ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/589
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ލުބާން ޤައްހާރު، 2019/HC-A/589
Prosecutor General v. Mohamed Lubaan Qahaaru 2019/HC-A/589 (2019/HC-A/589, High Court of the Maldives, 15 November 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ލުބާން ޤައްހާރު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ނިންމީ ފުލުހަށް ގެއްލުން ދިނުމުގެ ނިޔަތް އޮވެގެން ޢަމަލު ހިންގާފައި ނުވާކަން ހެކިބަހުން އެނގޭތީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދަޢުވާ ސާބިތުނުވާ ކަމަށެވެ.
ފުލުހުންގެ ވެހިކަލް ޗެކްޕޮއިންޓެއްގައި ފުލުހަކު އަތުން އިޝާރާތްކޮށް މަޑުކުރަން އެންގުމުން، ތުހުމަތުކުރެވޭ ފަރާތް ބާރު ސްޕީޑުގައި އެ ފުލުހާ ދިމާއަށް ސައިކަލު ދުއްވައި ކަނާތުފައިގައި ޖައްސައި މަޑުނުކޮށް ދިޔަކަމަށް އަނިޔާއެއް ދިނުމުގެ ދަޢުވާ ކުރެވުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ޙުކުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާގެ (ރ)، (ބ)، (އ) އާ ޚިލާފު ޙުކުމެއް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ސައިކަލުގެ ސްޕީޑު ބާރުވުމުން މަޑުނުކޮށް ދިޔަ ކަމަށާއި، ކުށް ސާބިތުވިޔަސް ޖަލު ޙުކުމް ޖޫރިމަނާއަށް ބަދަލުކުރުމަށެވެ.
މައިގަނޑު ސުވާލު
ފުލުހުންގެ ޗެކްޕޮއިންޓެއްގައި މަޑުކުރަން އެންގި ފުލުހަކާ ދިމާއަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވައި ޖެއްސި މައްސަލައެއްގައި، ނިޔަތް ސާބިތުނުވާކަމަށް ބުނެ ކްރިމިނަލް ކޯޓުން އަނިޔާއެއް ދިނުމުގެ ދަޢުވާ ސާބިތުނުވާކަމަށް ނިންމުން ރަނގަޅުތޯ؛ އަދި ސާބިތުވާނަމަ ކަނޑައަޅަންވާ އަދަބާއި، ޖަލު ޙުކުމް ޖޫރިމަނާއަކަށް ބަދަލުކުރެވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، ދަޢުވާ ސާބިތުވެ ޖަލު ޙުކުމް ކަނޑައެޅި
ފުލުހުންގެ ހެކިބަހުން ބާރު ސްޕީޑުގައި ކުރިމަތީގައި ހުރި ފުލުހާ ދިމާއަށް ދުއްވި ކަން ސާބިތުވާތީ، ޢަމަލަކީ އެނގިހުރެ ނުވަތަ އެންމެ ކުޑަމިނުން ފަރުވާކުޑަކަމާއެކު ކުރި ޢަމަލެއް ކަމަށާއި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގައި ނިޔަތުގެ މިންވަރު ބަޔާންކޮށްފައި ނުވާތީ ފަރުވާކުޑަކަން ފުދޭ ކަމަށެވެ. އަދަބު ކަނޑައެޅީ އަސާސީ މިންގަނޑުން ތަޙްޤީޤު ބަންދުގެ 88 ދުވަސް އުނިކޮށް 1 އަހަރާއި 4 މަހާއި 8 ދުވަހަށް؛ ޖިނާޔަތެއް ކަމަށްވާތީއާއި ވަޞީލަތު ނެތުމުން ޖޫރިމަނާއަށް ބަދަލުނުކުރެވޭ ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާގެ (ރ) ގެ ދަށުން، ނަތީޖާގެ ރުކުނާ ގުޅޭގޮތުން، މީހަކު ކުރާ ޢަމަލުގެ ޒާތުން ވަކި ނަތީޖާއެއް ނުކުންނާނެކަން އޭނާއަށް އެނގިގެންވާނަމަ އެކަން ކުރީ އެނގިހުރެގެން ކަމުގައި ބެލެވޭނެއެވެ؛ ކުރިމަތީގައި މީހަކު ހުއްޓައި ބާރު ސްޕީޑުގައި މަޑުނުކޮށް ސައިކަލު ދުއްވުމަކީ އަނިޔާވެދާނެކަން ތަޞައްވުރުކުރެވޭ ނުރައްކާބޮޑު ޢަމަލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12-13)
- ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާގެ (އ) ގެ ދަށުން، ކުށެއްގެ މަޤްޞަދުގެ ރުކުން ސާބިތުކުރުމުގެ މިންގަނޑު އެ ކުށް ކަނޑައަޅާ މާއްދާގައި ބަޔާންކޮށްފައި ނުވާނަމަ، ސާބިތުކުރަންޖެހޭ އެންމެ ކުޑަ މިންވަރަކީ ފަރުވާކުޑަކަމެވެ؛ 120 ވަނަ މާއްދާގައި ނިޔަތުގެ މިންވަރު ބަޔާންކޮށްފައި ނުވާތީ އަނިޔާއެއް ދިނުމުގެ ކުށުގައި ސާބިތުކުރަންޖެހެނީ ފަރުވާކުޑަ ޢަމަލުގެ މިންވަރެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާގެ (ބ) ގެ ދަށުން، ނުރައްކާ ބޮޑުކަމާއި އެ ނުރައްކަލަށް ކުރިމަތިލާން މަޤްބޫލު ސަބަބެއް ނެތްކަން އެނގިހުރެ، އެ ނުރައްކަލަށް ފަރުވާނުބެހެއްޓުމަކީ ފަރުވާކުޑަ ޢަމަލެކެވެ؛ ޢަމަލުގެ ޒާތަށް ބަލާއިރު ފަރުވާކުޑަ ގޮތަކަށް ހިންގާފައިވާނަމަ ކުށުގެ ނިޔަތް އޮތްކަން ސާބިތުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15-17)
- ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ އަދަބުގެ އަސާސީ މިންގަނޑަކީ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ ތާވަލުގައިވާ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެވެ؛ އަދަބު ބޮޑުކުރާ ނުވަތަ ލުއިކުރާ ޙާލަތެއް ނެތްނަމަ އަދަބު ކަނޑައަޅަންވާނީ އަސާސީ މިންގަނޑުން ކަމަށާއި، ތަޙްޤީޤު ބަންދުގައި ހުރި މުއްދަތު އެއިން އުނިކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-24)
- ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ 'ތަފާތު އަދަބު އެއްހަމަކުރާ ތާވަލު' ގެ ދަށުން ޖަލު އަދަބު ގޭގައި ބަންދުކުރުން، ޖޫރިމަނާ، މުޖުތަމަޢަށް ޚިދުމަތްކުރުން، އުޅޭނޫޅޭގޮތް ބެލުން، ޕްރޮބޭޝަން ފަދަ އަދަބަކަށް ބަދަލުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 25)
- ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުޞޫލު 02/2021 ގެ 24 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޖޫރިމަނާގެ އަދަބު ކަނޑައަޅާނީ ޖޫރިމަނާ ދެއްކޭނެ ވަޞީލަތު ލިބިފައިވާ، ދާއިމީ ގޮތެއްގައި މެދުނުކެނޑި އާމްދަނީއެއް ލިބޭ މީހެއްގެ މައްޗަށެވެ؛ ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅޭނީ ޖުނަޙްގެ ކުށްތަކުގައި އެކަނި ކަމުން ޖިނާޔަތުގެ ކުށެއްގެ ޖަލު ޙުކުމް ހަމައެކަނި ޖޫރިމަނާއަކަށް ބަދަލެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-32)
1މިއީ،ކރިމިނަލ ކޯޓުގެ ނަންބަރު: 240/Cr-C/2017 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުގެ ފަރާތުނާއ ޤަޟިއްޔޯދިވެހިރާއްޖޭގެ ހައިކޓުގައ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
2މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. މަރަދޫ / ފިޔާތޮށިގެ، މުޙައްމަދު ލުބާން ޤައްހާރއެވެ. އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރ: 240/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ 24 ޑިސެންބަރު 2016 ވަނަ ދުވަހުގެ 21:45 ހާއިރު، ފުލުހުން ވެހިކަލްތައް ޗެކު ކުރުމަށް ކަޅުތުއްކަލާކޮއޮޓާއި ދިމާ ބޮޑުތަކުރުފާނުމަގުގައި ވީސީޕީ ޖަހައިގެން ތިއްބައި، މުޙައްމަދ ލުބާން ޤައްހާރު ބޑުތަކުރުފާނުމަގުން މޭރީ ބްރައުންއާއި ވީކޮޅަށް ބާރު ސްޕީޑުގައި ރަޖިސްޓްރީ ނަންބަރ AA0F/P8421 ކުޅުކުލައިގެ ސައިކަލު ދުއްވާފައި ދަނިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް ޢަލީ ރިފާޢު އަތުގެ އިޝާރާތުން މީނާއަށް މަޑުކުރަން އެންގުމުން، ޢަލީ ރިފާޢު އާއިދިމާއަށް ބާރު ސްޕީޑުގައި ގޮސް، އޭނާގެ ކަނާތުފައިގައި ޖެއްސުމަށްފަހު ސައިކަލު މަޑުނުކޮށް، ގޮސްފައިވާތީ، މުޙައްމަދު ލުބާން ޤައްހާރުގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާކުރުމުން ބެލުނު މައްސަލައެކެވެ.
3އެޤަޟިއްޔާ ބައްލަވައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައިވަނީ؛ '' ދެންފަހެ، ދައުލަތުން ސ.މަރަދޫ / ފެޔާތޮށިގެ، މުޙައްމަދު ލުބާން ޤައްހާރުގެ މައްޗަށް ކުޅަ އަނިޔާއެއް ދިނުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މުޙައްމަދު ލުބާން ޤައްހރު، 24 ޑިސެމްބަރު 2016 ވަނަ ދުވަހުގެ 21:45 ހ އިރު، ފުލުހުން ވެހިކަލްތައް ޗެކި ކުރުމަށް ކަޅުތުއްކަލާ ކޮއްޓާއި ދިމާ ބޮޑުތަކުރުފާނުމަގުގައާ ވ ސީޕީ ޖަހައިގެން ތިއްބައި، މީން ބޮޑުތަކުރުފާނުމަގުން މޭރީ ބްރައުންއާއި ވީކޮޅަށ ބާރު ސްޕީޑުގައި ރަޖިސްޓްރީ ނަންބަރ AA0F/P8421 ކްޅުކުލައިގެ ސައިކަލު ދުއްވާފައި ދަނިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް ޢަލީ ރިފާޢު އަތުގެ އިޝާރާތުން މީނާއަށް މަޑުކުރަނުއެންގުމުން، ޢަލީ ރިފާޢުއާއި ދިމާއަށް ބާރި ސްޕީޑުގައި ގޮސް، އޭނާގެ ކަނާތު ފައިގައުޖެއްސުމަށްފަހު ސައިކަލު މަޑް ނުކޮށް،ގޮސްފައިވާތީކަމަށްބުނެ، ދައުލަތުން ކޮށްފައިވާ މިދަޢުވާއަށް މުޙައްމަދު ލުބާނ ޤައްހާރު އިންކާރު ކުރުމުން، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން،މުޙައްމަދު ލުބާން ޤައްހާރު މިޢަމަލު ހިންގާފައިވަނީ ސައިކަލުން ޖއްސައ ޕޮލިސް ކޮންސްޓަބަލް ޢަލީ ރިފާޢުއަށް ގެއްލުން ދިނުމުގެ ނިޔަތް އޮވެގެން ނޫންކަން ހެކިންގެ ހެކިބަހުން އެނގެން އޮންނާތީ، މިދަޢުވާދިވެހި ޖުމްހޫރިއްޔާގެ ޤެ ނޫނާ އަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މުޙައްމަދާ ލުބާން ޤައްހާރުގެ މައްޗަށް މިދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް، މި ޤަޟިއްޔ ނިންމީއެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
4ކްރިމިނަލް ކޯޓުގެ ނަންބަރު 240/Cr-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ޤާނޫނެ( ގ 5 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2014/09 )ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު(ގެ 24 ވަނަ މާއްދާގެ )ރ( އާއި، )ބ( އާއި )އ( އާ ޚިލާފަށްކަމަށް ބުނީ ހުށަހެޅި ނުކުތާއެވެ.
5ކްރިމިނަލް ކޯޓުގެ ނަންބަރު: 240/Cr-C/2017 ޤަޟިއްޔާ އަކީ ސ. މަރަދޫ/ ފިޔާތޮށިގެ، މުޙައްމަދު ލުބާން ޤައްހާރުގ މައްޗަށް ޤާނޫނު ނަންބަރު: 9/2014 )ދެ ވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު(ގ 120 ވަނަ މއްދާގާ )ހ( ގ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ )ށ( ގ 1 ގެ (iii) ވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ދަޢުލަތުން ކުރުމުން ބެލުނު މައްސަލައެކެވެ. އަދި ދަޢުވާ ބިނާކޮށްފައިވަނީ އަންނަނިވި ހެކި ތަކުގެ މައްޗަށެވެ. އެ ހެކިތަކަކީ:
5.1 ޕޮލިސް ލާންސކޯޕްރަލް މުޙައްމަދު އިބްރާހީމް
5.2 ޕޮލިސް ލާންސް ކޯޕްރަލް ސަނާން މުޙައްމަދު
5.3 ޕޮލިސް ކޯޕްރަލް ޢަލީ އަމީން
5.4 ޕޮލިސް ކޯޕްރަލް މުބާރިކް ޔޫސުފި
6މަތީގައި ބަޔާން ކުރެވުނު ހެކިތައް ހުށަހެޅިފައިވާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު : 240/Cr-C/2017 ޤަޟިއްޔާ ނިންމުމުގައި އެ ދަޢުވާ މުޙައްމަދު ލުބާން ޤައްހާރުގެ މައްޗަށް، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާކަމަށް ކަނޑައެޅުއްވުމުގައި އެ ނިންމުމަށް ވާސިލްވެފައިވަނީ، މުޙައިމަދު ލުބާން ޤައްހާރީ މ ޢަމަލު ހިންގާފައިވަނީ ސައިކަލުން ޖައްސައި ޕޮލިސް ކޮންސްޓަބަލް ޢަލީ ރިފާޢުއަށް ގެއްލުން ދިނުމުގެ ނިޔަތް އޮވެގެން ނޫންކަން ހެކިންގެ ހެކިބަހުން އެނގެން އޮންނާތީކަން، ކްރިމިނަލް ކޯޓުގެ ނަންބަރ: 240/Cr-C/2017 ޤަޟިއްޔާއާއި ގުޅިގެން ނިންމިގޮތުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
7ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 51ވަނަ މާއްދާގައި، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް ބަޔާންކުރަމުން، އެ މާއްދާގެ )އ( ގައި ބަޔާންކޮށްފައވަނީ: "އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ." މިފަދައިންނެވެ. މުޙައްމަދު ލުބާން ޤައްހާރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމުގައި ބަލާނެ މިންގަނޑު
824 ޑިސެންބަރު 2016 ވަނަ ދުވަހުގެ 21:45 ހާއިރު، ފުލުހުން ވެހިކަލްތައް ޗެކުކުރުމަށް ކަޅުތުއްކަލާ ކޮއްޓާއި ދިމާ ބޮޑުތަކުރުފާނުމަގުގައި ވީސީޕީ ޖަހައިގެން ތިއްބައި، މުޙައްމަދު ލުބާން ޤައްހާރު ބޮޑުތަކުރުފާނުމަގުން މޭރީ ބްރައުންއާއި ވީކޮޅަށް ބާރު ސްޕީޑެއްގައި ރަޖިސްޓްރީ ނަންބަރ AA0F/P8421 ކަޅުކުލައިގެ ސައިކަލު ދުއްވާފައި ދަނިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް ޢަލީ ރިފާޢު އަތުގެ އިޝާރާތުން މުޙައްމަދު ލުބާން ޤައްހާރު އަށްމަޑުކުރަން އެނީ ގުމުން، ޢަލީ ރިފާޢޮއާއި ދިމާއަށް ބާރު ސްޕީޑުގައި ގޮސް، ޢަލ ރިފާޢުގެ ކަނާތުފައިގައި ޖެއްސުމަށްފަހު ސައިކަލު މަޑުނުކށާ ދިޔުމުގެ ސަބަބުން ޢަލީ ރިފާޢުއަށް އަނިޔާވެފައިވާތީ، މި ޢަމަލަކީ މުޙައްމަދު ލުބާން ޤައްހާރު ނިޔަތް އޮވެގެން ކޮށްފައިވަ ޢް މަލެއްކމަށ ދައުލަތުގެ ފަރާތުން ބުނެއެވެ.
9އެގޮތުން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު، ޕޮލިސެ ލާންސްކޯޕްރަލ މުޙައްމަދު އިބްރާހީމގް ބަޔާނުގައި، ކަޅު ކުލައިގެ ޕީސީއެކްސް ސައިކަލެއް ބާރު ސްޕީޑެއްގައި ދުއްވާފައި އަންނަނިކޮށް ދުށްކަމަށާއި، ޢަލީ ރިފާޢު އެ ސައިކަލު މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ސައިކަލު ޢަލީ ރިފާޢު އާއާ ދިމާލަށް ދިއަކަމަށާއި އެވަގުތު ޢަލީ ރިފާޢު ބިންމައްޗަށް ވެއްޓިފައި އޮތްވާ ފެނުނުކަމަށް ބުނެފައިވެއެވެ. ޕޮލިސް ލާންސެކޯޕްރަލ ސަނާން މުޙައްމަދުގެ ބަޔާނަށް ބަލާއިރު، ޕީސީއްކްސް ސައިކަލެއް އަންނަތަން ފެނުމުން އަތުގެ އިޝާރާތުން ސައިކަލު މަޑުކުރަން އެންގުމުން، އިތުރަށް ސްޕީޑް ބާރުކޮށްލާ މަޑުނުކޮށް ޗެކްޕޮއިންޓް ފަހަނައަޅާ ބޮޑުތަކުރުފާނ މަގުން ޓީޖެޓީ ވީކޮޅަށް ދާން ފެށުމުން ކޮންސްޓަބަލް ޢަލީ ރިފާޢު މަގުގެ މެދަށްވާގޮތަށް ނިކުމެ ސ އިކަލަ މަޑުކުރުމަށް ޢަލީ ރިފާޢުގެ އަތުން އިޝާރާތްކުރަމުން ދަނިކޮށް، ޕީސިއެކްސް ސައިކަލު ޢަލީ ރިފާޢުގެ ގައިގާ ޖެއްސުމަށފަހުގައ ފިލައިގެން ގޮސްފިކަމުގެ މައުލޫމާތު ޓޯކީން ލިބުނުކަމަށެވެ.ޕޮލިސް ކޯޕްރަލް ޢަލީ އަމީންގެ ބަޔާނުގައި، ޕީސީއެކްސް ސައިކަލެއް އނި ނަތަން ފެނުމުން އަތުގެ އިޝާރާތުން ސައިކަލު މަޑުކުރަން އެންގުމުން، އިތުރަށް ސްޕީޑް ބާރުކޮށްލާ މަޑުނުކޮށް ޗެކްޕޮއް ންޓް ފަހަނައަޅާ ބޮޑުތަކުރުފާން މަގުން ޓީޖެޓީ ވީކޮޅަށް ދާން ފެށުމުން ކޮންސްޓަބަލް ޢަލީ ރިފާޢު މަގުގެ މެދަށްވާގޮތަށް ނިކުމެ ސައިކަލް މަޑުކުރުމަށް ޢަލީ ރިފާޢުގެ އަތުން އިޝާރާތްކުރަމުން ދަނިކޮށް، ޕީސިއެކްސް ސައިކަލު ޢަލީ ރިފާޢުގެ ގައިގާ ޖެއްސުމަށްފަހުގައި ފިލައިގެން ގޮސްފިކަމުގެ މައުލޫމާތި ޓޯކީން ލިބުނުކަމަށެވެ. ޕޮލު ސ ކޯޕްރަލް މުބާރިކް ޔޫސުފް ގެ ބަޔާނުގައި، ބޮޑުތަކުރުފާނ މަގުގައި ވެހިކަލްތައް ޗެކުކުރަމުން ދަނިކޮށް 21:45 ހާއިރު ސަން ން މުޙައްމަދު ޓޯކީ އިން ގޮވައި ބޮޑުތަކުރުފާނާ މަގުން އިރުން ހުޅަނގަށިދުއްވާފައު ދިޔަ ކަޅުކުލައިގެ ޕީސީއެކްސް ސައިކަލެއް މަޑުކުރަން ބުނި އަޑޮ އެހިކަމަށާއި، އެވަގުތު ޕޮލިސް ކ ންސްޓަބަލް ޢަލީ ރިފާޢު މަގުގެ މެދަށްވާގޮތަށް ހުއްޓިހުރެ އަތުގެ އިޝާރާތުން ކަޅުކުލައިގ ޕީސީއެކްސް ސައިކަލް މަޑުކުރަން އެނގުމުން، އެ ސ އިކަލު ޢަލީ ރިފާޢިއާ ދިމާއަށް ވަރަށް ބާރަށް ދުއްވާފައި އައްތަން ދުށް ކަމަށާއި، އަދި އެ ސައިކަލުން ޢަލީ ރިފާޢާ ގެ ކުރިމަތިނު ވާކަހަލަ ގޮތަކަށް ޢަލީ ރިފާޢުގެ ކަންތ ފައިގައި ޖެއްސި މަންޒަރު ދުށކަމަށެވެ.
10އިސްވެ ބަޔާންކުރެވުނު ހެކިންގެ ހެކިބަހަށް ބަލާއިރު، 24 ޑިސެންބަރު 2016 ވަނަ ދުވަހުގެ 21:45 ހާއިރު، ފުލުހުން ވެހިކަލު ތައް ޗެކުކުރުމަށް ކަޅުތުއްކަލާ ކޮއްޓާއި ދިމާ ބޮޑުތަކުރުފާނުމަގުގައި ވީސީޕީ ޖަހައިގެން ތިއްބައި، މުޙައްމަދު ލުބާން ޤައްހާރު ބޮޑުތަކުރުފާނުމަގުން މޭރީ ބްރައުންއާއި ވީކޮޅަށް ބާރު ސްޕީޑެއްގައި ރަޖިސްޓްރީ ނަންބަރ AA0F/P8421 ކަޅުކުލައިގެ ސައިކަލު ދުއްވާފައި ދިޔް ކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް ޢަލީ ރިފާޢު އަތުގެ އިޝާރާތުން މުޙައްމަދު ލުބާން ޤައްހާރުއަށް މަޑުކުރަން އެނގުމުން، ސައިކަލު މަޑުނުކޮށް، ޢަލީ ރިފާއުއާއި ދިމާއަށް ބާރު ސްޕީޑުގައި ގޮސް، ޢަލީ ރިފާޢުގެ ކަނާތުފައިގައި ޖެއްސުމަށްފަހު ސައިކަލު މަޑުނުކޮށް ގޮސްފައިވާކަން އެނގެއެވެ.
11މުޙައްމަދު ލުބާން ޤައްހާރުގެ ފަރާތުން މްމައްސަލައިގެ ދީފައިވާ ބަޔާންތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، ކަޅުކުލައިގެ ޕީސީއެކްސް ސައިކަލެއްގައި ވިލިނގިލީ ފެރީޓަރމިނަލް އަށް ދިއުމަށްޓަކައި، ބޮޑުތަކުރުފާނު މަގުން ހުޅަނގަޅަށް ދުއްވާފައި ދަނިކޮށް ޓްރެކް ސަރަހައްދުގައ ހުންނަ ބާސްކެޓްކޯޓައި ދިމާ ބޮޑުތަކުރުފާނުމަގުގައި ފުލުހުންގެ ޗެކްޕޮއިންޓެއް ފުލުހުން ހަރަކާތްތެރިވަމުނ ދިޔަވަގުތު، ފުލުހުންގް ޗެކް ޕޮއިންޓާއި ކައިރިވުމުން މަގުގެ މެދަށް ނިކުމެފައި ހުރި ފުލުހަކު މުޙައްމަދު ލުބާން ޤައްހާރު ދުއްވި ސައިކަލު މަޑުކުރަން އެންގިކަމަށާއި، އެހެންނަމަވެސް މުޙައްމަދު ލުބާން ޤައްހާރު ދުއްވަން އިނ ސައިކަލުގެ ސްޕީޑް ބާރުވުމުން މަޑުނުކޮށް ދުއްވާފައި ދިޔަކަމަށެވެ.
12ޕްރިސިޑެންސް 1ޤާނޫނު ނަންބަރު 2014/09 )ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު( ގެ 24 ވަނަ މާއްދާ ގެ )ރ( ގައި، އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލު ކުރާ މީހާ، އެކަން އެކުރަނީ އެނގިހުރެގެންކަމުގައި ބެލެވޭނެއެވެ: " ޢަމަލުގެ ރުކުނާ ގުޅް ގޮތުންކަމުގައޭ ވާނަމަ، އޭނާ އެކުރާ ޢަމަލަކީ އެޒާތުގެ ނުވަތަ އެބާވަތުގެ ޢަމަލެއްކަން އޭނާއަށް އެނގިގެންވުން؛ހާލަތުގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އެފަދަ ޙާލަތެއް ދެމިއޮތުމުގެ އެކަށީގެންވާ ފުރުސަތު އޮތްކަން އޭނާއަށް އެނގިގެންވުން؛ނަތީޖާގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އޭނާ އެ ކުރާ ޢަމަލަކީ، ޢަމަލީގޮތުން ބަލާއިރު އޭގެ ޒާތުގައި، ވަކި ނަތީޖާއެއް ނުކުންނާނެ ޢަމަލެއްކަން އޭނާއަށް އެނގިގެންވުނ. ބަޔާންކޮށްފައިވެއެވެ.
13އިސްވެ ބަޔާކުރެވުނު ކަންތައްތަކަށް ބަލާއިރު، މުޙައްމަދު ލުބާން ޤައްހާރު ސައިކަލު ދުއްވަމުން ދިޔައީ ބާރު ސްޕީޑއްގައިކަނެ އެނގެއެވެ.އަދި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން މިކަމަށް ބާރުދެއެވެ. އެހެންކަމުން، ބާރު ސްޕީޑެއްގައި ސައިކަލިމަޑުނުކޮށް ދުއްވާފައިދިޔައިރު، ކުރިމަތީގައިއަނިޔާ ލިބުނު ފަރާތް ހުރކަމާއި، މިގޮތަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔުމުގެ ސަބަބުން ކުރިމަތީގައި ހުންނަ މީހަކަށް އަނިޔާވެދާނެކަމާއި މިއީ ނުރައްކާބޮޑު ޢަމަލެއްކަން އެފރާތަށަ ތަސައްވުރުކުރެވޭނކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، މުޙައްމަދު ލުބާން ޤައްހާރު ކޮށްފައިވާ ޢަމަލުގެ ޒާތަށް ބަލާއިރަ، މިހާކަށް އަނިޔާވެ، އެފަދަ ނަތީޖާއެއް ނިކުންނާނެކަން އެނގޭނެތީ، މިމައްސަލާގައި މުޙައްމަދު ލުބާން ޤައްހާރު އެކަން ކޮށްފައިވަނީ ޤާނޫނ ނަންބަރު: 2014/09 )ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު(ގ 24 ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވާގޮތަށް، އެނގިހުރެގެންކަމުގައި ބެލެވޭނެއެވެ. އެހެންކަމުން، އިސްވެ ދެންނެވުނުކަންތައްތަކަކީ މުޙައްމަދު ލުބާން ޤައްހާރއަށ އެނގުމުގެ ތެރެއިން ވެފައިވކަމެއްކަމަށް ދެކެމެވެ.
14ޕްރިސިޑެންސް 2އިސްވެ ބްޔާންކުރެވުނު ކަންތައްތަކަށް ރިޢަ ޔަތްކޮށް، މުޙައްމަދު ލުބާން ޤައްހާރުގެ ނިޔަތް އޮތްތޯ ބަލާއިރު، ޤާނޫނު ނަންބަރ 2014/09 )ދިވެހިރާއްޖޭގު ޤާނޫނުލްއުޤޫބާތެ (ގ 24 ވަނަ މާއްދާގެ )އ( ގައި،ކުށުގެ މަޤްޞަދުގެ ރުކުން ސާބިތުކުރުމަށް ބޭނުންވާ މިންގަނޑު، އެކުށް ކަނޑައެޅުމުގައި ބަޔާންކޮށްދީފައިނުވާނަމަ، ނުވަތަ އެ ކުށުގެ ދަރަޖަ ކަނޑައަޅާ މާއްދާގައި ބަޔާންކޮށްދީފައިނުވާނަމަ، އެ ރުކުނަކާ ގުޅޭ ގޮތުން ކުށުގެ ނިޔަތް ސާބިތުކޮށްދިނުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ، އ ކުށްކުރި މީހާގެ ފަރުވާކުޑަކަން ސާބިތުކޮށްދިނުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިމައްސަލައަކ ޤާނޫނު ނަންބަރ 2014/09 )ދ ވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތގެ ( 120 ވަނަ މާއްދާގެ ދަށުން ދަޢުވާ ކުރެވިފައިވާ މއްސަލައަކަށްވާއިރު، އެ މާއްދާގަސާބިތުކޮށްދޭންޖެހޭ ކުށުގެ ނިޔަތުގެ މިންވަރު ބަޔާންކޮށްފައިނުވާތީ، މި މައްސަލާގައި ސާބިތުކޮށްދޭންޖެހޭ ކުށުގެ މިންގަނޑުކީ ފަރުވާކުޑަ ޢަމަލުގެ މިންވަރއެވެ.
15ޕްރިސިޑެންސް 3ޤާނޫނު ނަންބަރު 2014/09 )ދ ވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު(ގ 24 ވަނަ މާއްދާގެ )ބ(ގައި ބަޔާންކޮށްފައިވަނީ، "އަންނަނިވި ހާލަތްތަކުގައި، ކުށުގެ މަޤްޞަދުގެ ރުކުނާ ގުޅޭގޮތުން، މީހަކު ފަރުވާކުޑަ ޢަމަލެއް ކޮށްފިކަމުގައި ބެލެވޭނެއެވެ. )1( މަޤްޞަދުގެ ރުކުން އެބައޮތްކަން އެނގިހުރެ ނުވަތަ އޭނާގެ ޢަމަލުން އެރުކުން މެދުވެރިވެދާނެކަމުގެ ނުރައްކާ ބޮޑުކަމާއި، އެނުރައްކަލ ކުރިމަތިލާން ޖެހޭ މަޤްބޫލު ސަބަބެއް ނެތްކަން އޭނާއަށް އެނގިހުރެ، އެނުރައްކަލަށް ފަރުވާލެއް ނުބެހެއްޓުން؛ )2( އޭނާ ކ ރ ޢަމަލުގެ ޒާތަށާއި މަޤްޞަދަށް ބަލާއިރު އަދި އޭނާއަށް އެނގިގެންވާ ޙާލަތްތަކަށް ބަލާއިރު، އެފަދަ ޢަމަލަކުން ނުކުމެދާނެ ނުރައްކަލުގެ ޒާތަށާއި މިންވަރަށް ފަރުވާލެއް ނުބެހެއްޓުމަކީ، އެފަދަ ޙާލަތެއްގައި ހުރި މީހަކު ޢަމަލުކުރާނޭކަމަށް ޤަބޫލުކުރެވޭ ހަމަތަކާ މުޅްނ ތަފާތުގޮތަކަށް ކުރި ޢަމަލެއް ކަމުގައިވުން
16މަ ޙައްމަދު ލުބާން ޤައްހާރު ކުރި ޢީމަލަށާއި ޒާތަށްބަލާއިރު، އެ ޢަމަލު ހިންގާފައިވަނީ ފަރުވާކުޑަ ގޮތަކަށްކަމަށްވާތެ،އެ ޢަމަލު ހިންގުމުގައި މުޙައްމަދު ލުބާން ޤައްހާރުގ ނިޔަތް އޮތްކަން އެނގެއެވެ.
17އެހެންކަމުން،ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން، މުޙައްމަދު ލުބާން ޤައްހާރު މިޢަމަލު ހިންގާފައިވަނީ ސައިކަލުން ޖައްސަލައ ޕޮލިސް ކޮންސްޓަބަލް ޢަލީ ރިފާޢުއަށް ގެއްލުން ދިނުމުގެ ނިޔަތް އޮވެގެން ކަމަށް ޤަބޫލުކުރެވޭތީ، މި ދަޢުވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް މުޙައްމަދު ލުބާން ޤައްހާރުގެ މައްޗަށް ސާބިތުވެއެވެ.
18މި މައްސަލަ ސާބިތުވާނަމަ ސާބިތުވާ ކުށުގެ އަދަބަކީ 1 އަހަރާއި 07 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ސާބިތުވާ ކުށުގެ އަދަބުގެ މިންގަނޑަށް ގެނެވެން އޮންނަ ބަދަލު
19ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ޤާނޫނުލްއޤޫބާތުގު 1100 ވަނަ ބާބުގައި ފާހަގު ކޮށްފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، އ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލާފައިވާ މީހެއްގެ މައްޗަށް އެކުށް ސާބިތުވާ ޙާލަތު ގައި ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަޑަށް ބަދަލު ގެނެސް އަދަބު ބޮޑުކޮށް އަދި ލުއި ކ ރެވޭނެ ޙާލަތު ތަކެއު ބުނެދީފައަ ވެއެވެ. މި ގޮތެ ން ކުށްވެރިޔާ ކުށާމެދު ދެރަވާކި ން ޢާއްމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުމާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދަ ނުމުގެ ސަބަބުނ އަދަބުގެ ދަރަޖަ ދަށްވުމާއި، މުޅިން ފ ރިހަމަނުވާ ދިފާޢެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުމާއި، މުޅިން ފުރިހަމަނުވާ މަޢާފު ލިބެނިވި ދިފާޢެއް އޮތުމުގެ ސަބަބުން އަދަބު ދަށްވުމާއި، ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުމަކީ، ޤާނޫނު ލްއެ ޤޫބާތުގެ ބުނެވުނު ބާބުގައި ބުނެދީފައިވާ ގޮތްތަކެކެވ.
20ޕްރިސިޑެންސް 5އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެނެވޭ ބަދަލުގެ އިތުރަށް ކުށެއްގެ އަދަބެގައު ކުށްވެރިއަކ ޖަލަށްލެވޭނުކަމަށް ކަނޑައެޅިފައިވާ މުއްދަތުގެ މ އްޗަށް ރިޢާޔަތްކޮށް، ޤާނޫނުލްއޤޫބާތުގ 1005 ވަނަ މާއްދާގައި ބުނެދީފައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެ މަތިން ޤާނޫނުލްޢުޤޫބާތުން ހުއްދަކުރެވިފައިވ އެހެން ގޮތެއް ބޭނުންކޮށްގެން އަދަބު ކަނޑައެޅިދާނެ ޙާލަތުތަކެއް ބުނެދީފައިވެއެވެ. މިގޮތުން ކުށްވެރައަކ ޖަލަށްލުމުގެ ބަދަލުގައި ގޭގައި ބްންދުކުރުމާއި، މޖުތަމަޢުއަށިޚިދުމަތކުރުމަށް އެންގުމާއް، ޖޭރިމަނާކުރުމާއި، އުޅޭ ނޫޅޭގޮތް ބެލުމާއި، ޕްރޮބޭޝަން މިއީވެސް ކަނޑައެޅިދާނެ އަދަބުތަކެއްކަން ބުނެވުނު މާއްދާގައި ބުނެ ދީފައިވެއެވެ. މުޙައްމަދު ލުބާން ޤައްހާރއަށު ކަނޑައެޅޭނެ އަދަބުގެ އަސާސީ މިންގަނޑަށް ގެނެވެން އޮތް ބަދަލު
21ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުޙައްމަދު ލުބާން ޤައްހާރު ގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް ބަލާއިރު އެއީ، ޤާނޫނު ނަންބަރ 2014/09 ) ދިވެހިރާއްޖޭގެ ޤާނޫނުލްއޤޫބާތެ (ގ 120 ވަނަ މާއްދާގެ )ހ(ގ )1( ވަނަ ނަންބަރާ ޙަ ވާލާދީ، އެ މާއްދާގެ )ށ(ގ 1 ގެ (iii) ވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއެއްކަން އެނގެއެވެ. މި ކުށް ޤާނޫނުލްއުޤޫބާތުގައި ދަރަޖަ ކުރެވިފައިވގޮތަށް ބަލާއިރު މިއީ ޖިނާޔަތުގާ 4 ވަނަ ދަރަޖައިގެ ކުށެއްކަން ޤާނޫނު ނަންބަރ 2014/09 )ދިވެހިރާއްޖޭގެ ޤާނޫނުލްއޤޫބާތެ (ގ 120 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.
22ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާނަމަ، އެ މީހަކަށް ކަނޑައެޅޭނެ އަދަބުގެ އަސާސީ މިންގަނޑަކީ، 1 އަހަރާއި 07 މަހއާ 6 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އެ ކަން ޤާނޫނުލްއެ ޤޫބާތުގ 1002ވ ނ މާއްދާގައަކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލަށް ބެލުމުން ފެންނަން އެބއޮތެވ.
23މުޙައްމަދު ލުބާން ޤައްހާރއަށު ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑު ކަމުގައިވާ 01 އަހަރާއި 07 މަހާއި 6 ދުވަހުގެ ޖަލު ޙުކުމަށް ބަދަލުގެނެސެއަދަބު ލުއިކުރެވޭނެ އަދި މަތިކުރެވޭނެ ގޮތެއް ފާހަގަނުކުރެވޭކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވއްވެ. އެހެންކަމުން މުޙައްމަދު ލުބާން ޤައްހާރުގެ މައްޗަށ އަދަބު ކަނޑައަޅަން ޖެހޭނީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުންކަން އެނގެއެވެ.
24އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި، އަސާސީ މިންގަނޑު ދުވަހުން ބަލާއިރު، 581 ދުވަހަކީ މުޅި ޖުމްލަ ދުވަސްކަމާއި، މި މުއްދަތުން މުޙައްމަދު ލުބާން ޤައްހާރްތަޙްޤީޤު ބަންދުގައި ހުރިކަމަށް ދައުލަތުގެ ފަރާތުނ ބުނާ 88 ދުވަސް ކެނޑުމުން ޖުމްލަ އަދަދކަ 493 )ހަތަރުސަތޭކަ ނުވަދިހތިނެއ( ދުވަހެއެވެ. އެހެންކަމުން މުޙައްމަދު ލުބާން ޤައްހާރއަށް ކަނޑައަޅަންޖެހޭ އަދަބަކީ 1 އަހަރާއި 04 މަހއާ 08 ދުވަހުގެ މުއްދަތަށް ޖަލަށް ލުންކަން އެނގެއެވެ.
25ކުރިންވެސް ފާހަގކުރަ ގޮތަށުކުށްވެރިއެއްގެ މައްޗަށް ކަނި ޑައެޅޭ ޖަލު އަދަބެއް، ޤާނޫނުލްއެ ޤޫބާތުގައ ހުއްދަކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން އެ ޤާނޫނުގެ 1005 ވަނަ މާއްދާގައިބުނާ އަދަބުތަކުގެ މިންވަރު ދާ އްކުވައިދޭ ތާވަލުގައި ބުނާ ގޮތް ތަކުގެ މައްޗަށް ރިޢާޔަތްކޮށް، ގޭގައި ބަންދުކުރުމުގެ އަދަބަކަށް ނުވަތަ ޖޫރިމަނާ ކުރުމުގެ އަދަބަކަށް ނުވަތަ މުޖްތަމަޢު އަށް ޚިދުމަތް ކުރުން، އުޅޭ ނޫޅޭ ގޮތް ބެލުން އަދި ޕްރޮބޭޝަން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެކަން އެނގެއެވެ.
26މުޙައްމަދު ލުބާން ޤައްހާރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކިވާހަކަތަކުގެ މައްޗަށް ބަލާއިރު، މުޙައްމަދު ލުބާން ޤައްހާރުގެ މ އްޗަށް ދަޢުވާ ކުރެވިފައިވާ ކުށސާބިތުވިނަމަވެސް، މުޙައްމަދު ލުބާން ޤައްހާރުގ މައްޗަށް ޖަލު ޙުކުމެއް ކަނޑަނޭޅުމަށާއި، ޖަލު ޙުކުމް ޖޫރިމަނާއަށް ބަދަލުކޮށް ދިނުމަށް އެދިފައިވެއެވެ.
27ޕްރިސިޑެންސް 601 ސެޕްޓެމްބަރު 2021 ގައި ޢަމަ ލކުރަން ފެށުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 02/2021" ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް ބަލާއިރު އެ އުޞޫލުގެ 20 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައު ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއެ ޤޫބާތގ 1002 ވަނަ މާއްދާގައިވާ ތާވަލް ގ ދަށުން ކަނޑައަޅާ ޖަލު ބަނެދުގެ ބަދަލު ގައި، އެ މުއްދަތާ އެއް މިންވަރްއްގެ އެހެން އަދަބެއް ނުވަތަ ތަފާތު އެކިއެކި ބާވަތްތަކުގެ އަދަބުތައް އެއްކުރުމަށްފަހުގައި ކުށްވެރިޔަކު ޖަލަށްލެވޭނެ މުއްދަތާ އެއްހަމަ އަދަބު ކުށްވެރިއެއގެ މައްޗަށ ކަނޑައެޅިދާނެކަމަށެވެ.
28އަދި ހަމަ ބުނެވި ދިޔަ މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވަނީ، ޖަލު ބަންދުގެ ބަދަލުގައި ދެވޭ އަދަބުތައް ވާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަކުރާ ތާވަލު" ގައިވާ ގޮތުގެ މަތިން ކަނޑައެޅޭ އަދަބުތަކެއްކަމަށެވެ.
29ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2021 " ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް ބަލާއިރު އެ އުޞޫލުގެ 24 ވަނަ މާއްދާގެ ) ނ( ގައި، މީހެއްގެ މައްޗަށް ސާބިތުވާ ކުށެއްގެ އަދަބެއްގެ ގޮތުގައާޖޫރިމަނެ ކުރުމަށް ފަނޑިޔާރު ކަނޑައަޅާ ޙް ލަތެއްގައި ރިޢާޔަތްކުރަންޖެހޭނ ކަންތައްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން )1( ޖޫރިމަނާގެ އަދަބަކީ އެ ޖޫރިމަނާ ދޭ އްކޭނެ ވަޞީލަތެ ތައް ލިބިފައިވާ ފަރާތެއްގެ މައްޗަށް ކަނޑައެޅި އަދަބެއްކަނ )2( ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅޭނީ ޖުނަޙްގެ ކުށްތަކަށް އެކަނިކަނޭ )3( ޖޫރިމަނާގެ އަދަބަކީ މުއްސަނދި، ފުދުންތެރި ކުށްވެރިން ކުށުގެ އަދަބު އިހްސާސްވުމުން މިންޖުވުމަށް އޮތް މަގަކަށް ވގެންދާނފަދަ ގޮތަކަށް އެ އަދަބު ކަނޑަނޭޅޭނެކަން.
30ބުނެވިދިޔަ އުޞޫލުގެ 24 ވަނަ މާއްދާގެ )ނ( ގެ 1 ވަނަ މާއްދެ އަށް ބަލާއިރު، ޖޫރިމަނާގެ އަދަބާ ކ އ ޖޫރިމަނާ ދެއްކޭނެ ވަޞީލަތި ތައް ލިބިފައިވާ ފަރާތެއްގެ މައްޗަށް ކަނޑައެޅޭ އަދަބެއްކަން ބަޔާންކޮށްފައިވާތީ، މ މައްސަލގައ ފުރަތަމަ ބޭއްވުނު އަޑުއެހުމުގެ ޝަރީޢަތުގެ މަޖިލީހުގައޯމުޙައްމަދު ލުބާން ޤައްހާރު އަކީ މލްޑިވްސިއެއަރޕޯޓްސް ކޮމްޕެނީގއަ ރެޕްއެއްގެ ވަޒީފާ އަދާކުރަމުންދާ ފަރާތެއްކަމަށަ ބުނެފައިވެއެވެ. އަދ ދެވަނއަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ކޮވިޑް ޙާލަތާ ގުޅިގެން އެވަގުތު ވަޒީފާއެއް އަދާނުކުރާކަމަށ ބުނެފައިވާކަން އެނގެއެވެ. އަދި މީގެ އިތުރުންވެސް މުޙައްމަދުލްބާން ޤައހާރުގެ މައްޗަށް އިތުރު ދަޢުވާއެއް ސާބިތުވެ އެ ކުށުގެ އަދަބެއްގެ ގޮތުގައި ޖޫރިމަނާ ފައިސާ ދެއްކުމަށް ޙުކުމް ކޮށްފައިވާކަން އެނގެންއޮވެއެވެ. ނަމަވެސު އިސްވެބުނެވުނު ޤަޟިއްޔާއާއި ގުޅިގެން އެއްވެސް މިންވަރެއް މުޙައްމް ދަ ލުބާން ޤައްހާރ ދައްކާފައިވާކަން އެނގެންނެތްކަން މި ކޯޓުގައި ޕްރޮސިކް އ ޓަރ ޖެނެރަލްގެ އޮފީހާއި، މުޙައްމަދު ލުބާން ޤައްހާރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ.އެހެންކަމުން މި މައްސަލާގައި ޖަލު ބަންދުގެ ބަދަލުގައި ޖޫރިމަނާއަށް ބަދަލުކޮށް އަދަބަށް ލުއި ދެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ.
31ބުނެވިދިޔަ އުޞޫލުގެ 24 ވަނަ މާއްދާގެ )ނ( ގެ 2 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި "ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅޭނީ ޖުނަޙްގެ ކުށްތަކުގައި އެކަނިކަން " މިފަދައިން ބުނާތީ އާއި މުޙައްމަދު ލުބާނ ކްރިމިނަލް ކޯޓުގެ ނަންބަރު 239/Cr-C/2017 ޤަޟިއްޔާ ޤައްހާރު ގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްކަމަށްވާތީ ދިވެހިރާއްޖޭގެ ހައިކޯޓުނ މުޙައްމަދު ލުބާން ޤައްހާރުގް ޖަލު ޙުކުމް ހަމައެކަނި ޖޫރިމަނާ އަކަށް ބަދަލުކޮށްމި ކޯޓުން ގޮތެއް ނިންމިދާނެކަން ނުވަތަ ނޫންކްން އެއވެސެ ކުރިމަތިވެދާނެ ސުވާލެކެވެ.
32އެމީހެއްގެ މައްޗަށް ކުށސާބިތުވް މީހާއަކީ ޖޫރިމަނާ ދެއްކޭނެ ވަޞީލަތްތައް ލިބިފައިވާ މީހެއްކަމުގައީބަލާނ އެ މީހަކީ އަމިއްލަ މަސައްކަތް ކޮށްގެން ނުވަތަ، ވަޒާ ފާއެއޮއަދާކޮށްގެން، ނުވަތަ، އެނޫންވެސް ޤާނޫނު ހުއްދަކުރާ ގިތުގެމަތިން ދާއިމީ ގޮތެއްގައި، މެދުނުކެނޑި އުމްދަނީއެއް ލިބޭ މީހެއް ކަމުގައވާނަމަކަމަށް ބަޔާންކޮށްފައިވާއިރ، މުޙައްމަދު ލުބާން ޤައްހާރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، ޖޫރިމަނާ ދެއްކޭނެ ވަޞލަތްތައް ހުރި މީހެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ.
33މުޙައްމަދު ލުބާން ޤައްހާރުގެ މައްޗަށް ކަނޑައެޅޭނެ އަދަބުގެ މިންވަރަކީ، ޤާނޫނުލްއު ޤޫބާތުގ 1002 ވަނަ މާއްދާގެ ދަށުން، އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައިވާ އަސާސީ މިންގަނޑު ކަމުގައިވާ 01 )އެކެއް( އަހަރާއި 07 )ހަތެއް( މަހާއި 06 )ހައެއް( ދުވަހުގެ ޖަލު ޙުކުމް ކަން އެނގެއެވެ.
34މުޙައްމަދު ލުބާން ޤައްހާރުގެ ފަރާތުނެ ޖަލު ޙުކީ މ ޖޫރިމަނާއަށް ބަދަލު ކުރުމަށް އެދިފައިވީނަމަވެސް، ދައުލަތުގެ ފަރާތުން އެދިފައިވަނެ ޤާނޫނުލްއޤޫބާތުގ 1002 ވަނަ މާއްދާގައިއަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައިވާ ގޮތުގެމަތިން، އަދަބު ކަނޑައަޅައި، އަދަބުގެ އަސާސީ މިންގަނޑު ކަމުގައިވާ 01 )އެކެއް( އަހަރާއި 07 )ހަތެއް( މަހާއި 06 )ހައެއް( ދުވަހުގެ މުއްދަތަށް މުޙައްމަދު ލުބާން ޤައްހާރު ޖަލަށްލުމަށްކަން އެނގެއެވެ.
35އަދި މި މުއްދަތުން މުޙައްމަދު ލުބާން ޤައްހާރު ތަޙްޤީޤު ބަންދުގައި ހުރި ކަމަށް ދައުލަތުގެ ފަރާތުން ބުނާ 88 ދުވަސް ކެނޑުމުން ޖުމްލަ އަދަދަކީ 493 )ހަތަރުސަތޭކަ ނުވަދިހަ ތިނެއް( ދުވަހެވެ. އެހެންކަމުން މުޙައްމަދ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) އަދި (ށ) ގެ (1) ގެ (iii)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 24 ވަނަ މާއްދާގެ (ރ)، (ބ) އަދި (އ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1002 ވަނަ މާއްދާ (އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު)، 1005 ވަނަ މާއްދާ (ތަފާތު އަދަބު އެއްހަމަކުރާ ތާވަލު) އަދި 1100 ވަނަ ބާބު
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 02/2021 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 20 ވަނަ މާއްދާގެ (ހ) އަދި (ނ)، 24 ވަނަ މާއްދާގެ (ނ)
- ކްރިމިނަލް ކޯޓުގެ 239/Cr-C/2017
- ބެންޗު
- ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް