ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/425
މުޙައްމަދު ނަސީމް ވ. މުޙައްމަދު ރިޔާޟް، 2019/HC-A/425
Mohamed Naseem v. Mohamed Riyaad 2019/HC-A/425 (2019/HC-A/425, High Court of the Maldives, 16 September 2021)
މުޙައްމަދު ނަސީމް ވ. މުޙައްމަދު ރިޔާޟް
މައިގަނޑު ސުވާލު
ގޯއްޗެއް ވިއްކުމުގެ މުޢާމަލާތެއްގައި، ވިއްކާ ފަރާތުން ތިންވަނަ ފަރާތްތަކާ ވެފައިވާ ހުރިހާ ޞައްޙަ ކުލީގެ އެއްބަސްވުންތަކަށް ގަންނަ ފަރާތުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް ސިވިލް ކޯޓުން މުޠުލަޤަށް ކަނޑައެޅުން ރަނގަޅުތޯ، އަދި ވިއްކާ ފަރާތުގެ އިލްތިޒާމްތައް ގަންނަ ފަރާތަށް ނަޤުލުވާނީ ކޮން މިންވަރަކަށްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ގޯއްޗެއްގެ ނުވަތަ ޢިމާރާތެއްގެ ވެރިފަރާތާއި އެހެން ފަރާތަކާ ދެމެދު ކުއްޔަށް ދިނުންފަދަ ކަމަކާމެދު ތަޢާޤުދީ އިލްތިޒާމެއް އުފެދިފައި އޮތުމަކީ، އޭގެ ޒާތުގައި އެތަން ވިއްކުން ނުވަތަ މިލްކުވެރިކަން ބަދަލުކުރުން ވެރިފަރާތަށް މަނާވާ ސަބަބެއް ނޫނެވެ؛ ނަމަވެސް ކުއްޔަށް ހިފި ފަރާތުގެ ރުހުމެއް ނެތި ކުލީގެ އެއްބަސްވުމާ ޚިލާފަށް ވިއްކާލުމުން ވެރިފަރާތުން ތަޢާޤުދީ މަސްއޫލިއްޔަތު އުފުލަންޖެހިދާނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 18، 32؛ <a class="salj-number-link" href="https://sulthanamhar.com/summary-judgments/dh/aar_key_l_group_private_limited_v_dr_ismail_rasheed_umar_2015_SC_A_06/"><bdi class="salj-latin" dir="ltr">2015/SC-A/06</bdi></a>).
- ބިމަކާ ގުޅޭ ކުލީގެ ޙައްޤާއި ރަހުނުގެ ޙައްޤާއި ލިއެންގެ ޙައްޤަކީ މުދަލުގެ މައްޗަށް އުފެދޭ ޙައްޤުތަކެއް ކަމުން، ބިމުގެ މިލްކުވެރިކަން ނަޤުލުވުމުން އެ ޙައްޤުތައް ނިމުމަކަށް ނާދެއެވެ ([2021] SC 39)؛ ނަމަވެސް ވިއްކުމުގެ ކުރިން ޤާއިމުކުރެވިފައިވާ ކުލީގެ ޙައްޤު ފަދަ ޙައްޤުތައް ގަންނަ ފަރާތަށް ނަޤުލުވުން ބިނާވެފައި އޮންނާނީ ގަންނަ ފަރާތަށް އެ އެއްބަސްވުންތަކުގެ މަޢުލޫމާތު ލިބި، އެ ފަރާތުގެ ރުހުން އޮތް އެއްބަސްވުންތަކުގެ މައްޗަށެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 20).
- ވަކި ފަރާތަކަށް ރައްދުވާ ޝަޚްޞީ (in personam) ޙައްޤުތައް، އެ ޙައްޤުތަކުގެ މަޢުލޫމާތު ގަތް ފަރާތަށް ލިބިފައި ހުއްޓަސް، ގަތް ފަރާތުގެ ނުރުހުމުގައި އޭނާގެ މައްޗަށް ނަޤުލު ނުކުރެވޭނެއެވެ؛ ޙަޤީޤަތް ހާމަނުކޮށް އޮޅުވާލައިގެން ނުވަތަ ކުލީގެ އެއްބަސްވުމާ ޚިލާފަށް ގޯތި ވިއްކާލުމުން ކުއްޔަށް ހިފި ފަރާތަށް ލިބޭ ގެއްލުމުގެ ޒިންމާއަކީ ވިއްކާ ފަރާތުގެ ޝަޚްޞީ ޒިންމާއެއް ކަމުން، އެ ޒިންމާ ގަންނަ ފަރާތުގެ ނުރުހުމުގައި އޭނާގެ މައްޗަށް ނުލެވޭނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 21، 34).
- ބިމެއް ނުވަތަ ގޯއްޗެއް ވިއްކާއިރު، އެތަން ކުއްޔަށް ދީފައިވާނަމަ ކުލީގެ އެއްބަސްވުމުގެ ގުޅުންތައް ގަންނަ ފަރާތަށް ނަޤުލުކުރެވޭނީ ގަންނަ ފަރާތުގެ ރުހުން އޮތުމުން ނުވަތަ ވިއްކުމުގެ އެއްބަސްވުމުގައި އެގޮތަށް ދެފަރާތް އެއްބަސްވެފައި އޮތުމުންނެވެ؛ އެހެންކަމުން ހުރިހާ ޞައްޙަ ކުލީގެ އެއްބަސްވުންތަކަކަށް ގަންނަ ފަރާތުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް މުޠުލަޤަށް ކަނޑައެޅުމަކީ ޢަދުލުވެރިކަމެއް ނެތް ނަތީޖާއަކަށް ދިއުމުގެ އިޙްތިމާލު އޮތް ކަމެކެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29، 32، 33).
- ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ ބިމާއި ޢިމާރާތް ވިއްކުމުގެ މުޢާމަލާތް ފުރިހަމަވިކަމަށް ކަނޑައެޅުމުގެ ކުރިން ސަރުކާރަށް ދައްކަންޖެހޭ ފައިސާއާއި، އަމިއްލަ ފަރާތަކަށް ޝަރީޢަތަށް ސާބިތުވެފައިވާ ދަރަންޏެއް އޮތްތޯ ކޯޓުން ކަށަވަރުކުރަންޖެހޭނެއެވެ؛ މިކަމުގައި ބަލަންޖެހޭ މިންގަނޑަކީ ކޯޓެއްގެ ޙުކުމަކުން ދަރަންޏެއް ސާބިތުވެފައިވޭތޯއެވެ (2013/SC-A/06)، އަދި ކޯޓުން ނުނިމި ހުރި ދަޢުވާއެއް އޮތުމުގެ ސަބަބުން ވިއްކުމުގެ މުޢާމަލާތް މަޑުޖައްސާލުމަށް އެންގުމަކީ ޤާނޫނުގައިވާ ގޮތެއް ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-24).
- ވިއްކާ ފަރާތުގެ ޢަމަލުގެ ސަބަބުން ކުއްޔަށް ހިފި ފަރާތެއްގެ ޙައްޤަށް އުނިކަމެއް ލިބިއްޖެނަމަ، ގެއްލުން ދިން ފަރާތުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ގެއްލުން ލިބުނު ފަރާތަށް އަބަދުވެސް އޮންނާނެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34).
1[…] އެވެ ކިޔާ 842 އަކަފޫޓުގެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން -3,500,000/ރ. (ތިން މިލިއަން ފަސްލައްކަ ރުފިޔާ) އަގަށް ޏ.ފުވައްމުލައް/ ހޯދަޑު، ދޯޅަބުގެ މުޙައްމަދު ނަސީމްއަށް ވިއްކުމަށް […] މުޙައްމަދު ރިޔާޟް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާ އިން ބަލައި ޙުކުމްކޮށްފައިވަނީ؛ …މއ.ނިއުޔޯރކްހައުސް، މުޙައްމަދު ރިޔާޟްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ […] އެވެކިޔާ 842 އަކަފޫޓުގެ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަބިން -3,5000,000/ރ. (ތިން މިލިއަން ފަސްލައްކަ ރުފިޔާ) ގެ އަގަށް ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ މުޙައްމަދު ނަސީމްއަށް ވިއްކުމުން މިއަގަށް މި ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަބިން ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ މުޙައްމަދު ނަސީމް ގަނެ، މި ވިޔަފާރީގެ ސަބަބުން […] މުޙައްމަދު ރިޔާޟްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […] އެވެކިޔާ 842 އަކަފޫޓުގެ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަބިމުގެ މިލްކުވެރި ފަރާތަކީ ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ، މުޙައްމަދު ނަސީމް ކަމަށް ކަނޑައަޅައި، […] އެވެ ކިޔާ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމަކަށް ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ، މުޙައްމަދު ނަސީމް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ކަނޑައެޅުމާއި އެކުގައެވެ.
2[…] އެވެ ކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި އަމިއްލަ ބިން ވިއްކުމަށް އެ ގޯތީގެ ވެރިފަރާތްކަމުގައިވާ މުޙައްމަދު ރިޔާޟްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ވިއކުމުގް އެ މައްސަލައިގެ ތެރެއަށް […] މުޙައްމަދް މުޞްތަފާ އާއި، ޕްރީމިއަމް ގޭސް އޮއިލް ޕްރައިވެޓް ލިމިޓެޑާއި،ހދ.ނޮޅިވަރނި / ހުވަނދުމާގެ އާދަމް ޝަރީފް އާއި، ގދ.ރަތަފަންދޫ/ ޕެރިސް އަޒްނީމް އަޙްމަދާއި، ސްޕީޑް ކޮންސްޓް ރަކްޝަނ ޕްރައިވެޓް ލިމިޓެޑާއި، […] / ޝެޑޯޒް އަޙމަދް ރާޝިދު ތަދައްޚުލް ވެފައިވާކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
3މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައިވާ ކުރިން ބުނެވުނު އެންމެހައި ފަރާތްތަކަކީވެސް، […] އެވެ ކިޔާގޯތީގައި ކުރެވިފައިވާ ޢިމާރާތުގެ އެކި އެކި ފަންގިފިލާތައް ކުއްޔަށް ހިފައިގެން ތިބި ފަރތްތަކެއާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. މި ގޮތުން؛
3.1 މައްސަލައަށް ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ތެރެއިން […] މުޙައްމަދު މޞުތަފާއަށް ކުއްޔަށް ދެވިފައިވަނީ ޢިމާރާތުގެ 01 ވަނަ ފަންގިފިލާ ކަމަށާއި މި ފަންގިފިލާ މުޙައްމަދު މުޞްތަފާ، ސަބްލީސް އެގްރީމެންޓެއްގެ ދަށުން ޕްރީމިއަމް ގޭސ އޮއިލް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާނެކަމަށާއި، ޕްރީމިއަމް ގޭސް އޮއިލް ޕްރައިވެޓް ލިމިޓެޑުން އެތަން ށ.ފުނަދޫ/ ހާލި މުޙައްމަދު ފާރޤަށް ކއްޔަށު ދީފައިވނާކަމަށް މި ދެފަރާތުންމެ ސިވިލް ކޯޓުގައި ބުނެފައިވެއެވެ. މުޙައްމަދު މޞު ތަފް އާއި ޕްރީމިއަމް ގޭސ އޮއިލް ޕްރައިވެޓް ލިމިޓެޑނު މި މައްސަލައަށް ތަދައްޚުލްވެ ސިވިލް ކޯޓުގައި އެދިފައިވަނީ، […] ކިޔާ ގޯތި މުޙައްމަދު ރިޔާޟްގެ ފަރާތުން މުޙައްމަދު ނަސީމަށް ވިއްކާލާނަމަ އެ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްވ ގޮތަށާ ވިއްކުމުގެ މުޢާމަލާތް ގެންދިއުމަށެވެ.
3.2 މައްސަލައަށް ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ތެރެއިން ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދެވިފައިވަނީ ޢިމާރާތުގެ 04 ވަނަ ފަންގފިލާކަމަށާއި، ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލައަށް ތަދައްޚުލުވެ ސިވިލް ކޯޓުގައި އެދިފައިވަނީ، ބުނެވުނު ފަންގިފިލާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ތަންފީޛުކުރަން ބޭނުންކަމަށާއި އެކަމަށް މުޙައްމަދު ރިޔާޟް އިޢްތިރާޟް ކުރާނަމަ، ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން […] ގޯތި ވިއްކުން މަޑުޖައްސާލަ ދިނުމަށެވެ. ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވލި ކޯޓަށް ހުށަހެޅި މައްސަލަ ބެލިފައިވަނީ އެ ކޯޓުގެ ނަންބަރު 968/Cv-C/2018 ޤަޟިއްޔާއެވެ.
3.3 މައްސަލައަށް ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ތެރެއިން […] / ޝެޑޯޒް އަޙްމަދު ރާޝިދު ގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، އެފަރާތަށް ކުއްޔަށް ދެވިފައިވަނީ ޢިމާރާތުގެ 03 ވަނަ ފަންގިފިލާގައި ހަދާފައިވާ އެއްކޮޓަރީގެ އެޕާރޓްމަންޓްކަމަށާއި، ބުނެވުނު އެޕާރޓްމަންޓް ކުއްޔަށް ދިނުމުގެ އެއްބަސްވުން ތަންފީޛުކުރަން ބޭނުންކަމަށާއި، އެކަމަށް މުޙައްމަދު ރިޔާޟް އިޢްތިރާޟް ކުރާނަމަ، އަޙްމަދު ރާޝިދަށ ލިބުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އަޙްމަދު ރާޝިދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމެންދެން […] ގޯތި ވިއްކުން މަޑުޖައިސާލަ ދިނުމަށެވެ. އަޙމަދް ރާޝިދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2018-/Cv6632 ޤަޟިއްޔާއިންނެވެ.
3.4 މައްސަލައަށް ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ތެރެއިން ހދ.ނޮޅިވަރަން/ ހުވަނދުމާގެ އާދަމް ޝަރީފްއަށް ކުއްޔަށް ދީފައިވަނީ ޢިމާރާތުގެ 5 އަދި 6 ވަނަ ފަންގިފިލާކަމަށާއި […] ގޯތި ވިއްކާލައިފިނަމަ އެގޯތީގެ މިލްކުވެރިކަން ބަދަލުވެގެންދާނެކަމަށާއި، އޭގެ ސަބަބުން އެއްބަސްވުން ނިމުމަކަށް އަންނާނެތީ، އާދަމް ޝަރީފްގެ ޙައްޤުތައް ކަށަވަރުނުކޮށް މިމައްސަލަ ނިމިގެން ގޮސްފިނަމަ އަޙްމަދު ރާޝިދުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާއަށް ތަދައްޚުލްވުމަށް އެދި ހުށަހެޅި "ތަދައްޚުލްވުމަށް އެދް ފޯމް" އާއި އެފޯމާއިއެކު ހުށަހަޅާފައިވާ އައި.ޑީ.ކާޑުގައި ދާއިމީ އެޑްރެސް އެއްގެ ގޮތުގައި ޖަހާފައިވަނީ ދަފްތަރު 12574. އެކަމުގެ ސަބަބުން އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ވެދާނެކަމަށްޓަކައި […] ގޯތި ވިއްކުމުގެ މ ޢާމަލާތ ކުރިއަށް ނުގެންދެވޭނި ކަމަށް ކަނޑައަޅައި ދިނުން އެދޭކަމަށް ސިވިލް ކޯޓުގައެއާދަމ ޝަރީފްގ ފަރާތުނ ބުނެފައިވެއެވެ.
3.5 މައްސަލައަށް ތަދައްޚުލްވެފައިވާ ގދ.ރަތަފަންދޫ/ ޕެރިސް އަޒްނީމް އަޙްމަދުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، އޭނާއަށް ކުއްޔަށް ދީފައިވަނީ […] ޢިމާރާތުގެ 4 ވަނަ ފަންގިފިލާކަމަށާއި، އަޒްނީމް އަޙްމަދުގެ ފަރާތުން އެދެނީ މަލަމަތ ގޯތި ވިއްކުމުގެ މައްސަލަ ނިމިގެން ދާއިރު އަޒްނީމް އަޙްމަދާއި މުޙައްމަދު ރިޔާޟާއ ދެމެދި ވެފައިވާ ކުލީގެ އެއްބަސވުމުގް ދަށުން އަޒްނީމ އަޙްމަދަށް ލިބެންޖެހޭ ޙައްޤުތައް ޙިމާޔަތް ކުރެވޭނެ ގޮތަކަށް މިމައްސަލަ ނިންމައިދިނުމަށް ކަމަށެވެ.
4[…] ގޯތި ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގިއިރު މައްސަލަ އަށް ތަދައްޚުލްވެފައިވާ ފަރާތްތަކުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި އެއިގެ ތެރެއިން ބައެއް ފަރާތްތަކުން އެދިފައިވަނީ، […] ކިޔާ ގޯތީގެ ވެރިފަރާތް ކަމުގައިވާ […] މުޙައްމަދު ރިޔާޟާއި ޏ.ފުވައްމުލައް/ ހޯދަޑު، ދޯޅަބުގެ މުޙައްމަދު ނަސީމް އާއި ދެމެދު […] ގޯތި ވިއްކުމުގެ މުޢާމަލާތް ނިންމާއިރު އެ ފަރާތްތަކާއި މުޙައްމަދު ރިޔާޟާއ ދެމެދި ވެފައިވާ އެއްބަސްވުންތަކގު ދަށުން ލިބޭ ޙައްޤުތައް ޙިމާޔަތް ކުރެވޭ ގޮތަކަށް މައްސަލަ ނިންމައި ދިނުމަށކަން އެނގެއެވެ. އަދި އަނެއް ބައް ފަރާތްތަކުން އެދިފައިވަނީ، އެފަރާތްތަކާއި މުޙައްމަދު ރިޔާޟް އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެ ފަރާތްތަކަށް ލިބިފައިވާ ޙައްޤުތަކަށް އިޢާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަމަށް ބުނެ […] ކިޔާ ގޯތި ވިއްކުމުގެ މުޢާމަލާތް ހުއްޓާލުމަށެވެ.
5ތަދައްޚުލްވެފައިވާ ފަރާތްތަކުން ހުށަހެޅި މި ހުށަހެޅުންތަކާއި ގުޅިގެން […] ކިޔާގޯތި ވިއްކާ ފަރާތްކަމުގައިވާ މުޙައްމަދު ރިޔާޟް އަދި ގޯތި ގަންނަ ފަރާތްކަމުގައިވާ މުޙައްމަދު ނަސީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، […] ގޯއްޗާއި ގުޅިގެން މުޙައްމަދު ރިޔާޟް އާއި އެހެން ފަރާތްތަކާއި ދެމެދު ވެފައިވެ ކުލީގެ އެއްބަސްވުން ތަކާއި ގުޅޭ ގޮތުން ސިވިލް ކޯޓުގެ ޙުކުމުގައި ކަނޑައަޅާފައި އޮތް ގޮތަކީ، "މއ.މަލަމަތިއެވެ ކިޔާ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ސައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމކަށަ މުޙައްމަދް ނަސީމް އިޙްތިރާމް ކުރަންޖެހޭނެކަމަށެވެ." އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް އަދި ތަފްޞީލުގައި ދެއްކި ވާހަކަ:
6ސިވިލް ކޯޓގު ނަންބަރު 8C/201-/Cv2555 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު ނަސީމގް ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 2 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
6.1 ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާއިން […] އެވެކިޔާ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދީފައިވާނަމަ އެ އެއްބަސްވުމަކަށް މުޙައްމަދު ނަސީމް އ ޙްތިރާމ ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގހަމަތައެ ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނ ނ) ގެ 18 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،
6.2 ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 08 ވަނަ ނަންބަރުގައި "މިހާރު ސިވިލް ކޯޓުގައި ކުރިޔަށްދާ މައްސަލަތަކުގައި ޝަރީޢަތުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ބޯލަނބައި، އެނިންމުންތައް ތަންފީޛުކުރުމަށްޓަކައި މުޙައްމަދު ނަސީމް ގެ ފަރާތުން އަދާކުރަންޖެހޭ އެންމެހާއިންތިޒާމްތައް އަދާކުރާނެކަމަށ ބުން ޝަރީޢަތަށް މުޙައްމަދު ނަސީމް ބަޔާންދީފައިވާކަން" އެނގޭކަމަށް ބަޔާންކޮށްފައިވަނީ މުޙައްމަދު ނަސީމްގެ ފަރާތުން މި ބުނެވުނު ގޮތަށް، ނުވަތަ މި ބުނެވުނު މާނަ ކުރެވިދާނެގޮތަކަށް ވެސް އެއްވެސް ބަޔާނެއް ދީފައިނުވާއިރު ކަމުން އެއީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޚިލާފު ކަމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7މުޙައްމަދު ނަސީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި ފާހަގަ ކުރި މައިގަނޑު ކަމަކީ، ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާއަށް ބަލާއިރު، ގޯއްޗެއް ވިއްކާއިރު، އެ ގޯތި ވިއްކާ ފަރާތުން ގޯއްޗާއި މެދު އެހެން ފަރާތަކާއިއެކު އެއްބަސްވުމެއް ވެފައި އޮތްނަމަވެސް އެ އެއްބަސްވުމުގެ ދަށުން ވިއްކާ ފަރާތުގެ މައްޗަށް ކަނޑައެޅިފައިވާ އިލްތިޒާމް ތަކަށް ގޯތި ގަންނަ ފަރާތުން ޒިންމާވާންޖެހޭކަމަށް އެ ޤާނޫނުތަކުގައި ބަޔާން ކޮށްފައި ނެތްކަމަށާއި، މި ގޮތަށް ކަނޑައެޅިދާނެ ހަމައެކަނި ޙާލަތަކީ، އެ އިލްތިޒާމެއް ރައްދުކުރެވޭ ފަރާތަކުން އެ އިލްތިޒާމެއް ޤަބ ލ ކުރުނު ކަމަށާއި، ނުވަތަ ވިއްކުމާއި ގުޅޭ ގޮތުން ކުރެވޭ އެއްބަސްވުމުގައި އެކަމަށް ރުހި ޤަބ ލ ވެފައިވުންކަމަށާއި […] ކިޔާ ގޯއްޗާއި ގުޅިގެނ މުޙައްމަދު ރިޔާޟްގެ ފަރާތުން އެކި ފަރާތްތަކާއި ދެމެދު ވެފައިވާ އެންމެހައި އެއްބަސްވުންތަކަށް އިޙްތިރާމް ކުރާނެކަމަށް ނުވަތަ އެ މާނަ ދޭހަވާނެ ގޮތަކަށް މުޙައްމްދު ނަސީމްގެ ފަރާތުން ބުނެފައި ނުވާނެކަމަށާއި މިހެންކަމުން މި މައްސަލައިގައި މުޙައްމަދު ނަސީމްގެ ފަރާތުނުއެދޭ ގޮތަކީ، ސިވިލް ކޯޓުގެ ނަންބަރ 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި "މއ.މަލަމަތިއެވެ ކިޔާ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމަކަށް މުޙައްމަދު ނަސީމް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ކަނޑައަޅައި" އޮތް އޮތުން ބާޠިލުކޮށް، 20 ޑިސެމްބަރު 2017 ވަނަ ދުވަހު މުޙައްމަދު ރިޔާޟއި މުޙައްމަދާ ނަސީމް އާ ދެމެދު ވެފައިވާ […] އެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ ޢިމާރާތްތައް ވިއްކާލުމަށް ވެފައިވާ އެއްބަސްވުމުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ކުލީގެ އެއްބަސްވުންތައް ފިޔަވައި އިތުރު އެއްބަސްވުމަކަށް މުޙައްމަދު ނަސީމްގެ ފަރާތުން ޒިންމާ އުފުލަން ނުޖެހނެކަމަށޭ ކަނޑައަޅައި ދިނުމަށްކަމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދު އަދި މި މައްސަލައަށް ތަދައްޚުލްވެފައިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތައް:
8އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިސްތިއުނާފު ރައްދުވާ މުޙައްމަދު ރިޔާޟްގެ ފަރާތުން ބުނެފައިވަނީ، […] ކިޔާ ގޯއްޗާއި ގުޅގެނި އޭނާ އާއި އެހެން ފަރާތްތަކާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަކަކީ، ސައްޙަ އަދި މުޙައްމަދު ނަސީމް އެ އެއްބަސްވުންތަކަށް ޢަމަލުކޮށް ޒިންމާ އުފުލުން ލާޒިމް އެއްބަސްވުންތަކެއް ކަމަށެވެ. މުޙައްމަދު ރިޔާޟްގެ ފަރާތުން މި މައްސަލައިގައި އެދޭ ގޮތް ކަމަށް ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތް ކަމަށް ކަނޑައަޅައި ދިނުމެވެ.
9ސިވިލް ކޯޓުގައި މި މައްސަލައަށް ތަދައްޚުލުވެފައިވާ ފަރާތްތަކުގެ ތެރެއިން، ޕްރީ މިއަމް ގޭސް އޮއިލް ޕްރައިވެޓް ލިމިޓެޑާއި، ހދ.ނޮޅިވަރަން/ ހުވަނދުމާގެ އާދަމް ޝަރީފް އާއި، ގދ.ރަތަފަންދޫ/ ޕެރިސް އަޒްނީމް އަޙްމަދާއި، ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، […] / ޝެޑޯޒް އަޙމަދް ރާޝިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މި މައްސަލއަށްވެސަ ތަދައްޚުލްވާނ އެދުމުން އެ ފުރުސަތު ދެވިފައިވާނެއެވެ. އަދި ސިވިލް ކޯޓުގައި މި މައްސަލަ ހިނގާދިޔައިރު ތަދައްޚުލވެފައް ނުވިނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯ ޓުގައ މި މައްސަލި ހިނގާދިޔައިރު، މި މައްސަލައަށް ތަދައްޚުލްވުމަށް ދަފތަރް ނަންބަރު 2561 އަޙް މަދު ޝިމާޢުގެ ފަރާތުން އެދި ހުށަހެޅި ހުށަހެޅންތަކުގު މައްޗަށް ބިނާކޮށް މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުސަތު އޭނާއަށް ދެވިފައިވާނެއެވެ.
10މި މައްސަލައަށް ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ތެރެއިން ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ، […] ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 4 ވަނަ ފަންގިފިލާ މުޙައްމަދު ރިޔާޟްގެ ފަރާތުން ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާކަމަށާއި، އެ މުޢާމަލާތާއި ގުޅޭ ކަންކަމަށް މުޙައްމަދު ރިޔާޟްގެ ފަރާތުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ މުޢާމަލާތާއި މެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން މައްސަލަ ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުގައި އެދިފައިވާނެކަމަށާއި، މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ، ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް ނޫންކަމަށާއި […] ކިޔާ ގޯތި ވިއްކުމުގެ މުޢާމަލާތް ޢަޤްދުކުރެވިފައިވަނީ ޤާނޫނީ ގޮތުންނާއި ޝަރުޢީ މިންގަނޑު ތަކުން ނންކަމަށ ކަނޑައަޅައް މި މައްސަލައިގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅައި ދިނުން އެދޭކަމަށެވެ.
11މި މައްސަލައަށް ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ތެރެއިން […] / ޝެޑޯޒް އަޙް މަދު ރާޝިދުގެ ފަރާތުން ދިވެހިރާ އްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތައްވެސް ބިނާކޮށްފައިވަނީ ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ވާހަކަ ދައްކާފައިވާ ގޮތާއި ދާދި އެއްގޮތަކަށެވެ. އަޙމަދް ރާޝިދުގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، […] ކިޔާ ގޯތި ވިއްކުމުގެ މުޢާމަލާތް ޢަޤްދުކުރެވިފައިވަނީ ޤާނޫނީ ގޮތުންނާއި ޝަރުޢީ މިންގަނޑު ތަކުން ނންކަމަށ ކަނޑައަޅައް މި މައްސަލައިގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅައި ދިނުމަށެވެ.
12މައްސަލައަށް ތަދައްޚުލްވެފައިވާ ފަރާތްތަކުގެ ތެރެއިން ޕްރީމިއަމް ގޭސ އޮއިލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، ސިވިލް ކޯޓުގައި މި މައްސަލަ ހިނގާދިޔައިރު މުޙައްމަދު ނަސީމް އާއި މުޙައްމަދު ރިޔާޟްގެ ފަރާތުން ޝަރީޢަތށަ ދީފައިވާ ބަޔާންތަކުގައި ޕްރީ މިއަމް ގޭސ އޮއިލް ޕްރައިވެޓް ލިމިޓެޑަށް […] ގޯއްޗާއި ގުޅިގެނި ލިބިފައިވާ ޙައްޤުތަކަށް އިޙްތިރާމްކޮށް އެ ޙައްޤުތައް ދެމެހެއްޓުމަށް އެއްބަސްވެފައިވާ ކަމަށާއި، މިހެންކަމުން ޕްރީމިއަމް ގޭސ އޮއިލް ޕްރައިވެޓް ލިމިޓެޑުން އެދެން ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ދެމެހެއްޓުމަށް ކަމަށެވެ.
13މައްސަލައަށް ތަދައްޚުލުވެފައިވާ ފަރާތްތަކުގެ ތެރެއިން ހދ.ނޮޅިވަރަން/ ހުވަނދުމާގެ އާދަމް ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް ސައްޙަ އެއްބަސްވުންތަކަށް މުޙައްމަދު ނަސީމް އިޙްތިރާމް ކުރަންޖެހޭނެ ކަމަށް ނިންމާފައި އޮތް ނިންމުން ރަނގަޅު ކަމަށާއި އެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައި ދިނުމަށެވެ.
14މައްސަލައަށް ތަދައްޚުލުވެފައިވާ ފަރާތްތަކުގެ ތެރެއިން ދަފްތަރު 2561 އަޙމަދް ޝިމާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ، […] ކިޔާ ގޯތި ވިއްކާލުމުގެ މުޢާމަލާތް ހިނގިއިރު، […] އެވެ ކިޔާ ގޯތީގައި ހުރި ޢިމާރާތުގެ ގްރައުންޑް ފްލޯރ ގައި ހުރި ފިހާރައާއި 3 ވަނަ ފްލޯރ ގައިވާ 2 ކޮޓަރގީ އެޕާޓްމަންޓަކީ، އަޙްމަދު ޝިމާޢ އަށު މުޙައްމަދް ރިޔާޟްގެ ފަރާތުން ކުއްޔަށް ދީފައިވާ ތަނެއް ކަމަ ށާއި، ސިވިލް ކޯޓުން މި މައްސަލައިގައި ކުރައްވާފައިވާ ޙުކުމުގައި، ސައްޙަ އެއްބަސްވުންތަކެއްގެ ދަށުން […] ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި އެކު ވެފައިވާ އެއްބަސްވުންތަކަށް އިޙްތިރާމް ކުރުމަށް މުޙައްމަދު ނަސީމަށް އަންގާފައިވާތީ، އަޙްމަދު ޝިމާޢު އާއި މުޙައްމަދު ރިޔާޟް އާއި ދެމެދު ވެފައިވާ އެއްބަސްވުމަށް މުޙައްމަދު ނަސީމް އިޙްތިރާމް ކުރުމަށް އޭނާއަށް އަންގައި އަމުރު ކޮށްދިނުމަށެވެ.
15މައްސަލައަށް ތަދައްޚުލުވެފައިވާ ފަރާތްތަކުގެ ތެރެއިން ގދ.ރަތަފަންދޫ/ ޕެރިސް އަޒްނީމްގެ އަޙްމަދުގ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ، […] އެވެ ކިޔާ ގޭގެ 3 ވަނަ ފްލޯރގައިވާ އެއްކޮޓަރީގެ އެޕާރޓްމަންޓް އަޒްނީމް އަޙް މަދު، މުޙައްމަދު ރިޔާޟްގެ އަތުން ކުއްޔަށް ހިފައިގެން ބޭނުން ކުރަމުންދިޔަ އެޕރާ ޓްމަންޓް އެހެން ބަޔަކަށް ކުއްޔަށް ދީފައިވާކަމަށާއި، އެހެންކަމުން […] އެވެ ކިޔާ ގޯތީގައި ހުރި ޢިމާރާތުން މުޙައްމަދު ރިޔާޟްގެ އަތުން އަޒްނީމ އަޙްމަދް ކުއްޔަށް ހިފައިފައިވާ ބައިގެ ތެރެއިން މުޙައްމަދު ނަސީމްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެޕާރޓްމަންޓް އަޒްނީމް އަޙމަދާއް ޙަވާލު ކޮށްދނުމަށި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ. މީގެ އިތުރުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިމެންދެން ބުނެވުނު އެޕރާ ޓްމަންޓް އަޒްނީމް އަޙްމަދުގ ބެލުމުގެ ދަށުގައި ބަހައްޓައި ދިނުމަށާއި، މުޙައްމަދު ނަސމްގީ ފަރާތުން އެޕރާ ޓްމަންޓް ހުސްކުރުމަށް އަންގަމުންދާތީ އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރަކަށް އަޒްނީމް އަޙްމަދުގެ ފަރާތުން މި މައްސަލައިގެ ތެރެއިން ހުށަހަޅާފައިވެއެވެ. އަޒް ނީމް އަޙީ މަދުގެ ފަރާތުން ނެރެދްނ އެދް ހުށަހެޅި ވަގުތީ އަމުރާއިމެދު ނިންމިގޮތު މިކޯޓުގެ ނަންބަރ B8/CHT/2020/4036-95 "ވަގުތީ އަމުރާގުޅޭ ނިންމުން" ގައި ނިންމިފައިވާނެއެވެ. ގޯއްޗެއް ވިއްކުމުގެ މުޢާމަލާތެއްގައި ގޯތީގެ ވެރިފަރާތާއި އެހެން ފަރާތަކާއި ދެމެދު އެއްބަސްވުމެއް އޮންނަ އޮތުމުގެ ސަބަބުން ޢިމާރާތް ވިއްކުން ނުވަތަ ޢމާރާތުގި މިލްކުވެރިކަން ބަދަލުކުރުން މަނު ވޭތޯ؟
16ގޯތި ގޯއްޗަކީ، ދައުލަތުގެ ކަމާބެހޭ އިދާރާގައި އެ ތަންތަނާއި އަދި އެތަނުގައިވާ ޢިމާރާތްތައް، ރަޖިސްޓަރީ ކުރެވިފައިވާންޖެހޭ ތަންތަނުގެ ތެރެއިން ތަނެކެވެ. ދައުލަތުގެ އިދާރާތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މިފަދަ ގޯތތައި ވިއްކުމުގެ މުޢާމަލާތެއްގައި ރިޢާޔަތްކުރަން ޖެހޭ އެއް ޤާނޫނަކީ، ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) އެވެ. ދެވަނަ ޤާނޫނަކީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އެވެ.
17ޕްރިސިޑެންސް 1ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނަށާއި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ވިއްކުމާއި ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ މައްޗަށް ބަލާއިރު، ގޯއްޗެއްގެ ވެރިފަރާތާއި އެހެން ފަރާތަކާ ދެމެދު އެ ގޯތި ކުއްޔަށް ދިނުންފަދަ ކަމަކާމެދު އެއްބަސްވުމެއް ވެވިފައި އޮތުމަކީ، އޭގެ ޒާތުގައި އެ ގޯއްޗެއގް ވެރިފަރާތަށް ގޯތި ވިއްކުން ނުވަތަ މިލްކުވެރިކަން ބަދަލު ކުރުން މަނާވެގެނވް ސަބަބެއް ކަމށަ ބުނެވުނު ޤާނޫނު ތަކުގައި ބުނެފައިވާތީއެއ ފެންނާކަށް ނެތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާރް.ކޭ.އެލް ގްރޫޕް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 23 އަދި 13. ޕްރައިވެޓް ލިމިޓެޑް ވ. ޑރ.އިސްމާޢީލް ރަޝީދު ޢުމަރު ޤަޟިއްޔާ ނިންމެވުމުގައި ފާހަގަ ކުރައްވާފައިވަނީ "ޢިމާރާތެއްގެ ވެރިފަރާތާއި އެހެން ފަރާތަކާއި ދެމެދު އެ ޢިމާރާތް ކުއްޔަށް ދިނުންފަދަ ކަމަކާމެދު "ތަޢާޤުދީ އިލްތިޒާމެއް" obligation) (contractual އުފެދިފައި އޮތުމަކީ އޭގެ ޒާތުގައި އެތަން ވިއްކުން ނުވަތަ އެތަނުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން ޢިމާރާތުގެ ވެރިފަރާތުގެ މައްޗަށް މަނާވެގެންވާ ސަބަބެއް ނ ންކަމަށެވެ. " ކުއްޔަށް ދިނުންފަދަ އެއްބަސްވުމެއްގެ ދަށުން ގޯތީގެ ވެރިފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް ގޯތި ގަންނަ ފަރާތަށް ނަޤލުވުނު
18ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި، ޢިމާރާތެއްގެ ވެރިފަރާތާއި އެހެން ފަރާތަކާއި ދެމެދު އެ ޢިމާރާތް ކުއްޔަށް ދިނުންފަދަ ކަމަކއާ މެދު އެއްބަސްވުމެއް އުފެދިފައި އޮތުމަކީ އޭގެ ޒާތުގައި އެތަން ވިއްކުން ނުވަތަ އެތަނުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުން ޢިމާރާތުގެ ވެރިފަރާތުގެ މައްޗަށް މަނާވެގެންވާ ސަބަބެއް ނންކަމަށ ބަޔާން ކުރުމަށްފަހު، އެ ނުކުތާގައި އިތުރަށް ފާހަގަކޮށްފައިވަނީ، ޢިމާރާތެއް ވިއްކާލާއިރު ޢިމާރާތް ކުއްޔަށް ދިނުންފަދަ އެއްބަސްވުމެއް އެހެން ފަރާތަކާއއެކި ވެވިފައި އޮންނަ ޙާލަތުގައި، ޢިމާރާތް ކުއްޔަށް ދިނުމުގެ އެއްބަސްވުމާއި ޚިލާފު ނުވާނެ ގޮތެއްގެ މަތިން، ކުއްޔަށްދޭ ފަރާތުގެ އެންމެހައި އިލްތިޒާމްތައް ޢިމާރާތް ގަންނަ، އެތަނުގެ މިލްކުވެރިކަން ބަދަލުވާ ފަރާތަށް ނުވަތަ އެތަނުގެ "އަލް ޚަލަފ އަލު ޚާއޞް" singular) (successor އަށް ނަޤުލުވެގެންދާނޭ އުޞ ލާއި ޚިލާފު ގޮތަކަށް ޢިމާރާތް ކުއްޔަށް ހިފި ފަރާތުގެ ރުހުމާއި ނުލައި ޢިމާރާތުގެ ވެރިފަރާތުން ޢިމާރާތް އެހެން ފަރާތަކަށް ވިއްކާލުމަކީ ޢިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ނަތީޖާއެއްގާ ގޮތުން "ތަޢާޤުދީ މަސްއ ލިއްޔަތު" (Contractual Laibility) އުފުލަންޖެހިދާ ނ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/06 ޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ). ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/06 ޤަޟިއްޔާ
19ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގެ އިތުރަށް އެކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް [2021] SC 39 ޤަޟިއްޔާ ގައި ފާހަގަ ކުރައްވާފައިވަނީ "ބިމަކާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ޤާއިމުކުރެވޭ ކުލީގެ ޙައްޤާއި ރަހުނުގެ ޙައްޤާއި ކޯޓުތަކުން ޤަބ ލުކުރާ ލިއެންގެ ޙައްޤަކީ މުދަލުގެ މައްޗަށް އުފެދޭ ޙައްޤުތަކެއް ކަމުގައިވާތީވެ، އެކަކުގެ ކިބައިން އަނެކަކަށް ބިން ނަޤުލުވާނީ ބިމާގުޅިފައިވާ ކުލީގެ އިލްތިޒާމްތަކާއި ރަހުނުގެ އިލްތިޒާމްތަކާއި ލިއެންގެ އިލްތިޒާމްތަކާއި އެކުގައެވެ. އެހެންކަމުން އެއް ފަރާތުން އަނެއް ފަރާތަށް ބިމެއްގެ މިލްކުވެރިކަން ނަޤުލުވާއިރު، އެ ބިމުގެ މިލްކުވެރިކަން ނަޤުލުވުމުގެ ކުރިން އެ ބިމުގެ މައްޗަށް އެހެން ފަރާތްތަކަށް އުފެދިފައިވާ ޙައްޤުތައް ނިމުމަކަށް ނާންނާނެއެވެ." ގޯތި ވިއްކާ ފަރތުނާ އަދާކުރަންޖެހޭ އިލްތިޒާމްތަކާއި ޙައްޤުތައް ގޯތި ގަތް ފަރާތަށް ނަޤުލުވާނެ މިންވަރު
20ޕްރިސިޑެންސް 3ބިމަކާއ ގުޅިގެނި ބިން ވިއްކާ ފަރާތާއި އެހެން ފަރާތަކާއި ދެމެދު ބިން ވިއްކުމުގެ މުޢާމަލާތގު ކުރިން ޤާއިމު ކުރެވިފައިވާ ކުލީގެ ޙައްޤު ފަދަ ޙައްޤުތަކަކީ، އެބިމެއްގެ ގަންނަ ތިންވަނަ ފަރާތެއްގެ މައްޗަށް ނަޤުލުވާ ޙައްޤުތަކެއް ކަމުގައި އުޞ ލެއްގެ ގޮތުން ބެލެވެން އޮތްނަމަވެސް، އެކަން ބިނާވެފައި އޮންނާނީ ގަންނަ ފަރާތަށް އެފަދަ އެއްބަސްވުންތަކުގެ މަޢުލމތާ ލިބު އޮންނަ އަދި އެފަރާތުގެ ރުހުން އޮތް އެއްބަސްވުންތަކުގެ މައްޗަށްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާރް.ކޭ.އެލް ގްރޕ ޕްރައިވެޓް ލިމިޓެޑް ވ. ޑރ.އިސްމާޢީލް ރަޝީދު ޢުމަރު ޤަޟިއްޔާ އާއި މި ކޯޓުގެ ހަވީރު މީޑިއާ ގރޕ ޕްރައިވެޓް ލިމިޓެޑް ވ. އަޙމަދް މުޖާޙު ޤަޟިއްޔާ ނިންމެވުމުގައި ބިނާކޮށްފައިވާ ސަބަބުތަކުން ދެނެގަނެވެއެވެ. މީގެ އިތުރުން މިފަދަ އެއްބަސްވުމެއްގެ މަޢުލމތާ ގަތް ފަރާތަށް ލިބި އޮތް ނަމަވެސް ވަކި ޚާއްޞަ ފަރާތަކަށް ރައްދުކުރެވޭ އަމިއްލަ ޒާތާއި ގުޅިފައިވާ ޝަޚޞް (in personam) ގޮތުން އުފެދޭ ޙައްޤުތަކަކީ އފަދެ ޙައްޤުތައް ގަތް ފަރާތުގެ ނުރުހުމުގައި އެ ފަރާތުގެ މައްޗަށް ނަޤުލު ކުރެވޭނެ ޙައްޤުތަކެއް ނޫންކަން މި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/10 ޤަޟިއްޔާގެ ފަނޑިޔާރު ޙުސުނުއްސުޢދުގެ ރައުޔުގެ 26 ވަނަ ނަންބަރު. ދިވެހިރާއްޖޭގެ ހައިކޯޓުގެ 2017/HC-A/45 ޤަޟިއްޔާ ކޯޓުގެ ޢާއިޝަތު ޢަލީދީދީ ވ. ޝްހ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާ ނިންމުމުގައި ބިނާކުރި ސަބަބުތަކުން ދެނެގަނެވެއެވެ.
21ޙަޤީޤަތް ހާމަނުކޮށް އޮޅުވާލުމެއްގެ ތެރެއިން ގޯއްޗެއް ވިއްކާލައިފިނަމަ އެކަން ހިމެނޭނީ ވަކި ޚާއްސަ ފަރާތަކަށް ރައްދުކުރެވގޮތަށޭ އޮންން އެކަން ކުރާ ފަރާތެއްގެ އަމިއްލަ ޒާތާއި ގުޅިފައިވާ ޝަޚޞް ޙައްޤެއްގެ ގޮތުގައެވެ. އެހެނީ، އެއީ ވިއްކާފަރާތުން ކުޅަ ޢަމަލަކާ އ ގުޅިގެނި އުފަންވާ ކަމެއް ކަމުގައިވާތް އެވެ. މިފަދަ ކަމެއް ކޮށްފިނަމަ އެކަމުގައި ގޯތި ވިއްކާ ފަރާތުން ނަގަން ޖެހުނު ޒިންމާއެއް ގަންނަ ފަރާތުގެ މައްޗަށް ނަޤުލެއް ނުވާނެއެވެ. ހަމަ އެ ބީދައިން ގޯއްޗެއް ކުޔަށ ދިނުމަށް ވެފައިވާ ކުލީގެ އެއްބަސްވުމާއި ޚިލާފަށް އެއްބަސްވުން ރ ޅާލައިގެނ ނުވަތް ކުލީގެ އެއްބަސްވުމާއި އެއްގޮތް ނނ ގޮތަކަށް ޢަމަލުކޮށްގެން ގޯތި ވިއްކާލުމުގެ ސަބަބުން ކުއްޔަށް ހިފައިގެން އުޅޭ ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަންވެސް ހިމެނޭނީ އެކަމެއް ކުރާފަރާތެއްގެ ޒާތާއި ގުޅޭ ޝަޚޞް ޒިންމާ ހިމެނޭ ކަމެއްގެ ގޮތުގައެވެ. އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ ގެއްލުމުގެ ބަދަލު ދޭންޖެހޭނީ އެފަދަ ގެއްލުމެއް ދިން ފަރާތަކުންނެވެ. ވިއްކާފަރާތުން ކުރާ އެފަދަ ޢަމަލުތަކުން އެހެން ފަރާތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ މަސްއޫލިއްޔަތު ގަންނަ ފަރާތުގެ ނުރުހުމުގައި އެފަރާތުގެ މައްޗަށް ފުރޮޅައެއް ނުލެވޭނެއެވެ. ގޯތި ވިއްކާފަރާތުން އަދާކުރަންޖެހިފައިވާ ދަރަންޏަކަށް ގޯތި ގަތް ފަރާތުން ޒިންމާވުން
22ޕްރިސިޑެންސް 5ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކޭނީ، ސަރުކާރަށް ނުވަތަ ސަރުކާރާބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާއެއް އޮތްތޯ ކަމާބެހޭ ފަރާތްތަކުން ބެލުމަށްފަހުގައި ކަމަށާއި، އަދި އަމިއްލަ ފަރާތަކަށްވެސް ޝަރީޢަތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/41 ޤަޟިއްޔާ ސާބިތުވެފައިވާ ދަރަންޏެއް އޮތްތޯ ބެލުމަށްފަހުގައިކަމަށް ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނނ ގައު ބުނެފައި އެބަ އޮތެވެ. ބިމާއި ގުޅިފައިވާ ޢިމާރާތްތަކަކީ، ބުނެވުނު ޤާނޫނުގައި ބުނާފަދަ ދައުލަތުގައި ރަޖިސްޓްރީ ކުރެވިފައިވާ ތަނެއް ކަމުގައިވާތީ ބިމާއި ގުޅިގެން ކުރެވޭ ވިއްކުމުގެ މިފަދަ މުޢާމަލާތްތަކުގައިވެސް އެ ޤާނޫނުގައި ބުނފަދާ ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސއެއާ އޮތްތޯ ވިއްކުމުގެ މުޢާމަލާތާ ފުރިހަމަވެފައިވާކަމަށް ކަނޑައެޅުމުގެ ކުރިން ކޯޓުން ކަށަވަރު ކުރަންޖެހެއެވެ.
23ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ މާހިރު ވ. މުޙައްމަދު ޔޫސުފް ޤަޟިއްޔާ ނިންމެވުމުގައި ފާހަގަ ކޮށްފައިވަނީ " އަމިއްލަ ފަރާތަކަށް ޙައްޤުވާ ގޮތުގައި ކޯޓެއްގެ ޙުކުމެއްގެ ދަށުން ޝަރީޢަތަށް ސާބިތުވެފައިވާ ދަރަނީގެ މާނައިގެ ތެރޭގައި، ފަހުން އަނބުރާ ދައްކާގޮތަށް ނަގާ ޚާލިޞް ދަރަންޏަކާއި ގުޅިގެން، އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ދަރަނީގެ ފައިސާގެ ގޮތުގައި ކޯޓެއްގެ ޙުކުމެއްގެ ދަށުން ޝަރީޢަތަށް ޘާބިތުވެފައިވާ ފައިސާއާއި އަދި އެއްވެސް ސަބަބަކާހުރެ، އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ކޯޓެއްގެ ޙުކުމެއްގެ ދަށުން ޝަރީޢަތަށް ސާބިތުވެފައިވާ ފައިސާވެސް ހިމެނިގެންވާކަން ބުނެވުނު ޤާނޫނުގެ ނައްޞަށް ވިސްނައި ބެލުމުން އެނގެއެވެ" މިފަދައިންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ މި ގޮތުގެ މައްޗަށް ބަލާއިރު، ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނުގައި ބުނާފަދަ މުދަލެއް ވިއްކުމުގެ ކުރިން ވިއްކާ ފަރާތުން އަމިއްލަ ފަރާތަކަށް ދަރަންޏެއް ދައްކަންޖެހިފައިވާކަން ސާބިތުވެފައިވޭތޯ ބަލަންޖެހޭ މިންގަނޑަކީ، ކޯޓެއްގެ ޙުކުމަކުން ޝަރީޢަތަށް ދަރަންޏެއް ސާބިތުވެފައި ވާކަން ނުވަތަ ނޫންކަމެވެ. ޤާނ ނ ނަންބަރު 76/28 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/06 ޤަޟިއްޔާ
24ބުނެވުނު ޤާނޫނުގައި އެ ބަޔާންކުރަނީ، ގޯތި ވިއްކާ ފަރާތުން، އަމިއްލަ ފަރާތަކަށް ދައްކަންޖެހޭ ދަރަނި، ޝަރީޢަތަށް ސާބިތުވެފައިވާ ޙާލަތުގައި ކަންކުރަން ޖެހޭ ގޮތް ކަމުން ދަރަނި ސާބިތު ކުރުމުގެ ގޮތުންކަމަށު ބުނެ ޝަރީޢަތަށް މައްސަލައެއް ހުށަހެޅިފައިވީނަމަވެސް އެ މައްސަލަތަކާއިމެދު އެ ހިނދުގައި ކޯޓުން ގޮތެއް ނިމިފައި ނެތްނަމަ ދަރަންޏެއް ސާބިތުވާނެކަމަށ ނުވަތް ނޫންކަމަށް ބަލައިގެން ގޯތި ވިއްކުމުގެ މުޢާމަލާތެއް ހިންގުން މަޑުޖައްސާލުމަށް އެންގުމަކީ ޤާނޫނުގައި ބުނެފައިވާ ގޮތެއް ނޫނެވެ. އިސްތިއުނާފު ކުރާ މުޙައްމަދު ނަސީމްގެ ފަރާތުން އެދޭ ފަރުވާ
25އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން މުޙައްމަދު ނަސީމްގެ ފަރާތުން ފާހަގަ ކުރި މައިގަނޑު ކަމަކީ، ސިވިލް ކޯޓުގެ ޙުކުމުގައި "މއ.މަލަމަތިއެވެ ކިޔާ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމަކަށް ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ، މުޙައްމަދު ނަސީމް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ކަނޑައަޅައި" މިފަދައިން ބުނެފައި އޮތް އޮތުމުގެ ސަބަބުން، އެއްބަސްވުންތަކުގެ މަޢުލމާތ މުޙައްމަދު ނަސީމްއަށް ނޭނގި ހުރި އެއްބަސްވުންތަކަށާއި، މުޙައްމަދު ރިޔާޟްގެ ފަރާތުން އެކިއެކި ފަރާތްތަކާއި އެކި އެކި ތާރީޚުތަކުގައި އެއްބަސްވުންތަކެއް ވެފައިވާކަމަށް ބުނެ އައު އެއްބަސްވުންތަކެއް ވުޖދުކޮށ މުޙައްމަދް ނަސީމްގެ މައްޗަށް އެ އެއްބަސްވުންތަކުގައި ބުނާ ޒިންމާތައް ނަޤލުކުރުމުގު ފުރުސަތު އޮންނާނެކަމަށާއި މިހެންކަމުން މުޙައްމަދު ނސީމްގަ ފަރާތުން އެދެނީ، 20 ޑިސެމްބަރު 2017 ވަނަ ދުވަހު މުޙައްމަދު ނަސީމް އާއި މުޙައްމަދު ރިޔާޟް އާއި ދެމެދު ވެފައިވާ […] އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތައް ވިއްކުމުގެ އެއްބަސްވުމުގެ ޖަދުވަލު 07 ގައި ބަޔާންކޮށްފައިވާ ކުލީގެ އެއްބަސްވުންތަކަށާއި އެ އެއްބަސްވުމުގައި ޚާއްސަ ގޮތެއްގައި ބަޔާން ކޮށްފައިވާ ދަރަންޏެއް ނުވަތަ އެއްބަސްވުމެއްގެ އިތުރަށް […] ކިޔާ ގޯއްޗާއި ގުޅިގެން މުޙައްމަދު ރިޔާޟްގެ ފަރާތުން އިތުރު އެއްވެސް ފަރާތަކާއިމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މުޙައްމަދު ރިޔާޟް އަދާކުރަންޖެހޭ އެއްވެސް އިލްތިޒާމަކަށް މުޙައްމަދު ނަސީމްގެ ފަރާތުނ ޒިންމާވާން ނުޖެހނެކަމަށ ކަނޑައަޅައް ދިނުމަށް ކަމަށެވެ. […] އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތައް ވިއްކުމުގެ އެއްބަސްވުމަށް ބެލުމުން އަދި ސިވިލް ކޯޓުގައި މައްސަލަ ހިނގާ ދިޔައިރު މުޙައްމަދު ނަސީމް އާއި މުޙައްމަދު ރިޔާޟްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން މި ދެފަރާތް އެއްބަސްވެފައިވާ ގޮތް.
26[…] އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތައް ވިއްކުމަށް 2017 ޑިސެމްބަރު 20 ވަނަ ދުވަހު މުޙައްމަދު ރިޔާޟް އާއި މުޙައްމަދު ނަސީމްގެ ފަރާތުން ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ވިއްކާ ފަރާތގު ޙައިސިއްޔަތުން މުޙައްމަދު ރިޔާޟް އަދި ގަންނަ ފަރާތުގެ ޙައިސިއްޔަތުން މުޙައްމަދު ނަސީމް އަންނަނިވި ކަންކަމުގެ މައްޗަށް އެއްބަސް ވެފައިވެއެވެ. - ވިއްކާލެވޭ ތަނުގައި އެހެން ފަރާތެއްގެ މަސްލަޙަތެއް ނެތްކަން، ވިއްކާލެވޭ ތަނަކާއި ގުޅިގެން އެއްވެސް ފަރާތަކުން ދޢުވާއެއަ ނުވަތަ މައްސަލައެއް ހުށަހެޅި ކަމުގައިވިޔަސް، މިފަދަ ކަމަކާއި ގުޅިގެން ގަންނަ ފަރާތުގެ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭކަން އެފަދަ ޒިންމާތަކުން ގަންނަ ފަރާތް ބަރީއަ ކޮށްދޭނެކަމަށ މުޙައްމަދް ރިޔާޟް އެއްބަސްވާކަން. - އެއްބަސްވުމުގައި ސޮއިކުރެވޭއިރު ބޭންކަށް ދައްކަންޖެހޭ ލޯނު ފިޔަވައި އަދި އެއްބަސްވުމުގައި ބަޔާންކުރާ ފައިސާ ފިޔަވައި ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމަށް މުޙައްމަދު ރިޔާޟް ބުނާކަން. - […] ގޯތި ބޭންކް އޮފް މޯލްޑިވްސްގައި ރަހުނުކޮށް ނަގާފައިވާ ލޯނަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޒިންމާވާނީ މުޙައްމަދު ނަސީމް ކަމަށް. - އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މުޙައްމަދު ރިޔާޟްގެ މައްޗަށް ދަޢުވާކޮށް ކޯޓުތަކުން ނިމިފައިވާ މައްސަލައަކާއި ގުޅިގެން ދައްކަންޖެހޭ ފައިސާއެއްވާކަން އެނގޭނަމަ، އެ ފައިސާއެއް ދެއްކުމުގެ ފުރިހަމަ ޒިންމާ ނަގާނީ މުޙައްމަދު ރިޔާޟް ކަމަށް. […] އެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ އެންމެހައި ޢިމާރާތްތައް ވިއްކުމުގެ އެއްބަސްވުމުގެ ނަންބަރު 4 (ހ) އަދި (ށ). […] އެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ އެންމެހައި ޢިމާރާތްތައް ވިއްކުމުގެ އެއްބަސްވުމުގެ ނަންބަރު 4 (ރ) […] އެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ އެންމެހައި ޢިމާރާތްތައް ވިއްކުމުގެ އެއްބަސްވުމުގެ ނަންބަރު 8 (ހ) […] އެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ އެންމެހައި ޢިމާރާތްތައް ވިއްކުމުގެ އެއްބަސްވުމުގެ ނަންބަރު 10 - އެއްބަސްވުމުގައި ސޮއިކުރާއިރު […] ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތައް އެއްބަސްވުމުގެ ޖަދުވަލު 7 ގައި ހިމަނާފައިވާނެކަމަށް.
27[…] އެވެ ކިޔާ ގޯތި ވިއްކުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގާދިޔައިރު، ގަންނަ ފަރާތުގެ ޙައިސިއްޔަތުން މުޙައްމަދު ނަސީމް ސިވިލް ކޯޓުގައި ބުނެފައިވަނީ، "މއ.މަލަމަތި އެވެ ކިޔާ ގޯތި ވިއްކުމުގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ނަސީމްއާއި މަތިކުރެވިފައިވާ ޒިންމާތައް މުޙައްމަދު ނަސީމް ފުރިހަމަ އަށް އަދާކުރާނެ ކަމަށާއި އަދި މިހާރުވެސް […] ދިރިއުޅޭ ފަރާތްތަކާއި މުޙައްމަދު ރިޔާޟް އާއި ދެމެދު ވެފައިވާ އެއްބަސްވުންތަކަށް އިޙްތިރާމް ކުރާނެކަމަށާއި، މައްސަލައަށް ތަދައްޚުލްވި ފަރާތްތަކުގެ ތެރެއިން […] ކިޔާ ގޯތީގައި އެ ވަގުތު ދިރިއުޅެމުންނުދާ ފަރާތްތައް ކަމުގައިވާ ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު ރާޝިދުގެ އެއްބަސްވުމަށް އިޙްތިރާމް ކުރެވެން ނެތްކަމަށެވެ ".
28މި މައްސަލަ ސިވިލް ކޯޓުގައި ހިނގާދިޔައިރު، […] އެވެ ކިޔާ ގޯތި ވިއްކާފަރާތުގެ ޙައިސިއްޔަތުން މުޙައްމަދު ރިޔާޟް ސިވިލް ކޯޓުގައި ބުނެފައިވަނީ، "ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، އަޙްމަދު ރާޝިދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލަތަކުގައި ދަރަންޏެއް ސާބިތު ވެއްޖެނަމަ އަދި އެހެން އިލްތިޒާމެއް މުޙައްމަދު ރިޔާޟްގެ މައްޗަށް ސާބިތު ވެއްޖެނަމަ […] ކިޔާ ގޯތި މުޙައްމަދު ރިޔާޟްގެ ނަމުގައި ނެތްނަމަވެސް އެ ޙުކުމުގެ ދަށުން ކުރަންޖެހޭ ކަންކަމަށް ޖާމިނުވާނެކަމަށާއ އަދި ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލަ ކޯޓުގައި ސާބިތުވީ ނަމަވެސް ޢާއްމު ގޮތެއްގައި އެފަދަ މައްސަލަތަކުގައި ދޭންޖެހެނީ ގެއްލުމުގެ ބަދަލު ކަމަށްވާތީ، […] ކިޔާ ގޯތި މުޙައްމަދު ރިޔާޟްގެ ނަމުގައި […] އެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ އެންމެހައި ޢިމާރާތްތައް ވިއްކުމުގެ އެއްބަސްވުމުގެ ނަންބަރު 11 ސިވިލް ކޯޓަށް 22 ޖުލައި 2018 ވަނަ ދުވަހު މުޙައްމަދު ނަސީމް ދީފައިވާ ބަޔާން. ސިވިލް ކޯޓަށް 07 އޮގަސްޓް 2018 ވަނަ ދުވަހު މުޙައްމަދު ނަސީމް ދީފައިވާ ބަޔާން. ނެތްނަމަވެސްއެ ފައިސާ ދެއްކޭނެކަމަށެވެ. އަދި […] ގޭގައި މިހާރު ދިރިއުޅެމުންދާ ހުރިހާ ފަރާތްތަކެއްގެ އެއްބަސްވންތަކަށް ގަންނަ ފަރާތުން އިޙްތިރާމް ކުރާނެކަމަށެވ".
29ޕްރިސިޑެންސް 4މުޙައްމަދު ނަސީމް އާއި މުޙައްމަދު ރިޔާޟް އާ ދެމެދު 2017 ޑިސެމްބަރު 20 ވަނަ ދުވަހު، […] އެވެ ކިޔާ ގޯތި ވިއްކުމާއި ގުޅޭ ގޮތުން ވެފައިވާ އެއްބަސްވު މަށާއި އެ މުޢާމަލާތާއި ގުޅިގެން އެ ދެފަރާތުން ސިވިލް ކޯޓަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، […] ކުއްޔަށް ދިނުމަށް އެކި އެކި ފަރާތްތަކާއި އެކު މުޙައްމަދު ރިޔާޟްގެ ފަރާތުން ވެފައިވާ އެންމެހައި އެއްބަސްވުންތަކުގެ ޒިންމާ މުޙައްމަދު ނަސީމް އުފުލާނެ ކަމަށް ބުނެ އެ ފަދައިން މުޙައްމަދު ނަސީމް އެއްބަސްވެފައިވާކަން އެނގޭކަށް ނެތެވެ.
30އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ 2555/Cv-C/2018 ޤަޟިއްޔާގައި ކ ރައްވާފައިވާ ޙުކުމުގެ ސަބަބުން ނިކުމެދާނެ ޢަދުލުވެރިކަމެއނެތް ނަތީޖާއެއް ހުއްޓުވުމަށްޓަކައި، މައްސަލަ އިސްތިއުނާފު ކުރި މުޙައްމަދު ނަސީމްގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ޙުކުމުގައި " […] ކިޔާ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމަކަށް ޏ.ފުވައްމުލައް، ހޯދަޑު، ދޯޅަބުގެ، މުޙައްމަދު ނަސީމް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ކަނޑައަޅައި" ކޮށްފައިވާ ޙުކުމުގެ އެބަޔަކީ މުޙައްމަދު ނަސީމްގެ މައްޗަށް މުތުލަޤަށ އިލްތިޒާމް ކަނޑައެޅި އޮތް ބައެއް ކަމަށް ވާތީ، އެ ފަދައިން އޮތް އޮތުން ބާޠިލުކޮށް […] ކިޔާ ގޯއްޗާއި ގުޅިގެން މުޙައްމަދު ރިޔާޟްގެ ފަރާތުން އެކިއެކި ފަރާތްތަކާއި ދެމެދު ސިވިލް ކޯޓަށް 07 އޮގަސްޓް 2018 ވަނަ ދުވަހު މުޙައްމަދު ރިޔާޟް ދީފައިވާ ބަޔާން. ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން މުޙައްމަދް ނަސީމް ޢަމަލު ކުރަންޖެހޭ އެއްބަސްވުންތަކުގ ޙައްދެއް ކަނޑައަޅައި ދިނުމަށެވެ.
31[…] ކިޔާ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ސައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދީފައިވާނަމަ އެ އެއްބަސްވުމަކަށް މުޙައްމަދު ނަސީމް އިޙްތިރާމް ކުރަންޖެހޭނެ ކަމަށް އޮތް އޮތުމުން ނިކުމެދާނެ ޢަދުލުވެރިކަމެއް ނެތް ނަތީޖާއެއްގެ ގޮތުގައި މުޙައްމަދު ނަސީމްގެ ފަރާތުން ފާހަގަ ކުރާ ކަމަކީ، މުޙައްމަދު ރިޔާޟް އެކިއެކި ފަރާތްތަކާއި އެކު އެކިއެކި ތާރީޚުތަކުގައި އެއްބަސްވުންތަކެއް ވެފައިވާކަމަށް ބުނެ އައު އެއްބަސްވުންތަކެއް ވުޖދުކޮށ މުޙައްމަދް ނަސީމަށް އެކަމުގެ ޒިންމާ ކަނޑައެޅުންކަމަށާއި، މި ކަމަކީ ހިނގުން އެކަށީގެންވާ ކަމެއްކަން މުޙައްމަދު ރިޔާޟްގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުންނާއި މައްސަލައަށް ތަދައްޚުލުވި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަމަށެވެ.
32ސިވިލް ކޯޓުގެ ނިންމުމުގައި، ކަނޑައެޅިފައި އެ އޮތްގޮތުގެ ސަބަބުން، މުޙައްމަދު ނަސީމްގެ ފަރާތުން އެ ބުނާފަދަ ޢަދުލުވެރިކަމެއް ނެތް ނަތީޖާއެއް ނުކުތުމަކީ އެކަމުގެ އިޙްތިމާލް އޮތްކަމެކެވެ. މީގެ އިތުރުން، ބިން ނުވަތަ ގޯތި ވިއްކާއިރު އެ ބިމަކީ ނުވަތަ ގޯއްޗަކީ އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ތަނެއްނަމަ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އޮންނަ ގުޅުންތައް، ބިން ނުވަތަ ގޯތި ގަންނަ ފަރާތަކަށް ނަޤުލް ކުރެވޭނީ އެކަމާއި މެދު ބިން ނުވަތަ ގޯތި ގަންނަ ފަރާތުގެ ރުހުން އޮތުމުން ނުވަތަ ބިން ނުވަތަ ގޯތި ވިއްކުމުގެ އެއްބަސްވުމުގައި އެ ގޮތުގެ މައްޗަށް ވިއްކާ ފަރާތާއި ގަންނަ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފްކުރުމަށް އެދި ޏ.ފުވައްމުލައް، ހޯދަނޑު ދޯޅަބުގެ މުޙައްމަދު ނަސީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާ ފޯމް ގެ ނަންބަރު 6 އެއްބަސްވެފައި އޮވެގެންކަމާއި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް އޮއްވާ ކުއްޔަށް ހިފި ފަރާތުގެ ނުރުހުމުގައި ބިން ނުވަތަ ގޯތިވިއްކާލާ ޙާލަތުގައި އެއީ ޢިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން ޢިމާރާތުގެ ވެރި ފަރާތުން އެކަމުގެ "ތަޢާޤުދީ މަސްއލިއްޔަތު" އެފުލަންޖެހނ ކަމެއް ކަމުގައި ކުރިން ފާހަގަ ކުރެވިފައި ވާނެއެވެ.
33މިހެންކަމުން، […] އެވެ ކިޔާ ގޯތި ވިއްކުމުގެ މުޢާމަލާތާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި، […] ކިޔާ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމަކަށް ޏ.ފުވައްމުލައް/ ހޯދަޑު، ދޯޅަބުގެ، މުޙައްމަދު ނަސީމް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ކަނޑައަޅައިފައި އޮތް އޮތުމުގެ އެ ބައި ބާޠިލު ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ. އަދި […] ކިޔާ ގޯތި ވިއްކުމުގެ މުޢާމަލާތު ގެ ކުރިން […] އެވެ ކިޔާ ގޯތިން މުޙައްމަދު ރިޔާޟް އެހެން ފަރާތްތަކަށް ކުއްޔަށްދީ ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން މުޙައްމަދު ނަސީމް އިޙްތިރާމް ކުރަންޖެހޭނެ ކުލީގެ އެއްބަސްވުންތަކަކީ، […] އެވެ ކިޔާ ގޯތި ވިއްކުމުގެ އެއްބަސްވުމުގެ ޖަދުވަލު 7 ގައި ބުނެފައިވާ އެއްބަސްވުންތަކާއި، މި މުޢާމަލާތް ހިނގިއިރު […] އެވަގުތު ދިރިއުޅޭ ފަރާތްތަކާއި މުޙައްމަދު ރިޔާޟް އާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުންތައް ކަމަށް ކަނޑައަޅަން ޖެހޭކަމަށް ދެކެމެވެ.
34ޕްރިސިޑެންސް 6ބުނެވުނު ކުލީގެ އެއްބަސްވުންތައް ފިޔަވައި […] ގޯތި ކުއްޔަށް ދިނުމުގެ އިތުރު އެހެން އެއްބަސްވުމެއް މުޙައްމަދު ރިޔާޟާއި އެހެންފަރާތަކާއ ދެމެދި އޮވެ، އެފަދަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ހިފި ފަރާތަށް ލިބި އޮތް ޙައްޤަކަށް އުނިކަމެއް ލިބުމުގެ ސަބަ ބުނާ ލިބް ގެއްލިމުގެ ޒިންމާ މުޙައްމަދު ނަސީމްގެ ނުޤަބ ލުގައް އޭނާގެ މައްޗަށ ނަޤުލްކުރެވޭނެ ތަނެއް ނެތެވެ. އަދި އެފަދައިން މުޙައްމަދް ރިޔާޟް ކަންކޮށްފައް އޮތުމުގެ ސަބަބުނައެހެނ ފަރާތަކަށް ގެއްލުމެއްވެފައިވާނަމ ގެއްލުން ދިން ފަރާތުގެ މައްޗަށު ދަޢުވާ ކުރް މުގެ ޙައްޤު އެ ގެއްލުމެއް ލިބުނުކަމަށް ބުނާ ފަރާތަކަށް އަބަދުވެސް އޮންނާނެއެވެ. ޙުކުމް: ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 2555/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި، […] ކިޔާ ގޯތި ނުވަތަ ގޯތީގައިވާ އެއްވެސް ޢިމާރާތެއް މުޙައްމަދު ރިޔާޟްގެ ފަރާތުން ޞައްޙަ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައިވާނަމަ އެ އެއްބަސްވުމަކަށް ޏ.ފުވައްމުލައް/ ހޯދަޑު، ދޯޅަބުގެ، މުޙައްމަދު ނަސީމް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ކަނޑައަޅައިފައި އޮތް އޮތުމުގެ އެ ބައި ބާޠިލު ކޮށް، […] ގޯތި ވިއްކުމާއި ގުޅޭ ގޮތުން މުޙައްމަދު ނަސީމް އާއި މުޙައްމަދު ރިޔާޟް އާއި ދެމެދު 20 ޑިސެމްބަރު 2017 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ޖަދުވަލު 07 ގައި ބަޔާންކޮށްފައިވާ ކުލީގެ އެއްބަސްވުންތަކާއި، މި މުޢާމަލާތުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގިއިރު […] އެވަގުތު ދިރިއުޅޭ ފަރާތްތަކާއި މުޙައްމަދު ރިޔާޟް އާ ދެމެދު ވެފައިވާ ކުލީ ގެ އެއްބަސްވުންތަކަށއާ، 20 ޑިސެމްބަރު 2017 ވަނަ ދުވަހު މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ޚާއްސަ ގޮތެއގައް ބަޔާންކޮށްފައިވާ ދަރަންޏަށް އަދި އެއްބަސްވުންތަކަށް މުޙައްމަދު ނަސީމް އިޙްތިރާމް ކުރަންޖެހޭނެ ކަމަށް ކަނޑައަޅައި، މި ބުނެވުނު އެއްބަސްވުންތަކުގެ އިތުރަށް މުޙައްމަދު ރިޔާޟްގެ ފަރާތުން […] ގޯއްޗާއި ގުޅިގެން އިތުރު ފަރާތަކާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މުޙައްމަދު ރިޔާޟްގެ ފަރާތުން
- ޤާނޫނު ނަންބަރު 28/76 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) (ފުޓްނޯޓުގައި 23 އަދި 13 ވަނަ މާއްދާ)
- ސުޕްރީމް ކޯޓުގެ 2015/SC-A/06 (އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. ޑރ. އިސްމާޢީލް ރަޝީދު ޢުމަރު)
- ސުޕްރީމް ކޯޓުގެ [2021] SC 39 (މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް)
- ސުޕްރީމް ކޯޓުގެ 2018/SC-A/10 (ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 26 ވަނަ ނަންބަރު)
- ހައިކޯޓުގެ 2017/HC-A/45
- ހައިކޯޓުގެ 2019/HC-A/41
- ހައިކޯޓުގެ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. އަޙްމަދު މުޖާޙު
- ހައިކޯޓުގެ ޢާއިޝަތު ޢަލީދީދީ ވ. ޝުހް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ސުޕްރީމް ކޯޓުގެ 2013/SC-A/06 (ޢަބްދުﷲ މާހިރު ވ. މުޙައްމަދު ޔޫސުފް)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް