ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/248
2017/HC-A/248، 2017/HC-A/248
2017/HC-A/248 (2017/HC-A/248, High Court of the Maldives, 15 June 2017)
2017/HC-A/248
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ހެކި ނައްތާލައި ހެކިންނަށް ނުފޫޒު ފޯރުވާފާނެތީއާއި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޔަރުކުރުމަށް އަމުރުކުރިއެވެ.
އެއް މީހަކު ފާރަލަމުން ގޮސް ގެއެއްގެ ތެރޭގައި ތޫނު ހަތިޔާރުން ޙަމަލާދީ މަރާލި މައްސަލައިގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކުރުމަށް ފުލުހުން ކްރިމިނަލް ކޯޓަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއިން ހައްޔަރުކުރުމުގެ ބާރު ލިބިދީފައިވަނީ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ކަމަށާއި، ހާދިސާ ހިނގާތާ އެތައް ދުވަހެއް ފަހުން ފުލުހުން ހުށަހެޅި ކަންކަމަކީ އެފަދަ ސަބަބުތަކެއް ނޫން ކަމަށެވެ.
މައިގަނޑު ސުވާލު
ޤަސްދުގައި މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ، ހާދިސާ ހިނގާތާ ދުވަސްތަކަކަށްފަހު ހުށަހެޅުނު ސަބަބުތަކުގެ މައްޗަށް ނެރުނު، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް
ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތާއި ސީ.ސީ.ޓީ.ވީ ފޫޓޭޖުން ހެކި ޤަރީނާ ލިބިފައިވާއިރު، މަރު ހިމެނޭ އަނިޔާވެރި ޢަމަލެއްގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގެ ރޫހާ އެއްގޮތަށް ކަމަށް ނިންމިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާ އެއްގޮތަށް، ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ތުހުމަތުކުރެވޭ ޢަމަލުގައި ބައިވެރިވިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މަޢުލޫމާތާއި ސީ.ސީ.ޓީ.ވީ ފޫޓޭޖުން ފެނި ހެއްކާއި ޤަރީނާ ލިބިފައިވާއިރު، މީހެއްގެ މަރު ހިމެނޭ ވަރަށް އަނިޔާވެރި ޢަމަލެއްގެ ތުހުމަތުގައި، ހެކިންނަށް ނުފޫޒު ފޯރުވާފާނެތީއާއި މުޖްތަމަޢުގެ ސަލާމަތަށްޓަކައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައިވަނީ، ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގެ ރޫހާ އެއްގޮތަށް، ޝަރުޢީ ޤާނޫނީ އުޞޫލުގެ އިމުގެތެރެއިންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް