ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/485
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޙާފިޡު، 2022/HC-A/485
Prosecutor General v. Ahmed Haafizu 2022/HC-A/485 (2022/HC-A/485, High Court of the Maldives, 19 March 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޙާފިޡު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ގެއަށް ވަދެފައިވާކަން އެނގުނު ނަމަވެސް ޖިންސީ ނިޔަތް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުނުވާތީ ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތް ހުއްދަނެތި ކުއްޖާ ދިރިއުޅޭ ގެއަށް ވަދެ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގަން މަސައްކަތްކުރިކަމަށް ދައުލަތުން ދަޢުވާކުރިއެވެ؛ ކޮޓަރީގެ ދޮރުގެ ތަޅުގައި ދެފަރާތުން ހިފަހައްޓައިގެން ހުއްޓާ މޫނު ކައިރިކުރަން އުޅުނުކަމަށް ކުއްޖާ ބުނިއެވެ.
ދައުލަތުން ބުނީ ތަކުރާރުކޮށް މޫނު ކައިރިކުރަން އުޅުނުކަމާއި، ކުއްޖާގެ ކޮއްކޮގެ ބަސްމޮށުމާއި، ކުރިން ލޯބި ހުށަހަޅާ ކުއްޖާ ޤަބޫލުނުކުރިކަމުން ނިޔަތް ސާބިތުވާކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ކުށަށް އިންކާރުކޮށް އިންސާފުން ޙުކުމްކޮށްދިނުމަށް އެދުނެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތުގައި ގެއަކަށް ވަނުމުގެ ކުށުގައި، ކުށުގެ މާއްދީ ރުކުން (ގެއަށް ވަނުން) ފުރިހަމަވާއިރު މަޢުނަވީ ރުކުން (ޖިންސީ ނިޔަތް) ސާބިތުނުވާތީ ދަޢުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ކަނޑައެޅުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތް ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް (ދަޢުވާ ސާބިތުނުވުން) ޤާއިމް
ގައިގައި އަތްލާފައިވާކަމާއި ޖިންސީ ކަމަކަށް އެދިފައިވާކަން އެނގެން ނެތި، ކޮޓަރިއަށް ވަންނަން މަސައްކަތްކޮށްފައި ނުވާތީ ނިޔަތާމެދު އެކަށީގެންވާ ޝައްކެއް އުފެދެއެވެ؛ ކުރިން ލޯބި ހުށަހެޅުމަކީ ނިޔަތުގެ ދަލީލެއްކަމަށް ޤާނޫނީ އަސާސެއް ދައުލަތުން ނުދައްކައެވެ. ދަށުކޯޓުގެ ނިންމުން ހެކިތަކަށް ރިޢާޔަތްކޮށް ނިންމާފައިވާތީ ބާޠިލުކުރާނެ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތުގައި ގެއަކަށް ވަނުމުގެ ކުށް ސާބިތުވުމަށް، ގެއަށް ވަނުމުގެ އިތުރުން އެ ވަނީ ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތުގައިކަން (މަޢުނަވީ ރުކުން) އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8، 12)
- ތުހުމަތުކުރެވޭ ފަރާތް ކުއްޖާގެ ގައިގައި އަތްލާފައިވާކަމާއި، ޖިންސީ ކަމަކަށް އެ ވަގުތު ނުވަތަ އޭގެ ކުރިން ނުވަތަ ފަހުން އެދިފައިވާކަން އެނގެން ނެތި، ކޮޓަރިއަށް ވަންނަން މަސައްކަތްކޮށްފައި ނުވާނަމަ، ހަމައެކަނި ގެއަށް ވަނުމުން ޖިންސީ ނިޔަތް އޮތްކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ހާދިސާގެ ކުރިން ތުހުމަތުކުރެވޭ ފަރާތުން ކުއްޖާއަށް ލޯބި ހުށަހަޅާފައިވުމަކީ، އެކަމަށް ބާރުދޭ ޤާނޫނީ އަސާސެއް ނުދައްކާހާ ހިނދަކު، ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތް އޮތްކަން ދަނެގަނެވޭ ސަބަބެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ހެކިތަކާއި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ނިޔަތް ސާބިތުނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާއިރު، އެ ކަނޑައެޅުން ޚިލާފުވާ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެނުދެވޭނަމަ، ދަށުކޯޓުގެ ޙުކުމް ބާޠިލުކުރާނެ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12-13)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރ 1322/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނާބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފުރައްދުވ ފަރާތަކީ ޏ. ފުވައްމުލައް، މިސްކިތްމަގު، ހަނާ، އަޙްމަދު ޙާފިޡު )ދރއ( އެވެ.
2މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅޭ މައްސަލައަކަށްވާތީ، އެ ކުޑަކުއްޖާއަކީ ކޮން ކުއްޖެއްކަން ދަނެގަނެވިދާނެ އެންމެހާ މައުލޫމާތު މި މައްސަލަ ލިޔުމުގައި ވާނީ އުނިކުރެވިފައެވެ.
1. ކްރިމިނަލް ކޯޓުގެ ނަންބަރު 1322/Cr-C/2016 ޤަޟިއްޔާގައި އަޙްމަދު ޙާފިޡުގެ މައްޗަށ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތުގައި ގެއަކަށް ވަނުމުގެ ކުށުގެ ދަޢުވާ ކުރެވުނެވެ.
2. މި ދަޢުވާ ކުރެވުނު ސަބަބަކީ 08 އެޕްރީލް 2016 ދުވަހުގެ ވަގުތެއްގައި ގެއަކަށް ހުއްދަނެތި ވަދެ، އެގޭގައި ދިރިއުޅޭ ކުޑަކުއްޖަކާމެދިޖިންސީ ޢަމަލު ހިންގަން މަސައްކަތްކޮށްފައިވާތީ ކަމަށާއި، ދައުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ 21 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ނ( ގެ ދަށުން ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. . ގޭގެ މައުލޫމާތު އުނިކުރެވިފައި . ކުޑަކުއްޖާގެ މައުލޫމާތު އުނިކުރެވިފައި
3ދަށު ކޯޓުގައި މި ދަޢުވާ ސާބިތުވެފައިނުވެއެވެ. އެގޮތުން މިފަދައިން ކަނޑައެޅި މައިގަނޑު ސަބަބަކީ ކުއްޖާ ހުރި ގެއަށް އަޙްމަދު ޙާފިޡު ވަދެފައިވާކަން އެނގެން އޮތް ނަމަވެސް އެގެއަށް އަޙްމަދު ޙާފިޡު ވަދެފައިވަނީ ކުއްޖާއާމެދު ޖިންސީ ޢަމީލެއް ހިންގުމުގެ ނިޔަތުގައި ކަމަށ ޝަރީޢަތަށް ބުރަނުވެވޭތެކަމަށް ބަޔާންކޮށްފައިވއެވެ. އެގޮތުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. ކްރިމިނަލް ކޯޓުގެ ޙުކުމް " ދެންފަހެ، އިސްވެ ދެންނެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން ޕްރޮއސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޏ.ފުވައްމުލައް، މިސްކިތްމަގު، ހަނާ، އަޙްމަދު ޙާފިޡުގެ މައްޗަށް ކުޅަ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތުގައި ގެއަކަށް ވަނުމުގެ ކުށުގެ ދަޢުވާ ދިވެހެރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނއަސާސީގ 51 ވަނަ މާއްދާގެ )އ( ގައި ބުނާ އެކަށިގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާ
4ކްރިމިނަލް ކޯޓުގެ ނަންބަރު 1322/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރަމުންޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުނ އަންނަނިވި ނުކުތާ ހުށަހަޅާފައި ވެއެވެ. • އެ ނުކުތާ އަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 1322/Cr-C/2016 ޤިޟިއްޔާގައުދަޢުވ ސާބިތުނުވާކަމަށް ނިންމާފައިވާ ނިންމުމަކީ، ޤާނޫނު ނަންބަރ 2009/12 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު( ގ 02 ވަނަ މާއްދާގެ . ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 44.7 ވަނަ ނުކުތާ )ހ( އާއި، އެޤާނޫނުގެ 21 ވަނަ މާއްދާގެ )ހ( އާއި، އެޤާނޫނުގެ 60 ވަނަ މާއްދާގެ )ރ( އާއި، ޤާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު( ގެ 05 ވަނަ މާއްދާގެ )ހ( އާއި، އެމާއްދާގެ )ށ( ގ 01 ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( އާއެ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތު އާ މެދު ދައުލަތުން ފާހަގަކުރި ކަންކަން
5އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަޙްމަދު ޙާފިޡު އެގެއަށް ވަދެފައިވަނީ ކުޑަކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތުގައި ކަން އެނގެން ނެތް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ރަނގަޅެށް ނޫންކަމަށެވެ. އެގޮތުން ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގައި އަޙްމަދު ޙާފިޡުގ މޫނު ކުއްޖާގެ މޫނާ ތަކުރާރުކޮށް ކައިރިކުރަން އުޅުނުކަމަށް ބުނެފައިވާއިރު މިކަމަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.މީގެ އިތުރުން މި މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ކޮއްކޮ ރޮމުން "ދައްތު އާ ބެހުނީއޭ" ބުނި ކަމަށް ހެއްކެއްގެ ބަހުގައި ބުނެފައިވާކަމަށެވެ. އަދްމީގެ އިތުރުން އަޙްމަދު ޙާފިޡު އަކީ އޭގެ ކުރިނާ ޝަކުވާކުރްކުއްޖާއަށް ލޯބި ހުށަހަޅާފައިވާ ފަރާތެއްކަމާއި އެ ކުއްޖާ އެކަން ޤަބޫލުކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން މިކަމުން އަޙްމަދު ޙާފިޡުގެ ނިޔަތް ސާބިތުވާކަމަށެވެ.
6ދައުލަތުން މި މައްސަލައިގައި އެދިފައިވަނީ ދަށު ކޯޓުގެ ޙުކުމް ބާޠިލްކޮށް، އަޙްމަދު ޙާފިޡުގެ މައްޗަށް ކުށ ސާބިތުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.
7ޖަވާބުގައި އަޙްމަދު ޙާފިޡުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ މި މައްސަލައިގައިވަކީލަކ އައްޔިނުކުރަން ބޭނުން ނުވާކަމަށާއި، ދައުލަތުން ދައުވާ ކުރި ކުށް ނުކުރާ ކަމަށާއް،އިންސާފުން ޙުކުމްކޮށްދިނުނ އެދޭ ކަމަށެވެ.
8ޕްރިސިޑެންސް 1މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، ދަށުކޯޓުގައި ކޮށްފައިވާ ދައުވާގެ މާއްދީ ރުކުން ފުރިހަމަވާކަމަށް ދަށު ކޯޓުން ނިންމާފައިވާއިރު ކުށުގެ މައުނަވީ ރުކުން ފުރިހަމަ ނުވާކަމަށް ކަނޑައަޅާ، ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ މި ސުވާލެވެ. ކުށުގެ މައުނަވީ ރުކުން ފުރިހަމަނުވާކަމަށް ދަށު ކޯޓުން ނިންމި ސަބަބު
9މި މައްސަލައިގައި ކުށުގެ މައުނަވީ ރުކުން ފުރިހަމަނުވާކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ އަންނަނިވި މައިގަނޑު ސަބަބުތައް ބަޔާންކުރުމާއެކުގައެވެ.
9.1. އަޙްމަދު ޙާފިޡު އާއި ޝަކުވާކުރި ކުއްޖާއާ އުމުރުގެ ތަފާތަކީ 3 އަހަރުކަން.
9.2. ފުލުހުން އަޙްމަދު ޙާފިޡު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ޝަކުވާކުރި ކުއްޖާއާބެހޭގޮތުން އަޙްމަދު ޙާފިޡު ލިޔެފައިވާ ނޯޓެއް ފެނފައިވާއިރްއަޙްމަދު ޙާފިޡުބުނާގޮތުން އެއީ އެއްކުލާހެއްގައި ކިޔަވަން އުޅުނުއިރު ކުލާހުން ކުއްޖަކާ ގުޅޭގޮތުން ނޯޓެއް ލިޔަން ބުނުމުން ލިޔެފައިވާ އެއްޗެކެވެ. ޝަކުވާކުރި ކުއްޖާ ބުނާގޮތުން އެއް ކުލާހުގައި ކިޔްވްން އުޅުނުއިރު އަޙްމަދު ޙާފިޡު އާ ދިމާވެ ވާހަކަދެކެވެނ ފެށުމުނައަޙްމަދު ޙާފިޡު ޝަކުވާކް ރ ކުއްޖާއަށް ލޯބި ހުށަހު ޅައި ރައްޓެހިވާން އެހިއެވެ. ނަމަވެސް . ދަށު ކޯޓުގެ ރިޕޯޓުގެ 44 ވަނަ ނުކުތާގެ ދަށުން ބަޔާންކޮށްފައިހުރި މައިގަނޑު ކަންކަން ޝަކުވާކުރކުއްޖިއެފަދަ ކަމަކަށް އިންކާރުކުރިއެވެ. މިކަންކަމަށް ރިޢާޔަތްކޮށް، އަޙްމަދު ޙާފިޡުގ ހިތުގައި ޝަކުވާކުރި ކުއްޖާއާމެދު ޚާއްސަކަމެއް އޮތްކަމަށް ތަސައްވަރުކުރެވިދާނެކަނ
9.3. އަޙްމަދު ޙާފިޡު ޝަކުވާކުރި ކުއްޖާ ދިރިއުޅޭ ގެއަށް ވަނުމުގެ ކުރިން ނުވަތަ ވަނުމުގެ ފަހުންވެސް އޭނާގެ ޢަމަލުން ނުވަތަ ބަހުންވެސް ޖިންސީ ކަމަކަށް އެދި ހުށަހަޅާފައި ނުވަތަ ޖިންސީ ޢަމަލެއް ހިންގުމަށް އެދިފައި އޮތްކަން އެނގެން ނެތުން
9.4. ޝަކުވާކުރި ކުއްޖާގެ ބަޔާނުގައި އަޙްމަދު ޙާފިޡުގެ މޫނު ޝަކުވާކުރި ކުއްޖާގެ މޫނާ ކައިރިކުރަން މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށްފައިވާއިރު މޫނާ މޫނު ކައިރިކޮށް ބަދުއްޚުލަޤީ ޢަމަލެއް ހިންގިކަމަށް ބަޔާންކޮށްފައި ނެތްކަން އަދި އެ ކުއްޖާގެ ގައިގައި އަޙްމަދު ޙާފިޡު އަތްލައި ހެދިކަމަށް ބުނެފައިނުވާކަމާއި ޖިންސީ ޢަމަލެއް ކަމަށް ބެލެވޭ އެއްވެސް ކަމަކަށް އަޙްމަދު ޙާފިޡު އެދިފައިވާކަން އެނގެން ނެތުން
9.5. ޝަކުވާކުރި ކުއްޖާ ބުނެފައިވަނީ އަޙްމަދު ޙާފިޡު ގޭގެ ދޮރުމަތީ ހުރެ "އައިސްބަލާށޭ" ބުނި ކަމަށެވެ. އަޙްމަދު ޙާފިޡު ހުއްދަނެތި އެގެއަށް ވަދެފައިވުމަކީ ވަކި ކުށެއްކަން އަދި މައްސަލައިގައި ޝަކުވާކުރި ކުއްޖާ ހުރި ކޮޓަރީގެ ދޮރުގެ ތަޅުގައި އެއްފަރާތުން އަޙްމަދު ޙާފިޡު ހިފަހައްޓައިގެން ހުރި އަނެއްފަރާތުން ޝަކުވާކުރި ކުއްޖާ ހިފަހައްޓައިގެން ހުންނަ އިރު، ދޮރުފަތާދެކޮޅަށްވެސް ދިއުމަކީ އެކަށީގެންވާ ކަމަކަށް ވާއިރު، މިގޮތަށް ޢަމަލެއް ހިންގާއިރު އެކަކުގެ މޫނު އަނެކަކުގެ މޫނު ކއިރިވުމަކީ އެކަށީގެންވާ ކަމެއް ކަން
9.6. އިވަގްތު އަޙްމަދު ޙާފިޡު ހުރީ އިތުރު ފަރާތަކާއެކުގައ ކަމަށްވުމުން،ކޮޓަރިއަށް ވަންނަން މަސައްކަތްކުރިނަމަ އެކަމަކީ ފަސޭހައިން ކުރެވޭނެ ކަމެއްކަން
9.7. ނަމަވެސް ޝަކުވާކުރި ކުއްޖާގެ ގައިގެ އެއްވެސް ތަނެއްގައި އަތްލަން މަސައްކަތްކުރިކަމަށް ޝަކުވާކުރި ކުއްޖާ ބުނެފައިނުވުނ
9.8. މުޅި މައްސަލައިގެ ކަންހިނގާފައިވާގޮތަށް ބަލާއިރު، އަޙްމަދު ޙާފިޡު ކޮށްފައިވާ ހަމައެކަނި މިޢަމަލުގެ ސަބަބުން ޝަހުވަތްތެރިކަމެއް އޮތް ކަމާއި ޚާއްސަ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ޝަހުވާނީ އެދުންވެރިކަމެއް ހާސިލްކުރުމަށް ކަމެއް ކުރިކަށް ޝަރީޢަތަށް ބުރނުވެވުނ
9.9. ކުއްޖާ ހުރިގެއަށް އަޙްމަދު ޙާފިޡު ވަދެފައިވަނީ ކުއްޖާއާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތުގައި ކަމަށް ޝަރީޢަތަށް ބުރަނުވެވުން، މިއެވެ. މި މައްސަލައިގައި އަޙްމަދު ޙާފިޡުގެ ކިބައިގައި ކުށުގެ ނިޔަތް އޮތްކަން އެނގެން ނެތް ކަމަށް ދަށު ކޯޓުނ ކަނޑައެޅި ކަނޑައެޅުން ޤާނޫނީ ހަމަތަކާ ޚިލާފުތޯ؟
10އަޙްމަދު ޙާފިޡުކުއްޖާ ހުރި ގެއަށް ވަތްކަން އެނގެން އޮތް ނަމަވެސް،އިސްވެ ބުނެވުނު ސަބަބުތައް ބަޔާންކުރުމާއެކު އަޙްމަދު ހާފިޡުގެކިބައިގައި ޖިންސީ ޢަމަލެއްހިންގުމުގްނިޔަތްއޮތް ކަމަށް ބުރަނުވެވޭކަމަށ ދަށު ކޯޓުނ ކަނޑައަޅާފައިވެއެވެ.
11ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގިނޑަ ގޮތެއްގައި ފާހަގަކުރާ ކަމަކީ ޝަކުވާކުރި ކުއްޖާގެ ކިޔައިދިނުމުގައި "ތަކުރާރުކޮށް" އަޙްމަދު ޙާފިޡު ކުއްޖާގެ މޫނާ މޫނު ކައިރިކުރަން މަސައްކަތްކުރިކަމަށް ބަޔާންކޮށްފައިވުމިއި، މި މައްސަލައިގައާޝަކުވާކުރި ކުއްޖާގެ ކޮއްކޮ ރޮމުން "ދައްތު އާ ބެހުނީއޭ" ބުނީ ކަމަށް ހެއްކެއްގެ ބަހުގައި އޮތް އޮތުމަށާއުއަދްއަޙްމަދު ޙާފިޡު ކުއްޖާއަށް ލޯބި ހުށަހަޅައި ކުއްޖާއާމެދު ޝައުގުވެރިކަން އޮތް އޮތުމުން އަޙްމަދު ޙާފިޡުގެ ކިބައިގައި ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތް އޮތްކަން އެނގޭ ކަމަށެވެ. އަދި މިކަން މިގޮތުގައި ދަށު ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
12ޕްރިސިޑެންސް 2ޕްރިސިޑެންސް 3ޕްރިސިޑެންސް 4މި މައްސަލައިގައި ޝަކުވާކުރި ކުއްޖާއަށް އަޙްމަދު ޙާފިޡު ލޯބި ހުށަހެޅިކަމާއި އެކަމުން ކުއްޖާއާމެދު އަޙްމަދު ޙާފިޡުގެ ހިތުގައި ޚާއްސަކަމެއް އޮތްކަން ތަސައްވަރުކުރެވިދާނެކަނ ދަށު ކޯޓުން ވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ދައުލަތުން ބުނާ ހާދިސާ ހިނގާފައިވަނީ ޝަކުވާކުރި ކުއްޖާ އާއި އަޙްމަދު ޙާފިޡު އާ ދެމީހުންކޮޓަރީގ ދޮރުގެ ތަޅުގައި ދެފަރާތުން ހިފަހައްޓައިގެން ތިބި އިރެއްގައި ކަމަށ ވުމާއި، އެ ކޮޓަރިތެރެއަށް ވަންނަން އަޙްމަދު ޙާފިޡު މަސައްކަތްކޮށްފައި ނުވުމާއި، ކުއްޖާގެ ގައިގައި އަޙްމަދ ޙާފިޡު އަތްލާފައިވާކަން ނުވަތަ އެފަދަ އެއްވެސް ކަމަކަށްއެ ވަގުތު ނުވަތަ އޭގެ ކުރިން ނުވަތަ އޭގެ ފަހުންވެސިއަޙްމަދު ޙާފިޡުއެދިފައިވާކަން އެނގެން ނެތުމުން މި މައްސަލައިގައީއެފަދައިން އަޙްމަދު ޙާފިޡު އެ ކުއްޖާ ހުރި ގެއަށް ވަދެފައިވަނުޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތް އޮވެގެން ކަމާމެދާއެކަށީގަންވެ މިންވަރުގެ ޝެއްކ އުފެދެއެވޭ.އަދި މި ހާދިސާގެ ކުރިން ޝަކުވާކުރި ކުއްޖާއަށް އަޙްމަދު ޙާފިޡު ލޯބި ހުށަހަޅާފައިވުމަކީ އަޙްމަދު ޙާފިޡުގެ ކިބައިގައި ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތް އޮތް ކަން ދަނެގަނެވޭ ސަބަބެއް ކަމަށް ދައުލަތުން ފާހަގަކުރިއިރު އެކަމަށް ބާރުދޭ އެއްވެސް ޤާނޫނީ އަސާސަކަށް ދއުލަތުނ ހަވާލާދީފައިނުވެއެވެ. އަދި އެފަދައިން އެކަން ފާހަގަކުރި ޤާނޫނީ ސަބަބެއްވެސް ބަޔާންކޮށްދެވިފައިނުވެއެވެ. އެހެންކަމުން ޖިންސީ ޢަމަލެއް ހިންގުމުގް ނިޔަތް އަޙްމަދު ޙާފިޡުގެ ކިބައިގައި އޮތް ކަމަށް ބުރަނުވެވޭކަމަށ ދަށު ކޯޓުން ކަނޑައަޅާފައިވަނީ މި މައްސަލައިގައި ހުރި ހެކިތަކަށާއި މައްސަލައިގެ ވަށައިގެންވާ ކްންކަމަށ ރިޢާޔަތްކުރުމަށް ފަހުގައި ކަމަށް ދެކެމެވެ. އަދި މި ކަނޑައެޅުން ޚިލާފުވާ ޤާނޫނީ ހަމައެއް ދައުލަތަށް ބުނެދެވިފައިވާކަމަށް އަހުރެން ނުދެކެމެވެ.
13އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން،ކ ރިމިނަލް ކޯޓުގެ ނަންބަރ 1322/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށްހެޅ ނުކުތާއަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް