ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-B12/5
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު އިނާޒް، 2022/HC-B12/5
Prosecutor General v. Ahmed Inaaz 2022/HC-B12/5 (2022/HC-B12/5, High Court of the Maldives, 24 January 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު އިނާޒް
މައްސަލައިގެ ޚުލާޞާ
8 ވަނަ މުރާޖަޢާގައި ލަންދޫ މެޖިސްޓްރޭޓް ކޯޓުން، މައްސަލަ އުފެދުނީ ދެމަފިރިންގެ ދެމެދުގައި ކަމަށާއި މިހާރު ދެމަފިރިން ނޫންކަމަށާއި ކުރީގެ ކުށުގެ ރެކޯޑެއް ނެތުމުން މުޖުތަމަޢަށް ނުރައްކަލެއް ނުފެންނާތީ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލިއެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ ޚިލާފުވުމާއި ކުރީގެ އަނބިމީހާއަށް އަނިޔާކުރުމާ ގުޅޭ ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާއެއްގައި ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް 2021 ގައި އަމުރުކޮށް، 7 ފަހަރު މުރާޖަޢާކުރުމަށްފަހުވެސް ބަންދު ދެމެހެއްޓިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 އާއި 143 (ރ)، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 (ށ) އަދި 2020/SC-A/93 އާ ޚިލާފު އަމުރެއް ކަމަށާއި، މައިގަނޑު ހެކިން ތުހުމަތުކުރެވޭ ފަރާތާ ގާތްކަމުން ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ދޫކުރި ފަހުން އެއްވެސް ނުރައްކާތެރި ޢަމަލެއް ނުކުރާކަމަށާއި ކުރީގެ ރެކޯޑެއް ނެތްކަމަށާއި އޭނާ ދިރިއުޅެނީ ދުރުގައި ކަމަށެވެ.
މައިގަނޑު ސުވާލު
ގެވެށި އަނިޔާއާ ގުޅޭ ޖިނާއީ ބޮޑު ކުށެއްގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު ނިމުމަކަށް ގެނެސް، ދެމަފިރިން ވަރިވެފައިވުމާއި ކުރީގެ ކުށުގެ ރެކޯޑެއް ނެތުމަށް ބިނާކޮށް ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އާއި 60 (ށ) އާ އެއްގޮތަށް ކުރި އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު
ބަންދުކުރި ސަބަބުތަކަކީ ޖިނާއީ ބޮޑު ކުށަކަށްވުމާއި އަނިޔާލިބުނު ފަރާތުގެ ރައްކާތެރިކަން ނެތުމާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތުން ކަމަށްވާއިރު، ދޫކޮށްލި އަމުރުގައި އެ ސަބަބުތައް ފިލައިގޮސްފައިވާކަން ދައްކާ އެއްވެސް ހަމައެއް ބަޔާންކޮށްފައި ނުވާތީ އަމުރު ބާޠިލުކުރަންޖެހޭ ކަމަށެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 51 ވަނަ މާއްދާގެ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤަށް ބަލާއިރު، ޢާންމު އުޞޫލަކީ ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން މީހަކު ބަންދުގައި ނުބެހެއްޓުމެވެ؛ ޙުކުމްގެ ކުރިން ބަންދުކުރުމަކީ ޖިނާއީ ޢަދުލުގެ އިޖުރާއަތު ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ހުއްދަކުރެވިފައިވާ އިސްތިސްނާ ޙާލަތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޙުކުމްގެ ކުރިން މީހަކު ބަންދުކޮށްފައި ބެހެއްޓުން ހުއްދަކުރެވޭނީ އެހެން ގޮތެއް ނެތްނަމައެވެ؛ އަދި އެކަން ކުރަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައެވެ. ބަންދުން ދޫކޮށްލާއިރު ކޯޓަށް ޙާޟިރުވާނެކަން ކަށަވަރުކުރުމަށް ކަފާލާތު ނުވަތަ އެހެން ޝަރުޠުތައް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން، ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ، ދޫކޮށްލައިފިނަމަ ހެކި ފޮރުވުން ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުން، ކޯޓަށް ޙާޟިރުނުވުން، ފިލުން، ނުވަތަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުން ފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތެއް ވުޖޫދުގައިވޭތޯ ކަނޑައެޅުމުގައި ބަލަންވާނީ، ބަންދަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު އެފަދަ ސަބަބެއް ވުޖޫދުވުމުގެ ގާތްކަން ވުޖޫދުނުވުމަށްވުރެ ބޮޑުތޯއެވެ؛ އެގޮތަށް ޤަބޫލުކުރެވިއްޖެނަމަ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު ނިމުމަކަށް ގެނެސް ދޫކޮށްލާނަމަ، ބަންދުކުރި ސަބަބުތައް ފިލައިގޮސްފައިވާކަން ޤަބޫލުކުރެވޭނެ ހަމައެއް އަމުރުގައި ބަޔާންކުރަންވާނެއެވެ؛ ހެކިންނަށް ނުފޫޒުފޯރުވުމުގެ އިޙްތިމާލާއި އަނިޔާލިބުނު ފަރާތުގެ ރައްކާތެރިކަމާމެދު އެއްވެސް ސަބަބެއް ބަޔާންނުކޮށް ދޫކޮށްލުމަކީ ޤާނޫނާ އެއްގޮތްވާ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27)
1މިއީ، ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D7C/ECA/2022/1 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތނު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާ ތަކީ ނ.ލަންދޫ / ހިތްފަސޭހަގެ، އަޙްމަދު އިނާޒްއެވެ.
22021 ޖނަވަރަ 18 ވަނަ ދުވަހު 23:10 ހާއިރު (ނަމާއި އެޑްރެސް އުނިކުރެވިފައި) އަށް އޭނާގެ ފިރިމީހާ ނ.ލަންދޫ / ހިތްފަސޭހަގެ އަޙްމަދު އިނާޒް ޖަހާ އަނިޔާކޮށް މަރާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލް ގައި، ކުށް ތަކުރާރު ކުރަމުން ދާތީ، (ނަން އުނިކުރެވިފައި) ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކަށް އެދި މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އަޙްމަދު އިނާޒްގެ މައްޗަށް އެ ކޯޓުގެ ނަންބަރު D7C/2021/01 ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރު ނެރެފައިވަނިކޮށް، އަމުރު ނެރުނުތާ ގިނަ އިރތަކެއްނުވަނީސް، (ނަން އުނިކުރެވިފައި) ދިރިއުޅޭ ގެއަށް ވަދެ، އަމުރަށް އަޙްމަދު އިނާޒަ ޚިލާފުވެ އެއަށް އަމަލުނުކޮށް، (ނަން އުނިކުރެވިފައި) ގެ އަތުގައި އޮތް އަމުރު އިރާލި މައްސަލާގއަ 15 ފެބުރުވަރީ 2021 ވަނަ ދުވަހުގެ :1516 ގައި ހައްޔަރުކޮށްފައިވެއެވެ. އައިޑީކާޑު ނަންބަރު […] ނ.ހެނބަދ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/1/2021-D2C ކޯޓު އަމުރު
3އަޙްމަދު އިނާޒްގެ ބަންދާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗށަ ޙާޟިރުކުރުމުން 16 ފެބުރުވަރީ 2021 ދުވަހގު 13:00 އިން 03 މާރިޗު 2021 ދުވަހުގެ 12:59 އަށް 15 (ފަނަރަ) ދުވަހަށް
3.
4އަޙްމަދު އިނާޒްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިނުވާތީ، 3 މާރިޗު 2021 އަށް އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން ބަންދުން ދ ކޮށްފައިވެއެވެ.
5އަޙްމަދު އިނާޒް އޭނާގެ އަނބިމީހާ ގައިގައި ޖަހާ އަނިޔާކޮށް މަރާލާނެކަމަ ށ ބުނެ އިންޒާރު ދިން މައްސަލާގައި، އޭނާ ހައްޔަރު ކުރުމަށްފަހު، މިނިވަންވެފައި ހުރި ދުވަސްވަރު، އަޙްމަދު އިނާޒް އޭނާގެ އަނބިމީހާއަށް އެކިއެކި އުނދަގކުރަމުން ދިއުމާއި ގުޅިގެން، އޭނާ ބަންދުގައި ނުބަހައްޓައިފިނަމަ، އެ މައްސަލައިގެ ހެކި ނައްތާލަފާނެ ކަމަށް ފެންނާތީ އާއި މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ކުށް ތަކުރާރުކޮށްފާނެ ކަމަށް ފެންނާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަޙްމަދު އިނާޒް 1 އޭޕްރީލް 2021 ގައި ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އަޙްމަދު އިނާޒް ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި، މި މައްސަލައިގެ ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ. ބުނެވިދިޔަ އަމުރު 07 (ހަތެއް) ފަހަރެއްގެ މަތިން މުރާޖަޢާކުރމަށްފަހު ވެސް، އޭނާގު ބަންދު އެގޮތުގައި ދެމެހެއްޓުމަށް ނިންމާފައިވެއެވެ.
6އަޙްމަދު އިނާޒްގެ ބަންދު މުރާޖަޢާ ކުރުމަށް އެދި 8 (އަށެއް) ވަނަ ފަހަރަށް، (2 ޖަނަވަރީ 2022 ގައި) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ. ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D3C/2021/2 ކޯޓު އަމުރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު ހައްޔަރުން ދޫކުރިކަމުގެ ލިޔުން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2021/28-MD ކޯޓު އަމުރު
7ބުނެވިދިޔަ ހުށަހެޅުމާ ގުޅިގެން،ޝަރުޠުކޮށް، އަޙްމަދު އިނާޒް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވެއެވެ. އަޙްމަދު އިނާޒް ބަންދުން ދ ކޮށްލުމަށް އަމުރުކޮށްފައިވަނީ މި މައްސަލައިގެ ބާވަތަށް ބަލާއިރު މައްސަލަ އުފަންވެފައިވަނީ ދެމަފިރިންގެ މެދުގައި ކަމަށްވެފައި، މިހާރު މި ދެމީހުންނަކީ ދެމަފިރިން ނޫންކަމުގައިވާތީ އާއި، މީގެ ކުރިން ކުށެއްގެ ރެކޯޑެއް ނެތުމުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީ ކަމަށް ބަޔާންކޮށެވެ.
8މިއީ އިސްވެ ބުނެވުނު ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D7C/ECA/2022/1 ކޯޓު އަމުރު އިސްތިއުނާފުކުރުމުން ބެލެވޭ ޤަޟިއްޔާއެކެވެ.
9ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D7C/ECA/2022/1 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފހުގީ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި، އެނުކުތތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގއަ ވަކާލާތުކޮށްފައިވެއެވެ. އެގޮތުން، ހުށަހަޅާފައިވާ ނުކުތާތަކާ ކ: ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D7C/ECA/2022/1 އަމުރަކީ ދިވެހިރާއްޖޭގެ ޤނޫނުއަސާސީގާ 49 ވަނަ މާއްދާ އާއި ޤނނު ނަންބަރާ 2016/12 (ޖިނާއީ އިޖުރާއަތުގެ ޤނނު) ގެ 59 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނެރެފައިވާއަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D7C/ECA/2022/1 ކޯޓު އަމުރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، އެ އުޞ ލާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ މަޤްޞަދު ޙާޞިލނުވާނު ގޮތަކަށް ބަންދާމެދު ގޮތެއް ނިންމުމުގައި އމަލުކުރެވިގެން ދިއުމަކީ އ މާއްދާއާ ޚިލާފު ކަމއެ ކަމުގައް ދައުލަތުން ފާހަގަކޮށްފައިވެއެވެ. ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވިފައިވާ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށްޓަކައި އެމީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރާ އަމުރުކުރަންވާނެކަން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤނނު) ގ 60 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގޭކަމަށް ބުނެ އެކަން ފާހަގަކޮށްފައިވެއެވެ. އަދި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު، ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ކޯޓު ން ކަނޑައެޅުމުގައި މައްސަލާގައި ދެފަރާތުން ދެކެވޭ ވާހަކަތަކުގު އިތުރުން، ތުހުމަތުކުރެވިފައިވާ ކުށުގެ ބާވަތާއި، ކުށުގެ ކުޑަ ބޮޑުމިނާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަންއަދި އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން އަދި، އޭނާގެ ކުށުގެ ރެކޯޑާއި ކޯޓަށް ޙާޟިރުވުމުގައި ވޭތުވެދިޔަ ތަނުގައި އަމަލުކޮށްފައިވާ ގޮތަށް ފަނޑިޔާރު ރިޢާޔަތް ކުރަންވާނެކަމަށް ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަޙްމަދު އިނާޒްގެ މައްޗަށް ޤަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގަ ދަޢުވާ އުފުލާފައިވާއިރު، މިއީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތު ގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ދ) ގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ. އަޙްމަދު އިނާޒް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރަށް ބަލާއިރު، މީނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީ، އަޙްމަދު އިނާޒްގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށަކީ ޖިނާއީ ބޮޑު ކުށަކަށްވެފައި، އަޙްމަދު އިނާޒް ޢަލުކޮށްފައިވާ ގޮތަށް ބަލާއިރު، މައްސަލާގައި އަނިޔާލިބުނު ފަރާތުގެ ރައްކާތެރިކަން ނެތްކަން އެނގެ ން އޮތުމުންނާއި، ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތުމުންކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ. މި ޙާލަތު އަދިވެސް އެގޮތުގައި ދެމިއެބައޮތެވެ. އަޙްމަދު އިނާޒް ގަސްދުގައި މަރާލަން އަޅެފައިވަނީ އޭނާގެ އެއިރުގެ އަނބިމީހާ އަދި ދަރިފުޅުގެ މަންމައެވެ. އަޙްމަދު އިނާޒް މިފަދައިން އަމަލުކޮށްފައިވަނީ އޭގެކުރިންވެސް އަނިޔާލިބުނު މީހާއަށް އެކިފަހަރުމަތިން ޖިސްމާނީ އަނިޔާތައް ދިނުމަށްފަހުގައެވެ. އަޙްމަދު އިނާޒްގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި، އަނިޔާލިބުނުމީހާ ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ރައްކާތެރިކުރުމުގެ އަމުރެއް ހޯދުމުން، އަޙްމަދު އިނާޒް ވަނީ އެ އަމުރާވެސް ޚިލާފވެފައެވެ. މައްސު ލ ގައި ލިބިފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މައިގަނޑު ހެއްކަކީ އަނިޔާލިބުނު މީހާ އާއި، އޭނާގެ ދެބެންގެ ދެދަރި ކޮއްކޮއެވެ. ކޯޓަށް މައްސަލަ ހުށަހެޅި ހިނގަމުން ދަނިކޮށް، އަޙްމަދު އިނާޒް، މައްސަލޮ ގައި އަނިޔާލިބުނު މީހާ ވަރިކޮށްފައި ވީނަމަވެސް، އެ ދެ މީހުންގެ 10 އަހަރުގެ ފިރިހެން ދަރިއެއް ހުރުމާއެކު ދަރިފުޅު މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތްގޮތުން އަޙްމަދު އިނާޒްގެ ފަރާތނު ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އެބަ އޮތްކަން ދައުލަތުން ފާހަގަކުރެއެވެ. އިސްވެ ބަޔާންކުރެވުނު ޙާލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގައިވެސް ބަޔާންކޮށްފައިވާ ޙާލަތެއަ ކަމަށްވާއިރު، ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުން، އަޙްމަދު އިނާޒް ޝަރުޠުތަކާއެކު ބަންދުން ދ ކޮށްލުމަށް އަމުރުކޮށްފައިވަނީ މި ޙާލަތަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއްނެތި، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާ ފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ދައުލަތުން ފާހަގަކުރެއެވެ.
11އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. ބަންދު ކުރެވިފައިވާ މީހެއްގެ ބަންދު ދެމެހެއްޓުމުގައި، ޖަވާބު ހޯދަންޖެހޭ 02 ސުވާލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/93-SC/2020 (ޝަހީބް އިބްރާހީމް ވ ޕީ.ޖީ އޮފީސް) ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ފުރަތަމަ ސުވާލަކީ، ކުށުގެ ތުހުމަތުގައިވާ މީހާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނންތއެވެ. ޖަވާބު ހޯދަންޖެހޭ ދެވަނަ ސުވާލަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ވުޖޫދުގައި ވޭތޯ ނުވަތަ ނޫންތޯއެވެ. ފުރަތަމަ ސުވާލުގެ ޖަވާބަށް ބަލާއިރު، މި މައްސަލާގައި އަޙްމަދު އިނާޒްގެ މައްޗަށް ދަޢވު އުފުލި، މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ނިމިފައެވެ. މައްސަލާގައި އަޙާ މަދު އިނާޒްގް މައްޗަށް އުފުލުނު ދަޢުވާތައް ސާބިތުކުރުމަށް ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށް މަދަނީ މިންގަނޑުން ބަލައި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ކަނޑަ އަޅާފައެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ފުރަތަމަ ސުވާލުގެ ޖަވާބާމެދު ބަހުސެއް ނުވަތަ ސުވާލެއް އުފެދޭނެ ޖާގއެއްއޮތްކަމަށަ ނުދެކޭކަން ފާހަގަކޮށްފައިވެއެވެ. ދެވަނަ ސުވާލުގެ ޖަވާބަށް ބަލާއިރު، މި މައްސަލާގައި އަޙްމަދު އިނާޒްއާ ދެކޮޅަށް ހެކިބަސް ދޭންތިބި މައިގަނޑު ހެކިންނަކީ މައްސަލާ ގައި އަނިޔާ ލިބުނު އޭނާގެ ކުރީގެ އަނބިމީހާ ނުވަތަ ދަރިފުޅުގެ މަންމަ އާއި، އަނިޔާލިބުނު މީހާގެ ދެބެންގެ ދެދަރި ކޮއްކޮއެވެ. މައްސަލގައާ މިހާތަނަށް އެއްވެސް ހެއްކެއްގެ ހެކިބަސް ނެގި ފައިނުވާއިރު، މި ހެކިންނަކީ މިހާރުވެސް އަޙްމަދު އިނާޒްއާ ގާތްގުޅުމެއް އޮތް ފަރާތްތަކެއް ކަމުގައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އ ތްކަމަށްދެކެމެވެ. މި މައްސަލާގައި އަޙްމަދު އިނާޒްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ އޭގެ ޒާތުގައވި ސ އަނިޔާވެރިކަން ހިމެނޭ، ޖިނާއީ ބޮޑުކުށެކެވެ. އަޙްމަދު އިނާޒް އަނިޔާކޮށް، މަރާލަން އުޅެފައިވަނީ އޭނާގެ ފުށުން ޙިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭ އޭނާގެ އޭރުގެ އަނބިމީހާއެވެ. އަޙްމަދު އިނާޒް ކުށްކޮށްފައިވާ ގޮތާއި، އޭގެފަހުން ޢަލުކޮށްފައިވާ ގޮތަށް ބަލާއިރު، އަޙްމަދު އިނާޒް ބަންދުން ދވފައެ ހުރުމަކީ މައްސަލާ ގައި އަނިޔާލިބުނު މީހާ އިތުރު ނުރައްކަލަކަށް ހުށަހެޅި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަމަށް ދައުލަތުން ދެކެއެވެ. އެހެންކަމުން، ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D7C/ECA/2022/1 އަމުރަކީ ސުޕްރީމް ކޯޓުގެ ނަންބަރ A/93-SC/2020 ޤަޟިއްޔާގައި ކަނޑައަޅާފައިވަ އުޞޫލުތަކަށް ރިޢާޔަތް ކުރުމެއްނެތި ނެރެފައިވާ ކޯޓު އަމުރެއްކަމަށް ދައުލަތުން ފާހަގަކުރެއެވެ.
12އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D7C/ECA/2022/1 އަމުރު ބާޠިލްކޮށްދެއްވައި، ދައުލަތުން އެދިފައިވާގޮތަށް އަޙްމަދު އިނާޒް، މި މައްސަލައިގެ ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެދެއްވުމަށެވެ." އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމުގެ 10 ވަނަ ނަންބަރު އިސްތއުނާފި ނުކުތާތަކާ ގުޅިގެން އިސްތިއުނާފރައްދުވާ ފަރާތުނު ފާހަގަކުރި ކަންކަން
13އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފުރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. .113އިސްތިއުނާފުރައްދުވާ އަޙްމަދު އިނާޒް ބުނެފައިވަނީ، މި މަހުގެ 5 ވަނަ ދުވަހު ޝަރުޠުކޮށްފައި އޭނާ ދކޮށްލާފައިވކަމަށާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމައަށާ 12 ވަރަކަށް ދުވަސް ވެފައިވާއިރު، އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ނުކުރާ ކަމަށާއި އަދި އޭގެ އިތުރުން ހެކިނައްތާލުމަށްވެސް އެއްވެސް މަސައްކަތެއް ކޮށްފައް ނުވާނެ ކަމަށާ އަދި ހެކި ނައްތާލުމަށް ނުވަތަ މުޖތު މަޢަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކުރުމަކަށް އޭނާގެ ވިސްނުމުގައި ނުހުންނަ ކަމަށެވެ. .213އަދި އޭނާއަކީ ކުށުގެ ވެށީގައި އުޅޭ ފަރާތެއް ނޫން ކަމަށާއި، މި މައްސަލަ ސާބިތުވެއްޖެނަމަ މިއީ އޭނާ ކުރި ފުރަތަމަ ކުށް ކަމުގައި ވާނެ ކަމަށެވެ. މި މައްސަލަ ފިޔަވައި އޭނާގެ އެއްވެސް މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޕީޖީ އޮފީސް އަދި ކޯޓެއްގައި ނޯންނާނެކަމަށެވެ. އެހެންކަމުން، އެފަދަ އަމަލެއް ކުރާކަށް ބޭނުމެއްވެސް ނޫންކަމަށް ބުނެފައިވެއެވެ. މި މައްސަލާގައި އޭނާ ދ ކޮށްފައިވަނީ، އޭނާގެ އަމިއްލަ ރަށަށް ނުދެވޭ ގޮތަށާ އަދި ހެކިންނާ ބައްދަލު ނުކުރެވޭ ގޮތަށް ޝަރުޠުކޮށް ކަމަށްވާތީ އެއިން ކަމެއް ކުރުމަށް މަސައްކަތެއް ކޮށްފައިވެސް ނުވާނެ ކަމަށެވެ. .313 އޭނާގެ އަނބިމީހާ މިހާރު ވަރިކޮށްފައިވާކަމަށާއި، އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، އޭނާ ދިރިއުޅެނީ ނ.ލަންދގއަ ކަމަށްވާއިރު، އަޙްމަދު އިނާޒް ދިރިއުޅެމުންދަނީ މާލޭގައި ކަމަށްވާތީ، އެހާ ދުރުގައި ހުރި ފަރާތަކާމެދު އެފަދަ ކަމެއް ކުރުމުގެ އެއްވެސް ފުރުސަތެއް ނެތްކނަ ފާހަގަކޮށްފައިވެއެވެ. އަދި އަޙްމަދު އިނާޒް ގެ ބައްޕަ އުޅެނީ ވަރަށް ބަލިވެ ކަމަށާއި، އެކަން އޭނާއަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށްވާއިރު، ބައްޕަ ޑޮކްޓަރަށް ދައްކާ ބައްޕަގެ ކަންކަން ކުރުމަށް އިތުރު ފަރާތެއް ނެތް ކަމަށްވާތީ، އޭނާ މި ވަގުތު ބަންދުކޮށްފިނަމަ ވަރަށް ގިނަ ދތިތަކަކާ ކުރިމަތިވާނަ ކަމަށް ބުނެފައިވެއެވެ.
14އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D7C/ECA/2021/1 އަމުރު ދަމަހައްޓައި ދިނުމަށެވެ.
15މި ޤަޟިއްޔާގައި ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ 2 (ދޭއް) ނުކުތާއާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށްރިޢާޔަތްކޮށް، މި ޝަރީޢަ ތުގެ މަޖިލީހުގައި ގޮތެއް ކަނޑައަޅަން ޖެހޭ ޤާނޫނީ ސުވާލަކީ އަޙްމަދު އިނާޒް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ކުރުމަށް ނިމުމެއްގެނެސް ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް 2022 ޖަނަވަރީ 05 ގައި ކުރި އަމުރަކީ ޤާނޫނާ އެއްގޮތަށް ކުރި އަމުރެއްތޯ ނުވަތަ ނޫންތޯ އޮތް ސުވާލުކަމުގައި އަހުރެންދެކެމެވެ.
16އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޕްރޮސިކިއުޝަނުން ފާހަގަކޮށްފައިވަނީ އަޙްމަދު އިނާޒް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ކުރުމަށް ނިމުމެއްގެނެސް ޝަރުޠުތަކަކާއެކު އނެ ބަންދުން ދ ކޮށްލުމަށް ކުރި އަމުރަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރ 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނެރެފައިވާއަމުރެއްކަމަށް ބުނާ ބުނުމެވެ.
17އިސްތިއުނާފީ ދެވަނަ ނުކުތާގައި ޕްރޮސިކިއުޝަނުން ފާހަގަކޮށްފައިވަނީ ޤާނޫނުއަސާސީގެ 314 ވަނަ މާއްދާގެ
(ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ވާ ނ" ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނާ ބުނުމެވެ.
18ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: 17 ޖަނަވަރީ 2022 ގައި އޮތް ޝަރީޢަތުގެ އަޑުއެހުން "އެ މީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދ ކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދުޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެއެވެ. އަދި ބަންދުން ދ ކޮށްލާ ހިނދު ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް ކަނޑައެޅިދާނެއެވެ."
19ޕްރިސިޑެންސް 1ޕްރިސިޑެންސް 2ބުނެވިދިޔަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި 02 (ދޭއް) ކަމެއް ބަޔާންކޮށްފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. ފުރަތަމަ ކަމަކީ، އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމެވެ. މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކުކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން އެނގެން އޮތްހިނދު، ޢާންމު އުޞޫލަކީ އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ނުބެހެއްޓުންކަން މި މާއްދާއިން ސާފުކޮށް އެނގޭކަމުގައި އަހުރެންނަށް ޤަބ ލުކުރެވެއެވެ. އަދި ދެވަނަ ކަމަކީ، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރީން މީހަކު ބަންދުގައި ބެހެއްޓިދާނެ އިސްތިސްނާ ޙާލަތްތަކެއް ދުސްތރީގޮތުން އެ މާއްދާގައި ކަނޑައަޅާފައިވާކަން އެނގެން އޮންނައޮތުމެވެ. އެހެންކަމުން، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިނު މީހުން ބަންދުގައި ބެހެއްޓުމަކީ ޢާންމު އުޞޫލު ނޫންކަމާއި، އެއީ ޖިނާއީ ޢަދުލުގެ އިޖުރާއަތު އެކަށީގެންވާ ގޮތުގައި ހިންގުމަށްޓަކައި، ކޮންމެހެން ބޭނުންވާ މިންވަރަށް، ހުއްދަ ދެވިފައިވާ އިސްތިސްނާ ޙާލަތްތަކެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. ކުށުގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް އެ ކުށުގެ ދަޢުވާކުރުމުގެ ކުރިން ނުވަތަ ތުހުމަތުކުރެވޭ މީހާގެ މައްޗަށްކުރެވޭ ޝަރީޢަތް ހިނގަމުންދާއިރު، ބުނެވިދިޔަ އިސްތިސްނާ ޙާލަތްތަކުގެ ދަށުންވެސް، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން، މީހުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދުކޮށްފައި ބޭތިއްބުން ހުއްދަކުރެވޭނީ އެނޫން އެހެން ގޮތެއް ނެތްނަމަކަމަށް އަހުރެނ ދެކެމެވެ. އަދި އެކަން ކުރަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް އަހުރެންދެކެމެވެ. އެއީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާވެސް ބާރުއަޅަނީ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން ބަންދުނުކުރުމަށް ކަމުގައިވާތީއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުޞ ލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުޠުތަކެއް ކަނޑައެޅިދާނެކަމށަ ހަމަ އެ މާއްދާގައި ބަޔާންކޮށްފައި ވުމުން އަހުރެންނަށް ޤަބޫލުކުރެވެނީ ޝަރީޢަތުން ޙުކުމްކުރުމުގެ ކުރިން ބަންދުކުރުމަކީ، އމާންކަމާ އޮމާންކަމާއެކަ ޖިނާއީ އިޖުރާއަތު ކުރިއަށް ގެންދިއުމުގައި، އެން ން އެހެން ގޮތެއް ނެތުމުން، އެޅުމަށް ހުއްދަކުރެވިފައިވާ ފިޔަވަޅއްކަމަށެވެ.
20ޕްރިސިޑެންސް 3ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެމަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރު ރިޢާޔަތްކުރާންވާނެއެވެ. އޭގެ އިތުރުން، އަންނަނިވި ކަންކަމަށްވެސް ފަނޑިޔާރު ރިޢާޔަތްކުރާންވާނެއެވެ.
(ހ) ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށްކޮށްފައިވާ ޙާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން؛
(ށ) އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން؛
(ނ) އޭނާގެ ކުށުގެ ރެކޯޑް؛
(ރ) ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާ ގޮތް."
21އަދި އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ: "(ށ) ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބ ލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ. (1) އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެކަމަށް ބެލެވުން؛ ނުވަތަ (2) އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ (3) އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ (4) އޭނާ ބަންދުން ދ ކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން. "
22ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ: "(ރ) މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާ ވާންވާނެއެވެ."
23ޕްރިސިޑެންސް 4ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑު ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެ ޤަޟިއްޔާގައި ބުނާގޮތުން، ފަނޑިޔާރު ބަލަންވާނީ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށެވެ. މިފަދައިން ބަލާ ބެލުމުގައި އެ ފަދަ ސަބަބެއް ވުޖދުވެދާނެކަމަށް ފަނޑިޔާރަށް ޤަބ ލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެކަން އެނގެއެވެ .
24އަޙްމަދު އިނާޒް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި އަމުރުގައި، ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގައި، ބަޔާންކޮށްފައިވަނީ މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ ބޮޑުކުށަކަށްވެފައި މީގެކުރިން މީނާ އމަލުކޮށްފައަ އޮތްގޮތަށް ބަލާއިރު މައްސަލާ ގައި އަނިޔާ ލިބިފައިވާ ފަރާތަށް ސުޕްރީމް ކޯޓުގެ ނަންބަރު A/93-SC/2020 ޤަޟިއްޔާ ބުނެވުނު ޙަވާލާގެ 25 ވަނަ ޕެރެގްރާފް ރައްކާތެރިކަން ނެތްކަން އެނގެން އޮތުމުންނާއި ހެކިބަސްދޭންހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރާކަމަށެވެ.
25އަދި ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ސަބަބަކީ މި މައްސަލައިގެ ބާވަތަށް ބަލާއިރު މައްސަލަ އުފަންވެފައިވަނީ ދެމަފިރިންގެ ދެމެދުގައި ކަމަށް ވެފައި، މިހާރު މި ދެމީހުންނަކީ ދެމަފިރިން ނޫންކަމުގައި ވާތީ އާއި މީގެ ކުރިން ކުށެއްގެ ރެކޯޑެއް ނެތުމުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީކަމަށް ބަޔާންކޮށެވެ.
26ޕްރިސިޑެންސް 5ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބާއި ބަންދުން ދ ކޮށްލުމަށް އަމުރުކުރި ސަބަބުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ޝަރީޢަތް ނިމެންދެން ބަންދުކުރި ސަބަބު ފިލައިގޮސްފައިވާކަން ޤަބ ލުކުރެވޭނެ ހަމައަކުން ދަށު ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާކަމަކަށް އަހުރެންނަކަށް ޤަބ ލެއްނުކުރެވެއެވެ. ސަބަބަކީ، މައްސަލާގައި ކަން ހިނގާފައިވާގޮތަށް ބަލައި، ހެއްކަށް ނުފޫޒުފޯރުވުމުގެ ފުރުސަތު ނެތްކަމަށް ބާރު ލިބިދޭ އެއްވެސް ސަބަބެއް އެ އަމުރުގައި ބަޔާންކޮށްފައި ނެތަތީއެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލާ ގުޅޭގޮތުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުގައި އެއްވެސް މިންވަރަކަށް ބަޔާންކޮށްފައި ނެތަތީއެވެ. އޭގެ އިތުރުން، އަނިޔާ ލިބުނު ފަރާތަށް މިހާރު ރައްކާތެރިކަން އޮތްކަން އެނގޭނެ އެއްވެސް ހަމައެއް ބަޔާންކޮށްފައިވެސް ނެތަތީއެވެ.
27އެހެންކަމުން، މި މައްސަލައާ ގުޅިގެން، އަޙްމަދު އިނާޒް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ބެހެއްޓުން ނިމުމަކަށް ގެނެސް ޝަރުޠުތަކަކާއެކު އޭނާ ދޫކުރުމަށް އަމުރުކޮށް މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ މެޖިސްޓްރޭޓް ކޯޓުން 2022 ޖަނަވަރީ 05 ގައި ނެރެފައިވާ ކޯޓު އަމުރު ބާޠިލުކުރަންޖެހޭކަމަށް އަހުރެން ޤަބޫލުކުރަމެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ނ.ލަންދޫ / ހިތްފަސޭހަގެ، އަޙްމަދު އިނާޒް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)
- ސުޕްރީމް ކޯޓުގެ 2020/SC-A/93 (ޝަހީބު އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ބެންޗު
- ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް