ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A-02/09
މުޙައްމަދު ޝަރީފް ވ. ފަރުހަތު ޢަލީ، 2021/HC-A-02/09
Mohamed Shareef v. Faruhathu Ali 2021/HC-A-02/09 (2021/HC-A-02/09, High Court of the Maldives, 13 December 2021)
މުޙައްމަދު ޝަރީފް ވ. ފަރުހަތު ޢަލީ
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ ޣައިރު ޙާޟިރު ޙުކުމެއްގައި އިޖުރާއީ ޢައިބު ހުރިކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރުމަށްޓަކައި މައްސަލަ ހައިކޯޓަށް ފޮނުވުމުން، ހައިކޯޓުން ދަށުކޯޓަށް މައްސަލަ ތަޙުވީލުކުރާނެ ގޮތާއި އޭގެ ތަރަހަ.
ނިންމި ގޮތް
އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ކޯޓެއްގެ އިޚްތިޞާޞާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި، ހައިކޯޓަށް ހުށަހެޅޭ މައްސަލައެއް މައުޟޫޢީ ގޮތުން ބަލާއިރު، މައްސަލާގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަށް އޮތް މައްސަލައެއްނަމަ، އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރެވިދާނެއެވެ (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ހ) އާއި (ށ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- ހައިކޯޓުން ތަޙުވީލުކުރާ މައްސަލައެއް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައުޟޫޢީ ގޮތުން އަލުން ބަލަންވާނީ ހައިކޯޓުން ޙުކުމްކުރި ނުކުތާ ނުވަތަ ނުކުތާތަކުގެ ތަރަހައިގެ ތެރޭގައެވެ؛ މައްސަލައިގެ ބައެއް ތަޙުވީލުކޮށްފައިވާނަމަ ބަލާނީ ހަމައެކަނި އެ ބައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8)
- ސުޕްރީމް ކޯޓުގެ 2020/SC-A/107 ގައި ކަނޑައެޅުނު ގޮތުގެ މަތިން: ޣައިރު ޙާޟިރުގައި މައްސަލަ ނިންމުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތާ އެއްގޮތަށް ނުނިންމާ ޙުކުމަކީ އިޖުރާއީ ޢައިބެއް ހުރި ޙުކުމެކެވެ؛ އަދި ދަޢުވާގައި ހޯދަން އެދުނު ފައިސާއާއި ނަގައިދިން ޖޫރިމަނާގެ ފައިސާއާ ދެމެދު ބޮޑު ފަރަޤެއް ހުރިއިރު އެ ނިންމުމަށް ވާޞިލުވި ސަބަބު ފާހަގަނުކޮށްފިނަމަ، އެ ޝަރީޢަތަކީ އިޖުރާއީ ގޮތުން އިންޞާފުން ކުރެވިފައިވާ ޝަރީޢަތެއްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3–6)
- ސުޕްރީމް ކޯޓުން ފާހަގަކުރި ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލައެއް އަލުން ބެލުމަށް ސީދާ ޝަރީޢަތުގެ ކޯޓަކަށް ތަޙުވީލުކުރުމުގެ ބާރެއް ނުލިބޭތީ، އެފަދަ މައްސަލައެއް ތަޙުވީލުކުރެވޭނީ ހައިކޯޓަށެވެ؛ އަދި ހައިކޯޓުން އެ މައްސަލަ ދަށުކޯޓަށް ތަޙުވީލުކުރަނީ އެ ބާރުގެ ދަށުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7–8)
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24A/-/HC2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ […] / މާލެ، މުޙައްމަދު ޝަރީފް (ދ.ރ އަންގައިދޭގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެ ކޯޓުގެ ނަންބަރު 107A/-/SC2020 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، އިސްވެބުނެވުނު މި ކޯޓުގެ 2018/HC-A/24 ޤަޟިއްޔާ ގައި އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާފައިވަނީ ޣައިރު ހާޒިރުގައި ނިންމާ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތާ އެއްގޮތށަ ކަމަށް ނުވާކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު 24A/-/HC2018 ޤަޟިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1732/Cv-C/2015 ޤަޟިއްޔއިނާ ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 1732/Cv-C/2015 ޤަޟިއްޔާގެ މައްސަލަ މައުޟޫޢީ ގޮތުން ސިވިލް ކޯޓުން އަލުން ބެލުމަށް އެ މައްސަލަ ސިވިލް ކޯޓަށް ތަޙު ވީލުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 3232/33 (ދިވެހިރާ އްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 13ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބލެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކށޮ ފައިއެވެ.
2އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޙުކުމްކުރުމުން، އެ ކޯޓުގެ ނަންބަރު 197-CR/95/2021/142 (31 ނޮވެންބަރު 3233) ސިޓއާއެކީ އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތް އަދި މައްސަލއަ ގައި ހުށަހެޅިފައިވާ ލިޔުންތައް މި ކޯޓަށި ފޮނުވާފައިވެއެވެ. ސިވިލް ކޯޓުގެ ޤަޟިއްޔާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނު ފާހަގަ ކޮށްފައިވާ މައިގަނޑު ކަންކަން:
3ޕްރިސިޑެންސް 3ސިވިލް ކޯޓުގެ ނަންބަރު 2015C/-/Cv1732 ޤަޟިއްޔާ ގައި މުޙައްމަދު ޝަރީފުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވަނީ، ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ނިންމުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއާތާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.
4ސިވިލް ކޯޓުގެ ނަންބަރު 1732/Cv-C/2015 ޤަޟިއްޔާ ގައި ފަރުޙަތު ޢަލީގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއާއި އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ނަގައިދީފައިވާ ޖޫރިމަނާގެ ފައިސާއާ ދެމެދުގައިވާ ފަރަޤަކީ ވަރަށް ބޮޑު ފަރަޤެއް ކަމުގައިވާއިރު، އެ ނިންމުމަށް ވާޞިލުވި ސަބަބު ސިވިލް ކޯޓު ން ފާހަގަކޮށްފައިނުވުމުން، އެ ޝަރީޢަތަކީ އިންސާފުން ކުރެވިފައިވާ ޝަރީޢަތެއްކަމަށް އިޖުރާއީ ގޮތުން ނުބެލެވޭނެކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ. ވުމާއެކު ސިވިލް ކޯޓުގެ ނަންބަރު 1732/Cv-C/2015 ޤަޟިއްޔާ އެ ކޯޓުން ނިންމުމުގައި އިޖުރާއީ އައިބެއް އޮތްކަމުގައ ފާހަގަކޮށްފައި ވެއެވެ.
5އަދި ޖޫރިމަނާ ފައިސާއާ ގުޅޭގޮތުން ސުޕްރީމް ކޯ ޓުން ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކުރަންޖެހޭކަމަށްވެސ ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އެ އުޞޫލުތަކަށް ރިޢާޔަތްކޮށްފިނަމަ، މި މައްސަލާގައި ސިވިލް ކޯޓުން މައްސަލަ ނިންމިއިރު ނެރެފައިވާ ނަތީޖާއށަ ބަދަލް އައުމުގެ އިހުތިމާލު އޮތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
6ބަޔާންވެދިޔަ ކަންކަމާއެކ ސުޕްރީމު ކޯޓުން ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2015C/-/Cv1732 ޤަޟިއްޔާ ގެ މައްސަލައަކީ އިޖުރާއީ އައިބެއް އޮތް މައްސަލައެއްކަމުގައިވާތީއާއި، އަދި ޖޫރިމަނާ ފައިސާއާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުޞޫލުތައް ތަޠުބީޤުކޮށްފިނމަ، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު އައުމުގެ އިޙުތިމާލު އޮތް މައްސަލައެއް ކަމުގައިވާތީ ސިވިލް ކޯޓުގެ އެ ޤަޟިއްޔާގައި ޞައްޙަ ޝަރީޢަތެއް ކޮށްފައިވާކަމަށް ނުބެލެވޭތީ، އެ މައްސަލައަކީ އަލުން ސިވިލް ކޯޓުން ބަލަންޖެހޭ މައްސަލައެއްކަމުގައެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/107 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 21 ވަނަ ޕެރެގްރާފް ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 25 ވަނަ ޕެރެގްރާފް ސުޕްރީމް ކޯޓުން މި މައްސަލަ ހައިކޯޓަށް ތަޙުވީލުކުރުން:
7ޕްރިސިޑެންސް 4ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، މިފަދަ މައްސަލައެއް އަލުނި ބެލުމަށް ސުޕްރީމް ކޯޓުން ސީދާ ސިވިލް ކޯޓަށް ތޙަ ވީލުކުރުމުގެ ބާރެއް ލިބިދެވިފައި ނ ވާކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤނޫނުގާ 31ވަނަ މާއްދާގަ (ށ) ގެ ދަށުން ސުޕްރީމް ކޯޓުން މައްސަލައއެ ތޙަ ވީލުކުރެވޭނު ހައިކޯޓަށް ކަމަށެވެ. ވުމާއެކު، ދިވެހރާއްޖޭގި ކޯޓުތަކުގެ ގާނޫނުގި 31ވަނަ މާއްދާގަ (ށ) ގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 1732/Cv-C/2015 ޤަޟިއްޔާގަ އ ހިމެނި މައްސަލޭ މައުޟޫޢު ގޮތުން އަލުން ބެލުމަށް މި މައްސަލަ ސިވިލް ކޯޓަށް ތޙަ ވީލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ ތޙަ ވީލުކު ރީކަމުގައެވެ. ހައިކޯޓުން ދަށު ކޯޓަށް މައްސަލައެއް ތަޙުވީލުކުރުން:
8ޕްރިސިޑެންސް 1ޕްރިސިޑެންސް 2ކޯޓެއްގެ އޚި ތ ޞާޞިކާ ޚލާފުވުމުގި މައްސަލައެއް ފިޔަވައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢު ގޮތުން ބެލުމުގައި އެ މައްސަލައަކީ މައުޟޫޢު ގޮތުން ބެލެން އޮތް މައްސަލައަކަށްވެފައި، އެ މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނލަށ އަލުން ފޮނުވައި، މައްސަލާގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތށަ އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތޙަ ވީލުކުރު ވިދާނެކަނެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާގަ (ހ) އާއި (ށ) އިން އެނގެއެވެ. ބުނެވިދިޔަ ގޮތުގެމަތިން ތަޙުވީލުކުރާ މައު ސަލް ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައުޟޫޢު ގޮތުން އަލުން ބަލަންވާނީ އެ ޤަޟިއްޔާއެއްގައި ހައިކޯޓުން ޙުކުމްކުރި ނުކުތާ ނުވަތަ ނުކުތާތަކގ ތަރަހައިގެ ތެރޭގު އެވެ. އަދި ތަޙުވީލުކުރީ މުޅި މައްސަލަކަމުގައި ނުވެފައި، މައްސަލައިގެ ބައެއްކަމުގައި ވާނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލާނީ ހަމައެކަނި އެބައެއް ކަމާއި، ދަށު ކޯޓަ ށ ނުވަތް ޓްރައިބިއުނަލަށް ތޙަ ވީލުނުކުރު ޤާނޫނު ނަންބަރު 3232/33 ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 23 ވަނަ ޕެރެގްރާފް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) އަދި (ށ) (PDF ގައި '16')
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ސުޕްރީމް ކޯޓުން ހައިކޯޓަށް ތަޙުވީލުކުރުމާބެހޭ މާއްދާގެ (ށ) (PDF ގައި '31' / '13'؛ ނަންބަރު ޔަޤީނެއް ނުވޭ)
- ސުޕްރީމް ކޯޓު 2020/SC-A/107
- ހައިކޯޓު 2018/HC-A/24 (ސުޕްރީމް ކޯޓުން ބާޠިލުކުރި)
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް