ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/383
އައިކެއަރ ޕްރައިވެޓް ލިމިޓެޑް ވ. މޫސާ މުޙައްމަދު، 2018/HC-A/383
Aikear Private Limited v. Moosa Mohamed 2018/HC-A/383 (2018/HC-A/383, High Court of the Maldives, 13 April 2026)
އައިކެއަރ ޕްރައިވެޓް ލިމިޓެޑް ވ. މޫސާ މުޙައްމަދު
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފި ފަރާތް (އައިކެއަރ) ޢިމާރާތާ ޙަވާލުވެ ކުލީގެ މުއްދަތު ފެށި ކުލި ދައްކަންޖެހޭ ޙާލަތު ވުޖޫދުވިތޯ، ދަށު ކޯޓުން ވާޤިޢާތައް ކަނޑައެޅުމުގައި ހެކި ވަޒަންކުރީ ސުޕްރީމް ކޯޓުގެ ސާބިތުކުރުމުގެ މިންގަނޑުތަކާ ޚިލާފަށްތޯ، އަދި ކުލި ނުދެއްކުމުން ކުއްޔަށްދޭ ފަރާތުން ފޮނުވި ބާޠިލުކުރުމުގެ ނޯޓިސް ބާޠިލުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 56) މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާކުރާ ނުވަތަ އެ ހުށަހެޅުން ހުށަހަޅާ ފަރާތެވެ (2010/SC-A/02). ސާބިތުކުރުމުގެ ބުރަ ދެ ބައެކެވެ: ދަފްޢު ސާބިތުކުރުމަށް ހެކި ހުށަހެޅުމާއި، ދެފަރާތުގެ ހެކި އަޅާކިޔާއިރު އެ ހެކި އެކަށީގެންވާ މިންވަރަށް ވުމެވެ (2013/SC-A/28). މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ ގޮތް (balance of probabilities) އެވެ (2013/SC-A/53).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 57) ދަށު ކޯޓަށް ހުށަހެޅުނު ހެއްކެއްގެ ތެދުދޮގު އަލުން ވަޒަންކުރުމަކީ ޢާއްމުކޮށް އިސްތިއުނާފީ ކޯޓަކުން ކުރާ ކަމެއް ނޫނެވެ. ނަމަވެސް ދަށު ކޯޓުން މައިގަނޑު ކަމަކާމެދު ގޮތެއް ނުނިންމާ ހުރުން، ހެކި ވަޒަންކުރީ ބުއްދީގެ ހަމަތަކާ ޚިލާފަށްވުން، ހުރިހާ ހެކިތަކަށް ޝާމިލުކޮށް ބަލާއިރު ނެރުނު ދޭހަ ރަނގަޅުނޫންވުން، ނުވަތަ ސާބިތުވި ވާޤިޢާތަކަށް ނުބައި ޤާނޫނީ އުޞޫލު ތަޠުބީޤުކުރުމުގެ ޙާލަތުގައި އިސްތިއުނާފީ ކޯޓަށް ހެކި ވަޒަންކޮށްފައިވާ ގޮތް ބެލޭނެއެވެ (2018/SC-A/49).
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58) ބޮޑަށް ބުރަވެވޭ ގޮތް ކަނޑައަޅާނީ ކަންހިނގީ ކަމަށްވެދާނެ ގޮތްތައް ވަޒަންކޮށް، ވުންމާދުރު ގޮތްތައް ދޫކޮށް، ކަންވުމާ އެންމެ ގާތް ގޮތް ހޯދައިގެންނެވެ. ހެކިތަކަށް ބަލާއިރު ކަމެއް ނުވުމަށްވުރެ ވުން ގާތްނަމަ ބުރަ އަދާކުރެވުނީއެވެ؛ ދެ ގޮތް ހަމަހަމަނަމަ ނުވެއެވެ (Miller v Minister of Pensions). ތުހުމަތު ސީރިއަސްވާވަރަކަށް އެ ކޮޅަށްހުރި ހެކި ވަރުގަދަވާންޖެހެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 69-70) ހުވައިކޮށް ދޭ ހެކިބަހުގެ ޢާއްމު އުޞޫލަކީ ހެކިބަސް ބަލައިގަތުމެވެ (2020/SC-A/94)؛ މި އުޞޫލު މަދަނީ މައްސަލަތަކުގެ ހެކިވެރިންނަށްވެސް ހިނގައެވެ. ހެކިބަސް ދިނުމުގައި ލިޔުމަކަށް ބެލުމާއި، ހެކިވެރިޔާއަކީ ނުފޫޒުން އެއްކިބާވާ މީހެއް ނޫންކަމަށް ހަމައެކަނި ބުނުމަކީ ހެކިވެރިޔާގެ ޢަދުލުވެރިކަމާމެދު ސުވާލު އުފެދުމަށް ފުދޭ ޤާނޫނީ ސަބަބެއް ނޫނެވެ؛ ހަމަތަކާ އެއްގޮތަށް އެފަދަ ސަބަބެއް ދަށު ކޯޓަށް ހުށަހަޅާފައިނުވާއިރު، އެ ހެކިބަހަށް ރިޢާޔަތްކުރުމަކީ ޤާނޫނީ އުޞޫލާ އެއްގޮތް ކަމެކެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 79) އެއްބަސްވުމުގައި ސޮއިކުރި ފަރާތެއް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޙަޤީޤަތެއް (މި މައްސަލައިގައި ނުނިމި ހުރި ފަންގިފިލާތައް) ބަލައިގެންފައިވާކަމަށް ޤާނޫނީ ގޮތުން ބަލަންޖެހެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 81) ކުލީގެ އެއްބަސްވުމުގައި ތަން ޙަވާލުކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައިނުވާއިރު، ކުއްޔަށް ހިފާ ފަރާތުން ޢިމާރާތްކުރުމުގެ ތަކެތި ގެނައުމާއި، ނިންމުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމާއި، ކުއްޔަށްދޭ ފަރާތުން ތަޅުދަނޑި ޙަވާލުކުރުމުން، ކުއްޔަށް ހިފާ ފަރާތް ތަނާ ޙަވާލުވެފައިވާކަމަށް ކަނޑައެޅުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 83-85) ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށް ކަމާއި، އޭގެ ޚިލާފަށް ޢަމަލުކުރެވޭނީ އަނެއް ބައިވެރިޔާ ދުލެއްދީފިނަމަ ނުވަތަ އެހެން ގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމައެވެ. ކަންހިނގި ގޮތުން ތަން ނިންމުމުގެ ކުއްޔަށްދޭ ފަރާތުގެ ޒިންމާއަށް ބަދަލުގެނައުމަށް ދެފަރާތް ރުހިފައިވާކަމަށް ބެލެވޭނަމަ، ތަން ނުނިމެނީސް ކުއްޔަށް ހިފާ ފަރާތް ތަނާ ޙަވާލުވުމާއެކު އެއްބަސްވުމުގައިވާ ގޮތުން ކުލީގެ މުއްދަތު ފެށި، ކުލި ދެއްކުން ލާޒިމުވެއެވެ.
- (ޙުކުމްގެ ޕެރެގްރާފް ނަންބަރު 86) ކުލި ދައްކަންޖެހޭ ޙާލަތު ވުޖޫދުވެފައި، ކުލި ދައްކާފައިނުވާއިރު، ކުލި ނުދައްކައި 30 ދުވަސްވުމުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު ދޭ މާއްދާއަށް (11 ވަނަ މާއްދާގެ (ހ)) ޙަވާލާދީ ކުއްޔަށްދޭ ފަރާތުން ފޮނުވި ނޯޓިސް ބާޠިލު ނޯޓިހެއް ކަމަށް ނުބެލެވެއެވެ.
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 1300/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި، އައިކެއަރ ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އައިކެއަރ"ކަމަށް ބުނެފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] މޫސާ މުޙައްމަދު (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މޫސާ މުޙައްމަދު"ކަމަށް ބުނެފައިވާ ) އެވެ.
2މި މައްސަލައަށް ތަދައްޚުލުވުމަށްއެދި، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "އޭ.ޑީ.ކޭ" ނުވަތަ "ތަދައްޚުލުވި ފަރާތް"ކަމަށް ބުނެފައިވާ)ގެ ފަރާތުން ހުށަހެޅުމުން، އެ ފުރުޞަތު އޭ.ޑީ.ކޭއަށް ދީފައިވެއެވެ.
3[…] އެވެކިޔާ ގޯތީގައިވާ ޢިމާރާތް ކުއްޔަށް ދިނުމަށްޓަކައި، މޫސާ މުޙައްމަދުއާއި އައިކެއަރއާ ދެމެދު، 17 އޭޕްރިލް 2016 ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
4ބުނެވިދިޔަ އެއްބަސްވުމުގައިވާ، މި މައްސަލައާ ގުޅުންހުރި މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. ކުންފުނީގެ ރަޖިސްޓަރޭޝަން ނަންބަރު 0483/2014-C. ދިވެހި ރައްޔިތެއްކަން އަންގައިދޭ. ކުންފުނީގެ ރަޖިސްޓަރޭޝަން ނަންބަރު 134/95-C.
1.4. އެއްބަސްވުމުގެ ދީބާޖާގައި، […] އެވެކިޔާ ގޯތީގައިހުރި 10 (ދިހައެއް) ބުރީގެ ޢިމާރާތުގެ، 2 ވަނަ ފަންގިފިލާ ފިޔަވައި މުޅިޢިމާރާތް، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް މޫސާ މުޙައްމަދު ހުށަހަޅާފައިވެއެވެ. އެއްބަސްވުމުގައި ސޮއިކުރިއިރު، ޢިމާރާތުގް 6 ވަނަ އަދި 8 ވަނަ ފަންގިފިލާ އެއްކޮށް ނިމިފައިނުވާކަމަށް ދެ ފަރާތަށް އެނގޭކަމަށް ބަޔާންކޮށްފައިވާއިރު، އެ ފލޯރތުއް ނިންމުމާއިއެކު، […] އެވެކިޔާ ގޯތި ކުއްޔަށްހިފުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ.
2.4. އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ހ)ގައި، އެއްބަސްވުމށަ ޢަމަލުކުރަން ފަށާނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެންކަމަށް ބުނެފައިވެއެވެ. އަދި އެ މާއްދާގެ (ށ)ގައި، އެ މާއްދާގެ
(ހ)ގައި އެހެން އޮތްނަމަވެސް، އެއްބަސްވުމުގެ ދަށުން ޢިމާރާތް ކުއްޔަށްހިފާ ފަރާތާއި ޙަވާލުކޮށް 2 ވަނަ މާއްދާގައިވާ ކުލީގެ މުއްދަތު ގުނަންފަށާނީ، އެއްބަސވުމުގް 3 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަސް ހަމަވުމުންކަމަށް ބުނެފައިވެއެވެ.
3.4. އެއްބަސްވުމުގެ 2 ވަނަ މާއްދާގައި، އެއްބަސްވުމުގެ ދަށުން […] އެވެކިޔާ ގޯއްޗއާ ގުޅިފައިވާ ޢިމާރާތް ކުއްޔަށްދޭ މުއްދަތަކީ އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސް ދުވަސްހަމަވާ ދުވަހުން ފެށިގެން ނުވަތަ ޢިމާރާތުގައި ނުނިމިހުރި 6 އަދި 8 ވަނަ ފުލޯރ ގޭގެވެރިފަރާތުން ނިންމައި، މުޅިޢިމާރާތް ޙަވާލުކުރާ ދުވަހުން ފެށިގެން މީލާދީގޮތުން 10 (ދިހައެއް) އަހަރު ދުވަސްކަމަށެވެ.
4.4. އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ)ގައި، ކުއްޔަށްދޭ ޢިމާރާތުގެ ނުނިމިހުރި 6 އަދި 8 ވަނަ ފުލޯރ، ނިންމުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް އައިކެއަރއިން އެއްބަސްވާއިރު، ޢިމާރާތްކުރުމުގެ ޢަމަލީ އެންމެހައި ކަންކަންކުރުމުގެ މަސްއޫލުވެރި ފަރާތަކީ މޫސާ މުޙައްމަދުކަމަށް ބުނެފައިވާއިރު، އެ މާއްދާގެ (ށ)ގައި، އެ ފ ލޯރތައ ނިންމުމަށް ހޭދަވާނީ 6 (ހައެއް) މަސްދުވަސްކަމަށް ގޭގެވެރިފަރާތުން ޔަޤީންކަންދޭކަމަށް ބުނެފައިވެއެވެ.
5.4. އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ނ)ގައި، ޢިމާރާތް ނިންމުމަށް ކުރަންޖެހޭ ޚަރަދަށް އެދިއްޖެނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ޚަރަދު ހަމަޖައްސައިދިނުމަށް އައިކެއަރއިން އެއްބަސްވެފައިވެއެވެ. އަދި އެ މާއްދާގެ (ރ)ގައި، 7 (ހަތެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި ފައިސާ ހަމަނުޖެއްސ ހޭދަވި ކޮންމެދުވަހެއް، އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ކުލީގެ މުއްދަތުން އުނކުރެވޭނެކަމަށް ބުނެފައިވެއެވެ.
6.4. އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ބ)ގައި، އެ މާއްދާގެ (ނ)ގެ ދަށުން ކުއްޔަށްދޭ ޢިމާރާތުގެ ނުނިމިހުރި 6 އަދި 8 ވަނަ ފުލޯރ ނިންމުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރުމަށްދޭ ފައިސާއިން، މީލާދީ މަހަކަށް 30,000.00ރ (ތިރީސްހާސް ދިވެހި ރުފިޔާ)ގެ މަގުން ކުލިއުނިކުރަމުންގޮސ ޚަލާޞް ކުރުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ.
7.4. އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ)ގައި، އެއްބަސްވުމުގެ ފުރަތަމަ 5 (ފަހެއް) އަހަރުގެ ކޮންމެ މީލާދީ މަހެއްގެ ކުއްޔަކީ USD 16,342.00 (ސޯޅަހާސް ތިންސަތޭކަ ސާޅީސް ދޭއް އެމެރިކާ ޑޮލަރު)ކަމަށާއި، ދެވަނަ 5 (ފަހެއް) އަހަރުގެ ކުއްޔަކީ، 17,510.00 USD (ސަތާރަހާސް ފަސްސަތޭކަ ދިހައެއް އެމެރިކާ ޑޮލަރު)ކަމަށް ބުނެފައިވެއެވެ. އަދި އެ މާއްދާގެ
(ށ)ގައި، ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކަންޖެހޭކަމަށް ބުނެފައިވާއިރު، ކުލިދެއްކުމުގައި ދިވެހިފައިސާ ބޭނުންކުރެވޭނެ ޙާލަތުތައް ބަޔާންކޮށްފައިވެއެވެ.
8.4. އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ހ)ގައި، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކާ 30 (ތިރީސް) ދުވަހަށްވުރެ ގިނަދުވަސް ވެއްޖެނަމަ، އެއްވެސް އިތުރު އިޖުރާއަތަކާނުލައި، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު މޫސާ މުޙައްމަދަށް ލިބިގެންވާކަމަށް ބުނެފައިވެއެވެ. އަދި އެ މާއްދާގެ (ށ)ގައި، އެއްބަސްވުމުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު، އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ މުއްދަތުގެ ތެރޭގައި 6 އަދި 8 ވަނަ ފުލޯރ ގޭގެވެރިފަރާތަށް ނުނިންމިއްޖެނަމަ، އިތުރަށްހޭދަވާ މުއްދަތަކީ، އެއްބަސްވުމުގައިވާ ކުލީގެ މުއްދަތުން އުނިކުރެވޭނެ މުއްދަތެއްނޫންކަމަށް ބުނެފައިވެއެވެ.
9.4. އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (ހ)ގައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެކުރިން އެއްބަސްވުމަށް އެއްވެސް ބަދަލެއްގެނވޭނެ ދެފަރާތުން އެ ބަދަލަކަށް ލިޔުމުން އެއްބަސްވުމަށްފަހުކަމަށް ބުނެފައިވެއެވެ.
10.4. އެއްބަސްވުމުގެ 16 ވަނަ މާއްދާގައި، އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ ޙާލަތެއް ދިމާވެއްޖެނަމަ، އެކަމެއް ހަމަޖައްސާނީ ދެފަރާތުން ވާހަކަ ދައްކައިގެންކަމަށާއި، އެގޮތުން ނިންމާ ނިންމުމެއް ފެންނަގޮތަށް ލިޔުމެއް އޮންނަންވާނެކަމަށް ބުނެފައިވެއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 2017/C-1300/Cv ޤަޟިއްޔާއަކީ، އައިކެއަރއާއި މޫސާ މުޙައްމަދުއާ ދެމެދުވެވިފައިވާ ބުނެވިދިޔަ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ)އާ އެއްގޮތަށް ޢިމާރާތުގެ މަސައްކަތްތައް ނިންމައި ޢިމާރާތް ޙަވާލުނުކޮށް، އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ށ)އާއި 2 ވަނަ މާއްދާއާ ޚިލާފަށް އަދި އެއްބަސްވުމުގައި ކުލިދެއްކުމަށ ބަޔާންކޮށްފައިވް ޙާލަތާ ވުޖޫދުވެފައިނުވާއިރު، އެ ޙާލަތު ވުޖޫދުވެފައިވާކަމަށް ނިންމައި، އެއްބަސްވުމުގެ 11 ވަނަ މާއްދާއާ ޙަވާލާދީ އެއްބަސްވުން ބާޠިލުކުރުމަށް މޫސާ މުޙައްމަދު އިސްތިއުނާފުކުރާ ފަރާތަށް ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓހެއްކަމަށް ކަނޑައަޅައިދީ، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން ޙަވާލުކުރަންޖެހޭ ޢިމާރާތުގެ އެންމެހައި މަސައްކަތްތަކެއް ނިންމައި، އައިކެއަރއާ ޙަވާލުކުރުމަށް މޫސާ މުޙައްމަދުގެ މައްޗަށް އަމުރުކޮށްދީ، އެއްބަސްވުމާ އެއްގޮތަށް އައިކެއަރއިނ ޢަމަލުކުރަމުން ގޮސްފައިވާތީ، އެއްބަސްވުމުގެ މުއްދަތު ދެމެހެއްޓުމަށާއި، އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތު ގުނަންފެށނޭ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ށ)އާ އެއްގޮތަށް، އަދި 3 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މަސައްކަތްނިމި ޢިމާރާތް ޙަވާލު ކުރުމުންކަމަށް މޫސާ މުޙައްމަދަށް އަންގައި އަމުރު ކޮށްދިނުމަށްއެދި، އައިކެއަރގެ ފަރާތުން މޫސާ މުޙައްމަދުގެ މައްޗަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ދަޢުވާއެކެވެ.
6ސިވިލް ކޯޓުގެ ނަންބަރު 2017/C-1300/Cv ޤަޟިއްޔާގެ ނިންމުމުގައިވާ މައިގަނޑު ކަންކަން ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
1.6. މޫސާ މުޙައްމަދުގެ ފަރާތުން ފޮނުވާފައިވާ ނޯޓިހަކީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ފޮނުވާފައިވާ ނޯޓިހަކަށްވާއިރު، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ކުލި ނުދައްކައި 30 (ތިރީސް) ދުވަހަށްވުރެ ގިނަދުވަސް ވެއްޖެނަމަ، އިތުރު އިޖުރާއަތަކާނުލައި، އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު މޫސާ މުޙައްމަދަށް ލިބިގެންވާކަން.
2.6. އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ ޢިމާރާތުގައި ފުރިހަމަނުކޮށްހުރި 6 އަދި 8 ވަނަ ފުލޯރ ނިންމަންޖެހޭކަން އެނގޭކަމާއި، ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ޚަރަދު ލަސްވެގެން ދިޔަކަން މޫސާ މުޙައްމަދާއި އޭނާގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ޝަފަހީ ހެކިންގެބަހުން އެނގެން އޮންނަކަން.
3.6. އިސްތިއުނާފުކުރާ ފަރާތުގެ ސަބަބުން ޢިމާރާތް ނިންމުން ލަސްވެފައިވާތީ، އިސްތިއުނާފުކުރާ ފަރާތުން މަސައްކަތާ ޙަވާލުވެފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިންގެ ބަހުންވެސް މަސައްކަތްކުރި ތަނުގައި އިސްތިއުނާފުކުރާ ފަރާތަށް ނިސްބަތްވާ މީހުން ޙަރަކާތްތެރި ވެފައިވާކަން އެނގޭކަމާއި، މަސައްކަތް ނިންމުމުގެ މަސްއޫލިއްޔަތު އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިގައި އޮތްނަމަވެސް، ދެ ފަރާތުން އެއްބަސްވުމަށްފަހު، އެ މަސްއޫލިއްޔަތާ އިސްތިއުނާފުކުރާ ފަރާތުން ޙަވާލުވުމަށް ހުރަހެއްނެތްކަނ ޤާނޫން ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 20 ވަނަ މާއްދާއަށް ބެލުމުން އެނގޭއިރު، މި ޙާލަތުގައި އިސްތިއުނާފުކުރާ ފަރާތުން ނުނިމިހުރި މަސައްކަތާ ޙަވާލުވެފައި ވާކަމުގައި ބަލަންޖެހޭކަން.
4.6. އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން، އިސްތިއުނާފު ރައްދުވާ ފަރާތުން ނޯޓިސް ފޮނުވާފައިވާއިރު، އެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ މުއްދަތަކީ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން 6 (ހައެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެން ނުވަތަ ޢިމާރާތުގެ ނުނިމިހުރި 6 އަދި 8 ވަނަ ފުލޯރ ގޭގެވެރިފަރާތުން ނިންމައި މުޅިޢިމާރާތް ޙަވާލުކުރާ ދުވަހުން ފެށިގެން މީލާދީގޮތުން 10 (ދިހައެއް) އަހަރު ދުވަސްކަން.
5.6. ޢިމާރާތުގައި ނުނިމިހުރި މަސައްކަތާ އިސްތިއުނާފުކުރާ ފަރާތުން ޙަވާލުވުމާއެކު، މަސައްކަތް އަވަހަށް ނުވަތަ ލަހުންވިޔަސް ނިންމުމުގެބާރުއޮތީ އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި ކަމަށްވާއިރު، އެހެން ފުލޯރތައް އިސްތިއުނާފުކުރާ ފަރާތުން ބޭނުންކޮށްފައިވާކަން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިންގެ ބަހުންވެސް އެނގެންއޮންނާތީ، ކުލި ނުލިބޭގޮތެއްގައި މީހެއްގެ މުދަލުން އެހެންފަރާތަކަށް ނުޙައްޤު މަންފާއެއް ލިބިދިނުން ޢަދާލަތުގި ހަމަތަކުން މަނާވެގެންވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ ބަހުން ކުލިދައްކާފައި ނުވާކަން އެނގެންއޮންނާތީ، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން، އެއްބަސްވުން ބާޠިލުވެފައިވާކަމަށް އަންގައި، އިސްތިއުނާފު ރައްދުވާ ފަރާތުން 24 އޭޕްރިލް 2017 ދުވަހު ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓިހެއްކަމަށ ކަނޑައެޅެން ނެތްކަން. މީގެފަހުން "ކޮންޓްރެކްޓާބެހޭ ޤާނޫނު"ކަމަށް ބުނެފައިވާ.
7މި މައްސަލައަކީ، ބުނެވިދިޔަ ސަބަބުތަކުގެ މައްޗަށްބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު -1300/Cv 2017/C ޤަޟިއްޔާ ނިންމުމާގުޅިގެން، އައިކެއަރގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސަލައެވެ.
8ސިވިލް ކޯޓުގެ ނަންބަރު 1300/Cv-C/2017 ޤަޟިއްޔާ އަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން ތަދައްޚުލު ވެފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/383 ޤަޟިއްޔާއަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން ތަދައްޚުލުވެފައި ނުވެއެވެ.
9އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުން ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] / މާލެ، މޫސާ މުޙައްމަދުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަދައިން، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު 17 އެޕްރީލް 2016 ގައި ވެފައިވާ އެއްބަސްވމުގު 11 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެއްބަސްވުން ބާޠިލު ވެފައިވާކަމަށް އަންގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް 24 އެޕްރީލް 2017 ގައި ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓިހެއްކަމުގައި ޝަރީޢަތުގެ ފަރާތުން ކަނޑައަޅައިދެވެނ ނެތްކަމަށް ކަނޑައަޅައި، މި މައްސަލައަށް ތަދައްޚުލުވި ބޭންކް އޮފް މޯލްޑިވްސް ޕލކގެ ޣައިރުޙާޟިރުގައި ޙުކުމްކޮށްފީމެވެ." އިސްތިއުނާފު ނުކުތާއާއި ދެކެވުނު ވާހަކާ
10ސިވިލް ކޯޓނު މައްސަލް ނިންމާފައިވަނީ ޝަރޢު އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އިސްތިއުނާފުކުރާ ފަރާތުން 4 (ހަތަރެއް) ނުކުތާ ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފު ފޯމުގައިވާ ނުކުތާ ތަކުގެ ތަފު ޞުލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
11ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި އިސްތިއުނާފު ފޯމުގެ ފުރަތަމަ ނުކުތާ އިޞްލާޙުކުރުމުގެ ފުރުޞަތަކަށް އެދުމުން، ޝަރީޢަތުން އެކަމަށް ހުއްދދީފައިވަކަނ ލިޔުންތަކުން އެނގޭތީ، އެގޮތުގެމަތިން ތިރީގައިވަނީ އިސްތިއުނާފު ފޯމުގެ ފުރަތަމަ ނުކުތާ އިޞްލާޙު ކޮށްފައިވާގޮތަށެވެ.
12އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ ނުކުތާގައި، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތއާ ދެމެދު 17 އޕްރިލޭ 2016 ގައި ވެފައިވާ އެއްބަސްވުމުގެ 2 މާއްދއާއާ 3 ވަނަ މާއްދާގެ (ހ) އާއި
(ށ) އަދި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު، އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތު ގުނަންފެށޭނެ ޙާލަތް ވުޖޫދުނުވަނީސް، ކުލީގެ މުއްދަތު ގުނަންފަށައި، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ހ)އަށް ރިޢާޔަތްކޮށް އެއްބަސްވުން ބާޠިލުކުރުމަށް ނިންމާފައިވާ ނިންމުމަކީ، މުޅި އެއްބަސްވުމުގެ މަޤޞުދާއި، އަދި އެއްބަސްވުމުގެ އިސްވެދެންނެވުނު މާއްދާތަކުގެ ނައްސާއި ކަނޑައެޅިގެން ޚިލާފު ނިންމުމެއްކަމަށް ވީނަމަވެސް، ސިވިލް ކޯޓުން މި ނުކުތާއަށް ރިޢާޔަތް ކުރުމަކާއިނުލައި، މައްސަލައިގައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެފައިވެއެވެ.
13ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ސޮއިކުރިއިރު، ނުނިމިހުރި 6 އަދި 8 ވަނަ ފުލޯރ އިސްތިއުނާފު ރައްދުވާ ފަރާތުން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާން ކޮށްފައިވާއިރު، ކުލީގެ މުއްދަތު ގުނަންފެށޭނީ، ބުނެވިދިޔަ ދެ ފުލޯރ މޫސާ މުޙައްމަދު ނިންމައި، މުޅިޢިމާރާތް އިސްތިއުނާފު ކުރާ ފަރާތާ ޙަވާލުކުރާ ދުވަހުން ފެށިގެންކަމަށް އައިކެއަރއިން ބުނެފައިވެއެވެ. އަދި މިކަން، އެއްބަސްވުމުގެ 2 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށެވެ.
14އެއްބަސްވުމުގައި ކުލީގެ މުއްދަތު ގުނަންފެށޭނެ ޙާލަތު ބަޔާންކޮށްފައިވާއިރު، މަސައްކަތް ނުނިމި ދާކަމަށްވާނަމަ، އެ މުއްދަތަކީ ކުލީގެ މުއްދަތުކަމުގައި ބަލައިގެން ނުވާނެކަމަށް، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާކަމަށާއި، އެއްބަސްވުމުގެ ދަށުން މޫސާ މުޙައްމަދުގެ ޒިއްމާތައް ކަނޑައަޅާފައި ވާކަމަށެވެ. ޢިމާރާތުގެ 6 އަދި 8 ވަނަ ފްލޯރގެ މަސައްކަތް ނިންމުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނުކުޅެދިފައިވާކަމަށެވެ. އަދި ޢިމާރާތުގެ 6 އަދި 8 ވަނަ ފލޯރއިނު އެއްފލޯރު ނިންމައި ޙަވާލު ކޮށްފައިވާކަމަށް ސިވިލް ކޯޓުގައި ބުނެފައިވާއިރު، އެފަދައިން ނިންމާފައިނުވާކަމަށް އައިކެއަރއިން ބުނެފައިވެއެވެ. މި ޙާލަތުގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް އެއްބަސްވުން ބާޠިލުކުރުވޭނެ ޙުއްޖަތެއް ނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ.
15ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތާއި، އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 17 އޭޕްރިލް 2016 ގައިވެފައިވާ އެއްބަސްވުމުގެދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ތަންނިންމައި ޙަވާލުކޮށްފައި ނުވާކަން އެނގެންއޮތްއިރު، އިސްތިއުނާފުކުރާ ފަރާތުން ތަނާއި ޙަވާލު ވެފައިވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ)ގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށްކަމުގައިވނު، އަދި އިސްތިއުނާފުކުރާ ފަރާތުން ތަނއާ ޙަވާލުވެފައި ނުވާއިރު، ތަނާއި ޙަވާލުވިކަމަށ ޝަރީޢަތުން ކަނޑައަޅުއްވާފައިވާ ހަމައަކީ ސާބިތު ކުރުމުގައި ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށެވެ.
16ޢިމާރާތުގެ 6 ވަނަ ފުލޯރގެ މަސައްކަތް ނިންމާފައިނުވާއިރު، އިސްތިއުނާފުކުރާ ފަރާތާ ތަންޙަވާލު ކޮށްފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަފަހީ ހެކިންނާއި ކިތާބީ ހެކިތަކުން ސާބިތުވާންހުރި ޙަޤީޤަތްތަކާ ޚިލާފަށްކަމަށް އައިކެއަރގެ ފަރާތުން ބުނެފައިވެއެވެ. ޢިމާރާތުގެ 6 އަދި 8 ވަނަ ފްލޯރ މޫސާ މުޙައްމަދު ނިންމާފައިނުވާއިރ، އެއިން ފުލޯރއެއް ނިންމައި، ޙަވާލުކޮށްފައި ނުވަތަ ޙަވާލުވެފައިވެސް ނުވާކަމަށެވެ. އައިކެއަރގެ ފަރާތުން އެފަދައިން ޙަވާލުވެފައިވާނަމަ، އެކަން ސާބިތުކުރުމުގެބުރަ އުފުލަންޖެހެނީ މޫސާ މުޙައްމަދު ކަމަށާއި، މި ޙާލަތުގައި އެ ދަފުޢު ސާބިތު ކުރެވޭފަދަހެކި މޫސާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ.
17މޫސާ މުޙައްމަދުގެ މައްޗަށް އެއްބަސްވުމުގެ ދަށުން ޢިމާރާތް ނިންމުމަށްއޮތް 6 (ހައެއް) މަސްދުވަސް ފަހަނައަޅައިދިޔަތާ އެތަކެއް ދުވަސްފަހުން، ޔެސ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގައި އެދިގެން އެ ކުންފުނީގެ މުވައްޒަފުން މޫސާ މުޙައްމަދުގެ މަސައްކަތުގައި އެހީތެރިވުމަށް އައިކެއަރއިން ބައިވެރިކޮށްފައި ވާކަމަށެވެ. އަދި އެގޮތުގެމަތިން ޢަމަލުކުރަންޖެހުނީ، މަސައްކަތުގެ ދުވެލިލަސްވުމުން، އިސްތިއުނާފުކުރާ ފަރާތުން މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައިކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން މިކަންކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެތެރެއިން ޢަލީ އަޙްމަދު މޫސާއާއި އިބްރާހީމް ވަޙީދުގެ ހެކިބަހަށް ބަލާއިރު، ޔެސް ކޮންސްޓްރަކްޝަންގެ މީހުން މަސައްކަތް ކޮށްފައިވަނީ މޫސާ މުޙައްމަދުގެ ބެލުމުގެދަށުން މޫސާ މުޙައްމަދު އަންގާ ގޮތެއްގެމަތިންކަން އެނގޭކަމަށެވެ.
18އިސްތިއުނާފުކުރާ ފަރާތުން ޢިމާރާތުގެ މަސައްކަތާ ޙަވާލުވެފައި ނުވާނެކަމަށާއި، އެގޮތުގެމަތިން އަންގާފައިވެސް ނުވާނެކަމަށާއި، މަސައްކަތް ނިންމުމަށް އެހީތެރިވުމަކީ މަސައްކަތާ ޙަވާލުވުން ނޫންކަމަށް އައިކެއަރއިން ބުނެފައިވެއެވެ. އަދި ޢިމާރާތުގެ މަސައްކަތް ކުރުމަށް އެހީތެރިވުމަށ އެހެން ފަރާތެއް ގެނެސްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ގިނަޚަރަދުތަކެއް ކުރެވިފައިވާތީއާއި، އެއްބަސްވުން ތަންފީޒުކުރުމަށް މަސައްކަތްކޮށް ގެއްލުން ކުޑަކުރުމުގެ ގޮތުންކަމަށް އައިކެއަރއިން ބުނެފައިވެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ)ގައި، ކޮންޓްރެކްޓެއް އޭގެބައވެރިއެއްގި މައްޗަށް ލާޒިމުކުރާކަމެއް ޚުދު އޭނާ ނުވަތަ އެހެން މީހަކު މެދުވެރިކޮށް ކުރެވިދާނެކަމަށާއި، މިއާޚިލާފަށް ކޮންޓްރެކްޓްގައި ކަނޑައެޅިގެން އެބައިވެރިޔަކު ކަމެއްކުރަން އޮވެއްޖެނަމަ ނުވަތަ ލިޔެވިފައިނެތަސް، އެގޮތަށް އިޝާރާތްކޮށްފައި އޮވެއްޖެނަމަ އެކަމެއްކުރަންވާނީ ޚުދު އެބައިވެރިޔާކަމށަ ބުނެފައިވާކަމަށެވެ. މަސައްކަތުގެ ދުވެލި އަވަސްކުރުމަށް އެހީތެރިވުމާއި، ޒިއްމާއަކާ ޙަވާލުވުމަކީ ޤާނޫނީގޮތުން ތަފާތު މީގެފަހުން "ޔެސް ކޮންސްޓްރަކްޝަން"ކަމަށް ބުނެފައިވާ. ދެކަމެއްކަމަށާއި، އެއްބަސްވުމުގެދަށުން މޫސާ މުޙައްމަދުގެ ފަރާތުން އަދާކުރަންޖެހޭ ޒިއްމާއިން މި ޙާލަތުގައި ބަރީޢަނުވާނެކަމަށް އައިކެއަރއިން ދެކޭކަމަށެވެ.
19އެއްބަސްވުން ބާޠިލުކުރުމާ ހަމައަށްވެސް، އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާފައިވާ ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ ނިންމާފައި ނުވާކަމަށާއި، ޢިމާރާތްހުރ އިސްތިއުނާފީ ރައްދުވު ފަރާތުގާ ހިޔާޒަތުގެ ދަށުގައިކަން ހެކިންގެބަހުން އެނގޭކަމަށެވެ. ޢިމާރާތުގައި މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ތަކެއްޗަށް އިސްތިއުނާފުކުރާ ފަރތުނާ ފައިސް ދައްކާފައިވާކަމަށެވެ. 2016 ނޮވެމްބަރ މަހުގައި ޙަވާލުވެފައިވާ ތަނެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، ބުނެވިދިޔަ ފައިސާއާ އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލުވެފައިވަނީ އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތެއްގެމަތިން އައިކެއަރ އިން ފައިސާ ދައްކާފައިވަނީ ކޮންސަބަބަކާ ގުޅިގެންކަން ސާބިތުކޮށްދޭންޖެހޭނީ އިސްތިއުނާފު ރައްދުވާ ފަރާތުންކަމަށާއި، އެއިން އެއްވެސް ނުކުތާއަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުދާރީވެފައި ނުވާކަމަށެވެ.
20ތިންވަނަ އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި މަތިކޮށްފައިވާ ދަފޢަކު އެއްބަސްވުމުގެ ދަށުން ކުލިދައްކަންޖެހޭ ޙާލަތު ވުޖޫދުވެފައިނުވާއިރު، ކުލި ދައްކަންޖެހޭ ޙާލަތު ވުޖޫދުވެއްޖެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކަނޑައަޅާފައިވަނީ އެއްބަސްވުމުގެ މާއްދާތަކާއި ޚިލާފަށްކަމާއި، އަދި ކުއްޔަށްދޭން އެއްބަސްވެވުނުތަނ ހުރް އިސްތިއުނާފީ ރައްދުވު ފަރާތުގެ ހިޔާޒަތުގައި ކަމަށްވާތީ، ތަނއާ ޙަވާލުވެފައި، އަދި ތަން ޙަވާލުކޮށްފައިވެސ ނުވާކަން ސާބިތް ކުރުންކަމާއި، މި އެނމެހް ދަފޢުއުއ މަދަން މިންގަނޑުން ސާބިތު ކުރުމަށްފުދޭ ކިތާބީ ހެއްކާއި، ޝަފަހީހެކި އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާއިރު، މިއިން އެއްވެސް ހެއްކަކަށް ރިޢާޔަތް ކުރެއްވުމެއްނެތި، މައްސަލައިގައި ޙުކުމް ކުރައްވާފައިވުމެވެ.
21އިސްތިއުނާފުކުރާ ފަރާތުގެ ދަފުޢު ސާބިތު ކުރުމަށްޓަކައި 4 (ހަތަރެއް) ޝަފަހީ ހެކިން ހުށަހަޅާފައި ވާކަމަށެވެ. ހެކިން ހުށަހަޅާފައިވަނީ އެއްބަސްވުމގު 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާއާއި 11 ވަނަ މާއްދާގެ ނައްސަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތު ގުނަންފެށެނީ ޢިމާރާތުގެ 6 ވަނަ އަދި 8 ވަނަ ފުލޯރ ނިންމައި، މޫސާ މުޙައްމަދުގެ ފަރާތުން އައިކެއަރއާ ޙަވާލު ކުރުމުންކަމަށް ބަޔާންކޮށްފައިވާއިރު، އެއްބަސްވުން ވުޖޫދުވިއިރު 8 ވަނަ ފުލޯރ އިސްތިއުނާފުކުރާ ފަރާތާ ޙަވާލު ކޮށްފައި ވާކަމަށާއި، ޢިމާރާތުގެ 6 ވަނަ ފުލޯރ 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު ޙަވާލުކޮށްފައިވާކަމަށް ދަށުކޯޓުގައި ބުނެފައިވާތީ، އެކަމުގެ ޙަޤީޤަތް ސާބިތު ކޮށްދިނުމަށްކަމަށެވެ.
22އެގޮތުން، ނ. ވެލިދޫ، ރިހިވެލި، ޢަބްދުﷲ ޝިޔާމްގެ ހެކިބަހަށް ބަލާއިރު، މޫސާ މުޙައްމަދުގެ ހުއްދައާއެކު، މޫސާ މުޙައްމަދު ތަޅުދަނޑި ދީގެން، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުހަފުތާގައި، 5 (ފަހެއް) ދުވަސްވަންދެން […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ 5 ވަނަ ފްލޯރގައި ހުރެފައިވާކަމަށާއި، އެ ފުލޯރގެ ކޮޓަރިއެއްގައި ޢަބްދުﷲ ޝިޔާމް ހުރުމުގެ ފުރުޞަތުދިނީ މޫސާ މުޙައްމަދު ކަމަށާއި، ގެއަށް ވަނނަންވް ގަޑިތައް ކިޔައިދީ، ތަޅުދަނޑި ޙަވާލު ކޮށްފައިވަނީވެސް މޫސާ މުޙައްމަދުކަމަށް ބުނެފައިވާކަމަށެވެ. އަދި 5 ވަނަ ފްލޯރގައި މޫސާ މުޙައްމަދުގެ މަސައްކަތްކުރާ މީހަކު ހުރިކަމަށާއި، މޫސި މުޙައްމަދުގެ އޮފީހެއްގެ ގޮތުގައި އެ ކޮޓަރި ބޭނުންކުރާކަމަށެވެ. ޢަބްދުﷲ ޝިޔާމް ޢިމާރާތުގައި އުޅުނު ދުވަސްވަރު، 4، 5، 6، 7 އަދި 8 ވަނަ ފުލޯއަށްއަރައި ބެލިއިރު، އެ ފުލޯރ ތަކުގައި މަސައްކަތް ކުރެވެމުން ދިޔަކަމަށް ބުނެފައިވާކަމަށެވެ. އަދި އެއްދުވަހަކު 6 ވަނަ ފުލޯރއަށް އަރައި ބެލިއިރު "ދޮރުގަނޑެއް"ލައި ތަޅުލާފައި ވާކަމަށާއި، 2017 ވަނަ އަހަރު ޖަނަވަރީ މަހުގައިވެސަ 5 ވަނަ ފލޯރގައު މީނާ 6 (ހައެއް) ދުވަސް ވަންދެން ހުރިކަމަށާއި، އޭރު ބެލިއިރު 6 އަދި 8 ވަނަ ފުލޯރ ހިމެނޭހެން ނުނިމިވާތަނ އޭނާއަށް ފެނިފައިވާކަމަށާއި، ތަނުން ނުކުތުމަށްފަހު ތަޅުދަނޑި ޙަވާލު ކޮށްފައިވަނީ ސީދާ މޫސާ މުޙައްމަދުއާކަމަށް ޢަބްދުﷲ ޝިޔާމް ބުނެފައި ވާކަމަށެވެ. އެހެންކަމުން، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައިވެސް ޢިމާރާތްހުރީ މޫސާ މުޙައްމަދުގެ ހިޔާޒަތުގެ ދަށުގައިކަން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
23އިސްތިއުނާފުކުރާ ފަރާތުގެ ހެކި، ގދ. ހޯނޑެއްދޫ، […] މުޙައްމަދު ނަޢީމްގެ ހެކިބަހުގައި، އަލިވެލި ޕްރޮޖެކްޓުގެ ޑީބޯޑުތައް ލަންކާއިނ ގަތުމަށް މޫސާ މުޙައްމަދު އެދިފައިވާކަމަށާއި، އެގޮތުގެމަތިން 31 ޑިސެމްބަރު 2016 ދުވަހު، އެތަކެތި މޫސާ މުޙައްމަދުއާ ޙަވާލުކޮށްފައިވާކަމަށް ބުނެފައިވާކަމަށެވެ. އެންމެފަހަށްހުރި ފުލޯރ ނިންމާފައި ހުރިނަމަ، ތަނަށްބޭނުންވާ އާލާތްތައް ހޯދުމުގެ ބޭނުމެއް ނޯންނާނެކަމަށް އައިކެއަރއިން ބުނެފައިވެއެވެ. އެތަކެތި ހޯދާފައިވުމުން، އެއްބަސްވުމާ އެއްގޮތަށް މޫސާ މުޙައްމަދުގެ ފަރާތުން ޒިއްމާ އަދާކޮށް ނިންމާފައިވާކަމަށް ނުބެލެވޭނެކަމަށެވެ.
24ހއ. ދިއްދޫ، އާނިރު، އިބްރާހީމް ވަޙީދުގެ ހެކިބަހުގައި، އައިކެއަރގެ އެދުމުގެމަތިން، ޔެސް ކޮންސްޓްރަކްޝަންގެ ސުޕަވައިޒަރެއްގެ ހައިސިއްޔަތުން، އެ ކުންފުނީގެ މީހުންނާއެކު […] އެވެކިޔާ ގޯތީގައިވާ ޢިމާރާތުގައި 2017 ވަނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން މަސައްކަތް ކޮށްފައިވާކަމަށާއި، މޫސާ މުޙައްމަދުގެ އިރުޝާދާ އެއްގޮތަށް މަސައްކތަ ކުރުމަށް ޔެސް ކޮންސްޓްރަކްޝަންއިން އަންގާފައިވާކަމަށް ބުނެފައިވެއެވެ. އަދި މަސައްކަތް ކޮށްފައިވަނީ އެގޮތުގެމަތިން ކަމަށާއި، އެ ދުވަސްވަރު މޫސާ މުޙައްމަދުގެ މީހުންވެސް ތަނުގައި މަސައްކަތް ކުރަމުން ދިޔަކަމަށެވެ. ޢިމާރާތުގައި މަސައްކަތް ކުރެވެނީ މޫސާ މުޙައްމަދު ދޮރުހުޅުވުމުން ކަމަށާއި، ދޮރުހުޅުވުން ލަސްވެގނެ ގެއަށް ނުވަދެވި ތިބެންޖެހިފައި ވާކަމަށެވެ. އެ ދުވަސްވަރު ޢިމާރާތުގެ 2 އަދި 5 ވަނަ ފުލޯރ ބޭނުންކުރަމުން ގެންދިޔައީ މޫސާ މުޙައްމަދު ކަމަށެވެ. އެހެން ފުލޯރ ތަކުގެ ޙާލަތު ބަޔާންކުރަމުން، 5 ވަނަ ފުލޯރ ފިޔަވައި އެހެން ފުލޯރ ތަކުގައި ކަރަންޓާއިފެން ނެތްކަމަށާއި، އެއްވެސް ފލޯރއެއްގައު ދޮރެއްނެތްކަމަށާއި، 6 އަދި 8 ވަނަ ފލޯރހުރީ ސީލިންގ ނުކޮށްކަމަށާއި، ސީލިންގކުރީ އިބްރާހީމް ވަޙީދު ދިޔަފަހުންކަމަށާއި، ތަނުގައި ޕުޓީއެޅީ އިބްރާހީމް ވަޙީދުގެ މުވައްޒަފުންކަމަށާއި، ކަރަންޓު ވަޔަރުކުރީ އެތަނުގައިތިބި ބައެއްކަމަށް ބުނެފައިވާކަމަށް އައިކެއަރއިން ބަޔާންކޮށްފައިވެއެވެ.
25[…] އާގެ، އަލީ އަޙްމަދު މޫސާގެ ހެކިބަހުގައި، 2017 ވަނަ އަހަރުގެ މާރިޗް މަހުގައި، […] ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމުގެ ކަންކަމުގައި އުޅުނުކަމަށާއި، އައިކެއަރ މެދުވެރިކޮށް ތަނަށްލާފައިވާ މީހުންނާއި މޫސާ މުޙައްމަދުގެ މީހުންތަކެއް ތަނުގައި މަސައްކަތް ކުރަމުންދިޔަ ކަމަށާއި، އޭރުވެސް މަސައްކަތް ކުރިއަށްދިޔައީ މޫސާ މުޙައްމަދުގެ ބެލުމުގެދަށުން ކަމަށާއި، މޫސާ މުޙައްމަދުގެ ފަރާތުން "އަދުރޭ"ކިޔު މީހަކާ ހުރިކަމަށާއި އެމީހާ ދިރިއުޅެނީ އެގޭގެ 5 ވަނަ ފަންގިފިލާގައި ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އިތުރު 2 (ދޭއް) ގްރޫޕެއްގެ ބަޔަކު އެތަނުގެ އެކި މަސައްކަތުގައި އުޅެފައިވާކަމަށް ބުނެފައިވާކަމަށެވެ. ހުރިހާ މަސައްކަތެއްވެސް ކުރިއަށްދިޔައީ މޫސާ މުޙައްމަދުގެ ބެލުމުގެދަށުން ކަމަށާއި، އައިކެއަރ މެދުވެރިކޮށް މަސައްކަތު މީހުންތަކެއް ވެއްދީ މަސައްކަތް ލަސްވާތީކަމަށް ޢަލީ އަޙްމަދު މޫސާ ބުނެފައިވާކަމަށެވެ.
26އެއްބަސްވުން ބާޠިލުކުރިއިރު އަދި މަސައްކަތް އަވަސްކުރުމަށްޓަކައި މޫސާ މުޙައްމަދަށް އެހީތެރިވުމަށް ޔެސް ކޮންސްޓްރަކްޝަނގް މުވައްޒަފުން ވެއްދިއިރު ތަންއޮތްޙާލަތު އަންގައިދިނުމުގެގޮތުން ހެކިންގެ ލިސްޓާއެކު ހުށަހަޅާފައިވާ ފޮޓޯތަކުގައިވ ޙާލަތަކާ އޭރުގެ ޙާލަތުކަން ހެކިވެރިންގެ ކިބައިން ކަށަވަރު ކުރެވިފައިވާކަމަށް އައިކެއަރއިން ބުނެފައިވެއެވެ.
27ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެންމެހައި ޕޭމަންޓު ރިސީޓުތަކުން އެނގޭގޮތުގައި، އެއްބަސްވުން ބާޠިލުކުރުމުގެ ނޯޓިސް ފޮނުވުމާހަމައަށް ތަނުގެ މަސައްކަތާގުޅިގެން މޫސާ މުޙައްމަދުގެ ފަރާތުން ފައިސާ ހޯދާފައިވާކަމަށެވެ. އައިކެއަރއިން ތަނާއިޙަވާލުވެ މޫސާ މުޙައްމަދުގެ ޒިއްމާތައް ނިމުމަކަށް އައިސްފައިވާކަމަށް ބުނާނަމަ، އެފަދައިން ފައިސާ ހޯދައި ލިބިގެންފައިވާ ސަބަބެއް މޫސާ މުޙައްމަދުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދޭން ވާނެކަމަށެވެ. އެއްބަސްވުން ބާޠިލު ކުރުމާހަމައަށްވެސް ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ ނިންމާފައިނުވާކަމަށް އައިކެއަރއިން ބުނެފައިވެއެވެ.
28ތަނުގެ މަސައްކަތް ނިމިފައިނުވަނީ އިސްތިއުނާފުކުރާ ފަރާތުން ސަޕްލައި ކޮށްދޭންޖެހޭ ތަކެތި ފޯރުކޮށްދީފައި ނުވާތީކަމަށް މޫސާ މުޙައްމަދުގެ ފަރާތުން ބުނެފައިވާއިރު، ތަކެތި ސަޕްލައިކުރުމުގެ މަސްއޫލިއްޔަތާ އިސްތިއުނާފުކުރާ ފަރާތުން ޙަވާލުވެފައި ނުވާކަމަށެވެ. އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ)ގައި، މަސައްކަތް ޢަމަލީގޮތުންކުރާނީ މޫސާ މުޙައްމަދުކަމަށް ބަޔާންކޮށް، އެ މާއްދާގެ (ރ)ގައި، ޢިމާރާތް ކުރުމުގެ ޚަރަދަށް މޫސާ މުޙައްމަދު އެދޭހިނދަކު، ޚަރަދު ހަމަޖެއްސުމަކީ އައިކެއަރގެ ޒިއްމާއެއްކަމަށް ޤަބޫލުކުރާކަމަށެވެ. އެގޮތުން، މޫސާ މުޙައްމަދުގެ ފަރާތުން ފައިސާއަށއެދޭތް 5 (ފަހެއް) ދުވަސްތެރޭގައި ފައިސާދައްކައ ޚަލާޞްކޮށްފައި ވާނެކަމަށެވެ. އަދި ނޯޓިސް ފޮނުވުމާހަމައަށްވެސް، މަސައްކަތަށް ޚަރަދުނުކޮށްގެން މޫސާ މުޙައްމަދުގެ ފަރާތުން ވާހަކަދައްކާފައި ނުވާކަމަށެވެ.
29ހަތަރުވަނަ އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަކީ ހަމައެކަނި އެފަރާތުގެ ހެކިބަހުގެ މައްޗަށްބުރަވެ، މަދަނީ މިންގަނޑނު ކަމެއްސާބިތުވުމަށް ފުދޭހެކިބަހެއްކަމަށް ނުވާއިރު، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ހެކީގެ ބަހުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި، ކިތާބީހެކި ނަފީކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާއިރު، އަދި އިސްތިއުނާފުކުރާ ފަރާތުގެ އެންމެހައި ހެކިތައް ވަޒަންކުރުމުން އަންނަ ނަތީޖާގެ މައްޗަށްބަލައި، އިސްތިއުނާފުކުރާ ފަރާތުގެ ދަފުޢު ސާބިތު ކުރެވޭހިނދު، މިއިން އެއްވެސް ނުކުތާއަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެއްވުމެއްނެތި ސިވިލް ކޯޓުން މައްސަލައިގައި ޙުކުމް ކުރައްވާފައި ވާކަމަށެވެ.
30މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި 2 (ދޭއް) ހެކިންގެ ތެރެއިން އެއްހެކިވެރިއަކު ތަނާޒުލު ވެފައިވާކަމަށެވެ. ދެވަނަ ހެކިވެރިއަކީ […] ޢަބްދުއްރަޙީމް ޢަބްދުﷲ ކަމަށެވެ. ޢަބްދުއްރަޙީމް ޢަބްދުﷲ ހެކިބަސް ދިނުމަށް އައިސްފައިވަނީ ލިޔުމެއް ހިފައިގެންކަމަށާއި، ހެކިބަސްދީފައިވަނީ ލިޔުން ބަލައިގެންކަމުން އެ ހެކިބަހަކީ ނުފޫޒުން އެއްކިބާވެ، ޢަދުލުވެރިކަމާއެކު ދީފައިވާ ހެކިބަހެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ހެކިބަހުގައި، އޭނާއަކީ އައިކެއަރގެ ޒިއްމާގެ ދަށުން މަސައްކަތްކުރި މީހެއްކަމަށް ބުނެފައިވާއިރު، އަދި 2017 ވަނަ އަހަރު 6 (ހައެއް) މަސްދުވަހު، ޢިމާރާތުގެ 5 ވަނަ ފުލޯރގައި ދިރިއުޅުނު ކަމަށާއި، އެތަނުގައިހުރީ މޫސާ މުޙައްމަދުގެ ފަރާތުން އޮބްޒަރވަރެއްގެ ގޮތުގައި މޫސާ މުޙައްމަދު ސީދާ ބަހައްޓައިގެންކަމަށް ބުނެފައިވުމުން ދެފަހަރު ދެގޮތަށް ވާހަކަ ދައްކާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަމަށެވެ. އެހެންކަމުން، އެއްބަސްވުން ބާޠިލުކުރިއިރު އަދި އޭގެކުރިންވެސް ޢިމާރާތްހުރީ މޫސާ މުޙައްމަދުގެ ހިޔާޒަތުގެ ދަށުގައިކަމާއި، މަސައްކަތް ނިމިފައިނުވަނީ މޫސާ މުޙައްމަދުގެ ސަބަބުންކަން މޫސާ މުޙައްމަދު ހުށަހެޅި ހެކިވެރިޔާގެ ބަހުންވެސް އެނގޭކަމަށް އައިކެއަރއިން ދެކޭކަމަށެވެ.
31ސިވިލް ކޯޓުން މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކުރައްވާފައިވަނީ ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ހެކިބަހަށް އެކަނިކަމަށެވެ. އެހެންނަމަވެސް، އެ ހެކިބަހަށްއެކަނ ބުރަވި މި މައްސަލައިގައި ކަންކަން ސާބިތު ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (-2010/SC 02/A) (މީގެފަހުން "އަޙްމަދ ނާޝިދު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާ
(މ)ގައި ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށްކަމަށެވެ.
32އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބަޔާންކުރާ އުޞޫލުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ހަމަތަކާއި، އިސްތިއުނާފީ ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވާގޮތަށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކިތާބީ އަދި ޝަފަހީ ހެއްކާއި ފޮޓޯތަކުން އެނގި ކަށަވަރުވެގެންދާ ކަންތައްތައް ނަފީކުރެވޭފަދަ ހެއްކެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާކަމަށް އައިކެއަރގެ ފަރާތުން ނުދެކޭކަމަށެވެ. އަދި އެފަދަ އެއްވެސް ހަމައެއްވެސް ޝަރީޢަތުން ބަޔާންކޮށްދީފައި ނުވާކަމަށެވެ.
33އިސްތިއުނާފުރައްދުވާ ފަރާތުން ދީފައިވާ ޖަވާބާ ގުޅިގެން އިތުރަށް ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައިއެވަނީއެވެ.
1.33. އިސްތިއުނާފުކުރާ ފަރާތުން، އިސްތިއުނާފުގައި ހުށަހަޅާފައިވާ ކަންކަމަށް ޖުމލަގޮތެއްގައް ވާހަކަދައްކާފައި ނުވާކަމަށެވެ. ހެކިންގެ ހެކިބަހަށް ބެލުމުން އިސްތިއުނާފުކުރާ ފަރާތުން ޢިމާރާތާ ޙަވާލުވެފައި ނުވާކަން އެނގޭކަމަށެވެ. މޫސާ މުޙައްމަދުގެ ފަރާތުން 16 އޮކްޓބަރޯ 2016 ދުވަހަށް ނިންމަންޖެހޭ ފުލޯރއެއް ނުނިމި، 5 (ފަހެއް) މަސްދުވަސް ފާއިތުވެ ދިޔަފަހުން 01 މާރިޗް 2017 ދުވަހު، މޫސާ މުޙައްމަދަށް އެހީތެރިވުމުގެގޮތުން، އައިކެއަރއިން ޢިމާރާތުގައި މަސައްކަތް ކުރުމަށް ގުރޫޕެއް ފޮނުވާފައިވާކަމަށެވެ.
2.33. ޝަރީޢަތް ކުރިއަށްދިޔައިރު ކުލީގެ ފައިސާ ދައްކާފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، ބާޠިލުކޮށްފައިވާ އެއްބަސްވުމަކާ އެއްގޮތަށް ކުލީގެ ފައިސާ ދައްކާނެކަމަށް ބަލައިގެންނުވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
34މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.34. ބޭންކުން ދަޢުވާކުރާ ހިސާބަށް ދިޔަކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަވާ ވާހަކަތަކަކީ ރަނގަޅު ވާހަކައެއްތޯ ޝަރީޢަތުން ސުވާލުކުރުމުން، ޝަރީޢަތުގެ މަރުޙަލާގެ ތެރޭގައި ބޭންކާއެކު ވާހަކަދެކެވުނުކަމަށް ބުނާއިރު، އެކަންކަން ހިނގާފައިވަނީ އައިކެއަރގެ އެނގމާއު ފެނުމުގެ ތެރެއިން ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބުދީފައިވެއެވެ. އަދި ބޭންކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ދައްކައިދިނުމަށް އައިކެއަރއިނ ހުށަހެޅިކަމަށް ބުނެފައިވެއެވެ.
2.34. އިސްތިއުނާފުކުރާ ފަރާތުން މަސައްކަތް އަވަސްކުރުމަށް ކުންފުންޏަކާ ޙަވާލުކޮށް މަސައްކަތްކުރީ ކިހައި ދުވަހަކުތޯއާއި މަސައްކަތް ކުރިއަށްދިޔައީ ކިހައި މިންވަރަކަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، މަސައްކަތްކުރީ 01 މާރިޗް 2017 އިން އެއްބަސްވުން ބާޠިލުކުރުމާ ހަމައަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
3.34. އެއްބަސްވުމުގެދަށުން ތަނާއި ޙަވާލުވާން ޖެހޭގޮތެއް ބަޔާންކޮށްފައިވޭތޯ ޝަރީޢަތުން ސުވާލުކުރުމުން، ލިޔުމެއްގައި ސޮއިކޮށް ޙަވާލުކުރުމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާކަމަށް އައިކެއަރއިން ޖަވާބުދީފައިވެއެވެ.
4.34. ޚަރަދު ހަމަޖައްސަންޖެހެނީ ކޮންގޮތަކަށްތޯ ޝަރީޢަތުން ސުވާލުކުރުމުން، ލިޔުމުން ނުއެދޭކަމަށާއި، ފާއިތުވި ތަނުގައި އަނގަބަހުން އެދިފައިވާކަމަށާއި، ލަސްވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ފައިސާ ހަމަޖައްސައިދީފައި ވާކަމަށާއި، ފައިސާ ހަމަނުޖެއްސުމުގެ ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށާއި، ފައިސާ ދީފައިވާކަމުގެ ރަސީދުތައް ހެއްކާއެކު ހުށަހަޅާފައިވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދީފައިވެއެވެ.
5.34. މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި، "ފައިނަލް ޕޭމަންޓް އަލަވެލި ރެންޓް ފޯ ދަ މަންތު އޮފް މާރިޗް 2017" ޖަހާފައި، 60,000.00ރ (ފަސްދޮޅަސްހާސް ދިވެހި ރުފިޔާ) އަދި ޕާޓްޕޭމަންޓް އޮފް ރެންޓަލް 100،000.00ރ (އެއްލައްކަ ދިވެހި ރުފިޔާ) 22 މާރިޗް 2017 ތާރީޚުގައި ދައްކާފައިވާ ލިޔުމެއް ހިމެނޭކަމަށެވެ. މާރިޗް މަހުގެ ކުލީގެ ގޮތުގައި 2 (ދޭއް) ޕޭމަންޓެއް ދައްކާފައިވާކަމަށް ބަޔާންކޮށްފައިވުމާ ގުޅޭގޮތުން ދޭންއޮތް ޖަވާބަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ސިވިލް ކޯޓުގައި ދެ މައްސަލައެއް ކުރިއަށްދިޔަ ކަމަށާއި، އެގޮތުން 2017/C-1300/Cv ޤަޟިއްޔާ ކުރިއަށްދިޔައިރު 1633/Cv-C/2017 ޤަޟިއްޔާވެސް ކުރިއަށްދިޔަކަމަށާއި، އެ ޤަޟިއްޔާގައިވާ ކަންކަމަކީ އިސްތިއުނާފީ މައްސަލައާ ގުޅުންހުރި ކަމެއްނޫންކަމަށް އައިކެއަރއިން ޖަވާބު ދެއްވާފައިވެއެވެ.
6.34. ޔެސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑއް މި އެއްބަސްވުމާއޮތް ގުޅުމަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް ޝަރީޢަތުން އެދުމުން، ޔެސް ކޮންސްޓްރަކްޝަންއއާ މި މައްސަލައިގައިވާ އެއްބަސްވުމާ ގުޅުމެއް ނެތްކަމަށާއި، ޢިމާރާތް ނިންމުމަށް އެއްބަސްވުމުގައިވާ މުއްދަތު ފާއިތުވފަހުންވެސި ޢިމާރާތް ނިންމައި ޙަވާލުކުރެވިފައި ނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބެލުމުގެ ދަށުން، މަސައްކަތަށް އެހީތެރިވެ ދިނުމުގެގޮތުން ޔެސް ކޮންސްޓްރަކްޝަނުގެ މުވައްޒަފުންތަކެއް މަސައްކަތު ސައިޓަށް ފޮނުވާފައިވާނެ ކަމަށާއި، އެއީ މަސައްކަތާ ޙަވާލުވުން ނޫންކަމަށް އައިކެއަރގެ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
7.34. ތަނާ ޙަވާލުވެވަޑައިގަތުމުގެ ނަތީޖާއަކީ ކޮބައިތޯ އައިކެއަރ އާ ޝަރީޢަތުން ސުވާލުކުރުމުން، ތަނާ ޙަވާލުނުވާކަމަށާއި، ތަނާ ޙަވާލުވިނަމަ ތަޅުދަނޑިއެއް އޮންނަންވާނެކަމަށެވެ. އެއްބަސްވުން ބާޠިލުކުރުމާ ހަމައަށްވެސް މަސައްކަތްކުރާ މީހުންވަންނަނ އިސްތިއުނާފީ ރައްދުވު ފަރާތުން ވެއްދުމުންކަން ހެކިންގެ ބަހުން އެނގޭކަމަށް އައިކެއަރއިން ޖަވާބު ދެއްވާފައިވެއެވެ.
8.34. މި މައްސަލައިގެ ބައެއް ޙަޤީޤަތްތައް ހެކިންގެ ހެކިބަހުން ސާބިތުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ޤަބޫލުކުރާއިރު، އެ ޙަޤީޤަތް އެގޮތަށް ސާބިތުނުވާކަމަށް ދަށުކޯޓުން ކަނޑައެޅުއްވުމުގައިވ ޤާނޫނާ ގޯހަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވހަކައިގާ ޚުލާޞާއަކީ، އަޙްމަދު ނާޝިދު މައްސަލއިގައަ މަދަނީ މިންގަނޑުން ވާޤިޢާއެއް ސާބިތުކުރަންއޮންނަ އުޞޫލާ ޚިލާފަށް ވާޤިޢާއެއް ސާބިތުވާކަމަށް ކަނޑައަޅާފައިވުންކަމަށް ޖަވާބު ދެއްވާފައިވެއެވެ.
9.34. އެއްބަސްވުން ބާޠިލުކުރުން ބަޔާންކޮށްފައިވަނީ 11 ވަނަ މާއްދާގައި ކަމަށްވާއިރު، އެ މާއްދާއާ ގުޅުންހުރީ އެއްބަސްވުމުގެ 2 އަދި 3 ވަނަ މާއްދާކަމަށްވެފައި، އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ "ނުވަތަ" މާނަކުރާގޮތ ސާފުކޮށްދިނުމަށް ޝަރީޢަތުން އެދުމުން، 2 ވަނަ މާއްދާގައިވަނީ، ކުލީގެ މުއްދަތު ގުނަންފެށޭނީ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންކަމަށެވެ. މާނައަކީ، އެއީ އެއްޙާލަތް ކަމަށެވެ. މި މައްސަލައިގައި 6 (ހައެއް) މަސްދުވަސްތެރޭ ޢިމާރާތް ޙަވާލުކޮށްފައި ނުވާކަމަށެވެ. ދެން ޢަމަލު ކރަންޖެހޭގޮތްއޮތު 2 ވަނަ މާއްދާގެ (ށ)ގައި ކަމަށެވެ. 2 ވަނަ މާއްދާގއަ ''ނުވަތަ'' އަށްފަހު ބަޔާންކޮށްފައިވަނީ، ޢިމާރާތުގެ ނުނިމިހުރި 6 ވަނަ 8 ވަނަ ފުލޯރ ގޭގެ ވެރިފަރާތުން ނިންމައި، މުޅިއިމާރާތް ޙަވާލުކުރާ ދުވަހުން ފެށިގެން، މީލާދީގޮތުން 10 (ދިހައެއް) އަހަރު ދުވހަށްކަމަށެވެ. މާނައަކީ، 6 މަސްދުވަހަށްފަހު ކުލީގެ މުއްދަތު ގުނަންފަށާނީ ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ ނިންމައި، ޙަވާލުކުރާ ތާރީޚުން ފެށިގެންކަމަށެވެ. މި މައްސަލައިގައި 6 (ހައެއް) މަސްދުވަސް ތެރޭގައި ޢިމާރާތް ނިންމާފައި ނުވާކަމަށާއި، އެއަށްފަހުވެސް ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ ހަދައި ޙަވާލުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ ދަށުން ކުލި ދައްކަންޖެހޭ ޙާލަތު ވުޖޫދު ނުވާކަމަށް އައިކެއަރއިން ޖަވާބު ދެއްވާފައިވެއެވެ.
35އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "އިސްތިއުނާފ ކުރު ފަރާތުން އެދެނީ، ސިވިލް ކޯޓުގެ 1300/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ބާތިލްކޮށް ދެއްވުމަށާއި، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމުގެ 12 ވަނަ ނަންބަރުގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލާގައި ޙުކުމްކޮށް ދެއްވުމަށެވެ."
36ސިވިލް ކޯޓުގެ ނަންބަރު 1300/Cv-C/2017 ޤަޟިއްޔާގެ ދަޢުވާ ފޯމުގެ 12 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނ ތިރީގައިވާގޮތަށެވެ. "މިއީ، […] އެވެ ކިޔާ ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމަށްޓަކައި އައިކެއަރ ޕްރައިވެޓް ލިމިޓެޑާއި، ކ. މާލެ، މޫސާ މުޙައްމަދުއާ ދެމެދި ކުރެވިފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް އމާރާތުގި މަސައްކަތްތައް ނިންމައި އިމާރާތް ޙަވާލުނުކޮށް، އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ށ) އާއި 2 ވަނަ މާއްދާއާ ޚިލާފަށް އަދި އެއްބަސްވުމުގައި ބަޔާންކުރާ ކުލި ދެއްކުމުގެ ޙާލަތު ވުޖޫދުވެފައިނުވާއިރު، އެ ޙާލަތް ވުޖޫދުވެއްޖެ ކަމަށް ނިންމައި، އެއްބަސްވުމުގެ 11 ވަނަ މާއްދާއާ ޙަވާލާދީ އެއްބަސްވުން ބާތިލް ކުރުމަށް މޫސާ މުޙައްމަދުގެ ފަރާތުން އައިކެއަރ ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ނޯޓިހަކީ ބާތލި ނޯޓިހެއް ކަމަށް ކަނޑައަޅުއްވައި ދެއްވައި، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޙަވާލު ކުރަންޖެހޭ އިމާރާތުގެ އެއްމެހި މަސައްކަތްތަކެއް ނިންމައި އައިކެއަރ ޕްރައިވެޓް ލިމިޓެޑއާ ޙަވާލު ކުރުމަށް މޫސާ މުޙައްމަދުގެ މައްޗަށް އަމުރުކޮށް ދެއްވައި، މި އެއްބަސްވުމާއި އެއްގޮތަށް އައިކެއަރ ޕްރައިވެޓް ލިމިޓެޑުން އމަލަ ކުރަމުންގޮސްފައިވާތީ، މި އެއްބަސްވުން އޭގެ މުއްދަތަށް ދެމެހެއްޓުމަށާއި، މި އެއްބަސްވުގެ ދަށުން ކުލީގެ މުއްދަތު ގުނަން ފެށޭނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް އަދި 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަސައްކަތް ނިމި އިމާރާތް ޙަވާލު ކުރުމުން ކަމަށް މޫސާ މުޙައްމަދަށް އަންގަވައި އަމުރުކޮށް ދެއްވައި، އަވަސްނިޔާއަކަށް އެދި." އިސްތިއުނާފު ރައްދުވާފަރާތުން ދައްކާފައިވާ ވާހަކަ
37މި މައްސަލައިގެ އިސްތިއުނާފުގެ ޖަވާބު ފޯމާއި، މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލހުގައީ ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
38އިސްތިއުނާފު ފޯމުގެ 8.1، 8.2 އަދި 8.3 ގައިވާ ކަންކަމާ ގުޅޭގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ޖަވާބުގައި، ދައްކާފައިވާ ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
39ދެފަރާތުގެ ދެމެދުގައި 17 އޭޕްރިލް 2016 ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ދެފަރާތުގެ މައްޗަށް ޒިއްމާތަކެއް ގާއިމުވިކަމަށެވެ. އެގޮތުން، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ)ގައި، ކުއްޔަށްހިފާ ތަނުގައި ނުނިމިހުރި، 6 އަދި 8 ވަނަ ފުލޯރ ނިންމުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވެފައި ވާކަމަށެވެ. އަދި އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ނ)ގައި، މަސައްކަތުގެ ޚަރަދަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދެފިނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެފަދަ ޚަރަދއެ ހަމަޖައްސަން ވާނެކަމަށް ބުނެފައިވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ހެކިންގެ ބަހުން، އެއްބަސްވުމުގައި ބަޔާން ކޮށްފައިވާގޮތަށް އިސްތިއުނާފުކުރާ ފަރާތނު ޚަރަދުތައްކުރުން ލަސްކުރުމުގެ ސަބަބުން މަސައްކަތަށް ބުރޫއަރައި، އެކިފަހަރުމަތިން މަސައްކަތް ލަސްވެފައިވާކަމާއި، ޢިމާރާތުގެ 6 އަދި 8 ވަނަ ފލޯރގު ނުނިމިހުރި މަސައްކަތް ނިންމުމަށް އިސްތިއުނާފުކުރާ ފަރާތުން ޙަވާލުވެފައިވާކަން، ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ހެކިބަހުން އެނގޭކަމަށެވެ. އަދި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ބޭރުން، ދެފަރާތުގެ ރުހުމާއެކު އެހެންގޮތަކަށް އެއްބަސްވެވި ކުރެވޭ މުޢާމަލާތްތަކަކީ، އެކަމުގައި ފަހުން އެއްބަސްވެވުނު ގޮތްކަމަށް ބަލަންޖެހޭކަމަށް މޫސާ މުޙައްމަދުގެ ފަރާތުން ބުނެފައިވެއެވެ.
40އިސްތިއުނާފުކުރާ ފާރާތުން ޢިމާރާތާ ޙަވާލުވުމަށްފަހު، އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކުރުން ލާޒިމު ކަންކަމުގެ ޒިއްމާ ކެނޑިގެންދާނެކަމަށް މޫސާ މުޙައްމަދުގެ ފަރާތުން ދެކޭކަމަށެވެ. އެހެނީ، އައިކެއަރގެ ފަރާތުން އެ މަސައްކަތްތަކުގެ ޒިއްމާނަގާ ހިސާބުން ޢިމާރާތް ނިންމުމާއި ނުނިންމައި ލަސްކުރުމުގެ އިޚްތިޔާރުވެސް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ނަގުލުވާނެތީ، ތަން ނިންމުމާއި ތަނަށް ކުލި ދައްކަންޖެހުމާއި ދެބައިގުޅުވައ ޝަރުޠުކޮށްފައި ދީފައިވާ އިސްތިސްނާ ކެނޑިގެން ދާނެކަމުގައ އިސްތިއުނާފި ރައްދުވު ފަރާތުން ދެކޭކަމަށެވެ.
41އިސްތިއުނާފުކުރާ ފަރާތުން ޔެސ ކޮންސްޓްރަކްޝަން ޢިމާރާތައް ވައްދައި، ޢިމާރާތުގައި ހަދާފައިވާ ފުލޯރތަކުގައިވާ ދޮރުފަތާއި ފާޚާނާތަށިތައް ނެއްޓުމުގެ ސަބަބުން، ތަނުގެ އިންޓީރިއަރ ހަލާކުވެ ކަރަންޓު ވަޔަރިންގއަށް މައްސަލަޖެހި ތަންއަލުން ވަޔަރުވެސް ކުރަންޖެހުނުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ. ނުނިމިހުރި ތަންތަން ނުނިމިހުރީ އިސްތިއުނާފުކުރާ ފަރާތުގެ ސަބަބުންކަމަށެވެ. އަދި ދޮރާއި ދޮރުފަތާއި ބޭރުން ގެންނަކަމަށްބުނެ، އައިކެއަރގެ ފަރާތުން ކަންކަން ހުއްޓުވާފައިވާކަމަށެވެ.
42އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވަނީ، 6 (ހައެއް) މަސްދުވަސް ފާއިތުވުން ނުވަތަ ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ ނިންމައި، މުޅިޢިމާރާތް ޙަވާލުކުރާ ޙާލަތުކަމަށެވެ. މި ޙާލަތުގައި، 6 (ހައެއް) މަސްދުވަސް ފާއިތުވުމަށްފަހު އިސްތިއުނާފުކުރާ ފަރާތުން ޢިމާރާތާ ޙަވާލުވާ ހިސާބުން، އެއްބަސްވުމުގައިވާ ގޮތުގެމަތިން ކުލި ހިނގާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށެވެ.
43ސިވިލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އިސްތިއުނާފު ރައްދުވާ ފަރާތަށް ވަރަށްގިނަ ގެއްލުންތައް ކުރިމަތިވިކަމަށެވެ. މޫސާ މުޙައްމަދުގެ ނަމުގައި ނަގާފައިވާ ލޯނު އަދާނުކުރެވި ޑިފޯލްޓުވެ، ފައިސާ ދެއްކޭނެގޮތެއް ނެތިފައިވާކަމަށެވެ. އަދި ސިވިލް ކޯޓުން ޙުކުމް ކުރުމަށްފަހު އޭ.ޑީ.ކޭއާއެކު އެއްބަސްވުމެއް ވުމަށްފަހު ޢިމާރާތް ކުއްޔަށް ދީފައިވާކަމަށެވެ.
44[…] ވެލި އެވެކިޔާ ގޯތީގައިވާ ޢިމާރާތަކީ މިހާރު އޭ.ޑީ.ކޭއަށ ކުއްޔަށް ދީފައިވާތަނެއްކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް އެއްބަސްވުން ދަމަހައްޓައިފިނަމަ، ތިންވަނަ ފަރާތުގެ ޙައްޤެއް ގެއްލޭނެކަމަށާއި، އެކަމަށްވެސް ޝަރީޢަތުން ރިޢާޔަތް ކޮށްދިނުމަށް އެދޭކަމަށެވެ.
45މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.45. ޢިމާރާތުގައި މަސައްކަތް ކުރުމުގެ ޚަރަދު ހަމަޖައްސައިދީފައި ނުވާތީ ޢިމާރާތް ނުނިމުނުކަމަށް ބުނެފައިވާއިރު، އެކަމުގެ ޝަކުވާކުރިންތޯ ޝަރީޢަތުން ސުވާލުކުރުމުން، ޚަރަދު ހަމަޖައްސައިދީފައި ނުވާތީ މަސައްކަތް ނުކުރެވުނުކަމަށާއި، ދޮރުފަތްތައ ހޯދައިދިނުމަށް އެދުމުން ރާއްޖެއިން ބޭރުން ގެންނަކަމަށްބުނެ ދިގުދައްމާފައި ވާކަމަށާއި، މަސައްކަތްކުރީ ދުވަހަށް ފައިސާ ދީގެންކަމަށް މޫސާ މުޙައްމަދު ޖަވާބު ދެއްވާފައިވެއެވެ.
2.45. މުއްދަތުގެ ތެރޭގައި ނިމުނުތޯ ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، ނިމުނުކަމަށާއި، ނުނިމިހުރީ 6 ވަނަ ފުލޯރކަމަށާއި، 6 ވަނަ ފުލޯރ ނިންމާފައި ތަން ޙަވާލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ދޮރާއި ދޮރުފަތ ރާއްޖެއިން ބޭރުން ގެންނާނެކަމަށް ބުނުމަށްފަހު، ޔެސް ކޮންސްޓްރަކްޝަންއިން މީހުން ފޮނުވިކަމަށާއި، އެމީހުން އައިސް ފާޚާނާ ތަށިނައްޓައި، ދޮރާއި ދޮރުފަތް ނެއްޓިކަމަށް މޫސާ މުޙައްމަދު ޖަވާބު ދެއްވާފައިވެއެވެ. ކޮން ފުލޯރ އެއްގައިތޯ ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، 2 ވަނަ ފުލޯރ ފިޔަވައި ހުރިހާ ފލޯރއެއްގު ފާޚާނާ ތަށިތައް ތަޅާލި ކަމަށާއި، ތަންނިންމަންއޮތީ މޫސާ މުޙައްމަދު ކަމުގައި ވީނަމަވެސް، އަތަނަށް އައިކެއަރއިން ފޮނުވި މީހުންވަދެ ތަންތަޅާލިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ދެއްވާފައިވެއެވެ.
3.45. ޢިމާރާތް ނިންމައި ޙަވާލުކުރީ ކޮންއިރަކުތޯ ޝަރީޢަތުން ސުވާލުކުރުމުން، 10 ޑިސެމްބަރު ދުވަހުކަމަށާއި، ތަންޙަވާލު ކުރިއިރުގައި، ދޮރާއި ދޮރުފަތް ނެތުމުން، ބޭރުން ގެންނަންދެން މަޑުކުރަން އިސްތިއުނާފުކުރާ ފަރާތުން ބުނިކަމަށެވެ. ޔެސް ކޮންސްޓްރަކްޝަންއާ މަސައްކަތް ޙަވާލުކޮށް، އެ މީހުން އައުމުން ތަޅުދަނޑި ޙަވާލުކުރުމަށް އައިކެއަރ އިން އެދުނުކަމަށެވެ. ތަނުގައިހުރި ދޮރުފަތްތައް ނައްޓާލުމުން މައިދޮރު ފިޔަވައި ތަޅުލެވޭ ދޮރެއް ނެތްކަމަށެވެ. ދެން މިހިސާބުން ނިމުނީކަމަށްބުނެ ނުކުތީކަމަށް މޫސާ މުޙައްމަދު ޖަވާބު ދެއްވާފައިވެއެވ. މީގެއިތުރުނެ ވާހަކައެއް އޮތްތޯ ސުވާލުކުރުމުން، ލޯނުގެ ފައިސާ ދެއްކުމަށް އެދުމުން، ފައިސާ ދެއްކޭނީ އިތުރު 5 (ފަހެއް) އަހަރު ދުވަހަށް، އެއީ ޖުމްލަ 15 (ފަނަރަ) އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވުން ހެދުމުންކަމަށް އައިކެއަރއިން ބުނިކަމަށެވެ. އެގޮތަށް މައްސަލަ ހައްލުކޮށ ވާހަކް ދެއްކުމަށް ތިންހަތަރު މަހެއް ހޭދަވިކަމަށެވެ.
46އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "މ. އަލިވެލި އާއި ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމަށް ފަހު، އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީނަމަވެސް އެ އިމާރާތާއި ގުޅިގެން ނުވަތަ ކުއްޔަށް ދިނުމާއި ގުޅޭ އެހެން އެއްވެސް މުޢާމަލާތެއް ނުކުރުމަށް އަންގައި އެއްވެސް ކޯޓަކުން ވަގުތީ އަމުރެއް ނެރެފައި ނުވާތީ އާއި، ސިވިލް ކޯޓުން މައްސަލަ ބަލަމުން ދިޔަ މުއްދަތުގައި މޫސާ މުޙައްމަދަށް އައިކެއަރ ޕްރައިވެޓް ލިމިޓެޑުން އެއްވެސް މިންވަރަކަށް ކުލި ދައްކާފައި ނުވާތީ ބޭންކް އޮފް މޯލްޑިވްސްގައި މޫސާ މުޙައްމަދުގެ ނަމުގައި ނަގާފައިވާ ލޯނަށް ފައިސާ ނުދެއްކި ލޯނަށް އިންޓްރެސްޓާއި ޑީ ފައުލްޓ އިންޓްރެސްޓް އަރަމުން ދިއުމާއެކު ލޯނު ތަންފީޒުކުރުމުގެ މައްސަލަ ބޭންކް އޮފް މޯލްޑިވްސް އިން ސިވިލް ކޯޓުގައި ހިންގައި، […] މޯގޭޖް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާތީ އިތުރު ގޮތެއް ނެތި ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވާނެތީ، […] އާއި ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމަށް ފަހު، އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީނަމަވެސް، އެ އިމާރާތާއި ގުޅިގެން ނުވަތަ ކުއްޔަށް ދިނުމާއި ގުޅޭ އެހެން އެއްވެސް މުޢާމަލާތެއް ނުކުރުމަށް އަންގައި އެއްވެސް ކޯޓަކުން ވަގުތީ އަމުރެއް ނެރަފައި ނުވާތީ މޫސާ މުޙައްމަދު ވަނީ […] އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދިގު މުއްދަތަށް ކުއްޔަށް ދީފައެވެ. (މި އެއްބަސްވުން މި ފޯމުގެ ޖަދުވަލު 01 ގެ ގޮތުގައި ހިމެނިފައި) މި އިމާރާތަކީ އެތަނުގައި މިހާރު އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ހިމެނޭ ކަމެއްކަމުގައިވާތީ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް އެފަރާތާއި މޫސާ މުޙައްމަދު އާއި ދެމެދު 17 އޭޕްރީލް 2016ގައި ވެވުނު އެއްބަސްވުން ދަމަހައްޓައިފިނަމަ އެއީ 03 ވަނަ ފަރާތުގެ ޙައްޤެއް ގެއްލިގެން ދިއުމަށް މެދުވެރިވާނޭ ސަބަބެއްކަމުގައި އިސްތިއުނާފުރައްދުވާ ފަރާތުން ދެކޭތީ އެކަމަށް ޝަރީޢަތުން ރިޢާޔަތް ކޮށްދެއްވުން އެދެމެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ ސިވިލް ކޯޓުގެ ނަންބަރ 1300/Cv-C/2017 ޤަޟިއްޔާގެ ޙުކުމް އެގޮތުގައި ދެމެހެއްޓުމެވެ." ތަދައްޚުލުވި ފަރާތުން ދައްކާފައިވާ ވާހަކަ
47ސިވިލް ކޯޓުގެ ނަންބަރު 1300/Cv-C/2017 ޤަޟިއްޔާގެ ޙުކުމަށްފަހު، މި މައްސަލައިގައިވާ އެއްބަސްވުމުގައިވާ […] އެވެކިޔާ ގޯތީގައިވާ ޢިމާރާތުގެ ގުރައުންޑު، 1، 2، 3، 4، 5، 6 އަދި 7 ވަނަ ފަންގިފިލާއަކީ މޫސާ މުޙައްމަދުއާއި އޭ.ޑީ.ކޭއާ ދެމެދު، 14 އޮކްޓބަރޯ 2018 ދުވަހު އެކުލަވާލެވުނު އެއްބަސްވުމުގެ ދަށުން، އޭ.ޑީ.ކޭގެ ފަރާތުން ދިގުމުއްދަތަށ ކުއްޔަށް ނަގާފައިވާ ތަންތަން ކަމަށްވެފައި، މި އެއްބަސްވުމާ ގުޅުންހުރި މި އިސްތިއުނާފީ މައްސަލައަކީ އޭ.ޑީ.ކޭގެ މަޞްލަޙަތުވެސް ހިމެނޭ މައްސަލައެއްކަމަށްބުނެ، ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގެ ކޮޕީއަކާއި، ތަދއްޚުލުވުމަ ހަމައަށް އޭ.ޑީ.ކޭގެ ފަރާތުން ކޮށްފައިވާ ޚަރަދުތަކާ ގުޅުންހުރި ލިޔުން ހުށަހަޅައި، މި އިސްތިއުނާފަށް ތަދައްޚުލުވުމަށްއެދި ފޯމު ހުށަހަޅާފައިވެއެވެ. އަދި އެ ފުރުޞަތު ޝަރީޢަތުން ދީފައިވާކަން ލިޔުންތަކުން އެނގެއެވެ.
48މި މައްސަލައަށް އޭ.ޑީ.ކޭގެ ފަރާތުން ތަދައްޚުލުވުމަށްއެދޭ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު -1300/Cv C/2017 ޤަޟިއްޔާގެ ޙުކުމަށްފަހު، ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން އޭ.ޑީ.ކއިން ކުއްޔަށްނަގައި، މޫސޭ މުޙައްމަދުގެ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނާގުޅޭ ސެޓަލްމަންޓު އެގްރީމަންޓާ އެއްގޮތަށް، މޫސާ މުޙައްމަދުގެ ފަރާތުން ފައިސާ ދައްކަމުންދަނީ އޭ.ޑީ.ކޭގެ ފަރާތުންކަމަށްވެފައި، ޢިމާރާތުގައި ނުނިމިހުރި މަސައްކަތް ނިންމައި ބޭނުންކުރުމަށް އޭ.ޑީ.ކޭގެ ފަރާތުން ގިނަޚަރަދުތަކެއް ކޮށްފައިވާތީ، މިއީ އޭ.ޑީ.ކޭގެ މަޞްލަޙަތު ހިމެނޭ މައްސަލައަކަށް ވާތީކަމަށެވެ. އެހެނީ، ސިވިލް ކޯޓުގެ ނަންބަރު -1300/Cv C/2017 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް އަންނަ ކަންކަމަކީ އޭ.ޑީ.ކއާއި މޭސ މުޙައްމަދުއާ ދެމެދާ މހާރި ވެފައިވާ އެއްބަސްވުމާ ގުޅުންހުރި ކަމަކަށްވެފައި، މޫސާ މުޙައްމަދުއާއި އައިކެއަރއާ ދެމެދު 17 އޭޕްރިލް 2016 ދުވަހު ވެފައިވާ އެއްބަސްވުމަށް ރުޖޫޢަވެ، އެއްބަސްވުން ދެމިއޮތްކަމަށް ކަނޑައަޅައިފި ޙާލަތުގައި، އޭ.ޑީ.ކޭއަށ ގެއްލުންތައް ކުރިމަތިވާނެތީކަމަށެވެ.
49މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ކޮށްފައިވާ ސުވާލާ ގުޅިގެން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި އެވަނީއެވެ.
1.49. ދެފަރާތުގެ ވާހަކައަށްފަހު، ތަދައްޚުލުވި ފަރާތުން ދައްކަންހުރި ވާހަކައަށް ޝަރީޢަތުން ފުރުޞަތު އެރުވުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން 6 ވަނަ ފަންގިފިލާއާއި 8 ވަނަ ފަންގިފިލާގެ ދޮރާއި ފާޚާނާ ތަށިތއ ނެތްކަމަށް ބުނެފައިވާކަމަށާއި، އޭ. ޑީ. ކޭގެ ފަރާތުން އެ ޢިމާރާތް ކުއްޔަށް ނެގުމަށްފަހު މަސައްކަތް ފެށިއިރު ފާހަގަކުރެވިގެން ދިޔައީ، އިސްތިއުނާފު ރައްދުވާ ފަރާތުން ވިދާޅުވިހެން 6 ވަނަ ފަންގިފިލާގައި ހުރިހާ މަސައްކަތެއް ނިމިފައި ހުރިކަމަށާއި، ހަމައެކަނި ކުރަންޖެހުނުކަމަކީ ސީލިންގގެ ތަންކޮޅެއް ހެދުމާއި، ދޮރު ހަރުކުރުމާއި، ފާޚާނާގެ ތަށިތކާއަ މޫނުދޮންނަ ތަށިތައްޓާއ އެއްޗެހި ހަރުކުރުމުގެ މަސައްކަތްކަމަށެވެ. އެހެންވީމާ ބޮޑަށް ޤަބޫލުކުރެވެނީ އިސްތިއުނާފު ރައްދުވާ ފަރާތުން 6 ވަނަ ފަންގިފިލާގައި މަސައްކަތްތައް ކޮށްފައިވާކަމަށް ދައްކާފައިވާ ވހަކަތަކަކާ ރަނގަޅީ ވާހަކައެއްކަމަށް ކަމަށާއި، އެތަނަށް އޭ. ޑީ. ކޭ ކުންފުނީގެ ފަރާތުން ވަނީ ޖުމްލަ 150,000.00ރ (އެއްލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ) ޚަރަދު ކުރެވިފައކަމަށާއި، އެހެން ފުލޯރ ތަކަށވެސް އެގޮތަށް ޚަރަދުކުރެވިފައި ވާކަމަށާއި، އޭ. ޑީ. ކއިނޭ އެހެން ފުލޯރ ތަކުގެ މަސައްކަތަށް ބެލިއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ވިދާޅުވިހެނ ވަރަށްބޮޑަށް މަރާމާތު ކުރަންޖެހވަރަށޭ ތަޅާލާފައިވާކަމަށް އޭ.ޑީ.ކޭއިން ޖަވާބު ދެއްވާފައިވެއެވެ.
2.49. އެހެން ފުލޯރތައް ތަޅާލައިފައި ހުރުމާމެދު ޝަރީޢަތުން އިތުރަށް ސުވާލުކުރުމުން، އޭ. ޑީ. ކޭގެ ފަރާތުން 3، 4، 5، 6 އަދި 7 ވަނަ ފުލޯރ ކުއްޔަށް ހިފާފައިވާކަމަށާއި، އެ ހުރިހާ ފުލޯރއެއްވެސް މަރާމާތު ކުރަންޖެހުނުކަމަށާއި، މަސައްކަތް އެއްކޮށް ނިންމުމަށްފަހު މިހާރު ބޭނުން ކުރަމުންދާކަމަށއި، 8 ވަނަ ފުލޯރ ކުއްޔަށްނަގާފައި ނުވާކަމަށް އޭ.ޑީ.ކޭއިން ޖަވާބު ދެއްވާފައިވެއެވެ. މީގެއިތުރުން، އިސްތިއުނާފކުރު ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، އައިކެއަރއިން ޖުމުލަ ޚަރަދުކޮށްފައިވާ އަގުކަމަށް މި އންނަނޮ 1.8 މިލިއަން ރުފިޔާކަމަށެވެ. އެއްބަސްވުން ދަމަހައްޓަން ހައިކޯޓުން ނިންމައފި ކަމުގައިވާނަމަ، އޭ.ޑީ.ކޭއަށި ގެއްލުންވާނެކަމަށާއި، ތަންބޭނުންކުރެވޭ ޙާލަތަށް ގެނައުމަށް އޭ. ޑީ. ކޭއިން އެއަށްވުރެ ގިނަޚަރަދު ކޮށްފައިވާކަމަށެވެ. އަދި އޭ. ޑީ. ކޭގެ ފަރާތުން، މޫސާ މުޙައްމަދުގެ ލޯނު ދެއްކުމަށްޓަކައި ކޮންމެމަހަކު 75,000.00ރ (ހަތްދިހަ ފަސްހާސް ދިވެހި ރުފިޔާ) ޖަމާކުރަމުން ދާކަމަށެވެ. އިސްތިއުނާފކުރު ފަރާތުން އެދޭގޮތަށް މައްސަލަ ނިންމާކަމުގައިވާނަމަ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ގެދޮރު ގެއްލުމުގެ ފުރުޞަތު އޮތްކަމަށާއި، އޭ. ޑީ. ކޭއާއެކު އެއްބަސްވުން ހެދިއިރުވެސް، ބޭންކުން އެކަން އަންގާފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތަށް ޚަރަދު ނަގައިދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތާއި ތަދައްޚުލުވި ފަރާތުގާ މަޞްލަޙަތުއޮތް ކަމަކަށްވާއިރު، އޭ.ޑީ.ކޭއިން އެދެނީ އިސްތިއުނާފުކުރާ ފަރާތުން އެދޭފަދައިނ އެއްބަސްވުން ދެމެހެއްޓުމުގެ ބަދަލުގައި، އިތުރު އޯލްޓަނޭޓިވް ސޮލިއުޝަނެއް ހައިކޯޓުން މި މައްސަލައަށް ހޯދައިދިނުމަށްކަމަށް ބުނެފައިވެއެވެ.
50ތަދައްޚުލުވި ފަރާތުން އެދިފައިވަނީ ތިރީގައިވާގޮތަށެވެ. "މޫސާ މުޙައްމަދާ އާއު އައިކެއަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 17 އޭޕްރީލް 2016 އަހަރު އެކުލަވާލެވުނު އެއްބަސްވުން، މޫސާ މުޙައްމަދު ރޫޅާލައިފައިވަނީ އެއްބަސްވުމާއި އެއްގޮތަށް އައިކެއަރ ޕްރައިވެޓް ލިމިޓެޑުން، އެފަރާތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރަމުންނުދާތީ ކަމަށް ސިވިލް ކޯޓުން ނިންމާފައިވާއިރު، އޭގެ ފަހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް، […] އެހެން ފަރާތަކަށް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ނުވަތަ އެ ގޯއްޗާއި ގުޅިގެން އެހެން އެއްވެސް މުޢާމަލާތެއް ނުކުރުމަށް އަމުރުކޮށް ހައިކޯޓުން އެއްވެސް އަމުރެއް ނެރެފައި ނުވާއިރު، […] ކުއްޔަށް ދިނުމަށް މޫސާ މުޙައްމަދު އާއި އޭޑީކޭ ކޮންޕަނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު މިހިނދުން ޞައްޚަ އެއްބަސްވުމެއް އެކުލަވާލައިފަވާތީ، 17 އޭޕްރީލް 2016 ގައި މޫސާ މުޙައްމަދާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެކުލަވާލެވުނު އެއްބަސްވުން އިޢާދަކުރުމުގެ ފުރުޞަތު ނެތްކަމަށް ކަނޑައަޅައި، އެ އެއްބަސްވުމުގެ ދަށުން އައިކެއަރ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދުތަކަކީ އެއީ މޫސާ މުޙައްމަދު އަނބުރާ އައިކެއަރ ޕްރައިވެޓް ލިމިޓެޑަށް ދައްކައި ޚަލާޞްކުރަންޖެހޭ އެއްޗެއްކަމުގައި އައިކެއަރ ޕްރައިވެޓް ލިމިޓެޑުން ދެކޭނަމަ އެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ފުރުޞަތު އޮތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަވައިދެއްވުމެވެ." ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
51އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅު ދަޢުވާގެ ޚުލާޞާގާ އިވަނީ، […] އެވެކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތް ކުއްޔަށް ދިނުމަށްޓަކައި އައިކެއަރއާއި މޫސާ މުޙައްމަދުއާއެކު ވެފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ)އާ އެއްގޮތަށް ޢިމާރާތުގެ މަސައްކަތްތައް ނިންމައި ޢިމާރާތް ޙަވާލުނުކޮށް، އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ށ)އާއި 2 ވަނަ މާއްދާއާ ޚިލާފަށް އަދި އެއްބަސްވުމުގައި ބަޔާންކުރާ ކުލި ދެއްކުމުގެ ޙާލަތެއް ވުޖޫދު ވެފައިނުވާއިރު، އެ ޙާލަތު ވުޖޫދުވެއްޖެކަމަށް ނިންމައި، އެއްބަސްވުމުގެ 11 ވަނަ މާއްދާއާ ޙަވާލާދީ އެއްބަސްވުން ބާޠިލުކުރުމަށް މޫސާ މުޙައްމަދުގެ ފަރާތުން އައިކެއަރއަށް ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓިހެއްކަމަށ ކަނޑައަޅައް ދިނުމަށާއި، އެއްބަސްވުމުގެ 3 ވަނަ މއްދާގާ
(ހ) އަދި (ށ)ގެ ދަށުން ޙަވާލުކުރަންޖެހޭ ޢިމާރާތުގެ މަސައްކަތް ނިންމައި، އައިކެއަރއާ ޙަވާލުކުރުމަށް މޫސާ މުޙައްމަދުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އެއްބަސްވުމާ އެއްގޮތަށް އައިކެއަރއިން ޢަމަލުކުރަމުން ގޮސްފައިވާތީ، އެއްބަސްވުމުގެ މުއްދަތު ދެމެހެއްޓުމަށާއި، އެއްބަސްވުމުގެ ދަށުން ކުލީގެ މުއްދަތު ގުނަންފެށޭނީ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ށ)އާ އެއްގޮތަށް، އަދި 3 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މަސައްކަތްނިމި ޢިމާރާތް ޙަވާލުކުރުމުންކަމަށް މޫސާ މުޙައްމަދުއަށް އަންގައި އަމުރު ކޮށްދިނުމަށް އެދޭކަމަށެވެ.
52މޫސާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ ޖަވާބުގައި، ދަޢުވާއަށް އިންކާރު ކުރުމާއެކު، އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައި ވާކަމަށާއި، އެއްބަސްވުމުގައިވާ ގޮތުގެމަތިން ޢިމާރާތުގެ މަސައްކަތް ނިންމައި ޙަވާލުކުރެވިފައިނުވަނީ އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ޢިމާރާތުގައި ނިންމާފައިވާ ތަންތަން ތަޅައި، ޢިމާރާތުގެ މަސައްކަތްތައް ކުރުމަށް އެހެންފަރާތަކާ ޙަވާލުކުރުމަށްފަހު މަސައްކަތް ނިންމާފައި ނުވާކަމަށާއި، ޢިމާރާތް ރަހުނުކޮށްފައިވާއިރު، ބޭންކަށް ފައިސާދެއްކުން ދަތިވުމުން، އެ މަޢުލޫމާތު އައިކެއަރއާ ޙިއްޞާކުރުމުން ކުލީގެ މުއްދަތު އިތުރކޮށު އައުއެއްބަސްވުމެއްވުމަށް ހުށަހަޅާފައިވާކަމަށެވެ.
53މި ނިންމމުގު 34.5 ވަނަ ނުކުތާގައި ޙަވާލާދީފައިވާ ސިވިލް ކޯޓުގެ ނަންބަރު 1633/Cv-C/2017 ޤަޟިއްޔާއަކީ، މޫސާ މުޙައްމަދުއާއި އައިކެއަރއ ދެމެދާ […] އެވެކިޔާ ގޯތީގައި ޢިމާރާތްކޮށް ދިގުމުއްދަތަށ ކުއްޔަށް ހިފުމަށްޓަކައި 17 އޭޕްރިލް 2016 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޢިމާރާތް ކުރުމުގެ މުއްދަތުގައި މޫސާ މުޙައްމަދުއަށް އެއްވެސް ފައިސާއެއް ލިބެމުންނުދާތީ، މޫސާ މުޙައްމަދަށް ފައިސާ ދިނުމުގެ ނިޔަތުގައި ދެފަރާތުގެ މެދުގައި ވާހަކަދެކެވި، އެޑްވާންސް ކުލީގެ ގޮތުގައި މޫސާ މުޙައްމަދުއަށް 100,000.00ރ (އެއްލައްކަ ދިވެހި ރުފިޔާ) ދީފައިވަނިކޮށް، އެއްބަސްވުން ކުރިއަށް ގެންދިޔުމަށް އިންކާރުކޮށްފައިވާތީ، އެޑްވާންސް ކުލީގެގޮތުގައި ދީފައިވާ ފައިސާ، މޫސާ މުޙައްމަދުގެ ކިބައިން އައިކެއަރގެ ފަރާތުން ހޯދުމަށްއެދި ހުށަހެޅި ދަޢުވާއާގުޅޭ މައްސަލައެވެ. އެ މައްސަލައިގައި، އައިކެއަރގެ ފަރާތުން މޫސާ މުޙައްމަދުއަށް ދީފައިވާ ފައިސާ 12 ޖުލައި 2018 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އައިކެއަރއަށް ދައްކައި ޚަލާޞްކުރުމަށް އަންގައި، ޙުކުމް ކޮށްފައިވެއެވެ.
54މި އިސްތިއުނާފީ މައްސަލައިގައި ޝަރީޢަތުން ޖަވާބު ދޭންޖެހޭ ސުވާލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.54. މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިންގެބަހުން، މައްސަލައިގެ ވާޤިޢާތަކާމެދު ދަށުކޯޓުން ގޮތްނިންމަވާފައިވަނީ އަޙްމަދު ނާޝިދު މައްސަލައިގައިވާ އުޞޫލުތަކާ ޚިލާފަށްތޯ؟
2.54. އައިކެއަރގެ ފަރާތުން […] އެވެކިޔާ ގޯތީގައިވާ ޢިމާރާތާ ޙަވާލުވެފައިވޭތއާއޯ އޭގެ ޤާނޫނީ ނަތީޖާތަކަކީ ކޮބައިތޯ؟
55މި މައްސަލައިގެ ޚަޞްމުންގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމާމެދު ދެބަސްވުމެއްނެތެވެ. ބަހުސްފެށޭ ހިސާބަކީ، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ އެއްބަސްވުމާ އެއްގޮތަށްތޯއާއި، އެއްބަސްވުމުގެ ޝަރުޠުތަކާއި އިލްތިޒާމުތައް އަދާކޮށްފައިވާ ގޮތާމެދުއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރުމުގެ ކުރިން، އެއްބަސްވުންތަކާމެދު ގޮތްނިންމުމުގައި، ޤާނޫނާއި މަތީމަރުޙަލާގެ ނިންމުންތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، މި މައްސަލައިގައި ގޮތްނިންމުމަށް މުހިއްމު ޤާނޫނީ އުޞޫލުތައް ތިރީގައި ބަޔާންކުރަމެވެ.
56ޕްރިސިޑެންސް 1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުނު އަޙްމަދް ނާޝިދު މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ ދެވަނަ އަދި ތިންވަނަ ކަމެއްގެގޮތުގައި، މަދަނީ މައްސަލަތަކުގައި ޤާނޫނީ ނަތީޖާއެއް ނުކުންނަ ވާޤިޢާއެއް އޮތްކަން ޤާނޫނުގައި ކަނޑައަޅާފައިވާ ވަސީލަތްތަކުން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުން ނުވަތަ އެފަދަ ހުށަހެޅުމެއް ހުށަހެޅި ފަރާތަކުންކަމަށް ކަނޑައަޅާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް (-2013/SC A/28) (މީގެފަހުން "ގަސްވެލި މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި، ދަޢުވާ ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމަށާއި، އެގޮތުން ފުރަތަމައީ، ދަފުޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން ކަމަށާއި، ދެވަނައީ، ހުށަހަޅާފައިވާ ހެއްކަކީ، ދެފަރާތުގެ ހެކި އަޅައިކިޔާއިރު، ހުށަހަޅާފައިވާ ދަފުޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަށް ވުންކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މަދަނީ މައްސަލަތަކުގައި ހާދިސާ ނުވަތަ ޢަމަލު ސާބިތުކުރުމުގެ މިންގަނޑަކީ، "ބޮޑަށް ބުރަވެވޭ ގޮތަށް" ނުވަތަ "ބެލަންސް އޮފް ޕްރޮބަބިލިޓީސް"ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު (2013/SC-A/53) (މީގެފަހުން "އާސިޔަތު ނިޒާރު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
57ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން (2018/SCA/49) (މީގެފަހުން "ޖާބިރު ޢަބްދުއްރަޙްމާނު މައްސަލަ"ކަމަށް ބުނެފައިވާ) ޤަޟިއްޔގާ 25 އަދި 26 ވަނަ ނުކުތާގައި، ދަށުކޯޓަށް ހުށަހަޅާފައިވާ ހެއްކަކުން އެ މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ކަނޑައެޅުމުން، އެ ހެއްކެއްގެ ތެދުދޮގު އަލުން ވަޒަންކުރުމަކީ، ޢާއްމުކޮށް އިސްތިއުނާފީ ކޯޓަކުން ކުރާކަމެއް ނޫންކަމަށާއި، ނަމަވެސް، ދަށުކޯޓުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ ބަލައި، ހެއްކަކުން ނެރެވޭ ދޭހައަކީ ކޮބައިކަން ކަނޑައެޅުމަކީ އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރުންގެ ދައުރެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެފަދައިން އިސްތިއުނާފީ ކޯޓަށް ޢަމަލު ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ތިރީގައި އެވަނީއެވެ.
1.57. މައްސަލައިގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއްކަނޑައަޅަންޖެހޭ މައިގަނޑު ކަންކަމާމެދު އެ ކޯޓުން ގޮތެއްކަނޑައަޅާފައި ނެތުން.
2.57. ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން.
3.57. ޝަރީޢަތްކުރާ ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ކުރިމަތީގައިހުރި ހުރިހާ ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެއްކަކުން ނުވަތަ ހެކިތަކުން ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހަތަކެއްކަމަށް ފެނުން.
4.57. އެ މައްސަލައިގައި ސާބިތުވެފައިވާ ވާޤިޢާތަކުގެ މައްޗަށް ތަޠުބީޤު ކޮށްފައިވަނީ ނުބައި ޤާނޫނީ އުޞޫލުތަކެއް ކަމުގައިވުން.
58ޕްރިސިޑެންސް 3ބުނެވިދިޔަ ކަންކަމުގެ އިތުރުން، ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި، ހެއްކަކުން ދޭހަވާކަމަކާ ގުޅޭގޮތުން ދެ ގޮތަކަށް ދޭހަވާން އޮންނައިރު، ޝަރީޢަތުން ބޮޑަށް ބުރަވާނީ ކޮންޚަޞްމެއްގެ ފަރާތުން ދޭހަކުރާ ގޮތަކަށް ތޯ ބެލުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.58. ކަންހިނގާފައިވާ ގޮތްކަމަށްބުނާ ދެ ގޮތެއް ފަނޑިޔާރުގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސްގޮތަކީ މުސްތަހީލު ގޮތެއްކަމަށް ނުބެލެވޭނަމަ، އެތަނުން އެއްގޮތަކީ ވުންމާދުރު ގޮތެއްކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ދެން ބާކީއޮންނަގޮތަކީ ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާގޮތްކަމަށް ބެލެވިދާނެކަމަށެވެ.
2.58. ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރާއިރު، ކަންވެފައިވާ ގޮތްކަމަށްވެދާނެ ތިންގޮތެއް ނުވަތަ އެއަށްވުރެ ގިނަގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި ހުރެއްޖެނަމަ، އެ ހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކޮށް، ކަންވެފައިވާގޮތާ އެންމެ ގާތްކުރާ ގޮތތަކުގް ތަރުތީބުން އެ ގޮތްތައް އަތުރާލުމުން، އެތަނުން ކަންވުމާ އެންމެގާތްގޮތ ނުވަތް ކަންވެފައިވާކަމަށް ފަނޑިޔާރަށް ބުރަވެވޭގޮތް އޮންނާނީ ހޯދިފައިކަމަށެވެ.
3.58. އިނގިރޭސި ވިލތުގެ މާލަރ ވ. މިނިސްޓްރީ އޮފް ޕެންޝަންސް ޤަޟިއްޔާގައި، ލޯޑް ޑެނިންގް ބުނެފައިވާގޮތުން، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެކަން ނުވުމަށްވުރެ ބޮޑަށް، އެކަން ވެފައިވާކަމަށް ބެލެވޭކަމަށް ފަނޑިޔާރަށް ބުނެވޭވަރު ވެއްޖެނަމަ، ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވުނީއެވެ. ނަމަވެސް، ދެ ގޮތްވެސް އެއީ ކަންވެފައި އޮވެދާނެ ގޮތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ސާބިތު ކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވަނީކަމަށެވެ. އެގޮތުން، ޕަސަންޓޭޖުގެ އުޞޫލުން ބަޔާނކުރް ކަމަށްވާނަމަ، ކަމެއް ވެފައިވާކަމަށް %50 އަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ ދަޢުވާކުރާ ފަރާތަށް މައްސަލަ ގެއްލުނީއެވެ. އެއާޚިލާފަށް، ކަންވެފައިވާކަމަށް %51 އަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ދަޢުވާކުރާ ފަރާތަށް ކާމިޔާބު ވާނެކަމަށެވެ. އެހެންކަމުން، ބޮޑަށް ޤަބޫލުކުރެވޭގޮތުގެ މިންވަރަކީ 1% ގެ ތަފާތެއްކަމަށ ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.
4.58. ބޮޑަށް ބުރަވެވޭގޮތް ދޭހަކުރުމުގެ މިސާލެއްގެގޮތުން، މާލޭގެ އާޓިފިޝަލް ބީޗުން ދިޔައީ ކުއްތާއެއްކަމަށ ޤަބޫލް ކުރެވުމަށްވުރެ، ބުޅަލެއ ދިޔަކަމަށް ޤަބޫލް ކުރެވޭނކަމަށެވެ. ސަބަބަކީ، މާލޭގައި ކުއްތާ ނޫޅޭތީކަމަށެވެ. ގެއަކުން ވައްކަންކުރީ ގޭގެދޮރުން ވަންމީހަކަށްވުރެ ފާރުމަތިން Miller v Minister of Pensions [1947] 2 All ER 372. އެރިމީހެއްކަމަށް ޤަބޫލު ކުރެވޭނެކަމަށެވެ. ސަބަބަކީ، ދޮރުންވަން މީހާއަކީ ވަނުމުގެ ހުއްދައޮތް މީހެއްކަމަށް ދޭހަކުރެވޭއިރު، ފާރުމަތިން އަރައި ގޭތެރެއަށް ފުންމާލި މީހާއަކީ އެގެއަށް ވަނުމުގެ ހުއްދައޮތ މީހެއްކަމަށް ދޭހަނުކުރެވޭތީކަމަށެވެ.
5.58. ދެގޮތުންކުރެ ބޮޑަށް ބުރަވެވޭގޮތެއް ވަޒަންކުރުމުގައި، ކުރެވޭ ތުހުމަތުގެ ލުއިކަމާއި ބުރަކަމުގެ މައްޗަށްވެސް ފަނޑިޔާރު ރިޢާޔަތް ކުރަންވާނެކަމަށެވެ. ކުރިމަތީގއައޮތީ ކަންހިނގި ޙަޤީޤީގޮތް ކަމަށްވުމުގެ ފުރުޞަތުއޮތް ދެ ތުހުމަތު ކަމަށްވެފައި، އެ މައްސަލައިގައި އެއީ އެންމެ އެކަށީގެންވާ ގޮތްކަމުގައިވާނަމަ، ބޮޑަށް ބުރަވާންވާނ ދީ ތުހުމަތުންކުރެ ސީރިއަސް ތުހުމަތެއް ކުރެވޭ ޢަމަލު ހިނގުމުގެ ފުރުޞަތު ކުޑަކަމަށެވެ. އެ ދެ ގޮތު ންކުރެ ސީރިއަސް ތުހުމަތަށް ކުރެވޭ ޢަމަލު ހިނގާފައިވާ ކަމަށްބުރަވާނަމަ، އެކޮޅަށްހުރި ހެކިތައް ވަރުގަދަވާން ޖެހޭނެކަމަށެވެ. މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިންގެބަހުން، މައްސަލައިގެ ވާޤިޢާތަކާމެދު ދަށުކޯޓުން ގޮތްނިންމަވާފައިވަނީ އަޙްމަދު ނާޝިދު މައްސަލައިގައިވާ އުޞޫލުތަކާ ޚިލާފަށްތޯ؟
59މި މައްސަލައިގައި ލިޔުންތަކަށް ބަލާއިރު، […] އެވެކިޔާ ގޯތީގައިވާ ޢިމާރާތް ކުއްޔަށްދިނުމަށް، މޫސާ މުޙައްމަދުއާއި އައިކެއަރއާ ދެމެދު 17 އޭޕްރިލް 2016 ދުވަހު އެއްބަސްވުމެއް ވެފައިވެއެވެ. އެ އެއްބަސްވުން ވެވުނުއިރު، […] އެވެކިޔާ ގޯތީގައިވާ 10 (ދިހައެއް) ބުރީގެ ޢިމާރާތުގެ ކުއްޔަށްދޭ ފުލޯރތަކުގެ ތެރެއިން، 6 އަދި 8 ވަނަ ފުލޯރއަކީ މަސައްކަތް ނުނިމިހުރި ފުލޯރ ތައްކަމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.
60އެއްބަސްވުމުގެ 2 ވަނަ މާއްދާގައި، އެއްބަސްވުމުގެ ދަށުން ޢިމާރާތް ކުއްޔަށްދޭ މުއްދަތަކީ، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ)ގައިވާ 6 (ހައެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެން ނުވަތަ ޢިމާރާތުގެ 6 ވަނަ ފުލޯރއާއި 8 ވަނަ ފުލޯރ ގޭގެވެރިފަރާތުން ނިންމައި، މުޅިޢިމާރާތް ޙަވާލުކުރާ ތާރީޚުން ފެށިގެންކަމަށް ބަޔާންކޮށްފައިވެއެވެ. މި މއްދާގައާ، ކުލީގެ މުއްދަތު ހިނގާނެގޮތް ބަލާނެގޮތުގެ ދެ ޙާލަތއެ ބަޔާންކޮށްފައިވެއެވެ. ފުރަތަމަ ޙާލަތަކީ، 6 (ހައެއް) މަސްދުވަސް ހަމަވުމެވެ. ދެވަނަ ޙާލަތަކީ، އެއްބަސްވުން ވެވުނުއިރު ނުނިމި ހުރިކަމަށް ދެފަރާތުންވެސް އިގުރާރުވެފައިވާ ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ ނިންމައި އައިކެއަރއާ ޙަވާލުކުރުމެވެ.
61ދެފަރާތުގެ ހުށަހެޅުންތަކަށް ބަލާއިރު، އެއްބަސްވުން ވެވުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ފާއިތުވިއރު، ޢިމާރާތް ނިންމައި ޙަވާލުކޮށފައިނުވެއެވެ. ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 17 އޭޕްރލި 2016 ދުވަހު ކަމަށްވެފައި، އެ ތާރީޚުން ފެށިގެން 18 އޮކްޓބަރޯ 2016 ދުވަހަށް 6 (ހައެއް) މަސްދުވަސް ހަމަވާނެއެވެ. އެއްބަސްވުމުގައިވާ ގޮތުގެމަތިން ޢިމާރާތް ނިންމައި ޙަވާލުކޮށްފައި ވާކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. މޫސާ މުޙައްމަދުގެ ބަހަކީ، މަސައްކަތް ނިންމުން ލަސްވެފައިވަނީ އައިކެއަރގެ ފަރާތުން ޚަރަދުކޮށްފައި ނުވމުންނެވު. އައިކެއަރގެ ފަރާތުން އެކަމަށް އިންކާރުކޮށް، ޚަރަދަށް އެދުމުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ހަމަޖައްސާފައި ވާކަމަށް ބުނެފައިވެއެވެ.
62ދެފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު، ނުނިމިހުރީ ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ ކަމަށް ދެފަރާތުގެ މެދުގައި ޚިލާފެއް ނެތްއިރު، މި މައްސަލައިގައިވާ ހެކިވެރިން ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
63[…] ޢަލީ އަޙްމަދު މޫސާގެ ހެކިބަހަށް ބަލާއިރު، […] ޕރޮޖެކްޓު ހިނގިއިރު، މަސައްކަތް ކުރިއަށްދާގޮތް ބެލުމުގެ ކަންކަމުގައި އުޅުނުކަމަށް ބުނެފައިވެއެވެ. އައިކެއަރއިން މީހުން ވައްދާފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ ހިސާބުގައިކަމަށާއި، ހެކިވެރިޔާ އެންމެފަހުން ޢިމާރާތަށް ވަދެފައިވަނީ 2017 ވަނަ އަހަރުގެ މާރިޗް މަހުގައި ކަމަށާއި، ފާޚާނާގެ ތަށިމުށިތަކާއި އެއްޗެހި ނައްޓާފައިވާކަމަށާއި ދޮރު ނެތްކަމަށާއި، ކަރަންޓުލުމުގެ މަސައްކަތާއި ސީލިންގކުރުމާއި އެއަރކޮންތައް ހަރުކުރުމުގެ ހޮޅިތައް އަޅާފައިވާކަމަށެވެ. ސީލިންގު އެޅުމުގެ މަސައްކަތުގައި މޫސާ މުޙައްމަދުގެ ފަރާތުން "އަދުރޭ" ކިޔާމީހަކު އުޅުނުކަމަށެވެ. އައިކެއަރގެ ފަރާތުން އުޅުނީ ތަށިމުށ ޖެހުމާއި އެހެނިހެން ކަންކަމުގައި ކަމަށެވެ. އެއީ 6 އަދި 8 ވަނަ ފުލޯރގެ ވާހަކަތޯ ހެކިވެރިޔާއާ ސުވާލުކުރުމުން، ގާތްގަނޑަކަށް ހުރިހާ ފުލޯރ ތަކެއްގެވެސ މަސައްކަތް ދިޔައީ އެގޮތަށްކަމަށާއި، ތަންހުރީ މީހުން ދިރިއުޅޭ ފެންވަރަށް ނޫންކަމަށާއި، ތަނުގެ އެއްވެސް ފުލޯރއެއްގެ މަސައްކަތް ނިމިފައިނުވާކަމަށް ބުނެފައިވެއެވެ. މެޓީރިއަލް ފޯރުކޮށްދެނީ އައިކެއަރއިން ކަމަށާއި، މަސައްކަތް އަބަދުވެސް ކުރަމުންދިޔައީ މޫސާ މުޙައްމަދުގެ ބެލުމުގެދަށުން ކަމަށާއި، ތަނުގެ ތަޅުދަނޑިތައްވަނީ މޫސާ މުޙައްމަދުގެ އަތުގައިކަމަށާއި، ތަނާއި ޙަވާލުވހުރެ މޫސާ މުޙައްމަދުކަމަށެވެ. 2017 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި 3 (ތިނެއް) ގުރޫޕެއް މަސައްކަތް ކުރިކަމަށާއި، އެގޮތުން އައިކެއަރއިން ވައްދާފައިވާ ގުރޫޕަކާއި، ކަރަންޓު ވަޔަރުކުރަން ވައްދާފައިވާ ގުރޫޕަކާއި، މޫސާ މުޙައްމަދުގެ ފަރާތުން ވައްދާފައިވާ ގުރޫޕެއ ވާކަމަށް ބުނެފައިވެއެވެ. މަސައްކަތް ލަސްވާން ދިމާވި ސަބަބުތައް ހެކިވެރިޔާއަށް ބުނަން ނޭނގޭކަމަށެވެ.
64ހއ. ދިއްދޫ، އާނިރު، އިބްރާހީމް ވަޙީދުގެ ހެކިބަހުގައި، ފްރޮޖެކްޓުގެ ތެރެއަށްވަނީ 2017 ވަނަ އަހަރު މާރިޗް މަހުގެ ފުރަތަމަކޮޅު ކަމަށާއި، ޔެސް ކޮންސްޓްރަކްޝަންގެ ފަރާތުން ކުންފުނީގެ ސުޕަރވައިޒަރެއްގެ ހައިސިއްޔަތުންކަމަށެވެ. ޢިމާރާތަށްވަދެ މަސައްކަތް ފަށާށޭ އައިކެއަރގެ ފަރާތުން ބުނެފައިވާކަމަށާއި، މަސައްކަތް ކުރަންވާނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބެލުމުގެ ދަށުންކަމަށެވެ. މަސައްކަތް ކުރުމުގައި ގިނަބަޔަކ އުޅުނު ކަމަށާއި، މުށިޖެހުމާއި، ޕްލަމްބިންގ މަސައްކަތާއި، އޭސީ މަސައްކަތާއި ކަރަންޓު މަސައްކަތާއި ވަރަށްގިނަ މަސައްކަތުގައި ވަރަށްގިނަ މީހުން އުޅުނުކަމަށް ބުނެފައިވެއެވެ. މަސައްކަތް ކުރުމަށް މެޓީރިއަލް ތަނުގައި ހުރިކަމަށާއި، ތަކެތި ނުލިބިގެން ދައްޗެއްވެފައި ނުވާކަމަށެވެ. ޢިމާރާތުގެ ތަޅުދަނޑި ފުރަތަމަ ނުލިބޭކަމަށް ބުނެފައިވެއެވެ. ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރގެ ޙާލަތާމެދު ސުވާލުކުރުމުން، 2 ވަނަ ފްލޯރ ފިޔަވައި އެހެންހުރިހައި ފުލޯރތަކަށް ވަންކަމަށާއި، ކަރަންޓާއި ފެނާއިހުރީ 5 ވަނަ ފުލޯރގައި އެކަނިކަމަށާއި، އެހެން އެއްވެސް ފލޯރއެއްގައި ދޮރެއް ނެތްކަމަށާއި، 6 އަދި 8 ވަނަ ފުލޯރހުރީ ސީލިންގވެސް ނުކޮށްކަމަށާއި، ސީލިންގކުރީ ދިޔަފަހުންކަމަށެވެ. މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ 2 (ދޭއް) މަސްދުވަސްކަމަށާއި، އެ މުއްދަތު ހަމަވުމުގެކުރިނ މަސައްކަތް ޙަވާލުކުރި ފަރާތުން މަސައްކަތް ހުއްޓާލުމަށް އަންގާފައިވާކަމަށް ބުނެފައިވެއެވެ. މޫސާ މުޙައްމަދުގެ ފަރާތުން މަސައްކަތް ހުއްޓާލަން ނުވަތަ ހުރަސްއަޅާފައި ނުވާކަމަށާއި، މަސައްކަތް ލަސްވެގެން އައިކެއަރއިން ސުވާލުކުރިކަމަށާއި، ތަނަށް ނުވަދެވިގެން 9:00 ވަންދެންވެސް ބޭރުގައި މަޑުކުރަންޖެހި ދަތިތކަ ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާ އައިކެއަރއަށް އެންގިކަމަށެވެ. އައިކެއަރއާ ބައްދަލުކޮށް އެގޮތަށް އެންގިދުވަހު، މީޓިންގ ނިންމާފއަ […] ދިޔުމުން މޫސާ މުޙައްމަދު ތަޅުދަނޑި ޙަވާލުކޮށްފައި ވާކަމަށް ބުނެފައިވެއެވެ. އެއީ މަސައްކަތް ކުރަންފެށިތާ އެއްމަސްދުވަސް ފަހުންކަމަށެވެ.
65ގދ. ހޯނޑެއްދޫ، […] މުޙައްމަދު ނަޢީމްގެ ހެކިބަހުގައި، ލަންކާއަށް ދިޔަފަހަރަކު ޑީބޯޑުތަކެއް/ކަރަންޓި ސާމާނުތަކެއް، މުޙައްމަދު ޒާހިރުގެ ޙާޟިރުގައި މޫސާ މުޙައްމަދު އެދުމުން، މޫސާ މުޙައްމަދު އެދިފައިވާގޮތަށް އެތަކެތި ގެނެސް، 31 ޑިސެމްބަރު 2016 ދުވަހު ޙަވާލުކުރިކަމަށެވެ.
66ނ. ވެލިދޫ، ރިހިވެލި، ޢަބްދުﷲ ޝިޔާމގް ހެކިބަހުގައި، 2016 ވަނަ އަހަރު މާލެ އަންނަން ކޮޓަރިއެއް ބޭނުންވެގެން މުޙައްމަދު ޒާހިރުގާތު ބުނުމުން، އެކަން ހަމަޖެއްސޭނ ޢަލީ އަޙުމަދުއަށްކަމަށް ބުނުމުން، ޢަލީ އަޙުމަދުއާއެކު މޫސާ މުޙައްމަދުގެ ގެއަށްދިޔަކަމަށާއި، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ފަހުހަފުތާގައި 5 (ފަހެއް) ދުވަސްވަންދެން، ޢިމާރާތުގެ 5 ވަނަ ފލޯރގައު މީނާގެ އަންހެނުންނާއެކު ހުރިކަމަށެވެ. މީނާހުރި ފްލޯރގެ މައްޗާއި ތިރީ ފުލޯރ އާއި، 7 އަދި 8 ވަނަ ފލޯރގައިވެސް މަސައްކަތު ކުރަމުންދިޔަކަމަށާއި، އެއްވެސްތަނެއް ނިމިފައިނުވާކަމަށެވެ. 2017 ވަނަ އަހަރު ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގެ 6 (ހައެއް) ދުވަހު އެތަނުގައި ހުރިކަމަށާއި، އޭރުވެސް މަސައްކަތް ނުނިމޭކަމަށެވެ.
67[…] ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ހެކިބަހުގައި، […] އެވެކިޔާ ގޯތީގެ ޕްރޮޖެކްޓުގައި މޫސާ މުޙައްމަދުއަށް މަސައްކަތް ކޮށްދީފައިވާކަމަށާއި، މަސައްކަތަށް ބޭނުންވާ ތަކެތި ހޯދަނީ މޫސާ މުޙައްމަދު ކަމަށާއި، ޕޭމަންޓު ކަންތައް އައިކެއަރއިނ ކުރިކަމަށް ހީކުރެވޭކަމަށެވެ. ތަކެތި ނެތިގެން މަސައްކަތް ލަސްވެފައިވާކަމަށާއި، ބައެއް ސާމނާ ރާއްޖެއިން ބޭރުން ގެންނަކަމަށާއި، އޯޑަރުކުރަނީ އައިކެއަރއިން ކަމަށާއި، މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަހަށް ބައެއްތަކެތ ނުލިބި ހުރިކަމަށާއި، މަސައްކަތް ކުރުމަށް ތަނަށްވަންނަން ދައްޗެއްނެތްކަމަށް ބުނެފއިވެއަ ވެ. ފުރަތަމަ މަސައްކަތްކުރެ މޫސާ މުޙައްމަދު ކަމަށާއި، ފަހުން އައިކެއަރގެ ދަށަށް ދިޔައިމަ އިތުރު ގުރޫޕުތައްވެސ މަސައްކަތް ކުރިކަމަށެވެ. މަސައްކަތް ވަކިހިސާބަކަށް ގޮއްސަހުއްޓާ އައިކެއަރއިން ތިމަންނަމެން ޙަވާލުވީކަމަށް ބުނެފައި، މޫސާ މުޙައްމަދުގެ މީހުން ނެރުމަށް އެންގީމ މޫސާ މުޙައްމަދާ ހުއްޓާލީކަމަށާއި، އެއަށްފަހު މޫސާ މުޙައްމަދު މަސައްކަތް ނުކުރާކަމަށެވެ. އައިކެއަރއިން ތަނާޙަވާލުވީ 22 އޭޕްރިލްގައި ކަމަށެވެ. މަސައްކަތް ކުރަންހުއްޓަ އައިކެއަރގެ މުޙައްމަދު އާއި ޢަލީ، ގުޅާފައި އަންނާށޭ ބުނުމުން، އެތަނުގައި އޮފހެއްގޮތަށް މަސައްކަތްކުރީ ކޮޓަރިއަށް ދިޔުމުން، މިހިސާބުން ތިމަންނަމެން ޙަވާލުވީއޭ މޫސާ މުޙައްމަދުގެ އެއްވެސްބަޔަކު ތަނުގައި މަސައްކަތްކުރާނަމަ ނެރޭށޭ ބުނިކަމަށެވެ. ތަޅުދަނޑިތަކާއި މޫސާ މުޙައްމަދު ސާމާނުލާފައިވާ ގުދަން ހުސްކޮށް ޙަވާލުކުރިކަމަށާއި، ސީލިންގ މަސައްކަތްކުރީ އައިކެއަރއިނ ޙަވާލުކޮށްގެން އަމިއްލަ މަސައްކަތެއްގެ ގޮތުގައި މީނާ ކަމަށެވެ. ތާރީޚު ހަނދާން ނެތްނަމަވެސް ޙަވާލުކުރި ތާރީޚުން ފެށިގެންތިބީ އައިކެއަރގެ މީހުންކަމަށެވެ. ސީލިންގ މަސައްކަތްކުރީ 2017 ވަނަ އަހަރު ފެބްރުއަރީ ނުވަތަ މާރިޗް މަހުގައިކަމށެވެ. އައިކެއަރއިން ތަނާ ޙަވާލުވުމަށްފަހު ސާފުކުރުމުގެ މަސައްކަތްތަކެއް ކުރިކަމަށާއި، އެއަށްފަހު ކޮންޓްރެކްޓް މީހުން ވެއްދިކަމަށާއި، މީނާވެސ މަސައްކަތަށް ހުށަހަޅާފައިވް އަގުތަކުގެ މައްޗަށް ބިނާކޮށް އައިކެއަރއިނ މަސައްކަތް ޙަވާލުކޮށްފައި ވާކަމަށާއި، އެއީ އައިކެއަރއިން ތަނާއި ޙަވާލުވިތާ ދޮޅުމަސ ނުވަތް ދެމަސް ފަހުންކަމަށެވެ. އައިކެއަރ މުޙައްމަދުއއާ ޢަލީއާ ވާހަކަދެއްކީ 2016 ވަނަ އަހަރު ފަހުކޮޅު ނުވަތަ 2017 ވަނަ އަހަރު ކުރީކޮޅުގައި ކަމަށާއި، އޭރު އެތަންހުރީ މީނާގެ ބެލުމުގެ ދަށުގައިކަމަށެވެ. މޫސާ މުޙައްމަދުގެ ހުއްދައާއެކު، 2017 ވަނަ އަހަރު 6 (ހައެއް) މަސްވަރު ޢިމާރާތުގައި މީނާ އުޅުނުކަމަށެވެ. އައިކެއަރ މީހުން މަސައްކަތާ ޙަވާލުވި އިރުވެސް މޫސާ މުޙައްމަދުގެ ފަރާތުން ކަންކަން ބަލަހައްޓާ މީހެއްގެގޮތުގައި ހުރިކަމަށެވެ. މޫސާ މުޙައްމަދުގެ ފަރާތުން ޢުޖޫރައެއް ނުލިބޭކަމަށާއި، މަސައްކަތްކުރާތީ ދަތިވާތީ 7,000.00ރ (ހަތްހާސް ދިވެހި ރުފިޔާ) ލިބިފައިވާކަމަށެވެ.
68މި ނިންމުމުގެ ނުކުތާ 30 ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ޢަބްދުއްރަޙީމް ޢަބްދުﷲއަކީ ޢަދުލުވެރި ހެއްކެއް ނޫންކަމަށާއި، އޭނގާ ހެކިބަސް ބަލައިނުގަނެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވެއެވެ.
69ޕްރިސިޑެންސް 4ޝަރީޢަތުގައިދޭ ހެކިބަހަކީ، މީހަކު އަމިއްލަ ލޮލުންދުށ ނުވަތް އެ މީހަކު އަމިއްލަ ކަންފަތުން އަޑުއެހި ނުވަތަ އެމީހެއްގެ ހިއްސުތަކުނ އަމިއްލައަށް ދެނަހުރި ކަމަކާގުޅޭގޮތުން، ތެދުބަހުން ބަސްބުނުމަށާއި ޙަޤީޤަތާ ޚިލާފު ބަހެއްނުބުނުމަށް މާތުﷲ ގަންދީ ހުވާކުރުމަށްފހު ދައްކާ ވާހަކަތެކެވެ. އެފަދައިން ހުވައިކޮށަ އަދާކުރާ ހެކިބަހުގެ ޢާއްމު އުޞޫލަކީ ހެކިބަސް ބަލައިގަތުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު (2020/SC-A/94( ޤަޟއި ޔާގައިވެސް މި އުޞޫލު ނަގަހައްޓާފައިވާއިރު، އެ މައްސަލައަކީ ޖިނާއީ މައްސަލައެއްކަމުގައި ވީނަމަވެސް، މަދަނީ މައްސަލަތަކގު ހެކިވެރިންނާމެދުވެސް ހެކިބަހުގެ އުޞޫލުތައް އެގޮތުގެމަތިން ހިނގުމަކީ ޤާނޫނީހަމައެވެ. މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދިޔައިރު، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކުގެމަތިން ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ޢަދުލުވެރިކަމާމެދު ސުވާލު އުފެދޭފަދަ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން ލިޔުންތަކުން އެނގޭކަށްނެތެވެ.
70އެހެންކަމުން، ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ފަރާތުން ހެކިބަސް އަދާކުރުމުގައި، ގަނޑަކަށް ބެލުމަކީ ނުވަތަ އިސްތިއުނާފުކުރާ ފަރާތުން ހެކިވެރިޔާއަކީ ނުފޫޒުން އެއްކިބާވެފައިވާ މީހެއްނޫންކަމަށް ހަމައެކަނި ބުނާބުނުމަކީ، ހެކިވެރިޔާގެ ޢަދުލުވެރިކަމާމެދު ސުވާލު އުފެދުމަށްފުދޭ ޤާނޫނީ ސަބަބަކަށްނުވާތީ، ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ހެކިބަހަށް ދަށުކޯޓުން ރިޢާޔަތް ކޮށްފައިވަނީ ޤާނޫނީ އުޞޫލާ އެއްގޮތަށެވެ.
71މި ނިންމުމުގެ ނުކުތާ 55 އިން 58 އަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަޙްމަދު ނާޝިދު މައްސަލައާއި، ގަސްވެލި މައްސަލައާއި، އާސިޔަތު ނިޒާރު މައްސަލއިގައ ކަނޑައަޅާފައިވި ސާބިތުކުރުމުގަ މިންގަނޑާއި، ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ހެކިވަޒަންކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، ދެފަރާތުގެ ހުށަހެޅުންތަކާއި ބުނެވިދިޔަ ހެކިވެރިންގެ ބަހުން ފައުޅުވާ ޙަޤީޤަތްތކުގަ ގޮތުގައި ބުރަވެވޭގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
72ދެފަރާތުގެ ދެމެދުގައި އެއްބަސްވުން ވެވުނުއިރު، ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ ފިޔަވައި އެހެން ފ ލޯރތައ ނިމިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ޢަލީ އަޙްމަދު މޫސާއާއި، އިބްރާހީމް ވަޙީދުއާއި، ޢަބްދުﷲ ޝިޔާމްގެ ހެކިބަހުން، 6 އަދި 8 ވަނަ ފުލޯރ ފިޔަވައި އެހެން ފުލޯރތަކުގައިވެސް މީހުން ދިރިއުޅެވޭވަރު ނޫންކަމާއި، ދޮރުފަތް ނެތްކަމަށް ބުނެފައިވެއެވެ. އެއްބަސްވުން ވެވުނުއިރު، 6 އަދި 8 ވަނަ ފުލޯރ ފިޔަވައި އެހެން ފުލޯރތައް ނިމިފައިވާކަމަށް ދެ ފަރާތުން އެއްބަސްވުމުގައި އިޤުރާރު ވެފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުންވެސް އެކަމަށް އިންކާރު ކޮށްފައިނުވެއެވެ. މިޙާލަތުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާގެ ޖަވާބުގައި، ޢިމާރާތުގައި ނިމިފައިހުރި ފުލޯރތަކުގެ ދޮރުފަތާއި މުށިތައް ނައްޓައި ބަދަލުކުރިކަމަށް މޫސާ މުޙައްމަދު ދައްކާފައިވާ ވާހަކަތަކުގައި ޙަޤީޤަތެއް އޮތުމުގެ މައްޗަށް ބާރުލިބިދޭކަމަށް ބަލަންޖެހެއެވެ.
73އެއްބަސްވުމުގެ 3 ވަނަ މާއްދާގައި، ނުނިމިހުރި ފުލޯރތައ ނިންމުމަށް ޚަރަދު ކުރަންޖެހެނީ އައިކެއަރގެ ފަރާތުންކަމަށް ބަޔާން ކޮށްފައިވާއިރު، އެފަދައިން އައިކެއަރއިން ޚަރަދުކުރުމަށް، ލިޔުމުން އެދިފައި ނުވާކަމާއި، މޫސާ މުޙައްމަދުގެ ފަރާތުން އެދެމުންގޮސްފައިވަނީ އަނގަބަހުންކަން މި ނިންމުމުގެ .434 ވަނަ ނުކުތާއަށް ބެލުމުން އެނގެއެވެ. އަދި ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މުޙައްމަދު ނަޢީމުގެ ބަހުން، މޫސަ މުޙައްމަދު ގެ އިތުރުން އައިކެއަރގެ އެދުމުގެ މަތިން، ޢިމާރާތް ކުރުމުގެ ބޭނުމަށް ރާއްޖޭއިން ބޭރުން ތެކެތި ގެނެސްފައިވާކަމަށް ބުނެފައިވުމުން، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ތަކެތި ގެނެސްފައިވާކަމަށް ބޮޑަށް ބުރަވެވެއެވެ. އެހެނީ، އެ ދެ މީހުންގެ ހެކިބަހަށް ބަލާއިރު، އެ ދެގޮތަށް އެކިފަހަރުމަތިން ކަންހިނގާފައިނުވާކަމަށް ބަލަންޖެހޭފަދަ ސަބަބެއް އެނގެން ނެތތަ އާއި، އެގޮތަށް ކަންހިނގާފައިވުނ ގާތްކަމަށް ބެލެވޭތއެވެ.
74އައިކެއަރގެ މައިގަނޑު އެއްހުށަހެޅުމަކީ، […] އެވެކިޔާ ގޯތީގައިވާ ޢިމާރާތްހުރީ މޫސާ މުޙައްމަދުގެ ހިޔާޒަތާއި ބާރުވެރިކަމުގެ ދަށުގައިކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ޢިމާރާތާ ޙަވާލުވެފައިވާކަމަށް ދަށުކޯޓުން ނިންމެވުމުގައި ހެކިބަސް ވަޒަންކޮށްފައިވަނީ އަޙްމަދު ނާޝިދު މައްސަލައިގައިވާ އުޞޫލުތަކަ ޚިލާފަށްކަމެވެ. މިކަމުގެ މައްޗަށް ނަޒަރުކުރާއިރު، މި މައްސަލައިގައި ހެކިބަސް ދީފައިވާ ޢަބްދުﷲ ޝިޔާމް މާލޭގައި ހުންނާނެތަނެއް ހޯދައިދިނުމަށް އެދުނީ، ލިޔުންތަކުން އައިކެއަރއަށް ނިސްބަތްވާކަމަށް ބެލެވޭ މުޙައްމަދު ޒާހިރުގެ ކިބައިން ކަމުގައިވާއިރު، މުޙައްމަދު ޒާހިރު ބުނިގޮތަށާ ޢަލީ އަޙުމަދުއާއެކު (މިތަނުގައިވާ ޢަލީ އަޙުމަދަކީ ހެކިބަސް އަދާކުޅަ ޢަލީ އަޙްމަދު މޫސާކަމަށް ބެލެވޭ) މޫސާ މުޙައްމަދު ގާތަށްދިޔުމުން، […] ހުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާކަން އެނގެއެވެ. މިބަހުން، […] އެވެކިޔާ ގޯތީގައިވާ ޢިމާރާތުގައި އައިކެއަރއަށް ނިސްބަތްވާ މީހަކު ހުށަހަޅާފައިވާގޮތަށް، އަދި އައިކެއަރގެ ފަރާތުން ޢިމާރާތުގައި މަސައްކަތްކުރާ މީހަކާއެކު މޫސާ މުޙައްމަދު ގާތަށްގޮސް، މޫސާ މުޙައްމަދުގެ ނުނިމިހުރި ޢިމާރާތުގައި ހުރުމަށް ފުރުޞަތު ދީފައިވާކަން އެނގެއެވެ. ޢަބްދުﷲ ޝިޔާމް ދެ ފަހަރުމަތިން […] އެވެކިޔާ ގޭގެ 5 ވަނަ ފުލޯރގައި ކުއްޔަށްހުރިކަމަށް ބުނުމުގެ ބަދަލުގައި ބުނަމުން ގޮސްފައިވަނީ، 5 ވަނަ ފުލޯރގައި އުޅުނުކަމަށެވެ. ޢަބްދުﷲ ޝިޔާމްގެ ހެކިބަހުގައި، "ކޮޓަރިއެއް ލިބިދާނެ"ކަމަށް ބުނުމާއި، 5 ވަނަ ފުލޯރގައި "ހުރި"ކަމަށް ބުނެފައިވުމާއި، މޫސާ މުޙައްމަދުއަށް ކުއްޔެއް ދިންކަމަށް ބުނެފައި ނުވުމުން، ޢިމާރާތުގެ މައްޗަށް އައިކެއަރގެ ބާރުވެރިކަމެއް އޮތްކަމަށް މިކަމުން ދޭހަވެއެވެ.
75މި މައްސަލައިގައި އިބްރާހީމް ވަޙީދުއާއި ޢަބްދުއްރަޙީމް ޢަބްދުﷲ ދީފައިވާ ހެކިބަހުން، […] އެވެކިޔާގޭގެ ތަޅުދަނޑި މޫސާ މުޙައްމަދުގެ ފަރާތުން އައިކެއަރއާ ޙަވާލުކޮށްފައި ވާކަމަށް ބުނެފައިވެއެވެ. އިބްރާހީމް ވަޙީދު ބުނާގޮތުން ތަޅުދަނޑި ޙަވާލުކުރީ، މާރިޗް 2017 ގެ ކުރީކޮޅު މަސައްކަތް ކުރަންފެށުމުގެ މަހެއްހައި ދުވަސްފަހުން، އައިކެއަރއާއެކު ބޭއްވުނު ބައްދަލުވުމަކަށްފަހުއެވެ. ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ބަހުން، އައިކެއަރއިން ތަނާއިޙަވާލުވީ 22 އޭޕްރިލް 2017 ގައިކަމުގައެވެ. މި ދެމީހުންގެ ހެކިބަހަށް އެކުގައި ރިޢާޔަތްކުރުމުން، އޭޕްރިލް 2017 ގައި، ޢިމާރާތުގެ ތަޅުދަނޑި އައިކެއަރއާ ޙަވާލުކޮށްފައިވާކަމަށް ބޮޑަށްބުރަވެވެއެވެ.
76ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ހެކިބަހުން އައިކެއަރއިން ތަކެތި ފޯރުކޮށްދިނުން ލަސްވުމުގެ ސަބަބުން މަސައްކަތް ލަސްވެފައިވާކަމަށް ބުނެފައިވާއިރު، އިބްރާހީމް ވަޙީދުގެ ހެކިބަހުން މޫސާ މުޙައްމަދުގެ ސަބަބުން މަސައްކަތްކުރާ ޢިމާރާތަށް ވަނުންލަސްވެ މަސައްކަތަށް ބުރޫއަރާފައިވާކަމަށް ބުނެފައިވެއެވެ. މި ދެ ޙަޤީޤަތް އެކުގައި ވުޖޫދުވުމުގައި ހުރަހެއް އޮތްކަމަށް ނުދެކެމެވެ. އެހެނީ، ޢަބްދުއްރަޙީމް ޢަބްދުﷲ ފިޔަވައި ދެންތިބި ހެކިވެރިންނަކީ 2017 ވަނަ އަހަރުން ފެށިގެން ކަންހިނގިގޮތް އެނގޭނެ މީހުންނެވެ. އައިކެއަރގެ ފަރާތުން ބަޔަކާޙަވާލުކޮށް ޢިމާރާތް ނިންމުމަށް މާރިޗް 2017 ގައި މަސައްކަތް ކޮށްފައިވާކަން އިބްރާހީމް ވަޙީދު ބުނެފައިވާއިރު، އައިކެއަރއިން ޢިމާރާތަށް މީހުންވެއްދީ ފެބްރުއަރީ 2017 ހިސާބުގައިކަމަށް ޢަލީ އަޙްމަދު މޫސާ ބުނެފައިވެއެވެ. މިހުރިހާ ކަމަކުން ފައުޅުވާ އަދި ތަޢުނުނުކުރެވޭ އެއްޙަޤީޤަތަކީ، ވަކިހިސާބަކުން މަސައްކަތުގެ ދުވެލީގެ މައްޗަށް އައިކެއަރގެ ބާރުއޮތްކަމާއި، އެއްބަސްވުން ބާޠިލުކުރުމާ ހަމައަށްވެސް ޢިމާރާތް ނިމިފައިނުވާކަމެވެ.
77ސިވިލް ކޯޓުގެ ނަންބަރު 1300/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާގެ
(ޅ)ގައި؛ ހަވަނަކަމަކީ، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދުގައި ވެފައިވާ އެއްބަސްވުން ދެފަރާތުން ވީއިރު، އެއްބަސްވުމުގެ ދަށުން ކުއްޔަށްދެވޭ ފުލޯރތަކުގެ ތެރެއިން މަސައްކަތް ނުނިމިހުރި ފުލޯރތަކުގެ މަސައްކަތް ކުރާނެގޮތާއި، މަސައްކަތް ހިނގާނެ މުއްދަތު އެއްބަސްވުމުގައި ބަޔާން ކޮށްފައިވާއިރު، ޢިމާރާތުގެ 6 އަދި 8 ވަނަ ފުލޯރ، އެއްބަސްވުމުގައ ސޮއިކުރި ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަސް ތެރޭގައި ނިންމަންޖެހޭކަމާއި، މި މަސައްކަތްކުރާ ފަރާތަކީ ކުއްޔަށްދޭ ފަރާތްކަމާއި، މި މަސައްކަތަށް ޚަރަދުކުރުމަކީ ކުއްޔަށްހިފާ ފަރާތުގެ ޒިއްމާއެއްކަމާއި، އެގޮތުން ޚަރަދު ކުރަންޖެހެނީ ކުއްޔަށްދޭ ފަރާތުން އެދުމުންކަން، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ)އާއި، (ނ)އަށް ބެލުމުން އެނގޭކަމަށް އޮތްހިނދު، ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ޚަރަދުތައް ލަސްވެގެން ދިޔަކަން ދަޢުވާލިބޭ ފަރާތާއި ޝަފަހީ ހެކީގެ ބަހުން އެނގެން އޮންނާތީ، މަސައްކަތް ލަސްވުމުގައި ދަޢުވާކުރާ ފަރާތުން ކުރަންޖެހޭ ޚަރަދުތައް ލަސްވުން ހިމެނޭކަން އެނގެން އޮންނަކަމަށާއި، އަދި ޢިމާރާތުގެ ނުނިމިހުރި 2 (ދޭއ) ފްލޯރގެ މަސައްކަތް ދަޢުވާކުރާ ފަރާތުން ޢަމަލުކުރިގޮތުގެ ސަބަބުން ލަސްވެފައިވާތީ، ދަޢުވާކުރާ ފަރާތުން އެ މަސައްކަތާ ޙަވާލުވެފައިވާކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވާއިރު، މި މައްސަލައާ ގުޅިގެން ޙާޟިރުކުރެވުނު ޝަފަހީ ހެކިންގެ ބަހުންވެސް މަސައްކަތްކުރި ތަނުގައި ދަޢުވާކުރާ ފަރާތަށް ނިސްބަތްވާ މީހުން ޙަރަކާތްތެރި ވެފައިވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި މި މަސައްކަތް ނިންމުމުގެ މަސްއޫލިއްޔަތުއޮތީ ދަޢުވާލިބޭ ފަރާތުގެ ކިބައިގައިކަމުގައި ވީނަމަވެސް، ދަޢުވާކުރާ ފަރާތުން އެއްބަސްވެ މި މަސްއޫލިއްޔަތާ ދަޢުވާކުރާ ފަރާތުން ޙަވާލުވުމަށް ހުރަހެއްނެތްކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)އަށް ބެލުމުން އެނގެން އޮންނާތީ، ދަޢުވާލިބޭ ފަރާތުން ބުނެފައިވާ ފަދައިން، ދަޢުވާކުރާ ފަރާތުން ޢިމާރާތުގައި ނުނިމިހުރި މަސައްކަތާ ޙަވާލުވެފައި ވާކަމުގައި ބަލަންޖެހޭކަން އެނގެން އޮންނަކަމަށް ބުނެފައިވެއެވެ.
78އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަކީ، ތަޅުދަނޑި ޙަވާލުކުރުމާއި، މަސައްކަތް ކުރުމަށް އެހީތެރިވުމަށް މީހުން ފޮނުވުމަކީ ޢިމާރާތާއި މަސައްކަތާ ޙަވާލުވުންކަމަށް ނުބެލެވޭނެކަމާއި، އެއްބަސްވުމުގައި ބަޔާން ކޮށްފައިވާގޮތުން އިސްތިއުނާފުކުރާ ފަރާތުގެ ޢަޤުދީ ޒިއްމާއަކީ މަސައްކަތަށް ފައިސާ ދެއްކުން އެކަންޏެވެ. މި ނިންމުމުގެ 63 އިން 77 ވަނަ ނުކުތާއަށް ބަޔާންކޮށްފައިވާ ކަންކަމަށް ޖުމުލަކޮށް ރިޢާޔަތްކުރުމުން، އެއްބަސްވުމުގައި ނިންމާފައި ވާކަމަށް ބަޔާންކޮށްފައިވާ ފުލޯރތައްވެސް ނުނިމިހުރިކަމާއި، މަސައްކަތްކުރުމަށް އައިކެއަރގެ ފަރާތުން ޔެސް ކޮންސްޓްރަކްޝަންގެ މީހުން ޢިމާރާތުގައި އުޅުނުކަމާއި، ވަކިހިސާބކަން ޢިމާރާތުގެ ތަޅުދަނޑިވެސް އައިކެއަރގެ ފަރާތުން މަސައްކަތްކުރާ މީހުންނއާ މޫސާ މުޙައްމަދުގެ ފަރާތުން ޙަވާލުކޮށްފައިވާކަން އެނގެއެވެ.
79ޕްރިސިޑެންސް 5އެއްބަސްވުން ވެވުނުއިރު ނުނިމިހުރީ 6 އަދި 8 ވަނަ ފުލޯރކަމަށ ދެފަރާތުން ސޮއިކުރި އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތުމުން، އައިކެއަރ އިން އެ ޙަޤީޤަތް ބަލައިގެންފައިވާކަމަށް ޤާނޫނީގޮތުން ބަލަންޖެހެއެވެ. ނިންމާފައިވާ ފުލޯރތައް ބޭނުންނުކުރެވޭ ދަރަޖައަށް ބަދަލުވީ އައިކެއަރގ ޢަމަލުގެ ސަބަބުންކަމަށް މޫސާ މުޙައްމަދު ދައްކާ ވާހަކަތަކަށް އައިކެއަރއިނ ރައްދެއް ދީފައިނުވެއެވެ. އަދި ޚުދު އައިކެއަރއިން ހުށަހެޅި ހެކިންކަމުގައިވާ ޢަލީ އަޙްމަދު މޫސާއާއި، އިބްރާހީމް ވަޙީދުއާއި، ޢަބްދުﷲ ޝިޔާމްގެ ހެކިބަހުން، ޢިމާރާތުގެ އެއްވެސް ފުލޯރ އެއް ނިމިފައިނުވާކަން އެނގޭއިރު، އެއީ އެއްބަސްވުން ވުމަށްފަހު ތަނުގެ ޙާލަތަށްއައި ބަދަލެއްކަމަށް ބުރަވެވެއެވެ. އެއްބަސްވުމުގެ ދަށުން ޢިމާރާތް ނިންމުމުގެ އިލްތިޒާމު މޫސާ މުޙައްމަދުގެ މައްޗަށް އޮތްއިރު، ނިމިފައިވާ ފުލޯރ ތަކެއް މޫސާ މުޙައްމަދު އަމއި ލައަށްތަޅައި، ޢިމާރާތް ނިންމުން ލަސްވާފަދަ ޢަމަލެއް ހިންގަންޖެހޭ ބުއްދީގެ ހަމައެއް އޮތްކަމަށް ނުބެލެވޭއިރެ، އެއްބަސްވުމުގައި ނިމިފައިވާކަމަށް ބަޔާންކޮށްފައިވާ ފުލޯރތަކަށ ބަދަލެއް ގެނެސްފައިވަނީ މޫސާ މުޙައްމަދު ކަމަށްވުމީ ޣަރީބު ކަމެއްކަމަށް ދެކެމެވެ. އަދި ނިމިފައިވާ ފުލޯރތަކުގެ ފާޚާނާ ތައްޓާއި ތަށިމުށިތައް ނަގާފައިވަނީ އައިކެއަރގެ ފަރާތުން މަސައްކަތްކުރި މީހުންކަމަށް މޫސާ މުޙައްމަދު ބުނަމުންދާއިރު، ކުރިން ނިމިފައިވާ ފުލޯރ ތައް ނުނިމިހުރި ސަބަބަކާމެދު އައިކެއަރގެ ފަރާތުން އެއްވެސް ބަހެއްބުނެ ޖަވާބެއް ދީފައިނުވމުން، ނިމިފައިވު ފުލޯރ ތަކަށް ބަދަލު ގެނެސްފައިވުން ބޮޑަށްގާތީ އައިކެއަރގެ ފަރާތުންކަމަށް ބެލެވެއެވެ.
80ބުނެވިދިޔަ އެންމެހައި ކަންކަމަށް ބަލާއިރު، އައިކެއަރގ ޢަމަލުތަކުގެ ސަބަބުން ޢިމާރާތް ނިންމުމުގެ ދުވެލި ލަސްވެފައިވާކަމާއި، މާރިޗް 2017 އަށްފަހު […] އެވެކިޔާ ގޯތީގައިވާ ޢިމާރާތުގެ މައްޗަށް އައިކެއަރގެ ބާރުވެރިކަން އޮތްކަމަށް ބަލަންޖެހެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު -1300/Cv C/2017 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާގެ (ޅ)ގައި ބަޔާންކޮށްފައިވާ ކަންކަމާއި، މައްސަލައިގެ ވާޤިޢާތަކާމެދު ދަށުކޯޓުން ގޮތްނިނމަވް ފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު މައްސަލއާއަ ގަސްވެލި މައްސަލައާއި، އާސިޔަތު ނިޒާރު މައްސަލއާއަ ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ބަލަންޖެހޭފަދަ ޤާނޫނީ ސަބަބެއްނެތެވެ. އައިކެއަރގެ ފަރާތުން […] އެވެކިޔާ ގޯތީގައިވާ ޢިމާރާތާ ޙަވާލުވެފައިވޭތޯއާއި އޭގެ ޤާނޫނީ ނަތީޖާތަކަކީ ކޮބައިތޯ؟
81ޕްރިސިޑެންސް 6މި ނިންމުމުގެ ނުކުތާ 59 އިން 80 އަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމުން، އެއްބަސްވުމުގެ ދަށުން ޢިމާރާތް ޙަވާލުކުރާނެ ވަކިގޮތެއް ބަޔާންކޮށްފައި ނުވާކަމާއި، އައިކެއަރއިން ޢިމާރާތްކުރުމުގެ ތަކތެ ގެންނަކަމާއި، ޢިމާރާތް ނިންމުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލު ކޮށްފައިވާކަމާއި، މޫސާ މުޙައްމަދުގެ ފަރާތުން ޢިމާރާތުގެ ތަޅުދަނޑި އައިކެއަރއާ ޙަވާލުކޮށްފައިވުމުން، އެއްބަސްވުމުގެ ބޭނުމަށް އައިކެއަރއިން ޢިމާރާތއާ ޙަވާލުވެފައިވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވޭކަށްނެތެވެ.
82ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ 2 ވަނަ މާއްދާގައި، އެއްބަސްވުމުގެ ދަށުން […] އެވެކިޔާ ގޯއްޗާއި ގުޅިފައިވާ ޢިމާރާތް ކުއްޔަށްދޭ މުއްދަތަކީ، އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 6 (ހައެއް) މަސް ދުވަސްހަމަވާ ދުވަހުން ފެށިގެން، ނުވަތަ ޢިމާރާތުގައި ނުނިމިހުރި 6 އަދި 8 ވަނަ ފުލޯރ ގޭގެވެރިފަރާތުން ނިންމައި، މުޅިޢިމާރާތް ޙަވާލުކުރާ ދުވަހުން ފެށިގެން މީލާދީގޮތުން 10 (ދިހައެއް) އަހަރު ދުވަސްކަމަށް ބުނެފައިވެއެވެ.
83ޕްރިސިޑެންސް 7ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ)ގައި، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓުގައިވާ ޝަރުޠުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އެއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓުގެ އަނެއްބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށު ދުލެއްދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމަކަމަށް ބަޔާންކޮށްފައިވެއެވެ.
84މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ށ)ގައި ޢިމާރާތް ނިންމުމަށް މޫސާ މުޙައްމަދުގެ މައްޗަށްއޮތް ޒިއްމާއަށ ބަދަލުގެނައުމަށް ދެފަރާތުން ރުހިފައިވާކަމަށް ޤާނޫނީ ހަމަތަކުން ބަލަންޖެހެއެވެ. އަދި މި ޙާލަތުގައި އައިކެއަރގެ ޢަމަލުތަކަށް ބަލާއިރު، ޢިމާރާތް ނުނިމެނިސް އައިކެއަރއިން ޢިމާރާތާ ޙަވާލުވެފައިވާކަމަށް ހެކިންގެ ބަހުން ވާޤިޢީގޮތުން ގާއިމުވާތީ، އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކުލީގެ މުއްދަތު ގުނަންފަށ ޙާލަތާ ވުޖޫދުވެފައިވާކަމަށް ބުރަވެވެއެވެ.
85މި ޙާލަތުގައި އައިކެއަރއިން ޢިމާރާތާ ޙަވާލުވުމުގެ ޤާނޫނީ ނަތީޖާއަކީ، އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުލީގެ މުއްދަތު ފެށމެވެ. ކުލީގެ މުއްދަތު ފެށުމުން، އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ފުރަތަމް 5 (ފަހެއް) އަހަރުގެ ކުލީގެ ގޮތުގައި ކޮންމެ މީލާދީ މަހަކު ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ USD 16,342.00 (ސޯޅަހާސް ތިންސަތޭކަ ސާޅީސް ދޭއް އެމެރިކާ ޑޮލަރު)ގެ ކުލި ދެއްކުން އައިކެއަރގެ މައްޗަށް ލާޒިމުވުންކަމަށް ދެކެމެވެ. ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އައިކެއަރގެ ހުށަހެޅުމަކީ، ކުލި ދައްކަންޖެހޭ ޙާލުތު ވުޖޫދުވެފައި ނުވުމެވެ. ސިވިލް ކޯޓުގެ ނަންބަރު 1300/Cv-C/2017 ޤަޟިއްޔާގައި ޙުކުމާ ހަމައަށް ވާސިލުވިއިރުވެސް އައިކއަރގެ ފަރާތުން ކުލިދައްކާފައިވާކަން އެނގޭކަށްނެތެވެ. މި ނިންމުމުގެ 33 ވަނަ ނުކުތާއިންވެސް މިކަން އިތުރަށް ސާފުވެއެވެ.
86ޕްރިސިޑެންސް 8އެހެންކަމުން، މި މައްސަލައިގައި ކަންހިނގާފައިވާގޮތަށް ރިޢާޔަތްކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 11 ވަނަ މައްދާގެ (ހ)އާ ޙަވާލާދީ، އެއްބަސްވުން ބާޠިލުވެފައިވާކަމަށް އަންގައި، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް 24 އޭޕްރިލް 2017 ދުވަހު ފޮނުވާފައިވާ ނޯޓިހަކީ ބާޠިލު ނޯޓިހެއްކަމަށް ކަނޑައަޅައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިނމަވް ފައިވަނީ، ކުލި ދައްކަންޖެހޭ ޙާލަތު ވުޖޫދުނުވަނިސާ އަދި ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށް ބެލެވޭފަދަ ސަބަބެއްނެތެވެ.
87ބުނެވިދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1300/Cv-C/2017 ޤަޟިއްޔއަށާ ބަދަލެއް ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއްނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަންފެނެއެވެ.
88މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފު ކުރުމށަ ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚު ންނެވެ. އެހެންނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށ ބިނާކޮށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
89މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.
90މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ). 2018lHC-Al3B3 51 oD 2aO/ c >? o or22 o /crxc oaoa / a 2 C. O C 1300/Cv-Cl20I7 sev 22r- ..r2-// 7923to5., ?YlY ,rlt.Po '4ry a // a/ a oa aa, / Oa/oa oel/ 2/ aa 2 2r? 2.4co. oc Oaa. oa /, o a 2o2*t1 2 2 .;tta L.rY ,/2t .t r/,@oP 4/tL rys rrJ./e.*.P.Ps .rZJe lrrrr.rte i /la aa cc ox oD o / crx or// o c, ,. ao2a/ z c>(2 t cU O.. I .22J./t 2t /, S?2 st sr..r3s5a1 -rJ.r92 .t?.r.rr.2.ry -t errr/2/r,aa "en1- , or, aa Ao a 7Y zYr€ -aroaaa ,aP32 a \ \ /, ,> o / !.,2 oz )aa a 2 / Oa 2 la /, ,4. / P2 lre {'l--? /r, t.ry en-d ,rrr.2ry ,, 2., la 2 J /, €,1 .ur, /2.rJ pttS;) 35164 ll '.p,J .JJl)U29 isj tgzt124 tr2 '/r// c/@, tev'/ rCrr'/2/: www.lrighcourl.gov.mv :E-r9j info@hrghcourl'gov mv'-2-i.
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ)
- 2013/SC-A/28 (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް)
- 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2020/SC-A/94 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި)
- Miller v Minister of Pensions [1947] 2 All ER 372
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީ.އެލް.އޭ ޕާރޓްނާރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޢައްވިޒު ރަޝީދު، އިބްރާހީމް ރިޟާ، އެޑްވޮކަސީ ޗެމްބަރސް
- ބެންޗު
- ދީބާނާޒް ފަހުމީ، ޙުޒައިފާ މުޙައްމަދު، ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް