ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-B12/2
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ އަންވަރު މުޙައްމަދު، 2026/HC-B12/2
Prosecutor General v. Ali Anwar Mohamed 2026/HC-B12/2 (2026/HC-B12/2, High Court of the Maldives, 20 January 2026)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ އަންވަރު މުޙައްމަދު
މައިގަނޑު ސުވާލު
ހައްޔަރުކުރުމުގެ އަމުރާއި ބަލައި ފާސްކުރުމުގެ އަމުރު އެކުއެކީ ނެރުނުއިރު، ބަލައި ފާސްކުރުމުގެ ކުރިން ހައްޔަރުކުރުމުން ހައްޔަރު ގޯސްވޭތޯއާއި، ކުރިން ބަންދުކުރުމަށް ނިންމި ނިހާއީ އަމުރެއް އޮއްވާ ބަންދު އިތުރުކުރުމަށް އެދުނުއިރު ހައްޔަރުގެ އިޖުރާއަތު ގޯސްކަމަށް ބުނެ ބަންދުން ދޫކުރުން ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ (ބަންދުން ދޫކުރުމުގެ) އަމުރު ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގެ ދަށުން މީހަކު ހައްޔަރުކުރެވޭނީ (1) ކުށެއް ކުރަނިކޮށް ފެނުމުން ނުވަތަ ކުށެއް ކުރިކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ (2) ކޯޓު އަމުރަކުން ހުއްދަ ލިބިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
- ޖިނާއީ އަދުލުގެ ނިޒާމުގައި ހައްޔަރު އަމުރެއް ތަންފީޛުކުރުމަށްޓަކައި ބަލައި ފާސްކުރުމުގެ އަމުރު ފުރަތަމަ ތަންފީޛުކުރުން ލާޒިމުކުރާ އިޖުރާއަތެއް ނެތެވެ؛ ވަކި ޝަރުޠުތަކެއް ލާޒިމުނުކުރާ ހައްޔަރު އަމުރަކީ އެގޮތުގައި ތަންފީޛުކުރެވޭނެ އަމުރެކެވެ. ކޯޓުން ނެރޭ އަމުރެއް އަނެއް އަމުރެއްގެ މައްޗަށް ތަރުތީބުވާނީ ނުވަތަ ބިނާވާނީ ޤާނޫނާއި ގަވާއިދުގައި ނުވަތަ އަމުރުގައި އެފަދައިން ބަޔާންކޮށްފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25)
- ހައްޔަރު އަމުރު ތަންފީޛުކުރެވޭނީ ބަލައި ފާސްކޮށް ހެކި ޤަރީނާ ހޯދުމަށްފަހުގައިކަމަށް ޝަރުޠެއް އަމުރުގައި ނެތްނަމަ، ބަލައި ފާސްކުރުމުގެ ކުރިން ހައްޔަރުކުރުމުން ހައްޔަރު ގޯސްވެ ބަންދުން ދޫކުރަންޖެހޭކަމަށް ކަނޑައެޅުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- ހައްޔަރުކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް، ހައްޔަރުކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަން ކަނޑައަޅައި ބަންދުކުރުމަށް ނިންމި އަމުރު ނިހާއީ ވެފައިވާނަމަ، އެ ނިންމުމަށް ބަދަލު ގެންނަންޖެހުނު އަސާސެއް ބަޔާންނުކޮށް، ބަންދު އިތުރުކުރުމަށް އެދުނު މަރުޙަލާގައި ހައްޔަރާމެދު އަލުން ގޮތެއް ކަނޑައަޅައި ހައްޔަރުގެ އިޖުރާއަތު ގޯސްކަމަށް ބުނެ ބަންދުން ދޫކުރުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21، 26-27)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/2116 "ކޯޓު އަމުރު" )ބަންދުން ދޫކުރުން( އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ )މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައި( ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި މިކޯޓުގެ ނަންބަރު 2026/HC-B12/02 ޤަޟިއްޔާއެކެވެ.
2މ ޤަޟިއްޔާގައި އިސްތިއުނާފި ރައްދުވު ފަރާތަކީ، ސ.ހިތަދޫ / ކޯޒީކޯނަރު، ޢަލީ އަންވަރު މުޙައްމަދ )މީގެ ފަހުން "ޢަލީ އަންވަރު މުޙައްމަދު" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބުނެފައި( އެވެ. މައްސަލައިގެ ފަސްފަހަތް:
3އިސްތިއުނާފު ރައްދުވު ފަރާތާއި އިތުރު ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ދިވެހިންގ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސ އިންޓެލިޖެންސް އަށް ލިބުން މައުލޫމާތާއ ގުޅިގެނި އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކުރުމުގެ އަމުރަކަށް ދިވެހި ފުލުހުންގެ ފަރާތުނ 11 އޮކްޓޫބަރު 2025 ދުވަހު ކްރިމިނަލް ކޯޓުގައި އެދުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/HA/2025/1400 "ކޯޓު އަމުރު" )ހައްޔަރުކުރުން( ނެރުނެވެ.
4ހައްޔަރުކުރުމުގެ އަމުރުގެ އިތުރުން ދިވެހި ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/BFA/2025/1402 "ކޯޓު އަމުރު" އިން ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރެއް ހަމަ މިތާރީޚުގައި ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ.
5ބަޔާންކުރެވުނު ދެ އަމުރުގެ ތެރެއިން އެންމެ ފުރަތަމަ ފުލުހުން ތަންފީޛުކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/HA/2025/1400 "ކޯޓު އަމުރު" )ހައްޔަރުކުރުން( އެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/BFA/2025/1402 "ކޯޓު އަމުރު" )ތަންތަނާއ ތަކެތި ބަލި ފާސްކުރުމުގެ އަމުރު( ތަންފީޛުކޮށްފައިވަނ އިސްތިއުނާފީ ރައްދުވު ފަރާތާ ހައްޔަރު ކުރުމަށްފަހު ޕޮލިސް ސްޓޭޝަނަކަށ ޙާޟިރުކޮށް ހައްޔަރާމެދު ގޮތެއް ކަނޑައެޅުމަށްފަހު މިފަރާތ ގޮވައިގެން ގޮސްކަމަށ ދައުލަތުން ފާހަގަކުރެއެވެ.
6ބަލައި ފާސްކުރުމުގެ ތެރެއިން އިސްތިއުނާފު ރައްދުވާ ފަރާތް ދިރިއުޅޭ ކ.މާލެ، އެއަރޑޯން އިން މަސްތުވާތަކެތި ވިޔަފާރި ކުރަން ޢާންމުކޮށް ގެންގުޅޭ އާލަތްތަކުގެ ތެރެއިން ޑިޖިޓަލް ކައްޓާއާއި ހުސް ރަބަރު ޕެކެޓްތައް ފެނިފައިވެއެވެ.
7އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، 13 އޮކްޓޫބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކޮށްފައިވަނީ، ޤާނޫނ އެއްގޮތަށްކަމަށް ކަނޑައަޅައި، 05 )ފަހެއް( ދުވަހުގެ މުއްދަތަށް ބަންދުކުރިއެވެ.
8އެއީ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/2081 "ކޯޓު އަމުރު" )ބަންދުކުރުން( އިންނެވެ. މިއަމުރުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކޮށްފައިވަނީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ނ( ގެ 1 އަދި 3 ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތްތައް ހުރުމުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައ ކަން އެއަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށްކަމަށާއ މިފަރާތަކީ ކުށުގެ ރިކޯޑު އޮތް ފަރާތެއްކަމަށާއި، މިނާގެ ބަންދަށް 5 )ފަސް( ދުވަސް ޖަހާފައިވަނީ މީނާގެ ވަކީލު މީނާއާ ބައްދަލުނުވާކަމަށް ބުނެފައިވާތީކަމަށް މިއަމުރުގެ އިތުރު ބަޔާނުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. ދައުލަތުން ހުށަހެޅި އިސްތިއުނާފު ފޯމުގެ މައްސަލައިގެ ފަސްފަހަތުގެ "ޕްރެގްރާފް 1.4 " ގައި މިފަދައިން ފާހަގަކޮށްފައވި
9އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރި 5 )ފަސް( ދުވަހުގެ މުއްދަތު 18 އޮކްޓޫބަރު 2025 އަށް ހަމަވާތީ، އިތުރަށް ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.
10ނަމަވެސް، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/2116 "ކޯޓު އަމުރު" )ބަންދުން ދޫކުރުން( ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ. ސަބަބެއްކަމަށް އެއަމުރުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "3 . މީނާގެ މައްޗަށް ކުރެވޭ ތުހުމަތާއި ގުޅިގެން މީނާ ހައްޔަރުކުރުމަށާއި، ތަންތަނާއި ތަކެތި ބަލައި ފާސްކުރުމަށ އަމުރް ނެރެދީފައިވާއިރު، ފުލުހުންގެ ފަރާތުން އެންމެ ފުރަތަމަ ތަންފީޛުކޮށްފައިވަނ ހައްޔަރުކުރުމުގެ އަމުރެވެ. އެގޮތުން މީނާ ސައިކަލެއްގައި ބޮޑުތަކްރުފާނު މަގުން އުތުރުން ދެކުނަށް ދުއްވާފައި އައިސް އަމީނީ މަގުން ވަދެގެން އަންނަކަމުގެ މައުލޫމާތު ސީ.އެން.އޯ.ޑީ ގެ ފުލުހުންނަށް ލިބިގެން މީނާ ދިރާގު ހެޑް އޮފީސް ކުރިމަތިން ހުއްޓުވައި ހައްޔަރުކުރުމުގެ އަމުރު މީނާއަށް ދެއްކުމަށްފަހު މަސްތުވާތަކެތި ބޭނުންކޮށްގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައ އިސްވެ ބަޔާންކުރެވުނު އަމުރުގެ ދަށުން ހައްޔަރުކުރެވުނުކަން އަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމާއި، އަދި މީނާގެ ހަށިގަނޑާއި ލައިގެންހުރި އަންނައުނު ބަލާފާސް ކުރުމުން ތުހުމތުކުރެވ މައްސަލައެ ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް ސީނަށްދިޔަ ފުލުހެއްގެ ބަޔާނުގައި އޮވެއެވެ. އެއަށްފަހު މީނާގެ ހައްޔަރާމެދު ގޮތެއް ކަނޑައެޅުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށް މީނާގެ ހައްޔަރު ދަމަހައްޓަން ނިންމާފައިވާކަން "ހައްޔަރުކޮށްގެން ގެނެވޭ މީހުންގެ ހައްޔަރާމެދު ގޮތެއް ކަނޑައަޅާ ފޯމް" އަށް ބެލުމުން އެނގެން އޮވެއެވެ. މިފޯމުގައި ހައްޔަރުކުރުމާއިމެދު ނިންމިގޮތުގެ ތަފްސީލަށް ބަލާއިރު، އެ ފޯމުގައި ބަޔާންކޮށްފައިވަނީ "މީނާ އިސްވެހުރެ މާލެ މަސްތުވާތަކެތި ބޭނުންކށ ގެންގުޅެ އެތަކެތި ޓްރެފިކްކުރުމަށް ތުހުމަތުކުރެވޭ މައްސަލައިގައި މީނާ ހައްޔަރުގައި ބަހައްޓައިގެން މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް" މިފަދައިންނެވެ.
4. ޤަވާއިދު ނަންބަރު R-1052/2019 )ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދު( ގ 48 ވާނަ މާއްދާގަ )ށ( ގެ ދަށުން، ފުލުހުން މީހަކު ހައްޔަރުކޮށްފިނަމަ، ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ގެންގޮސް، ފުލުހުންގެ މަރުކަޒަށް ގެންދެވޭ މީހް އަކީ ތުހުމަތުކުރެވޭ ކުށާ ގުޅިގެން ސުވާލުކުރަންޖެހޭ މީހެއްކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމާއިމެދ ގޮތެއު ކަނޑައަޅަންޖެހޭކަން ބަޔާންކޮށްފައި އޮވެއެވެ. މިޤަވާއިދުގައ ތުހުމަތުކުރެވި ކުށާ ގުޅިގެން ސުވާލުކުރަންޖެހޭ މީހެއްކަމަށް ކަނޑައަޅައި ބަންދުގައި ބެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތައް ނުވަތަ ތަފްސީލެއް ހިމަނާފައިނުވެއެވެ.
5 .މ މައްސަލައިގައި މީނާ ހައްޔަރުކުރުމަށްފަހު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއިމެދ ގޮތެއު ނިންމަވައިދެއްވުމަށް އެދުމުން، ހައްޔަރު ދަމަހައްޓަން ނިންމާފައިވަނީ ޤަވާއިދު ނަންބަރ R-1052/2019 )ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދު( ގ 48 ވަނި މާއްދާގަ )ށ( ގެ ދަށުން، ތުހުމަތުކުރެވޭ ކުށާ ގުޅިގެން ސުވާލުކުރަންޖެހޭ މީހެއްކަމަށް ކަނޑައެޅިއިރު، މިމައްސަލައިގައި މިކޯޓުން ދޫކޮށްފައިވާ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރް ތަންފީޛުކޮށް މައްސަލައާއިގުޅޭ ހެކި ގަރީނާ ހޯދިފައިނުވެއެވެ. ކަންމިހެންއޮތްއިރު، މައްސަލައާ ގުޅޭ ހެކިޤަރީނާ ލިބުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށް ސުވާލުކުރަންޖެހޭ މީހެއްކަމަށް ކަނޑައަޅައި، ބަންދުގައި ބެހެއްޓުމަށް ނިންމީ ކޮންހަމަޔަކުންކަމއް ފުލުހުންގެ ފަރާތުން ބުނެދެވިފައިނުވެއެވެ.
6 . ތަންތަނާއި ތަކެތި ބަލައި ފާސްކުރުމަށް މިކޯޓުން ދީފައިވާ އަމުރާއެކު މީނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެދީފައިއޮތް އޮތުމުގެ މައްޗަށް ބަލާއިރު، ފުރަތަމަ ތަންފީޛުކުރަންވާނީ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރުކަމާއި، އެގޮތުން ބަލައި ފާސްކުރުމުގައި މާ އްސަލައ ގުޅާ ހެކި ލިބިއްޖެނަމަ ހައްޔަރުކޮށް ބަންދުކުރުމަށް ކަނޑައެޅިދާނެކަމާއި، އޭގެ ބަދަލުގައި ހައްޔަރުކުރުމުގެ އަމުރެއް އޮތްނަމަވެސް، މައްސަލައާ ގުޅޭ ހެކި ޤަރީނާ ލިބުމުގެ ކުރިން އެ އަމުރު ތަންފީޛުކުރަންޖެހޭ މަޤުބޫލު ސަބަބަކާނުލައި )މިސާލަކަށް ތުހުމަތުކް ރެވޭ ފަރާތުން ބަލައި ފާސްކުރުމަށް އެއްބާރުލުން ނުދިނުން ނުވަތަ ހެކި ނައްތާލަން އުޅުން ފަދަ ކަންކަން( ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ނިންމާއިރު އަދި ހައްޔަރުކުރުމުގައި ރަނގަޅު ނޫންގޮތަކަށް އަމަލުކުރެވިފައިވާކަމަށް ބެލެވޭއިރު، ޤާނޫނާ ޚިލާފަށް ބަންދުގައި ބަހައްޓައިގެން ހޯދާ ހެކި ޤަރީނާއާއި ތަޙުޤީޤުން ނެރޭ ނަތީޖާ ބޭކާރުވެދާނެކަމަށް ދެކެމެވެ.
7 . އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިންހުރުމުނ މީން ހައްޔަރުކޮށް ހައްޔަރާމެދު ގޮތެއް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، މީން ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަންހުރިކަމަށް ބ ލެވޭތީ، މީނާ ބަންދުން ދޫކޮށްލުމަށް ނިންމަމެވެ. ނަމަވެސް، މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާގުޅިގެން، ބަލައި ފާސްކޮށް މައްސަލައާ ގުޅޭ ހެކި ޤަރީނާ ހޯދާފައިވާތީ، އެކަންކަމުގެ މައްޗަށް ބިނާކޮށް އަލުން މީނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދުމަށް ހުރަހެއް އޮތްކަމަށް ނުދެކެމެވެ." މިއެވެ.
11މ އިސްތިއުނާފި ޤަޟިއްޔާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްވެބަޔާންކުރެވިދިޔަ ކޯޓެ އަމުރު އިސްތިއުނާފުކުރުމުން ބެލެވޭ ޤަޟިއްޔާއވ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއާއި ތަފްސީލް:
12ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/2116 "ކޯޓު އަމުރު" އިސްތިއުނާފުކުރުމަށް އެދި ދައުލަތުގީފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ. އެއީ؛
12.1.ކްރިމިނަލް ކޯޓުގް ނަންބަރު 145-J/MA/2025/2116 )18 އޮކްޓޫބަރު 2025( ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 142 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު: 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 60 ވެނ މާއްދާގަ )ހ( އާއި، އެމާއްދާގެ )ށ( އާއި، އެޤާނޫނުގެ 59 ވަނަ މާއްދާއާއި، ޤަވާއިދު ނަންބަރު: 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު( ގެ 13 ވަނަ މާއްދާގެ )ނ( އާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުންކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ.
12.1.1.މިނުކުތާގެ ތަފްސީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފެ ރައްދުވު ފަރާތުގާ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ބޮޑުކުށެއް ކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަން މާއްދާގަ )ކ( ގައި ބަޔާންކުރާ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްކަމަށާއި، މިފަރާތަކީ ބަންދުގައި ހުންނަންޖެހޭ މީހެއްކަމާމެދު ޚުސޫމާތެއް ނެތްކަން އަމުރުތަކަށް ބެލުމުން އެނގޭކަމަށާއި، ނަމަވެސް ޚުސޫމާތް އުފެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކުރުމަށްފަހު ފުލުހުން ޢަމަލުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫން ކަމާމެދުގައިކަމަށެވެ. ހައްޔަރުކުރުމުގެ އަމުރަކާއި ބަލައި ފާސްކުރުމުގެ އަމުރެއް ކޯޓަކުން އެކުއެކީގައ ނެރި ޙާލަތުގައި، ތަންފީޛުކުރުމުގައި އިސްކަން ދޭނެ ވަކި ތަރުތީބެއް ދިވެހިރާއްޖޭގައި ޢަމަލުކުރާ އެއްވެސް ޤާނޫނެއްގައި ކަނޑައަޅާފައި ނުވާކަމަށާއި، ފަނޑިޔާރަކު އަމިއްލައަށް އެކަމުގައި ތަރުތީބެއް ކަނޑައަޅައި، އެތަރުތީބުނ ނޫން ގޮތަކަށް އަމުރު ތަންފީޛުކުރުމަކ ޤާނޫނީ ޚިލާފުކަމެއްކަމށެކަނޑައަޅާފައިވަނީ އޭގެ ތެރެއިން އެއް އަމުރުގެ ޤާނޫނީ ބާރު ކެނޑޭ ގޮތަށް ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 142 ވަނަ މާއްދާއާ ޚިލާފަށކަމަށް ދެކޭކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކުރާއިރު، މީހަކު ހައްޔަރުކުރުމަށްފަހު، 24 )ސައުވީސް( ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދުކުރުމަށް ނިންމަންވާނީ، އޭނާއަކީ ޤާނޫނ ހަމަތަކުގެ މަތްން ބަންދުކޮށްފައިވާ މީހެއްކަން ކަނޑައެޅުމާއެކުގައި ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރާ މީހަކުވެސް، ހައްޔަރުކޮށް ބަންދުކޮށްފައިވަނީ، ޤާނޫނާ އެއްގޮތަށްކަން ކަނޑައެޅުމަށްޓަކައ 24 )ސައުވީސް( ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރަންޖހޭކަނ ޤާނޫނުއަސާސީގް 48 ވެނ މާއްދާގަ )ރ( އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ )ހ( އިން އެނގޭކަމަށާއި، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކުރުމަށްފަހު، 24 )ސައުވީސް( ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް ފަނޑިޔާރު އަމުރުކޮށްފައިވާކަމަށާއި، މިއަމުރު އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވާކަމަށެވެ.
12.1.2. އިސްތިއުނާފު ފޯމުގެ "އެދޭ ގޮތް" ގެ 2 ވަނަ ނަންބަރުގައި "ޢަލީ އަންވަރު މުޙައްމަދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން 07 )ހަތެއް( ދުވަހުގެ ތެރޭގައި ހުށަހެޅުމުން، އަލުން ގޮތެއް ކަނޑައެޅުމަށް އަމުރުކޮށްދެއްވައި، ކްރިމިނަލް ކޯޓނ ބަންދާމެދު ގޮތެއް ކަނޑައަޅުއްވަންދެން އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް" އެދިފައިވީނަމަވެސް،އޭސްތިއުނާފ ރައްދުވު ފަރާތާ އަލުން ހައްޔަރު ކުރެވި ބަންދުކުރެވިފައިވާތ ދަށު ކޯޓުގު މައްޗަށް މިފަދައިން އަމުރުކުރާނެ ތަނެއް ނެތަތީ، އިސްތިއުނާފު ފޯމުގެ "އެދޭ ގޮތް" އިން އިސްވެ ބަޔާންކުރެވުނު ނަންބަރ 2 އިސްތިއުނާފު ފޯމުން އުނިކޮށްދިނުމަށް އެދޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
13އިސްތިއުނާފެ ރައްދުވު ފަރާތުން މިމައްސަލައިގައި ޖަވާބުދާރީވުމުގެ ކުރިން ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދިނުމަށް އެދިފައިވެއެވެ. މިކޯޓުގެ "ކްރިމިނަލް ކޯޓުގް ނަންބަރު 145-J/MA/2025/2116 އިސްތިއުނާފ ކުރުމަށު އެދް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން މިކޯޓުން ބެލުމަށް ހަމަޖެހިފައިވާ މިކޯޓުގެ ނަންބަރ 2026/HC-B12/02 ޤަޟިއްޔއާއާ ގުޅިގެނި ދައުވާ ރައްދުވާ ފަރާތަށް އަންގާ އެންގުން" 08 ޖަނަވރަ 2026 އިން ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތުދ 13 ޖީ ނަވަރ 2026 ގެ 10:00 ގ ކުރިން ޖަވާބު ހުށަހެޅުމަށާއި މިމުއްދަތުގެ ތެރޭގައި ޖަވބ ހުށަހަޅާފައިނުވާނަމައަދި ވަކީލަކު ހަމަޖައްސާފައިނުވިނަމަވެސް އިތުރު ފުރުސަތެއް ދިނުމަކނުލައ އަޑުއެހުން ކުރިއަށްގެންދޭވެނެކަން އަންގައި މިލިޔުން 08 ޖަނަވަރީ 2026 ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތަށް ޙަވާލުކޮށް އެއެންގުމުގައި ސޮއިކޮށްފައިވެއެވެ.
14މިމައްސަލައަކ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން 14 )ސާދަ( ދުވަހުގެ މުއްދަތުގެ ތެރޭގައިމިކޯޓުނ ގޮތެއު ނިންމަންޖެހޭ މައްސަލައެއްކަމަށްވެފައި، މިމައްސަލައިގެ ލިޔުންތައް ޙަވާލުކޮށް ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ފުރުސަތު ދެވިފައިވާކަމަށް ބަލައި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދެވިފައިވެއެވ.
15އެގޮތުން، ދައުލަތުން ހުށަހެޅި ކަންކަމުގެ ރައްދު ދިނުމުގެ ގޮތުންއިސްތިއުނާފ ރައްދުވު ފަރާތުން ފާހަގަކޮށްފައިވަނީ، އެފަރާތުން މިވަގުތު ހުރީ ފުލުހުންގެ ބަންދުގައިކަމަށާއް،ބަންދުން ދޫވެފައިވަނ ކޯޓަކުން ނިންމި ނިންމުމަކުންކަމަށާއި، އެހެން މީހަކާއެކު ސައިކަލުގައި ދަނިކޮށް ހައްޔަރުކުރިކަމަށާއި، އެއަށްފަހު ބަލާފާސްކުރާ ތާކަށ ދެމީހުން ގެންދިޔަކަމަށާއި، އެޕާރޓްމަންޓްގައި ދިރިއުޅޭ ފަރާތް ތިރީގައ ބެހެއްޓުމަށްފަހު އެޕާރޓްމަންޓްގެ 10 ވަނަ ފްލޯރ އަށް މިފަރާތް ގެންގޮސް އެތާނގައިހުރްތަކެތި އިސްތިއުނާފި ރައްދުވު ފަރާތުގާ ބޮލުގައި އެޅުވީކަމަށާއި، އެޕާރޓްމަންޓަކ އެހެނީ ފަރާތެއް ދިރއުޅުމަށްޓަކައ އިސްތިއުނާފި ރައްދުވު ފަރާތުގާ ނަމުގައި އެގްރީމެންޓްކޮށ ކުއްޔަށް ނަގައިގެން އުޅޭ ތަނެއްކަމަށެވެ. އަދ ދަށުކޯޓުގެ ނިންމުމާމެދު ދެކޭގޮތް ނޭނގޭކަމަށެވެ. އެދޭ ގޮތް:
16ދައުލަތުން އެދޭގޮތް ކަމަށް ބުން ފާހަގަކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/2116 "ކޯޓު އަމުރު") 18 އޮކްޓޯބަރު 2025 ( ކޯޓު އަމުރަކީ، ދިވެހރާއްޖޭގި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 142 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު: 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 60 ވެނ މާއްދާގަ )ހ( އާއި، އެމާއްދާގެ )ށ( އާއި، އެޤާނޫނުގެ 59 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު:2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ . ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް SC 58 [2022] ގެ އަލީގައި ޖިނާއީ އިޖުރާއަތުގެ ގަވާއިދު( ގެ 13 ވަނަ މާއްދާގެ )ނ( އާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅައިދިނުމަށެވެ.
17ޕްރިސިޑެންސް 1ދިވެހރާއްޖޭގި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ހައްޔަރުކުރުމާއި 46. "ހައްޔަރު ކުރު މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ބަންދުކުރުމުގެ ބާރު ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތި ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ."
18އެހެންކަމުން ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގެ ދަށުން މީހަކު ހައްޔަރުކުރެވޭނެ 2 )ދޭއް( ޙާލަތަކީ:
18.1. ކަށެއ ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ހައްޔަރުކުރުން.
18.2. ކޯޓު އަމުރަކުން ހުއްދަ ލިބިގެން ހައްޔަރުކުރުން.
19އިސްތިއުނާފުންބެލެވެމުންމިދާ މައްސަލައިގައިއިސްތިއުނާފ ރައްދުވު ފަރާތާ އްއިތުރ ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރާކަމަށަތުހުމަތ ކުރެވު މައްސަލއާއަ ގުޅިގެނި ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު އިންޓެލް މައުލޫމާތްށާއ އިސްތިއުނާފި ރައްދުވު ފަރާތގު ކުށުގެ ރިކޯޑުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކުރުމުގެ އަމުރަކަށް ދައުލަތުން ހުށަހެޅި އިސްތިއުނާފު ފޯމުގެ "އެދޭ ގޮތް" އެދި ފުލުހުންގެ ފަރާތުން 11 އޮކްޓޫބަރު 2025 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/HA/2025/1400 "ކޯޓު އަމުރު" )ހައްޔަރުކުރުން( ނެރެފައިވެއެވެ.
20ޕްރިސިޑެންސް 4އިސްތިއުނާފ ރައްދުވު ފަރާތް 12 އޮކްޓޫބަރު 2025 ދުވަހުގެ 19:05 ގައި ހައްޔަރުކުރެވިފައިވެއެވެ. މ ހ ކ ހައްޔަރު ކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟރުކުރަންވާނެކަމަށ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،މިއަޑުއެހުމުގައި އެފަރާތެއް ބަންދުކޮށްފައިވަނ ޤާނޫނީ ހަމަތަކުގެ މަތިންތޯ އެފަނޑިޔާރަކު ކަނޑައަޅަންވާނެކަމަށެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވެއެވެ.
21މިގޮތުގެ މަތިން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި 13 އޮކްޓޫބަރު 2025 ދުވަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތް 13 އޮކްޓޫބަރު 2025 ދުވަހުގެ 12:55 އިން ފެށިގެން 18 އޮކްޓޫބަރު 2025 ދުވަހގު 12:54 އަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/2081 "ކޯޓު އަމުރު" )ބަންދުކުރުން( އިން އަމުރުކޮށްފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށްކަމަށް މިއަމުރުގައި ބަޔާންކޮށްފައިވެއެވެ. މިއަމުރަކީ އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިވާ އަމުރެއް ނޫނެވެ.
22އެހެންނަމަވެސް،އިސްތިއުނާފ ރައްދުވު ފަރާތުގާ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ދެވަނަ ފަހަރަށް ޙާޟިރުކުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ހައްޔަރުކޮށް، ހްއްޔަރާމެދ ގޮތު ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމެއް ފުލުހުންނަށް ބުނެދެވިފައިނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތް ހައްޔަރުކުރުމަށްފަހު ޢަމަލުކުރަންޖެހޭ އިޖުރާއަތުގައި އުނިކަމެއް ހުރިކަމަށް ބެލެވޭތީ، އިސްތިއުނާފ ރައްދުވް ފަރާތާ ވަން ބަންދަން ދޫކޮށެ ފއެވ . ހައްޔަރުކޮށްގެން ގެނެވޭ މީހުންގެ ހައްޔަރާމެދު ގޮތެއް ކަނޑައަޅާ ފޯމު ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2025/2116-145 "ކޯޓު އަމުރު" )ބަންދުން ދޫކުރުން (
23ހައްޔަރު އިޖުރާއަތު ގޯސްކަމަށް ދަށު ކޯޓުން ފާހަގަކުރާ މައިގަނޑު ސަބަބަކީ،ބަލައި ފާސްކުރުމުގެ އަމުރއެކް ހައްޔަރުކުރުމުގެ އަމުރެއް ނެރެދީފައިއޮތް އޮތުމިނު، ފުރަތަމަ ތަންފީޛުކުރަންވާނީ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރުކަމިށާއައެގޮތުން ބަލައި ފާސްކުރުމުގައި މައްސަލައާ ގުޅޭ ހެކި ލިބިއްޖެނަމަ ހައްޔަރުކޮށް ބަންދުކުރުމަށް ކަނޑައެޅިދާނެކަމށ ޝަރީޢަތުން ދެކޭތީއެވެ. އަދި، ހައްޔަރުކުރުމުގެ އަމުރެއް އޮތްނަމަވެސް، މައްސަލައާ ގުޅޭ ހެކި ޤަރީނާ ލިބުމުގެ ކުރިން އެ އަމުރު ތަންފީޛުކުރަންޖެހޭ މަޤުބޫލު ސަބަބަކީ ނުލައި )މިސާލަކަށް ތުހުމަތުކުރެވޭ ފަރާތުން ބަލައި ފާސްކުރުމަށް އެއްބާރުލުނ ނުދިނުން ނުވަތް ހެކި ނައްތާލަން އުޅުން ފަދަ ކަންކަން( ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ނިންމާއިރު އަދި ހައްޔަރުކުރުމުގައި ރަނގަޅު ނޫންގޮތަކަށް އަމަލުކާރެވިފައިވާކަމަށ ބެލެވޭއިރު، ޤާނޫނާ ޚިލާފަށް ބަންދުގައި ބަހައްޓައިގެން ހޯދާ ހެކި ޤަރީނާއާއި ތަޙުޤީޤުން ނެރޭ ނަތީޖާ ބޭކާރުވީދާނ ކަމަށެ ޝަރީޢަތަށް ފެންނތ ކަމަށް ބަޔާންކޮށްފައިވެއެވެ.
24ޕްރިސިޑެންސް 2ޖިނާއީ އަދުލުގެ ނިޒާމަށް ބަލާއިރު، ހައްޔަރުއަމުރެއް ތަންފީޛުކުރުމަށްޓަކައިބަލައި ފާސްކުރުމުގެ އަމުރު ފުރަތަމަ ތަންފީޛުވުން ލާޒިމުކުރާ އިޖުރާއަތެއް އޮތް ތަނެއް ފެންނާކަށް ނެތެވް.ހައްޔަރު އަމުރެއީ ގައި، އެއަމުރު ތަންފީޛުކުރުމަށްޓަކައި، ވަކި ޝަރުޠުތަކެއް ލާޒިމުނުކުރާ ނަމަ އެއަމުރަކީ އެގޮތުގައި ތަންފީޛުކުރެވެން އަމުރެކެވެ. ކޯޓުން ނެރޭ އަމުރެއް އއ އަމުރް އަނެއް އަމުރެއްގެ މައްޗަށެ ތަރުތީބުވާނީ ނުވަތުބިނާވްނާ ޤާނޫނާއި ގަވާއިދުގައި ނުވަތަ އަމުރުގައި އެފަދައިން ބަޔާންކޮށްފައިވާނަމައެވެ.
25ޕްރިސިޑެންސް 3އިސްތިއުނާފު ރައްދުވީފަރާތުގެ މައްޗަށް ނެރެވުނު ހައްޔަރު އަމުރކަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނެރެފައިވާ އަމުރެކެވެ . މިއަމުރާއެކުއެކީ ނެރެވުނު ތަންތަނާއި ތަކެތި ކްރިމިނަލް ކޯޓުގެ ނަންބަރު J/HA/2025/1400-145 "ކޯޓު އަމުރު" )ހައްޔަރުކުރުން( 13 12 ބަލއަފާސްކުރުމުގެއަމުރކ މަސްތުވާތަކެއްޗާއިބެހޭ ޤާނޫނުގެ 149 ވެނ މާއްދާގަ ދަށުން ނެރެފައިވާ އަމުރެކެވ. ކުށެއްގެ ތުހުމަތުގައި ބަލައި ފާސްކުރުމުގެ އަމުރާއި ހައްޔަރު އަމުރް،ކޯޓުނ އެކް އެއް ފަހަރާ ނެރޭ ބައެއުޙލަތްތަކުގައި، ހައްޔަރިއަމުރު ތަންފީޛުކުރެވޭނީ ބަލައި ފާސްކުރުމުގެ އަމުރު ތަންފީޛުކޮށް ކުށާއި ގުޅުން ހުރި ހެކްޤަރީނާ ހޯދިފައިވާނަމ ކަމަށަ ހައްޔަރު އަމުރު ލާޒިމުކުރެއެވެ. އެހެންނަމަވެސް، މިމައްސަލައިގައި ހިމެނޭ އަމުރަކީ އެފަދަ ޝަރުޠަކާއެކު ނެރެވިފައިވާ އަމުރެއް ނޫން ކަން އަމުރަށް ބެލުމުން އެނގެއެވެ.އެހެންކަމުން، މިއަމުރުތައް ތަންފީޛުކުރުމަށްޓަކައި ތަރުތީބެއް އޮންނަންޖެހޭ ކަމަށ ދަށު ކޯޓުން ކަނޑައަޅިއި، ބަލައި ފާސްކުރުމުގެ ކުރިން ހައްޔަރުކޮށްފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައްޔަރު ގޯސްކަމަށާއި އެހެންކަމުން ބަންދުންދޫކުރުމަށް ނިންމާފައިވަނީ ޤާނޫނަ އުސޫލތު ކ އެއްގޮތަށް ކަމަށް ނުބެލެވެއެވެ.
26މީގެ އިތުރުން، މިމައްސަލައިގައި،އިސްތިއުނާފ ރައްދުވު ފަރާތުގާ ހައްޔަރާމެދު ޝަރީޢަތުން ކުރިން ގޮތެއް ކަނޑައަޅއ،އެނިންމުން ނިހާއީ ވެފައިވަނިކޮށް، އެނިންމުމީދުރަށ ގޮސް ހައްޔަރު މެދާ އަލުން ގޮތެއް ކަނޑައަޅަން ޖެހުނު ސަބަބެއް، އިސްތިއުނާފު ކުރެވޭ އަމުރުން، އެނގެން ނެތް އިރު، ނިހާއީ ވެފައިވާ މިއަމުރަށ ބަދަލަށް ގެންނަންޖެހުނު އަސާސެއް ބަޔާންކުރުމެއް ނެތި، އިސްތިއުނާފުން ބެލެވެމުންމިދާ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/2116 "ކޯޓު އަމުރު" )ބަންދުން ދޫކުރުން( ގައި އިސްތިއުނާފު ރައްދުވާ ފަރާތގި ހައްޔަރާމެދު ޝަރީޢަތުން އަލުން ގޮތެއް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމުގައ ދެކެމެވެ.
27އެހެންކަމުންއިސްތިއުނާފ ރައްދުވު ފަރާތާ އެންމެ ފުރަތަމަ ބަންދުގައި ބަހައްޓުމަށ ކްރިމިނަލް ކޯޓުން އަމުރުކށްފައިވަންއިސްތިއުނާފ ރައްދުވު ފަރާތާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތް އެއްގޮތަށްކަމަށް ކަނޑައެޅުމަށްފަހު ކަމަށްވުމުން، ދެވަނަ ފަހަރަށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބެހެއްޓުމަށް J/BFA/2025/1402-145 "ކޯޓު އަމުރު" )ތަންތަނާއ ތަކެތި ބަލައި ފާސްކުރު ނ( އެދުމުން، ހައްޔަރު ކުރި އިޖުރާއަތު ގޯސްކަމަށް ބުނެބަންދުނީދޫކޮށްލުމަށ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމިއެ ކަމުގައި ނުބެލެވެއެވެ.
28އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/2116 "ކޯޓު އަމުރު" )ބަންދުން ދޫކުރުން( ބާޠިލްކުރަންޖެހޭކަމުގައި ދެކެމެވެ.
29ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
30ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދީ ކުރަމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާ (48 (ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ (ދައުލަތުގެ ހުށަހެޅުމުގައި)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 40 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 58 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ (ޖިނާއީ ބޮޑުކުށް، ދައުލަތުގެ ހުށަހެޅުމުގައި)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 149 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާގެ (ނ)
- ގަވާއިދު ނަންބަރު R-1052/2019 (ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގެ 48 ވަނަ މާއްދާގެ (ށ) (ދަށުކޯޓުގެ އަމުރުގައި)
- ސުޕްރީމް ކޯޓު: އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2022] SC 58 (ފުޓްނޯޓު)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް