ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/87
މޫސާ ފައިރޫޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-A/87
Moosa Fairooz v. Prosecutor General 2025/HC-A/87 (2025/HC-A/87, High Court of the Maldives, 10 September 2025)
މޫސާ ފައިރޫޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައިގަނޑު ސުވާލު
ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިކުރި ޙުކުމުގެ އިސްތިއުނާފުގައި، ތަޙުޤީޤުގައި ބިރުދައްކައި/މަންފާ ހުށަހަޅައި އިޢުތިރާފު ހޯދިކަމަށާއި ސިންކު ދަށުން ފެނުނު ތަކެތީގެ މަޢުނަވީ ރުކުން (knowledge) ސާބިތުނުވާކަމަށް ބުނާ ނުކުތާތަކަކީ އެކަށީގެންވާ ޤާނޫނީ ބަހުސެއް ހިމެނޭ، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާތަކެއްތޯ.
ނިންމި ގޮތް
އިސްތިއުނާފީ ނުކުތާތަކުގައި އެކަށީގެންވާ ޤާނޫނީ ބަހުސެއް ނެތް (އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް ކަމަށް ބެލެވޭ)
ކަނޑައެޅުނު އުޞޫލުތައް
- ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބި ހުށަނާޅާ ހެކިތަކާއި ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅިނަމަވެސް ހައިކޯޓުން ރިޢާޔަތްކުރަން ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ފަނޑިޔާރު ޤާނޫނީ ގޯހެއް ހެދިކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތް ނުކުރިކަމަށް ހަމައެކަނި ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ މިންގަނޑަށް ނުފޯރާނެއެވެ؛ އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ތަޙުޤީޤުގައި ބިރުދައްކައި ނުވަތަ މަންފާ ހުށަހަޅައިގެން އިޢުތިރާފު ހޯދިކަމުގެ ދައުވާ ދަށުކޯޓުގައި ނުހުށަހަޅައި، އެކަން ސާބިތުކުރާ ހެއްކެއްވެސް ނުހުށަހަޅައި، ދަށުކޯޓުގެ ފަނޑިޔާރު ހެދި ގޯހެއްވެސް ނުދައްކާނަމަ، އެއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- ތުހުމަތުކުރެވޭ ފަރާތް ބަންދާމެދު ނިންމުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރުމުން ޝަރީޢަތުގެ މަޖިލީހުގައި ދީ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އިޢުތިރާފެއް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފުކަމަށް ކަނޑައަޅާނެ ޤާނޫނީ ސަބަބެއް ނުދައްކާނަމަ، އެ ބަޔާނަށް ބިނާކުރި ނިންމުމުގައި ގޯހެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- މަސްތުވާތަކެތި ހޯދާފައިވަނީ ތުހުމަތުކުރެވޭ ފަރާތް ދިން މަޢުލޫމާތަށް ބިނާކޮށްކަން ހެކިބަހުން ދަށުކޯޓަށް ފާހަގަކޮށްފައިވާއިރު، އެ ހެއްކަށް ރިޢާޔަތްކުރި ގޮތުގައި ގޯހެއް ނުދައްކައި ހަމައެކަނި ހިޔާޒަތާއި މަޢުނަވީ ރުކުނާ ބެހޭ އުޞޫލުތައް ބަޔާންކުރުމަކީ ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
ފަރްހީޒް ތާއީދު ކުރައވާފައި( މައްސަލައިގެ ތަޢާރަފު
1މީއީހައްދުންމަތު ފޮނަދުމެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 44/O8C/2023 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ލ.ފޮނަދޫ، ލޔޯ، މޫސާ ފައިރޫޒްގެ ފަރާތުންދިވެހިރާއްޖޭގެ ހައިކޯޓަށް ހުށހެޅުމުނ ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
2ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންލ.ފޮނަދޫ، ލިޔޯ، މޫސާ ފައިރޫޒޫ ގެ މަށްޗަށ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ނަންބަރު 44/O8C/2023 ޤަޟިއްޔާގައ ކުރި ދައުވާ އަކީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއެވެ.
3މިދަޢުވާ ކޮށްފައިވަނީ، މޫސާ ފައިރޫޒް 19 މެއި 2023 ދުވަހު 09:55 އާހާކަށްހާއިރު،މޫސާ ފައިރޫޒ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގްވިޔަފާރިކުރ ކަމަށާ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުން މޫސާ ފައިރޫޒުދިރިއުޅޭ ލ.ފޮނަދޫ ކުރިގަމައަވަށުގައި އަލަށް އާބާދުވާ ސަރަޙައްދުގައި ހުންނަ K-11 ނަންބަރު ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި ގޮސް،ފުލުހުން އެ ގޭގެ ދްރުގައި ޓަކިޖެހުމުން، މޫސާ ފައިރޫޒްދޮރުހުޅުވުމުން،މޫސާ ފައިރޫޒެދިރިއުޅޭ ކޮޓަރިބަލައި ފާސްކުރުމުގެ ކުރިން، މޫސާ ފައިރޫޒްގެ ހަށިގަނޑު ބަލައި ފާސްކުރުމަށްޓަކައިމޫސާ ފައިރޫޒގެ ޖީބުގައ ހުރި ތަކެތި ނެގުމަށް ފުލުހުން އެންގުމުން، މޫސާ ފައިރޫޒްއަމިއްލައަށް މޫސާ ފައިރޫޒް ލައިގެންހުރި ގަމީހުގެ ކުރިމަތީ . ދރއވާތްފަރާތު ޖީބުން ނަގައި މޫސާ ފައިރޫޒްހުރި ކޮޓަރީގެ އެނދުމަތީގައ ބޭއްވި ރަބަރު ޕެކެޓެއްގެ ތެރޭގައި އޮތ 05 )ފަހެއް( ސެލޯފިންކޮޅުގައި 0.2021 ގްރާމް ކެނެބިސް ހުރިކަމާއި، އެ ގެ ބަލައިފާސްކުރިއިރު، އެ ގޭގެ ސިޓިންގރޫމްގައ ހުރި ކަބަޑެއްގެ ތެރޭގައި އޮތް ބާލީހެއްގެ ތެރެއިން ފެނނ 05 )ފަހެއް( ރަބަރު ޕެކެޓގެ ތެރެއިން ކޮންމެ ރަބަރު ޕެކެޓެއްގެ ތެރޭގައި އޮތ 09 )ނުވައެއް( ސެލޯފިންކޮޅުގައި 3.0333 ގްރާމް ކެނެބިސް ހުރިކަމާއި، ހަމަ އެ ކަބަޑުގެ ތެރޭގައި އޮތް ސިންކެއްގެ ދަށުގައި އޮތް ނޫކުލައިގެ ބާޒާރު ރަބަރުކޮތަޅެއްގެ ތރެއިނ ފެނުން 04 )ހަތަރެއް( ރަބަރު ޕެކެޓްގެ ތެރެއިން ކޮންމެ ރަބަރުޕެކެޓެއްގެ ތެރޭގައި އޮތ 09 )ނުވައެއް( ސެލޯފިންކޮޅުގައި 5.2990 ގްރާމް ކެނެބިސް ހުރިކަމާއި، ހަމަ އެ ކޮތަޅުގެ ތެރެއިން ފެން ނ "އައިސްސޮފްޓ" ބްރޭންޑްގީސުޕިރާ ފުޅީގައިހުރ ތަކެތީގައި 22.8755 ގްރާމް ކެނެބިސް ހުރިކަމަށް އ ތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި،ފެނުނު ތަކެއްޗަކޭމޫސާ ފައިރޫޒަބޭނުންކުރުމަށް ގެންގުޅެ ތކެތިކަމަށ އިޢުތިރާފް ވެފައިވާކަމަށް ބަޔާންކޮށް، ޤާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގ 108 ވަނަ މާއްދާގެ )ހ( އާއި، 138 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ، 108 ވަން މާއްދާގަ )ނ( ގެ ދަށުންނެވެ.
4ހައްދުންމަތީ ފޮނަދޫމެޖިސްޓްރޭޓ ކޯޓުގް ނަންބަރ 44/O8C/2023 ޤަޟިއްޔާގެ ޙުކުމްގައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގައި ހުރުމުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން، ލ.ފޮނަދޫ، ލިޔެ، މޫސާ ފައިރޫޒް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނ ނަންބަރ 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގެ 108 ވަނަ މާއްދާގެ )ހ( އާއި އެ ޤާނޫނުގެ . ދަށުކޯޓަށް ހުށަހެޅުނު ދައުވާފޯމު 138 ވަނަ މާއްދާގެ )ބ( އާއި، އެ ޤާނޫނުގެ 108 ވަނަ މާއްދާގެ )ނ( ގެ ދަށުން މޫސާ ފައިރޫޒް ޢުމުރަށް ޖަލަށްލުމާއެކު، 100,000/- ރ. )އެއްލައްކަ ރުފިޔާ( އިނ ޖޫރިމަނާކުރުމަށް ޙުކުމްކޮށް؛ މި ޖޫރިމަނާގެ ފައިސާ މިއަދު )05 ޑިސެންބަރު 2024މ.( އިން ފެށިގެން 12 )ބާރަ( މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް މޫސާ ފައިރޫޒްއަށް އަންގައި، ޤާނޫނ ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 186 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި މައްސަލައިގެ ތަޙްޤީޤް މަރުހަލާގައި މޫސާ ފައިރޫޒް ބަންދުގައި ހޭދީކުރި މުއްދަތު އުނިކުރުމުން މޫސާ ފައިރޫޒްގެ މައްޗަށ ކަނޑައެޅުނު ޖަލު އަދަބުން ތަންފީޒުކުރަންޖެހޭ އަދަބަކީ 24 )ސައުވީސް( އަހަރާއި، 354 )ތިންސަތޭކަ ފަންސާސް ހަތަރެއް( ދުވަހުގެ މެއްދަތަށް ޖަލަށްލުމުގެ އަދަބު ކަމަށް ކަނޑައަޅައި، މިގޮތުގެމަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާތައް
5ހޫއްދުންމަތީފޮނަދުމެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 44/O8C/2023 ޤްޟިއްޔާއިސްތިއުނާފުކުރަމުނ މޫސާ ފައިރޫޒގެ ފަރާތުނ އަންނަނިވި 02 )ދޭއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ ތަޙްޤީޤުކުރުމުގައި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އާއި ޕްރޮސިކިއުޓްކުރުމުގެ ޖިނާއީ އިޖުރާޢަތުގެ ޤަވާއިދު 106)2023/R-ގ( 34 ވާނަ މާއްދާގަ )ހ( އާއި )ށ( އ ދިވެހި ފުލުހުންގެ ޚިދުމަތުން ޚިލާފުވެފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ:މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވުނ މާއްދާގަ )ހ( އާއި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރ 2012/SCA/23 ޤަޟިއްޔާއާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
6މޫސާ ފައިރޫޒްގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައެމައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ މޫސާ ފައިރޫޒް ކުށަށް އިއުތިރާފުވެއްޖެނަމަ ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވުމުގެ ފުރުސަތު އޮންނާނެ ކަމާއި ބަންދުން ދޫވާނެކަމަށުބުނ ފުލުހުންގެ ފަރާތުން މޫސާ ފައ ރޫޒ އަށް މައުލޫމާތި ދިން ކަމަށެވެ. އަދި އިއުތިރާފު ނުވެއްޖެނަމަ މޫސާ ފައިރޫޒްގެ މަންމަ ހައްޔަރުކުރާނ ކަމަށެ ފުލުހުން ބުން ބިރުދެއްކި ކަމަށެވެ.އެހެންކަމުން ތަހުޤީޤުގައި އިއުތިރާފުވެފައިވަނީ އެކަމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސ މޫސާ ފައިރޫޒަށް އެ ފުރުސަތު ލިބިނުދުކަމަށެވެ.އެހެންކަމުން ތަހުޤީޤގައި ބިރުދައްކައިގެން ހޯދި ބަޔާނަށް ބުރަދަން ނުދެވޭނެ ކަމަށާއި ފުލުހުން އިޖުރާއަތާ ޚިލާފު ވެފައިވާކަމަށެވެ.
7މީގެ އިތުރުން އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ )ހ( އާއި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 2012/SCA/23 ޤަޟިއްޔާއަށް ބަލާއިރު، މަސްތުވާތަކެތީގެ ހިޔާޒަތު އޮތުމުން އެކަނި ނުފުދޭނެ ކަމަށާއި މައުނަވީ ރުކުންވެސް ފުރިހަމަ ވާންޖެހޭ ކަމަށެވެ. ނަމަވެސް ސިންކ ދަށުނު ފެނުން ތަކެތީގެ މައުނަވީ ހިޔާޒަތު )knowledge( ދައުލަތުން ސާބިތުކޮށްދީފައި ނުވާކަމަށެވެ.
8އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުން ކަމަށެވެ.
9ޖަވާބުގައި ދައުލަތުން ފާހަގަކުރި ކަމަކީ އިސްތިއުނާފީ ނުކުތާތަކުގައި އެކަށީގެންވާ ޤާނޫނީ ބަހުސެއް ހުށަހެޅިފައި ނެތަތީ މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާތަކެއް ނޫން ކަމަށެވެ.
10އަދި ބަހުސްގެ ބޭނުމަށްޓަކައި ބަލާއިރު،ގެ ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެއްޗަކީ މޫސާ ފައިރޫޒް ބޭނުންކުރަން ގެންގުޅޭ ތަކެތިކަމަށް ފުލުހުންގެ ގާތު ސީނުގައި ބުނެފައިވާކަމަށެވެ. އެއަށްފަހު ހަމައެދުވަހު މޫސާ ފައިރޫޒް ހައްޔަރުކޮށް، ބަންދާމެދު ގޮތް ކަނޑައެޅުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރުމުން، ޝަރީޢަތުގެ މަޖިލީހުގައިވެސް އެ މަސްތުވާތަކެއްޗަކީ މޫސާ ފައިރޫޒް ބޭނުންކުރުމަށްޓަކައ މޫސާ ފައިރޫޒް ގެންގުޅޭ ތަކެތި ކަމަށް ބުނެ އެއްބަސްވެފައިވާކުމަށެވެ. އެއަށްފަހު ހަމަ މިފަދައިން ތަހުޤީޤަށްވެސް އިއުތިރާފު ބަޔާނެއް ދީފައިވާކަމަށެވެ. ނަމަވެސް ދައުވާކުރެވުމން، އިބްތިދާއި މަރުހަލާ، ޝަރީޢަތުގެ މަރުހަލާ، އާއި ޚުލާސާ ބަޔާނުގައިވެސް މޫސާ ފައިރޫޒް ދައުވާއަށްއިންކާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މޫސާ ފައުރޫޒ ހައްޔަރުކުރެވުން ދުވަހު މުއްދަތު މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ވެފައިވާ އިއުތިރާފުގ ބަޔާނެ ދައުލަތުން ހެއްކެއްގެ ގޮތުގައި ދަށު ކޯޓަށް ހުށަހަޅާފައިވީނަމަވެސް އެ ހެއްކާމެދު ސުވާލު އުފައްދަންޖެހޭ މަރުހަލާގައި ސުވާލެއްވެސް އުފައްދާފައި ނުވާކަމަށެވެ. ހަމައެހެންމެ ތަހުޤީޤަށް ދިން ބަޔާނަކީ މަޖުބޫރުކޮށްގެން ދިން ބަޔާނެއް ކަމަށް ބުނެ މިވާހަކަ ދަށު ކޯޓުގައި ދައްކާފައިވެސް ނުވާކަމަށެވެ.
11ދެވަނ އިސްތިއުނާފަ ނުކުތާގައި މަސްތުވާތަކެތީގެ ހިޔާޒަތާއި މައުނަވީ ރުކުނާ ގުޅޭގޮތުން ހަމައެކަނި އުސޫލުތަކެއް ބަޔާންކޮށްފައިވާއިރު ދަށު ކޯޓުން ހަދާފައިވާ އެއްވެސް ގޯހެއް ބުނެދީފައިނުވާކަމަށެވެ. އަދ މަސްތުވާތަކެތި ފެނުނު ކަބަޑު ބަލައިފާސްކުރެވުނީވެސް މޫސާ ފައިރޫޒް ދިން މައުލޫމާތަށ ބިނާކޮށްކަން ހެކިންގެ ހެކިބަހުން އެނގެން އެބަ އޮތް ކަމަށެވެ.
12އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައިދިނުން ކަމަށެވެ.
13ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނގު 32 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައިޅ ފައިވާ މާއްދާއެކެވެ. މިގޮތުން މި މާއްދާގެ )ހ( އަދި )ށ( ގައި ވަނީ އަންނަނިވ ފަދައިންނެވެ.
32)ހ( ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. )ށ( މި މާއްދާގެ )ހ( ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގްފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ ." މިމާއްދާގައި މިފަދައިން ބަޔާންކޮށްފައިވުމުން، ދަށު ކޯޓުގާއި ހުށަހެޅުމުގެ ފުރުޞަތު ލިބަ ހުށަޅާފައިނުވ ހެކި، އިސްތިއުނާފީ މަރުޙަލާގައި ބަލައިނުގަނެވޭނެކަން އެނގެއެވެ. ހަމަ މިފަދައިން ދަށު ކޯޓުގައި ފާހަގަކޮށް، ވާހަކަދެއްކުމަށް ފުރުޞަތު ލިބް،ދަށު ކޯޓަށު ހުށަހަޅާފައި ނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓިމައްސަލިއަގައި ދާ ވެހިރާއްޖޭގެ ހައިކޯޓުން ނިންމފައިވެއެވެ.އަދ މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއިދކޮށާ،އެހަމަ އެގޮތުގައި ދަމަހައްޓފއިވެއެވެ.މިހެން ކަމުން އިސްތިއުނާފުކުރާ ފަރާތް ށ ދަށު ކޯޓަށް ހުށަހެޅުމގުފުރުޞަތު ލިބި ހުށަހަޅާފައިނުވާ ހެއްކާއި، ފާހަގަކުރުމަށް ފުރުޞަތު ލިބި ފާހަގަކޮށްފައިނުވާ ކަންކަން އިސްތިއުނާފ މަރުޙލާގައަ ހުށަހެޅި ނަމަވެސް އެ ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރަން ނުޖެހޭނެކަނ އެނގެއެވެ.
14ޕްރިސިޑެންސް 2މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/83 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޓުތަކުގޯ ޤާނޫނުގެ 43 ވަނަ މާއްދއިނާ ހުއްދަކުރާ މިންގަނޑަށް ވާސްލުނުވެވޭނެކަމާއ ޤާނޫނި ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށ ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބިއަ ކަން އެނުކުތާގައ އިސްތިއުނާފުކުރުމުގެހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 'މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު' ތަކުގައި ކަނޑައަޅުއްވާފައިވެއެވެ. ފުލުހުން ޢަމަލުކުރިގޮތ ގޯސް ކަމަށް ބުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ
15މ މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ ތަޙްޤީޤުކުރުމުގައި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އާއި ޕްރޮސިކިއުޓްކުރުމުގެ ޖިނާއީ އިޖުރާޢަތުގެ ޤަވާއިދު
106)2023/R-(ގެ 34 ވަނަ މާއްދާގެ )ހ( އާއި )ށ( އާ ދިވެހި ފުލުހުންގެ ޚިދުމަތުން ޚިލާފުވެފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
16ޕްރިސިޑެންސް 3އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ބަލާއިރު، މޫސާ ފައިރޫޒް ތަހުޤީޤުގައި އިއުތިރާފުވެފައިވަނީ، އެއްބަސްވެއްޖެނަމަފުލުހުނ މަންފާއެއް ހޯދުއަދޭނ ކަމަށެ ބުނުމުން ކަމަށް ބުން ދަށްކޯޓުގައި މޫސާ ފައިރޫޒްގ ފަރާތުނ އެކަން ހުށަހަޅާފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގޭކަށް ނެތެވެ. އިސްވެ ފާހަގަކުރެވުނު . ޤާނޫނު ނަންބަރު 2010/22 ފަދައިން ދަށު ކޯޓުގައި ހުށަހެޅު މުގެ ފުރުސަތު ލިބޭ ހުށަހަޅާފައިނުވާ ކަންކަން އިސްތިއުނާފީ މަރުހަލާގައި ހުށަނޭޅޭނެކަން ސާފެވެ.
17ހަމައެހެންމެ މި އިސްތިއުނާފީ ނުކުތާގައި،ފުލުހުން ބިރުދައްކައިގެން ނުވަތް މަންފާއެއް ހޯދައިދޭން ކަމަށެ ބުނުމުން މޫސާ ފައިރޫޒް އިއުތިރާފު ވެފައިވާކަމށަ ބުނެފައިވާއިރު، އެކަނި ސާބިތުކުރުމަށް ދަށް ކޯޓަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ. ތަހުޤީޤު ރެކޯޑިންގ އަށް ބަލާއިރު،ފެންނަން އޮތް ދެވަނަ ފަހަރަށް ތަހުޤީޤަށް މޫސާ ފައިރޫޒް ބަޔާންދީފައިވަނީ މޫސާ ފައިރޫޒް ތަހުޤީޤަށް އެއްބާރުލުންދޭން ބޭނެ ންވެ އެކަނ ހުށަހެޅުމުން ކަމެވެ. ހަމަ އެހެންމެ ދަށު ކޯޓުގެ ފަނޑިޔާރު ހެދި ގޯހެއް މި ނުކުތާގައި ހުށަހަޅާފައިވެސް ނުވެއެވެ. އެހެންކަމުން މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫނެވެ.
18ޕްރިސިޑެންސް 4ބަހުސްގެ ބޭނުމަށް ބަލާއިރު، މި މައްސަލައިގައި ފެންނަން އޮތީ މައްސަލައިގެ ތުހުމަތުގައި މޫސާ ފައިރޫޒް ހައްޔަރުކޮށް، ބަންދާމެދު ގޮތް ކަނޑައަޅަން ފަނޑިޔާރު ކުރިމައްޗަށް ހާޟިރުކުރުމުންވެސް އަދި ތަހުޤީޤުގައިވެސ މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަކީ މޫސާ ފައިރޫޒް ބޭނުންކުރުމަށް ގެންގުޅުނު ތަކެތި ކަމަށް ބުނެ އިއުތިރާފުވެފައިވާކަމެވެ. ދަށު ކޯޓުގެ ނިންމުން ބިނާކުރި މައިގަނޑު އެއް ބަޔާނަކީ 19މޭ 2023 ދުވަހު މޫސާ ފައިރޫޒް ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ އިއުތިރާފު ބަޔާނެވެ. ފުލުހުންގެ ތަޙުޤީޤަށް މޫސާ ފައިރޫޒް ދިން ބަޔާނެއް ނޫނެވެ.މ މައްސަލައިގައި މޫސާ ފައިރޫޒްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށ ފުރަތަމް ފަހަރަށް ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރިމުން، އެ ޝަރީޢަތުގެ މަޖިލީހުގައި "...އަޅުގަނޑު ދިރިއުޅޭ ތަނުންނާއި އަޅުގަނޑުގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ އަޅުގަނޑު ބޭނުންކުރުމަށްޓަކައި އަޅުގަނޑ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ . ތަހުޤީޤު ރެކޯޑިންގ 2 . 19 މޭ 2023 ދުވަހު ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް މޫސާ ފައިރޫޒް ދިން ބަޔާން . 1 ޖުލައި 2023 ދުވަހު ތަހުޤީޤަށް ދިން ބަޔާން . ދަށުކޯޓުގެ ރިޕޯޓުގެ 31 ވަނަ ނުކުތާ ގެންގުޅޭ ތަކެއްޗެވެ..." މިފަދައިން މޫސާ ފައިރޫޒް ބުނެ ބަޔާންދީ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާއިރު، އެ މަސްތުވާތަކެއްޗާމެދު މޫސާ ފައިރޫޒް ވެފައިވާ އިއުތިރާފު ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފުކަމަށް ކަނޑައަޅަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް މި ނުކުތާގައި މޫސާ ފައިރޫޒަށް ބުނެދެވިފައި ނުވެއެވެ. ކުށުގެ މައުނަވީ ރުކުނާ ގުޅޭގޮތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާ
19ޕްރިސިޑެންސް 5ދެނެ އޮތް އިސްތިއުނާފީ ދެވަނަ ނުކުތާއެވެ. އެއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގެ )ހ( އާއި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރ 2012/SCA/23 ޤަޟިއްޔާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.މިނުކުތާގައި މޫސާ ފައިރޫޒް ފާހަގަކުރި ކަމަކީ މި މައްސަލައިގައި ސިންކ ދަށުނު ފެނުން މަސްތުވާތަކެއްޗާ މޫސާ ފައިރޫޒާ ގުޅުވާލެވޭ ގޮތެއް ނެތް ކަމަށާއި މައުނަވީ ރުކުން )knowledge( ދާއުލަތުންސާބިތުކޮށްނުދޭ ކަމަށެވެ. ނަމަވެސް އެ މަސްތުވާތަކެތި ހޯދާފައިވަނީ މޫސާ ފައިރޫޒް ދިން މައުލޫމާތަށި ބިނާކޮށް ކަމަށް ބުނެ ދަށު ކޯޓުގައި ހެކިންގެ ހެކިބްސް ލިބިފައވާކަންދަށކޯޓުނު ފާހަގަކޮށްފައި އެބައޮތެވެ. މިކަމާމެދު ޚިލާފެއްވެސް ނެތެވެ.އެ ހެއްކަށް ދަށުކޯޓުން ރިޢާޔަތްކުރިގޮތް ގޯސްކަމަށް ބުނެމިނުކުތާގައި މޫސާ ފައިރޫޒްގެ ފަރާތުނ ކަމެއް ފާހަގަކޮށްފައިވެސް ނުވެއެވެ.އެހެންކަމުން މި ނުކުތާގައިވެސް ދަށު ކޯޓުން ހެދި ޤާނޫނީ ގޯހެއް ބުނެދެވިފައިނުވާތ މިއީވެސް ޤާނޫނީ ބަހުސެއް އޮތް ނުކުތާއެއް ކަމުގައި ނުދެކެމެވެ. . ދަށުކޯޓުގެ ރިޕޯޓުގެ 30 ވަނަ ނުކުތާ، 8 ވަނަ ނުކުތާ
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އަދި (ނ)، 138 ވަނަ މާއްދާގެ (ބ)، 141 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)، (ށ) އަދި 43 ވަނަ މާއްދާ
- ޕްރޮސިކިއުޓްކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (R-106/2023) ގެ 34 ވަނަ މާއްދާގެ (ހ)، (ށ) (އިސްތިއުނާފީ ނުކުތާ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާ (ދަށުކޯޓުގެ ޙުކުމް)
- ހައިކޯޓުގެ 2014/HC-A/83 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2014/SC-A/41 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90، 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓުތައް
- ސުޕްރީމް ކޯޓުގެ 2012/SCA/23 ޤަޟިއްޔާ (އިސްތިއުނާފީ ނުކުތާގައި ހަވާލާދީފައި)
- ބެންޗު
- ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް