ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/67
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނެތް، 2025/HC-A/67
Prosecutor General v. Not specified 2025/HC-A/67 (2025/HC-A/67, High Court of the Maldives, 22 May 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނެތް
މައްސަލައިގެ ޚުލާޞާ
ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރަޖިސްޓްރާރު ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އާއި (މ) ގެ ދަށުން ސަރަޙައްދީ އިޚްތިޞާޞް ނެތްކަމަށް ބުނެ ދަޢުވާ ބަލައިނުގަނެ، މުރާޖަޢާގައި ފަނޑިޔާރު ވެސް ރަޖިސްޓްރާރުގެ ނިންމުން ބަދަލުނުކުރެއެވެ (ދަޢުވާލިބޭ ފަރާތްތަކުގެ ދާއިމީ އެޑްރެސް އާންމު އުޞޫލު ކަމަށާއި، ހެކިންނަކީ ވަގުތީ ގޮތުން ހުރި ފުލުހުން ކަމަށާއި، ބެކްލޮގް ހުރިކަމަށް)
ށ. ދޮޅިޔަދޫއިން ތަކެތި ވަގަށް ނަގައި ދޯންޏެއްގައި ދަނިކޮށް ކަނޑުމަތިން ހިފެހެއްޓި، އެކި ރަށްރަށަށް ނިސްބަތްވާ 06 ފަރާތެއްގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދަޢުވާ، މައްސަލަ ތަޙްޤީޤުކުރި ފުލުހުން (ހެކިން) ދިރިއުޅޭ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށަހެޅިއެވެ. މި ޤަޟިއްޔާއަކީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ C15C/2024/6 ގެ ނިންމުމާ ގުޅޭ އިސްތިއުނާފެވެ.
ދައުލަތުން ބުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 (ރ) އިން އިޚްތިޞާޞް ފުޅާކުރާކަމަށާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގައި ވަކި ޙާލަތަކަށް އިސްކަން ދީފައި ނެތްކަމަށާއި، (ފ) ގެ ދަށުން ހެކިން ދިރިއުޅޭ ދާއިރާގެ ކޯޓަށް އިޚްތިޞާޞް ލިބޭކަމަށާއި، ކޯޓު އިޚްތިޔާރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ބާރު ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތި exparte ކޮށް ބެލިއެވެ.
މައިގަނޑު ސުވާލު
ޖިނާއީ މައްސަލައެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް އެއް ކޯޓަށް ވުރެ ގިނަ ކޯޓުތަކަށް ލިބޭ ޙާލަތުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަޢުވާ އުފުލާނެ ކޯޓު އިޚްތިޔާރުކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވޭތޯ، އަދި ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް އެހެން ޖުޑީޝަލް ދާއިރާއެއްގައި ހިނގި ކުށެއްގެ މައްސަލަ ބެލުމުގެ ކަމުގެ އިޚްތިޞާޞް ލިބޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާތީ އަލުން ހުށަހަޅައިފިނަމަ ބަލައިގަނެ ކުރިއަށް ގެންދެވޭނެ
ދެ ޤާނޫނުގެ އިޚްތިޞާޞްގެ ނައްސުތައް އެކުއެކީ ކިޔާއިރު ސަރަޙައްދީ އިޚްތިޞާޞްގެ ޙާލަތްތަކުގެ މެދުގައި އިސްފަސްކުރުމެއް ނެތުމުން، އިޚްތިޞާޞް ލިބޭ ކޯޓުތަކުގެ ތެރެއިން ކޯޓު އިޚްތިޔާރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ބާރު ކަމަށާއި، ދައުލަތުން އެކަށީގެންވާ ސަބަބު ބަޔާންކޮށްފައިވާތީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް 69 (ފ) ގެ ދަށުން މައްސަލަ ބެލުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ކޯޓު ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިޚްތިޞާޞް އަކީ ކޯޓުގެ ކުރިމައްޗަށް ގެނެވޭ މައްސަލައެއް ބަލައި ޙުކުމްކުރުމަށް ޤާނޫނުގެ އިމުގެ ތެރެއިން ކޯޓަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރެވެ. ކޯޓަކަށް ދަޢުވާއެއް އުފުލޭނީ މައުޟޫޢީ (ކަމުގެ) އިޚްތިޞާޞާއި ސަރަޙައްދީ އިޚްތިޞާޞް ދެމިންގަނޑުންވެސް އެ ކޯޓަށް ލިބިދޭނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-32)
- ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާއި ޖަދުވަލު 5 ގައި މައުޟޫޢީ އިޚްތިޞާޞާއި ސަރަޙައްދީ އިޚްތިޞާޞް ވަކިވަކިން ބަޔާންކުރާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ޖިނާއީ މައްސަލަތަކުގައި މައުޟޫޢީ އިޚްތިޞާޞް ލިބޭ އާންމު ހަމައަކީ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގައި އިސްތިސްނާކޮށްފައިނުވުމެވެ؛ ޖަދުވަލު 5 ގެ 1 ވަނަ ނަންބަރުގެ (ހ) (ޖުޑީޝަލް ދާއިރާގައި ހިނގާ މައްސަލަތައް) އެހެން މާއްދާތަކާ ނުލައި ވަކިން ކިޔައިގެން މައުޟޫޢީ އިޚްތިޞާޞް ކުށް ހިނގި ޖުޑީޝަލް ދާއިރާއަށް ހަނިކުރުމަކީ ޤާނޫނު އެއް ރޮއްޖަކުން ކިޔުމުގެ އުޞޫލާ ޚިލާފު މާނަކުރުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-41، 78-80)
- ޤާނޫނެއްގެ މާއްދާތައް މާނަކުރަންވާނީ ޤާނޫނު އެއް ރޮއްޖަކުން ވިޔެފައިވާ އެކަތި ގަނޑެއްގެ ގޮތުގައި، މުޅި ޤާނޫނުގެ ސިޔާސަތާއި މަޤްޞަދުގެ ފުޅާ އިމުގެ ތެރޭގައި ކިޔައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46، 78)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް" ފެށިގެންވާއިރު، އެއީ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައިވާ ސަރަޙައްދީ އިޚްތިޞާޞްގެ އިތުރުން، ކުށް ހިނގި ރަށުގެ ކޯޓާއި ދަޢުވާލިބޭ މީހާ ދިރިއުޅޭ ރަށުގެ ކޯޓަށް އިޚްތިޞާޞް ލިބޭ ދެ ގޮތެއް އިތުރުކޮށް އިޚްތިޞާޞްގެ ދާއިރާ ފުޅާކުރާ ނައްޞެކެވެ؛ އެއީ 69 ވަނަ މާއްދާ ހަނިކުރާ ނުވަތަ ނަފީކުރާ ނައްޞެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-45، 52)
- ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައްޔާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ސަރަޙައްދީ އިޚްތިޞާޞާ ގުޅޭ ޙާލަތްތަކުގެ މެދުގައި އިސްފަސްކުރުމެއް ނުވަތަ އާންމު އުޞޫލެއް ކަނޑައަޅާފައި ނުވާތީ، 69 ވަނަ މާއްދާގެ (ހ) (ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް) އަކީ އާންމު އުޞޫލުކަމަށާއި (މ) އަކީ ޖިނާއީ މައްސަލަތަކުގައި އިސްކަންދޭންޖެހޭ ޚާއްޞަ އުޞޫލުކަމަށް ބެލުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޚިލާފު ތަރުޖަމާއެކެވެ؛ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާ ފަދައިން އާންމު އުޞޫލެއް ކަނޑައަޅާފައިވާ ޤާނޫނުތަކާ މިއީ ތަފާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48-51، 72)
- ޖިނާއީ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެއް ކޯޓަށް ވުރެ ގިނަ ކޯޓުތަކަށް ލިބޭ ޙާލަތުގައި (multiple venues)، ޤާނޫނު ހުއްދަކުރާ ޙާލަތްތަކުގެ ތެރެއިން ދަޢުވާ އުފުލާނެ ކޯޓު އިޚްތިޔާރުކުރުމަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ)، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ) އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ (prosecutorial discretion). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 53-54، 60)
- ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި ކޯޓުތަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ބާރުގެ ތެރެއަށް ނުވަނުމަކީ އާންމު އުޞޫލެވެ؛ އޭގެ އިސްތިސްނާއަކީ ނުބައި ނިޔަތުގައި، ތަފާތުކުރުމާއެކު، ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދީފައިވާ ބާރުގެ ބޭރުން ނުވަތަ ޤާނޫނީ ހަމަތަކާއި އަސާސީ ޙައްޤުތަކާ ޚިލާފަށް އެ ބާރު ބޭނުންކުރާ ޙާލަތްތަކެވެ (ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ށ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 55-59)
- އެއް ކޯޓަށް ވުރެ ގިނަ ކޯޓަށް އިޚްތިޞާޞް ލިބޭ ޙާލަތުގައި ވަކި ކޯޓެއްގައި ދަޢުވާ އުފުލި ސަބަބާއި މަޞްލަޙަތު ޕްރޮސިކިއުޓަރ ޖެނެރަލް ބަޔާންކުރުމަކީ ޖަވާބުދާރީވުމުގެ މައިގަނޑު އަސާސެކެވެ؛ އެކަށީގެންވާ ސަބަބުތައް ބަޔާންކޮށްފައިވާނަމަ، އެ ކޯޓަށް މައްސަލަ ބެލުމަށް ޤާނޫނީ ހުރަހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 61-62، 67-69، 73)
- ކޯޓުގެ ބެކްލޮގް ނުވަތަ އިދާރީ ގޮންޖެހުންތަކަކީ ޤާނޫނުގެ ޙުކުމް އެއްފަރާތްކުރުމަށް ބޭނުންކުރެވޭނެ އުޒުރެއް ނޫނެވެ؛ އަދި ކޯޓަށް އިޚްތިޞާޞް އޮތްތޯ ބެލުމުގައި ބެކްލޮގަށް ރިޢާޔަތްކުރަންޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 68)
- ދަޢުވާލިބޭ ފަރާތް ޙާޟިރުނުކުރެވިގެން އަލުން ހުށަހެޅުމުގެ ފުރުޞަތާއެކު ދަޢުވާ ފޯމް ބާޠިލުކޮށް އަނބުރާ ފޮނުވުމަށްފަހު، އަލުން ހުށަހެޅުމުން ކަމުގެ އިޚްތިޞާޞް ނެތްކަމަށް ބުނެ ބޭރުކޮށްލުމަކީ އެއް ކޯޓުން އެކި ފަހަރު އެކި ގޮތަށް ޢަމަލުކުރުމެއް ކަމަށްވެފައި، ހަމަހަމަކަމާއި އަވަސް އިންސާފަށް ހުރަހެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 81)
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓު ނ އެކުއެކީގައި ބަލާފައިވާ ނަންބަރު 2025/HC-A/64,65,66,67,68,69,74,95 ޤަޟިއްޔާތަކުގެ ޝަރީޢަތް ނިންމިގޮތެވެ. މި ޤަޟިއްޔާތަކުގެ ތަފްޞީލު ބަޔާންކުރީމެވެ.
1.1. ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު ގ )މީގެ ފަހުން "ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު"( ނަންބަރު C15C/2024/2 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" )26 ޑިސެންބަރު 2024( އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލަމުންދަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2025/HC-A/64 ޤަޟިއްޔާއިންނެވެ.
1.2. ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/4 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި
1.3. ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/5 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި
1.4. ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/6 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި
1.5. ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/1 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި
1.6. ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/3 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި
1.7. ދައުލަތުން ހުށަހެޅި ނަންބަރު J31.01.2024.38 ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށ އެދި ހުށަހެޅީފޯމާއި ގުޅިގެން، ތިލަދުންމަތެދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގ )މީގެ ފަހުން "ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު"( "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" )25 ނޮވެންބަރު 2024( އިސްތިއުނާފުކުރުމުން އެ މައްސަލަ
1.8. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ )މީގެ ފަހުން "ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު"( ނަންބަރ 223,224/Q10C/2024 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ.ޢެ ނނ އަޙްމަދު( ޤަޟިއްޔާ އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލަމުންދަނީ ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2025/HC-A/95 ޤަޟިއްޔާއިންނެވެ.
2ބަޔާންކުރަނިވި ނިންމުންތައް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމުގައި ބުނެ، އެ ނިންމުންތައް އިސްތިއުނާފުކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލގާއޮފީހުގެ )މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް"( ފަރާތުންނެވެ. އިސްތިއުނާފުކުރެވިފައިވ ނިންމުންތަކުގެ ތެރެއިން، ށ. ފުނަދި މެޖިސްޓްރޭޓް ކޯޓުންނއާއަދިހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" އަކީ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށްވެފައި، އަދި އިސްތިއުނާފުކުރެވިފައިވާ ނިންމުންތަކުގެ ތެރެއިން ގދ. ތިނަދުމެޖސްޓްރޭޓި ކޯޓުގް ނަންބަރ 223,224/Q10C/2024 ޤަޟިއްޔާގެ ނިންމުމަކީވެސް އެ ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިނުވާކަމަށް ކަނޑައަޅާފައިވާ ނިންމުމަކަށްވެފައި، އ ނިންމުމަކީ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( )މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު"( ގެ ދަށުން އިބްތިދާއީ އިޖުރާއަތްތައް ފުރިހަމަކުރުމަކާނުލައި ނިންމާފައިވާ ނިންމުމެއްކަމުގައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަމުންދާ މ އިސްތިއުނާފީ ޤަޟިއްޔާތައްކުރިއަށް ގެންގޮސްފައިވަނީ، ދައުލަތުން ހުށަހަޅާފައިވާގޮތަށ exparte ކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ނުހިމެނޭގޮތަށެވެ.
3ބަޔާންކުރަނިވި "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" ނިންމުންތަކާއި،އަދ ގދ. ތިނަދޫ މެޖިސްޓްރޭޓުކޯޓުގެ ނަންބަރ 223,224/Q10C/2024 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ އެއް ޤާނޫނީ އަސާސެއްގެ މައްޗަށް ހުށަހަޅާފައިވާ އިސްތިއުނާފުތަކެއް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2018/SC-A/31 އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ "މައްސަލބަލަ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު" އަށް ރިޢާޔަތްކޮށް،މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއިބެންޗަކުން މި ޤަޟިއްޔާތައް އެކުއެކީގައ ކަމަށްވުމާއެކު، "ޝަރީޢަތް ނިމުނުގޮތް" އެއް ނިންމުމެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމަށް ފެންނާތީ އެގޮތުގެމަތިން މި ނިންމުން ލިޔެފައިވަނީއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ނުކުތާ . ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރު 02/FAM/2021) 27 ޖަނަވަރީ 2021( އުޞޫލު.
4އިސްތިއުނާފުކުރެވޭ ނިންމުންތައް ނިސްބަތްވަނީ 03 )ތިނެއް( ކޯޓަކުން ނިންމާފައިވާ ނިންމުންތަކެއްގެ މައްޗަށް ކަމުގައިވާތީ، ކޮންމެ ކޯޓެއްގައި ކަން ހިނގާދިޔަ ގޮތް ވަކި ވަކިން ބަޔާންކުރީމެވެ.
5ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( )މީގެ ފަހުން "ދިވެހިރާއްޖޭގ ޤާނޫނުލްޢުޤޫބާތު"(ގ 211 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، 210 ވަނަ މާއްދާގެ )ށ( ގެ ދަށުން އއ. މަތިވެރި، […] އާދަމް ޝަރީފްއާއި، ސ. ފޭދޫ، […] ޝަރުމީލް މަޖީދުއާއި، ލ. ގަން، ދުންފިނި، ޢަލީ ރަޝީދުއާއި، ކ. ކާށިދޫ، […] މުޙައްމަދު ނާޒިފުއާއި، ގއ. ވިލިނގިލި، […] ޙަސަން ޚާލިދުއާއި،އއ. މަތިވެރި، ހިތްފަސޭހަވާދީ، ޢިބާދް ﷲ ޝެރީފާގ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވް،އެ ދަޢުވާ ހުށަހަޅާ ފޯމުންށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް 24 ނޮވެންބަރު 2024 ގައި ދައުލަތުން ހުށަހެޅިއެވެ.
6ވަކިވަކިން އުފުލާފައިވާ މި ދަޢުވާތަކުގައިވަނީ، މި ދަޢުވާތައް ހުށަހަޅާފައިވަނީ،ބަޔާންކުރަނިވި ފަރާތްތަކުނ 27 ޖަނަވަރީ 2024 ދުވަހުގެ ވަގުތެއްގައި، ށ. ދޮޅިޔަދޫއިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވަނިކޮށް، ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން 16 )ސޯޅަ( ފޫޓުގެ ދިގުމިނުގެ
16 )ސޯޅަ( ނަރާއި، 27 )ހަތާވީސް( ފޫޓުގެ ދިގުމިނުގ 04 )ހަތަރެއް( ނަރާއި، 32 )ތިރީސް ދޭއް( ފޫޓުގެ ދިގުމނުގައ 04 )ހަތަރެއް( ނަރާއި، 36 )ތިރީސް ހައެއް( ފޫޓުގެ ދިގުމިނުގ 04 )ހަތަރެއް( ނަރާއި، 30 )ތިރީސް( ފޫޓުގެ ދިގުމިނުގެ 04 )ހަތަރެއް( ނެރު، އާފަރާތްތަކުން ދަތުރުކުރަމުންދިޔަ "އުފ-2" )ރަޖިސްޓްރީ ނަންބަރު: D-01 10-P9627B( ދޯނިން ފެނިފައިވތކަމުގައެވެ. ޕްރޮސިއިކުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ދަޢުވާ ހުށަހަޅާ ފޯމު". ޕްރޮސިއިކުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ދަޢުވާ ހުށަހަޅާ ފޯމު" ގެ ޖަދުވަލު 1.
7އިސްވެ ބަޔާންކުރެވުނު ފަރާތްތަކުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަތަކަކީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައިގަނެފައިނުވާ މައްސަލަތަކެއްކަން "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް އަންގާ ލިޔުން" އިނ 26 ނޮވެންބަރު 2024 ގައި އެ ކޯޓުން އަންގާފައިވެއެވެ. މައްސަލަތައް ބަލައިނުގަތުމަށް ނިންމާފައިވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "ކޯޓުތަކުގެ ޤާނޫނުގެ 22/2010ގެ 69 ވަނަ މައްދާގެ )ހ( އަދި )މ( ގެ ދަށުން އިޚްތިޞާޞް ލިބިގެން ނުވާތީ އަބުރާފޮނުވާލުން" މިފަދައިންނެވެ.
8ރަޖިސްޓްރާރގެ ނިންމުންތައް އަލުން ބަލައިދިނުމަށް އެދި ދައުލަތުގެ ފަރާތުން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ. ރަޖިސްޓްރާރގެ ނިންމުން ރަނގަޅުނޫންކަމަށް ފެންނަ ސަބަބުތަކުގެ ގޮތުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
8.1. ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު( )މީގެ ފަހުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު"( ގ 69 ވަނަ މާއްދާގައި ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ކަނޑައޅާފައިވާއިރު،ބައެއް ޙާލަތްތަކުގައި ޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން، އެކަންކަމާގުޅޭ ނިސްބަތަށް ސަރަޙައްދީ އިޚްތިޞާޞްވެސް އެ ކޯޓުތަކަށް ލިބިގެންވކަމުގައެވެ. އެގޮތުނެ މި މާއްދާގެ )ފ( ގައި ބަޔާންކޮށްފައިވަނީ ޖިނާއީ މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތައް ދިރިއުޅެމުންދާ ދާއިރާގެ ކޯޓަކަށް ސަރަޙައްދީ އިޚްތިޞާޞް ލިބިގންވކަން.
8.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދަގެ )ރ( ގައި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޖިނާއީ ކުށުގެ ޢަމަލު ހިނގްރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި، ނުވަތަ ދަޢުވާލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި، އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަން. ދައުލަތުން ހުށަހަޅާފައިވާ "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމް"ގެ 3 ވަނަ ނަންބަރުގެ ދަށުން ފާހަގަކޮށްފައިވާ ކަންކަން.
8.3. މ މައްސަލައަކީ، ށ. ދޮޅިޔަދޫއިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއްކަމުގައިވާއިރު، މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންއަށްކަމަށާއި، ހާދިސާ ރިޕޯޓުކުރުމާއ ގުޅިގެނި ސީންއަށ އެޓެންޑުވެ، ދޯނި ށ. ދޮޅިޔަދޫއާއި ގާތްގަޑަކަށް 04 )ހަތަރެއް( ނުވަތަ 05 )ފަހެއް( ވަރަކަށް މޭލ ބޭރުން ހުއްޓުވައި، ދޯނ ބަލި ފާސްކޮށް، ދޯނި ށ. ފުނަދއަށްގެނެސްފައިވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންކަމުގައެވެ. މި މައްސަލަ ތަހުޤީޤުކޮށްފައިވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުނ ކަމުގައިވާއިރު، ހެކިންގެ ގތުގައ ހުށަހަޅާފައިވަނިފުލުހުންކަމަށާއި، އެ ފަރާތްތައް މިހާރު ދިރިއުޅެނީ ށ. ފުނަދޫގައކަން.
8.4. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަމާއްދާގެ )ހ( އިން )ފ( އަށް ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ކޯޓުތަކަށް ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވާކަން އެނގެން އޮންނައިރު، މ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ޙާލަތަކަށް އިސްކަމެއް ދީފައިނެތްކން.
8.5. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދަ މާނަކުރަންވާނީ construction harmonious of doctrine ބޭނުންކޮށްގެންކަމށާއި،މި ޑޮކްޓަރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/46 ދައުލަތް )މިނިސްޓްރީ އޮފް ޓުއަރިޒަމް( ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަލައިގަނެފައިވާކެމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަން މާއްދާގަ )ހ( އަދި )މ( އޮތުމުގެ ސަބަބުން އެ މާއްދާގެ )ފ( ގެ މަޤްޞަދު ނަފީވެގެންދާ ގޮތަށް ނުވަތަ ގެއްލިގެންދާ ގޮތަށް މ މާއްދި މާނަކުރެވިދާނެކަމަށް ނދެކޭކަމށާއި،ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރަޖިސްޓްރާރ މިފަދައިން މާނަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/46 ދައުލަތް )މިނިސްޓްރީ އޮފް ޓުއަރިޒަމް( ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްކަން.
8.6. މ މައްސަލައިގައި ހެކިބަސްދޭ ފަރާތްތައް ދިރިއުޅެމުންދަނީ ށ. ފުނަދޫގައި ކަމަށްވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގަ )ފ( ގެ ދަށުން، މި މައްސަލަ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށް ޤާނޫނީ ހުރަހެއް އޮތްކަމަށް ނުދެކޭކަން.
9މ ހުށަހެޅުންތަކާއި ގުޅިގެން، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ C15C/2024/1 އާއި، 9 8 7 ނަންބަރު C15/C/2024/2 އާއި، ނަންބަރު C15C/2024/3 އާއި ނަންބަރު C15C/2024/4 11 10 އާއި، ނަންބަރު C15C/2024/5 އަދި ނަންބަރު C15C/2024/6 ނަންބަރު"މުރާޖަޢާ ކޮށްދިނުމަށެއެދ ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" އިން ނިންމާފައިވަނީރަޖިސްޓްރާރގ ނިންމުން ބަދަލުކުރާނެ ތަނެއް ނެތްކަމުގައެވެ. މި ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
9.1. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވެނ މާއްދާގަ )ހ( ގެ ދަށުން ސަރަޙައްދީ އިޚްތިޞާޞް ލިބޭ އާންމު އުޞޫލަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓުތަކަކަށްވުނކަމަށާއި،އަދި އެ މާއްދާގެ ދެން ހުރި އަކުރުތަކުގައި ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ލިބޭ ޚާއްޞަ ގޮތްތައް ބަޔާންކޮށްފައިވާކަނ.
9.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގައި "...އ ކުށުގެ ދަޢުވެ އުފުލުމުގެ ޙައްޤު" މިފަދައިން ބަޔާންކޮށްފައިވުމުން، މި އަމުރުގެ ދަށުން މައްސަލަ ހުށަހެޅުމަކީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލާޒިމްކަމެއް ނޫންކަމަށާއި، އެއީ ޕްރޮސިކިއުޓަރ ޖެނެރަލަށް އޮންންއިޚްތިޔާރެއްކަން ދައުލަތުން ބަޔާންކޮށްފައިވާއިރު، ދައުލަތަށް ލިބިދީފައިވާ އިޚްތިޔާރުގެ ތެރެއިން، ދައުލަތުން މި ނިންމުން ނިސްބަތްވަނީ ދައުލަތުގެ ނަންބަރު 1188/2024/C15C/8 ދަޢުވާ ހުށަހަޅާ ފޯމުން އާދަމް ޝަރީފްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަށް. މި ނިންމުން ނިސްބަތްވަނީ ދައުލަތުގެ ނަންބަރު 1188/2024/C15C/8 ދަޢުވާ ހުށަހަޅާ ފޯމުން ޝަރުމީލް މަޖީދުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަށް. މި ނިންމުން ނިސްބަތްވަނީ ދައުލަތުގެ ނަންބަރު 1188/2024/C15C/8 ދަޢުވާ ހުށަހަޅާ ފޯމުން ޢަލީ ރަޝީދުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަށް. މި ނިންމުން ނިސްބަތްވަނީ ދައުލަތުގެ ނަންބަރު 1188/2024/C15C/8 ދަޢުވާ ހުށަހަޅާ ފޯމުން މުޙައްމަދު ނާޒިފުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަށް. މި ނިންމުން ނިސްބަތްވަނީ ދައުލަތުގެ ނަންބަރު 1188/2024/C15C/8 ދަޢުވާ ހުށަހަޅާ ފޯމުން ޙަސަން ޚާލިދުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަށް. މި ނިންމުން ނިސްބަތްވަނީ ދައުލަތުގެ ނަންބަރު 1188/2024/C15C/8 ދަޢުވާ ހުށަހަޅާ ފޯމުން ޢިބާދﷲ ޝަރީފްގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަށް. ފަސޭހަކުރުމަށްޓަކައ އެކި މައްސަލަތަކުގައި އެކި ގޮތަށި ޢަމަލުކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކޭކަނ.
9.3. މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން 03 )ތިނެއް( ފަރާތެއް ށ. ފުނަދޫގައި ވަގުތީ ގޮތުން މި ވަގުތު ދިރިއުޅުނު ނަމަވެސް، އެ ފަރާތްތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައ މަސައްކަތްކުރި ފުލުހުންކަމަށްވާއިރު، އެ ފަރާތްތަކަކީ ޓާރމްތަކުގައ އެކި ރަށްރަށުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތައްކަނ.
9.4. މުރާޖޢާކުރުމަށަ އެދި ހުށަހަޅާފައިވާ މައްސަލަތަކުގައި ޖުމްލަ 06 )ހައެއް( ފަރާތކަށަ ދަޢުވް ރައްދުވާއިރު، އެކި ފަރާތްތައް ނިސްބަތްވަނީ އެކި ރަށްތަކަކަށްކަމުގައިވާއިރި،ދައުލަތަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މ ފަރާތްތަކަށް ދަޢުވާކޮށްފައިވަނީ ށ. ފުނަދޫގައިކަނ.
9.5. ކޯޓަށް ހުށަހެޅް މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތްތައް އުޅޭ ނޫޅޭތަނެއް ނޭނގުމުގެ ސަބަބުން މައްސަލަތައް ކުރިއަށް ނުގެންދެވި ޙައްލު ލިބިފައިނުވާ މައްސަލަތައް ކޯޓުގި ބެކްލޮގގައ ހުރިކަމަށާއި،މައްސަލަތައް ހުށަހެޅުމުގައި ރަނގަޅު ހަރުދަނާ އުޞޫލަކުން އެއް ހަމައަކުން ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއްކަން.
10ދޫވެހިރާއްޖޭގެޤާނެނުލްޢުޤޫބާތގ 120 ވެނ މާއްދާގަ )ހ(ގ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ )ށ( ގ 1 ވަނަ ނަންބަރުގެ (i) ގެ ދަށުންއަދި އެ ޤާނޫނުގެ 122 ވަނަ މާއްދާގެ )ހ( ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ )ށ( ގެދަށުން ހދ. ހަނިމާދޫ، […] އަކްރަމް ޢަލީގެ މައްޗަށ އަނިޔާއެއް ދިނުން އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ 02 )ދޭއް( ދްޢުވއެއްކޮށާ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް 16 އޮކްޓޫބަރު 2024 ގައި ދައުލަތުން ހުށަހެޅިއެވެ.
11މި ދަޢުވާތައް ހުށަހަޅާފައިވަނީ، އަކްރަމް ޢަލީ، 22 އޮގަސްޓް 2024 އެހައިކަންހާއިރު، ހއ. ބާރަށް، ސެވީނާ ގޯތި ތެރޭގައި، މީނާ އާއި މީނާގެ މަންމަ ހއ. ބާރަށް، ސެވީނާ ފަޒުނާ ޢަބްދުއްރަޙީމްއާ ދެމެދު ހިނގި ދެބަސްވުމެއްގައި، މީނާ ރުޅިއައިސްގެން ލަކުޑި ގޮނޑިއަކުން ފަޒުނާ ޢަބްދުއްރަޙީމްގ ދެ އަތުގައި ޖަހާފައިވާތީއާއި، ހަމަ އެ ގޮނޑިން ފަޒުނާ ޢަބްދުއްރަޙީމްގެ ކަނދުރާ މަތީގައި ޖަހައި، ފަޒުނ ޢަބްދުއްރަޙީމްއ ދެމެދާ މާރު މާރީ ހިންގާފައިވާތީއާއި، މި މާރާމާރީގެ ސަބަބުން ފަޒުނާ ޢަބްދުއްރަޙީމްއަށ އަނިޔާވެފައިވާކަން ފަޒުނާ ޢަބްދުއްރަޙީމްގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮންނާތީކަން ދަޢުވާކރ ސަބަބުތަކުން އެނގެން އޮވެއެވެ.
12މީގެ އިތުރުން، އަކްރަމް ޢަލީ، 22 އޮގަސްޓް 2024 ދުވަހުގެ 19:30 އެހައިކަންހައިއިރު، ހއ. ބާރަށް،ސެވީނާ ގޯތި ތެރޭގައި، މީނާއާއި މީނާގެ މަންމަ ހއ. ބާރަށު،ސެވީނާ ފަޒުނާ ޢަބްދުއްރަޙީމްއ ދެމެދާ ހިނގި ދެބަސްވުމެއްގައި، މީނާ ރުޅި އައިސްގެން، ފަޒުނާ ޢަބްދުއްރަޙީމްއ މެދާ މާރާމާރީ ހިނގަމުންދާތީ، އެ ސަރް ޙައްދަށް ހއ. ބާރަށް، […] ޢާބިދާ ޢަބްދުއްރަޙްމާން ގޮސް، މީނާގެ ގާތުގައި "ކަލޭ މަންމައެއް ނޫންހޭ. ކިހިނެއްވެގެންހޭ ކަލޭ ތ އުޅެނީ، ތިވަރަކަށ މަންމައަށް އަނިޔާތިކުރަނީ" މިހެން ބުނުމުން، މީނާ ޢބިދ ޢަބްދުއްރަޙްމާންއާ ދިމާލަށް އައިސް "ތ ކުއްތާވެސް މަރާލާނަމޭ، ތ ކުއްތާ ކޮންމެ ފަހަރަކު އަނގަކޮށްޕާކަށް ނުޖެހެޔޭ. ތ ކުއްތާވެސް ހޭއަރުވާލާނަމޭ" ބުނެ، ޢާބިދާ ޢަބްދުއްރަޙްމާންއަށް އިންޒާރުދީ، ބިރުދައްކާފައިވާތީކަން ދަޢުވާކުރާ ސަބަބުތަކުން އެނގެއެވެ. ޕްރޮސިއިކުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ދަޢުވާ ހުށަހަޅާ ފޯމު" )ދަޢުވާކުރާ ފަރާތުގު ރިފަރެންސް ނަންބަރ 1182/2024/B3C/5(. ޕްރޮސިއިކުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ދަޢުވާ ހުށަހަޅާ ފޯމު" )ދަޢުވާކުރާ ފަރާތުގު ރިފަރެންސް ނަންބަރ 1182/2024/B3C/5( ޖަދުވަލު 1. ޕްރޮސިއިކުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ދަޢުވާ ހުށަހަޅާ ފޯމު" )ދަޢުވާކުރާ ފަރާތުގު ރިފަރެންސް ނަންބަރ 1182/2024/B3C/5( ޖަދުވަލު 1.
13އަކްރަމް ޢަލީގެމައްޗަށ ހުށަހަޅާފައިވް މައްސަލަތަކަކީ ހދ. ހަނިމާދްމެޖިސްޓްރޭޓް ކޯޓުން ބަލައިގަނެފައިނުވާ މައްސަލަތަކެއްކަން "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް އަންގާ ލިޔުން" އިނ 06 ނޮވެންބަރު 2024 ގައު އެ ކޯޓުން އަންގާފައިވެއެވެ. މައްސަލަތައް ބަލައި ނުގަތުމަށް ނިންމާފައިވާ ސަބަބތަކުގ ގޮތުގައި އަންނަނިވި ސަބަބުތައް ބަޔާންކުރެއެވެ.
13.1. މ މައްސަލައިގެ ތުހުމަތުކުރެވޭ އަކްރަމް ޢަލީ މިހާރު ދިރިއުޅޭ އެޑްރެހަކީ ހއ. ބާރަށް، ސެވީނާ ކަމަށް ދަޢުވާ ފޯމުގައި ބަޔާންކުރުމުގެ އިތުރުން، މި މައްސަލައިގައި ހާދިސާ ހިނގާފައިވަނީ ހއ. ބާރަށް، ސެވީނާ ގޯތި ތެރޭގައިކަމަށާއި،މ މައްސަލައިގައި އަނިޔާ ލިބުނު ފަރާތާއި ހުރިހާ ހެކިވެރިން ދިރިއުޅެނީވެސް ހއ. ބާރަށުގައިކަނ ދަޢުވް ހުށަހަޅާ ފޯމާއުއަދްފޯމާއިއެކ ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭކަން.
13.2. އަކްރަމް ޢަލީއަކީ މި މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި ފަރާތެއްކަން ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭއިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ ދާއިމީ އެޑްރެސ ހުންނަން ހދ. ހަނިމާދޫގައިކަމަށްވާތީ، […] ކޯޓުތކުގ ޤާނޫނުގެ 69 ވަނަ މާއްދާގެ )ހ( ގެ ދަށުނ ސަރަޙައްދައިޚްތިޞާޞް ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިފައިވީނަމަވެސް، ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކާ ގުޅޭ ޚާއްޞަ އިޖުރާއަތު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށަފައިވާއިރު، އެ މާއދާގް )ރ( ގެ ދަށުން މި މައްސަލައަކީ ހާދިސާ ހިނގާފައިވާ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން މި ވަގުތު ހުރި ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ހިނގި މައްސަލައެއްކަމުގައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެފިދަ ކޯޓަކަށް މިމައްސަލ ހުށަހަޅާފައިނުވްވަކި ޚާއްޞަ ސަބަބެއް ބަޔާންކޮށްފައިނެތުމުން، މި މާއްދާއަށް ރިޢާޔަތްކޮށް، މ މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލުމަށް ނިންމީކަނ.
14ރަޖިސްޓްރާރގެ މި ނިންމުން އަލުން ބަލައިދިނުމަށް އެދި ދައުލަތުގެ ފަރާތުން ހދ. ހަނިމާދޫ މޖިސްޓްރޭޓެ ކޯޓަށް ހުށަހަޅާފައިވެއެވެ. ރަޖިސްޓްރާރގެ ނިންމުން ރަނގަޅުނޫންކަމަށް ފެންނަ ސަބަބުތަކުގެ ގޮތުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
14.1. މ މައްސަލައިގައި ދަޢުވާލިބޭ އަކްރަމް ޢަލީގެ ދާއިމީ އެޑްރހަކެ ހދ. ހަނިމާދޫ، […] ކަމަށްވާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގަ )ހ( ގެ ދަށުން ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކނ.
14.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވާނަ މާއްދާގަ )ރ( ގައި އިބާރާތް އޮތް ގޮތުން މިއީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރެއްކަމަށާއި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކޮންމެހެން ލާޒިމުނުވާކަމަށްއި، އެ މާއްދާގެ ދަށުން މ މައްސަލަ ހއ. ބާރަށު މެޖިސްޓްރޭޓީކޯޓަށް ހުށަހަޅާފައިނުވަނީ މި މައްސަލައިގައި ދަޢުވާލިބޭ އަކްރަމް ޢަލީއަކ އާންމު ގޮތެއްގައި ހދ. ހަނިމާދޫގައި ދިރިއުޅޭ މީހަކަށްވެފައި،އޭނާގެ މައްޗަށް އުފުލާފައިވާ ގިނަ ދަޢުވާތަކްއްވެސް ހުށަހަޅާފައްވ ކޯޓަކާ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުކަމަށްވާތީއާއި، މި ބާވަތުގެ މައްސަލަތަކަކީ އަވަހަށް ނިންމުމަށަޤާނޫނުތައް ބާރުއަޅާ މައްސަލަތަކށްވެފައ، ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގައި ޖިނާއީ މައްސަލަތައް ހިންގުމުގެ ސްޕީޑަށް ބަލާއިރު، ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ހުށަހަޅއިގެނަ އަވަހަށް ނިންމިދާނެކަމަށް ފެންނާތީއާއި،ހއ. ބާރަށް މެޖިސްޓްރޭޓު ކޯޓަކީ ދާއިމީ ފަނޑިޔާރެއަމިވަގުތު ހުންނަވާ ކޯޓަކަށް ނުވާތީ، އެ ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިޔުމށްލަސްތަ ކެއަ ކުރިމަތިވާނެކަމަށް ބެލެވޭތީކން.
14.3. އީކްރަމުޢަލްމިހާރު ހުރިތަނެއް ސާފުކުރިއިރު، އޭނާ ހުރީ ޙުކުމް ތަންފީޛުކުރުމަށްޓަކައި މިވަގުތ މާލޭ ޖަލުގައިކަމަށާއި، ވަރަށް އަވަހަށް ކ. މާފުށީ ޖަލަށް ބަދަލުކުރާނެކަމަށ ތަޙްޤީޤުކުރާ ފަރާތުނ ދައުލަތުން ހުށަހަޅާފައިވާ "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމް"ގެ 3 ވަނަ ނަންބަރުގެ ދަށުން ފާހަގަކޮށްފައިވާ ކަންކަން. މަޢުލޫމާތު ދީފައިވާކަމަށާއި، އެހެންކަމުން އޭނާ ބަންދުގައި ހުރި ރަށެއްގެ ކޯޓަށް މައްސަލަ ހުށަހެޅުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، މި ޙާލަތުގައި މި މައްސަލޫހދަ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެންނަކަން.
15މާރާޖުޢަ ކޮށްދިނުމަށް ދައުލަތުގެ ނަންބަރ J31.01.2024.38 ) 18 ނޮވެންބަރު 2024( ފޯމުން ހުށަހެޅް ހުށަހެޅުމާއި ގުޅިގެން، ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ "މުރާޖަޢާ ކޮށްދިނުމަށް އެދޭ ހުށަހެޅަ ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" އިން ނިންމާފައިވަނީ ރަޖިސްޓްރާރގެ ނިންމުން ބަދަލުކުރާނެ ތަނެއް ނެތްކަމުގައެވެ. މި ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
15.1. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވޭނ މާއްދާގަ )ހ( ގައި ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ލިބް ޚާއްޞަ ގޮތްތައް ބަޔާންކުރާކަމަށާއި،މި މާއްދާގެ )މ( ގައި އަނިޔާ ލިބުނު ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށް މައްސަލަ ހުށަހެޅޭނެކަން ބަޔާންކުރުމަކީ ޖިނާއީ މައްސަލަތަކުގައި ސަރޙައްދ އިޚްތިޞާޞް ލިބޭ ޚާއްޞަ ގޮތްކަން.
15.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވެނ މާއްދާގަ )ށ( ގައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އ ކޯޓުތަކުނ ކަނޑައަޅާފައިވް އިޚްތިޞާޞްގެ ދާއިރާގެ ތެރެއިން ކަމގައު ބަޔާންކުރާކަމަށާއި، ކޯޓުތަކުގ އިޚްތިޞާޞްގެ ދާއިރާ ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލުތަކުގައިކަމަށާއި، އެހެންކަމުން، ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞްގެ ދާއިރާ ކަމަށ ބަޔާންކޮށްފައިވަނ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ކަނޑިއަޅާފައިވަ ސަރަޙައްދީ އިޚްތިޞާޞްއަށ ނިސްބަތްކޮށް ނޫންކަން، މ 02 )ދޭއް( މާއްދާ އެކުއެކީގައި ކިޔުމުން އެނގޭކަން.
15.3. ޖިނާއީ މައްސަލަތަކުގައި، ސަރަޙައްދީ އިޚެތްޞާޞް ލިބިދެވޭ ޚާއްޞަ ދެ ގޮތެއް ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރާކަމަށާއި، މި އަކުރުގެ ދަށުން މައްސަލަ ހުށަހެޅުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް އިޚްތިޔާރެއް ލިބިދެވޭކަމަށާއި،މި މާއްދާގެ ދަށުން ލިބިދެވޭ އިޚްތިޔާރު އެއްފަރާތްކޮށް ވަކި މައްސަލައެއްގައި ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން މައްސަލައެއް ހުށަހަޅާކަމަށްވަނީނަމ، ފުރަތަމަ އިސްކަން ދޭންވާނީ އެ މާއްދާގެ)މ( ގައި ކަނޑައަޅާފައިވް ޖިނާއީ މައްސަލަތަކުގައި ސަރަޙައްދީ އިޚްތިޞާޞް ލިބޭ ޚާއްޞަ ގޮތަށް ރިޢާޔަތްކޮށް މައްސަލައިގައި އިޚްތިޞާޞް ލިބޭ ކޯޓަކަށް އެ މައްސަލަ ހުށަހެޅުމަށްކަނ.
15.4. މ މައްސަލައަށް ބަލާއިރު، ހާދިސާ ހިނގާފައިވަނީ ހއ. ބާރަށް، ސެވީނާ ގޯތި ތެރޭގައިކަން އެނގޭއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވެނ މާއްދާގަ )ރ( ގެ ދަށުން، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ )މ( ގެ ދަށުން މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިދެނީ ހއ. ބާރަށް މެޖިސްޓްރޭޓު ކޯޓަށްކމަށާއި،ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ރަށު މެޖިސްޓްރޭޓް ކޯޓަށް ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އާންމުއުޞޫލުން މި މައްސަލަ ހުށަހެޅުމަކީ އެންމެ މަޞްލަޙަތު ބޮޑު ގޮތް ކަމުގައިވާނަމަ، އެކަން ދައުލަތުނަމައްސަލަ ހުށަހަޅާއިރު ސަބަބާއިއެކު ބަޔާންކޮށްދޭންޖެހޭކްމުގައި ދެކޭއިރު، ދަޢުވާ އުފުލުމުގައި މިފަދަ ސަބަބެއް ބަޔާންކޮށްފައިނުވާކަނ.
15.5. އެހެނަސް، މުރާޖޢާކުރުމަށަހުށަހެޅި ފޯމުގައި، ހއ. ބާރަށުމެޖިސްޓްރޭޓ ކޯޓަށް މައްސަލަ ހުށަހަޅާފައިނުވާ ސަބަބު ބަޔާންކޮށްފައިވާކަމަށާއި،މ މައްސަލައިގައި ދަޢުވާލިބުނު އަކްރަމް ޢަލީއަކީ އާންމު ގޮތެއްގައި ހދ. ހަނިމާދޫގައި ދިރިއުޅޭ މީހަކަށްވެފައި، އޭނާގެ މައްޗަށް އުފުލާފައިވާ ގިނަ ދަޢުވާތައް އުފުލާފައިވަނީ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށްކަމށާއި،އަދ މި ކޯޓަށި މައްސަލަ ހުށަހަޅައިގެން އަވަހަށް ނިންމިދާނެކަމަށް ފެންނާތީކަމަށް ބަޔާންކުރާކަނ.
15.6. މިފަދައިން ދައުލަތުން ބުނާއިރު، މައްސަލައިގެ ހާދިސާ ހިނގިއިރު އަކްރަމް ޢަލީ ދިރިއުޅެމުންދާ ރަށަކީ ހއ. ބާރަށް ކަމަށާއި،މި އަހަރުގެ ތެރޭގައި އޭނާ ހއ. ބާރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާކަމށާއި، މިކަން އެނގެނީ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ މައްސަލަތައް ހިންގުމަށް މިކަން ސާފުކުރި ކުރުމުން، އޭނާ ދިރިއުޅެނީ ހއ. ބާރަށް، ސެވީނާ ގޭގައިކަމަށ ދައުލަތުން މަޢުލޫމާތު ދީފައިވާތީކަނ.
15.7. ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ހުށަހެޅުނުއިރު، އަކްރަމް ޢަލީ ހުރީ ޝަރީޢަތް ނިމެންދެން ބަންދެއްގައިކަމށާއި، އޭނާ ހުރީ ހއ. ދިއްދޫގެ ކަސްޓޯޑިއަލްގައިކަމަށާއި، މިހާރު އޭނާ ހުރީ ޙުކުމް ތަންފީޒުކުރުމަށްޓަކައި މާލޭ ޖަލުގައިކަމށާއް،ވަރަށް އަވަހަށް މާފުށީ ޖަލަށް ބަދަލުކުރާނެކަމަށް މަޢުލޫމާތު ލިބިފައިވާއިރު، މި ޙާލަތުގައި ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ މަޞްލަޙަތު ބޮޑުކަން ދައުލަތުން ފާހަގަކުރާއިރު، މިކަންކަމަށް ބަލާއިރު، ޖިނާއީ މައްސަލަތެކުގައި ސަރަޙައީދީ އިޚްތިޞާޞް ލިބޭ ޚާއްޞަ އުޞޫލުގެ ދަށުން މި މައްސަލަ ހއ. ބާރަށް މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ސަރަޙައްދީ އިޚްތޞާޞި ލިބް އާންމު އުޞޫލުން މި މައްސަލަ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގައި ހިމާޔަތްކުރެވޭނެ މަޞްލަޙަތެއް ފާޅުކަން ބޮޑްގޮތެއްގައި އޮތްކަން ދައުލަތަށް ބުނެދެވިފައިވާކަމަށް ބުރަނުވެވޭކަނ.
16ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްތިއުނާފުކޮށްފައިވާ ނިންމުމަކީ، އެ ކޯޓނު ބަލާފައިވާ އެ ކޯޓުގެ ނަންބަރ 223,224/Q10C/2024 ޤަޟިއްޔާތަކާއި ގުޅިގެން ނިންމާފައިވާ ނިންމުންތަކެކެވެ.
17މި ނިންމުންތައް ބިނާވާ ދަޢުވާއަކީ، ގދ. ތިނަދޫ، […] ޢަނާން އަޙްމަދުގެ މައްޗަށް ދިވެހިރާއްޖޭގ ޤާނޫނުލްޢުޤޫބާތުގ 211 ވަނަ މާއްދާގެ )ހ( އާއި ޙަވާލާދީ، 210 ވަނަ މާއްދާގެ )ށ( ގެ )3( ގެ ދަށުން އެހެން މީހެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ 02 )ދޭއް( ދަޢުވާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ބަލައިގަނެފައިވާ 02 )ދޭއް( ދަޢުވާއެވެ. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 223,224/Q10C/2024 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ ތަޢާރަފު .
18މި 02 )ދޭއް( ދަޢުވާގެ ތެރެއިން ދަޢުވާ 1 ބިނާވާ ސަބަބަކީ،ޢނާނ އަޙްމަދް 17 ނޮވެންބަރު 2022 ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މާލެ،ވ. ހުދުވިނަ ގޭގެ ކޮޓަރިއެއްގައި ބާއްވާފައި އޮތް، ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސޫޖަން މިއަހް )ޕާސްޕޯޓް ނަންބަރު ( ގެ އައިފޯން 8 )އައި. އެމް.އީ.އައި ނަންބަރު 356761080590471( އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މަނިކް މިއަހް )ޕާސްޕޯޓް ނަންބަރު ( ގެ މެޓް ބްލެކް އެޕަލް އައިވޮޗު ސީރީޒ 4 ގެއްލިފައިވަނިކޮށް، އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ވިލިމާލެ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްގެ ކައިރިން،ޢަނާނ އަޙްމަދުއަށް ފުލުހުން ފެނުމުން، ވ. ހުދވިނުގެއިނ ގެއްލުން އެޕަލް އައިވޮޗް މީނާގެ އަތުން އެތަނުގެ ހުޅަނގަށް އޮންނަ ހުސްބިން ތެރެއަށް އެއްލާލާފައިވާތީއާއި، ވ. ހުދުވިނަގެއިނ ގެއްލުން އައިފޯން 8 ވިލިމާލެ ފެރީ ޓަރމިނަލް ކައިރީގައި ހުރި ގަހެއްގެ ދަށުން މީނާ ފުލުހުންގެ ޙޟިރުގައާ ނަގާފައިވާތީއެވެ.
19ދަޢުވާ 2 ބިނާވާ ސަބަބަކީ، ޢަނާނ އަޙްމަދު 17 ނޮވެންބަރު 2022 ދުވަހުގެ ފަތހުގިވަގުތެއްގައި، މާލި،ވ. ފިޔަވަރިގޭގެ ކޮޓަރިއެއްގައި ބާއްވާފައި އޮތް ވ. ފިޔަވަރް،އިސްމާޢީލް އިރުޝާދުގެ އައިފޯން އެކްސް މެކްސް )އައި.އެމް.އީ.އައި ނަންބަރު 357282096175537/357282095998624 ( އާއް ސެމްސަން ގެލެކްސީ އެސް 20 ޕްލަސް ފޯނާއި، ސެމްސަން ގެލެކްސީ CORE M10 ފޯނު )އައި.އެމް.އީ.އައި ނަންބަރ 354420775002886/358014255002882( އާއި ހެނޯޓެކޯ ބްލޫޓޫތ ހެޑްސެޓް ގެއްލިފައިވަނިކޮށް، މީނާގެ އަތުން ހެނޯޓެކަ ބަލޫޓޫތް ހެޑްސެޓް ފެނިފައިވާތީއާއި، ވ. ފިޔި ވރ ގެއިން ގެއްލުނު އައިފޯން އެކްސް މެކްސްއާއި، ސެމްސަން ގެލެކްސީ އެސް 20 ޕްލަސް ފޯނާއި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް 18 ނޮވެންބަރު 2024 ގައު ހުށަހަޅާފައިވި "ދަޢުވާ ހުށަހަޅާ ފޯމު" )ދަޢުވާކުރާ ފަރާތުގާ ރިފަރެންސް ނަންބަރ 1382/2022-2024/Q10C/18( ޖަދުވަލު 1. ސެމްސަން ގެލެކްސީ M10 CORE ފޯނު ވިލިމާލެ ފެރީ ޓަރމިނަލް ކައިރީގައި ހުރި ގަހެއްގެ ދަށުން މީނާ ނަގައި ދައްކާފައިވާތީއެވެ.
20ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްނެގުމަށް މި މައްސަލަ އެ ކޯޓަށް ބެލިދާނެތޯ، އެހެނީ މި މައްސަލައިގައި އުފަންވި މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ނުވަތަ ކަމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިދެވޭތޯ ސުވާލު އުފައްދައި، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ނުވަތަ ކަމުގެ އޚްތިޞާޞ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައި، ޙުކުމްކޮށްފައިވެއެވެ.
21މި ޙުކުމް ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.
21.1. މޖިސްޓްރޭޓެ ކޯޓަށް ލިބިގެންވާ ކަމުގެ އިޚްތިޞާޞް ބަޔާންކުރަނީދިވެހިރާއްޖޭގެކޯޓުތަކުގ ޤާނޫނުގެ 66 ވަނި މާއްދާގަ )ހ( ގައިކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ )ހ( ޖަދުވަލު 5 ގެ ނަންބަރު 1 ގެ )ހ( އަށް ބަލާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ލިބެނީ އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގެކަންކަން ބެލުމުގެ އިޚްތިޞާޞް ނުވަތަ އެހެން ޤާނޫނަކުން ނުވަތަ އަޤާނޫނުން އިސްތިސްނާ ކޮށްފައިވާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞްކން.
21.2. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނި މާއްދާގަ )ރ( އާ ޙަވާލާދީ، އެހެން ޖުޑްޝަލް ދާއިރާއެއްގައީ ހިނގާފައިވާ ކުށުގެ ހާދިސާއަކާ ގުޅޭ ޖިނާއީ މައްސަލަ ބަލައި އެ ކޯޓަށް ފައިސަލާކުރެވިދާނެކަމަށ ބަޔާންކުރާތީއާއި، އެ މާއްދާއަކީ މައުޟޢީގޮތުނ އިޚްތިޞާޞް ނުލިބުނަސް މައްސަލް ބެލޭ ގޮތަށް އިސްތިސްނ ހިމަނާފައިވާ މައްސަލައެއްކަމަށް ސާބިތުކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރާތ އަންތަރީސްވާކމަށާއި، މި ނައްސުގައި "ދަޢުވާލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް 18 ނޮވެންބަރު 2024 ގައު ހުށަހަޅާފައިވި "ދަޢުވާ ހުށަހަޅާ ފޯމު" )ދަޢުވާކުރާ ފަރާތުގާ ރިފަރެންސް ނަންބަރ 1382/2022-2024/Q10C/18( ޖަދުވަލު 1. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 223,224/Q10C/2024 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 2 ވަނަ ނުކުތާއާއި، އެ ޤަޟިއްޔާގެ ޙުކުމް. ލިބިގެންވާ ކޯޓެއްގައި" މިހެން ބަޔާންކޮށްފައިވާއިރު، އެ ބުނާ ގޮތަށް މާނަކުރާނަމަ ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައޭ ބުނުމުގެ އެއްވެސް މާނައެއް ނޯންނާނެކަން.
21.3. މ ނައްސުގައި ދަޢުވާލިބޭ މީހާ ދިރިއުޅޭ ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް މައްސަލަ ހުށަހެޅިދާނެކަމަށް ބުނުމުން subject matter jurisdiction / މައްސަލަ ބެލުމުގެ ނުވަތަ ކަމުގެ އިޚްތިޞާޞް ނުލިބޭ މައްސަލައެއް ނުބެލޭނެކަން ވަރަށް ސާފުކޮށް އިންސާނެއްގެ ބުއްދިއަށް މޭރުންވާނެކަމށާއި،ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގެ އަސާސީ އެއް ތަފާތަކީވެސ މައްސަލް ބެލުމުގެ ނުވަތަ ކަމުގެ އިޚްތިޞާޞްކަނ.
21.4. މައްސަލައިގެ ދަޢުވާލިބޭ މީހާ އެ ކޯޓުގެ ސަރަޙައްދީ ދާއިރާގައި ދިރިއުޅުމަކީ މައްސަލަ ބެލުމުގެ ނުވަތަ ކަމުގެ އިޚްތިޞާޞް / subject matter jurisdiction ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިދެވޭ ސަބަބެއްނޫންކަމށާއި، އެގޮތަށް ކަމުގެ އިޚްތިޞާޞް ލިބޭނެ ކަމަށް ބަޔާންކުރާ ޤާނޫނީ ނައްސެއް ނުދެކޭކަމށާއި،ސަރަޙައްދީ އިޚްތިޞާޞާއި ކަމުގެ އިޚްތިޞާޞް ލިބިގެން މެނުވީ މައްސަލައެއް ކޯޓަށް ނުބެލޭނެކަމަށް ދައުލަތުންވެސް ފާހަގަކޮށްފައިވާކަނ.
21.5. މީގެ އިތުރުންދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 70 ވަނަ މާއްދާގައި ދެ ކޯޓަކަށް ލިބިގެންވާ ސަރޙައްދީއިޚްތިޞާޞް ފުށުއަރާނަމަ، މައްސަލަ ބަލަންވާނީ ވަކި އިޚްތިޞާޞް ލިބިގެންވާ ކޯޓުންކަމަށ ބަޔާންކުރުމުން ސަރަޙައްދީ އިޚްތިޞާޞް ފުށުއަރާ ޙާލަތުގައި މައްސަލަ ބަލަންޖެހެނީ ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުންކަމަށް ބަޔާންކުރުމުން ސަރަޙައްދީ އިޚްތިޞާޞް ފުށުއަރާ ޙާލތުގައ މައްސަލި ބަލަންޖެހެނީ ކަމުގެ އިޚްތިޞާޞް ނުވަތަ މައްސަލަ ބެލުމުގެ އިޚްތިޞާޞް / subject matter jurisdiction ލިބޭ ކޯޓުންކަން އެނގޭކަމަށާއި،މިއީވެސް މިމައްސަލަ އ ކޯޓުނާ ނުބެލޭނެކަނިނުސީދގޮތެއްގައ ދަލާލާތުކުރާ ނައްޞެއްކަން.
22ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/1 އާއި، ނަންބަރ C15C/2024/2 އާއި، ނަންބަރ C15C/2024/3 އާއި، ނަންބަރ C15C/2024/4 އާއި، ނަންބަރު C15C/2024/5 އާއި ނަންބަރު C15C/2024/6 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" އާއި، މުރާޖުޢކޮށްދިނުމަށް ދައުލަތުގެ ނަންބަރ J31.01.2024.38 )18 ނޮވުނެ ބަރް 2024( ފޯމުނ ހުށަހެޅް ހުށަހެޅުމާއި ގުޅިގެން، ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 223,224/Q10C/2024 ޤަޟިއްޔާ، އެކޯޓުތަކުނ ނިންމާފައިވަނީޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވް ކަމުގައްބުނ އެ ނިންމުނތައ އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެ ފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވި 01 )އެކެއް( ނުކުތާއެވެ.
22.1. ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/1 އާއި، ނަންބަރ C15C/2024/2 އާއި، ނަންބަރ C15C/2024/3 އާއި، ނަންބަރ C15C/2024/4 އާއި، ނަންބަރު C15C/2024/5 އާއި ނަންބަރު C15C/2024/6 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" އާއި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 223,224/Q10C/2024 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ، މި ނިންމުންތަކަކީ، ޤާނޫނު ނަންބަރ 2008/9 )ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނޫ( )މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު"(ގ 15 ވެނ މާއްދާގަ )ނ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ށ( އާއި )ރ( އާއި، ޤާނޫނު ބަޔާންކުރަނިވި ނިންމުންތަކުގެ ތެރެއިން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓާން ނިންމާފައިވު ނިންމނު އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވނެއެއްގޮތް ނުކުތާއެކެވެ. ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހެޅި ނުކުތާގައިވާ ހަމައެކަނި ތަފާތަކީ އެ ނުކުތާގައި، އެ ނިންމުމަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ )ނ( އާ ޚިލާފު ނިންމުމެއްކަމަށް ބަޔާންކުރާ ކުރުމެވެ. ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( )މީގެ ފަހުން "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު"(ގ 3 ވަނަ މާއްދާގެ )ނ( އާއި )ރ( އާއި، 4 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާ ޚިލާފަށް ނިންމުމެއްކަމުގައި ބުނެއެވެ.
22.2. ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ، މި ނިންމުމަކީ ދިވެހިރާއްޖޭގ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ )ނ( އާއި، ޤާނޫނު ނަންބަރު 2008/9 )ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނ( ގ 15 ވަނަ މާއްދާގެ )ނ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 6 ވެނ މާއްދާގަ )ށ( އާއި )ރ( އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ނ( އާއި )ރ( އާއި، 4 ވަނަ މާއްދާއާއި، ދިވެ ހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާ ޚިލާފަށް ނިންމުމެއްކަމުގައި ބުނެއެވެ.
23ކޮންމެ މައްސަލައެއްގެ އިސްތިއުނާފެ ނުކުތާ ގުޅިފައިވަނީ އެ މައްސަލައެއްގެ ފަސްފަހަތާއި ކަމުން، މި އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރުމުގ ތެރެއިނީޤާނޫނީ ނައްސަށް ޙަވާލާދިނުމުގައި ދައުލަތުގެ ތަބްރީރު އެއްގޮތްކަމުގައިވީނަމަވެސް، ހާދިސާއާ ގުޅުވާ ބަޔާންކުރާ ކުރުން ތަފާތުކޮށްފައިވާތީ، އިސްތިއުނާފ ނުކުތާގެ ތަފްޞީލު އެ ކޯޓަކަށް ޚާއްޞަވާ ގޮތަށް ވަކވަކިނ ބަޔާންކުރީމެވެ.
24ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުންތަކާއި ގުޅޭ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައުލަތުން
24.1. މ މައްސަލައަކީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ށ. ދޮޅިޔަދޫއިން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއްކަމުގައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ކަނޑުމަތީގައިކަމށާއި، މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ށ. ފުނަދޫ ފުލުހުންގެ މަރުކަޒަކަށްކަމށާއި، މި މައްސަލައިގައި ދަޢުވާލިބޭ 06 )ހައެއް( މީހުން ނިސްބަތްވަނީ 05 )ފަހެއް( ރަށަކަށްކަމށާއި، މި މައްސަލައިގެ ގިނަ ހެކިންނަކީ ށ. ފުނަދޫ ފުލުހުންގެ މަރުކަޒުގައި މަސައްކަތްކުރާ ފުލުހުންނަށްވާތީ، މި މައްސަލައިގެ ދަޢުވާ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިކަމުގައެވެ.
24.2. ޖިނާއީ މައްސަލަތަކުގެ ދަޢުވާ އުފުލުމުގެ ބާރު ލިބިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށެކަމަށާއި،
24.3. ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވެނ މާއްދާގަ )ނ( ގައިޖިނާއީ ކުށެއް ކޮށްފިކަމުގ އިޚްތިޞާޞް ހުއްދަކުރާ ދަޢުވާ އުފުލުމުގެ ބާރު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަމުގައެވެ.
24.4. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވެނ މާއްދާގަ )ރ( ގައި ބަޔާންކޮށްފައިވާ އިޚްތިޞާޞް ލިބޭ ދެ ގޮތް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިނުވާކަމަށާއި،ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މި މާއްދާގައި ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް ލިބޭ އިތުރު 02 )ދޭއް( ގޮތެއް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޚްތިޞާޞްގެ ދާއިރާގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް ލިބޭ ދާއިރާ ފުޅާކުރުމަށްކަމުގައި ފެންނަކަމުގައެވެ.
24.5. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ނ( ގައި ބަހެއް، ނުވަތަ އިބާރާތެއް، ނުވަތަ ޖުމްލައއްބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާނަމަ، އެ ދޭހަވާ މާނައެއް އެއަށް ވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންކަން ހިމެނުމަށް
24.6. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވުނ މާއްދާގަ )ރ( ގައި ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް
24.7. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައޫމި، ޤާނނުގެ މަޤްސަދަކްކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން ތަޙްޤީޤުކުރުމާއި، ޝަރީޢަތް ހިންގުން އަވަސްމިނެއްގައި ކުރިއަށް ގެންދިޔންކަމުގައ ބަޔާންކޮށްފައިވާއިރު، ޖިނާއީ މައްސަލަތަކުގައި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ދަޢުވާ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނީ ގޮތުން ލިބިގެންވާ ބާރެއްކަމށާއި،އ ބާރުގެ ދަށުން މައްސަލައިގެ ވަށައިގެންހުރި ކަންކަން ވަޒަންކުރުމަށްފަހު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މައްދާގައި ބަޔާންކުރާ މަޤްޞަދު ޙާޞިލުކުރުމަށްޓަކައ، އެ މައްސަލަ ހުށަހަޅާނެ ކޯޓެއް ނިންމުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއް ކަމުގައެވެ.
24.8. މ މައްސަލައިގައިވެސް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ސާފު ނައްސުން އެ ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ)ރ( ގެ ދަށުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާ އެއްގޮތަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ދަޢުވެ ހުށަހެޅުމަކާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރެއްކަން ދަށު ކޯޓުގ ފަނޑިޔާރުވެސް ނިންމުމުގެ 4 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާކަމަށާއި،އެހެންކަމުން، މި މައްސަލަ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާފައިވަނީ، ދައުލަތުން ދަޢުވާ އުފުލުމުގައި ކޮން ޤާނޫނީ އުޞޫލަކާ ޚިލާފުވެގެންކަން ދަށު ކޯޓުގެ ނިންމުމުން ސާފުވާން ނެތްކަމުގައެވެ.
24.9. ދައުލަތުން އެދިފައިވަނީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C15C/2024/1 އާއި، ނަންބަރ C15C/2024/2 އާއި، ނަންބަރ C15C/2024/3 އާއި، ނަންބަރ C15C/2024/4 އާއި، ނަންބަރު C15C/2024/5 އަދި ނަންބަރު C15C/2024/6 މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފާމާމެދ ނިންމިގޮތު އަންގާ ލިޔުމުން ނިންމާފއިވިނިންމުންތަކަކީ ބާޠިލު ނިންމުންތަކެއްކަމަށް ކަނޑައަޅއަ،މި މައްސަލަތަކަކީ އެ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެއްކަމުގައި ކަނޑައަޅައި، މި މައްސަލަތައް އަލުން ހުށަހަޅައިފިނަމަމީ މައްސަލަތކަކ ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލަތަކެއްކަމުގައި ކަނޑައަޅައިދިނުމަށެވެ.
25ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމާއި ގުޅޭ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައުލަތުން
25.1. މޭ މައްސަލައިގައި ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީދަޢުވާލިބ އަކްރަމް ޢަލީގެ ދާއިމީ އެޑްރެސް އޮންނަނީ ހދ. ހަނިމާދޫގައިކަމަށްވެފައި، ދިވެހިރާއްޖާގ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ )ހ( ގެ ދަށުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާތީކަމުގައެވެ.
25.2. މި މައްސަލި ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ޖެހުނު ސަބަބު ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާނެކަމަށާއި، އެއު ދަޢުވާލިބޭ ފަރާތގްދާއިމީ އެޑްރެސް އޮންނަނީ ހދ. ހަނިމާދޫގައިކަމަށްވެފައި، އޭނާ އާންމު ގޮތެއްގައި ދިރިއުޅެނީވެސް އެ ރަށުގައިކަމަށްވެފައި، އަދި އޭނާގެ މައްޗަށް ހުށަހަޅާފައިވާ ގިނަ ދަޢުވާތައްވެސ އެ ކޯޓުގައި މިހާރު ހިނގަމުންދާތީކަމަށާއި، މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމޭނެ މުރާޖަޢާކުރުމަށް ހުށަހެޅިއިރު، އަކްރަމް ޢަލީ ވަގުތީ ގޮތުން ހުރީ މާލީ ޖަލުގައިކަމށާއި، އޭނާ މާފުށީ ޖަލަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށްދާތީ، ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމުގެ މަޞްލަޙަތު ބޮޑުކަމަށް ފެންނާތީ ކަމުގައެވެ.
25.3. ޖިނާއީ މައްސަލަތަކުގެ ދަޢުވާ އުފުލުމުގެ ބާރު ލިބިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށކަމަށާއި،
25.4. ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވެނ މާއްދާގަ )ނ( ގައި ޖިނާއީ ކުށެއް ކޮށްފިކަމުގެ އިޚްތިޞާޞް ހުއްދަކުރާ ދަޢުވާ އުފުލުމުގެ ބާރު ލިބިގެންވާކަމަށް ބަޔާންކޮށްފައވާކަމުގައެވެ.
25.5. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވާ އިޚްތިޞާޞް ލިބޭ
02 )ދޭއް( ގޮތް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިނުވާކަމށާއި،ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މި މާއްދާގައި ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް ލިބޭ އިތުރު 02 )ދޭއް( ގޮތެއް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޚްތިޞާޞްގެ ދާއިރާގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް ލިބޭ ދާއިރާ ފުޅާކުރުމަށްކަމުގައި ފެންނަކަމުގައެވެ.
25.6. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވެނ މާއްދާގަ )ނ( ގައި ބަހެއް، ނުވަތަ އިބާރާތެއް، ނުވަތަ ޖުމްލައަށް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާނަމަ، އ ދޭހަވާ މާނައެއް އެއަށް ވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންކަން ހިމެނަ މަށ
25.7. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވުނ މާއްދާގަ )ރ( ގައި ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް
25.8. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނި މާއްދާގަ ދަށުން މައްސަލަ ހުށަހަޅާކަމަށްވަނީނަމަ، ފުރަތަމަ އިސްކަން ދޭންވާނީ އެ މާއްދާގެ )މ( ގައި ކަނޑައަޅާފައިވާ ޖިނާއީ މައްސަލަތަކުގައި ސަރަޙައްދީ އިޚްތިޞާޞް ލިބޭ ޚާއްޞަ ގޮތަށްކަން ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވީނަމަވެސް، ދަށު ކޯޓުގެ ނިންމުމުގައި ވަކި އިޚްތިޞާޞް ޚާއްޞަކަމަށް އަދ އާންމުކަމަށ ނިންމާފައިވަން އެ މާއްދާތަކުގައި އެފަދަ ޢިބާރާތެއް ނެތީސް ނުވަތަ ބަހެއް ބޭނުންކޮށްފައިނެތީސް ކަމުގައެވެ.
25.9. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރު، ޤާނޫނެއް މާނަކުރުމުގައި އެ އުޞޫލު ބޭނުންކުރާނީ އެ ޤާނޫނަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ކަމަށްވާއިރު، ރައްޔިތުންގެ މަޖިލިހުން ޤާނޫނުގައި ކަނޑައަޅައިދީފައިވާ ޙައްލުގެ ޙަ ޤީޤ މަޤްޞަދަކީ ކޮބައިކަމަށް ރިޢާޔަތްކުރަންވާނެކަމށާއި،މި އުޞޫލުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާ މާނަކުރާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ހުރި އުނިކަން ފޫބއްދައި،އިތުރަށް ތަފެޞީލުކޮށްދިނުމުގް ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާކަމަށް ދެކޭ ކަމުގައެވެ.
25.10. މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މައްސަލަ ހުށަހަޅާނެ ކޯޓެއް ނިންމުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއްކަމުގައި ދެކޭކަމުގައެވެ.
25.11. މ މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެގޮތަށް ކަމަށާއި، ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލެ ހުށަހަޅާފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ ސާފު ނައްސުން އެ ކޯޓަށް މައްސަލައިގެ އިޚްތިޞާޞް ލިބިގެންވާކަމަށް ބަޔާންކުރާތީކަމުގައެވެ. އަދި އެ ކޯޓަށް މައްސަލަ ބެލުމުގެ އިޚްތޞާޞި ލިބިގެންވާކަން އެ ކޯޓުންވެސް އެއްބަސްވާއިރު، އެ މައްސަލަ އެ ކޯޓަށް ހުށަހެޅުމުގެ މަޞްލަޙަތު އޮތްކަން ދައުލަތުން ބުނެފައިނުވާކަމަށް އެ ކޯޓުން ބަޔާންކޮށްފައިވާއިރު، ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅްހުށަހެޅުމުގައި ދައުލަތުން އެ ސަބަބުތައް ބަޔާންކޮށްދީފައިވާކަމުގައެވެ.
25.12. މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް މައްސަލަ ހުށަހަޅާއިރު، އެ ކޯޓަކަށް މައްސަލަ ހުށަހަޅާ މަޞްލަޙަތެއް ދައުލަތުން ސާފުކޮށްދޭންޖެހޭކަމަށ ބުން ޤާނޫނާ ނައްސެއް ނެތްކަމުގައެވެ.
25.13. ހއ. ބާރަށް މެޖިސްޓްރޭޓު ކޯޓުގައި ދާއިމީ ފަނޑިޔާރެއ ނެތް ޙާލަތުގައި،އަދި މައްސަލައިގައި ދަޢުވާލިބޭ ފަރާތް ބަންދުކޮށްފައިވާ ޙާލަތެއްގައި، މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައަކަށްވާއިރު، އެ މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ހިންގައި ނިންމުމަށްޓަކައ މައްސަލަ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެ ކޯޓަށް މައާސަލަ ބެލުމުގެ އިޚްތިޞާޞް އޮވެމެ، މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ އިސްތިއުނާފީ ނުކުތާގައިވާ ޤާނޫނުތަކާއި ޚިލާފަށްކަމުގައެވެ.
25.14. ދައުލަތުން އެދިފައިވަނީ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން J31.01.2024.38 )18 ނޮވެންބަރު 2024( މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމި ގޮތް އަންގާ ލިޔުމުން ނިންމާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، މި މައްސަލައަކީ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައިދިނުމަށާއި، މި މައްސަލަ އަލުން ހުށަހަޅައިފިނަމަމީމައްސަލއަކޫބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅައިދިނުމަށާއި، މި މައްސަލައަކީ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞް ހިނގާ މައްސަލައެއް ނޫންކަމަށް ނިންމާނަމަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2021-SC-REG-01 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 101 ވަން މާއްދާގަ )ބ( އަށް ރިޢާޔަތްކޮށް މި ދަޢުވާ ހދ. ހަނިމާދޫ މެޖިސްޓްރެޓޭ ކޯޓަށް ހުށަހަޅާފައިވަނީ ދަޢުވާކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައިކަމަށްވުމާއެކު، މި މައްސަލައިގައި އުފުލާފައިވާ މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދަޢުވާ، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮތްކަމަށް ކަނޑައަޅައިދިނުމަށާއި، އެ ފަދައިން މައްސަލަ ހުށަހަޅައިފިނަމަ އެ ކޯޓުން މައްސަލަ ބަލަންވާނެކަމަށް ކަނޑައަޅައިދިނުމަށ އެދޭކަމުގައެވެ.
26ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުންތަކާއި ގުޅޭ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައުލަތުން
26.1. މ މައްސަލައިގައި ކަނި ހިނގާފައިވާ ގޮތަށް ބަލާއިރު، ޢަނާނެއަޙްމަދުގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ 02 )ދޭއް( ދަޢުވާއެއް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނުކަމާއި،މި ދަޢުވާއާ ގުޅިގެންޢެނާނ އަޙްމަދް ކޯޓަށް ޙާޟިރުވެފައިނުވާތީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 83 ވަނަ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް 29 ޑިސެންބަރު 2022 ގައު ހުށަހަޅާފައިވި "ދަޢުވާ ހުށަހަޅާ ފޯމު" )ދަޢުވާކުރާ ފަރާތުގާ ރިފަރެންސް ނަންބަރ 1382/2022/Q/20(. މާއްދާއަށްރިޢާޔަތްކޮށް، އޭނާގެ އެޑްރެސް ސާފުކުރުމަށްފަހު މައްސަލަ އަލުން ޤާނޫނުގައި ބަޔާންވެގެންވާގޮތުގެ މަތިން ހުށަހެޅުމުގެ ފުރުޞަތު ދައުލަތަށް އޮންނަ އޮތުމުގެ މައްޗަށ ދަޢުވާ ފޯމް ބާޠިލުކޮށް މައްސަލަ އަނބުރާ ފޮނުވާލެވުނުކަމަށާއި،ޢަނާނ އަޙްމަދް ދިރިއުޅެނީ އޭނާގެ ދާއިމީ އެޑްރެސް ކަމުގައިވާ ގދ. ތިނަދި، […] ގައި ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ ހުށަހެޅުމުން، އަލުން އަނެއްކާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި )މިހާރު މ އިސްތިއުނާފުކުރެވިފައިވާ( ދަޢުވާކުރެވުނުކަމުގައެވެ. އަދި މައްސަލް އިގެ އަޑުއެހުންތައް ކުރިއަށް ގޮސްފައިވަނީވެސް ޢަ ނާނއ ޙްމަދު އެ ކޯޓަށް ޙާޟިރުވެގެންކަމުގައެވެ.
26.2. މ ދަޢުވި ކޮށްފައިވަނީ ދަޢުވާލިބޭ ޢަނާނ އަޙްމަދުގެ ދާއިމީ އެޑްރެސް އޮންނަނީ ގދ. ތިނަދޫގައިކަމަށްވެފައި، އަދި އޭނާ އުޅެނީވެސް އެ ރަށުގައިކަމަށްވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ )ހ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގެ ދަށުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާތީކަމުގައެވެ.
26.3. ޖިނާއީ މައްސަލަތަކުގެ ދަޢުވާ އުފުލުމުގެ ބާރު ލިބިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށްކަމަ ށާއި،
26.4. ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވެނ މާއްދާގަ )ނ( ގައި ޖިނާއީ ކުށެއް ކޮށްފިކަމުގެ އިޚްތިޞާޞް ހުއްދަކުރާ ދަޢުވާ އުފުލުމުގެ ބާރު ލިބިގެންވާކަމަށް ބަޔާންކޮށްފައވާކަމުގައެވެ.
26.5. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިނުވާ އިތުރު 02 )ދޭއް( ގޮތަކަށ މައްސަލް ބެލުމުގެ އިޚްތިޞާޞް ކޯޓަށް ލިބޭގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވާކަމށާއި،އެއީ ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓާއި، ދަޢުވާލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓަށްކަމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މި މާއްދާގައި ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް ލިބޭ އިތުރު 02 )ދޭއް( ގޮތެއް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޚްތިޞާޞްގެ ދާއިރާގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް ލިބޭ ދާއިރާ ފުޅާކުރުމަށްކަމުގައި ފެންނަކަމުގައެވެ.
26.6. މީގެ އިތުރުން، މި މާއްދާ ފަރުމާކުރެވިފައިވާ ގޮތުން "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް" މިފަދައިން ބަޔާންކޮށްފައިވުމުން، އެ މައްސަލައެއް ބެލުމުގެ jurisdiction matter subject އޮތް ކަމުގައިވާނަމަ، އެ މައްސަލައެއްގެ ސަރަޙައްދީ އިޚްތިޞާޞް jurisdiction) (territorial ނެތްކަމަށް ބުނެ،މައްސަލަ ބޭރުކޮށްލުމަކީ ކުރެވިދާނެކަމެއް ކަމުގައި ނުދެކޭކަމުގައެވެ.
26.7. ޢަނާން އަޙްމަދުގެ މައްޗަށް ކުރެވިފައިވާ 02 )ދޭއް( ދަޢުވާގައި ވަގަށް ނަގާފައިވާ މުދާތައްކަމަށް ބަޔާންކޮށްފައިވާ އަގު 100,000/-ރ. )އެއްލައްކަ ރުފިޔާ( އަށް ވުރެ ބޮޑު ނުވާތީ، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 އިނެ މެޖިސްޓްރޭޓް ކޯޓުތަކަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައއްކަމުގައެވެ.
26.8. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ނ( ގައި ބަހެއް، ނުވަތަ އިބާރާތެއް، ނުވަތަ ޖުމްލައއްބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާނަމަ، އެ ދޭހަވާ މާނައެއް އެއަށް ވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންކަން ހިމެނުމަށް
26.9. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވުނ މާއްދާގަ )ރ( ގައި ޖިނާއީ މައްސަލަތަކުގައި އިޚްތިޞާޞް
26.10. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރު، ޤާނޫނެއް މާނަކުރުމުގައި އެ އުޞޫލު ބޭނުންކުރާނީ އެ ޤާނޫނަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ކަމަށްވާއިރު، ރައްޔިތުންގެ މަޖިލިހުން ޤާނޫނުގައި ކަނޑައަޅައިދީފައިވަޙައްލުގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިކަމަށް ރިޢާޔަތްކުރަންވާނެކމަށާއި،މި އުޞޫލުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާ މާނަކުރާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ހުރި އުނިކަން ފޫބައްދައި،އިތުރަށް ތަފްޞީލުކޮށްދިނުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤނޫނުގ 6 ވަނަ މާއްދާގެ )ރ( ގައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާކަމަށް ދެކޭ ކަމުގައެވެ.
26.11. މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މައްސަލަ ހުށަހަޅާނެ ކޯޓެއް ނިންމުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއްކަމުގައި ދެކޭކަމުގައެވެ.
26.12. މ މައްސަލައިގައި ދައުލަތުން ޢަމަލުކޮށްފައިވަނީ އެގޮތަށްކަމާއި، ދަޢުވާލިބޭ ފަރާތް ދިރިއުޅެނީވެސް އޭނާގެ ދާއިމީ އެޑްރެސް އޮންނަ ތަނުގައިކަމަށްވުމުން، ދައުލަތުގެ މަޤްޞަދަކަށްވީ އެކަށީގެނވ އަވަސް މިނެއްގައި މައްސަލަ ކުރިއަށް ގެންދިޔުންކަމުގައެވެ.
26.13. ދައުލަތުން އެދިފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 223,224/Q10C/2024 ޤަޟިއްޔާއިން މި މައްސަލަ ބެލުމުގެ އިޚްތިޞާޞާ އެ ކޯޓަށް ނެތްކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައި މައްސަލަ ތަހުވީލުކޮށްދިނުމަށެވެ.
27މްމައްސަލަތަކުގައ ހުށަހަޅާފައިވި އިސްތިއުނާފީ ނުކުތާގެ އަލީގައި، ޝަރީޢަތުގެ ކުރިމަތީގައި އޮތީ ސުވާލަކީ ކޯޓުތަކަށް މައްސަލަ ބެލުމުގެ އިޚެތިޞާޞް ލިބިދެވޭ ގޮތާއި، އަދްއިޚްތިޞާޞްގ ދާއިރާގެ ތެރެއިންދައލަތުނ ކޯޓުތަކަށް ދަޢުވާ ހުށަހެޅުމުގައި އިޚްތިޔާރު ލިބިދެވޭ ދާއިރާއާއި ގުޅޭ ޤާނޫނީ ސުވާލެވެ.
28ޕްރިސިޑެންސް 1މި މައުޟޫޢުގަބޭނުމަށް، އިޚްތިޞާޞް ނުވަތަ jurisdiction އަކީ، މައްސަލައެއް ބެލުމަށް އަދ މައްސަލައެއްގެ ޙުކުމެއް ކުރުމަށް ކޯޓަށް ބާރުލިބިދީފައިވުމެވެ.ނުވަތަ ކޯޓުގެ ކުރިމައްޗަށް އެކަށީގެންވާ ގޮތެއްގައި ގެނެވިފައިވާ މައްސަލައެއް ނުވަތަ ކަމެއްގެ މައްޗަށް ޤާނޫނުގެ ޙުކުމް އިއްވުމަށް، ނުވަތަ ޤާނޫނުން ކަނޑައަޅާފައިވް ފަރުވާތައް ދިނުމަށް ޤާނޫނުގެ އިމުގެ ތެރެއިން ކޯޓަކަށް ނުވަތަ ފަނޑިޔާރަކަށް ދީފައިވާ ބާރާއި އިޚްތިޔާރެވެ.
29އާންމު އުޞޫލުން އިޚްތިޞާޞް ބަހާލެވޭ ގިންތިތަކުގެ ތެރޭގައި، މައުޟޢޫ (subject matter) އިޚްތިޞާޞް، ސަރަޙައްދީ (territorial/regional) އިޚްތިޞާޞް، ޝަޙްސީ (personal) އިޚްތިޞާޞް، މުދަލުގެ މައްޗަށް އޮންނަ އިޚްތިޞާޞް (in rem jurisdiction)، Bryan A. Garner (Ed.) Black’s Law Dictionary, (2009), St. Paul, MN: Thomson Reuters (9th ed., p. 927) Bryan A. Garner (Ed.) Black’s Law Dictionary, (2019), St. Paul, MN: Thomson Reuters (11th ed., p. 1006) ޚާއްޞަ (exclusive) އިޚްތިޞާޞް އާއި އިސްތިއުނާފ (appellate) އިޚްތިޞާޞް ހިމެނެއެވެ. ބަޔާންކުރަނިވި ގިންތިތަކުގެ ތެރެއިން މި މައްސަލައިގެ މައުޟްޢޫގެ ބޭނުމަށް، މި ނިންމުން ޚާއްޞަކޮށްފައިވަނ ސަރަޙައްދީ އިޚްތިޞާޞްއާއި މައުޟޢޫ ނުވަތަ މައްސަލައިގެ ބާވަތުން ލިބިދޭ އިޚްތިޞާޞްގެ މައްޗަށެވެ.
30މައްސަލައިގެ ބާވަތުން ނުވަތަމައުޟޫޢ (subject matter jurisdiction) އްޚްތިޞާޞްއަކީ ވަކި ބާވަތެއްގެ މައްސަލަތައް ނުވަތަ ވަކި މައުޟޫޢަކީ ގުޅާ މައްސަލަތައް ބެލުމުގެ ބާރު ކޯޓެކަށ ލިބިގެންވުމެވެ. މިސާލަކަށް ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޖުވެނައިލް ކޯޓަށެވެ.
31ސަރަޙައްދީ (territorial or regional jurisdiction) އިޚްތިޞާޞްއަކީ ކޯޓަކަށް ބާރު ލިބިގެންވާ ވަކި ޖިއޮގްރަފީ ސަރަޙައްދެއްގެ މައްޗަށް ބިނާކޮށް ލިބިގެންވާ އިޚްތިޞާޞްއެވެ. މިސާލަކަށް، ދިވެހިރާއްޖޭގ ސަރަޙައްދުގެ ތެރޭގައި ހިނގާ ވައްކަމުގެ މައްސަލްއަކާ ގުޅިގެނީދިވެހިރާއްޖޭގެ ކޯޓަކަށް ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވެއެވެ. އެއީ ވައްކަންކުރި މީހާއަކީ އެހެން ޤައުމެއްގެ މީހެއް ކަމުގައިވާ ނަމަވެސް، އެ ކުށް ހިނގާފައިވަނީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ކަމަށްވާތީއެވެ.
32މި 02 )ދޭއް( އުޞޫލުން އިޚްތިޞާޞް ލިބިގެން މެނުވީ، ކޯޓަކުން މައްސަލައެއް ބަލައި ފައިސަލާއެއ ނުކުރެވޭނެއެވެ. މީގެ މާނައަކީ، ކޯޓަކަށް ދަޢުވާއެއް އުފުލާނީ މި ދެ މިންގަނޑުންވެސް އެމައްސަލައެއ ބެލުމުގެ އިޚްތިޞާޞް ޤާނޫނީގޮތުން އެ ކޯޓަކަށް ލިބިދޭނަމައެވެ.
33ޤާނޫނުއަސާސީގެ 155 ވަނަ މާއްދާގައި ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ޤާނޫނުތަކާއި، ކޯޓުތައް ހިންގުމުގެ ޤާނޫނުތަކާއި، ޝަރީޢަތްކުރުމާބެހޭ އިޖުރާއަތުގެ ޤާނޫނުތައް ހެދުމުގެ ބާރު ރައްޔިތުން ޤާނޫނު ނަންބަރު 2019/18 )ކުޑަކުދިންގެ އަދުލުގެ ޤާނޫނު( ގެ 21 ވަނަ މާއްދާގެ )ހ(. މަޖިލީހަށް ލިބިގެންވާކަން ބަޔާންކުރެއެވެ.މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު، ކޯޓުތަކުގެ އިޚްތޞާޞި ކަނޑައެޅިފައި އޮތޭޝަރީޢަތްކުރުމާބެހުގޮތުން ހެދިފައިވާ ގަވާއިދަ 6 ގައެވެ. 2008 ވަނަ އަހަރު ގ މިޤާނޫނުއަސާސީއަށް ފަހު، ވުޖޫދުވި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން ކޯޓުތަކުގެ އިޚްތިޞާޞް ތަންޒީމކުރެވުނެވެ.މިގޮތުން އިސްވެބަޔާންކުރަނިވި ދެ ދާއިރާ، އެހެނީ ސަރަޙައްދީ އިޚްތިޞާޞްއާއި މައުޟޢޫ އިޚްތިޞާޞް ނިސްބަތްވާގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ އިތުރުން، އެ ޤާނޫނުގެ ޖަދުވަލުގައި ހިމެނުނެވެ.އޭގެ ފަހުންޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އިޚްތިޞާޞްގެ ދާއިރާއާ ގުޅޭ އިތުރު އުޞޫލުތަކެއް އެކަށައެޅުނެވެ.
34ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްއާއި ހައިކޯޓުގެ އިޚްތިޞާޞްއާއި އަދި ދަށު ކޯޓު އިޚްތިޞާޞް ކަނޑައަޅާފައިވެއެވެ. މިގޮތުން، ދަށު ކޯޓު ބެހިގެންވަނީ
02 )ދޭއް( ގިންތިއަށްކަމަށްވާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށްއިޚްތިޞާޞް ލިބިދެވޭ އުޞޫލު މި ޤާނޫނުގެ ޖަދުވަލު 5 އަދި މި ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
35މި ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރަނީ، ޤާނޫނުއަސާސީއާއި މި ޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން، އަންނަނިވި ޙާލަތްތަކުގައި އެކަންކަމާ ގުޅޭ ނިސްބަތަށް ސަރަޙައްދީ އިޚްތިޞާޞް އެ ކޯޓުތަކަށް ލިބިގެންވާކަމުގައެވެ. )ހ( އެ ކޯޓަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން. ދަޢުވާ ލިބެނީ އެކަކަށްވުރެ ގިނަ މީހުންނަށް ކަމަށްވާނަމަ، އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް އެ ކޯޓުވުނ. )ށ( މުދަލުގެ މައްސަލަތަކުގައި މުދާ ނުވަތަ މުދަލުގެ ބައެއް ހުރި ދާއިރާގެ ކޯޓަށްވުނ. ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 )2013( ގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާ . ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 52 ވަނަ މާއްދާ . )ނ( ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ، އެ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަށްވުނ. )ރ( ކުންފުންޏެއް ނުވަތަ ކުލަބް ޖަމްޢިއްޔާއެއްފަދަ ޖަމާޢަތެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ، އެ ޖަމާޢަތެއްގެ މައި މަރުކަޒު ހިމެނޭ ދާއިރާއެއްގެ ކޯޓަށްވުން. އަދި މިފަދަ ޖަމާޢަތެއްގެ ގޮތްޕެއްގެ މައްޗަށް ހުށަހަޅާ މައްސަލައެއްނަމަ އްގޮތްޕެއްގެ މަރުކަޒު ހުރި ދާއިރާއެއްގެ ކޯޓަށްވުނ. )ބ( ތަރިކައިގެ މައްސަލައެއްނަމަ، މުވައްރިޘ ނިޔާވިއިރު ދާއިމީ އެޑްރެސް ހުރި ދާއިރާގެ ކޯޓު ނުވަތަ ތަރިކަ މުދާ ހުރި ދާއިރާގެ ކޯޓަށްވުނ. )ޅ( އިފްލާސްކުރުމުގެ މައްސަލައެއްނަމަ ޙުކުމް ކުރި ކޯޓަށްވުން. )ކ( ވިޔަފާރީގެ މައްސަލައެއްނަމަ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުރި ދާއިރާގެ ކޯޓު ނުވަތަ ދަޢުވާލިބޭ ފަރާތް ދިރިއުޅޭ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަށްވުން. ނުވަތަ ދެފަރާތުން އެއްބަސްވާ ކޯޓެއް ނުވަތަ މުޅި މުޢާމަލާތް ނުވަތަ މުޢާމަލާތުން ބައެއް ތަންފީޛުކުރްވުނ ދާއިރާއެއްގެ ކޯޓު، ނުވަތަ އެއްބަސްވުން ތަންފީޛުކުރަންޖެހޭ ދާއިރާގެ ކޯޓަށްވުނ. )އ( ޚަރަދު ހޯދުމާބެހޭ ދަޢުވާއެއްނަމަ، ދަޢުވާކުރާ ފަރާތް ދިރިއުޅޭ ނުވަތަ ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށްވުނ. )ވ( ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ވަކި އެޑްރެހެއް ނެތްނަމަ އަދި މި މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، މައްސަލަ ހުށަހެޅެން ނެތްނަމަ ދަޢުވާކުރާ ފަރާތް އުޅޭ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށްވުނ. )މ( ޖިނާއީ މައްސަލަތަކުގައި އަނިޔާ ލިބުނު ފަރާތް ދިރިއުޅޭ ދާއިރާގެ ކޯޓަށްވުން. )ފ( މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތައް ދިރިއުޅެމުންދާ ދާއިރާގެ ކޯޓަށްވުން .
36ޕްރިސިޑެންސް 2މެޖިސްޓްރޭޓު ކޯޓުގް އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަން ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގައެވެ. މިގޮތުން، މި ޖަދުވަލުގެ 1 ވަނަ ނަންބަރުގައި، މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞްތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ބެލުން ކަމުގައި ބަޔާންކުރެއެވެ. )ހ( އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ މައްސަލަތައް )ށ( އެ ކޯޓު ނިސްބަތްވާ ޖުޑީޝަލް ދާއިރާގެ ކުޑަކުދިންގެ މައްޗަށް އުފުލޭ ޖިނާއީ ދަޢުވާގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ މައްސަލަތައް )ނ( ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ )ނ( ގެ ދަށުން ހުށަހެޅޭ މައްސަލަތައް )ރ( ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް )ބ( ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ އެ ބަންދުންދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް )ޅ( ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުންދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކެހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ޤާނޫނުއަސާސީގެ 58 ވަން މާއްދާގަ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް )ކ( ކަފާލާތުގައި ދޫކޮށްދިނުމަށ އެދް ހުށަހަޅި މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ )ހ(. )އ( އަވަސް ނިޔާގެ ގަވާއިދުގެ ދަށުން މެޖިސްޓްރޭޓް ކޯޓުތަކުން އަވަހަށް ނިންމަންޖެހޭ މައްސަލަތައް )ވ( އެއްބަސްވުންތަކާއި ޕަވަރ އޮފް އެޓަރނީއާއި ރަހުނުގެ އެއްބަސްވުމާއި ވަޞިއްޔަތުގެ ލިޔުންތައް ރަޖިސްޓަރީކުރުނ.
37ޖަދުވަލު 5ގެ 2 ވަނަ ނަންބަރުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ނުހިމެނޭ ބާވަތުގެ މައްސަލަތައް ލިސްޓުކޮށްފައިވެއެވެ. މީގެ މާނައަކީ، މި ނަންބަރުގައި ލިސްޓުކޮށްފައިވާ މައްސަލަތައް ފިޔަވައި އެހެނިހެން ޢާއިލީ، މަދަނީ އަދި ޖިނާއީ މައްސަލަތައެބެލުމުގެ އިޚްތިޞާޞްއް ކޯޓުތަކަށ ލިބިދީފައިވކަމެވެ. މެޖިސްޓްރޭޓް ކޯޓުން ނުބެލެވޭނެކަމަށް މި ނަންބަރުގައި ކަނޑައަޅާފައިވަނީ އަންނަނިވި މައްސަލަތަކެވެ. )ހ( ޤަޞްދުގައި މީހުން މެރުމުގެ ކުށުގެ މައްސަލަތައް )ށ( މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މައްސަލަތައް )ނ( ވައްކަން، ޓެކުން، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތާއި، ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000/-ރ. )އެއްލައްކ ރުފިޔާ( އިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އ އަގުގެ މުދާ ހިމެނޭ މައްސަލަތައް )ރ( ވަގު ނޫޓާއި، ވަގު ކޮއިންޖެހުމާއި، އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތައް )ބ( ޓެރަރިޒަމްގެ މައްސަލަތައް )ޅ( ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 1 ގ ]ދިވެހި ދައުލަތާ އިދިކޮޅު ޙަރަކާތާއި ފިތުނަ[ މިސުރުޚީގެ ދަށުގައިވާ މާއްދާއަކުން ކުރެ މާއްދާއެއްގެ ދަށުން ދަޢުވާކުރެވޭ މައްސަލަތައް )ކ( މީހެއްގެ ނުރުހުމުގައި ގަދަކަމުން ޒިނޭކުރުމުގެ މައްސަލަތައް )އ( /-5,000,000ރ. )ފަސް މިލިއަންރުފިޔާ( އިން ފެށިގެން މަތީގެ ޢަދަދުގެ ފައިސ ހިމެނޭ ނުވަތަ އެ އަގުގެ މުދާ ހިމެނޭ މައްސަލަތައް.
38ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، މި ޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށ ބަޔާންކޮށްފައިވް ނަމަވެސް، ވަކި ރަށަކާގުޅޭ ގޮތުން ކުރިމަތިވާ އެ ރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތކާއި،އ ރަށެއްގެ ރަށްވެއްސެއްގެ ތަރިކައިގެ މައްސަލަތަކަކީ، ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުނ ބަލާ މައްސަލަތައް ކަމުގައެވެ.
39ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއާއި، ޖަދުވަލު 5 ގައިވާ ބައިތައް އެކުއެކީގައި ކިޔާއިރު، ފާހަގަވާކަމަކީ،އެ ނައްސުތަކުގައި ކޯޓުތަކަށް މައްސަލައިގެ މައުޟޢުނޫނުވަތ މައްސަލައިގަ ބާވަތުން އިޚްތިޞާޞް ލިބިދެވޭ ގޮތާއި (subject matter jurisdiction) އަދި އެ ކޯޓެއްގެ ސަރަޙްއްދުނ އިޚްތިޞާޞް (territorial or regional jurisdiction) ލިބިދެވޭ ގޮތް ބަޔާންކުރާކަމެވެ.އަދި ހަމައެއާއެކު، ފާހަގަކުރެވޭ އަނެއްކަމަކީ، މ 02 )ދޭއް( އިޚްތިޞާޞް މަސްހުނިކޮށްފައިވާކަމެވެ. ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި، މައްސަލައިގެ ބާވަތުން ވަކި ކޯޓަކަށް އިޚްތިޞާޞް ލިބޭކަން ހާމަވެއެވެ. މީސާލަކަށް ދަޢުވާގެ މައުޟޢަކ ޚަރަދު ހޯދުންކަމަށްވާނަމަ، ނުވަތަ އިފްލާސްކުރުންނަމަ، ނުވަތަ ތަރިކައިގެ މައްސަލައެއްނަމަ، ނުވަތަ ވިޔަފާރީގެ މައްސަލައެއްނަމަ، އިޚްތިޞާޞް ލިބިދެވޭ ކޯޓުގ ދާއިރާ ހާމަވެއެވެ. މިއް މައްސަލައިގެ މައުޟޫޢުއަށެނުވަތަ ބާވަތަށް ބަލައި، މައްސަލަ ހުށަހެޅޭ ދާއިރާގެ ކޯޓު ބަޔާންކުރާކުރުމެކެވެ.
40މީގެ އިތުރުން ބާވަތުގެ އިޚްތިޞާޞްގެ ތެރެއިން، ކަނޑައެޅިފައިވާ ފައިސާގެ ނިސްބަތުންވެސް މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބިދެވޭކަންވެސް ބަޔާންކުރަނިވި ނައްސުތަކުން ފާހަގަވެއެވެ. މިސާލަކަށް 5,000,000/-ރ. )ފަސް މިލިއަން ރުފިޔާ( ހަމަނުވެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެ އަގު ހަމަނުވާ މުދާ ހިމެނޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިދެއެވެ.
41އިސްވެ ބަޔާންކުރަނިވި ޖަދުވަލު 5ގެ 2 ވަނަ ނަންބަރަށް ބަލާއިރު، އެއީޖިނާއީ މައްސަލަތަކުގައި މޖިސްޓްރޭޓެ ކޯޓުތަކަށް މައުޟޢގޮތުނ އިޚްތިޞާޞް ލިބް އާންމު ހަމަ ކަން އެނގެއެވެ. މިސާލަކަށް، މަރުގެ މައްސަލައެއްގެ ދަޢުވާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައިގެ މައުޟޫ ޢަށ ނވަތު ކަމުގަ އިޚްތިޞާޞްއަށް ބަލައި، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިފައިނުވާކަމީ ބަހުސެއްނޫނެވެ. މައުޟޢޫ ނުވަތަ މައްސަލައިގެ ބާވަތުގެ އިޚްތިޞާޞްއަކީ މިއީއެވެ.
42އަނެއް މިސާލަކީ ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ހުށަހެޅޭ މައްސަލަތަކެވެ. މި ބާވަތުގެ މައްސަލައިގެމައުޟޫޢުނ އެއީ އެކަމަށް ޚާއްޞަ ޓްރައިބިއުނަލެއް އުފައްދާ، މައްސަލައިގެ ބާވަތުން އެ ޒާތުގެ މައްސަލަތައް ކޯޓުތަކަށް ބެލުމުން އިސްތިސްނާކޮށްފައިވާ މައްސަލަތަކެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ 02 )ދޭއް( ސަރްޙައްދެއްގައި ހައިކޯޓުގެ ގޮފިތައެޤއިމުކުރވި، އެކަން އުވާލެވެންދެން، މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އެ ކޯޓެއް ނިސްބަތްވާ ސަރެޙީއްދެއްގައި ޤާއިމުކުރެވިފައިވާ ހައިކޯޓުގެ ގޮފީގައި އިސްތިއުނާފުކުރެވުނެވެ. ހައިކޯޓުގ ގޮފިތަކުގައިވެސް ބެލިގެންދިޔައްއިސްތިއުނާފުގެ މައްސަލެތައިކަމުން، އެކަމުގެ ބާވަތަށް ނުވަތަ ކަމުގެ އިޚްތްޞާޞްއަށް ބަލައި، އެ މައްސަލަ ބެލުމުގެ ކަމުގެ އިޚްތިޞޭޞ ހައިކޯޓުގް ހުރިހާ ގޮފިތަކަށްލިބިދ ކަމީ އަނެއްކާވެސް ބަހުސެއް އޮތް ކަމެއްނޫނެވެ. ބަހުސެއްއުފެދޭނވެސާ،މައްސަލަ ނިންމާފައިވަ ސަރޙްއްދުގެ ގޮތުން،ގޮފިތަކަށަސަރޙައްދީ އިޚްތިޞާޞް ލިބިދެވޭކަމާމެދުއެވެ.މިއީ ސަރީ ޙޫއްދ އިޚްތިޞާޞްއާއި މައުޟޢޫ އިޚްތިޞާޞްގެ ފަރަގެވެ.
43ޖިނާއީ މައްސަލަތަކުގައި ދަޢުވާ އުފުލުމާއި، ޝަރީޢަތް ހިންގުމުގެ އުޞޫލުތައް ބަޔާންކުރާ، އެކަމަށް ޚާއްޞަވާ އިޖުރާއަތުކަމުގައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، މި ޤާނޫނުގެ 6 ވަނަ މާއްދާގައި، ޖިނާއި މައްސަލަތައް ފުރަތަމަ މަރުޙަލާގައްބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓތަކަށު ލިބިގެންވާކަން ބަޔާންކުރެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC )27 ޖަނަވަރީ 2015( ސަރކިއުލަރއިން ޤާއިމުކުރެވިފައި، އަދި 21 ސެޕްޓެންބަރު 2021 ގައި އުވާލެވިފައި. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ހ( ގެ )2(. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞްގެ ދާއިރާގެ ތެރިއިނ ކަމުގައި ބަޔާންކުރެއެވެ.
44ޕްރިސިޑެންސް 4ކޯޓުތަކުގެ އިޚްތިޞާޞްއާ ގުޅޭ މުހިންމު ނައްސެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގައިވެއެވ. އެ އަކުރުގައިވަނީ "6 )ރ( އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ނުވަތަ ދަޢުވާ ލިބޭ މީހު ދިރިއުޅޭ ރަށެއްގައިވާ ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ."
45މި ނައްސަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަވެއެވެ.
45.1. މައްސަލަ ބެލުމަށް ކޯޓަށް އިޚްތިޞާޞް ލިބޭ 02 )ދޭއް( ޙާލަތެއް އެ ނައްސުގައި ބަޔާންކުރާކަމެވެ. އެއީ ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވި،ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ދަޢުވާ އުފުލުމާއި، ނުވަތަ ދަޢުވާ ލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ދަޢުވާ އުފުލޭނެކަމެވެ.
45.2. އެ މާއްދާގެ އިބާރާތް ފެށުމުގައި "އެހެނ ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް" މިފަދައިން ބަޔާންކޮށްފައި އޮތުމުން، މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި އިޚްތިޞާޞް ލިބޭ ދާއިރާގެ އިތުރުން، އިތުރު 02 )ދޭއް( ގޮތަކަށް އިޚްތިޞާޞް ލިބިދެވޭ ގޮތް ބަޔާންކުރާ ކުރުމެއް ކަމުގައި ބެލެވެއެވެ. އެހެނީ، މި މާއްދާގައި އެހެން ޤާނޫނެއް އިސްތިސްނާކޮށްފައިނުވާތީއާއި، އެހެނ ޤާނޫނެއް މަހުދޫދުކޮށްފައިނުވާތީއާއި، އެހެން ޤާނޫނެއް އިސްފަސްކޮށްފައިނުވާތީއެވެ. މިކަމަށް އިތުރަށް ބާރުދެނީ، އާންމައުޞޫލުން، އެއް ޤާނޫނަކުން އަނެއް ޤާނޫނުގެ މާއްދާއެއް ނަފީކުރާނަމަ، ނަފީވާނެ ފަދައަކުން އެ މާއްދާ ޢިބާރާތްކޮށްފައިވ ތަނާ ފެންނަ ފެނުމެވެ. މިސާލަކަށް، ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ށ(. ކޯޓުތަކުގެ ޤާނޫނުގެ 98 ވަނަ މާއްދާގައިވާ އިބާރާތް ބަލާއިރު، "މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ޤާނޫނު ނަންބަރ 10/2008 )ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު( ގެ 21 ވަނަ މާއްދާގެ )ބ( އުވުނީއެވ." މިފަދައިން އިބާރާތްކޮށްފައިވެއެވެ. މި މާއްދާ މިފަދައިން އޮތުމުން، މި ޤާނޫނު ވުޖޫދުވުމުގެ ކުރިން ކަނޑައަޅާފައި އޮތްއޮތުން ބާޠިލުވީކަން ސާފު ނައްސުން އެނގެއެވެ. އެހެންކަމުން، މި މައުޟޢުގައ އޮތް 02 )ދޭއް( ޚާއްޞަ ޤާނޫނުތަކުގައި އިޚްތިޞާޞްއާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ ހަމަތައް އެގޮތުގެ މަތިން ވުޖޫދުގައި އޮތްކަމަށް ބަލަންޖެހޭނެއެވެ.
45.3. ބަޔާންކުރަނިވި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގައި ..." އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވަ." މިފަދައިން ބަޔާންކޮށްފައި އޮތުމުން، ބާވަތުގެ އިޚްތިޞާޞް ލިބި، ޤާނޫނުން ސަރާޙިއްދީ އިޚްތިޞާޞްކަމަށް ބަޔާންކުރާ ކުރުމުގެ ތެރެއިން އިޚްތިޞާޞް ލިބޭ ކޯޓެއްގައި ނުވަތަ މ 02 )ދޭއް( ޤާނޫނުގައި ބަޔާންކުރާ ޙާލަތްތަކުގެ ދާއިރާގެ ކޯޓެއްގައި ދަޢުވާ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ބާރެއްކަމެވެ.
46ޕްރިސިޑެންސް 3މި 02 )ދޭއް( ޤާނޫނުގެ ކަމާގުޅޭ ނައްސުތައް ތަރުޖަމާކުރުމުގައި ބޭނުންކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގު ނަންބަރ 2020/SC-A/46 ދައުލަތް )މިނިސްޓްރީ އޮފް ޓުއަރިޒަމް( ވ. އަތަމާ މެރައިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްޤަޟިއްޔާގައި، ޤާނޫނު މާނަކުރުމުގައި މިސްރާބު ހިފުމަށް ލިޔެފައިވާ އުޞޫލުތަކާއި އެއްގޮތަށް ކަމުގައި ދެކެމެވެ.އެ އުޞޫލް ބަޔާންކުރަމުން އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގަ ޤާނޫނުގައި ބަޔާންކޮށްފައިވާކަމށާއި،އެއިން ކޮންމެ ގޮތަކަށްޤާނޫނެއ މާނަ ކުރުމަށް މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގިނަ ނިންމުންތަކުގައި ބަޔާންކުރެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2023/SC-A/02 ޤަޟިއްޔާ އާއި، ނަންބަރު 2024/SC-A/06 ޤަޟިއްޔާ އާއި، ނަންބަރު 2021/SC-A/113 ޤަޟިއްޔާ އާއި، ނަންބަރު 2021/SC-A/96 ޤަޟިއްޔާ އަދި ނަންބަރު 2021/SC-A/79 ޤަޟިއްޔާ ހިމެނެއެވެ. މިސްރާބުހިފިއަސް ޔަ ޤީންވީއެއްކަމަކީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިއަސް މާނަކުރުމުގެ މަސައްކަތް ފެށެނީ ޤާނޫނުގޭއިބާރާތާއި އޮނިގަނޑުން ކަމުގައެވެ. އެހެންކަމުން، ކޯޓުން މާނަކުރަންޖެހޭ މާއްދު ނުވަތާ އިބާރާތް ހިމެނީ ޤާނޫނ ކިޔަންވާނީ އެއް ރޮއްޖަކުންވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަމށާއި،އަދިޤާނޫނުގައ ހިމެނެ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤްސަދުގެ ފުޅާ އިމުގެ ތެރޭގައިކަމުގައެވެ.
47މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަން މާއްދާގަ )ނ( ގައި ވަކި ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުނ، އޭގެން ވަކި މާނައެއް ދޭހަވާނަމަ،އެފަދަ މާނައެއް އެއަށް ވުރެ ފުޅާކުރުމަކީ، ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް ހިމެނުމަށް މަސައްކަތްކުރުމަކީ،ރަނގަޅުގޮތެއް ނޫންކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމައެއާއެކ،މި މާއްދާގެ )ރ( ގައި ޤާނޫނު އެކުލަވާލުމުގައި ވަކި ކަމެއް ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަހަކުން ނުވަތަ އިބާރާތަކުން ނުވަތަ ޖުމްލައިނިއެ ޤާނޫނު އެކުލަވާލި ފަރާތުގެ ނިޔަތް ރަމްޒުވާކަމަށް ބަލަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
48ޕްރިސިޑެންސް 502 )ދޭއް( ޤާނނުގައ ހިމެނި އިޚްތިޞާޞްއާ ގުޅޭ ނައްސުތައް އެކއެކީގައު ކިޔުމުނާ،ނިކުންނަ ނަތީޖާއަކީ ޖިނާއީ މައްސަލަތަކުގެ އިޚްތިޞާޞް ލިބިގެންދާ 02 )ދޭއް( ޤާނޫނެއް އޮތްއިރު، އެޤާނޫނުގެ އިޚްތިޞާޞްއާ ގުޅޭ މާއްދާތަކުގައި ވަކި ތަރުތބެއ، އެބަހީ އިސްފަސްކުރުމެއް، ނުވަތް ޚާއްޞކަމެއަ، ނުވަތަ އުމާއްދާގެ ނައްސުތަކުން އާންމެއުޞޫލެއް އެކަށައަޅާފައިނުވާކަމެވެ. ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގައި އާންމްއުޞޫލެއ އޮތްތަނެއް ނުފެނެއެވެ. އަދި އ މާއްދެ ފެށުމުގައި "...އަންނަނިވ ޙާލަތްތަކުގައި އެކަންކަމާގުޅޭ ނިސްބަތުން" ސަރަޙައްދީ އިޚްތިޞާޞް ލިބޭކަމުގައި ބަޔާންކުރާތީ، ސަރަޙައްދީ އިޚްތިޞާޞް އެ ޙާލަތެއްގެ ނިސްބަތުން ލިބޭކަން، އަދި އެކަމުގައި ވކަ އާންމު އުޞޫލެއް ކަނޑައަޅާފައިނުވާކަން ހާމަވެއެވެ.
49ހަމައެއާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަން މާއްދާގަ )ރ( ގެ އިބާރާތް އޮތްގޮތަށް ބަލާއިރު، އެ އަކުރުގައި ބަޔާންކުރާ ޙާލަތްތަކަށް އިސްކަމެއް ނުވަތަ ޚާއްޞަކަމެއް ދޭންޖެހޭކަން ދޭހަވާކަމަކަށ ނުދެކެމެވެ.
50މިއާ ތަފާތު މިކުރަނީ، ޤާނޫނު ނަންބަރ 2021/32) މަދަނީ އިޖުރާއަތުގެ ޤާނޫން( ގައި އިޚްތިޞާޞް ބަޔާންކުރާ މާއްދާއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ބަޔާންކުރާއިރު،މި މާއްދާގެ )ހ( ގައި އާންމު އުޞޫލެއް ކަނޑައަޅާފައިވެއެވެ. އެއީ އާންމު އުޞޫލުނ މަދަން ދަޢުވާއެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކީ،ދަޢުވާލިބޭ ފަރާތް އާންމަ ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކޯޓުކަމުގައެވެ. މި މާއްދާ އިބާރާތްކޮށްފައިވާގޮތށ ބެލުމުން، އާންމު އުޞޫލެއް ޤާއިމުކުރެވި، ކުރިމަތިވާ ޙާލަތަށް ބަލައި، އިސްތިސްނާ ޙާލަތްތަކެއް އެކަށައަޅާފައިވާ ތަން ފެނެއެވެ.
51މއ ޚިލާފަށާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫން މިފަދައިން އާންމް އުޞޫލެއް ކަނޑައަޅާފައިނުވާހިނދު، އިޚްތިޞާޞްއާ ގުޅޭ ނައްސުތަކުގައި އިސްކަންދޭނެ ތަރުތީބެއް ކަނޑައަޅާފައިނުވާކަން އެނގެއެވެ. އެހެންކަމުން، ބަލަން ޖެހެނީ މުޅި 02 )ދޭއް( ޤާނޫނުގައި އެކަން އޮންނަ ގޮތުގެ މައްޗަށ، ޤާނޫނު ކިޔަންޖެހޭ އުޞޫލެވެ.
52ހަމައެއާއެކު، މި 02 )ދޭއް( ޤާނޫނުގެ އިޚްތިޞާޞްއާ ގުޅޭ ނައްސުތައް އެކުއެކީގައި ކިޔުމުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރާފަދައިނ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނީ މާއްދާގަ )ރ( ގައިވާ ޙާލަތްތައް ބަޔާންކުރުމުގައި ޤާނޫނު އެކުލަވާލި ފަރާތުގެ ނިޔަތަކާ،މ މާއްދާގައި ބަޔާންކުރި ޙާލަތްތަކުން ޙައްލު ހޯދުއިދިނުނ ކަމުގައް ރަމްޒުވެއެވެ. އެއީ މި އަކުރުގައި ބަޔާންކުރާ 02 )ދޭއް( ޙާލަތަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ އިޚްތިޞާޞް ލިބިދެނިވި ޙާލްތްތަކަކށ ނުވާތީއެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ )ރ(. ޒަރިއްޔާއިން،ޖިނާއީ ކުށުގެ ޢަމަލު ހިނގި ރަށެއްގައިވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި، ނުވަތަ ދަޢުވާލިބޭ މީހާ ދިރިއުޅޭ ރަށެއްގައިވާ ކަމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގައި،އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާކަމަށް ކަނޑައަޅާފައިވަނެ،މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 4 ވަނި މާއްދާގައި ބަޔާންކުރާ ޙައްލު ހޯދައިދިނުމުގެ އުޞޫލުގެ ތެރެއިނަ ކަމުގައް ބަލަންޖެހެއެވެ. އަދީމީގެ ހިކުމަތކ މިޤާނޫނު ތަޢާރަފުކުރުމުގެ ޙާލަތު ކުރިން އޮތް ގޮތަށް ބަލައި، އަލަށް ތަޢާރަފުކުރެވުނު 02 )ދޭއް( ޙާލަތުގެ ޒަރިއްޔާއިން ކުރިން އޮތް އުނިކަން ފޫބެއްދުމުގެ ބޭނުމުގައިކަމަށް ބަލަންޖެހެއެވެ. އެ ޙައްލަކީ އިޚްތިޞާޞްގެ ދާއިރާ ފުޅާކުރުމެވެ.އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަސައްވުރުކުރާގޮތަށްކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެގޮތުގެ މަތިން، އެކަށީގެންވާ އަވަސް މިނެއްގައި އިންސާފު ޤާއިމުކުރުމެވެ. ސަރަޙައްދީ އިޚްތިޞާޞް އެއް ކޯޓަށް ވުރެ ގިނަ ކޯޓުތަކަށް ލިބިދޭ ޙާލަތް
53ޕްރިސިޑެންސް 6ދެން އުފެދޭ ސުވާލަކީ، އިޚްތިޞާޞްއާ ގުޅޭ މާއްދާތަކުގައި އާންމައުޞޫލެއ ނުވަތް އިސްވާނެ ނުވަތަ ޚާއްޞަވާނެ ވަކި ޙާލަތެއް ބަޔާންކޮށްފައިނުވާއިރު، ސަރަޙައްދީ އިޚްތިޞާޞް އެއް ކޯޓަށް ވުރެ ގިނަ ކޯޓުތަކަށް ލިބިދޭ ޙާލަތުގައި، ޖިނާއީ މައްސަލަތަކުގެ ދަޢުވާ އުފުލމުގައ ޢަމަލުކުރާނެ ގޮތަކާއި ގުޅޭ ސުވާލެވެ.
54އޭގެ ޖަވާބު ލިބިދެނީ،ޤާނނުއާސާސީގޫ 223 ވެނ މާއްދާގަ )ނ( އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ )ނ( އިންނެވެ. މި މާއްދާތަކުގައިވަނ ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު
4. )ހ( ޙައްލު ހޯދައިދިނުމުގެ އުސޫލު ޤާނޫނު މާނަކުރުމުގައި ބޭނުންކުރާނީ އެ ޤާނޫނުން ޙައްލު ހޯދައިދިން މައްސަލަ އޭގެ ރަނގަޅު މަޙައްލުގައި އަލަށް ދިމާވަމުން އަންނަ ކަންކަމަށާއި، ޙާލަތްތަކުގެ މައްޗަށް ހިނގާނޭހެން އެ ޤާނޫނެއް ތަންފީޛުކުރަމުން ދިޔުމަށެވެ. )ށ( ޤާނޫނުތައް މާނަކުރުމުގައި ޙައްލު ހޯދައިދިނުމުގެ އުސޫލު ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
1. ޤާނޫނު ތަޢާރުފުކުރުމުގެ ކުރިން ޙާލަތު އޮތީ ކޮންގޮތަކަށްކަން.
2. ޤާނޫނު ތަޢާރަފުކުރީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައިކަން.
3. ޤާނޫނު އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ބަލާފައިވަނީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައި ކޮން ޙައްލެއް ހޯދައިދިނުމަށްކަން.
4. ރައްޔިތުންގެ މަޖިލީހުން ޤާނޫނުގައި ކަނޑައަޅައިދީފައިވާ ޙައްލުގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިކަން. ޖިނާއީ އިޖެ ރ އަތުގެ ޤާނޫނުގެ 2 ވަނަ މާއްދާ . ކުރެވިއްޖ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމ ދަޢުވެ އުފުލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއްކަމުގައެވެ. މިއަށް އިތުރަށް ބާރުދެނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގައިވާ ..." އެ ކުށުގެ ދަޢުވާ އުފުލުމުގެ ޙައްޤު،ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވީ." މި ޢިބާރާތުންނެވެ. މީގެ މާނައަކީ، ޖިނާއީ ދަޢުވާއެއް އުފުލުމުގައި،އެއީ ކޯޓަކަށް ވުރެ ގިނަ ކޯޓުތަކަށް އިޚްތިޞާޞް ލިބިދޭ ޙާލަތުގައި venues) (multiple، ޤާނޫނު ހުއްދަ ކުރާ ޙާލަތްތަކުގެ އަލީގައި، ދަޢުވާ އުފުލާނެ ކޯޓު އިޚްތިޔާރުކުރުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށްލިބިގެންވ އިޚްތިޔާރީ ބާރެއް (prosecutorial discretion) ކަމެވެ.
55ޕްރިސިޑެންސް 7ޕާރޮސިކިއުޓޯރިއަލް ޑިސްކްރެޝަނިއަކ ޖިނާއީ އަދުލުގެ ނިޒާމުގެ އެއް އަސާސެވެ. ބާރުތައް ވަކިވެފައިވް ނިޒާމެއްގައި، ކޯޓުތަކުން މި އިޚްތިޔާރީ ބާރުގެ ތެރެއަށް ވަނުމާއި، ނުވަތް އިޚްތިޔާރީ ބާރުގެ ތެރެއިން ނިނމަ ނިންމުންތާއް މުރާޖަ ޢކުރުމާއި ދުރުހެލިވާންޖެހޭނެއެވެ.
56ޕްރޮސިކިއުޓޯރިއަލް ޑިސްކްރެޝަންއަކީގިނަ ޤައުމުތަކުގައެޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު އަދާކުރާ ފަރާތަށް ލިބިދޭ އިޚްތިޔާރެވެ. އަދި މި އިޚްތިޔާރު ބޭނުންކުރަންވާނީ ނުބައި ނިޔަތެއް (mala fide) Rebecca Krauss, The Theory of Prosecutorial Discretion in Federal Law: Origin and Developments, Seton Hall Circuit Review, Volume 6, (2012) Issue 1, Article 1 އިންޑިޔާ - އިންޑިޔާގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 177 – 186 މާއްދާ އަދި އެ ކޯޓުގެ 8 SCC 100 ]2004[ v & Ors Y.Abraham Ajith Inspector of Police ޤަޟިއްޔާ ޔުނައިމެޓް ކިންގްޑަމް - ޔުނައިޓެޑް ކިންގްޑަމްގެ Prosecution of Offences Act 1985 އަދި [2008] R (Corner House Research) v DPP 0UKHL 6 ޤަޟިއްޔާގެ ނިންމުމުގައިތަޤްދީރީ ބާރު ބޭނުންކުރުމުގައިވެސް ހަމަތަކަކާއި މިންގަނޑުތަކެއް ހުންނަންޖެހޭނެކަނމުގައ މި ނިންމުމުގައި ކަނޑައަޅާފައިވެއެވެ. މެލޭޝިޔާ - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 121 – 127 މާއްދާ. މެލޭޝޔާގ [1997] 3 MLJ 681 Repco Holdings Bhd v PP މ ޤަޟިއްޔާގައި ކަނޑައަޅާފައިވަނަ އާންމު އުޞޫލުން ކޯޓުތަކުން އިޚްތިޔާރީ ބާރުގެ ތެރެއަށް ނުވަންނަކަމާއި، އެކަމުގެ އިސްތިސްނާ ޙާލަތަކީ، ނުބައި ނިޔަތެއް އޮތުން، ނުވަތް އެބިއުސް އޮފް ޕްރޮސެސް އޮތުންކަމގައެވެ. ސިންގަޕޫރު - ޤާނޫނުއަސާސީގެ )8(35. ސިންގަޕޫރުގެ [2012] 2 SLR 49 Ramalingam Ravinthran v AG ޤަޟިއްޔާގެ ނިންމުމުގައިވަނީ ޤާނޫނުއަސާސީ އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ތަޤްދީރީ ބާރެއް ލިބިދީފައިވީނަމަވެސް، އެ ބާރު ބޭނުންކޮށްފައިވާގޮތާމެދ ކޯޓުނު ސުވާލު އުފައްދާނެ އިސްތިސްނާ ޙާލަތްތަކުގައިކަމަށާއި، އެ ޙާލަތްތކަކަތަފާތުކުރުން ގެންގުޅޭކަމުގެ ހެކިހުރުން ނުވަތަ އަސާސީ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ޢަމަލުކޮށްފައިވާނމަކަންމ މައްސަލައިގައި ކޯޓި އޮފް އެޕީ ލ އިން ކަނޑައަޅާފައިވެއެވެ. އެމެރިކާ - 517 U.S. 456 (1996) United States v. Armstrong Procedure Criminal of Rules Federal - އާންމު އުޞޫލުން ޕްރޮސިކިއުޓަރ ޖެނެރަލް ތަޤްދީރީ ބާރު ބޭނުންކޮށްފައިވާގޮތާމެދ ސުވާލު އުފައްދްކަންކަމަކ ކޯޓުނ އެކަމުގެ ތެރެއަށް ވަންނަ ކަންކަން ނޫންކަމާއި،އެފަދަ މައްސަލަތައް ކޯޓުން ބަލާނީ ތަފާތުކުރުމުގެ ކާފީ ހެކި ހުރިކަން ދަޢުވާލިބޭ ފަރާތުން ދ އކެ ޙާލަތްތަކުގައއ ކަމުގައި އެމެރިކާގެ ސުޕްރީމް ކޯޓުނ ނިންމާފައިވެއެވެ. 38 37 ނެތި، ނުވަތަ ސީޔާސީ މަންފާއެއްނެތި، ނުވަތަ ތަފާތުކުރުމެއްނެތި ނުވަތަ ޤާނޫނީ އިމުންބޭރުނުވާނެ ނުވަތު ޤާނޫނަ ހަމަތަކާއި އަދި އަސާސީ ޙައްޤތަކާއ ޚިލާފުނުވާނ ގޮތެއްގެ މަތިންނެވެ.މިއީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ )ށ( ގެ ތަސައްވުރެވެ.އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސއޫލިއްޔަތ އެ ފަރާތުން ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދާކުރުމެވެ.
57މި ކޯޓުގެ ނަންބަރު 2020/HC-A/183 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ފުއާދު ޤަޟިއްޔާގައި ފަނޑިޔާރު ދީބާނާޒް ފަހުމީ ފާހަގަކުރައްވާފައިވާ ފަދައިން، 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއަކީ ބާރުތައް ވަކިވެފައިވާ ދުސްތޫރީ ނިޒާމެއް އެކަށައެޅުނު ޤާނިނއަސާސީއަކަށްވެފައ، ޤާނޫނުއަސާސީގައި އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ،ޖަވާބުދާރީކުރުމުގައި ފަރުވާތެރިވާންވާނެ އިންތަކެއް ހުންނަކަމާއު،ޤާނޫނުއަސާސީއިން އެކަށައަޅާފައިވާ މުސްތަޤިއްލު މަޤާމެއްގެ ބާރާއި އިޚްތިޔާރުގެ ތެރެއަށް ޢަދުލު އިންސާފު ޤާއިމުކުރީބްރުގެ ތެރެއިން ކޯޓުތަކުގެ ފަނޑިޔާރުންނަށް ވަދެވޭނާ މުއްތަހަމަށް އިންސާފުވެރި ޝަރީޢަތެއް ލިބުން ކަށަވަރުކުރުމުގެ މަފްހޫމްގެ ދާއިރާގެ ތެރެއިން ލިބޭ، ޖީ ޑުޝަލް ރިވިއުގެ މައްސަލައެއްގެ ތެރެއިން ކަމުގައި ދެކެމެވެ.
58ޤާނޫނުން ދީފައިވާ ބާރު ބޭނުންކުރުމުގައި ހެޔޮނިޔަތް ޤާއިމުވައޮންނާނެކަނ އެއް ޤާނޫނުހަދާ މަޖިލިހުގެވެސް ތަސައްވުރެވެ. ނުނިޔަތަކީ، ޖުޑީޝަލް ރިވިއުގެ މައްސަލަތަކުގައި އެންމެ ފުރަތަމަ ވަޒަންކުރާ އެއްކަމެވެ. މި މޭރުމުން ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް ނުނިޔަތާ އެކު ޢަމަލުކުރުމާއި، ނުރަނގަޅު ޤާނޫނު އިޖުރާއަތު ފުޅުކަންބޮޑު ގޮތެއްގައި ހިންގާފައިވާކަން، ނުވަތަ މުޖުތަމަޢުގެ އާންމު މިންގަނޑުން މިނާއިރު އިންޞާފުވެރިނޫންކަމަށް ބެލެވޭފަދަ ޢަމަލެއް، ނުވަތަ ޢަދުލާއިންޞާފުގ ނިޒާމުގެ ނަޒހަތްތެރިކަމާމެދ ސުވާލު އުފެދޭފަދަ ޢަމަލެއް ހިންގާފައިވާކަން ދައްކުވައިދެވިއްޖެނަމަ، ޖުޑީޝަލް Ramalingam Ravinthran v Attorney-General [2012] 2 SLR 49 Mat Shuhaimi bin Shafiei v Public Prosecutor [2014] 2 MLJ 145 Sukma Darmawan Sasmitaat Madja v Ketua Pengarah Penjara [1999] 2 MLJ 241
220)ށ( ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނު އެއްގޮތްވާ ގޮތުގެމަތީންނެވެ. ރިވިއުގެ މައްސަލައެއް ބެލުމުގެ ފުރުޞަތު ލިބިދެވޭކަމުގައ މި ޤަޟިއްޔާގައި ފަނޑިޔާރު ދީބާނާޒް ފަހުމީ ބަޔާންކުރައްވައެވެ.
59އެހެންކަމުން، އާންމުއުޞޫލަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުން ލިބިދޭ އިޚްތިޔާރީ ބާރުގެ ތެރެއަށް ކޯޓުން ނުވަނުމެވެ. އެހެނަސް، އިސްވެ ބަޔާންކޮށްފައިވާ ފަދައިން އެކަމުގެ އިސްތިސްނާއަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުއަސާސީއިންނާއި ޤާނޫނުން ލިބިދީފައިވާ ބާރުގެ ބޭރުން އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް އެ ފަރާތުން ޢަމަލުކުރާ ޙާލަތްތަކެވެ.
60މި ނިންމުމުގައި އުފެދި ބަހުސްއިން ފާޅުވާ އެއް ޙަޤީޤަތަކީ، ޖިނާއީ ދަޢުވާއެއް އުފުލުމުގައި، އެއް ކޯޓަކަށް ވުރެ ގިނަ ކޯޓުތަކަށް އިޚްތިޞާޞް ލިބިދޭ ޙާލަތުގައި (multiple venues)، ދެޢުވާއުފުލާނ ކޯޓު އިޚްތިޔާރުކުރުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އިޚްތިޔާރީ ބާރެއް discretion) (prosecutorial ކަމަށްވާއިރު، މި އިޚްތިޔާރު ބޭނުންކުރުމުގައި ބައިނަލްއަޤްވާމީ މަޝްރަހުގައި އުޞޫލުތައް އެކުލަވާލާފައިވާކަނ (guidelines) ދިރާސާތަކުން ފާހަގަވެއެވެ.މީގެ ތެރޭގައި އިނގިރޭސިވިލާތުގެ (2018) Prosecution Crown for Code The އާއި ސިންގަޕޫރުގެ AGC’s Internal Practice Directions and Prosecution Guidelines އާއި އޮސްޓްރޭލިޔާގެ Commonwealth the of Policy Prosecution އަދި އެމެރިކާގެ Justice Manual ހިމެނެއެވެ.
61ޕްރިސިޑެންސް 8ކޯޓު އިޚްތިޔާރުކުރުމުގައި މި މިންގަނޑުތަކުން ބަރޯސާވާ ކަންކަމަށް ބަލާއިރު، އެ ކުށް ހިނގި ސަރަޙައްދާއި، ހެކި ހުރިތަން ނުވަތަ ހެކިބަސް ދޭން ތިބި މީހުން ހުރި ތަނާއި، ދަޢުވާގެ ޚައްޞާޞްކަމަށާއި، ދަޢުވާލިބޭ މީހާ އުޅޭ ތަނަށާއި، ކޯޓުން މައްސަލަ ބެލުމުގެ ޤާބިލުކަން ހުރި މިންވަރަށާއި، އާންމު މަޞްލަޙަތު ވަޒަންކުރުމުގެ މައްޗަށް ޚާއްޞަކަން ދީފައިވެއެވެ.
62މިކަންކަމުގެ އަލީގައި، ކޯޓުތަކުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އިޚްތިޞާޞްއާ ގުޅޭ މާއްދާތައް ތަރުތީބުވެފައިވާގޮތުނ، މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެއް ކޯޓަކަށް ވުރެ ގިނަ ކޯޓަކަށް ލިބިދޭނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އިޚްތިޔާރީ ދާއިރާގެ ތެރެއިން،ދަޢުވާ އުފުލާ ކޯޓުގައި އެ ދަޢުވާ އުފުލާފައިވާ ސަބަބު އަދި މަޞްލަޙަތު އުފަންވީ ގޮތް ބަޔާންކުރުމަކީ އެކަމުގެ ޙާލަތާއި،ޕްރޮސިކިއުޓަރ ޖެނެރަލް އިޚްތިޔާރު ބޭނުންކުރި ސަބަބާއި، އެކަމުގެ ނާޒުކުކަނ އޮތް ގޮތް ހާމަވާނެކަމެވެ. މިއީ ޖަވާބުދާރީކުރުވަނވި ދެފުށް ފެންނަ ނިޒާމެއް ބިނާކުރުމުގެ މައިގަނޑު އަސާސެއް ކަމުގައި ދެކެމެވެ. އަދި މިއީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އިންޞާފަށް ވާސިލުވުމުގެ ފެށުންކަމުގައިވެސް ބަލަންޖެހެއެވެ. ބަޔާންކުރަނިވި ކަންކަން މައްސަލަތަކަށް ތަޠުބީޤުކުރުން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން
63އއ. މަތިވެރި، […] އާދަމް ޝަރީފްއާއި، ސ. ފޭދޫ، […] ޝަރުމީލް މަޖީދުއާއި، ލ. ގަން، ދުންފިނި، ޢަލީ ރަޝީދުއާއި، ކ. ކާށިދޫ، […] މުޙައްމަދު ނާޒިފުއާއި، ގއ. ވިލިނގިލި، […] ޙަސަން ޚާލިދުއާއި، އއ. މަތިވެރި، ހިތްފަސޭހަވާދީ، ޢިބާދެﷲ ޝްރީފްގ މައްޗަށޭށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން އުފުލާފައިވާ ދަޢުވާއަށް ބަލާއިރު، މި ދަޢުވާގައި ހިމެނޭ 06 )ހައެއް( ފަރާތކަ އެކީ ރަށްރަށަށް ނިސްބަތްވާ ފަރާތްތަކެއް ކަން އެނގެއެވެ. މި ދަޢުވާ ބިނާކޮށްފައިވ ހާދިސާއަކާ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުން އަންނަ ށ. ދޮޅިޔަދޫއިން ގިނަ އަދަދެއްގެ ތަކެތި ނަގާފައިވާ ހަދިސާއެއްގެ މައްޗަށް ބިނާވާ ހާދިސާއަކަށްވާއިރު، މި މީހުން ހައްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ށ. ދޮޅިޔަދޫއާ ގާތްގޑަކަށ 04 )ހަތަރެއް( މޭލު ނުވަތަ 05 )ފަހެއް( މޭލު ބޭރުން ދޯންޏެއްގައި ދަނިކޮށް ކަމުގައި ދައުލަތުން ބުނެއެވެ.
64ދޯނީގައި ތިބި މީހުންނާއި ތަކެތި ގެންދިޔައީ ށ. ފުނަދޫއަށް ކަމަ ށާއި، އަދި އެކަން ކޮށްފައިވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންކަމށާއި، މި މައްސަލަ ތަޙުޤީޤުކޮށްފައިވަނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންކަމށާއި،އަދ މި މައްސަލައިގައި ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ދިރިއުޅެމުންދަނީ ށ. ފުނަދޫގައިކަމުގައި ދައުލަތުންށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ރަޖިސްޓްރާރގެ ނިންމުނިއަލުނ ބަލައިދިނުމަށް އެދް ހުށަހެޅި ހުށަހެޅު މުގައ ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ )ފ( އިން އެ ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިދޭތީކަމުގައިވެސް ދައުލަތުން ބަޔާންކުރެއެވެ.
65މި މައްސަލައިގެ މައުޟޢޫއިޚްތިޞާޞް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަމާމެދު ދެބަސްވުމެއްނެތެވެ. އެކަނ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރު C15C/2024/1 އާއި، ނަންބަރ C15C/2024/2 އާއި، ނަންބަރ C15C/2024/3 އާއި، ނަންބަރ C15C/2024/4 އާއި، ނަންބަރު C15C/2024/5 އަދި ނަންބަރު C15C/2024/6 "މުރާޖަޢާ ކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމިގޮތް އަންގާ ލިޔުން" އިން އެނގެއެވެ.
66ޖަދަލެއް އޮތީ، ސަރަ ޙެއްދީ އިޚްތިޞާޞް ލިބިފައިނުވާކަމާ މެދުއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވެނ މާއްދާގަ )ފ( ގައި ވަނީމައްސަލައެއްގައި ހެކިބަސްދޭ ފަރާތްތައް ދިރިއުޅެމުންދާ ދާއިރާގެ ކޯޓަކަށް، މައްސަލަ ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވާކަމުގައެވެ.
67މ މައްސަލައިގައި ދައުލަތުންށ. ފުނަދޫ މެޖިސްޓްރޭޓުކޯޓަށ މައްސަލް ހުށަހެޅުމަށް އިޚްތިޔާރުކުރާ ސަބަބް ރަޖިސްޓްރާރގެ ނިންމުނީއަލުނ ބަލައިދިނުމަށް އެދް ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ. އެއީ މި މައްސަލައިގައި ދަޢުވާލިބޭ ފަރާތްތަކަކީ އެކި ރަށްރަށަށް ނިސްބަތްވާ ފަރާތްތަކަށްވާތު،އެ މީހުން ތަކެއްޗާއިއެކު ހިފަހައްޓާފައިވަނީ ކަނޑމަތިންކަމުގައިވެފައި،މައްސަލައިގެ ހެކިންނަށް ތިބި މީހުންނަކީ އެ މައްސަލަ ށ. ފުނަދޫގައި ތަހުޤީޤުކުރި ފަރާތްތަކަށްވެފައީ،އެ މީހުން ތިބީ އެ ރަށުގައިކަމަށްވުމެވެ. މި ޙާލަތަކް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށޭމައްސަލަ ހުށަހެޅުމަށް ޤާނޫނު ތަންދޭ ޙާލަތެކެވެ.
68ޕްރިސިޑެންސް 9ކޯޓުތަކުގައި އިދާރީ ގޮންޖެހުންތަކާއި ވަސީލަތްތައް ލިބުމުގައި ހުރި ދަތިކަމާއި ތާށިކަން މި ދާއިރާއަށް ނިސްބަތްވާ އެންމެހާ ފަރާތްތަކުން ތަހައްމަލުކުރަމުންދާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އެހެނަސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 ޑިސެންބަރު 2024 ގައި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމް )j31 ދަށު ކޯޓު(. ބެކްލޮގް ހުރުމަކީ ނުވަތަ އިދާރީ ގޮންޖެހުންތައް ހުރުމަކީ ޤާނޫނުގެ ޙުކުމް އިސްކުރުމަށް އޮންނަ ޒިންމާ އެއްފަރާތްކުރުމަށް ބޭނުންކުރެވޭނެ އުޒުރެއްނޫނެވެ. އަދި ކޯޓުގެ އިޚްތިޞާޞް އޮތްތޯ ބެލުމުގައި ކޯޓުގ ބެކްލޮގަކީ އެއަށް ރިޢާޔަތްތެރިކަން ދޭންޖެހޭ ކަމެއްވެސްނޫނެވ.
69އިސްވެ ބަޔާންކޮށްފައިވާ ފަދައިން މި މައްސަލައިގައި ކުރިމަތިވެފައިވާ ޙާލަތަށް ބަލާއިރު، މި ޙާލަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ އިޚްތިޔާރުގެ ތެރެއިން،މައްސަލަ ހުށަހެޅުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު އިޚްތިޔާރުކުރި ސަބަބު ބުނެދީފައިވާތި،ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް މި މައްސަލަ ހުށަހަޅައި، މި މައްސަލަ ބެލުމުގައި ޤާނޫނީ ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.
70ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށަހަޅާފައިވަނީއަނިޔާއެއ ދިނުން އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ 02 )ދޭއް( ދަޢުވާއެކެވެ. މި ދަޢުވާ މި ކޯޓަށެ ހުށަހަޅާފައިވް ސަބަބެއް ކަމުގައި ދައުލަތުން ބުނެފައިވަނީ، ހދ. ހަނިމާދޫއަކީ ދަޢުވާލިބޭ އަކްރަމް ޢަލީގެ ދާއިމީ އެޑްރެސް އޮންނަ ރަށްކަމަށްވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ )ހ( ގެ ދަށުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާތީކަމުގައެވެ.
71މި މައްސަލަ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ންބެލު ނެކަމަށ ކަނޑައަޅާފައިވަނީ،ހާދިސާ ހިނގާފައިވަނީ ހއ. ބާރަށް، ސެވީނާ ގޯތި ތެރޭގައިކަން އެނގޭއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގެ ދަށުން، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނި މާއްދާގަ )މ( ގެ ދަށުން މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިދެނީ ހއ. ބާރަށް މެޖިސްޓްރޭޓު ކޯޓަށްކަމާއ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އާންމު އުޞޫލުން )އެއީ އެ ޤާނޫނުގެ 69 ވަނަ މާއްދާގެ )ހ(ގެ ދަށުން( މ މައްސަލި ހުށަހެޅުމަކީ އެންމެ މަޞްލަޙަތު ބޮޑު ގޮތް ކަމުގައިވާނަމަ، އެކަން ދައުލަތުން މައްސަލަ ހުށަހަޅާއިރު ސަބަބާއިއެކ ބަޔާންކޮށްދޭންޖެހޭ ކަމަށް ދެކިއެވެ.
72މި މައްސަލައިގެ މައުޟޢޫއިޚްތިޞާޞް ހދ. ހަނިމާދަ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާކަމާމެދު ދެބަސްވުމެއްނެތެވެ. މި މައްސަލައިގައިވެސް ސުވާލު އުފެދިފައިވނެސަރަޙައްދީ އިޚްތިޞާޞްއާ މެދުއެވެ. މި ނިންމުމުގެ 28 ވަނަ ނުކުތާއިން ފެށިގެން 62 ވަނަ ނުކުތާގެ ނިޔަލަށްސަބަބާއިއެކު ބަޔާންކޮށްފައިވާ ފަދައިން، 02 )ދޭއް( ޤާނނުގައ ހިމެނި އިޚްތިޞާޞްއާ ގުޅޭ ނައްސުތައް އެކއެކީގައު ކިޔުމުން، ނިކުންނަ ނަތީޖާއަކީ ޖިނާއީ މައްސަލަތަކުގެ އިޚްތިޞާޞް ލިބިގެންދާ 02 )ދޭއް( ޤާނޫނެއް އޮތްއިރު، މި ޤާނޫނުގެ އިޚްތިޞާޞްއާ ގުޅޭ މާއްދާތަކުގައި ވަކި ތަރުތީބެއް، އެބަހީ އިސްފަސްކުރުމެއް،ނުވަތަ ޚާއްޞކަމެއު،ނުވަތަ މި މާއްދާގެ ނައްސުތަކުން އާންމިއުޞޫލެއް އެކަށައަޅާފައިނުވާކަމެވެ. އަދި ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނާއި ޖޭނާއީ އިޖުރާއަތުގެ ޤާނޫނުގައި މައްސަލައިގެ ސަރަޙައްދީ އިޚްތިޞާޞް ލިބިދެވޭ އާންމު އުޞޫލެއް ކަނޑައަޅާފައިނުވާހިނދު،ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 69 ވުނ މާއްދާގަ )ހ( ގައި ބަޔާންކުރަނީ އެކަމުގެ އާންމު އުޞޫލުކަން ބަޔާންކުރާކުރުމަކީ،މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ )ނ( އާ ޚިލާފު ތަރުޖަމާއެއްކަމުގައި ދެކެމެވެ.
73މ މައްސަލައިގައި ދައުލަތުން ހދ.ހަނިމާދޫ މެޖިސޓްރޭޓުކޯޓަށް މި މައްސަލަ ހުށަހެޅުމަށް އިޚްތިޔާރުކުރި ސަބަބު ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.އެ ސަބަބުތައް މި ރިޕޯޓުގެ 13.1 އަދި 13.2 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާއިރްއަދުއެއީ އެކަށީގެންވާ ސަބަބުތަކެއްކަނ އެނގެން އޮތްއިރް،ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދެވޭ އިޚްތިޔާރުގެ ތެރެއިން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ )ހ( އަށް ނަޒަރުކޮށް، މި މައްސަލަ ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިދެވޭ ކަމުގައި ދެކެމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 18 ނޮވެންބަރު 2024 ގައި ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު" )j31 ދަށު ކޯޓު(.
74ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައިމިކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، ޢަނާނެއަޙްމަދުގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ 02 )ދޭއް( ދަޢުވާއެއް ގދ. ތިނަދޫ މެޖިސް ޓްރޭޓ ކޯޓަށް ހުށަހެޅި، ޢަނާނެއަޙްމަދު އެ ކޯޓަށް ޙާޟިރުވެފައިނުވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މައްދާއަށް ރިޢާޔަތްކޮށް، ޢަނާނެއަޙްމަދުގެ އެޑްރެސް ސާފުކުރުމަށްފަހު، މައްސަލަ އަލުން ހުށަހެޅުމުގެ ފުރުޞަތު ދމއޮންނ ގޮތަށަ މައްސަލައިގް ދަޢުވެ ފޯމާ ބާޠިލުކުރެވުނެވެ.
75ޢަނާންއަޙްމަދު އުޅޭ ތަނެއް ސާފުކޮށް، އަލުން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބަޔާންކުރަނިވި ދަޢުވާ އުފުލާފައިވެއެވެ. އެ ދަޢުވާ ކޯޓުން ބަލައިގަނެ، އިޑިއެހުމެއް ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި ކޯޓުގެ އިސްނެގުމަކަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އެ މައްސަލަ ބެލިދާނެތޯ ސުވާލުކޮށް، ދަޢުވާގައި jurisdiction matter subject/މައްސަލަ ބެލުމުގެ އިޚްތިޞާޞާ ނުވަތަ ކަމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވެއެވެ.
76މީފަދައިނ ކަނޑައަޅާފައިވް ސަބަބަކާ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވަނީ އެ ކޯޓު ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޢާއިލީ،މަދަނީ އަދި ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞްކަން އެނގެން އޮންނާތީ، ހުށަހަޅާފައިވާ 02 )ދޭއް( ދަޢުވާގައި އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާތީ ކަމުގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ބަޔާންކުރެއެވެ.
77މި ނިންމުން ނިންމުމުގައި ޙަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު ގ5 1 ވަނަ ނަންބަރުގައި މެޖިސްޓްރޭޓް ކޯޓަށް ބެލެވޭނެ ބާވަތްތަކުގެ މައްސަލަތައް ބަޔާންކުރާއިރެ،)ހ( ގައި "އ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން މި ޖަދުވަލުގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސތިސްނާކޮށްފައިނުވާ މައްސަލަތައް" މިފަދައިން ބަޔާންކުރާ ކުރުމަށެވެ.
78އިސްވެ ބަޔާންކޮށްފައިވެ ފަދައިން، ދިވެހިރާއްޖޭގެ ކޯޓުތކުގަ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ އިޚްތިޞާޞްއ ގުޅާ މާއްދާތައް ކިޔަންޖެހޭނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތި ގަނޑެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު ގ5 1 ވަނަ ނަންބަރުގެ )ހ( ވަކިން އެހެން މާއްދާތަކާއި ނުލައި ކިޔުމަކެ،ޤާނޫނުގެ ސިޔާސަތާއި މަޤްސަދުގެ ހަނި އިމުގެ ތެރެއިން މާއްދާ ކިޔުމެވެ. މިއީ، ޤާނޫނުގައި ހިމެނެ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ޤާނޫނުގިވަށައިގެންވާ ސިޔާސަތާއި މަޤްސަދުގެ ފުޅާ އިމުގެ ތެރޭގައިކަމަށް ކަނޑައަޅާފައި އޮތްއޮތުމާއި މުޅިން ޚިލާފަށް ކިޔޭ ކިޔުމެއްކަމަށްނޫނީ ނުވާނެއެވެ.
79އެ މާއްދާ ވަކިން ކިޔާނަމަ، އޭގެ ނަތީޖާއަކީ، މެޖިސްޓްރޭޓް ކޯޓަށް މައްސަލައިގެ ބާވަތުގެ ނުވަތަ jurisdiction matter subject އިޚްތިޞާޞް )އެހެން ޤާނޫނެއްގައި ނުވަތަ ދިވެހިރާއްޖޭގ ކޯޓުތަކާބެހޭ ޤާނޫނުން އިސްތިސްނާކޮށްފައިނުވާނަމަ( ލިބިދޭން އެ ޖުޑޝަލ ދާއިރާގައި ހިނގާއެންމެހައ ޖިނާއަ،މަދަނީ އަދި ޢާއިލީ މައްސަލަތަކަށް ކަމުގއިވުމެވެ.މިއީ މި ނިޒާމް ތަރުތީބުވެފައިވާގޮތް ކަމަކަށް ނުދެކެމެވެ. އޭގެ މިސާލެއް ބަޔާންކުރާނަމަވެ. ށ. ފުނަދޫގައި ހިނގާފައިވާ ގެވެށި އަނިޔާގެމައްސަލައެއްގެ މައްޗަށް ނެރެފައިވާ ރައްކާތެރިކުރުމުގެ އަމުރަކާއި ޚިލާފުވެގެން ހުށަހަޅާ ޖިނާއީ ދަޢުވާއެއްގައަ،އަނިޔާ ލިބުނު ފަރާތް ދިރިއުޅެނީ ގދ. ތިނަދޫގައިކަމަށްވާނަމީ،މިއީ ށ. ފުނެދޫގައަ ހިނގާފައިވާ ޖިނާއީ މައްސަލައެއްކަމުގައި ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު ގ5 1 ވަނަ ނަންބަރުގެ )ހ( ގައިވާ ގެ އިބާރާތަށް ލަފްޒީ ހަރުކަށި މާނައެއް ދީ މައުޟޫއީ އިޚްތިޞާޞް ނުވަތަ މައްސަލައިގެ ބާވަތުން އިޚްތިޞާޞް ހަމައެކަނި ލިބެނީ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ކަމަށް ބެލުމަކެ،ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ )މ( ގެ ބޭނުން ކެނޑިގެންދާނެ މާނަކުރުމެކެވެ. އޭގެ ބަދަލުގައި، ބަލަން ޖެހެނީ ރައްކާތެރިކުރުމުގެ އަމުރާއި ޚިލާފުވެ ހުށަހަޅާ ޖިނާއީ މައްސަލައަކީ މައްސަލައިގެ ބާވަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/46 )މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރައިނ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާއާއި، 32 ވަނަ ފުޓްނޯޓްގައި ލިސްޓުކުރެވިފައިވާ އެހެނިހެން ޤަޟިއްޔާތައް . މެޖިސްޓްރޭ ޓުކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްތޯ ނުވަތަ ނޫންތޯއެވެ. އެކަން ދެނެގަތުމަށްޓަކައި ބަލަންޖެހެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5ގެ 2 ވަނަ ނަންބަރުގައ އެއި މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭނެ މައްސަލައެއްގެ ގޮތުގައި ކާނޑައަޅާފައިވ މައްސަލައެއްތޯއެވެ. ނުވަތަ އެހެން ޤާނޫނަކުން އެ ކޯޓުން ބެލުމަށް އިސްތިސްނާ ކޮށްފައިވާ މައްސަލައެއްތޯއެވެ.
80އަނެއް މިސާލަކީ، ދަޢުވާލިބޭ ފަރާތް ދިރިއުޅޭ ވަކި އެޑްރެހެއް އެނގެން ނެތްނަމަ، ދަޢުވާކުރާ ފަރާތް އުޅޭ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް މައްސަލަ ހުށަހެޅުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ހުއްދަ ކުރެއެވެ. އެ ޙާލަތުގައި މައްސަލަ ހުށަހަޅާ ކޯޓަކީ،އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި އެ ޖިނާއީ މައްސަލަ ހިނގާފައިވާ ކޯޓަށް ނުވެދާނެއެވެ. މި ޙާލަތުގައި ބަލަންޖެހޭނީ، އެ މައްސަލަ ބެލުމުގެ މައުޟޢޫ އިޚްތިޞާޞް ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގައި ހިމެނޭ ދާއިރާގެ ތެރެއިން އިސްތިސްނާ ކޮށްފައިވޭތޯއެވެ. އެ ދާއިރާގެ ތެރެއިނީ،މައްސަލަ ބެލުމުގެ މައުޟޫޢައިޚްތިޞާޞ މެޖިސްޓްރޭޓް ކޯޓަށް ލިބޭނަމަ، އެ މައްސަލައިގެ ކަމުގެ އިޚްތިޞާޞް ލިބޭކަމަށް ބަލަންޖެހޭނެއެވެ. އެ ޙާލަތުގައި،މައްސަލަ ބެލުމުގ ކަމުގެ އިޚްތިޞާޞް ހަމައެކަނި ލިބެނީ ޖިނާއީ މައްސަލަ ހިނގާފައިވަނީ އެ ދާއިރާގައި ކަމަށްވާނަމަ ކަމުގައި ބަލައީ،އެ ޖުޑީޝަލް ދާއިރާއަށް މައުޟޫޢީ އިޚްތިޞާޞް މަހުދޫދުކުރުމުން ނިކުންނާނީ ދެކޮޅުނުޖެހޭ ނަތީޖާއެކެވެ.
81ޕްރިސިޑެންސް 10މ މައްސަލައަކީ މީގެ ކުރިންވެސް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، ބަލައިގަނެ، ޝަރީޢަތްކުރިއަށ ގެންދަން މަސައްކަތްކޮށް ދަޢުވާލިބޭ ފަރާތް ޙާޟިރުކުރެވިފައިނުވާތު،މައްސަލަ އަލުން ހުށަހެޅުމުގެ ފުރުޞަތު ދެމިއޮންނަ ގޮތަށް ދަޢުވާ ފޯމާބާޠިލުކޮށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އަނބުރާ ފޮނުވލާފައިވްމައްސަލައެކެވެ. މައްސަލަ އަލުން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް ބަޔާންކުރާ ކުރުމުގެ ތެރެއިނީ،އަލުން ހުށަހެޅް މައްސަލައަކީ އެ މައްސަލައިގެ ކަމުގެ އިޚްތިޞާޞް އެ ކޯޓަށް ނެތް މައްސަލައެއް ކަމަށް ބުނެ ބޭރުކޮށްލުމަކް،އެއް ކޯޓަކުން އެކި ފަހަރު އެކި ގޮތްގޮތަށް ޢަމަލުކުރުމެވެ. މީގެ ނަތީޖާއަކީ ހަމަހަމަކަން ނެތިދިޔުމެވެ. އަދި އަވަސް މިނެއްގައި ފަސޭހައިން އިންސާފަށް ވާސިލުވުމަށް ހުރަހަކަށްވުމެވެ.
82މ މައްސަލައިގައި ދަޢުވާލިބޭ ޢަނާނު އަޙްމަދުގެ ދާއިމީ އެޑްރެސް އޮންނަނީ ގދ. ތިނަދޫގައެވެ. އަދި އޭނާ އުޅެނީ ގދ. ތިނަދޫގައެވެ. މިކަން އިތުރަށް ކަށަވަރުވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 223,224/Q10C/2024 ޤަޟިއްޔ އާ ކޯޓުންނިންމާފައިވަނ ޢަނާނެއަޙްމަދުޝަރީޢަތުގ މަޖިލީހަށް ޙާޟިރުވެގެންކަމަށ ދައުލަތުން ބުނާތީއެވެ.
83މި ސުރުހީގައ ބަޔާންކުރި ކަންކަމާއި، އަދި މި ނިންމުމުގެ 28 ވަނަ ނުކުތާއިން ފެށިގެން 62 ވަނަ ނުކުތާގެ ނިޔަލަށް ސަބަބާއިއެކު ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް،ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދެވޭ އިޚްތިޔާރުގެ ތެރެއިން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވެނ މާއްދާގަ )ހ( އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ )ރ( ގެ ދަށުން، މި މައްސަލަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބަލައިގަނެ ކުރިއަށް ގެންދިޔުމުގައ ޤާނޫނި ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.
84ދްއުލަތުންއއ. މަތިވެރި، އިރަމާގެ، އާދަމް ޝަރީފްއާއި، ސ. ފޭދޫ، […] ޝަރުމީލ މަޖީދުއާއި، ލ. ގަން، ދުންފިނި، ޢަލީ ރަޝދުއާއ، ކ. ކާށިދޫ، […] މުޙައްމަދު ނާޒިފުއާއި، ގއ. ވިލިނގިލި، […] ޙަސަން ޚާލިދުއާއި، އއ. މަތިވެރި، ހިތްފަސޭހަވާދީ، ޢިބާދެﷲ ޝާރީފްގ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވަ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓެށް ހުށަހެޅުމާއި ގުޅިގެން ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރު C15C/2024/1 އާއި، ނަންބަރ C15C/2024/2 އާއި، ނަންބަރ C15C/2024/3 އާއި، ނަންބަރ C15C/2024/4 އާއި، ނަންބަރު C15C/2024/5 އަދި ނަންބަރު C15C/2024/6 މުރާޖަޢާ ކޮށްދިނުމަށް އެދް ހުށަހެޅި ފޯމާމެދު ނިންމާފާއިވ ނިންމުންތަކަކާ ބާޠިލު ނިންމުންތަކެއްކަމަށ ކަނޑައަޅައި،މި މައްސަލަތަކަކީ އެ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެއްކަމުގައި ކަނޑައަޅައި، މި މައްސަލަތައް އަލުން ހުށަހަޅައިފިނަމެމަމައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލަތަކެއްކަމުގައި ކަނޑައަޅަން ފެނެއެވެ.
85ދައުލަތުން ހދ. ހަނިމާދޫ، ކެނެރީމާ، އަކްރަމް ޢަލީގެ މައްޗަށް އަނިޔާއެއް ދިނުން އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ 02 )ދޭއް( ދަޢުވާ ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމާއި ގުޅިގެން، ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން J31.01.2024.38 )18 ނޮވެންބަރު 2024( މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅި ފޯމާމެދު ނިންމި ގޮތް އަންގާ ލިޔުމުން ނިންމާފއިވަ ނިންމުމަކާ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި، މި މައްސަލައަކީ ހދ. ހަނިމާދޫ މޖިސްޓްރޭޓެ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައަސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލ އަލުން ހުށަހަޅައިފިނަމަމީމައްސަލއަކ ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅަން ފެނެއެވެ.
86ދައުލަތުން ގދ. ތިނަދޫ، […] ޢަނާން އަޙްމަދުގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ 02 )ދޭއް( ދަޢުވާ ގދ. ތިނަދޫމެޖިސްޓްރޭޓުކޯޓަށ ހުށަހެޅުމާއި ގުޅިގެން،އެ މައްސަލްގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 223,224/Q10C/2024 ޤަޟިއްޔާއިންކޮށްފައިވ ޙުކުމަކާ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅައި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި ޢަނާން އަޙްމަދުގެ މައްޗަށް އުފުލާފައިވާ ބުނެވިދިޔަ ދަޢުވާތަކާއި ގުޅޭ މައްސަލައަކްގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށްބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި،މ މައްސަލި އަލުން ހުށަހަޅައިފިނަމަމީމައްސަލއަކްބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކަނޑއަޅަނަ ފެނެއެވެ.
87ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
88ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
- ޤާނޫނުއަސާސީގެ 155 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ށ)
- ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ހ)، 69 ވަނަ މާއްދާ (ޚާއްޞަކޮށް (ހ)، (މ)، (ފ))، 98 ވަނަ މާއްދާ، ޖަދުވަލު 5
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ، 6 ވަނަ މާއްދާގެ (ހ)، (ށ)، (ރ)، 83 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)، (ރ) އަދި 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ އަދުލުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120، 122، 210، 211 ވަނަ މާއްދާތައް (ދަޢުވާކުރެވުނު ކުށްތައް)
- ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 (2013) ގެ 2 ވަނަ އަދި 3 ވަނަ މާއްދާ
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ FAM/2021/02 (މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު)
- ސުޕްރީމް ކޯޓުގެ ސަރކިއުލަރ 2015/06/SC
- 2018/SC-A/31
- 2020/SC-A/46
- 2023/SC-A/02
- 2024/SC-A/06
- 2021/SC-A/113
- 2021/SC-A/96
- 2021/SC-A/79
- 2020/HC-A/183
- Ajith v Y. Abraham & Ors v Inspector of Police [2004] 8 SCC 100
- R (Corner House Research) v DPP [2008] UKHL 60
- Repco Holdings Bhd v PP [1997] 3 MLJ 681
- Ramalingam Ravinthran v Attorney-General [2012] 2 SLR 49
- United States v. Armstrong 517 U.S. 456 (1996)
- Mat Shuhaimi bin Shafiei v Public Prosecutor [2014] 2 MLJ 145
- Sukma Darmawan Sasmitaat Madja v Ketua Pengarah Penjara [1999] 2 MLJ 241
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް