ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-B12/5
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު، 2026/HC-B12/5
Prosecutor General's Office v. Mohamed 2026/HC-B12/5 (2026/HC-B12/5, High Court of the Maldives, 24 February 2026)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު
މައިގަނޑު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި، ކުޑަކުދިންގެ އިންޓަވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ، ރައްކާތެރި އިލެކްޓްރޯނިކް ނިޒާމެއް ހަމަޖެހޭނަމަ ކޯޓުން ބޭރުގައި ދިފާޢީ ވަކީލަށް އެކަނި ބެލޭގޮތަށް ހެދި ކްރިމިނަލް ކޯޓުގެ ހެކި ރައްކާތެރިކުރުމުގެ އަމުރަކީ ޤާނޫނުއަސާސީގެ 35، 68، 143 (ރ) އާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 2 އަދި 33 ވަނަ މާއްދާއާއި 2021/HC-A/142 ގެ އުޞޫލާ ޚިލާފު ނިންމުމެއްތޯ؛ އަދި ވާޤިޢީގޮތުން އެއްގޮތް 2025/HC-B12/39 ގެ ނިންމުމުން ދުރަށްދެވޭނެތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ ހެކި ރައްކާތެރިކުރުމުގެ އަމުރު ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަށް ބިނާކޮށެވެ؛ ދަށުކޯޓުގައި ފާހަގަކުރުމުގެ ފުރުޞަތު އޮވެ ހުށަނާޅާ ކަންކަން އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 44-45)
- ޤާނޫނުއަސާސީގެ 143 (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) (2) ގެ ދަށުން މަތީ ކޯޓުގެ ނިންމުމަށް ދަށުކޯޓުތައް ތަބާވުމަކީ މުޠުލަޤު ލާޒިމުކަމެއް ނޫނެވެ؛ ކަނޑައަޅާ އުޞޫލުތަކާއި، ސާފު އުޞޫލެއް ނެތިއްޔާވެސް މުހިންމު ވާޤިޢާތައް (material facts) އެއްގޮތް މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރަންވާނެއެވެ؛ މުހިންމު ވާޤިޢާތައް ތަފާތުނަމަ ނުވަތަ ކުރީގެ ނިންމުމަކީ per incuriam ނިންމުމެއްނަމަ، އެކަން ސާފުކޮށް ބަޔާންކޮށްގެން ދުރަށްދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46-48؛ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/ibrahim_abdul_latheef_v_oanas_private_limited_2019_SC_A_15/"><bdi class="salj-latin" dir="ltr">2019/SC-A/15</bdi></a>)
- ކުރީގެ ނިންމުމެއް ނުރަނގަޅު ނުވަތަ per incuriam ކަމަށް ޚަޞްމަކު ދެކޭނަމަ، އެ ސަބަބުތައް ދަށުކޯޓުގައި ހުށަހަޅައި އިސްތިއުނާފުގައިވެސް ސާފުކޮށް ބަޔާންކުރަންވާނެއެވެ؛ ވުޖޫދުނުވާ ޙާލަތްތަކާ ބެހޭ ހީކުރުންތަކުގެ މައްޗަށް ކަންބޮޑުވުން ފާޅުކުރުމަކީ ޤާނޫނީ ހުއްޖަތެއް ނޫން، އަދި ތަބާވާންޖެހޭ ނިންމުމަކުން ދުރަށްދިއުމަށް ފުދޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49-51، 57)
- ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސްކުރުމުގައި، ހެކީގެ ބާވަތާއި ޝާއިޢުވުމުގެ އިޙްތިމާލާއި ވަށައިގެންވާ ކަންކަމަށް ބަލައި ހެކި ރައްކާތެރިކުރަންވާނީ ޟަރޫރަތްތެރިވާ އެންމެ ކުޑަ މިންވަރަށެވެ؛ މިއީ ހަރުކަށި އުޞޫލެއް ނޫން، ކޮންމެ މައްސަލައެއްގެ ޚާއްޞަ ޙާލަތަށް ބަލައި ފަނޑިޔާރު ނިންމާ އިޚްތިޔާރީ ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 59؛ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/prosecutor_general_v_ibrahim_zaaif_mohamed_2021_HC_A_142/"><bdi class="salj-latin" dir="ltr">2021/HC-A/142</bdi></a> ޕެރ. 8.13)
- ކުޑަކުދިންގެ ވީޑިއޯ ހިމެނޭ ހެކި، ދިފާޢީ ވަކީލަށް އެކަނި، ކޯޓުން ކަނޑައަޅާ ވަގުތުތަކުގައި، އެކްސެސް ކޮންޓްރޯލްކޮށް ލޮގް ބެލެހެއްޓޭ ރައްކާތެރި އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބެލޭނެ އިންތިޒާމު ހަމަޖެއްސުމަކީ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއިން ކުރެވޭ ކަމެކެވެ؛ ދިފާޢީ ވަކީލުންނަކީވެސް ހުވައާއި ސުލޫކީ މިންގަނޑުތަކަށް ތަބާވާ ބައެއް ކަމުން، އަސާސެއްނެތި ލީކުވުމުގެ އިޙްތިމާލެއް އޮތްކަމަށް ބުނުމަކީ ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުން ތަފާތު މިންގަނޑަކުން ވަޒަންކުރުމެވެ؛ އެފަދަ ނިޒާމެއް ނެތްނަމަ ކޯޓުގައި ޙާޟިރުވެ ބަލަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38 (<a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/prosecutor_general_v_ahmed_aafaaq_2025_HC_B12_39/"><bdi class="salj-latin" dir="ltr">2025/HC-B12/39</bdi></a> ގެ ޕެރ. 19 ނަކަލު)، 56-57، 60)
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ދަށުން ޤާނޫނުގެ ކުރިމަތީގައި ދައުލަތާއި އެހެން މީހުން ހަމަހަމައެވެ؛ ޤާނޫނީ ނިޒާމުން ލިބިދޭ ފުރުޞަތުތައް (އިސްތިއުނާފު ނުވަތަ ދަށުކޯޓުގައި ހުށަހެޅުން) ބޭނުން ނުކޮށް، ފަހުން އެ ނަތީޖާ ބަދަލުކުރަން އެދުމަކީ ޤާނޫނީ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50-51)
1މި މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 8/HRA/2025/12B-145 "ކޯޓު އަމުރު" (10 ޑިސެމްބަރ 2520) އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (މީގެފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށްބުނެފައިވާ) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ xxxxxxxxxxxx، ××××××× މުޙައްމަދު (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށްބުނެފައިވާ) އެވެ.
2ދައުލަތުން، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަތަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައިހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް 10 ސެޕްޓެމްބަރ 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.
3ބުނެވިދިޔަ މައްސަލަ އާ ގުޅިގެން، ދައުލަތުގެ ފަރާތުން "ހެކި ރައްކާތެރިކުރުމުގެ އަމުރަށްއެދި ހުށަހަޅާ ފޯމު" (10 ސެޕްޓެމްބަރ 2025) ހުށަހަޅާފައިވާކަމަށް މައްސަލައިގެ ލިޔުންތަކުން ދައްކައެވެ. އެ މީގެފަހުން "ކޯޓު އަމުރު"ކަމަށް ބުނެފައިވާ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxA. މީގެފަހުން "2009/12"ކަމަށް ބުނެފައިވާ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރެފަރެންސް ނަންބަރު 2025/CRC/342-1369/2023 ދަޢުވާ ހުށަހަޅާ ފޯމު (10 ސެޕްޓެމްބަރ 2025.) ފޯމުގެ "ވަކި މިންވަރަކަށް ހާމަކުރަންއެދޭ ހެކީގެ ތަފްޞީލާއި، ހާމަކުރަންއެދޭ މިންވަރު" ސުރުޚީގެ ދަށުން، ތިރީގައިވާގޮތަށް ބަޔާންކޮށްފައިވެއެވެ. "1. ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުޠުތަކާ އެއްގޮތަށް އެތަކެތި ޝަރީޢަތުގެ މަޖިލީހުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމް ދަޢުވާލިބޭ މީހާއަށްލިބޭ މިންވަރަށް ހާމަކުރަން އެދޭ ހެކި:
1.1. "ކުއްޖާ 1"ގެ ބަޔާނާއި އިންޓަރވިއު ވީޑިއޯ ރެކޯޑިންގ (ފޯލިއޯ ނަންބަރު 4،62(
2.1. "ކުއްޖާ 2"ގެ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި އިންޓަރވިއު ވީޑިއޯ ރެކޯޑިންގ (ފޯލިއޯ 7،63)
2. މުޖުތަމަޢުގެ ތެރެއަށް ހެކި ޢާއްމު ނުވާނެ ގޮތެއްގެ މަތިން ޢަމަލުކުރުމަށް، ދަޢުވާލިބޭ މީހާއާއި ދިފާޢީ ވަކީލުގެ މައްޗަށް ޝަރީޢަތުން ޝަރުޠުކުރުމަށްފަހު ހާމަކުރަން އެދޭ ހެކި:
1.2 ހުޅުމާލެ ހޮސްޕިޓަލްގެ ނަންބަރު: HMC/2023/1089/C "މެޑިކޯ-ލީގަލް ރިޕޯޓް" (ފޯލިއޯ )16
2.2 އިންސްޓިޓިއުޓް އޮފް ކައުންސެލިންގ އެންޑް ސައިކޯ ތެރަޕީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު: ICP/RPT/2023/418 "ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު" (ފޯލިއޯ 17)
3.2 ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ތައްޔާރުކުރައްވާފައިވާ xxxxx xxxxxxxxxxxxxxxxxxxxxxxxxxގެ "އިޖްތިމާޢީ ޙާލަތު ދެނެގަތުމާއި ބެހޭ ރިޕޯޓު" (ފޯލިއޯ 19)
42 ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު: L4/MFR/2023/338 "މޮބައިލް ފޮރެންސިކް ރިޕޯޓް އެ ރިޕޯޓާގުޅޭ ސީޑީ (ފޯލިއޯ 25 އަދި ފޯލިއޯ 64")
4. ބުނެވުނު ހެކިތައް ރައްކާތެރި ކޮށްދިނުމަށްއެދޭ ސަބަބުގެގޮތުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
1. "ނަންބަރު 1.1 އާއި 1.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހެކީގައި އަނިޔާ ލިބުނު ކުއްޖާއާއި، އިތުރު ކުޑަކުއްޖެއްގެ ވީޑިއޯ ހިމެނިފައިވެއެވެ. އެތަކެތި ނަކަލުކޮށް ޢާއްމުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކުއްޖާއަށް ލިބިދޭޙައްޤަށް އުނިކަން އަންނާނެއެވެ. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 54 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 33 ވަނަ މާއްދާއަށް ބެލުމުން، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެކަން އެނގެއެވެ.
2. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ބާވަތުގެ މައްސަލަތަކުގައިވެސް ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސް ކުރުމުގައި ހެކީގެ ބާވަތާއި، އެ ހެކިތައް ޢާއްމުވ ޝާއިޢުވުމުގެ އިޙްތިމާލުއޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށްބަލައ ހެކި ރައްކާތެރިކުރަންވާނީ އެހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެ ކުޑަ މިންވަރަށކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/142 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް) ޤަޟިއްޔާގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔުގެ 8.13 ވަނަ ނުކުތާގައި ކަނޑައަޅާފައިވެއެވެ.
3. އެހެންކަމުން، އިސްވެ ދެންނެވުނު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުޠުތަކަކާ އެއްގޮތަށް 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހެކިތައް ޝަރީޢަތުގެ މަޖިލީހުގައި ބަލައި ދިރާސާކުރުމުގެ އިންތިޒާމް ދަޢުވާލިބޭ ފަރާތަށް ހަމަޖައްސަވައިދެއްވުނ އެދް ދެންނެވީމެވެ. އަދި މި އަމުރަށްއެދޭ ފޯމާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅުއްވަންދެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ގެ (ހ) ގެ ދަށުން އެ ހެކިތައް ހާމަކުރުން ފަސްކުރުމުގެ އަމުރަކަށްއެދި ހުށަހަޅަމެވެ.
4. ނަންބަރު 2.1 އިން 2.4 އަށް ބަޔާންކޮށްފައިވާ ހެކިތަކާއި ލިޔުންތަކުގައި އަނިޔާލިބުނު ކުއްޖާއާއި އެހެން ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ހިމެނެއެވެ. މި ލިޔުންތައް އެއްވެސް ޝަރުޠެއްނެތި ދަޢުވާލިބޭ މީހާއަށް ދޫކޮށްފިނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ހިމާޔަތް ކޮށްދީފައިވާ ޙައްޤަށް އުނިކަން އަންނާނެކަމަށް ފެނެއެވެ. ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސް ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 54 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 33 ވަނަ މާއްދާއަށް ބެލުމުން، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކަށް ހާމަކޮށްގެނ ނުވާނެކަން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/142 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް މުޙައްމަދު ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން މި ހެކިތައް ޝަރީޢަތުން ކަނޑައަޅައި ޝަރުޠުތަކާއެކު ދަޢުވާލިބޭ މީހާއަށް ދިނުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދެމެވެ.
5އެގޮތުން ބަޔާންކޮށްފައިވާ ހެކިތައް ދަޢުވާލިބޭ މީހާއަށް ދޫކުރުމުގެ ކުރިން، މައްސަލައިގެ ކުޑަކުދިންގެ ޒާތީ މަޢުލޫމާތުހިމެނޭ އެއްވެސް ލިޔުމެއް މުޖުތަމަޢުގެ ތެރެއަށް ފެތުރިގެންދާނެފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ދަޢުވާލިބޭ މީހާއާއި ދިފާއީ ވަކީލުގެ މައްޗަށް ޝަރުޠު ކުރެއްވުމަށްވެސް އެދެމެވެ. އަދި މި އަމުރަށްއެދޭ ފޯމާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅުއްވަންދެން، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ގެ (ހ) ގެ ދަށުން އެ ހެކިތައް ހާމަކުރުން ފަސްކުރުމުގެ އަމުރަކަށް އެދި ހުށަހަޅަމެވެ."
5. ދައުލަތުގެ ފަރާތުން ހުށަހެޅި "ހެކި ރައްކާތެރިކުރުމުގެ އަމުރަށްއެދި ހުށަހަޅާ ފޯމު"އާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު B8/HRA/2025/12-145 "ކޯޓު އަމުރު" (10 ޑިސެމްބަރ 2025)ގެ ހެކި ރައްކާތެރިކޮށްދޭ ސަބަބު ސުރުޚީގެ ދަށުގައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. "1. ރައްކާތެރިކޮށްދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 1 2 ގައި ހިމެނޭ ހެކިތަކަކީ ކުޑަކުއްޖެއްގެ ވީޑިއޯ ހިމެނޭ ހެކި ކަމަށްވާތީ މި ހެކިތަކަކީ އެކީހާމަކޮށްފިނަމަ ކުޑަކުއްޖެއްގެ ކަރާމަ ތަށް އުނިކަމެއް އަތުވެދާނެފަދަ އަދި އެ ކުއްޖާގެ ޒާތީ މަޢުލޫމާތު ޢާއްމުވުމުގެ ދޮރު ހުޅުވިގެންދާނެ ހެކިތަކެއްކަމަށް ދެކެމެވެ.
2. ރައްކާތެރި ކޮށްދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 1 2 ގައި ހިމެނޭ ހެކިތަކަކީ، ހުށަހެޅިފައިވާ ދަޢުވާގެ ނިސްބަތުން އަދި މި ހެކިތަކުން ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ދިފާޢު ބިނާކުރުމަށް މުހިންމު ހެކިތަކެއް ކަމަށްވެސް ބުރަވެވެއެވެ.
3. އެހެންކަމުން، (1) ދިފާޢު ބިނާކުރުމުގެ ޙައްޤާއި (2) ކުޑަކުދިންގެ ކަރާމތާއި ޒާތީ ދިރިއުޅުމުގެ ޙައްޤާއަ ޢއާ މ ސިޔާސަތު ނެގެހެއްޓުމުގެ މަޞްލަޙަތު ބެލެންސް ކުރެވޭނެ މިންގަނޑަކުން ނިންމުމެއް ނިންމާކަމަ ށްވާނަމަ އެ ނިންމުމަކަށްވާނީ، ކޯޓުގައި މި ހެކިތައް (ކުއްޖާގެ ވީޑިއޯ ހިމެނޭ ސީޑީތައް) ބަލައި ދިރާސާކުރުމަށް ފުރުޞަތު ލިބޭގޮތަށް އެ މިންވަރަށް ރައްކާތެރިކޮށް ޙިމާޔަތްކުރުން ކަމުގައި ބުރަވެވެއެވެ.
4. އެހެން ނަމަވެސް ދިފާޢުން އެކަން އެގޮތަށް ކުރުމަށް ވަގުތު ނަގާނެތީ އާއި އަދި އެކަމަކީ ކޯޓުގެވެސް އެތަކެއް ވަގުތާއި ވަޞީލަތް ހޭދަކުރަންޖެހޭ ކަމަކަށްވުމުގެ އިތުރަށް އެފަދަ ހެކިތައް ކޯޓުގައި ބަލައި ދިރާސާކުރާގޮތަށ އިންތިޒާމް ހަމޖަ އްސަނަމަ އެކަންކޮށ ނިންމުމަށް ގިނަ ދުވަސް ނަގާނެތީއާއި އެކަމުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް ދިގުލައިގެންދާކަމަށްވާތީ، ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެ ގޮތަށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ބެލޭގޮތަށް އެކްސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ލިބިދެވިދާނެކަމަށް ދެކެމެވެ.
5. ވާ ހެކިތަކުގެ ތެރެއިން ނަންބަރު 3 އިން 6 ގެ ނިޔަލަށް ހިމެނޭ ހެކިތަކަކީވެސް ކުޑަކުއްޖެއްގެ ޒާތީ މަޢުލޫމާތު ހިމެނޭ ލިޔުންތަކެއްކަމަށްވެފައި އެއްވެސް ޝަރުޠެއްނެތި މި ލިޔުންތައް ހާމަކޮށްފިނަމަ ކަރާމަތަށ އުނިކަމެއް އަތުވެދާނެފަދަ އަދި އެ ކުއްޖާގެ ޒާތީ މަޢުލޫމާތު ޢާންމުވުމުގު ދޮރު ހުޅުވިގެންދާނެ ހެކިތަކެއް ދެކެމެވެ.
6ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 3 އިން 6 ގެ ނިޔަލަށް ހިމެނޭ ހެކިތަކަކީ، ހުށަހެޅިފައިވާ ދަޢުވާގެ ނިސްބަތުން އަދި މި ހެކިތަކުން ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ދިފާޢު ބިނާކުރުމަށް މުހިންމު ހެކިތަކެއް ކަމަށްވެސް ބުރަވެވެއެވެ.
7އެހެންކަމުން (1) ދިފާޢު ބިނާކުރުމުގެ ޙައްޤާއި (2) ކުޑަކުދިންގެ ކަރާމތާއި ޒާތީ ދިރިއުޅުމުގެ ޙައްޤަ ބެލެންސް ކުރެވޭނެ މިންގަނޑަކުން ނިންމުމެއް ނިންމާކަމަށްވާނަމަ އެ ނިންމުމަކަށްވާނީ، މި ހެކިތައް (ލިޔުންތައް) ޢާއްމު ނުކުރުމަށް ދަޢުވާލިބޭ ފަރާތަށާއި އޭނާގެ ވަކީލުންނަށް ޝަރުޠުކުރުމާއެކު ހާމަކުރުން ކަމަށް ބުރަވެވެއެވެ. މަތީގައި ބަޔާންކޮށްފައިވާ ހެކިތައް، މި އަމުރުގައި ބަޔާންކުރެވުނު ގޮތުގެމަތިން ރައްކާތެރިކުރުމަށް އަމުރުކޮށްފީމެވެ."
6. މި މައްސަލަ އިސްތިއުނާފު ކޮށްފައިވާކަން، ކްރިމިނަލް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތް ތަމްސީލުކުރާ ވަކީލުންގެ ސަމާލުކަމަށް އިދާރީގޮތުން ގެނެސްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/5 ޤަޟިއްޔާގއަ ވަކީލުންގެ ގޮތުގައި އެއްވެސް ވަކީލަކު ޢައްޔަނުވެ ވަޑައިގެންފައިނުވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ޝަރީޢަތުން އަންގައި، މައްސަލަ ކުރިއަށްގެންދަން އެދޭގޮތަކާމެދު ޝަރީޢަތުން ސުވާލުކުރުމުން، ވަކީލަކާނުލައި މައްސަލަ ކުރިއަށް ގެންދިޔުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިވަޑައިގެންފައިވެއެވެ.
7. ކްރިމިނަލް ކޯޓުގެ ނަންބަރު B8/HRA/2025/12-145 "ކޯޓު އަމުރު" (10 ޑިސެމްބަރ 2025) އިސްތިއުނާފު ކުރުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއ) އިސްތިއުނާފީ ނުކުތާއެވެ. އެ ގޮތުން، ކްރިމިނަލް ކޯޓުގެ ނަންބަރު B8/HRA/2025/12-145 (10 ޑިސެންބަރު 2025) ކޯޓު އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 201919/ (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 33 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ)އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވެއެވެ. މި އިސްތިއުނާފެ ނުކުތާއާ ގުޅިގެން ދައުލަތުގެ ދަޢުވާ ފޯމާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
8ކްރިމިނަލް ކޯޓުގެ "ކޯޓު އަމުރު"އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައިއޮތް އެއްސުވާލަކީ، ހެކި ރައްކާތެރިކުރުމަށް ނިންމަވާފައިވާ ގޮތުގެސަބަބުން ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޤާނޫނއު ޚިލާފްވޭތޯ ނުވަތަ ނޫންތޯކަމަށެވެ. އެ ސުވާލަށް ޖަވާބު ހޯދަން ބަލާއިރު، މީގެފަހުން "ޤާނޫނުއަސާސީ"ކަމަށް ބުނެފައިވާ. މީގެފަހުން "ކުޑަކުދިންގެ ޤާނޫނު"ކަމަށް ބުނެފައިވާ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ޙައްޤާއި، ކުށުގެ ޝިކާއަރަކަށްވާ ކުޑަކުއްޖާގެ ޙައްޤު ޤާނޫނުގައި ޙިމާޔަތްކޮށް ކަށަވަރު ކޮށްދީފައިވާގޮތަށް ރިޢާޔަތްކުރަން ޖެހޭކަމަށެވެ.
9އެގޮތުން، ޖިންސީކުށްތަކާއި، ރޭޕްގެ ކުށުގެ ޝިކާއަރަކަށްވާ ކުޑަކުދިންނާއި ބޮޑތިމީހުނެ އިންސާފު ހޯދުމަށް އެއްވެސް ހުރަހއެނެތި ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމުގެ ހިތްވަރާއި އެފަރާތްތަކަށް އިންސާފު ލިބިދިނުމުގައި، ކުށުގެ ޝިކާއަރަކަށްވާ ފަރާތަކާއި އެފަދަ މައްސަލަތަކުގައި ހިމެނޭހެކިންގެ ތެރެއިން ޤާނޫނީގޮތުން ޚާއްޞަ ރައްކާތެރިކަމެއް ދީފައިވާ ފަރާތްތައް އިތުރަށް ވިކްޓިމައިޒްވިޔަ ނުދިނުމަށާއި، ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޒާތީ ދިރިއުޅުމުގެ ޙައްޤާއި، ރައްކާތެރިކަމަށް ރިޢާޔަތްކޮށް، މައްސަލައެއް ސާބިތުކުރުމަށް ހުށަހަޅާ ހެކީގެ ތެރޭގައވި ސެންސިޓިވް މެޓީރިއަލްހިމެނޭ ހެކިތަކަކީ، ކޯޓުން ކަނޑައަޅުއްވާ ރައްކާތެރި ނިޒާމެއްގެ ތެރެއިން، ކޯޓަށް ފިޒިކަލީ ޙާޟިރުވެގެން ނުވަތަ ފިޒިކަލް ސުޕަވިޝަންއަކާއެކު، އެ ހެކިތައް އިތުރު އެއްވެސް ފަރާތަށް ނުފެންނާނެގޮތަށް ހާމަކުރަންޖެހޭ ހެކިތަކެއްކަމަށެވެ. އެ ޙައްޤުތައް ވަޒަންކޮށް ގޮތްނިންމުމުގައި މަތމަރުޙަލާގީ ކޯޓުތަކުގެ ނިންމުމެއް އޮންނަ ޙާލަތުގައި، އެ ނިންމުމަށްވެސް ރިޢާޔަތްކުރަން ޖެހޭކަމަށް ދައުލަތުން ދެކޭކަމަށެވެ.
10ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުގެ ތެރޭގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤާއި، ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބުމުގެ ޙައްޤާއި، ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރި ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު ބޭނުންހެކނި ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކންނި ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާން ކޮށްފައިވާކަމަށެވެ. މީގެއިތުރުން، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 84 ވަނަ މާއްދާއާއި 107 ވަނަ މާއްދާގެ މީގެފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު"ކަމަށް ބުނެފައިވާ.
(ނ)ގެ (1) ވަނަ ނަންބަރުގައި، ދަޢުވާއާގުޅޭ އެންމހައެ ލިޔެކިޔުމުގެކޮޕީ ދަޢުވާލިބޭ ފަރާތަށް ދޭންވާނެކަމަށް ބަޔާން ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާއަށް ބެލުމުން، ދަޢުވާއެއް ސާބިތުކުރުމަށް ހުށަހަޅާހެކި ރައްކާތެރިކޮށް، ހެކި ހާމަނުކުރުމަށް ނުވަތަ ވަކިމިންވަރަކަށް އެކަނި ހާމކުރުމަށަކުރާ އަމުރުތަކާ އެއްގޮތަށް، ޝަރީޢަތްތައް ކުރިއަށް ގެންދިއުމަކީ ޖިނއާ ޢަދުލުގެ ނިޒާމުގެ ތެރޭގައި އިސްތިޤރާރުވު، ޢަމަލުކުރަމުން އަންނަގޮތްކަމަށެވެ.
11ކުޑަކުދިންނަށް އެކުދިންގެ ޢާއިލާއާއި، މުޖުތަމަޢުއާއި، ދައުލަތުގެ ފަރާތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިގެންވާކަން ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަމަށެވެ. އަދި ކުޑަކުދިންގެ ޤާނޫނު އެކުލަވާލާފައިވަނީ ޤާނޫނުއަސާސީއާއި ކާޑު ކުދިންގަ ޙައްޤުތަކާގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޢާއިލާއާއި މުޖުތަމާއުއާއި ދައުލަތުގެ ފަރާތުން އެ ކުދިންނަށް ލިބިދޭންޖެހޭ އަޅލުނާ ކަށަވަރުކޮށް، އެކުދިންނާމެދު އިހުމާލުވާ އަދި އިހާނެތިކޮށްހިތާ ފަރަތާތްތަކާއި، އެ ކުދިންނަށް ގޯނާކޮށް ނާޖާއިޒު ފައިދާނަގާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން ހިމެނޭގޮތުންކަން، ކުޑަކުދިންގެ ޤާނޫނުގެ 2 ވަނަ މާއްދާގައިވާ މަޤުޞަދަށް ބެލުމުން އެނގޭކަމަށެވެ. އެ ޙައްޤުތައް ލިބިދިނުމުގެގޮތުން ދައުލަތުގެ މައްޗަށްއޮތް ވާޖިބުތަކުގެ ގޮތުގައި، ކުޑަކުދިންގެ ޤާނޫނުގެ 46 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި، 12 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަންކަނ ދައުލަތުން ތަފުޞީލުކޮށް، އެ ޤާނޫނުގެ 133 ވަނަ މާއްދާގެ
(ތ)ގައި، އެފަދަ ޒިއްމާއެއްއޮންނަ "ދައުލަތުގެ އިދާރާ"ގެ މާނައިގެ ތެރޭގައިވާ ފަރާތްތައް ދައުލަތުން ތަފުޞީލު ކޮށްދީފައިވެއެވެ.
12ކުޑަކުދިންގެ ޤާނޫނުގެ 33 ވަނަ މާއްދާގައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢއާމުކޮށްގެން ނުވާނެކަމަށާއި، ކުއްޖާގެ މަޞްލަޙަތަށްޓަކައި، ހުއްދަކުރެވިގެންވާ ޙލަތްތަކެއްގައާ އަދި ލިޔުމުން ރެކޯޑުކުރެވޭ ސަބަބުތަކަށްޓަކައި، ޝަރުޢީ ކޯޓަކުން ނުވަތަ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރެއް ޢާއްމު ކުރެވިދާނެކަމަށް ބަޔާންކުރާކަމަށެވެ. ހަމައެއާއެކު، ކުޑަކުދިންގެ ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޙައްޤުތައް، ކުއްޖާއަށް ލިބިދިނުމުގައި ޤާނޫނު ކިޔަންވާނީ ކުއްޖާގެ މަޞްލަޙަތަށް އެންމެފައިދާވާ ގޮތަށްކަމަށް، އެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް (2021/HC-A/142) ޤަޟިއްޔާ (މީގެފަހުން "ޒާއިފް މައްސަލަ"ކަމަށް ބުނެފައިވާ)ގައި ކަނޑައަޅާފައިވާ އުޞޫލުތައްކަމަށްބުނެ، ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންކަމަށް ދައުލަތުން ޙަވާލާ
1.13. ޒާއިފް މައްސަލއިގަ 8.11 ގެ 3 ވަނަ ޕެރެގްރާފުގައި، "މި ބާވަތުގެ މައްސަލަތަކުގައި ހުށަހެޅޭ ބައެއް ހެކި ޤަރީނާތަކަކީ (މިސާލަކަށް ކުއްޖާގެ އިންޓަވިއު ވީޑިއޯ ރެކޯޑިންގ ނުވަތަ ކުއްޖާގެ ފޮޓޯ) ބުނެވިދިޔަ އޞު ލުނ ވަންހަނާ ކުރުމަށްދަތި ނުވަތަ ވަންހަނާ ކޮށްފިނަމަ ހެކީގެ އަސްލުއޮޅި ދަޢުވާލިބޭ ފަރާތަށް ދިފާޢު ބިނާކުރަން ހުރަސްއެޅިދާނެފަދަ ހެކިތަކެވެ. އެފަދަ ހެކި ހާމަކުރުމުގެ ސަބަބުން، ޢއާ މުކޮށް ޝާއިޢުކުރެވޭ ޙާލަތެއްގައި ކުއްޖާގެ ކަރާމާތަށް ގެއްލުން ލިބިދާނެއެވެ ." މިފަދައިން ބުނެފައިވާކަމަށެވެ.
2.13. ޒާއިފް މައްސަލއިގަ 8.13 ގެ ފުރަތަމަ ޕެރެގްރާފްގައި، "މި ބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސް ކުރުމުގައި، ހެކީގެ ބާވަތާއި، އެ ހެކިތައް ޢާއމުވް ޝާއިޢުވުމުގެ އިޙްތިމާލްއޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށްބަލައި، ހެކި ރައްކާތެރި ކުރަންވާނީ، އެ ހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެކުޑަ މިންވަރަށެވެ". މިފަދައިން ބުނެފައިވާކަމަށެވެ. އަދި އެ ނުކުތާގެ 3 ވަނަ ޕެރެގްރާފުގައިއޮތީ، "އެހެންނަމަވެސް، އަނިޔާލިބުނު ކުއްޖާގެ އިންޓަވިއު ރެކޯޑިންގއާއި، މައްސަލައިގައި ހިމެނޭ ހެކިވެރިއަކު (ކުޑަކުއްޖަކު)ގެ ވީޑިއޯ އިންޓަވިއުއަކީ، ޝަރީޢަތުން ކަނޑައަޅާ ގޮތެއްގެމަތިން އިސްތިއުނާފު ރައްދުވާ ފަރާތަށް ބަލައި ދިރާސާ ކުރެވޭނެމަގު ފަހިކޮށްދެވެންޖެހޭ ހެކިތަކެއްކަމާއި، އެ ހެކިތައް ނަކަލު ކުރެވޭގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ދޫކުރުމަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ރޫޙާ ޚިލާފު ކަމެއްކަމަށް ބެލެވެއެވެ. އެހެންކަމުން އެ ހެކިތަކުގެކޮޕީ އިސްތިއުނާފު ރައްދުވާ ފަރާތަށް ދޫކުރުމަށް ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަން ޖެހޭކަމުގައި ދެކެމެވ". މިފަދައިންކަމަށާއި، އެގޮތުގެމަތިން ނިންމާފައިވަނީ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަމަށެވެ.
14މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ ނިންމުމުގައި، ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ބަލައި ދިރާސާކުރުމުގެ ފުރުޞަތު ލިބޭގޮތަށް އަމުރުކުރެއްވި ހެކިތަކަކީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ 2 (ދޭއް) ކުދިންގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގކަމަށެވެ. އެ ހެކިތައް ނަކަލުކުރެވޭގޮތަށް ދޫކުރުމަކީ ކުޑަކުދިންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ރޫޙާ ޚިލާފުކަމެއްކަމަށް ޒާއިފް މައްސަލައިގެ ނުކުތަ 8.13 ގެ 3 ވަނަ ފެރެގްރާފގު ޞަރީޙަ ނައްސުގައި ބަޔާން ކޮށްފައިވާކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޒާއިފް މައްސަލއިގަ އިސްތިއުނާފު ކުރެވިފައިވާ ނިންމުމެއްކަމަށް ނުވާތީ ނިހާއީވެފައިވާ ނިންމުމެއްކަމަށެވެ.
15ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ ތަޠުބީޤުކުރުމާ ގުޅޭގޮތުން ދައުލަތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.15. ކްރިމިނަލް ކޯޓުގެ "ކޯޓު އަމުރު"ގައި، ހެކި ރައްކާތެރިކޮށްދޭ ސަބަބުގެ 4 ވަނަ ނުކުތާގައި، ހެކިތައް ބެލުމުގެ ފުރުޞަޠު ފަހިކޮށްދީފައިވަނީ ދިފާޢީ ވަކީލަށް އެކަނިކަމަށެ ވެ.
2.15. ޖިނާއީ މައްސަލަތަކުގައި ދިފާޢު ބިނާކުރުމަށް ލިޔުންތައް ދޫކުރަނީ ދަޢުވާލިބޭ ފަރާތަށްކަމަށެވެ. އެކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުން އެނގޭކަމަށެވެ. އެ ޤާނޫނުގެ ނުވަތަ އެނޫންވެސް ޖިނާއީ ކުށްބަޔާންކުރާ ނުވަތަ އިޖުރާއަތު ބަޔާންކުރާ ޤާނޫނެއްގައިވެސް ހަމައެކަނި ދިފާޢީ ވަކީލަށް ލިޔުންތައް ދޫކުރުމަކީ ދިވެހިރާއްޖޭގައި ޢަމަލުކުރާ އުޞޫލެއް ނޫންކަން ދައުލަތުން ފާހަގަކުރާކަމަށެވެ. ހަމައެކަނި ދިފާއީ ވަކީލަށް ހެކި ހާމަކުރެވޭގޮތަށް މި ބާވަތުގެ ހެކިތައް ދޫކުރާނަމަ، އެކަމަކީ ދިފާޢާ ވަކީލެއްނެތި ކުރިއަށްދާ މައްސަލަތަކުގައި ދަޢުވާލިބޭ ފަރާތްތަކަށް އިސްވެ ބަޔާންކުރެވުނު ޤާނޫނީ މާއްދާތަކުން ލިބިދޭޙައްޤަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދައުލަތުން ދެކޭކަމަށެވެ.
3.15. ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢު ތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެ އުޞޫލުތައް ނަގަހައްޓަނވާން ކަމަށާއި، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.
4.15. ކެނެޑާގެ ޤާނޫނީ ވަކީލެއްކަމުގައިވާ ޕީޓަރ ޑޮސްޓަލް ލިޔުއްވާފައިވާ "The Criminal Law Notebook"ގައި، ހެކި ހާމަކުރުމާގުޅޭގޮތުން ފާހަގަކުރައްވާފައިވާ ގޮތުގައި ހެކި ހާމަކުރުމާގުޅޭ ޢާއްމުއުސޫލަކީ، ދަޢުވާލިބޭ ފަރާތަށް މައްސަލައިގެ ލިޔުންތައް ދޫކުރުންކަމުގއަ ވީނަމަވެސް، އެކަމުގައި ހއްދުތަކެއަ ވާކަމަށާއި، މައްސަލައިގެ ކުޑަބޮޑުމިނާއި ވާޤިއާތަކަށް ރިޢާޔަތްކޮށް ހެކި ހާމަކުރާނެ ގޮތާއިމިންވަރު ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ. އެގޮތުން، ހެކި ހާމަކުރުމުގައި ދިފާޢުވުމުގެ ޙައްޤާއި، ތިންވަނަ ފަރާތްތަކުގެ ޒާތީ މަސްލަޙަތު ރައްކާތެރިކުރުމާއި، ޢަދުލްއިންޞާފު ޤާއިމކުރުނު ބެލެންސްކޮށް، ގޮތްނިންމަން ޖެހޭނެކަން އެނގޭކަމަށެވެ. އެގޮތުގެމަތިން، ވަކި މިންވަރަކަށް ލިމިޓްކޮށް ހާމަކުރެވޭ ހެކީގެތެރޭގައި ޖިންސީ ކުށްތަކާގުޅޭ ވީޑިއޯއާއި، ކުޑަކުދިންގެ ބަރަހަނާ މަންޒަރުފެންނަ ހެކީގވާހަކެ ބަޔާންކޮށްފައި ވާކަމަށެވެ. އަދި އެ ލިޔުމުގެ ލިންކު ދައުލަތުން ހުށަހަޅާފައިވެއެވެ.
5.15. ކޯޓުގައި ބަލައި ދިރާސާކުރުމުގެ ފުރުޞަތު ލިބޭގޮތަށް، ޕްރޮސިކިއުޝަނުން ހާމަކުރުމަށް އެދިފައިވަނީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ 2 (ދޭއ) ކުދިންގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ކަމަށްވާތީ، މި ހެކިތަކަކީ ޕީޓަރ ޑޮސްޓަލްގެ "The Notebook" Law Criminalގައި ލިޔުއްވާފައިވާ އޞު ލާވެސޫ އެއްގޮތަށް، ރައްކާތެރިކޮށްދިނުމަށް އެދިފައިވާ ހެކިކަމުގައި ދައުލަތުން ދެކޭކަމަށެވެ.
6.15. ކްރިމިނަލް ކޯޓުގެ "ކޯޓު އަމުރު"ގައި ބަޔާންކޮށްފައިވާ ފަދައިން، ޙަޤީޤަތުގައިވެސް ހެކި ރައްކާތެރި ކުރެވިފައިވަނީ ދެ ޙައްޤު ބެލެންސްވާގޮތަށް، ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ އެއްގޮތަށްތޯ ބަލާއިރު، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ 2 (ދޭއ) ކުދިންގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ކޯޓުން ބޭރުގައި ދިފާޢާ ވަކީލު ބަލައި ދިރާސާކުރެވޭގޮތަށް، އެކްސެސް ކޮންޓްރޯލްކޮށް ލޮގް ބެލެހެއްޓޭނެ ނިޒާމެއް ވުޖޫދުގައިވެސް ނެތްކަމަށެވެ. އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް ކޯޓުގެ ފިޒިކަލް ސުޕަވިޝަންއެއްނެތި، ބެލުމުގެ ފުރުޞަތު ލިބިދެވޭގޮތަށް އެ ހެކިތައް ދޫކުރުމަށް ނިންމެވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ހެކިތައް އިތުރު މީހަކަށް ނުވަތަ ބަޔަކަށް ހާމަވުމުގެ ފުރުޞަތު އިންތިހާއަށް އޮތްކަމަށް ދައުލަތުން ދެކޭކަމަށެވެ. އަދި އެ ހެކިތައް ހާމަވެއްޖެނަމަ މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ޙައްޤު އިއާދަނުކުރެވޭ މިންވަރަށް ނިގުޅައިގެންގޮސް، އެ ކުދިންގެ ކަރާމާތަށް އުނިކަންއައުމުގެ ފުރުޞަތު އިންތިހާއަށް އޮތްކަމުގައިވެސް ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ. މިފަދަ ހައްސާސް ހެކިތައް ސުޕަވިޝަންއެއްނެތި ދިފާޢަށް ދޫކުރާނަމަ، ޖިންސީކުށާއި ރޭޕްގެ ކުށުގެ ޝިކާއަރަކަށްވާ ކުޑަކުދިންނާއި ބޮޑެތިމީހުން، އިންޞާފު ހޯދުމަށް ދައުލަތުގެ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ ހިތްވަރާއިކެރުން ނެތިގެން ދިޔުމުގެ އިތުރުން އިންޞާފުގެދޮރު ބަންދުވެގެން ދާނެކަމަށް ދައުލަތުން ދެކޭކަމަށެވެ. އެ ޑިޓަރެންސް ނެތިގެންދިއުމަކީ، އިތުރު ފަރާތްތަކެއް ވިކްޓިމައިޒް ވެގެން ދާނެ ކަމެއްކަމަށެވެ. އެއާޚިލާފަށް އޮންނަންވާނީ، ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ކެރިގެން ޝަކުވާ ހުށަހެޅޭނެ އަދި ހެކިބަސްދެވޭނެ ރައްކާތެރި ނިޒާމއްކަމަށް ދައުލަތުނެ ދެކޭކަމަށެވެ.
16އެހެންކަމުން، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ 2 (ދޭއ) ކުދިންގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ކޯޓުން ބޭރުގައި ބަލައި ދިރާސާކުރެވޭގޮތަށް ކްރިމިނަލް ކޯޓުގެ "ކޯޓު އަމުރު"ގެ، ނަންބަރު 1 އަދި 2 ގައި ބަޔާންކުރާ ހެކި، ކޯޓުން ބޭރުގައި ދިފާއީ ވަކީލަށްއެކަނި ބެލޭގޮތަށް ދޫކުރުމަށް އަމުރުކުރައްވައި ނިންމަވާފައިވާ ނިންމެވުމަކީ، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ)އާއި (ށ)އާއި، 33 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައި ދައުލަތުން ދެކޭކަމަށެވެ.
17އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ޖަވާބާ ގުޅޭގޮތުން ދައުލަތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
18މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔުންތައް ބަލައި ދިރާސާކޮށް ނިމިފައިވާކަމަށް ބުނެފައިވާއިރު، މި މައްސަލައިގައި ދައުލަތުގެ މައިގަނޑު އެއްބަހުސަކީ ދިފާޢީ ވަކީލަށްއެކަނި އެކްސެސް އޮންނަގޮތަށް ހެކި ދޫކުރެއްވުންކަމަށެވެ. އަދި ފަހަރުގައި އޭގެނަތީޖާއެއްގެގޮތުން، އިސްތިއުނާފުގެ މަރުޙަލާގައި މުއްތަހަމުންގެ ފަރާތުން، މުއްތަޙަމު ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ނުލިބޭކަމަށްބުނެ، ޤާނޫނީ ބަހުސެއް އެކަމާގުޅުވައި ހުށަހެޅުމުގެ ފުރުޞަތުއޮތްކަމަށް ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި ވަކީލު ބަދަލުވާ ޙާލަތުގައިވެސް އެފަދަ ހުށަހެޅުމެއް އަތުވެދާނެކމަށާއި، ދިފާޢީ ވަކީލަށްއެކަނި ދޫކުރިކުރުމަކީވެސް އޭގެޒާތުގައި، ނުރަނގަޅު ނިންމެވުމެއްކަމަށް ދައުލަތުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި ނިޒާމެއް ހަމަޖެހިފައި ނެތިސް، ކުޑަކުދިންނާގުޅޭ ބުނެވިދިޔަފަދަ ހެކިތައް ދޫކުރުމަކީ ދައުލަތުން ކަންބޮޑުވާ ކަމެއްކަމަށެވެ.
19މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި ދައުލަތުގެ ފަރާތުނު ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.19. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/39 ޤަޟިއްޔާ (މީގެފަހުން "2025/HC-B12/39 މައްސަލަ"ކަމަށް ބުނެފައިވާ)، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރެއްވިތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފު ކުރުމުގެ މުއްދަތގައު ދައުލަތަށއެރް އޮޅުމެއްގެސަބަބުން، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފައި ނުވާކަމަށާއި، އެ މައްސަލަ ކުރިއަށް ނުދާކަމަށް ދައުލަތުން ޖަވާބު
2.19. މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިވަޑައިގަންނަވާފައި މިވަނީ، 10 ސެޕްޓެމްބަރ 2025 ދުވަހުއެވެ. ކްރިމިނަލް ކޯޓުން "ކޯޓު އަމުރު" ނިންމަވާފައިވަނީ 10 ޑިސެމްބަރ 2025 ދުވަހުއެވެ. -2025/HC B12/39 މައްސަލައިގައި، ނިންމާފައި މި އޮންނަނީ 23 ނޮވެމްބަރ 2025 ދުވަހުއެވެ. މި ކަންކަމަށް ބަލައި، އިސްތިއުނާފު ކޮށްފައިވާ އަމުރާ ގުޅޭގޮތުން ދަށުކޯޓުގައި ވާހަކަ ދެކެވުނީ ކޮންތާރީޚެއްގައިތޯ ޝަރީޢަތުން ސުވާލުކުރުމުން، މި މައްސަލައިގައި ހެކި ރައްކާތެރިކުރުމުގެ އަމުރކަށަ ދައުލަތުގެ ފަރާތުން އެދިފައިވަނީ، ކޯޓަށް ދަޢުވާ ފޯމު ހުށަހަޅއިރި އެ ފޯމާ އެއްކޮށކަމަށ ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
3.19. މި މައްސަލައިގެ ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވުނުތއާއި ބޭއްވުނޯ ކޮންތާރީޚެއްގައތި ޝަރީޢަތުން ތަކުރާރުކޮށް ސުވާލުކުރުމުން، 20 އޮކްޓޯބަރ 2025 ދުވަހު ވާހަކަ ދައްކާފައިވާކަމަށް ދައުލަތުގެ ލިޔުންތަކުން ދައްކާކަމަށް ދައުލަތުގެ ވަކީލު ޖަވާބު ދެއްވާފައިވެއެވެ.
4.19. 2025/HC-B12/39 މައްސަލަ 23 ނޮވެމްބަރ 2025 ދުވަހު މި ކޯޓނު ނިންމިފަހުން، ދައުލަތުގެ ހުށަހެޅުމަށް ބަދަލެއް ގެންނަވަން އެދިވަޑައިގެން، ކްރިމިނަލް ކޯޓުގައި އެއްވެސް ގޮތަކަށް އެދިވަޑައިގެންފައި ވާނެތޯ ނުވަތަ ވާހަކަފުޅު ދައްކަވާފވާނެތޯ ޝަރީޢަތުން ސުވާލަ ކުރުމުން، ނުވާނެކަމަށްބުނެ ދައުލަތުން ޖަވާބު ދެއްވާފައިވއެވެ.
5.19. އިސްތއުނާފި ފޯމުގައި ދައުލަތުން ހުށަހަޅާފައިވާ ވާހަކަތަކަކީ ދަށު ކޯޓުގައި ދައުލަތުގެ ފަރާތނު ހުށަހެޅުއްވި ވާހަކަތަކެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ މޭރުމުން ވާހަކަ ދައްކާފައިވާނެކަމަށާއި، ކުޑަކުދިންގެ ޤާނޫނުގައިވާ ކަންކަން ހުށަހަޅާފައި ވާނެކަމަށް
6.19. ހެކި ރައްކާތެރިކުރުމުގެ އަމުރަށްއެދޭ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތަރޭގައި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ވާހަކަ ދައްކާފައިވާކަން އެނގެން ނެތްކަމަށާއި، އެ މާއްދާއާ ގުޅުވައި ވާހަކަ ދައްކާފައިވާނެތޯ ޝަރީޢަތުން ސުވާލު ކުރުމުން، ޖަވާބުގައި ނުވާނެކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
7.19. ދައުލަތުން ދެކޭގޮތުގައި، 2025/HC-B12/39 މައްސަލައަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އަށް ރިޢާޔަތްކޮށް، މިހާރު ކޮންއުޞޫލަކުނ ޢަމަލް ކުރަންޖެހޭ ޤަޟިއްޔާއެއްތޯ ޝަރީޢަތުން ސުވާލު ކުރުމުން، އެއީ ތަބާވާންޖެހޭ ޤަޟިއްޔާއެއްކަމަށް
8.19. 2025/HC-B12/39 މައްސަލައަކީ، ތަބާވާންޖެހޭ ޤަޟިއްޔާއެއްކަމަށް ބެލެވޭއިރު، 23 ނޮވެމްބަރ 2025 ދުވަހު އެ ޤަޟިއްޔާ ނިންމެވުމާއި، އިސްތިއުނާފު ކޮށްފައިވާ އަމުރު ޑިސެމްބަރމަހު ނިންމެވުމާ ދެމެދު، ދައުލަތުން އިތުރު ހުށަހެޅުމެއް ދަށުކޯޓަށް ހުށަހެޅުއްވިންތޯ ޝަރީޢަތުން ސުވާލު ކުރުމުން، އިތުރު ހުށަހެޅުމެއް ދައުލަތުގެ ފަރާތުން ހުށަހަޅާފއަ ނުވާނެކަމަށާއި، ސަބަބަކީ އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލު ސައިޓްކުރައްވާފައިވަނީ އެންމެ ރަނގަޅަށްކަމަށް ނުދެކޭތީކަމަށް ދައުލަތުން ޖަވާބު
9.19. ދައުލަތަށް ޤބޫލުފުޅު ނުކުރެއްވުނު ކަމުގައިވީނަމަވެސަ، ޤާނޫނުއަސާސީގް 143 ގެ (ރ)ގެ ދަށުން، 2025/HC-B12/39 މައްސަލައަކީ، ދަށު ކޯޓުން ތަބާވާންޖެހޭ ނިންމުމެއް ނޫންތޯ ޝަރީޢަތުން ސުވާލުކުރުމުން، ތަބާވާންޖެހޭކަމަށ ދައުލަތުން ޖަވާބު
10.19. 2025/HC-B12/39 މައްސަލއިގަ ނިންމުމަކީ ދައުލަތުން ޤަބޫލު ނުކުރައްވާ ނިންމުމެއްކަމުގައި ވާނަމަ ކިހިނެއްތޯ ޢަމަލު ކުރައްވަން ޖެހިވަޑައިގަންނަވަނީ؟ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާކަށް ނޫންތޯ ޖެހިވަޑައިގަންނަވަނީ؟ ޤާނޫނުއަސާސީގެ 143 ވަނަ މާއްދގާ (ރ)ގެ ދަށުން، ދައުލަތަށް ހަމައެކަނި ފަހިޤަޟިއްޔާއެއް ނޫނެއްނޫންތޯ ބައްލަވަން ޖެހޭނީ؟ 2025/HC-B12/39 މައްސަލަ، މި މައްސަލައަށް ތަޠުބީޤުކުރީމަ ކޮންނަތީޖާއެއްތޯ ނުކުންނާނީ ޝަރީޢަތުން ސުވާލު ކުރުމުން، އޭރަށް ނުކުންނާނެ އެއްނަތީޖާއަކީ، މި މައްސަލައިގައި މިގޮތުގެމަތިން ދޫކުރުމަށް ޤޟީއަށާ އެ އިޚްތިޔާރު އޮތްކަމަށް ބެލުންކަމަށ ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
11.19. 2025/HC-B12/39 މައްސަލއިގަ ނިންމުން އޮތްކަން ދައުލަތަށް އެނގޭއިރު، އެ ޤަޟިއްޔާއާއި މި މައްސަލައާ ތަފާތުކުރަންޖެހޭ ވާހަކަ ދައުލަތުގެ ފަރާތުން މި އިސްތިއުނާފުގައި ހުށަހަޅުއްވާފައިނުވަނީ ކީއްވެތޯއާއި، އިސްތިއުނާފު ހުށަހެޅިއިރު، 2025/HC-B12/39 މައްސަލއިގަ ނަންވެސް، އަދި އެ ޤަޟިއޔް އާ ދުރަށްދާންޖެހޭކަމަށް އިސްތިއުނާފުގައި ދައުލަތުން ހުށަހަޅާފައި ނުވަނީ ކީއްވެތޯ ޝަރީޢަތުން ސުވާލުކުރުމުން، މި މައްސަލައިގެ ހެކި ރައްކާތެރިކުރުމާ ގުޅިގެން ދަށުކޯޓުގައި ވާހަކަ ދެކެވިފައިވަނީ އެ ޤަޟިއްޔާގެ ނނި މްވމުގު ކުރިންކަމަށ ދައުލަތުން ޖަވާބު
12.19. 2025/HC-B12/39 މައްސަލަ ނިންމާފައިވަނީ ނޮވެމބަރމަހު ކަމަށްވާއިރު، އޭގް ފަހުނެ ޑިސެމްބަރާ ހަމައަށް ދައުލަތަށް ފުރުޞަތު ލިބިވަޑައިގތްއިރު، އެހެންގޮތަކަށް ދަށުކޯޓުގައި އެދިވަޑައިގަތުމުގެ ފުރުޞަތު އޮންނާނެތޯ ޝަރީޢަތުން ސުވާލު ކުރުމުން، މި މައްސަލައިގެ ހެކި ރައްކާތެރިކުރުމުގެ އަޑުއެހުމުގައި އެގޮތުގެމަތިން ވާހަކަ ދެކެވިފައިނުވާތީ، އިސްތިއުނާފުގައި އެ ޤަޟިއްޔާއަށް ޙަވާލާ ދީފައިނުވާކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ. 2025/HC-B12/39 މައްސަލއަ ގުޅިގެނާ ދަށުކޯޓުގައި އިތުރުގޮތަކަށް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގެން، ހުށަހަޅުއްވާފއަ ނުވަނި ކީއްވެގެންތޯ ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، "އަޅުގަނޑުމެން އެގޮތަށް، ސީދާ އެގޮތަށް، އޭގެފަހުންވެސް ބަހުސް ނުކުރެވިއޮތް އެއްސަބަބަކީ، އެކަމުގެ ސަބަބުން ކަނޑައެޅިގެން ޤާނޫނުން ރައްކާތެރިކޮށްދޭ ކުޑަކުދިންގެ ޙައްޤަށްވެސް އުނިކަން އެބައާދޭ. އަޅުގަނޑުމެން އެގޮތުގެމަތިން ފަނޑިޔާރު ތ ފާހަގަކުރައްވާގޮތަށް، 143 ވަނަ މާއްދާއަށް އެ ޤަޟިއްޔާގެ ބަޔާންކޮށްފައިވާ އޞުލުނ ޢަމަލް ނުކުރާކަމަށްވާނަމަ އަޅުގަނޑުމެން އެ ބަހުސް ހުށަނާޅާކަމަށް ވާނަމަ އަޅުގަނޑުމެން މި ވައޮލޭޓް މި ކުރަނީ 143 ވަނަ މާއްދާގެ
(ރ)"ކަމަށ ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
13.19. 2025/HC-B12/39 މައްސަލައަށް، އިސްތިއުނާފު ފޯމުގައި ޙަވާލާ ދެއްވާފައިނުވަނީ ކީއްވެތޯ ޝަރީޢަތުން ސުވާލުކުރުމުން، އެއީ ދަށު ކޯޓުގައި ދެކެވިފައިހުރި ވާހަކަތަކެއް ނޫންކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
14.19. ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ގުޅުވައި ދަށުކޯޓުގައި ދައުލަތުން ވާހަކަ ދައްކަވާފައިވޭތޯ ޝަރީޢަތުން ސުވާލު ކުރުމުން، އެއީ ޤާނޫނު ތަރުޖަމާކުރުމުގައި ބޭނުންކުރެވޭ މާއްދާއެއްކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
15.19. ރައްކާތެރިކޮށް ލޮގްބެލެހެއްޓޭ އޞުލަކުނ އިންތިޒާމް ހަމަޖެހިއްޖެނަމަ، ހެކި ފޯރުކޮށްދޭ ވާހަކަ އެކަނިއޮތްއިރު، ދައުލަތުން އިޢުތިރާޟް ކުރައްވަނީ ކޮންކަމަކަށްތޯ ޝަރީޢަތުން ސުވާލު ކުރުމުން، ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުން ތަފާތުވާނެކަމަށް ދައުލަތުން ޖަވާބު ދެއްވުމުން، ދައުލަތާއި ދިފާޢީ ވަކީލުންގެ ތަފާތަކީ 2025/HC-B12/39 މައްސަލއިގައަ ގޮތެއްނިންމާފައިވާ ކަމެއްކަމަށްވެފައި އެ ވާހަކަ ކުރިއަށް ނުގެންދިޔުމަށް ޝަރީޢަތުން އަންގާފައިވެއެވެ.
16.19. 2025/HC-B12/39 މައްސަލައަކީ، ޕަރ އިންކިއުރިއަމް ނިންމުމެއްކަމަށް ދައުލަތުން ވިދާޅުވުމާގުޅިގެން، އެގޮތަށް ދެކެވަޑައިގަންނަވާނަމަ، މި އިސްތިއުނާފުގައި، އިސްތިއުނާފީ ނުކުތާއެއްގެގޮތުގައި އެކަން ހުށަހަޅާފައނުވަނި ކީއްވެތޯއާއި، އެފަދަ ބަހުސެއް ހުށަނޭޅުއްވުމުގ ޤާނޫނެ ނަތީޖާއަކީކޮބާތޯ ޝަރީޢަތުން ސުވާލު ކުރުމުން، -2025/HC B12/39 މައްސަލައިގެ، ދަށުކޯޓުގެ މަރުޙަލާގައި އެގޮތުގެމަތިން ވާހަކަ ދެއްކިފައި ނުވާކަމަށާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އަށް މުޠުލަޤުކޮށް ޢަމަލް ކުރަން ނުޖެހޭކަމަށް ދައުލަތުން ޖަވާބު ދެއްވފައިވެއެވެ.
17.19. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އަށް ޢަމަލުކުރަން ނުޖެހެނީ ރޭޝިއޯއަށް ނުވާނަމަނޫންތޯއާއި، 2025/HC-B12/39 މައްސަލއިގަ ރޭޝިއޯ މި ޙާލަތުގައި ތަފާތުވަނީ ކޮންގޮތަކަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ސުވާލަށް ދައުލަތުން ޖަވާބެއް ދެއްވާފައިނުވެއެވެ.
18.19. ޑޮކްޓްރިން އޮފް ސެޓެއަރީ ޑިސައިސިސްގެ އުޞޫލު، 2025/HC-B12/39 މައްސަލއިގަ މައްޗަށް ނުހިނގާނެތޯ ޝަރީޢަތުން ސުވާލު ކުރުމުން، ހިނގާނެކަމަށް
19.19. މި މައްސަލައިގައިއޮތީ ދެ އިޝޫއެއްތޯއާއި، އެއީ ކުއްޖާގެ އިންޓަރވިއގު ވީޑިއޯ ހިމެނޭ ސީޑީ ވަކލުންނަށީ ޙއްސާކުރައްވަނި ނިންމެވުމާއި، އަދި ލިޔުންތައް ހާޑުކޮޕީ ޝަރުޠކޮށު ދޫކުރުމުގެ އިޝޫތޯ ޝަރީޢަތުން ސުވާލު ކުރުމުން، ލިޔުންތަކުގެ ހާޑުކޮޕީ ޝަރުޠުކޮށް ދޫކުރުމުގެ އިޝޫއަކީ ދައުލަތުގެ ފަރާތުން ކޮންޓެސްޓް ކުރާކަމެއް ނޫންކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
20.19. މި މައްސަލައިގައި ނުކުންނާނެ އިޝޫއަކީ، ވަކީލުން ނެތްޙާލަތުގައި މި މައްސަލައިގައި ޢަމަލު ކުރެވުނުގޮތަށް ބަލާއިރުގައި، މުއްތަހަމަށް މިލިޔުންތައް ނުލިބުމުގެ ފުރުޞަތު އޮތުން ކަމަށް ދައުލަތުން ވިދާޅުވާއިރު، ވަކީލަކު ނެތްނަމަ ވަކީލަކަށްދޭކަށް ފަނޑިޔާރަކު ނާންގަވާ ނ ނޫންތޯ ޝަރީޢަތުން ސުވާލު ކުރެއްވުމުން، ދައުލަތުގެ ވާހަކައަކީ، ޙަޤީޤަތުގައި ވަކީލއެ ނެތޙް ލަތެއްގައާ ދިފޢާކަށ އެލިޔުންތައް އެމިންވަރަށް، އެ ޓައިމް ރިސްޓްރިކްޝަނެއްނެތި އެގޮތަށް ބަލައި ދިރާސާކުރާކަށ ފުރުޞަތެއް ނުދެވޭނެފަދަ މޭރުމަކުންނޭ މި ނިންމުނއޮތުން، މިއީކަމަށ ދައުލަތުން ވިދާޅުވެފައިވެއެވެ.
21.19. ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނަގޮތަށދޭށް ކޯޓުން އެންގުމުން، އެންމެނަށް އެކްސެސް ދެވކަމަށޭ ބެލެވޭނެތޯ ޝަރީޢަތުން ސުވާލުކުރުމުން، މި ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުން ތަފާތުވާނެކަމަށބުން އެ މައުޟޫޢުގައި ދައުލަތުންދެކޭގޮތް ތަފުޞީލު ކޮށްފައިވެއެވެ.
22.19. މި މައްސަލައިގައި ދައުލަތުގެ މައިގަނޑު ހުށަހެޅުމަކީ، މިފަދަ ސީޑީ، މިސާލަކަށް އިންޓަވިއު ރެކޯޑިންގ ބ ލުމަށްޓަކައ ހަމައެކަނި އޮތްގޮތަކީ މިވަގުތށަ ފިޒިކަލީ ކޯޓަށްޙާޟިރުވެ ބެލު ންތޯ ޝަރީޢާތުން ސުވާލުކުރުމުން، ޖަވާބުގައި "ކޯޓުން ކަނޑައަޅުއްވާފައިއޮތ ގޮތަކަށް މި އޮންނަނީ، އާދެ އެއީ މިވަގުތަށް އޮތް ހަމައެކަނި ޙައްލަކީ" ދައުލަތުން ބުނެފައިވެއެވެ.
23.19. ހަމައެކަނި ވަކީލަށް ބެލޭގޮތަށް އޮވެގެން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކަންބޮޑުވުމެއް ނެތްއިރު، ދައުލަތުން އެކަން ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހަޅުއްވަނީ ކީއްވެގެންތޯ ޝަރީޢަތުން ސުވާލުކުރުމުން، ޤާނޫނުއަސާސގީ 220 ވަނަ މާއްދއާއާ 223 ވަނަ މާއްދާގައި، ދަޢުވާލިބޭ މީހާގެ ޙައްޤުތައް ޙމާޔަތި ކޮށދިނުމަކް ދައުލަތުގެ މަސްއޫލިއްޔަތެއްކަމަށް ދައުލަތުން ޖަވާބު ދެއްވާފައިވެއެވެ.
20އިސްތިއުނާފު ފޯމުގައި ދައުލަތުން އެދިފައިވަނީ ތިރީގައި ބަޔާން ކޮށްފައިވާގޮތަށެވެ.
1.20. ކްރިމިނަލް ކޯޓުގެ ނަންބަރު B8/HRA/2025/12-145 (10 ޑިސެންބަރު 2025) "ކޯޓު އަމުރު"ގައި، ޢމުރުނު 18 (އަށާރަ) އަހަރުން ދަށުގެ 2 (ދޭއ) ކުދިންގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ކޯޓުން ބޭރުގައި ދިފާޢާ ވަކީލަށްއެކަނި ބެލޭގޮތަށް ދޫކުރުމަށް އަމުރުކުރައްވައި ނިންމަވާފައިވާ ނިންމެވުމަކީ، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ)އާއި (ށ)އާއި، 33 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ކަނޑައޅުއްވައިދެއްވައި،
2.20. ރައްކާތެރިކޮށްދިނުމަށްއެދި ހުށަހަޅާފައިވާ، ޢމުރުނު 18 (އަށާރަ) އަހަރުން ދަށުގެ 2 (ދޭއް) ކުދިންގެ އިންޓަރވިއު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ރައްކާތެރިކުރުމާއެކު، ޝަރީޢަތުގެ މަރުޙަލާގައި މައްސަލަބައްލަވާ ފަނޑިޔާރު ކަނޑައަޅުއްވާ ޝަރުޠުތަކާ އެއްގޮތަށް، އެ ހެކިތައް ކޯޓުގައިބަލައި ދިރާސާކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަމުރު ކޮށްދިނުމަށެވެ.
21އިސްތިއުނާފު ރައްދުވާ ފަރާތުން ލިޔުމުން ޖަވާބު ހުށަހަޅާފައިނުވެއެވެ. އަދި ޝަރީޢަތުގެ މަޖިލީހުގައި އެރުވުނު ފުރުޞަތުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
22މި މައްސަލައިގައި ކްރިމިނަލް ކޯޓު ނ މައްސަލް ބެއްލެވި ފަނޑިޔާރު އެގޮތުގެމަތިން ނިންމަވާފައިވަނީ، މި މައްސަލައަކީ ގިނދުވަސްތަކެއަ ވެފައިވާ، އަދި މީގެކުރިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު، މައްސަލއިގަ ޝަރީޢަތް އަވަސްކުރުމުގެ މަޤޞަދުގައުކަމަށް އިސްތިއުނާފު ރައްދުވާފަރާތުން ދެކޭކަމަށެވެ. އަދި ކޯޓަށް ހާޟިރުވެގެން އެ ހެކިތައް ބެލުމުގައި، އިސްތިއުނާފުކުރާ ފަރާތުގެ އެއްވެސް އިޢުތިރާޟެއް ނެތްކަމަށެވެ.
23މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ކްރިމިނަލް ކޯޓގު ފަނޑިޔާރުގެ ކަނޑައެޅުއްވުމަކީ، މި މައްސަލައިގއަ ޙިމާޔަތްކުރަން އެދިފައިވާ ހެކިތަކުގެތެރޭގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ނޫނީ ވީޑިއޯއެއް ނެތުމާއެކު، ދިފާޢާ ވަކީލުންނަށް ކޯޓުން ފޯރުކޮށްދޭ ލިންކަކުން ވަދެގެން، މި ބެލޭނެފަދަ ނިޒާމެއް ޤާއިމުވެފައި އވެއްޖޮ ކަމުގައިވާނަމަ، އޭގެތެރެއިން ބެލުމުގެ ފުރުޞަތު ދެއްވުންކަމަށެވެ. މި ހެކިތކަކަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލަ ހިންގިއިރު، އިބްތިދާއީ މަރުޙަލާގައި ކޯޓުގައި ބަލައި ދިރާސާކޮށްފައިހުރި ހެކިތަކަކަށްވުމުން، ދިފާޢުގެ ފަރާތުން މިކަމުގައި މާބޮޑަށް ފާހަގަކުރާނެ އިތުރުކެމެއަ ނެތްކަމަށެވެ. އަދި ފަނޑިޔާރުންނަށް ފެންނަގޮތަކަށް މައްސަލަ ނިންމިޔަސް މައްސަލައެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
24ބުނެވިދިޔަ ގޮތުގެމަތިން އިސްތިއުނާފު ރައްދުވާ ފަރާތުން ވިދާޅުވުމާ ގުޅިގެން، މިކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭގޮތަކާއި އެދޭގޮތެއ ސާފުވާގޮތަށް ބަޔާންކޮށްދިނުމަށް ޝަރީޢަތުން އެންގުމުން، ފާހަގަކޮށްފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
25އިސްތިއުނާފު ރައްދުވާ ފަރާތުން ޕާސަނަލީ ދެކޭގޮތުގައި، މި މައްސަލައިގައި މި ޢަމަލުކުރަންއެދޭ އުޞޫލު އޭގެޒާތުގައި ކުޑަކުދިންގެ ޙައްޤުތައް ޙމާޔަތްކުރުމާއި، އަދި ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކުރުމަށް، ތުހުމަތުކުރެވޭ ފަރާތާއި ޤާނޫނީ ވަކީލު ހަމައެކަނި ކޯޓަށް އައިއްސަ ބެލޭގޮތަށް އޮންނަ އޮތުމަކީ، އޮންލައިންކޮށް ބެލޭނެނިޒާމެއް ނެތްކަމުގައވާނި އެންމެ ރަނގަޅު އުޞޫލުކަމަށް ދެކޭކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގައި ވަރަށްގިނަ މެޖިސްޓްރޭޓް ކޯޓުތަކުގއަ ހިނގާ މައްސަލަތަކުގައި ބަންދުގައިތިބި ފަރާތްތައްތިބީ މާލޭގައި ކަމަށްވެފައި، ދައުލަތުން ކޮންމެފަހަރަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްގެން އެކަންކުރެވޭނެ ނިޒާމަކީ، މާފަސޭހަ ނިޒާމެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ.
26ހެއްކާ ގުޅޭގޮތުންއޮތް އެންމެބޮޑު ކަންބޮޑުވުމަކީ، މިސާލަކަށް ހެކި ލީކވުނު ކަމަށްވާނަމަ، ދިފާޢާ ވަކީލުންނަކީވެސ ހުވައެއް ކޮށްގެންތިބޭ، ކޯޑް އޮފް ކޮންޑަކްޓއެ އޮންނަ ބައެއްކަމަށްވެފައި، ދިފާޢާ ވަކީލުންވެސް ޢަމަލުކުރަންޖެހޭ ވަކިމިންގަނޑުތަކެއް ހުންނާނެ ކަމަށާއި، ދިފާޢީ ވަކީލުންގެ ފަރާތުން އެފަދަމައުލޫމާތެއް، ލީކުވުމަކީ ވަކީލުންނާމެދުގައި ޤާނޫނީ ފިޔަވަޅު އެޅޭނެކަމއެ ކަމަށެވެ. އެހެންކަމަށްވާނަމަ، ދިފާޢީ ވަކީލަށް އެ މަޢުލޫމާތު ލިބުމަކީ، ހެކި ޢއާ މުވް މުގު ބިރާއރިސްކުއޮތި ކަމެއްކަމަން ނުދެންނެވޭނެކަމަށެވެ. އަދި ކޮންޓްރޯލް ކޮށްފައިވާ އެންވަޔަރަމަންޓެއްގައި އޮންލައިންކޮށް ނަމަވެސް، ކޮންޓްރޯލްޑް އެންވަޔަރަމަންޓެއްގެ ތެރެއިން، އެ ހެކި ދޫކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ.
27މިހާރު އޮންލައިންކޮށް ޝަރީޢަތުގެ މަޖިލިސވެސް ކުރިއަށްގެންދާކަމަށެވެ. ހަމަ ކޯޓުންފޮނުވާ ލިންކަކުން ދިފާޢާ ވަކީލުން ވަދެގެން، ކޯޓުން ބޭރުގައި ވަކީލުން ތިބެގެން ޝަރީޢަތުގައި ބައިވެރިވަމުން ދާކަމަށެވެ. އެހެންވެއްޖެއްޔ އާ މާޙައުލުގައި، މިސާލަކަށް ލޯ ފަރމެއް ކަމުގައިވިޔަސް، އެހެން ތަނެއްގައިވެސް އަޑުއިވޭ ހިސާބުގައި، ޢާއްމު ފަރާތްތަކެއްތިބި ކަމަށްވަންޏާ، ހަމަ އެދަންނަވާ، ކުއްޖާގެ ޙިމާޔަތް ކުރަންއެދޭ މޢަ ލޫމާތުތަކުގެ ތެރޭގައިހިމެނު، ކުއްޖާގެ ނަމާއި އެޑްރެހާއި، ކުއްޖާގެ ޢުމުރާއި، ކުއްޖާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށްކުރާ ތުހުމަތުގެ ވާޤިޢާގެ ތަފުޞީލު ހިމެނޭނެކަމަށެވެ. އެހެންކަމުން، ޤާޟީ ކަނޑައަޅުއްވާފައިވާގޮތަށް، މި މަޢުލޫމާތު އޭގެޒާތުގައި ވަކީލަށް ދޫކުރުމަކީ އެ މަޢުލޫމާތު ޢއާމުވެ ހާމަވުމުގެ ބިރުއޮތް ކަމެއްގެގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމަށެވެ.
28އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭގޮތުގައި، ދަށު ކޯޓުގެ އަމުރުގައި ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަމެއް އަންނާނެފަދަ، ނުވަތަ ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ލީކުވެދާނެ ފަދަކަމެއް ނެތްކަމަށެވެ.
29އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބާއި ޝަރީޢަތުންކުރި ސުވާލުތަކާ ގުޅިގެން ދައުލަތުން ދެއްކިވާހަކަތަކއާ ވާހަކަދެއްކުމަށް ފުރުޞަތު އެރުވުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާނެ އިތުރުކަމެއް ނެތްކަމަށް ވިދާޅުވެފައިވެއެވެ. އަދި ފަހުފުރުޞަތުގައިވެސް އިތުރަށް ފާހަގަކުރާނެކަމެއ ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
30އިސްތިއުނާފު ރައްދުވާ ފަރާތުން ވަކިގޮތަކަށް މައްސަލައިގައި އެދިފައިނުވިނަމަވެސް، ދަށު ކޯޓުގެ އަމުރު ރަނގަޅުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށްބުނެ، އެ އަމުރު ދެމެހެއްޓުމުގެ މައްޗަށް ވާހަކަ ދައްކާފައިވެއެވެ.
31އިސްތިއުނާފު ފޯމާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިގެމައްޗަށް ބަލާއިރު، މި މައްސަލައިގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު -145 B8/HRA/2025/12 "ކޯޓު އަމުރު" (10 ޑިސެމްބަރ 2025)ގެ، "ހެކި ރައްކާތެރިކުރުމުގެ ސަބަބު" ސުރުޚީގެ ދަށުގައި، ޕެރެގްރާފް 1 އިން 4 އަށް، ރައްކާތެރިކުރުމަށް އެދިފައިވާ ނަންބަރު 1 އަދި 2 ގައިވާ ހެއްކާ ގުޅޭގޮތުން، ކްރިމިނަލް ކޯޓުން ނިންމެވިގޮތެވެ. އެ އަމުރުގެ ޕެރެގްރާފް 5 އިން 7 އަށް ބަޔާންކޮށްފައިވާ ކަންކަން ދައުލަތުން ބަލައިގެންފައިވެއެވެ.
32ދައުލަތުގެ އިސްތިއުނާފު ފޯމުގައި، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ)އާއި (ށ)އާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޙަވާލާދީ ބަޔާންކޮށްފައިވަނީ، އެ މާއްދާތަކުގެ ނައްސުގައިވާ ކަންކަމެވެ. އަދި އެ މާއްދާތަކާ ގުޅުވައި، ހެކިރައްކާތެރިކުރުމުގެ އުޞޫލާ ގުޅޭގޮތުން ދައުލަތުން ޒާއިފް މައްސަލއަށަ ޙަވާލާދީފައިވެއެވެ.
33މި މައްސަލައިގައި ދައުލަތުގެ އިސްތިއުނާފީ ހުށަހެޅުމަށް ޖުމްލަކޮށް ބަލާއިރު، ދައުލަތުގެ މައިގަނޑު ހުށަހެޅުމަކީ، ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށްއެދި ފޯމު ހުށަހެޅުމުން، އެ ފޯމުގައިވާ ބައެއްހެކިތައް ބަލައި ދިރާސާކުރުމަށް ދިފާޢީ ވަކީލުންނަށް ކޯޓުންބޭރުން އެކްސެސްލިބޭގޮތަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ، ކުޑަކުދިންގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި، 33 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ޒާއިފް މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމގައިވުމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ 2025/HC-B12/39 މައްސަލައިގެ 16 ވަނަ ނުކުތާގައި، ދައުލަތުގެ އިސްތިއުނާފުގެ މައިގަނޑުގެ ބަހުސަކީ، ކްރިމިނަލް ކޯޓުގެ ނިންމުމުގައި ދިފާޢީ ވަކީލަށް އެކްސެސް އޮންނާނެގޮތަށް ވަކިވަގުތެއްގައި އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، ދިފާޢީ ވަކީލު ކޯޓުން ބޭރުގައިހުރެގެން، ރައްކާތެރި ކޮށްފައިވާ ހެކިތަކަށް އެކްސެސް ދިނުމަކީ އެ ހެކިތައް ހާމަވުމަށް ނުވަތަ ނަކަލުކުރުމަށް ހުޅުވޭ ފުރޞުތެއްކަމަށާއި، މިއީ ޒާއިފް މައްސަލައިގައި ކަނޑައަޅަ އްވުފައިވާ އޞު ލ ޚިލާފު ނިންމވެ މެއްކަމަށެވެ.
34މި މައްސަލައިގައި ދައުލަތުން އިސްތިއުނާފު ކުރުމަށްއެދޭ "ކޯޓު އަމުރު"ގ ނިންމުމުގެ ޕެރެގްރާފުތަކާ އެއްފަދަ ޕެރެގްރާފތަކެއް ހިމަނު ފައިވާ ހެކި ރައްކާތެރި ކުރުމާމެދު ކްރިމިނަލް ކޯޓުން ނިންމެވިގޮތު ގުޅޭގޮތުން، 2025/HC-B12/39 މައްސަލއިގައަ ގޮތްތަކެއް ކަނޑައަޅާފައިވެއެވެ.
35މި މައްސަލައިގެ އިސްތިއުނާފު ފޯމު ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމާއި، އެ ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ (2022/SC-A/51) (މީގެފަހުން "އޚމ މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގެ 15 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ، އިސްތިއުނާފީއޮޅި ގިރާކުރާ އުޞޫލުތަކާ ޙަވާލާދީ، ދައުލަތުގެ އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގައި، 2025/HC-B12/39 މައްސަލއިގަ ނިންމުމުގައި ވަކިޤައިދުތަކަކާއެކ ދިފާޢު ވަކީލުން ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް އަމުރު ކުރުމުގެ އިޚްތިޔާރު ދަށުކޯޓުގެ ފަނޑިޔާރަށް ލިބިދީފައިވާކަމަށް ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް ވަންނަންޖެހޭފަދަ ޙާލަތެއް ދައުލަތުން ބަޔާން ކޮށްދީފައިނުވާތީ، މި މައްސަލަ ބަލައިނުގަތުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު CR/196/2025/27-95 "ރަޖިސްޓްރާރގެ ނިންމުން" (18 ޑިސެމްބަރ 2025) އިން ނިންމާފައިވެއެވެ.
36ބުނެވިދިޔަ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށްއެދި ދައުލަތުން ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 67/RM/2025-HC "ރަޖިސްޓްރާރގެ ނިންމުން މުރާޖޢާކޮށަ ނިމުނުގޮތް" (21 ޖަނަވަރީ 2026) އިން، ދައުލަތުގެ ހުށަހެޅުމުގައި ޤާނޫނީ ބަހުސެއްއޮތްކަމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައެޅުމާ ގުޅިގެން، މި މައްސަލަ ބަލައިގަނެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/5 ޤަޟިއްޔާ ރަޖިސްޓަރީ ކޮށްފައިވާކަމަށް ލިޔުންތަކުން ދައްކައެވެ.
37އެހެންކަމުން، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ނުކުތާއާއި މައްސަލައިގެ ވާޤިޢާތަކަށް ރިޢާޔަތްކޮށް، 2025/HC-B12/39 މައްސަލައިގަ ނިންމުމާ ތަފާތުގޮތަކަށް ޢަމަލުކުރަންޖެހޭފަދަ، ނުވަތަ އެ ޤަޟިއްޔާއާ ދުރަށްދާންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމާމެދު، މި މައްސަލައިގެ ތެރެއިން ގޮތެއްކަނޑައަޅަން ޖެހޭކަމަށް ދެކެމެވެ.
38ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ހައިކޯޓުގެ 2025/HC-B12/39 މައްސަލައިގައި، ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔުގެ ނުކުތާ 12 އިން 20 އަށް ބަޔާންކުރައްވާފައިވާ ކަންކަން، ޙަވާލާ ދިނުމުގެ ފަސޭހައަކަށް ތިރީގައި ނަކަލުކުރަމެވެ. "12. މިމައްސަލައިގައި ދައުލަތުން ރައްކާތެރިކުރުމަށް އެދޭ ހެކިތަކަކީ ކުޑަކުދިންތަކެއްގެ ވީޑިއޯއާއި ފޮޓޯ ހިމެނޭ ލިޔެކިޔުންތަކެކެވެ. ދަށު ކޯޓުން މިކަމަށް ރިޢާޔަތްކޮށް ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 1 އިން 5 ގެ ނިޔަލަށް އަދި 7 ގައި ހިމެނޭ ހެކިތަކަކީ ކުޑަކުއްޖެއްގެ ވީޑިއޯ އާއި ފޮޓޯ ހިމެނޭ ހެކި ކަމަށްވާތީ މިހެކިތަކަކ އެއީ ހާމަކޮށްފިނަމަ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ފަދަ އަދި އެކުއްޖާގެ ޒާތީ މަޢުލޫމާތު ޢާންމުވުމުގެ ދޮރު ހުޅުވިގެންދާނެ ހެކިތަކެއް ކަމަށް ދެކެމެވެ."
13. ހަމަމިއާއެކ ދަށު ކޯޓުނު ރިޢާޔަތްކޮށް ފާހަގަކޮށްފައިވާ އަނެއްކަމަކީ، "ރައްކާތެރިކޮށް ދިނުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން ނަންބަރު 1 އިން 7 ގެ ނިޔަލަށް ހިމެނޭ ހެކިތަކަކީ، ހުށަހެޅިފައިވާ ދައުވާގެ ނިސްބަތުން އަދި މި ހެކިތަކުން ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ދިފާޢު ބިނާކުރުމަށް މުހިންމު ހެކިތަކެއް ކަމަށްވެސް ބުރަވެވެއެވެ."
14. މިދެމަސްލޙަ ތ އަޅައި ކިޔައި ވަޒަންކުރަމުނ ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނ އަންނަނިވި ފަދައިންނެވެ. "އެހެންކަމުން (1) ދިފާޢު ބިނާކުރުމުގެ ޙައްޤާއި (2) ކުޑަކުދިންގެ ކަރާމާތާއި ޒާތީ ދިރިއުޅުމުގެ ޙައްޤާއި ޢާންމު ސިޔާސަތު ނެގެހެއްޓުމުގެ މަޞްލަޙަތު ބެލެންސް ކުރެވޭނެ މިންގަނޑަކުން ނިންމުމެއް ނިންމާކަމަށްވާނަމަ އެ ނިންމުމަކަށްވާނީ، ކޯޓުގައި މި ހެކިތައް (ކުއްޖާގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ސީޑީތައް) ބަލައި ދިރާސާކުރުމަށް ފުރުޞަތު ލިބޭގޮތަށް އެ މިންވަރަށް ރައްކާތެރިކޮށް ހިމާޔަތްކުރުން ކަމުގައި ބުރަވެވެއެވެ."
15. އެހެންކަމުން، ދަށު ކޯޓުގެ މިނިންމުމުގައި ކުޑަކުދިންގެ ކަރާމާތާއި ޒާތީ ދިރިއުޅުމުގެ ޙައްޤަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. ނަމަވެސް، އިސްވެ ބުނެވުނު ފަދައިން ފާހަގަކުރުމަށް ފަހު ދަށު ކޯޓުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "އެހެނ ނަމަވެސް ދިފާޢުން އެކަން އެގޮތަށް ކުރުމަށް ވަގުތު ނަގާނެތީ އާއި އަދި އެކަމަކީ ކޯޓުގެވެސ އެތަކެއް ވަގުތާއި ވަޞީލަތް ހޭދަކުރަންޖެހޭ ކަމަކަށްވުމުގެ އިތުރަށް އެފަދަ ހެކިތައް ބަލައި ދިރާސާކުރުމަށް ގިނަ ދުވަސް ނެގުމުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް ދިގުލައިގެންދާކަމަކަށްވާތީ، ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެ ގޮތަށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި ބެލޭގޮތަށް އެކްސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް (ގޫގަލް ޑްރައިވް ފަދަ) ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ލިބިދެވިދާނެކަމަށް ދެކެމެވެ." ކްރިމިނަލް ކޯޓުގެ ނަންބަރު B8/HRA/2025/08-145 "ކޯޓު އަމުރު" (ހެކި ރައްކާތެރިކުރުމުގެ އަމުރު) ގެ ޕްރެގްރާފް 2.
16. ދައުލަތުގެ އިސްތިއުނާފުގެ މައިގަނޑުގެ ބަހުޘަކީ، ކްރިމިނަލް ކޯޓުގެ މިފާހަގަކުރުމުގައި ދިފާޢީ ވަކީލަށް އެކްސެސް އޮންނާނެ ގޮތަށް ވަކިވަގުތެއްގައި އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން މިލިޔެކިޔުންތަކަށ އެކްސެސް ދިނުމަކީ މިލިޔެކިޔުންތައް ހާމަވުމަށް/ ނަކަލުކުރުމަށް ހުޅުވޭ ފުރުސަތެއްކަމަށާއި، މިއީ މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ އިބްރާހިމް ޒާއިފް ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފު ނިންމުމެއް ކަމަށެވެ.
17. ދައުލަތުން ޙަވާލާދީފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގެ 8.13 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ރައްކާތެރިކުރަން އެދް ކޮންމެ ހެއްކަކާ ގުޅިގެންވެސް ހެކި ރައްކާތެރިކުރަންޖެހޭ ސަބަބާއި ވަންހަނާކުރުމުގައ ހުރި ދަތިތަކާއި ވަންހަނާކޮށްފިނަމަ ހެކީގެ އަސްލު އޮޅިގެންދާނަމަ އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނައުމަކީ އެ ފަދަ އަމުރަކަށް އެދޭ ފަރާތުގެ ޒިންމާއެކެވެ. މި ބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދައުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެށް ލިބުމުގެ ޙައްޤު ބެލެންސްކުރުމުގައި ހެކީގެ ބާވަތާއި، އެ ހެކިތައް ޢާންމުވެ ޝާޢިއުވުމުގެ އިޙްތިމާލު އޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި ހެކި ރައްކާތެރިކުރަންވާނީ އެހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެ ކުޑަ މިންވަރަކަށެވެ. ހެކި ރައްކާތެރިކުރުމާ ގުޅިގެން އެ ހެއްކެއް ރައްކާކުރަނ ޖެހުން ސަބަބު ފަނޑިޔާރު ވަޒަންކޮށް ސަބަބާއެކު ބަޔާންކުރެވެންވާނެއެވެ."
18. ދައުލަތުގެ އިސްތިއުނާފު ފޯމުގެ 2.6 ވަނަ ޕްރެގްރާފުގައި ބަޔާންކޮށްފައިވަނީ، އިލެކްޓްރޯނިކް ވޞަ ލަތެއ މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެނީ އެކްސެސް ދިނުމަށްފަހު، މޮނިޓަރ ކުރެވޭނީ ހަމައެކަނި ދިފާޢީ ވަކީލު އެތަކެއްޗަށް އެކްސެސްވި ވަގުތާއި، އެތަކެތި ބެލުމަށް ހޭދަކުރި ވަގުތުގެ ދިގު މިންކަމަށާއި، ނަމަވެސް އެތަކެއްޗަށް ދިފާޢީ ވަކީލު އެސްކެސްވ ވަގުތާ އެތަކެތި ފެންނަ ގޮތަށް ދިފާޢީ ވަކީލާ އެއް ޙާޟިރެއްގައ ތިބި ކޮން ބައެއްކަން ކަށަވަރުނުކުރެވޭނެކަމަށާއި، އަދި އިތުރު ބަޔަކު އޭގެ ސްކްރީން ރެކޯޑްކޮށް އެހެން މީހުންނާ އެތަކެތި ޙިއްސާނުކުރާނެކަން ކަށަވަރު ނުކުރެވޭނެކަމަށެވެ.
19. ޝަރުޢީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގައި، ޤާނޫނާ ގަވާއިދުން ކަނޑައެޅިފައިވާ އޞުލުގ ތަރަހައިގެ ތެރެއިން ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސިއްރު ލިޔެކިޔުންތައް، ހަމައެކަނި ވަކީލުންނަށް ބަލައި ދިރާސާކުރެވޭ ގޮތަށް ހާމަކޮށް/ދޫކުރުމަކީ ބައިނަލްއަޤްވާމީގޮތުންވެސް ބަލައިގަނެވޭ އުޞޫލެކެވެ. މިފަދަ ޚައްސާސީ ލިޔެކިޔުންތައް، އިސްތިސްނާއީ ޙާލަތުގައި، ހަމައެކަނި ވަކީލުންނަށް ބެލާ ގޮތަށް ދޫކުރަނީ، ޤާނޫނީ ވަކީލުންނަކީ ކޯޓުން ކުރި ޝަރުޠުގެ އިތުރުން، އެފަންނުގެ ސުލޫކީ މިންގަނޑުގެ ދަށުން ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ބައެއް ކަމުގައިވާތީއެވެ. ދައުލަތް ތަމްސީލުކުރާ ވަކީލުންނެކޭ އެއްފަދައިން، ދިފާޢީ ވަކީލުންނަކީ ވެސް ޤާނޫނީ ހުވައެއްކޮށް، ސުލޫކީ ވަކި ހަމަތަކާއި މިންގަނޑުތަކަށް ތަބަޢަވުނ ލާޒިމް ބައެކެވެ. ޝަރުޢީ ކޯޓަކުން ވަކި ޝަރުޠުތަކެއް ކޮށް ދިފާޢީ ވަކީލށަ އެކަނި ބެލެވޭ ގޮތަށް ދޫކުރާ ލިޔެކިޔުމެއް ނަކަލުކޮށް އެހެންމީހުންނ އެއާ ޙާޟިރެއްގައި ބެލުމުގެ އިޙްތިމާލެއް އޮތް ކަމަށް، ވާޤިޢީ ނުވަތަ ޤާނޫނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ދައުލަތުން ބުނާ ބުނުމަކީ ހަރުދަނާ އަސާސެއް އޮތް ބުނުމެއްކަމުގައި ނުބެލެވެއެވެ. އަދި އަސާސެއް ނެތި މިފަދަ އިޙތިމާލެއ އޮތް ކަމަށް ބުނާ ބުނުން ބަލައިގަތުންވާނީ ދިފާޢާ ވަކީލުންނާއި ދައުލަތުގެ ވަކީލުން ތަފާތު މިންގަނޑަކުން ވަޒަންކުރުން ކަމުގައި ދެކެމެވެ.
20. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނީ، ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެ ގޮތަށް، ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ހަމަޖެއްސޭނަމަ އެފުރުޞަތު ފަހިކުރުމުގެ ވާހަކައެވެ. ކްރިމިނަލް ކޯޓުން މިނިންމުން ނިންމުމުގައި، މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން މިހެކިތައް ބެލުމުގެ ފުރޞު ތ ފަހިކޮށްދީފައިވަނ ދިފާޢީ ވަކީލަށް އެކަންޏެވެ. އަދި، ދިފާޢީ ވަކީލަށް ވެސް މިލިޔެކިޔުންތައް ބެލުމުގައި ކޯޓުން ޤައިދުތަކެއ ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިއީ، މިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގައި ކަނޑައެޅިފައިވާ ފަދައިން، އިންސާފުވެރި ޝަރީޢަތަށް ލިބުމުގެ ޙައްޤާއި ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރުމުގެ ޙައްޤު ވަޒަންކޮށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލެވެއެވެ."
39ޒާއިފް މައްސަލަ އަކީ، ދައުލަތުން އިސްތިއުނާފު ކޮށްފައިނުވާ މައްސަލައެއްކަމަށާއި، އެ މައްސަލައަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގެ ދަށުން، ދަށުކޯޓުން ތަބާވުން ލާޒިމު ނިންމުމެއްކަމަށް ދައުލަތުން ބުނެފައިވާއިރު، އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ދައުލަތުންދެކޭކަން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ 2025/HC-B12/39 މައްސަލައަކީ، ޒާއިފް މައްސަލައިގައި ދައުލަތުގަ އިސްތިއުނާފު ބިނާކޮށްފައިވާ ނުކުތާތަކަށް ޙަވާލާ ދިނުމާއެކު، ދަށުކޯޓުގެ ނިންމުމަކީ ޒާއިފް މައްސަލއަ ޚިލާފު ނިންމުމެއް ނޫންކަމަށް ކަނޑައަޅާފައިވާ މައްސަލައެކެވެ.
40ދިވެހިރާއްޖޭގެ ހައިކޯޓުގެ 2025/HC-B12/39 މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށްއެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފު ކުރުމަށް ކަނޑައެޅި މުއްދަތުގައި ހުށަހެޅިފައިނުވާ ސަބަބުކަމަށްބުނ ދައުލަތުގެ ފަރާތުން 09 ޑިސެމްބަރ 2025 ދުވަހު ހުށަހެޅި ސިޓީގައި، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމުގައި ރިޢާޔަތްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 4-198 ގެ (ޅ)ގައި ބަޔާންކޮށްފައިވާ 10 (ދިހައެއް) ދުވަހުގެ މުއްދަތަށްކަމަށާއި، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ އިސްތިސްނާއެއް އެ މާއްދާގެ (ކ)ގައި ބަޔާންކޮށްފައި ވީނަމަވެސް، އެ އަކުރަށް ރިޢާޔަތް ކުރެވިފައިނުވަނީ މުއްދަތު ގުނުމުގައި އެ އޮފީހަށް އަރާފައިވާ އޮޅުމެއްގެ ސަބަބުންކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3-198 ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މި ބާވަތުގެ މައްސަލަތައް ހުށަހެޅުމުގައި ދައުލަތާއި ދަޢުވާލިބޭ ފަރާތްތަކަށް އިސްތިސްނާއެއްނެތި 10 (ދިހައެއް) ދުވަހުގެ މުއްދަތު ކަނޑައަޅާފައިވާތީއާއި، އެ ޤާނޫނުގެ -198 4 ގެ (ކ)ގައި ބަޔާންކޮށްފައިވާ އިސްތިސްނާގެ ޙާލަތަށް ރިޢާޔަތްކުރެވިފައި ނުވާތީކަމަށް ބަޔާންކޮށްފައިވާކަމަށާއި، އެ ސަބަބަކީ އެކަށީގެންވާ މަޤުބޫލު ސަބަބެއްކަމަށް ބެލެވެންނެތަތީ، އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -SC 197/REG/2025/76 "ރަޖިސްޓްރާރގެ ނިންމުން" (10 ޑިސެމްބަރ 2025)ގައި ކަނޑައަޅާފައިވެއެވެ.
41ޒާއިފް މައްސަލަ އަކީ ނިހާއީ ނިންމުމެއްކަމަށާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގެ ދަށުން، އެ ނިންމުމަށް ދަށުކޯޓުން ތަބާވާންޖެހޭކަމަށްބުނެ، މި މައްސަލައިގެ އިސްތިއުނާފުގައި ދައުލަތުން ޒާއިފް މައްސަލައަށް ޙަވާލާދީފައިވާއިރު، 2025/HC-B12/39 މައްސަލއަކީވެސަ މިހާރު ނިހާއީ ޙުކުމަކަށްވާއިރު، އެ ނިންމުމަށް ތަބާވާން ނުޖެހޭކަމަށްބުނެ، 2025/HC-B12/39 މައްސަލއަކަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް (2019/SC-A/15) (މީގެފަހުން "އޯނަސް މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި ޙަވާލާދީފައިވާފަދަ "ޕަރ އިންކިއުރިއަމް" ނިންމުމެއްކަމަށް ބަލަންޖެހޭފަދަ ސަބަބެއް، މި މައްސަލައިގެ އިސްތިއުނާފު ފޯމާއި ޝަރީޢަތުގެ މަޖިލީހުގައިދެއްކި ވާހަކައިގައިވެސް ދައުލަތުން ސާފުކޮށްދީފައިނުވެއެވެ. އެހެންނަމެވެސް، 2025/HC-B12/39 މައްސަލއިގަ ނިންމުން ނުރަނގަޅުކަމަށް ދޭހަވާގޮތަށް ދައުލަތުން ޝަރީޢަތުގައި ވާހަކަ ދައްކާފައިވެއެވެ.
42ދިވެހިރާއްޖޭގެ ހައިކޯޓުގެ 2025/HC-B12/39 މައްސަލއަށަ ކްރިމިނަލް ކޯޓުން ޢަމަލުކުރަން ނުޖެހޭސަބަބެއް ދައުލަތުގެ އިސްތިއުނާފުގައި ބަޔާންކޮށްފައި ނުވާއިރު، 23 ނޮވެމްބަރ 2025 ދުވަހު، 2025/HC-B12/39 މައްސަލަ ނިންމިފަހުން، އިސްތިއުނާފު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ "ކޯޓު އަމުރު"ގައި ހެކި ހާމަކުރުމުގެ އަމުރާމެދު ގޮތެއް ނިންމެވުމުގެކުރިން، 2025/HC-B12/39 މައްސަލއިގަ ނިންމެވުމާ ތަފާތުގޮތަކަށް ހެއްކާމެދު ޢަމަލުކުރުމަށް، ނުވަތަ އެ ނިންމުމުގެ ސަބަބުން ނުކުމެދާނެކަމަށް ދައުލަތުންދެކޭ ނުރަނގަޅު ނަތީޖާއަކާމެދު ދައުލަތުން ދެކޭގޮތެއ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިނުވެއެވެ.
43މި ނންމުމުގި 15 އަދި 19 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތް ކުރުމުން، މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ "ކޯޓު އަމަރު"އާ ގުޅިގެން، ދައުލަތުގެ ފަރާތުން އިޢުތިރާޟުކުރާ މައިގަނޑު އެއްކަމަކީ، މައްސަލައިގައިވާ ކުޑަކުދިންގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގތައް ހަމައެކަނި ދިފާޢީ ވަކީލުއާ ޙަވާލުކުރުމެވެ. އަދި ޝަރީޢަތުގައި ދެކެވުނު ވާހަކައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި ދިފާޢީ ވަކީލުންގެ ތަފާތާއި، ސުލޫކާއި، ޒިއްމާއާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 220 އަދި 223 ވަނަ މާއްދާގެ ދަށުން، ދަޢުވާލިބޭ މީހާގެ ޙައްޤުތއަ ޙމާޔަތި ކޮށދިނުމަކް ދައުލަތުގެ މަސްއޫލިއްޔަތެއްކަމަށް ދައުލަތުން ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ 2025/HC-B12/39 މައްސަލައަކީ ޤާނޫނުއަސާސީގަ 143 ވަނަ މާއްދާގެ
(ރ)ގައިވާ ގޮތުގެމަތިން، ޑޮކްޓްރިން އޮފް ސްޓެއެރީ ޑިސައިސިސްގެ ދަށުން ތަބާވާންޖެހޭފަދަ ނިންމުމަކަށް ވެފައިވަނީ، 2025/HC-B12/39 މައްސަލައިގެ ނިންމުން އިސްތިއުނާފު ކުރުމުގެ މުއްދަތާމެދު، ދައުލަތަށް އެރިކަމަށްބުނާ އޮޅުމެއްގެ ސަބަބުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ބެލުމުން އެނގެއެވެ.
44ޕްރިސިޑެންސް 1ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގައި، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބުނެފައިވެއެވެ. އަދި އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ)ގައި، އެ މާއްދާގެ (ހ)ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫންކަމަށް ބުނެފައިވެއެވެ.
45ދިވެހިރާއްޖޭގެ ހައިކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2014/HC-A/83) ޤަޟިއްޔާގައި، ދަށު ކޯޓުގއަ ފާހަގަކުރުމުގެ ފުރުޞަތުއޮވެ، ދަށު ކޯޓަށް ހުށަހަޅާފައިނުވާ ކަންކަން އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް ކަނޑައަޅާފައިވެއެވެ. އެ ޤާނޫނީ އުޞޫލަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މސޫ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ )2014/SC-A/41( ޤަޟިއްޔާއާއި، އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2013/SC-A/20) ޤަޟިއްޔާއާއި، ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (A/09-(2019/SC ޤަޟިއްޔާގައި ނަގަހައްޓާފައިވާ ޤާނޫނީ އުޞޫލެކެވެ.
46ޕްރިސިޑެންސް 2ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ)ގެ (2) ވަނަ ނަންބަރުގައިވާ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށުމަރުޙަލާގެ ކޯޓުތަކުން ތަބއަ ވާންވާނެކަމަށު ބަޔާންކޮށްފައިވާ މަފްހޫމއަކް، ދުނިޔޭގެ ކޮމަން ލޯ ނިޒާމްތަކުން ނަގާފައިވާ މަފްހޫމެއްކަމަށއި، ކޮމަން ލޯ ނިޒާމު އޮންނަ ދުނިޔޭގެ ޤައުމުތަކުގައިވެސް، މަތީ މަރުޙަލާ ކޯޓަކުން ނިންމާ ނިންމުމެއް ނުވަތަ މީގެފަހުން "ކޯޓުތަކުގެ ޤާނޫނު"ކަމަށް ބުނެފައިވާ. ކަނޑައަޅާ އުޞޫލަކަށް ދަށު ކޯޓުން ޢަމަލުކުރުން ލާޒިމުކަމަށް އޮންނައޮތުމަކީ މުޠުލަޤަށް، އެކަމާމެދު އިތުރު އެއްވެސް ސުވާލުކުރުމެއް، ނުވަތަ އަޅއަކިޔުމެއްނެތި، އޮންނައޮތުމެއް ނޫންކަމަށް، އޯނަސް މައްސަލއިގައަ ކަނޑައަޅުއްވ ފައިވެއެވެ. އެގޮތުން، މަތީ މަރުޙަލާ ކޯޓގު ނިންމުމަށް ޢަމަލުކުރުން ލާޒިމުވާ ބައެއްޙާލަތުގެ ތެރޭގައި؛ ކޯޓުތަކުން ކަނޑައަޅާ އުޞޫލުތަ ކާއި، ސާފު އުޞޫލެއް ކަނޑައެޅިފައި ނުވިނަމަވެސް، ނިންމުންބިނާވި ސަބަބުތަކާ ޙަވާލާދީ، އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުން ހިމެނޭކަމަށް އޯނަސް މައްސަލައިގެ 47 ވަނަ ނުކުތާގައި ބުނެފައިވެއެވެ.
47ބުނެވިދިޔަ ކަންކަން އިތުރަށް ތަފުޞީލުކޮށް، ކޯޓަކުން ކަނޑައަޅާ ޢާއްމު އުޞޫލެއް، ހުރިހާ ބާވަތެއްގެ މައްސަލަ ތަކަކަށްވެސް ތަޠުބީޤު ކުރެވިދާނެކަމަށާއި، މިސާލަކަށް ވަކި ޤާނޫނެއްގެ ވަކި މާއްދާއެއް ތަޠުބީޤުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން މަތީމަރުޙަލާ ކޯޓަކުން ކަނޑައަޅާފައިވާނަމަ، މާނަކުރެވުނ މާއްދު ތަޠުބީޤުކުރަންޖެހޭ ކޮންމެ ބާވަތެއްގެ މައްސަލައަކަށްވެސް އެ އުޞޫލު ހިނގާނެކަމަށާއި، އެއާޚިލާފަށް، ސާފުކޮށް ވަކިއުޞޫލެއް މައްސަލައެއްގައި ކަނޑައަޅާފައި ނުވިނަމަވެސް، އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމްގެ ދަށުން، މަތީ މަރުޙަލާ ކޯޓަކުން ނިންމާ ނިންމުންތަކާ، ފަހުން ދަށު ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ އެންމެ މުހިންމު ވުޤިޢތައާ erial facts)(mat އެއްގޮތްނަމަ، ކުރިން ނިންމި މައްސަލައާ އެއްގޮތަށް ފަހުން ހުށަހެޅޭ މައްސަލަ ނިންމަންވާނކަމަށް، އޯނަސް މައްސަލައިގެ 48 ވަނަ ނުކުތގައާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވެއެވެ.
48ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގ އިސްތިސްނާގެ ގޮތުގައި، މަތީ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ޢަމަލުކުރުމުގައި، މައްސަލައިގެ މުހިންމު ވާޤިޢާތައް ނުވަތަ މެޓީރިއަލް ފެކްޓްސް ތަފާތުކަމަށް ޤަބޫލުކުރެވޭނަމަ، ފަހުންހުށަހެޅުނު މައްސަލައިގައިވަނީ ތަފާތު ޙާލަތެއްކަމަށް ބަޔާން ކުރުމަށްފަހު، ކުރިން މަތީ ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ފުރުޞަތު ދަށުކޯޓު ފަނޑިޔާރުންނަށް ލިބިދެވިގެނވާކަމަށާއި، ހަމަމިމޭރުމުން، މަތީ މަރުޙަލާ ކޯޓަކުން ނިންމާފައިވާ ނިންމުމަކީ "ޕަރ އިންކިއުރިއަ މ" (per incuriam) ނިންމުމެއްނަމަ، އެ ނިންމުމާ އެއްގޮތަށް ޢަމަލުކުރުން ދަށު ކޯޓުތަކަށް ލާޒިމުނވާނެކަމަށު އޯނަސް މައްސަލައިގެ ނުކުތަ 48 އަދި 49 ގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، ޕަރ އިންކިއުރިއަމް މައްސަލަތަކަކީ، އެ މައްސަލަތަކުގައި އެދެވިގެންވާ މިންވަރަށް ކަމާގުޅޭ ޤާނޫނުތަކަށް ނުވަތަ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރުމެއްނެތި ނިންމާ ނިންމުންތައްކަމަށާއި، ފަނޑިޔާރުން ނުބައި ނިޔަތެއްނެތި، އެންމެ އެދެވިގެންވާ މިންވަރަށް ކަމާގުޅޭ ޤާނޫނުތަކަށް ރިޢާޔަތްނުކުރެވި، މައްސަލައެއް ނިންމުމުގެ އިޙްތިމާލު އޮންނާނެކަމަށާއި، ޕަރ އިންކިއުރިއަމް މަފްހޫމަށް ޢަމަލުކުރުމުގައި، މަތީ މަރުޙަލާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ހެދޭގޯސްތައް، ދަށު މަރުޙަލާތަކުން ރަނގަޅުކުރުމުގެ ފުރުޞަތު ހުޅުވިގެންދާކަމަށާއި، މަތީ މަރުޙަލާ ކޯޓެއްގެ ނިންމުމަކީ ޕަރ އިންކިއުރިއަމް ނިންމުމެއްނަމަ، ފަހުން ބަލާ މައްސަލައިގައި އެކަމެއް ސާފުކޮށް ބަޔާންކުރަންވާނެކަމަށް ބުނެފައިވެއެވެ.
49ޕްރިސިޑެންސް 3އޯނަސް މައްސަލަ އިގައ ކަނޑައަޅާފައިވި ޤާނޫނާ އުޞޫލަށް ރިޢާޔަތް ކުރުމާއެކު، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ދައުލަތުގެ ފަރާތުން "ހެކި ރައްކާތެރިކުރުމުގެ އަމުރަށްއެދި ހުށަހަޅާ ފޯމު" 10 ސެޕްޓެމްބަރ 2025 ދުވަހު ހުށަހަޅައި، އެ ފޯމާ ގުޅޭގޮތުން 20 އޮކްޓޯބަރ 2025 ދުވަހު ވާހަކަ ދެކެވިފައިވާއިރު، އެ ހުށަހެޅުމަށް އަސަރުކުރުމުގެ ފުރުޞަތާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)ގެ ދަށުން ތަބާވުން ލާޒިމުވާފަދަ ނިންމުމެއް، 2025/HC-B12/39 މައްސަލައިގައި 23 ނޮވެމްބަރ 2025 ދުވަހު ނިންމަވާފައިވާކަނ ދައުލަތަށް އެނގޭއިރު، އެ ނިންމުން އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް 10 ޑިސެމްބަރ 2025 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވެއެވެ. އިސްތިއުނާފު ކޮށްފައިވާ "ކޯޓު އަމުރު" ކްރިމިނަލް ކޯޓުން ނިންމާފައިވަނީ 10 ޑިސެމްބަރ 2025 ދުވަހުއެވެ.
50ޕްރިސިޑެންސް 6ދިވެހިރާއްޖޭގެ ހައިކޯޓު ގެ 2025/HC-B12/39 މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ 10 ޑިސެމްބަރ 2025 ދުވަހު ކަމަށްވާއިރު، އެ ނިންމުން ޤާނޫނީގޮތުން ނުރަނގަޅުކަމަށް ނުވަތަ ޕަރ އިންކިއުރިއަމްކަމަށް ދައުލަތަށް ޤަބޫލުކުރެވޭނަމަ، އޯނަސް މައްސަލައިގައިވާ ޤާނޫނީ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، މިހާރު ހުށަހަޅާފައިވާ ޝަކުވާތަކާއި ކަންބޮޑުވުންތަކާއި ސަބަބުތައް ބަޔާންކޮށް، 23 ނޮވެމްބަރ 2025 ދުވަހއާ 10 ޑިސެމްބަރ 2025 ދުވަހާ ދެމެދު، ޤާނޫނީ އުޞޫލުތަކުގެ އަލީގައި ހުށަހެޅުމުގެ ފުރުޞަތު ދައުލަތަށްއޮވެމެ، އެ ފުރުޞަތުގެ ބޭނުން ދައުލަތުން ހިފާފައިނުވެއެވެ.
51މި އިސްތިއުނާފުގައި ދައުލަތުން މިހާރު ފައުޅުކުރާ ކަންބޮޑުވުންތަކުގެ ނަތީޖާ ބަދަލުކުރުމަށް، ދައުލަތަށް ޤާނޫނީ ނިޒާމުން ލިބިދީފައިވާ ފުރުޞަތުތަކުގައި، އެބަހީ؛ އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި 2025/HC-B12/39 މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަނޭޅުމާއި، މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ "ކޯޓު އަމުރު"ގައިވާ ހެއްކާ ގުޅޭގޮތުން އޯނަސް މައްސަލއިގަ އަލީގައި ޤާނޫނީ އިތުރުކަންކަނ ހުށަހެޅުމަށް މަސައްކަތް ކޮށްފައިނުވުމަކީ، ޚުދު ދައުލަތުން ފާހަގަކޮށްފައިވާ ޤާނޫނުއަސާސީގެ 220 އަދި 223 ވަނަ މާއްދާއިން ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލުކުރާ ދައުލަތުގެ ވަކީލުންގެ ކިބައިގައިއޮތް މުޖުތަމަޢުގައި ރައްކާތެރިކަން ލިބެންވާ ފަރާތްތަކާއި މުއްތަހަމުގެ ޙައްޤު ހިމާޔަތްކުރުމަށްއޮތް ޒިއްމާއަށް ބަލާއިރު، ނުހަނު ހިތާމަވެރި ޙަޤީޤަތެކެވެ. ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި، ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަކޮންމެ މީހެއްގެވެސް ޙައްޤއްކަމަށެ ބަޔާންކޮށްފައިވެއެވެ. ޤާނޫނީ ނިޒާމުގައި އިސްތިޤުރާރުވެފައިވާ، ޢަމަލުކުރުމުގެ ޢާއްމު އުޞޫލުތަކާއި އިޖުރާއަތާއި، ޤާނޫނުގެ ޙުކޫމަތު ހިންގުމުގައި، ދައުލަތާއި އެހެންމީހުންނާ އެއްފަދއެވެ.
52މިހާރު އިސްތިއުނާފު ކޮށްފައިވާ މައްސަލައާއި، 2025/HC-B12/39 މައްސަލއިގައަ ވާޤިޢީ ނުވަތަ ޤާނޫނީ ބަހުސގެގޮތުން ތަފާތއްއޮތްތެ ބަލާއިރު، ދައުލަތުގެ އެއްޝަކުވާއަކީ، އިސްތިއުނާފު ކޮށްފައިވާ އަމުރުގައިވާ ހެކިތައް ބެލުމުގެ ފުރުޞަތު ހަމައެކަނި ލިބިދީފައިވަނީ އިސްތިއުނާފުކުރާ ފަރާތު ގެ ޤާނޫނީ ވަކީލަށެވެ.
53މި މައްސަލައަކީ 2009/12 ގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއްގެ ހެކި ރައްކާތެރިކުރުމުގެ އަމުރުގައިވާ އުޞޫލުތަކާ ގުޅުންހުރި މައްސަލައެކެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައި ޤާއިމުވެފައިވާ ޢާއްމު އުޞޫލަކީ 2009/12 ގެ ދަށުން ދަޢުވާލިބޭ ފަރާތްތި އ، އެ ޤާނނުގޫ 28 ވަނަ މާއްދާއާއި ފަސްވަނަ ބާބުގައިވާ އިޖުރާއަތުގެ ދަށުން، ޝަރީޢަތް ނިމެންދެން ބަންދުގައތި ބިމެވެ.
54މި މައްސަލައަކީ 2009/12 ގެ ދަށުން ދަޢުވާކުރާ މައްސަލައަކަށްވެފައ، މުއްތަހަމު އަމިއްލައަށި ނުވަތަ ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލަކު ހަމަޖެއްސުމަކީ ކަންހިނގާ ޢާއްމު އުޞޫލު ކަމަށްވާއިރު، ވަކީލެއްގެ ޙައްޤު އެއްކޮށްދޫކޮށްލާ ޙާލަތުފިޔަވައި، އެހެން ހުރިހާ ޙަލަތެއްގައިވެސް ދަޢުވާލިބޭ ފަރާތުގެ ވަކީލަކު ހުންނާނެއެވެ. އަދި މުއްތަހަމުގެ ވަކީލަކީ ނެތްނަމަ، ކޯޓުން ވަކީލަށް ހެކިތައް ބެލުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަމުރު ކުރަންޖެހޭ ސަބަބެއް ނއޮންނާނެއު ވެ.
55މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކީލު ހެކިތައް ބެލުމަށް އަމުރުގައި އޮތުމާމެދު ދަށުކޯޓުގައި އިޢުތިރާޟު ކޮށްފައިނުވާއިރު، އެކަމަށް ރުހޭކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. މީގެއިތުރުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލަ ކުރިއަށްދިޔައިރު، އިސްތިއުނާފު ކޮށްފައިވާ "ކޯޓު އަމުރު"ގައިވާ ހެކިތައް ބެލުމުގެ ފުރުޞަތުލިބި، އެ ހެކިތައް ބަލައި ދިރާސާކޮށްފައި ވާނެކަމަށްވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓު ގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
56މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ދައުލަތުގެ ފަރާތުން ރައްކާތެރިކުރުމަށް އެދިފައިވާ ކުޑަކުދިންގެ ބަޔާނުގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގ ދިފާޢީ ވަކީލުންނަށް ކޯޓުން ބޭރުގައި ބެލޭނީ، ދިފާޢީ ވަކީލަށްއެކަނި އެކްސެސް އޮންނަގޮތަށް، ކޯޓުން ކަނޑައަޅާ ވަކިވަގުތު ތަކެއްގައި ބޭލޭގޮތަށް އެކްސެސް ކޮންޓްރޯލްކޮށް، ލޮގް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ބެލޭނފަދެ އިންތިޒާމު ހަމަޖެހިއްޖެ ޙާލަތުގައެވެ. އެ އިންތިޒާމު ނެތްނަމަ، އެކަމެއް ނުކުރެވޭނެއެވެ. އަދި އެނޫން ނިޒާމެއްގެ ތެރެއިން ދިފާޢީ ވަކީލުން ހެކިތައް ބެލުމަށް ކޯޓުން ފުރުޞަތުދޭނަމަ، އެކަމަށް އިޢުތިރާޟުކޮށް އެފަދަ ނިޒާމކަމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު ދައުލަތަށް ލިބޭނެއެވެ. އެހެންކަމުން، ބުނެވިދިޔަ ފަދައިން ހެކިތައް ބެލޭނެ އިންތިޒާމެއް ކޯޓުން ޤާއިމު ކޮށްދެވެންނެތްނަމަ، އިސްތިއުނާފު ކޮށްފައިވާ "ކޯޓު އަމުރު"ގައިވާ ކުޑަކުދިންގެ އޯޑިއޯ ވީޑިއޯ ރެކޯޑިންގއެއް، ދިފާޢީ ވަކީލުން ކޯޓުން ބޭރުގައި ތިބެގެން ބެލުމުގެ ޤާނޫނީ މަހައްލެއް އުފަންނުވާނެއެވެ.
57ކްރިމިނަލް ކޯޓުގެ "ކޯޓު އަމުރު"ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ އިލެކްޓްރޯނިކް ނިޒާމެއް ނެތްނަމަ، ބުނެވިދިޔަ ހެއްކާމެދު ޢަމަލު ކުރަންޖެހޭގޮތަކީ، އިސްތިއުނާފު ކޮށްފައިވާ "ކޯޓު އަމުރު"ގެ 3 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، ދަޢުވާލިބޭ ފަރާތާއި ވަކީލުން ކޯޓަށް ޙާޟިރުވެ އެ ހެކިތައްބެލުމެވެ. "ކޯޓު އަމުރު"ގައި ބަޔާންކޮށްފައިވާފަދަ އިލެކްޓްރޯނިކް ނިޒާމެއް ޤާއިމުވެފައި ނެތްކަމަށް ދައުލަތުން ދެކޭއިރު، ވުޖޫދުވެފައިނުވ އަދާ ދައުލަތުގެ ހީކުރުންތަކެއްގެ މައްޗަށް ކަންބޮޑުވުން ފައުޅުކުޅައުމަކީ، 2025/HC-B12/39 މައްސަލައިގައި ފަނޑިޔާރުގެ އިޚްތިޔާރާމެދު ޤާނޫނީގޮތުން މި ކޯޓުން ނިންމާފައިވާ އުޞޫލަށް ބަދަލުގެނައުމަށް އެކަށޭނެ ސަބަބެއްނޫނެވެ. ޚަޞްމެއްގެ ހީކުރުންތަކަކީ ޤާނޫނީ ވާހަކައެއްނޫނެވެ. އަދި ވުޖޫދުނުވާ ޙާލަތެއްގައި، ޚިޔާލަށްގެނެވޭ ހީކުރުންތަކުގެ މައްޗަށް ކަންބޮޑުވުން ފއަޅުކޮށް، މިފަދައިން ދައުލަތުން ދައްކާ ވާހަކަތަކަކީ އޯނަސް މައްސަލައިގެ އަލީގައި 2025/HC-B12/39 މައްސަލައިގެ ނިންމނު ޕަރ އިންކިއުރިއަމް ނިންމުމެއްކަމަށް ބެލުމަށް، ނުވަތަ ވާޤިޢީގޮތުން ތަފާތުވުމުގެ ސަބަބުން، އެ ނިންމުމާ ދުރަށް ދިޔުމުގެ ބޭނުމަށްފުދޭފަދަ ހުއްޖަތެއްނޫނެވެ.
58މި ނިންމުމުގެ 19.2 ނުކުތާއަށް ބެލުމުން، މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށްއެދި ފޯމު ހުށަހަޅާފައިވަނީ މައްސަލައިގެ ދަޢުވާ ފޯމާއެކުކަން އެނގެއެވެ. ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގައި ޢާއްމުކޮށް ޢަމަލު ކުރާގޮތަށްބަލާއިރު، ޖިނާއީ މައްސަލަތަކުގައި ހުށަހަޅާ ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ގޮތެއްނިންމުމަށްފަހު، މައްސަލައިގެ އެހެނިހެން މަރުޙަލާތައް ކުރިއަށްގެންދެވެއެވެ. މި މައްސަލައިގައިވާ ބައެއްހެއްކާމެދު ޢަމަލުކުރުމަށް ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކުރައްވާފަދަ ރައްކާތެރި އިލެކްޓްރޯނިކް ނިޒާމަކީ، މި މައްސަލއިގަ ޝަރީޢަތުގެ މަރުޙަލާގެ ތެރޭގައި އަދި މައްސަލައިގައި ޙުކުމްކުރުމުގެ ކުރިން، ކޯޓުގައި ޤާއިމުނުކުރެވޭނެ ނިޒާމެއްކަމަށް ދައުލަތުން ނިންމާފައިވަނީ ކޮންހަމަ އަކުންކަމެއް ސާފެއްނުވެއެވެ.
59ޕްރިސިޑެންސް 4ޒާއިފް މައްސަލަ އިގެ ނުކުތާ 8.13 ގައި، މި ބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި، ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސް ކުރުމުގައި، ހެކީގެ ބާވަތާއި، އެ ހެކިތައް ޢާއްމުވެ ޝާއިޢުވުމުގެ އިޙްތިމާލްއޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށްބަލައި، ހެކި ރައްކާތެރި ކުރަންވާނީ، އެ ހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެކުޑަ މިންވަރަށްކަމަށް ކަނޑައަޅާފައިވެއެވެ. މި ނުކުތާއަށް ރިޢާޔަތްކުރުމުން، ޒާއިފް މައްސަލައިގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލަކީ، އެކަތައިން ހަދާފައިވާފަދަ ހަރުކަށި އުޞޫލެއް ނޫންކަން އެނގެއެވެ. އަދި ކުޑަކުދިންގެ ޒާތީ މަޢުލޫމާތުހިމެނޭ ހެއްކާމެދު ނިންމާގޮތަކީ، ކޮންމެ މައްސަލައެއްގެ ވަށައިގެންވާ އެންމެހައި ކަންކަމަށްބަލައި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ޚާއްޞަ ޙާލަތަށް ރިޢާޔަތްތެރިކަން ދިނުމާއެކު، އެ މައްސަލައަށް އެކަށީގެންވާ އަދި ދެފަރާތުގެ ޙައްޤުތައް ޙިމާޔަތްކުރެވޭނެ ބީދައިން އެކަންކަން ވަޒަންކުރުމަށްފަހު، އެ މައްސަލައަށް ޚާއްޞަވެގެންވާ ގޮތުގެމަތިން ފަނޑިޔާރު ނިންމާ ނިންމުމެއްކަން އެނގެއެވެ.
60މި މައްސަލައިގެ ޙަޤީޤަތްތަކަށް ބަލާއިރު، އިސްތިއުނާފު ކޮށްފައިވާ "ކޯޓު އަމުރު"ގައި ބަޔާންކޮށްފައިވާފަދަ ނިޒާމެއް ނެތްނަމަ، އިސްތިއުނާފު ކޮށްފައިވާ "ކޯޓު އަމުރު"ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް ދިފާޢީ ވަކީލުން ކޯޓުން ބޭރުގައި ތިބެގެން ހެކިތަކެއް ނުބެލޭނެއެވެ.
61ބުނެވިދިޔަ އެންމެހައި ޙަޤީޤަތްތަކަށް ރިޢާޔަތްކުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު -145 B8/HRA/2025/12 "ކޯޓު އަމުރު" (10 ޑިސެމްބަރ 2025)އަކީ، ޒާއިފް މައްސަލއިގައަ ކަނޑާއަޅާފައިވ ޤާނޫނާ އުޞޫލީ ޚިލާފު ނިންމުމެއްކަމަށް ނުދެކެމެވެ. އަދި މި މައްސަލައަކީ، 2025/HC-B12/39 މައްސަލައާ ވާޤީޢީގޮތުނ އެއްގޮތް މައްސަލައަކަށްވާއިރު، އޚމ މައްސަލައިގެ 15 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއް ދައުލަތަށް ބަޔާން ކޮށްދެވިފައިނުވާތީ، ދައުލަތުގެ ހީކުރުންތަކެއްގެ މައްޗަށް ބިނާކޮށް ވުޖޫދުނުވާ ޙާލަތްތަކާ ގުޅޭގޮތުން، ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއަށް ވަންނަންޖެހޭފަދ ޤާނޫނަ ސަބަބެއް އޮތްކަމަށް ނުދެކެމެވެ.
62އެހެންކަމުން، މި މައްސަލައިގައިވާ ކްރިމިނަލް ކޯޓުގެ "ކޯޓުގެ އަމުރު"ގައިވާ ގޮތުގެމަތިން ރައްކާތެރިކޮށްފައިވާ ހެކި 1 އަދި 2، ކޯޓުގައި ބަލައިދިރާސާ ކުރުމުގެ އިތުރުން، އެ އަމުރުގައި ބަޔާންކޮށްފައިވާފަދަ ރައްކާތެރި އިލެކްޓްރޯނިކް ނިޒާމެއް ހަމަޖެހިއްޖެނަމަ، ރައްކާތެރިކޮށްފައިވާ ހެކިތައް، އެ ނިޒާމުގެ ތެރެއިން ދިފާޢީ ވަކީލއަށު ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ކުޑަކުދިންގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ)އާއި (ށ)އާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ)އާ ޚިލާފަށްކަމަށް ބަލަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއްނެތެވެ.
63ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު -145 B8/HRA/2025/12 "ކޯޓު އަމުރު" (10 ޑިސެމްބަރ 2025) އަށް ބަދަލެއް ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއްނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަންފެނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20، 24، 35، 51، 68، 143 (ރ)، 220 އަދި 223 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 84 ވަނަ މާއްދާ، 107 ވަނަ މާއްދާގެ (ނ) ގެ (1)، 131 ވަނަ މާއްދާ، 198-3 އަދި 198-4 (ޅ)، (ކ)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 2 (ހ) އަދި (ށ)، 33، 34 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 (ހ)، (ށ)، 28 އަދި 54 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2)
- ހައިކޯޓު 2021/HC-A/142 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް)
- ހައިކޯޓު 2025/HC-B12/39
- ހައިކޯޓު 2014/HC-A/83 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓު 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓު 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ) ޕެރ. 15
- ސުޕްރީމް ކޯޓު 2019/SC-L/91
- ސުޕްރީމް ކޯޓު 2014/SC-A/41 (މޫސާ ނަޞީރު ވ. MIRA)
- ސުޕްރީމް ކޯޓު 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް)
- ސުޕްރީމް ކޯޓު 2019/SC-A/09 (ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް)
- ބެންޗު
- ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް