ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/17
ގްރީންޕާތް ޕްރައިވެޓް ލިމިޓެޑް ވ. އިސްމާއީލް ރަޝީދު، 2022/HC-A/17
Greenpaath Private Limited v. Ismail Rasheed 2022/HC-A/17 (2022/HC-A/17, High Court of the Maldives, 26 May 2025)
ގްރީންޕާތް ޕްރައިވެޓް ލިމިޓެޑް ވ. އިސްމާއީލް ރަޝީދު
މައިގަނޑު ސުވާލު
ގުދަނެއްގައި ރޯވި އަލިފާނުގެ ހާދިސާއެއްގައި ކައިރި ގެތަކަށް ލިބުނު ގެއްލުމަށް ގުދަން ހިންގި ކުންފުނީގެ އިހުމާލު ސާބިތުވޭތޯއާއި، ސާބިތުކުރުމުގެ ބުރަ ދަށުކޯޓުން ބެހީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ އެއްގޮތަށްތޯ؛ އަދި ފުލުހުންގެ ތަޙުޤީޤު ނިމުމުގެ ކުރިން މައްސަލަ ނިންމުމަކީ ޢަދާލަތުގެ ހަމަތަކާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41–42، 43.5) ދިވެހިރާއްޖޭގައި އިހުމާލު/ތަޤްޞީރީ މަސްއޫލިއްޔަތުގެ ޤާނޫނީ އުޞޫލުގެ ފެށުމަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ އެއްގޮތަށް "لا ضرر ولا ضرار" ގެ ޝަރުޢީ އުޞޫލެވެ؛ ސަބަބުވެރި މިންގަނޑަކުން ތަޞައްވުރުކުރެވޭ ގެއްލުމަކުން އަވަށްޓެރިޔާ ރައްކާތެރިކުރުމުގެ ޤާނޫނީ ޒިއްމާ ދިވެހިރާއްޖޭގައިވެސް ބަލައިގެންފައިވާ އުޞޫލެކެވެ؛ ފަރުވާތެރިވުމުގެ ޒިއްމާ އޮތްތޯ ބެލުމުގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ އެއްގޮތަށް މަތީ މަރުޙަލާގެ ނިންމުންތައް "އެޕްރޯޗް ބޭސްޑް" އުޞޫލުން ތަޠުބީޤުކުރެވެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43.1–43.6، 48، 50.1) މީހެއްގެ އިހުމާލުން ގެއްލުން ލިބުނުކަމަށް ބުނާނަމަ ސާބިތުކުރަންޖެހޭ 4 ރުކުނަކީ: ގެއްލުން ލިބުނު ފަރާތާމެދު ފަރުވާތެރިވުމުގެ ޤާނޫނީ ޒިއްމާއެއް އޮތުމާއި، އެ ޒިއްމާއާ ޚިލާފުވުމާއި، އޭގެ ސަބަބުން ގެއްލުން ލިބުމާއި، އެ ގެއްލުމަކީ ޚިލާފުވި ޢަމަލާ ގުޅިފައިވާ ގެއްލުމަކަށް ވުމެވެ؛ އިހުމާލުގެ ޢަމަލު ކުޅުނީ ގެއްލުން ދިނުމުގެ މަޤްޞަދުގައިކަން ސާބިތުކުރަން ނުޖެހޭނެއެވެ، ބަލަނީ މައުޤޫލު ނުވަތަ ސަބަބުވެރި މީހެއްގެ ބެލުންތެރިކަމާއި ފަރުވާތެރިކަމުގެ މިންވަރަށެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 46–47، 50.8–50.9، 53) މަދަނީ މައްސަލަތަކުގައި ވާޤިޢާއެއް ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާކުރާ ފަރާތުގެ މައްޗަށެވެ، މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑެވެ؛ ނަމަވެސް އިހުމާލުގެ މައްސަލަތަކުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކީގެ މައްޗަށް ބިނާކޮށް ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީވާންޖެހޭ ޙާލަތެއް ވުޖޫދުކުރުވައިފިނަމަ، ދަޢުވާކުރާ ފަރާތުގެ ބުރަ އަދާކުރިކަމަށް ބަލައި، އިހުމާލު ނެތްކަން ދެއްކުމުގެ ޒިންމާ ދަޢުވާލިބޭ ފަރާތަށް ބަދަލުވެއެވެ؛ މިގޮތަށް ބުރަ ބެހުމަކީ އަޙްމަދު ނާޝިދު ޤަޟިއްޔާގެ އުޞޫލާ ޚިލާފު ކަމެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50.5–50.6، 52.1) ފަސޭހައިން އަލިފާން ރޯވާ ނުވަތަ ނުރައްކާތެރި ތަކެތި (ކެމިކަލް ފަދަ) ގެންގުޅޭ ނުވަތަ ގުދަންކުރާ ފަރާތުގެ މައްޗަށް އަވަށްޓެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮންނަ ފަރުވާތެރިވުމުގެ ޒިއްމާއަކީ އާދައިގެ މިންވަރަށްވުރެ މަތީ ދަރަޖައެއްގެ ޒިއްމާއެކެވެ؛ މި ޒިއްމާ އެހެން މީހެއްގެ މައްޗަށް ނަގުލުކުރެވޭނެ ޒިއްމާއެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50.10–50.12، 52.2–52.3) ސަރުކާރުން ދޫކުރި ހުއްދައެއް (ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ) ލިބިފައިވުމަކުން، ހުއްދަ ދިން ތާރީޚާއި ހާދިސާ ހިނގި ތާރީޚާ ދެމެދު ރައްކާތެރިކަމުގެ ޒިއްމާ އަދާކޮށްފައިވާކަން ސާބިތު ނުވެއެވެ؛ މަތީ ދަރަޖައެއްގެ ޒިއްމާ އޮތް ޙާލަތެއްގައި ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމަކީވެސް އިހުމާލު ސާބިތުކުރުމުގެ ބޭނުމަށް "ޚަޠައު ޢަމަލެއް" ކަމުގައި ބެލެވޭނެއެވެ؛ ސަބަބީ ގުޅުން މުގުރާލާނެ ވާޤިޢީ ނުވަތަ ޤާނޫނީ ސަބަބެއް ދެއްކުމަކާނުލައި ހަމައެކަނި އެހެން ސަބަބެއް އޮވެދާނެކަމަށް ބުނުމުން ނުފުދެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 50.3، 55–56) އަލިފާނުގެ ހާދިސާތަކުގައި ފުލުހުންނާއި ދައުލަތުގެ ރަސްމީ އިދާރާތަކުން ދޫކުރާ ތަޙުލީލީ ލިޔުންތަކަކީ ގޮތްނިންމުމުގައި އެކަށީގެންވާ ހެއްކެވެ؛ ފުލުހުންގެ ތަޙުޤީޤު ކުރިއަށް ދިއުމަކީ މަދަނީ މައްސަލަ ފައިސަލާކުރުން ލަސްކުރަންޖެހޭ ސަބަބެއް ނޫނެވެ، ޚާއްޞަކޮށް ފަހުން ނިމުނު ތަޙުޤީޤުގެ ހޯދުންތަކާއި ކޯޓަށް ހުށަހެޅުނު މަޢުލޫމާތާ ތަފާތެއް ނެތްނަމަ.
ސަލީމް ތާއީދު ކުރައްވައެވެ.) ތަޢާރފަ
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/1931 އާއި، C/2020-Cv/1932 އަދި C/2020-Cv/2100 ޤަޟިއްޔާއިން ބެލިމައްސަލަތައް އިސްތިއުނާފު ކުރުމަށްއެދި، ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ގްރީން ޕާތް" ކަމަށްބުނެފައިވާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާތަކެކެވެ. މިގޮތުން، ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/1931 ޤަޟިއްޔާގެ އިސްތިއުނާފު ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/16-HC/2022 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/1932 ޤަޟިއްޔާގެ އިސްތިއުނާފު ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/18-HC/2022 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/2100 ޤަޟިއްޔާގެ އިސްތިއުނާފު ބލާފައިވަނަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/17-HC/2022 ޤަޟިއްޔާއިންނެވެ.
2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/16-HC/2022 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ […] ޢާއިޝަތު ރަޝީދާ އަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2022 A/17 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ […] އިސްމާޢީލް ރަޝީދު އަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/18-HC/2022 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ […] މުޙައްމަދު ރަޝީދު އަށެވެ. މީގެފަހުން ބުނެވިދިޔަ މީހުންނަށް ޙަވާލާ ދީފައިވާނީ ރަޖިސްޓްރޭޝަން ނަންބަރު 0430/2012-C. ދިވެހި ރައްޔިތެއްކަން އަންގައިދޭ. ދިވެހި ރައްޔިތެއް ކަން އަންގައިދޭ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކޑާ ނަންބަރު . "އިސްތިއުނާފު ރައްދުވާ ފަރާތް " ނުވަތަ "ޢާއިޝަތު ރަޝީދާ" އާއި "އިސްމާޢީލް ރަޝީދު" އާއި "މުޙައްމަދު ރަޝީދު"ގެ ގޮތުގައެވެ.
3މަތީގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާތަކުގެ ނިންމުންތަކަކީ މައުޟޫޢު އެއްގޮތޫ ނިންމުން ތަކަކަށވުމާއި، އަދި އެ ނިންމުންތައް އިސްތިއުނާފު ކށޮފައިވަނ ޤާނޫނީ އެއްނުކުތާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (A/31-SC/2018) ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރންގު މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް، މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއްބެންޗަކުން، މި 3 (ތިނެއް) ޤަޟިއްޔާ އެކުއެކީގައި ކަމަށްވުމާއެކު، "ޝަރީޢަތް ނިމުނުގޮތް" އެއނިންމުމެއްގް ގޮތުގައެ ލިޔުން ބޭނުންތެރކަމަށި ފެންނާތީ އެގޮތުގެމަތިން މި ނިންމނު ލިޔެފައިވަނީއެވެ.
4ސިވިލް ކޯޓުގެ ޤަޟިއްޔާތަކާ އެކު ހުށަހަޅާފައިވާ ލިޔުންތަކާއި ނިންމުމުގެ މައްޗަށް ބިނާކޮށް، މައްސަލައިގައި ކަންހިނގާފައިވާގޮތް ކަމަށްބެލެވޭ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
5އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ، ގްރީން ޕާތްގެ ފަރާތުން، […] ހިނގަމުންދިޔަ ގުދަނުގައި 20 ސެޕްޓެމްބަރ 2019 ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި، ޢާއިޝަތު ރަޝީދާގެ […] އެވެކިޔާ ގެއާއި، އިސްމާޢީލް ރަޝީދުގެ […] ދިވެހިރާ އްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/31-SC/2018 ޤަޟިއްޔާގެ 13 ވަނަ ނުކުތާ . ފަނޑިޔާރު ންގެ ޢާންމުމަޖިލިހުގެ ނަންބަރު 02/FAM/2021 (27 ޖަނަވަރީ 2021) އުޞޫލު . އެވެކިޔާ ގެއާއި، މުޙައްމަދު ރަޝީދުގެ […] އެވެކިޔާގެ، ދިރިނޫޅެވޭވަރަށް ހަލކާ ވެ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢާއިލާތައް މަގުމަތިވެ ނިކަމެތިވެފައިވާތީ، މިކަމުގައި އިހުމާލުވާ ފަރާތެއް ކަނޑައަޅައި ދިނުމށްއެދޭ މައްސަލައެވެ. އަދި އެ ދަޢުވާ ހުށަހަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދޫކޮށްފައިވާ ލިޔުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތަކުގައި އަލިފާން ރޯވެފައިވަނީ […] ގޭގައިހުރ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާތަކުގެ އަޑުއެހުންތައް އެކުގައިކުރިއަށް ގެންދިޔުމަށްފަހު، އެ މައްސަލަތައް ވަކިވަކިން ނިންމވަ ފައިވަނާ އެއްނުކުތާތަކެއްގެ މައްޗަށެވެ.
6އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެ ޅ ދަޢުވި ފޯމާއެކު، ދަޢުވާ ސާބތި ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލިޔުމެއް ހުށަހަޅާފައިވެއެވެ. އެ ލިޔުންތަކުގައި "ކަމާބެހޭ ފަރާތަށެ " އެޑްރެސް ކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެއްލުނު ލިބުން ވަކިވަކި ގެތަކުގެ މަޢުލޫމާތެ ހިމަނައި، ވަކނިލިޔުން ދީފައިވެއެވެ. އެގޮތުން، އެ ސަރވިސްގެ ނަންބަރު -171 E3/CR/2019/126 (25 ނޮވެމްބަރ 2019) ލިޔުމަކީ […] އެވެކިޔާ ގެއާގުޅިގެން ދީފައިވާ ލިޔުމެކެވެ. އެ ސަރވިސްގެ ނަންބަރު CR/2019/106/E3-171 (16 އޮކްޓބަރޯ 2019) ލިޔުމަކީ […] އެވެކިޔާ ގެއާގުޅިގެން ދީފައިވާ ލިޔުމެކެވެ. އެ ސަރވިސްގެ ނަންބަރ -171 E3/CR/2019/97 (16 އޮކްޓބަރޯ 2019) ލިޔުމަކީ […] އެވެކިޔާ ގެއާގުޅިގެން ދީފައިވަ ލިޔުމެކެވެ.
7"ކަމާބެހޭ ފަރާތްތަކަށް" ފޮނުވާފައިވާ އިނގިރޭސި ބަހުންއޮތް ބުނެވިދިޔަ ލިޔުމުގައި، 20 ސެޕްޓެމްބަރ 2019 ދުވަހުގެ 19:21 އެހައިކަށްހާއިރު، އަބަދަށްފެހި މަގުގައިހުރ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިންގިކަމުގެ މަޢުލޫމާތު ލިބުނުކަމަށާއި، ގުދަނުގެ ކައިރީގައިވާ ޢިމާރާތްތަކާއި އެތަންތަނުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މޯލްޑިވްސް ޑިފެންސް ފޯސްއާއެކު ފުލުހުން މަސައްކަތް ކުރިކަމަށާއި، އަލިފާނގަނޑް އެކަށްނިވާލެވުނީ 21 ސެޕްޓެމްބަރ 2019 ދުވަހު މެންދަމެއްހައިއިރު ކަމަށެވެ. އަދި 21 ސެޕްޓެމްބަރ 2021 ދުވަހު، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑ ކްރައިމް ޑިޕާޓްމަންޓުގެ އިންވެސްޓިގޭޝަން އޮފިސަރުން ހާދިސާ ތަޙުޤީޤު ކުރަންފެށިކަމށައި، އަލިފާނުގެ ހާދިސާގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތައްއަނދައި، ގެއްލުންވެފައިވާކަމަށް ބުނެފައިވެއެވެ. ބުނެވިދިޔަ ހުރިހާ ލިޔުންތަކުގައި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ބުނެފައިވާއިރު، އެ މައްސަލައަށް ދީފައިވާ ނަންބަރަކީ LC2019/11859 ކަން، އެ ލިޔުމަށް ބެލުމުން އެނގެއެވެ.
8ބުނެވިދިޔަ ފުލުހުންގެ ލިޔުމުގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑަ ރެސްކިޔު ސާރވިސގް ނަންބަރު 67MFS/2019/2-08-MNDF (27 އޮކްޓބަރޯ 2019) "އަލިފާނުގެ ހާދިސާ ރިޕޯރޓް"އާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަކިވަކި ގެތަކަށް ލިބިފައިވާ ގެއްލުން ފެނިއެނގޭނެފަދަ ފޮޓޯހުރި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މިލިޓަރީ އެންޖިނީރުންގެ ލިޔުމެއް، އިސްތިއުނާ ފ ރައްދުވު ފަރާތުގާ ދަޢުވާތަކާއެކު ސިވިލް ކޯޓަށް ހުށަހަޅާފއިވެއެވެ. ދަޢުވާއާއެކަ ހުށަހެޅި "އަލިފާނުގެ ހާދިސާ ރިޕޯރޓް"ގައި، މި މައްސަލައާގުޅޭ މައިގަނޑު ހޯދުންތައް ތިރީގައި ބަޔާންކުރަމެވެ.
1.8. […] ގްރީން ޕާތްގެ ގުދަނުގައި އަލިފާންރޯވީ 20 ސެޕްޓެމްބަރ 2019 ދުވަހުގެ 19:26 އެހައިކަށްހައިއިރު ކަމަށާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފސްގޯ ފަޔަރ ފައިޓިންގ އެންޑް ރެސްކިއުޓީމުނ އަލިފާން ނިއްވުމަށ މަސައްކަތް ކުރިކމަށެވެ.
2.8. ފުރަތަމަ އަލިފާން ރޯވެފައިވަނީ […] ގުދަނުގައިކަމަށް، ހާދިސާ ހިނގިގޮތާ ގުޅިގެން ސުވާލުކުރި މަންޒަރުދުށް ހުރިހާ ފަރާތަކުންވެސް މަޢުލޫމާތު ދީފައިވާކަމަށެވެ. ގުދަނުގައި އަލިފާންރޯވެ ބާރުގޮވުންތަކަކާއެކު ހުޅުގަނޑު ފަޅައިގެންގޮސް، ޖެހިގެންހުރި ގުދަނާއި މަގުމަތީގައިހުރި ސައިކަލުތަކާއި، ކުރިމަތީހުރި […] ގެއާއި، […] ފެތުރިގެން ދިޔަކަމަށާއި، އެގުދަނުން ބޭރުވެގެންދިޔަ އަލިފާނުގެ ހޫނުން […] ގޭގެބައެއްގައި ރޯވެފައިވާކމަށަ ބުނެފައިވެއެވެ.
3.8. […] ޓިނުން ހަދާފައިހުރި ގުދަނަކީ، އެކިފާ ޑުގެ ކެމިކަލް ގިނަޢދަދަކަށްހުރަ ގުދަނެއްކަމުން، ގުދަނުގައި ވަރަށްބޮޑަށް އަލިފާންރޯވެ، އެތަނުގައިވާ ކެމިކަލް ހަންތައްވިރި، މުޅިތަނަށ ކެމިކަލް ފެތުރިގެން ގޮސްފައިވާކަމަށެވެ.
4.8. އަލިފާނުގެ ހާދިސާގެ ސަބަބުން، […] ގްރީން ޕާތްގެ ގުދަނުގއިހުރަ ހުރިހާމުދައު އަނދައިގޮސްފައި ވާކަމަށެވެ. އަދި ގެއްލުމުގެ ތަފުޞީލު ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަކިން ޑޮކިއުމަންޓު ކޮށްފައިވާކަމަށެވެ.
5.8. އަލިފާނުގެ ހާދިސާ ފުރަތަމަ ފެށިފައިވަނީ […] ކެމިކަލް ގުދނުންކަމަށަ ބެލެވޭކަމަށާއި، އެތަނުގެ އުތުރު ފާރުކައިރީގައިހުރި ދަގަނޑު ރެކާއި، ރެކުހިމނެ ސަރަހައްދުން އަލިފާން ފުރަތަމަ ރޯވިތަން އަންގައިދޭ ނުވަތަ ޕޮއިންޓް އޮފް އޮރިޖިން ކަމަށްބެލެވޭ ނިޝާން ފެންނަން ހުރިކަމަށެވެ.
6.8. ހާދިސާގައި ރޯވިއަލިފާނުނ އިމާރާތަށް ލިބިފައިވާ ގެއްލުން ބޮޑުކަމުންނާއި، އިންވެސްޓިގޭޝަން ފެށިއިރު އެތަން ސާފުކޮށްފައިވާތީ، ޕޮއިންޓް އޮފް އޮރިޖިންގއި އަލިފާނަ ރޯވުމަށް މެދުވެރިވި ހީޓް ސޯސްއަކީ ކޮބައިކަން ކަށަވަރުކުރެވޭނެ އެކަށީގެންވހެކާ ލިބިފައިނުވާކަމަށެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓކައި ގުދަނުގައަ މަސައްކަތްކުރާ މީހުންނާއި، ހާދިސާ ފެށިގެން އައިއިރު މަންޒަރުދުށް މީހުންނާއި އިންޓަރވިއުކޮށްގެން އިތުރު މަޢުލޫމާތު ބޭނުންވާނެކަމަށެވެ. މި ލިޔުމުގައި ސއިކޮށްފައިވަނޮ ކޮމަޑާންޓް، ކާނަލް ޢަބްދުﷲ އިބްރާހީމްއާއި ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓނަންޓް ކާނަލި މުޙައްމަދު ނަދީމް އިބްރާހީމްއެވެ.
9ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާތަކަށް ގްރީން ޕާތްގެ ފަރާތުން އިންކާރު ކޮށްފައިވެއެވެ. އެގޮތުން ދަޢުވާއަށް އިންކާރުކޮ ށ، ދަޢުވާއިން ދިފާޢުވުމަށް ހުށަހެޅި މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.9. ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖއަށެ ގެނައުން މަން ތަކެތީގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން، ގޮވާއެއްޗެހިކަމުގައި ނުހިމެނޭ ނުރއްކާތެރަ ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، އެބާވަތްތަކުގެ ވިހަ، ދިވެހިރާއްޖއަށެ ގެނައުމާއި، އެތަކެތި ގުދަންކުރުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު ބަޔާންކޮށްފައިވަނީ، ގަވާއިދު ނަންބަރު 1057-R/2019 "ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު"ގ 11 ވަނަ މާއްދާގައި، ގުދަން ރަޖިސްޓަރީކުރުމާއި ކެމިކަލް ގުދަން ކުރަންވާގޮތް، ބަޔާންކޮށްފައި ވާކަމަށެވެ. ބުނެވިދިޔަ ގޮތުގެމަތިން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް "ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ" ކަމާބެހޭ މިނިސްޓްރީން ދޫކުރާކަމަށެވެ.
2.9. ގަވާއިދު ނަންބަރު 1057-R/2019 "ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދު" ވުޖޫދުވެފައިވަނީ ހާދިސާ ހިނގުމުގެ ފަހުގެ ތާރީޚެއްގައި ކަމަށެވެ.
3.9. ހާދިސާ ހިނގިއިރު، މިނިސްޓްރީ އޮފް ޑިފެންސނު ކެމިކަލް ރައްކާކުރާ ގުދަންތަކށަ ހުއްދަދެމުން ގޮސްފައިވަނީ، އެ މިނިސްޓްރީގެ ނަންބަރު 1/144/2021/2-DA-28 (20 ސެޕްޓެމްބަރ 2021) ސިޓީއާއެކު، ސިވިލް ކޯޓަށް ފޮނުވާފައިވާ "ކެމިކަލް ސްޓޯކުރާ ގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"ގެ ދަށުން ކަމަށެވެ. މިކަން އިސް ތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށެހެޅި، މިނިސްޓްރީ އޮފް ޑިފެންސްގެ ނަންބަރު -AD-28 PRIV/2020/895/1 (15 ޑިސެމްބަރު 2020) ސިޓީއިންވެސް އެނގޭކަމަށެވެ.
4.9. މިނިސްޓްރީ އޮފް ޑިފެންސުން 21 މެއި 2019 ދުވަހު "ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ" (މީގެފަހުން "ގުދަން ކުރުމުގެ ހުއްދަ"ކަމަށް ބުނެފައިވާ) ގްރީން ޕާތްއަށް އައކޮށްދީފައު ވާކަމަށެވެ. ބުނެވިދިޔަ ހުއްދަ 1 (އެކެއް) އަހަރު ދުވަހަށް އައުކޮށްދީފައިވުމގެ މާނައަކީ، ގްރީން ޕާތްގެ ފަރާތުން ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތކަ އެއްގޮތްވާ ގޮތުގެމަތިން ފރިހަމައަށު ޢަމަލުކޮށްފައި ވާކަމަށެވެ. އެހެނީ، ކެމިކަލް ގުދަނެއްގައި ހުންނަންޖެހޭ ރައްކާތެރިކަމާއި، ބަލަހައްޓަންޖެހޭ ސަލާމަތީ ކަންކަން އެކަށީގންވެ ގޮތުގެމަތިން ފުރިހަމަކޮށްފައި ނުވާނަމަ، މިނިސްޓްރީ އޮފް ޑިފެންސުން ބުނެވިދޔި ގުދަންކުރުމުގެ ހުއްދަ އައުކޮށް ނުދޭނެކަމަށެވެ.
5.9. ގުދަނުގައި އަލިފާންރޯވި ހާދިސާއަކީ ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައެއްކަމަށާއި، ފުލުހުންގެ ތަޙުޤީޤު ނިމުމުގެކުރިން، ވަކިފަރާތެއްގެ އިހުމާލުއޮތްކަމަށ ސިވިލް ކޯޓުން ނިންމަވައިފިނަމަ، ތަޙުޤީޤަށް ހުރަސްއެޅޭނެކަމަށް ގްރީން ޕާތްއިން ދެކކަމަށޭ ބުނެފައިވެއެވެ.
10މި މައްސަލަތައް ސިވިލް ކޯޓުގައި ކުރިއަށްދިޔައިރު، ސިވިލް ކޯޓުގެ ނަންބަރު C/2020-Cv/1931 އާއި، C/2020-Cv/1932 އަދި 2020/C-Cv/2100 ޤަޟިއްޔާ އާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރާ ނަންބަރު LC2019/11859 މައްސަލަ ނިންމިގޮތް ޝަރީޢަތުން ސާފުކުރުމަށް ބޭނުންވާކަމަށްބުނެ، ސިވިލް ކޯޓުން ފޮނުއްވި ނަންބަރު -CR-B3-144 2/171/2021/24 (01 ސެޕްޓެމް ބަރް 2021) ސިޓއަށީ ޖަވާބު ދީފައިވަނީ، އެ ސަރވިސްގެ ނަންބަރު G(S2)/144/2021/255-171 (06 ސެޕްޓެމްބަރ 2021) ސިޓއިންނެވެ. ފުލހުނު ފޮނުވި ޖަވާބު ސިޓީ ޚަޞްމނު ން ޙިއްޞާކޮށް، ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދެއްކުމަށް ފުރުޞަތު ދީފައިވާކަމަށް ބެލެވެއެވެ.
11މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު (S2)/144/2021/255G-171 (06 ސެޕްޓެމްބަރ 2021) ސިޓީގައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.11. އަލިފާން ފުރަތަމަ ރޯވެފައިވަނީ […] ގޭގައިހުރި ގްރީން ޕާތްގެ ގުދަނގައިކަނު ކަށަވަރު ކުރެވިފައިވާކަމަށާއި، އަލިފާންގަނޑު ފެށިފައިވަނީ ގުދަނުގެ އުތުރު ފރާތުގަ ފާރުކައިރިން މެދަކާ ހިސާބުންކަމަށް އެނގިފައިވާކަމަށެވެ.
2.11. އަލިފާނުގެ ހާދިސާއެއް ހިންގުމަށް ބޭނުންވާ 3 (ތިނެއް) އަސާސްއަކީ ފިއުލް، އޮކްސިޖަން އަދި ހީޓް އެނަރޖީ ކަމަށާއި، ގުދަނުގައިހުރި ކެމިކަލްތަކަކީ ފިއުލްގެ ގޮތުގައި ބޭނުންކުރެވިދާނެ ކެމިކަލް ކަމަށެވެ. ވައިގައި %21 އޮކްސިޖަން ހުންނާނެކަމަށއި، ގުދަނުގައިހުރި ގިނަކެމިކަލްތަކަކީ އެކަތި އަނެކައްޗާ އެކވުމުންނާއި ފެނާއި އކުވުމުންވެސެ އޮކްސިޖަން އުފެއްދޭ ބާރުހުރި ކެމިކަލްކަމަށެވެ. ދެ ކެމިކަލް ނުވަތަ ކެމިކަލއާ ފެނި އެކުވުމުން އުފެދޭ ރިއެކްޝަންތަކުން ގިނަފަހަރު ހީޓް އެނަރޖީ އުފައްދާކަމަށެވެ. ގުދަނުގއިހުރި ފިއުލްގަ ގޮތުގައި ފާހަގަކުރެވޭ ކެމިކަލްތަކަކީ، ވަރަށް އާދައިގެ މިންވަރަކަށް، އެތަކެތި ބަހައްޓާފައިވާ ތަނުގެ ޓެމްޕްރޭޗަރ މައްޗަށް ޖެހިއްޖެނަމަ، އެތަކެތީގައި އަލިފާން ހިފުމަށް ބޭނުންވާ ހީޓޭ އެނަރޖީލިބި، އަލިފާން ރޯވުމުގެ ބާރހުރި ކެމިކަލް ތަކެއްކަމަށެވެ.
3.11. ގުދަނުގައިހުރި ކެމިކަލްތަކަށް ބަލާއިރު، އޭގެތެރެއިން ބައެއް ކެމިކަލްތަކަކީ "ފްލޭމަބަލް" ކެމިކަލް ނުވަތަ ފަސޭހައިން އަލިފާން ރޯވެދާނެފަދަ ކެމިކަލްކަމަށެވެ. ގުދަނަކީ ކަރަންޓުނެތް ގުދަނަކަށްވުމާއެކު، ގުދަނުގައި ހަރުކޮށްފައިވާ އެ ގްޒޯސްޓު މަސައްކަތް ނުކުރާކަމަށާއި، ގުދަނުގައި ހިފަހައްޓަންޖެހޭ މިންވަރަށް ފިނިހޫނުމިން ހިފެހެއްޓުމަކީ ދަތިކަމކަށް ވާނެތީވެ، އޭގެސަބަބުނ އަލިފާން ރޯވުމަށް ބޭނުންވާ ހީޓް އެނަރޖީ ލިބުމުގެފުރުޞަތު ބޮޑު ކަމަށެވެ.
4.11. ގުދަނުގައި އަލިފާން ރޯވާން ފެށިކަމަށްބެލެވޭ ދމާލުގައި ފާޚާނާ ހޮޅިއެއް ބައްދާފައި ހުރިކަމަށެވެ. އެ ދިމާލުން ގުދަނުގެ މެދުގައި ހަތަރު ފޫޓުގެވަޅެއް، ރަނގަޅަށް ބަންދުނުކޮށް ހުރިކަމަށެވެ. ފެންވައިރުކޮށްފައިވާ ހޮޅިތައ ފެންނަން ހުރިކަމަށެވެ. ވީމާ، ގުދަނުގެ ތަޅުންގަނޑ ތައްޔާރު ކޮށްފައިވަނީ ކެމިކަލްތަކެއް ރައްކާކުރުމަށް އެންމެ އެކަށީގެންވާ ގޮތަށްކަމަށް ނުބެލެވޭކަމަށެވެ.
5.11. މައްސަލައަކީ ތަޙުޤީޤު ކުރިއަށްދާ މައްސަލައެއްކަމަށެވެ.
12ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި ޙަވާލާ ދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމޕެން ލިމިޓެޑް (2020/SC-A/71) ޤަޟިއްޔާ (މީގެފަހުން "ޙުސައިން ރަޝީދު ޤަޟިއްޔާ"ކަމަށް ބުނެފައިވާ)ގައި، އިހުމާލު ސާބިތުކުރުމާ ގުޅުންހުރި އުޞޫލުތަކަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތކުގައަ ދިރިނޫޅެވޭވަރަށް، ހަ ލާކުވެފައިވަނީ ގްރީން ޕާތްގެ އިހުމާލންކު ނ މަދަން މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅުއްވައި، ސިވިލް ކޯޓުން ބެއްލެވި މައްސަލަތައް ނިންމަވާފައިވެއެވެ.
13މި މައްސަލައިގެ އަޑުއެހުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްދަނިކޮށް، އިސްތިއުނާފު ރައްދުވް ފަރާތުގެ ވަކީލުންގެ ސިޓީއަކާއެކު، ކޭސް ނަންބަރު LC2019/11859 އާގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު 2024/03/G(M1)/PRE-171 "ޕޮލިސް ރިޕޯޓު( " 24 އޭޕްރީލް 2024) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. މި "ޕޮލިސް ރިޕޯޓް " ދެފަރާތާ ޙިއްޞާކޮށް، 30 ޖުލައި 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި، އެ ރިޕޯޓާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވެއެވެ.
14ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު (M1)/PRE/2024/03G-171 "ޕޮލިސް ރިޕޯޓް ( "24 އޭޕްރީލް 2024)ގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު (S2)/144/2021/255G-171 (06 ސެޕްޓެމްބަރ 2021) ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން ހަމައެޢިބާރާތުން ތަކުރާރުކޮށްފައިވެއެވެ. އެ ރިޕޯޓުގައިއޮތް ހަމައެކަނި ތަފާތަކީ، މައްސަލަ ތަޙުޤީޤެ ކުރާކަމަށް ކުރިންއޮތް ޖުމްލައިގެ ބަދަލުގައި، އަލިފާނުގެ ހާދިސާއަކީ މީހަކު ނުވަތަ ބަޔަކު ގަސްދުގައި ކޮށފައިވް ޢަމަލެއްކަމަށް ތަޙުޤީޤުކުރި ފަރާތަށް ނުފެންނަކަމަށް ބަޔާންކޮށްފައިވާ ވާހަކއެކަނަ ޏެވެ.
15އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ސވިލި ކޯޓުން ނންމާފައިވާގޮތި ތިރީގައި އެވަނީއެވެ. "ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގއަ ހުރުމާއެކު، […] / މާލެ، ޢާއިޝަތު ރަޝީދާއއާ، […] / މާލެ، މުޙައްމަދު ރަޝީދުއާއި، […] / މާލެ، އިސްމާޢީލް ރަޝީދުގެ ފަރާތުން ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި ކޯޓުގެ ނަންބަރު C/2020-Cv/1931 ގޟިއްޔާއާއަ، ނަންބަރު -Cv/1932 C/2020 ގަޟިއްޔާއާއި، ނަންބަރު C/2020-Cv/2100 ގަޟިއްޔާގެ ދަޢުވާގައިވާ ފަދައިން، ދަޢުވާލިބޭ ފަރާތުން […] ހިނގަމުންދިޔަ ގުދަނުގައި 20 ސެޕްޓެމްބަރު 2019 ގައި ހިނގި އަލިފާނުގެ ޙދިސާގައި، ޢއިޝަތާ ރަޝީދާގެ […] އެވެކިޔާ ގެޔާއި، މުޙައްމަދު ރަޝީދުގެ […] އެވެކިޔާ ގެޔާއި، އިސމް ޢާ ލ ރަޝީދުގީ […] އެވެކިޔާ ގެ ދިރިނޫޅެވޭ ވަރަށް ހަލާކުވެ ފައިވަނީ ދަޢުވާލިބޭ ގްރީން ޕާތް ޕްރައިވެޓް ލިމިޓެޑްގެ އިހުމާލުންކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ. " އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
16ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، ގްރީން ޕާތްގެ ފަރާތުން 2 (ދޭއް) އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާތަކުގެ ތަފުޞީލާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައަ ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
17ގްރީން ޕާތްގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ސާބިތުވުމާއި ނުވުން ބިނާވާ ނުކުތާ، ސާބިތުކުރުމުގެ ބުރައޮތީ ގްރީން ޕާތްގެ މައްޗަށްކަމަށް ބަޔާންކޮށް، ގްރީން ޕާތްއށ ދަޢުވް ސާބިތުކޮށްދެވިފައަ ނުވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ސާބިތުކުރުމުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށްކަމަށެވެ.
18އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، 20 ސެޕްޓެމްބަރ 2019 ދުވަހު […] ހިނގާދިޔަ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ގްރީން ޕާތއް ނ އިހުމާލުވުމުގެ ސަބަބުންކަމަށް ކަނޑައަޅައިދިނުމަށއެދް މައްސަލައެއް ކަމަށެވެ. އަދި އިސްތިއުނާފަ ރައްދުވާ ފަރާތުގަ ހުށަހެޅުމަކީ، ގްރީން ޕާތްއިން […] ގުދަން ހިންގުމުގައި ރައްކާތެރިކަމާއި ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާކަމަށެވެ.
19އިސްތިއުނާފު ރައްދު ވާ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކާއި އެހެނިހެންކަންކަމުން އެނގެނީ، އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމާއި، އެ ހާދިސާގެ ސަބަބުން ގެއްލުން ލިބިފައިވާކަން އެކަނިކަމަށެވެ. އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގްރީން ޕާތްގެ އިހުމާލުންކަން ނުވަތަ ގުދަން ހިންގުމުގައި ޤާނޫނަކާ ނުވަތަ ގަވާއިދަކާ ޚިލާފުވުމުގެ ސަބަބުންކަން، އެއްވެސް މިންވަރަކަށް އިސްތިއުނާފު ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާކަމށަ އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާ ސާބިތުކު ރުމު ޙަވާލާދީ ތަފުޞީލުތައް ބަޔާންކޮށްފައިވެއެވެ.
20ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގްރީން ޕާތްގެ އިހުމާލުންކަމަށް ބުނެފައިވާއިރު، ދަޢުވާކުރާ ފަރާތުގެ ހައިސިއްޔަތުން ދަޢުވާ ސާބިތުކޮށްދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށްއޮތް ބުރައއްކަމަށެވެ. ނަމަވެސް، ސިވިލް ކޯޓުގެ ޝަރުޢީ ތ ނިމުނުގޮތުގެ ރިޕޯޓުގެ ނުކުތާ 10.5 ގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތފަ (A/02-SC/2010) ޤަޟިއްޔާ (މީގެފަހުން "އަޙްމަދ ނާޝިދު ޤަޟިއްޔާ"ކަމަށް ބުނެފައިވާ)އަށް ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތުގެ ގުދަންހުރީ މިނިސްޓްރީ އޮފް ޑިފެންސު ނ ކަނޑައަޅާފައިވް "ކެމިކަލް ސްޓޯކުރާގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"އާ އެއްގޮތަށްކަމަށް ބުނަނީ އިސްތިއުނާފުކުރާ ފަރާތުން ކަމަށާއި، އެހެންކަމުން އެކަން ސާބިތު ކުރުމުގެބުރަ އުފުލަންޖެހޭނީ ގްރީން ޕާތްގެ ފަރާތުން ކަމަށް ބަޔާން ކޮށްފައިވާކަމަށެވެ.
21އަޙްމަދު ނާޝިދު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 3 ގައި، ޢާއްމު އުޞޫލެއްގެ ގޮތުގައި މަދަނަ ޚުޞޫމާތްތަކުގައި ސާބިތު ކުރުމުގެބުރަ )probandi onus( އުފުލުމަކީ ދަޢުވާކުރާ ފަރާތގު މަސްއޫލިއްޔަތެއްކަމާއި، އެ މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަ ނ ދަޢުވި ކޯޓގައު އުފުލި ފަރާތް ނޫންކަމާއި، އޭގެއިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައިކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އއެޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" )plea( ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ، އެ 'ދަފްޢެއް'ކުރާ ފަރާތްކަން އެނގެން އޮންނަކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
22ގްރީން ޕާތް ގެ ދަފްޢު ސާބިތުކުރުމަކީ ގްރީން ޕާތްގެ މައްޗަށްއޮތް ކަމެއްކަމަށެވެ. ނަމަވެސް، ފުރަތަމަ ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ދަޢުވާ ކަމުގައިވާ، ގުދަނުގައި ރޯވެފައިވނީ ގްރީން ޕާތްގަ އިހުމާލުނކަމާއް، އަދި ގުދަން ހިންގާފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފށްކަމަށަ ބުނާބުނުން، ސާބިތުކުރުމުގެ މަސްއޫލިއްޔަތާއި ބުރައަދާކުރަންޖެހޭނ އިސްތިއުނާފީ ރައްދުވު ފަރާތާ ންކަމަށް، ގްރީނު ޕާތްގެ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ.
23ގްރީން ޕާތްގެ ފަރާތުން، 21 މެއި 2019 ދުވަހު ގުދަން ހިންގުމުގެ ހުއްދަ އައުކުރިއިރު، މިނިސްޓްރީ އޮފް ޑިފެންސނު އެ ހުއްދަ ދޫކުރުމުގައި ބަލާފައިވާ ޝަރުޠުތަކާއި ގައިޑްލައިނަކީ، 20 ސެޕްޓެމްބަރ 2019 ދުވަހުވެސް ޢަމަލު ކުރަމުންދިޔަ ޝަރުޠު ތަކާއި ގައިޑްލައިނުކަމަށެވެ. ގްރީން ޕާތްއަށް އެ ހުއްދަ ދޫކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް ގުދަން ހުރުމުންކަމަށާއި، ހުއްދަ ދޫކުރުމަށްފަހު ހާދިސާ ހިނގުމާހަމައަށް ހޭދަވި 4 (ހަތަރެއް) މަސްދުވަސް ތެރޭގައިވެސް، އެ ގުދަންހުރީ އެ ޝަރުޠުތަކާއި ގައިޑްލައިންއާ އެއްގޮތަށްކަމަށް ބެލެވޭނެކަމަށެވެ. އެހެނީ، ހުއްދަ އައުކުރުމުގެ ބޭނުމުގައި ގުދަނުގެ ކަންކަން ގަވާއިދާ އެއްގޮތަށް ބަހައްޓައި، ހުއްދަ ލިބުމަށްފަހު ކަންކަން ބަދަލުކުރުމަކީ ސަބަބުވެރި މީހަކު ކަންކުރާނެގޮތް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް ޑިފެންސުން ދޫކުރާ ހުއްދައަކީ 1 (އެކެއް) އަހަރު ދުވަހުގެ ކުރުމުއްދަތަކަށް ދޫކުރާ ހުއްދައަށްވާއިރު، 1 (އެކެއް) އަހަރުފަހުނ އަނެއްކާވެސް ހުއްދް އައުކުރަންޖެހޭއިރު، އެއްމިންގަނޑެއްގައި ތަނުގެ ޙާލަތު ހިފެހެއްޓުމަކީ އިސްތިއުނާފުކުރާ ފަރާތްފަދަ ބޮޑެތި ކުންފުނިތަކުން އިސްކަންދޭނެ ކަމެއްކަމަށް ގަބޫލުކުރކަމަށް ބުނެފައިވެއެވެ.
24މި މައްސަލައިގައި، ގްރީން ޕާތްގެ ފަރާތުން ގުދަން ހިންގާފައިވަނީ މިނިސްޓްރީ އޮފް ޑިފެންސުން ކަނޑައަޅާފައިވާ "ކެމިކަލް ސްޓޯކުރާގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"އާ އެއްގޮތަށްކަން ސާބިތުކުރުމަށް ގްރީން ޕާތްއިން ހެކިހުށަހަޅާފައި ނުވާކަމަށް ނިންމަވައި، ގުދަން ހިންގުމުގައި ގްރީނި ޕާތުން އިހުމާލު ވެފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއނި ފުރިހަމަކޮށްފައިނުވާ ތަޙުޤީޤަކަށ ރިޢާޔަތް ކުރައްވައިކަމަށެވެ. އަދި ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ދަޢުވާ އެކަށީގެންވާ މިންވަރަށް އިސްތިއުނާފް ރައްދުވާ ފަރާތުން ސާބިތު ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ބައްލަވާފައި ނުވާކަމަށް ގްރީން ޕާތްގެ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ. އަދި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ދަޢުވާ ސާބިތުވުމާއި ނުވުން ބިނާވާ ނުކުތާ، ސާބިތުކުރުމުގެ ބުރައޮތީ ގްރީން ޕާތްގެ މައްޗަށްކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ، އަޙްމަދު ނާޝިދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސާބިތުކުރުމުގެ ހަމަތަކާއު އުޞޫލުތަކާ ޚިލާފަށްކަމަށް ގްރީން ޕާތްގެ ފަރާތުން ދެކޭކަމަށެވެ.
25ގްރީން ޕާތްގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރިޔަށް ގެންދިޔުމަކީ މި މައްސަލައިގައި ފައިސަލާކުރުން ލަސްކުރަންޖެހޭ ސބަބެއަ ނޫންކަމުގައި ސިވިލް ކޯޓުން ނިންމާފައިވަނީ ޢަދުލު އިނަ ޞްފުގެ ހަމަތަކާ ޚިލާފަށްކަމަށެވެ.
26[…] ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލެ ކޯޓުގައި އުފުލި ދަޢުވާތަކުގެ މައްސަލަތައް އެ ކޯޓުން ނިންމެވިއިރުވެސް، ފުލުހުން އެ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދާކަމަށާއި، ހާދިސާ ހިނގަން މެދުވެރިވި ޙަޤީޤީ ސަބަބު ދެނެގަނެވިފައި ނުވާކަމަށެވެ.
27މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤު ނިމުމުގެ ކުރިން، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގްރީނި ޕާތްގެ އިހުމާލުންކަމަށް ކަނޑައަޅުއްވާ ޙާލަތުގައި ފުލުހުންގެ ތަޙުޤީޤަށް ހުރަސްއެޅޭނެކަމަށް، ގްރީން ޕާތްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައި ވާނެކަމަށެވެ. އެ ހުށަހެޅުމާ ގުޅިގެން، ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތް"ގެ 14 ވަނަ ނުކުތާގައި، ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއާ ގުޅިގެން ގްރީން ޕާތް ގެ ދިފާޢު ބިނާކުރި މައިގަނޑު ނުކުތާއަކީ، ހާދިސާ ހިނގިއިރު ގްރީން ޕާތްގެ ގުދަންހުރީ މިނިސްޓްރީ އޮފް ޑިފެންސުން ހުއްދަ ދިންއިރު ކަނޑައެޅި ޝަރުޠުތަކާ އެއްގޮތަށްކަމަށް ބުނާބުނުމުގެ މައްޗަށް ކަމަށްވާއިރު، އެކަންއޮތީ ގްރީން ޕާތްގެ ފަރާތުން ބުނާފަދައިންކަން ނުވަތަ ނޫންކަމަށް، އެ މައްސަލައިގެ ތެރއިނެ ކަނޑައަޅަ ގޮތެއްގެ މައްޗަށް، ގްރީން ޕާތގެ އިހުމާލެއް އޮތް ކަން ސާބިތުވުމާއް ނުވުމަކީ، ފުލުހުން ކުރއަށްގެންދި ތޙުޤީޤަ ގުޅުންހުރި ކަމެއްކަމަށް ނުބލެވޭކަމަށެ ބަޔާންކޮށްފައި ވާކަމަށެވެ. އަދި ފުލުހުން ކުރިއަށްގެންދާ ތޙުޤީޤަ ނިމޭއިރު، އަލިފާނުގެ ހާދިސާ ހނގުމުގައި އެހެން ފަރާތެއްގެ ޢަ މަލެއ އޮތްކަން ނުވަތް ނޫންކަން ކަޝްފުވެގެން ދިޔަނަމަވެސް، އެ ގުދަނގައު ގްރީން ޕާތްގެ ފަރާތުން ހިފަހައްޓަން ޖެހޭކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ހުއްދަދިންއިރު ލާޒިމުކުރި ޝަރު ޠުތަކަށ ބަދަލެއް ނާންނާނެކަމަށާއި، ހާދިސާ ހިނގިއިރުވެސް އެ ޝަރުޠު ތައު ގްރީން ޕާތްގެ ފަރާތުން ފުރިހަމައަށް ބަލަހައްޓާފައި ވާކަން ނުވަތަ ނޫންކަ މަށް ބަދަލެއް ނާންނާނެކމަށ ސިވިލް ކޯޓުގަ ނިންމެވުމުގައި ބަޔާންކޮށްފައި ވާކަމަށެވެ.
28ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުސައިން ރަޝީދު ޤަޟިއްޔާގައި، އިހުމާލުގެ ޢންޞުރުތުކުގެ ގޮތުގައި 4 (ހަތަރެއް) ކަމެއް ބަޔާން ކޮށްފައިވާކަމަށެވެ. އެގޮތުން ތިރީގައި ބަޔާންކށްފައިވޮ ކަންކަމަށް ޙަވާލާދީފައިވެއެވެ.
1.28. އިހުމާލުވިކަމަށް ބުނާ ފަރާތުން ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަނޖެހް ޤާނޫނާ ޒިއްމާއެއް އޮތްކަން )Duty of Care(؛
2.28. އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒާ އިމާއާ ޚލާފުވެފައިވާކަނި Breach of Duty of( ؛Care)
3.28. އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒާ އިމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުމެއް ލބިފައިވާކަނި )Damages(؛ އަދި
4.28. އެ ގެއްލުމަކީ އިހުމާލުވި ފަރާތުން ޤާނޫނާ ޒިއްމާއާ ޚލާފަށި ކުރޢި މަލަ ގުޅިފއިވަ ގެއްލުމެއްކަން )Causation( މިއެވެ.
29ދަޢުވާއެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައި ނުވިނަމަވެސް، އިހުމާލު ސާބިތުކރުމުގައު ބުނެވިދިޔަ 4 (ހަތަރެއް) ޢނު ޞުރް ފުރިހަމަ ވާންޖެހޭނެކަމަށް ގްރީން ޕާތްގެ ފަރާތުން ބުނެފައިވެއެވެ. އަދި ކޮންމެ ޢުންޞުރަކަށ ވަކިވަކިން ރިޢާޔަތްކޮށް، ހުށަހަޅާފައިވާ މައްސަލައިގައި އެ ޢުނޞުރް ފުރިހަމވޭތަ ބަލަންޖެހޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
30އެހެންނަމަވެސް، މި މައްސަލަ ސިވިލް ކޯޓުން ނިންމެވުމުގައި، ލިބިފައިވާ ގެއްލުމަކީ އިހުމާލުވި ފަރާތުން ޤާނޫނާ ޒއި މާއް ޚލާފަށްކުރި ޢަމަލަކާގުޅިފައިވާ ގެއްލުމެއްކަން ނުވަތަ ނޫންކަން )Causation( ސާބިތު ކުރަންޖެހޭއިރު، އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ގްރީން ޕާތްގެ ފަރާތުން ދެކޭކަމަށެވެ. ފުލުހުންގެ ތަޙުޤީޤު ނިމޭއިރު، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގްރީން ޕާތްގެ ޢަމަލަކުންކަން ސާބިތުނުވާ ޙާލަތުގައި، އިހުމާލުގެ ޢުންޞުރުތައް ފުރިހަމަ ނުވާނެކަމަށާއި، އޭގެސަބަބުން އިސްތިއުނާފުކުރާ ފަރާތުގެ އިހުމާލެއް އޮތްކަމަށް ނުބެލެވޭނެކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ފުލުހުންގެ ތަޙުޤީޤުގެ ނަތީޖާ ލިބޭގޮތަކުނ ޙާލަތް ބަދަލުވެ، އިސްތިއުނާފުކުރާ ފަރާތް އިހުމާލުވާކަމަށް ކަނޑައެޅުމުގެ ޙާލަތަށް ބދަލަ ނާންނާނެކަމަށް ދޭހަވާފަދަގޮތަކަށ ސިވިލް ކޯޓުން މައްސަލް ނިންމަވާފައިވަނީ، ޢަދުލު ވެރިކޮށްކަމަށ ގްރީން ޕާތްގެ ފަރާތުން ނުދެކޭކަމަށް ބުނފެ އިވެއެވެ.
31މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުންކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.31. ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ފުލުހުންގެ ފަރާތުން ފޮނުވާފައިވާ ސިޓީތަކުގައި، ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުންހުރި މަޢުލޫމާތަށް ޝަރީޢަތުން ކިހައިބުރަދަނެއް ދެވިދާނެތޯ ސުވާލުކުރުމުން، އެ ސިޓީތަކުގައި ބަޔާންކޮށްފައިވާ ކަންކަމަކި ތަޙުޤީޤު ފުރިހަމަވެފައި ނުވުމުގެ ސަބަބުން ޔަޤީންނުވާ ކަންކަމަށްވެފައި، އެ މޢުލޫމާތުގަ މައްޗަށް ބިނާކޮށް އިހުމާލުގެ ޢު ންޞުރުތައ ސާބިތް ކުރެވޭނެކަމަށް ނުދެކޭކަމަށް
2.31. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ހުށަހަޅާ ގާނޫނީ ބަހުސަކީ، ގްރީން ޕާތްގެ މއްޗަށަ ސާބިތު ކުރުމުގެބުރަ ފުރޮޅިގެން ދިޔުންތޯ ސުވާލުކުރުމުން، ދަޢުވާ ހުށަހަޅާ ފރާތުގަ ހައިސިއްޔަތުން ސިވިލް ކޯޓުގައި ދަޢުވާ ސާބިތު ކުރުމުގެބުރަ އަދާކުރަންޖެހެނީ އިސްތިއުނާފު ރައްދުވާ ފަރާތުންކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.
3.31. އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިހުމާލު ވެފައިވާކަމަށް ކަނޑައެޅުމަށް ބޭނންވު ކޮނޢް ންޞުރެއްކަނ ސާބިތް ކޮށްދެވިފައިނުވަނީ ސާފުނުވާތީ ޝަރީޢަތުން ސުވާލުކުރުމުން، ޙސު އ ނ ރަޝީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އެއްވެސް ޢންޞުރެއު ސާބިތު ކޮށްނުދެވޭކަމަށ ގްރީން ޕާތްއިން ޖަވާބުދީފައިވެއެވެ.
4.31. ގްރީން ޕާތްގެ ފަރާތުން އިހުމާލުގެ އެއްވެސް ޢު ންޞުރެއ ސާބިތުނުވާކަމަށް ބުނެފައިވާތީ، މި މައްސަލައިގައި ޤާނޫނީ ޒިއްމާއެއްވެސ ގްރީން ޕާތްގ ނެތްކަމަށެ ދެކެނީތޯ ސުވާލުކުރުމުން، ނެއިބަހުޑް ޕްރިންސިޕަލްގެ ދަށުން ޤާނޫނީ ޒިއްމާއެއް ނެތްކަމަށް ނުދެކޭކަމަށް ޖަވާބުދީފައިވެއެވެ. އެ ޖަވާބާ ގުޅިގެން، ޤާނޫނީ ޒިއްމާއާމެދު ބަހުސެއް ނެތީތޯ ޝަރީޢަތުން އިތުރަށް ސުވާލު ކުރުމުން، ނެއިބަހުޑް ޕްރިންސިޕަލްގެ ދަށުން ޤާނޫނީ ޒިއްމާއެއް އޮތްކަމާމެދު ބަހުސެއް ނެތްކަމަށް ގްރީން ޕާތްއިން ޖަވާބު ދީފައިވެއެވެ.
5.31. ގްރީން ޕާތްގެ ފަރާތުން ގުދަނުގައި ކަރަންޓު ހުރިކަމާމެދު ބަހުސް އުފައްދަނީތޯ ޝަރީޢަތުން ސުވާލުކުރުމުން، ހާދިސާ ހިނގިއިރު ތަނުގައި ކަރަންޓު ނެތްކަމާމެދު ބަހުސެއް ނެތްކަމަށެ ޖަވާބުދީފައިވެއެވެ.
6.31. ހާދިސާ ހިނގިއިރު ގުދަނުގައި ކަރަންޓުނެތީ ކީއްވެގެންތޯ ޝަރީޢަތުން ސުވާލު ކުރުމުން، ކަމެއް ސާފުވާގޮތަށް ޖަވާބު ދީފައިނުވާތީ، އެންމެފަހުން ގުދަން އިންސްޕެކްޓް ކށްފައިވަނޮ ކޮންއިރަކުތޯއާއި ކަރަންޓު ހުރިކަމާމެދު ބަހުސް އުފައްދަނީތޯ ޝަރީޢަތުން ސުވާލު ކުރުމުން، ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގެ ހޯދުންތަކަށ އިޢުތިރާޟް ނުކުރާކަމަށާއި ހުއްދާ ލބުނުއިރި ތަން އިންސްޕެކްޓް ކޮށްފައިވާކަމަށް ގްރީން ޕާތްއިން ބުނެފައިވެއެވެ.
7.31. ހުއްދަ ލިބުނީ 21 މެއި 2019 ދުވަހު، ހާދިސާ ހިނގުމުގެ ގާތްގަނޑަކަށް 3 (ތިނއެ ) މަސްދުވަސް ކުރިންކަމަށްވާއިރު، 03 (ތިނެއް) މަސް ދުވަސް ވަންދެން އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ވަރަކަށް އިންސްޕެކްޓްވެސް ނުކުރައްވަނީތޯ، ގުދަނަށް ވަޑައިވެސްނުގަންނަވަނީތޯ، މުދަލެއްވެސް ނުނެރެނީތޯ ޝަރީޢަތުން ސުވާލު ކުރުމުން، މިކަންކަމަށް ސާފު ޖަވާބެއް ދީފައިނުވެއެވެ.
8.31. ގްރީން ޕާތްއިން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގުދަނުން އެއް ވެސް އެއްޗެއް ނުނެރެނީތޯ ޝަރީޢަތުން ސުވާލުކުރުމުން، އެ ސުވާލަށް ޖަވާބެއްދޭނ ނޭނގޭކަމަށް ގްރީން ޕާތގް ފަރާތުން ބުނެފައިވެއެވެ.
9.31. ގުދަނުން މުދއަ ބޭރުކުރިތޯ އަހާ ސަބަބަކީ، ގުދަނުގައި އެންމެ ފަހުން ކަރަންޓުހުރީ ކޮންއިރަކުކަން ގްރީން ޕާތްއަށް ސާފުކޮށްނުދެވޭތީ ކަމަށާއި، ސިވިލް ކޯޓުގައި މައްސަލަ ބެއްލެވިއިރުވެސް ސާފުވާންއޮތީ ގުދަނުގައި ކަރަންޓު ނެތނުކަމއި، އެއާމެދު ސިވިލް ކޯޓުގައާ ބަހުސްއޮތްތޯ ސުވާލު ކުރުމުން، ބަހުސް ނެތްކަމަށް ގްރީން ޕާތްގެ ފަރާތުން ބުނެފައިވެއެވެ.
10.31. އަލިފާނުގެ ހާދިސާ ހިންގުމަށް މެދުވެރިވީ ކަރަންޓުގެ ސަބަބުން ނޫންކަމަށް ގްރީން ޕާތްއިނީ ދެކެނީތޯ ޝަރީޢަތުން ސުވާލު ކުރުމުން، ކަރަންޓުގެ ސަބަބުން ނޫންގޮތަކަށްވެސް ހާދިސާ ހިނގުމަކީ އެކަށީގެންވާ ކަމެއްކަމަށް ޖަވާބުދީފައިވެއެވެ.
11.31. ގްރީން ޕާތްގެ ފަރާތުން ގުދަނުގައި އަލިފާން ރޯވިކަމަށްދެކޭ އެހެން ސަބަބެއް ސިވިލް ކޯޓަށި ހުށަހަޅާފައިވޭތޯ ޝަރީޢަތުން ސުވާލު ކުރުމުން، އަލިފާނުގެ ހާދިސާ ހިނގާފައިވނަ ވަކިސަބަބާ ގުޅިގެންކަމަށް ސިވިލް ކޯޓުގައި ހުށަހަޅާފައި ނުވާކަމަށް ޖަވާބު ދީފައިވެއެވެ.
12.31. ތަނުގައި ކަރަންޓު ނެތްއިރު، ގުދަނުގައި ހުރި ކެމިކަލްތަކަކީ ފަސޭހައިން އަލިފންރޯވާ އެއްޗެއްކަމަށް ގްރީން ޕާތްއަށް ނނގެނޭ ތޯ ނުވަތަ، އެއީ ހޫނުމިން ކުޑަކުޑަކޮށް މައްޗަށް ޖެހިލައިގެންވެސް ރޯނުވާފަދަ އެއްޗެއް ކަމަށް ބަހުސް އުފައްދަނީތޯ ޝަރީޢަތުން ސުވާލު ކުރުމުން، އެފަދައިން ބަހުސް އުފައްދާފައި ނުވާކަމަށް ޖަވާބު ދީފައިވެއެވެ.
13.31. ވާޤިޢާތަކުން އަލިފާން ރޯވެދާފަދަ ސަބަބެއް އޮތްކަމަށް ބެލެވޭއިރު އަދި އަލިފނާ ރޯވެފައިވާއިރު، ކޯޒޭޝަނއް ގުޅޭގޮތުން މިހާރު އުފައްދަނީ ކޮންބަހުސެއްތޯއާއި، އެ ޗެއިން އޮފް ކޯޒޭޝަން ބްރކޭ ވާ ފެކްޗް އަލު ނވަތު ލީގަލް ސަބަބެއް އެބައޮތްތޯ ޝަރީޢަތުން ސުވާލަ ކުރުމުން، ޖަވާބެއް ދީފައިނުވެއެވެ.
14.31. އިސްތިއުނާފުކުރާ ފަރާތުން ޤާނޫނާ ޚިލާފަށް ކުރިޢަމަލެއ ނެތްކަމަށް ބުނެފައިވާތީ، ޢަމަލުގެ ގޮތުގައި ސީދާޢަމަލާއ ނުކޮށްދޫކޮށްލި ޢަމަލު ހިމެނޭތޯ ޝަރީޢަތުން ސުވާލު ކުރުމުން، ސީދާޢަމަލާއ ނުކޮށްދޫކޮށްލި ޢަމަ ލުތައް ހިމެނޭގޮތުންކަމަށް ޖަވާބު ދީފައިވެއެވެ.
15.31. ގުދަނުގައި ކަރަންޓު ނެތްކަން އިސްތިއުނާފު ރައްދުވާ ފަރާތުން ސާބިތުކޮށްދިނުމުން، އެ ނުކުތާ ނަފީކުރުމުގެބުރަ ގްރީން ޕާތްގެ މައްޗަށް ނުފުރޮޅޭނެތޯ ޝަރީޢަތުން ސުވާލުކުރުމުން، ދަފުޢު ސާބިތު ކުރުމުގެބުރަ އޮންނާނެކަމަށް ދެކޭކަމަށާއި، ގުދަނުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތގު ހުށަހެޅުންތަކުން ގްރީން ޕާތްގެ ފަރާތުން ގުދަން ބަލަހައްޓާފައި ނުވާކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ޖަވާބުދީފައިވެއެވެ.
16.31. ކޯޓުގެ ދެ މަރުހަލާގައިވެސް ގްރީން ޕާތްގެ ހުށަހެޅުމަކީ، ގުދަނުގައި އަލިފާނު ރޯވުމުގައި ގްރީން ޕާތްގެ އެއްވެސް ދައުރެއް ނެތުންތޯ ސުވާ ލުކުރުމުން، ގްރީން ޕާތްގެ އިހުމާލު މިކަމުގައި ނެތްކަމަށް ޖަވާބު ދީފައިވެއެވެ.
17.31. ގަވާއިދުތަކާ އެއްގޮތަށް ނަގަންޖެހޭ ހުއްދަތައް ނަގާފައިވަނިކޮށް އަލިފާނުގެ ހދިސާއެއާ ހިނގުމުން ގްރީން ޕާތްގެ ފަރާތުން ޒިއްމާނަގަން ނުޖެހެނީތޯ ޝަރީޢަތުން ސުވާލުކުރުމުން، ގްރީން ޕާތްގެ ފަރާތުން ގުދަން ރައްކާތެރިކޮށް ބަލަހައްޓާފައިވާތީ ހުއްދަ ދީފައިވުމުން، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގްރީން ޕާތްގެ އިހުމާލުންކަމަށް ނުދެކޭކަމަށް
18.31. ގްރީން ޕާތްގެ ފަރާތުން ސަތޭކަ ޕަސަންޓު ކޮމްޕްލައި ކޮށްފައިވާ ޙާލަތުގައި، އލިފާނުގަ ހާދިސާއެއް ހިނގާ ޙާލަތުގައި، ގްރީން ޕާތް ފިޔަވައި ދެންކޮންފަރާތަކުންތޯ ޒިއމާވާންޖެހެން ޝަރީޢަތުން ސުވާލު ކުރުމުން، ދަށުކޯޓުގައި ބަހުސްކޮށްފައިވަނީ ގްރީން ޕާތްގެ އހުމާލި ނެތުމުގެ މައްޗަށް ކަމަށާއި، ތިންވަނަ ފަރާތުގެ ޒިއްމާއާމެދު ބަހުސްކުރެވިފައި ނުވާކަމަށް ޖަވާބު ދީފައިވެއެވެ.
19.31. ކުރިން ތަޙުޤީޤު ފުރިހަމަ ނުވާކަމަށް ގްރީން ޕާތްއިން ބުނެފައިވާއިރު، ތަޙުޤީޤު ފުރިހަމަވުމަށްފަހު، ފުލުހުން ސިވިލް ކޯޓަށް ފޮނުއްވި ސިޓީގެ ހޯދުންތައް ކަށަވަރު ކޮށްދިނުމުގެ ނަތީޖާއަކީ ކޮބައިތޯ، އަދި ގްރީން ޕާތްގެ ފަރާތުން ކުރިން އެދިފައިވަނީ މައްސަލަ ބާޠިލު ކުރުންކަމަށްވާއިރ މިހާރު މި މައްސަލައިގައި އެދޭގޮތަށް ބަދަލެއް އަންނާނެތޯ ސުވާލުކުރުމުން، އިހުމާލުގެ ހަތަރު ޢުންޞުރު ފުރިހަމަ ވެފައިވޭތޯ ނުވަތަ ނޫންތޯ ސިވިލް ކޯޓުން ބަލާފައި ނެތަތީ ސިވިލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް އެދޭކަމަށް ބުނެފައިވެއެވެ.
32އިސްތިއުނާފު ފޯމުގައި ގްރީން ޕާތްގެ ފަރާތުން އެދިފައިވަނީ ތިރީގައިވާ ގޮތަށެވެ.
1.32. އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ދވެހިރާއްޖޭގި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (2010/SC-A/02) ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ދޢަ ވ ސާބިތުކުރުމުގެ ހަމަތަކާއި އޞު ލުތަކޫ ޚލާފަށި ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި، މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރިއަށްގެންދާ ތޙުޤީޤާއަ ފޮރެންސިކް ތޙަ ލީލުތައު ފުރިހަމަނުވަނީސް، ދިވެހިރއްޖޭގާ ސުޕްރީމް ކޯޓުގެ ޙުސައިން ރަޝީދު ވ. ސްޓޭޓް އިލެކްޓްރިކް ކޮމޕެން ލިމިޓެޑް (A/71-SC/2020) މައްސަލައިގައި ކަނޑައަޅުއްވާފައިވާ ނގްލިޖެ ންސްގަ ޢުނޞް ރުތަކަށު ރިޢާޔަތް ކުރުމެއްނެތި ނިންމަވާފައިވާ ނިންމުމަކީ، ޢަދުލުވެރި ނިންމުމެއް ނޫން ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނިންމުން ބާޠިލު ކޮށްދިނުމަށެވެ.
33މައްސަލައިގެ ޝަރީޢަތް ކުރިއަށް ދަނިކޮށް، ފުލުހުންގެ ތަޙުޤީޤު ފުރިހަމކޮށަ ފޮނުވާފައިވާ ރިޕޯޓު ލިބުމަށްފަހު، އެދޭގޮތަށް ބަދަލު އައިސްފައިވޭތޯ ސުވާލުކުރުމުން، އިހުމާލުގެ ހަތަރު ޢުންޞުރު ފުރިހަމަ ވެފައިވޭތޯ ނުވަތަ ނޫންތޯ ސިވިލް ކޯޓުން ބަލާފައި ނެތަތީ ސިވިލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް އެދޭކަމަށް ބުނެފައިވެއެވެ.
34މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފު ނުކުތާތަކުގެ ޖަވާބުގައާއި ގްރީން ޕާތްގެ ފަރާތުން ހުށަހެޅި ކަންކަމާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. މި މައްސަލަތަކާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުންތަކުގައި އިސްތިއުނާފު ރައް ދުވ ފަރާތާ ތަމްސީލުކުރީ އެއްވަކލުންތަކެކެވެ. އަދ ހުށަހަޅާފައިވާ އިސްތިއުނާފުގެ ޖަވާބުގައިވަނީ ޖުމްލަކޮށް އެއްކަންތައްތަކެކެވެ.
35އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބު ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުންތަކގައިވާ ކަންކަމަށު ވަކިވަކިން ޙަވާލާ ދިނުމަށްފަހު، އެ ނިންމު ގައި ބަޔާންކޮށްފައިވާ ނުކުތާތައް އިސްތިއު ނާފު ރައްދުވާ ފަރާތަށް ދޭހަކުރެވޭ ގޮތުގެމައްޗަށެވެ. އަދި ސިވިލް ކޯޓުގެ ޙުކމްގައިވު ވާހަކތައަ ގްރީން ޕާތްގެ ފަރާތުން އޮޅުވާލަން އުޅޭކމަށަ ނުވަތް ފަހުމވުމުގައި މައްސަލައެއް އުޅޭކަމަށް، އިސްތިއުނާފު ރައްދުވް ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ.
36ފުރަތަމަ އިސްތިއުނާފީ ނުކުތާ އާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފއިވަ ވާހަކަތައް ޚުލާޞާކޮށް ތިރީގައި ބަޔާންކުރަމެވެ.
1.36. ގްރީން ޕާތްގެ ހުށަހެޅުމާ ޚިލާފަށް، އިސްތިއުނާފ ރައްދުވު ފަރާތުން ހުށަހެޅި ލިޔުންތަކާއި ކަންކަމުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފު ރައްދުވާ ފަރާތގު ގެތަކަށް ގެއްލުނު ލިބިފައިވަނީ، ގްރީން ޕާތްގ އިހުމާލުގެ ސަބަބުންކަން އެނގޭކަމަށެވެ.
2.36. […] ގްރީން ޕާތްގެ ގުދަނުގައި އަލިފާން ރޯވެފައިވަނީ، ގްރީން ޕާތްގެ ފަރާތުން އެ ގުދަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޢަމަލު ކުރަންޖެހޭކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފުވުމުގެ ސަބަބުންކަމަށވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން ގްރީން ޕާތްގެ ފަރާތުން ގަވާއިދާއި އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޢަމަލުތައް ސާފުވާކަމަށާއި، މި މައްސަލައިގައި ގްރީން ޕާތްގެ އިހުމާލު އޮތްކަން ސާބިތުވާކަމަށެވެ. އެގޮތުން، މި ނިންމމުގު 6 ވަނަ ނުކުތާގއަ ޙަވާލާދީފައިވާ ފުލުހުންގެ ސިޓީގައި، ހާދިސާ ހިނގިއިރު އެ ގުދަނަކީ "ކެމިކަލް ސްޓޯކުރާ ގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"އާ އެއްގޮތަށްހުރި ގުދނަ އެ ނޫންކަމަށް ބުނެފައިވާކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގައި، މި ނިންމގު ނުކުތާ 6 އިން 8 އަށް ބަޔާންކޮށްފައިވާ ކަންހިނގާފައިވާ ގޮތުގައި، ފުލުހުންނާއި މިނިސްޓްރީ އޮފް ޑިފެންސްގެ ލިޔުންތަކުގައި ޙަވާލާ ދީފައިވާ ތަފުޞީލުތައް ހިމަނާފައިވެއެވެ.
3.36. އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި އެންމެހައި ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ދަޢުވާ ސބިތާ ކުރުމުގެބުރަ އަދާކޮށްފައި ވާކަމަށާއި، މި މައްސަލައިގައި ގްރީން ޕާތްގެ އިހު މާލު އޮތްކަމަށް މަދަނީ މިންގަނޑުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދކޭކަމަށެ
37ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތައް ޚުލާޞާކޮށް ތިރީގައި ބަޔާންކުރަމެވެ.
1.37. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސއަ ން ރަޝީދު ޤަޟިއްޔާގައި، އިހުމާލު ސާބތުކުރުމަށި ފުރިހަމަވާންޖެހޭ ޢުންޞުރުތައް، މި މައްސަލއިގައަ ފުރިހަމަވާކަމަށް އިސްތިއުނާފ ރައްދުވު ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ. އެގޮތުން، އެ ޢުންޞުރުތައް ފުރިހަމަވާކު މަށަ ސިވިލް ކޯޓުގެ ނިންމެވުމުގައި ބަޔާންކޮށްފައިވާ ނުކުތާތައް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގަ ގޮތުގައި ތަކުރާރު ކޮށްފައިވެއެވެ.
2.37. މި މައްސަލައިގެ ޙާލަތުގައި ބަލަންޖެހޭނީ ގްރީން ޕާތްގެ ކިބައިގައި 1 (އެކެއް) އަހަރު ދުވަހަށް ދީފައިވާ "ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ" އެއް އޮތްތޯ ނުވަތަ އެ ހުއްދައިގެ މުއްދަތު ފާއިތުވެފައިވޭތޯ ނޫންކަމަށެވެ. ބަލަންޖެހޭކަމަކީ، ގުދަނުގައި އަލިފާން ރޯވިއިރު ގުދަނަކީ، އޭރު ޢަމަލު ކުރަމުންދިޔަ މިނިސްޓްރީ އޮފް ޑިފެންސްގެ "ކެމިކަލް ސްޓޯކުރާގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"އާ އެއްގޮތަށްހުރި ގުދަނެއްކަނ ނުވަތް ނޫންކަން ކަމަށެވެ. މި މައްސަލައިގައި ގްރީން ޕާތްގެ އިހުމާލާ ގުޅުންއޮތް ކަމަކީވެސް އެއީކަމަށް، އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
3.37. ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަޙުޤީޤު ނިމޭއިރު އަލިފާނުގެ ހާދިސާ ހިންގުމުގައި ގްރީން ޕާތްނޫން އެހެންފަރާތެއްގެ ޢަމަލެއް އޮތްކަން ނުވަތަ ނޫންކަން ކަޝްފުވެގެންދިޔަ ނަމަވެސް، ގުދަނުގައި ގްރީން ޕާތްގެ ފަރާތުން ހިފަހައްޓަންޖހޭކަމަށެ މިނިސްޓްރީ އޮފް ޑިފެންސުން ހުއްދަދިންއިރު ލާޒިމުކުރި ޝަރުޠުތަކަށް ބަދަލެއް ނާންނާނެކަމަށް، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައިވެސް ބަޔާނކޮށްފައް އޮތި ރަނގަޅަށްކަމަށް، އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށް ބުނެފައިވެއެވެ.
38މި މައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި އިސްތިއުނާފ ރައްދުވާ ފަރާތުން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.38. ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ފުލުހުންގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި، ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުންހުރި މަޢުލޫމާތަށް ޝަރީޢަތުން ކހައިބުރަދަނެއި ދެވިދާނެތޯ ސުވާލުކުރުމުން، އެ ސިޓީތަކުގައިވާ ކަންކަމަށް ގްރީން ޕާތްއިން އިންކާރު ނުކުރާކަމަށާއި، އެ ސިޓީތަކުގައިވާ މަޢުލޫމާތުން، ގުދަނުގައި އަލިފާން ރޯވިއރު އެ ގުދަނަކި 1 (އެކެއް) އަހަރު ދުވަހުގެ ހުއްދަ ދިންއިރު ގެ ޙާލަތުގައި ހުރިގުދަނެއް ނޫންކނަ އެނގޭކަމަށާއި، އެ މަޢުލޫމާތަށް ބުރަދަން ދޭންޖެހޭކަމަށް ދެކޭކަމަށް ބުނެފައިވެއެވެ.
2.38. ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު ފުލުހުން ފޮނުވި ރިޕޯޓާ ގުޅިގެން ވާހަކަދެކެވުނު ޝަރީޢަތުގެ އަޑުއެހުމުގައި، ގްރީން ޕާތްއާ ކުރެވުނު ސުވާލުތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ބަސްބުނުމަށް ދެވުނު ފުރުޞަތުގައި، އިތުރުއައުކަމެއ ފާހަގަކުރަން ނެތްކަމަށާއި، ޝަރީޢަތުގައި ކުރެވުނު ސުވާލުތަކުގެ ޖަވާބުން ކަންކަން ސާފުވެފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
39އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، އިސްވެ ބަޔާންކުރި ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ޤަޟިއްޔާތައް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށު ބިނާކޮށް، ސިވިލް ކޯޓުގެ ޤަޟިއްޔާތަކުގައި ކުރައްވާފައިވާ ޙުކުމްތަކަށް ބަދަލު ގެނނަންޖެހް ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި އިސްތިއުނާފީ މައްސަލައިގައި ޙަ ކުމު ކޮށްދިނުމަށެވެ.
40މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ސުވާލުތަކަށް ރިޢާޔަތް ކުރުމުގެކުރި ން، އިހުމާލުގެ މައްސަލަތަކުގައި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޢަމަލުކުރެވޭ އުޞޫލުތަކަށް ޖުމްލަކޮށް ބ ލައިލުނަ މުހިއްމުކަމަށް ދެކެމެވެ.
41ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ރަޝީދު ޤަޟިއްޔާގައި، ތަޤްޞީރީ މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމުން ލިބޭ ގެއްލުމުގެބަދަލު ނަގައިދިނުމުގައި، "ނެގްލިޖަންޓް އެކްޓް" (އިހުމާލުގެ ޢަމަލު) ނުވަތަ މަދަނީ ގޯހެއް ހެދުމުގެ ސަބަބުން އުފުލަންޖެހޭ "ޓޯޝަސް ރެސްޕޮންސިބިލިޓީ"އަކީ ކޮބައިކަމާއި، އެ ގޯހުގެ ރުކުންތަކަކީ ކޮބައިކަން، ދިވެހިރާއްޖޭގައި ކަނޑައަޅާފައިވަނީ ޝަރުޢީ ނިންމުންތަކުންކަމަށް ބުނެފައިވެއެވެ. އަދި ޙުސައިން ރަޝީދު ޤަޟިއްޔގާ ކުރި ން އެ ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިޙްސާން ވ. ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) (A/05-SC/2016) ޤަޟިއްޔާ (މީގެފަހުން "އަޙްމަދު އިޙްސާން ޤަޟިއްޔާ "ކަމަށް ބުނެފައިވާ)ގ ނިންމުމަށް ބެލުމުން، ޤާނޫނީ އުޞޫލުގެ ފެށުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި، ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި، އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް، ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމަށް ބުނެފައިވުމަށް ނަޒަރުކޮށް، ކީރިތި ރަސޫލާގެ ހަދސީ ފުޅް އ ކަމުގެ އ ވާ " ال ضرر وال ضرار" އނަ ޞްގައިވާ ޝަރުޢީ އުޞޫލުގެ މައްޗަށްކަމަށް ދެކެމެވެ.
42އިނގިރޭސިވިލާތުގެ ޑޮނަހއި ވ. ސްޓީވަންސަން މައްސަލައިގައި، މީހެއްގެ ޢަމަލުތަކުގެ ސަބަބުން ތިމާގެ އަވަށްޓެރިޔާއަށ ލިބިދާނެކަމަށް ސަބަބުވެރި މިންގަނޑަކުން ތަޞައްވުރުކުރެވޭ ގެއްލުމަކުން ރައްކާތެރިކުރުން ކަށަވަރު ކުރުމުގެ ޤާނޫނީ ޒިއްމާއަކީ، ޙުސައިން ރަޝީދު ޤަޟިއްޔާގައި ދިވެހިރާއްޖޭގައިވެސް ބަލައިގެންފައިވާ ޤާނޫނީ އުޞޫލެއްކަން އެނގެއެވެ.
43ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ން ޙުސައިން ރަޝީދު ޤަޟިއްޔާ ނިންމެވިފަހުން، ތަޤްޞީރީ މަސްއޫލިއްޔަތާ ގުޅޭގޮތުން އެ ކޯޓުގެ ނޮކް ހިއު ޝިޕިންގ ކޯ ލިމިޓެޑް ވ. ހައިސް ޕްރައިވެޓް ޕޯޓަ ފެސިލިޓީ (ހައިސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް) (2021/SC-A/67) ޤަޟިއްޔާ (މީގެފަހުން "ނޮކް ހިއު ޤަޟިއްޔާ"ކަމަށް ބުނެފައިވާ) ގައި، ޚުލާޞާކޮށްފައިވާ މައިގަނޑު އުޞޫލުތައް ތިރީގައި ބަޔާންކުރަމެވެ.
1.43. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ (-SC/2012 A/10) ޤަޟިއްޔާ (މީގެފަހުން "އިބްރާހީމް ލަޠީފް ޤަޟިއްޔާ"ކަމަށް ބުނެފައިވާ)ގައި، ތަޤްޞީރީ މަސްއޫލިއްޔަތުގެ އަސާސީ ރުކުންތަކަކީ، 1. ޝަރުޢިއްޔަތެއް ނެތްޢަމަލު (ޚަޠައު/fault)، 2. ގެއްލުން (ޟަރަރު/damage)، 3. ކުރި "ޚަޠައު"ގެ ޢަމަލާއި ލިބުނު ގެއްލުމާ ދެމެދުގެ ސަބަބީ ގުޅުން (causal link( ކަމަށެވެ. މިގޮތުން، ޚަޠައުއަކީ ލިބުނި Donoghue v Stevenson [1932] AC 562. ގެއްލުމާ މަސްއޫލުވާ ފަރާތުން ޚަތައުގެ ޢަމަލެއް ކުޅައުމާއި، އެ ޚަޠައު ޢަމަލުގެ ސަބަބުން ގެއްލުން ލިބުންކަމާއި، ތަޤްޞީރީ މަސްއޫލިއްޔަތުގެ ސަބަބުން ލިބުނު ގެއްލުމުގެ ދޢުވާއެއަ ސާބިތުކުރުމަށް ބުނެވިދިޔަ ތިންރުކުން ފުރިހަމަ ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ޙާލަތުގައި، ބަދަލުގެ މިންވަރު އަގުކުރެވެނީ ނަގުދު ފައިސާއިން ކަމުގައިވާނަމަ، ފުރަތަމަ އަގުކުރަންވާނީ ސީދާގެއްލުންކަމަށެވެ. ސީދާގެއްލުމުގައި މީހަކަށް ލިބުނު ގެއްލުމާއި، ގެއްލުނު ނަފްޢ ނުވަތު އާމްދަނީ ހިމެނޭކަމަށް ކަނޑައަޅާފައިވެއެވެ.
2.43. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަ އިފަލ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓޑެ ވ. އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް (A/20-SC/2012) ޤަޟިއްޔާ (މީގެފަހުން "ހައިފަލް ޤަޟިއްޔާ"ކަމަށް ބުނެފައިވާ)ގައި، ތަޤްޞީރީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނަ "ޚަޠައު އިހުމާލު"ގެ މައްސަލަތައް ސާބިތުކުރުމުގެ ޝަރުޠުގެ ތެރޭގައި، އިހުމާލގު ޢަމަލުކުޅައ ގެއްލުނީ ދިނުމުގެ މަޤުޞަދުގައިކަނ ސާބިތުކޮށްދޭން ނުޖެހޭކަމަށާއި، އެފަދަ ކަމެއްގައި ނުވަތަ ޕްރޮފެޝަންއެއްގައި މައުޤޫލު ނުވަތަ ސަބަބުވެރި މީހެއްގެ ބެލުންތެރިކަމާއި، ފަރުވާތެރިކަމުގައި ހުންނަންވާނެކމަށަ ބެލެވޭ މިންވަރުގެ މއްޗަށަ ބިނާކޮށް، ގެއްލުން ލިބުނުކަމާމެދު ގޮތްނިންމޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ.
3.43. އަޙްމަދު އިޙްސާން ޤަޟިއްޔާގައި، ބޭސްފަރުވާ ކުރުމުގެ މަސްއޫލިއްޔަތު އަދާކުރމުގު އިހުމާލުގެ މައްސަލަތަކުގައި ބަލަންޖެހޭ ރުކުންތަކީ، ޑަކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ ބަލިމީހާއަށް ފަރުވާ ދިނުމުގައި، ކުރެވޭ ނުރަނގަޅު ތަޞައްރުފު (malpractice)އާއި، ބަލިމީހާއަށ ގެއްލުން (damage) ލިބުމާއި، ބަލިމީހާއަށް ލބުނި ގެއްލުމާއި ޑަކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައިވާ ނުރަނގަޅު ތަޞައްރުފއާ ދެމެދުއޮތު ސަބަބީ ގުޅުން (ncausal relatio) ދެމި އޮތުން، ނުވަތަ ލިބުނު ގެއްލުމަކީ ޑަކްޓރުގަ ފަންނީ ކުށެއްގެ ނަތީޖާއަކަށް ވުންކމަށަ ކަނޑައަޅާފައިވެއެވެ.
4.43. ބުނެވިދިޔަ، އިބރާހީމ ލަޠީފް ޤަޟިއްޔް އާއި، ހައިފަލް ޤަޟިއްޔާ އަދި އަޙްމަދު އިޙްސާން ޤަޟިއްޔާގައި، ތަޤްޞީރީ މަސްއޫލިއްޔަތު އޮތްކަމަށް ބެލެވޭނީ، 2 (ދޭއް) ޢުންޞުރު ފުރިހަމަވުމުނކް މަށަ ކަނޑައަޅާފައިވެއެވެ. އެއީ؛ ޤާނޫނީ ވާޖިބެއް (legal duty) އޮތުމާއި، އެ ޤާނޫނީ ވާޖިބު އަދާކުރުމުގައި، އަދާކުރަންޖެހޭ ފަރުވާތެރިވުމުގެ ޒިއްމާ (duty of care)ގެ މިންގަނޑުތަކާ ޚިލާފުވުމެވެ. މިގޮތުން، ފަރުވާތެރިވުމުގެ ޒިއްމާގެ އެންމެހައި ތަރަހަތައް ސާފުކޮށްނުދެވނޭ ކަމަށް ކަނޑައަޅާފައިވެއެވެ. އެހެން ނަމަވެސް، ފަރުވާތެރިވުމުގެ ޒިއްމާއާ ޚިލާފުވެފައިވޭތޯ ބެލުމަށް، 3 (ތިނެއް) ރުކނެއު ފުރިހަމަވާކަން ޔަޤީންކުރަން ޖެހޭކަމަށެވެ. އެކަންކަމީ؛ 1. ޤާނޫނުން މަތިކޮށްފައިވާ ޢަމަލަކާ ޚިލާފުވުމުގެ ޢަމަލު (fault)،
2. އެ ޢަމަލަކާ ޚިލާފުވުމުގެ ސަބަބުން އެހެންމީހަކަށް ގެއްލުންވުން (damage)، 3. އެ ގެއްލުން ލިބިފައިވަނީ އެ ޢަމަލުގެ ސަބަބުންކަން ދައްކައިދެނިވި ސަބަބީ ގުޅުން ( causal link)، މިއެވެ.
5.43. ފަރުވާތެރިވުމުގެ ޒިއްމާއެއް އޮތްތޯ ބެލުމުގައި، ގިނަ ޖުރިސްޑިކްޝަންތަކުގައި ބޭނުންކުރާ ކަޕާރޯ އިންޑަސްޓްރީސް ޕލކ. ވ. ޑިކްމަން ޤަޟިއްޔާގައިވާ "ކަޕާރޯ ޓެސްޓު"ގައި، 3 (ތިނެއް)ކަމެއް އެކުލެވޭކަމަށެވެ. ދިވެހިރާއްޖޭގައި ޢަމަލުކުރަ ނ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގޫ ޤާނޫނުއަސާސީގެ 143 ވަނަ މައްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، "އެޕްރޯޗް ބޭސްޑް" އުޞޫލުން، މަތީމަރުޙަލާގެ ނިންމުންތައް ފަނޑިޔާރުގެ ކުރިމަތީގައިވާ މައްސަލަތަކަށް ތަޠުބީޤަ ކުރުމުގެ އުޞޫލުކަމަށް، ނޮކް ހިއު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
6.43. ފަރުވާތެރިވުމުގެ ޒިއްމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބިފައިވަނީ މީހެއްގެ އިހުމާލުގެ ސަބަބުންކަމަށް ބުނާނަމަ، ސާބިތުކޮށްދޭންޖެހޭ 4 (ހަތަރު) ރުކުނެއް ވާކަމަށެވެ. އެއީ؛ 1. އިހުމާލުވިކަނ ބުން ފަރާތުން، ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަންޖެހޭ Caparo Industries PLC v Dickman [1990] UKHL 2. ފަރުވާބެހެއްޓުމުގެ ޒިއްމާއެއް އޮތުމާއި، 2. އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިއްމާއާ ޚިލާފު ވެފައިވާކަމާއި، 3. އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިއްމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބުމާއި، 4. އެ ގެއްލުމަކީ އިހުމާލުވި ފަރާތުން ޤާނޫނީ ޒިއްމާއާ ޚިލާފަށްކުޅަ ޢަމަލާ ގުޅިފައިވާ ގެއްލުމަކަށްވުމެވެ.
44މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައިއޮތް ފުރަތަމަ ސުވާލަކީ، އިސްތިއުނާފު ރައްދުވާ ފަރާތުނަ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ސާބިތުވުމާއި ނުވުން ބިނާވާ ނުކުތާ، ސާބިތުކުރުމުގެ ބރައޮތު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށްކަމަށާއި، އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާ ސާބިތުކޮށްދެވިފައި ނުވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ގަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ ސާބިތުކުރުމުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށްތޯއެވެ.
45މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތނ ސިވިލް ކޯޓުގައިކުރު ޝަކުވާއަކީ، ގްރީން ޕާތްގް ފަރާތުން، […] ހިނގަމުންދިޔަ ގުދަނުގައި 20 ސެޕްޓެމްބަރ 2019 ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި، ޢާއިޝަތު ރަޝީދާގެ […] އެވެކިޔާ ގެއާއި، އިސްމާޢީލް ރަޝީދުގެ […] އެވެކިޔާ ގެއާއި، މުޙައްމަދު ރަޝީދުގެ […] އެވެކިޔާގެ، ދިރިނޫޅެވޭ ވަރަށް ހަލކާ ވެ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢާއިލާތައް މަގުމަތިވެ ނިކަމެތިވެފައިވާތީ، މިކަމުގއަ އިހުމާލުވާ ފަރާތެއް ކަނޑައަޅައި ދިނުމަށެވެ. މިގޮތުން، އެ ޝަކުވާގައި އިހުމާލުވި ފަރާތަކީ ގްރީން ޕާތްކަމަށް، އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވެއެވެ.
46ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު ނާޝިދު ޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާތަކުގެ، ދެވަނަ އަދި ތިންވަނަ ކަމެއްގެގޮތުގައި، މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް އޮތްކަން ޤާނޫނުގައި ކަނޑައަޅާފައިވާ ވޞަލަތްތަކުނ ސާބިތް ކޮށްދިނުމުގެބުރަ އުފުލަންޖެހޭނީ، ދަޢުވާކުރާ ފަރާތުން ނުވަތަ އެފަދަ ހުށަހެޅުމެއް ހުށަހެޅި ފަރާތަކުންކަމަށް ކަނޑައަޅާފައިވެއެވެ.
47މި މައްސަލައިގައި، […] ގުދަނުގައި ރޯވެފައިވަނީ ގްރީން ޕާތްގެ އހުމާލުންކަމަށި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާބުނުން، މަދަނީ މައްސަލަތައް ނިންމުމުގައި ބޭނުންކުރާ "ބެލަންސު އޮފް ޕްރޮބަބިލިޓީސް" ނުވަތަ ބޮޑަށް ބުރަވެވޭ މިންގަނޑުން ސާބިތު ކޮށްދިނުމުގެބުރަ އުފުލަންޖެހޭނީ، ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅި، މި އިސްތިއުނާފު ރައްދުވާ ފަރާތުންނެވެ. އިސްތިއުނާފ ރައްދުވާ ފަރާތުގެ ހުށަހެޅުމަކީ، ދަޢުވާ ސާބިތުކުރުމުގެބުރަ ސިވިލް ކޯޓުގައި އަދާކޮށްފައި ވާކަމަށެވެ.
48މި މައްސަލައިގައި ދެފަރާތުގެ ހުށަހަ ޅުންތެ ކުގެ މައްޗަށްބިނާކޮށް، ޙުސައިން ރަޝީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ 4 (ހަތަރެއް) ރުކުން މި މައްސަލައިގައި ފުރިހަމަވޭތޯ ބަލާއިރު ފާހަގަކުރެވޭ ކަންކަނަ ތިރީގައި ބަޔާންކުރަމެވެ.
49އހުމާލުވިކި މަށަ ބުން ފަރާތުން، ގެއްލުން ލިބުނު ފަރާތުގެ މައްޗަށް އަދާކުރަންޖެހޭ ފަރުވާބެހެއްޓުމުގެ ޒިއްމާއެއް އޮތްތޯ ބަލާއިރު، މި ނިންމުމުގެ 31.4 ވަނަ ނުކުތާގައި، ގްރީން ޕާތްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އަވަށްޓެރިޔާއަށް ފަރުވާތެރިވުމުގެ ޒިއްމާގެ ޤާނޫނީ މަފްހޫމްއާ އެއްގޮތަށް، ގްރީން ޕާތްގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ޤާނޫނީ ޒިއްމާއެއް އޮތްކަމާމެދަކު ބަހުސެއް ނެތްކަން އެނގެއެވެ. މީގެއިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތަކަކީ ގްރީން ޕާތްގެ އަލިފާންރޯވި ގުދަނާ ގާތުގައިހުރި ގެތަކެކެވެ. އަދި ގްރީން ޕާތްގެ ގުދަނުގައި ހުރިތަކެއްޗަކީ މިނިސްޓްރީ އޮފް ޑިފެންސުގެ "ކެމިކަލް ސްޓޯކުރާގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"އާ އެއްގޮތަށް ރައްކާކޮށްފައި ހުންނަންޖެހޭ ކެމިކަލެކެވެ. ގުދަނުގައި ކެމިކލަ ގެންގުޅުމުގައި ރައްކާތެރިވުމުގެ މިންގަނޑެއް އޮތުމުން، ގްރީން ޕާތްގެ ގުދަނާއި ގާތުގައިވާ އަވަށްޓެރިންގެ ރައްކާތެރިކަމަށް ފަރުވާތެރިވުމުގެ ޤާނޫނީ ޒިއްމާއެއް ގްރީން ޕާތްގެ މައްޗަށް އޮތްކަން އެނގެއެވެ. އެހެންކަމުން، އިހުމާލުވި ފަރާތުގެ ޤާނޫނީ ޒިއްމާއެއް އޮތުމުގެ ރުކުން، މި މައްސަލައިގައި ފުރިހަމަވެފައިވާކަމަށް ބަލަންޖެހެއެވެ.
50ޕްރިސިޑެންސް 4ޕްރިސިޑެންސް 5ޕްރިސިޑެންސް 6ދެވަނަ ރުކުނަކީ، އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިއްމާއާ ޚިލާފވެފައުވުމެވެ. މި ރުކުން ފުރިހަމަ ވެފައިވޭތޯ ބަލާއިރު ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކުރަމެވެ.
1.50. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހައިފަލް ޤަޟިއްޔާގައި، ތަޤްޞީރީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ "ޚަޠައު އިހުމާލު"ގެ މައްސަލަތައް ސާބިތުކުރުމުގެ ޝަރުޠުގެ ތެރޭގައި، އިހުމާލުގެ ޢަމަލުކުޅައ ގެއްލުނީ ދިނުމުގެ މަޤުޞަދުގައިކަން ސާބިތުކޮށްދޭން ނުޖެހޭކަމަށާއި، އެފަދަ ކަމެއްގައި ނުވަތަ ޕްރޮފެޝަންއެއްގައި މައުޤޫލު ނުވަތަ ސަބަބުވެރި މީހެއްގެ ބެލުންތެރިކަމާއި، ފަރުވާތެރިކަމުގައި ހުންނަންވާނެކމަށް ބެލެވޭ މިންވަރުގަ މައްޗަށް ބިނާކޮށް، ގެއްލުން ލިބުނުކަމާމެދު ގޮތްނިންމޭނެކަމށް ކަނޑައަޅުއްވާފައިވެއެވެ.
2.50. މިނިންމުމުގެ ނުކތު 6 އިން 11 އަށް ޙަވާލާދީފައިވާ ލިޔުންތަކަށް ރިޢާޔަތްކުރާއިރު، އަލިފާނުގެ ހާދިސާއެއް ހިންގުމަށް ބޭނުންވާ 3 (ތިނެއް) އަސާސްއަކީ ފިއުލް، އޮކްސިޖަން އަދި ހީޓް އެނަރޖީކަމާއި، އަލިފާންރޯވިއިރު ގުދަންހުރި ޙާލަތާ ގުޅޭގޮތުން ފެންނަންއޮތް ޙަޤީޤަތަކީ، އަލިފާން ފުރަތަމަ ރޯވީ ގުދަނުގައިކަމާއި، ގްރީން ޕާތްގ ގުދަނުގެ އުތުރު ފާރުކައިރީގައިހުރި ދަގަނޑު ރެކާއި ކައިރިން އަލިފާނުގެ ޕޮއިންޓް އޮފް އޮރިޖިންގެ ނިޝާންތައް ފެންނަންހުރި ކަމަށާއި، ގުދަން ހަދާފައިވަނީ ޓިނުންކަމާއި، އަލިފާން ރޯވުމުން ކެމިކަލް ހަންތައްވިރި، މުޅިތަ ނަށް ކެމިކަލް ފެތުރިގެން ގޮސްފައިވާކަމާއި، އަލިފާން ރޯވިއިރު ގުދަނުގައި ކަރަންޓު ނެތްކަމާއި، ކަރަންޓު ނެތުމުގެ ސަބަބުން އަލިފާން ރޯވުމަށް ބޭނުންވާ ހީޓް އެނަރޖީ ލިބުމުގެ ފުރުޞަތު އިތުރުވެފައިވާކަމާއި، ގުދަނުގައިހުރި ކެމިކަލްތަކަކީ ފިއުލްގ ގޮތުގައެ ބޭނުންކުރެވިދާނެ ތަކެތިކަމާއި، ގުދަނުގެ ތަޅުންގަނޑު ތައްޔާރު ކޮށްފައިވަނީ ކެމިކަލްތަކެއ ރައްކާކުރުމަށް އެންމެ އެކަށީގެންވާ ގޮތަށްކަމަށް ނުބެލެވކަމަށޭ ބަޔާންކޮށްފައިވެއެވެ. މި ކަންކަމަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ "އަލިފާނުގެ ހާދިސާ ރިޕޯރޓް"އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު -171 G(S2)/144/2021/255 (06 ސެޕްޓެމްބަރ 2021) ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމެވެ.
3.50. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުސައިން ރަޝީދު ޤަޟިއްޔާގައި، އަލިފާންރޯވި ހދިސާގައާ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިން ހެކީގެގޮތުގައި ގެންދިޔަ ކަރަންޓު ކޭބަލްތައް ތަޙުލީލުކުރިއިރު، ކޭބަލްތަކުގައި ރޯވެފައިނުވާކަމަށް ފުލުހުންގެ ފަރާތުން ދީފައިވާ މަޢުލޫމާތަށީ ރިޢާޔަތްކޮށްފައި އޮތުމުން، މިފަދަ މައްސަލަތަކުގައި ފުލުހުންގެ ލިޔުންތަކަކީ ގޮތްނިންމުމުގައި އެކަށީގެންވާ ހެއްކެއްކަމަށް ބެލޭނެކަން އެ ނގެއެވެ. އަދި އެ މައްސަލައިގައި ޙސައިނު ރަޝީދުގެ ފަރާތުން ހުށަހެޅި މަންޒަރުދުށް މީހުންގެ ހެކިބަހުން ފުލުހުންގެ ތަޙލީލުނު ފައުޅުވިކަންކަން ނަފީނުވާކަމަށް ކަނޑައަޅުއްވާފައިވެއެވެ.
4.50. މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ގުދަނުގެ ޙާލަތާ ގުޅޭގޮތނު ހުށަހަޅާފައިވާ ލިޔެކޔި މަކީ […] ގްރީން ޕާތްގެ ގުދަނުގައި އަލިފާންރޯވިގޮތާ ގުޅޭގޮތުން ދައުލަތުގެ ރަސްމީ އިދާރާއަކުން ދީފައިވާ މަޢުލޫމާތެވެ. ސިވިލް ކޯޓަށް އެ މަޢުލޫމާތު ހުށަހެޅުމަށްފަހު، ފުލުހުންގެ ތަޙުޤީޤު ނިމުނުފަހުން 2024 ވަނަ އހަރަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ފުލުހުންގެ ރިޕޯޓުގައިވް މަޢުލޫމާތާއި ސިވިލް ކޯޓަށް ފުލުހުން ހުށަހެޅި މަޢުލޫމާތަކު ތަފާތެއްނތެވެ.
5.50. ފަސޭހައިން އަލިފާންރޯވާ ތަކެއްޗާ ގުޅޭގޮތުން، ޤާނޫނީ ޒިއްމާ އަދާކޮށްފައިވޭތޯ ބެލުމުގައި މިނިވަން ދީމިޤްރާތީ މުޖުތަމަޢުގައި ޢަމަލުކުރާ އުޞޫލަށް ނަޒަރު ކުރާއިރު، އެފަދަ ތަކެތި ގެންގުޅޭ މީހުންގެ ފަރާތުން އާދައިގެ މިންވަރަށްވުރެ އިތުރަށް ފަރުވާތެރި ވާންޖެހޭކަމަށާއި، މިފަދަ ޒިއްމާއަކީ، އެހެންމީ ހެއްގެ މައްޗަށް ނަގުލކުރެވޭނު ޒިއްމާއެއް ނޫންކަމަށް ޤާނޫނީގޮތުން ބަލަންޖެހެއެވެ.
6.50. މެޑްރާސް ހައިކޯޓުގެ ސަލިއަހ މުޙައްމަދް ހާޖީ އިބްރާހީމް ވ. އަބްދުލް ސަމަތު ސާހިބު ޤަޟިއްޔާ ގައި، ބަޑިބޭހުގެ ބާވަތްތައް (works-fire) ޢާއްމުންނަށް ވިއްކާ ވިޔަފާރިވެރިއެއްގެ ފަރާތުން އެތަކަތި ގުދަންކޮށްފައި ހުރިއިރު، ބަޑިބޭހުގެ ބާވަތްތައްހުރި ތަނުގައި އަލިފާން ރޯވުމު ގެ ސަބަބުން ދަޢުވާކުރާ ފަރާތުގެ މުދަލާއި ތަކެއްޗެއް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައިގައި، ދަޢުވާކުރާ ފަރާތުން ހުށަހެޅި ބަޔާނުގައި، އަލިފާން ރޯވެފައިވަނީ ބަޑިބޭހުގެ ވިޔަފާރިކުރާ ދަޢުވާލިބޭ ފަރާތުގެ ބައިގައިކަމަށް ބުނުމުގެ އިތުރުން، ދަޢުވާކުރާ ފަރާތަށް ހުށަހެޅޭނެ އެއްވެސް ހެއްކެއްނެތެވެ. އެ މައްސަލައިގެ ވާޤިޢތާ ކަށްބަލައި، ބަޑިބޭހަކީ ގެންގުޅުމަށް ނުރައްކާތެރި އެއްޗެއްކަމާއި، ވަކިން ޚާއްޞަކޮށް އޭގެތެރެއިން ބައެއްބާވަތަކީ އަލިފާން ރޯކުރުމަކާނުލައި، އެތަކެތި ވެއްޓުމުން ގޮވުމުގެ ފުރުޞަތުއޮތް ތަކެތިކަމާއި، އެފަދަ ނުރައްކާތެރި އެއްޗެއް ގެންގުޅޭ ނުވަތަ އެތަކެތި ގެންގުޅުމަށް އިޚްތިޔާރުކުރާ މީހާގެ ކިބައިގައި، އެފަދަ ނުރައްކާތެރި ތަކެތި ގުދަންކުރުމުގައި، އެތަކެތި ނުގވާނޮކަމާއި އޭގެސަބަބުން ތަޞައްވުރުކުރެވޭ އެހެން ނުރައްކާތަކުން އަނެކުނގް ރައްކާތެރި ކަން ކަށަވަރުކުރުމަށް އޮންނަ ޒިއްމާއަކީ ޢާއްމު މިންގަނޑަށްވުރެ މަތީދަރަޖައަކަށް އޮތް ޒިއްމާއެއްކަމަށް ކަނޑައަޅާފައިވެއެވެ. އަދި ފަސޭހައިން ގޮވާޒާތުގެ އެއްޗެއް، އެކަށީގެންވާ ރައްކާތެރިކަމާއެކު ގުދަންނުކުރެވުމުގެ ސަބަބުން ކުރިމަތިވދާނެކަމަށެ ތަޞައްވުރުކުރެވޭ ކާރިސާތަކގައު، އިހުމާލު ވިކަމށަ ބަލައި، އެތަކެތި ގެންގުޅުނު ފަރާތް ޒިއްމާ ކުރުވޭނެކަމަށް ކަނޑައަޅާފައިވެއެވެ. 9 th Akshay Sapre, Ratanlal & Dhirajlal: The Law of Torts (29 Edn, LexisNexis 2022), p 590. Saliah Mohamed Haji Ibrahim v N. Abdul Samath Sahib (1935) 69 MLJ 218. 11 th Akshay Sapre, Ratanlal & Dhirajlal: The Law of Torts (29 Edn, LexisNexis 2022), p 590.
7.50. ބުނެވިދިޔަ ކަންކަމުގެ މައްޗަށް ބިނާކޮށް، ދެންއޮތް ސުވާލަކީ، ޤާނޫނީ ޒިއްމާއާ ޚިލާފވުމުގު ޢުންޞުރު ސާބިތު ކުރުމުގެބުރަ އަދާކުރުމަކީ ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތުން އުފުލަންޖެހޭ ބުރައެއްތޯއެވެ. ތަޤްޞީރީ މަސްއޫލިއްޔަތާ ގުޅޭގޮތުން މިހައިތަނށް ނިންމާފައިވަ މައްސަލަތަކުން، މި ސުވާލަށް ސާފުޖަ ވާބެއ ލިބިފައިވާކަމަށް ނުބެލެވެއެވެ.
8.50. އިހުމާލުގެ މައްސަލަތަކުގއަ ދަޢުވާކުރި ފަރާތުގެބުރަ އަދާކރުމާގުޅޭ މައިގަނޑު އުޞޫލު ކަލްކަތާ ހައިކޯޓުގެ ޑެކްހަރި ޓީ ކޯ ލޓޑ. ވ. އަސަމް ބެންގަލް ރޭލްވޭ ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އިހުމާލުގެ މައްސަލަތަކުގައި، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކީގެމައްޗަށ ބިނާކޮށް ދަޢުވާގެ ވާޤިޢާތަކާ ގުޅުވައި، ދަޢުވާލިބޭ ފަރާތުން ޖަވާބު ދޭންޖެހޭ ޙާލަތު ވުޖޫދުކުރުވައިފިނަމަ، ދަޢުވާކުރާ ފަރާތުގެ މައްޗަށްއޮތް ސާބިތު ކުރުމުގެބުރަ އަދާކުރިކަމަށް ބަލަންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ.
9.50. ބުނެވިދިޔަ ޤާނޫނީ އުޞޫލު، މި މައްސަލައަށް ތަޠުބީޤު ކުރާއިރު، އިސްތިއުނާފު ރއްދުވަ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ގުދަނުގައި އަލިފާން ރޯވުމގައި އިހުމާލު ނެތްކަމުގެ މައްޗަށް ގްރީން ޕާތްއިން ޖަވާބުދާރީވުން ލާޒިމުވާ ޙާލަތު އުފަންވީފައިވާކަމަށް ޤާނޫނީގޮތުން ބޮޑަށް ބުރަވެވެއެވެ.
10.50. ސިވިލް ކޯޓުގައި ގްރީން ޕާތްގެ ހުށަހެޅުމަކީ، އަލިފާން ރޯވިގުދަނަކީ "ކެމިކަލް ސްޓޯކުރާގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"އާ އެއްގޮތަށްހުރި ގުދަނެއްކަމަށް ކަނޑައަޅައި، 21 މެއި 1920 ދުވަހު "ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ"، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ޑިފެންސުން ދީފައިވުމުގެ ސަބަބުން، ގްރީން ޕާތްގ ޤާނޫނެ ޒިއްމާ އަދާކޮށްފައިވާކަމާއި، އެ ޒިއްމާއާ ޚިލާފުވެފައި ނުވާކަމަށް ބަލަންޖެހޭކަމަށެވެ. ގްރީން ޕާތްއަށް "ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ" ދީފައިވާ Dekhari Tea Co, Ld v The Assam Bengal Railway Co. Ltd, (1919)ILR 47 Cal 6. މިނިސްޓްރީ އޮފް ޑިފެންސަކީވެސް ދައުލަތުގެ އިދާރާއެކެވެ. އެ ހުއްދަ ލިބިފައިއޮތުމުން ޝަރީޢަތަށް ސާފުވާކަމަކީ، 21 މެއި 2019 ދުވަހު ހުއްދަ ދިންއިރު، އެ ގުދަނަކީ "ކެމިކަލް ސްޓޯކުރާގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"އަށް ހުރިތަނެއްކަމެވެ.
11.50. ދެންއުފެދޭ ސުވާލަކީ، 21 މެއި 2019 ދުވަހާއި އަލިފާނުގެ ހާދިސާހިނގި ތާރީޚު ކމުގައިވަ 20 ސެޕްޓެމްބަރ 2019 ދުވަހާ ދެމެދު އެ ޙާލަތު ބަދަލުވެފައިވޭތޯއެވެ. މި ނިންމމުގު ނުކުތާ 31.5 އިން 1231. އަށް، ގްރީން ޕާތްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 21 މެއި 2019 ދ ވަހަށްފަހު، ތަނަށް މުދައު ވެއްދިކަމެއް، މުދައު ނރުންކަމެއް، ތަނުގައި ކަރަންޓު ހުރިކަމެއ ނެތްކަމެއް އަދި އޭގެސަބަބުން އެގްޒޯސްޓްތައް މސައްކަތަ ކުރާކަމެއް ނުކުރާކަމެއް، މިއިން އެއްވެސްކަމެއް ގްރީން ޕާތްއަށް ނޭނގުމުގެ އިތުރުން، ދަށުކޯޓުގެ މަރުޙަލާގައިވެސް މިއިން އެއްވެސްކަމެއް ގްރީން ޕާތްގެ ފަރާތުން ބަލާފައިނުވުމުން، ޝަރީޢަތަށް ސާފުވާކަމަކީ ގްރީން ޕާތްގެ ގުދަނުގައި އަލިފާނރޯވިއިރް ހުރިޙާލަތާމެދު ގްރީން ޕާތްގެ އެއްވެސް ފަރުވާލެއް ނެތްކަމެވެ.
12.50. އެހެނީ، ސަބަބުވެރި މިންގަނޑަކުން ބަލާއިރު، ގުދަނެއްގައިހުރި ކެމިކަލްތަކެއްގައި ރޯވެގެން ހިނގިހާދިސާގައި، ގުދަނުގައިހުރި ކެމިކަލްތައްގޮވައި، ކައިރީގައިހުރި ގެތަކާއި ސައިކަލު ތަކުގައިވެސް ރޯވެފައިވާކަނ ލިޔުންތަކުން އެނގޭއިރު، ގްރީން ޕާތްގެ ހަމައެކަނި ހުށަހެޅުމަކީ އަދި ދިފާޢަކީ، 21 މއ 2019 ދުވަހު "ކެމިކަލް ސްޓޯކުރާގުދަން ހަދާފައި ހުންނަންޖެހޭ މިންގަނޑު"އާ އެއްގޮތަށް "ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ" މިނިސްޓްރީ އޮފް ޑިފެންސުން ދީފައިއޮތުމެވެ. އަދި އެ ހުއްދައިގެބާރު ދެމިއޮންނާނެކަމަށް ގްރީން ޕާތުން ދެ މަރުޙަލާގެ ކޯޓުގައި ވަކާލާތު ކ ށްފައިވާއިރު، ހަމަ އެ ހުއްދަދިން މިނިސްޓްރީގެ ދަށުގައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އަލިފާނުގެ ޕޮއިންޓް އޮފް އޮރިޖިންއަކީ ގްރީން ޕާތްގެ ގުދަންކަމަށް ބުނެފައިވާއިރު، އެއީ ކަށަވަރުނުކުރެވޭ އަދި ބަރޯސާ ނުވެވޭނެ މަޢުލޫމާތެއްކަމަށް ބުނަމުންދަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްދެކެމެވެ.
13.50. ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރުމުން، އިހުމާލުގެ ދަޢުވާގެ ވާޤިއާތަކާ ގުޅި ގެން އިސްތިއުނާފުކުރާ ފަރާތުން ޖަވާބުދާރީ ވާންޖެހޭ މިންވަރަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހެކިހުށަހަޅައި، ގްރީން ޕާތްގެ ކިބައިގާއޮތް ޤާނޫނީ ޒިއްމާއާ ޚިލާފުވެފައިވާކން ދަލާލަތުކޮށްދަ ވާޤިޢާތަކެއް، ބޮޑަށްބުރަވެވޭ މިންގަނޑުން ސާބިތު ކޮށްދީފައިވާކަމަށް ދެކެމެވ. އެހެންކަމުން، ގްރީން ޕާތްގެ ކިބައިގައިއޮތް ޤާނޫނީ ޒިއްމާއާ ޚިލާފުވެފައިވާކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ޤަޟިއްޔާގައި ކަނޑައަޅާފާއިވ އުޞޫލާ އެއްގޮތަށް، އިސްތިއުނާފ ރައްދުވާ ފަރާތުން ސާބިތު ކޮށްދީފައިވާކަމަށް ދެކެމެވެ.
51ތިންވަނަ ޢުންޞުރަކީ، އިހުމާލުވި ފަރާތުން އެ ޤާނޫނީ ޒިއްމާއާ ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބުމެވެ. މި ނިންމުމުގެ ނުކުތު 6 އިން 8 އަށް ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، އިސްތިއުނާފި ރައްދުވާ ފަރާތުގެ ގެތަކުގައި ދިރިނޫޅެވޭ މިންވަރަށް ހަލާކުވެފައިވަނީ […] ގްރީނޭ ޕާތްގެ ގުދަނުގައި އަލިފާން ރޯވުމުގެ ސަބަބުންކަން، ބޮޑަށްބުރަވެވޭ މިންވަރަށް އިސްތިއުނާފު ރައްދުވް ފަރާތުން ސބިތާ ކޮށްދީފައިވާކަމަށް ދެކެމެވެ. އަލިފާނުގެ ހާދިސާގެ ފެށުމަކީ […] ގްރީން ޕާތްގެ ގުދަންކަމުގެ ވާޤިޢާއަށް ގްރީން ޕާތްގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ. މީގެއިތުރުން، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދިފާޢުވުމަށް ހުށަހަޅާފައިވާ ކަންކަމަށް ޖުމްލަކޮށް ބެލުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުސައިން ރަޝީދު ޤަޟިއްޔާގައިވާ އުޞޫލާ އެއްގޮތަށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތަކަށް ގެއްލުން ލިބިފައިވަނީ ގްރީން ޕާތްގެ ޚަޠައު ޢަމަލަކުން ނޫންކަން ސާބިތު ކުރުމުގެބުރަ ގްރީން ޕާތްއިން އަދާކޮށްފައި ނުވާކަމަށް ޤާނޫނީ ހަމތަކުނަ ބަލަންޖެހެއެވެ.
52ހަތަރުވަނަ ރުކުނަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބުނު ގެއްލުމަކީ އިހުމާލުވި ފަރާތުން ޤާނޫނީ ޒިއްމާއާ ޚިލާފަށްކުޅަ ޢަމަލާ ގުޅިފައިވާ ގެއްލުމަކަށްވުމެވެ. މިގޮތުން ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.52. މި ނިންމުމުގެ ނުކުތާ 50.5 އަދި 50.6 ގައިވާ ޤާނޫނީ އުޞޫލަށް ރިޢާޔަތް ކުރާއިރު، އިސްތިއުނާފުކުރާ ފަރާތަކީ ފަސޭހައިން އަލިފާންރޯވާ ކެމިކަލް ގުދަންކުރާ ފަރތަކަށްވާފައި، ގްރީން ޕާތްގެ ކިބައިގައިއޮތް އަވަށްޓެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވރުކުރުމުގަ ޒިއްމާއަކީ އާދައިގެ މިންވަރަށްވުރެ މަތީދަރަޖައަކަށްއޮތ ޒިއްމާއެއްކަމަށް ބަލަންޖެހެއެވެ.
2.52. މި ނިންމުމުގެ ނުކުތާ 49 އިން 51 އަށް ބަޔާންކޮށްފައިވާ ކަންކަމަށް ނަޒަރު ކުރުމުން، 21 މެއި 2019 ދުވަހު "ކެމިކަލް ގުދަންކުރާ ތަނުގެ ހުއްދަ" ލިބުމާއި، ގުދަނުގައި އަލިފާން ރޯވުމ ދެމެދާ ހޭދަވެފައިވާ މުއްދަތުގައި، ފަސޭހައިން އަލިފާންރޯވާ ޒާތުގެ ކެމިކަލްތަކެއް ރައްކާކޮށްފައިހުރި ގްރީން ޕާތްގެ ޓިނުގުދަނުގައި، ކަރަންޓު ހުރިކަން ނުވަތަ ނތްކަނެ ބަލާފައިނުވާކަން އެނގެއެވެ. އަދި ސިވިލް ކޯޓުން މައްސަލަ ބެލިއިރއާ އިސްތިއުނާފުގެ މަރުޙަލާގައިވެސް، އަލިފާން ރޯވިއިރު ގުދަންހުރި ޙާލަތު ސާފުކުރުމަށް ގްރީން ޕތްއިނާ އެއްވެސް މިންވަރަކަށް މަސައްކަތް ކޮށްފައި ނުވާކަން އެނގެއެވެ. ވީމާ، ގްރީން ޕާތްގެ ކިބައިގައި ޢާއްމު މިންގަނޑަށްވުރެ ފަރުވާތެރިވުމުގެ ޤާނޫނީ ޒިއްމާއެއް މި ޙާލަތުގައި އޮވެމެ، އެ ޒިއްމާ އަދާކުރުމަށް ޢަމަލެއް ކޮށްފައިވާކަން އެނގޭކަށްނެ ތެވެ. އަދި އެފަދަ ޒިއްމާއެއް އޮންނަ ޙާލަތުގައި، ގްރީން ޕާތްއިނ ނުކޮށް ދޫކޮށްލި ކަންކަމަކީވެސް، އިހުމާލު ސާބިތުކުރުމުގެ ބޭނުމަށް "ޚަޠައު ޢަމަލު"އެއްކަމަށް ޤާނޫނީގޮތުން ބެލެވޭނެކަމަށް ދެކެމެވެ.
3.52. މި ނިންމުމުގެ ނުކތު 31 އަށް ޖުމްލަކޮށް ބަލާއިރު، ތަނުގައި އަލިފާން ރޯވުމުގައި ކަރަންޓުނޫން އެހެން ސަބަބެއް އޮވެދާނެކަމަށް ބުނުންފިޔަވައި، އެ ނޫންގޮތަކަށް ކަންހިނގާފައި ވާކަމަށް ބެލެވޭފަދަ ހެއްކެއް ގްރީން ޕާތްއިނ ދަށުކޯޓަށް ހުށަހަޅާފައި ނުވަތަ އެބީދައިން ވަކާލާތުކޮށް ބަހުސްއުފައްދާ ފައި ނުވާކަން އެނގެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ސާބިތުކޮށްދީފައިވާ ވާޤިޢާތަކުން ގުދަނުގައި އަލިފާން ރޯވެދާފަދަ ސަބަބެއް އޮތްކަމަށް ބެލެވޭއިރު އަދި އަލިފާން ރޯވެފައިވާއިރު، ގުދަނުގައި ރޯވިއަލިފާނާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތަކަށް ލިބުނުގެއްލުމާ ހުރިގުޅުން މުގުރި ގެންދާފަދަ ވާޤިޢީ ނުވަތަ ޤާނޫނީ ސަބަބެއްވެސް ގްރީން ޕާތްއަށް ދެއްކިފައިނުވެއެވެ.
4.52. ވީމާ، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބުނު ގެއްލުމަކީ ގްރީން ޕާތުގެ ޤާނޫނީ ޒިއްމާއާ ޚިލާފަށްކުޅަ ޢަމަލާ ގުޅިފައިވާ ގެއްލުމަކަށް ޤާނޫނީގޮތުން ބަލަންޖެހޭކަމަށް ދެކެމެވެ.
53ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ 14 ވަނަ ނުކުތާގައި، އިސްތިއުނާފު ރައްދުވާ ފރާތުގަ ހުށަހެޅުންތަކުން ފައުޅުވާ ވާޤިޢާތައް ބަޔާންކުރުމަށްފަހު، ސާބިތު ކުރުމުގެބުރަ އަދކުރަންޖެހޭނާ އިސްތިއުނާފުކުރާ ފަރާތުން ކަމަށް ކަނޑައަޅުއްވާފައިވަނީ، މި ނިނމް މުގު 50 ނުކުތާގއަ ބަޔާންކޮށްފައިވާ ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީ ވާންޖެހޭ މިންވަރަށް ވާސިލުވެވުމގު ޤާނޫނީ އުޞޫލު އެބީދައިން ސާފުކޮށް ބަޔާންކޮށްފައި ނުވިނަމަވެސް، އެ އުޞޫލާ އެއްގޮތަށްކަމަށް ދެކެމެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނިންމެވުމުގެ ނުކުތާ 14 ގައިވާ ކަންކަމަކީ، ދިވެހިރާއް ޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ޤަޟިއްޔާގައިވާ ދަޢުވާ ސާބިތު ކުރުމުގެބުރަ އަދާކުރަންޖެހޭގތުގޮ އުޞޫލާ ޚިލާފު ނިންމެވުމެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ސަބަބެއްނެތެވެ.
54ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެތކުގައަ އަލިފާން ރޯވެފައިވަނީ ގްރީން ޕާތްގެ އިހުމާލުންކަ ނ މަދަން މިންގަނޑުން ސާބިތުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ދެކެމެވެ.
55ގްރީން ޕާތްގެ ފަރާތު ނ ހުށަހެޅް ދެވަނަ އިސްތިއުނާފީ ނުކުތާގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރިޔަށް ގެންދިޔުމަކީ މި މައްސަލައިގައި ފައިސަލާކުރުން ލަސްކުރަންޖެހޭ ސަބަބެއް ނޫންކަމުގައި ސިވިލް ކޯޓުން ނިންމާފައިވަނީ ޢދުލަ އިނޞް ފުގާ ހަމަތަކާ ޚިލާފަށްކަމަށބުން ހުށަހެޅުމަށް ރިޢާޔަތްކުރާއިރު، ފާހަގަކުރެވޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.55. ސިވިލް ކޯޓުގެ ނިންމެވުމަށް ވާސިލުވުމުގައި ރިޢާޔަތްކުރއްވި މޯލްޑިވްސެ ޕޮލިސް ސަރވިސްގެ ނަންބަރު 1/255G(S2)/144/202-171 (06 ސެޕްޓެމްބަރ 2021) ސިޓީގައިވާ ހޯދުންތަކާއި، މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު ފޮނުވާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު M1)/PRE/2024/03(G-171 (24 އޭޕްރީލް 2024) "ޕޮލިސް ރިޕޯޓު"ގެ ހޯދުންތަކުގައި އެއްވެސް ތަފާތެއް ނެތެވެ.
2.55. މި މައްސަލައިގެ ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރު ކަމަށްވާއިރު، ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގެކުރިން މައްސަލައިގެ ޙާލަތު އަދާހަމަކުރުމަށް މަޢުލޫމާތު ހޯއްދެވުމުން، ފުލުހުންގެ ފަރާތުން ފޮނުވި ސިޓީގައި، އަލިފާނުގެ ހާދިސާއާ ގުޅިގެން ގްރީން ޕާ ތ ފިޔަވައި އެހެންފަރާތަކުން އަދާކުރަންޖެހޭ ޒިއްމާއެއް އޮތްކަމަށް ބެލެވޭފަދަ އެއްވެސް ސަބަ ބއަ ބަޔާންކޮށްފައިނުވެއެވެ.
3.55. ފުލުހުންނަކީ ދިވެހި ދައުލަތުގެ ތަޙުޤީޤީ އިދާރާއަކަ ށްވާއިރު، ސިވިލް ކޯޓުން ބަލަމުންދާ މައްސަލައިގެ ބޭނުމަށް އެ ކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން، […] ގްރީނި ޕާތްގެ ގުދަނުގައި ރޯވިއިރުހުރި ޙާލަތާގުޅޭގޮތުން ޝައްކުގެ މަހައްލއް އުފަންވާފަދެ އެއްވެސް ހޯދުމެއް ހިމަނާފައިނުވާއިރު، އެ ހޯދުންތަކަކީ ޔަޤީންނުވާ ނުވަތަ ނުރގަޅު މަޢުލޫމާތެއްކަމަށަ ބަލަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއްނެތެވެ. އަދި އެ ކެމިކަލް ރައްކާކޮށްފައިހުރި ގދަނުގައު އަލިފާން ރޯވެފައިވަނީ ގްރީން ޕާތްގެ އިހުމާލުން ނޫންކަމަށް ބުނުމުގެ އިތުރުން އެއްވެސް ހެއްކެއް، ގަރީނާއެއް، ނުވަތަ އެ އަލިފާނުގެ ހާދިސާ އެނޫންމަގަކުން ހިނގާފައިވާކަމަށް ބެލެވޭފަދަ ޤާނޫނީ ނުވަތަ ބުއްދީގެ ހަމައެއްގެމައްޗަށް ބިނާކޮށް ގްރީން ޕާތްއިން ސިވިލް ކޯޓުގައި ވަކާލު ކޮށްފައިވެސް ނުވެއެވެ.
4.55. ފުލުހުންގެ ތަޙުޤީޤު ފުރިހަމަކުރުމުގެ ކުރިން، ސިވިލް ކޯޓުން އިހުމާލުގެ މައްސަލަ ނިންމަވާފައިވަނީ ޢަދާލަތުގެ ހަމަތަކާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، ސިވިލް ކޯޓުން ޚިލާފުވެފައިވާ ޢަދާލަތުގެ ހަމައެއް ގްރީން ޕާތްއިން ސާފުކޮށްދީފައިނުވެއެވެ.
56އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ތަޙުޤީޤަށް ހުރަސްއެޅޭކަމަށ ހުށަހަޅާފައިވް ވާހަކަތަކީ، ސާބިތުހިފޭ ވާހަކައެއްކަމަށް ޤާނޫނީގޮތުން ނުބެލެވެއެވެ. އަދި ފުލުހުނގް ނަންބަރު -171 G(S2)/144/2021/255 (06 ސެޕްޓެމްބަރ 2021) ސިޓީގައިވާ ހޯދުންތަކާއި، އަލިފާނުގެ ހާދިސާގެ ތަޙުޤީޤު ފުރިހަމަކޮށް ފުލުހުން ހުށަހެޅި ރިޕޯޓުގެ ސުރުޚީގައި "ހާދިސާ ރިޕޯޓު" ލިޔެފައި އޮތުން ފިޔަވައި، ފުލުހުންގެ ހޯދުންތަކުގައި އެއްވެސް ތަފާތެއްނެތަތީ، ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޢަދާލަތުގެ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލަންޖެހޭފަދަ ޤާނޫނީ ސަބަބެއްނެތެވެ.
57މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު -Cv/1931 C/2020 އާއި، C/2020-Cv/1932 އަދި C/2020-Cv/2100 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމަން ފެނެއެވެ.
58މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚންނު ވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާ އަށް ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
59މި މައްސަލައިގއަ ފަނޑިޔާރި ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
60މި މައްސަލއިގައަ ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދު ކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 2022|HC-N16,t7,18 44 oD 2v4 ,.O/ CrA o ot2, o ,4 2*a o/o/ ,o?? a ev 2tP ,.tc2sJ.,tt 2.rJ.rt 2rrro ':ii; :?ri -i ji,3.3,,- i 2l00lCv-C12020 t932lCv-C12020 ,n.3 lg3llcv-c12020 // (rrtlr//a u O//Oc Oc/, ,/ //, ,ra- 4CO/ Oaraa oraor, ? u.roa, 2 2rY /2Y.?f r4ooP ?2, sr.i /er.2.2-t2le ?t .?2r.J, 2.rJ t.rJ. t ,2 ? a oD o / erx ora. o a, a ao zau a c >C2 z cao? c aru o, 2r.r', 2,?2 sesl Lx!;9a1 s/2e2 sf/,,r, t.rJ .t ev.r,/ -r e.rr-?2, 2o2/.r2 , /// cc o* '22J.-t'a , oD ,, Oo u ilv aro JraP 3 2 o o,a 2/ O t,2 aa242a 6n-ro .r.r, lLrJ O-/*, /)ip u-zol . ,2, zrJ,.. . / 12 /z : v*n:) V9 3310+l I :pvl (JJl)Uly :?j tear/t", .22 .zs// Clca .evr/ tCa//t/1
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ (ރ)
- ސުޕްރީމް ކޯޓު: ޙުސައިން ރަޝީދު ޤަޟިއްޔާ (ނަންބަރު ލިޔުމުގައި ނެތް)
- ސުޕްރީމް ކޯޓު: ނަން ފޮރުވާފައި ވ. ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) (2016/SC-A/05)
- ސުޕްރީމް ކޯޓު: ނޮކް ހިއު ޝިޕިންގ ކޯ ލިމިޓެޑް ވ. ހައިސް ޕޯޓް ފެސިލިޓީ (2021/SC-A/67)
- ސުޕްރީމް ކޯޓު: އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ (2012/SC-A/10)
- ސުޕްރީމް ކޯޓު: ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް (2012/SC-A/20)
- ސުޕްރީމް ކޯޓު: އަޙްމަދު ނާޝިދު ޤަޟިއްޔާ (2010/SC-A/02)
- Donoghue v Stevenson [1932] AC 562
- Caparo Industries PLC v Dickman [1990] UKHL 2
- Saliah Mohamed Haji Ibrahim v N. Abdul Samath Sahib (1935) 69 MLJ 218 (މެޑްރާސް ހައިކޯޓު)
- Dekhari Tea Co Ld v The Assam Bengal Railway Co Ltd (1919) ILR 47 Cal 6 (ކަލްކަތާ ހައިކޯޓު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނާޖީ ފާއިޒު، މުޙައްމަދު ޝަހުދީ އަންވަރު، ޙުސައިން ސިރާޖް، އެސް.އެންޑް.އޭ ލޯޔަރސް އެލް.އެލް.ޕީ
- ބެންޗު
- ދީބާނާޒް ފަހުމީ، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް