ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/38
މުޙައްމަދު ނަސްމިން މުހައްމަދު މުބީން ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2021/HC-A/38
Mohamed Nasmin Mohamed Mubeen v. Prosecutor General 2021/HC-A/38 (2021/HC-A/38, High Court of the Maldives, 29 November 2021)
މުޙައްމަދު ނަސްމިން މުހައްމަދު މުބީން ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
މަޢުނަވީ ހިޔާޒަތުން ފެނުނު މަސްތުވާތަކެއްޗަށް އޭނާ ޒިންމާވާންޖެހޭތީ މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެ، ޢުމުރަށް ޖަލަށްލުމާއި 100،000 ރުފިޔާގެ ޖޫރިމަނާއަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ.
ބޭރުގެ ރައްޔިތަކު ރާއްޖެ އައިއިރު އޭނާގެ ލަގެޖުގައި އޮތް ފުޅިއަކާއި ދަޅަކުން ޖުމްލަ 1010.7 ގްރާމް ކެނަބިސް ފެނުނެވެ؛ އެތަކެތި އެއަރޕޯޓުގައި މީހަކު ޙަވާލުކުރި ކަމަށް އޭނާ ބުންޏެވެ.
ޗެއިން އޮފް ކަސްޓަޑީގެ ކާޑުތައް ދަޢުވާއާއެކު ހުށަނާޅާތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83(ހ) އާ ޚިލާފު ކަމަށާއި، ހެއްކެއްގެ ގޮތުގައި ހުށަނާޅާ ކުޑަކަމުދާތަކެތީގެ ތަޙްލީލު ރިޕޯޓަށް ރިޢާޔަތްކުރީ 110(ށ) އާއި 144(ނ) އާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރި ފަރާތުން ބުންޏެވެ. ކާޑުތައް ފަހުން ހުށަހެޅުމަކީ ރަނގަޅުކުރެވޭ ކުށެއް ކަމަށާއި ރިޕޯޓު އެއްކިބާކޮށްވެސް ދަޢުވާ ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ.
މައިގަނޑު ސުވާލު
ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތައް ދަޢުވާއާއެކު ހުށަނާޅައި ފަހުން ހުށަހެޅުމަކީ ދަޢުވާއަށް އަސަރުކުރާ އިޖުރާއީ ޚިލާފެއްތޯ؛ އަދި ހެއްކެއްގެ ގޮތުގައި ހުށަނާޅާ ތަޙްލީލު ރިޕޯޓަކަށް ރިޢާޔަތްކުރުމުން ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ހިޔާޒަތާއި 'އެނގުން' ގެ އުންސުރު ސާބިތުވުމަށް އަސަރުކުރޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކާޑުތައް ފަހުން ހުށަހެޅުމަކީ ރަނގަޅުކުރެވިފައިވާ އިޖުރާއީ ކުށެކެވެ. ތަޙްލީލު ރިޕޯޓަށް ރިޢާޔަތްކުރުން ޤާނޫނާ ޚިލާފު ނަމަވެސް، ލަގެޖުގައި ފުޅިއާއި ދަޅު ހުރިކަން އޭނާއަށް އެނގޭކަން އޭނާގެ ބަޔާންތަކުން ސާބިތުވާތީ 'އެނގުން' ގެ އުންސުރު ފުރިހަމަވެ ކުށް ސާބިތުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤަކާ ގުޅުމެއް ނެތް، އަދި ރަނގަޅުކުރުމުގެ ފުރުޞަތު އޮންނަ އިޖުރާއަތުތަކާ ޚިލާފުވުމުން މައްސަލައިގެ މައުޟޫޢަށާއި ނިޔާއަށް އަސަރެއް ނުކުރާނެއެވެ؛ ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާޠިލްވުން ކަމުގައި ބެލުމަކީ މުޖުތަމަޢުގެ ޙައްޤަށް ނުބައި އަސަރުކުރާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.4)
- ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތައް ދަޢުވާއާއެކު ހުށަނާޅައި ފަހުން ދަށުކޯޓަށް ހުށަހެޅި، އެ ލިޔުމުގެ ޞައްޙަކަމާމެދު ސުވާލެއް އުފައްދާފައި ނުވާނަމަ، އެއީ ރަނގަޅުކުރުމުގެ ފުރުޞަތު އޮތް، އަދި ރަނގަޅުކުރެވިފައިވާ އިޖުރާއަތެކެވެ؛ އެކަމުން ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤަކަށް އުނިކަމެއް ނާދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.5)
- ހެއްކެއްގެ ގޮތުގައި ހުށަހެޅިފައިނުވާ ލިޔުމަކަށް ދަށުކޯޓުން ރިޢާޔަތްކުރުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6.3)
- މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެނުމުން ކުށް ސާބިތުވާނީ، އެ މަސްތުވާ އެއްޗާއި އެ މީހާ ގުޅުވާލާ އިތުރު ހެއްކެއް، ޤަރީނާއެއް، މޯޓިވެއް ނުވަތަ އެ އެއްޗެއް އޭނާގެ އަތުގައި އޮތްކަން އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންނެވެ. ދަޢުވާކުރާ ފަރާތުން ސާބިތުކުރަންޖެހެނީ އެ އެއްޗެއް މުއްތަހަމުގެ އަތުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި އޭނާއަށް އެނގިހުރެ އޮތްކަމެވެ؛ އެއީ މަސްތުވާތަކެތިކަން އޭނާއަށް އެނގުން ލާޒިމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6.4)
- މަސްތުވާތަކެތި ފެނުނު ފުޅިއާއި ދަޅު އޭނާގެ ލަގެޖުގައި ހުރިކަން ތުހުމަތުކުރެވޭ މީހާއަށް އެނގޭކަން އޭނާގެ އަމިއްލަ ބަޔާންތަކުން އެނގެން އޮތްނަމަ، އަދި އެތަކެތި ދިން ފަރާތެއް ބަޔާންކޮށްދެވިފައި ނުވާނަމަ، 'އެނގުން' (Knowledge) ގެ އުންސުރު ފުރިހަމަވެ، އޭނާގެ ހިޔާޒަތުން ފެނުނު މަސްތުވާތަކެއްޗަށް އޭނާ ޒިންމާވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6.6-6.7)
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 695/Cr-C/2017 ޤަޟިއްޔާ ނިމިފައިވާ ގޮތް ޤާނޫނީ އުޞޫލަތަކާ ޚިލާފުކަމަށް ބުނެ، އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި، ސްރީލަންކާ ރައްޔިތެއްކަމަށްވާ މުޙައްމަދު ނަސްމިން މުޙައްމަދު މުބީން (ޕާސްޕޯޓު ނަންބަރު: )ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.
2ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ، މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ 12 ޖޫން 2017 ދުވަހުގެ 20:00 ހާއިރު، ޗައިނާ އީ ސްޓާންގެ ފްލައިޓް ނަންބަރު 713 MU އިން ދިވެހިރާއްޖެއަށް އައިއިރު، މުޙައްމަދު ނަސްމިން މުޙައްމަދު މުބީން ގެނައި ލަގެޖު ކަސްޓަމްސް އޮފިސަރު ބަލާފާސްކުރިއިރު، އެލަގެޖުގެ ތެރޭގައި އޮތް ޕްލާސްޓިކް ފުޅިއެއްގައި 812.6 ގްރާމް ކެނަބިސް ހުރިކަމަށާއި، އެލަގެޖުގެ ތެރޭގައި އޮތް ދަޅެއްގައި 198.1 ގްރާމް ކެނަބިސް ހުރިކަމަށް ދައުލަތުން ބުނެއެވެ. މުޙައްމަދު ނަސްމިން މުޙައްމަދު މުބީން ބުނެވިދިޔަ ދުވަހު ބުނެވިދިޔަ މަތިނދާބޯޓުން ރާއްޖެ އައިކަމަށް ބުނެއެވެ. އަދި މުޙައްމަދު ނަސްމިން މުޙައްމަދަ މުބީންގެ ލަގެޖު ބަލާފާސްކުރުމުގެ ތެރޭގައި ލަގެޖުގެ ތެރޭގައި އޮތް ޕްލާސްޓިކް ފުޅއަކާއި ދަޅަ ކުން މަސްތުވާތަކެތިފެނިފައިވެއެވެ. އަދި އެތަކެއްޗަކީ ސްރީލަންކާގެ އެއަރޕޯޓް ތެރެއިން މީހަކު ޙަވާލުކުރި އެއްޗެހިކަމަށް މުޙައްމަދު ނަސްމިން މުޙައްމަދު މުބީނ ބުނެފައިވެއެވެ.
3މި މައްސަލާގައި މުޙައްމަދު ނަސްމިން މުޙައްމަދު މުބީނގް މައްޗަށް ކުރެވުނު ދަޢުވާއަކީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާއެވެ. މިދަޢުވާ މުޙައްމަދު ނަސްމިން މުޙައްމަދު މުބީން ގެ މައްޗަށް ކޮށްފައިވަނީ، 12 ޖޫން 2017 ދުވަހުގެ 20:00 ހާއިރު، ޗައިނާ އސްޓާންގީ ފްލައިޓް ނަންބަރު 713 MU އިން ދިވެހިރާއްޖެއަށް އައިއިރު، މުޙައްމަދު ނަސްމިން މުޙައްމަދު މުބީން ގެނައި ލަގެޖު ކަސްޓަމްސް އޮފިސަރު ބަލާފާސްކުރިއިރު، އެ ލަގެޖުގެ ތެރޭގައި އޮތް ޕްލާސްޓިކް ފުޅިއެއްގައި
812.6 ގްރާމް ކެނަބިސް ހުރިކަމަށާއި، އެލަގެޖުގެ ތެރޭގައި އޮތް ދަޅެއްގައި 198.1 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީ ކަމަށް ބަޔާންކޮށް، ޤާނޫނު ނަންބަރު 2011/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.
4ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 695/Cr-C/2017 ޤަޟިއްޔާގައި ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް މުޙައްމަދު ނަސްމިން މުޙައްމަދު މުބީނގެ މައްޗަށް ސާބިތުވެ، އެ ކުށުގެ އަދަބެއްގެ ގޮތުގައި މުޙައްމަދު ނަސްމިން މުޙައްމަދު މުބީން އުމުރަށް ޖަލަށްލުމާއެކު -00/100,0ރ. (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާކޮށް ޙުކުމްކޮށްފައި ވެއެވެ.
5ޕްރިސިޑެންސް 1ޕްރިސިޑެންސް 2އެ ޙުކުމާމެދު ހިތްހަމަނުޖެހިގެން، މުޙައްމަދު ނަސްމިން މުޙައްމަދު މުބީން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ. މިއީ، އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. . މުޙައްމަދު ނަސްމިން މުޙައްމަދު މުބީން 14 ޖޫން 2017 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤައާއި، 26 ޖެނުއަރީ 2020 ގައި ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނާއި، ދިވެހިރައްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް އެފަދައިން ބުނެފައިވެއެވެ.
1. ކްރިމިނަލް ކޯޓުގެ ނަންބަރު 695/Cr-C/2017 ޤަޟިއްޔާ ގެ ޙުކުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ދައުލަތުން، ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ، މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ މައްޗަށް ހުށަހަޅާފައިވާ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ މަޢުނަވީ ހިޔާޒަތުން ޖުމްލަ 1010.7 ގްރާމް ކެނަބިސް ފެނިފައިވާތީއާއި މިތަކެތީގެ މުޠުލަޤު މަސްއޫލިއްޔަތު މުޙައްމަދު ނަސްމން މުޙައްމަދި މުބީން ޤާނޫނީ ގޮތުން އުފުލަން ޖެހޭތީ، ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް މުޙައްމަދު ނަސްވާންގެ މައްޗަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުން މުޙައްމަދު ނަސްމިން މުޙައްމަދު މުބީން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 2011/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ޤާނޫނު ނަންބަރު 2011/17 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 112 މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މުޙައްމދަ ނަސްމިން މުޙައްމަދު މުބީން ޢުމުރަށް ޖަލަށްލުމާއެކު -/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، މިފައިސާ މިއަދުން ފެށިގެން 06 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް މުޙައްމަދު ނަސްމިން މުޙައްމަދު މުބީންއަށް އަންގައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." . ކްރިމިނަލް ކޯޓުގެ ނަންބަރު 695/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވާ ޙުކުމުގެ ޢި ބާރާތް، ޙުކުމުގައިވާ ގޮތަށް ނަކަލުކޮށްފައި (ދަށު ކޯޓުގެ ލިޔުމުގެ ކުށަކުން "މުޙައްމަދު ނަސްވާން" މިފަދައިން ލިޔެވިފައިވާކަމަށް ބެލެވެއެވެ.) . ކްރިމިނަލް ކޯޓުގެ ނަންބަރު 695/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވާ ޙުކުމުގެ ޢިބާރާތް، ޙުކުމުގައިވާ ގޮތަށް ނަކަލުކޮށްފައި (ޢިބާރާތް ތަކުރާރުވެފައިވަނީ ދަށު ކޯޓުގެ ލިޔުމުގެ ކުށަކުން ކަމަށް ބެލެވެއެވެ.) އިސްތިއުނާފީ ނުކުތާތައް
2. ކްރިމިނަލް ކޯޓުގެ ނަންބަރު 695/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރަމުން މުޙައްމަދު ނަސްމިން މުޙައްމަދު މުބީނަގެ ފަރތުނާ އަންނަނިވި 02 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ. ފުރަތަމަ ނުކުތާ އަކީ: އިސްތއި ނާފުކުރާ ފަރާތުގެ ޙިޔާޒަތުގެ ދަށުން ފެނުނުކަމަށް ބުނާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލާފައި ވަނީ، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނ) ގެ 83 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ހުށަހެޅި ލިޔުންތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާ އަކީ: ޖިނއާ މައްސަލައެއް ސާބިތުކުރުމަށްޓަކައި ފަނޑިޔާރު ތަޤްޔީމްކޮށް ވަޒަންކުރަންޖެހެނީ، އެ މައްސަލައެއް ސާބިތުކުރުމަށްޓަކައި އެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ޤަރީނާކަމަށް ވާއިރު، ޤާނޫނު ނަންބަރު 2016/12 (ޖިނއާ އިޖުރާއަތުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގެ (ށ) ގައި، އަދި އެ ޤާނޫނުގެ 144 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމތިނަ ދޢަ ވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިނުވާ ހެއްކެއްގެ މައްޗަށް ރިޢާޔަތްކޮށް، އިސްތއި ނާފްކުރު ފަރާތުގެ ޙިޔާޒަތުގެ ދަށުން ފެނުނުކަމަށް ބުނާ މަސްތުވާތަކެއްޗާއި އިސްތިއުނާފްކުރާ ފަރާތާ ގުޅުވާލެވޭކަމަށް ކަނޑައަޅއަ ޙުކުމް ކޮށްފައިވކަމަށާ ބުނެ ފާހަގަކުރި ނުކުތާއެވެ. . މި ނުކުތާގައި އިސްތިއުނާފު ފޯމުގައި ލިޔެފައިވަނީ "ތަޙްޤީމްކޮށް" މިފަދައިންނެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ ލަފްޒު އެފަދައިން ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް ބަޔާންކޮށް، މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ފަރާތުން އެ ލަފްޒް "ތަޤްޔީމްކޮށް" މިފަދައިން ބަދަލުކުރުމަށް އެދިފައިވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
3. އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ކުޑަ ކާޑުތައް ދަޢުވާ އުފުލިއިރު ހުށަހަޅާފައިނުވާކަމަށެވެ. އަދި އެ ކާޑުތައް ހުށަހަޅާފައިވަނީ އިބްތިދާއީ މަރުޙަލާގައި ދިފާޢުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާއާ ޙަވާލާދީ ދަށު ކޯޓުގައި އެކަން ފާހަގަކުރުމުން ކަމަށެވެ. ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ދަށު ކޯޓަށް މައްސަލަ ހުށަހެޅުނު އިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއް ޔާ ނިމިފައި ނުވާކަމަށެވެ. ނަމަވެސް އެ ޤަޟިއްޔާ 5 ޑިސެންބަރު 2017 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމާ ގުޅިގެން، އޭގެ ކުރިން ހުށަހެޅުނު އެފަދަ ދަޢުވާތަކުގައި ކުޑަ ކާޑުގެ ސުވާލު އުފައްދާނަމަ، ކޯޓުގެ ހުއްދައާއެކު ކުޑަ ކާޑު ހުށަހަޅަމުން ގންދިޔައީކަމަށެވެ. އެގޮތުން މި މައްސަލައިގައިވެސް ދަޢުވާ ހުށަހެޅުމުގެ ފަހުން، ޝަރީޢަ ތުގެ ކުރީގެ މަރުޙަލާ ނިމުމުގެ ކުރިން މަސްތުވާތަކެތގީ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ކުޑަ ކާޑުތައް ދަށު ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ. އަދި އެފަދައިން ދަޢުވާ ހުށަހެޅި އިރު އެ ލިޔުން ހުށަހެޅިފައި ނެތުމަކީ އޭގެ ފަހުން ޝަރީޢަތަށް އެލިޔުން ބަލައިގަތުމަށް ހުރަސް އެޅޭ ފަދަ އިޖުރާއީ ޚިލާފެއް ނނ ކަމަށާއި އެއީ ރަނގަޅު ކުރުމުގެ ފުރުޞަތު އޮތް އިޖުރާއީ ޚިލާފެއް ކަމަށެވެ. އަދި އެ ލިޔުން އޮވެމެ، އެ ލިޔުމާމެދު ސުވާލު އުފައްދާފައި ނެތި، ހަމައެކަނި އެ ލިޔުން ހުށަހެޅުން ލަސްވެގެން ދިޔަ ދިޔުމުގެ ސަބަބުން އެލިޔުން ބަލައިނުގަތުމަކީ މުޖުތަމަޢުގެ މަސްލަޙަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
4. އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މައުނަވީ ހިޔާޒަތުން ފެންނަ ތަކެއްޗަށް ޒިންމާވާންޖެހުމުގައި ގުޅުވާލެވޭ ހަރުދަނާ ޤަރީނާއެއް އޮންނަން ޖެހޭކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޤަޟިއްޔާއިން އެނގޭ ކަމަށެވެ. އަދި ދަށު ކޯޓުން އެފަދަ ޤަރީނާއެއްގެ ގޮތުގައި ގުޅުވާލާފައިވަނީ ކުޑަކަމުދާތަކެތި ތަޙްލީލް ރިޕޯޓާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓަކީ ހެއްކެއްގެ ގޮތުގައި ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް ނޫންކަމަށެވެ. އެހެންކަމުން އެކަމަކީ ޤާނޫނު ނަންބަރު 2016/12 (ޖިނއާ އިޖުރާއަތުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގެ
(ށ) ގައި، އަދި އެ ޤާނޫނުގެ 144 ވަނަ މާއްދާގެ (ނ) އާ ޚިލާފު ކަމެއް ކަމަށެވެ. މި ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ކުޑަކަމުދާތަކެތީގެ ތަޙްލީލް ރިޕޯޓު ހެއްކެއްގެ ގޮތުގައި ދަށު ކޯޓަށް ހުށަހެޅިފައިނުވާކަމަށާއި އެހެންކަމުން އެ ރިޕޯޓު އެއްފަރާތް ކުރުމާމެދު އިޢުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް އެ ލިޔުން އެއްފަރާތް ކުރިނަމަވެސް މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވާކަމަށެވެ. އެގޮތުން މަސްތުވާތަކެތި ފެނިފައިވަނީ މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ހަޤީޤީ ހިޔާޒަތުގެ ދަށުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުންކަމަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިގޮތް
5. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ އިސްތއި ނާފުކުރާ ފަރާތުގެ ޙިޔާޒަތުގެ ދަށުން ފެނުނުކަމަށް ބުނާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލާފައި ވަނީ، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު ) ގެ 83 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ހުށަހެޅި ލިޔުންތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާއާ ގުޅިގެން މުޙއްމަދަ ނަސްމިން މުޙައްމަދު މުބީންގެ ފަރާތުން ފާހަގަކުރި ކަމަކީ ދަށު ކޯޓަށް މައްސަލަ ހުށަހެޅި އިރު، މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ކުޑަ ކާޑުތައް ހުށަހަޅާފައިނުވާކަމަށާއި އެ ތަކެތި ހުށަހެޅީ އިބްތިދާއީ މަރުޙަލާގައި ދިފާޢުން އެކަން ފާހަގަކުރުމުން ކަމަށެވެ. މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
5.1. މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ މައްޗަށް ދައުލަތުން ދަށު ކޯޓަށް ދަޢުވާ ހުށަހަޅާފައިވާކަމަށް ފެންނަން އޮތީ 31 ޖުލައި 2017 ތާރީޚުގައެވެ.
5.2. ދިވެހިރާއްޖޭގެ ހައިކޯޓުގެ އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި މަސްތުވާތަކީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީގެ މުހިންމުކަމުގެ މައްޗަށް ކަންކަން ބަޔާންކުރައްވާފައިވެއެވެ. އަދި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިމިފައިވަނީ 05 ޑިސެންބަރު 2017 ގައެވެ. މިއީ މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ މައްޗަށް ދައުލަތުން ދަށު ކޯޓަށް ދަޢުވާ ހުށަހެޅުމުގެ ފަހުގެ ތާރީޚެކެވެ.
5.3. ދައުލަތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލަ ނިންމުމާ ގުޅިގެން އޭގެ ކުރިން ދަޢުވާކޮށްފައިވާ މައްސަލަތަކުގައި ދިފާޢުން އެކަން ފާހަގަކޮށްފިނަމަ، ކޯޓުގެ ހުއްދައާއެކު ޗެއިން އޮފް ކަސްޓަޑީގެ ލިޔުންތައް ހުށަހަޅަން ފެށި ކަމަށެވެ. ނަމަވެސް އެ ޤަޟިއްޔާ ނިންމުމުގެ ކުރިން ޗެއިން އޮފް ކަސްޓަޑީ ހުށަހަޅަމުން ގޮސްފައި ނުވާކަމަށެވެ. މިކަން އޮތީ މިގޮތަށް ނޫންކަމަށް ބުނެ މި ބުނުމާމެދު މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ފަރާތުން އެ ބުނުމާމެދު އިޢުތިރާޒްކޮށްފައިނުވެއެވެ. ނަމަވެސް އެ ލިޔުން ހުށަހެޅުން ލަސްވެގެން ދިއުމުން އެކަމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް މުޙައްމދަ ނަސްމިން މުޙައްމަދު މުބީންގެ ފަރާތުން ފާހަގަކުރެއެވެ.
5.4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އަދި އިތުރު ފާރަތްތަކެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާޠިލްވުން . ކްރިމިނަލް ކޯޓުގެ ނަންބަރު 695/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާ ކަމުގައި ނުވަތަ ބަންދުގައި ހުންނަ މީހާ ދޫވުންކަމަށް ބެލުމަކީ މުޖުތަމަޢުގެ ޙައްޤަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބަޔާންކުރައްވައި، މުޖުތަމައާއި ތުހުމަތުކުރެވޭ މީހާގެ ޙައްޤުތައް އެއްހަމަވާންޖެހޭކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދުތުހުމަތެ ކ ރެވޭ މީހާގާއަސާސެ ޙައްޤަކީ ގުޅުމެއް ނެތް، އަދި ރަނގަޅުކުރުމުގެ ފުރުޞަތު އޮންނަ އިޖުރާއަތުތަކާ ޚިލާފުވެގެން، މައްސަލައިގެ މައުޟޫއަށް އަދި ނިޔާއަށް އަސަރެއް ނުކުރާނެކަން އެ މައްސަލައިގެ 31 ވަނަ ނުކުތާ އަދި 35 ވަނަ ނުކުތާއަށް ބެލުމުން އެނގެއެވެ.
5.5. އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައި ޗެއިން އިފް ކަސްޓަޑީއާ ގުޅޭ ލިޔުންތައް ދަށު ކޯޓަށް ހުށަހެޅި، އިޖުރާއަތު ރަނގަޅު ކުރެވިފައިވާކަމުގައި ދެކެމެވެ. އަދި އެ ލިޔުންތައް ފަހުން ހުށަހެޅުމުގެ ސަބަބުން މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ އަސާސީ ޙައްޤަކަށް އުނިކަން އައިސްފައިވާކަމަކަށް ނުބެލެވެއެވެ. ހަމައެއާއެކު މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ފަރާތުން ފާހަގަކޮށްފައިވާ ހަމައެކަނި ކަމަކީ އެ ލިޔުން ހުށަހެޅުން ލަސްވެގެން ދިއުމުން އެކަމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އެ ލިޔުމުގެ ސައްހަކަމާމެދު އެއްވެސް ސުވާލެއް އުފައްދާފައިނުވެއެވެ. އެހެންކަމުން ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑްތައް ކުރިން ދަޢުވާފޯމާއެކު ކޯޓަށް ހުށަހެޅިފައިނެތް ނަމަވެސް އެކަމަކީ ރަނގަޅު ކުރުމުގެ ފުރުޞަތު އޮތް، އަދި ރަނގަޅު ކޮށްފައިވާ އިޖުރާއަތެއް ކަމުން އެކަމުގައި ދަށު ކޯޓުން ރިޢާޔަކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިގޮތް
6ޕްރިސިޑެންސް 3ޕްރިސިޑެންސް 4ޕްރިސިޑެންސް 5އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ޖިނއާ މައްސަލައެއް ސާބިތުކުރުމަށްޓަކައި ފަނޑިޔާރު ތަޤްޔީމްކޮށް ވަޒަންކުރަންޖެހެނީ، އެ މައްސަލައެއް ސާބިތުކުރުމަށްޓަކައި އެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ޤަރީނާކަމަށް ވާއިރު، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގެ
(ށ) ގައި، އަދި އެ ޤާނޫނުގެ 144 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދޢަ ވ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިނުވާ ހެއްކެއްގެ މައްޗަށް ރިޢާޔަތްކޮށް، އިސްތއި ނާފްކުރު ފަރާތުގެ ޙިޔާޒަތުގެ ދަށުން ފެނުނުކަމަށް ބުނާ މަސްތުވާތަކެއްޗާއި އިސްތިއުނާފްކުރާ ފަރާތާ ގުޅުވާލެވޭކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަމަށް ބުނެ ފާހަގަކުރި ނުކު ތާއެވެ. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
6.1. ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 12 ވަނަ ނުކުތާގައި މުޙައްމަދު ނަސްމިން މުޙައްމަދެ މުބީންގެ ކުޑަކަމުދާތަކެތި ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގެން އޮތުމަކީ ގުޅުވާލެވޭ ޤަރީނާއެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
6.2. ނަމަވެސް އެ ތަޙްލީލް ރިޕޯޓަކީ ހެކީގެ ގޮތުގައި ދަށު ކޯޓަށް ހުށަހެޅުނު ލިޔުމެއް ނޫނެވެ. މިފަދައިން މިކަން ދައުލަތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށް، އެ ރިޕޯޓު އެއްފަރާތް ކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް ބުނެފައިވެއެވެ.
6.3. ހެއްކެއްގެ ގޮތުގައި ހުށަހެޅިފައިނުވާ ލިޔުމަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ދެކެމެވެ. . މި ނުކުތާގައި އިސްތިއުނާފު ފޯމުގައި ލިޔެފައިވަނީ "ތަޙްޤީމްކޮށް" މިފަދައިންނެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ ލަފްޒު އެފަދައިން ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށް ބަޔާންކޮށް، މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ފަރާތުން އެ ލަފްޒް "ތަޤްޔީމްކޮށް" މިފަދައިން ބަދަލުކުރުމަށް އެދިފައިވެއެވެ.
6.4. ނަމަވެސް، އިސްވެ ބަޔާންކުރެވުނުދިވެހިރާއްޖޭގެ ސުޕްރީމް ކޯ ޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް ޤަޟިއްޔާގެ އިއްތިފާޤު ރައުޔު ލިޔުއްވި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 28 ވަނަ ނުކުތާގައި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެންނަ ހިނދު، އެ މާއްދާގެ ދަށުން ކުށް ސާބިތުވާނީ އެ މަސްތުވާއެއްޗަކާއި އެމީހާއާ ގުޅޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނުވަތަ މޯޓިވް އެއް ނުވަތަ އޭނާގެ އަތުގައި އެއެއްޗެއް އޮތްކަން އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންކަމަށް ބަޔާންކުރައްވާފައިވުމާއި، އެނގުނު (Knowledge) ސާބިތުކޮށްދޭންޖެހޭ މިންގަނޑު ބަޔާންކުރައްވާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގެ 17 ވަނަ ޕެރެގްރާފުގައި އެ މައްސަލައިގެ އިއްތިފާޤު ރައުޔު ލިޔުއްވި އުއްތަމަ ފަނޑިޔާރު އަޙްމަދު މ ޢުތަޞިމް ޢަދުނާންގެ ރައުޔުގައި، މައުނަވީ ރުކުން ސާބިތު ކޮށްދިނުމުގައި ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ މުއްތަހަމުގެ އަތުގައި ނުވަތަ މުއްތަހަމުގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި މުއްތަހަމަށް އެނގިހުރެ (knowledge with) އެ އެއްޗެއް ހުރިކަން ކަމަށް ބ ޔާންކުރައްވާފައިވެއެވެ. އަދި އަތުގައި ބެހެއްޓި އެއްޗަކީ ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އެއްޗަކީ މުސްތުވާތަކެތި ނުވަތަ ނޫންކަން މުއްތަހަމަށް އެނގުން ލާޒިމް ނޫންކަމަށް ބަޔާންކުރައްވާފައި އޮތް އޮތު މަށް ރިޢާޔަތްކުރަންޖެހެއެވެ.
6.5. މުޙައްމަދު ނަސްމިން މުޙައްމަދު މުބީނގް 12 ޖޫން 2017 ދުވަހުގެ 20:00 ހާއިރު، ޗައިނާ އީސްޓާންގެ ފްލައިޓް ނަންބަރު 713 MU އިން ދިވެހިރާއްޖެއަށް އައިކަމާއި، މުޙައްމަދު ނަސްމިން މުޙައްމަދު މުބީން ގެނައި ލަގެޖު ކަސްޓަމްސް އޮފިސަރު ބަލާފާސްކުރުމުގެ ތެރޭގައި ލަގެޖުގެ ތެރޭގައި އޮތް ޕްލާސްޓިކް ފުޅއަކާއި ދަޅަ ކުން މަސްތުވާތަކެތި ފެނިފައިވާކަމާއި، އެތަކެއްޗަކީ ސްރީލަންކާގެ އެއަރޕޯޓް ތެރެއިން މީހަކު ޙަވާލުކުރި އެއްޗެހިކަމަށް މުޙައްމަދު ނަސްމިން މުޙައްމަދަ މުބީން ބުނެފައިވެއެވެ.
6.6. މި މައްސަލައިގައި މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ލގެޖަށް ފުޅިއާއި ދަޅު ލީ މުޙައްމަދަ ނަސްމިން މުޙައްމަދު މުބީންގެ އެނގުމުގެ ތެރެއިންކަން މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ތަޙްޤީޤު ބަޔާނަށާއި ދަށު ކޯޓުގެ ބަޔާންތަކަށް ބެލުމުން އެނގެއެވެ. އަދި އެތަކެތި އޭނާގެ އަތަށް ދިން ވަކި ފަރާތެއް މުޙައްމަދު ނަސްމިން މުޙައްމަދު މުބީންއަށް ބަޔާންކޮށްދެވިފައި ނުވެއެ ވެ.
6.7. އެހެންކަމުން މިޙާލަތުގައި އެނގެން އޮތް ޙަޤީޤަތަކީ މަސްތުވާތަކެތި ފެނުނު ފުޅިއާއި ދަޅު މުޙައްމަދު ނަސްމިން މުޙައްމަދު މުބީ ންގެ ލަގެޖުގައި ހުރިކަން މުޙައްމަދު ނަސްމިން މުޙައްމަދު މުބީންއަށް އެނގޭކަ މެވެ. އެހެންކަމުން "އެނގުން" (Knowledge) ގެ އުންސުރު ފުރިހަމަވީއެވެ. އަދި އެކަމަކީ މުޙައްމަދު ނަސްމިން މުޙައްމަދު މުބީންގެ ހިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެއްޗަށް އެފަރާތުން ޒިންމާވާންޖެހުމުގެ ސަބަބެއް ކަމުގައި އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް، ދެކެމެވެ.
7އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެންނަށް ބުރަ ނުވެވެއެވެ.
8ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. . މުޙައްމަދު ނަސްމިން މުޙައްމަދު މުބީން 14 ޖޫން 2017 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤައާއި، 26 ޖެނުއަރީ 2020 ގައި ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނާއި، ދިވެހިރައްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް އެފަދައިން ބުނެފައިވެއެވެ.
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) އާއި (ނ) (ލިޔުމުގައިވާ ގޮތަށް)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ށ) އާއި 144 ވަނަ މާއްދާގެ (ނ)
- 2016/HC-A/451 (އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2020/SC-A/110 (ޢަލީ ޒުބައިރު އަދި އިތުރު ފަރާތްތައް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް)
- 2016/SC-A/21 (އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ބެންޗު
- ޙުސައިން މަޒީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް