ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-JC/33
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މަރްޔަމް ޢަބްދުއްރަޙްމާން، 2018/HC-JC/33
Prosecutor General v. Mariyam Abdul Rahman 2018/HC-JC/33 (2018/HC-JC/33, High Court of the Maldives, 1 August 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. މަރްޔަމް ޢަބްދުއްރަޙްމާން
މައްސަލައިގެ ޚުލާޞާ
އިޢުތިރާފުގެ މައްޗަށް ޒިނޭގެ ކުށް ސާބިތުކޮށް، ފުރަތަމަ ފަހަރުކަމަށްވާތީ 100 އެތިފަހަރުން ޙައްދު ޖަހައި 1 އަހަރު ގޭބަންދަށް ޙުކުމްކުރި.
ދަޢުވާ ލިބޭ ފަރާތް ކާވެންޏަކާ ނުލައި ދަރިއަކު ވިހައި، އެއީ ޒިނޭކުރުމުން ލިބުނު ދަރިއެއްކަމަށް ބުނެ ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވި.
ޕްރޮސިކިއުޓަރ ޖެނެރަލް އެދުނީ އިޢުތިރާފު ޞައްޙަކަން، ޤާނޫނުއަސާސީގެ ޙައްޤުތައް ލިބިދީފައިވާކަން އަދި ޙައްދު މަނާކުރާ ސަބަބެއް ނެތްކަން ކަށަވަރުކޮށް ޙުކުމް ނިހާއީ ކޮށްދިނުމަށެވެ.
މައިގަނޑު ސުވާލު
ދަށުކޯޓުން އިޢުތިރާފުގެ މައްޗަށް ޒިނޭގެ ކުށް ސާބިތުކޮށް ޙައްދާއި ގޭބަންދު ކަނޑައެޅި ޙުކުމަކީ (ސުޕްރީމް ކޯޓުގެ ސަރކިއުލަރގެ ދަށުން ނިހާއީ ކުރުމަށް) ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޞައްޙަ ޙުކުމެއްތޯ؛ އިޢުތިރާފު ޞައްޙަތޯ، ޤާނޫނުއަސާސީގެ ޙައްޤުތައް ލިބިދީފައިވޭތޯ، ޙައްދު މަނާކުރާ ސަބަބެއް އޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ޞައްޙަކަމަށް ކަނޑައަޅައި ޤާއިމްކުރި
ދަޢުވާ ލިބޭ ފަރާތަށް ދަޢުވާ އަންގައި ވަކީލުގެ ފުރުޞަތު ދީފައިވާއިރު އޭނާ އެ ޙައްޤު ދޫކޮށްލާފައިވާތީ، އަދި ހައިކޯޓުގައިވެސް އިޢުތިރާފަކީ އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިޢުތިރާފެއްކަން ކަށަވަރުކުރެވި، ރުޖޫޢުވެފައި ނުވާތީ، އަދި ޙައްދު މަނާކުރާ ސަބަބެއް ބުނެފައި ނުވާތީ ޙުކުމް ޞައްޙަކަމަށް ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- ޒިނޭގެ ކުށަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމާއި، އެކުށް ޝަރީޢަތަށް ސާބިތުކުރެވެނީ ކުށްކުރި މީހާގެ އިޢުތިރާފުން ނުވަތަ މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަމެވެ.
- ޒިނޭގެ ކުށަށްވާ އިޢުތިރާފު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރޭގައި އިޢުތިރާފުވާ މީހާގެ ބުއްދި ސަލާމަތުން ހުރުމާއި، ބާލިޣުވެފައިވުމާއި، އިޢުތިރާފަކީ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިޢުތިރާފަކަށް ވުން ހިމެނެއެވެ.
- ޖިނާއީ އިޢުތިރާފަކީ ފަނޑިޔާރުގެ އިޤްތިނާޢުގެ މައްޗަށް ބިނާކޮށް ޤާއިމުވާ ދަލީލެއް ކަމުން، މަދަނީ އިޢުތިރާފާ ޚިލާފަށް ޖިނާއީ އިޢުތިރާފުން ރުޖޫޢުވެވިދާނެއެވެ. ރުޖޫޢުވުމާއި އޭގެ ސަބަބުތައް ވަޒަންކުރުމުގެ ބާރު ލިބިގެންވަނީ މައްސަލަ ބަލާ ފަނޑިޔާރަށެވެ. (ސުޕްރީމް ކޯޓުގެ 2011/SC-A/23 ޤަޟިއްޔާއަށް ޙަވާލާދީ)
- ޒިނޭގެ ކުށަށްވާ އިޢުތިރާފަކީ އޭގެ މައްޗަށް ކަނޑައެޅޭ ޙުކުމް ތަންފީޛުކޮށް ނިމުމުގެ ކުރިން ބަހުން، ޢަމަލުން ނުވަތަ ޢިޝާރާތަކުން ރުޖޫޢުވުން ހުއްދަ އިޢުތިރާފެކެވެ. ރުޖޫޢުވެއްޖެނަމަ ޙައްދު ޤާއިމުކުރުމުން ދުރުހެލިވާން ޖެހެއެވެ.
- ކުށުގެ ދަޢުވާ ލިބޭ މީހާއަށް ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަން ދޭހަވާ ބަހުން ލަސްނުކޮށް އެންގުމާއި، ބަޔާން ނުދިނުމުގެ ޙައްޤު އެންގުމާއި، ދިފާޢުގެ ވަގުތާއި ވަސީލަތް ދިނުމާއި، ޤާނޫނީ ވަކީލެއްގެ ފުރުޞަތު ދިނުމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ ކަށަވަރުކޮށްދެއެވެ. ވަކީލެއްގެ ފުރުޞަތު ދީފައިވާއިރު ދަޢުވާ ލިބޭ ފަރާތުން އެ ޙައްޤު ދޫކޮށްލައިފިނަމަ ޙައްޤުތަކުން މަޙްރޫމުކޮށްފައިވާކަމަށް ނުބެލެވެއެވެ.
- ޙައްދު ޖެހުން މަނާކުރާ ސަބަބެއް އޮތްކަމަށް ދަޢުވާ ލިބޭ ފަރާތުން ބުނެފައި ނުވާނަމަ، އެފަދަ ސަބަބެއް އޭނާގެ ކިބައިގައި ފުރިހަމަވެފައި ނެތްކަމަށް ބަލަން ޖެހެއެވެ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC (15 ނޮވެމްބަރު 2015) ސަރކިއުލަރ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)، (ބ)، (ޅ)
- އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ނައްޞުތަކަށް ރިޢާޔަތްކޮށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ 6 ގެ ނަންބަރު MJ/2008/03 ސަރކިއުލަރގެ 10 ވަނަ ނަންބަރު
- ހައިކޯޓުގެ ނަންބަރު 2013/HC-A/122 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/23 ޤަޟިއްޔާ
- ބެންޗު
- ޝުޖާޢު ޢުޘްމާން، މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް