ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/360
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙަސަން އިފްހާމް، 2019/HC-A/360
Prosecutor General v. Hassan Ifhaam 2019/HC-A/360 (2019/HC-A/360, High Court of the Maldives, 28 October 2021)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙަސަން އިފްހާމް
މައްސަލައިގެ ޚުލާޞާ
ދަޢުވާލިބޭ ފަރާތާ މަސްތުވާތަކެތި ގުޅުވާލެވޭ ހަމައެކަނި ހެއްކަކީ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުކަމަށާއި، ކޮޓަރިއަކީ އޭނާގެ ހިޔާޒަތުގައިވާ ތަނެއްކަން ސާބިތުނުވާތީ، ކްރިމިނަލް ކޯޓުން ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް 115 (ހ) ގެ ދަށުން ކަނޑައަޅައި ބާޠިލުކުރިއެވެ.
އެހެން މީހަކު ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސްކުރިއިރު ފެނުނު ރަބަރު ޕެކެޓެއްގައި 13.3 ގްރާމް ކެނެބިސް ހުރިކަމަށާއި، އެ ޕެކެޓުގެ ބޭރުން ދަޢުވާލިބޭ ފަރާތުގެ އިނގިލީގެ ނިޝާން ފެނުނުކަމަށް ބުނެ، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދަޢުވާ ކުރެވުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ބައިވެރިވިކަމަށް ބުރަވެވޭވަރުގެ ހެކި ހުށަހަޅާފައިވާތީ ދަށުކޯޓުގެ ނިންމުން 115 (ހ) އާ ޚިލާފު ކަމަށެވެ. ދަޢުވާލިބޭ ފަރާތް ބުނީ ފިންގަރޕްރިންޓް ފިޔަވައި އިތުރު ހެއްކެއް ނެތްކަމަށެވެ.
މައިގަނޑު ސުވާލު
ކެނެބިސް ހުރި ރަބަރު ޕެކެޓެއްގެ ބޭރުން ދަޢުވާލިބޭ ފަރާތުގެ އިނގިލީގެ ނިޝާން ފެނުނުކަން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ނެތް ޙާލަތުގައި، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދަޢުވާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ (prima facie case) ދަޢުވާއެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ފިންގަރޕްރިންޓަށް އެންމެ މަތީ ބުރަދަން ދިނަސް، ކޮޓަރިއާއި އެ ކޮޓަރީގައި ދިރިއުޅޭ މީހާއާ ދަޢުވާލިބޭ ފަރާތް ގުޅުވާލެވޭ އިތުރު ހެއްކެއް ނެތުމުން، ޓްރެފިކްކުރުމުގެ ކުށުގެ ރުކުންތައް ފުރިހަމަވާނެކަމަށް މަދަނީ މިންގަނޑުން ބުރައެއް ނުވާތީ ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެނެވޭނެ ހަމައެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާއި (ބ) ގެ ދަށުން ފަނޑިޔާރު ކުރަންޖެހޭނީ ހުށަހެޅިފައިވާ ދަޢުވާއަށާއި އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކޮށް، މަދަނީ މިންގަނޑުން ބަލާއިރު ދަޢުވާއައިގެން ކުރިއަށް ދެވޭނެތޯ ކަނޑައެޅުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- މަދަނީ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑު (balance of probabilities) ކަމަށްވާއިރު، އެއީ މައްސަލައަކީ ފުރަތަމަ ނަޒަރުން ބަލާއިރު ދަޢުވާއަކަށް ފުދޭވަރުގެ މައްސަލައެއް (prima facie case) ކަމުގައި ވާކަން ނުވަތަ ނުވާކަން ކަނޑައަޅާ މިންގަނޑެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- އިބްތިދާއީ މަރުޙަލާއަކީ ޕްރޮސިކިއުޝަނުން ހުށަހަޅާ ހެކި އެންމެ ފުނަށް ވަޒަންކޮށް ދަޢުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވޭތޯ ބަލާ މަރުޙަލާއެއް ނޫނެވެ. އަދި އެ މަރުޙަލާގައި ހެކި ޠަޢުނުކުރުމުގެ ފުރުޞަތު ޤާނޫނުގައި ދީފައެއް ނުވެއެވެ. ދަޢުވާގައި ބަޔާންކުރާ ކަންތައް ނުވުމަށްވުރެ ވުން ގާތްކަމަށް (preponderance of probability) ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، އެ ދަޢުވާއަކީ މައުޟޫޢީ ގޮތުން ބަލަންޖެހޭ ދަޢުވާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ދައުލަތުގެ ހެކި އެންމެ މަތީ ބުރަދަނުގައި ބެލި ނަމަވެސް، އެ ހެކީގެ މައްޗަށް ހަމައެކަނި ބުރަވެ ކުށް ސާބިތުކުރުމަކީ ރައްކާތެރި ގޮތެއް ނޫންނަމަ، prima facie case އެއް ނެތެވެ. އަދި ދަޢުވާލިބޭ ފަރާތް ހަނުހުރެއްޖެނަމަ ހަމައެކަނި ދައުލަތުގެ ހެކީގެ މައްޗަށް ކުށް ސާބިތުކުރެވޭތޯ ފަނޑިޔާރު ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-20)
- ތަނަކުން ނުވަތަ އެއްޗަކުން މީހެއްގެ ފިންގަރޕްރިންޓް ފެނިއްޖެނަމަ، އެކަމަށް މަޤުބޫލު ސަބަބެއް (reasonable justification) ދެއްކުމަކީ ދަޢުވާލިބޭ ފަރާތުގެ ކަމެއްކަމަށްވާއިރު، އެފަދަ ސަބަބެއް ނުދައްކައިފިނަމަ ފިންގަރޕްރިންޓަކީ އިބްތިދާއީ މަރުޙަލާގައި ފުރިހަމަ ބުރަދަނެއް ދެވިދާނެ ޤަރީނާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ނަމަވެސް، މަސްތުވާތަކެތި ފެނުނު ތަނާއި ނުވަތަ އެ ތަނުގައި ދިރިއުޅޭ މީހާއާ ދަޢުވާލިބޭ ފަރާތް ގުޅުވާލެވޭނެ އެއްވެސް އިތުރު ހެއްކެއް (corroborative evidence) ނެތް ޙާލަތުގައި، މަސްތުވާތަކެތި ހުރި ޕެކެޓަކުން ފެނުނު ފިންގަރޕްރިންޓް އެކަނި، އެއަށް ދެވެން އޮތް އެންމެ މަތީ ބުރަދަން ދިނަސް، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ރުކުންތައް ފުރިހަމަވާނެ ކާފީ ޤަރީނާއެއް ކަމަށް މަދަނީ މިންގަނޑުން ބުރައެއް ނުވެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-25)
ފައިޞަލް ތާއީދު ކުރައް ވާފައި) މައްސަލައިގެ ތަޢާރަފު
3މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، […] ޙަސަން އިފްހާމް އެވެ.
3. 23 ނޮވެންބަރު 3232 ދުވަހު 35:32 އެހައިކަށްހައިއިރު، މާލެ، […] އާދަމް އުނައިސް ޒަކީ އިތުރު ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އާދަމް އުނައިސް ޒަކީ ދިރިއުޅޭ މާ ލ، […] ފަސްވަނަ ފަންގިފިލާގައި އާދަމް އުނައިސް ޒަކީ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލާފާސްކުރިއިރު، އެ ކޮޓަރީގައި ހުރި ސައިޑް ޓޭބަލްގެ ތިރީ ކަބަޑުގެ ތެރެއިން ނެގި ކަރުދާސް ކޮތަޅެއްގެ ތެރެއިން ނެގި ބޮޑު ރަބަރު ޕެކެޓެއްގައި
13.322 ގްރާމް ކެނެބިސް ހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާފައިވެއެވެ. އަދި އެ ރަބަރު ޕެކެޓުގެ ބޭރުން ޙަސަން އިފްހާމްގެ އިނގިލީގެ ނިޝާން ފެނިފައިވެއެވެ.
2ޙަސަން އިފްހާމްގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ 23 ޑިސެންބަރު 3232 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ ދަޢުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްކަމަށް ޝަރީޢަތަށް ނުފެންނަ ކަމަށް ބަޔާންކޮށް، ދަޢުވާ އިތުރށަ ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙަސަން އ ފްހާމްގެ މައްޗަށް ހުށަހެޅުނު މައްސަލަ ކްރިމިނަލް ކޯޓުން ބާޠިލްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާ ނިންމާފައިވެއެވެ.
1. ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާގެ އެ ނިންމުމމެދާ ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. ކްރިމިނަލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
5ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައެޅުމުގައި އެކޯޓުން އަންނަނިވި މައިގަނޑު ސަބަބުތައް ފާހަގަކޮށްފައިވެއެވެ.
5.3. ޙަސަން އިފްހާމްގެ މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާ އަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްތޯ ކަނޑައެޅުމަށްޓަކައި ދައުލަތަށް ހެކި ހުށަހަޅަން ދިން ފުރުޞަތުގައި، ދައުލަތުން ހުށަހެޅި ހެކި ޤަރީނާ ބަލައި ވަޒަންކުރިއިރު، މައްސަލައިގައި ފެނުނު ތަކެތި، ޙަސަން އިފްހާމްއާ ގުޅުވާލެވޭގޮތަށް ދައުލަތުން ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުކަން އެނގެން އޮތުން. . ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާފޯމު 335/ކރކ/3232/3333 (މި ދަޢުވާ ޙަސަން އިފްހާމްގެ މައްޗަށް ކޮށްފައިވަނީ ޤާނޫނު ނަންބަރު 3233/33 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 322 ވަނަ މާއްދާގެ (ށ) އާއި، 323 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، 322 ވަނަ މާއްދާގެ
(ރ) ގެ ދަށުންނެވެ.) . ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު.
5.3. އާދަމް އުނައިސް ޒަކީ ދިރިއުޅޭ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާ ޙަސަން އިފްހާމްއާ ގުޅުވާލެވޭނެ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނެތްކަމަށް ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވުން.
5.2. މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނު […] ޙަސަން އިފްހާމްގެ ހިޔާޒަތު ހިނގާ، ޙަސަން އިފްހާމްގެ ބާރުގެ ދަށުގައި ހިމެނޭ ތަނެއްކަން ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއްގެ ބަހުން އެނގެން ނެތުން، މިއެވެ.
6ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އަންނަނިވި "ދެންފަހެ، ކ. މާލެ، ޙަސަން އިފްހާމްގެ މައްޗަށް ހުށަހަޅާފައިވާ ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރި ވުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލުމުން، 23 ނޮވެމްބަރ 3232 ދުވަހު 35:32 އެހް އިކަންހައިރު، ކ. މާލެ އުނައިސް ޒަކީ އިތުރު ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އާދަމު އުނައިސ ޒަކީ ދިރިއުޅޭ، ކ. މާލެ ފަންގިފިލާގައި އެ ދަމް އުނައިސް ޒަކީ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރިއިރު، އެކޮޓަރީގައި ހުރި ސައިޑު ޓޭބަލް ތިރީ ކަބަޑުގ ތެރެއިން ނެގި ކަރުދާސް ކޮތަޅެއްގެ ތެރެއިން ނެގި ބޮޑު ރަބަރު ޕެކެއްޓެއްގައ 13.322ގްރާމް ކެނެބިސް ހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އެރަބަރު ޕެކެޓުގެ ބޭރުން މީނާގެ އިނގިލީގެ ނިޝާން ފެނިފައިވާތީކަމަށް ބުނެ، ދަޢުލަތުން ޙަސަން އިފްހާމްގެ މައްޗަށް ކުޅަ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްތޯ ކަނޑައެޅުމަށްޓަކައި، ދައުލަތަށް ހެކި ހުށަހަޅަން ދިން ފުރުޞަތުގައި ދައުލަތުން ހުށަހެޅި ހެކިޤަރީނާ ޝަރީޢަތުން ބަލައި ވަޒަންކުރިއރު، މި މައްސަލާގައި ފެނުނު ތަކެއްޗާއި ޙަސަން އިފްހާމްއާ ގުޅުވާލެވޭގޮތަށް ދައުލަތުން ހުށަހަޅާފައިވާ ހަމައެކަނި ހެއްކަކީ ޕިންގަޕްރިންޓް ކޮމްޕެރިސަން ރިޕޯޓުކަން އެނގެން އޮތުމުންނާއި، ޙަސަން އިފްހްމްއާއި، ކ. މާލެ އުނައިސް ޒަކީ ދިރިއުޅޭ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާއި ގުޅުވާލެވޭނެ އިތުރު ހެއްކެއް ނުވަތަ ޤާރީނާއެއްވެސް ދައުލަތުން ހުށަހަޅާފައިނުވާތީއާއި، އެފަދަ އިތުރު ހެއްކެއްނުވަތުޤަރީނާއެއް ނެތްކަމަށް ދައުލަތި ން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީއާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނު ކ. މާލެ އިފްހާމެގެ ހިޔާޒަތުގެ ހިނގާ، ޙަސަން އިފްހާމްގެ ބާރުގެ ދަށުގައި ހިމެނޭ ތަނެއްކަން ދައުލަތުން ހުށަހެ ޅައެއްވެސް ހެއްކެއްގެ ބަހުން އުނގެން ނެތަތީ، މި ދީ ޢެ ވާއަކީ މަދަނީ މިންގަޑުން ކުރިއަށް ގެންދެވިދާނަދަޢުވާއެއްކަމަށް ޝަރު ޢތަށް ނުފެންނާތީ، ޤާނޫނު ނަންބަރ 3236/33 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ335 ވަނަ މާއްދާގެ (ހ)ގެ ދަށުން، މި ދަޢުވާ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރ 145/DF/201/236 (22 ޑިސެމްބަރު 3232) ދަޢުވާ ފޯމުން ކ. މާލެ، ޙަސަން އިފްހާމްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ބާޠިލްކޮށް މި ޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާ
3ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރތުނާ 23 (އެކެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. އެ ނުކުތާއަކީ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައި ހުށަހަޅާފައިވާ ދަޢުވާއަކީ ބާޠިލް ދައުވާއެއްކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 335 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތއާމާ ދ ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
2. އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދަޢުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ފަނޑިޔާރު ކަނޑައަޅަންވާނީ އެ މައްސަލައަކާ ގުޅިގެން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ މަދަނީ މިންގަނޑުން ވަޒަންކުރުމަށްފަހުގައި ކަމަށެވެ. އަދި ކުށުގެ ޢަމަލު ހިންގުމުގައި ޙަސަން އިފްހާމް ބައިވެރިވެފައިވާކަމަށް ބުރަވެ ވޭފަދަ ހެއްކާއި ޤަރީނާ މައްސަލައިގައި ހުށަހެޅިފައިވާކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ޙަސަން އިފްހާމްގެ މައްޗަށް ހުށަހެޅުނު ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 335 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ. މީގެ އިތުރުން ޝަރީޢަތުން ކުރި ސުވާލަކަށް ޖަވާބުދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓަށް ހުށަހެޅުނު ހެކީގެ ތެރެއިން ޙަސަން އިފްހާމްއާ ޑައިރެކްޓްކޮށް (ސީދާ) ގުޅޭ ހެއްކަކީ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު ކަމަށެވެ. އަދި އާދަމް އުނައިސް ޒަކީއާ ޙަސަން އިފްހާމް ގުޅުމެއް އޮތްކަން ސާބިތުކުރުމަށް ދަށު ކޯޓަށް ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި އަދި މަސްތުވާތަކެތި ފެނުނު ގެއާވެސް ޙަސަން އިފްހާމްއާ ގުޅުމެއް އޮތްކަން ސާބިތުކުރުމަށް ދަށު ކޯޓަށް ހެއްކެއް ހުށަހެޅިފައިނވާކަމަށެވެ.
3. އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޙަސަން އިފްހާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ ޙަސަން އިފްހާމްގެ މައްޗަށް ދައުލަތުން ދަށު ކޯޓުގައި ދަޢުވާ ކޮށްފައިވަނީ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓަކަށް ބިނާކޮށް ކަމަށާއި ކެނެބިސް ޓްރެފިކް ކުރުމުގައި ބައިވެރިކަމުގެ މައްޗަށް އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ. އަދި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ކަމަށް ބެލިނަމަވެސް މައްސަލަ ސާބިތުވެދާނެފަދަ ހެއްކެއްވެސް ހުށަހެޅިފައިނުވާކަމަށެވެ. އެހެންކަމުން މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ. މި މައްސަލައިގެ ވާޤިޢާ އާ ގުޅިގެން ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން
32ޙަސަން އިފްހާމްގެ މައްޗަށް ދަށު ކޯޓުގައި ދައުލަތުން ކުރި ދަޢުވާއަކީ ކެނެބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ ކޮށްފައިވާ ސަބަބަކީ […] ފަސްވަނަ ފަންގިފިލާގައި އާދަމް އުނައިސް ޒަކީ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލާފާސްކުރިއިރު، އެ ކޮޓަރީގައި ހުރި ސައިޑް ޓޭބަލްގެ ތިރީ ކަބަޑުގެ ތެރެއިން ނެގި ކަރުދާސް ކޮތަޅެއްގެ ތެރެއިން ނެގި ބޮޑު ރަބަރު ޕެކެޓުން (13.3 ގްރާމް ކެނެބިސް ހުރިކަމަށް ބެލެވޭ) ނެގުނު ފިންގަރޕްރިންޓް ޙަސަން އިފްހާމްގެ ވައަތުގެ ބޮޑުވާއިނގިލީގެ ނިޝާން އާ ދިމާވެފައި ވާކަން ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުން އެނގެން އޮންނަ އޮތުމެވެ.
33އެ ފިންގަރޕްރިންޓުން ލިބުނު މަޢުލޫމާތުގެ އަލީގައި ހުށަހެޅުނު ހެކި ފިޔަވައި އިތުރު ހެކި ޤަރީނާ ނެތްތޯ ދަށުކޯޓުގައި ޝަރީޢަތުން ސުވާލުކުރުމުން އެ ކަމަށް ދައުލަތުން "އާދެ" މިފަދައިން ބުނެ ޖަވާބުދީފައިވާކަން 36 މޭ 3233 ދުވަހު ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާނުގައި އެނގެން އޮވެއެވެ. ހަމަ މިމޭރުމުން މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ދައުލަތުން ބަޔާންކޮށްފައި ވެއެވެ. އެގޮތުން ޝަރީޢަތުން ކުރި ސުވާލަކަށް ޖަވާބުދެމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ދަށު ކޯޓަށް ހުށަހެޅުނު ހެކީގެ ތެރެއިން ޙަސަން އިފްހާމްއާ ޑައިރެކްޓްކޮށް (ސީދާ) ގުޅޭ ހެއްކަކީ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު ކަމަށެވެ. އަދި އާދަމް އުނައިސް ޒަކީ އާ ޙަސަން އިފްހާމް ގުޅުމެއް އޮތްކަން ސާބިތުކުރުމަށް ދަށު ކޯޓަށް ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި އަދި މަސްތުވާތަކެތި ފެނުނު ގެއާވެސް ޙަސަން އިފްހާމްއާ ގުޅުމެއް އޮތްކަން ސާބިތުކުރުމަށް ދަށު ކޯޓަށް ހެއްކެއް ހުށަހެޅިފައިނުވާކަމަށެވެ. އެހެންކަމުން މ. . ޤާނޫނު ނަންބަރު 3233/33 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 322 ވަނަ މާއްދާގެ (ށ) އާއި، 323 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، 322 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮށްފައިވާ ދަޢުވާ. . އެވިޑެންސް ނަންބަރ 001-QE1817167 . ނަންބަރު F1(c)/FCR/2018/093 ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓް ނާރުގެ ބަލާފަސްކުރިއިރު ފެނުނު މަސްތުވާތަކެތި ހުރި ޕެކެޓަކުން ޙަސަން އިފްހާމްގެ ފިންގަރޕްރިންޓް ފެނުނުކަން ސާބިތުކުރުމަށް ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު ހުށަހަޅާފައިވާއިރު، އެ ރިޕޯޓްން އެނގެން އޮތ ޙަސަން އިފްހާމިގެ ފިންގަރް ޕްރިންޓް ފިޔަވައާޙަސަން އިފްހާމެ އ އެ މަސްތުވާތަކެއްޗާ ގުޅޭ ގޮތުގެ އިތުރެ އެއްވެސް ހެއްކެއް ދަށު ކޯޓަށް ހުށަހެޅިފައިނުވާކަން ދެފަރާތުގެ ބަހުންވެސް އެނގެއްވެ. އެހެންކަމުނ […] ފަސްވަނަ ފަންގިފިލާގައިވާ އާދަމް އުނައިސް ޒަކީ ދިރިއުޅޭ ކޮޓަރި ބަލާފަސްކުރިއިރު ފެނުނު މަސްތުވާތަކެތި ހުރި ޕެކެޓަކުން ޙަސަން އިފްހާމްގެ ފިންގަރޕްރިންޓް ފެނުނުކަން ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުން އެނގެން އޮތް އޮތުން ފިޔަވައި ޙަސަން އިފްހާމްއޭ އެ މަސްތުވާތަކެއްޗްގުޅުވާލެވ އިތުރު އެއްވެސ ހެއްކެއް (Corroborative Evidence) ދަށު ކޯޓަށް ހުށަހެޅިފައިނުވާކަން އެނގެއެވެ.
33. މި މައްސަލައިގައި އުފެދިފައިވާ ޤާނޫނީ ސުވާލަކީ މާލެ، […] ފަސްވަނަ ފަންގިފިލާގައި އާދަމް އުނައިސް ޒަކީ ކިޔާ މީހަކު ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރިއިރު، އެކޮޓަރީގައި ހުރި ސައިޑު ޓޭބަލް ތިރީ ކަބަޑުގެ ތެރެއިން ނެގި ކަރުދާސް ކޮތަޅެއްގެ ތެރެއިން ނެގި ރަބަރު ޕެކެއްޓެއްގައި
13.322 ގްރާމް ކެނެބިސް ހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާ ފައިވުމާއި، އެރަބަރު ޕެކެޓުގެ ބޭރުން ޙަސަން އިފްހާމްގެ އިނގިލީގެ ނިޝާން ފެނިފައިވުމަކީ ކުށްކުރިކަމަށް ބާރުދޭ އިތުރު އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ހަމައެކަނި އެ ފިންގަރ ޕްރިންޓްގެ މައްޗަށް އެކަނި ބަލާއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 335 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަދަނީ މިންގަނޑުން ބުރަވެ ދަޢުވާއާއި ގެން ކުރިއަށް ގެންދެވިދާނެ މިންވަރުގެ ހެއްކެއްތޯ ނުވަތަ ނޫންތޯއެވެ. އެހެން ޢިބާރާތަކުން ބަޔާންކުރާނަމަ އެ މައްސަލައަކީ ފުރަތަމަ ނަޒަރުން ބަލާއިރު ކުރިއަށެގެންދެވިދާން މިންވަރުގޯ ބުރަދަނެއްހުރި މައސަލައެއްތ (case prima facie) އުފެދޭ ސުވާލެވެ.
32. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 335 ވަނަ މާއްދާގެ (ހ) އަދި (ބ) ގައިވާ ޢިބާރާތުގައިވަނީ އަންނަނިވި 335 (ހ) "މި ޤާނޫނުގް323 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާއަށް ޖަވާބުދަރީވުމަށް ދަޢުވާލިބޭ ފަރާތަށް ދެވި ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއް ކަމުގައި ކަނޑައަޅަންވާނެއވެ."
(ބ) "މި ޤާނޫނުގެ323 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާއަށް ޖަވާބުދަރީވުމަށް ދަޢުވާލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއުއެ ދ ޢަ ވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު،ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް އޮތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށްޤަބޫލުކުރެވިއްޖެ ހިނދެއްގައި، އ ދަޢުވާއައިގެން ކުރިއަށްދެވޭނެ ކަމަށް ކަނޑައަޅަންވާނެއެވެ." ބަޔާންވެދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 335 ވަނަ މާއްދާގެ (ހ) އަދި (ބ) އަށް ބަލާއިރު ފަނޑިޔާރު ކުރަންއޮތްކަމަކީ ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދޢަ ވ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށެ ރިޢާޔަތްކޮށް ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތް ކަމަށާ ކަނޑައެޅުން ނުވަތަ ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް އޮތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ކަމަށް ކަނޑައެޅުންކަން އެނގެއެވެ.
31. މަދަނީ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑު (Probabilities of Balance) އެވެ. ކަމެއް ހިންގައިފިކަން ނުވަތަ ނުހިނގާކަން ދަލާލަތުކޮށްދޭ ހެކިތަކެއް ހުށަހެޅިފައިވާއިރު ޢާއްމު ވިސްނުމަކުން އެ ހެކިތައް ވަޒަން ކޮށްލުމުން ދެ ކޮޅުންކުރެ ކޮޅަކަށް ބުރަވާ ބުރަވުމެވެ. މި ބުނެވުނު މިންގަނޑަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 335 ވަނަ މާއްދާގެ (ހ) އަދި (ބ) އިން ތަސައްވަރުކުރެވޭހެން އެ މައްސަލައަކީ ފުރަތަމަ ނަޒަރުން ބަލާއިރުވެސް ދަޢުވާއަކަށް ފުދޭވަރުގެ މައްސަލައެއް (case prima facie) ކަމުގައި ނުވާކަން ނުވަތަ ވާކަން ކަނޑައަޅާ މިންގަނޑެވެ. މަދަނީ މިންގަނޑުން (balance of probabilities) ބަލާނީ ކިހިނެއް؟
35ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 335 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރު ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހެނީ، ހުށަހެޅިފައިވާ ދަޢުވާ އާއި އެ ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކތަކުގި މައްޗަށެވެ. މިހެކިތަކުގު މައްޗަށ ފަނޑިޔާރީ ބަލަންޖެހޭ މިންގަނޑަކީ، މަދަނީ މިންގަނޑެވެ. މިމަރުޙަލާއަކީ، ދަޢުވާ ސާބިތު ކުރުމަށް ޕްރޮސިކިއުޝަނުން ހުށަހަޅާ އެންމެހައި ހެކިތަކުގެ އެންމެ ފުނަށް ފަނޑިޔާރު ވަޒަން ކުރަންޖެހޭ މަރުޙަލާއެއް ނޫނެވެ. އެހެންކަމުން މިމަރުޙަލާގައި ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އެންމެހައި ހެކިތައް ވަޒަންކޮށް އެދަޢުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލާކަށް ނުޖެހެއެވެ. ހަމައެހެންމެ ދަޢުވާ ސާބިތު ކުރމަށު ހުށަހެޅި އެހެކިތަކުގެ މައްޗަށް ވާހަކަ ދައްކައި، އެހެކިތައް ޠަޢުނު ކުރަން މިމަރުޙަލާގައި ހުޅުވލުމުގެ ފުރުޞަތު ޤާނޫނުގައި ދީފައި ނެތެވެ. ދައުލަތުން ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކަށް ފަނޑިޔާރު ބަލާއިރު، ހުށަހެޅިފައިވާ ދަޢުވާގައި ބަޔާންކުރާ ކަންތައް ނުވުމަށްވުރެ އެކަންތައް ވުން ގާތްކަމަށް (preponderance of probability) ފަނޑިޔާރަށް ޤަބޫލު ކުރެވޭނެނަމަ، އެދަޢުވާއަކީ މައުޟޫޢީ ގޮތުން ބަލަންޖެހޭނެ ދަޢުވާ އެކެވެ. އިބްތިދާއީ މަރުހަލާގައި މަދަނީ މިންގަނޑުން (probabilities of balance) ބަލނެގޮތާ ބުނެވިދިޔަފަދައިން ދޭހަވާ މޭރުމަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ޝަފީޤް މައްސަލައިގައިވެސް ބަޔާންކޮށްފައިވެއެވެ.
36އިނގިރޭސިވިލާތުގެ R v Galbraith މައްސަލަ އަކީ އިންގްލޭންޑް އެންޑް ވޭލްސްގެ ކޯޓް އޮފް އެޕީލް އިން ނިންމާފައިވާ މައްސަލައެކެވެ. ޖިނާއީ މައްސަލައެއްގައި މަދަނީ މިންގަނޑުން ބަލާއިރު ދަޢުވާއާއިގެން ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ކަނޑައެޅުމުގައި ބަލަންޖެހޭ ހަމަތަކެއް އިނގިރޭސިވިލާތުގެ ބަޔާންކުރެވުނު މައްސަލައިގައިވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އަންނަނިވި ފަދއިނަ އެ ޤަޟިއްޔާގައި ބަޔާންވެގެންވެއެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/434 ޤަޟިއްޔާ R v Galbraith [1981] 2 All ER 1060, England and Wales, Court of Appeal. “..How then should the judge approach a submission of 'no case'? …Where the judge comes to the conclusion that the Crown's evidence, taken at its highest, is such that a jury properly directed could not properly convict on it, it is his duty, on a submission being made, to stop the case. (b) Where however the Crown's evidence is such that its strength or weakness depends on the view to be taken of a witness's reliability, or other matters which are generally speaking within the province of the jury and where on one possible view of the facts there is evidence on which a jury could properly come to the conclusion that the defendant is guilty, then the judge should allow the matter to be tried by the jury.” އިސްވެ ން ކަލުކުރެވުނު ޢިބާރާތްތަކުގައި ބަޔާންވެގެންވަނީ ދައުލަތުން ހުށަހަޅާފައިވާ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތައް އޭގެ އެންމެ މައްޗަށް ގެންގޮސްގެން އެންމެ ރަނގަޅަށް ރިޢާޔަތްކުރިނަމަވެސް، ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޤާނޫނީގޮތުން ކުށް ސާބިތުކުރެވިދާނެފަދަ ހެކިތަކަކަށް އެ ހެކިތައް ނުވާނަމަ ހުށަހެޅިފައިވާ ދަޢުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމުމަކީ ފަނޑިޔާރުގެ ޒިންމާ (duty) އެއް ކަމަށެވެ. ނަމަވެސް ޕްރޮސިކިއުޝަނުން ހުށަހެޅި ހެކިތަކަށް ދެވޭ ބުރަދަން ބިނާ ވެގެންދަނީ ހެކިވެރިންގެ މައްޗަށް ބަރޯސާވުމުގެ މިން ވަރަށް ކަމަށްވާނަމަ ނުވަތަ ދަޢުވާ ސާބިތުކުރެވިދާނެފަދަ އެހެންވެސް ހެކި ހުރި ނަމަ މައްސަލަ ކުރިއަށް ގެންދަން ނިންމަންވާނެ ކަމަށެވެ.
33. މެލޭޝިއާގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، ދަޢުވާއަކަށް ފުދޭވަރުގެ މައްސަލައެއް (case facie prima) އޮތްތޯ ބަލަންޖެހޭކަން މެލޭޝިއާގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނު (593 Act CODE, PROCEDURE CRIMINAL) ގެ 322 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެމާއްދާގެ އެ ނަންބަރުގައި ބަޔާންކޮށްފައިވަނީ އަންނަނިވި s180 (2) “If the Court finds that the prosecution has not made out a prima facie case against the accused, the Court shall record an order of acquittal.” . CRIMINAL PROCEDURE CODE, Act 593, Laws of Malaysia 322 ވަނ މާއްދާގޭ 3 ވަނަ ނަންބަރުން ދީ ހ ވަން ފުރަތަމަ ނަޒަރުން ބަލާއިރުވެސް ދަޢުވާއަކަށް ފުދޭވަރުގެ މައްސަލައެއް (case facie prima) ޕްރޮސެކިއުޝަނުން ހުށަހަޅާފައި ނުވާކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ކޯޓުން ކަނޑައަޅަންވާނެ ކަމެވެ.
32. މެލޭޝިއާގެ ފެޑެރަލް ކޯޓުން ނިންމާފައިވާ Public Prosecutor Tan Boon Kean v މައްސަލައިގައިފުރަތަމަ ނަޒަރުން (prima facie) ބަލާއިރު މައްސަލަ ކުރިއަށް ގެންދެވެދިނެތޯ ނުވަތަ ނޫންތޯ ބަލާނެ މިންގަނޑު ބަޔާންކޮށްފައިވެއެވެ. އަދި އއ އެ ހެކިތަކަށް ފުރަތަމަ ނަޒަރުން ބަލައި މައްސަލައަކާމެދު ގޮތްކަނޑައެޅިދާނެ މިންވަރުގެ ހެކި ((prima facie evidence ކަމުގައި ބަޔާންކޮށް، އެ ހެކި މާނަކޮށްދީފައިވެއެވެ. ‘Prima facie evidence’ is evdience where ‘a party’s evidence in support of any issue is so weighty that no reasonable man could help deciding the issue in his favour in the absence of further evidence’ މި މާނަކުރުމަށް ބަލާއިރު، ފުރަތަމަ ނަޒަރުން ބަލައި މައްސަލައަކާމެދު ގޮތްކަނޑަ އެޅިދާނެ މިންވަރުގެ ހެކި ((prima facie evidence އަކީ، ވަކި ކަމަކާގުޅޭ ގޮތުން ޚަސްމަކު ހުށަހަޅާ ހެކީގެ ބުރަދަން ބޮޑުވުމުގެ ސަބަބުން، އެ ހެކި ފިޔަވައި އިތުރު އެހެން އެއްވެސް ހެއްކެއް ނެތް ޙާލަތުގައި، ހަމައެކަނި އެހެކީގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކާ އެއްކޮޅަށް ކޮންމެ ސަބަބުވެރި އިންސާނަކވެސު މައްސަލަ ނިންމާނެ ފަދަ ހެއްކެވެ.
33. އަދި އެ މައްސަލައިގައި ފުރަތަމަ ނަޒަރުން (facie prima) ބަލާއިރު މައްސަލަ ކުރިއަށް ގެންދެވެދިނެތޯ ބަލާނެ މިންގަނޑު ކަމަށް ބަޔާންކޮށްފައިވަނީ އަންނަނިވި މިންގަނޑެވެ. . Tan Boon Kean v Public Prosecutor 1993, Federal Court (Kuala Lampur), Malaysia “…after weighing up such evidence for the prosecution one is satisfied that it would be wholly unsafe to convict upon such evidence standing alone, then no prima facie case has been made out and the accused should not be called on for defence.” މި ޢިބާރާތަށް ބަލާއިރު، ޕްރޮސިކިއުޝަނުނުހުށަހަޅ ހެކި ވަޒަން ކުރުމަށްފަހު، ހަމައެކަނި އެ ހެކިތކުގަ މައްޗަށް ބުރަވެ، ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ އެއްވެސްގޮތަކުން ރައްކާތެރި ގޮތެއް ނޫންކަމަށް ޤަބޫލުކުރެވިއްޖެނަމަ، ދަޢުވާއަކަށް ފުދޭވަރުގެ މައްސަލައެއް (case prima facie) ހުށަހެޅިފައިނުވާކަމާއި، ދަޢުވާއާ ގުޅިގެން ދިފާއީ ހެކި ހުށަހެޅުމަށް ޝަރީޢަތުން އަންގަންވެސް ނުޖެހޭނެކަން އެނގެއެވެ.
32. މެލޭޝިއާގެ ކުއަލަންޕޫރުގެ ކޯޓް އޮފް އެޕީލް އިން ނިންމާފައިވާ މައްސަލައެއްކަމުގައިވާ PLooi Kow Chai & Anor v P މައްސަލައިގައި ފުރަތަމަ ނަޒަރުން ބަލާއިރު އެ މައްސަލއަކަ ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ކަނޑައެޅުމުގައި ފަނޑިޔާރު ޖަވާބު ހޯދަންޖެހޭ އަންނަނިވި މައިގަނޑު ސުވާލު ބަޔާންކޮށްފައިވެއެވެ. “…If I decide to call upon the accused to enter his defence and he elects to remain silent, am I prepared to convict him on the totality of the evidence contained in the prosecution case?' If the answer was in the negative, then no prima facie case had been made out and the accused would be entitled to an acquittal. Subjecting the evidence of the prosecution to maximum evaluation to determine if the defence was to be called did not mean that the prosecution had to prove its case beyond a reasonable doubt at this intermediate stage…” މި ޢިބާރާތުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިމިވަނީ ދަޢުވާލިބޭ ފަރާތަށް ދިފާއީހެކި ހުށަހަޅަން ފުރުޞަތު ދިނުމުން، އެފަރާތުން ހަނު ހުރެއްޖެނަމަ، ޖުމްލަކޮށް ހަމައެކަނި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށ . Looi Kow Chai & Anor v PP 2003, Court of Appeal (Kuala Lampur), Malaysia ބިނާކޮށް ކުށް ސާބިތު ވާކަމަށުކަނޑައޯ ޅމުގެ ފުރުޞަތުއޮތްތ މި ސުވާލަށް ފަނޑިޔާރު ޖަވާބު ހޯދަންޖެހޭނެކަމަށެވެ. އަދި މި ސުވާލުގެ ޖަވާބަކީ އިދިކޮޅަށް (negative) އަންނަ ޖަވާބެއް ނަމަ އެ މައްސަލައަކީ ފުރަތަމަ ނަޒަރުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށެވެ.
33. ޙަސަން އިފްހާމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކމުގައަ ވާއިރު، ދައުލަތުން ޙަވާލާދީފައިވާ ޤާނޫނީ މާއްދާތައް ކަމަށްވާ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 322 ވަނަ މާއްދާގެ (ށ)، (ރ) އަދި 323 ވަނަ މާއްދާގެ (ބ) ގައި ވަނީ އަންނަނިވި ފަދައިންނެވެ. 322 (ށ) ކެނެބިސް ޓްރެފިކް ކުރަން އުޅުމަކީ ނުވަތަ ޓްރެފިކް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ ޓްރެފިކްކުރުމުގައ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ،32 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކ -75,000/ (ހަތްދިހަފަސްހާސް) ރުފިޔާއިން ފެށިގެން -7,500,000/ (ހަތްމިލިއަން ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. 323 (ބ) މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި،31 (ސާދަ) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އ އެއްޗެއް ޓްރެފިކް ކުރުމަށްކަމުގައި ބެލެވޭނެއެވެ. މި މާއްދާތަކަށް ބަލާއިރު، 322 ވްންމާއްދާގެ (ށ) އިނެ ކެނެބިސީ ޓްރެފިކް ކުރުމުގައި ބައިވރިވުމަކ ކުށެއްކަން އެނގެއެވެ. އަދި322 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވަނީ މި ކުށުގެ އަދަބެވެ. އަދ323 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 31 (ސާދަ) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކް ކުރުމަށްކަމުގައި ބެލެވޭނެކަމެވެ.
33. އެއްޗަކުން ނުވަތަ ތަނަކުން މީހެއްގެ ފިންގަރޕްރިންޓް ފެނި، ޤަރީނާއެއްގެ ގޮތުގައި ޕްރޮސިކިއުޝަނނު ޝަރީޢަތަށް ހށަހަޅު އިފަ ނަމަ، އެ ހެކި ޠަޢުނުކުރުމުގެ ޤާނޫނީ އާންމު އުސޫލަކީ އެ ފިންގަރޕްރިންޓް ފެނމުގު މައްޗަށް މަޤުބޫލު ސަބަބު (reason justifiable) ދަޢުވާލިބޭ ފަރާތުން ދެއްކުމެވެ. އެފަދަ މަޤުބޫލު ސަބަބެއް ނުދެއްކިއްޖެނަމަ އެއީ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ޤަރީނާއެކެވެ. މި މައްސަލާގައި ޙަސަން އިފްހާމްގެ ފިންގަރޕްރިންޓް މަސްތުވާތަކެތި ހުރި ރަބަރު ޕަކެޓުން ފެނިފައިވާއިރު، ތަޙްޤީޤުގައި ޙަސަން އިފްހާމް ވަނީ ހަނު ހުރެފައެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅި އިބްތިދާއީ މަރުހަލާގައި ދަޢުވާއަށް އިންކާރުކުރުން ފިޔަވައި އިތުރު ހުށަހެޅުމެއް ޙަސަން އިފްހާމް ހުށަހަޅާފައިވާކަން އެނގޭކަށް ނެތެވެ. އެހެންކަމުން ޙަސަން އިފްހާމްގެ ފިންގަރޕްރިންޓް މަސްތުވާތަކެތި ހުރި ރަބަރު ޕަކެޓުން ފެނިފައިވާއިރު، އެ ރަބަރު ޕެކެޓުން ޙަސަން އިފްހާމްގެ ފިންގަރޕްރިންޓް ފެންނަންޖެހޭ މަޤުބޫލު ސަބަބެއް ތަޙްޤީޤުގައިވެސް އަދި އިބްތިދާއީ މަރުހަލާގައިވެސް ޙަސަން އފްހާމި އަށް ބަޔާންކޮށްދެވިފައި ނުވެއެވެ. އެހެންކަމުން މަސްތުވާތަކެތި ހުރި ރަބަރު ޕަކެޓުން ފެނިފައިވާ ޙަސަން އިފްހާމްގެ ފިންގަރޕްރިންޓަކީ އެއަށް ފުރިހަމަ ބުރަދަނެއް ދެވިދާނަ އެއްޗެއްކަމުގައި އިބްތިދާއީ މަރުހަލާގައި ބެލެވިދާނެއެވެ. މިހިސާބުން ދަށު ކޯޓުގެ ފަނި ޑިޔާރު ގޮތްކަނޑައަޅަން އޮންނާނެކަމަކީ އެ ފިންގަރޕްރިންޓާ ގުޅުވާލެވޭނެ އިތުރު އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނެތް ޙާލަތުގައި، ހަމައެކަނި އެ ފިންގަރޕްރިންޓް ގެ ޤަރީނާއަށް ދެވެންއޮތް އެންމެ މަތިން ބުރަ ދަންދީގެން ޝަރީޢަތް ކުރިއަށް ގެންދިޔަނަމަވެސް، ކޮށްފައިވާ ދަޢުވާ ސާބިތުކުރެވިދާނެ ފުރުޞަތެއާ އޮވެދާނެތޯ ފަނޑިޔާރު ބަލއަ ގޮތް ކަނޑައެޅުމެވެ. . Cordero-Artigas v. State (2011), Court of Appeal of Florida
32. މި މައްސަލައިގައި، ދަށުކޯޓުގައި ޙަސަން އިފްހާމްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާއިރު، ދަޢުވާ ސާބިތުކުރުމަށް ޙަސަން އިފްހާމްގެ ފިންގަރޕްރިންޓް ފިޔަވައި އިތުރު އެއްވެސް ހެއްކެއް ޤަރީނާއެއް ނެތެވެ. މަސްތުވާތަކެތި ފެނުނު […] ފަސްވަނަ ފަންގިފިލާގައިވާ ކޮޓރިއަ މި މައްސަލާގައި ދަޢުވާ ރައްދުވާ ޙަސަން އިފްހާމްއާ ގުޅޭ ގޮތެއް އަދި އެ ކޮޓަރީގައި ދިރިއުޅޭކަމަށް ބުނާ އާދަމް އުނައިސް ޒަކީއާ ޙަސަން އިފްހާމްއާ ގުޅޭ ގޮތެއް އެނގޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ދައުލަތުން ހުށަހަޅާފައި ނުވާއިރު އަދި އެ މަސްތުވާތަކެއްޗާ ޙަސަން އިފްހާމްއާ ގުޅުވާލެވޭ ބުނެވުނު ފިންގަރޕްރިންޓް ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައިނުވާއިރު، ހަމައެކަނި ޙަސަން އިފްހާމްގެ ފިންގަރޕްރިންޓްގެ މައްޗަށް ރިޢާޔަތްކޮށް އެ ޤަރީނާއަށް ދެވެންއޮތް އެންމެ މަތިން ބަރުދަންދީގެން މައްސަލަ ކުރިއަށް ގެންދިޔަނަމަވެސް، ކެނެބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވެ ޙަސަން އިފްހާމްގެ މައްޗަށް އެ ކުށް ސާބިތުކުރެވިދާނެފަދަ ކާފީ ޤަރީނާއެއް ކަމަށް ހަމައެކަނި ފިންގަރޕްރިންޓް ވެދާނެކަމަށް މަދަނީ މިންގަނޑުން ބުރައެއް ނުވެވެއެވެ.
31. ނަމަވެސް މަސްތުވާތަކެތި ފެނުނުކަމަށް ބުނާ […] ފަސްވަނަ ފަންގިފިލާގައިވާ ކޮޓރިއަ ޙަސަން އިފްހާމްއާ ގުޅުމެއް އޮތްކަމުގެ މައްޗަށް ނުވަތަ ކެނެބިސް ޓްރެފިކް ކުރިކަމަށް ތުހުމަތުކުރެވުނު އަދި […] ފަސްވަނަ ފަންގިފިލާގައިވާ ކޮޓަ ރިގައި ދިރިއުޅެމުންދިޔަ ކަމަށްބުނާ އާދަމް އުނައިސް ޒަކީއާ ޙަސަން އިފްހާމްއާ ގުޅުމެއް އޮތްކަމުގެ މައްޗަށް އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހެޅިފައިވީނަމަ، ނުވަތަ އެ މަސްތުވާތަކެއްޗާ ޙަސަން އިފްހާމްއާ ގުޅުވާލެވޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނަމަވެސް ދައުލަތުން ދަށު ކޯޓަށް ހުށަހަޅައި އެކަން ފާހަގަކުރިނަމަ ކެނެބިސް ޓްރެފިކް ކުރުމުގައި ޙަސަން އިފްހާމްގެ ބައިވެރިވުން އޮތްކަމަށް މަދަނީ މިންގަނޑނު ބުރަވުމުގެ ފުރުޞަތު އޮތހެވެ.
35. ކަން މިހެން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާ ގައި ޙަސަން އިފްހާމްގެ މައްޗަށް ހުށަހެޅުނު ކެނެބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 335 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ދޢަ ވާއަށާއި ހުށަހެޅިފައިވާ ހެއްކަށް ރިޢާޔަތްކުރާއިރު ދަޢުވާ ކުރިއަށް ގެންދެވިދާނެކަމަށް މަދަނީ މިންގަނޑު ބަލާއިރު ބުރަނުވެވޭތީ، އަހުރެން ދެކެނީ އެ ދަޢުވާއަކީ މައުޟޫޢީ ގޮތުން ބަލަންޖެހޭނެ ދަޢުވއެއްނޫން ކަމަށެވެ.
36. ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2019 ޤަޟިއްޔާ ގައި ޙަސަން އިފްހާމްގެ މައްޗަށް ހުށަހެޅުނު ދަޢުވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 335 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ހަމައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
33. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
32. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 04/Cr-C/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ޕްރޮސިކިއުޓަރ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ) އަދި (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ށ) އަދި (ރ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 139 ވަނަ މާއްދާގެ (ބ)
- Criminal Procedure Code (Act 593), Laws of Malaysia, s.180(2)
- 2019/HC-A/434 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ޝަފީޤް)
- R v Galbraith [1981] 2 All ER 1060 (Court of Appeal, England and Wales)
- Public Prosecutor v Tan Boon Kean (1993), Federal Court, Malaysia
- Looi Kow Chai & Anor v PP (2003), Court of Appeal, Malaysia
- Cordero-Artigas v. State (2011), Court of Appeal of Florida
- ބެންޗު
- ޙުސައިން މަޒީދު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް