތް ހިންގުމުގެ އުޞޫލުތައް ބަޔާންކުރާ، އެކަމަށް ޚާއްޞަވާ އިޖުރާއަތުކަމުގައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، މި ޤާނޫނުގެ 6 ވަނަ މާއްދާގައި، ޖިނާއީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވާކަން ބަޔާންކުރެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞްގެ ދާއިރާގެ ތެރެއިން ކަމުގައި ބަޔާންކުރެއެވެ.
37ކޯޓުތަކުގެ އިޚްތިޞާޞްއާ ގުޅޭ މުހިންމު ނައްސެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައިވެއެވެ. އެ އަކުރުގައިވަނީ "6 (ރ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ނުވަތަ ދަޢުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ."
38ޕްރިސިޑެންސް 3މި ނައްސަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (2.) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ).
1.38. މައްސަލަ ބެލުމަށް ކޯޓަށް އިޚްތިޞާޞް ލިބޭ 02 (ދޭއް) ޙާލަތެއް އެ ނައްސުގައި ބަޔާންކުރާކަމެވެ. އެއީ ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ދަޢުވާ އުފުލުމާއި، ނުވަތަ ދަޢުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ދަޢުވާ އުފުލޭނެކަމެވެ.
2.38. އެ މާއްދާގެ އިބާރާތް ފެށުމުގައި "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް" މިފަދައިން ބަޔާންކޮށްފައި އޮތުމުން، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި އިޚްތިޞާޞް ލިބޭ ދާއިރާގެ އިތުރުން، އިތުރު 02 (ދޭއް) ގޮތަކަށް އިޚްތިޞާޞް ލިބިދެވޭ ގޮތް ބަޔާންކުރާ ކުރުމެއް ކަމުގައި ބެލެވެއެވެ. އެހެނީ، މި މާއްދާގައި އެހެން ޤާނޫނެއް އިސްތިސްނާކޮށްފައިނުވާތީއާއި، އެހެން ޤާނޫނެއް މަހުދޫދު ކޮށްފައިނުވާތީއާއި، އެހެން ޤާނޫނެއް އިސްފަސްކޮށްފައިނުވާތީއެވެ. މިކަމަށް އިތުރަށް ބާރުދެނީ، އާންމު އުޞޫލުން، އެއް ޤާނޫނަކުން އަނެއް ޤާނޫނުގެ މާއްދާއެއް ނަފީކުރާނަމަ، ނަފީވާނެ ފަދައަކުން އެ މާއްދާ ޢިބާރާތްކޮށްފައިވާ ތަން ފެންނަ ފެނުމެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 98 ވަނަ މާއްދާގައިވާ އިބާރާތް ބަލާއިރު، "މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އުވުނީއެވެ. " މިފަދައިން އިބާރާތްކޮށްފައިވެއެވެ. މި މާއްދާ މިފަދައިން އޮތުމުން، މި ޤާނޫނު ވުޖޫދުވުމުގެ ކުރިން ކަނޑައަޅާފައި އޮތްއޮތުން ބާޠިލުވީކަން ސާފު ނައްސުން އެނގެއެވެ. އެހެންކަމުން، މި މައުޟޫޢުގައި އޮތް 02 (ދޭއް) ޚާއްޞަ ޤާނޫނުތަކުގައި އިޚްތިޞާޞްއާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ ހަމަތައް އެގޮތުގެ މަތިން ވުޖޫދުގައި އޮތްކަމަށް ބަލަންޖެހޭނެއެވެ.
3.38. ބަޔާންކުރަނިވި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައި ..." އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. " މިފަދައިން ބަޔާންކޮށްފައި އޮތުމުން، ބާވަތުގެ އިޚްތިޞާޞް ލިބި، ޤާނޫނުން ސަރަޙައްދީ އިޚްތިޞާޞްކަމަށް ބަޔާންކުރާ ކުރުމުގެ ތެރެއިން އިޚްތިޞާޞް ލިބޭ ކޯޓެއްގައި ނުވަތަ މި 02 (ދޭއް) ޤާނޫނުގައި ބަޔާންކުރާ ޙާލަތްތަކުގެ ދާއިރާގެ ކޯޓެއްގައި ދަޢުވާ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރލްގަ އިޚްތިޔާރީ ބާރެއްކަމެވެ.
39ޕްރިސިޑެންސް 4މި 02 (ދޭއް) ޤާނޫނުގެ ކަމާގުޅޭ ނައްސުތައް ތަރުޖަމާކުރުމުގައި ބޭނުންކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 ދައުލަތް )މިނިސްޓްރީ އޮފް ޓޫއަރިޒަމް) ވ. އަތަމާ މެރައިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ޤާނޫނު މާނަކުރުމުގައި މިސްރާބު ހިފުމަށް ލިޔެފައިވާ އުޞޫލުތަކާއި އެއްގޮތަށް ކަމުގައި ދެކެމެވެ. އެ އުޞޫލު ބަޔާންކުރަމުން އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، އެއިން ކޮންމެ ގޮތަކަށް ޤާނޫނެއް މާނަ ކުރުމަށް މިސްރާބުހިފިއަސް ޔަޤީންވާ އެއްކަމަކީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިއަސް މާނަކުރުމުގެ މަސައްކަތް ފެށެނީ ޤާނޫނުގެ އިބާރާތާއި އޮނިގަނޑުން ކަމުގައެވެ. އެހެންކަމުން، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ޤާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަމަށާއި، އަދި ޤާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤްސަދުގެ ފުޅާ އިމުގެ ތެރޭގައިކަމުގައެވެ. މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގިނަ ނިންމުންތަކުގައި ބަޔާންކުރެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/02 ޤަޟިއްޔާ އާއި، ނަންބަރު 2024/SC-A/06 ޤަޟިއްޔާ އާއި، ނަންބަރު 2021/SC-A/113 ޤަޟިއްޔާ އާއި، ނަންބަރު 2021/SC-A/96 ޤަޟިއްޔާ އަދި ނަންބަރު 2021/SC-A/79 ޤަޟިއްޔާ ހިމެނެއެވެ.
40މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ވަކި ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާނަމަ، އެފަދަ މާނައެއް އެއަށް ވުރެ ފުޅާކުރުމަކީ، ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް ހިމެނުމަށް މަސައްކަތްކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމައެއާއެކު، މި މާއްދާގެ (ރ) ގައި ޤާނޫނު އެކުލަވާލުމުގައި ވަކި ކަމެއް ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަހަކުން ނުވަތަ އިބާރާތަކުން ނުވަތަ ޖުމްލައިން އެ ޤާނޫނު އެކުލަވާލި ފަރާތުގެ ނިޔަތް ރަމްޒުވާކަމަށް ބަލަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
4102 (ދޭއް) ޤާނޫނުގައި ހިމެނޭ އިޚްތިޞާޞްއާ ގުޅޭ ނައްސުތައް އެކުއެކީގައި ކިޔުމުން، ނިކުންނަ ނަތީޖާއަކީ ޖިނާއީ މައްސަލަތަކުގެ އިޚްތިޞާޞް ލިބިގެންދާ 02 (ދޭއް) ޤާނޫނެއް އޮތްއިރު، އެ ޤާނޫނުގެ އިޚްތިޞާޞްއާ ގުޅޭ މާއްދާތަކުގައި ވަކި ތަރުތީބެއް، އެބަހީ އިސްފަސްކުރުމެއް، ނުވަތަ ޚާއްޞަކަމެއް، ނުވަތަ އެ މާއްދާގެ ނައްސުތަކުން އާންމު އުޞޫލެއް އެކަށައަޅާފައިނުވާކަމެވެ. ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގައި އާންމު އުޞޫލެއް އޮތްތަނެއް ނުފެނެއެވެ. އަދި އެ މާއްދާ ފެށުމުގައި "...އަންނަނިވ ޙާލަތްތަކުގައި އެކަންކަމާގުޅޭ ނިސްބަތުން" ސަރަޙައްދީ އިޚްތިޞާޞް ލިބޭކަމުގައި ބަޔާންކުރާތީ، ސަރަޙައްދީ އިޚްތިޞާޞް އެ ޙާލަތެއްގެ ނިސްބަތުން ލިބޭކަން، އަދި އެކަމުގައި ވަކި އާންމު އުޞޫލެއް ކަނޑައަޅާފައިނުވާކަން ހާމަވެއެވެ.
42ހަމައެއާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގެ އިބާރާތް އޮތްގޮތަށް ބަލާއިރު، އެ އަކުރުގައި ބަޔާންކުރާ ޙާލަތްތަކަށް އިސްކަމެއް ނުވަތަ ޚާއްޞަކަމެއް ދޭންޖެހޭކަން ދޭހަވާކަމަކަށް ނުދެކެމެވެ.
43މިއާ ތަފާތު މިކުރަނީ، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގައި އިޚްތިޞާޞް ބަޔާންކުރާ މާއްދާއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ބަޔާންކުރާއިރު، މި މާއްދާގެ (ހ) ގައި އާންމު އުޞޫލެއް ކަނޑައަޅާފައިވެއެވެ. އެއީ އާންމު އުޞޫލުން މަދަނީ ދަޢުވާއެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކީ، ދަޢުވާލިބޭ ފަރާތް އާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކޯޓުކަމުގައެވެ. މި މާއްދާ އިބާރާތްކޮށްފައިވާގޮތަށް ބެލުމުން، އާންމު އުޞޫލެއް ޤާއިމުކުރެވި، ކުރިމަތިވާ ޙާލަތަށް ބަލައި، އިސްތިސްނާ ޙާލަތްތަކެއް އެކަށައަޅާފައިވާ ތަން ފެނެއެވެ.
44މިއާ ޚިލާފަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫން މިފަދައިން އާންމު އުޞޫލެއް ކަނޑައަޅާފައިނުވާހިނދު، އިޚްތިޞާޞްއާ ގުޅޭ ނައްސުތަކުގައި އިސްކަންދޭނެ ތަރުތީބެއް ކަނޑައަޅާފައިނުވާކަން އެނގެއެވެ. އެހެންކަމުން، ބަލަން ޖެހެނީ މުޅި 02 (ދޭއް) ޤާނޫނުގައި އެކަން އޮންނަ ގޮތުގެ މައްޗަށް، ޤާނޫނު ކިޔަންޖެހޭ އުޞޫލެވެ.
45ހަމައެއާއެކު، މި 02 (ދޭއް) ޤާނޫނުގެ އިޚްތިޞާޞްއާ ގުޅޭ ނައްސުތައް އެކުއެކީގައި ކިޔުމުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައިވާ ޙާލަތްތައް ބަޔާންކުރުމުގައި ޤާނޫނު އެކުލަވާލި ފަރާތުގެ ނިޔަތަކީ، މި މާއްދާގައި ބަޔާންކުރާ ޙާލަތްތަކުން ޙައްލު ހޯދުއިދިނުނ ކަމުގައް ރަމްޒުވެއެވެ. އެއީ މި އަކުރުގައި ބަޔާންކުރާ 02 (ދޭއް) ޙާލަތަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ އިޚްތިޞާޞް ލިބިދެނިވި ޙާލަތްތަކަކަށް ނުވާތީއެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ޒަރިއްޔާއިން، ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި، ނުވަތަ ދަޢުވާލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ ކަމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގައި، އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާކަމަށް ކަނޑައަޅާފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ޙައްލު ހޯދައިދިނުމުގެ އުޞޫލުގެ ތެރެއިން ކަމުގައި ބަލަންޖެހެއެވެ. އަދި މީގެ ހިކުމަތަކީ މި ޤާނޫނު ތަޢާރަފުކުރުމުގެ ޙާލަތު ކުރިން އޮތް ގޮތަށް ބަލައި، އަލަށް ތަޢާރަފުކުރެވުނު 02 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ރ). (ދޭއް) ޙާލަތުގެ ޒަރިއްޔާއިން ކުރިން އޮތް އުނިކަން ފޫބެއްދުމުގެ ބޭނުމުގައިކަމަށް ބަލަންޖެހެއެވެ. އެ ޙައްލަކީ އިޚްތިޞާޞްގެ ދާއިރާ ފުޅާކުރުމެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަސައްވުރުކުރާގޮތަށް ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެގޮތުގެ މަތިން، އެކަށީގެންވާ އަވަސް މިނެއްގައި އިންސާފު ޤާއިމުކުރުމެވެ. ސަރަޙައްދީ އިޚްތިޞާޞް އެއް ކޯޓަށް ވުރެ ގިނަ ކޯޓުތަކަށް ލިބިދޭ ޙާލަތް
46ޕްރިސިޑެންސް 5ދެން އުފެދޭ ސުވާލަކީ، އިޚްތިޞާޞްއާ ގުޅޭ މާއްދާތަކުގައި އާންމު އުޞޫލެއް ނުވަތަ އިސްވާނެ ނުވަތަ ޚާއްޞަވާނެ ވަކި ޙާލަތެއް ބަޔާންކޮށްފައިނުވާއިރު، ސަރަޙައްދީ އިޚްތިޞާޞް އެއް ކޯޓަށް ވުރެ ގިނަ ކޯޓުތަކަށް ލިބިދޭ ޙާލަތުގައި، ޖިނާއީ މައްސަލަތަކުގެ ދަޢުވާ އުފުލުމުގައި ޢަމަލުކުރާނެ ގޮތަކާއި ގުޅޭ ސުވާލެވެ.
47އޭގެ ޖަވާބު ލިބިދެނީ، ޤާނޫނުއާސާސީގެ 223 ވަނަ މާއްދާގެ (ނ) އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ) އިންނެވެ. މި މާއްދާތަކުގައިވަނ ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމ ދަޢުވެ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއްކަމުގައެވެ. މިއަށް އިތުރަށް ބާރުދެނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައިވާ ..." އާ ކުށުގެ ދަޢުވެ އުފުލުމުގެ ޙައްޤު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
4. (ހ) ޙައްލު ހޯދައިދިނުމުގެ އުސޫލު ޤާނޫނު މާނަކުރުމުގައި ބޭނުންކުރާނީ އެ ޤާނޫނުން ޙައްލު ހޯދައިދިނ މައްސަލް އޭގެ ރަނގަޅު މަޙައްލުގައި އަލަށް ދިމާވަމުން އަންނަ ކަންކަމަށާއި، ޙާލަތްތަކުގެ މައްޗަށް ހިނގާނޭހެން އެ ޤާނޫނެއް ތަންފީޛުކުރަމުން ދިޔުމަށެވެ.
(ށ) ޤާނޫނުތައް މާނަކުރުމުގައި ޙައްލު ހޯދައިދިނުމުގެ އުސޫލު ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
1. ޤާނޫނު ތަޢާރުފުކުރުމުގެ ކުރިން ޙާލަތު އޮތީ ކޮންގޮތަކަށްކަން.
2. ޤާނޫނު ތަޢާރަފުކުރީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައިކަން.
3. ޤާނޫނު އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ބަލާފައިވަނީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައި ކޮން ޙައްލެއް ހޯދައިދިނުމަށްކަން.
4. ރައްޔިތުންގެ މަޖިލީހުން ޤާނޫނުގައި ކަނޑައަޅައިދީފައިވާ ޙައްލުގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިކަން. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާ. ލިބިގެންވެއެވެ. " މި ޢިބާރާތުންނެވެ. މީގެ މާނައަކީ، ޖިނާއީ ދަޢުވާއެއް އުފުލުމުގައި، އެއް ކޯޓަކަށް ވުރެ ގިނަ ކޯޓުތަކަށް އިޚްތިޞާޞް ލިބިދޭ ޙާލަތުގައި (multiple venues)، ޤާނޫނު ހުއްދަ ކުރާ ޙާލަތްތަކުގެ އަލީގައި، ދަޢުވާ އުފުލާނެ ކޯޓު އިޚްތިޔާރުކުރުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއް (prosecutorial discretion) ކަމެވެ.
48ޕްރިސިޑެންސް 6ޕްރޮސިކިއުޓޯރިއަލް ޑިސްކްރެޝަންއަކ ޖިނާއީ އަދުލުގެ ނިޒާމުގެ އެއް އަސާސެވެ. ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި، ކޯޓުތަކުން މި އިޚްތިޔާރީ ބާރުގެ ތެރެއަށް ވަނުމާއި، ނުވަތަ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުންތައް މުރާޖަޢާކުރުމާއި ދުރުހެލިވާންޖެހޭނެއެވެ.
49ޕްރޮސިކިއުޓޯރިއަލް ޑިސްކްރެޝަންއަކީ ގިނަ ޤައުމުތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު އަދާކުރާ ފަރާތަށް ލިބިދޭ އިޚްތިޔާރެވެ. އަދި މި އިޚްތިޔާރު ބޭނުންކުރަންވާނީ ނުބައި ނިޔަތެއް (mala fide) 25 24 ނެތި، ނުވަތަ ސީޔާސީ މަންފާއެއްނެތި، ނުވަތަ ތަފާތުކުރުމެއްނެތި ނުވަތަ ޤާނޫނީ އިމުންބޭރުނުވާނެ Rebecca Krauss, The Theory of Prosecutorial Discretion in Federal Law: Origin and Developments, Seton Hall Circuit Review, Volume 6, (2012) Issue 1, Article 1 އިންޑިޔާ - އިންޑިޔާގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 177 – 186 މާއްދާ އަދި އެ ކޯޓުގެ 8 SCC 100 ]2004[ Y.Abraham Ajith & Ors v Inspector of Police ޤަޟިއްޔާ ޔުނައިމެޓް ކިންގްޑަމް - ޔުނައިޓެޑް ކިންގްޑަމްގެ Prosecution of Offences Act 1985 އަދި R (Corner House Research) v DPP [2008] UKHL 60 ޤަޟިއްޔާގެ ނިންމުމުގައި ތަޤްދީރީ ބާރު ބޭނުންކުރުމުގައިވެސް ހަމަތަކަކާއި މިންގަނޑުތަކެއް ހުންނަންޖެހޭނެކަނމުގައ މި ނިންމުމުގައި ކަނޑައަޅާފައިވެއެވެ. މެލޭޝިޔާ - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 121 – 127 މާއްދާ. މެލޭޝިޔާގެ 1[1997] 3 MLJ 68 Repco Holdings Bhd v PP މި ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އާންމު އުޞޫލުން ކޯޓުތަކުން އިޚްތިޔާރީ ބާރުގެ ތެރެއަށް ނުވަންނަކަމާއި، އެކަމުގެ އިސްތިސްނާ ޙާލަތަކީ، ނުބައި ނިޔަތެއް އޮތުން، ނުވަތަ އެބިއުސް އޮފް ޕްރޮސެސް އޮތުންކަމުގައެވެ. ސިންގަޕޫރު - ޤާނޫނުއަސާސީގެ (8)35. ސިންގަޕޫރުގެ Ramalingam Ravinthran v AG [2012] 2 SLR 49 ޤަޟިއްޔާގެ ނިންމުމުގައިވަނީ ޤާނޫނުއަސާސީ އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ތަޤްދީރީ ބާރެއް ލިބިދީފައިވީނަމަވެސް، އެ ބާރު ބޭނުންކޮށްފައިވާގޮތާމެދ ކޯޓުނު ސުވާލު އުފައްދާނީ އިސްތިސްނާ ޙާލަތްތަކުގައިކަމަށާއި، އެ ޙާލަތްތަކަކީ ތަފާތުކުރުން ގެންގުޅޭކަމުގެ ހެކިހުރުން ނުވަތަ އަސާސީ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ޢަމަލުކޮށްފައިވާނަމަކަން މި މައްސަލައިގައި ކޯޓު އޮފް އެޕީލް އިން ކަނޑައަޅާފައިވެއެވެ. އެމެރިކާ - 517 U.S. 456 (1996) United States v. Armstrong Federal Rules of Criminal Procedure - އާންމު އުޞޫލުން ޕްރޮސިކިއުޓަރ ޖެނެރަލް ތަޤްދީރީ ބާރު ބޭނުންކޮށްފައިވާގޮތާމެދ ސުވާލު އުފައްދާ ކަންކަމަކީ ކޯޓުން އެކަމުގެ ތެރެއަށް ވަންނަ ކަންކަން ނޫންކަމާއި، އެފަދަ މައްސަލަތައް ކޯޓުން ބަލާނީ ތަފާތުކުރުމުގެ ކާފީ ހެކި ހުރިކަން ދަޢުވާލިބޭ ފަރާތުން ދެއްކޭ ޙާލަތްތަކުގައއ ކަމުގައި އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ. Ramalingam Ravinthran v Attorney-General [2012] 2 SLR 49 Mat Shuhaimi bin Shafiei v Public Prosecutor [2014] 2 MLJ 145 ނުވަތަ ޤާނޫނީ ހަމަތަކާއި އަދި އަސާސީ ޙައްޤުތަކާއި ޚިލާފުނުވާނ ގޮތެއްގެ މަތިންނެވެ. މިއީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ށ) ގެ ތަސައްވުރެވެ. އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އެ ފަރާތުން ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދާކުރުމެވެ.
50މި ކޯޓުގެ ނަންބަރު 2020/HC-A/183 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު ޤަޟިއްޔާގައި ފަނޑިޔާރު ދީބާނާޒް ފަހުމީ ފާހަގަކުރައްވާފައިވާ ފަދައިން، 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއަކީ ބާރުތައް ވަކިވެފައިވާ ދުސްތޫރީ ނިޒާމެއް އެކަށައެޅުނު ޤާނޫނުއަސާސީއަކަށްވެފައި، ޤާނޫނުއަސާސީގައި އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ، ޖަވާބުދާރީކުރުމުގައި ފަރުވާތެރިވާންވާނެ އިންތަކެއް ހުންނަކަމާއި، ޤާނޫނުއަސާސީއިން އެކަށައަޅާފައިވާ މުސްތަޤިއްލު މަޤާމެއްގެ ބާރާއި އިޚްތިޔާރުގެ ތެރެއަށް ޢަދުލު އިންސާފު ޤާއިމުކުރާ ބާރުގެ ތެރެއިން ކޯޓުތަކުގެ ފަނޑިޔާރުންނަށް ވަދެވޭނީ މުއްތަހަމަށް އިންސާފުވެރި ޝަރީޢަތެއް ލިބުން ކަށަވަރުކުރުމުގެ މަފްހޫމްގެ ދާއިރާގެ ތެރެއިން ލިބޭ، ޖުޑީޝަލް ރިވިއުގެ މައްސަލައެއްގެ ތެރެއިން ކަމުގައި ދެކެމެވެ.
51ޤާނޫނުން ދީފައިވާ ބާރު ބޭނުންކުރުމުގައި ހެޔޮނިޔަތް ޤާއިމުވެ އޮންނާނެކަން އެއީ ޤާނޫނުހަދާ މަޖިލިހުގެވެސް ތަސައްވުރެވެ. ނުނިޔަތަކީ، ޖުޑީޝަލް ރިވިއުގެ މައްސަލަތަކުގައި އެންމެ ފުރަތަމަ ވަޒަންކުރާ އެއްކަމެވެ. މި މޭރުމުން ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް ނުނިޔަތާއެކު ޢަމަލުކުރުމާއި، ނުރަނގަޅު ޤާނޫނީ އިޖުރާއަތު ފާޅުކަންބޮޑު ގޮތެއްގައި ހިންގާފައިވާކަން، ނުވަތަ މުޖުތަމަޢުގެ އާންމު މިންގަނޑުން މިނާއިރު އިންޞާފުވެރިނޫންކަމަށް ބެލެވޭފަދަ ޢަމަލެއް، ނުވަތަ ޢަދުލު އިންޞާފުގެ ނިޒާމުގެ ނަޒާހަތްތެރިކަމާމެދު Sukma Darmawan Sasmitaat Madja v Ketua Pengarah Penjara [1999] 2 MLJ 241
220(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނު އެއްގޮތްވާ ގޮތުގެމަތީންނެވެ. ސުވާލު އުފެދޭފަދަ ޢަމަލެއް ހިންގާފައިވާކަން ދައްކުވައިދެވިއްޖެނަމަ، ޖުޑީޝަލް ރިވިއުގެ މައްސަލައެއް ބެލުމުގެ ފުރުޞަތު ލިބިދެވޭކަމުގައ މި ޤަޟިއްޔާގައި ފަނޑިޔާރި ދީބާނާޒް ފަހުމީ ބަޔާންކުރައްވައެވެ.
52އެހެންކަމުން، އާންމު އުޞޫލަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުން ލިބިދޭ އިޚްތިޔާރީ ބާރުގެ ތެރެއަށް ކޯޓުން ނުވަނުމެވެ. އެހެނަސް، އިސްވެ ބަޔާންކޮށްފައިވާ ފަދައިން އެކަމުގެ އިސްތިސްނާއަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުއަސާސީއިންނާއި ޤާނޫނުން ލިބިދީފައިވާ ބާރުގެ ބޭރުން އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް އެ ފަރާތުން ޢަމަލުކުރާ ޙާލަތްތަކެވެ.
53މި ނިންމުމުގައި އުފެދޭ ބަހުސްއިން ފާޅުވާ އެއް ޙަޤީޤަތަކީ، ޖިނާއީ ދަޢުވާއެއް އުފުލުމުގައި، އެއް ކޯޓަކަށް ވުރެ ގިނަ ކޯޓުތަކަށް އިޚްތިޞާޞް ލިބިދޭ ޙާލަތުގައި (multiple venues)، ދަޢުވާ އުފުލާނެ ކޯޓު އިޚްތިޔާރުކުރުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއް (prosecutorial discretion) ކަމަށްވާއިރު، މި އިޚްތިޔާރު ބޭނުންކުރުމުގައި ބައިނަލްއަޤްވާމީ މަޝްރަހުގައި އުޞޫލުތައް އެކުލަވާލާފައިވާކަން (guidelines) ދިރާސާތަކުން ފާހަގަވެއެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތުގެ The Code for Crown Prosecution (2018) އާއި ސިންގަޕޫރުގެ AGC’s Internal Practice Directions and Prosecution Guidelines އާއި އޮސްޓްރޭލިޔާގެ Prosecution Policy of the Commonwealth އަދި އެމެރިކާގެ Justice Manual ހިމެނެއެވެ.
54ކޯޓު އިޚްތިޔާރުކުރުމުގައި މި މިންގަނޑުތަކުން ބަރޯސާވާ ކަންކަމަށް ބަލާއިރު، އެ ކުށް ހިނގި ސަރަޙައްދާއި، ހެކި ހުރިތަން ނުވަތަ ހެކިބަސް ދޭން ތިބި މީހުން ހުރި ތަނާއި، ދަޢުވާގެ ޚައްޞާޞްކަމަށާއި، ދަޢުވާލިބޭ މީހާ އުޅޭ ތަނަށާއި، ކޯޓުން މައްސަލަ ބެލުމުގެ ޤާބިލުކަން ހުރި މިންވަރަށާއި، އާންމު މަޞްލަޙަތު ވަޒަންކުރުމުގެ މައްޗަށް ޚާއްޞަކަން ދީފައިވެއެވެ.
55ޕްރިސިޑެންސް 7މިކަންކަމުގެ އަލީގައި، ކޯޓުތަކުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އިޚްތިޞާޞްއާ ގުޅޭ މާއްދާތައް ތަރުތީބުވެފައިވާގޮތުން، މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެއް ކޯޓަކަށް ވުރެ ގިނަ ކޯޓަކަށް ލިބިދޭނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ދާއިރާގެ ތެރެއިން، ދަޢުވާ އުފުލި ކޯޓުގައި އެ ދަޢުވާ އުފުލާފައިވާ ސަބަބު އަދި މަޞްލަޙަތު އުފަންވީގޮތް ބަޔާންކުރުމަކީ އެކަމުގެ ޙާލަތާއި، ޕްރޮސިކިއުޓަރ ޖެނެރަލް އިޚްތިޔާރު ބޭނުންކުރި ސަބަބާއި، އެކަމުގެ ނާޒުކުކަނ އޮތްގޮތް ހާމަވާނެކަމެވެ. މިއީ ޖަވާބުދާރީކުރުވަނިވި ދެ ފުށްފެންނަ ނިޒާމެއް ބިނާކުރުމުގެ މައިގަނޑު އަސާސެއް ކަމުގައި ދެކެމެވެ. އަދި މިއީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އިންޞާފަށް ވާސިލުވުމުގެ ފެށުންކަމުގައިވެސް ބަލަންޖެހެއެވެ.
56މި ޙާލަތުގައި ފުރަތަމަ ސުވާލަކީ، އިސްތިއުނާފު ކޮށްފައިވާ ނިންމުމުގައިވާ މައްސަލައިގެ މައުޟޫޢީ އިޚްތިޞާޞް، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބޭކަން ނުވަތަ ނޫންކަމެވެ. މަތީގައި ބަޔާންކޮށްފައވި ރއަ ޔުގައު ވާފަދައިން، ކޯޓުތަކުގެ ޤާނޫނުގެ 66 ވަނަ މާއްދާގައި ޙަވާލާދީފައިވާ، އެ ޤާނޫނުގެ ޖަދުވަލު 5 ގެ 1 އަދި 2 ވަނަ ނަންބަރަށް ބެލުމުން، އިސްތިސްނާ ކޮށްފައިނުވާ ހުރިހާ ބާވަތެއްގެ ޖިނާއީ މައްސަލައަކީ މެޖިސްޓްރޭޓް ކޯޓުގެ މައުޟޫޢީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލަތަކެވެ. ދައުލަތުން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވގާ މައްސަލައކެ ވެ. ދައުލަތުން ހުށަހެޅި މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގައި އިސްތިސްނާކޮށްފައިވާ ބާވަތުގެ މައްސަލައަކަށްނުވާތީ، އެ މައްސަލައިގެ މައުޟޫޢީ އިޚްތިޞާޞް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަމަށް ބަލަންޖެހެއެވެ.
57ދައުލަތުން ހުށަހެޅި މައްސަލައިގެ ޞަރަޙައްދީ އިޚްތިޞާޞް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވޭތޯ ބަލާއިރު، ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 1 ވަނަ ނަންބަރުގެ (ހ)ގެ ދަށުން، މައްސަލައިގެ ހާދިސާހިނގި ޖުޑީޝަލް ދާއިރާގެ ހުރިހާ ކޯޓަކަށް، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލައަކީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވާ މައްސަލައެކެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ)އަށް ރިޢާޔަތްކޮށް، ދަޢުވާލިބޭ ފަރާތް ދިރިއުޅެނީ ށ. ފުނަދޫގައިކަނ ލިޔުންތަކުން އެނގެން އޮތްކަން ދައުލަތުން ބަޔާންކޮށްފައިވުމުން، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ސަރަޙައްދީ އިޚްތިޞާޞް ލިބޭކަން އެނގެއެވެ. އަދި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓާ އެކުއެކީގައި، ހާދިސާ ހިނގިތަނަށް ރިޢާޔަތްކޮށް، ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓަށްވެސެ ސަރަޙައްދީ އިޚްތިޞާޞް މި މައްސަލައިގައި ލިބިގެންވާކަން އެނގެއެވެ.
58އެއްކޯޓަށްވުރެ ގިނަކޯޓަށް ޞަރަޙައްދީ އިޚްތިޞާޞްލިބޭ ޙާލަތުގައި ޢަމަލު ކުރަންޖެހޭގޮތް، މަތީގައި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/64,65,66,67,68,69,74 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ބުނެވިދިޔަ ޤަޟިއްޔާގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގައި، މި ޙާލަތުގައި ދަޢުވާ އުފުލާނެ ކޯޓު އިޚްތިޔާރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަމަށް ކަނޑައަޅާފައިވެއެވެ.
59ދެންއޮތް ސުވާލަކީ، އިސްތިއުނާފުކުރާ މައްސަލައާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރުގެ ތެރެއަށް ވަންނަންޖެހޭފަދަ ޙާލަތެއް އޮތްތޯއެވެ. މި މައްސަލައަކީ ކޯޓުގައި ދަޢުވާ ހުށަހަޅާފައިވާ މައްސަލައަކަށް ނުވާއިރު، މި މައްސަލައިގައި ދަޢުވާލިބޭ ފަރާތުން މައްސަލައިގެ އިޚްތިޞާޞްއާމެދު ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނުނިޔަތާމެދ ސުވާލު އުފައްދައި ޝަކުވާއެއް ކޮށްފައިނުވެއެވެ.
60އެހެންކަމުން، ށ. ފުނަދޫ، ދިލްކުޝާ، އަޙްމަދު ޙުސައިންގެ މައްސަލަ، ދައުލަތުން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ ސަބަބު ބަޔާންކުރުމާއެކު ކަމަށްވެފައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ އިޚްތިޔާރުގެ ތެރެއިން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ހުށަހަޅައި، މި މައްސަލަ ބެލުމުގައި ޤާނޫނީ ހުރަހެއްނެތެވެ.
61ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން؛
1.61. ދައުލަތުން ށ. ފުނަދޫ، ދިލްކުޝާ، އަޙްމަދު ޙުސައިންގެ މައްޗަށް، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާ ގުޅިގެން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/7 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" ބާޠިލުކޮށް، އަދި
2.61. މި މައްސަލއަކަ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް، ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ކަމުގައި ކަނޑައަޅައި، އަދި
3.61. ދައުލަތުން މި މައްސަލަ އަލުން ހުށަހަޅައިފިނަމަ، މި މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅަން ފެނެއެވެ.
62މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
63މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. 2025lHC-A137 oD 2 Yr, .orD o .a2xc o.o/. c, .O+.t 2zztz .*JP2-tto-tJr rt.*r.Jr/r2lee / aa c ol, o- lzz'z 211 c>? oeoo a ,2a 2 ?2flrr./t2 4e/2 ct5ct2024t7 .lrii se,, elePe2 Jry .2 .64.r / ox2 ? lto 2 /ao/ ox o ,a2/? a/ 2 t.zv219 e rPr2r,./ /22J t-/2'/ c 2a , tz lz t ,a Oa a oc c o 2 /. ?o la oa aa2 o s-zg./ V-) l+ ro".'P2 .v.5,r'J .P2/,? 2?? ,tra 2 J.?.rJ'P., 2 .64.2 a/a a//a /a /aa 2 o 22a/ e, - coaac a) -o a/ o/ .4 C 2 (2.,VJlrt/.r/ ?.",rJ -t-2 r', srJ.le / Qa v-,s 2P/r2 2 az 2/ c4or. c aa, a ozzoca/ oa 4co/oc oa , a a aa 3 e.rJ./2rF .-rt/, 2../r/ .F2 t ..r..r,Pr'r 2 / errrr.PJ 2rr.r. v ?.5r'rro /a/a iti''" ac oxo22 o2/. o c o ,2, a cr2 oa z z? z . 2J .r r. 2 r. /r ?.iJ r, sz.r.rrzuJ 2 ,rS 9 aala Jo.r aa 2o2P/r2 ,ra ert/r-/ , aD .. Uo . 'J.y 2yrf .rro ,.rP 32 a 1l 2 tlz o , oz 2a 22 o- - 2aa / Pra 4?22rte4 ',2 24 €zol 2ry 2*:) l2r'rra2 J.r.L.ry al ,/ / ra 2a \ 1e *t 1!) i."S+'>o.\--l" / *, v=;r'7]
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 155 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 66 ވަނަ މާއްދާ، 69 ވަނަ މާއްދާ (ހ)، (މ)، (ފ)، އަދި ޖަދުވަލު 5 (1 ވަނަ ނަންބަރުގެ (ހ)، 2 ވަނަ ނަންބަރު، 3 ވަނަ ނަންބަރު)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ އަދި 6 ވަނަ މާއްދާގެ (ހ)، (ށ)، (ރ)
- ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އަދި (ރ)، އަދި 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ އަދުލުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (01-REG-SC-2021) ގެ 101 ވަނަ މާއްދާ
- 2025/HC-A/64,65,66,67,68,69,74
- 2020/HC-A/183 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު)
- 2020/SC-A/46 (ދައުލަތް (މިނިސްޓްރީ އޮފް ޓޫއަރިޒަމް) ވ. އަތަމާ މެރައިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- 2023/SC-A/02
- 2024/SC-A/06
- 2021/SC-A/113
- 2021/SC-A/96
- 2021/SC-A/79
- Y. Abraham Ajith & Ors v Inspector of Police (2004) 8 SCC 100
- R (Corner House Research) v DPP [2008] UKHL 60
- Repco Holdings Bhd v PP [1997] 3 MLJ 681
- Ramalingam Ravinthran v Attorney-General [2012] 2 SLR 49
- United States v. Armstrong, 517 U.S. 456 (1996)
- Mat Shuhaimi bin Shafiei v Public Prosecutor [2014] 2 MLJ 145
- Sukma Darmawan Sasmitaat Madja v Ketua Pengarah Penjara [1999] 2 MLJ 241
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފާޠިމަތު މީޝާ، ފާޠިމަތު ޝިފާޒާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ފައިޞަލް، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް