ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/31
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢައްޒާމް އަޙްމަދު، 2025/HC-B12/31
Prosecutor General v. Azaam Ahmed 2025/HC-B12/31 (2025/HC-B12/31, High Court of the Maldives, 31 August 2025)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢައްޒާމް އަޙްމަދު
މައިގަނޑު ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައުވާކުރުމުގެ މުއްދަތު ގުނުމާމެދު އެ ތުހުމަތުކުރެވޭ ފަރާތުގެ ބަންދާ ގުޅޭ ކުރީގެ ހައިކޯޓު ޤަޟިއްޔާ (2024/HC-B12/58) ގައި ގޮތެއް ކަނޑައަޅާފައިވާއިރު، ދަށުކޯޓުން އެ ނިންމުމާ ޚިލާފަށް ދައުވާ މުއްދަތު ހަމަވުމަށްފަހު ހުށަހެޅި ކަމަށް ކަނޑައެޅުން ޞައްޙައްތޯ.
ނިންމި ގޮތް
ދަޢުވާ މުއްދަތު ހަމަވުމަށްފަހު ހުށަހެޅި ކަމަށް ކަނޑައެޅި ބައި ބާޠިލު؛ 10 މަސައްކަތު ދުވަހުގެ ތެރޭގައި ދައުލަތުން އަލުން ހުށަހަޅައިފިނަމަ ނިމުނު ހިސާބުން މައްސަލަ ކުރިއަށް ގެންދިޔުމަށް އެންގި
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައިވާ 45 ދުވަހުގެ މުއްދަތު ގުނަންޖެހޭނީ ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލި ތާރީޚުން ފެށިގެންކަމަށް 2024/HC-B12/58 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، އެ ތުހުމަތާ ގުޅޭ ދަށުކޯޓުގެ މަރުޙަލާގައި އެ ކަނޑައެޅުމަށް ތަބާވާން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 21)
- ހައިކޯޓުގެ ކުރީގެ ނިންމުމަކާ ޚިލާފު ނިންމުމެއް ކަމަށް ބަލާނީ، އެ ފަހުގެ ޤަޟިއްޔާގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން ދަށުކޯޓު ތަބާވާން ލާޒިމު ކަނޑައެޅުމެއް (މެޖޯރިޓީގެ ތާއީދު ލިބިފައިވާ ސަބަބުތަކެއް) ހިމެނިގެން ކުރީގެ ނިންމުން އެއްކިބާކުރާނަމައެވެ؛ އެއް ފަނޑިޔާރެއްގެ ސަބަބުތަކަށް އެހެން ފަނޑިޔާރުންގެ ތާއީދު ނެތްނަމަ އެއީ ތަބާވާން ލާޒިމު ކަނޑައެޅުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- ހައިކޯޓުން ނިޔާކޮށް ނިމިފައިވާ ބަހުސެއް (ތަޙުޤީޤުގެ މުއްދަތު ގުނާ ގޮތް) ހަމަ އެ ފަރާތުގެ މައްސަލައިގައި ދަށުކޯޓުގައި އަލުން އުފެއްދުމަށް ހުއްދަދިނުމަކީ res judicata ގެ ހަމަތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 22)
- ހައިކޯޓުން ނިޔާކޮށް ނިންމާފައިވާ ކަމަކާމެދު ތަޙައްދީކޮށް ހުށަހަޅާ ހުށަހެޅުމަކަށް ފުރުޞަތުދީ ހައިކޯޓުގެ ނިޔާ ދަށުކޯޓުން އެއްކިބާކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
މޫސާ ތާއީދުކުރައްވާފައި( ތ އާރފ
1މިއީ، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ SHN/41/Q8C/2024,42/Q8C/2024/2025/01 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" )24 ޖުލައި 2025( އިސްތިއުނާފުކުރުމުން، މި ކޯޓުގައި ހިންގި ނަންބަރ 2025/HC-B12/31 ގަޒިއްޔާ ގެ ސަރިޔަތ ނިންމް ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.އިސްތިއުނާފު ރައްދުވަނީ ޢައްޒާމް އަޙްމަދށެވެ.
3މި ރިޕޯޓުގައި، ލަފުޒެއް ނުވަތަ އިބާރާތެއް ހިމަނަ ފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހުނުވާހައ ހިނދަކު: • "އިސްތިއުނާފުކޮށްފައިވާ ނިންމުން" ކަމުގައި ބުނެފައި އެ ވަނީ، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ SHN/41/Q8C/2024,42/Q8C/2024/2025/01 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" )24 ޖުލައި 2025( އ ށެވެ. • "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމުގައި ބުނެފައި އެ ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. • "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޢައްޒާމް އަޙްމަދ" ކަމުގައި ބުނެފައި އެ ވަނަ، ޢައްޒާމް އަޙްމަދު، އ ށެވެ. • "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ގާނޫނު( އަށެވެ. އަދި އ ގާނޫނުގެ 94 ވަނަ މާއްދާއަށް ހަވާލާދީފައި އެ ވަނީ، ގާނޫނު ނަންބަރު 21/2022 އިން އެ ގާނޫނަށް ގެނެސްފައިވާ 4 ވަނަ އިސްލާހާ ހަމައަށް އެ ގާނޫނުގެ 94 ވަނަ މާއްދާ އިސްލާހުވެފައިވ ގޮތަށާ ހަވާލާދީއެވެ. • "ދަށުކޯޓު" ކަމުގައި ބުނެފައި އެ ވަނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށެވެ.
4ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް، ގާނޫނު ނަންބަރު 2014/17 )ޖިންސީ ކުށުގެ ގާނޫނު(ގެ 18 ވަނަ މާއްދާގެ )ހ( އާ ހަވާލާދީ، އެ މާއްދާގެ )ރ(ގެ ދަށުން ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި، ގާނޫނު ނަންބަރ 2014/9 )ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު(ގެ 230 ވަނަ މާއްދާގެ )ހ( އާ ހަވާލާދީ، އެ މާއްދާގެ )ނ( ގ 2 ވަނަ ނަންބަރުގެ ދަށުން އެނގްހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވި ކުރުމަށް 4 ނޮވެންބަރު 2024 ގައި ދަށުކޯޓަށް ހުށަހެޅިއެވެ.
5އެހެނަސް، ދައުވާ ރައްދުވާ ފަރާތަކީ 23 އޮގަސްޓު 2023 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ އެ ގާނޫނުގެ 60 ވަނަ މާއްދާގެ )ށ(ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ ފަރާތެއްކަމަށާއި، މައްސަލައިގެ ދައުވާ ދަށުކޯޓަށް ހުށަހަޅާފައި ވަނީ 4 ނޮވެންބަރު 2024 ދުވަހުކަމަށް ވާތީ، ދައުވާއަކީ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ ދައުވާއަކަށް ވާތީ، ދައުވާ ބަލައިނުގަތުމަށް ދަށުކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވެއެވެ.
6ދަށުކޯޓުގައި ދައުވާ ރައްދުވާ ފަރާތަކީ 23 އޮގަސްޓު 2024 ގައް ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށާ ހާޒިރުކުރުމުން ބަންދުކުރުމަށް އަމުރުކޮށްފައިވާ ފަރާތެއް ކަމަށްވީނަމަވެސް، 12 ސެޕްޓެންބަރު 2024 ގައި ދަށުކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރި ކަމަށާއި، ދައުވާކުރުމުގެ މުއްދަތު ގުނަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ދަށުކޯޓުގެ ނަންބަރު Q8C/RN/2024/6 "ރަޖިސްޓްރާރގެ ނިންމުން" )05 ނޮވެންބަރު 2024(. ގާނޫނުގެ 94 ވަން މާއްދާގަ )ނ( އާ އެއްގޮތުގެ މަތިންކަމަށްބުނ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ދަށުކޯޓަށް ހުށަހަޅާފައިވެއެވެ.
7މި ހުށަހެޅުމާގުޅިގެން ދަށުކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖައާކޮށް، ހައިކޯޓުގެ ނަންބަރު 2024/HC-B12/58 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢައްޒާމް އަޙްމަދު( ގަޒިއްޔާގައި 94 ވަނަ މާއްދާގެ )ނ( ގައި ބަޔާންކުރާ 45 ދުވަހުގެ މުއްދަތު ގުނަން ފަށާނީ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކުރެވޭ ތާރީހުނ ކަމަށް މާނަކޮށް ނިންމާފައިވާތީ، އެ ނިންމުމާ އެއްގޮތަށް މުއްދަތު ގުނުމުން މި މައްސަލަ ދަށުކޯޓަށް ހުށަހަޅާފައިވަނީ ދައުވާކުރުމުގެ މުއްދަތިގެ ތެރޭގައި ކަން އެނގެން އޮންނަކަމަށއަ،މައްސަލައަކީ ދަށުކޯޓަށް ބަލައިގަނެވޭނެ މައްސަލައެއްކަމަށް ކަނޑައު ޅައި، ނަންބަރ Q8C/2024/42 Q8C/2024/41, ގަޒިއްޔާއިން މި ދައުވާތައް ބަލަން ފެށިއެވެ.
8މި ގަޒިއްޔާތަކުގެ އިބްތިދާއީ މަރުހަލާގައި އިސްތިއުނާފު ރައްދުވާ ފރާތުނަ ސަރިޔަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމުގައި އެދިފައެ ވަނީ ދައުވާކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވެނ މާއްދާގަ )ހ( ގައި ދައުވާކުރުމަށ ކަނޑައަޅާފައިވް މުއްދަތާ ހަމަވިފަހުން ކަމަށްވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މްއާ ދާގެ ދަށުން ދައުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާއެއ ހުށަހަޅާކަމަށާއި، މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދައުވާ ބާތިލުކުރުމަށެވެ.މި ހުށަހެޅުމާގުޅިގެން ދަށުކޯޓުން ނިންމާފައި ވަނީ މި މައްސަލައިގައި ދައުވާކުރުމުގެ މުއްދަތު ގުނުމުގައި ތަތުބީގުކުރަންޖެހޭނ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ނ( ކަމަށާއި، އެ މާއްދާގެ ދަށުން މުއްދަތު ގުނާއިރު، ދައުވާކޮށްފައިވަނީ ދައުވާކުރުމުގެ މުއްދަތު ހަމަވިފަހުންކަމަށެވެ. ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށްއެދ ހުށަހަޅި ފޯމާ )14 ނޮވެންބަރު 2024.(
9އިސްތިއުނާފުކޮށްފައި ވަނީ ދަށުކޯޓުގެ މި ނިންމުމެވެ.
10އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ އެއީ ނުކުތާއެވެ.
11އ ނުކުތީ ގ އ ފާހަގަކޮށްފައި ވަނަ، އިސްތިއުނާފުކޮށްފައިވާ ނިންމުމުން ދައުވާކުރާ ފަރާތުގެ ރިފަރެންސް ނަންބަރު: 1277/2024/Q8C/3 ދައުވާ ހުށަހަޅާ ފޯމުން ޢައްޒާމް އަޙްމަދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއެ އެނގުހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާގެ މައްސަލަ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަމާއްދާގެ )ނ( މާނަކޮށް، ތަތުބީގުކޮށްފައިވަނ، ގާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު( ގެ 3 ވަނަ މާއްދާގެ )ނ( އާއި، )ރ( އާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ )ޅ( އާއި، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2024/HC-B12/58 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢައްޒާމް އަޙްމަދު( ގަޒިއްޔާއާ ހިލާފަށްކަމަށެވެ.
11.1 މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި އެއް ކަމަކީ،އިސްތިއުނާފުކޮށްފައިވާ ނިންމުމުގައި އުފައްދާފައިވާ ބަހުސަކީ ހައިކޯޓުގެ ނަންބަރ 2024/HC-B12/58 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢައްޒާމް އަޙްމަދު( ޤަޟިއްޔާއިން ގޮތއެ ކަނޑައަޅާފައިވް ބަހުސެއް ކަމަށެވެ. އެގޮތުން، އެ ގަޒިއްޔާގައި މި މައްސަލައިގައި ދައުވާކުރުމުގެ މުއްދަތު ގުނަންޖެހޭ ގޮތާމެދު ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ.
11.2 ދެން ފާހަގަކުރާ ކަމަކީ، ރަޖިސްޓްރާރގެ ނިންމުން މުރާޖައާކޮށ މައްސަލް ބަލައިގަތުމަށް ނިންމި އިރުވެސް ތަތުބީގުކޮށްފައިވަނީ ހައިކޯޓުގެ ނަންބަރ 2025/HC-B12/58 ގަޒިއްޔާ ކަމަށެވެ. އަދި އެ ގަޒިއްޔާގައި ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވާނަ މާއްދާގަ )ނ( ގެ ދަށުން މުއްދަތް ގުނާނީ ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލާ ތާރީހުނ ފެށިގެން ކަމަށެއި، އެއީ އިއްތިފާގުން ނިންމާފައިވާ ގަޒިއްޔާއެއް ކަމަށެވެ. ދަށުކޯޓުން މުއްދަތު ގުނުމުގައި ތަތުބީގުކޮށްފައިވާ ހައިކޯޓުގެ ނަންބަރ 2023/HC-A/384 ގަޒިއްޔާގައި 94 ވަނަ މާއްދާގެ )ނ( މާނަކުރުމާގުޅޭ ރޭޝިއޯ ޑެސިޑެންޑީއެއް ނެތްކަމަށެވެ. ވީމާ، އެ ނިންމުމަކީ ދަށުކޯޓުން ތަބާވާން ލާޒިމު ނިންމުމެއް ނޫންކަމަށެވެ. އެއާ ހިލާފަށް، ހައިކޯޓުގެ ނަންބަރު 2025/HC-B12/58 ގަޒިއްޔާގެ ނިންމުމަކީ ދަށުކޯޓުން އެ ނިންމުމަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށެވެ.
12މ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުނިއަންނަނިވި ކަންކަން ފާހަގަކޮށްފައވެއެވެ.
12.1 މި މައްސަލައިގައި ހައިކޯޓުގެ ނަންބަރު 2025/HC-B12/58 ގަޒިއްޔާ ނިންމާފައިވަނިކޮށް އެއަށްވުރެ ފަހުން ހައިކޯޓުން އެ ކޯޓުގެ ނަންބަރ 2023/HC-A/384 އަދި 2024/HC-A/183 ގަޒިއްޔާއިން ހަމަ އެ މައުލޫގައި އެހެންގޮތަކަށް ނިންމާފައިވާކަމަށެވެ. ވީމާ، ތަތުބީގުކުރަންޖެހޭނީ ފަހުން ނިންމި ގަޒިއްޔާ ކަމަށް ދެކޭކަމަށެވެ.
12.2 މި މައްސަލައިގާ ތަހުގީގުކުރުމުގެ މުއްދަތު ގުންނަންޖެހޭނ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ހ( ގައިވާ ގޮތުގެ މަތިން އިސްތިއުނާފު ރައްދުވާ ފަރާތް މައްސަލައިގެ ތުހުމަތުގައި އެންމެ ފުރަތަމް ބަންދުކުރުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށު ހާޒިރުކުރި ދުވަހުން ފެށިގެން ކަމަށ ގަބޫލުކުރާކަމަށެވެ. އެފަދައިން މުއްދަތު ގުނުމުން ދައުވާ ހުށަހަޅާފައިވަނީ މުއްދަތު ފާއިތުވުމަށްފަހު ކަމަށެވެ. އެދފައިވި ގޮތް:
13އިސްތިއުނާފުކުރާ ފަރާތުން އެދިފައި ވަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުމުން ޢައްޒާމް އަޙްމަދުގެ މައްޗަށ ދައުވާކުރާ ފަރާތުގެ ރިފަރެންސް ނަންބަރ 1277/2024/Q8C/3 )4 ނޮވެންބަރު 2024 ( ދައުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ ދައުވާތަކަކ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ ދައުވާތަކެއްކަމަށ ކަނޑައަޅައް ނިންމާފައިވާ ނިންމުން ބާތިލުކޮށް، އ ނިންމުމގައ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ނ( މާނަކޮށް، ތަތުބީގުކޮށްފައިވަނީ، ގާނޫނު ނަންބަރ 2011/4 )މާ ނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު(ގ 3 ވަނަ މާއްދާގެ )ނ( އާއި، )ރ( އާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ )ޅ( އާއި، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ހިލާފަށް ކަމަށު ކަނޑައަޅައި، ހައިކޯޓުގެ ނަންބަރ 2024/HC-B12/58 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢައްޒާމް އަޙްމަދު( ގަޒިއްޔާއާއި، މި ގަޒިއްޔާގައި ހައިކޯޓުން ކަނޑައަޅާ އުސޫލުތަކަށް ރިއާޔަތްކޮށް، ޢައްޒާމް އަޙްމަދ މައްޗަށު ދައުވާކުރާ ފަރާތުގެ ރިފަރެންސް ނަންބަރ 1277/2024/Q8C/3 )4 ނޮވެންބަރު 2024( ދައުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ ދައުވާތަކ ގުޅިގެނާ އޭނާ ހުށަހެޅި ސަރިޔަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ގޮތެއް ނިންމުމާ ހަމައިން އެ މައްސަލަ އަލުން ކުރިއަށް ގެންދަންޖެހޭކަމަށ ކަނޑައަޅައިދިނުމަށެވެ.
14އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައި ވަނީ، ޢައްޒާމް އަޙްމަދުގެ ފަރާތުން ސަރިޔަތުގެ ކުރިން ހުށަހެޅ ހުށަހެޅުމާ ގުޅިގެން ޢައްޒާމް އަޙްމަދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދވޭނެކަމަށ 24 ޖޫން 2024 ވަނަ ދުވަހުގެ ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ކަނޑައަޅައިދިނުމަށެވެ.
15މި އިސްތިއުނާފުގައި އޮތް މައިގަނޑު ސުވާލު ބިނާ ވަނީ، އިސްތިއުނާފުކޮށްފައިވާ ނިންމުން ދަށުކޯޓުން ނިންމިއިރު ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އަށް ރިއާޔަތްކް ރ ގޮތި މެދަށެވެ. ހާއްސަކޮށް ހައިކޯޓުގެ ނަންބަރ 2024/HC-B12/58 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢައްޒާމް އަޙްމަދު( ގަޒިއްޔާ )މީގެފަހުން "58 ނަންބަރު ގަޒިއްޔާ"( އަށް ރިއާޔަތްކުރި ގޮތާ މެދުގައެވެ.
16މި ސުވާލު ބިނާ ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަން މާއްދާގަ )ނ( ގެ ދަށުން މުއްދަތު ގުނަންޖެހޭ ގޮތާމެދު ހައިކޯޓުން ދެގޮތަކަށް ދެ ނިންމުމެއް އޮތްކަމަށެ ދަށުކޯޓަށް ފާހަގަވފައި ވާތީ އެކަމުގެ މައްޗަށެވެ.
17ޕްރިސިޑެންސް 158 ނަންބަރު ގަޒިއްޔާގެ ނިންމުމަށް ބަލާއިރު، އ ނިންމުމަކީ އިސްތިއުނާފު ރައްދުވެފަރާތގު މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ދަށުކޯޓުނު ބަންދުމެދ ނިންމި ގޮތަކާމެދު އިސްތިއުނާފެ ކުރެވުނުގަޒިއްޔާއެކެވެ. އ ގަޒިއްޔާގައި ޖަވާބު ދިން ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނި މާއްދާގަ )ނ(ގައި ބަޔާންކުރާ
45 )ސާޅީސް ފަހެއް ( ދުވަސް ގުނަން ޖެހޭނީ، ދައުވާލިބޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރި ދުވަހުން ފެށިގެންތޯ، ނުވަތަ ބަންދުގައި ބެހެއްޓުމަށް ފަހުބަންދން ދޫކޮށްލާ ހާލަތުގައާބަންދުން ދޫކޮށްލި ދުވަހުން ފެށިގެންތި އާމެދުއެވެ.އެ ގަޒިއްޔާގައި ކަނޑައަޅާފައި ވަނީ، 45 )ސާޅީސް ފަހެއް ( ދުވަހުގެ މުއްދަތު ގުނަންޖެހޭނީ ބަންދުން ދޫކޮށްލިތާރްހީ ނެފެށިގެނކަމަށެވެ. މިހެންވް، އިސްތިއުނާފެ ރައްދުވު ފަރާތުގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތަހުގީގ ނިންމަންޖެހޭމުއްދަތު ހަމަވެއްޖެ ކަމަށް ދަށުކޯޓުން ބީ ލ ފައް ވަނި ގޯސްކޮށްކަން އެ ގަޒިއްޔާގެ ކަނޑައެޅާނ ތަކުން ސާފުކޮށް އެނގެއެވެ.
18ޕްރިސިޑެންސް 258 ނަންބަރާ ގަޒިއްޔާ ގެ ނިންމުމްޚ ލާފަށި،ޖިނާއީ އިޖުރާއަތުގެ ގާނޫނު މާނަކޮށް އެހެން ގަޒިއްޔާއެއް ނިންމާފައިވާ ކަމަށް ބުނެ ދަށުކޯޓުން ފާހަގަކޮށްފައި ވަނީ ހައިކޯޓުގެ ނަންބަރު 2024/HC-A/183 ގަޒިއްޔާ އާއި ނަންބަރު 2023/HC-A/384 ގަޒިއްޔާއެވެ. ނަމަވެސް، މި ދ ގަޒިއްޔާގައި 58 ނަންބަރު ގަޒިއްޔުގާ ނިންމް ން އެއްކިބާ ކުރަންޖެހޭ ފަދަ އެއްވެސ ކަމެއް ކަނޑައަޅާފައި ނުވެއެވެ.މި ދެ ގަޒިއްޔާގް އ ހުކުމަށް ވާސިލުވފައެ ވަނިއ ދެ ގަޒިއްޔާބެއްލެވި އެއްވެސް ފަންޑް ޔާރކު ފާހަގަކުރެއްވި ގާނޫނީ ސަބަބުތަކަށް އެހެން އެއްވެސް ފަނޑިޔާރެއްގެ ތާއީދު އޮވެގެނެއް ނޫނެވެ.އަދި ފާހަގަވާ އަނެއްކަމަކ، ދަށުކޯޓާނު ގޮތް ނިންމަފައ ވަނި މި ދެ ގަޒިއްޔާގައިވާ އެއްވެސް ރައުޔި އ ވެސް ނެގެހެއްޓޭ ގޮތކަށ ވެސް ވަކް ނޫންކަމެވެ.
19ހަގީގަތަކީ، ހައިކޯޓުގެ ނަންބަރު 2024/HC-A/183 ގަޒިއްޔާ އާއި ނަންބަރު 2023/HC-A/384 ގަޒިއްޔާގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ )ނ( ތަތުބީގުކުރުމާ ގުޅޭގޮތުން، ގާނޫނުއަސާސީގެ 143 ވަން މާއްދާގަ )ރ( ގައިވާ ގޮތުގެ މަތިނަދަށުކޯޓު ން ތބާވުނ ލާޒިމް އެއްވެސ ކަމެއް ކަނޑައެޅިފައި ނެތްކަމެވެ. އަދި އަމުދުން، 58 ނަންބަރު ގަޒިއްޔާ ގެ އެއްވެސް ކަނޑައެޅުމެއް އެއްކިބާކުރަން ޖެހޭފަދަ އެއްވެސް ކަނޑައެޅުމެއް އެ ދެ ގަޒިއްޔާގައި ކަނޑައަޅާފައި ނުވާކަމެވެ.
20ޕްރިސިޑެންސް 3އަދި ސާފުކޮށް ފެންނަން އޮތް އަނެއް ހަގީގަތަކީ، އިސްތިއުނާފު ރައްދުވާ ފަރެ ތުގެ މައްޗަށާ ކުރެވޭ ތުހުމަތުގެ ތަހުގީގު ނިންމުމަށެ ޖިނާއީ އިޖުރާއަ ތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވ ގޮތުގެ މަތިން ލިބޭނެ މުއްދަތާ ގުޅޭ ގޮތުން އޮތް ބަހުސަކީ 58 ނަންބަރު ގަޒިއްޔާ ގައި ހައިކޯޓުން ގޮތެއް ކަނޑައަޅައި،ކަނޑައެޅި ނިޔާގެ ބާރުލިބޭ ނިމިފައި އޮތް ބަހުސެއް ކަމެވެ.
2158 ނަންބަރު ގަޒިއްޔާ ގައް ކަނޑައަޅާފައި ވަނީ، އިސްތިއުނާފެ ރައްދުވު ފަރާތުގާ މައްޗަށ ކުރެވޭ ތުހުމަތުގެ ތަހުގީގު ނިންމުމަށް، ޖިނާއީ އިޖުރާއާތު ގާނޫނުގެ 94ވަނަ މާއްދާގެ )ނ( އަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލި ދުވަހުން ފެށިގެން 45 ދުވަސް ލިބޭނެ ކަމަށެވެ. މި މުއްދަތުގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިކަމާމެދކަ މި މައްސަލައިގައި ސުވާލެއް ނުއުފެދެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާ އުފުލިކަމާމެދަކ ވެސް ސުވާލެއް ނުއުފެދެއެވެ.
22ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށްމައްޗަށް ކުރެވޭ ތުހުމަތުގެ ތަހުގީގު ނިންމުމަށް، ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 އިން ރިއާޔަތްކުރާނެ އަކުރަކާއި، އެ އަކުރުގެ ދަށުން މުއްދަތު ގުނަންވީ ގޮތަކާމެދު 58 ނަންބަރު ގަޒިއްޔގައާހައިކޯޓުނ ވަކިގޮތަކަށް ނިޔާކޮ ށ ނިމިފައި ވަނިކޮށް، އެ ނިޔާއިން ކަނޑައެޅި މުއްދަތު ފަހަނައެޅިކަމާމެދގައި ނޫން ގޮތަކަށް، ތަހުގީގުގެ މުއްދަތާ ގުޅޭ ގޮތުން ދަށުކޯޓުގައި އަލުން ބަހުސެއް އުފެއްދުމަކީ res judicata ގެ ހަމަތައް ނިޔާކުރާ ގޮތުނަދަށުކޯޓުންހުއްދދީގެނ ވާން ކަމެއް ނޫނެވެ.
23ޕްރިސިޑެންސް 4މިހެންވެ،ހައިކޯޓުން ނިޔާކޮށް ނިންމާފައިވްކަމަކމެދު ތަޙައްދީކޮށް ހުށަހެޅި ހުށަހެޅުމަކަށް ފުރުސަތުދީ، 58 ނަންބަރު ގަޒިއްޔާ ގ ނިޔާ ދަށުކޯޓުން އެއްކިބާކޮށްފައ ވަނި ރަނގަޅަށްކަމުގައި ބަލާނެ އެއްވެސް ހަމައެއް ނެތެވެ.
24ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމުން، އިސްތިއުނާފުކޮށްފައިވާ ނިންމމުގައު ދައުވާކުރާ ފަރާތުގެ ރިފަރެންސް ނަންބަރ 1277/2024/Q8C/3 )4 ނޮވެންބަރު 2024 ( ދައުވާ ހުށަހަޅާ ފޯމުން ހުށަހަޅާފައިވާ ދައުވާތަކަކ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަން މާއްދާގަ )ނ( ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ ދައުވާތަކެއްކަމަށަކަނޑައަޅާއި އެ ދައުވާތައް ބެލޭނެ ތަނެއް ނެތްކަމަށް ކަނޑާއަޅފައިވ ބައި ބާތިލުކޮށް، ހުވަދުއޮތަޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 41/Q8C/2024، 42/Q8C/2024 ގަޒިއްޔާއިން ބަލާފައިވާދާއަ ވ، މިއަދުން ފެށިގެން މަސައްކަތު 10 )ދިހައެއް( ދުވަސްތެރޭގައި، ދައުލަތުންޢައްޒާމް އަޙްމަދގު މައްޗަށް އަލުން ހުށަހަޅައިފިނަމަ، އެ މައްސަލަ ކޯޓުން ބަލައިގަނެ،ނިމިފައިވާ ހިސާބުން ފެށިގެން މައްސަލަ ކުރިއަށް ގެންދިޔުމަށް އަންގައި، މި ގަޒިއްޔާ ނިންމަން ފެނެއެވެ.
25މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
26މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާ (ހ)، (ށ)، (ނ) (ޤާނޫނު ނަންބަރު 21/2022 ގެ 4 ވަނަ އިޞްލާޙާއެކު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)، 119 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)، (ރ) އަދި 12 ވަނަ މާއްދާގެ (ޅ) (އިސްތިއުނާފުކުރި ފަރާތުގެ ނުކުތާ)
- ހައިކޯޓުގެ 2024/HC-B12/58 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢައްޒާމް އަޙްމަދު) ޤަޟިއްޔާ
- ހައިކޯޓުގެ 2024/HC-A/183 ޤަޟިއްޔާ
- ހައިކޯޓުގެ 2023/HC-A/384 ޤަޟިއްޔާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ މިފްރާޒް ނިޒާރު
- ބެންޗު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން، ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް