ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/519
މުޞްޢަބް ޢަބްދުﷲ ވ. ސިވިލް ސަރވިސް ކޮމިޝަން، 2019/HC-A/519
Musab Abdhuﷲ v. Civil Service Commission 2019/HC-A/519 (2019/HC-A/519, High Court of the Maldives, 20 January 2021)
މުޞްޢަބް ޢަބްދުﷲ ވ. ސިވިލް ސަރވިސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ވަގުތީ އަމުރު ނުނެރެން ނިންމީ، ކޮމިޝަނުން އިންކާރުކުރުމާއި، ގަވާއިދުގައިވާ ހަމަތައް ފުރިހަމަނުވުމާއި، އަމުރު ނެރެފިނަމަ މައުޟޫޢީ ދަޢުވާއަށް ދުރާލާ ގޮތެއް ކަނޑައެޅިދާނެތީ.
އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމުން ސިވިލް ސަރވިސް ކޮމިޝަނުން ވަކިކުރުމުން، އެ ނިންމުން ބާޠިލުކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، މަޤާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ވަގުތީ އަމުރަކަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) ގެ އުޞޫލަށް ޢަމަލުނުކޮށް، އަދި ދުރާލާ މައުޟޫޢީ ދަޢުވާއަށް ގޮތެއް ކަނޑައެޅިދާނެކަމަށް ބުނެ ވަގުތީ އަމުރު ނުނެރުނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް.
މައިގަނޑު ސުވާލު
ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލައެއްގައި، މަޤާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް އެދުނު ވަގުތީ އަމުރު ނުނެރެން ސިވިލް ކޯޓުން ނިންމީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ؛ އަދި މައުޟޫޢީ މައްސަލަ ނިމި މަޤާމަށް މީހަކު ނެގުމަށްފަހު އިސްތިއުނާފުގެ ފާއިލިއްޔަތު ބާކީވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުމަށް ބަދަލެއް ނުގެނެވި؛ މައުޟޫޢީ މައްސަލަ ނިމިފައިވާތީ އިސްތިއުނާފުގެ ފާއިލިއްޔަތު ނެތިގޮސްފައި
ދަށުކޯޓުގެ 'ދުރާލާ ގޮތެއް ކަނޑައެޅިދާނެ' ކަމަށް ބުނި ސަބަބު ރަނގަޅު ނޫން ނަމަވެސް، މަޤާމަކީ 5 އަހަރުގެ ވަގުތީ މަޤާމަކަށްވާތީ ގެއްލުމަކީ ބަދަލުން ފޫބެއްދޭ ގެއްލުމަކަށްވުމާއި، ގެއްލުންތައް ވަޒަންކުރާއިރު ކޮމިޝަނުގެ މަސްލަޙަތު ބޮޑުވުމާއި، މައުޟޫޢީ މައްސަލަ ނިމި މަޤާމަށް މީހަކު ނަގާފައިވާތީ އިސްތިއުނާފުގެ ފާއިލިއްޔަތު ނެތިގޮސްފައިވާތީ.
ކަނޑައެޅުނު އުޞޫލުތައް
- ވަގުތީ އަމުރު ނެރުމާ މެދު ޢަމަލުކުރެވޭ ޤާނޫނީ ނައްސަކީ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 256 ވަނަ މާއްދާއެވެ؛ ވަގުތީ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބެނީ ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެ ސަބަބުތަކެއް ހުރެ އެކަން ހުއްޓުވަން، ނުވަތަ ފަރާތަކަށް ލިބިދާނެ ގެއްލުމެއް ހުއްޓުވަން ޖެހޭ ޙާލަތްތަކުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- ވަގުތީ އަމުރު ނެރުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ ބާރެއް ނަމަވެސް އެއީ މުޠްލަޤު ބާރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކަކީ: ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވުން، އަމުރު ނުނެރެ މައުޟޫޢީ ދަޢުވާ ލަސްވެއްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، އަދި އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަ ލިބިގެންވާ ފަރާތަކަށްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ޤާއިމްވީ ކަމުގައި ބެލެވޭނީ، އެ ޙައްޤު ޙިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް އޮތުމުގެ އިތުރުން، ހުށަހަޅާ ވަޤާއިޢު ކޯޓަށް ޤަބޫލުކުރެވޭ މިންވަރަށް ކާފީވާނަމައެވެ؛ ވަގުތީ އަމުރާ ނުލައި ވެސް ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުޞަތު އޮތްނަމަ، އެ ޙައްޤު ވަގުތީ އަމުރާ ނުލައި ޙިމާޔަތްކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ވަގުތީ މުއްދަތަކަށް ޢައްޔަންކުރާ މަޤާމެއްގެ ވަޒީފާއިން ޤާނޫނާ ޚިލާފަށް ވަކިކުރިކަމަށް ކަނޑައެޅިއްޖެނަމަވެސް ބަދަލުގެ ގޮތުގައި ނަގައިދެވޭނީ ބާކީ މުއްދަތުގެ މުސާރައާއި ޢިނާޔަތްތަކެވެ؛ އެހެންކަމުން އަމުރު ނުނެރުމުން ލިބޭ ގެއްލުމަކީ ތަދާރުކު ނުކުރެވޭ އަދި އިޢާދަ ނުކުރެވޭ ގެއްލުމެއް ނޫނެވެ. އަދި އަމުރު ނެރުމާއި ނުނެރުމުން ދެފަރާތަށް ކުރިމަތިވާ ގެއްލުން ވަޒަންކޮށް، ގެއްލުން އެންމެ ކުޑަވާ ގޮތަކަށް ނިންމަންވާނެއެވެ؛ އާންމު ޚިދުމަތާ ގުޅޭ މަސްލަޙަތަށް ވެސް ރިޢާޔަތްކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ވަގުތީ އަމުރެއްގައި އަސްލު މައްސަލައިގެ މައުޟޫޢީ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ނިންމުމުގެ ބާރު ކޯޓަށް ނުލިބޭނެއެވެ؛ ނަމަވެސް ވަޒީފާ އަނބުރާ ހޯދަން އެދޭ މައްސަލަތަކުގައި މަޤާމަށް މީހަކު ނެގުން މަޑުޖައްސާ އަމުރު ނެރުމަކީ ހަމައެކަނި އެކަމުން ވަކިކުރުން ޤާނޫނާ ޚިލާފުކަމަށް ކަނޑައެޅުނީ ކަމުގައި ބެލެވޭނެ ކަމެއް ނޫނެވެ؛ އެ ގޮތަށް ނިންމާނަމަ އެކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރީގެ ޙުކުމްތަކަށް ރިޢާޔަތްކުރުމަކީ އެ ޙުކުމާ އެއްގޮތަށް ޢަމަލުކުރަން ފަނޑިޔާރަށް ލާޒިމުވާ ކަމެއް ނޫނެވެ؛ ވަށައިގެންވާ ކަންކަމަށް ބަލައި ދެ މައްސަލަ ފަރަޤުކުރުމުގެ ފުރުޞަތު އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.3)
- މައުޟޫޢީ މައްސަލަ ނިމި، މަޤާމަށް މުވައްޒަފަކު ނެގުމަށްފަހު، ވަގުތީ އަމުރާ ބެހޭ އިސްތިއުނާފުގެ ފާއިލިއްޔަތު ނެތިގެންދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7، 14)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު CR2/VN/2019/05-B4 "ވަގުތީ އަމުރާއިމެދު ނިންމިގޮތް"، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް ދަފްތަރު ނަންބަރު ރސ 9287 / މޞު ޢަބް ޢަބްދުﷲ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނެވެ. ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައާއި ނިންމުން:
2މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމުގެ މުޞްޢަބު ޢަބްދުﷲ ވަޒީފާ އަދާކުރަމުން ދަނިކޮށް، އެވަޒީފާއިން މުޞްޢަބު ޢަބްދުﷲ ވަކިކުރުމަށް، ސިވިލް ސަރވިސް ކޮމޝަނުނި 10 ސެޕްޓެމްބަރ 2019 ގައި ނިންމާފައިވެއެވެ.
3މުޞްޢަބު ޢަބްދުﷲ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ތައުނުކޮށް، މުޞްޢަބު ޢަބްދު ﷲ ގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/3648 މައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުގެ މިމައްސަލައިގައި މުޞްޢަބު ޢަބްދުﷲ ގެ ފަރާތުން އެދިފައިވާ ކަންތައްތައްކަމުގައި ވަގުތީ އަމުރުގައި ބަޔާންކޮށްފައިވަނީ؛
1.3. މުޞްޢަބު ޢަބްދުﷲ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ޤާނޫނުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމުގައި ކަނޑައަޅައި އެނިންމުން ބާޠިލްކޮށްދިނުން؛ CR2/VN/2019/05-B4 "ވަގުތީ އަމުރާއިމެދު ނިންމިގޮތް"
2.3.މުޞްޢަބު ޢަބްދުﷲ ސަސްޕެންޑްކުރި ކުރުމަކީ، ޤާނޫނާ ޚިލާފުކަމެއް ކަމަށް ކަނޑައަޅައިދިނުން؛
3.3. މުޞްޢަބު ޢަބްދުﷲ އަދާކުރަމުންދިޔަ ޕާމަނަންޓް ސެކްރެޓަރީގެ ވަޒީފާ އަނބުރާ އިޢާދަކޮށދިނުން؛
4.3.ވަޒީފާ އިޢާދަކުރުމާއި ހަމައަށް ވަޒީފާގައި ދެމިހުރިނަމަ، ލިބޭނެ މުސާރައާއި، އެންމެހއަ ޢިނާޔަތްތައް ހޯދުން؛
5.3.މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރުމަކީ، ޤާނޫނުއަސާސީއާއި ޚިލާފުކަމެއްކަމަށް ކަނޑައަޅާ ދިނުން.
4އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރަށް ބަލާއިރު، ސިވިލް ކޯޓުގައި ވަގުތީ އަމުރަށް އެދި މޞު ޢަބް ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވަނީ، މުޞްޢަބު ޢަބްދުﷲ އަދާކުރަމުން ދިޔަ ވަޒީފާއަށް ދާއިމީ މުވައްޒަފަކު ޢައްޔަންކޮށްފިނަމަ، ސިވިލް ކޯޓުން ނިންމަވާ ނިންމެވުމެއް ތަންފީޛުކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެތީއާއި، އެކަމުގެ ސަބަބުން މުޞްޢަބު ޢަބްދުﷲ އަށް އިޢާދަނުކުރެވޭ ގެއްލުންތަކެއް ވެދާނެކަމަށް ފެންނާތީ، އެކަން ހުއްޓުވުމުގެ މގަސަދުގައިކަން މުޞްޢަބު ޢަބްދުﷲ ގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރަށްއެދި ހުށަހަޅާ ފޯމށަ ބެލުމުން އެނގެއެވެ.
5"ވަގުތީ އަމުރާއިމެދު ނިންމިގޮތް" ގައި ހުލާސާގޮތެއްގައިބަޔާންކޮށްފައިވަނީ އަންނަނިވި ސަބަބުތައް ހުރުމުން މުޞްޢަބު ޢަބދް ﷲ ގެ ފަރާތުން އެދިފައިވާ ގޮތށަ ވަގުތީ އަމުރެއް މިހިނދުގައި ނެރެދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅާ ކަމަށެވެ.
1.5. ވަގުތީ އަމުރު ނެރުމާއި މެދުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އިންކާރުކޮށްފައިވން؛
2.5. ސުޕްރީމް ކޯޓުގެ ނަންބަރު A/21-SC/2012 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު C/2012-Cv/483 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި، ޝަރީޢަތްކުރުމާއި ބެހޭގޮތުން ސިވިލް ކޯޓުގެ ނަންބަރު CR2/VN/2019/05-B4 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ސިވިލް ކޯޓުގެ ނަންބަރު CR2/VN/2019/05-B4 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ހެދިފައިވާ ޤަވާއިދު 06 ގެ 295 ވަނަ މާއްދާގައިވާ ގޮތުގެ މައްޗަށާއި ޝަރީޢަތުގެ އަދާލަތުގެ ހަމަ (އިކުއިޓީ) ރިޢާޔަތްކޮށް އެކަށައަޅާފައިވާ ހަމަތަކުގައިވާ ފަދަ އެއްވެސް ކަމެއް ދަޢުވާކުރާ މުޞްޢަބު ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މެދުވެރިވެގެން އޮތްކަން އެނގެން ނެތުން،
3.5. މުޞްޢަބު ޢަބްދުﷲ ގެ ފަރާތުން އެދިފައިވާ ގޮތަށް މިވަގުތު ވަގުތީ އަމުރެއް ނެރެދީފިނަމަ، މިދަޢުވާގެ މައުޟޫޢުގައި ދުރާލާ ވަގުތީ އަމުރުގައީ މައުޟޫޢީ ދަޢުވާއަށް ގޮތެއް ކަނޑައެޅިގެން ދާނެކަމަށް ޝަރީޢަތަށް ބުރަވެވުން. އިސްތިއުނާފީ ނުކުތާތައް:
6ސިވިލް ކޯޓުގެ ނަންބަރު CR2/VN/2019/05-B4 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފްކުރުމަށް އެދި، ދަފްތަރު ނަންބަރު ރސ 9287 / މުޞްޢަބު ޢަބްދުﷲ ގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛
1.6. މައްސަލަ ނިންމުމުގައި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައިވާ އޞޫލަށު ޢަމަލުކުރައްވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7ޕްރިސިޑެންސް 8މިމައްސަލަ މިކޯޓުގައި ހިނގަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކރް ޓެރީގެ މަގާމަށް މުވައްޒަފަކު ނަގާފައިވާކަން ދެފަރާތުގެ ބަހުން އެނގެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/3648 ޤަޟިއްޔާގައި ހިނގަމުންދިޔަ މައްސަލަ މަޢުޟޫއީ ގޮތުން ބަލައި ޙުކުމް ކޮށްފައިވެއެވެ. އެހެންކަމުން މިހާރު މިކޯޓުގައި ހިނގަމުންދާ ސިވިލް ކޯޓުގެ ނަންބަރު CR2/VN/2019/05-B4 "ވަގުތީ އަމުރާ މެދު ނިންމި ގޮތް" ނިމުމަކަށް އައިސްފައިވާތީ މިމައްސަލައިގެ ފާއިލިއްޔަތު ނެތިގޮސްފައިވާކަމަށް ދެކެމެވެ. އެހެންނަމަވެސް، މުޞްޢަބު ޢަބްދުﷲ ގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގައި ބަޔާންކޮށްފައިވަނީ އެފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު މިހާރު ނެރެދެވެން ނެތް ކަމަށް ޤަބޫލުކުރާކަމަށާއި އެހެންނަމަވެސް ދަށު ކޯޓު މަރުހަލާގައި ފނޑިޔާރަ ވަގުތީ އަމުރެއް ނެރެނުދެއްވި ސަބަބުގެ ގޮތުގައި، ވަގުތީ އަމުރެއް ނެރެދީފި ނަމަ މިދަޢުވާގެ މައުޟޫގައި ދުރާލޫ މައުޟޫޢީ ދަޢުވާއަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަކަށް މިކަން ވެގެން ދާނެކަމަށް ޝަރީޢަތަށް ބުރަވެވޭ ކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އޞުލުތަކ ޚިލާފަށާ ކަމަށް ވާތީ އެނުކުތާއާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.
8ޕްރިސިޑެންސް 1ވަގުތީ އަމުރު ނެރުމާ މެދު ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނީ ނައްސަކީ "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6" ގެ 256 ވަނަ މާއްދާއެވެ. ހައިކޯޓުގެ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ ވ ސިވިލް ސަރވިސް ކޮމިޝަން މައްސަލައިގައި ފާހަގަކޮށްފައިވާ ފަދައިން ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތަކަކީ، މައްސަލައިގައި ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަގުސަދު ހާސިލު ނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެ އެކަން ހުއްޓުވުމާއި ނުވަތަ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ލިބިގެންދާނެކަމަށް ގަބޫލުކުރެވޭ ގެއްލުމެއް ހުއްޓުވަން ޖެހޭ ފަދަ ހާލަތްތަކެވެ.
9ޕްރިސިޑެންސް 2މިހާލަތްތަކުގައި ވަގުތީ އަމުރު ނެރުމުގައި އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ޙާލަތަށާއި، މައްސަލާގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ ބާރެއް ނަމަވެސް އެބާރަކީ މުޠުލަޤު ބާރެއްނޫންކަމަށް ހައިކޯޓުގެ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް ) ވ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
10ޕްރިސިޑެންސް 3ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ އާންމު ޝަރުޠުތަކެއްވާކަން ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ އާންމު އުޞޫލުތަކަކަށް ބެލުމުން އެނގެން އޮންނައިރު، އެޝަރުޠުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންޓި ކޮރަޕްޝަން ކޮމިޝަން ވ ކޮމިޝަން ނެކްސްބިޒް ލިމިޓެޑް މައްސަލައިގައި ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ރިޢާޔަތްކުރެވޭ ކަންތައްތައް ތިރީގައި ފާހަގަކުރެވިފައިއެވަނީއެވެ.
1.10. "ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމްވެގެންވުން"
2.10. "ވަޤުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގއްޖަ ނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން"،
3.10. "ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ޞިފަތު ނުވަތަ ޙައިޘިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން" A/100-HC/2017 ފާހަގަކުރެވުނު ނުކުތާ 4 ގެ (ށ) 2012/SC-A/21 ޤާނޫނީ އޞު ލުތައް މިމައްސަލައަށް ތަޠޫ ބ ގ ކުރުނު
11ޕްރިސިޑެންސް 4ޤާނޫނީގޮތުން ޙމާޔަތްކުރަންޖެހޭ ފަދި ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ޤާއިމްވެގެންވާ ކަމުގައި ބެލެވޭނީ އެޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ޙިމާޔަތްކުރާ ޤާނޫނީ ޤާއދާއެއިއޮތުމުގެ އިތުރުން، ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއްވާކަމުގެ އިޙްތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށްވމުނު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ވ ކޮމިޝަން ނެކްސްބިޒް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ . މިމައްސަލައިގައި ދެފަރާތު ގެ ބަހުންވެސް މުޞްޢަބު ޢަބްދުﷲ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާކަން އެނގެއެވެ. މުޞްޢަބު ޢަބްދުﷲ ގެ ފަރާތުން މައުޟޫޢީ ދަޢުވާގައި އެދޭ ކަންތައްތަކުގެ ތެރޭގައި ވަޒީފާ އަނބުރާ ލިބުމަށް އެދިފައިވެއެވެ. އެހެންކަމުން މިމައްސަލައިގެ ގޮތެއް ނިމޭއިރު ވަޒީފާ އަނބުރާ އިޢާދަކުރަން ނިންމަވާ ހާލަތެއްގައި އެމަޤާމަށް ދާއިމީ މުވައްޒަފަކު ނެގިފައިވުމަކީ އެފަދަ ޙުކުމެއް އެގޮތަށް ތަންފީޛުކުރަން އެޅިދާނެ ހުރަހެއް ކަމުގައިބެލެވިދާނެއެވެ. އެހެންނަމަވެސް، ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނނުގޫ 56 ވަނަ މާއްދާގެ (ށ) ގެ ޕާރމަނަންޓް ސެކްރެޓަރީން ޢައްޔަންކުރެވެނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ވުމުން އެމަޤާމަށް ދާއިމީ މުވައްޒަފަކު ނެގުމުގެ އިޙްތިމާލެއް ނެތް ކަން އެނގޭކަމާއިއަދި އެމަޤާމަށް އިތުރަށް މީހަކު ނެގިފައިވާ ހާލަތެއްގައިވެސް މިރައޔުގު 12 ވަނަ ނުކުތާގައި ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބަލައި ވަޒީފާގެ މުއްދަތަށް ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ފުރުސަތު އޮތުމުން ވަގުތީ އަމުރުން ޙިމާޔަތްކުރަން އުޅޭ ޙައްޤު، ވަގުތީ އަމުރާ ނުލައި ވެސް، ޙިމާޔަތްކުރެވުމުގެ ފުރުސަތު އޮތްކަމަށް އަހުރެން ދެކެމެވެ.
12ޕްރިސިޑެންސް 5މައުޟޫޢީ ދޢަ ވާ އާދު އިގެ އިޖްރާއަތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލާއި ނުވަތަ ގެއްލުމަކާ، އެދަޢުވާއ ގުޅިގެނާ ވަގުތީ އަމުރަށް އެދޭ ފރާތުނަ ކުރިމަތިލާންޖެހުން، މިއުންސަރަށް ބަލާއިރު، ޕާރމަނަންޓް ސެކެރެޓަރީގެ މަޤާމަކީ 5 (ފަހެއް) އހަރުގަ ކޮންޓްރެކްޓެއްގެ ދަށުން ވަގުތީ މަޤާމެއްކަމަށްވުމުން ޤާނޫނާ ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ކަނޑައެޅޭ ހާލަތެއްގައި ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ އެ 5 (ފަހެއް) އަހަރު ދުވަހުގެ ތެރެއިން ބާކީ ހުރި މުއްދަތުގެ މުސާރައާއި އިނާޔަތްކަމާއި އެހެންކަމުން ވަގުތީ އަމުރު ނުނެރުމުން ލިބިދާނެ ގެއްލުންކަމަށި ފާހަގަކުރައްވާފައިވާ ގެއްލުމަކީ ތަދާރުކުނުކުރެވޭ އަދ އިޢާދަނުކުރެވޭނެ ގެއްލުމެއް ކަމުގައި ނުދެކެމެވެ.
1.12. އަދި ހަމައެފަދައިން، ވަގުތީ އަމުރު ނެރުމުގައި، އެއަމުރެއް ނެރުމާއި ނުނެރުމުގެ ސަބަބުން ކުރިމަތިވާ ގެއްލުން ބޮޑަށް އުފުލާ ތަހައްމަލްކުރަން ޖެހޭނީ ވަގުތީ އަމުރަށް އެދުނުފަރާތުން ތޯ ނުވަތަ ވަގުތީ އަމުރު ރައްދުވާ ފަރާތުން ތޯ ބަލަންޖެހއިރޭ މިގެއްލުންތައ ވަޒަންކޮށް ގެއްލުން އެންމެ ކުޑަވާ ގޮތަކަށް އަމުރު ނެރުމުގައި ބަލަންޖެހެއެވެ. މުޞްޢަބު ޢަބްދުﷲ އެދިފައިވާ ވަގުތީ އަމުރަކީ އެފަރާތުން ވަޒީފާ އަދާކުރަމުންދިޔަ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ދާއިމީ މީހަކު ނުނެގުމުގެ އަމުރަކަށް ވާއިރު، ދެފަރާތުގެ ބަހުންވެސް މިހާރު އެމަޤާމަށް މުވައްޒަފަކު ނެގިފައިވާކަނ އެނގެން އޮތުމުގެ އިތުރަށް ޕާރމަނަންޓް ސެކްރެޓެރީންނަކީ ޤާނޫނާއި ގަވާއިދުގެ ދަށުން އެމިނިސްޓްރީއެއް ހިންގުމުގެ ބޮޑެތި ޒިންމާތަށް މަތިކުރުވާފައިވާ ފަރާތްތަކެއްކަމުގައި ވީއިރު، މމި ޤާމަ ށ މީހަކު ޢައްޔަން ނުކޮށް ހުއްޓުވއަފިކަމުގައި ވާނަމަ، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބުރޫ އަރައިގެންދާނެކަމަށް ޤަބޫލުކުރެވޭކަމާއި، މިމައްސަލާގައި ވަގުތީ އަމުރު ނެރުމުން ޙމާޔަތި ކުރެވޭ 2020/HC-A/99 ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 55 ވަނަ މާއްދާ މުޞްޢަބު ޢަބްދުﷲ ގެ މަސްލަހަތަށްވުރެ، އެއަމުރު ނުނެރުމުން ޙިމާޔަތްކޮށް، ރައްކާކުރެވޭ ސިވިލް ސަރވިސް ކޮމިޝަނުގެ މަސްލަހަތު ބޮޑުކަން ފާހަގަކުރެވެއެވެ.
13ޕްރިސިޑެންސް 6ޕްރިސިޑެންސް 7ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައްސަލގައ ހިމެނި މައުޟޫޢާ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމއާ އެހެން ނޫންނަމަ، އެވާނީ އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙމާޔި ތ ކުރިއަލާއި ދެވުންކަމަށަ ސުޕްރީމު ކޯޓުގެ އެންޓި ކޮރަޕްޝަން ކޮމިޝަން ވ ކޮމިޝަން ނެކްސްބިޒް ލިމިޓެޑް ބަޔާންކުރައްވާފައިވއެވެ.
1.13. މިމައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމެވުމުގައި ވަގުތީ އމުރެއަ ނެރެދީފިނަމަ، މިދޢަ ވާގު މައުޟޫޢުގައި ދުރާލާ ވަގުތީ އަމުރުގައި މައުޟޫޢީ ދޢަވާއަށ ގޮތެއް ކަނޑައެޅިގެން ދާނެކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެފަދް އަމރަކުނު މައުޟޫޢީ ދަޢުވާއާގައި ގޮތެއް ކަނޑައެޅިގެންދ ގޮތާ ސާފުކޮށް ބަޔާންކޮށްފައިނުވެ އެވެ.
2.13. ވަޒީފާއާ ބެހޭ މައްސަލަތަކުގައި، ހާއްސަކޮށް ވޒީފަ އަނބުރާ ލިބިގަތުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެމަޤާމަށް މުވައްޒަފަކު ނެގުން އެހިނދަށް މަޑުޖައްސާލަން ވަގުތީ އަމުރު ނެރެ ދެވޭ ކަމާއި، އެގޮތަށް ވަގުތީ އަމުރު ނެރެދެވެނީ އެމައްސަލައެއްގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށްކަމާއި، މިގޮތުން ވަޒީފާގެ ބާވަތާއި، އެ މަޤާމުގެ ޒިންމާތަކަށާއި، އެމުއައްސަސާއެއްގައި އެމަޤާމުގެ މުހިއްމުކަމަށާއި، މަޤާމަށް މުވައްޒަފު ނެގުން ހުއްޓުވައިފިނަމަ ވަޒީފާ ދިން ފަރާތަށް ލިބޭނެ ގެއްލުމާއި އަދި އެމަޤާމަށް މުވައްޒަފަކު ނަގައިފިނަމަ އަމުރަށް އެދޭ ފަރާތަށް ލިބޭނެ ގެއްލުން ވަޒަންކޮށް ބެލެންސްކުރެވުމުގެ އިތުރަށް ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށް ދަލާލަތުކޮށްދޭ - ސުޕްރީމް ކޯޓުގެ ނަންބަރު A/21-SC/2012 ހެކިހުރި މިންވަރު ފަދަ ކަންތައްތަކަށް ބެލިގެންކަމާއި އެހެންކަމުން އެފަދަ ވަގުތީ އަމުރެއް ނެރެވުމުން ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނއާ ޚިލާފަށް ކަމަށް ކަނޑައެޅުނީ ކަމުގައި ބެލެވިގެންވާނެކަމުގައި ނުދެކެމެވެ. މިމައްސަލައިގައި މައުޟޫޢީ ދޢަ ވާއ މެދާ ގޮތެއު ކަނޑައެޅޭގޮތ ސާފުކޮށް އެނގެން ނެތުމުން ދަށު ކޯޓުން އެގޮތަށް ނިންމަވާފައިވަނީ އެންމެ ރަނގަޅަށް ކަމުގައި އަހުރެން ނުދެކެމެވެ.
3.13. އަދި އެފަދަ އަމުރަކުން މައުޟޫޢީ ދޢަ ވާއަށ ގޮތެއް ކަނޑައެޅޭތޯ ނިމިގެންދަނީ ބުނެވިދޔަ ފަދައިނި މައްސަލައިގައި ވަށައިގެންވާ ކަންތައްތަކަށް ބެލުމަށްފަހުގައިކަމަށްވާތީ، އެކޯޓުގެ އެއް ޤަޟިއްޔާއެއްގައި އެފަދަ އަމުރެއް ނެރެދެއްވާފައިވުމީ، އަނެއް ޤަޟިއްޔާގައިވެސް އެފަދަ އަމުރެއް ނެރެން ޖެހޭ ސަބަބެއް ނޫނެވެ. ހަމައެފަދައިން އަމުރު ނެރުމުގައި ތަފާތެއް އައުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ) އާ ޚިލާފުވުންކަމުގައިވެސ އަހުރެން ނުދެކެމެވެ. އެހެނީ، އެމާއްދާގެ ދަށުން މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންޖެހުމަކީ އެޙުކުމާއި އެއްގޮތަށް ޢަމަލުކުރަން ފަނޑިޔާރަށް ލާޒިމުވާ ކަމެއް ނޫންކަމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި ދެމައްސަލަ ފަރަޤު ކުރުމުގެ ފުރުސަތު އޮތުމުންނެވެ.
14ބުނެވިދިޔަ އެންމެހައި ކަންތައްތައް އެހެން ހުރުމުން، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މިމައްސަލައިގައި ވަގުތީ އަމުރު ނެރުމުން މައްސަލއިގައަ މައުޟޫޢީ ދަޢުވާއާ މެދު ގޮތެއް ކަނޑައެޅޭގޮތ ދަށް ކޯޓުގު ނިންމުމުގައި ސާފުކޮށް އެނގެން ނެތުމުން ދަށު ކޯޓުން އެގޮތަށް ނިންމަވާފައިވަނީ އެންމެ ރަނގަޅަށް ކަމުގައި ނުވިނަމަވެސް، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ އާންމު ޝަރުޠުތައް މިމައްސަލައިގައި ފުރިހަމަވކަމަށާއާ އަދި ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/3648 ޤަޟިއްޔާގައި ހިނގަމުންދިޔަ މައްސަލަ މަޢުޟޫއީ ގޮތުން ބަލައި ޙުކުމް ކޮށްފައިވާތީ، މިހާރު މިކޯޓުގައި
- ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 256 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ސިވިލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 55 ވަނަ މާއްދާ
- ސިވިލް ސަރވިސްގެ ޤާނޫނުގެ 56 ވަނަ މާއްދާގެ (ށ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 (އެންޓި ކޮރަޕްޝަން ކޮމިޝަން ވ ނެކްސްބިޒް ލިމިޓެޑް)
- 2020/HC-A/99 (ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ ވ ސިވިލް ސަރވިސް ކޮމިޝަން)
- 2017/HC-A/100 (ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ވ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް