ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/9
މުޙައްމަދު ޝަމްޢާން ވަޙީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-B12/9
Mohamed Shamaan Waheed v. Prosecutor General 2025/HC-B12/9 (2025/HC-B12/9, High Court of the Maldives, 29 April 2025)
މުޙައްމަދު ޝަމްޢާން ވަޙީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ހެކިންނަކީ މީނާގެ ދަށުން މަސައްކަތްކުރި މުވައްޒަފުން ކަމަށާއި ވަޒީފާގެ ގުޅުމަށްވުރެ ގާތް ގުޅުމެއް އޮތުމުން ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބަލައި ޝަރީޢަތް ނިމެންދެން ބަންދުކުރަން ނިންމިއެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުރެ، މުވައްޒަފުން ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ނަގައި ލޯންޑަރކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވި، ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ނުފޫޒު ފޯރުވަން އުޅުނުކަމުގެ ހެކި ނެތި، ހަމައެކަނި ރައްޓެހިކަމަށް ބަލައި 13(ހ)(2) ތަޠުބީޤުކޮށް ހައިކޯޓުގެ ސާބިޤާތަކާ ޚިލާފަށް ބަންދުކުރީ ކަމަށެވެ. ދައުލަތުން ބުނީ ތުހުމަތުކުރެވޭ މީހާގެ ހައިސިއްޔަތާއި ބާރާއި ނުފޫޒަށް ރިޢާޔަތްކޮށް ނިންމި ކަމަށާއި ޝަހީބް ޤަޟިއްޔާގެ މިންގަނޑު ފުރިހަމަވާ ކަމަށެވެ.
މައިގަނޑު ސުވާލު
ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެކަމަށް ބަލައި ޝަރީޢަތް ނިމެންދެން ބަންދުކުރަން ނިންމުމުގައި، ނުފޫޒު ފޯރުވަން އުޅުނުކަމުގެ ހެކި ހުރުން ލާޒިމުތޯ، އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (2) ތަޠުބީޤުކުރަންވީ ގޮތް.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ބަންދުގެ އަމުރު ޤާއިމް
ޝަހީބް ޤަޟިއްޔާގެ މިންގަނޑަކީ ހާލަތު ވުޖޫދުވުމުގެ ގާތްކަން ބޮޑުތޯ ބެލުން ކަމަށާއި، 13(ހ)(2) ގެ ދެ ކަމަކީ މުސްތަޤިއްލު ދެ ކަމެއް ކަމަށާއި، ދަށުކޯޓުން ދެކަމަށްވެސް ރިޢާޔަތްކޮށްފައިވާތީ އިސްތިއުނާފީ ބަހުސަށް އަސާސެއް ނެތްކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ބަންދާމެދު ގޮތެއް ނިންމުމުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ހާލަތެއް ވުޖޫދުގައި ވޭތޯ ފަނޑިޔާރު ކަނޑައަޅަންވާނީ، އެފަދަ ހާލަތެއް ވުޖޫދުވުން ވުޖޫދުނުވުމަށްވުރެ ގާތްކަން ބޮޑުތޯ ބަލައިގެންނެވެ؛ މިއީ ކުށެއް ސާބިތުކުރުމަށް ބަލާ މިންގަނޑެއް ނޫނެވެ. ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ހާލަތަށްވެސް ތަޠުބީޤުވަނީ މި މިންގަނޑެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.2-12.3)
- ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެކަމަށް ބަލައި ބަންދުގައި ބެހެއްޓޭނީ ނުފޫޒު ފޯރުވަން އުޅުނުކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެގެން ކަމަށް 2019/HC-A/141 އާއި 2022/HC-B12/61 ޤަޟިއްޔާތަކުގައި ކަނޑައަޅާފައި ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12.1)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައިވާ ކަންކަމަކީ އެއިން ކިތައް ކަމަކަށް ނުވަތަ ކިހާ މިންވަރަކަށް ރިޢާޔަތްކުރިތޯ މިނެކިރައި ބަލާ ކަންކަމެއް ނޫނެވެ؛ ހުރިހާ ނަންބަރަކަށް، ވަކި ނަންބަރުތަކަކަށް، ނަންބަރެއްގެ ބަޔަކަށް ނުވަތަ އެ މާއްދާގައި ނުހިމެނޭ ކަމަކަށް ރިޢާޔަތްކޮށްވެސް ފަނޑިޔާރަށް ގޮތް ނިންމިދާނެއެވެ. މުހިންމީ 49 ވަނަ މާއްދާގެ ހާލަތު ދެނެގަންނަ މިންގަނޑުން އެކަން ދެނެގަނެ ބަޔާންކުރުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.1-13.2)
- ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (2) ގައިވާ، ހެކިންނާއި ތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތް މިންވަރާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް މިންވަރަކީ އެކުއެކީގައި ޤާއިމުވާން ޖެހޭ ކަންކަމެއް ނޫން، ވަކިވަކިން ރިޢާޔަތްކުރެވިދާނެ މުސްތަޤިއްލު ދެ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13.3)
- ދަށުކޯޓުގެ ނިންމުމެއް ހައިކޯޓުން ބާޠިލުކުރެވޭނީ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭ ސަބަބުތައް ހުރުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވުން، ނުވަތަ ނިންމުމަށް އަސަރުފޯރުވާ އިޖުރާއީ ޢައިބެއް ހުރުން ފަދަ ހާލަތެއްގައެވެ؛ އިސްތިއުނާފީ އޮޅި ގިރާވާ ވަރުގެ ބުރަދަން ހުރި ޤާނޫނީ ބަހުސެއް ނުދައްކައިފިނަމަ އަމުރު ބާޠިލެއް ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15)
ތާއީދުކުރައްވާފައި( ތ އާރފ
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2025/670 ކޯޓު އަމުރުއިސްތިއުނާފުކުރުމު ން، މ ކޯޓުގައި ހިންގި ނަންބަރ 2025/HC-B12/9 ގަޒިއްޔާގެ ސަރިޔަތ ނިންމް ގޮތުގެ ރިޕޯޓެވެ.
2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ މުޙައްމަދު ޝަމްޢާން ވަޙީދު އެވެ. އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.
3މި ރިޕޯޓުގައި، ލަފުޒެއް ނުވަތަ އިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައ ހިނދަކު: • "އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރު" ކަމުގައި ބުނެފައި އެ ވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/670 )06 އޭޕްރީލް 2025( ކޯޓު އަމުރަ ށެވެ. • "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ " މުޙައްމަދު ޝަމްޢާން ވަހީދު" ކމުގައަ ބުނެފައި އެ ވަނީ،މުޙައްމަދ ޝަމްޢާން ވަޙީދު އަށެވެ. • "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް" ކަމުގައި ބުނެފައި އެ ވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. • "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު" ކަމުގައި ބުނެފައި އެ ވަނީ، ގަވާއިދު ނަންބަރު 2021-SC-REG-01 )ޝަރުއީ ތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު( އަށެވެ.
4ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެމަގާމްގުއ ހުރި މުޙައްމަދު ޝަމްޢާން ވަޙާދްއަދި އޭނާއާ ބައިވެރިވި އިމިގްރޭޝަނ މުވައްޒަފުންތަކެއް ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަތުން އިމިގްރޭޝަން ކޮންޓްރޯލާއަށާއި އިމިގްރޭޝަން މުވައްޒަފުންނަށް ލިބިދޭ ބާރުގެ ނަހަމަ ގޮތުގައި ހިފައި، އެ އަމަލުތަކުނ މާލް މަންފާހޯދައި އެ ފައިސޭއަތުގައ ބަހައްޓައި އޭގެއިން މުއާމަލާތްކޮށް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތްކުރެވ މައްސަލައަކާ ގުޅިގެނ ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު ޝަމްޢާން ވަހީދު، […] 06 ވަނަ ފަންގިފިލާއިން 21 މާރިޗު 2025 ގައި ހައްޔަރުކޮށފައިވެއެވެ.
5އެއަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޝަމްޢާން ވަހީދު
15 )ފަނަރަ( ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. އ އަށް ފަހު، އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރުން 06 އޭޕްރީލް 2025 އިން ފެށިގެން މުޙައްމަދު ޝަމްޢާން ވަހީދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
6އިސްތިއުނާފުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ މި ކޯޓު އަމުރެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު J/HA/2025/145-145 ކޯޓު އަމުރު )21 މާރިޗު 2025( ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމް )22 މާރިޗު 2025( ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2025/559-145 ކޯޓު އަމުރު )22 މާރިޗު 2025( އިސްތިއުނާފީ ނުކުތާ އަދި ބަހުސް
7އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ އެއީ ނުކުތާއެވެ.
8އ ނުކުތީ ގ އ ފާހަގަކޮށްފައި ވަން،ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށްޓުކައިކަމަށް ބަޔާންކުރައްވައި، ކްރިމިނަލަ ކޯޓުގެ ނަންބަރ 145-J/MA/2025/670 އަމުރުނ މުޙައްމަދް ޝަމްޢާން ވަޙީދުގެ ޝަރްއީތ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ، މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް ތުހުމަތުކުރެވިފައިވ މައްސަލާގައި ހެކިބަސްދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވަން އުޅެކަމުގެ އެއްވެސް މިންވަރެއްގެ ހެއްކެއް ނެތި، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނި މާއްދާގަ )ހ( ގެ ދެވަނަ ނަންބަރާޚުލާފަށ އެއަކުރު ތަތުބީގުކޮށްގެންކަމަށްވުމާއި، އަދި ހެކިބަސްދޭންހުރި މީހަކަށް ނުފޫޒު ފޯރުވާފާނެކަމަށްޓަކައި މީހަކު ބަންދުގައި ބެހެއްޓުމަށް ކަނޑައެޅޭނީ، ތުހުމުތުކުރެވިފައިވާ މައްސަލާގައި ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަންއުޅޭކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކިހުރެގެންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2019/HC-A/141 ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/61 ރީޙާން މަޙްމޫދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައިވި އުސޫލުތަކާޚެލާފަށު، އަދި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށ ދަށް މަރުހަލާގާކޯޓުތަކުން ތަބާވާންޖެހޭނެކަމަށުގާނޫނީ އަސެ ސ ގ 143 ވޮނ މާއްދާގަ )ރ( ގައް ބަޔާންކާށ ފައިވާ ދުސްތޫރީ އުސޫލު ވެސް ޚިލާފަށްކަމަށެވެ.
8.1މި ނުކުތާގެ ތަފުސީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި އެއީ ކަމަކީ،ހެކިބަސްދޭން ހުރި މީހަކަށ ނުފޫޒެއް ފޯރުވަފާނެކަމަށްޓަކައި މީހަކު ބަންދުގައި ބެހެއްޓޭނީ "ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަންއުޅޭކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކިހުރެގެން ކަމަށް" މި ކޯޓުގެ ނަންބަރ 2019/HC-A/141 ގަޒިއްޔާ އާއި، ނަންބަރު 2022/HC-B12/61 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަމަށާއި،ނަމަވެސް މި މައްސަލާގައިމުޙައްމަދުޝަމްޢާނިވަޙީދިޝަރީއަތ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައި ވަނީ ހެކިބަސްދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ އެއްވެސް މިންވަރެއްގެ ހެކި ނެތި ކަމަށެވެ.
8.2 ދެން ފާހަގަކުރާ ކަމަކީ،ޝަރޭއީ ތްކުރުމާބެހ ޖިނާއީ އިޖުރާއާތު ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ(ގެ 2 ވަނަ ނަންބަރަށް ބަލާއިރު، އެ ނަންބަރަށް ރިއާޔަތްކޮށް ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމުގެ ހާލަތެއް އޮތް ކަމަށް ބެލވެނެވާނީ، ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތް މިންވަރުގެ އިތުރުން، އެ ގުޅުން އެހެން އޮވެފައި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރު ސާބިތުވާނޭ ހެކި ވެސް ހުރެގެން ކަމަށއި،ނަމަވެސް، އިސްތިއުނާފު ކޮށްފައިވާ އަމުރުގައި ކޯޓުން ރިއާޔަތްކޮށްފައި ވަނަ، މި މައްސަލާގައި ހެކިބަސް ދޭން ތިބު، މުޙައްމަދް ޝަމްޢާން ވަޙީދުގެ ދަށުން މަސައްކަތްކުރި ބައެއް މުވައްޒަފުންނަކްމުޙައްމަދު ޝަމްޢާން ވަޙީދްގެ ރައްޓެހިނ ކަމަށް ވާތީ އެކަމަށް އެކަނި ބަލައިގެން ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަން އުޅެފައިވާކަމުގެ އެއްވެސް މިންވަރެއްގެ ހެކި ހުރެގެން ނޫން ކަމަށެވެ.
9މ ނުކުތާގެ ޖަވާބުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކޮށްފައވެއެވެ.
9.1 ބްންދާމެދ ގޮތެއު ނިންމުމުގައި ވަކި ހާލަތެއް އޮތްތޯ ވަޒަންކުރުމުގައި ރިއާޔަތކުރަންޖެހް ކަންކަން ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި،ބަންދާމެދު ގޮތެއު ނިންމުމުގައި ބަލަން ޖެހޭ މިންގަނޑު މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކުގައި އޮޅުމެއް ނެތްހާ ސާފުކޮށް ކަނޑައެޅިފައިވާ ކަމަށެވެ.މި ގޮތުން، ސުޕްރީމް ކޯޓުގ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާއާ ހަވާލާދީ މައުލޫއާ ގުޅުންހުރި ނުކުތާތައް ފާހަގަކޮށްފައިވެއެވެ.
9.2 މި މައްސަލާގައި ހެކިބަސް ދޭން ތިބި ހެކިންނާ ތުހުމަތުކުރެވޭ ފަރާތާ އޮތް ގުޅުމުގެ މައްޗަށާއި، ތުހުމަތުކުރެވޭ މީހާގެ ހައިސިއްޔަތަށާއި، ބާރާއި، ނުފޫޒު އޮތް މިންވަރަށް ފަނޑިޔާރުރިއާޔަތްކޮށް އ ހާލަތު އޮތްކަން ދަށު ކޯޓުގައި ފާހަގަކޮށްފައިވާ ކަމަށާއި، އަދި ފަނޑިޔާރު ވެސް އެ ކަންކަމަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ.ވީމާމިއ އިސްތިއުނާފީ އޮޅޭ ގިރާކުރެވޭނެ ފަދައަކުން ހުށަހަޅާފައިވާ ނުކުތާއެއް ކަމަށް ނުދެކޭ ކަމަށެވެ.
9.3 މ މައްސަލާގައި ތުހުމަތުކުރެވި މީހާ އާއި ހެކިންނާ އޮތް ގުޅުމަކީ ރައްޓެއްސަކަށް ވީތ އޮތީ ގުޅުމެއް އެކަނި ނޫން ކަމަށާއި، ތުހުމަތު ކުރެވޭ މީހާއަކީ މީގެ ކުރިން މޯލްޑިވްސް އިމިގްރޭޝަންގެ އެންމެ އިސްވެރޔާ ކަމަށާއި، މި ހާދިސާއަކީ އޭނާގެ އާރާއ ބާރާއި ނުފޫޒު އޮވެގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބޭނުންކޮށްގެން ހިންގާފައިވާ އަމަލުތަކެއް ކަމަށާއި،ހެކިންނަށް ނުފޫޒު ފޯރުވުމަގ އިހުތިމާލު އޮތް ކަމަށް ފަނޑިޔާރް ނިންމާފައި ވަނީ މި މައްސަލައިގެ ހާލަތަށް ތަތުބީގުކޮށްގެން ކަމަށެވެ.
9.4 ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ( ގެ 2 ވަނަ ނަންބަރާ ގުޅޭ ގޮތުން ހުށަހަޅާފައި ވަނީ އިސްތިއީނާފުކުރ ފަރާތުގާ ހިޔާލެއް ކަމަށާއި، އެ މާއްދާ ވަކި ގޮތަކަށް މާނަ ކުރަންވީ ގޮތުގެ ގާނޫނީ ސަބަބު ހުށަހަޅާފައި ނުވާ ކަމަށާއި، ވީމާ މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާވާފަދަ ނުކުތާއެއް ނޫން ކަމަށެވެ. އެދިފައިވގޮތާ :
10އިސްތިއުނާފުކުރާ ފަރާތުން އެދިފައި ވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MA/2025/670 ކޯޓު އަމުރު ބާތިލްކޭށދެއްވައި މުޙައްމަދު ޝަމްޢާން ވަޙީދު ވަގުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްދެއްވުމަށެވެ.
11ދައުލަތުން އެދިފައި ވަނީ،ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ނުކުތާތަކެއް ނޫންކަމަށޫކަނޑައަޅުއްވައި ދެއްވުމަށެވެ. އަދި އްސްތިއުނާފީ ނުކުތާތަކާ މެދު މައުޟްއީ ގޮތުން ގޮތެއް ކަނޑައަޅުއްވަންޖެހޭކަމަށ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވައިފިނަމަ، ދަށުކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.
12ޕްރިސިޑެންސް 1ޕްރިސިޑެންސް 2ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރާ އެއްކަމަކީ،ހެކިބަސްދޭން ހުރް މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމަށްޓަކައި މީހަކު ބަންދުގައި ބެހެއްޓޭނީ "ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަންއުޅޭކަމުގ ކޮންމެވެސް މިންވަރެއްގެ ހެކިހުރެގެން ކަމަށް" މ ކޯޓުގި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ 6 5 ޖެނެރަލްގެ އޮފީސް ގަޒިއްޔާ އާއި، ރީޙާން މަޙްމޫދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަމަށެވެ.ނަމަވެސް މި މައްސަލާގުއ މުޙައްމަދަ ޝަމްޢާން ވަޙީދުޝަރީއަތް ނިމެންދެނ ބަންދުގައްބެހެއްޓުމަށް ނިންމާފައި ވަނީ ހެކިބަސްދޭންހުރި ފަރާތަކަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ އެއްވެސް މިންވަރެއްގެ ހެކި ނެތި ކަމަށެވެ. ހައިކޯޓުގެ ނަންބަރު 2019/HC-A/141 ގަޒިއްޔާ ހައިކޯޓިގެ ނަންބަރު 2022/HC-B12/61 ގަޒިއްޔާ
12.1. އިސްތިއުނާފްކުރާ ފަރާތުނުމި ނުކުތާގައްފާހަގަކުރާ ދެ ގަޒިއްޔއަށުބެލިއިރު،އިސްތިއުނާފކުރު ފަރާތުން ފާހަގަ އެ ކުރާ ފަދައިން،ހެކިބަސްދޭން ހުރް މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމަށްޓަކައ މީހަކު ބަންދުގައި ބެހެއްޓޭނީ "ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވަންއުޅޭކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކިހުރެގެން ކަމަށް" އިދެ ގަޒިއްޔާގައެ ބަޔާންވެފައި އޮތް ތަނެއް ނުފެނުނު ވެ.
12.2. ބެންދާމެދ ގޮތު ނިންމުމުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތެއް ވުޖޫދުގައި ވޭތޯއާމެދ ފަނޑިޔާރު ގޮތު ނިންމްމ ގައީ ރިއާޔަތްކުރަނވަ މިންގަން ޑީ ކ ގުޅޭގޮތުން، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ގޮތެއް ކަނޑައެޅިއެގަތ ވަން މި ހިނދަށް ގަރާރުވެފއެވެ. އެ ގަޒިއްޔާގައި ބަޔާންކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. "ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައްފަނޑިޔާރ ތަޠުބީޤު ކުރަންޖެހޭ މިންގަނޑަކީ ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތު ކުރުމށަ ބަލް މިންގަނޑެއް ނޫނެވެ. އެ ޙާލަތުގައި ފަނޑިޔާރު ބަލަންވާނީ، ތުޙުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށެވެ. މިފަދައިން ބަލާ ބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެއެވެ."
12.3. ވީމާ، ބަންދާމެދު ގޮތެއް ނިންމުމުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ހާލަތެއް ވުޖޫދުގައި ވޭތޯއާމެދ ފަނޑިޔާރު ގޮތު ނިންމަން ޖެހެނީ، އެ ފަދަ ހާލަތެއްވުޖޫދުވުން، އެފަދަ ހާލަތެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެމައްޗަށް ރިއާޔަތްކޮށެވެ. އ ހާލަތަކީ، ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފާނެ ކަމުގްހާލަތު ކަމުގައި ވިޔަސް އެކަން ދެނެގަންނަނއޮތް މިންގަނޑަކީ މިއެވެ.މި ނޫން އެހެން މިންގަނޑެއްގޭމައްޗަށް، ބަންދާމެދު ގޮތް ނިންމމުގައު ފަނޑިޔާރި ރިއާޔަތް ކުރަން ޖެހޭ ކަމުގެ މައްޗަށީއިސްތިއުނާފުކުރާ ފަރާތުން ހުށަހަޅަނު ހަގީގަތެއް ނެތް ބަހުސެކެވެ.
13ޕްރިސިޑެންސް 3ޕްރިސިޑެންސް 4އިސްތިއުނާފީ ނުކުތާގައިއިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ އަނެއް ކަމަކީ،ޝަރޭއތްކުރުމާބެހުޖިނާއީ އިޖުރާއާތގ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ(ގެ 2 ވަނަ ނަންބަރަށް ބަލާއިރު،އެ ނަންބަރަށް ރިއާޔަތްކޮށް ހެކިބަސްދޭން ހުރް މީހަކަށް ނުފޫޒެއް ފޯރުވަފާނެކަމުގެ ހާލަތެއް އޮތް ކަމަށ ބެލެވެން ވާނީ،ހެކިބަސް ދޭން ތިބި މީހުންނާއްތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތ މިންވަރުގެއިތުރުން، އެ ގުޅުން އެހެން އޮވެފައި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރޭސާބިތުވިނ ހެކާ ވެސް ހުރެގެން ކަމަށެވެ.ނަމަވެސް، އިސްތިއުނާފު ކޮށްފައިވާ އަމުރުގައި ކޯޓުން ރިއާޔަތްކޮށްފައި ވަނު،މ މައްސަލާގައި ހެކިބަސް ދޭން ތިބި، މުޙައްމަދް ޝަމްޢާނީވަޙީދުގެ ދަށުން މަސައްކަތްކުރި ބައެއް މުވައްޒަފުންނަކުމުޙައްމަދ ޝަމްޢާނެވަޙީދެގު ރައްޓެހިނ ކަމަށް ވާތީ އެކަމަށް އެކަނި ބަލައިގެން ކަމަށާއި، ހްއް ކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަން އުޅެފައިވާކަމުގެ އެއްވެސް މިންވަރެއްގެ ހެކި ހުރެގެން ނޫން ކަމަށެވެ.
13.1. މި ނުކުތާއަށް ވިސްނާއިރު އަނެއްކާ ވެސް ބަލަން ޖެހެނީ، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގަޒިއްޔާގައި،ޝަރެއތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދއަށާ ހަވާލާދެބަޔާންކޮށްފައިވާ ކަންކަމަށެވެ. އ ގަޒިއްޔާގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ. "ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމުގައި،ބޭނުން ހިފިދާނެ ކަންކަން ޝަރީޢަތްކުރުމާބެހ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދް ގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. މި މާއްދާގެ )ހ( އިން ފެށިގެން )ނ( އަށް ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް އޮތްކަން ބުނެދިނުމުގައި އެއިން ކޮންމެ އަކުރެއްގެ ފަހަތުގައި ރިޢާޔަތްކުރެވިދާނެކަމަށ ބަޔާންކޮށްފައިވް ކަންކަމުގެ އިތުރުން، އިތުރު ކަންކަން ވެސް ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށިއެދޭ ފަރާތުން ހުށަހެޅްދާނެއެވެ. މުހިންމު ކަމަކީ، ބަންދާމެދު ގޮތެއް ނިންމައިދިނުމަށާ ފަނޑިޔާރުގެ ކުރިމައްޗަށެހުށަހަޅ ހުށަހެޅުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލުކުރެވޭ މިންވަރަށް އެކަމުގެ ތަފުސީލުތައް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތަކުން ހުށަހެޅުމެވެ."
13.2. ވީމާ،ޝަރީއަތްކުރުމުބެހޭ ޖިނާއީ އިޖުރާއަތުގާގަވާއިދގ 13 ވަނަ މާއްދާއަށް ބަލާއިރު،އެ މާއްދާގައި ބަޔާންވެފައިވާ ކަންކަމަކީ، އެ ކަންކަމަށް ނުވަތަ އެއިން ކަމަކަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރަ ހާލަތެއް ވުޖޫދުގައިވާކާ މަށް ނިންމި ހާލަތުގައި،އެ ފަދިއަ ން ނިންމާފައި ވަނީ،އެއިން ކިތައް ކަމަށް ރިއާޔަތްކޮށްތޯ ނުވަތަ އެއިން ކަމެއްގްކިހައި މންވަރަކަށ ރިއާޔަތްކޮށްތޯ، މިނެ ކިރައި ސުވާލު އުފެއްދޭނެ ބާވަތަށް ބަޔާންވެފައި ހުރި ކަންކަމެއް ނޫނެވެ. އެ މާއްދާގެ އަކުރކުނަ ހުރިހާ ނަންބަރަކަށް ނުވަތަ ވަކި ނަނެބަރުތަކަކަށް ނުވަތްއެންމަނަންބަރަކަށ ނުވަތު އެ ނަންބަރނ ބަޔަކަށްނުވަތަ އެއިން ނަންބަރެއްގައި ހިމެނިފައި ނުވް ކަމަކަށް ރިއާޔަތްކޮށް ވޔަސި ފަނޑިޔާރަށް ގޮތް ނިންމިދާނެއެވެ. މި ތަނުގައި މުހިއްމު ކަމަކީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައިވާކަން ނުވަތް ނޫންކަން ދެނެގްންނަނ އޮތ މިންގަނޑުން އެކަން ދެނެގަނެ،އެކަން ބަޔާންކުރަން ޖެހޭ މިންވަރަށް ބަޔާންކުރުމެވެ.
13.3. އާނެއްކޮޅުން،ޝަރީއަތްކުރުމބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ(ގެ 2 ވަނަ ނަންބަރުގައި ބަޔާންވެފައި ވަނީ، "މައްސަލައިގައި ހެކިބަސް ދޭންތިބ މީހުންނާއި ތުހުމަތުކުރެވި މީހާއާ ގުޅުން އޮތް މިންވަރާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް މިންވަރު" މި ފަދައިންކަމުގައިވާއިރު،މި ނަންބަރުގައިވާ ދެ ކަމަކީ އެކުއެކީގައި ގާއިމުވާން ޖެހޭ ދުކަންތޯ ބަހުސްގެ ބޭނުމަށް ބަލާއިރު ވެސް ފާހަގަވާކަމަކީ،އެ ދެކަމުންކުރ ފުރަތަމަ ކަމަކާ،ހެކިބަސް ދޭން ތިބި މީހުންނާ ތުހުމަތުކުރެވޭ މީހާއައޮތަގުޅުނ އޮތް މިންވަރަށް ރިއާޔަތްކުރުން ކަމާއި، ދެ ވަނަ ކަމަކީ، އެ ގުޅުން އޮތް ގޮތެއްގެ ގޮތުންހެކިންނަށް ނުފޫޒު ފޯރުވުމުގެ އހުތިމާލިއޮތް މިންވަރަށް ރިއާޔަތްކުރުން ކަމާއި، މި ދެ ކަމަކީ، ތުހުމަތު ކުރެވޭ މީހާ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވްމަށ މަސައްކަތް ކޮށްފާނެކަމަށް ބެލުމުގައި ވަކިވަކިނެރިއާޔަތްކުރެވިދާނެ، އޭގެ ޒާތުން ވެސް މުސްތަގިއްލު ވަކި ދ ކަން ކަމެވެ. އެހެނީ، ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބެލެވޭ ހާލަތު، އެ މީހަކާ ގުޅުން އޮތް މިންވަރުގެ ގޮތުން ވެސް އަދިއެ ގުޅުނ އޮތް ގޮތެއްގެ ގޮތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްމިންވަރްނެވެސ އުފަން ވެދާނެކަމވ.
13.4. ހަމަ މި ތަނުގައި ފާހަގަކުރަން ޖެހޭ އަނެއް ކަމަކީ، ހެކިބަސް ދޭން ހުރް މީހަކަށް ނުފޫޒު ފޯރުވނ މަސައްކަތް ކޮށްފާނެކަމުގެ ހާލަތު އޮތް ކަމަށް އިސްތިއުނާފުކޮށްފައިވާ އަމުރުގައިކަނޑައަޅާފައި ވަނީ، ހެކިބަސް ދޭން ތިބެމީހުންނާ ތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތް މިންވަރާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް މިންވަރުމެ،އެހެނީ، ޝަރީއަތްކުރުމބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގާ 13 ވަނަ މާއްދާގެ )ހ(ގެ 2 ވަނަ ނަންބަރުގައި ހިމެނޭ ދެ ކަނމް، އަދިޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ )ހ(ގެ އެހެން ބައެއް ނަންބަރުތަކުގައިވާ ބައެއް ބައިތައްމެ ޝާމިލުވާ ގޮތުގެ މަތިންރިއާޔަތްކޮށކަން، އެ އަމުރުގައި ހެކީގެ ނިސްބަތުގ ގޮތުގައެ ފާހަގަކޮށްފައިވާ ކަންކަމާއި، ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައުފާހަގަކޮށްފައިވާ ކަންކަމަށް ނަޒަރުކުރުމނ ސާފުކޮށް އެނގެން އޮންނަ ކަމެވެ.
13.5. ވީމާ މި ތަނުގައިމ އިސްތިއުނާފުކުރެ ފަރާތުން ފާހަގަކުރަނީ އަސާސެއް އޮތް ބަހުސެއް ނޫނެވެ.
14ޕްރިސިޑެންސް 5އުސޫލެއްގެ ގޮތުން، ދަށު ކޯޓުގެ ހުކުމެއް ނުވަތަ ނިންމުމެއް މި ކޯޓުގައި އިސްތިއުނާފު ކުރެވޭނީ، އިސްތިއުނާފަށ ހުށަހަޅް ހކުމު ނުވަތެނިންމުން ބިނެވާފައ ވަނި ގާނޫނީ ހިލާފަށްކަމަށް ގަބޫލުކުރެވޭނ ސަބަބުތަކެއް ހުރުމާއި، ގާނޫނު ތަތުބީގުކުރުމުގައ ނުވަތި ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުމާއި، ކޯޓުގެ ނިންމުމުގެ ކުރިއަށް އައި އިޖުރާއެ ތެއްގައ ހިމެނި ވަކި ބާވަތްތަކެއްގުއައިބއްގެ ސަބަބުން ކޯޓުގެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާތިލެ އިޖުރާތެއް ކަމުގައިވުމާއި، މި ހާލަތްތަކުންކުރެ ހާލަތެއްގައެވެ. އިސްތިއުނާފުކޮށްފައިވާ އަމުރުގައި، ހެކީގެ ނިސްބަތުގެ ގޮތުގައި " ހުށަހެޅިފައިވާ ހެކީންގެ ބަޔާންތަކުންނާއި، ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކާއި، އިމިގްރޭޝަންގެ ލިޔުންތަކާއި، އިންޓެލިޖެންސް ރިޕޯޓުން މީނާ އިސްވެހުރ މީނާގެ ދަށުގައި ތިބޭ މުވައްޒަފުން ބޭނުންކޮށްގެން ރަސްމާ ހައިސިއްޔަތުގެ ބޭނުން ހިފައި، ބިދޭސީން އަތުން ފައިސ ނަގާފައިވާ ކަމަށް ބެލެވޭ" މި ފަދައިން ބަޔާންކުރެއެވެ. އިސްތިއުނާފުކޮށްފައިވާ އަމުރުގައި، ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި " ހެކިބަސް ދޭން ތިބި ފަރާތްތަކަކީ މީނާގެ ދަށުން އިމިގްރޭޝަންގައ މަސައްކަތްކުރި މުވައްޒަފުންނަށްވާއިރު، މި މުވައްޒަފުންނާ މީނާއާ އޮތް ގުޅުމަކީ ހަމައެކަނި އިމިގްރޭޝަންގެ މުވްއްޒަފުންނަށްވާތ އޮތީ ގުޅުމެއް ނޫންކަން ހެކިންގެ ބަޔާންތަކުން" އެނގޭ ކަމަށާއި، "ހެކިބަސ ދޭން ތިބި ފަރާތްތަކާ މީނާއާ ވަޒީފާގެ ގޮތުން އޮތް ގުޅުން ފިޔަވައި ގާތްގުޅުމެއް އޮތްކަމަށް ބެލެވޭފަދަ ކަންތައްތަކެއް ހުރުމުން، މީނާ ބަންދުން ދޫކޮށްލައިފިނަމަ މީނާގެ ހައިސިއްޔަތާއި، މީނާއ ހެކިންނާ އޮތް ގުޅިނ ބޭނުންކޮށް މިހެކީންނަށ ނުފޫޒެއް ފޯރުވައފާނެ ކަމަށ" ބެލެވޭ ކަމަށް ބަޔާންކުރެއެވެ. ގާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު(ގެ 43 ވަނަ މާއްދާގެ )ށ( ގައި ވަނީ؛ )1( އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން )2( ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސް އަޅާފަދ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން )3( ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން )4( ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން ގާނޫނު ނަންބަރު 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ގާނޫނު(ގެ 43 ވަނަ މާއްދާ
15މި އިސްތިއުނާފަށް ހުށަހެޅި ނުކުތާއަށް ބެލިއިރު، އިސްތިއުނާފީ އޮޅި ގިރާވާ ވަރުގެބުރަދަނ ހުރް ގާނޫނީ ބަހުސެއް އިސްތިއުނާފުކުރާ ފަރާތާށ ދެއްކިފައިވާ ކަމަށް ނުފެނެއެވެ.
16ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމުން، އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރު ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މި ގަޒިއްޔާ ނިންމަން ފެނެއެވެ.
17މި މައްސަލައިގައިފަނޑިޔާރ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.
18މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ގ ރައުޔަށް ތާއިދުކުރަމެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 13 ވަނަ މާއްދާ، ޚާއްޞަކޮށް (ހ) ގެ (2)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2020/SC-A/93 ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ހައިކޯޓުގެ 2019/HC-A/141 ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ހައިކޯޓުގެ 2022/HC-B12/61 ރީޙާން މަޙްމޫދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ބެންޗު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް