ސައިޓޭޝަން ކޮޕީ ކުރުމަށް
2026/HC-A/60
ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކުރެވިފައި، 2026/HC-A/60
Name withheld v. Name withheld 2026/HC-A/60 (2026/HC-A/60, High Court of the Maldives, 10 August 2026)
ނަން ސިއްރުކޮށްފައި ވ. ނަން ސިއްރުކުރެވިފައި
މައިގަނޑު ސުވާލު
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ މައްސަލައެއްގައި، ގެވެށި އަނިޔާގެ ޢަމަލު ވަޒަންކުރުމުގައި ޢަމަލު ހިންގިކަމަށް ބުނާ މީހާގެ ނިޔަތަށް ބުރަދަން ދީގެން އަމުރު ނުނެރުމަށް ފެމިލީ ކޯޓުން ނިންމީ ޤާނޫނާ އެއްގޮތަށްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ރައްކާތެރިކުރުމުގެ އަމުރުތަކަކީ ޖިނާއީ އަދަބެއް ނޫން، މަދަނީ ސިފައެއް އެކުލެވޭ އަމުރުތަކެއް ކަމުން، އޭގެ މައިގަނޑު އަމާޒަކީ މާޒީގެ ޢަމަލަކަށް އަދަބު ދިނުމުގެ ބަދަލުގައި ކުރިމަގުގައި ލިބިދާނެ އަނިޔާއިން ޝިކާރައަކަށްވާ ފަރާތް ސަލާމަތްކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 62-63)
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގައިވާ 'ނިޔަތް' މި ލަފުޒު އައިސްފައިވަނީ ޝިކާރައަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދަށް ބުރަވާ ގޮތަށް ކަމުން، އެއީ ޢަމަލު ހިންގާ މީހާގެ ނިޔަތަށް ބަލަންޖެހޭ ޝަރުޠެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 94-97)
- ރައްކާތެރިކުރުމުގެ އަމުރެއް ނެރުމުގައި ކޯޓުން ބަލަންޖެހެނީ، ހެކި ޤަރީނާ ޖުމްލަކޮށް ވަޒަންކުރާއިރު ގެވެށި އަނިޔާގެ ޢަމަލެއް ހިނގާފައިވާކަން، ހިނގަމުންދާކަން ނުވަތަ ހިނގާފާނެކަން ބޮޑަށް ބުރަވެވޭ (މަދަނީ) މިންގަނޑުން ޤަބޫލުކުރެވޭތޯ، އެ ޢަމަލުގެ ސަބަބުން ބިރުވެރިކަމެއް ނުވަތަ ގެއްލުމުގެ ބިރެއް އުފެދޭތޯ، އަދި ޝިކާރައާއި ދަރިންނާއި ޢާއިލާގެ މަޞްލަޙަތު ހިމާޔަތްކުރުމަށް އަމުރު ކޮންމެހެން ބޭނުންތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 89، 99-100، 110، 113)
- މިފަދަ ކަންކަން ސާބިތުވާނަމަ، އަނިޔާ ދިނުމުގެ ނިޔަތެއް ނެތްކަމަށް ރައްދުވާ ފަރާތުން ބުނުމަކުން ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ހުރަހެއް ނާޅައެވެ؛ ޢަމަލު ހިންގި މީހާގެ ނިޔަތަށް ބަރޯސާވުމަކީ ޤާނޫނުގެ މަޤްޞަދާ ފުށުއަރާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 111-112، 115)
- ވަޒަންކުރުމުގައި ޢަމަލުގެ ބާވަތާއި ނުރައްކާތެރިކަމާއި، ހިނގި މުއްދަތާއި ތަކުރާރުވުމާއި، ބޭނުންކުރި ވަސީލަތްތަކާއި ގުޅުމުގައިވާ ބާރުގެ ތަފާތާއި، ޝިކާރައަށް ނުވަތަ ކުދިންނަށް އޮތް ނުރައްކަލާއި، އަމުރުގެ ޒަރޫރަތްތެރިކަމަށް ރިޢާޔަތްކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 105، 108-109)
- ގެވެށި އަނިޔާ އާންމުކޮށް ސިއްރުގައި ހިނގާތީ ކޮންމެ ފަހަރަކު ސީދާ އިތުބާރުހުރި ހެކި ނެތުން އެކަށީގެންވެއެވެ؛ މެޑިކަލް ރެކޯޑާއި ފުލުހުންނަށް ހުށަހެޅި ޝަކުވާއާއި ވުޒާރާތަކަށް ދިން ބަޔާންތަކާއި ރިޕޯޓުތަކާއި ފެނިދެނެވި މީހުންގެ ބަސް ހެއްކެއްގެ ގޮތުގައި ވަޒަންކުރެވިދާނެ ކަމަށާއި، ހެކި ވަޒަންކުރަންވާނީ މައްސަލައިގެ ޙާލަތުން ޤާނޫނުގެ މަޤްޞަދަށް އިސްކަންދީގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 106-107)
- ކުޑަކުދިން ހިމެނޭ ޙާލަތްތަކުގައި ކޯޓުން މައްސަލައަށް ބަލަންވާނީ ކުއްޖާގެ ނަޒަރިއްޔާތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއާ އެއްގޮތަށް ކުއްޖާގެ މަޞްލަޙަތު އިސްކުރުމަށް އަމުރު މުހިންމުތޯ ބަލައިގެންނެވެ؛ ކުދިންނަށް ނުރައްކަލެއް އޮތް ކޮންމެ ޙާލަތެއްގައި އަމުރުގެ ޒަރޫރަތްތެރިކަން އިތުރުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 109)
- ވަގުތީ އަމުރުތަކުގެ މުރާޖަޢާގެ ތެރެއިން ނުވަތަ ޙަޟާނަތުގެ މައްސަލަތަކުގެ ތެރެއިން ނިންމަންޖެހޭ ބައްދަލުކުރުމާ ގުޅޭ ފަރުވާއާމެދު ދަށު ކޯޓުން ކަނޑައެޅި ގޮތް ތަޢުނުކޮށް އިސްތިއުނާފީ ނުކުތާއެއް ހުށަނާޅާހިނދު، އެ ފަރުވާއާ ގުޅިގެން އިސްތިއުނާފުގައި ގޮތެއް ނުކަނޑައެޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 118-119)
1މިއީ ފެމިލީ ކޯޓުގ ނަންބަރު 1228/Fm-C/2025 ޤަޟިއްޔާ،އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދޭ xx xxx xxxxx، xxxxxx xxxxx xxxxxxxx )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ xxxxxxx( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު" ނުވަތަ "ކުދިންގެ ބައްޕަ"( ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ xxxxxxxx xxxxx xxxxx xxxx xxxx )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު xxxxxxxx( )މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢާއިޝަތު" ނުވަތަ "ކުދިންގެ މަންމަ"( ގެ މައްޗަށެވެ.
3މުޙައްމަދު އާއި ޢާއިޝަތުއާ ދެ މީހުން 05 ނޮވުނެ ބަރް 2015 ގައި ކައިވެނިކޮށް، މި ކައިވެންޏަށް
03 )ތިނެއް( ދަރިން ލިބިފައިވެއެވެ. އެއީ 28 ޖަނަވަރީ 2018 ގައި xxx xxxx xxxxx xxxx )މީގެ ފަހުން "ދ ށ ދަރިފުޅު"(، 24 މެއި 2020 ގައި xxx xxxx xxxxx xxxx xxxx )މީގެ ފަހުން "ދެވަނަ ދަރިފުޅު"( އަދި 17 މެއި 2022 ގައި xxxx xxxx xxxxxx xxxxxx xxxx )މީގެ ފަހުން "ހަގު ދަރިފުޅު"( އެވެ.
4މުޙައްމަދު އާއި ޢާއިޝަތުއާ ދެ މީހުން 28މޭ 2023 ގައި ކޯޓުގެ ހުއްދައާއެކު ވަރިވެ، މި ވަރި ފެމިލީ ކޯޓުގައި ސާބިތުކޮށްފައިވެއެވެ.
5މި ދެ މީހުންގެ ވާހަކަތަކަށް ބަލާއިރު، ދެ މީހުން ވަރިވުމަށްފަހު، 03 )ތިނެއް( ކުދިން ދިރިއުޅެމުން ދިޔައީ ކުދިންގެ މަންމަ ޢާއިޝަތުގެ ކައިރީގައިކަން އެނގެއެވެ.އޭގެ ފަހުން ކުދިންގެ ބައްޕަ މުޙައްމަދުގެ ކައިރިއަށް ކުދިން ބަދަލުވެ، އެ ކުދިން ޢާއިޝަތުއާ ޙަވާލުކުރުމަށް މުޙައްމަދ އިންކާރުކުރުމުން، ދޮށީ ދަރިފުޅު މި ކުއްޖާގެ މައިންބަފައިން ކުރެ މި ކުއްޖާ އިޚްތިޔާރުކުރާ ފަރާތެއް ކަނޑައަޅައިދިނުމަށާއި، އަދި ދެވަނަ ދަރިފުޅާއި ހަގު ދަރިފުޅުގެ ޙަޟާނަތު ލިބިގަތުމަށް އެދޭ ޢާއިޝަތު ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
6މިގޮތުން ދޮށީ ދަރިފުޅު މި ކުއްޖާގެ މައިންބަފައިން ކުރެ މި ކުއްޖާ އިޚްތިޔާރުކުރާ ފަރާތެއް ކަނޑައަޅައިދިނުމުގ މައްސަލެ ފެމިލީ ކޯޓުން ބަލަމުންދަނީ، އެ ކޯޓުގެ ނަންބަރ 879/Fm-C/2025 ޤަޟިއްޔާއިންނެވެ. އަދި ދެވަނަ ދަރިފުޅާއި ހަގު ދަރިފުޅުގެ ޙަޟާނަތުގެ މައްސަލަ ފެމިލީ ކޯޓުން ބަލަމުންދަނީ އެ ކޯޓުގެ ނަންބަރ 878/Fm-C/2025 ޤަޟިއްޔާއިންނެވެ.
7ފެމިލީ ކޯޓުގެ ނަންބަރު 878/Fm-C/2025 ޤަޟިއްޔާކުރިއަށްދާއިރު، ދެވަނަ ދަރިފުޅާއި ހަގު ދަރިފުޅު،ޢާއިޝަތުއާ ޙަވާލުކުރުމުގެ ވަގުތީ އަމުރަކަށް ޢާއިޝަތު އެދުމުން، ޢާއިޝަތު އެދުނު ފަދަ އަމުރެއް 07 ޖޫން 2025 ގައި ފެމިލީ ކޯޓުން ނެރެދީފައިވެއެވެ. މި އަމުރު މުރާޖަޢާކުރުމަށް މުޙައްމަދު ހުށަހެޅުމުން، މިނިސްޓްރީ އޮފް ސޯޝލްއެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިނަފޮނުވާފައިވާ ސިޓީގެ މައްޗަށް ބިނާކޮށް، ދެވަނަދަރިފުޅު، ޢާއިޝަތުއާއެކު ދާން ބޭނުންނުވާކަން މިނިސްޓްރީ އޮފް ސޯޝލ އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ފެމިލީ ކޯޓުގެ ނަންބަރު 527/2023 ވަރީގެ ސެޓްފިކެޓް ފެމިލީ ކޯޓުގެ ނަންބަރު 1228/Fm-C/2025 "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1.1 ވަނަ ނުކުތާ ފެމިލީ ކޯޓުގެ ނަންބަރު B8/2024/14 )07 ޖޫން 2025( އަމުރު ސިޓީގައި ބަޔާންކޮށްފައިވާތީ، 07 ޖޫން 2025 ގ އަމުރުގައި ދެވަނަ ދަރިފުޅު، ޢާއިޝަތުއާ ޙަވާލުކުރުމަށް މުޙައްމަދުގެ މައްޗަށް އެންގި އެންގުން ނިމުމަކަށް ގެނެސްފައިވާކަމަށް ކަނޑައަޅައި، އަދ ހަގު ދަރިފުޅަށް އަނިޔާވާފަދަ އެއްވެސް ކަމެއް ޢާއިޝަތުގެ ފަރާތުން ހިނގާފައިވާކަން އެނގެން ނެތުމުން، ހަގްދަރިފުޅު ޢާއިޝަތުއާ ޙަވާލުކުރުމަށް މުޙައްމަދުއަށް އަންގާފައިވާ އެންގުން ދަމަހައްޓަންޖެހޭނެކަމަށ 29 ޖޫން 2025 ގައި އަމުރުކޮށްފައިވެއެވެ.
829 ޖޫން 2025 ގެ އަމުރުގައި، ޢާއިޝަތު އެދޭ ޙާލަތުގައި، ޢާއިޝަތުއާ ދެވަނަ ދަރިފުޅާ ބައްދަލުކޮށްދިނުމަށް ކޮންމެ ދުވަހަކު 01 )އެކެއް( ގަޑިއިރަށް ކުއްޖާ ދިރިއުޅޭ މާހައުލ ނުވަތު ކުއްޖާ ރުހޭނަމަ ކުއްޖާ ގޮވައިގެން އެހެން މާހައުލެއްގައި ބައްދަލުކުރުމުގެ ފުރުޞަތު ޢާއިޝަތުއަށ ދިނުމަށާއި، އަދި ކުއްޖާ އެކަހެރިކޮށް ބައްދަލުކުރަން އިންކާރުކުރާނަމަ، މުޙައްމަދު ނުވަތަ މުޙައްމަދ ކަނޑައަޅާ ފަރްތެއްގެ ޙާޟިރުގައި ޢާއިޝަތުއާ ބައްދަލުކުރުމަށް ކުއްޖާ ދިރިއުޅޭ މާހައުލ ނުވަތު އެހެން މާހައުލެއްގައި ބައްދަލުކުރުމުގެ ފުރުޞަތު ޢާއިޝަތުއަށ ދިނުމަށް މުޙައްމަދުގެ މައްޗަށ އަންގާފައިވެއެވެ.
9ފެމިލީ ކޯޓުގެ ނަންބަރު 879/Fm-C/2025 ޤަޟިއްޔާއިން ފައިސަލާކުރނިވަ ޙުކުމެއްކުރަންދެން، ދޮށީ ދަރިފުޅު، ޢާއިޝަތުއާ ޙަވާލުކުރުމުގެ ވަގުތީ އަމުރަކަށް ޢާއިޝަތު އެދިފައިވެއެވެ. އެހެނަސް، އެފަދަ އަމުރެއް ނެރެދެވެންނެތްކަމަށ 07 ޖޫން 2025 ގައި ފެމިލީ ކޯޓުނ ކަނޑައަޅާފައިވެއެވެ. މި ކުއްޖާ ޢާއިޝަތުއާ ބައްދަލުނުވާކަން ދެ ފަރާތުގެ ބަހުންވެސް އެނގެން އޮތުމުން، ޢާއިޝަތު އެދޭ ޙާލަތުގައި، ކުއްޖާއާ ބައްދަލުކުރުމަށްޓަކައި ކޮންމެ ދުވަހު މަދުވެގެން 01 )އެކެއް( ގަޑިއިރަށް ކުއްޖާ ދިރިއުޅޭ މާހައުލ ނުވަތު ކުއްޖާ ރުހޭނަމަ ކުއްޖާ ގޮވައިގެން އެހެން މާހައުލެއްގައި ބައްދަލުކުރުމުގެ ފުރުޞަތު ޢާއިޝަތުއަށް ދިނުމަށާއި، އަދި ކުއްޖާ އެކަހެރިކޮށް ބައްދަލުކުރަން އިންކާރުކުރާނަމަ، އެ ކޯޓުގެ ނަންބަރު B8/2025/15) 07 ޖޫން 2025( އަމުރު މުޙައްމަދާ ނުވަތު މުޙައްމަދަ ކަނޑައަޅާ ފާރަތެއްގެ ޙާޟިރުގައި ޢާއިޝަތުއާ ބައްދަލުކުރުމަށް ކުއްޖާ ދިރިއުޅޭ މާހައުލ ނުވަތު އެހެން މާހައުލެއްގައި ބައްދަލުކުރުމުގެ ފުރުޞަތު ޢާއިޝަތުއަށ ދިނުމަށް މުޙައްމަދުގެ މައްޗަށް މި އަމުރުގައި އަންގާފައިވެއެވެ.
10މުޙައްމަދުއާއި ޢާއިޝަތުއާ ދެމީހުންގެ 03 )ތިނެއް( ކުދިންނަށް ޢާއިޝަތުގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދާކަމަށް ބުނެ،މި 03 )ތިނެއް( ކުދިންގެ ފަރާތުންގެވެށި އަނިޔާއިން ރައް ކާތެރިކުރުމުގް އަމުރަކަށް އެދި ޢާއިޝަތުގެ މައްޗަށ މުޙައްމަދު )ތިންވަނަ ފަރާތެއްގެ ހައިސިއްޔަތުން( ފެމިލީ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެ މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 1228/Fm-C/2025 ޤަޟިއްޔާއިންނެވެ. އިސްތިއުނާފުކުރެވިފައިމިވަނީ ފެމިލީ ކޯޓުގެ މި ނިންމުމެވެ.
11މި މައްސަލަ ހުށަހެޅުމުގައި، ޢާއިޝަތުގެ ފަރާތުން ހިންގާފައިވާ ގެވެށި އަނިޔާގެ ޢަމަލުތައް ކަމުގައި، ދަޢުވާ ފޯމުގައި މުޙައްމަދު ފާހަގަކޮށްފައިވަނީ އަންނަނިވި ޢަމަލުތަކެވެ.
1. ޖިސްމާނީ އަނިޔާކުރުން
2. ބިރުދެއްކުން
3. ފާރަލުން
4. ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން
5. ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުން ނުވަތަ އަނިޔާވެރި ޢަމަލެއްކަމަށް ބެލެވިދާނެ އެއްވެސް ކަމެއް ކުރުން "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމގު" 5 ވަނަ ނަންބަރާއި، އޭގެ ތަފްޞީލުގައި 7 ވަނަ ނަންބަރުގައި ހިމަނާފައިވާ ކަންކަން
6. މީހެއްގެ އަމިއްލަ އިޚްތިޔާރު އޮތްނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިޚްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ނުވަތަ ބިރުދައްކައިގެން ނުވަތް ބާރުގެ ބޭނުންކޮށްގެން ކުރުވުން
7. އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ ޢަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން
8. ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތް އަޑުއިއްވުނ ނުވަތް އެފަދަ ޢަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ޙާލަތަކަށް ކުޑަކުއްޖަކު ގެނދިއުނ ނުވަތް ހުށަހެޅުނު
12މި އަމުރަށް އެދިފައިވަނީ 08 ޖުލައި 2025 އަދި 10 ޖުލައި 2025 ގައި ޢާއިޝަތު، ކުދިންނާ ބައްދަލުވި ވަގުތު ޢާއިޝަތުގެ ފަރާތުން ކުޑަކުދިންނާ މުޢާމަލާތްކުރުން އެކަށީގެންނުވާ ގޮތަކަށް މުޢާމަލާތްކުރުމްންނެއި، ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުނިގްއްލުންވ ގޮތަށާ އަދ މިނޫންވެސް ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާފައިވާތީކަމަށް މުޙައްމަދުގެ ފަރާތުނ ބަޔާންކޮށްފައިވެއެވެ.
13މި ދެ ހާދިސާގެ ތެރެއިން، 08 ޖުލައި 2025ގެ ހާދިސާއާ ގުޅޭ ގޮތުނ 13 ޖުލައި 2025 ގައި އެފިޑަވިޓ މެދުވެރިކޮށް ޝަރީޢަތަށް ހެކިބަސް ދީފައިވާ މުޙައްމަދުގެ އަނބި xxxx xxxxx xx×xxގެ ހެކިބަހަށް ބަލާއިރު، ދޮށީ ދަރިފުޅާއި ދެވަނަ ދަރުފުޅާއި،ޢާއިޝަތު ބައްދަލުކުރުމަށް ބްރެޑް މެޓާސް ރެސްޓޯރަންޓްގައި މުޙައްމަދު އިންތިޒާމްކޮށްގެނ ބައްދަލުވުމެއް ބޭއްވުނުކަމަށާއި، މ ކުދިން އަލުން އަނިޔާއަށް ހުށަހެޅޭގޮތަށ (revictimze) ތާހުޤީޤުކުރާ މޭރުމަކުން ކުދިންނާ ސުވާލުކުރިކަމަށާއި، އަދި ކުދިންނާ އުމުރާ ނުގުޅޭ ވާހަކައާއި، ކުދިންނަށް ނަފްސާނީގޮތުން ގެއްލުންވާ ގޮތަށް ވާހަކަ ދައްކައި، އަދި ކުދިންނަށް އަޑު އިވެންނުޖެހޭ ބަސްތައް ބޭނުންކޮށް އެފަދަ ޢަމަލުތައް ޢާއިޝަތު ހިންގާފައިވާކަމަށާއި، އެތަނުގައި xxxx xxxx xxxxx ޙަޟިރުވެހުރިކަމަށާއި، އެތަނުގައި ހިނގި ހުރިހާ ކަމެއް އޑުއިވުނުކަމުގައި ބުނެފައިވެއެވެ.
14ޢާއިޝަތު ކުދިންނަށް ޕަނިޝްމަންޓްދޭ ވާހަކަ ކުދިން ބުނަނީ ކީއްވެގެންތޯއއި، އެއީ ކާކު ބުނެގެނާ ދައްކާ ވާހަކައެއްތޯ ސުވާލުކޮށްފައިވާކަމަށާއި، މިއަށް ދޮށީ ދަރިފުޅު “nobody told me to that” did you because know I this.. say މިފަދައިން ބުނިކަމަށާއި، މިފަދައިން ބުނުމުން ޢާއިޝަތު މި ކުއްޖާ ގާތް “yes” އ ބުނުމުން އެއަށް ރައްދު ދެމުން، ދޮށީ ދަރިފުޅު، ޢާއިޝަތުއާ ދިމާލަށް “then why did you do that?” މިފަދައިން ބުނިކަމުގައެވެ.
15ޢާއިޝަތު ކުރިކަމަކީ ހަމައެކަނި ރޫމުގައި ކުދިން ލޮކް ކުރުންތޯ ޢާއިޝަތު ސުވާލުކުރުމުން، and Lichi” Dhonthi “you did a lot of things to me, މެފަދައިނ ބުން ދެވަނަ ދަރިފުޅު ރައްދުދިންކަމަށާއި، އެއަށްފަހު އަނެއްކާވެސް މަންމި ސޭޑްކޮށްފިއްޔާ ސުވަރުގެއަށް ނުދެވޭނެ ކަމަށާއި، މަންމި ސޭޑްކޮށްފިޔާ ދާނީ ކޮންތާކަށްހޭ ޢާޢިޝަތު ކުދިންނާ ސުވާލު ކުރަން ފެށުމުން އެގޮތަށ އެކަން ނުކުރުމަށް މުޙައްމަދު، ޢަ އާޝަތު ގާތުގައި އެދުނުކަމށއި، އެކަން ހުއްޓުވިކަމުގައެވެ.
16އެކަމާ ހިތްހަމަނުޖެހިގެން ކުއްޖާގެ ބައްޕަ އާ ދިމާލަށް ކުދިންގެ ބައްޕަ ފަރާތު މާމަ އަށް ނިސްބަތްކޮށް “your mother was a big abuser” އޭ ބުނެ ޒުވާބުކުރިކަމުގައެވެ.
17މާ ޒުވާބުކުރި ވަގުތު ޢާއިޝަތު ހުރީ ދެވަނަ ދަރިފުޅު އުނގުމަތީގައި ބަހައްޓައިގެންކަމައި، ށ އެންމެފަހުން ޒުވާބު ހޫނުވެގެންދިޔަ ވަގުތު ދެވަނަ ދަރިފުޅު ނަގައި ސޯފާ މައްޗަށް ޖަހާލިކަމި އ،ށ މި ކަމުގެ ސަބަބުން ދޮށީ ދަރިފުޅަށާއި ދެވަނަ ދަރިފުޅަށް ޝޮކެއް ލިބި، ހަދާނ ގޮތެ ހުސްވެފައިތިބ ކަމަށާއި، ޢާއިޝަތު އެތަނުން ދިއުމުން ވަރަށް ބިރުން ހުރިކަމަށް މި ކުދިން ކިޔައިދީފައިވާކަމުގައެވެ.
1810 ޖުލައި 2025 ގެ ހާދިސާއާ ގުޅޭ ގޮތުން 13 ޖުލައި 2025 ގައި އެފިޑެވިޓް މެދުވެރިކޮށް ޝަރީޢަތަށް ހެކިބަސްދީފައިވާ މުޙައްމަދުގެ ހެކިބަހަށް ބަލާއިރު، xxxx xxxx xxxx ކިޔައިދީފައިވާ ފަދައިން 08 ޖުލައި 2025 ގައް ޢާއިޝަތު ޢަމަލުކޮށްފއިވާގޮތުނަ އެ މައްސަލަ ފުލުހުންނަށާއި ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމުގައެވެ.
1910 ޖުލައި 2025ގެ 09:45 އާއި 10:10 އާ ދެމެދުގެ ވަގުތެއްގައި ދޮށީ ދަރިފުޅު ކިޔަވަމުންދާ ސްކޫލަށް ޢާއިޝަތު ދިޔަކަމަށްއި، ޤުރުއާން ކުލާސ ކުރިއަށް ދަނިކޮށް ކުލާހުން މި ދަރިފުޅު ނެރުމަށްފަހު، ކުލާހުގެ ދޮރު ކައިރީގެ ބިންމަތީގައި ދަރިފުޅާއެކު އިށީދެގެން އިނދެ، މަންމަ ގެއަށް ވިޒިޓ ނުކުރަން ކީއްވެތޯ އާއި މަންމައާ ބެހޭގޮތުން އެކަހަލަ ވާހަކަ ދައްކަނީ ކީއްވެތޯ ދޮށީ ދަރިފުޅު ސުވލުކުރިކަމުގައި ބުނެފައިވެއެވެ.
20މިހާދިސާ މުޙައްމަދުއަށް ކިޔީއްދެމުން މަންމަ ޢަމަލުކުރި ގޮތުގެ ސަބަބުން ކުދިން ކުރިމަތީގައި ދޮށީ ދަރިފުޅު ވަރަށް ބޮޑަށް ލަދުގަތް ކަމަށާއި، މަންމަ އާއި އިތުރަށް ބައްދަލުކުރަން ބޭނުންނުވާކަމަށް ބުނެފައިވކަމުގައެވ.
21މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނަންބަރު 482-IRS/146/2025/15 )19 ޖޫން 2025( ސިޓީ އަށް ބަލާއިރު، މަންމަގެ ފަރާތުން ކުދިންނަށް ލިބޭ ގެވެށި އަނިޔާގެ ވާހަކަ 02 ޖޫން 2025 އަދި 11 ޖޫން 2025 ގައި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކަށްދޮށ ދަރިފުޅު އަދި ދެވަނަ ދަރިފުޅު ކިޔާދީފައިވާކަމުގައެވެ.
22އެފިޑަވިޓ މެދުވެރިކޮށް ކުދިންގެ ބައްޕަ ފަރާތު މާމަ xxxx xxxxx ދީފައިވާ ހެކިބަހަށް ބަލާއިރު، ކުދިންގެ ބައްޕަ ފަރާތު މާމަ ކައިރީގައި ކުދިން އުޅޭ އުޅުމުގައި، ކުދިންނަށް ޢާއިޝަތުގެ ފަރާތުނ ޖިސްމާނީ އަނިޔާލިބޭ ވާހަކަ ކުދިން ކިޔައިދީފައިވާކަމަށއި، ކުދިންގެ ގައިގާކުދިންގެ މަންމަ ތަޅާ އަނިޔަކުރާކަމުގެއި ކުދިން ބުނެފައިވާކަމުގާއެވެ. މިގޮތުން ބުރުގަލުން ޖަހާކަމަށާއި، ފޮތިން ކުދިންގެ ގައިގާ ތަޅާ އަނިޔްކުރާކަމަށާ އ، ކުދިންނަށް ޕަނިޝްމަންޓް ދިނުމުގެ ގޮތުން ކޮޓަރިއާއި ކޮޓަރިން ބޭރުގައި ކުދިން ތަޅުލާފައި ބަހައްޓާކަމަށާއި، ދެވަނަ ދަރިފުޅު ކުދިންގެ މަންމަ ދެކެ އިންތިހާއަށް ބިރުގަންނަކަމުގައެވެ.
23ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައިގައި މުޙައްމަދުގެ ފަރާތުން އެދިފައިވަނީ، ފެމިލީ ކޯޓުގެ ނަންބަރު B8/2025/21 )29 ޖޫން 2015( "ވަގުތީ އަމުރު މުރާޖަޢާކުރުމާމެދު ނިންމިގޮތް" އަދި ފެމިލީ ކޯޓުގެ ނަންބަރ B8/2025/15) 07 ޖޫން 2025( "ވަގުތީ އަމުރު" ގައި ދޮށީ ދަރިފުޅު އާއި ދެވަނަ ދަރިފުޅަށް އެ ކުދިންގެ މަންމައާ ބައްދަލުކުރުމަށް އެ ކުދިންގެ ބައްޕަގެ މައްޗަށ އަމުރުކޮށްފައިވާ ބަޔަށް ޢަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްދިނުމަށާއި، ދޮށީ ދަރިފުޅު އާއި ދެވަނަ ދަރިފުޅަށް އެ ކުދިންގެ މަންމައާ ބައްދަލުކުރެވޭނެކުދިންގ ބައްޕަގެ ފަރާތުނިކަނޑައަޅާ ފަރާތެއްގެ ޙާޟިރުގައްއެ ކުދިން ދިރިއުޅޭ މާޙައުލުގައެއެކަނިކަމަށ ކަނޑައަޅައިދިނުން ނުވަތް ވީޑިއޯ ކޯލް މެދުވެރިކޮށް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ 04 )ހަތަރެއް( ގަޑިއިރުގެ ވަގުތެއް ކަނޑައަޅައިދިނުމަށާއި، މިވަގުތު ތަކުގައި ކުއްޖާގެ މަންމަ ފިޔަވައި ޢާއިލާގެ އެހެން މީހުން ބައިވެރިނުކުރުމަށް އަމުރުކޮށްދިނުމަށާއި، ދޮށީ ދަރިފުޅު އާއި ދެވަނަ ދަރިފުޅު އަދި ހަގު ދަރިފުޅަށް ފޯމުގައި ބަޔާންކޮށްފައިވާ ބާވަތުގެ ގެވެށި އަނިޔާގެ އެއްވެސް ޢަމލެއ ނުހިންގުމަށް ކުދިންގެ މަންމަގަ މައްޗަށް އަމުރުކޮށްދިނުމަށެވެ.
24މުޙައްމަދު ހުށަހެޅި މައްސަލައިގެ ޖަވާބުގައިޢާއިޝަތުގެ ފަރާތުން ބުނެފައިވަނީ ޢާއިޝަތުގެ ފަރާތުން ޖިސްމާނީ އަނިޔާކޮށްފައިނުވާނެކަމަށާއި، ޖިސްމާނީ އަނިޔާއަކީ ކޮބައިތޯ ބަލާއިރު، އެއީ މީހެއްގެ ނަފްސަށ ގެއްލުން ދިނުންކަމަށައި، ދަރާޔާކަށް އަނިޔީއަށ ނުވާގޮތަށް ދެވޭ އަނިޔިއަކ ޖިސްމާނީ އަނާޔްއެއް ނޫންކަމަށާއި، މުޙައްމަދު ހަވާލާދީފައިވާ އެއްވެސް ހާދިސާއެއްގައި، ޢާއިޝަތުގެ ފަރާތުނ 30 ޖުލައި 2025 ގައި އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާ ލިޔުން ކުދިންނަށ ނުވަތް ކުރީގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ކޮންސެޕްޓަށް ފެތޭ ބަހުގެ ހަމަލާއެއ ނުވަތް ނަފްސާނީގޮތުނ ގެއްލުމެއް ދީފައިނުވާކަމުގައެވެ.
25ބިރުދެއްކުމާއި، ފާރަލުމާއި، ގޯނާ ކުރުމަށް ބަލާއިރު، ޢާއިޝަތުގެ ފަރާތުން ހިންގި ގެވެށި އަނިޔާގެ ޢަމަލަކީ ކޮބައިކަން މުޙައްމަދުގެ ފަރާތުންސާފުކޮށްދީފައިނުވާކަމަށާއި، އިތުރަށް ތުހުމަތުކުރެވޭ ކަންކަމަކީ ކޮބައިކަމްއި، ގެވެށި އަނިޔާގެ ޢަމަލު ފުރިހަމަވަނީ ކޮން ގޮތަކަށްކަނި މުޙައްމަދުގެ ފަރާތުނ ހުށަހެޅްފޯމނ އެނގެން ނެތްކަމުގައެވެ.
26މ މައްސަލަފެމިލީ ކޯޓަށް މުޙައްމަދުގެ ފަރާތުނާހުށަހަޅާފައިވަނީ މަންމައާއި ދަރިންނާ ބައްދަލުކުރަން ފުރުޞަތު ދޭން ބޭނުންނުވެގެންކަމަށާއި، ކުދިންނަށް ބިރުދައްކައި ނަފްސާނީ އަނިޔާދެނީ މުޙައްމަދ ކަމަށާއި، ދަރިން ޢާއިޝަތުއަށް ނުދައްކާ ފޮރުވައިގެން ގެންގުޅުމަކީ ޖިނާއީ ކުށުގެ ޢަމަލެއްކަމުގައެވެ.
27މަޙާއްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ހާދިސާގައި ކުދިން ރީވިކްޓިމައިޒްވާގޮތަށް ޢާއިޝަތު ވާހަކަދައްކާކަމުގައި ބަޔާންކުރާއިރު، އެންމެ ފުރަތަމަވެސް އެފަދައިން ޢަމަލުކުރީ މުޙައްމަދު ކަމަށެއި، އެއީ ކުދިން، ޢާއިޝަތުގެ ގާތުގައި ވަނިކޮށް އެކި ވާހަކަތައް އަހައި، ކަންކަން ސާފުކުރާކަން އ ފަރާތުގެ ބަހުން އެނގތކަމުގައެވެ.
28މި ހާދިސާގައި ކަން ހިނގާފައިވާގޮތަކީ، ކުދިން ޢާއިޝަތުއާ ބައްދަލުކުރުމަށް ގޮސް، ކުދިންނާ ވާހަކަދައްކަނ ފެށުމުން ކުދިން މަންމަ ޕަނިޝްކުރާނއ އަދިކޮޓަރިއަށް ލާނެއޭ ތަކުރާރުކޮށް ކިޔަމުންދާތީ، އެއީ ކީއްވ ބުނެ ވެހީކައެއްތޯއާއި، ކާކު ބުނެގެން ބުނާ ވާހަކައެއްތޯ އެހުމަކީ ކުދިންގެ މަންމަގެ ޙައްޤަކަށްވާތީ، މުޙައްމަދު ކުދިން ގެންދިޔުމުގެ ކުރިން ކުދިން ބަލަހައްޓަމުންދިޔައ ޢާއިޝަތުކަމަށްވާއިރު، އެފަދަ އެއްވެސް ކަމެއް، ބަހެއް އަދި ޢަމަލެއް ނުކުރާ ކުދިންތަކެއް، ކުދިންގެ މަންމައާ ދެކޮޅުވުމަކީ އެތަކެއް ސުވާލުތަކެއް އުފެދޭކަމަކަށްވާތީ ކަމުގައެވެ.
29މަންމަގެ ބަސްނާހާ ކުދިން ދާނީ ކޮން ތަނަކަށްތޯ ކުދިންނާ ސުވާލުކުރުމުން، ދެވަނަ ދަރިފުޅު އޭގެ ޖަވާބުގައި ނަރަކައޭ ބުނުމުން، މުޙައްމަދު، ޢާއިޝަތުއާ ދިމާލަށް ކުދިން މެނުޕިއުލޭޓ ކުރުވައިގެން ވާހަކަ ދައްކާނެކަމެއްނެތްކަމަށް ބުނެ، ކުދިންގެ ކުރިމަތީގައި ވާހަކަދައާކާފައިވާކަމުގައެވެ. މިއީ ކުދިން ރީވިކްޓިމައިޒްކުރުމަށއި، ކުދިންގެ މަންމައާމެދު ނަފްރަތު އުފެއްދުމަށް ބުނެފައިވާ ވާހަކަތަކެއް ކަމުގައެވެ.
30މުޙައްމަދުގެ ފަރާތުން ހުށަހެޅިފޯމުގައި ކުއްޖާ ސޯފާއަށް ޖެހިކަމަށް ބުނުމަކީ ދޮގު އިލްޒާމެއްކަމަށާއި، ކުއްޖާއަށް އެއްވެސް ހާނިއްކައެއްވާގޮތަށ ޢާއިޝަތު ޢަމަލުކޮށްފައިނުވާނެކަމުގައެވެ.
3110 ޖުލައި 2025 ގ ހާދިސް އަކީ، ކުދިންނާ ބައްދަލުނުކުރެވޭތީ، ދޮށީ ދަރިފުޅުގެ ކިޔެވުމަށް ބުރާ ނާރާގޮތަށ ސީއާ މާއްދާގެ ވަގުތެއްގައި، 05 )ފަހެއް( މިނިޓަށް ބައްދަލުކުރި ކުރުމެއްކަމުގައެވެ.
32ކާދިންގ މަންމަގެ މައްޗަށް ނަފްރަތު އުފެއްދުމަށް މުޙައްމަދު މަސައްކަތްކުރާކަމަށާއި، ކުދިން މެނިޕިއުލޭޓްކުރުމަށް ކުދިންނާ މަންމައާ ދެކޮޅަށް މުޙައްމަދު މަސައްކަތްކުރާ ކަމުގައެވެ. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައިވަނީ ކުދިންގެ މަންމަގެ ސަބަބުންނޫންކަމަށުއި، މިކަމުގައި މުޙައްމަދާ ވަރަށް ބޮޑު ދައުރެއް އަދާކުރާކަން ސާފުވެގެންދަނީ ކުދިން މަންމައާއި އެހީ ދެކޮޅުވެރިވުމާއި، ކުދިން ބިރުގަންނަކަމަށ ބުން ބުނުމުންކަމުގައެވެ.
33ޢުއިޝަތުގެ ފަރާތުން އެދިފައިވަނީ ޤާނޫނު ނަންބަރ 2012/3 )ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނ( )މީގެ ފަހުން "ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު"(ގ 67 ވަނަ މާއްދާގައިބަޔާންކޮށްފައިވ މާނައަށް ފެތޭ ޖިސްމާނީ އަނިޔާއެއި ކުރާނެކަމުގެ ބިރުދައްކާފައި ނުވުމާއި،ބަހުގެ ހަމަލާ ދިނުމާއި ނަފްސާނ ގޮތުން އަނިޔާކުރުމަށިފެތޭ ޢަމަލެއް ކޮށްފައިނުވުމާއި، ގޯނާކޮށް، ފާރަލައި ހަދާފައިނުވުމާއި، އަދި މުޙައްމަދުގެ ފަރާތުން އިތުރަށް ތުހުމަތުކުރާ އެއްވެސް ޢަމަލެއް ހިންގާފައިނުވާތީ، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.
34ފެމިލީ ކޯޓުން މި މައްސަލަ ނިންމާފައިވަނީ، ޢާއިޝަތުއާއި މުޙައްމަދުގެ ކައިވެންޏަށް ލިބިފައިވާ 03 )ތިނެއް( ދަރިންނަށް ޢާއިޝަތުގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދާކަމަށް ބުނެ، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި މުޙައްމަދު ހުށަހެޅި ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކަށ ޝަރީޢަތުން ރިޢާޔަތްކުރިހިނދު،ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތްކަމަށް ޝަރީޢަތުން ބުރަވެ، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް އެހިނދުގައި ނެރޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.
35މި ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.
35.1. 08 ޖުލައި 2025 ގައި ކުދިންނާ ބައްދަލުކުރުމަށްޓަކައި ބްރެޑްމެޓަރސްއަށް ޢާއިޝަތު ދިޔަކަމް ށއި، ޢާއިޝަތުއާއި ކުދިންނާ ދެމެދު ޕަނިޝްމަންޓް މި މައުޟޫގައި ވާހަކަތަކެއް ދެކެވުނުކަން ދެ ފަރާތުގެ ބަހުން އެނގެންއޮތްނަމަވެސް، ކަން ހިނގިގޮތްކަމަށް ދެ ފަރާތުނ ބުނެފައިވާ ގޮތުގައި ތަފާތުތަކެއް ހުރިކަން
35.2. 10 ޖުލައި 2025 ގައް ޢާއިޝަތު ސްކޫލު ދޮށަށްގޮސް، ކުރިމަތިކޮށްފައިވާ ސުވާލުތަކުގެ ސަބަބުން ދޮށީ ދަރިފުޅު އެ ވާހަކަތައް މުޙައްމަދުގެ ގާތުގައި ބުނެފައިވާކަމަށާއި، ކުއްޖާ އެހެނ ކުދިންގެ ކުރިމަތީގައި ލަދުގަނެފައިވާކަމަށ މުޙައްމަދް ގާތުގައި މި ކުއްޖާ ބުނެފައިވާކަމަށް މުޙައްމަދު ބުނެފައިވާކަން
35.3. ދެ ފަރާތުގެ ވާހަކަތަކުން ސާފުވާ ކަމަކީ، ޢާއިޝަތު "ޕަނިޝްމަންޓް" އާ ގުޅިގެން ކުދިން ބުނާ ބުނުމާ ގުޅުވައި، 08 ޖުލައި 2025 އަދި 10 ޖުލައި 2025 ގައް ކުދިންނާ ސުވާލު ކުރިމަތިކުރުވާފައިވާކަނ
35.4. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ގެވެށި އަނިޔާގެ ޢަމަލުގެ ގޮތުގައި ބެލެވިދާނެ ޢަމަލުތައް އެ ޤާނޫނުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމިށައި، މިގޮތުން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުނ ކުރް ޢަމަލުތަކާއި، ފާރަލުމާއި، ފަހަތުންދިޔުމާއި، ބަހުގެ ހަމަލާދިނުނ މިކަންކަން ގެވެށި އަނިޔާގެ ޢަމަލުތަކުގެ ގޮތުގައި ލިސްޓުކުރެވިފައިވާކަނ
35.5. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ )ހ( އަށި ބެލުމުން އެނގެނީ، ރައްކާތެރިކުރުމުގެ އަމުރު ނެރުމުގައި 02 )ދޭއް( ކަމެއް ކޯޓުން ކަށަވަރުކުރަންޖެހޭކަމަށްއި، މިގޮތުން ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި މި ޤާނޫނުގެ ބޭނުމަށް ބެލެވޭ ޢަމަލެއް ކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަން، އަދި އަމުރަށް އެދުނު ފަރާތުގެ ނުވަތަ އެ ފަރާތުގެ ދަރިއެއްގ ނުވަތެ އެ ފަރާތުގެ ޢާއިލާގެ މެންބަރެއްގެ މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައ ކޮންމެހެން ބޭނުންވަ ޙިލަތެއް ވުޖޫދުވެފައިވާކްމާއް، މި ދެ ކަމަކީ އަމުރަށް އެދޭ ފަރާތުނ ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭ ކަމެއްކަން
35.6. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ގެވެށި އަނިޔާގެ ޢަމަލުތަކަކީ ކޮބައިކަން ލިސްޓުކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކުރާ ބައެއް ޢަމަލުތައް އެ ޤާނޫނުގެ 67 ވަނަ މާއްދާގައި މާނަކޮށްދީފައިވާކަމްށިއި މިގޮތުން ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުނ އަނިޔާކުރުން މާނަކޮށްފައިވާއިރު، ޢަމަލު ވަޒަންކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމެށި އ، ނަމަވެސް ގެވށެއަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން އަމުރެއް ނެރުމުގެ ކުރިން، ގެވެށި އަނިޔާގެ ޢަމަލެއް ހިންގިކަން ނުވަތަ ހިނގަމުންދާކަން ނުވަތަ ހިނގާފާނެކަމުގެ މައްޗަށް ބަލައި، ހިމާޔަތްކުރަންޖހެ މަޞްލަޙަތެއް އޮތްތޯ ބެލުމުގައި މުޅި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ރިޢާޔަތްކުރަންވާނެކަނ
35.7. މިގޮތުން ރިޢާޔަތްކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި،ޢަމަލު ހިންގިކަމަށް ބުނާ މީހާގެ ޢަމަލާއި، ޢަމަލު ހިންގި ސަބަބާއި، ޢަމަލު ހިންގި މީހާގެ ނިޔަތާއި )އަނެކާގެ މައްޗަށަރުބ ފޯރުވުމުގ ގޮތުނެ ކުރް ޢަމަލެއްކަން ނުވަތަ ނޫންކަން(، ޢަމަލު ހިންގި ނުވަތަ ހިންގަމުންދިޔ މުއްދަތާއި، ޢަމަލު ހިންގިގޮތާއި، ހިނގަމުން އަންނަ ކަމެއްކަން ނުވަތަ ނޫންކަމާއި، ޢަމަލު ތަކުރާރުވޭތޯ ނުވަތަ ތަކުރާރުވުމުގެ ފުރުޞަތު އޮތް ނިސްބަތާއި، ޢަމަލު ހިންގުމގައ ގެންގުޅެފައިވާ ނުވަތާ ގެންގުޅެމުން އަންނަ ގޮތާއި، ޢަމަލު ހިންގުމުގައި ބޭނުންކުރި ވަސީލަތާއި، ބާރާއި ނުފޫޒާއި، ހަރުކަށިކަމާއި، އަނިޔާ އަމާޒުވި މީހާ ނުވަތަ ކުއްޖާގެ އުމުރާއި، އަނިޔާ އަމާޒުވި މީހާނުވަތަ ކުއްޖާ ހުރި ޙާލަތާއި، އަނިޔާގެ ކުޑަ ބޮޑުމިނާއި، އަނިޔާ އަމާޒުވުމުގެ ސަބަބުނ ކުރް އަސަރާއި، )އަނިޔާ އަމާޒުވި މިހާއަށް އަނިޔާ އަމާޒުވުމުގެ ކުރިން އަދި އަނިޔާ އަމާޒުވި ފަހުން އޭނާ ހުރަޙް ލަތު ވަޒަންކުރުން(، އަނިޔާގެ ސަބަބުން ލިބުނު ގެއްލުންފަދ ކަންކަން ވަޒަންކުރަންޖެހޭނެކަމަށް ދެކޭކަން
35.8. ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރާއިރު،ދޮށީ ދަރިފުޅާއި ދެވަނަ ދަރިފުޅާއި ކުދިންގެ މަންމައާއެކު އުޅެން ދެކޮޅުހަދާކަނ އެނގެން އޮތްނަމަވެސް، ކުދިންގެ މަންމަ ކުދިންނަށް ޕަނަޝްމަންޓްދޭކަމަށ ކުދިން ބުނެފައިވާއިރު، ޕަނިޝްމަންޓް ދިނުމުގެ ގޮތުން ކުދިންގެ މަންމަ ކުދިންނާމެދު ހިންގި ޢަމަލެއް އެނގެން ނެތަތީއާއި، 08 ޖުލައި 2025 ގައި ކަން ހިނގާދިޔަގޮތުނ ކުދިން ތިބީ ބިރުގަނެފައިކަމަށް ކުދިންގެ ބައްޕަގެ ފަރާތުން ބުނެ، ކިތާބީ ހެކީގެ ގޮތުގައި 13 ޖުލައި 2025 ގައި ހުށަހަޅާފައިވާ xxxxx xxxxx xxxxxގެ ބަޔާނުގައި ބުނެފައިވީނަމަވެސް، ސާބިތުކުރުމުގެ މިންގަނޑަށް ބަލާއިރު، މިކަން ފެންނަން އޮތީ އެންމެ ފަރާތެއްގެ ބަހުންކަމަށްވެފައި، ކުދިންނެސުވާލުކުރުމުގެ ތެރެއިން ކުދިންގެ މަންމަ ޢަމަލުކޮށްފައިވަނީ ކުދިންނަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި ނުވަތަ ގެއްލުމެއް ދިނުމުގެ ނިޔަތުގައިކަން ނުވަތަ ބިރުދެއްކުމުގެ ގޮތުންކަން އެހިނދު ޝަރީޢަތަށް އެނގެން ނެތަތީއާއި، ހަގު ދަރިފުޅާމެދު އެއްވެސަޢަމަލެއ ހިންގާފައިވާކަން އެނގެން ނެތަތީ، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް އެ ހިނދުގައި ނެރޭނެ ތަނެއް އޮތްކަމަށް ނުދެކޭކަމްށްއި، ނަމަވެސް މިފަދަ ޢަމަލުތަކަކީ ތަކުރާރުވަމުންދާ ޢަމަލުތަކެއްނަމަ، ހިމާޔަތްކުރަންޖެހޭ މަޞްލަޙަތެއް އެޙާލަތުގައި އޮންނާނެކަން
35.9. އަމުރަށް އެދި ހުށަހެޅި ފަރާތުން ހޯދަން އެދިފައިވާ އަނެއް 02 )ދޭއް( ފަރުވާ ކަމުގައިވާ، ފެމިލީ ކޯޓުގ 29 ޖޫން 2025 ގެ ވަގުތީ އަމުރު މުރާޖަޢާކުރުމާމެދ ނިންމިގޮތު އަދި 07 ޖޫން 2025 ވަގުތީ އަމުރުގައި ދޮށީ ދަރިފުޅާއި ދެވަނަ ދަރިފުޅަށް އެ ކުދިންގެ މަންމައާ ބައްދަލުކުރުމަށް ކުދިންގެ ބައްޕަގެ މައްޗަށް އަމުރުކޮށްފައިވާ ބަޔަށް ޢަމަލުކުރުން ފަސްކުރުމަށް އަމުރުކޮށްދިނުމާއި، ދޮށި ދަރިފުޅު އާއިދެވަނަ ދަރިފުޅަށް ކުދިންގެ މަންމައާ ބައްދަލުކުރެވޭނީ ކުދިންގ ބައްޕަގެ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ޙާޟިރުގައި އެ ކުދިން ދިރިއުޅޭ މާހައުލުގައި އެކަނ ކަމަށި ކަނޑައަޅައިދިނުން ނުވަތް ވީޑިއޯ ކޯލް މެދުވެރިކޮށް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހގު 04 )ހަތަރެއް( ގަޑިއިރުގެ ވަގުތެއް ކަނޑައަޅައިދިނުމަށާއި، މ ވަގުތުތަކުގައި ކުދިންގެ މަންމަ ފިޔަވައި ޢާއިލާގެ އެހެން މީހުން ބައިވެރިނުކުރުމަށ އަމުރުކޮށްދިނުމަށް ކަމުގައިވުއިރު، މި ފްރުވާއަކީ އަމުރެނެރެދޭންނިންމާ ޙާލަތްއްގައ ގޮތި ކަނޑައަޅަންޖެހޭ ކަންކަން ކަމުގައިވާއިރު، މި މައްސަލައިގައި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ނެރެދޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވާތީ އާއި، ބުނެވިދިޔަ
02 )ދޭއް( ފަރުވާއަކީ، އަމުރު މުރާޖްޢަކުރުމަށ އެދް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ގޮތް ނިންމާއިރު، ގޮތް ކަނޑައެޅިގެންދާނީ 02 )ދޭއް( ނުކތު ކަމުގައިވާތީ، މި މައްސަލައިގެ ތެރެއިން އެކަންކަމާމެދު ގޮތް ކަނޑައަޅަންޖެހޭކަމަށް ނުދެކޭކަނ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
36ފެމިލީ ކޯޓުގެ ނަންބަރު 1228/Fm-C/2025 ޤަޟިއްޔާގައި، އެ ކޯޓުން ނިންމާފައިވާ ނިންމުން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވ ނުކުތާއެވެ. އެއީ،
36.1. ގުވެށިއަނިޔާގެ އަމުރަށް އެދުމުގައި އެ އަމުރު ބިނާކުރި ހާދިސާ ހިނގިގޮތާމެދ އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކެށްފައިނުވާއިރު، އަދި ޝަރީޢަތުންވެސ އެއް ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ޤަބޫލުކުރާއިރު، އެ ދެހާދިސްގައ އިސްތިއުނާފި ރައްދުވު ފަރާތުގެނިޔަތަށ ބުރަދަން ދީގެން ގެވެށި އަނިޔާގެ ޢަމަލެއް ނެތްކަމަށް ނިންމާފައިވަނީ، އެޢ މަލުތަކުގްބާވަތަށާއި ދެމީހުންނަށް ލިބިފައިވާ ދޮށީ ދަރިފުޅާއި ދެވަނަ ދަރިފުޅަށްޖިސްމާނީ އަނިޔާކޮށްފައިވާކަމުގައ ފެމެލީ ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ގެވެށި އަނިޔާއިން ރައްކާތެރިކުރުމަށ އެދުނެހާދިސިތަކުނ އެއް ދަރިން ބިރުގަނެ އަދި އެ ކުދިންނަށް ނަފްސާނީ އަނިޔާ ލިބިދާނެ ޢަމަލުތަކެއްކަނ ފާޅުކަން ބޮޑުގޮތެއްގައި އެނގެނީ އޮންން އޮތުމަށް ރިޢާޔަތްކުރުމަކާނުލައ ކަމުގައިވާތީ، އެ ނިންމުމަކީ ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެފަނޑިޔާރުންގެ ޤާނޫނު ( )މީގެ ފަހުން "ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނެ( "ގ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ހ( އާއި )ށ( އާއި އެ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( އާއި 18 ވަނަ މާއްދާގަ )ހ( އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމށ ބުނެ ހުށަހެޅި ނުކުތާއެވެ.
37މި އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުނ ބުނެފައިވަނީ 08 ޖުލައި 2025 ގައި ކުދިންނާ ބައްދަލުކޮށް ކުދިންނަށް އަނިޔާކުރި ވާހަކާ އެއަ ކީއްވެ ދައްކާ ވާހަކައެއްތޯ ކުދިންގެ މަންމަ އެހިކަމަށާއި، އެއީ ކުދިންގެ މަންމައަށް ލިބިގެންވާ ޙައްޤެއްކަމަށާއި، އަދ 10 ޖުލައި 2025 ގައި ދޮށީ ދަރިފުޅު ކިޔަވަމުން އަންނަ ސްކޫލަށް ގޮސްމި ކުއްޖާއާ ބައްލުކުރިކަމަށްވެސް ކުދިންގެ މަންމަ ބުނެފައިވާކަމަށާއި، އަދި މިފަދައިން ބައްދަލުކުރީވެސް ކުދިންގެ މަންމަ ޕަނިޝްކުރ ވާހަކާ މި ކުއްޖާ ބުނާތީ އެކަން ނުވިސްނިގެންކަމަށާއި، މި ކަންކަމަށް ބަލާއިރު، މި އަމުރު ބިނާވާ ހާދިސތަކަށް ކުދިންގެ މަންމަގެ ފަރާތުން އިންކާރު ނުކުރާކަން އެނގޭކަމުގައެވެ.
38އެހެންނަމަވެސް، ފެމެލީ ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ، ދަރިންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ޙާލަތެއް ވުޖޫދުގައި ވޭތޯ ބަލަންޖެހޭނެކަމަށާއި، މިގޮތުން ބަލާ ބެލުމުގައި ޢަމަލު ހިންގިކަމަށް ބުނާ މީހާގެ ނިޔަތްވެސ ދެނެގަންނަން ޖހޭކަމގައެވެ.މިގޮތުން، މިފަދައިން ދަރިންނާމެދު މަންމަ ޢަމަލުކޮށްފައިވަނީ ކުދިންނަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި ނުވަތަ ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނުވަތަ ބިރުދެއްކުމުގެ ނިޔަތުގައިކަން މިހިނދުގައި އެނގެން ނެތްކަމުގައެވެ.
39މިކަން މިފަދައިން ބަޔާންކުރިނަމަވެސް، ފެމެލީ ކޯޓުގެ ނަންބަރު 879/Fm-C/2025 ޤަޟިއްޔާގައި ނެރެފައިވ ވަގުތާ އަމުރާއި އަދި ވަގުތީ އަމުރު މުރާޖަޢާކުރުމާމެދު ނިންމިގޮތުގައި ކުދިންނަށް އަނިޔާކުރ ވާހަކާ ކުދިން ބުނެފައިވާއިރު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނަންބަރ 482-IRS/146/2025/15 )19 ޖޫން 2025 ( ސިޓީއަށް ބަލާއިރު، ކުދިންގެ މަންމަގެ ފަރާތުން ކުދިންނަށް ލިބޭ ގެވެށި އަނިޔާގެ ވާހަކަ މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކަށް ދޮށީ ދަރިފުޅު އާއި ދެވަނަ ދަރިފުޅު ކިޔާދީފައިވާއިރު، ކުދިންނާ ބައްދަލުކޮށް އެފަދައިން ވާހަކަދައްކާ ސަބަބާއި ބެހޭގޮތުން ސުވާލުކޮށް އަދި ކުއްޖާ ސްކޫލުގައި ކިޔަވަމުންދަނިކޮށް ކުއްޖާ ލަދުގަންނަވާގޮތަށް ކުއްޖާ ބޭރަށް ނެރެ އެފަދައިން ސުވާލުކުރުމަކީ ކުއްޖާއަށް ނަފްސާނީ އަނިޔާދިނުންކަމަށއި، އެއީ ކުއްޖާ ރީވިކްޓިމައިޒްވުންކަން އެނގޭކަމުގައެވެ.
40ފެމެލީ ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ކުދިންގެ މަންމަގެ ގޯސް ނިޔަތެއް ނެތްކަމުގައެވެ. އެހެންނަމަވެސް، އިސްވެބަޔާންކުރި ހެކިތައް ޖުމްލަގޮތެއްގައި ކިޔާއިރު، އިދޭހަ ނުނެރެވޭކަމަށާއި، ސަބަބަކީ ކުދިން އަމިއްލައަށް ކުދިންގެ މަންމަ ކުދިންނަށް އަނިޔާކުރި ވާހަކާ އެކަ މަޙައްލުތަކުގައި ދައްކާފައިވުމާއި، އަދ ކަމާ ގުޅޭ މިނިސްޓްރީގައިވެސ އެވާހަކަ ދައްކާފައިވާއިރު، އެފަދައިން ކީއްވެތޯ ބުނަނީ އަހާ އޮޅުންފިލުވައި، އަދި އަލުން އަނިޔާއަށް ހުށަހެޅޭގޮތަށް ކުއްޖާއާ އެ ސުވާލުކޮށް، އެކަންކަން ހަނދާންކުރުވުމަށް މަސައްކަތްކުރުމަކީ މިފަދަ ޢަމަލެއްކުރުމުގެ ނިޔަތެއް އޮތްކަން އަދ ކުއްޖާއަށް އެފަދަ ޢަމަލަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަން ދަލާލަތުކޮށްދޭ ފާޅުކަން ބޮޑު ކަމެއްކަމަށާއި،މިހެކިތައ މިނިވަންކޮށް ކިޔުމުގެ ބަދަލުގައި ކުއްޖާއަށް މިކަންކަމުގެ ގެއްލުން ލިބޭ މިންވަރު ދެނެގަންނަންޖެހެނީ ހެކިތައް ޖުމްލަކޮށް ކިޔައިގެން އެ ދޭހަކޮށްގެނ ކަމުގައް ދެކޭ ކަމުގައެވެ.
41ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ )ށ( ގެ (1) ވަނަ ނަންބަރުގައި މައްސަލައިގައ ހުށަހެޅިފައިހުރި ހެއްކާއި ޤަރީނާ ވަޒަންކުރަންވާނެކަމުގައި ބަޔާންކޮށްފައިވާކަމަށާއި، މިފަދައިނ ހެކް ވަޒަންކުރަންޖެހެނީ، ޖުމްލަކޮށް އެހެކިން ދޭހަކޮށްގެންކަމަށާއި، މިކަން ދިވެހިރާއްޖޭގ ސުޕްރީމް ކޯޓު ނަންބަރު 2018/SC-A/49 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމުގައެވެ.
42ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގަ )ހ( އަށް ރިޢާޔަތްކުރާއިރު، ކުދިންގެ މަންމަ ކުދިންނ ސުވާލުކުރާ ކޮންމެ ނިޔަތެއް އޮވެގެން ކަމުގައިވީނަމަވެސް، އެފަދަ ޢަމަލަކީ ކުދިންގެ މަންމަ ކުދިންނަށް އަނިޔާކުރި ވާހަކާ ބުނާހާ ހިނދަކު އެފަދައިން ކުދިންގެ ކިބައިން ކޮންމެ ގޮތަކަށްނަމަވެސ އެހުމަކީ އެ ކުދިންނަށް ބިރުވެރިކަމާއި ނަފްސާނީ އަނިޔާ ލިބޭނެކަމެއްކަމުގައެވެ.
43ސްބަބަކ އެއީ އަލުން ކުދިން އެ ޢަމަލުތައް ހަދާންވެ، ކުދިންގެ ހިތުގައި ބިރުވެރިކަން އުފެދި ސްކޫލަށ ކުދިން ދިއުމަށް ބިރުގަނެ، އަދި ކުދިންގެ މަންމައާ ކުދިން ބައްދަލުކުރުމަށްވެސ ބިރުގަންނާނެފަދަ ޢަމަލެއްކަމަށާއި، މިކަންކަމަށް ފެމެލީ ކޯޓުން ހެކި ވަޒަންކުރިއިރ އެއްވެސ މިންވަރަކަށް ރިޢާޔަތްކޮށްފައި ނެތްކަމަށާއި، މިފަދައިން ފެމެލީ ކޯޓުން ޢަމަލުކުރުމުން ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގަ )ށ( ގައި ބަޔާންކޮށްފައިވާ ގޮތަށް ގެވެށި އަނިޔާގެ ޢަމަލެއް ހިނިގިއިފ ޙާލަތެއްގައި އެ ޢަމަލުގެ ޝިކާރައަށްވީ ކުދިންނަށް އެއްވެސް ރައްކާތެރިކަމަކާއި ޙިމާޔަތެއް ލިބިފައި ނެތްކަމުގައެވެ.
44ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ ޤާނޫނުގެ 18 ވާނަ މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވަނީ ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެ ޢަމަލުގެ ޝިކާރައަށްވީ މީހާ އެފަދަ ޢަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި ނެރޭ އަމާރެއްކަމުގައެވެ. މ މައްސަލައަށް ބަލާއިރު، ފެމެލީ ކޯޓުގެ ޤަޟިއްޔގާ ނިމުނު ގޮތުގެ 9.9.14 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ "ނަމަވެސް މިފަދަ ޢަމަލުތަކަކީ ތަކުރާރުވަމުންދާ ޢަމަލުތަކެއްނަމަ، ހިމާޔަތްކުރަންޖެހޭ މަސްލަހަތެއް އެޙާލަތުގައި އޮންނާނެ ކަމުގައި ދެކެމެވެ." މި ޢިބާރާތުންވެސ އެނގޭކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވަނީ ގެވެށި އަނިޔާގެ ގޮތުގއަ ޤާނޫނުގި 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ޢަމަލެއްކަމެވެ. އަދި އެކަން ތަކުރާރުކުރާނަމަ ޤާޟީގެ އެ ނިންމުން ބަދަލުވުމުގެ ފުރުޞަތު އޮންނާނެކަމުގައެވެ.
45ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާއަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމަށް ނެރޭ ރައްކާތެރިކުރުމުގެ އަމުރަކީ އެކަން ތަކުރާރުނުކުރުމަށް ނެރޭ އަމުރެއްކަން އެނގޭކަމުގައެވެ. ފެމެލީ ކޯޓުން މާނަކުރިގޮތުން ޤަބޫލުކުރެވެނީ އަދި އްއްފަހަރު ތަކުރާރުކޮށްފިނަމ ނެރުމުގެ ފުރުޞަތު އޮތްކަމުގައެވެ. ފުރަތަމަ ފަހަރު ގެވެށި އަނިޔާގެ ޢަމަލަކަށްވާ ކަމެއް ކޮށްފިކަމުގައިވާނަމ އެއަ ރަނގަޅީ ނިޔަތެއްގައި ކޮށްފިނަމަ އެއީ ގެވެށި އަނިޔާއެއް ނޫންކަމެވެ.
46އެހެންނަމަވެސް، މި ޤާނޫނުގެ 18 ވަނަ މާއްދާއިން އެ ފުރުޞަތު ނުދޭކަމަށާއި، އެއީ ތަކުރާރުނުވުމަށް ނެރޭ އަމުރެއްކަމުގައިވާތީ ގެވެށި އަނިޔާގެ ޢަމަލެއްކޮށްފިކަމުގައި ޤަބޫލުކުރެވިއްޖެނަމަ، އެއަމުރ ނެރެދޭންޖެހޭކަމެވެ. އެއީ ޝިކާރައަށްވީ މީހާ އާ ޢަމަލެއް ތަކުރާރުވމުން ރައްކާތެރިކޮށްދޭން އ އަމުރު ނެރެދޭން ޤާނޫނު ލާޒިމްކުރާތީކަމުގައެވެ.
47އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ފެމިލީ ކޯޓުގެ ނަންބަރ 1228/Fm-C/2025 ޤަޟިއްޔާގެ ނިންމުނި ބާޠިލުކޮށް މި މައްސަލައިގައި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ނެރެދޭންޖެހޭ ޙާލަތެއް އޮތްކަމުގައި ކަނޑައަޅައިދިނުމަށާއް،ދޮށީ ދަރިފުޅަށާއި ދެވަނަ ދަރިފުޅަށް އެ ކުދިންގެ މަންމައާ ބައްދަލުކުރެވޭނީ އެ ކުދިންގެ ބައްޕަ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ޙާޟިރުގައި އެކުދިން ދިރިއުޅޭ މާޙައުލުގައި އެކަނިކަމަށް ކަނޑައަޅައިދިނުން ނުވަތަ ވީޑިއޯ ކޯލް މެދުވެރިކޮށް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ 04 )ހަތަރެއް( ގަޑިއިރުގެ ވަގުތެއް ކަނޑައަޅައިދިނުމަށާއި،މިވަގުތުތަކުގައި ކުދިންގެ މަންމަ ފިޔަވައި ޢާއިލާގެ އެހެން މީހުން ބައިވެރިނުކުރުމަށ އަމުރުކޮށްދިނުމަށް ކަނޑައަޅައިދިނުމަށާއ، ދޮށީ ދަރިފުޅާއި،ދެވަނަ ދަރިފުޅު އަދި ހަގު ދަރިފުޅަށް ގެވެށި އަނިޔާގެ އެއްވެސް ޢަމަލެއް ނުހިންގުމަށް ކުދިންގެ މަންމަގެ މައްޗަށ އަމުރުކޮށްދިނުމަށެވެ.
48އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ފެމެލީ ކޯޓުގެ ނިންމުނާބިނާކުރިހާދިސާތަކަކީ ގެވެށި އަނިޔާގެ ޢަމަލުތަކެއް ހިމެނަ ހދިސާތަކެއް ނޫންކަމަށްވާތީ، އެނިންމުމުގައި ޤާނޫނީ ގޮތުން ސުވާލު އުފައްދަންޖެހޭ ކަމެއް ނެތްކަމުގައެވެ.
49އިސްތިއުނާފު ރައްދުވާ ފަރާތުން، 08 ޖުލައި 2025 ގެހާދިސާއ ގުޅިގެނާ ފެމިލީ ކޯޓަށް އޯޑިއޯ ކްލިޕެއް ހުށަހަޅާފައިވާނެކަމަށާއި، އެއޯޑިއޯއަށް ބަލާއިރު، ކުދިންގެ މަންމަ ކުދިންނާ ބޭކާރު އެއްވެސ ވާހަކަތަކެއް ދައްކާ އަޑު ނީވޭކަމަށާއި، އ މަޖިލީހުގައިވެސް ޒުވާބުކުރަންފެށީ ކުދިންގެ ބައްޕަކަމުގައެވެ.
50އޯޑިއޯ ރެކޯޑިންގައި އަޑުއިވޭ ފަދައިން، ކުދިންގެ މަންމަ ކުދިންނާ ކުރި ސުވާލަކީ ކޮންމެހެން މަންމައަކު ކުރަންޖެހޭ ސުވާލުތައްކަމުގައެވެ. މިދުވަހުގެ ހާދިސާއާއި ގުޅިގެން، އިސްތިއުނާފކުރު ފަރާތުން އެތަނުގައި، އިސްތިއުނާފުރައްދުވާ ފަރާތުން ދެއްކި ވާހަކަތަކަށް އަޑުގަދަކޮށް ރުޅިވެރިކަމާއެކު ރައްދުދީ، އިތުރަށް ބިރު ދެއްކުމުގެ ގޮތުން، އިސްތިއުނާފްކުރާ ފަރާތުގެ މައްސަލަ އެކި ތަންތަނަށު ހުށަހަޅާފައިވާކަމަށ ބުނެ އިސްތިއުނާފުރައްދުވ ފަރާތުގާ ޙުރުމަތް ކެނޑޭގޮތަށް ކުދިން ކުރިމަތީގައި ޢަމަލުކުރުމަށްފަހު، އިސްތިއުނާފެރައްދުވ ފަރާތުގާ ޢަމަލުތަކުގެ ސަބަބުން ކުދިންނަށް ގެވެށި އަނިޔާ ލިބުނުކަމަށް ބުނެ، ދައްކާ ވާހަކަތަކަކީ އެއްވެސް ހަމައަކުން ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫންކަމުގައެވެ.
51އިސްތިއުނާފުރައްދުވ ފަރާތަކާ ކުދިން ބަލައި ބޮޑުކުރި މަންމައަށް ވެފައި، އެކުދިން މަންމައާ ދުރުވަމުން ދާ ގޮތުން، މަންމަގެ ކަންބޮޑުވުން އިންތިހާއަށް ހުރުމާއި، ކުދިންނާ ބައްދަލުކުރެވޭނ އެއްވެސް އެހެން ގޮތެއް ނެތުމުން، އިސްތިއުނާފްކުރާ ފަރާތުން ދޮށީ ދަރިފުޅާ ބައްދަލުކުރަން ސްކޫލަށް ދިޔަކަމަށާއި، މިއީ މަޔަކު ބަލަމުން ދިޔަ ކުދިންތަކެއް އެ މައިމީހާއާއި ޚިލާފަށް ނޭދެވޭ ބަސްބުނަނ ފެށ ގޮތި ނުވިސްނޭތީއާއި މިފަދަ ކުދިންތަކެއ ކުއްލިގޮތަކަށް ބައްޕަ ގެންދިޔުމަށްފަހު، އެކުދިންގެ ވިސްނުމާއި އ ޅުމާއ މަންމައާއި އޮންނަ ގުޅުން ބަދަލުވެފައިވާތީ އެކަން ސާފުކުރުމަށް ދިޔަ ދިއުމެއްކަމާށއި، ކުއްޖަސްކޫލަށް ގޮސްފައިވަނީ ކުއްޖާގެ ޓައިމްޓޭބަލްއަށް ބެލުމަށްފަހު ވީހާވެސް ބޮޑަށް ކުއްޖާގެ ކިޔެވުމަށް ބުރޫ ނާރާނ ގޮތުގެ މަތިން ކްރިއޭޓިވް އާރޓްސ ގަޑީގައިކަމިއި،ށ ކުއްޖާއާއި ވާހަކަ ދައްކާލެވިފައިވަނީ ހަމައެކަނި 05 )ފަހެއް( މިނެޓަށް ކަމަށްވާއިރު، ކުއްޖާ މަންމައާއި ބައްދަލު ކޮށްގެން ގެވެށި އަނިޔާލިބޭ ފަދަ ޢަމަލެއް ހިންގާފައި ނުވާކަމުގައެވެ.
52މިނިސްޓްރީ އޮފް ސޯޝަ ލުއެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ނަންބަރ 482-IRS/146/2025-15 )19 ޖޫން 2025( ސިޓީއިން އިސްތިއުނާފުރައްދުވާ ފަރާތުން ކުދިންނަށް އަނިޔާކުރާތީ، ކުދިން މަންމައާ ވަކިކުރަން ދީފައިވާ އެއްވެސް ރައުޔެއް ފެންނަން ނެތްކަމަށާއި، އްސިޓީއަކީވެސް ކޮންމެވެސް މިންވަރެއްގެ އެސެސްމަންޓެއް ހެދުމަށްފަހު ފޮނުވި ސިޓީއެއްކަމުގައެވެ. ނަމަވެސް އިސްތިއުނާފުރައްދުވާ ފަރާތުން ކުދިންނަށް އަނިޔާކޮށްފައިވާނަމަ، އޭނާގެ މައްޗަށް ތޙަ ޤްޤއ ނުހިންގައި، ދޫނުކުރަންޖެހޭ ސަބަބެއް ނެތްކަމުގައެވެ.
5303 )ތިނެއް( ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު މިހާރުވެސް ހުންނަނީ ކޯޓު އަމުރުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ބެލުމުގެ ދަށުގައިކަމުގައެވެ. ދޮށީ ދަރިފުޅާއި ދެވަނަ ދަރިފުޅު އިސްތިއުނާފކުރު ފަރާތގު ބެލުމުގެ ދަށުގައި މިވަގުތު އެތިބީ އެކުދިންގެ ރައުޔަށް ރިޢާޔަތްކޮށް، ޝަރީޢަތުން ގޮތެއް ނިންމައިގެންކަމުގައެވެ.
54މިމައްސަލަ ނިންމުމުގައިދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( )1( ވަނަ ނަންބަރަށް ރިޢާޔަތް ނުކުރާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ގެވެށި އަނިޔާގެ ޢަމަލެއް އިސްތިއުނާފރައްދުވާ ފަރާތުން ހިންގާފައި ނުވާތީ، އަދި އެއްވެސް ހެއްކެއް ނެތްއިރު، ގެވެށި އަނިޔާގެ ޢަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރާނެ ޖާގައެއް ނެތްއިރު، އަދި އެކަމުން ރައްކާތެރިވުމަށ އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުދެކޭކަމުގައެވެ.
55ކުދިންގެ އަޚްލާޤަށް ނުރަނގަޅު އަސަރުކުރާކަން އިސްތިއުނާފުރައްދުވާ ފަރާތަށް އެނގޭއިރު، އެކަންވާން މެދުވެރިވާ ސަބަބު ދެނެގަންނަން އިސްތިއުނާފރައްދުވާ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަކީ، ގެވެށި އަނިޔާގެ ޢަމަލު ހިންގުން ނޫންކަމުގައެވެ. އެހެންކަމުން ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން އަމުރެއް ހޯދަން މަސައްކަތްކޮށްފައިވަނީ، ކުދިންނާ މަންމަ ދުރުކުރުމުގ ނިޔަތުގައިކަމުގައެވެ.
56އިސްތިއުނާފީ ރައްދުވު ފަރާތުން އެދގޮތްކަމުގައޭ ބުނެފައިވަނުފެމިލީ ކޯޓުގެ އަމުރެއްގެ ދަށުން ކުދިންނާ ބައްދަލުކުރަން ވަގުތިކަނޑައަޅާފައި ވީނަމަވެސް،ދޮށީ ދީ ދަރިންނާއިއިސްތިއުނާފ ރައްދުވާ ފަރާތާއްއޭނާގެ ޢާއިލާއާ އެއްވެސް މިންވަރަކަށީދިމާނުވާކަން ފާހަގަކުރާކަމަށާއި، ފެމިލީ ކޯޓުގެ ނަންބަރު 1228/Fm-C/2025 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.
57މ އިސްތިއުނާފުގައި ކުދިންގެ ބައްޕަގެ ފަރާތުން އުފައްދާ މައިގަނޑު ޖަދަލަކީ، ކުދިންގެ މަންމަ ކުޅަ ޢަމަލުތަކަކީ ގެވެށި އަނިޔާގެ ޢަމަލުތަކެއްނޫންކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުމުގައި ކުދިންގެ މަންމަގެ ނިޔަތަށް ބުރަދަންދިން ދިނުމެވެ.
58ކުދިންގެ ބައްޕަގެ ފަރާތުންފާހަގަކޮށްފައިވަނީ ކުދިންގެ މަންމަ ކުޅަ ޢަމަލުތަކުން، ގެވެށި އަނިޔާގެ ޢަމަލެއްކުރުމުގެ ނިޔަތެއް އޮތްކަން އަދި އެފަދަ ޢަމަލަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަން ދަލާލާތުކޮށްދޭ ކަމުގައެވެ. އަދި މިކަން ދެނެގަތުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެކި ޖުމްލަކު ށ ވަޒަންކުރަންޖެހޭނެކަމގައެވ.
59މީގެ އިތުރުންވެސް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ)ހ( އާއި )ށ( އާއި އެ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( އާއި 18 ވަން މާއްދާގަ )ހ( އަށް ބަލާއިރު، ކުދިންގެ މަންމަގެ ކޮންމެ ނިޔަތެއް އޮތްނަމަވެސް، ކުދިންގެ މަންމަގެ ފަރާތުން ކުޅަ ޢަމަލުތަކުގެ ސަބަބުން ކުދިންނަށް ބިރުވެރިކަމއ ނަފްސާނީ އަނިޔާ ލިބިފައިވާކަމުގައެވެ.
60ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތްކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުމަށް ވާސިލުވުމުގައި،ގެވެށި އަނިޔަ ގ ޢެމަލު ހިންގިކމަށ ބުން ފަރާތުގާ ނިޔަތާއި ގުޅޭ ގޮތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
60.1. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އަމުރެއް ނެރުމުގެ ކުރިން އަމުރު ނެރެދޭންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހޭކަމުގައ ދެކޭ ކަމުގައެވެ. މިގޮތުން، މުޅި މައްސަލައިގެ ކަން ހިނގާފައިވާ ގޮތާއި، ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކުރުމުގެ އިތުރުން، ޢަމަލު ހިންގި ކަމަށް ބުނާ މީހާގެ ނިޔަތްވެސ ދެނެގަންނަންޖެހޭކަމަށް ދެކޭކަ ނ ފާހަގަކޮށްފައިވެއެވެ.
60.2. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 24 ވަނި މާއްދާގަ ދަށުން އަމުރެއް ނެރުމުގެ ކްން،ރ ގެވެށި އަނިޔާގެ ޢަމަލެއް ހިންގިކަން ނުވަތަ ހިނގަމުންދާކަން ނުވަތަ ހިނގާފާނެކަމުގެ މައްޗަށ ބަލައި، ހިމާޔަތްކުރަންޖެހޭ މަޞްލަޙަތެއް އޮތްތޯ ބެލުމުގައި މުޅި މައްސަލައިގެ ކަން ހިނގާފައިވާގޮތުގެ މައްޗަށް ރިޢާޔަތްކުރަންވާނެކަމުގައި ދެކޭ ކަމުގައެވެ. މިގޮތުން ރިޢާޔަތްކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ޢަމަލު ހިންގި މީހާގެ ނިޔަތް )އަނެކާގެ މައްޗަށް ބާރު ފޯރުވުމުގެ ގޮތުން ކުރި ޢަމަލެއްކަން ނުވަތަ ނޫންކަން( ފާހަގަކޮށްފައިވެއެވެ.
60.3. 08 ޖުލައި 2025 ގައާ ކަނި ހިނގާދިޔަ ގޮތުން ކުދިން ތިބީ ބިރުގަނެފައިކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެ، ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ xxxxx xxxxx xxxގެ ބަޔާނުގައި ބުނެފައިވީނަމަވެސް، ސާބިތުކުރުމުގެ މިންގަނޑަށް ބަލާއިރު، މިކަން ފެންނަން އޮތ އެންމ ފަރާތެއްގެ ބަޔާނުން ކަމުގައިވެފައި، ކުދިންނާ ސުވާލުކުރުމުގެ ތެރެއިން ކުދިންގެ މަންމަ ޢަމަލުކޮށްފައިވަނީ ކުދިންނަށް އަނިޔާ ދިނުމުގެ ނިޔަތުގައި ނުވަތަ ގެއްލުން ދިނުމުގެ ނިޔަތުގައިކަން ނުވަތަ ބިރުދެއްކުމުގެ ގޮތުންކަން ޝަރީޢަތަށް އެނގެން ނެތްކަން ފާހަގަކޮށްފައިވެއެވެ.
61ބަޔާނވެދިޔް ކަންކަމަށް ބަލައި،އުފެދޭ ސުވާލަކީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ހުށަހެޅޭ މައްސަލަތަކުގައި، ގެވެށި އަނިޔާގެ ޢަމަލު ވަޒަންކުރުމުގައި، ގެވެށި އަނިޔާގެ ޢަމަލު ހިނގާކަމަށް ބުން ފަރާތުގާ ނިޔަތަށް ރިޢާޔަތްކުރަންޖެހޭތޯ ނުވަތަ ނޫންތޯއެވެ.
62ޕްރިސިޑެންސް 1ޤާނޫނީ ހަމަތަކުގެ މަތިން ރައްކާތެރިކަމުގެ އަމުރުތައް ތަޢާރަފުވެގެން އައީ، 'ގެވެށި އަނިޔާ' މި ލަފުޒުގެ ތެރޭގައި ހިމެނޭ ގިނަޢަމަލުތަކަކ ޖިނާއީ ކުށްތަކެއް ކަމުގައި ވީނަމަވެސް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާފަރާތްތަކށަޙައްޤުވާ ރައްކާތެރިކަން ދިނުމަށް ޖިނާއީ އަދުލުގެ ނިޒާމު ނުކުޅެދުމުންނެވެ. ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްކުރިއަށް ދާ ގޮތާއި، އަދި ކުށް ސާބިތުކުރުމުގެ މިންގަނޑުގެ ހަރުކަށިކަމުން، މިއީ އާންމު އުޞޫލުން އަނިޔާ ލިބޭ ފަރާތްތަކުން އިޚްތިޔާރުކުރަން ބޭނުންނުވާ މަގަކަށް ވެއެވެ. ޖިނާއީދަޢވާއެއ ސާބިތުވި ކަމުގައި ވީނަމަވެސް، އޭގެ ނަތީޖާއަކަށް އާންމުކޮށް ވަނީ މާޒީގައި ކުރިޢަމަލަކަށ ދެވޭ އަދަބެއްގެ ގޮތުން ޖޫރިމަނާކުރުން ނުވަތަ ޖަލަށްލުމެވެ. މިއީ އަނިޔާ ހުއްޓުވުމަށް އަނިޔާ ލިބޭ ފަރާތުން ކުރާ އުންމީދުތަކާ ސީދާ ގޮތުން ގުޅޭ ކަމެއް ނޫނެވެ. ބައެއް ޙާލަތްތަކުގައި ފުލުހަށް މައްސަލަ ހުށަހެޅުމަކީ އަނިޔާ ލިބޭ ފަރާތަށް ކުރިމަތިވާ ނުރައްކާ އިތުރުވެ، ބަދަލުހިފުމުގްޢެ މަލުތަކެއެކުރިމަތިވެގެންދާނެ ކަމެކެވެ.
63އަނިޔާކުރި ފަރާތުގެ މައްޗަށްދަ ޢވ އުފުލި ނުވަތަ ޖިނާއީ ރެކޯޑެއް އަތުވެއްޖެނަމަ، އޭނާގެ ވަޒީފާ ގެއްލި، އަނިޔާ ލިބުނު ފަރާތަށާއި އާއިލާގެ ޚަރަދުބަރަދު ބެލެހެއްޓުމަށް ނުކުޅެދގެންދެއެވެ. އަދި ގެވެށި އަނިޔާއަކީ އަމިއްލަ ދިރިއުޅުމުގެ ތެރޭގައި ހިނގާ ކަމެއްގެ ގޮތުގައި ފުލުހުން ދެކޭ ދެކުމުގެ ސަބަބުން، ޖިނާއީ މިންގަނޑުން މިކަން ތަންފީޒުކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ރައްކާތެރިކަމުގެ އަމުރުތައް އުފެދުނމީ ހުސްކަން ފޫބެއްދުމަށެވެ. މިއީ މަދަނީ ސިފައެއް އެކުލެވޭ، ޤާނޫނީ ގޮތުން ބާރުލިބިގެންވާ އަމުރުތަކެކެވެ. މީގެ މީޤަ ސަދަކ އަނިޔާކުރި ފަރާތުގެ މައްޗަށް އެކި ހުރަސްތައް ކުރިމަތިކޮށްގެން އިތުރު އަނިޔާއެއްވިޔަނުދީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތުން ވަގުތަށް ރައްކާތެރިކަން ހޯދައިދިނުމެވެ. އަދި އެ ފަރާތުގެ ރައްކާތެރިކަން ޤާއިމުކުރުމެވެ. އެހެންކަމުން،ރައްކާތެރކުރުމުގި އަމުރުގެ މައިގަނޑު އަމާޒަކީ މާޒީގައި ކުރިޢަމަލަކަށ އަދަބު ދިނުމުގެ ބަދަލުގައި، ކުރިމަގުގައި ލިބިދާނެ އަނިޔާއަކުން އެ ފަރާތް ސަލާމަތްކުރު މެވެ.
64ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުއަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ ހިނދު، ބަލަންޖެހޭ ކަމަކީ، "ގެވެށި އަނިޔާ" ހިންގާފައިވޭތޯ ނުވަތަ ނޫންތޯއެވެ. އެއީ، ގެވެށި ގުޅުމަކުން ގުޅިފައިވާ މީހުންގެ ތެރެއިން އެކަކު،އެ ގުޅުމުގައ ހިމެނި އަނެކާގެ ނުވަތަ އަނެކުންގ މައްޗަށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އަނިޔާގެ ޢަމަލެއް ހިންގުމަށެވ. މިއީ މި ޤާނޫނުގެ 1 ވަނަ މާއްދާގެ )ށ( ގައި ގެވެށި އަނިޔާއަށް ދީފައިވާ މާނައެވެ.
65މި މާނައިގެ ތެރެއިން، 02 )ދޭއް( ކަމެއް ފުރިހަމަވާނެޖެހެއެވެ. އެއީ އެ މީހުންނަކީ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ގެވެށި ގުޅުމެއް ޤާއިމުވެ އޮތް މީހުންނަށްވެފައި،ގެވެށި ގުޅުމަކުނ ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައ ހިމެނި އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ޞިއްޙަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިޙްސާސްވާފަދަ، މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ގެވެށި އަނިޔާގެ ޢަމަލެއް ހިންގާފައވުމެވެ.
66މި މައްސަލައަކީ ކުޑަކުދިންގެ ފަރާތުން،ރައްކާތެރިކުރުމުގެ އަމުރަކަށް އެދިއެކުދިންގެ ބައްޕަ ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި ކުދިންގެ ބައްޕަގެ ފަރާތުން އެދެނީ ކުދިންގެ މަންމަގެ ފަރާތުނ ހިނގާ ގެވެށި އަނިޔާގެ ޢަމަލުތަކުން ކުދިން ރައްކާތެރިކުރުމަށެވެ.
67ބަޔާންކުރި ހުށަހެޅުމުން ކުދިންގެ ބައްޕަގެ ފަރާތުންވާސިލުވުމަށ އެދް ނަތީޖާއަކީ ކޯޓުން ރައްކތެރިކުރުމުގެ އަމުރެއް ނެރެދިނުމެވެ. Wing-Cheong Chan, A Review of Civil Protection Orders in Six Jurisdictions, Statute Law Rev (2017) 39 (1) (1 February 2017)
68ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ރައްކާތެރިކުރުމުގެ އަމުރަކީ،ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެ ޢަމަލުގެ ޝިކާރައަކަށްވާ މީހާ، އެފަދަ ޢަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގ ނިޔަތުގައި، އެ ޢަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ ޤާނޫނީ އމުރެކެވަ.ގެވެށި އަނިޔާގެ ޢަމަލެއް ހިނގާފާނެކަމުގެ ބިރު އުފެދިފައިވާކަމަށް ކޯޓަށް ޤަބޫލުކުރެވޭހިނދު، އެފަދަ ޢަމަލެއް ހިނގިޔަނުދިނުމަށްޓަކައި، ނުވަތަ އެފަދަ ޢަމަލަކުން މީހަކު ރައްކާތެރިކުރުމުގެ ނިޔަތުގައިވެސް، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ. މިއީ މި ޤާނޫނުގެ 18 ވަނަ މާއްދާގެ)ހ( އަދި )ށ( ގައަރައްކާތެރިކުރުމުގ އަމުރަށް ދީފައިވާ ތޢރީފެވެ.
69ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑުގައިރައްކާތެރިކުރުމުގެ އަމުރު ނެރުމުގައި އެކި ޤާނޫނީ ނިޒާމުތަކުގައިއެއްގޮތ ސިފަތަކެއް ހުރިކަން ފާހަގަކުރެވިއެވެ. އެހެންކަމުން، ރައްކާތެރިކުރުމުގެ އަމުރު ނެރުމުގައި އެކޭޤެއުމުތަކުން ރިޢާޔަތްތެރިކަންދ ކަންތައްތަކާއި، އަދި ގެވެށި އަނިޔާގިޢަމަލެއްކަން ދެނެގަނެ، އެކަން ވަޒަންކުރުމުގައި އެކި ޤްއުމުތަކުގެ ކޯޓުތަކުން ބަލައިގަނެފައިވާ ކަންކަން ފާހަގަކުރުމުގެ ބޭނުމުގައި އެކަންކަން ބަޔާންކުރީމެވެ.
70ސިންގަޕޫރުގެ Women’s Charter 1961 ގައި ގެވެށި އަނިޔާއަށް ބޭނުންކޮށްފައިވާ ލަފްޒަކީ family violence އެވެ. މި ޗާޓަރަށް ދާދި ފަހުން އިޞްލާޙު ގެނެވިފައިވެއެވެ.މި އިޞްލާޙަށް ޢަމަލުކުރުމުގެ ކުރިނިގެވެށި އަނިޔާ މާނަކުރުމަށް އެ ޢަމަލު ހިންގާ ފަރާތުގެ ނިޔަތް ރަމްޒުވާގޮތަށް، ގަސްދުގައި ނުވަތަ އެނގިހުރެ، އާއިލާގެ މެންބަރަކަށް އަނިޔާއެއް ލިބިދާނެކަމުގެ ބިރުވެރިކަން Women’s Charter (Family Violence and Other Matters) (Amendment) Act 2023 ގެ 7 ވަނަ ބާބު “Protecting against Family Violence” އަށް ޢަމަލުކުރަން ފެށި ތާރީޚަކީ 2 ޖަނަވަރީ 2025 ގައެވެ. https://sso.agc.gov.sg/Acts-Supp/21-2023/Published/20230821 ކުރިމަތިކުރުވުން ނުވަތަ އެފަދަ ބިރުވެރިކަމެއް ކުރިމަތިކުރުވަން މަސައްކަތްކުރުމާއި، އަނިޔާއެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެނގެންޖެހޭނެ ފަދަޢަމަލެއްގ ސަބަބުން އާއިލާގެ މެންބަރަކަށް އަނިޔާއެއް ދިނުން ހިމެނުނު ނަމަވެސް، 2025 ވަނަ އަހަރުގެ އިޞްލުޙާށްފަހު، މިހާރު ޢަމަލުކުރަމުންދާ 58B މާއްދާގައި family violence މާނަކުރުމުގައި،ޖިސްމާނީ، ޖިންސީ، އަދި ނަފްސާނީ އަނިޔާ ހިމެނޭގޮތަށް، އިތުރަށް ފުޅާކުރެވިފައިވާ "އަނިޔާގެ މައްޗަށް ބިނާވެފައިވާ އޮނިގަނޑެއް" ކަނޑައަޅާފައިވެއެވެ. މ މާއްދާތަކުގައި ނިޔަތް އެއްފަރާތްކޮށް، އިސްކަންދީފައިވަނީ ޢަމަލު ހުރި ގޮތަށާއި، އަނިޔާ ލިބޭ ފަރާތަށް އެކަމުގެ ސަބަބުން ކުރި ނުވަތަ ކުރާނެކަމަށް ބެލެވޭ އަސަރުތަކަށެވެ.
71ސިންގަޕޫރުގެ Sim Tze Long v Chua Suat Kheng and Another ޤަޟިއްޔާގައި ކަނޑައަޅާފައިވަނެރައްކާތެރިކަމުގެ އަމުރަކަށް ބޭނުންވާ ޝަރުޠުތައް ފުރިހަމަވޭތޯ ކަނޑައެޅުން ގިނަ ފަހަރަށް ބިނާވެފައި އޮންނަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަހުގެ އިތުބާރު ހުރި މިންވަރުގެ މައްޗަށ ކަމުގައެވެ. ޚާއްޞަކޮށް، ހެކީގެ ގޮތުގައި ހަމައެކަނި އޮތީ، އެއު ފަރާތަކުން ބުން ބުނުމަކަށް އަނެއް ފަރާތަގެ އިންކާރުކަމުގައިވާ ޙާލަތްތަކުގައެވެ. މީގެ އިތުރުން، މައްސަލެއުފެދިފައިވާ ޢާއިލާގެ މެންބަރުންގެ މެދުގައި އޮތް ގުޅުމުގެ އާންމު ތަބީއަތާއި، މުޢާމަލާތްކުރެވޭ މިންވަރާއި، އަނިޔާގެ ތުހުމަތުތައް ފެންމަތިވި ޙާލަތްތަކާއި، އަނިޔާގާޢެމަލުތައް ތަކުރާރުވެފައިވާ މިންވަރްއި، އަދި އ ފަރާތްތައް ބައްދަލުވެ މުޢާމަލާތްކުރެވޭ މިންވަރު ކޯޓަށް އެނގިހާމަވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައެވެ. އެއް ފަރާތުން އަނެއް ފަރާތަށް ކުރާ ތުހުމަތުތައް ގިނަ ފަހަރު ފެންމަތިވަނ އެއީ ހާދިސާއެއްގެ މައްޗަށް ކަމުގައިވާއިރު،ގެވެށި އަނިޔާގެ މައްސަލަތަކުގައި އެއީ ފަރާތުން އަނެއް ފަރާތުގެ މައްޗަށް ރައްދު ދަޢުވާ ނުވަތަ ހުށަހެޅުމެއް ހުށަހެޅުމަކީ އާންމެ ކަމެއް [2003] SGDC 125 ކަމަށާއި،އެހެންކަމުން އެ ގުޅުންތައ ހިނގާގޮތް ދެނެގަތުމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ވަޒަންކުރުމަށްޓަކައި، އެ ރައްދު ދަޢުވާ ނުވަތަ ހުށަހެޅުން އެކުއެކީގައި ބެލުމަކީ މުހިންމު ކަމެއް ކަމުގައި ކަނޑައަޅާފައިވެއެވެ.
72މަތީގައިވާ ކަންކަމަށް ބަލާއިރު، ސިންގަޕޫރުގެ ކޯޓުތަކުން ބަލާ މިންގަނޑަކީ ގެވެށި އަނިޔާގެ ޢަމަލުގެ ބާވަތަ ށެއ، އެކަމުގުނުރައްކާތެރިކަމަށާއި، ހެކި ދެނެގަތުމުގައި މައްސަލައިގެ ޙާލަތަށާއި ކަން ހިނގާފައިވާ ގޮތަށާއި، އެކަން ތަކުރާރވުމަށ އޮތް ގާތްކަމަށާއި،ލިބިދާނެ ގެއްލުމަށާއި، އަމުރުގެ ޒަރޫރަތްތެރިކަމަށްކަން އެނގެއެވެ. ސިންގަޕޫރުގެ Women’s Charter 1961 އަށް ގެނެވުނު އިޞްލާޙާއެކު، އަނިޔާވެރިވި ފަރާތުގެ ނިޔަތް ނުވަތަ ގަސްދު ނުވަތަ އެނގިހުރެ އެކަން ކުރުމަކީ، (mens rea) އަކީ މި މަދަނީ އަމުރު ނެރުމުގައި ބަލާ މިންގަނޑެއްނޫނެވެ. ބެލެވޭ މިންގަނޑަކީ އެ ހިންގުނު ޢަމަލަކީ، ޤާނޫނުގައި ބަޔާންކޮށްފައިވާ އަނިޔާގެ މާނައަށް ފެތަޢ މަލެއްތޯ ނުވަތަ ނޫންތޯއެވެ.
73މެލޭޝިޔާގައ ގެވެށި އަނިޔާގެ ޢަމަލުތައް ތަންޒީމުކުރެވިފައިވަނީ 14 13 Domestic Violence Act 1994 އިންނެވެ. މި ޤާނޫނުގައި "ގެވެށި އަނިޔާ" މ ލަފްޒަށް ފުޅާ މާނައެއް ދީފައިވެއެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ވަގުތީ ރައްކާތެރިކުރުމުގެ އަމުރުތަކާއި، އަދި ރައްކާތެރިކުރުމުގެ އަމުރުތައްނެރުމުގެ ބާރު ދީފައިވެއެވެ. މިގޮތުން ރައްކާތެރިކުރުމުގެ އަމުރު ނެރޭ ހިނދު، އަނިޔާވެރި ޢަމަލުތައް ހިންގުން ހުއްޓުވުމަށާއި، ގޭގައި ހުރުމުގެ ޙައްޤު ވަކި ފަރާތަކަށް ދިނުމަށާއި، މުޢާމަލާތްކުރުން މަނާކުރުމުގެ އަމުރުތައް ހިމެނިދާނެއެވެ. މިފަދަ އަމުރުތައް ނެރުމުގެ އ ކޯޓުން ބަލާ މިންގަނޑަކީ، އެފަދަ އަމުރެއް ނެރުމަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ފަރާތުގެ Act 521 ރައްކާތެރިކަމާއި ހިމާޔަތަށ ބޭނުންތެރިކަމެއްކަމަށް ބޮޑަށް ބުރެވެވޭނަމަ، އެފަދަ އަމުރެއް ނެރެދިނުމެވެ.
74މި ޤާނޫނުގެ މަޤްޞަދަށް ބަލާއިރު، މަޤްޞަދު ބިނާވެފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށެވެ. ބެލެވެނީ އަނިޔާކުރާ ފަރާތުން އެކަން ކުރި ސަބަބަށްވުރެ، އެ ޢަމަލުގެ ސަބަބުން ކުރި އަސަރަށެވެ. މިކަން މި ޤާނޫނުގެ މާއްދާތަކުން ދެނެގަނެވެއެވެ.
75އިންޑިޔާގެ Protection of Women from Domestic Violence Act 2005 އަކީ ގެވެށި ގުޅުމެއްގައި އުޅޭ އަންހެނުންނަށް )ކައިވެނިކޮށްގެން އުޅޭ މީހުންނާއި، އެކުގައި އުޅޭ މީހުންނާއި، އަދި އެއް ގެއެއްގައި އުޅޭ ޢާއިލީ ގުޅުމެއްވާ މީހުން ހިމެނޭ ގޮތުން( މަދަނީ ޙައްލެއް ހޯދައިދިނުމަށް އެކުލަވާލެވުނު ޤާނޫނެކެވެ. މި ޤާނޫނުގައި ގެވެށި އަނިޔާ މާނަކޮށްފައިވަނީ ޖިސްމާނީ އަނިޔާއާއި، ޖިންސީ އަނިޔާއާއި، ބަހުގެ ހަމަލާ ދިނުމާއި، ނަފްސާނީ ގޮތުންނާއި އްޤ ތިސާދީ ގޮތުނ ކުރާ އަނިޔާ ހިމެނޭ ގޮތަށެވެ.
76އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ Indra Sarma v V.K.V. Sarma ޤަޟިއްޔާގައި މި ޤާނޫނުގި ބޭނުމަކީ އަދަބު ދިނުމަށްވުރެ ބޮޑަށް މަދަނީ ޤާނޫނެއްގެ ޒަރިއްޔާއިން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުންކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މ ޤާނޫނުގެ ބޭނުމަކާޢާއިލާގ އަނިޔާވެރިކަމުގެ ތެރެއިންގެވެށި އަނިޔާގެ ޝިކާރައަކަށްވީ އަންހެނުންނަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައި ފޯރުކޮށްދީ، އަނިޔާއިން ރައްކާތެރިކޮށްދިނުންކަމުގައ އިންޑިޔާގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ. 6 ވަނަ މާއްދާގެ )1( ވަނަ ނަންބަރު Act 43 of 2025 ޤާނޫނުގެ 3 ވަނަ މާއްދާ
77އިންޑިޔާގެ ސުޕްރީމް ކޯޓުގެ V.D. Bhanot v Savita Bhanot ޤަޟިއްޔާގައިވަނީ ގެވެށި އަނިޔާގެ ޤާނޫނުގައި ގެވެށި އަނިޔާގެ ޢަމަލުތައް އޭގެ ޒާތުގައި ޖިނާއީ ކުށެއް ކަމުގައި ކަނޑަނާޅާކަމަށާއި،މި ޤާނޫނަކީ މަދަނީ ހައްލެއް ހޯދައިދެޤާނޫނެއްކަމުގައިވާއިރު،މ ޤާނޫނުގި މަޤްޞަދކާގެވެށި އަނިޔާގެ ޢަމަލުތަކުން އަންހެނުން ރައްކާތެރިކުރުން ކަމުގައިވާތީ، މި ޤާނޫނު މާނަކުރަންވާނީ އަދި މި ޤާނޫނުގެ މާއްދާތައް ކިޔަންވާނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވީ އަންހެނުންނަށް ފައިދާވާ، އަދި ރައްކާތެރިކަން ލިބިދެނިވި ގޮތަކަށް ކަމަށާއި، އަދި ޤާނޫނީދު ހ މަޖިލަ ހުގެ ނިޔަތަކީވެސް، މި ޤާނޫނަށެޢަ މަލުކުރަން ފެށުމުގެ ކުރިންވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުން މި ޤާނޫނުގެ ދާއިރާގައި ހިމެނުމަށްކަމަށާއި، މިކަން ޤާނޫނުގައި ބަޔާންކޮށްފައިވާ 'އަނިޔާ ލިބާ މީހާ' އަދި 'ގެވެށި ގުޅުން' މި ލަފްޒުތަކުގެ މާނަކުރުމުން ސާފުކަމުގައެވެ.
78އިންޑިޔާގެ ސުޕްރީމް ކޯޓުގެ Hiral P. Harsora and Ors v Kusum Narottamdas Harsora and Ors ޤަޟިއްޔާގައި، އިންޑިޔާގެ ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (q) ގައިވާ “respondent” ގެ މާނަކުރުމުގައި ހިމެނޭ “adult male” )ކުޑަކުއްޖެއްކަމުގައި ނުބެލެވޭ ފިރިހެންމީހާ( މި އިބާރާތް އުނިކޮށްފައިވެއެވެ. މި ނިންމުމުގެ އަސާސަކީ، އެ އިބާރެތަކ އިންޑިޔާގެ ޤާނޫނުއަސާސީގެ 14 ވަނަ މާއްދާއާ ޚިލާފު އިބާރާތަކަށްވުމެވެ. އަދި އިންޑިޔާގެ ގެވެށި އަނިޔާގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (q) މުޅިން ބާޠިލުނުވާނެކަމަށާއި، ބާޠިލުވާނީ ހަމައެކަނި male” “adult މި އިބާރާތްކަމަށާއި، ބާކީ ބައިތައް އެގޮތުގެ މަތިން ދެމިއޮންނާނެކަމުގައި ސާފުކޮށްދީފައިވެއެވެ.
79މ ނިންމުމަށް ވާސިލުވެފައިވާ ސަބަބުތަކަކީ، ޤާނޫނުގެ މަޤްޞަދަށް ރިޢާޔަތްކުރާއިރު، އަންހެނުންނަށް ކުރިމަތިވާ ގެވެށި އަނިޔާއަކީ އަދިވެސް މުޖުތަމަޢުގައި ހިނގަމުންދާ ކަމެއްކަމުގައިވާއިރު، މިއީ މުހިންމު ޤާނޫނެއްކަމަށާއި، މި ޤާނޫނުގެ ދަށުން respondent އީކަށްވ ފަރާތަކާ ހަމައެކަނި ބޮޑު މީހަކަށްވުމަކ ކަނީ ހިނގާގޮތަށް ބަލާއިރު، އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، ސަބަބަކީ 16 )ސޯޅަ( އަދ 17 )ސަތާރަ( އަހަރުގެ ކުދިންވެސް ގެވެށި އަނިޔާގެ ޢަމަލުތައް ކުޅައުމުގައި ބައިވެރިވުމާއި، އެފަދާޢމަލުތަކަށް ހިތްވަރުދީ، އެހީތެރިވާ ފަރާތްތަކަށްވތީކަމުގައެވެ. އެ ލަފްޒު ހަމައެކަނި ފިރިހެނުންނަށް މަހުދޫދުކުރުމަކީވެސް މުޖުތަމަޢުގައި ކަން ހިނގާގޮތަށ ބަލާއިރް އިންސާފުން އެއްކިބާވާ ކަމަކަށްވާތީ ކަމުގައެވެ.އެހެނީ އޭގެ ނަތީޖާއަކީ އަނިޔާވެރިވާ އަންހެނުންވެސް އެފަދީޢަ މަލުތައް ކުޅައުމުގައ ނުވަތި ހިތްވަރުދިނުމުގައި ޝާމިލުވާހިނދު އޭގެ ދާއިރާއިން ބޭރުވުމަކީ ޤާނޫނުގެ މަޤްޞަދު ހާސިލުނުވާނެކަމަކަށްވާތީ ކަމުގައެވެ.
80މި ޤާނޫނުގެ 3 ވަނަ މާއްދާއަށް ބަލާއިރު، ގެވެށި އަނިޔާ މާނަކޮށްފައިވަނީ އޮބްޖެކްޓިވް މިންގަނޑަކުންކަން ސާފެވެ. މި ޤާނޫނުގެ ދަށުން ބެލިގެންދަނީ އަދި ވަޒަންކުރެވެނީވެސް މ ޤާނޫނުގައި ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ބަޔާންކުރާ ޢަމަލެއް ހިނގާފައިވޭތޯ ނުވަތަ ނޫންތޯއެވެ. އެ ޢަމަލުގެ ފަހަތުގައި އޮތް ސަބަބު ނުވަތަ ނިޔަތް ވަޒަންކުރުމަކާ ނުލައެވެ.
81އިނގިރޭސިވިލާތުގައި ގެވެށި އަނިޔާގެ މައްސަލަތަކުގައި ޢަމަލުކުރަމުންދާ ޤާނޫނަކީ، 2021 Act Abuse Domestic އެވެ. މި ޤާނޫނުގެ ދަށުންޖިސްމާނީ ނުވަތަ ޖިންސީ އަނިޔއާއި،އަނިޔާވެރި ނުވަތި ބިރުދައްކާ ފަދަޢމަލުތކާއި،ކޮންޓްރޯލްކުރުން ނުވަތަ މަޖުބޫރުކުރުވުމުގަޢ މަލުތކާއި،އިޤތިސާދީ އަނިޔާއާއި،ނަފްސާނީ، އިހުސާސްތަކަށް ދޭ އަނިޔާ ނުވަތަ އެނޫންވެސް އަނިޔތަކަކ އަނިޔާވެރި ނުވަތަ abusive ޢިމަލުތަކެއްކަމުގައ މި ޤާނޫނުގައު ކަނޑައަޅާފައިވެއެވެ. މި ޢަމަލުތައް އެންމެ ހާދިސާއެއްގެ މައްޗަށް ބިނާވި ނަމަވެސް، ނުވަތަ ތަފާތު ހާދިސާތަކުގެ މައްޗަށްތަކުރާރުކޮށް ހިންގް ޢިމަލުތަކެއ ކަމުގައް ވީނަމަވެސް، އެކަމުގައި ފަރަގެއްނެތެވެ.
82F v M ޤަޟިއްޔާގައި، ‘coercive behaviour’ ގ ތަބީއަތަށ ގޮތެއް ނިންމާފައިވެއެވެ. މި މައްސަލައިގައި ކުދިންގެ މަންމަގެ ފަރާތުނ ހުށަހެޅި ތުހުމަތުތަކަށް ބަލާއިރު،އެއީ ބައްޕަގެ ފަރާތުން ހިންގާފައިވާ 'މަޖުބޫރުކުރުވުމާއި ކޮންޓްރޯލްކުރުމުގްޢ މަލުތަކެއ' ކަމަށާއި،އެ މަންމަވަނީ ބައްޕަގެ ފަރާތުން 'އިހާނެތި، އިންސާނިއްޔަތު ޚލާފި ވާ ގޮތަކަށް،އޭނާގެ މިނިވަންކަމާއި އަމިއްލަ އުޚތިޔާރާ މުޅިން ނައްތާލާފަދަ'ޙި ލަތަކަށް ހުށަހެޅިފައި ކަމުގައި ކަނޑައަޅާފައިވެއެވެ. މި މައްސަލައިގެ ނިންމުމުގައި ފާހަގަކޮށްފައިވަނަފެމިލީ ކޯޓުގެ ތެރޭގައި މަޖުބޫރުކުރުވުމާއި ކޮންޓްރޯލްކުރުމުގެ ޢާ މަލުތަކަށްޤިނޫނީ މާނަކުރުމެއްދެވިފައްނެތް ނަމަވެސް، އެއީ 'އޮޅުމެއް ނެތް ސާފު އިބާރާތެއް ކަމަށާއި އިތުރު ތަފޞލަކަށް ބޭނުންނުވާ' ކަމުގައެވެ.ނަމަވެސް، މިފަދަޢާމަލުތަކުގެ ދާއިރާ ދެނެގަތުމަށްޓަކައި، 'މަޖުބޫރުކުރުވުމަކީ' އާންމުގޮތެއްގައި ތަކުރާރުކޮށް ހިންގްޢަމަލުތަކެއްކަނ ޤބޫލުކުރަންޖެހކަމަށާއި،މީގެ ތެރޭގައި މިސާލަކަށް ހަމަލާދިނުން، ބިރުދެއްކުން، އިހާނެތިކޮށް ހިތުން އަދި އިންޒާރުދިނުން ހިމެނކަމުގައެވެ.މިފަދަކޮންޓްރޯލްކުރުމުގުޢިމަލުތަކަކީ ވަކި ފަރުދަކު އަޅުވެތިކޮށް، އެމީހެއްގެ އަމިއްލަ އާޚަ ތިޔާރު ނައްތާލުމަށް ފަރުމާކޮށްފައިވެ ޢ މަލުތަކއްކަމަށާއި،މި ބާވަތުގެ އަނިޔާ ދެނެގަތުމަށްޓަކައި، ވަކިވަކި ހާދިސާތަކުގެ މުހިންމުކަން ޙަޤީޤެ މާނައިގައި ދެނެގަނެވޭނީ، މުޅި މަންޒަރަށް ބަލައި، އާޢްމަލުތައް ހިނގަމުންދާ ގޮތް ވަޒަންކޮށްގެނކަމުގައެވެ.
83Jemmett Barry v Police Cleveland of Constable Chief ޤަޟިއްޔާއަކީ، Crime and Security Act 2010 ގެ 28 ވަނަ މާއްދާގެ ދަށުން، ފުލުހުންގެ އެދުމުގެ މި ޤާނޫނުގެ 1 ވަނަ މާއްދާގެ )3( [2021] EWFC 4 (Fam) [2024] EWHC 1172 (Admin) މަތިން މެޖިސްޓްރޭޓް ކޯޓުތަކުން ނެރޭ ގެވެށި އަނިޔާއިން ރައްކާތެރިކޮށްދޭ އަމުރުތަކާ (DVPOs) ގުޅޭ މައްސަލައެކެވެ. މި މައްސަލައިގައި ކަނޑައަޅާފައިވަނީ DVPOs އެއް ނެރުމަށްޓަކައިޤނޫނ
02 )ދޭއް( ޝަރުތެއް ފުރިހަމަވާންޖެހކަމަށާއި، އެއީ 02 )ދޭއް( test stage އެއްކަމަށާއި، މިގޮތުން،ފުރަތަމްޤނޫނީ ޝަރުތަކީ، ހުރަސްއެޅޭ ފަރާތުނ Person) (Restrained ރައްކާތެރިކަން ދެވޭ ފަރާތަށް Person) (Protected އްނިޔާވެރިވެފައިވާކަން ނުވަތަ އަނިޔާވެރިވާނެކަމުގެ ބިރުދައްކާފައިވާކަން، "ބޮޑަށް ބުރަވެވޭ މިންގަނޑުން" (on the balance probabilities) of މެޖިސްޓްރޭޓް ކޯޓަށް ކަށަވަރުވަންކަމަށާއި،ދެވަނަ ޤޭނޫނީ ޝަރުތަކީ، ހުރަސްއެޅޭ ފަރާތުން Person) (Restrained ކުރިމަތިކުރުވާ ނުވަތަލިބިދާނެ އަނިޔާއަކުނ ނުވަތަ އަނިޔާގެ ބިރުން ރައްކާތެރިކަން ދެވޭ ފަރާތް (Protected Person) ސްލާމަތްކުރުމަށްޓަކައި އެފަދަ އަމުރެއަ ނެރުމަކީ "ޒަރޫރީ ކަމެއް ކަމަށް" މެޖިސްޓްރޭޓް ކޯޓަށެޤް ބޫލުކުރވުންކަމުގައެވެ.
84މި މައްސަލައިގައި ކަނޑައަޅާފައިވަނީ DVPO އާކީޙިލަތ ގުޅިގެނާ އެޅޭ މަދަނީ ފިޔަވަޅެއް ކަމަށާއި، މ އަމުރު ނެރެވޭނީ ހުރަސްއެޅޭ ފަރާތުން (Restrained Person) ރައްކާތެރިކަން ދެވޭ ފަރާތަށް Person) (Protected އްނިޔާވެރިވެފައިވާކަނ ނުވަތް އަނިޔާވެރިވާނެކަމުގެ ބިރުދައްކާފައިވާކަނ ބޮޑަށް ބުރަވެވޭ މިންގަނޑުގެ މައްޗަށް ބިނާކޮށް ކޯޓަށް ކަށަވަރުވާނަމަ އެކަނި ކަމުގައެވެ. DVPO ފްރުމާކުރެވިފައިވަނީ ގެވެށި އަނިޔާގެ ހާދިސާއެއް ހިނގުމާއެކު ވަގުތުން އެކަމަށް އިޖާބަދިނުމަށުކަމަށާއި،ގެވެށި އަނިޔާގެ ހާދިސާއަށްފަހު އެޅޭ ވަގުތީ މެފިޔަވަޅަކީ އަނިޔާ ލިބޭ ފަރާތް ރައްކާތެރިކުރުމަށް ފަރުމާކުރެވިފައިވާ ފިޔަވަޅއްކަމަށާއި، މީގެ އެންމެ މުހިންމު އެއް ބޭނުމަކީ، ގޮތް ނިންމުމަށްޓަކައި ރައްކާތެރި މާހައުލެއް ކޯޓުން ކަށަވަރުކޮށްދިނންކަމުގައެވެ.
85އިސްވެ ބަޔާންކޮށްފައިވާޤަޟިއްޔާތަކަށް ބަލާއިރު، ގެވެށި އަނިޔާއާ ގުޅޭ އަމުރުތައް ނެރުމުގައި ކޯޓުތަކުން އިސްކަމެއް ދީފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގައި ބެލެވޭ މިންގަނޑަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަށް ކުރިމަތިކުރުވާ ނުވަތަ އެ ފަރާތަށިލިބިދާނެ އަނިޔާއަކުނ ނުވަތް އަނިޔާގެ ބިރުން ސަލާމަތްކުރުމަށްޓަކައ އެފަދަ އަމުރެއިނެރުމަކީ "ޒަރޫރަތްތެރ ކަމެއް ކަމަށް" ފާނުމެވެ. އަދި ކޯޓުން ޤާއިމުކޮށްފައިވާ ޓެސްޓަކީ ހާދިސާގެ މައްޗަށާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ފަރާތުގެ މައްޗަށް އަނިޔާވެރިވެފައިވޭތޯ ނުވަތަ އެކަމުގެ ބިރު އުފެދިފައިވޭތޯ ބަލައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތަށް ރައްކާތެރިކަން ދިނުމުގެ ޓެސްޓެއްކންވެސް ދެނެގަނެވެއެވެ. މިކަމުގައި ގެވެށި އަނިޔާ ހިންގާ ފަރާތުގެ ނިޔަތެއް ނުވަތަ ގަސްދަށ އެއްވެސް ބުރަދަނެއް ނުދެވެއެވެ.
86ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަންދީ ހިމާޔަތްކުރުމަކަ ދައުލަތުގެ ވާޖިބެކެވެ. އޭގެ އެއް ސަބަބަކީ،މިއީ އިންސާނީޙު އޤ ތަކާ ގުޅުންހުރި ކަމަކަށް ވާތީއާއި،ޤޭ ނޫނުއަސާސީނ ލިބިދް ޙުއްޤިތަކާއި މިނިވަންކަން ޙެމާޔަތްކޮށީކުރިއރުވުމަކްދައުލަތުގެ ވާޖިބަކަށްވާތީއެވެ. މިކަން ޔޫރަޕިއަނ ކޯޓް އޮފް ހިއުމަން ރައިޓްސް އިން keyrTu v Opuz މައްސަލައިގައި ވަނީ ބަލައިގެންފައެވެ.
87މިއީ ގެވެށި އަނިޔާގެ ޝިކާރައަކަށްވި އަންހެނަކު، އޭނާގެ ފިރިމީހާގެ ފަރާތުން އޭނާއަށާއި އޭނާގެ މަންމައަށް ކުރިމަތިވާ އަނިޔާތަކުނިސަލާމަތްކޮށްދިނުމުގައި ތުރުކީ ސަރުކާރު އިހުމާލުވުމުގެ ސަބަބުން، އޭނާގެ މަންމަ މަރުވި މައްސަލައިގައީކޯޓަށްހުށަހެޅި މައްސަލައެކެވެ. އެ ކޯޓުން ނިންމި ތުރުކީ ސަރުކާރުން ޔޫރަޕިއަން ކޮންވެންޝަންގެ 03 )ތިނެއް( މާއްދާއަކާ ޚެލާފުވެފައިވާކަމަށެވެ. އެއީ ދިރިހުރުމުގްޙާއާޤިއި، އަނިޔާކުރުމާއި އިންސާނިއްޔަތިޚަ ލާފު އިހާނެތެޢަމަލުތައް މަނާކުރުމުގެ ޙާއެޤެއި، އަދި ތަފާތުކުރުން މަނާކުރުމުގެޙައްޤވާ.މި ނިންމުމުގައި، ތަކުރާރުކޮށް ގެވެށި އަނިޔާ ލިބެމުންދިޔަ ފަރާތްތައް ހިމާޔަތްކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގައި އިހުމާލުވުމުގެ ޒިންމާ [2009] ECHR 33401/02 ތުރުކީ ސަރުކާރުން އުފުލަންޖެހޭނެކަމަށް ކަނޑައެޅިއެވެ. އެއީ ދައުލަތުގެ ފަރާތުން ސީދާ ގޯސް ޢީމަލެއް ހިންގާފައި ނުވި ނަމަވެސްމެއެވެ. ކޯޓުން ކަނޑައެޅި ގޮތުގައި، ޒާތީ ދިރިއުޅުމުގެ ތެރެއިން، ދިރިހުރުމުގެ ޙައްޤާހިމާޔަތްކުރުމުގެ ޒިންމީދައުލަތުގެ މައްޗަށް އޮންނަނީ، ފުރާނައަށްޙަޤީޤޭއަދ ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް އޮތްކަން ކަމާބެހޭ ފަރާތްތަކަށް އެނގަޙޭލަތުގައ ނުވަތި އެނގެންޖެހާޙޭލަތުގައެވެ. އަދި ދައުލަތުން އެކަމުގެ ތެރެއަށް ވަދެ ފިޔަވަޅު އެޅުމުން އެ އަނިޔާ ހުއްޓުވިދާނ ކަމަށެ ބެލެވްޙެލަތްތަކުގައެވެ. މީގެ އިތުރުން، ދައުލަތުން މިފަދަ ކަންކަމުގެ ތެރެއަށް ވަންނަންޖެހޭ އެހެނިހެން ސަބަބުތައް ވެސް ކޯޓުން ކަނޑައެޅިއެވެ. އޭގެ ތެރޭގައި، ކުރެވޭ ތުހުމަތުގެ ސީރިއަސްކަމާއި، ހަތިޔާރެއް ބޭނުންކޮށްފައިވޭތޯ ބެލުމާއި، ދެވޭ އިންޒާރުތަކުގެ މިންވަރާއި، އަނިޔާ ދިނުމުގައި ރޭވުންތެރިކަނ އޮތް މިންވަރާއި، އެ ގޭގައި ދިރިއުޅޭ ކުޑަކުދިންނަށް ކުރާ އަސަރާއި، އަދި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑަށް ބަލަންޖެހޭނެ ކަމަށް ކޯޓުން ނިންމިއެވެ.
88މ ނިންމުމަކީ ގެވެށި އަނިޔާއާ ގުޅޭ ކަންކަމުގައި ކަމާ ގުޅޭ ޤާނޫނުތަކާއި މުއާހަދާތައ ތަންފްޒުކުރުމުގައި ލިބުނު ތާރޚީ ކުރިއެރުމެކެވެ. މި ނިންމުމުގައި، ގެވެށި އަނިޔާއަކީ ބާރުގެ ނަހަމީ ބޭނުންކުރުމުގެ މައްޗަށް ބިނާވެފައިވާ، ނިޒާމީ ގޮތެއްގައި ހިނގަމުންދާ މައްސަލައެއްކަން ބަލައިގެންފައިވެއެވ.
89ޕްރިސިޑެންސް 3މަތީގައި ބަޔާންކުރެވުނު ކަންކަމށަ ބަލާއިރު،ބަޔާންވެދިޔެޤާނޫނުތަކާއި، ނިންމާފައިވާ ނިންމުންތަކުން ހާމަވާ އެއް ކަމަކީ، ގެވެށި އަނިޔާ ޤާނޫނުގެ މަޤްޞަދުކަމުގައިވާ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ޚާއްޞަ އަހަމިއްޔަތުކަމެއް ދެވޭކަމެވެ. ކޮންމެޤިއުމެއްގައިވެސަ ގެވެށި އަނިޔާގެ އަމުރުތައް ނެރުމުގައޭޢ މަލުކުރެވުއެއްގޮތް އާންމު ސިފަތަކެއް ފާހަގަކުރެވެއެވެ.ކޮންމެ ނިޒާމެއްގައިވެސް ގެވެށި އަނިޔާގެ މައްސަލަތަކަކީ މުހިންމު އަދ އެހާމ ޙައްސާސް މައްސަލަތަކެއް ކަމުގައި ފާހަގަކުރާހިނދު، އަނިޔާ ލިބޭ ފަރާތްތަކުން ރައްކާތެރިކަމުގެ އަމުރަށް އެދި ހުށަހެޅުމަށް ބާރުއަޅައި ބާރުވެރިކުރުވައެވެ.ޤާނޫނުތައް ބިނާވެފައިވަނީ މާޒީގައި ހިނގާފައިވާ ނުވަތަ ހިނގައިފާނ ކަމަށެ ބެލެވޭ އަނިޔްތަކުގެ މައްޗަށާއި،ރައްކާތެރިކަން ބޭނުންވާ މިންވަރުގެ މައްޗަށކަމުގައިވާއިރު، މިއީ އާންމުގޮތެއްގައި މަދަނީ މިންގަނޑަކުން، އެބަހީ "ބޮޑަށް ބުރަވެވޭ މިންގަނޑުން" )ކަން ހިނގާފައިވުމުގެ ފުރަ ޞްތު ބޮޑުކަމުގެ މައްޗަށް( އެކަނ ވަޒަންކޮށް، ކަނޑައެޅޭ ކަމެކެވެ.
90ޤްއުމުތަކުނަޢމަލުކުރ ގޮތަށް ބަލާއިރު، މިކަމުގެތެރޭގައި ކޯޓުން ވަޒަންކުރްއާންމުކަންތައްތަކެއ ފާހަގަކުރެވެއެވެ. އެއިޢަ މަލުގެ ބާވަތާއް)ޖިސްމާނީ، ޖިންސީ، ނަފްސާނީ ނުވަތަ އ ޤާތީޞދޭއަނިޔާ ހިމެނޭހެން( އެކަމުގައި ހިމެނޭ ނުރައްކާތެރިކމުގެ މައްޗަށާއި، ލިބިފައިވާ ހެކީގެ މިންގަނޑަށާއި، ގެވެށި އަނިޔާގެ ޝިކާރަކަށްވާ ފަރާތަށް ނުވަތަ ކުދިންނަށް އޮތް ނުރައްކަލުގެ މައްޗަށާއި، އަދި އަމުރެއް ނެރުމުގެ މުހިންމުކަމާއި އެކަމުގެ ޒަރޫރަތްތެރިކަމުގެ މައްޗަށެވެ.
91މ މިންގަނޑު ގެ އަލީގައި، އަނިޔާދޭ ފަރާތުގެ ނިޔަތަށް ވުރެ ބޮޑަށް، އެ ފަރާތުން ކުޅަ ޢަމަލުތައް ވަޒަންކުރެއެވެ.މި މަރިޙެލާގައައަނިޔާވެރިވެފައިވ ސަބަބާ ނުވަތު އަކމުގައ އޮތި ނިޔަތް ނުވަތް ގަސްދު މިންކުރެވޭކަން ދަލާލާތުކޮށްދޭ ނައްސެއް ނުވަތަ ނިންމުމެއް ނެތެވެ.އޭގެ ސަބަބެއް ކަމުގައި ފާހަގަވަނީ، މި ބާވަތުގެ މައްސަލަތަކުގައި މަދަނީ އަމުރެއްގެ ޒަރިއްޔާއިން މައިގަނޑު ބިނާއަކަށ ވެފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުން ކަމުގައިވާތީއެވެ. އަދި އެ ފަރާތުގެ މަޞްލަޙަތު ހިމާޔަތްކޮށްދީ އހީތެރިކަނ ފޯރުކޮށްދިނުން ކަމުގައިވާތީއެވެ.
92ގެވެށި އަނިޔާއިން ރައްކާތެރިވުމުގާއަމުރުތައް ނެރުމުގައި އެފަދަޢިމަލުތައް ހިންގާ ފަރާތުގެ ނިޔަތަށް ބަރޯސާވެ ބުރަދަންދިނުމަކީ މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރެވޭގޮތެއ ނޫންކަން އަދި އެއީ މ ބާވަތުގެ މައްސަލަތަކުގައި އަމުރު ނެރުމުގައި ވަޒަންކުރެވޭނެ މިންގަނޑެއް ނޫންކަން ބަޔާނވެދިޔް ނުކުތާތަކުން ސާފެވެ.
93މި ހިސާބުން މި އަލިއަޅުވާލަނީ މި ނިންމުމުގެ 61 ވަނަ ނުކުތާގައި ބަޔާންކުރާ ސުވާލަށް ޖަވާބުދިނުމުގައި، ގެވެށި އަނިޔާގެ ޢަމަލު ހިނގާކަމަށް ބުން ފަރާތުގާ ނިޔަތަށް ބުރަދަންދިނުމަށް، މ ޤައުމުން ޢަމަލުކުރަމުންދާ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަސައްވުރުކުރޭތޯ ނުވަތަ ނޫންތޯއެވެ.
94ޕްރިސިޑެންސް 2ގެވެށި އަނިޔާ ހުއްޓުވުމުގެޤާނޫނގ 18 ވުނ މާއްދާގަ ތަޢެރީފުން އެނގޭ ކަންކަމަކީ، ގެވެށި އަނިޔާގެ ޢަމަލެއް ހިނގާ ހިނދު ގެވެށި އަނިޔާގެ ޢަމަލުތައް ތަކުރާރުވުމުން ރައްކާތެރިކުރުމުގ ނިޔަތުގައި ރައްކާތެރިކުރުމުގެ އަމުރު ނެރެދޭ ކަމެވެ.
95މ ތަޢރީފުގައަ'ނިޔަތް' މި ލަފްޒު އައިސްފައިވަނީ،ޢ މަލުގެ ޝިކާރައަކަށްވީ ފަރާތަށް ފައިދާވާ ގޮތަށެވެ. ނުވަތަ އެ ފަރާތަށް ބުރަވާ ގޮތަށެވެ.
96ގެވެށި އަނިޔާޢަމަލެއް ހިންގުމުގެ އިތުރުން، އެފަދަ ޢަމަލެއް ހިނގާފާނެކަމުގެ ބިރު އުފެދިފައިވާކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަވެސް، އަމުރެއް ނެރެވިދާނެކަން މި ތެޢީ ރީފުން އެނގެއެވެ. އޭގެ ބޭނުމަކީ އެފަދަ ޢަމަލެއް ހިނގިޔަނުދިނަމުވެ. ނުވަތަ އެފަދިޢީމަލަކުން މީހަކު ރައްކާތެރިކުރުމެވެ. މ ޖުމްލައިގައިވެސް 'ނިޔަތް' މި ލަފްޒު އައިސްފައިވަންޢ މަލުގެ ޝިކާރައަކަށްވީ ފަރާތަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދުގައެވެ.
97މިކަން އިތުރަށް ކަށަވަރުވެގެންދަނީ، މި މެއްދާގެ )ނ( އިންނެވެ. އެއީ،ރައްކާތެރިކުރުމުގ އަމުރެއްގެ އެންމެ އަސާސީ އެއް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވ މީހާ ނުވަތާ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެދާނެކަމަށް ބެލެވޭ މީހާގެ ޖިސްމާނީ ރައްކާތެރިކަމާއި، ނަފްސާނީ ރައްކާތެރިކަމާއި، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، އޭނާގެ ޙަ އްޤްގެ ރައްކާތެރިކަން ދަމަހައްޓައިދިނުމށ ކަމުގައި ބަޔާންކުރާތީއެވެ.
98މި ޤާނޫނުގެ ކޮމެންޓަރީއަށްބަލާއިރު، މި މާއްދާގެ ކޮމެންޓަރީގައި ބަޔާންކޮށްފައިވަނީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ ގެވެށި އަނިޔާގެޢެމަލުނ ރައްކާތެރިކޮށް ހިމާޔަތްކޮށްދިނުމަކ ޤާނޫނުގީ މައިގަނޑު މަޤްޞަދުކަމުގައިވާއިރު، ކޯޓުން، ގެވެށި އަނިޔާގެޢެމަލު ހިންގާ ފަރާތް ނުވަތަ ފަރާތުގެ ކިބައިން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ ރައްކާތެރިކޮށް ހިމާޔަތްކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް ލިބިގެންވާ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގެވެށި އަނިޔާ ހިންގާ މީހާއަށް ވަކިކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ޤާނޫނީ އަމުރެއް ނެރޭކަމުގައެވެ.
99ރައްކާތެރިކުރުމުގެ އަމުރު ނެރުމުގައި ކޯޓުން ކަށަވަރުކުރަންޖެހޭ ކަންކަން ބަޔާންކުރަނީ މި ޤާނޫނުގެ 24 ވަނަ މާއްދާގައެވެ. އެއީ،
99.1. އަމުރް ނިސްބަތްވާ ފަރާތުން ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ޤާނޫނުގެ ބޭނުމަށްޓަކައި ބެލެވޭ ޢަމަލެއް ކޮށްފައިވާކަން
99.2. އަމުރް ނިސްބަތްވާ ފަރާތުން ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ޤާނޫނުގެ ބޭނުމަށްޓަކައި ބެލެވޭ ޢަމަލެއް ކުރަމުންދާކަން
99.3. އަމުރް ނިސްބަތްވާ ފަރާތުން ގެވެށި އަނިޔާގެ ޢަމަލެއްކަމުގައި ޤާނޫނުގެ ބޭނުމަށްޓަކައި ބެލެވޭ ޢަމަލެއް ކޮށްފާނެކަނ
99.4. އެފަދް އަމުރެއް ކުރުމަކީ، އަމުރަށް އެދިފައިވާ ފަރާތުގެ، ނުވަތަ އެ ފަރާތުގެ ދަރިއެއްގެ ނުވަތަ އެ ފަރާތުގެ ޢާއިލާގެ މެންބަރެއްގެ މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައި ބޭނުންކަމެއްކަނ "ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީ" ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ commentary-https://fpa.gov.mv/dv/publications/dvpa ގައި މި ޤާނޫނުގެ 18 ވަނަ މާއްދާގެ ކޮމެންޓަރީގ ގޮތުގައެ ޞަފްޙާ 35ގައި ބަޔާންކޮށްފައިވާ ކަންކަން
100ބުނެވިދިޔަ މާއްދާގެ ކޮމެންޓަރީއަށް ބަލާއިރު، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ޤާނޫނުގެ ދަށުން ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ އަމުރަކަށް އެދުމުން، ރައްކާތެރިކުރުމުގެ އަމުރު ނެރެދިނުމުގައި 02 )ދޭއް( ކަމަކަށ ރިޢާޔަތްކުރަންވާނެކަން ބަޔާންކޮށްފައިވެއެވެ. މިގޮތުން އ ންނަނިވ އިބާރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
100.1. އެ މީހަކާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ފަރާތް؛ މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގެވެށި ގުޅުމަކުން ގުޅިފައިވާ ފަރާތް ގެވެށި އަނިޔާގެ ޢަމަލުތަކުން ކުރި ޢމަލެއ ހިންގަމުން ދިއުން ނުވަތް ހިންގަފާނެކަނު:މ ތަނުގައި އެފަދަ ޢަމަލެއް ހިންގަފާނެކަމުގެ އިހތިމާލ ބޮޑު ވެއްޖެނަމަ ކޯޓު އަމުރު ނެރެދޭންވާނއެވެ.
100.2. އެފަދަ އަމުރެއް ކުރުމަކީ، އަމުރަށް އެދިފައިވާ ފަރާތުގެ ނުވަތަ އެ ފަރތުގާ ދަރިއެއް ނުވަތަ އެ ފަރާތުގެ ޢާއިލާގެ މެންބަރެއްގެ މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމކެވެ.
101ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމުގައި ބަލަންޖެހޭ ކަންކަން ނުވަތަ ގެވެށި އަނިޔާގިޢޮމަލު ވަޒަންކުރުމުގައި ބަލަންޖެހޭ މިންގަނޑު ސާފު ސަރީހަ ގޮތެއްގައި ބަޔާންކޮށްފައެއްނުވެއެވެ. މިކަން ދަށު ކޯޓުގެ ފަނޑިޔާރުވެސް ފާހަގަކށްފައިވެއެވެ.ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 24 ވަން މާއްދާގަ ކޮމެންޓަރީއަށް ބަލާއިރު، ރައްކާތެރިކުރުމުގެ އަމުރު ނެރުމުގައި ކޯޓުން ބަލަންޖެހޭ ކަންކަން ދޭހަކުރެވެއެވެ. ނަމަވެސް، މިއީ އެކަންކަމުގެ މައްޗަށ ހަމައެކަނި މަހުދޫދުކުރެވިފައިވ ކަންކަނާ ކަމުގައް ނުދެކެމެވެ. މިކަމުގެ ތަފްޞީލު އިތުރަށް ބަޔާންކުރާނަމެވެ. "ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީ" commentary-https://fpa.gov.mv/dv/publications/dvpa ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގައި މި ޤާނޫނުގެ 24 ވަނަ މާއްދާގެ ކޮމެންޓަރީގެ ގޮތުގައި ޞަފްޙާ 40 ގައި ބަޔާންކޮށްފައިވާ ކަންކަން
102މި ޤާނޫނުގެ 24 ވަނަ މައްދާގެ ކޮމެންޓަރީއިން ދޭހވަ ކަންކަމަކީ، ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޢަމަލެއް ހިންގަފާނެކަމުގެ އިހުތިމާލު ބޮޑުވުމާއި، އަމުރަށް އެދިފައިވާ ފަރާތް ނުވަތަ ރައްކާތެރިކުރުމަށ އެދް އިތުރު ފަރާތްތަކުގެ މަޞްލަޙަތު ހިމާޔަތްކުރުމެވެ. މީގެ އިތުރުންވެސް، މ ޤާނޫނުގެ 4 ވަނަ މާއްދގައާ ބަޔާންކުރި ގެވެށި އަނިޔާގެޢަ މަލުތައް، ކޮންމީޢެމަލެއްގެ ކޮމެންޓަރީ ވަކިވަކީން ފާހަގަކޮށް، އ ޢާ މަލަށް ދީފައިވާ ތަފްޞީލުންވެސ މިންގަނޑުތަކެއް ދެނެގަނެވެއެވެ. މިސާލަކަށް، ބަހުގެ ހަމަލާދިނުމުގައި ޒުވބްކުރުމުގެ ތެރޭގައި އަނެކާގެ ހިތުގައި ޖެހޭ ބަސް ބުނުމާއި، ކަނޑައެޅިގެން ދޮގު އިލްތިޒާމް އެޅުވުން ހިމެނެއެވެ. މާލީގޮތުން ނުވަތަ އިޤްތިސާދީ ގޮތުނ ދަތިކުރުމުގެ ތެރޭގައި، އެ މީހަކަށް ޙައްޤުވާ ފައިސާ ހިފެހެއްޓުން ހިމެނެއެވެ. މުދާ ހިފެއްހެއްޓުމުގ ތެރޭގައި އެ މްހަކަށް ނިސްބަތްވާ މުހިންމު ލިޔެކިޔުމެއް، މިސާލަކަށް ފާސްޕޯޓ ނުވަތު އައިޑީކާޑ ނުވަތަ އޭނާއަށް ބޭނުންވާ މުހިންމު އެއްޗެއް، މިސާލަކަށް ފޯނު، ބޭނުންނުކުރެވޭގޮތަށ ހިފެހެއްޓުން ހިމެނެއެވެ.
103މީގެ އިތުރުން، މި ޤާނޫނުގެ 32 ވަނީ މާއްދާއަކީ ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތާ ގުޅޭ މާއްދާއެއްނަމަވެސް، އެ މާއްދާގެ ކޮމެންޓަރީއިންވެސ ބައެއް ކަންކަން ދެނެގަނެވެއެވެ. އެއީ ރައްކާތެރިކުރުމުގެ އަމުރުގެ މުއްދަތު ކަނޑައެޅުމުގައި، ދެ ފަރާތުން ދެއްކި ވާހަކަތެކަށާއި، ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރުމެވެ. މީގެ އިތުރުން، މުއްދަތު އިތުރުކުރުމުގައި މައްސަލައިގެ ބާވިތށާއި ޙާލަތަށް ބެލުމަށް ބަޔާންކުރެއެވެ. މިއީ ރައްކާތެރިކުރުމުގެ އަމުރު ނެރުމުގައި ގެވެށި އަނިޔާގެ ޢަމަލު ވަޒަންކުރުމުގައި ދޭހަކުރެވޭނެ ބައެއް މިންގަނޑުތަކެވެ.
104ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވާ ފަދައިން މިއީ މުޅި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކުރުމަށް ބާރުދޭ ނައްސުތަކެވެ.
105ޕްރިސިޑެންސް 5މީގެ އިތުރުންވެސް،ޢަމަލުގެ ބާވަތާއި )ޖިސްމާނީ، ޖިންސީ، ނަފްސާނީ ނުވަތަ އީޤތިސާދ އަނިޔާ ހިމެނޭހެން(، އެކަން ހިނގިގޮތަށާއި، އެކަމުގެ ނުރައްކާތެރިކަމުގެ މައްޗަށާއި، އެކަން ހިނގާ މުއްދަތަށާއި، އެކަން ތަކުރާރުވެފައިވޭތޯ ނުވަތަ ނޫންތޯއާއި،ޢަމަލު ހިންގުމުގައި ބޭނުންކޮށްފައިވާ ވަސީލަތްތަކަށާއި އާލާތްތަކަށާއި، އެ ގެވެށި ގުޅުމުގައި އޮންނަ ބާރުގެ ތަފާތުކަމަށާއި،ގެވެށި އަނިޔާގެ ޝިކާރް އކަށްވާ ފަރާތަށް ނުވަތަ ކުދިންނަށް އޮތް ނުރައްކަލުގެ މައްޗަށާއި،އަދި އަމުރެއް ނެރުމުގެ މުހިންމުކަމާއީއެކަމުގެ ޒަރޫރަތްތެރިކަމުގެ މައްޗަށ ރިޢާޔަތްކުރެވިދާނެއެވެ. މީގެން ގިނަ ކަންކަމާ ދަށު ކޯޓުގެ ފަނޑިޔާރުވެސް ފާހަގަކޮށްފައިވާ ކަންކަމެވެ.
106ޕްރިސިޑެންސް 6މ ބާވަތުގެ ކަންކަމީ އާންމުކޮށް ސިއްރިއްޔާތުގައި ބަންދު ކޮޓަރިއެއްގައި ހިނގާ ކަންކަން ކަމުގައިވުމުން، ކޮންމެ ފަހަރަކުމެ އިތުބާރުހުރ ހެކި ނުވަތަ evidence credible ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި،ގެވެށި އަނިޔާގެ ޢަމަލެއް ކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަމުގައ ކޯޓަށި ބެލެވޭނަމަ، އަމުރު ނެރުމަށް މި ޤާނޫނު ތަންދެނީވެސް މި ސަބަބަށްޓަކައި ކަމުގައި ބެލެވެއެވެ. އަދި ވަކިން ޚާއްޞަކޮށް، އަމުރަށ އެދް ފަރާތުގެ، ނުވަތަ އެ ފަރާތުގެ ދަރިއއްގ ނުވަތެ ޢާއިލާ މެންބަރެއްގެ މަޞްލަޙަތު ހިމާޔަތްކުރުމުގެ ބޭނުމަށް އަމުރު ނެރުމުގެ ޤާނޫނީ ހައިސިއްޔަތު ކޯޓަށް ދީފައިވަނީވެސް މި ބޭނުމުގައިކަމަށް ބަލަންޖެހެއެވެ.
107މި ބާވަތުގެ މައްސަލަތަކުގައި ކޯޓަށް ހުށަހެޅޭ މެޑިކަލް ރިކޯޑުތަކަކީވެސް އެކަށީގެންވާ ހެކި ކަމުގައި ވެދާނެއެވެ. ނުވަތަ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި، އެ މައްސަލައިގެ ތަބީއަތާއި، ތަހުޤީޤު އިދާރާއަކަށް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ފަރާތުން ދީފައިވާ ބަޔާނާއި، ކަމާގުޅޭ ޢާއިލީ ވުޒާރާއަށް ހުށަހަޅާފައިވާ މައްސަލަތަކާއި، އެ މައްސަލައިގައި ދީފައިވާ ބަޔާންތަކާއި، އެ ވުޒާރާތަކުގެ ފެމިލީ ކޯޓުގެ ނަންބަރު 1228/Fm-C/2025 "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ 9.913 ވަނަ ނުކުތާ ރިޕޯޓުތަކާއި، އެކަން ފެނިދެނެވި މީހުންގެ ބަހަކީވެސް މި ބާވަތުގެ މައްސަލަތަކުގައި އިތުބާރުހުރި ހެކާ ކަމުގައި ވެދާނެއެވެ. މިއިން ކޮންމެ ހުށަހެޅުމަކާއެކުވ ހެކާ ޤަރީނިވަޒަންކުރަންޖެހެނީ އެ މައްސަލައިގެ ޙާލަތުންނެވެ. އަދި މައްސަލައިގައި ހުށަހެޅިފައިވާ ހެކުޤރީނާ ވަޒަންކޮށް، އާޚިރު ނަތީޖާއަށް ވާސިލުވުމުގައި ޤާނޫނުން ނަގަހައްޓަން ބޭނުންވާ މަޤްޞަދަށް އިސްކަމެއް ދޭންޖެހޭނެއެވެ.
108ޤާނޫނާއި މި ޤާނޫނުގެ ކޮމެންޓަރީ އިން އެނގޭ ފަދައިން، އެންމެ އަހަންމިއްޔަތުކަމެއް ދޭންޖެހެނީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ރައްކާތެރިކުރުމަށްޓަކައި އެ އަމުރަކީ ކޮންމެހެން ބޭނުންތެރި އަމުރެއްތޯ ބެލމެވެ.އ އަމުރެ ނެރެނުދީފިނަމަ، އަނިޔާ ލިބޭ ފަރާތަށްއިތުރު ގެއްލުމަކަށް ހުށަހެޅިފައިވޭތޯ ނުވަތަ އެ ފަރާތަށް އޮތް ބިރުވެރިކަމާ ނުރައްކްއިތުރުވެފައިވޭތޯ ކޯޓުނު ވަޒަންކުރމެވެ.އަދި ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ނުވަތަ މިހާރުވެސް ކުރިމަތިވަމުންދާ ނުރައްކަލެއް އޮތްތޯ ކޯޓުން ބެލުމެވެ.
109ޕްރިސިޑެންސް 7އީނިޔ ލިބާ ފަރާތަށާއި ކުދިންނަށް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތމަކުނުވަތަ ކުރިމަތިވަމުންދާ ނުރައްކަލަކީ އެފަދަ އަމުރެއް ނެރުމަށް އޮތް ހުއްޖަތެކެވެ. އަމުރެއް ނެރެނުދީފިނަމަ، އަނިޔާވެރި ޢަމަލެއް ހިނގައިފާނ ކަމުގެ ފުރްޞޭތ އޮތު މިންވަރަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ. ކުޑަކުދިން ހިމެންޙުލަތްތަކުގައި، ކޯޓުން އެ މައްސަލައަށް ބަލަންވާނީ ކުއްޖާގެ ނަޒަރިއްޔާތުންނެވެ. މި ހިސާބުން ޤާނޫނު ނަންބަރ 19/2019 )ކުޑަކުދިންގްޙު އުޤްތައް ރައްކާތެރިކުރުމުގެ ޤާނޫނ( )މީގެ ފަހުން "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު"(ގ 8 ވެނ މާއްދާގަ ދައުރު އާދެއެވެ. އެއީ އެ އަމުރަކީ ކުއްޖާގްމަޞަލްޙުތު އިސްކުރުމަށްޓަކައި މުހިންމު އަމުރެއްތޯ ބެލުމެވެ. ކުދިންނަށް ނުރައްކަލެއ އޮތްކަން ނުވަތް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ފުރެޞާތ އޮތު ކޮންމެ ޙެލަތެއްގައި، އެ އަމުރު ނެރުމުގެ ޒަރޫރަތްތެރިކަން އިތުރުވެގެންދެއެވ. "ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީ" ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ https://fpa.gov.mv/dv/publications/dvpa-commentary
110މ ބާވަތުގެ މައްސަލަތަކުގައިކޯޓުނ ޖަވާބުދޭންޖެހިސުވާލުތަކަކީ، ރައްދުވާ ފަރާތުން ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ އަނިޔާވެރެޢަމަލެއް ހިންގާފައިވޭތޯއާއި، އ ޢްމަލުގެ ސަބަބުން ބިރުވެރިކަމެއް އުފެދުނުތޯ ނުވަތަ ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތްކަން ހާމަވޭތޯއާއި، އަދި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ އަމުރެއް ބޭނުންވޭތޯއެވެ.
111ޕްރިސިޑެންސް 4މ ކަންކަން ސާބިތުވާނަމަ، އެއީ އަނިޔާ ދިނުމުގް މަޤަސަދުގައ ކުރި ކަމެއް ނޫން ކަމަށް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއް ދިނުމުގެ ނިޔަތެއް ނެތް ކަމަށް ބުނެ ރައްދުވާ ފަރާތުން ދައްކާ ވާހަކައަކުން، ރައްކާތެރިކަމުގެ އަމުރު ނެރުމަކަށ ހުރަހެއް އެޅިގެންނުވާނެއެވެ. ޤާނޫނުގައި ބަޔާންކުރާފަދަ ގެވެށި އަނިޔާގެ ޢަމަލެއް، މިސާލަކަށް މީހެއްގެ މުދާ ހިފެހެއްޓުމަށްފަހު، އެ މުދާ ހިފަހައްޓާފައިވަނ އަނިޔާއެއް ދިނުމުގެ ނިޔަތުގައިނޫންކަމަށް ބުނުމަކުނީ،ނުވަތަ މީހަކަށްޖިސްމާނ އަނިޔާދިނުމަށްފަހ ނުވަތު ބިރުދެއްކުމަށްފަހްއެކަން ކޮށްފައިވަނީއެކަންކިރުމުގެ އެއްވެސ ނިޔަތެއްނެތި ބުއްދި ސަލާމަތުންވާ ޙާލަތެއްގައިހުރެނޫންކަމުގައި ބުނުމަކުން،އެ މީހަކު އެ ހިންގި ޢަމަލަ ކ އަނިޔާގޢަމަލެއްކަމަށް ޤާނޫނުގައި ދީފައިވާ ދަރަޖަ ފިލާދާނެކަމެއ ކަމުގައް ބެލެވޭނަމަ، އެކަން ކޮންމެ މައްސަލައެއްގިއިވެސ އެއްވެސް އިސްތިސްނާއެއްނެތްގޮތަށެދިފާޢެއްގ ގޮތުގައެ ބޭނުންކުރުމުގެ ފުރުޞަތު ހުޅުވިގެންދާނއެވެ. ރައްކާތެރިކުރުމުގެ އަމުރު ނެރުމުގައި ރިޢާޔަތްތެރިކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައައެއްވެސް އިސްތިސްނާއެއްނެތާޢީމަލު ހިންގި މީހާގެ ނިޔަތަށާއި އޭނާ އެ ޢަމަލު ހިންގި ސަބަބަށް ރިޢާޔަތްކުރެވޭނެކަމުގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ މަޤްޞަދާއި ފުށުއަރާފަދައަކުންކަމުގައި ދެކެމެވެ.
112ޢަމަލު ހިންގި ކަމަށް ބުނާ މީހާގެ ނިޔަތަށް ބަރޯސާވާނަމަ، ނުވަތަ ނިޔަތް ދެނެގަންނަންޖެހޭކަމަށ ބަލާނަމަ، ޤާނޫނުގެ މައި މަޤްޞަދުކަމުގައިވާ ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ހިމާޔތްލިބިދިނުމުގެ ބޭނުން ނެތިހިނގައިދާނެއެވެ. މި ނިންމުމުގެ 91 ވަނަ ނުކުތާއާއި، 92 ވަނަ ނަކުތާގައި ފާހަގަކޮށްފައިވާ ފަދައިން، އެހެނިހެން ޤައުމުތަކުގްއިވެސް،ގެވެށި އަނިޔާއިން ރައެ ކާތެރކުރުމުގައަމުރުތައް ނެރުމުގައި އެފަދެޢ މަލުތައް ހިންގާ ފަރާތުގެ ނިޔަތަށް ބަރޯސާވެ ބުރަދަންދިނުމަކީ މި ބާވަތުގެ މައްސަލަތަކުގައި އަމުރު ނެރުމުގައި ވަޒަންކުރެވޭ މިންގަނޑެއް ނޫންކަން ބަޔާންކުރެވިއްޖެއެވެ.
113ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 18 ވަނަ މާއްދާއާއި 24 ވަނަ މާއްދާއަށް ބެލުމުން، ރައްކާތެރިކުރުމުގ އަމުރެ ނެރުމުގައި ކޯޓުން ބަލަންޖެހޭ މުހިންމު ކަންކަމަކީ، ހުށަހެޅިފައިވާ ހެކި ޤަރީނާ ވަޒަންކުރާއިރު، ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާކަން ނުވަތަ ހިންގާފައިވާކަން ނުވަތަ އެފަދަ ޢަމަލެއް ހިންގައިފިކަމަށް ޝައްކުކުރެވޭ ޙާލަތެއް އޮތްކަމަށް ސަބަބުވެރި ހަމައަކުން ބަލާއިރު ޤަބޫލުކުރެވޭތޯ ނުވަތަ ގެވެށި އަނިޔާގެ ޢަމަލެއް ނުހިނގާކަމަށް ބ ލުމަށް ވުރެ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާކޭ މަށް ބެލެވެތޯއެވެ.އްޢްމަލަކީ އެކަމުގެ ސަބަބުނާބިރުވެރިކަނ އުފެދިފައިވާނުވަތަ އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު އޮތްކަން ހާމަވޢ މަލެއްތޯއާއި،އަދި ހަމައެއާއެކު،އެފަދަ އަމުރެއް ނެރުމަކީ އަމުރަށ އެދް ފަރާތް ނުވަތަ އެ ފަރާތުގެ ދަރިއެއް ނުވަތަ އެ ފަރާތުގެ ޢާއިލާގެ މެންބެރައްގ މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްތޯ އްދިއެފަދަ ޢަމަލެއް ހިނގިޔަނުދިނުމަށްޓަކައ ނުވަތް އެދޭ ފަރާތް ރައްކާތެރިކުރުމަށް އެ އަމުރު ބޭނުންވޭތޯއެވެ.
114މިކަން ދެނެގަތުމުގައި، ކުރިންވެސް ބަޔާންކުރި ފަދައިން،ނިންމުމަކަށް ވާސިލުވުމުގައި،މ ނިންމުމުގެ 94 ވަނަ ނުކުތާއިން ފެށިގެން 113 ވަނަނުކުތާގައި ބަޔާންކޮށްފައވި ކަންކަމުން އެހީއާއި އިރުޝާދު ލިބިގަނެވިދާނެކަމުގައި ދެކެމެވެ.
115މިކަންކަމުގެ އަލީގައި، ދަށު ކޯޓުގެ ނިންމުމުގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އަމުރެއް ނެރުމުގެ ކުރިން އަމުރު ނެރެދޭންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހޭކަމުގައި ދެކޭ ކަމުގައި ފާހަގަކޮށް، ޢަމަލު ހިންގި ކަމަށް ބުނާ މީހާގެ ނިޔަތްވެސ ދެނެގަންނަންޖެހކަމަށާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން އަމުރެއް ނެރުމގު ކުރިން ރިޢާޔަތްކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ޢަމަލު ހިންގި މީހާގެ ނިޔަތް )އަނެކާގެ މައްޗަށް ބާރު ފޯރުވުމުގެ ގޮތުން ކުރި ޢަމަލެއްކަން ނުވަތަ ނޫންކަން( ވަޒަންކުރަންޖެހޭކަމަށާއި، ކުދިންގެ މަންމަ ޢަމަލުކޮށްފައިވަނީ ކުދިންނަށް އަނިޔާ ދިނުމުގެ ނިޔަތުގައި ނުވަތަ ގެއްލުން ދިނުމުގެ ނިޔަތުގައިކަން އެނގެންނެތްކަމަށް ފާހަގަކޮށް، ޢަމަލު ހިންގިކަމަށް ބުނާ މީހާގެ ނިޔަތަށް ބުރަދަންދީފައިވަނީ ރަނގަޅު ބިނާއެއްގެ މައްޗަށް ކަމުގައި ނުދެކެމެވެ.އެހެންކަމުން، ދށަ ކޯޓުގު ނިންމުމުގައި އަނިޔާ ހިންގިކަމަށް ބުނާ މީހާގެ ނިޔަތަށް ބުރަދަންދީ އެ މީހާގެ ނިޔަތަށް ޙަވާލާދީ ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ.
116ފެމިލީ ކޯޓުގެ ނަންބަރު 1228/Fm-C/2025 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރުމަށް އެދުމުގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން އިތުރު ކަމަކަށް އެދިފައިވެއެވެ. އެއީ، ދޮށީ ދަރިފުޅާއި،ދެވަނަ ދަރިފުޅާއްކުދިންގެ މަންމައާ އާ ބައްދަލުކުރެވޭނީ ކުދިންގެ ބައްޕަ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ޙާޟިރުގައި އެކުދިން ދިރިއުޅޭ މާޙައުލުގައި އެކަނި ކަމަށް ކަނޑައަޅައިދިނުން ނުވަތަ ވީޑިއޯ ކޯލް މެދުވެރިކޮށް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ 04 )ހަތަރެއް( ގަޑިއިރުގެ ވަގުތެއް ކަނޑައަޅައިދިނުމަށާއި، މި ވަގުތުތަކުގައި ކުއްޖާގެ މަންމަ ފިޔަވައި ޢާއިލާގެ އެހެން މީހުން ބައިވެރިނުކުރުމަށ އަމުރުކޮށްދިނުމަށް ކަނޑައެޅުމަށާއި، 03 )ތިނެއް( ކުދިންނަށް ގެވެށި އަނިޔާގެ އެއްވެސް ޢަމަލެއް ނުހިންގުމަށް ކުދިންގެ މަންމަގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
117މިއި ފެމިލީ ކޯޓުގައި ގެވެށި އަނިޔާއިން ރައްކްތެރާކުރުމުގެ އަމުރަށް އިސްތިއުނާފުކުރާ ފަރާތުނ އެދުނުއިރުވެސް، އެ ފަރާތުން އެދޭ ފަރުވާގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ. އަދި މި ފަރުވާއާ ނުވަތަ އެދުނު އެދުމާއި ގުޅިގެން، ފެމިލީ ކޯޓުން ގޮތެއް ކަނޑައަޅާފައިވެއެވެ. އެއީ، މި ފަރުވާއަކީ އަމުރު ނެރެދޭން ނިންމާ ޙާލަތެއްގައެގްތް ކަނޑައަޅަންޖެހޭ ކަންކަން ކަމުގައިވާއިރު، އ މައްސަލައިގައ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ނެރެދެވޭނެތަނެއްނެތްކަމަށ ކަނޑައަޅާފައިވެތީއާއި، އެ ފަރުވާއަކީ، އަމުރު މުރާޖައާކުރުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެނ ގޮތް ނިންމާއިރު، ގޮތް ކަނޑައެޅިގެންދާނީ 02 )ދޭއް( ންކުތކަމުގައިވާތީ، މި މައްސަލައިގެ ތެރެއިނާ އެކަންކަމާމެދު ގޮތެއް ކަނޑައަޅަންޖެހޭކަމަށް ނުދެކޭކަމުގައެވެ.
118ޕްރިސިޑެންސް 8ކުދިންނާ ބައްދަލުކުރުމާގުޅޭ ގޮތުން ފެމިލީ ކޯޓުން ގޮތްތަކެއް ކަނޑައަޅާފައިވަނީ،ދެވަނަ ދަރިފުޅާއި ހަގު ދަރިފުޅުގެ ޙަޟާނަތާއިގުޅޭ ގޮތުންނާއި އަދި ދޮށީ ދަރިފުޅާއިޚްތިޔާރުކުރާ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި އެ ކޯޓުގައި ހިނގަމުންދާ ފެމިލީ ކޯޓުގެ ނަންބަރު 878/Fm-C/2025 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 879/Fm-C/2025 ޤަޟިއްޔާގެ ތެރެއިނާ ނެރެފައިވާ ވަގުތީ އަމުރާއި، އަދި ވަގުތީ އަމުރުގެ މުރާޖަޢާގުޅޭ ނިންމުންތަކުގެ ޒަރިއްޔާއިން ކަމުގައިވާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުގެ ތެރެއިން ކުދިންނާ ބައްދަލުކުރުމާ ގުޅޭ ގޮތުން އެދޭ އެދުމަކީ، ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައަޅަންޖެހޭކަމެއް ކަމުގައް ނުދެކޭކަމުގައި ފެމިލީ ކޯޓުން ނިންމި ނިންމުން ތަޢުނުކޮށް، އެކަމާގުޅޭ އިސްތިއުނާފ ނުކުތާއެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައެއްނުވެއެވެ. އަދި އެ ނިނމުނ ޤާނޫން އުޞޫލުތަކާ ޚިލާފުވާ ސަބަބެއްވެސް އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމުގައި ބުނެދީފައެއްނުވެއެވެ.
119މ ޙާލަތުގައިއިސްތިއުނާފުކުރާ ފަރާތުނ އެދިފައިވާ މި ފަރުވާއާ ގުޅިގެން މި އިސްތިއުނާފުގައި ގޮތެއް ކަނޑައެޅޭނެކަމަކަށް ނުދެކެމެވެ.
120ފެމިލީ ކޯޓުގެ ނަންބަރު 1228/Fm-C/2025 ޤެޟިއޔާގްނިންމުމަކީ އަނިޔާ ހިންގިކަމަށް ބުނާ މީހާގެ ނިޔތަށްބުރަދަންދީ ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، އެ ނިންމުން ބާޠިލުކުރަން ފެނެއެވެ.
121ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
122ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
- ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 1 (ށ)، 2 (ހ)، (ށ)، 3، 4 (ހ)، 18 (ހ)، (ށ)، (ނ)، 24، 32، 67 ވަނަ މާއްދާތައް
- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީ (ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން) (އިސްތިއުނާފުކުރި ފަރާތުގެ ޙަވާލާ)
- Singapore Women's Charter 1961 / Women's Charter (Family Violence and Other Matters) (Amendment) Act 2023 (s.58B)
- Sim Tze Long v Chua Suat Kheng [2003] SGDC 125
- Malaysia Domestic Violence Act 1994 (Act 521)
- India Protection of Women from Domestic Violence Act 2005
- Indra Sarma v V.K.V. Sarma (2013) 15 SCC 755
- V.D. Bhanot v Savita Bhanot (2012) 3 SCC 183
- Hiral P. Harsora v Kusum Narottamdas Harsora (2016) 10 SCC 165
- UK Domestic Abuse Act 2021
- F v M [2021] EWFC 4 (Fam)
- Jemmett v Chief Constable of Cleveland Police [2024] EWHC 1172 (Admin); Crime and Security Act 2010 s.28
- Opuz v Turkey [2009] ECHR 33401/02
- Wing-Cheong Chan, 'A Review of Civil Protection Orders in Six Jurisdictions', Statute Law Review (2017)
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޢަބްދުﷲ ޖަމީލް މޫސާ، އިބްރާހީމް މާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް