ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/244
އިޒްމިއާ ޒާހިރު ވ. ނެތް، 2020/HC-A/244
Izmiaa Zahir v. Not specified 2020/HC-A/244 (2020/HC-A/244, High Court of the Maldives, 24 December 2023)
އިޒްމިއާ ޒާހިރު ވ. ނެތް
މައިގަނޑު ސުވާލު
އަބުރާބެހުމާއި ފުރައްސާރަކުރުމާއި ނަފްސާނީ ތުރާކުރުން ހިމެނޭ ދަޢުވާއެއް އަބުރާބެހުމުގެ ދަޢުވާތަކަށް ޚާއްޞަ ފޯމުން ހުށަހަޅަން އަންގާ، ދަޢުވާ ފޯމު ރައްދުކުރި ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމާއި އެ ނިންމުމަށް ތާއީދުކުރި ނިންމުމަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ހަނިކުރާ ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކޯޓަކުން ބަލާ ވަކި ބާވަތެއްގެ މައްސަލަތައް ހުށަހެޅުމަށް ވަކި ފޯމުތައް ޚާއްޞަކުރުމަކީ ޝަރީޢަތް ހިންގުމުގެ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށް އެ ކޯޓެއްގެ އިޚްތިޔާރުގެ ތެރޭގައި ހަމަޖެހިފައިވާ އުޞޫލުތަކެއް ކަމުން، އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުމަކީ އޭގެ ޒާތުގައި އިންސާފު ހޯދުމަށް ހުރަސް އެޅުމެއް ކަމަށް ނުބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ހުށަހެޅި ދަޢުވާގެ އެއްވެސް ބައެއް ބެލެން ނެތްކަމަށް ކަނޑައަޅައި ނުވަތަ ދަޢުވާއިން އުނިކުރަން އަންގައި ނޫނީ، ދަޢުވާ ހުށަހަޅަންޖެހޭ ފޯމާމެދު އިރުޝާދުދީ ދަޢުވާ ފޯމު ރައްދުކުރާ ނިންމުމަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނުބެލޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14، 16)
- ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރެއް ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނީ، ރަނގަޅު ނޫން އުޞޫލަކަށް ބިނާކޮށް ނުވަތަ ކަމާނުބެހޭ ކަންކަމަށް ރިޢާޔަތްކޮށް ގޮތް ނިންމާފައިވުން، ވާޤިޢާތަކުގެ ޙަޤީޤަތް އޮޅިފައިވުން، މައިގަނޑު ވާޤިޢާއަކަށް ރިޢާޔަތްކޮށްފައި ނެތުން، ނުވަތަ އެ ނިންމުމުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވުން ފަދަ ޙާލަތްތަކުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
މައްސަލައިގެ ތަޢާރަފު:
1މިއީ ސިވިލް ކޯޓުގެ ނަންބަރު 02/RNA/2020 "ރަޖިސްޓްރާގެ ނިންމުން އަލުންބަލައި ނިންމިގޮތް" އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި މާލެ، […] އިޒްމިއާ ޒާހިރު (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އިޒްމިއާ ޒާހިރު") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2020/HC-A/144 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައިގެ ނިޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދު ވާ ފަރާތެއްގެ ގޮތުގައި އެއްވެސް ފަރާތެއް ބަޔާންކޮށްފައި ނުވެއެވެ. މައްސަލައިގައިކަން ހިނގާފައިވާގޮތް:
3ވަގުތު އޮންލައިން އާއި، ސ.ހިތަދޫ/ ޖަބްރޯލްމާގެ، މުޝަރަފ ޙަސަން ދީދީ އަދި ލ. ގަން / ތުނޑި، ޗާނދަން ވިލާ، އާދަމް ނަވާޒުގެ ފރާތުނަ އިޒްމިއާ ޒާހިރުގެ އަބުރާބެހި، ފުރައްސާރަކޮށް ޤޞަ ތުގައ ނަފްސާނީގޮތުން ތުރާކުރަމުންދާތީ، އެ ޢަމަލުތައް ހުއްޓުވމަށު އެފަރާތްތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށާއި، އެ ޢަމަލުތަކަށް މަޢާފަށ އެދް ޢާންމުކުރުމަށް މި ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ފުރައްސާރަކޮށްފައިވާ ކޮމެންޓްތަކާއި ލިޔުންތައް ފޮހެލުމަށް އެފަރާތްތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށާއި، އަދި މި ފަރާތްތަކާ ނ ކޮށްފައިވާ ޢަމަލުތަކުގެ ތަޤްޞީރީ ޒިންމާ އުފުލަންޖެހޭނެ ކަމުގައި ކަނޑައަޅައި ދިނުމަށާއި، އެ ޢަމަލުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އިޒްމިއާ ޒާހިރުގެ ފަރާތުން ވަގުތު އޮންލައިން އާއި މުޝަރަފ ޙަސަން ދީދީ އަދި އާދަމް ނަވާޒުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 01-B3 'މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު' ން ސިވިލް ކޯޓަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު […] ދަޢުވާއެއް ހުށަހެޅިއެވެ. އެ ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓގު ނަންބަރު 05/REG/2020-144 (21 ޖަނަވަރީ 2020) "ރަޖިސްޓްރާރގެ ނިންމުން" ގައި ނިންމާފައިވަނީ؛ "އިޒްމިއާ ޒާހިރުގެ ފަރާތުން ވަގުތު އޮންލައިން އާއި، ސ.ހިތަދޫ ޖަބްރޯލްމާގެ މުޝަރަފ ޙަސަން ދީދީ އަދިލ. ގަން ތުނޑި، ޗާންދަނީ އާދަމް ނަވާޒުގެ މައްޗަށް ދަޢުވާކުރުމަށް އެދިގެން ހުށަހަޅާފައިވާ މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމް 01)-(B3 އާއި ގުޅޭގޮތުން ދަންނަވަމެވެ. ދަޢުވާފޯމުގައިވާ މަޢުލޫމާތުތަކުން މި ދަޢުވާއަކީ ދަޢުވާރައްދުވާ ފަރާތްތަކުން ދަޢުވާކުރާ ފަރާތުގެ އަބުރާބެހި ފުރައްސާރަކޮށް، ޤަޞްދުގައި ނަފްސާނީގޮތުން ތުރާކުރަމުންދާތީ، އެފަދަ ޢަމަލުތައް ހުއްޓުމަށް އަމުރެއް ނެރެދިނުމަށާއި، އެޢަމަލުތަކުގެ މައްޗަށް ދަޢުވާލިބޭ ފަރާތުންމަޢާފަށ އެދް ޢާންމުކުރުމަށާއި ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ ޢަމަލުތަކުގެ ތަޤްޞީރީ ޛިންމާ އެފަރާތުން އުފުލުލަންޖެހޭނެކަމަށް ކަނޑައަޅާ، އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްއެދިގެނ ކުރް ދަޢުވާއެއްކަން އެނގެން އޮންނައިރު، މިބާވަތުގެ މައްސަލަތައް ހުށަހަޅާނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ފޯމް 04)-(B3 އިން ކަމަށްވާތީ، މިހާރު ހުށަހަޅާފައިވާގޮތަށް މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމް 01)-(B3 އިން ބަލައިގަނެވެނ އޮތް މައްސަލައެއް ނޫންކަމަށް ނިންމާ، ދަޢުވާފޯމް ރައްދުކުރީމެވެ."
4ބުނެވުނު ރަޖިސްޓްރާރގެ ނިންމުން ރަނގަޅު ނޫންކަމަށްބުނެ އެ ނިންމުން އަލުން ބަލައިދިނުމަށް އެދި، އިޒްމިއާ ޒާހިރުގެ ފަރާތުން ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެނިންމުން މުރާޖަޢކޮށާ ސިވިލް ކޯޓުގެ ނަންބަރު 02/RNA/2020 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ގޮތް" ގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. 05 ޖަނަވަރީ 2020 ގައި. ރަޖިސްޓްރާރ ނިންމުން އަލުން ބަލައިދިނުމަށް އެދޭ ފޯމުން ހުށަހެޅި ފޯމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ރަޖިސްޓްރާރ ނިންމާފައިވާ ގޮތަށް އެމައްސަލަ އަބުރާބެ ހުމުގ މައްސަލައެއްގެ ގޮތުގައި ޤައިދުކޮށްފިނަމަ އެދަޢުވާގައި ހިމެނޭދެނ ހުރް އިތުރު ބައިތަކަށް އިޖުރާއީ ގޮތުން ގޮތެއް ކަނޑަނޭޅުމަށް އެދުމުގެ އިހްތިމާލު މައްސަލަ ރައްދުވާ ފަރާތްތަކަށް އޮތްކަމަށާއި، ދަޢުވާގައި ހުށަހަޅާފައިވަނީ ހަމައެކަނި އަބުރާ ބެހުމުގެ މައްސަލައެއް ކަމަށް ނުވާތީ އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދޭފޯމުނ މައްސަލް ހުށަހަޅާންޖެހޭ ސަބަބެއް ނެތްކަމަށެވެ. " ދެންފަހެ، ބުނެވިދިޔަ ގޮތުގެ މައްޗަށް […] އިޒްމިއާ ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ރަޖިސްޓްރާގެ ނިންމުން އަލުން ބެލުމުގެ މިމައްސަލަގައި ރަޖިސްޓްރާރ ނިންމާފައިވާ ގޮތް އެނޫންގޮތަކަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ރަޖިސްޓްރާރގެ އެ ނިންމުމަށް ތާއީދުކޮށްފީމެވެ."
5މި އިސްތިއުނާފުގައި ބަލާފައި މިވަނީ ބަޔާންކުރެވުނު ފަދައިން "ސިވިލ ކޯޓުގް ރަޖިސްޓްރާރ ގެ ނިންމުން އަލުން ބަލައި ނިންމި ގޮތް" އިސްތިއުނާފުކުރުމަށް އެދި އިޒްމިއާ ޒާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހއިކޯޓަށަ ހުށަހެޅި މައްސަލައެވެ. އިސްތިއުނާފަށް ހުށަހެޅި ނުކުތާތައް:
6ސިވިލް ކޯޓުގެ ނަންބަރު 02/RNA/2020 "ރަޖިސްޓްރާގެ ނިންމުން އަލުންބަލައި ނިންމިގޮތް" ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެނިންމުން އިސްތިއުނާފުކުރުމަށް އިޒްމިއާ ޒާހިރުގެ ފަރާތުން އަންނަނިވި ނުކތު ފާހަގަކޮށް އެ ނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާއަކީ؛
1.6.އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، 3 (ތިނެއް) ބާވަތެއްގެ tort ހިމެނޭގޮތަށް ހުށަހެޅިފައިވާ ތަޤްޞީރީ މަސްއޫލިއްޔަތުގެ ދަޢުވާއެއް ކަމުން، ހަމައެކަނި އަބުރާބެހުމުގެ ދަޢުވާއަކަށް އެ ދަޢުވާ ޤައިދުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ
(ނ) އާއި ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ:
7އިސްތިއުނާފުކުރާ ފަރާ ތުން ދެއްކި ވާހަކަތަކުގައި ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، މި މައްސަލައަކީ، ތަފާތު ތިން ބާވަތެއްގެ tort ހިމެނޭ ގޮތަށް ހުށަހަޅާފައިވާ ދަޢުވާއެއް ކަމަށާއި، މި ދަޢުވާގައި އަބުރބެހުމުގާ މައްސަ ލ(defamation)އާއި، ފުރައްސާރައާއި (harassment)، ނަފްސާނީ ތުރކުރުނާ )distress emotional of infliction intentional) މި ތިން ބާވަތް ހިމެނޭ ގޮތަށް ދަޢުވއެއާ ހުށަހަޅާފައިވާއިރު، މިއީ އަބުރާ ބެހުމުގެ މައްސަލައަކަށް ޤއިދުކޮށަ އަބުރާބެހުމުގ މައްސަލައެއްގެ ގޮތުގައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ފޯމުން އެ މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަށް ކަނޑައަޅައިފައި ވަނީ ޤާނޫނއަސާސީގު 43 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށެވެ. އަބުރާބެހުމާއި ގުޅޭގޮތުން ދަޢުވާ ހުށަހަޅާނެ ވަކި ދަޢުވާ ފޯމެއް ސިވިލް ކޯޓުގައި އޮތް ނަމަވެސް ފުރައްސާރަކުރުމާއި، ނަފްސާނީ ތުރާކުރުން މި ހިމެނެނީ އެހެނިހެން މަދަނީ މައްސަލަތަކުގެ ތެރޭގައި ކަމަށާއި، މި މައްސަލަ އަބުރާބެހުމުގެ ފޯމުން ހުށަހަޅައިފިނަމަ ދެން ހުރި ބައިތައް ހިމެނޭނެތޯ؟ ނުވަތަ ނުހިމެނޭތޯ؟ ހަމައެކަނި މި ޤައިދުވެގެން މި ދަނީ މި އަބުރބެހުމުގެ ބަޔަށް އެކަނ ކަމަށެވެ. ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުގައި މައްސަލަ ބަލައިނުގަތުމަށް ނިންމި ސަބަބެއް ކަމަށް ފާހަގަކޮށްފައވަނި މިއީ އަބުރބެހުމުގާ މައްސަލައެއްކަމަށެވެ. އެހެނެ ނަމަވެސް ފރައްސާރު ކުރުމާއި، ނަފްސާނީ ތުރކުރުމަކާ، އަބުރާބެހުން ނޫންކަމަށާއި، އަބުރބެހުމަކާ، މީހެއްގެ ސްޓޭޓްމަންޓަކުނ ނުވަތް ބުނަ ބަހަކުން އެއީ ދޮގު ބަހެއް ކަމުގައި ވާނަމަ މީހެއްގެ އަބުރު ގެއްލޭ ކަމަކަށްވުން ކަމަށާއި، ފުރައްސާރަ ކުރުމަކީ، އެ ބުނާ ބަހަކުން ކުރާ ކަމަކުން މީހަކަށް ނަފްސާނީ ގޮތުން ތުރައެއް ދިނުމަށްޓަކައި ޤަސްދުގައި ފުރައްސާރަ ކުރުނކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
8މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ރަޖިސްޓަރީގެ ނިންމުން އަލުން ބެލި ސިވިލް ކޯޓުގެ ނަންބަރު 02/RNA/2020 ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށާ ސިވިލް ކޯޓުގެ ނަންބަރު 05/REG/2020-144 (21 ޖަނަވަރީ 2020) "ރަޖިސްޓްރާރގެ ނިންމުން" ކަނޑައަޅައި ދިނުމަށާއި، އެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށް، އެ މައްސަލައާމެދު ވީހައިވެސް އަވަހަށް ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް އަންގައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
9މި އިސްތިއުނާފު ބިނާކޮށްފައި ވަނީ، މި މައްސަލައިގައި ސިވިލް ކޯޓުން ނިންމިނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނާ ނުކުތާގެ މައްޗަށެވެ.
10ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ ގެ (ނ)ގައި ބަޔާންކުރަނީ؛ " އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް، ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެ ކަމުން ސީދާގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. " މިފަދައިންކަން އެނގެން އޮވެއެވެ.
11އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، 3 (ތިނެއް) ބާވަތެއްގެ tort ހިމެނޭގޮތަށް ހުށަހެޅިފައިވާ ތަޤްޞީރީ މަސްއޫލިއްޔަތުގެ ދަޢުވާއެއް ކަމަށާއި، ސިވިލް ކޯޓުން ނިންމިނިންމުގައި އެ ދަޢުވާ ހަމައެކަނި އަބުރާބެހުމުގެ ދަޢުވާއަކަށް ޤައިދުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ލިބިދޭ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްޤު، ހަނިކުރެވިފައިވާ ކަމަށެވެ.
12މިމައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 01-B3 'މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު' ން ހުށަހެޅި ދަޢުވާއަ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 05/REG/2020-144 (21 ޖަނަވަރީ 2020) "ރަޖިސްޓްރާރގެ ނިންމުން" ގައި ކަނޑައަޅާފައި ވަނީ؛ "އިޒްމިއާ ޒާހިރުގެ ފަރާތުން ވަގުތު އޮންލައިން އާއި، ސ.ހިތަދޫ ޖަބްރޯލްމާގެ މުޝަރަފ ޙަސަން ދީދީ އަދިލ. ގަން ތުނޑި، ޗާންދަނީ އާދަމް ނަވާޒުގެ މައްޗަށް ދަޢުވާކުރުމަށް އެދިގެން ހުށަހަޅާފައިވާ މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމް 01)-(B3 އާއި ގުޅޭގޮތުން ދަންނަވަމެވެ. ދަޢުވާފޯމުގައިވާ މަޢުލޫމާތުތަކުން މިދަޢުވާއަކީ ދަޢުވާރައްދުވާ ފަރާތްތަކުން ދަޢުވާކުރާ ފަރާތުގެ އަބުރާބެހި ފުރައްސާރަކޮށް، ޤަޞްދުގައި ނަފްސާނީގޮތުން ތުރާކުރަމުންދާތީ، އެފަދަ ޢަމަލުތައް ހުއްޓުމަށަ އަމުރެއް ނެރެދިނުމަށާއި، އެޢަމަލުތަކުގެ މައްޗަށް ދަޢުވާލިބޭ ފަރާތުންމަޢާފަށ އެދް ޢާންމުކުރުމަށާއި ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ ޢަމަލުތަކުގެ ތަޤްޞީރީ ޛިންމާ އެފަރާތުން އުފުލުލަންޖެހޭނެކަމަށް ކަނޑައަޅާ، އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށްއެދިގެނ ކުރް ދަޢުވާއެއްކަން އެނގެން އޮންނައިރު، މިބާވަތުގެ މައްސަލަތައް ހުށަހަޅާނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ފޯމް 04)-(B3 އިން ކަމަށްވާތީ، މިހާރު ހުށަހަޅާފައިވާގޮތަށް މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމް 01)-(B3 އިން ބަލައިގަނެވެނ އޮތް މައްސަލައެއް ނޫންކަމަށް ނިންމާ، ދަޢުވާފޯމް ރައްދުކުރީމެވެ". މިފަދައިންނެވެ.
13އެނިންމުނ އަލުން ބަލައިދިނުމަށް އިސްތިއުނާފުކުރި ފަރާ ތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމި އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 02/RNA/2020 "ރަޖިސްޓްރާގެ ނިންމުން އަލުންބަލައި ނިންމިގޮތް" ގައި ކަނޑައަޅާފައި ވަނީ، ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމަށް ތާޢީދުކުރުމުގައި ރިޢާޔަތްކުރިކަންކަން އިސްތިއުނާފު ކުރެވިފައި މިވާ ރަޖިސްޓްރާރ ގެ ނިންމުން އަލުންބަލައި ނިންމިގޮތުގެ 3 ވަނަ ނަންބަރުގައި ދަށުކޯޓުގެ ޤާޟީ ފާހަގަކޮށްފައިވާއިރު، ބަޔާންކޮށްފައި ވަނީ؛
1.10 އިޒްމިއާ ޒާހިރުގެ ފަރާތުން 05 ޖަނަވަރީ 2020 މި ތާރީޚުގައި މައްސަލައިގެ ބާވަތް ބަޔާންކުރުމަކާނުލ ހުށަހަޅާފައިވާ މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމަކީ އިޒްމިއާ ޒާހިރުގެ އަބުރާބެހި ފުރައްސާރަކޮށް ނަފުސާނީގޮތުން ތުރާކުރަމުންދާތީ، އެޢަމަލުތައް ހުއްޓުވުމަށާއި އެޢަމަލުތަކަށް މަޢާފަށ އެދް ޢާންމުކުރުމަށާއި، ފުރައްސާރަކޮށ ކޮށްފައިވް ކޮމެންޓުތަކާއި ލިޔުންތައް ފުހެލުމުގެ މައްޗަށް އަމުރެއް ނެރެދިނުމަށާއި، އެ ޢަމަލުތަކުގެ ތަޤްޞީރީ ޒިންމާ އެފަރާތްތަކުން އުފުލަންޖެހޭނެ ކަމަށް ކަނޑައަޅާ ދިނުމަށާއި އެޢަމަލުތަކުގެ ސަބަބުން އިޒްމިއާ ޒާހިރުއަށ ލިބުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އިޒްމިއާ ޒާހިރުގެ ފަރާތުން ވަގުތު އޮންލައިންއާއި، މުޝައްރަފު ޙަސަންދީދީ އަދި އާދަމް ނަވާޒުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއްކަން ދަޢުވާ ފޯމުގެ 7 ވަނަ ނަންބަރުން އެނގެން އޮންނަކަމަށާއި؛
2.10 ސިވިލް ކޯޓުގެ މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލް ޑިވޜިނަށ މައްސަލް ހުށަހަޅަ ތަފާތު 05 (ފަހެއް) ފޯމު ކަނޑައަޅާފައިވާ ކަމާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާތަކަށް 04-B3 ފޯމު އެޑިވިޜަނުގައި ޚާއްޞަކުރެވިފައިވާކަމާއި، މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ތަފާތު 03 (ތިނެއް) ފޯމު ކަނޑައަޅާފައިވާ ކަމަށާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާތަކަށް 03-B2 ފޯމު ޚާއްޞަކުރެވިފައިވާތީ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ކޮށްފައިވާ އެ ދަޢުވާއަކީ އެކަމަށް ސިވިލް ކޯޓުގައި ކަނޑައެޅިފައި އެވާ ފޯމުންކުރެ 04-B3 ނުވަތަ 03-B2 ފޯމންކުރު ފޯމަކުން ހުށަހަޅަންޖެހޭ ގޮތަށް އޭގެ ސީޣާ އެކުލެވިގެންވާ ދަޢުވާއެއްކަން އެނގެން އޮންނަ ކަމަށް ދަށުކޯޓުގެ ޤާޟީ ފާހަގަކޮށްފައިވާކަން އެނިމުމން އެނގެއެވެ.
14ޕްރިސިޑެންސް 2އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާއާ ގުޅިގެން ސވިލ ކޯޓުގް ރަޖިސްޓރް ރ ނިންމނިންމުމާއި އަދި އެނިންމުން އަލުންބަލައި ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅއަ ފައި ވަނީ، ހުށަހެޅި ދަޢުވާއާގުޅޭ މައްސަލަތައް ހުށަހެޅުމަށް އެ ކޯޓުގައި ފޯމެއް ޚއާ ޞް ކުރެވިފައި ވާއިރު، އާ ފޯމަކީ އެ ކޯޓުގައި ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތަށް ހުށަހެޅިފައިވާ ފޯމަކަށް ނުވާތީއެވެ. އަދި ދަށުކޯޓަށް ހުށަހެޅުނު ދަޢުވާގައި ހިމެނޭ ބައިތައް އެފަދައިން ފާހަގަކޮށް އެ ބާވަތުގެ މައްސަލަތައް ހުށަހެޅުމަށް ޚާއްޞަ ކުރެވިފައިވާ ފޯމަކީ ކޮބައިކަން ކޯޓުން އިރުޝާދު ދީފައިވާކަން ސިވިލް ކޯޓުގެ ނިންމުމުން އެނގެއެވެ. އެ ދަޢުވާގައި ހިމެނޭ އެއްވެސް ބައެއް ދަޢުވާއިން އުނިކޮށް އެފަދައިން ނިންމުމެއް ނިންމާފައި ނުވާކަން ވެސް އެނގެއެވެ.
15ޕްރިސިޑެންސް 1މިހާރު ޢަމަލުކުރަމުންދާ މަދަނީ އިޖުރާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސިވިލް ކޯޓާއި އަދި އެހެންވެސް ކޯޓުތަކުގައި ޢަމަލުކުރަމުންދިޔަ އުޞޫލުތަކަށް ބަލާއިރު، އެ ކޯޓަކުން ބަލާ ބާވަތުގެ މައްސަލަތަކާ ގުޅޭގޮތުން ޚާއްޞަ ފޯމަކުން މައްސަލަ ހުށަހެޅުގެ ނިޒާމު ކޯޓުތަކުގައި ޤާއިމުވެ އެފަދައިން އިންތިޒާމްތައް ކޯޓުތަކުން ހަމަޖައްސާފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ވެސް މިކަންކަން މިފަދައިން ހުރިކަން ކޯޓުގެ ގަވާއިދުތަކުނ އެނގެން އެބަހުއްޓެވެ. އަދި ސިވިލް ކޯޓުން ޢަމަލުކުރަމުން ދިޔަ އުޞޫލަށް ބަލާއިރު، ވަކި ވަކި ބާވަތެއްގެ މައްސަލަތައް ބެލުމަށް ވަކި ޑިވިޜަންތައް ކަނޑައެޅި ވަކި ވަކި ބާވަތްތަކުގެ ދަޢުވާ ހުށަހެޅުމަށް ފޯމު ޚާއްޞަކުރެވި ޢާންމުކުރެވިފައިވާކަން އެނގެވެ. ހަމައެހެންމެ މިހާރު ޢަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ދަށުން ވެސް ވަކި ބާވަތެއްގެ ދަޢުވާތައް ހުށަހެޅުމަށް ވަކި ފޯމުތަކެއް ކޯޓުތަކުގައި ޚާއްޞަކުރެވިފައިވާކަން އެނގެއެވެ. މިފަދަ އިޖުރާއަތްތަކަކީ އެ ކޯޓެއްގައި ހިންގަންޖެހޭ ޝަރީޢަތް ހިންގުމުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ފަސޭހަކުރުމުގެ ބޭނުމުގައި ޚާއްޞަ ޙާލަތެއްގައި މެނުވީ ސިވިލް ކޯޓަށް ހުށަހަޅާ ދަޢުވާތައް ހުށަހަޅަންވާނީ ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމަށް ކަނޑައަޅާފައިވާ ފޯމުންކަމަށް ސިވިލް ކޯޓަށް ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައި ބަޔާންކުރެއެވެ. ހަމަ ޖެހިފައި އޮންނަ އުޞޫލުތަކެވެ. މިއީ އެކޯޓެއްގެ އިޚްތިޔާރުތެރޭގައި ހަމަޖެހިފައި އޮންނަ ކަންކަމެވެ. މިފަދއިނަ ކޯޓުން ކަނޑައަޅާފައި ހުންނަ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެންގުމަކީ އޭގެ ޒާތުގައި އިންސާފު ހޯދުމަށް ހުރަސް އެޅުން ކަމަށް ބެލޭނެ ހަމައެއްނެތެވެ.
16މި މައްސަލައަށް ބަލާއިރު، ދަށުކޯޓަށް ހުށަހެޅި ދަޢުވާގައި ހިމެނޭ އެއްވެސް ބައެއް އެ ކޯޓުން ބެލެންނެތްކަމަށް އެ ކޯޓުން ކަނޑައަޅއިފައަ ނުވެއެވެ. އެ ދަޢުވާގައި ހިމެނޭ އިސްތިއުނާފުކުރި ފަރާތުން ހިމަނާފައިވާ އެއްވެސް ބައެއް ދަޢުވާއިން އުނިކުރުމަށް ވެސް އަންގާފައެއް ނުވެއެވެ. މިމައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދަޢުވާ ހުށަހަޅަންޖެހޭނެ ގޮތުގެ އިރުޝާދުދީ ނިންމާފައިވާ ނިންމުމެކެވެ. އެހެންކަމުން، އެ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ
(ނ) ގެ ދަށުން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލޭނެ ހަމައެއް އޮތްކަމަށް ނުދެކެމެވެ.
17ޕްރިސިޑެންސް 3ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރެއް ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓަކުން ވަދެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މިމައްސަލައިގައި ދަށުކޯޓުން ނިންމާފައިވާ ގޮތުގެ މައްޗަށް އިސްތިއުނާފު ކޯޓުން ވަންނަންޖެހޭ ފަދަސަބަބެއ އޮތްކަމަށް ނުފެނެއެވެ. އަދި އެފަދައިން ބަލަންޖެހޭފަދަ ސަބަބެއް މިއިސްތިއުނާފުގައި ބަޔާންކޮށްދެވިފައިނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2022/SC-A/51 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އެ ޙާލަތްތަކަކީ؛ (ހ) ދަށުކޯޓުގެ ފަނޑިޔާރު ގޮތް ނިންމީ ރަނގަޅު ނޫން އުޞޫލަކަށް ބިނާކޮށްގެން ކަމަށްވުން ނުވަތަ ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި ކަމާ ނުބެހޭ ކަންކަމަށް ރިޢާޔަތްކޮށްފައިވުން؛
(ށ) ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރިގޮތް ނިންމުމުގައި ރިޢާޔަތްކުރި ވާގިއާތަކުގައި ހަޤީޤަތް ދަށުކޯޓުގެ ފަނޑިޔާރަށް އޮޅިފައި އޮތުން؛ ( ނ) ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތް ނިންމުމުގައި މައިގަނޑު ވާގިޢާއަކަށ ނުވަތް ކަމަކަށް ރިޢާޔަތްކޮށްފައި ނެތުން؛ (ރ) ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވުން. މައްސަލަ ނިންމަން ފެންނަގޮތް:
18ބަޔާންވެދިޔަ ސަބަބުތައް އެދަފައިން ހުރުމުން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 02/RNA/2020 "ރަޖިސްޓްރާގެ ނިންމުން އަލުންބަލައި ނިންމިގޮތް" ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
19މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.
20މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:
21މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައި ނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށް ވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
1. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
2. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
3. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ)
- ސުޕްރީމް ކޯޓުގެ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ...)
- ބެންޗު
- މުޙައްމަދު ސަލީމް، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް