ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/228
މުޙައްމަދު މުސްތަފާ ވ. އެމެޓީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް، 2016/HC-A/228
Mohamed Musthafaa v. Emetee Enterprises Private Limited 2016/HC-A/228 (2016/HC-A/228, High Court of the Maldives, 6 December 2017)
މުޙައްމަދު މުސްތަފާ ވ. އެމެޓީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ހިސާބުގެ ފައިސާ ނަގައިނުދީ (ފަހުގެ ހިސާބު ނިންމި ލިޔުމާއި ޗެކު ޙަވާލުކުރިކަމުގެ ސަބަބުން)، ނުލިބިވާ ކުލި ދެއްކުމަށް ޙުކުމްކޮށް، ގެއްލުމުގެ ބަދަލު ނަގައިނުދިނެވެ.
ދެފަރާތުގެ މެދުގައި އޮތް ހިސާބެއް ނިންމިއިރު ދައްކަންޖެހިފައިވާ ފައިސާއާއި، ކުއްޔަށް ދީފައިވާ ޢިމާރާތެއްގެ ފުރަތަމަ ފަންގިފިލާގެ ނުލިބިވާ ކުލި ހޯދުމަށް ކުންފުންޏަކުން ފަރުދެއްގެ މައްޗަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އޭނާގެ ނުކުތާތަކަށް ފުރިހަމައަށް ރިޢާޔަތް ނުކޮށް، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގެ ހަމަހަމަކަމާއި އިންޞާފުވެރިކަން ގެއްލޭގޮތަށް މައްސަލަ ނިންމި ކަމަށެވެ.
މައިގަނޑު ސުވާލު
ސިވިލް ކޯޓުގެ އެއް ޙުކުމެއް އަނެއް ފަރާތުން ކުރި އިސްތިއުނާފެއްގައި ހައިކޯޓުން ކުރިން ބަލާ، ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅާފައިވާއިރު، އެ ޙުކުމެއް ދެވަނަ ފަރާތުން ކުރި އިސްތިއުނާފުގައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭތޯ.
ނިންމި ގޮތް
އިތުރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް؛ ދަށުކޯޓުގެ ޙުކުމް ޤާއިމް
އެ ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ރައްދުވި ފަރާތުން ހުށަހެޅި 2016/HC-A/199 ޤަޟިއްޔާގައި ޙުކުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ، މި އިސްތިއުނާފުގައި އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލު
- ދަށުކޯޓުގެ ޤަޟިއްޔާއެއް އިސްތިއުނާފުކުރުމަށް އަނެއް ފަރާތުން ހުށަހެޅި ޤަޟިއްޔާއެއްގައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވާނަމަ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާގެ މައްޗަށް ޝަރީޢަތުން އިތުރު ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ހައިކޯޓުގެ ނަންބަރު 2016/HC-A/199 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް