ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/252
މުޙައްމަދު އަސްލަމް ވ. ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑް، 2019/HC-A/252
Mohamed Aslam v. Skoobaa Spaa Private Limited 2019/HC-A/252 (2019/HC-A/252, High Court of the Maldives, 12 October 2021)
މުޙައްމަދު އަސްލަމް ވ. ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ސިވިލް ކޯޓުން އަނބުރާ ދޭން ޙުކުމްކުރި ފައިސާއަށް ދަޢުވާކުރި ފަރާތް އެދުނު ދުވާލަކަށް 25% ޗާޖާ (ޖޫރިމަނާ) މެދު ސިވިލް ކޯޓުން ގޮތެއް ނުކަނޑައެޅުމަކީ އިސްތިއުނާފުގައި ބަދަލުކުރަންޖެހޭ ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފުގައި އެދުނު ގޮތަށް ގޮތެއް ނުކަނޑައެޅުނު (2019/HC-A/249 ގައި ދަށުކޯޓުގެ ޙުކުމް ބާޠިލުކުރުމާ ގުޅިގެން)
ކަނޑައެޅުނު އުޞޫލުތައް
- ހަމަ އެއް ދަށުކޯޓު ޙުކުމަކަށް ދެ ފަރާތުން ވަކިވަކި އިސްތިއުނާފު ކޮށްފައިވާނަމަ، އެއް އިސްތިއުނާފެއްގައި ނިންމި ގޮތަށް އަނެއް އިސްތިއުނާފު ނިންމުމުގައި ރިޢާޔަތްކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- ދަޢުވާކުރި ފައިސާ އޭނާއަށް އަނބުރާ ދީފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ހިނދު، ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާއެއް ލިބެންޖެހޭނެ ޙާލަތެއް އޮތްކަމުގައި ނުބެލެވޭތީ، އެ ޖޫރިމަނާއާ ގުޅޭ އިސްތިއުނާފީ ނުކުތާތަކާ މެދު އިތުރު ގޮތެއް ކަނޑައަޅަން ނުޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
ތާއީދު ކުރެއެވެ. ފާހަގަކުރެވުނު ނުކުތާތައް:
1ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި ގދ.ގައްދޫ / ނެޝަނަލްހައުސ މުޙައްމަދް އަސްލަމް އުޅުނުއިރު، އެކުންފުނީގެ ފަރާތުން ސްރީލަންކާއަށް 500 ޓީކްވުޑް ބެރިގަތުމަށ މުޙައްމަދް އަސްލަމް ފޮނުވި ކަމަށާއި، މި ލަކުޑިތައ ގަތުމަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު އަސްލަމަށް ދިން ފައިސާގެ ޖުމްލަ ޢަދަދަކީ، US$1,588.61 (އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކެ ޑޮލަރު ފަސްދޮޅަސް އެއްސެންޓް) ކަމަށާއި، އެހެންނަމަވެސް ބުނެވުނު ލަކުޑިތަކުގެ ޖުމްލަ އަގަށް US$3,108.16 (ތިންހާސް އެއްސަތޭކަ އަށެއް އެމެރިކާ ޑޮލަރު ސޯޅަ ސެންޓް) އަރާތީ ކުންފުނިން މުޙައްމަދު އަސްލަމަށ ދިން ފައިސާއިން ލަކުޑި ގަތުމަށް ބޭނުންވާ ޢަދަދު ހަމަވާން ނެތުމުން ދެފަރާތުގެ ދެމެދު ދެކެވުނު ވާހަކަތަކާއި ގުޅިގެން އެލަކުޑިތަކަށް ބާކީ ދައްކަންޖެހޭ އެއްޗެއް މުޙައްމަދު އަސްލަމްގެ އަތުން ލައިގެން ގަނެ ބޯޓަށް ލައިދިނުމުން އެފައިސާ އަނބުރާ ދޭނެކަމަށް ކުންފުނީގެ ފަރާތުން ބުނި ބުނުމާއި އެއްގޮތަށް މުޙައްމަދު އަސްލަމް ކަންކޮށް ބާކީ ދައްކަން ޖެހުނު ފައިސާ މުޙައްމަދު އަސްލަމް މެދުވެރިވެގެން ލަކުޑި ވިއްކިފަރާތަށް (ސްރީލަންކާގެ ކުންފުންޏަށް) ދޭން އެއްބަސްވެ އެލަކުޑިތައް ގެނެސްދިނުމުން ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ލަކުޑިތައ ބޭނުންކޮށް އެތަކެއް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ސްރީލަންކާގެ ކުންފުންޏަށް ފައިސާ ނުދެއްކުމުން މުޙައްމަދު އަސްލަމްގެ ފަރާތުން ލަކުޑި ވިއްކި ފަރާތަށް ފައިސާ ދައްކާ ޚަލާޞް ކުރިނަމަވެސް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު އަސްލަމަށް ދޭންޖެހޭ ފައިސާ ދީފައިނުވާކަމަށް ބުނެ މުޙައްމަދު އަސްލަމްގެ އަތުން ޚަރަދުކުރިކަމަށް ބުނާ 519.55,1$ (އެއްހާސް ފަސްސަތޭކަ ނަވާރަ ޔޫއެސް ޑޮލަރު ފަންސާސްފަސް ސެންޓް) އާއި މި ފައިސާ ލިބިފައި ނުވާތީ ފައިސާ ނުލިބިވާ ދުވަސްތަކުގެ ތެރެއިން ދުވާލަކަށް 25% (ފަންސަވީސް އިންސައްތަ) ޗާޖް ހިމަނައިގެން ޖެހޭ ޖުމްލަ ފައިސާ ޢަދަދު މި މައްސަލައިގައި ޙުކުމްކުރާ ދުވަހުން ފެށިގެން މީލާދީ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ލިބިދިނުމަށް އެދި ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މުޙައްމަދު އަސްލަމްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
2މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހެޅި ބުނެވުނު މައްސަލަ ބަލާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟި އްޔާއިންނެވެ. މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހެޅި ދަޢުވާގެ ޖަވާބުގައި ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެ ޑުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ، މުޙައްމަދު އަސްލަމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ކަންކަމަކީ އޭގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުން ފައިސަލާ ކުރަނިވި ނިންމުމެއް ނިންމަވާފައިވާ މައްސަލައެއްގައި، އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައި ގެ ތެރޭގައި ކޯޓަށް ހުށަހަޅާފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު ލިބި އޮތްކަމެއްގެ މައްޗަށް ބިނާކޮށް އެ މައްސަލައިގެ ހިމެނޭ ފަރާތަކުން އިތުރު ދަޢުވާއެއް ކުރުން މަނާކުރާ މަބްދައު ކަމުގައިވާ "ރެސްޖުޑިކާޓާ" ގެ މަބްދައު އަށް ބަލާއިރު މުޙައްމަދު އަސްލަމަށް މި ދަޢުވާ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުރުމުގެ ފުރުސަތު ނެތްކަމަށެވެ.
3ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، "ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި ގދ.ގައްދޫ ނެޝަނަލްހައުސ މުޙައްމަދް އަސްލަމް އުޅުނުއިރު ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެމަތިން ސްރީލަންކާއިން ލަކުޑިތަކެއ ގަން އޭގެ އަގު އަދާކުރުމުގައި ކުންފުނިން ދީފައިވާ ފައިސާއިން އަގު އަދާނުކުރެވޭތީ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން، މަދުވާ ފައިސާ ކުންފުނީގެ ފަރާތުން މުޙައްމަދު އަސްލަމް އަށް އަނބުރާ ދޭގޮތަށް އެފައިސާއަށް މުޙައްމަދު އަސްލަމް ޒިންމާވެގެން އެލަކުޑިތައ މާލް ގެނެސް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާކަމާއި، އަދި ބަޔާންވެދިޔަ ލަކުޑިތައ ގަނެގެން މާލެއާއި ހަމައަށް ގެނައުމަށް މުޙައްމަދު އަސްލަމްގެ އަތުން US$1,588.61 (އެއްހާސް ފަސްސަތޭކަ އަށް ޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް) ޚަރަދުކޮށްފައިވާ ކަމަށްބުނެ މިދަޢުވާގައި މުޙައްމަދު އަސްލަމް ހޯދުމަށް އެދިފައިވާ ފައިސާއަކީ އެކުންފުނީގެ ފަރާތުން މުޙައްމަދު އަސްލަމަށް ދީ ނިންމާފައިވާ ފައިސާކަމަށް ބުނެ އެކަން ސާބިތުކޮށްދިނުމަށް ދަޢުވާލިބޭ ސްކޫބި ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލަ ނިންމިގޮތުގެ ރިޕޯޓަށް ބަލާއިރު އެރިޕޯޓުގައި ބަޔާންވެގެންވާ ފައިސާގެ ތެރޭގައި، މިދަޢުވާގައި މުޙައްމަދު އަސްލަމްގެ ފަރާތުން ހޯދުމަށް އެދިފައިވާ، ފައިސާ (ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ އެދުމަކަށް ސްރީލަންކާއިން ލަކުޑިތަކެއ ގަނެގެން މާލެ ގެނައުމަށް މުޙައްމަދު އަސްލަމްގެ އަތުން ޚަރަދުކޮށްފައިވާ ފައިސާ) ހިމެނިފައިވާކަން އެރިޕޯޓުނ އެނގެން ނެތުމާއި އެކު އެފައިސާ މުޙައްމަދު އަސްލަމްއަށް ދަޢުވާލިބޭ ކުންފުނީގެ ފަރާތުން ދައްކާ ޚަލާޞްކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީހެއްކެއް ދަޢުވާލިބޭ ފަރާތުން ދައްކާފައިނުވާތީ މިދަޢުވާގައި މުޙައްމަދު އަސްލަމް ހޯދުމަށް އެދިފައިވާ 1,588.61US$ (އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސ އެއްސެންޓް) އަކީ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގދ.ގައްދޫ ނެޝަނަލްހައުސ މުޙައްމަދް އަސްލަމް (އައިޑީ އަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާ މުޙައްމަދު އަސްލަމްއަށް ލިބިދިނުމުގެ ގޮތުން 27 މާރިޗް 2019 މިދުވަހުނ ފެށިގެން މީލާދީ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި US$1,588.61 (އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް) ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ .
4ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މުޙައްމަދު އަސްލަމްގެ އިތުރުން ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. މިގޮތުން މިއީ ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އދ މުޙައްމަދު އަސްލަ މްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވޭ މައްސަލައެވެ. ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބެލިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/249 ޤަޟިއްޔާ އިންނެވެ.
5ސިވިލް ކޯޓު ގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހެޅި ނުކުތާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ، މުޙައްމަދު އަސްލަމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ހިމެނޭ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން ފައިސާ ނުލިބިވާ ކަމަށް ބުނާ ދުވަސްތަކުގެ ތެރެއިން ދުވާލަކަށް 25% (ފަންސަވީސް އިންސައްތަ) ޗާޖް މައްސަލައިގައި ނަގައިދިނުމަށް އެދިފައިވީނަމަވެސް އެކަމާއި މެދު ސިވިލް ކޯޓުން މައްސަލައިގެ ތެރޭގައި ގޮތެއް ކަނޑައަޅާފައި ނެތް ނެތުމުގެ މައްޗަށެވެ.
6ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނނޫ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅުމުން ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/249 ޤަޟިއްޔާގައި ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ނިމިފައިވާ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިގެން މުޙައްމަދު އަސްލަމް މިހާރު އަނެއްކާވެސް މައްސަލައެއް ކުރިއަށް ގެންދާން މަސައްކަތްކުރާ މައްސަލައެއްކަމަށް ފާހަގަކޮށް ކޯޓުތަކުން ޢަމަލުކުރާ އުސޫލެއްކަމަށްވާ [ރެސް ޖުޑިކާޓާ] (res judicata) ގެ މަބްދައު އަށް ޢަމަލުކުރަންޖެހޭ ގޮތަށް އޮތް މައްސަލައެއްކަމަށް ބުނާ ބުނުމެވެ.
7ޕްރިސިޑެންސް 1މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހެޅި ނުކުތާއާއި މެދު މި މައްސަލައިގެ ތެރެއިން ހައިކޯޓުން ގޮތެއް ކަނޑައެޅޭނީ، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައާމެދު ނިމޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެންކަމަށްވާތީ، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން މި ކޯޓުން ބެލެވުނު މި ކޯޓުގެ ނަންބަރު 2019/HC-A/249 ޤަޟިއްޔާގައި މި މައްސަލައާމެދު ކަނޑައަޅާފައިވާ ގޮތް މި މައްސަލައިގެ ނިންމުމުގައި ރިޢޔަތްކުރަންޖެހޭކަން އެނގެއެވެ.
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/249 ޤަޟި އްޔާގައި ކަނޑައަޅާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގައި މުޙައްމަދު އަސްލަމް ހޯދުމަށް އެދިފައިވާ ފައިސާއާއި، ވަޒީފާއާބެހޭ ޓްރައިބިނަލްގެ ނަންބަރު 36/VTR/2016 މައްސަލައިގައި މުޙައްމަދު އަސްލަމްގެ އަތުން ކުންފުނީގެ ބޭނުމަށް ޚަރަދުކުރި ކަމަށް ބުނެ ހޯދުމަށް މުޙައްމަދު އަސްލަމް އެދުނު ފައިސާއަކީ އެއްކަމަށް ޚަރަދުކޮށްފައިވާ ފައިސާކަމަށް ބުރަވެވޭކަމަށާއ އަދި އެ ފައިސާއަކީ، މުޙައްމަދު އަސްލަމަށް ދީފައިވާ ފައިސާކަން އެނގެން އޮންނަކަމަށެވެ. އެފަދައިން ފ ހަގަ ކުރުމަށްފަހު އ މައްސަލައިގައި ނިންމަވާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރ 1085/Cv-C/2018 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން ބާޠިލުކުރަން ޖެހޭކަމަށެވެ.
9ޕްރިސިޑެންސް 2މުޙައްމަދު އަސްލަމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި މި މައްސަލައިގެ އަސާސް ބިނާވަނީ، މުޙައްމަދު އަސްލަމަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަނބުރާ ލިބެންޖެހޭ ފައިސާ ދައްކާފައިނުވާކަމަށް ބުނެ ޖޫރިމަނާ ފައިސާ ހޯދުމާއި ގުޅޭ ގޮތުން ކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާ ގައި މުޙައްމަދު އަސްލަމްގެ ފަރާތުން ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ އެ ފައިސާއަކީ، މުޙައްމަދު އަސްލަމަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން އަނބުރާ ދީފައިވާ ފައިސާއެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/249 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތުމުން، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު އަސްލަމަށް އަނބުރާ ފައިސާ ލިބިފައިނުވާކަމަށް ބުނެ ޖޫރިމަނާގެ ފައިސާއެއް ލިބެންޖެހޭނެ ޙާލަތެއް އޮތްކަމުގައި ބެލެވެންނެތަތީ، މުޙައްމަދު އަސްލަމްގެ ފަރާތުން މި ޤަޟިއްޔާގެ ތެރޭގައި ހުށަހަޅާފައިވާ ނުކުތާތަކާއި މެދު މި ޤަޟިއްޔާގެ ތެރެއިން އިތުރު ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.
- 2019/HC-A/249 (ހަމަ އެ ޙުކުމަށް ކުރި އިސްތިއުނާފު)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް