ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A-02/04
އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން، 2021/HC-A-02/04
Ahmed Ismail v. Lateefaa Ali Hassan 2021/HC-A-02/04 (2021/HC-A-02/04, High Court of the Maldives, 31 August 2021)
އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން
މައިގަނޑު ސުވާލު
ސުޕްރީމް ކޯޓުން ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް ހައިކޯޓަށް ތަޙުވީލުކުރި މައްސަލައެއްގައި، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޞައްޙަ ޝަރީޢަތެއް ކުރެވިފައި ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު ހައިކޯޓުން ޢަމަލުކުރަންވީ ގޮތް.
ނިންމި ގޮތް
ސިވިލް ކޯޓުގެ 984/Cv-C/2016 ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ސުޕްރީމް ކޯޓުން ހައިކޯޓަށް މައްސަލައެއް ތަޙުވީލުކުރެވޭނީ ކަންހިނގާފައިވާ ގޮތް ހައިކޯޓުން އަލުން ބަލަންޖެހޭ މައްސަލައެއް ކަމަށްވާނަމައެވެ. މި މައްސަލަ ހައިކޯޓަށް ތަޙުވީލުކޮށްފައިވަނީ ކަންހިނގި ގޮތް ހައިކޯޓުން ބެލުމަށް ނޫން، ސިވިލް ކޯޓަށް ތަޙުވީލުކުރުމަށްޓަކައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ މައްސަލައެއް ހައިކޯޓުން ދަށު ކޯޓަށް ތަޙުވީލުކުރެވިދާނެއެވެ. ދަށު ކޯޓުން އެ މައްސަލަ ބަލަންވާނީ ހައިކޯޓުން ޙުކުމްކުރި ނުކުތާގެ ތަރަހައިގެ ތެރޭގައެވެ؛ މައްސަލައިގެ ބައެއް ތަޙުވީލުކޮށްފިނަމަ ބަލާނީ އެ ބައި އެކަނި ކަމާއި ތަޙުވީލު ނުކުރާ ބައިގެ ޙުކުމް ދެމިއޮންނާނެކަން 47 ވަނަ މާއްދާއިން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ޖެހޭތީ، ދަށު ކޯޓުގެ ޤަޟިއްޔާއެއްގައި ޞައްޙަ ޝަރީޢަތެއް ކުރެވިފައި ނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާނަމަ، ހައިކޯޓުން އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް މައުޟޫޢުގައި ޝަރީޢަތް ހިންގުމަށް ދަށު ކޯޓަށް ތަޙުވީލުކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
މުޙައްމަދު ނިޔާޒް ތާއީދުކުރައްވައެވެ . މައްސަލައިގެ ޚުލާޞާ : 1- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/355 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ […] އަޙްމަދު އިސްމާޢީލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އެކޯޓުގެ ނަންބަރު 2020/SC-A/100 (2021/SC
30) ޤަޟިއްޔާގައި އެ މައްސަލަ ބައްލަވައި، އިސްވެ ބުނެވުނު މި ކޯޓުގެ ނަންބަރު 2019/HC-A/355 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރައްވައި، ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( ގެ 18 އަދި 19ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވެއެވެ . 2- އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ޙުކުމް ކުރެއްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-CR/95/2021/49 )22 މާރިޗު 2021( ސިޓީން އެ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތް އަދި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތައް މިކޯޓަށް ފޮނުވާފައިވެއެވެ . ޤާނޫނު އޮތް ގޮތް : 3- ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( ގެ 12ވަނަ މާއްދާ އަށް ބަލާއިރު އެ މާއްދާގައިވަނީ، ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއްކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ހިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މ ޞް ލ ޙަ ތ އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމްކޯޓަށް ލިބިގެންވެއެވެ . 4- އަދި އެ ޤާނޫނުގެ 18ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ . ކޯޓެއްގެ އިޚް ތ ޞާޞް އަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީ ގޮތުން ބެލުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ . )ހ( އެ މައްސަލައަކީ މައުޟޫޢީ ގޮތުން ބެލެން އޮތް މައްސަލައަކަށް ވެފައި، އެ މައްސަލައިގައި ކަންހިނގާފައިވާގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރި ހަމައަށް އަދި ޞަ އްޙަ ކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލައިގައި ޢަމަލުކުރަންޖެހޭ ޤާ ނޫނީ އުޞޫ ލ ކަނޑައަޅައި މައްސަލަ ނިންމުން. )ށ( މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާފަދަ މައްސަލައަކީ ހައިކޯޓަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލު ން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއް ނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓަށް ތަޙު ވީލުކުރުނ. )ނ( މި މާއްދާގެ )ށ( ގައިވާ ގޮތުގެމަތިން، ހައިކޯޓުން މައްސަލައެއް އަލުން ބެލުމުގައި، މި މާއްދާގައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުން ކަނޑައެޅި ޤާ ނޫނީ އުޞޫ ލާއެއްގޮތަށް ހައިކޯޓުން ޢަ މަލުކޮށްފައިނުވާނަމަ، ނުވަތަ ހައިކޯޓުން ދެވަނަ ފަހަރަށް ކުރި ޙުކުމުގައި އިސްތިއުނާފުކުރުމަށް މި ޤާ ނޫނު ހުއްދަކުރާ ސަބަބެއްއޮތްނަމަ، އެ މައްސަލަ ސުޕްރީމް ކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފުކުރެވިދާނެއެވެ . )ރ( މި މާއްދާގެ )ނ( ގައިވާ ގޮތުގެމަތިން މައްސަލަ ބެލުމުގެ ތެރޭގައި ކަންހިނގާފައިވާ ގޮތް އަލުން ސާބިތުކުރުން ހިމެނުނުކަމުގައި ވީނަމަވެސް، އެ ކަންތައް ބަލަން ހައިކޯޓަށް ތަޙު ވީލުކުރުމަކާ ނުލައި އަލުން މުޅި މައްސަލަ ބަލާނީ ސުޕްރީމް ކޯޓުންނެވެ . އަދި މައްސަލަ ބެލުމުގައި، ކުރިން ހައިކޯޓަށް އަނބުރާ އެ މައްސަލަ ތަޙު ވީލުކުރިއިރު ސުޕްރީމް ކޯޓުން ކަނޑައެޅި ޤާ ނޫނީ އުޞޫ ލުގެ ތަރަހައިގެ ތެރޭގައި ޙުކުމްކުރުން ސުޕްރީމްކޯޓަށް ލާޒިމުވާނެއެވެ. 5- އެ ޤާނޫނުގެ 19ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ . )ހ( މި ޤާނޫނުގެ 18ވަނަ މާއްދާގެ )ށ( ގައިވާ ގޮތުގެމަތިން، އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރާ މައްސަލަތަކުގައި، ހައިކޯޓުން މައްސަލަ މައުޟޫޢީ ގޮތުން ބަލަންވާނީ އެ މައްސަލައެއްގައި ސުޕްރީމްކޯޓުން ކަނޑައެޅިޤާ ނޫނީ ނުކުތާގެ ތަރަހައިގެ ތެރޭގައެވެ. )ށ( މި މާއްދާގެ )ހ( ގައިވާ ގޮތުގެމަތިން، ތަޙު ވީލުކުރީ މުޅި މައްސަލަކަމުގައި ނުވެފައި މައްސަލައިގެ ބައެއްކަމުގައިވާނަމަ، ހައިކޯޓުން ބަލާނީ ހަމައެކަނި އެބައެކެވެ . އަދި، ހައިކޯޓަށް ތަޙު ވީލުނުކުރާ ބައިގެ މައްޗަށް އެހާތަނަށްކޮށްފައިވާޙު ކުމް ދެމިއޮންނާނެއެވެ. )ނ( މި ޤާނޫނުގެ 18ވަނަ މާއްދާގެ )ށ( ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ތަޙުވީލުކުރާ މައްސަލައެއްގައި ސުޕްރީމް ކޯޓުން ބަލާފައިވަނީ ހަމައެކަނި އިސްތިއުނާފުކުރި ޤާ ނޫނީ ނުކުތާކަމަށް ވީނަމަވެސް، ހައިކޯޓަށް ތަޙު ވީލުވުމަށްފަހު، މައްސަލައިގައި ކަންހިނގި ގޮތް އަލުން ބަލައި ވަޒަންކުރުމުގެ ފުރިހަމަ ބާރު އެ ކޯޓަށް ލިބިގެންވެއެވެ . ނަމަވެސް ސުޕްރީމްކޯޓުން ކަނޑައެޅި ޤާ ނޫނީ ނުކުތާގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތާ ޚިލާފުވި ގޮތަކަށް ހައިކޯޓުންޙު ކުމެއް ކޮށްގެންނުވާނެއެވ. )ރ( މި ޤާނޫނުގެ 18ވަނަ މާއްދާގެ )ށ( ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ތަޙުވީލުކުރާ މައްސަލަތައް ހައިކޯޓުން ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ފަނޑިޔާރުން ނުހިމެނޭ މަޖިލީހަކުންނެވ. )ބ( މި ޤާނޫނުގެ 18ވަނަ މާއްދާގެ )ށ( ގައިވާ ގޮތުގެމަތިން ހައިކޯޓުން އަލުން ބެލުމަށް ފޮނުވާ މައްސަލަތައް ހައިކޯޓުން ބެލުމުގައި، ހައިކޯޓަށް އަނބުރާ އެމައްސަލަ ފޮނުވާލިއިރު ސުޕްރީމް ކޯޓުން ކަނޑައެޅި ގާނޫނީ އުޞޫލު އެ މައްސަލައެއްގައި ހިމެނޭ ޚަޞްމުންނަށް އަންގައި އެކަމާމެދު އެ ޚަޞްމަކު ހުށަހަޅަންބޭނުންވާ ޤާ ނޫނީ ނުކުތާތައް ހައިކޯޓުގެ އަޑުއެހުމެއްގައި ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ . ހައިކޯޓުން ދަށު ކޯޓަށް މައްސަލައެއް ތަޙްވީލުކުރުން: 6- ކޯޓެއްގެ އ ޚް ތ ޞާޞް އަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީ ގޮތުން ބެލުމުގައި އެ މައްސަލައަކީ މައުޟޫޢީ ގޮތުން ބެލެންއޮތް މައްސަލައަކަށްވެފައި، އެމައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙު ވީލުކުރވިދާނެކަން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46ވަނަ މާއްދާގެ )ހ( އާއި )ށ( އިން އެނގެއެވެ . ބުނެވިދިޔަ ގޮތުގެމަތިން ތަޙު ވީލްކުރާ މައްސަލަ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައުޟޫޢީ ގޮތުން އަލުން ބަލަންވާނީ އެ ޤަޟިއްޔާއެއްގައި ހައިކޯޓުންޙު ކުމްކުރި ނުކުތާގެ ތަރަހައިގެ ތެރޭގައެވެ . އަދިތަ ޙވީލުކުރީ މުޅި މައްސަލަކަމުގައި ނުވެފައި، މައްސަލައިގެ ބައެއްކަމުގައި ވާނަމަ، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ބަލާނީ ހަމައެކަނި އެބައެއް ކަމާއި، ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަހުވީލުނުކުރާ ބައިގެ މައްޗަށް އެހާތނަށްކޮށްފައިވާ ޙު ކުމް ދެމިއޮންނާނެ ކަން އެޤާނޫނުގެ 47ވަނަ މާއްދާގެ )ހ( އާއި )ށ( އަށް ބެލުމުން އެނގެއެވެ . 7- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށްތަޙްވީލުކުރެވނ، އެ މައްސަލައަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ ހައިޓުން އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއް ކަމަށްވާ ނަމަކަން ކޯޓުތަކުގެ ޤާނޫނުގެ 18ވަނަ މާއްދާގެ )ށ( އިން އެނގޭއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި ކޯޓަށް ތަޙްވީލްކޮށްފައިވާމި މައްސަލައަކީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތް މި ކޯޓުން ބަލައި، ގޮތެއް ކަނޑައެޅުމަށް ތަޙުވީލުކުރި މައްސަލައެއް ނޫންކަމާއި، އެއާ ޚިލާފަށް މައްސަލަ މި ކޯޓަށް ތަޙްވީލު ކޮށްފައިވަނީ ސިވިލް ކޯޓަށް މި މައްސަލަ ތަޙްވީލްކުރުމަށްޓަކައިކަން އެނގެއެވެ . ސުޕްރީމް ކޯޓުގެ ނިންމުމަށް ތަބާވުން: 8- ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ޤަޟިއްޔާގެ މައުޟޫއުގައި ހިމެނޭ މައްސަލައަކީ ޞައްޙަ ޝަރީޢަތެއް ކުރެވިފައިވާ މައްސަލައެއް ކަމަށް ނުވާތީ، އެ މައްސަލައަކީ އަލުން ސިވިލް ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށާއި، ނަމަވެސް މި ފަދަ މައްސަލައެއް އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރުމުގެ ބާރު ކޯޓުތަކާބެހޭ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 (2021/SC 30) ޤަޟިއްޔާގެ 41ވަނަ ނުކުތާ ގައި ބަޔާންކޮށްފައިވެއެވެ. 9- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ( ގައި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައި ވާއިރު، ސުޕްރީމް ކޯޓަކީ ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސްފަރާތްކަމަށްވެފައި، ދިވެހިރާއްޖޭގެ ހައިކޯޓަކީ އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓެއް ކަމުގައިވާތީއާއި، ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ޤަޟިއްޔާގެ މައުޟޫޢުގައި ހިމެނޭ މައްސަލައަކީ ޞައްޙަ ޝަރީޢަތެއް ކުރެވިފައިވާ މައްސަލައެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަޔާންކުރެވުނު ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާތީ، އެ ޤަޟި އްޔާ ގެ ޙު ކުމް ބާޠިލު ކުރުމަ ށ އ، އެ މައްސަލައިގެ މައުޟޫޢުގައި ޝަރީޢަތް ހިންގުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ފެނެއެވެ . ފަނޑިޔާރު މުޙައްމަދު ނިޔާޒް : ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 (2021/SC 30) ޤަޟިއްޔާގެ 41ވަނަ ނުކުތާގައި ]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގެ މައުލޫގައި ހިމެނޭ މައްސަލައަކީ ސައްހަ ޝަރީއަތެއް ކުރެވިފައިވާ މައްސަލައެއް ކަމަށް ނުވާތީ، އެ މައްސަލައަކީ ހަގީގަތުގައި އަލުން ސިވިލް ކޯޓުން ބަލަންޖެހޭ މައްސަލަ އެކެވެ .[ މިފަދައިން ބަޔާން ކޮށްފައިވާތީ، މިމައްސަލައިގައި އިސްތިއުނާފުން ހައިކޯޓުން ބަލަންޖެހޭ ކަމެއް ނެތެވެ . ސަބަބަކީ، ސުޕްރީމް ކޯޓުގެ ބަޔާންވެދިޔަ ޙުކުމުގައި ޞަރީޙަ ޢިބާރާތުން ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ޤަޟިއްޔާގެ ]މައުލޫއު އަކީ ސައްހަ ޝަރީޢަތެއް ކުރެވިފައިވާ މައްސަލައެއް ކަމަށް ނުވާ [ ކަމަށް އެވަނީ ނިންމާފައެވެ . ދަށު ކޯޓުގައި ނިންމި މައްސަލައެއް އެކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނުވަތަ ޞައްޙަ ޝަރީޢަތެއް ކުރެވިފައި ނުވާކަމަށް ދެކިގެން އިސްތިއުނާފް ކުރުމާއި، ދަށު ކޯޓުން ނިންމާފައިވާ މައްސަލައެއްގައި ޞައްޙަ ޝަރީޢަތެއް ކުރެވިފައި ނުވާކަމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ ނިންމުމުގައި ބަޔާން ކުރުމާ ވަރަށް ތަފާތެވެ . މިޙާލަތުގައި އިސްތިއުނާފުން އަލުން ބަލާނެ ޞައްޙަ ޝަރީޢަތެއް އޮތް ކަމަށް ހައިކޯޓަކަށް އަލަކުން ނިންމިދާނެކަމަށް ބުރައެއް ނުވެއެވެ . ދެން ހަދަންޖެހޭނެ ގޮތަކީ މައްސަލައިގެ މައުޟޫޢު ގައި ޞައްޙަ ޝަރީޢަތެއް އަލުން ކުރުމަށްޓަކައި ދަށު ކޯޓަށް އެމައްސަލަ މުޅިން ތަޙުވީލު ކުރުމެވެ . ވީމާ، މި މައްސަލައަކީ އަލުން ސިވިލް ކޯޓަށް ތަޙުވީލު ކުރަންޖެހޭ މައްސަލައެއްކަމަށް ރިޔާސަތުން ނިންމި ނިންމުމަށް އަހުރެންނަށް ތާއީދު ކުރެވެއެވެ . N0 N---- :r:u <( 0----010 "T 00 I I 01\"~"'\ • ""' "&..I~~ 0\ "~ ''\\& 0\\'\\~O\\~ "\"0.."\"~O\,, \Q ,.,"~''t. ,,"~"\ "\"0.."\"~\"'\\,, "0..ol ~\' O\":\ C~.,,L '\\ s:. '\ 't, :\ "' ,, \~"\"~ 0"\"'t,\ ,1_'" 0"\\l '" ,..._,\l'"0'\ ~\"'\ '"' " ~-I'""'\ ""' \\ ()'\ ''"' 0\""'"00--- u u--- N 0 ,.........\0 "\\QO\ ,,
0..'\ ~~.,, "\·-...~ ~~ \\ '\ '\· s:. ·L >I \ \ '"o:. \~ 0'\"'\''\\l'"()'\ ~\"'\.!O\'\\Q O\"8J~~ 0\ O\"\\'I:; \'I:;'\\l ()'\\'\ "'\ ''C~.,"\ '"'0\ \~ 0'\"'\'\\l 0'\\'\ C~.,,L ~~ ~~ ,,\C).,-.;::t,.........""' ,,,0'\ ,,., N0 N----0 (/).u --<---- .........0 0 '-..../N 0 N----,........C/"1u ~0 ~ "\\&ot.; ,,""' "&..I~~ ()'\ ()'\"l ""' :1\J()'\~ ...~' L I \~ .... \ 01,\'I:; ~ ,-..._,""' ''\0'\,, ,,\C).,,.........-.;::tM ""' ,, \'I:;"\~\ ,,,.,""' ,,,()'\ ~\0'\"'\.!""' :I ()'\,, ... \\ \~01,h O\,, \Q \"' \\"~"\ '\ l~ l .... '\.I ....\ ~' ~~ 0..'\\ s:. '\\ 't, , \ "~"'\\\"\~~ ''& ()'\"~"'i ,, \~01,)(~ ,.,,,,()'\ ''"' 0\""'"00--- u u--- N0 ,.........\D "\\QO\\\""' "8J~~ 0\ o:.)(~()~,,,, ~ '\ ~\ 0..'\\ '\\ l \ >I C~.,,L '\·.... , . ""' :I 0'\''\ "C)., ,,,0'\ ,,., 0\~~ ()'i\~ 01,\&..J~~ ()\ 01,""'\'\ O\ 0~\ ,{ ,.,"'\·~l "'\\'\""' '\\l 0'\\'\ "'\ '\.I \\ \\ ·L '\,~ 0..~ C~.,,L \\ '\· \~ '\\ '\\ "C).,"'\ 01,h 0'\"~"'i ""''O\ \\ ()'\ ""' "\ \'\""' O\"\ ,,, ':\ "& \"'"8J~~\'\ :\~ '\~\ '\\ \~\J, .-~,\ \\ '\\ "~0'\"~"'i ''\\Q ,,,0'\ ,,., -...~ '\\ ·L '\, O'<J~, "\ ,,, ':\ ,, ()'\ \~\'<J "\ ,,, ':\ .-~,\ ' .... .-~,\ . \ , I ~~\ C'),.,.,\0'<tr- •l ~~ ,.,.,~~ Na- ..0~'C "'"lJ:~ \\...,~' "'~''" )~''\X~'\,,.,,,("'"')~"\"'\,.- .,-~\ \\'"'\~i - "ll.J \\""~"'·~"\\ ·~' a~'\ O&"' ·- <8@· -§; a\'·~ ~ ~~ ~ b!J..c:u0~- biJ~ ~ ~ l ~ c ;::: u 0 3 .:-g,> ; > . '\1>
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ލިޔުމުގައިވާ ގޮތަށް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ([2021] SC 30) ޤަޟިއްޔާ (41 ވަނަ ނުކުތާ)
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް