ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/158
މޫސާ ޤާސިމް ވ. އިސްމާޢީލް ރަފީޢު، 2019/HC-A/158
Moosa Qasim v. Ismail Rafeeu 2019/HC-A/158 (2019/HC-A/158, High Court of the Maldives, 26 November 2023)
މޫސާ ޤާސިމް ވ. އިސްމާޢީލް ރަފީޢު
މައިގަނޑު ސުވާލު
މައްސަލައަކާ ޙަވާލުވުމުގެ އެއްބަސްވުމެއްގެ ދަށުން އުޖޫރަ ނަގައިނުދިން ސިވިލް ކޯޓުގެ ޙުކުމް ޤާނޫނުއަސާސީން ކަށަވަރުކުރާ އުޖޫރަ ލިބުމުގެ ޙައްޤާއި ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު ކަމަށް ބުނެ ހުށަހެޅި ނުކުތާއިން، ހައިކޯޓުން ގޮތް ކަނޑައަޅަންޖެހޭ ޤާނޫނީ ބަހުޘެއް އުފެދޭތޯ.
ނިންމި ގޮތް
އިސްތިއުނާފީ ނުކުތާއިން ޤާނޫނީ ބަޙުޘެއް ސާފުނުވާތީ އިސްތިއުނާފު ކުރިއަށް ނުގެންދެވޭ؛ ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދަށުކޯޓުގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް، ނުވަތަ ޤާނޫނު ތަޠްބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމުންނެވެ.
- ސުޕްރީމް ކޯޓުގެ 2019/SC-L/91 އާއި 2021/SC-A/77 ގައިވާ ގޮތުން، ޤާނޫނީ ގޯހެއް ހެދި ކަމަށް، ހެކި ނުވަތަ ވާހަކަތަކަށް ރިޢާޔަތްނުކުރި ކަމަށް، ޙައްޤު ގެއްލުނު ކަމަށް ނުވަތަ ޢަދުލުއިންސާފަށް ހުރަސްއެޅުނު ކަމަށް ހަމައެކަނި ބުނުމަކުން އިސްތިއުނާފަށް ހުއްދަކުރާ މިންގަނޑަށް ނުފޯރާނެއެވެ؛ އެކަމުގައި އުފެދޭ ޤާނޫނީ ބަހުޘު އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.
- ޤާނޫނުއަސާސީގެ ދަށުން ވަޒީފާގެ އުޖޫރައަކީ ކަށަވަރުވެގެންވާ އަސާސީ ޙައްޤެއް ނަމަވެސް، އެ ޙައްޤުތަކާ ގުޅޭ މައްސަލަތައް ނިންމަނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމަށާއި ކަންހިނގާފައިވާ ގޮތަށް ބަލައިގެންނެވެ؛ އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ ކަމަށް ބުނާ އަގެއް ފުރަތަމަ މަރުޙަލާގެ ކޯޓަކުން ނަގައިނުދިން ކޮންމެ ފަހަރަކު އަސާސީ ޙައްޤު ގެއްލުނު ކަމަށް ބުނުމަކީ އިސްތިއުނާފު ބަލައިގަތުމަށް އެކަށީގެންވާ ސަބަބެއް ނޫނެވެ؛ ޤާނޫނުއަސާސީ ނުވަތަ ޝަރުޢީ އުޞޫލަކާ ގުޅުވައި ޤާނޫނީ ބަހުޘެއް ބުނެދެވެންޖެހޭނެއެވެ.
- ކޮންޓްރެކްޓާބެހޭ ޤާނޫނަކީ ފުޅާ ދާއިރާއެއް ހިމެނޭ ޤާނޫނަކަށްވާތީ، ނިންމުމެއް އެ ޤާނޫނާ ޚިލާފު ކަމަށް ބުނުމަކުން އިސްތިއުނާފަށް ނުފުދޭނެއެވެ؛ ޚިލާފުވަނީ އެ ޤާނޫނުގެ ކޮން އުޞޫލަކާކަން ނުވަތަ ނިންމުމުން އުފެދޭ ބަހުޘު ސާފުކޮށްދޭންޖެހޭނެއެވެ، އެހެންނޫނީ ޝަރީޢަތަށާއި ރައްދުވާ ފަރާތަށް ޖަވާބުދާރީވާނެ ގޮތެއް ނޭނގޭނެއެވެ.
- ދެފަރާތުގެ އެއްބަސްވުމުގެ މާއްދާތަކުގެ ދަށުން ފައިސާ ލިބެންވީ ގޮތާމެދު ދަށުކޯޓުން ސަބަބާއެކު ގޮތެއް ބުނެދީފައިވާއިރު، އެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތް ސާފުނުކޮށް އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެއެވެ.
3މިއީ، ސިވިލް ކޯޓގު ނަންބަރު 1944/Cv-C/2018 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ، […] ކ.މާލެ މޫސާ ޤާސިމް (މީގެ ފަހުން "މޫސާ ޤާސިމް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") އިން އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
3. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ލ.މާވަށް، […] އިސްމާޢީލް ރަފީޢު (މީގެ ފަހުން "އިސްމާޢީލް ރަފީޢު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. ފަސްފަހަތް:
2އިސްމާޢީލް ރަފީޢު އާއި، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ދެމެދު އުފެދުނު މަދަނީ ޚސޫމާތަކު ގުޅިގެން، ފައިސާ ހޯދުމުގެ މައްސަލައެއް ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާއިން ބެލެވެމުން ދިޔައެވެ. މިޤަޟިއްޔާގައި ދަޢުވާ ކުރާ ފަރާތަކީ، އިސްމާޢީލް ރަފީޢުއެވެ.
1. ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި އިސްމާޢީލް ރަފީޢުގެ ބަދަލުގައި ސިވިލް ކޯޓަށް ޙާޟިރުވެ ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް އިސްމާޢީލް ރަފީޢު އާއި މޫސާ ޤާސިމްއާއި ދެމެދު 35 އޯގަސްޓް 3233 ގައި "މައްސަލައާއި ޙަވާލުވުމުގެ އެއްބަސްވުން" މިނަމުގައު އެއްބަސްވުމެއް ވެވުނެވެ. ސިވިލް ކޯޓގު ނަންބަރު 1944/Cv-C/2018 ޤަޟިއް ޔާގ މައްސަލެ ހުށަހަޅަ ފޯމު – ސުރުހީ 2 ގެ 23 ވަނަ ޕެރެގްރާފް މައްސަލައާއި ޙަވާލުވުމުގެ އެއްބަސްވުން -35 އޯގަސްޓް 3233
5އެއްބަސްވުމުގައ "ޙަވާލުކުރެވޭ މައްސަލަ" މި ސުރުޙީގެ ދަށުން ބަޔާންކޮށްފައިވަނީ "ލ.އޮޅުވެލި ރިސޯޓުން ޑީސަލާއި ޕެޓްރޯލް ނަގައި އަގު އަދާނުކޮށްވާތީ މިފައިސާ ހޯދުމުގެ މައްސަލަ" މިފަދައިންނެވެ.
6ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވަނީ، ދަޢުވާގައި އިސްމާޢީލް ރަފީޢުގެ ފަރާތުން ހޯދުމަށް އެދިފައިވާ ޖޫރިމަނާ ފައިސާގެ ޢަދަދު ނަގައިދެވެން ނެތްކަމަށް ކަނޑައަޅައެވެ.
3ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާ ގެ ޝަރީޢަތުގައި އިސްމާޢީލް ރަފީޢުގެ ބަދަލުގައި މޫސާ ޤާސިމް ކޮށްދީފައިވާ މަސައްކަތުގެ އުޖޫރަ ހޯދުމަށް 33 އޮކްޓޯބަރު 3233 ގައި ސިވިލް ކޯޓަށް މޫސާ ޤާސިމް މައްސަލަ ހުށަހެޅިއެވެ. އެއީ ނަންބަރު 1726/Cv-C/2012 ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި ސިވިލް ކޯޓުން ނިންމާފައިވަނީ، އަންނަނިވި ފަދައިންނެވެ. "ސިވިލް ކޯޓުގެ ނަންބަރ 1878/Cv-C/2011 ޤަޟިއްޔާގައި މޫސާ ޤާސިމް ޝަރީޢަތަށް ޙާޟިރުވެފައިވަނީ، އިސްމާޢީލް ރަފީޢުގެ ބަދަލުގައި ޙާޟިރުވާ ފަރާތެއްގެ ޙައިޞިއްޔަތުން ކަމުގައިވާތީ، ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ގުޅުމަކީ، ބަދަލު ހަމަޖެއްސުމުގެ ސަބަބުން އުފަންވެފައިވާ ގުޅުމެއްކަމާއި، މިފަދަ ގުޅުން އުފަންވެފައިވަނީ، ފައިސާގެ މައްޗަށް ބިނާވެ ޚިދުމަތެއް ހިމެނިގެން ކަމުގައިވަނީނަމަ، އެގުޅުމުގެ މައްޗަށް ތަތުބީޤު ކުރެވޭނީ، ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު)ކަމާއި، މިގޮތުން ދެފަރާތުގެ ދެމެދުގައި ޚިދުމަތް ދިނުމަށާއި، ލިބިގަތުމަށްޓަކައި 35 އޮގަސްޓް 3233 ވަނަ ދުވަހު ވެފައިވާ އެއްބަސްވމުގު ދަށުން ޓްރަސްޓް ޕޭމަންޓްގެ އިތުރުން މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ ފައިސާ ދިނުމަށް އެއްބަސްވެފައިވަނީ، ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާ އިސްމާޢީލް ރަފީޢަށް ލިބޭތާ ލަސްވެގެން 35 ދުވަހުގެ ތެރޭގައި ކަމަށްވެ ފައި، ސިވިލް ކޯޓުގެ ނަންބަރު /2011-1878/Cv ޤަޟިއްޔާގައި ޖޫރިމަނާގެ ފައިސާ އިސްމާޢީލް ރަފީޢަށް ނަގާދީފައިނުވާތީ، އިސްމާޢިލް ރަފީޢަށް ލިބިފައިނުވާ ފައިސާއެއް އެއްބަސްވުމުގެ ދަށުން ނަގާދޭނެ ތަނެއް ނެތްކަމަށް"
2. ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި ޖޫރިމަނާ ފައިސާ ނަގައި ނުދޭން ނިންމި ނިންމު ނ އިސްމާޢީލް ރަފީޢުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު -3,938,536/ރ (ތިން މިލިއަން ނުވް ލައްކަ ތިރީސް އަށްހާސް ފައްސަތޭކަ ތިރީސް ހައެއް) ކުރުމށަ ހައިކޯޓަށް ހުށަހަޅާފައިވަނީ، މޫސާ ޤާސިމުގްއަތުނ މައްސަލް ނެގުމަށްފަހު އެހެން ވަކީލަކު މެދުވެރިކޮށް ކަމަށް މޫސާ ޤާސިމް ފާހަގަކުރެއެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލިފައިވަނީ ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާއެވެ. މިޤަޟިއްޔާއިން ބިލްތަކުގެ ޖޫރިމަނާ ފައިސާގެ ގޮތުގައި -3,730,492/ރ. (ތިން މިލިއަން ހަތްލައްކަ ތިރީސްހާސް ހަތަރުސަތޭކަ ނުވަދިހަ ދެރުފިޔާ) އިސްމާޢީލް ރަފީޢަށ ދިނުމަށް ޙުކުމްކޮށްފައިވެއެވެ. ސިވިލް ކޯޓުގެ މަރުޙަލާ:
32.ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2012/HC-A/238 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން އިސްމާޢީލް ރަފީޢަށް ލިބެންޖެހޭ ޖޫރިމނަ ގ ފައިސާ، 2323 ފެބްރުއަރީ މަހު އިސްމާޢީލް ރަފީޢުއަށް ލިބުމާއި ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި އިސްމާޢީލް ރަފީޢުގެ ބަދަލުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން، މޫސާ ޤާސިމް އަށް ލިބެންޖެހޭ އުޖޫރަ ހޯދުމަށް މޫސާ ޤާސިމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
33.އެމައްސަލަ ބަލާފައިވަނީ، އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 1944/Cv-C/2018 ޤަޟިއްޔާއިންނެވެ.
33.މޫސާ ޤާސިމްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގެ މަސައްކަތް ކޮށްދިނީތީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މޫސާ ޤާސިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ދަޢުވާ ހުށަހަޅާ ފޯމް" ގެ 2 ވަނަ ނަންބަރުގެ 2 ވަނަ ޕޮއިންޓް އުޖޫރައިގެ ގޮތުގައި ޖުމްލަ -1,458,546/ރ. (އެއް މިލިއަން ހަތަރުލައްކަ ފަންސާސް އަށްހާސް ފައްސަތޭކަ ސާޅީސް ހައެއް) ހޯދުމަށެވެ.
32.ރައްދުގައި އިސްމާޢީލް ރަފީޢުގެ ފަރާތުން ބުނެފައިވަނީ، އިސްމާޢީލް ރަފީޢުއަށް ޖޫރިމަނާ ފައިސާ ލިބިފައިވަނީ، ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ދަށުންކަމަށާއި، ހައިކޯޓު މަރުޙަލާގައި، އިސްމާޢީލް ރަފީޢު ތަމްސީލް ކޮށްފައިވަނީ، މޫސާ ޤާސިމް ނޫންކަމަށް ވުމުން، މިދަޢުވާގައި މޫސާ ޤާސިމް ހޯދުމަށް އެދިފައިވާ ފައިސާއަކީ، މޫސާ ޤާސިމް ނުކުރާ މަސައްކަތަށް އުޖޫރައިގެ ފައިސާ ހޯދުން ކަމަށްވުމުން، އެއް މޫސާ ޤާސިމަށ ލިބުން ޙައްޤް ނޫނު މަންފާއެއްކަމަށް ދެކޭކަމަށެވެ.
31.މިޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މޫސާ ޤާސިމަށ ދިނުމަށް އެއްބަސްވެފައިވާ މަސައްކަތުގެ އުޖޫރަކަމަށްވާ، ޓްރަސްޓް ޕޭމަންޓްގެ ގޮތުގައި، -50,000/ރ. (ފަންސާސްހާސް ރުފިޔާ) އަދި މޫސާ ޤާސިމަށް އިސްމާޢީލް ރަފީޢު ޙަވާލުކުރި މައްސަލައިން އިސްމާޢީލް ރަފީޢަށ ލިބުން ޖޫރިމަނާ ފައިސާގެ 50% (ފަންސާސް އިންސައްތަ) އަށްވާ ފައިސާގެ ތެރެއިން ދަޢުވާގައި މޫސާ ޤާސިމް ހޯދުމަށް އެދިފައިވާ ފައިސާއަކީ މޫސާ ޤާސިމަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައެވެ.
35.ސިވިލް ކޯޓުގެ މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. އެއީ:- ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާއިން ބިލްތަކުގެ ޖޫރިމަނާގެ ގޮތުގައި އިސްމާޢީލް ރަފީޢަށ ދިނުމަށް ޙުކުމްކޮށްފައިވާ -3,730,492/ރ. (ތިން މިލިއަން ހަތްލައްކަ ތިރީސްހާސް ހަތަރުސަތޭކަ ނުވަދިހަ ދެ ރުފިޔާ) ގެ 50% އަށްވާ -1865246/ރ. (އަށާރަލައްކަ ފަސްދޮޅަސްފަސްހާސް ދުއިސައްތަ ސާޅީސް ހައެއް) އަދި ޓްރަސްޓް ޕޭމަންޓްގެ ގޮތުގައި، -50,000 -19,15246/ރ. (ނަވާރަލައްކަ ފަނަރަހާސް ދުއިސައްތަ ސާޅީސް ހައެއް) ރުފިޔާގެ ތެރެއިން އިސްމާޢީލް ރަފީޢުގެ ކިބައިން މޫސާ ޤާސިމް އަށް ލިބިފައިވާ -456,700/ (ހަތަރުލައްކަ ފަންސާސްހަހާސް ހަތްސަތޭކަ ރުފިޔާ) އުނިކުރުމުން ލިބެންވާ -1,458,546/ރ. (އެއް މިލިއަން ހަތަރުލައްކަ ފަންސާސް އަށްހާސް ފައްސަތޭކަ ސާޅީސް ހައެއް) ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތައް (ޅ) ދަށުކޯޓުގެ ޙުކުމް
35.3. ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް އިސްމާޢީލް ރަފީޢު ބޭނުންވެގެން ލިޔުންތައް ހޯދުމަށް މޫސާ ޤާސިމަށް އަންގާ، އަދި އެންގުމާ އެއްގޮތަށް ލިޔުންތައް އިސްމާޢީލް ރަފީޢުއަށ ޙަވާލުކުރިކަން ދެފަރާތުގީ ބަހުން އެނގެން އޮތުމުން، މައްސަލަ އަނބުރާ އަތުލާފަވަނީ، އެއްބަސްވުމާ ޚިލާފަށްކަން ބެލެވެން ނެތަތީ، އެއްބަސްވުން އެހިނދުން ފެށިގެން ނިމުމަކަށް އައިސްފައިވާކަން؛
35.3. އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ވަކީލަށް ދިނުމަށް ކަނޑައެޅިފައިވާ އުޖޫރަ ފުރިހަމައަށް ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާތީއާއި، އުޖޫރަ ދޭންޖެހޭ ވަގުތު އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މޫސާ ޤާސިމް ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ މަސައްކަތުން، އިސްމާޢީލް ރަފީޢަށް ލިބިފައިވާ ބަދަލެއް އެއްބަސްވުމާ އެއްގޮތަށް މޫސާ ޤާސިމަށ ދޭންޖެހޭކަން އެނގެން އޮތަތީ، އުޖޫރައިގައި ހިމެނޭ ޓްރަސްޓް ޕޭމަންޓް -50,000/ ރ. (ފަންސާސްހާސް) އިސްމާޢީލް ރަފީޢުގެ ފަރާތުނީ މޫސާ ޤާސިމަށް ދޭންޖެހޭކަން؛
35.2. ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، މޫސާ ޤާސިމް އަށް ޙަވާލުކޮށްފައިވަނީ، އޮޅުވެލި ލާމު ހޯލްޑިންގްސް ޕވޓ ލޓޑ އަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ސިވިލް ކޯޓު މަރުޙަލާކަމާއި، ހައިކޯޓާއި ސުޕްރީމް ކޯޓު މަރުހަލާގައި އެމަސައްކަތް ކޮށްފައިވަނީ މޫސާ ޤާސިމް ނޫންކަމުން ނުކުރާ މަސައްކަތަށް އުޖޫރައެއް ދޭން އެންގުމަކީ، ޙައްޤު ނޫން މަންފާއެއް މޫސާ ޤާސިމަށް ހޯދައި ދިނުންކަން؛
35.1. ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި އިސްމާޢީލް ރަފީޢު އަތުން ހޯދުމަށް އެދިފައިވާ ޖޫރިމަނާ ފައިސާ އިސްމާޢީލް ރަފީޢަށް ލިބިފައިވަނީ، ދެފަރާތުގެ ދެމެދު ދަށު ކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ކަންތައްތައް (ކ) އބޙ ގެ (އ) އބޙ ގެ (މ) ވެފައިވް އެއްބަސްވުމުގާ ދަށުން ކަމަށް ނުވެފައި، އަދި މޫސާ ޤާސިމް ކުރި މަސައކަތުންކަމުގައި ނުވާތީ، އަދި އުޖޫރައިގެ ގޮތުގައި -00/456,7ރ. (ހަތަރުލައްކަ ފަންސާސްހަހާސް ހަތްސަތޭކަ) މޫސާ ޤާސިމަށް ލިބިފައިވާތީ، ޓްރަސްޓް ޕޭމަންޓްގެ ގޮތުގައް ހޯދުމަށް އެދުނު -50,000/ރ. (ފަންސާސްހާސް) މިމައްސަލައިގެ ތެރެއިން ނަގައިދޭނެ ޤާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަން؛ މިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓށަ ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާ
36ސިވިލް ކޯޓުގެ ނަންބަރު 1944/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މޫސާ ޤާސިމްގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި އެނުކުތާއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވަނީ އަންނަނވި ނުކުތާއެވެ. އެއީ؛
36.3. ސިވިލް ކޯޓުގެ ނަންބަރު 1944/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސގީ 23 ވަނަ މާއްދާގެ (ށ) އިން ލިބިދޭ އަސާސީ ޙައްޤަކުން މަޙްރޫމްކޮށް، ކޮންޓްރެކްޓާބެހޭ ޤާނޫނާއި، ޝަރުޢީ އުޞޫލާއި ޚިލާފަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
33.އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި މޫސާ ޤާސިމް ބުނެފައިވަނީ، އިސްތިއުނާފީ ނުކުތާ ދެބަޔަކަށް ބަހާލެވޭ ކަމަށެވެ. އެގޮތުން ސިވިލް ކޯޓުގެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ
(ށ) އިން ކަށަވަރުކޮށްފައިވާ އުޖޫރަ ލިބުމުގެ ޙައްޤުން މަޙްރޫމްވާ ކަމަށެވެ. ދެވަނަ ކަމަކަށް ސިވިލް ކޯޓުގެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފުކަމަށެވެ.
33.3. ޤާނޫނުއަސާސީގެ 23 (ށ) އާ ޙަވާލާދީ ތަފްސީލުކުރަމުން ފާހަގަކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ޓްރަސްޓް ޕޭމަންޓުގެ ގޮތުގައި -/52،222ރ. (ފަންސާސ ހާސް ރުފިޔާ) ދައްކައި މައްސަލައިގައި ލިބެންވާ ފައިސާގެ ތެރެއިން ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާއަށްވާ ފައިސާގެ %52 (ފަންސާސް ޕަސެންޓް) މޫސާ ޤާސިމްއަށ ދިނުމަށް އެއްބަސްވެފައިވާއިރު، މިފައިސާ ނަގައި ނުދިނުމަކީ ބުނެވުނު އަސާސީ ޙައްޤުން މަޙްރޫމްވާ ކަމެއް ކަމަށެވެ.
33.3. ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު ކަމަށް ބުނެ ތަފްސީލުގައި ބަޔާންކޮށްފައިވަނީ، އެއްބަސްވުމުގައި މައްސަލަ ދޫކޮށްލެވޭ ގޮތާއި، އަނބުރާ އަތުލެވޭ ގޮތް ބަޔާންކޮށްފައިވާ ކަމާއި، މި ދެ ޙާލަތުގައިވެސް މަސައްކަތުގެ އުޖޫރަ ދޭންޖެހޭކަމަށް ބަޔާންކޮށްފައި އޮތުމުން، ޚިދުމަތެއް އަދާކޮށްފައިވާ އެއްބަސްވުމެއްނަމަ، އެޚިދުމަތަކަށް ކަނޑައެޅިފައިވާ އުޖޫރަ ލިބުމަކީ، ޝަރުޢީ އަދި ޤާނޫނީ ޙައްޤެއްކަމަށް ވާއިރު، ނުކުރާ މަސައްކަތެއްކަމަށް ޝަރީޢަތުން ކަނޑައަޅާ އުޖޫރަ ޙައްޤު ނުވާނެކަމަށް ކަނޑައަޅާފައި ވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށްކަމަށެވެ.
32.މިމައްސަލައިގައި ލިޔުމުން ހުށަހަޅާފައިވާ ޖަވާބުގެ ތަފްސީލަށް ދިއުމުގެ އިތުރުން، އިސްތިއުނާފީ ނުކުތާތަކުން އުފެދޭ ޤާނޫނީ ބަޙުޘު ސާފު ނުވާ ކަމަށާއި، މިއީ ހައިކޯޓުން ބަލައިގަނެވެން ވާނެ މައްސަލައެއް ނޫން ކަމަށް ފާހަގަކޮށްފައިވެއެވެ.
33.އިސްތިއުނާފީ ނުކުތާ ތަކުގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި އިސްމާޢީލް ރަފީޢުގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުން ބެލެވެމުން މިދާ ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރ 1726/Cv-C/2012 35 އޮގަސްޓް 3233 ގައި ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މަޙްޟަރު ބަޔާން – ސަފްޙާ 2 ޤަޟިއްޔާއަކީ، އެއް އެއްބަސްވުމެއްގެ މައްޗަށް ހިމެނޭ އެއް ޙަސްމުންތަކެއް ހިމެނޭ3 ޤަޟިއްޔާކަމުނ "ރެސް ޖުޑިކާޓާ" މަބްދަޢު ތަތުބީޤު ކުރެވޭނެކަމަށެވެ. އޭގެ އިތުރުން، ދަޢުވާގައި އުޖޫރަކަމަށ ބަޔާންކޮށް ހޯދުމަށް އެދިފައިވާ ފައިސާ މޫސާ ޤާސު މްއަށް ދޭންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތްކަމަށެވެ. އެއީ، ޓްރަސްޓް ޕޭމަންޓްގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަށް ވުރެ ގިނަ ލާރި އިސްމާޢީލް ރަފީޢު އަތުން މަކަރާއި ހީލަތުން މޫސާ ޤެ ސިމް ނަގާފައިވުމާއި، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގ ދަށުން، މައްސަލައަކީ، ހަމައެކަނި ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 މައްސަލކަމާއި، މިކަމަށް މޫސާ ޤާސިމްވެސް އެއްބަސްވާކަމަށާއި، އުޖޫރައިގެ ގޮތުގައި ހޯދުމަށް އެދިފައިވާ ޖޫރިމަނާ ފައިސާގެ 50% އަކީ، އެދަޢުވާ ކާމިޔާބުވުމަށްފަހު، އެފައިސާ އިސްމާޢީލް ރަފީޢަށް ލިބޭތާ 35 ދުވަސް ތެރޭ މޫސާ ޤާސިމަށް ދޭންޖެހޭ ފައިސާކަމުން، ޖޫރިމަނާ ފައިސާ މޫސާ ޤާސިމަށް ލިބިފައިވަނީ، ހައިކޯޓުގެ މަރުހަލާގައި ކަމަށްވެފައި، އެމަރަހުލާގައި އިސްމާޢީލް ރަފީޢު ތަމްސީލް ކޮށްފައިވަނީ، މޫސާ ޤާސިމް ނޫންކަމުން އެފައިސާއަކީ މޫސާ ޤާސިމަށް ޙައްޤުވާ ނ ފައިސާކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ. ދެފަރާތުން އެދޭ ގޮތް:
32. މޫސާ ޤާސިމްގެ ފަރާތުންއެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1944/Cv-C/2018 ޤަޟިއްޔާ އެކޯޓުން ބަލާ ނިންމާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޢަދުލުވެރި އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި، އެ ޤަޟިއްޔާގައި މޫސާ ޤާސިމް ހޯދުމަށް ދަޢުވާކުރި -1,458,546/ރ. (އެއް މިލިއަން ހަތަރުލައްކަ ފަންސާސް އަށްހާސް ފައްސަތޭކަ ސާޅީސް ހައެއް) އަކީ އިސްމާޢީލް ރަފީޢު، މޫސާ ޤާސިމް އަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާ 2 މަސްދުވަސްތެރޭ ދިނުމަށް އިސްމާޢީލް ރަފީޢަށް އަންގައި ޙުކުމްކޮށް ދިނުމަށެވެ.
33.އިސްމާޢީލް ރަފީޢުގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1944/Cv-C/2018 ޤަޟިއްޔާ ބައްލަވާ ނިންމާފައިވަނީ، މަދަނީ މައްސަލަތައް ފައިޞަލާކުރުމުގައ ޢަމަލުކުރި އިޖުރާއަތުތަކާއި، އެމައްސަލައަށް ތަތުބީޤުކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާތީ، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ، އެ ޤަޟިއްޔާގެ ޙުކުމް ދަމަހައްޓައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
33.ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރަނީ، ދަށު ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނޭ ޙާލަތްތަކެވެ . މިގޮތުން، މި މާއްދާގައިވާ ގޮތުގެ މަތިން ދަށު ކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ، އެ ނިންމުން ބިނާކުރެވިފައި ވަނީ، ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް، ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި، ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލު ކުރެވޭނެ ކަންކަން ހުރު މުން ކަމަށެވެ.
32. ޝަރީޢަތުގެ ފުރަތަމަ މަރޙު ލާގައަ އިއްވި ޙުކުމްތައް، ނުވަތަ ނިންމާ ނިންމުންތައް، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޓަކައި، އިސްތިއުނާފު ކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނާ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ޤާނޫނު ނަންބަރު 3232/33 އޯޝަން ހަރވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު 2021/SC-A/77 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 12 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެ ވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ، ތިމަންނަގެ ޙައްޤް ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 12 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލު ނުވެ ވެއެވެ. ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ޙައްޤް ތައު ގެއްލިފައިވާ ކަމަށް ބުނާ ބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމުގެ އިތުރުކަމެއް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެ އެވެ. ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ، ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ، ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ ."
31.ބުނެވުނު އުސޫލު މިމައްސަލައަށް ތަޠްބީޤުކުރުމަށް ބަލާއިރު، އިސްތިއުނާފީ ނުކުތާގައި ސިވިލް ކޯޓުގެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅިފައިވާ ވަޒީފާ އަދާކުރުމުން ލިބެން ޖެހޭ އުޖޫރަ ލިބުމުގެ ޙައްޤުން މ ޙރޫމްވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ތަކުރާރުކޮށް ބުނެފައިވެއެވެ. އިސްލާމީ ޝަރީޢަތުގައި ވެސް މިޙައްޤު މިގޮތުގައި ލިބިދީފައިވާ ކަމަށް ފާހަގަކުރެއެވެ.
35. ޤާނޫނުއަސާސީގެ 23 (ށ) ގެ ދަށުން ވަޒީފާގެ އުޖޫރައަކީ، ކަށަވަރުވެގެންވ އަސާސާ ޙައްޤެކެވެ. މަސައްކަތުގެ އުޖޫރަ ދިނުމަކީ، އިސްލާމީ ޝަރީޢަތުގައިވެސް ބާރުއަޅި ކަމެކެވެ.
36.މިޙައްޤުތަކާއ ވާޖިބުތަކާއި ގުޅިގެނި ހުށަހެޅް މައްސަލަތައް ނިންމަނީ، ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވމަށާއު ކަނި ހިނގާފައިވާ ގޮތަށް ބަލައެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ހުށަހަޅާ މައްސަލައެއްގައި ވަޒީފާއިން ވަކިކުރީ، ރަނގަޅަށް ކަމަށް ވަޒީފއާބެހާ ޓްރައިބިއުނަލުން ނިންމާ ޙާލަތްތަކެއް ހުރެދާނެއެވެ. މިފަދަ ކޮންމެ މައްސަލައެއްގައި އެ ނިންމުމަކީ، ވަޒީފާއަދާ ކުރުމުގެ ޙައްޤު ނިގުޅައިގަނެވިފައިވާ މައްސަލައެއް ކަމަށް ބުނެ އެނިންމުން އިސްތިއުނާފުކުރެވިދާނެތޯއެވެ؟ ނޫނެކެވެ. ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ އިސްތިއުނާފީ އޮޅިގަނޑު ގިރ ކުރުމަށްޓަކައި އެނިންމުމަށް ވާސިލުވުމުގައި ޤާނޫނީގޮތުން ހެދިފައިވާ ގޯހެއް/ ނުވަތަ ބަހުޘެއް ބުނެދެވިގެން ނޫނީ އެފަދަ އިސްތިއުނާފ ނުކުތާއެއް ކުރިއަށް ނުގެންދެވޭނެއެވެ.
33. މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުމަށް ބަލާއިރު، މޫސާ ޤާސިމް އާއި އިސްމާޢީލް ރަފީޢުއާ ދެމެދު އޮތީ، އިސްމާއީލް ރަފީޢު ދޢަ ވ ކުރާ މައްސަލައެއްގައި އޭނާ ގެ ބަދަލުގައި ކޯޓަށް ދިއުމުގެ ޒިންމާއެކެވެ. އެޒިންމާ އަދ ކުރެވުމުން މުޤާބިލުގައި އަގެއް މޫސާ ޤާސިމްއަށް ލިބެންޖެހެއެވެ. މިދެފަރާތުގެ ދެމެދުގައި މިއުފެދުނީ ވަޒީފާގެ ގުޅުމެއްތޯ އެވެ؟ ޤާނޫނުއަސާސީ 23 ވަނަ މާއްދާގެ ދަށުން ލިބޭ ޙައްޤު މިއެއްބަސްވުމުގެ ދަށުން ލިބޭތޯ އެވެ؟ އެއްބަސްވުމެއްގެ ދަށުން ލިބެން ޖެހޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތަކަށް ޤަބޫލުކުރެވޭ އަގެއް، ފުރަތަމަ މަރުޙަލާގެ ކޯޓަކުން ނަގައިދެވޭނެ ކަމަށް ކަނޑައެޅޭ ކޮންމެ ފަހަރަކު އެފަރާތަށް ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބޭ ޙައްޤު ގެއްލިއްޖެކަމަށް ބުނުމަކީ، އެނިންމުން އިސްތިއުނާފުކޮށް ބަލައިގަތުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި ނުދެކެމެވެ. ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) ނުވަތަ ޝަރުއީ އުސޫލަކާއި ގުޅުވައު ޤާނޫނީ ގޮތުން އުފެދޭ ބަހުޘެއް ބުނެދެވިގެން މެނުވީ އެނުކުތާއާ މެދު މިކޯޓުން ގޮތެއް ކަނޑައެޅޭނެ ގޮތެއް އޮތް ކަމުގައި ނުދެކެމެވެ.
32.އިސްތިއުނާފީ ނުކުތާގައި މޫސާ ޤާސިމްގެ ފަރާތުން ދެވަނަ އަށް ފާހަގަކުރާ ކަމަކީ، ސިވިލް ކޯޓުގެ ނިންމުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު ނިންމުމެއް ކަމެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނަކީ، އެއްބަސްވުމަކަށް ވަނުމަށް ޝަރުޠު ހަމަވާ މީހުންނަކީ ކޮބައިކަމާއި، އެއްބަސްވުމަކަށް ވަނުމަށް ހުށަހެޅުމާއި ޤަބޫލުކުރުމަކީ ކޮބައިކަމާއި، ޝަރުޠުތަކަކީ ކޮބައިކަމާއި، އެއްބަސްވުމެއް އޮންނަންވީ ގޮތާއި، ބާޠިލުވާނެ ގޮތާއި، ލުއި ދެވޭނެ ގޮތާއި، ބަދަލުދެވޭނެ ގޮތް ބަޔާންކުރާ ތަން މިނަށް ފުޅާ ޤާނޫނެކެވެ. އެއްބަސްވުމެއް ހިމެނޭ ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމަށްޓަކައި، އެ ނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު ކަމަށް ބުނުމަކުން ނުފުދެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ ފުޅާ (Scope) ދާއިރާ އަށް ބަލައި އިސްތިއުނާފ މެދާ ގޮތެއު ނިންމުމަށްޓަކައި ފަށަންވީ ހިސާބެއް ޝަރީޢަތަށް ނޭނގޭއިރު، ޖަވާބުދާރީވާން ވީ ގޮތެއް ވެސް އިސްތިއުނާފު ރައްދުވާ ފަރާތަކަށް ނޭނގެއެވެ.
33.އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ހުށަހެޅިފައިވާ ކަންކަމަށް ބަލާއިރު، ސުވާލު އުފައްދަން އުޅެނީ، ސިވިލް ކޯޓުގެ ނިންމުން ދެފަރާތުގެ ދެމެދުގައި ކަނޑައެޅިފައިވާ އެއްބަސްވުމުގެ ޝަރުޠުތަކާ ޚިލާފު ކަމަށް ބުނެ ކަމަށް، ކޮންމެވެސް ވަރަކަށް ލަފާކުރެވެއެވެ. އެގޮތުން އެއްބަސްވުމުގެ 5 ވަނަ މާއްދާގައި މަސައްކަތުގެ އަގު ކަނޑައެޅިފައިވާއިރު، އެއްބަސްވުމުގެ 2 ވަނަ މާއްދާގައި މައްސަލަ ދޫކޮށްލި ކަމުގައިވިޔަސް މި އަގު އަދާކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، މިފައިސާ ޝަރީޢަތނު ނަގައިދީފައިނުވަނީ، އެއްބަސްވުމުގައި މިމާއްދާއާ ޚިލާފަށް ކަމުގައި ބުނަން މަސައްކަތްކުރާ ކަމުގައި ބަލަމާ ހިނގާށެވެ.
22.ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ޤާނޫނު ނަންބަރު 4/91 މައްސަލައިގެ އުޖޫރައާއި، އުޖޫރަ ދިނުން: މިމައްސަލައިގެ މަސައްކަތުގެ އުޖޫރައަކީ މައްސަލައިގެ ޓްރަސްޓް ޕޭމަންޓެއްގެ ގޮތުގައި -50,000/ (ފަންސާސްހާސް) ރުފިޔާއާއި، ހުށަހަޅާ މައްސަލައިގެ ލިބެންވާ ފައިސާގެ ތެރެއިން ޑިއު ވެފައިވާ ޢަދަދުކަމުގައިވާ -3,938,536/ ރުފިޔާގެ 50% އަށްވާ -1,969,268/ ރުފިޔާއެވެ . އުޖޫރަދިނުމަށް އެއްބަސްވަނީ މައްސަލަނިމި އިސްމާޢީލްރަފީޢަށް ފައިސާލިބޭތާ ލަސްވެގެން 35 (ފަނަރަ) ދުވަހުގެ ތެރޭ މައްސަލަ ޙަވާލުކުރި ފަރާތުން މައްސަލައާއި ޙަވާލުވި ފަރާތަށް އެއްފަހަރާދީ އުޖޫރަ ޚަލާސްކުރުމަށެވެ.
23.އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ރ) ގައި ވަނީ އަންނަނިވި ފަދައިންނެވެ.
(ރ) ޙަވާލުކުރެވޭ މައްސަލަ ދޫކޮށްލަންވާނީ މައްސަލަ ޙަވާލުކުރި ފަރާތުގެ އިޒުނަ ލިބިގެންނެވެ. އަދި މައްސަލަ އަނބުރާ އަތުލެވޭނީ ވެސް ވަކީލުގެ ރުހުން ލިބިގެންނެވެ. މިގޮތުން މައްސަލަ ދޫކޮށްލި ކަމުގައި ވިޔަސް ކަނޑައެޅިފައިވާ އުޖޫރަ ވަކީލަށް ދޭން ޖެހޭނެއެވެ. އަދި، އަމިއްލަ ގޮތުން މައްސަލަ ހައްލުކުރި ނަމަވެސް ވަކީލަށް ދިނުމަށް ކަނޑައެޅިފައިވާ އުޖޫރަ ފުރިހަމަ އަށް ދީ ނިންމަން ވާނެއެވެ.
(ބ) މައްސަލަ ސިވިލް ކޯޓުން ނިންމަވާ ގޮތާއި މެދު އިސްމާޢީލް ރަފީޢު ހިތް ހަމަ ނުޖެހޭނަމަ އިސްތިއުނާފށަ ދިއުމުގެ ޒިންމާއާއި، މަސައްކަތަކީ މައްސަލައާއި ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ."
23.ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުމަކީ މައްސަލައެއްގައި ކޯޓަށް ބަދަލުގެ ގޮތުގައި ދިއުމުގެ އެއްބަސްވުމެކެވެ. އެއީ "އޮޅުވެލި ލާމު ރިސޯޓުން ޑީސަލާއި ޕެ ޓްރޯލް ނަގައި އަގު އަދާކޮށްފައި ނުވާތީ، މިފައިސާ ހޯދުމުގެ މައްސަލަ" އިގައެވެ. މި މިންވަރަކުން މިއެއްބަސްވުމަކުން މަސައްކަތުގެ ތަފްސީލެއް ފުރިހަމައަށް ނުލިބެއެވެ. އެހެންނަމަވެސް، އެއްބަސްވުމުގެ 5 ވަނަ މާއްދާއިން ހޯދަން އެދޭ ފައިސާއަކީ، މަސައްކަތު ގެ އުޖޫރައިގެ ގޮތުގައި ޓްރަސްޓް ޕޭމަންޓެއްގެ ގޮތުގައި -50,000/ (ފަންސާސްހާސް) ރުފިޔާއާއި، ހުށަހަޅާ މައްސަލައިގެ ލިބެންވާ ފައިސާގެ ތެރެއިން ޑިއުވެފައިވާ ޢަދަދުކަމުގައިވާ -3,938,536/ ރުފިޔާގެ 50% އަށްވާ -1,969,268/ ރުފިޔާއެވެ. މިފައިސާ މޫސާ ޤާސިމްއަށް ލިބެނީ، އިސްމާޢިލް ރަފީޢުއަށް ފައިސާ ލިބޭތާ 35 ދުވަހުގެ ތެރޭގައެވެ.
22.ސިވިލ ކޯޓުން މިމައްސަލަ ނިމުނު އިރު ނިންމާފައިވަނީ، ދަޢުވާގައި އިސްމާޢީލް ރަފީޢުގެ ފަރާތުން ހޯދުމަށް އެދިފައިވާ ޖޫރިމަނާ ފައިސާގެ ޢަދަދު ނަގައިދެވެން ނެތްކަމަށް ކަނޑައަޅައެވެ. ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، މި ނިންމުން އިސްތިއުނާފު ކުރުމަކީ މޫސާ ޤާސިމްގެ ޒިންމާއެކެވެ.
43ސިވިލް ކޯޓުން މައްސަލަ ނިމުނު ހިސާބުން ދެފަރާތުގެ ދެމެދުގައި މައްސަލަތަކެއް ޖެހުނު ކަން ދެފަރާތުގެ ބަހުން އެނގެއެވެ. އިސްމާޢީލް ރަފީޢު ފާހަގަކުރަނީ، އެފަރާތުގެ ފައިސާއަށް މޫސާ ޤާސިމް ޚޔާނި ތ ތެރިވެފައިވާ ކަމަށެވެ. މޫސާ ޤާސިމް ފާހަގަކުރަނީ، އިސްމާޢީލް ރަފީޢު އެފަރާތުގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވަނީ ކަމަށެވެ. ދެފަރާތުގެ ދެމެދުގައި އިތުބާރު ގެއްލި ޖެހުނު މައްސަލައިގެ ސަބަބުން މިފައިސާ ހޯދުމުގެ މައްސަލައިގައި މޫސާ ޤާސިމް ފަހުން ޙާޟިރުވެފައިނުވާކަން ދެފަރާތުގެ ބަހުން ސާފެވެ.
43.ސިވިލ ކޯޓުގް ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރެވި ޖޫރިމަނާ 23 22 ފައިސާ ލިބެން ޖެހޭ ކަމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. މިއިން އެއްވެސް މަރުޙަލާއެއް ގައި މޫސާ ޤާސިމް އިސްމާޢީލް ރަފީޢުގެ ބަދަލުގެ ގޮތުގައި ކޯޓަށް ޙާޟިރުވެފައި ނުވާ ކަމާ މެދު ޙުސޫމާތެއް ނެތެވެ.
43.ސުވާލަކީ، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ބ) އަށް ރ ޢޔަތްކުރާއިރާ، މި ޙލަތުގައާ މި ފައިސި މޫސާ ޤާސިމް އަށް ޙައްޤުވޭތޯ އެވެ. މި ސުވާލަށް ދަށު ކޯޓުން ދީފައިވާ ޖަވާބު ލިބެނީ، އެކޯޓުގެ ނިންމުމުގެ ފާހަގަކުރެވުނު ނުކުތާގެ (ކ) ގައެވެ. އެގޮތުން، ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. -3,938,536/ރ (ތިން މިލިއަން ނުވް ލައްކަ ތިރީސް އަށްހާސް ފައްސަތޭކަ ތިރީސް ހައެއް) ހައިކޯޓުގެ މަޙްޟަރު ބަޔާން - 23 ފެބްރުއަރީ 3233 އބޙ އބޙ ހައިކޯޓުގެ ނަންބަރު 2012/HC-A/238 ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/01
(ކ) ހަތްވަނަކަމަކީ، މޫސާ ޤާސިމްއާއި އިސްމާޢީލް ރަފީޢުއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ2 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، އެ އެއްބަސްވުން ވުޖޫދަށް ގެނެވުނުއިރު، ދެފަރާތުގެ ނިޔަތަކީ، ސިވިލް ކޯޓުން މައްސަލަ ނިންމަވާ ގޮތެއްގެ މައްޗަށް ބަލައި، އިސްތިއުނާފުކުރަންޖެހޭ ޙާލަތެއްގައި، މައްސަލަ އިސްތިއުނާފުކުރުމުގެ މަސްޢޫލިއްޔަތަކީ މޫސާ ޤާސިމްގެ ޒިންމާއެއްކަން އެނގެން އޮންނަކަމާއި، އެއްބަސްވުމުގައި މަސައްކަތް ޙަވާލުވި ފަރާތްކަމުގައިވާ މޫސާ ޤާސިމް، އެއްބަސްވުން އުވާލަން ބޭނުންވެއްޖެ ޙާލަތެއްގައި، ނުވަތަ މައްސަލަ ދޫކޮށްލަން ބޭނުންވެއްޖެނަމަ، އިސްމާޢީލް ރަފީޢު މައްސަލު އަނބުރާ އަތުލަން ބޭނުންނަމަ މޫސާ ޤާސިމްގެ ހުއްދަ ލިބިގެން މައްސަލަ އަތުލެވިދާނެކަނ އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރ 1878/Cv-C/2011 ޤަޟިއްޔާއިން ނިންމެވި ނިންމެވުމާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އިސްތިއުނާފުކުރުމަށް އިސްމާޢީލް ރަފީޢު ބޭނުންވެގެން މައްސަލައިގެ ލިޔެކިޔުންތައް ހޯދުމަށް މޫސާ ޤާސިމަށް އަންގާފައިވާކަމާއި، އަދި އެ އެންގުމާއި އެއްގޮތަށް މައްސަލައިގެ ލިޔެކިޔުންތައް އިސްމާޢީލް ރަފީޢުއާ ޙަވާލުކުރިކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، މައްސަލަ އަނބުރާ އަތުލާފައިވަނީ އެއްބަސްވުމާ ޚިލާފަށްކަން ބެލެވެން ނެތަތީ، އެ އެއްބަސްވުން އެހިނދުން ފެށިގެން ނިމުމަކަށް އައިސްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
23.މީގެ އިތުރުން ސިވިލް ކޯޓުގެ ނިންމުމުގެ ފާހަގަކުރެވުނު ނުކުތާގެ (ޅ) އަދި (މ) ގައި ބަޔާން ކުރަނީ އަންނަނިވި ފަދައިންނެވެ.
(ޅ) ހަވަނަކަމަކީ، އިސްވެ ބަޔާންކުރެވުނު ފައިސާ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލިބިފައިވަނީ ހައިކޯޓުގައި ކުރި މަސައްކަތުންކަމަށާއި އަދި މިދަޢުވާގައި މޫސާ ޤާސިމް ހޯދުމަށް އެދިފައިވާ ފައިސާއަކީ މޫސާ ޤާސިމް ނުކުރާ މަސައްކަތަށް އުޖޫރައިގެ ފައިސާ ހޯދުން ކަމަށްވުމުން، އެއީ މޫސާ ޤާސިމަށް ހޯދައިދެވޭ ޙައްޤުނޫން މަންފާ (unjust enrichment) އެއްކަމަށް އިސްމާޢީލް ރަފީޢުގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވާއިރު، އިސްވެ ބަޔާންކުރެވުނު ޖޫރިމަނާގެ ފައިސާ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2012/HC-A/238 ޤަޟިއްޔާއިން ކަމާއި އެ މައްސަލައިގެ ޝަރީޢަތުގައި އިސްމާޢީލް ރަފީޢުގެ ފަރާތުން ބަދަލުގައި ޝަރީޢަތަށް ޙާޟިރުވެފައިވަނީ މޫސާ ޤާސިމް ނޫންކަން ދެފަރާތުގެ ބަހުންނާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ އޮތުމެވެ .
(މ) ދިހަވަނަކަމަކީ މޫސާ ޤާސިމާއި އިސްމާޢީލް ރަފީޢުއ ދެމެދާ ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮށްފައިނުވާ މަސައްކަތަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުޖޫރައިގެ ތެރެއިން، ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައިގައި އިސްމާޢީލް ރަފީޢު އަށް ލިބޭ ފައިސާގެ 50% (ފަންސާސް އިންސައްތަ) މޫސާ ޤާސިމަށް ދިނުމަކީ، ޙައްޤު ނޫން މަންފާއެއް (unjust enrichment) އެއް މޫސާ ޤާސިމަށ ހޯދައިދިނުން ކަމަށް ދަޢުވާލިބޭ އިސްމާޢީލް ރަފީޢު ފާހަގަކޮށްފައިވާ ނުކުތާއަށް ރިޢާޔަތްކުރާއިރު، އިސްމާޢީލް ރަފީޢު އާއި މޫސާ ޤާސިމް ދެމެދާ ވެވުނު އެއްބަސްވުމުގެ ދަށުން، އިސްމާޢީލް ރަފީޢުއަށް އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ލިބެންޖެހޭ ފައިސާ ހޯދުމުގެ ޙަވާލުކޮށްފައިވާކަމާއި، އެގޮތުން އެ މަސައްކަތުގެ ތެރެއިން މޫސާ ޤާސިމާ ޙަވާލުކޮށްފައިވަނީ އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުން ކަމަށްވެފަ އ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މަރުޙަލާގައި، އެ މަސައްކަތް މޫސާ ޤާސިމް ކޮށްފައިނެތް ހިނދު، މޫސާ ޤާސިމް ކޮށްފައިނުވާ މަސައްކަތަކަށް އުޖޫރައެއް ދޭން އެންގުމަކީ، ޙައްޤު ނޫން މަންފާއެއް ent)(unjust enrichm އެއް މޫސާ ޤާސިމަށް ހޯދައިދިނުންކަން އެނގެން އޮންނަ އޮތުމެވެ.
22.އެހެންކަމުން އެއްބަސްވުމުގެ 5 ވަނަ މާއްދާއާއި 2 ވަނަ މާއްދާގެ ދަށުން މި ފައިސާ ނުލިބޭންވީ ސަބަބު ބަޔާންކޮށްފައި އެވަނީ އެވެ. އެއްބަސްވުމުގެ ދަށުން ޓްރަސްޓް ޕޭމަންޓްގެ ގޮތުގައި ލިބެންޖެހޭ ފއިސަ މޫސާ ޤާސިމްއަށ ލިބެން ޖެހޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގެ ފާހަގަކުރެވުނު ނުކުތާގެ (އ) ގައި ފާހަގަކޮށްފައިވެއެވެ. މިފައިސާ މޫސާ ޤާސިމްއަށް ލިބިފައިވާ ކަން ދެފަރާތުގެ ބަހުން ޝަރީޢަތަށް އެނގޭ ކަމަށާއި، މިމައްސަލައިގެ އުޖޫރައިގެ ގޮތުގައި 156،322 (ހަތަރު ލައްކަ ފަންސާސްހަހާސް ހަތްސަތޭކަ) ރުފިޔާ ލިބިފައިވާ ކަން އެކޯޓުގެ ނިންމުމުގެ ފާހަގަކުރެވުނު ނުކުތާ (ފ) ގައި ފާހަގަކޮށްފައިވެއެވެ.
23.އެހެންކަމުން، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާއާއި 2 ވަނަ މާއްދާގެ ދަށުން މިފައިސާ ލިބެންވީ ގޮތާ މެދު ފެންނަ ގޮތް، ސަބަބާއެކު ޝަރީޢަތުން ބުނެދީފައިވެއެވެ. އެނިންމުން ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފުކަމަށް ބުނާ ބުނުމުގެ އިތުރަށް ޚިލާފުވަނީ، އެޤާނޫނގައު ކަނޑައެޅިފައިވާ ކޮން އުސޫލަކާ ކަން ނުވަތަ ސިވިލް ކޯޓުގެ ނިންމުމުގެ ސަބަބުން އުފެދޭ ބަޙުޘު ސާފުވެގެން މެނުވީ، އެމައްސަލަ އާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމުގައި ނުދެކެމެވެ.
12.އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ޤާނޫނީ ބަޙުޘެއް އޮތްކަމަށް ބަލައިގެން، އެނުކުތާގައި އިސްތިއުނާފީ ބަޙުޘެއް ކުރިއަށް ގެންދެވިދާނެ މިންވަރަށް އިސްތިއުނާފު ކުރާ ފަރާތަށް ތަފްސީލު ކޮށްދެވިފައި އޮތްކަމަށް ބުރަނުވެވޭތީ، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް މިދަޢުވާ މިކޯޓުގައި ކުރިއަށް ގެންދެވިދާނެކަމަށް އަހުރެން ނުދެކެމެވެ.
13.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
13.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
34. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 22 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ހ) މަދަނީ އިޖު ރާއަތުގ ޤާނޫނެ (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ (ޓެކްސްޓުގައި '12' ކަމަށް ފެންނަނީ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަޒީފާގެ އުޖޫރައާބެހޭ މާއްދާ (ޓެކްސްޓުގައި '23 (ށ)'؛ ނަންބަރު ފުށުއެރިފައި)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)
- ސުޕްރީމް ކޯޓު 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް)
- ސުޕްރީމް ކޯޓު 2021/SC-A/77 (އޯޝަން ހާވެސްޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އާދަމް ޢަބްދުލްޣަފޫރު)
- ބެންޗު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް