ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/356
މުޙައްމަދު ޝާހިދު ވ. އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، 2023/HC-A/356
Mohamed Shaahidhu v. L.F Construction Private Limited 2023/HC-A/356 (2023/HC-A/356, High Court of the Maldives, 19 October 2025)
މުޙައްމަދު ޝާހިދު ވ. އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި، ސާބިތު ދަރަނިވެރިޔާއާ ޤާނޫނީ ގުޅުމެއް ސާފުނުކޮށް އަދި ބަސް ނުހޯދައި، އަސްލު މައްސަލައިގެ ޚަޞްމަކަށް ނުވާ ކުންފުންޏެއްގެ މައްޗަށް (ގާނިޝީގެ ގޮތުގައި) ސާބިތު ދަރަނި ދެއްކުމަށް އަމުރުކުރުން ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތާއި ތަންފީޛަކީ ތަފާތު ދެ މަރުޙަލާއެވެ. ޝަރީޢަތް ހިންގަނީ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދުގައި ވާޤިޢާ ހޯދުމަށް ހެކި ދައްކައި ޤާނޫނީ ބަހުސްކޮށްގެން ކަމަށާއި، ތަންފީޛު ހިންގަނީ ސާބިތު ދަރަނިވެރިޔާއާއި ސާބިތު އަރަނިވެރިޔާއާ ދެމެދު ކުރިން ކުރި ޙުކުމުގެ ނަތީޖާ ނެރުމަށެވެ؛ ޙުކުމް ތަންފީޛުގެ ޤަޟިއްޔާތަކުގައި އަލުން ޝަރީޢަތްކޮށް ހެކި ވަޒަންކުރުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ޙުކުމަށް ވާޞިލުވި ސަބަބުތައް ބަޔާންކުރުމާ ގުޅޭ ކަނޑައެޅި އުޞޫލުތައް ތަންފީޛުގެ ޤަޟިއްޔާތަކުގައި އާންމުކޮށް އިސްތިއުނާފުގެ ސަބަބެއްގެ ގޮތުގައި ނުހިނގައެވެ؛ ނަމަވެސް ސާބިތު ދަރަނިވެރިޔާ ދެކޮޅުހަދާ ޙާލަތުގައި، ތިންވަނަ ފަރާތެއްގެ މައްޗަށް ދަރަނި ލާޒިމުކުރާ ޙާލަތުގައި، ތަންފީޛު ފަސްކުރުމާއި ޖަދުވަލު ބަދަލުކުރުމުގެ ހުށަހެޅުންތަކުގައި ފަނޑިޔާރު ނިންމުމަށް ވާޞިލުވި ގޮތް ބަޔާންކޮށްދޭންޖެހޭނެއެވެ؛ ގާނިޝީ ގޮތުގައި ތިންވަނަ ފަރާތެއްގެ މައްޗަށް އަމުރުކުރާނަމަ ޤާނޫނުގެ އިޖުރާއަތަށް ޢަމަލުކުރެވުނުކަން ސާފުކޮށް ބަޔާންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21-22)
- ދަރަނި ސާބިތުކުރި ޤަޟިއްޔާގެ ޚަޞްމަކަށް ނުވާ ތިންވަނަ ފަރާތެއްގެ މައްޗަށް ސާބިތު ދަރަނި ދެއްކުމަށް އަމުރުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ތަންފީޛީ ބާރުގެ ތެރެއިން ކޯޓަށް ލިބިދޭ ބާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- ގާނިޝްކުރެވޭނީ ސާބިތު ދަރަނިވެރިޔާއާއި ގާނިޝީއާ ދެމެދު ޤާނޫނީ ގުޅުމެއް އޮވެގެންނެވެ. އެ ގުޅުމަކީ ތަޢާޤުދީ ގުޅުމެއްނަމަ އެ ގުޅުން އޮންނަންޖެހޭނީ ސީދާ އެ ދެ ފަރާތާ ދެމެދުގައެވެ؛ ގާނިޝީ އިޖުރާއަތު ހިންގުމުގެ ކުރިން އެ ގުޅުމަކީ ކޮބައިތޯ ކޯޓުން ރަނގަޅަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27)
- ކުންފުންޏަކީ ހިއްސާދާރުންނާ ވަކިން އޮންނަ ޤާނޫނީ ޝަޚްޞެކެވެ. ކުންފުނީގެ ޙިއްޞާދާރަކާ ނުވަތަ ޑިރެކްޓަރަކާ ސާބިތު ދަރަނިވެރިޔާއާ ދެމެދު ވެފައިވާ އެއްބަސްވުމަކުން ކުންފުންޏާއި ސާބިތު ދަރަނިވެރިޔާއާ ދެމެދު ތަޢާޤުދީ ގުޅުމެއް ނުއުފެދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28)
- ގާނިޝީއާ ސާބިތު ދަރަނިވެރިޔާއާ ދެމެދު ޤާނޫނީ ގުޅުން ސާފުނުކޮށް، އަދި ގާނިޝީ ކުންފުނީގެ ފަރާތުން ވާހަކަދެއްކޭނެ ޤާނޫނީ ހައިސިއްޔަތު އޮތް ފަރާތެއްގެ ބަސް ނުހޯދައި (މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 377 ވަނަ މާއްދާގެ (ރ) ގެ އިޖުރާއަތަށް ޢަމަލުނުކޮށް) ގާނިޝީގެ މައްޗަށް ދަރަނި ދެއްކުމަށް ކުރާ އަމުރަކީ ގާނިޝީގެ ކިބައިން މުދާ ހިފެހެއްޓުމުގެ އާންމު އުޞޫލުތަކާ ޚިލާފު، ބާޠިލުކުރަންޖެހޭ އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-31)
ފަހުމީ ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު :1C/202-Cv/272 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، […] / މުޙައްމަދު ޝާހިދު (މީގެ ފަހުން "އިސްތުއުނާފުކުރާ" ނުވަތަ "ޝާހިދު") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފުރައްދުވ" ނުވަތަ "އެލް.އެފް)" އެވެ.
2ޝާހިދުގެ ފަރާތުން އިސްތިއުނާފުކުރި މިމައްސަލަ ހައިކޯޓަށް ބަލައިގަތުމުން، އެކަން އެލް.އެފްއަށް އެންގުނެވެ. މިއެންގުމާއި ގުޅިން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި އެލް.އެފްއިން އިޖުރާއީ އިޢުތިރާޞެއް ހުށަހެޅިއެވެ. ނަމަވެސް ދަށު ކޯޓުގެ ނިންމުމާއި މެދު ޤާނޫނީ ގޮތުން ސުވާލު އުފައްދާ ބަހުޘެއް އޮތްކަމަށް ބުރަވެވިގެން، އެލް.އެފް އިން ހުށަހެޅި އިޖުރާއީ އިއުތިރާޒް ބަލައިނުގަތުމަށް ނިންމާފައިވެއެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް: އައި.ޑީ.ކާރޑް ނަންބަރު: ރަޖިސްޓްރޭޝަން ނަންބަރު:0306/2011-C "މަދަނީ މައްސަލައާ ގުޅިގެން އަންގާ އެންގުން " އެލް.އެފް ކޮންސްޓްރަކްޝަންއަށް 27 ނޮވެންބަރު 2023 ގައި ފޮނުވާފައިވޭ . އަދި މިއެންގުމާއި ހަމަ އެދުވަހު އެލް.އެފް،ކޮންސްޓްރަކްޝަން އިން ހަވާލުވެފައިވެސްވޭ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i) ގެ ދަށުން ހުށަހެޅި ހުށަހެޅުން 17 ޑިސެމްބަރު 2023 ގައި ހުށަހެޅި އިޖުރާއީ ބަޔާން. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/356 ޤަޟިއްޔާގެ އިޖުރާއީ އިޢުތިރާޒާމެދ ނިންމު ގޮތް
1. […] ރީފް އެވެ ކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތުގެ 5 ވަނަ ފަންގިފިލާ އެލް.އެފް އަށް ކުއްޔަށްދިނުމަށްޓަކައި އެލް.އެފް އާއި ޝާހިދު އާއި ދެމެދު 2 އެއްބަސްވުމެއްވިއެވެ. ފުރަތަމަ އެއްބަސްވުމަކީ، […] ފަސްވަނަ ފަންގިފިލާ، ޝާހިދުގެ ފަރާތުން އެލް.އެފްއަށ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެވެ. އެއްބަސްވުން ވެފައިވަނީ، 30 އޮގަސްޓް 2014 ގައެވެ. މި އެއްބަސްވުމުގެ މުއްދަތަކީ، 01 ސެޕްޓެމްބަރު 2014 އިން ފެށިގެން 01 އޮކްޓބަރޫ 2020 އަށެވެ. ފުރަތަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހަމަ އެފަންގިފިލާ އިތުރު މުއްދަތަކަށް ކުއްޔަށް ދިނުމަށް ޝާހިދު އާއި އެލް.އެފްއާ ދެމެދު ދެވަނަ އެއްބަސްވުމެއް ވެއެވެ. އެ އެއްބަސްވުން ވެފައިވނަ 04 ނޮވެމްބަރު 2015 ގައެވެ. މިއެއްބަސްވުމުގެ މުއްދަތަކީ ފުރަތަމަ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚު ކަމަށްވާ 01 އޮކްޓޫބަރު 2020 އިން ފެށިގެން 01 އޮކްޓބަރޫ 2025 އަށް 05 (ފަހެއް) އަހަރު ދުވަހެވެ.
2. ޝާހިދު އާއި އެލް.އެފް އާ ދެމެދު ދެވަނަ އެއްބަސްވުން ވީ ފަހުން، […] މައިގަނޑު ތަނބުތަކުގައި ރެނދުއަޅާފައި ހުރެގެން 20 ނޮވެމްބަރު 2015 ގައި ޝާހިދުގެ ފަރާތުން […] އިންސްޕެކްޓް ކޮށްދިނުމަށް ސިވިލް އިންޖިނިއަރެއްގެ ގާތުން އެދިގެން އިންސްޕެކްޓް ކޮށްފައިވެއެވެ. އަދި ތަނބުތަކުގައި އަޅާފައިވާ ރެދު ތައް ޝާހިދުގެ ފަރާތުން މަރާމާތުކޮށްފައިވާކަން އެނގެއެވެ.
3އޭގެ ފަހުން، […] ހަދާފައިހުރި 6 ބުރީގެ އިމާރާތުގެ 3 ވަނަ ފަންގިފިލާގެ ގިނަ ތަނބުތަކަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ހުރިކަން ފާހަގަކުރެވިގެން އެ އިމާރާތް ބޭނުން ކުރުމަކީ ރައްކާތެރިކަމެއްނޫން ކަމަށް ތަޖުރިބާކާރުން ލަފާދީފައިވާކަމަށް ބަޔާންކޮށް، 2017 ގެ ނިޔަލަށް އިމާރާތް ހުސްކުރުމަށްފަހު ތަޅލުމަށާ ނިންމާފައިވާތީ އެލް.އެފްއަށް ކުއްޔަށްދޫކޮށްފައިވާ ތަން ހުސްކުރުމަށް އަންގައި 05 އޭޕްރިލް 2017 ގައި އެލް.އެފއަށް ޝާހިދު ނޯޓިހެއް ފޮނުވިއެވެ. އާރޗް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ހެދި […] އެސެސްމަންޓް ރިޕޯޓް އބމ މުޙައްމަދު ޝާހިދު 05 އޭޕްރީލް 2017 ގައި ފޮނުވި ސިޓީ
4އެލް.އެފްއިން ބުނާ ގޮތުގައި ޝާހިދު، ތަން ހުސްކުރުމަށް ނޯޓިސް ފޮނުވާފައިވަނީ ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުމާއި ޚިލާފަށެވެ. އެހެންކަމުން އެ ނޯޓިހާ އެއްގޮތަށް އެލް.އެފް އިން ޢަމަލުނުކުރުމުން، ތަނުގެ ކަރަންޓު ކަނޑާލައި،ފޯނު ލައިނުގެ މައި ކޭބަލް ބުރި ކޮށް، އިމާރާތަށް ވަންނަ މައިދޮރުގައި ތަޅުއެޅވުމުން، ތަނުން ނުކުތުމަށް މަޖުބޫރުވިކަމަށް އެލް.އެފް އިން ބުނެއެވެ.
5ޝާހިދުގެ މި ޢަމަލުތަކަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ޚިލާފަށް ޝާހިދު ކޮށްފައިވާ ޢަމަލުތަކެއްކަމަށްބުނެ، އެ ޢަމަލުތަކުގެ ސަބަބުން އެލް.އެފް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކު ޖުމްލަ 2,910,366.19ރ. (ދެމިލިއަން ނުވަލައްކަ ދިހަހާސް ތިންސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ ނަވާރަ ލާރި) ޝާހިދުގެ ކިބައިން ހޯދުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. މިމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާއިންނެވެ.
6ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ދެފަރާތުން ވެފައިވާ ދެ އެއްބަސްވުމާއި ޚިލާފަށް ޝާހިދު ޢަމަލުކޮށް ތަން ހުސްކުރުމަށް ދިން ނޯޓިހަކީ ޝާހިދު އެ ނޯޓިސް ބިނާކުރާ އެސެސްމަންޓް ރިޕޯޓުގެ ކުރިން ދީފައިވާ ނޯޓިހެއްކަމުގައިވާތީ، ދެފަރާތުގެ ދެމެދުގައި ވެވުނު 2 އެއްބަސްވުމުގެ މުއްދަތށ ތަން ބޭނުންކުރަން ނުލިބި އެ ޙައްޤުން އެލް.އެފް މަޙްރޫމްވެފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކު ޖުމްލަ -/000،502،2ރ. (ދެ މިލިޔަން ފަސްލައްކަ ދެހާސް ރުފިޔާ) އެލް.އެފް އަށް ނަގައިދީ، މިފައިސާ އެލް.އެފް އަށް ލިބިދިނުމުގެ ގޮތުން ސިވިލް ކޯޓަށް 08 ނޮވެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ޝާހިދުއަށް އަންގައެވެ. އެލް.އެފް ކޮންސްޓްރަކްޝަންއިން 06 އޮގަސްޓް 2017 ގައި މުހައްމަދު ޝާހިދުއަށް ފޮނުވި ސިޓީ ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމު (އެންޓްރީ ނަންބަރު 502) ގެ 8.5 ވަނަ ނުކުތާ ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމު (އެންޓްރީ ނަންބަރު 502) ސިވިލް ކޯޓުގެ ނަންބަރު:917/Cv-C/2019 ޤަޟިއްޔާ
7ސިވިލް ކޯޓުގެ ނަންބަރު 9C/201-917/Cv ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ޝާހިދު ޢަމަލުކޮށްފައިނުވާތީ އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03/SC ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން ބެލުނު މައްސަލައެކެވެ. މިމައްސަލަ ހިނގަމުންދަނިކޮށް، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ އިސްތއުނާފި ކުރުމުގު ހުއްދައަށް އެދި ހައިކޯޓަށް ހުށަހެޅި 13 12 މައްސަލައާމެދު ހައިކޯޓުން ނިންމިގޮތް ޝާހިދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާތީ، ސިވިލް ކޯޓުގެ ތަންފީޛީ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމިއެވެ.
8ސިވިލް ކޯޓުގެ ނަންބަރު 272/Cv-C/2021 ޤަޟިއްޔާއަކާ ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލް ކޯޓުގެ އަމިއްލަ އިސްނެގުމަށް ބަލަށް ފެށި ދެވަނަ މައްސަލައެކެވެ. ސިވިލް ކޯޓުގެ ނަންބަރު 272/Cv-C/2021 ތަންފީޛީ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމެވެ.
91- ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް 022.08،118،2ރ. (ދެމިލިއަން އެއްލައްކަ އަށާރަހާސް ބާވީސް ރުފިޔާ އަށްލާރި) ނުދައްކާ އޮތްކަން ސިވިލް ކޯޓުގެ ދަރަނި ރިކޯޑު ފޮތް ނަންބަރު 144 ގެ 268 ނަންބަރު ސަފްހާއިންނާއި ދެފަރާތުގެ ބަހުން އެނގެން އޮތުން .
29.- އެލް.އެފް އަށް ދައްކަންޖެހި ނުދައްކަވާ 022.08،118،2ރ.. (ދެމިލިއަން އެއްލައްކަ އަށާރަހާސް ބާވީސް ރުފިޔާ އަށްލާރި) އެލް.އެފްއަށް ލިބިދިނުމުގެ ގޮތުން ޗީބޯ އިން ވެސްޓްމަންޓ ޕްރައިވެޓް ލިމިޓެޑަށް (މީގެ ފަހުން "ޗީބޯ") ކުއްޔަށް ދީގެން ޝާހިދުއަށް ކޮންމެ މަހަކު އާމްދަނީގެ ގޮތުގައި ލިބޭ 000.00،120ރ. (އެއްލައްކަ ވިހިހާސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 56/IH/2019-HC ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު BAI/144/2019/74-197 ސިޓީ ރުފިޔާ) ގެ ތެރެއިން މިދަރަނި ޚަލާސްވަންދެން ކޮންމެ މަހަކު 000.00،100ރ.. (އެއްލައްކަ ރުފިޔާ) މަސްހަމަކޮށ ސިވިލް ކޯޓަށް ޖަމާކުރަމުން ގެންދިއުމަށް.
9.3- މިދަރަނި ދައްކާ ޚަލާސްވުމުގެ ކުރިން […] އެވެ ކިޔާ ގޯތީ ގެ ކުއްޔަށް ހިފާފައިވާ ޢިމާރާތް އެއްވެސް ހާލަތެއް މެދެވެރިވެގެން ދޫކޮށްލައިފިނަމަ އެކަން ސިވިލް ކޯޓަށް އެންގުމަށް ޗީބޯ އާއި ޝާހިދުގެ މައްޗަށް އަމުރުކޮށް.
10ޝާހިދުގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައިމިވަނީ ސިވިލް ކޯޓުން މިޤަޟިއްޔާ ބަލައި ނިންމިގޮތެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
11ސިވިލް ކޯޓގު ނަންބަރު:272/Cv-C/2021 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އ ޤަޟިއްޔެ ނިންމާފައިވަނީ؛ "ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް […] / މާލެ، މުޙައްމަދު ޝާހިދު (އައި.ޑީ. ގެ ފަރާތުން އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އައި.ޑީ.ކާޑު ނަންބަރު 0306/2011-C) އަށް ދޭންޖެހޭ ފައިސާ ޙުކުމާއި އެއްގޮތަށް ދައްކާފައި ނުވާކަން މިކޯޓުގެ ދަރަނި ރިކޯޑު ފޮތު ނަންބަރު 144 ގެ 268 ނަންބަރު ސަފްހާއިންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނާތީ، ދައުވާލިބޭ ފަރާތުން މިހާތަނަށް ނުދައްކައިވާ
022.08،118،2ރ. (ދެމިލިއަން އެއްލައްކަ އަށާރަހާސް ބާވީސް ރުފިޔާ އަށްލާރި) ދައުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން ޗީބޯ އިންވެސްމަންޓ ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާލިބޭ މުހައްމަދު ޝާހިދުއަށް ކޮންމެ މަހަކު ލިބޭ އާމްދަނީ ކަމަށްވާ 000.00،120ރ. (އެއްލައްކަ ވިހިހާސް ރުފިޔާ) ގެ ތެރެއިން މިދަރަނި ޚަލާސްވަންދެން ކޮންމެ މަހަކު 000.00،100ރ. (އެއްލައްކަ ރުފިޔާ) މިއަދު 9 އޮކްޓޫބަރު 2023 އިން ފެށިގެން މަސްހަމަކޮށ ސިވިލް ކޯޓަށް ޖަމާކުރަމުން ގެންދިއުމަށާއި، މި ދަރަނި ދައްކައި ޚަލާސްވުމުގެ ކުރިން […] އެވެ ކިޔާ ގޯތީގެ ކުއްޔަށް ހިފާފައިވާ ޢިމާރާތް އެއްވެސް ޙާލަތެއް މެދުވެރިވެގެން ދޫކޮށްލައިފިނަމަ އެކަން މިކޯޓަށް އެންގުމަށް ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ދަޢުވާލިބޭ ފަރާތަށް އަންގައި އަމުރުކޮށް، ސިވިލް ކޯޓުގެ ނަންބަރު 657/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް އިޚްތިރާމްކުރުމަށް ދަޢުވާލިބުނު މުޙައްމަދު ޝާހިދުއަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފީ ނުކުތާތައް:
12ސިވިލް ކޯޓު ގެ ނަންބަރު:272/Cv-C/2021 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނާ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޝާހިދުގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކއާ ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކާ ކ:
12.1 - ސިވިލް ކޯޓުގެ ނަންބަރު: 272/Cv-C/2021 ޤަޟިއްޔާ ގައި ޙުކުމްކޮށްފައި ވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި، ކޯޓުތަކުގެ ޤާނޫނު ގެ 43 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
12.2- ސިވިލް ކޯޓުގެ ނަންބަރު: 272/Cv-C/2021 ޤަޟިއްޔާ ގައި ޙުކުމް ކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާގެ (ހ) އަދި 377 ވަނަ މާއްދާއާ ޚިލާފަށް ޝާހިދު އަދާކުރަންޖެހޭ ޤާނޫނީ އިލްތިޒާމްތަކަށް ރިޢާޔަތްކުރުމެއްނެތި ކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
13އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތތައާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތތަކާ އާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
1.13 ފުރަތަމަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ޙުކުމުގައި، ޗީބޯ މައްސަލައިގެ ހަސްމަކަށް ނުވާއިރު، އެފަރާތުގެ މައްޗަށް މިފައިސާ ދެއްކުމަށް އަމުރުކޮށްފައިވަނ ކޮން ޤާނޫނީ ބާރެއް ލިބިގެން ކަމެއް ބަޔާންކުރެވިފައެއް ނުވާކަމަށެވެ. އަދި ޝާހިދުއަށް ޗީބޯގެ ފަރާތުން ލިބޭ 000.00،120ރ. (އެއްލައްކަ ވިހިހާސް ރުފިޔާ) އަކީ އޭނާއަށް ލިބޭ އާމްދަނީ ކަމަށް ބަލައި، 000.00،100ރ( .އެއްލައްކަ ރުފިޔާ ) އެލް.އެފްއަށް ދެއްކުމަށް ޗީބޯ ގެ މައްޗަށް ޤާނޫނު ނަންބަރު:2021/32 ޤާނޫނު ނަންބަރު: 2021/32 އަމުރުކޮށް ހުކުމް ކޮށްފައިވަނީ ކޮން ޤާނޫނީ ބާރެއް ނުވަތަ އަސާސެއްގެ މައްޗަށްކަމެއް ބަޔާންކުރެވިފައިނުވާކަމަށެވެ. އަދި މިފަދައިން ޙުކުމް ކުރުމަކީ ކޯޓުތުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުންނާއި ސުޕްރީމް ކޯޓުގެ ނަންބަރު 100/A-2020/SC ޤަޟިއްޔާ އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ
(ހ) ގެ (5) ވަނަ ނަންބަރާއި ޚިލާފަށް ޙުކުމް ކުރުންކަމަށެވެ.
2.13 އިސްތިއުނާފުކުރުމުގެ މައިގަނޑު އެއް މަޤްސަދަކީ މައްސަލާގައި މައުޟޫއީ ގޮތުން ހޯދިފައިވާ ހޯދުންތަކާއި އަދި އެކަމާ ގުޅިގެން ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ ކަންކަމާ ޤާނޫނީ ގޮތުން ނުވަތަ ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތާމެދު އިއުތިރާޒުކުރުންކަމަ ށާއި، ޙުކުމް ކުރުމުގައި ޤާނޫނީ ގޮތުން ކަނޑައަޅާ ކަނޑައެޅުންތައް ކަނޑައަޅާފައިވާ ޤާނޫނީ އަސާސް ބަޔާންނުކުރާ ޙާލަތެއްގައި އެޙުކުމް އެކަށީގެންވާ ގޮތެއްގައި އިސްތިއުނާފުކުރުމަށް ހުރަސްއެޅިގެން ދާކަމަށާއި، މިކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްޤަށް އުނިކަން ލިބިގެންދާކަމަށެވެ.
3.13 އިސްތިއުނާފީ ދެވަނަ ނުކުތާ ތަފްސީލްކު ރަމުނ ބުނެފައިވަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝާހިދުގެ (ސާބިތދަރަނިވެރިޔު) މާލީ ހާލަތް ދެނެގަތުމުގައި އެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކާއި އިތުރު ދަރަނިތައް ހުރިތޯ ދެނެގަތުމަށް ކަނޑައަޅާފައިވާ އެއް ސަބަބަކީ ކޯޓަކު ނ ކުރް ޙުކުމަކުން ދަރަނިވެރިޔާ އަދާކުރަންޖެހޭ ނުވަތަ އަދާކުރަމުންދާ ޤާނޫނީ އިލްތިޒާމްތައް އަދި ދަރަނިތައް އަދާކުރުމުގައި ހުރަސް އެޅޭނެ ފަދަ ގޮތަކަށް ޙުކުމް ނުކުރުމަށް ކަމަށެވެ.
4.13 އިސްތިއުނާފުކުރެވިފައިވާ މައްސަލާގައި ޝާހިދުއަކީ ޤާނޫނީ އެއްބަސްވުމެއްގެ ދަށނު ދަރަނިވެރިވ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޤާނޫނީ އިލްތިޒާމްތަކެއް އަދާކުރަމުންދާ ފަރާތެއްކަން ސިވިލް ކޯޓު އަދި އެލް.އެފްގެ ސަމާލުކަމަށް ގެނެވިފައިވީނަމަވެސ ސިވިލް ކޓުނޯ ޙުކުމް ކުރުމުގައި މިކަމަށް ރިޢާޔަތްކުރައްވާފއަ ނުވާކަމަށެވެ. މިގޮތުން […] ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގައި ރަހުނުކުރެވިފައިވާ އިމާރާތެއްކަމަށާއި، ޝާހިދު، އެޗް.ޑީ.އެފް.ސީއަށް ދައްކަންޖެހޭ ލޯނުގެ ފައިސާ ދައްކަމުންދަނީ ޗީބއިނޯ ލިބް އާމްދަނީ އިންކަމަށެވެ. މިއީވެސް ޝާހިދު އަދާކުރަންޖެހޭ ޤާނޫނީ އިލްތިޒާމެއްކަމަށެވެ. މިކަންކަމުގެ ތަފްސީލް ބަޔާންކުރަމުން ބުނެފައިވަނީ ސިވިލް ކޯޓުން ޙުކުމް ކުރުމުގައި ޝާހިދު އަދާކުރަންޖެހޭ ޤާނޫނީ އިލްތިޒާމްތަކާއި ދަރަންޏަށް އެއްވެސް މިންވަރަކަށް ޤާނޫނީ ބުރަދަން ދީފައިނުވާކަމާއި، މިހުކުމުގެ ސަބަބުނު ޝާހިދުގެ އިޚްތިޔާރު ނެތި، އެފަރާތުން އަދާކުރަންޖެހޭ ޤާނޫނީ އިލްތިޒާމްއާ އެފަރާތުން ޚިލާފްވެވި، އެކަމުގެ ނަތީޖާއެއްގެ ގޮތުން އެލް.އެފްއަށްވެސް އަދި އެޗް.ޑީ.އެފް.ސީއަށް އަދާކުރަންޖެހޭ ދަރަނިތައްވެސް ބަންދުވެގެން ދާނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
14އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 272/Cv-C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނީއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި، ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރާ ޚިލާފަށްކަން ސާބިތުވާކަމަށް ކަނޑައަޅާދިނުމަށާއި، ސިވިލް ކޯޓުގެ ނަންބަރު 272/Cv-C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 369 ވަނަ މާއްދާގެ
(ހ) އަދި 377 ވަނަ މާއްދާއާ ޚިލާފަށްކަން ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމާށާއ އަދި ސިވިލް ކޯޓުގެ ނަންބަރު 272/Cv-C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
15އިސްތިއުނާފު ރައްދުވާ އެލް.އެފް ކޮންސްޓަރަކްޝަނގް ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފޞް ލްކޮށީ ވާހަކަ ދައްކާފައިވެއެވެ. މި ތަފޞް ލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚު ލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛
15.1- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 144-B11/CA/2023/232 ކޯޓު އަމުރަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 377 ވަނަ މާއްދާގެ ދަށުން ނެރެފައި ވާ ޤާނިޝީގެ ކިބައިން މުދާ ހިފެހެއްޓުމުގެ އަމުރެއް ކަމަށެވެ. އެޤާނޫނުގެ 377 ވަނަ މާއްދާގެ (އ) ގެ ދަށުން މިފަދައިން ޤާނިޝީގެ ކިބައިން ސާބިތު ދަރަނިވެރިއާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު އުނިކޮށް އެ ފައިސާ ކޯޓަށި ދެއްކުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުން މިފަދައިން ފައިސާ އުނިކުރުމަށް ޙުކުމްކުރި ގޮތުގެ ޤާނޫނީ އަސާސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތށަ ސާފުވެފައި އޮންނާނެ ކަމަށެވެ. އަދި ޗީބޯ ގެ ފަރާތުން މި ޢަދަދަށް ފައިސާ ލިބޭކަމަށް އިންކާރު ކުރުމަކާނުލައި، ޤާނިޝީއެއްގެ އަތުން ފައިސާ ހޯދުމަށް ކޯޓަށް ލިބިދީފައިވާ ބާރުގެ ތެރެއިން ފައިސާ އުނިކުރުމާ ގުޅޭގޮތުން ޤާނޫނީ ބަހުޘެއް އޮންނާނެކަމުގައި ނުދޭކަމަށް އިތުރަށް ބުނެފައިވެއެވެ.
15.2- އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ބުނެ ފައިވަނީ ސިވިލް ކޯޓުން ޙުކުމް ކުރިއިރު އިސްތިއުނާފުކުރާ ފަރާތުން އަދާކުރަންޖެހޭ ޤާނޫނީ އިލްތިޒާމްތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވަނީ […] ރަހުނުކުރެވިފައިވާ ލޯނަށް އެޗް.ޑީ.އެފް.ސީއަށް ދައްކަންޖެހޭކަމަށް ބުނާ ފައިސާ އުނިކޮށްފައިނުވާތީކަމށެވެ. އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތުންބުނާ ލޯނަށް ދައްކަންޖެހޭ ވަރަކީ ކޮބައިކަމެއް ސިވިލް ކޯޓު މަރުހަލާގައިވެސް އަދި އިސްތިއުނާފުގައިވެސް ބުނެފައި ނުވާކަމަށެވެ. އަދި މިކަން ސާބިތުކުރުމަށް ލިޔުމެއްވެސް ހުށަހަޅާފައިނުވާކަމަށެވެ. ހުށަހަޅާފައި ނުވާކަމަކަށް ރިޢާޔަތްކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.
15.3- މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުން ޙުކުމް ކުރިއިރު މިކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކަށް ރިޢާޔަތްކޮށްފައިވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބަލަހައްޓަންޖެހޭ ފަރާތްތައް ދިރިއުޅުމަށް ބޭނުންވާ ޟަރޫރަތަށްޓަކައ މި އާމްދަނީގެ ތެރެއިން ޝަރީޢަތުންވަނީ
000.00،20ރ (ވިހިހާސް ރުފިޔާ) އުނިކޮށްފައިކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ލޯނު ލިބުނުކަމުގެ ލިޔުމަކީ 2018 ގެ ލިޔުމެއްކަމަށާއި، ލޯނަށް ދައްކަމުންދާ ޢަދަދު އެނގޭނެ އެއްވެސް ލިޔުމެއް މިހާތަނަށް ހުށަހަޅާފައިނުވާކަމަށެވެ. އެހެންކަމުން އިސްތިއުނާފީ ދެވަނަ ނުކުތާވެސް އިސްތިއުނާފުކުރުމުގެ ތްރެޝް ހޯލްޑް ފުރިހަމަވެފައިވާކަމުގައި މަތިމަތިން ފެންނަންހުރި ކަންކަމުގެ މައްޗަށް ނުވަތަ ޕްރައިމާ ފޭސީ މިންގަނޑަކުން ބަލާއިރުވެސް ނުދެކޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
16އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: 272/Cv-C/2021 ޤަޟިއްޔާ ގައި ނިންމާފައިވާ ނިންމުން ބަދަލުކުރާނެ ފަދަ ޤާނޫނީ ބަހުޘެއް ހުށަހެޅިފައިނުވާކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
17މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: 272/Cv-C/2021 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޝާހިދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާއާ ގުޅިގެން މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލޔިންތަކަށ ބަލާއިރް އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
18އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ ސިވިލް ކޯޓުގެ ޙުކުމުގައި ޗީބއޯން ލިބޭ -/000،120ރ (އެއްލައްކަ ވިހިހާސް ރުފިޔާ) އެކީ އެއްކޮށް ޝާހިދުއަށް އާމްދަނީގެ ގޮތުގައި ލިބޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމުގައި ޤާނޫނީ ބާރު ލިބިދިން ގޮތް އެނގެން ނެތުމާއި ޝާހިދުއަށް ޗީބއޯ ނ ލިބް މަތީގައި ބަޔާންކުރި ފައިސއިނާ -100,000/ރ. (އެއްލައްކަ ރ ފިޔާ) ކޮންމެ މަހަކު އެލް.އެފއަށް ދެއްކުމަށް އެންގީ ކޮން ޤާނޫނެއްގެ ދަށުން ބާރުލިބިގެންކަން ބާޔާންކޮށްފައި ނުވުމެވެ.
19އިސްތިއުނާފ ރައްދުވު ފަރާތުން ބަޔާންކުރަނީ ސިވިލް ކޯޓުގެ ނިންމުމުގައި ޙަވާލާދީފައިވާ ނަންބަރު: B11/CA/2023/232-144 (09 އޮކްޓބަރޯ 2023) ކޯޓުއަމުރަކ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 377 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ޤާނިޝީ ގެ ކިބައިން މުދާ ހިފެހެއްޓުމުގެ އަމުރެއް ކަމަށެވެ. ޙުކުމް ތަންފީޛު ކުރުމަށް ކުރިއަށް ގެންދާ އަޑުއެހުންތައް:
20ޕްރިސިޑެންސް 1އުޞޫލެއްގެ ގޮތުނެ ޙުކުމް ތަންފީޛް ކުރުމަށު ކުރިއަށް ގެންދާ އަޑުއެހުން ތަކަކީ ޝަރީޢަތް ހިންގުމުގެ 18 17 މާނައިން ބޭރުން، ޙުކުމް ތަންފީޛު ކުރުމަށް ހިންގޭ އަޑުއެހުންތަކެވެ. ސަބަބަކީ، ޚުޞޫމާތެއް އޮތް މައްސަލައެއްގައި ކޯޓުން ޙުކުމް ކުރާނީ ޝަރީޢަތުގެ މަރުޙަލާތައް ހިންގައި ނިމުމަށް ފަހުގައެވެ. ތަންފީޛުގެ ޤާނޫނު ނަންބަރ 32/2021 ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 24 ވަނަ މާއްދާ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 32 ވަނަ މާއްދާ. މަރުޙަލާ ފެށޭނީ މިގޮތުން ކުރެވޭ ޙުކުމަށް ފަހުގައެވެ. ޝަރީޢަތާއި ތަންފީޛަކީ މިގޮތުން ތަފާތު ދެކަމެކެވެ. ޝަރީޢަތް ހިންގާނީ، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދުގައެވެ. ތަންފީޛު ހިންގާނީ، ސާބިތު ދަރަނިވެރިޔާ އާއި ސާބިތު އަރަނިވެރިޔާ އާދެމުގައެވެ. ޝަރީޢަތް ހިންގުމުގައި، ޙަޤީޤަތް ހޯދުމަށް ދެފަރާތުގެ ހުށަހެޅުންތާއި ހެކިދެއްކުމާއ ޤާނޫނި ބަހުޘްތައް ހިމެނޭއިރު، ތަންފީޛުގައި މިފަދަ ބަހުޘްތަކެއް ނެތި، އޮންނާނީ ދަރަނި ތަންފީޛީ ކުރުމަށު މުދާ ނެގުމަށް ކުރާ އަމުރާއި، ތަންފީޛު ކުރުމަށް މުދަލުން މުޢާމަލާތު ކުރުން ހުއްޓުވުމުގެ އަމުރާއި، ތަންފީޛު ކުރުމުގެ ގޮތުން ދަރަނީގެ މައްޗަށް ތިންވަނަ ފަރާތެއް ޒިންމާ ކުރުވުންފަދަ (ގާނިޝްމެންޓް) ކޯޓުން ކުރިން ކުރި ޙުކުމުގެ ނަތީޖާ ނެރުމެވެ.
21ޕްރިސިޑެންސް 2ވީމާ، ތަންފީޛުގެ ކޮންމެ މައްސަލައަކީ ޝަރީޢަތް ހިންގާ މައްސަލައެއްގެ ގޮތުގައި ބެލެވެން ނޯންނާނެތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢިލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާ ގައި ޝަރީޢަތްކޮށް ޙުކުމަށް ވާޞިލުވި ސަބަބުތައް ބަޔާންކުރުމާއި ގުޅޭ ގޮތުން ކަނޑައެޅި އުޞޫލުތަކަކީ ޙުކުމް ތަންފީޛުގެ ޤަޟިއްޔާތަކާއި ގުޅިގެން އިސްތިއުނާފު ކުރުމުގެ ސަބަބެއްގެ ގޮތުގައި ހުށަހެޅޭނެ ސަބަބުތަކެއް ކަމަށް ނުފެނެއެވެ. އެހެނީ އެޤަޟިއްޔާގައި ބަޔާންކުރާ ގޮތުން، "ހެކި ވަޒަންކޮށް އެހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދަޢުވާއާމެދު ގޮތެއް ނިންމުން" ކަމަށް ބަޔާންކޮށްފައިވާއިރު، ޙުކުމް ތަންފީޛުގެ ޤަޟިއްޔާތަކަކީ މިއުޞޫލުން ޝަރީޢަތްކޮށް ނިމިފައިވާ ޤަޟިއްޔާތަކެކެވެ. ވީމާ، ޙުކުމް ތަންފީޛު ކުރުމުގެ ޤާޟިއްޔާތަކުގައި އަލުން ޝަރީޢަތްކޮށް ހެކި ވަޒަންކުރުމަކީ ކުރަންޖެހޭނެ ކަމެއްނޫނެވެ. ޙުކުމް ތަންފީޛު ޤަޟިއްޔާތަކުގައި ކުރަންޖެހޭކަމަކީ އެޙުކުމް ތަންފީޛުކޮށް ނަތީޖާ ނެރުމުގެ ފިޔަވަޅުތައް އެޅުމެވެ. މިދެމަރުޙަލާ ތަފާތު ކުރަންޖެހެއެވެ.
22ނަމަވެސް ޙުކުމް ތަންފީޛް ކުރުމުގެ ޤަޟިއްޔާތަކުގެ ތެރެއިން، ޙުކުމް ތަންފީޛު ކުރަން ހުށަހަޅާ ގޮތާއިމެދު ސާބިތު ދަރަނިވެރިޔާ ދެކޮޅުހަދާ ޙާލަތުގައި ނޫނީ ސާބިތު ދަރަނީ ދެއްކުމަށް ތިންވަނަ ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/100 ޤަޟިއްޔާ SC 30 [2021] މަތިކުރާ ޙާލަތުގައި އުފެދޭ ޚިލާފުތައް ނޫނީ ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރެއް ނޫނީ ފައިސާ ދައްކަންޖެހޭ ގޮތް ބަޔާންކުރާ ޖަދުވަލަށް ބަދަލެއް ގެނައުމަށް ހުށަހަޅާ ހުށަހެޅުމާއި ގުޅިގެން، ފަނޑިޔާރު ނިންމާ ނިންމުންތަކަށް ވާޞިލުވިގޮތް ބަޔާންކޮށްދެވިފައި އޮންނާންޖެހޭކަމަށް ދެކެމެވެ. މިސާލަކަށް ސާބިތު ދަރަނި ދެއްކުން ތިންވަނަ ފަރާތެއްގެ މައްޗަށް ލާޒިމުކުރާ ޙާލަތުގައި ޤާނިޝގީ ގޮތުގއަ ތިންވަނަ ފަރާތެއްގެ މައްޗަށް ދަރަނިފައިސާ ދެއްކުމަށް އަމުރު ކުރުމުގައި ހިންގާންޖެހޭ އިޖުރާއަތާއި އެއްގޮތަށް ޢަމަލު ކުރެވިފައިވާކަން ސާފުކޮށް ބަޔާންކުރެވިފައި އޮންނާންޖެހޭނ ކަމަށެ ދެކެމެވެ. ޙުކުމް ތަންފީޛު ކުރުމުގައި އަސްލު މައްސަލައިގެ ޚަޞްމަކަށް ނުވާ ފަރާތަކަށް ސާބިތު ދަރަނި ފައިސާ ދައްކަން އަމުރު ކުރެވިދާނެތޯ؟
23ޕްރިސިޑެންސް 3އިސްތިއުނާފުކުރާ ފަރާތުން އުފައްދާ އެއްސުވާލަކ އަސްލީ މައްސަލައިގެ ޚަޞްމަކަށް ނުވާ ތިންވަނަ ފަރާތެއްގެ މައްޗަށް ފައިސާ ދެއްކުމަށް އަމުރު ކުރެވިފައިވާ ގޮތް ސާފު ނޫން ކަމަށެވެ. ދަރަނި ސާބިތުކުރި ޤަޟިއްޔާގެ ޚަޞްމަކަށް ނުވާ ތިންވަނަ ފަރާތެއްގެ މައްޗަށް ސާބިތު ދަރަނި ދެއްކުމަށް އަމުރު ކުރުމަކީ ތަންފީޛީ ބާރުގެ ތެރެއިން ކޯޓަށް ލިބިދޭ ބާރެކެވެ. އެކަން މިހާރު ޢަމަލު ކުރަމުންދާ މަދަނީ އިޖުރާއަތގު ޤާނޫނު ގައި ބަޔާންކުރޭ މެއެވެ. ވީމާ، އަސްލު މައްސަލައިގެ ޚަޞްމަކަށް ނުވާ މީހެއްގެ މައްޗަށް ސާބިތު ދަރަނި ދެއްކުމަށް ކޯޓަށް އަމުރު ކުރެވިދާނެ ކަމާމެދު ބަހުޘެއް އޮންނާނެކަމަށް ނުދެކެމެވެ.
24ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ދަށު ކޯޓުގެ ރިޕޯޓުގައި ސާބިތު ދަރަނިވެރިޔާގެ ޙާލަތު ބެލިކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 369 ވަނަ މާއްދާއާ ޙަވާލާދީ ބަޔާންކޮށްފައި އެބައޮތެއެވެ. އެގޮތުން ބެލިއިރު، […] ޗީބއޯށް ކުއްޔަށްދީފައިވާކަމަށް ފެނިގެން، ސާބިތުދަރަނިވެރިޔާ އާއި ޗީބޯ އާ ދެމެދު އޮތް އެއްބަސްވުމުން އުފެދޭ ޤާނޫނީ ގުޅުމުގެ މައްޗަށް ބިނާކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ އބމ 369ވަނަ މާއްދާގަ (ށ) ގެ ދަށުން އެންގުމުން، ސާބިތުދަރަނިވެރިޔާ ޝާހިދު އާއި ޗީބޯ އާ ދެމެދު އޮތް އެއްބަސްވުން ހުށަހެޅި ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
25މިގޮތުން، ޗީބޯގެ މައްޗަށް އަމުރު ކޮށްފައިވަނީ ޗީބއޯ ނ ސާބިތު ދަރަނިވެރިޔާއަށް ދައްކަންޖެހޭ މަހު ކުލިން -00,000/1ރ. (އެއްލައްކަ ރުފިޔާ) ސާބިތު ދަރަނި ޚަލާޞްކުރުމަށް ދެއްކުމަށެވެ. މިއީ ސާބިތު ދަރަނީގެ މައްޗަށް ތިންވަނަ ފަރާތެއް ޒިންމާ ކުރުމާއި ގުޅޭ އިޖުރާއަތެވެ. މިކަން މަދަނީ އިޖުރާއަތާ ގ ޤާނޫނުގައި ސާބިތު ދަރަންޏަށް ތިންވަނަ ފަރާތެއް ޒިންމާކުރުމާއ ގުޅި މާއްދާތަކުން ސާފުވެއެވެ.
26ޕްރިސިޑެންސް 4ނަމަވެސް، މިދެންނެވި އިޖުރާއަތު ދަށު ކޯޓުން ހިންގާފައި އޮތް ގޮތް ސާފެއް ނޫނެވެ. ފުރަތަމަ ކަމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުން ޤާނިޝް ކުރެވޭނީ ސާބިތު ދަރަނިވެރިޔާ އާއި ޤާނިޝީއާ ދެމެދު ޤާނޫނީ ގުޅުމެއް އޮވެގެންނެވެ. އެ ގުޅުމަށް ބޮޑު ބަދަލެއް އަތުވެއްޖެނަމަ، ނުވަތަ އެގުޅުން ކެޑިއްޖެނަމަ، އެކަން ކޯޓަށް އަންގަންޖެހެނީ، ޤާނޝި ކުރެވެން އެގުޅުމުގެ މައްޗަށް ބިނާކޮށް ކަމަށްވާތީއެވެ. ވީމާ، ޤާނިޝީ އިޖުރާއަތު ހިންގުމުގެ ކުރިން ސާބިތު ދަރަނިވެރިޔާ އާއި ޤާނިޝީއާ ދެމެދު އޮތް ޤާނޫނީ ގުޅުމަކީ ކޮބައިތޯ ކޯޓުން ރނަ ގަޅަށް ބަލަންޖެހެއެވެ.
27ޕްރިސިޑެންސް 5މިމައްސަލައިގައި، ބަޔާންކުރާ "ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު" އަކީ ކުންފުންޏާބެހޭ ޤާނޫނު ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޤާނޫނީ ޝަޚްޞެކެވެ. ކުންފުނި އުފައްދާ މީހުންނާއި ވަކިން އޮންނަ، އަމިއްލަ ނަމުގައި މުޢާމަލާތުކޮށް މުދާ ހޯދާއި މުދާ މިލްކުކޮށް އެމުދަލުން މުޢާމަލާތުކޮށް ތަޞައްރަފު ކުރުމުގެ ޤާނޫނީ ބާރު އޮތް ފަރުދެކެވެ. ކުންފުނީގެ މުދަލަކީ ކުންފުނީގެ ޙިއްޞާދާރުންގީ މުދަލެއް ނޫނެވެ. ކުންފުނީގެ މުދަލަކީ ކުންފުނީގެ މިލްކެކެވެ. ވީމާ، ސާބިތު ދަރަނިވެރޔާގި ސާބިތު ސިވިލް ކޯޓުގެ ނަންބަރު:272/Cv-C/2021 ޝަރީޢަތް ނިމުނު ގޮތުގެ ފާހަގަކުރެވުނު 3 ވަނަ ނުކުތާ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 377 ވަނަ މާއްދާގެ (ފ) ދަރަނި ދެއްކުމަށް ޤާނިޝީއެއްގެ ގޮތުން ޗީބޯ ގެ މައްޗަށް އަމުރު ކުރާއިރު، ސާބިތު ދަރަނިވެރިޔާ ޝާހިދު އާއި ޗީބޯ އާ ދެމެދު މިދެންނެވި ޤާނޫނީ ގުޅުން އޮންނަން ޖެހޭނެއެވެ. އެއީ ތަޢާޤުދީ ގުޅުމެއްނަމަ، އެގުޅުން އޮންނަންޖެހޭނީ ޗީބޯ އާ ޝާހިދު އާ ދެމެދުގައެވެ.
28މި ޤަޟިއްޔާއާއެކ ހުށަހެޅު ލިޔުންތަކަށް ބެލިއިރު، ދަށު ކޯޓުން އަންގައިގެން، ޝާހިދު ހުށަހެޅި އެއްބަސްވުމަކީ، ޗީބޯ އާ ޝާހިދުއ ދެމެދާ ކުރެވިފައި އޮތް އެއްބަސްވުމެއް ނޫނެވެ. އެއެއްބަސްވުމަކީ ޝާހިދު އާއި މުޙައްމަދު ރަނޭޝް () ކިޔާ މީހަކާ ދެމެދު 16 މޭ 2019 ގައި "ހ.ސައުތުރީފްގެ ގްރައުންޑް، 1 އަދި 2 ވަނަ ފުލޯރ ކުއްޔަށް ދިނުމާބެހޭ އެގްރީންމެންޓް" ކިޔާ އެއްބަސްވުމެވެ. ވީމާ، މުޙައްމަދު ރަނޭޝް އަކީ ޗީބޯ ގެ ޙިއްޞާ ދާރަކަށ ނުވަތް ޑިރެކްޓަރަކަށް ނުވަތަ މެނޭޖިންގ ޑިރެކްޓަރަކަށް ވެދާނެއެވެ. ނަމަވެސް މުޙައްމަދު ނަރޭޝ އާއް ޝާހިދުއ ދެމެދާ އޮތް އެއްބަސްވުމުގެ ސަބަބުން ޤާނޫނީ ގޮތުން އުފެދޭ ތަޢާޤުދީ ގުޅުން އުފެދެނީ އެދެމީހުންގެ މެދުގައެވެ. މުޙައްމަދު ނަރޭޝްއަކީ ޗބީ ގެ ޙިއްޞާދާރަކަށް ވުމަކީ، ޗީބޯ އާ ޝާހިދުއ ދެމެދާ ޤާނޫނު ގޮތުން ތަޢާޤުދީ ގުޅުމެއް އުފަންވާނެ ސަބަބެއް ނޫނެވެ.
29ޕްރިސިޑެންސް 6އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި، ޝާހިދު އާއި ޗީބޯ އާދެމެދު އޮތް ޤާނޫނީ ގުޅުމަކީ ކޮބައިކަން ސާފުކޮށްފައި ނެތްއިރު، ޗީބޯގެ މައްޗަށް ސާބިތު ދަރަނި ދެއްކުމަށް އަމުރު ކޮށްފައިވަނީ، ޗީބގޯ ބަހެއްވެސް ނުހޯދައެވެ. ޗީބޯގެ ބަސް ހޯދޭނީ، އެއީ ކުންފުންޏެއް ކަމަށްވާތީ، އޭރު ޢަމަލު ކުރަމުންދިޔަ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން، ކުންފުނީގެ ފަރާތުން ވާހަކަ ދެއްކޭނެ ޤާނޫނީ ހައިޞިއްޔަތެއް އޮތް މީހަކު އެކަމާމެދު ބުނާ އެއްޗެއް ޝަރީޢަތުން ސާފުކުރެވިގެންނެވެ. ކުންފުނީގެ ވަކިވަކި ޙިއްޞާދާރުންނަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 377 ވަނަ މާއްދާގެ (ހ) އާއި (ށ). ކުންފުނީގެ ނަމުގައި އިންފިރާދީ ގޮތުން ވާހަކަ ދައްކައި، ނިންމުންތައް ނިންމޭނެ ބައެއް ކަމަކަށް އޭރު އޮތް ކުންފުންޏާބެހޭ ޤާނޫނަށް ބަލާއިރު، ނުވެއެވެ.
30ޗީބގޯ ފަރާތުން ބަހެއް ހޯދާފައި ނެތުމުގެ ސަބަބުން، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 377 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ އިޖުރާއަތަށް ޢަމަލު ކުރެވިފައި އޮތްކަންވެސް ސާފުވާކަށް ނެތެވެ.
31އެހެންކަމުން، ޝާހިދުގެ މައްޗަށް ސާބިތުވެފައިވާ ދަރަނި ދެއްކުމަށް ޗީބޯގެ މައްޗަށް ދަށު ކޓުނޯ އަމުރުކޮށް ޙުކުމް ކޮށްފައިވަނީ، ޝާހިދު އާއި ޗީބޯ އާދެމެދު ޤާނޫނީ ގޮތުން އޮތް ގުޅުމެއް ފެންނާންނެތީސް، އަދި ގާނިޝީގެ ކިބައިން މުދާ ހިފެއްޓުމުގެ ޢާންމު އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ، ދަށު ކޯޓުގެ ޙުކުމް ބާޠިލު ކުރަންޖެހޭ ކަމަށް ދެކެމެވެ.
32ދަށު ކޯޓުގެ ޙުކުމް ބާޠިލުކަމަށް ކަނޑައަޅަންޖެހޭކަމަށް ބުރަވެވޭތީ، މިމައްސަލައިގައި ޝާހިދުގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާއަށް އިތުރަށް ބަލަންޖެހޭކަމަކަށް ނުފެނެއެވެ.
33ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު: 272/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރަންޖެހެއެވެ. ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ށ) ގެ (1) ނަންބަރަށް ބަލާއިރު، މިއުޞޫލު ބަދަލުވެފައިވާކަމަށް ފެނެއެވެ. މިގޮތުން ކުންފުނީގެ ޑިރެކްޓަރަކަށް ކުންފުނީގެ ނަމުގައި މުޢާމަލާތު ކުރެވޭކަމަށް ފެނެއެވެ.
34މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
35މިމައްސަލައިގއަ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
36މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމށް ހުށަހެޅުމުގަ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 369 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 377 ވަނަ މާއްދާގެ (ހ)، (ށ)، (ރ)، (ފ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އަދި 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 96/10 (ކުންފުންޏާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ށ) ގެ (1)
- ސުޕްރީމް ކޯޓުގެ 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) [2021] SC 30
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު އަޒުމީ، ޕްރިމިއަރ ޗެމްބާރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ސާދިޙު ނަޞީރު، ލޯ ކްރާފްޓް ލޯ ފަރމް ލލޕ
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް