ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/409
މޯލްޑައިސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު މަޤްދިމް، 2022/HC-A/409
Moaldais Private Limited v. Mohamed Maqdhim 2022/HC-A/409 (2022/HC-A/409, High Court of the Maldives, 16 July 2026)
މޯލްޑައިސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު މަޤްދިމް
މައިގަނޑު ސުވާލު
ރަސްމީ މަސައްކަތު ގަޑީގައި ވާދަވެރި ކުންފުންޏެއް ތަމްސީލުކޮށް ޕްރީ-ބިޑް މީޓިންގއެއްގައި ބައިވެރިވި މުވައްޒަފަކު ނޯޓިސް ނުދީ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވޭތޯ، އަދި ޓްރައިބިއުނަލުން ވަޒީފާއަށް އަނބުރާ ރުޖޫޢުކުރުމަށާއި 4 މަހުގެ މުސާރައާއި އިނާޔަތްތައް ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމި ނިންމުން ދެމެހެއްޓިދާނެތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި: މައުޟޫޢީ ޢަދުލުވެރިކަމާއި ވަޒީފާއަށް ރުޖޫޢުކުރުމުގެ ނިންމުން ބާޠިލު، ބަދަލުގެ މިންވަރު އަލުން ކަނޑައެޅުމަށް ޓްރައިބިއުނަލަށް ތަޙުވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާގައި ދެމިހުރިހާ ހިނދަކު ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ މަސްލަހަތުތަކާ ދެކޮޅަށް ޢަމަލުނުކުރުމުގެ އަސާސީ ވާޖިބެއް މުވައްޒަފުގެ މައްޗަށް އޮންނާނެއެވެ. އެއީ ހަމައެކަނި ލިޔެވިފައިވާ އެއްބަސްވުމަކުން، އަތްމަތީ ފޮތަކުން ނުވަތަ ސަރކިއުލަރަކުން އުފެދޭ ވާޖިބެއް ނޫނީ، ވަޒީފާގެ ގުޅުމުގެ ތެރެއިން އުފެދޭ ވާޖިބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31، 42، 44)
- އެއްބަސްވުމުގައި ލިޔެފައި ނެތް ނަމަވެސް، ވަޒީފާ އަދާކުރާ ކުންފުނީގެ ހުއްދައެއް ނެތި އެ ކުންފުނީގެ ވާދަވެރި ކުންފުންޏެއް ތަމްސީލުކުރުމަކީ މުވައްޒަފުގެ ސުލޫކާ ޚިލާފު، ދެފަރާތުގެ އިތުބާރު ގެއްލޭފަދަ ޢަމަލެކެވެ. ރަސްމީ މަސައްކަތު ގަޑީގައި ވާދަވެރި ފަރާތެއް ތަމްސީލުކޮށް ބިޑް މަރުޙަލާއެއްގައި ބައިވެރިވުމަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމުގައި ބެލެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-35، 43-44)
- އެހެން ވަޒީފާއަކަށް ހަމައެކަނި ކުރިމަތިލުމަކީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް ނޫނެވެ. ނަމަވެސް މައުޟޫޢީ ޢަދުލުވެރިކަން ބަލަންވާނީ ޓަރމިނޭޝަން ލެޓަރގައި ބަޔާންކުރާ ޙަޤީޤީ ސަބަބުގެ މައްޗަށް، މުވައްޒަފު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވާޖިބުތަކާ އަސާސީ ގޮތުން ފުށުއަރާ ޢަމަލެއް ހިންގާފައިވޭތޯ އާއި އެކަމުން އިތުބާރަށް އަސަރުކުރޭތޯ ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-30، 39-40)
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމުގެ ކުރިން މާލީ ގޮތުން ޙަޤީޤީ ގެއްލުމެއް ލިބެންދެން ވަޒީފާދޭ ފަރާތަށް މަޑުކުރާކަށް ނުޖެހެއެވެ. (ށ) ގެ (1) ގައި ބުނަނީ "ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން" ކަމުން، މުވައްޒަފު ވަޒީފާގައި ބެހެއްޓުމަކީ ގެއްލުން ވެދާނެ ކަމެއްކަމަށް ފެނުން ފުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
- ނޯޓިސް ނުދީ ވަކިކުރެވޭނީ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ފަދައިން ޢަދުލުވެރި ސަބަބެއް (ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް) އޮވެގެންނެވެ. ޣައިރު ސުލޫކީ ޢަމަލަކީ އެފަދަ ޢަމަލެއްކަމަށް ބެލެވޭނީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ނަމައެވެ (2014/SC-A/27,30 ގެ 32 ވަނަ ނަންބަރު، 2019/SC-A/22 ގެ 20 ވަނަ ނަންބަރު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-28، 37-38)
- ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު އަނބުރާ އިޢާދަނުކުރެވޭ މިންވަރަކަށް ގެއްލިފައިވުމަކީ ވަޒީފާއަށް އަނބުރާ ރުޖޫޢުކުރުމަށް ހުރަސްއަޅާ ސަބަބެކެވެ (2018/SC-A/49 ގެ 53 ވަނަ ނަންބަރު). އަދި ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިވާ ހައިކޯޓުގެ ނިންމުމަކަށް ބިނާކޮށް ވަޒީފާއަށް އަނބުރާ ރުޖޫޢުކުރުމަކީ ދެމެހެއްޓެވޭނެ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49-53)
- މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތް ނަމަވެސް، އިސްތިއުނާފުގައި ޝަކުވާ ނުކުރާ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކުރި ނިންމުން ދެމިއޮތުމުން، ބަދަލުގެ މިންވަރު ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް (މުވައްޒަފުގެ ލިބޭ އާމްދަނީ، ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތު ފަދަ) ކަންކަމަށް ރިޢާޔަތްކޮށް އަލުން ކަނޑައަޅަންޖެހޭނެއެވެ. ވާޤިޢީ ކަންކަން ކަށަވަރުކުރަންޖެހޭ ހިނދު އެކަމަށް މައްސަލަ ޓްރައިބިއުނަލަށް ތަޙުވީލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58-60)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލގް ނަންބަރު 91/VTR/2022 މައްސަލަ އިސްތިއުނާފުކުރުމަށް އެދި މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ (މީގެ ފަހުން 'އިސްތިއުނާފުކުރާ ފަރާތް') ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ، […] / މުޙައްމަދު މަޤްދިމް (މީގެ ފަހުން 'އިސްތިއުނާފ ރައްދުވު ފަރާތް' ނުވަތަ 'މުޙައްމަދު މަޤްދިމް') އެވެ.
2މުޙައްމަދު މަޤްދިމްއަކީ މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގައި ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ ގެ މަޤާމުގައި 06 މާރިޗް 2017 އިން ފެށިގެން ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ.
309 ނޮވެންބަރު 2021 ގައި ނޯޓިހެއް ދިނުމެއްނެތި މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
4މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކުރުމުން، އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ބަލާފައިވަނީ، އެ ޓްރައިބިއުނަލްގެ ނަންބަރު 91/VTR/2022 މައްސަލައިންނެވެ. މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 91/VTR/2022 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އާއި ޓްރައިބިއުނަލްގެ ނިންމުން
5މުޙައްމަދު މަޤްދިމް 06 މާރިޗް 2017 އިން ފެށިގެން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑުގައި ސޭލްސް އެންޑް މާކެޓިންގ މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުންދަނިކޮށް މުޙައްމަދު މަޤްދިމް ކޮމްޕެޓިޓަރ އަކަށް ވަޒީފާއަށް ރަޖިސްޓްރޭޝަން ނަންބަރު 0636/2010-C އައިޑީމޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ’Termination Letter‘ (09 ނޮވެންބަރު 2021) އެޕްލައިކޮށްފައިވާތީ، ބިޒްނަސް އެތިކްސް އާއި ޚިލާފުވެފައިވާކަމަށް ބުނެ އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު މަޤްދިމްއަށް 02 (ދޭއް) މަސްދުވަހުގެ މުސާރަށްވާ -30,000/ރ. (ތިރީސްހާސް ރުފިޔާ) (ނޯޓިސްނުދީ ވަޒީފާއިން ވަކިކުރުމުން ދޭންޖެހޭ 2 މަހުގެ މުސާރަ) ލިބިދިނުމަށާއި، މުޙައްމަދު މަޤްދިމްއަށް 02 (ދޭއް) މަސްދުވަހުގެ އެލަވަންސްއަށްވާ -2400/ރ. (ދެހާސް ހަތަރުސަތޭކަ ރުފިޔާ)(ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުން ދޭންޖެހޭ 2 މަހުގެ އެލަވަންސް) ލިބިދިނުމަށާއި، މުޙައްމަދު މަޤްދިމްއަށ ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމަށްފަހު ލިބެންޖެހޭ 02 މަހުގެ މުސާރައަށްވާ -30,000/ރ. (ތިރީސްހާސް ރުފިޔާ) ނުލިބުމުން، ލިބުނު މާލީ ގެއްލުމުގެ ބަދަލު ދެވެން އޮތް އެންމެ މައްޗަށް ދިނުމަށާއި، މުޙައްމަދު މަޤްދިމްގެ ވަޒީފާ އަނބުރާ ލިބުމަށާއި، މުޙައްމަދު މަޤްދިމްއަށް ނޮވެންބަރު 10 އިން ނޮވެންބރަ 30 އަށްވާ މުސާރަ ލިބުމަށް (20 ދުވަހަށްވާ 10،000 ރުފިޔާ ލިބުމަށް) އެދި މުޙައްމަދު މަޤްދިމްގެ ފަރާތުން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑަށް ރައްދުވް ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވެއެވެ.
6މުޙައްމަދު މަޤްދިމް ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness އަދި (procedural fariness) ޤާއިމުކުރެވިފައިނުވާކަމަށް ކަނޑައަޅައި، މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިނު މުޙައްމަދް މަޤްދިމް ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތް، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަލް (unfair dismissal) އެއް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މުޙައްމަދު މަޤްދިމް އަދާކުރަމުންދިޔަ މަޤާމަށް އެ ފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، މުޙައްމަދު މަޤްދިމްއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަދި އިސްވެބަޔާންކޮށްފައިވާ ޤާނޫނުގެ 87 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ޢަދުލުވެރި ބަދަލެއްގެ ގޮތުގައި، މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކުރެވުނުއިރު އެ ފަރާތަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ -15,000/ރ. (ފަނަރަހާސް ރުފިޔާ) އާއި އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ -1,200/ރ. (އެއްހާސް ދުއިސައްތަ ރުފިޔާ) ގެ ނިސްބަތުން 04 (ހަތަރެއް) މަސްދުވަހަށްވާ -64,800/ރ. (ފަސްދޮޅަސ ހަތަރުހާސް އަށްސަތޭކަ ރުފިޔާ) ނަގައިދިނުމަށް ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރ 91/VTR/2022 މައްސަލަ ނިންމާފައިވެއެވެ.
7އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.7 އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގައި އެކަށީގެންވާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަންކަމާއި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާއާއި އަދި މިނޫންވެސް މިނުކުތާއާ ގުޅުންހުރި މަތީ މަރުޙަލާގެ ކޯޓުތަކުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
2.7 ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢުކޮށްދިނުމަށް އަމުރުކޮށްފައިވަނީ، ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
3.7 ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 04 (ހަތަރެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
8އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްއިން
1.8 މުޙައްމަދު މަޤްދިމް ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާތީކަން. އެގޮތުން، މުޙައްމަދު މަޤްދިމް 09 ނޮވެންބަރު 2021 ގެ 11:00 ގައި ސްޓެލްކޯގައ އޮތި ބިޑަކަށް، މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ކޮމްޕެޓިޓަރއެއް ކަމަށްވާ ޗެކަރސް ކްލަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން ބިޑަށް ހާޒިރުވެފައިވާކަން އަދި މިކަން މުޙައްމަދު މަޤްދިމް ގެ އިއުތިރާފުންނާއި، ސްޓެލްކޯގެ ޕްރީ-ބިޑް އެޓެންޑެންސް ޝީޓަށް ބެލުމުން އެގޭކަން.
2.8 ވަޒީފާއާބެހޭ ޓްރައިބިއުނަލުން، "އެހެން ތަނެއްގައި ވަޒީފާ އަދާކުރުމަކީ ނުވަތަ ވިޔަފާރި ކުރުމަކީ" މުޙައްމަދު މަޤްދިމްއަށް މަނާކޮށްފައިވާ ކަމެއްކަން ސާބިތުކޮށްދީފައިނުވާތީ، އިސްވެ ބަޔާންކުރެވުނު ސަބަބަކީ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް ނޫންކަމަށް ކަނޑައަޅާފައިވުން.
3.8 މުޙައްމަދު މަޤްދިމއަކް މޯލްޑައިސ ޕްރައިވެޓް ލިމިޓެޑގް ވިޔަފާރިއާ ގުޅޭ އިންޓާނަލް މައުލޫމާތު އެނގް ފަރާތެއް ކަމަށްވާއިރު، ވާދަވެރި ކުންފުންޏެއްގެ ފަރާތުން ބިޑަށް ކުރިމަތިލުމަށް ދިޔުމުން، މޯލްޑައިސް ޕްރައިވެޓް ލިމިޓެޑު ނ ހުށަހަޅް ބިޑާ ވާދަވެރިކޮށ ބިޑް ހުށަހެޅުމުގެ ފުރުސތަ މުޙައްމަދު މަޤްދިމއަށް ލިބިގެންވާކަން.
4.8 ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤުކުރާއިރު، މުޙައްމަދު މަޤްދިމްގެ ޢަމަލުތައް (ކޮމްޕެޓިޓިވް ކުންފުންޏެއްގެ ބިޑަކަށް ހާޒިރުވުން އަދި ކުންފުނީގެ ސަޕްލަޔަރުންނާ ބޭއަދަބީކޮށ މުޢާމަލާތް ކުރުން) މިއީ ކުންފުންޏަށް ވިޔަފާރީގެ ގެއްލުން ކުރިމަތިވާނެ ކަމެއްކަން.
5.8 މުޙައްމަދު މަޤްދިމގެ ޢަމަލުތައް އިސްވެ ބަޔާންކުރި ގޮތަށް ހުރުމުން، އެ ފަރާތް އިތުރަށް ކުންފުނީގައި ބަހައްޓައިފިނަމަ، ކުންފުންޏަށް ލިބިގެންދާނެ ގެއްލުންތަކުގެ ތެރޭގައި ކުންފުނީގެ ވިޔަފާރީގެ މަޢުލޫމާތު އެހެން ވާދަވެރި ވިޔަފާރިތަކަށ ލިބް އެކަމުގެ ސަބަބުން ކުންފުންޏަށް ގެއްލުންތައް ލިބުން ހިމެނޭކަމާއި މީގެ އިތުރުން، މުޙައްމަދު މަޤްދިމް ސަޕްލަޔަރުންނާ މުޢާމަލާތް ކުރަމުންދިޔަ ބޭއަދަބީ ގޮތުން، އިސްތިއުނާފުކުރާ ފަރާތަށް ސަޕްލަޔަރުން ގެއްލި އެކަމުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނެކަން.
6.8 ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި ޢަދުލުވެރި ސަބަބެއް އޮތްތޯ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލާއިރު، އެ ޤަޟިއްޔާގެ 32 ވަނަ ނަންބަރުގައި ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭ އެއް ޙާލަތަކީ "ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކުރުން" ކަން.
7.8 ޣައިރު ސުލޫކީ ޢަމަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލާއިރު، އެ ކޯޓުގެ ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނަ ނުކުތާތަކުގެ 20 ވަނަ ނަންބަރުގައި ޣައިރު ސުލޫކީ ޢަމަލުތަކެއްގެ ގޮތުގައި ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލައަށް އެކަންކަން ތަޠުބީޤުކުރާއިރު، މުޙައްމަދު މަޤްދިމގް ޢަމަލުތައް ހުރިގޮތުން ދެފަރާތުގެ ދެމެދު އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާކަން އެނގޭކަމާއި، މީގެ އިތުރުން، މުޙައްމަދު މަޤްދިމް ކޮށްފައިވާ ކަންކަމަކީ ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން އަދި ސީދާގޮތުން ޚިލާފު ކަމެއްކަން އެނގޭކަން.
9އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްއިން
1.9 ޓްރައިބިއުނަލުން ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 5A/55-2016/HC ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މައްޗަށް ބިނާކޮށްކަން.
2.9 އިސްވެ ބަޔާންކުރެވުނު ހައިކޯޓުގެ ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާއިން ބަލއަ 13 އޯގަސްޓް 2020 ގައި އެ ކޯޓުން ޙުކުމްކުރައްވާފައިވާ މައްސަލައެއްކަމާއި، ސުޕްރީމް ކޯޓުގެ ނިންމުމުގައި، ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށްފައިވާކަން. އެހެންކަމުން، މިހާރު އެ ޤަޟިއްޔާއަކީ، އެ ޤަޟިއްޔާގެ މައްޗަށް ޢަމަލުކުރެވޭނެ ޤަޟިއްޔާއެއް ނޫންކަން.
3.9 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފޯރުކޮށްދެވޭނެ ޙައްލުތަކާއި އެ ޙައްލުތައް ފޯރުކޮށްދެވޭނެ ޙާލަތްތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވާކަން، އެގޮތުން، މި ޤަޟިއްޔާގެ 53 ވަނަ ނަންބަރުގައި ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށް ހުރަސްއަޅާނެ ސަބަބުތަކުގެ ތެރެއިން (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "އަނބުރާ އިއާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން" މިފަދައިންކަން.
4.9 މި މައްސަލައިގައި މުޙައްމަދު މަޤްދިމްގެ ޢަމަލުތައް ހުރިގޮތުން ދެފަރާތުގެ ދެމެދުގައި އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކާއި މި މައްސަލައިގައި ކަންހިނގާފައިވާގޮތުން އެނގޭކަން.
5.9 މުޙައްމަދު މަޤްދިމގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވް 'މައްސަލަ ހުށަހަޅަ ފޯމް' ގައި އެދިފައިވާ ފަރުވާތަކުގެ ތެރޭގައިވެސް، ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށް އެދިފައިނުވާކަން.
10އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްއިން
1.10ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/44 ޤަޟިއްޔާއަކީ 26 ނޮވެންބަރު 2020 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއްކަމާއި، އެއީ ރިޑަންޑަންސީގެ މައްސަލައެއް ކަމާއި، އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުޙަލާގައި އެ ފަރާތުން ގެއްލުން ކުޑަކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން ހުށަހެޅުންތަކެއް ހުށަހަޅާފައިނުވާތީކަން.
2.10އެހެންނަމަވެސް، މި މައްސަލައިގައި މުޙައްމަދު މަޤްދިމް އެއްވެސް ވަޒީފާއެއް އަދާކުރަމުންދާކަން އަދި އެ ފަރާތަށް މުސާރަ ނުވަތަ އާމްދަނީގެ ގޮތުގައި ލިބެމުންދަނީ ކިހާ މިންވަރެއްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސާފުކޮށްފައިނުވާކމާއަ، މިކަންކަން ސާފުކުރުމެއ ނެތް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނަގައިދިނުމާ ގުޅޭ އާންމު އުސޫލުތަކަށް ރިޢާޔަތްކުރުމެއްނެތި މުޠުލގަ ކޮށް، ގެއްލުމުގު ބަދަލުގެ ގޮތުގައި 04 (ހަތަރެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަން.
3.10 ވަޒީފާއާބެހޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާގުޅޭ ގޮތުން ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައިކަމާއި، މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 61 ވަނަ ނަންބަރުގައި "ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން އަމުރުކުރާއިރު އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ޓްރައިބިއުނަލނު ނުވަތް ކޯޓނު ކަނޑައަޅް ގޮތަށާ ދޭން އަމުރުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރަންޖެހޭ ކަމެކެވެ. ނަމަވެސް މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި އިނާޔަތްތައް އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. އެ މުވައްޒަފަކު އެ މުއްދަތުގެ ތެރޭގައި ހުރިނަމަ ލިބޭނެ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ނަގައިދޭނެ މިންވަރެއް ކަނޑައަޅާނީ ޓްރައިބިއުނަލް ނުވަތަ ކޯޓުންނެވެ. ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތް ނޫން އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްތެއްކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތުމުން، ވަޒީފާ އަލުން އަނބުރާ ދިނުމަށް ކޯޓުން އަމުރު ކުރާއިރު، ވަޒީފާ އަލުން ދިނުމާދެމެދު ހިނގާފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަށް އެފަދަ އަމުރެއް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. ޚާއްސަކޮށް އެ މީހަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެ ނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމނު ގޮސްފައިވާ ނަމަ ނަގައިދޭނެ މުސާރައާއި އިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ. އަދި ނަގައިދޭނޭ މިންވަރު ކަނޑައެޅުމުގައި އާންމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ ކަމަށް ގަބޫލުކުރެވޭ މުއްދަތަށް ވެސް ރިޢާޔަތްކުރެވިދާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން.
4.10 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގެއްލުމުގެ ބަދަލުގެ ޢަދަދު އެ ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ތަޢާރަޟުވޭތޯ ބަލާއިރު، ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރަންޖެހޭ މައިގަނޑު ކަންކަމާއި އެ ކަންކަމަށް ރިޢާޔަތްކުރަންޖެހޭ ގޮތް ކަނޑައަޅާފައިވާކަމާއި، އަންޖަލީން މޭރީ ނާޒިއު މައްސަލައިގައިވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި އުޞޫލުތައް ދަމަހައްޓާފައިވާއިރު، މި މައްސަލައިގައި، 04 މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދީފައިވނަ މައްސަލަ އެ ހައިތަނަށް އައިސްފައިވާ ހިސާބަށާއި، ގެއްލުމުގެ ބަދަލުގެ ބައި އަލުން ތަހުވީލު ކޮށްފިނަމަ އެކަމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެން ހިނގައިދާނެ ލަސްތަކުގެ މައްޗަށް ބުރަވެކަން.
5.10 ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވާ ފަދައިން، ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރިކަން ސާބިތުކޮށްދިނުމަކީ އިސްތިއުނާފު ރައްދުވާ ފަރާތް ނުވަތަ ވަޒީފާއިން ވަކިކުރި މުވައްޒަފުގެ ޒިންމާއެއްކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މިކަމަށް ރިޢާޔަތްކޮށްފައިނުވާކަން.
6.10 އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތަށް 04 (ހަތަރެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްކަން.
11މޯލްޑައިސ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެދިފައިވަނީ:
1.11. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 91/VTR/2022 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދނުމަށާއި؛
2.11އިސްތިއުނާފ ރައްދުވު ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްދިނުމަށްފަހުގައިކަމަށް ކަނޑައަޅައިދިނުމަށާއި؛
3.11ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށް އަމުރުކޮށްފައިވަނީ ޤާނޫނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާ އަނބުރާ ރުޖޫޢަކުރާނ ޤާނޫނެ ހަމައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށާއި؛
4.11ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 04 (ހަތަރެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދީ މި ފައިސާއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
12އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން
1.12މައުޟޫއީ ޢަދުލުވެރިކަން ޤާއިމްކުރިކަން ސާބިތުވާނީ މުވައްޒަފު ވަޒީފާއިން ވަކިކުރި އަސާސް ނުވަތަ ސަބަބު އެއީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާފަދަ ސަބަބަކަށް ނުވަތަ އަސާސަކަށް ވާކަމުގައި ވާނަމަ ކަން.
2.12އެއްވެސ ނޯޓިހެއް ދިނުމެއްނެތި މުޙައްމަދު މަޤްދިމް ވަޒީފާއިން ވަކިކޮށްފައިވަނީ އެހެން ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރާތީ، އަދ މަސައްކަތުން އެއްފަރާތް ކޮށްފައިހުރި ވަގުތެއްގައި، ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ކޮށްފައިވާތީކަމާއި، އެއީ ބިޑް މީޓިންގ އެއްގައި ބައިވެރިވެފައިވާތކަމީ އ، މިކަމަކާ ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކުރެވޭ ފަދަ ހާލަތެއް ނޫންކަން.
3.12މިހާލަތުގައި ވަޒީފާއިން ވަކިކުރަން މަތީ މަރުހަލާއިން ހުއްދަ ދޭނަމަ ވެގެންދާނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދެވޭ ޙައްޤު ހަނިވެގެން ދިޔުންކަމަށއާ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރާ އިދާރީ އެހެން ފިޔަވަޅުތަކުގެ ބޭނމާއު ނޯޓިސް ދިނުމުގެ ބޭނުން ކެނޑިގެން ދިއުންކަމަށް އަދި ކުންފުނީގެ ތެރޭގައި ދިމާވާ ކޮންމެ ކަމަކަށް ހައްލަކަށް ވެގެންދާނީ ވަޒީފާއިން ވަކިކުރުން ކަމަށް ވެގެންދާނެކަން.
4.12އެހެނ ކުންފުންޏަކަށް އެހީތެރިކަމެއް ދިނުން ނުވަތް ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތެއް ކުރު މަށް ނުވަތަ ވަޒީފާ އަދާކުރަމުން، ޕާޓް ޓައިމް ވަޒީފާ އަދާކުރުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަނާކޮށްފައިވާ ކަމެއް ނޫނކް މާއި، ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރެވޭނެ ހާލަތެއްގައި ނޫންކަމާއި، އެޅޭނެ އެހެން ފިޔަވަޅު ހުރި ކަން.
13އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން
1.13ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވެސް ނުވާކަމާއި، އިންޓަރނަލް ތަހުގީގެއ އެއްވެސް ވަރަކަށް ކޮށްފައް ނުވާކަމާއި، މިކަންކަން ފުރިހަމަ ނުކޮށް އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަވެގެން ނުދާނެކަން.
4.13 މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާ ހާލަތުގައި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރަންޖެހޭ ކަން.
5.13 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2018/SC-A/49 ޤަޟިއްޔާއާ ގުޅިގެން ފާހަގަކުރި ކަންކަމުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއިން ވަކިކުރަންޖެހޭ ވަރަށް އިތުބާރު ގެއްލެންޖެހޭ ސަބަބެއް މި މައްސަލައިގައި ނެތްކަމަށާއި، ވަޒީފާއެއްގައި އުޅުނު ކަމުގައިވިޔަސް ކޮންމެވެސް ވަރަކަށް މިނިވަންކަން އޮންނާނެ ކަމަށާއި، ކޮމްޕެޓިޓަރ އަކާ ބައްދަލުކޮށްލުމނު އިތުބާރު ގެއްލޭނަމަ، ހަމައެކަނި ހިމާޔަތް ކުރެވިގެން ދާނީ ވަޒީފާދޭ ފަރާތުގެ ހައްޤުތައކަން.
14ތިންވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން
1.14މި މައްސަލައިގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތުން އުޅެމުންދާތާ ދިގު މުއްދަތެއް ވެފައިވާކަމާއި، ބަދަލުގެ ގޮތުގައި 4 (ހަތަރެއް) މަސްދުވަހަކީ ކުޑަ މުއްދަތެއް ކަމާއި، އަހަރަކަށް ވުރެ ގިނަ ދުވަހުގެ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނީ ކަމަށެ އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަން.
15ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ.
16މި އިސްތިއުނާފގައު އޮތި މައްސަލައަކީ، ވަޒީފާގައި ދެމިހުރެ، މުވައްޒަފަކަށް އެހެން ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރެވިދާނެތޯ ނުވަތަ ނޫންތޯ ބެލުމާ ގުޅޭ މައްސަލައެއްނޫނެވެ. އެއީ އެ މުވައްޒަފަކަށް އޮތް ޙައްޤެކެވެ. އަދި މިއީ، ވަޒީފާ ގައި ދެމިހުރެ، މުވައްޒަފަކަށް އޭނާގެ ވަޒީފާގެ މުސްތަޤުބަލަށް ތައްޔާރުވެވިދާނެތޯ ނުވަތަ ނޫންތޯ ބެލުމާ ގުޅޭ މައްސަލައެއްވެސް ނޫނެވެ. އެއީ އެ މުވައްޒަފަކަށް އޮތް ފުރުސަތެކެވެ. ނަމަވެސް، މި މައްސަލައިގައި އުފެދިފައި އޮތް ޙަޤީޤީ ސުވާލަކީ، ބުނެވިދިޔަ ދެސުވާލަށްވުރެ ހަނި، އަދި އެއަށްވުރެ ސީރިއަސްކަން މާ ބޮޑު ސުވާލެކެވެ. އެ ސުވާލަކީ، އެހެން ފަރާތެއްގެ ވަޒީފާގައި ދެމިހުރެ، ރަސްމީ މަސައްކަތު ދުވަހެއްގައި، ރަސްމީ މަސައްކަތު ގަޑީގައި، ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ މަސްލަހަތާ ގުޅުންހުރި ކަމެއްގައި، ވަޒީފާދޭ ފަރާތުންވެސް ބައިވެރިވާ ޕްރީ-ބިޑް މީޓިންގއެއްގައި، ވާދަވެރި އެހެން ފަރާތެއް އެ މުވައްޒަފަކު ތަމުސީލުކުރު މަކީ އެ މުވައްޒަފަކު ނޯޓިހެއްދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެކަމެއްތޯ ނުވަތަ ނޫންތޯ އޮތް ސުވާލުކަމުގައި އަހުރެންނަށް ދޭހަވެއެވެ.
17ވަޒީފާއާބޭހޭ ޓްރައިބިއުނަލުން މި މައްސަލަ މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، މުވައްޒަފަކު އެހެން ތަނަކުން ވަޒީފާ ހޯދަން އުޅުނު މައްސަލައެއްގެ ގޮތުގައިކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތަށް ޢމަލުކުރުމުގަ ސަބަބުން، މި މައްސަލައިގައި ވަޒީފާދޭ ފަރާތުން ފާހަގަކުރި އަސްލު ސުލޫކީ މައްސަލައަށް އެކަށީގެންވާ ގޮތުގައި ރިޔާޢަތްކުރެވިފައި ނެތްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެހެނީ، މި މައްސަލައިގައި އޮތް އަސްލު ސުލޫކީ މައްސަލައަކީ ވަޒީފާދޭ ފަރާތަށް މުވައްޒަފު އަދާކުރަންޖެހޭ ވަފާތެރިކަމާއި އިޚްލާޞްތެރިކަމުގެ ވާޖިބާ އުފުލަންޖެހޭ ޙާލަތުގައި އެ މުވައްޒަފު ހުރެމެ، ވަޒީފާދޭ ފަރާތާ ވާދަވެރި ނުވަތަ ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް އުނިކަން އަތުވެދާނެފަދަ ކުންފުންޏެއްގެ ފަރާތުން ޓެންޑަރަކާގުޅޭ ޕްރީ-ބިޑް މީޓިންގއެއްގައި ބައިވެރިވި މައްސަލައެއްކަމުގައި ވާތީއެވެ.
18މުޙައްމަދު މަޤްދިމްއަކަ 2017 ވަނަ އަހަރުން ފެށިގެން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި ހުރި މީހެކެވެ. މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކޮށްފައިވަނީ، 09 ނޮވެމްބަރު 2021 ގައި މޯލްޑައިސް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީއަކުންނެވެ. މުޙައްމަދު މަޤްދިމް ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުން، މޯލްޑައިސ ޕްރައިވެޓް ލިމިޓެޑުން ބުނެވިދިޔަ ސިޓީއާ ޙަވާލާދީ މުޙައްމަދު މަޤްދިމްގެ ސީރިއަސް ސުލޫކީ ޢަމަ ލުތަކުގެ ގޮތުގައި، ވަޒީފާދޭފަރާތަށް އެންގުމަކާ ނުލައި އެހެން ކުންފުންޏެއްގެ ވަޒީފާއަށް ކުރިމަތިލުން/ވަޒީފާ ޤަބޫލުކުރުމާއި، 09 ނޮވެމްބަރ 2021 ގައި ރަސްމީ މަސައްކަތު ގަޑީގައި ސްޓެލްކޯގެ ޕްރީ-ބިޑް މީޓިންގއެއްގައި އެހެން ކުންފުންޏެއް ތަމުސީލުކުރުމ އަދާ ވަޒީފާދޭ ފަރާތުގެ މއިގަނޑަ ސަޕްލަޔަރެއްކަމަށްވާ "ސޭފްމާކް" އާއެކު އޮތް ވިޔަފާރީގެ ގުޅުމަށް ގެއލްންވާފަދަ އިހުމާލުގެ ޢަމަލުތައް ހިންގާފައިވާކަން ފާހަގަކޮށްފައިވެއެވެ.
19ބުނެވިދިޔަ މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ، މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ބޭއިންސާފުންކަމަށެވެ. އެހެންކަމުން، މުޙައްމަދު މަޤްދިމް އަދާކުރަމުންދިޔަ މަޤާމަށް އަނބުރާ ރުޖޫޢުކުރުމަށާއި، އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާފަރާތެއްކަމުގައި ނުބެލުމަށް އަދާ ޢަދުލުވެރި ބަދަލެއްގެ ގޮތުގައި 04 (ހަތަރެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އަމުރުކޮށްފައިވާކަން އެނގެއެވެ.
20މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެވިދިޔަ ނިންމުން މި ކޯޓުގައި އިސްތިއުނާފުކޮށް 03 (ތިނެއް) ނުކުތާ ފާހަގަކޮށްފައިވާކަން އެނގެއެވެ. އެގޮތުން ފާހަގަކުރާ ފުރަތަމަ ކަމަކީ، މައުލޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާކަމަށ ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން ރަނގަޅުނޫންކަމަށް ބުނެ ފާހަގަކުރާ ނުކުތާއެވެ. ދެވަނަ ނުކުތާއަކީ، މުޙައްމަދު މަޤްދިމް އަދާކުރަމުންދިޔަ މަޤާމަށް އަނބުރާ ރުޖޫޢުކުރުމަށް ނިންމި ނިންމުން ރަނގަޅުނޫންކަމަށް ބުނެ ފާހަގަކުރާ ނުކުތާއެވެ. އަދި ތިންވަނަ ނުކުތާއަކީ، ޓްރައިބިއުނަލުން ބދަލަ ނަގައިދިނުމަށް ނިންމި ނިންމުމަކީ، ސުޕްރީމް ކޯޓުގެ ނިންމުންތަކުން ލާޒިމްކުރާ މިންގަނޑުތަކުން ވަޒަންކުރުމެއްނެތި ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ފާހަގަކުރާ ނުކުތާއެވެ.
21މި އިސްތިއުނާފުގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަމަކީ ޤާނޫނީ ހަމައިން ބަލާއިރު:
1.21މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާކަމަށް ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން އެ ގޮތުގައި ދެމެހެއްޓިދާނެތޯ؛ އާއި
2.21މުޙައްމަދު މަޤްދިމް އަދާކުރަމުންދިޔަ މަޤާމަށް އަނބުރާ ރުޖޫޢުކުރުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން އެ ގޮތުގައި ދެމެހެއްޓިދާނެތޯ؛ އަދި
3.21ބަދަލު ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން އެ ގޮތުގައި ދެމެހެއްޓިދާނެތޯއެވެ. ގޮތް ކަނޑައަޅަންޖެހޭ ކަންކަން ވަޒަންކުރުން މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާކަމަށް ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން އެ ގޮތުގައި ދެމެހެއްޓިދާނެތޯ ބެލުން
22މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ނުކުތާގައި ހުށަހަޅާ ބަހުސަކީ، މި މައްސަލައިގައި މައުލޫއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ޞައްޙަނޫންކަމަށްބުނެ ހުށަހަޅާ ބަހުސެއްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
23މި ބަހުސްގައި މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރާ ކަމަކީ، މައުލޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނެތްކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ނޯޓިހެއް ދިނުމަކާނުލާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާއާ ޚިލާފަށްކަމަށެވެ. އަދި އެ ބުނުމަށް ބާރު ދިނުމުގެ ގޮތުން ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްއޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޤަޟިއްޔާ އާއި ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާ ހުށަހަޅާ ފައިވާކަން އެނގެއެވެ.
24މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ މި ބަހުސްގެ ރައްދުގައި މުޙައްމަދު މަޤްދިމްގެ ފަރާތުން ފާހަގަކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަން ޤާއިމްކުރިކަން ސާބިތުވާނީ މުވައްޒަފު ވަޒީފާއިން ވަކިކުރި އަސާސް ނުވަތަ ސަބަބު އެއީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާފަދަ ސަބަބަކަށް ނުވަތަ އަސާސަކަށް ވާކަމުގައި ވާނަމަ ކަމަށާއި، އެއްވެސް ނޯޓިހެއް ދިނުމެއްނެތި މުޙައްމަދު މަޤްދިމް ވަޒީފާއިން ވަކިކޮށްފައިވަނީ އެހެން ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރާތީ އާއި މަސައްކަތުން އެއްފަރާތް ކޮށްފައިހުރި ވަގުތެއްގައި، ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތް ކޮށްފައިވާތީކަމާއި، އެއީ ބިޑް މީޓިންގއެއްގައި ބައިވެރިވެފައިވާތީކަމާއި، މިކަމަކީ ނޯޓިހެއް ޤާނޫނު ނަންބަރު 2008/2 ދިނުމެއްނެތި ވަޒީފާއިން ވަކިކުރެވޭ ފަދަ ހާލަތެއް ނޫންކަމަށެވެ. އަދ މި ހާލަތުގައި ވަޒީފާއިން ވަކިކުރަން މަތީ މަރުހަލާއިން ހުއްދަ ދޭނަމަ ވެގެންދާނީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދެވޭ ޙައްޤު ހަނިވެގެން ދިޔުންކަމަށާއި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރާ އިދާރީ އެހެން ފިޔަވަޅުތަކުގެ ބޭނުމާއި ނޯޓިސް ދިނުމުގެ ބޭނނ ކެނޑިގެން ދިއުންކަމަށު އަދާ ކުންފުނީގެ ތެރޭގައި ދިމާވާ ކޮންމެ ކަމަކަށް ހައްލަކަށަ ވެގެންދާނީ ވަޒީފާއިން ވަކިކުރުން ކަމަށް ވެގެންދާނެކމަށ މުޙައްމަދް މަޤްދިމްގެ ފަރާތުން ބުނެފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
25މި ބަހުސާމެދު ގޮތް ކަނޑައެޅުމުގައި ބަލަންޖެހޭ ޤާނޫނީ އަސާސަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި އަދި އެ މާއްދާ އިތުރަށް ތަފުސީލުކޮށްދީފައިވާ ސުޕްރީމް ކޯޓުގެ ނިންމުންތައްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
26ޕްރިސިޑެންސް 5ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "23)ހ( . ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުތަކުގައެވެ .
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެމަތިން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ޙާލަތުތަކުގައެވެ . (1) ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން ؛ (2)ޚިޔާނާތެއް ވެފައިވުން .
(ނ) "ނޯޓިހެއް ދިނުމަކާނުލައި ވަކިކުރުން" މާނަކޮށްދެނީ، ޤާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ދޭންޖެހޭ ނޯޓިސް ދިނުމަކާ ނުލައި، ނުވަތަ އެ ނޯޓިސް ދޭންޖެހޭ މުއްދަތަށްވުރެ ކުރު މުއްދަތަކަށް ނޯޓިސް ދިނުމަށްފަހު، ވަޒީފާގެ އެއްބަސްވުން، ވަޒީފާދޭ ފަރާތުން ބާޠިލުކުރުމެވެ ."
27ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްއޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޤަޟިއްޔާގެ 32 ގައި ބަޔާންކޮށްފައިވަނީ: "އިސްވެ ބަޔާންކޮށްފައިވެ ފަދައިން، ނޯޓިސްނުދ މުވައްޒަފަކީ ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފަދައިން އަދުލުވެރި ސަބަބެއް އޮވެގެންނެވެ. އަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ދެ ހާލަތެއްގައެވެ. އެއީ: (i) ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކުރުން (ii) ޚީޔާނާތެއް ވެފައިވުން "
28އަދި ސުޕްރީމްކޯޓުގެ ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގެ 20 ގައި ބަޔާންކޮށްފައި ވަނީ: "20. މުވައްޒަފަކު ކުރި އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރއަސ އަމަލެއް ކަމަށް ވާނަމައެވެ. މިގޮތުން، މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ: "20.1 ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ؛ ނުވަތަ
20.2 އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައ ހިމެނި އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ؛ ނުވަތަ
20.3 އެކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއްކަމަށް ވާނަމަ؛ އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތުގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ އަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އަދި މުވައްޒަފު ކުރި ޣައިރުސުލޫކީ އަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ."
29ޕްރިސިޑެންސް 3ޓްރައިބިއުނަލަށް މި މައްސަލައިގައި މައުލޫއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމުގައި ރިއާޔަތްކުރެވިފައިވަނީ ރަނގަޅު ނުކުތާއެއްގެ މައްޗަށްކަމަކަށ އަހުރެންނަކަށް ނުބެލެވެއެވެ. ސަބަބަކީ، މި މައްސަލއިގައަ އޮތި ޙަޤީޤީ ސުވާލަކީ، މުޙައްމަދު މަޤްދިމްއަށ އެހެން ވަޒީފާއެއް ހޯދުމުގެ ޙައްޤު އޮތްތޯ ނުވަތަ ނޫންތޯ ބެލުން ނޫންކަމުގައި އަހުރެންނަށް ފާހަގަވާތީއެވެ.
30އޭގެ ބަދަލުގައި، މި މައްސަލައިގައި އޮތް ޙަޤީޤީ ސުވާލަކީ، މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި މުޙައްމަދު މަޤްދިމް ދެމިހުރެ،އެ ފަރާތަށް އަދާކުރަންޖެހޭ ވާޖިބުތަކާ އަސާސީ ގޮތުން ފުށުއަރާ ފަދަ އަމަލެއް މުޙައްމަދު މަޤްދިމް ހިންގާފައިވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. އަދި އެ ޢަމަލުގެ ސަބަބުން އިތުބާރަށް އަސަރުކުރާނެތޯ އާއި އެ ޢަމަލުގެ ސަބަބުން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނޭތޯ ބެލުމެވެ.
31ޕްރިސިޑެންސް 1ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާގައި ދެމިހުރިހާ ހިނދަކު، ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ މަސްލަހަތުތަކާ ދެކޮޅަށް ޢަމަލުނުކުރުމުގެ އަސާސީ ވާޖިބެއް މުވައްޒަފުގެ މައްޗަށް އޮންނާނެކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެއީ ހަމައެކަނި ލިޔެވިފައިވާ އެއްބަސްވުމެއްގެ ދަށުން އުފެދޭ ވާޖިބެއްކަމުގައި އަހުރެންނަކަށް ނުބެލެވެއެވެ. އެއީ ވަޒީފާގެ ގުޅުމުގެ އާންމު އަސާސްކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެ އަސާސް ނެތް ނަމަ، ދެފަރާތުގެ ދެމެދުގައި އިތުބާރު އޮތުމަކީ މުސްތަހީލު ކމެއްކަމުގައިވެސް އަހުރެންނަށ ޤަބޫލުކުރެވެއެވެ.
32ޕްރިސިޑެންސް 2އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައަށް ބަލާއިރު، މުޙައްމަދު މަޤްދިމްގެ ޢމަލުތައަ ހުރީ ހަމައެކަނި ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރި މީހެއްގެ ޢަމަލުތައް ހުންނާނެކަމަށް ބެލެވިދާނެ މިންވަރެއްގައިކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. ސަބަބަކީ، މުޙައްމަދު މަޤްދިމް ރަސްމީ މަސައްކަތު ގަޑީގައި، ވާދަވެރި އެހެން ކުންފުންޏެއް ތަމްސީލުކޮށް ޓެންޑަރ މަރުހަލާއެއްގެ ޕްރީ-ބިޑް ބައްދަލުވުމެއްގައި ބައިވެރިވެފައިވާތީއެވެ. އެ ޢަމަލު މުޙައްމަދު މަޤްދިމް ހިނގިކަމާމެދު ދެބަސްވުމެއް ނެތެވެ. އެ ޢމަލަ މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރީގެ މަސްލަހަތު ފުށުއަރާ ކަމާމެދުވެސް ދެބަސްވުމެއްނެތެވެ.
33މ ޙައްމަދު މަޤްދިމއަކް މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރިއާ ގުޅޭ އިންޓާނަލް މައުލޫމާތު އެނގޭ ފަރާތެއް ކަމަށްވާއިރު، ވާދަވެރި ކުންފުންޏެއްގެ ފަރާތުން ބިޑަށް ކުރިމަތިލުމަށް ދިޔުމުން، މޯލްޑައިސް ޕްރައިވެޓް ލިމިޓެޑު ނ ހުށަހަޅް ބިޑާ ވާދަވެރިކޮށ ބިޑް ހުށަހެޅުމުގެ ފުރުސަތު މުޙައްމަދު މަޤްދިމގް ޢަމަލުގެ ސަބަބުން އޮންނާނެކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
34މުޙައްމަދު މަޤްދިމްގެ އެ ޢަމަލު ސީރިއަސް ސުލޫކީ އަމަލަކަށް ވަނީ، ވަޒީފާގައި ދެމިހުރެ، އެހެން ކުންފުންޏެއްގެ ވިޔަފާރީގެ މަރުހަލާއެއްގައި އަމަލީ ގޮތުން ބައިވެރިވުމުން ކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
35އެ އަމަލަކީ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި ޔަގީންކަމުގެ އަސާސަށް އުނިކަން އަންނާނެކަމެކެވެ. މަސައްކަތު ގަޑީގައި، ވަޒީފާދޭ ފަރާތުގެ މަސްލަހަތަށް އަސަރުކުރާ ފަދަ ގޮތަކަށް ވާދަވެރި ފަރާތެއް ތަމުސީލުކުރުމަށް ބިޑް މަރުހަލާގައި ބައިވެރިވާ މީހަކު، ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމުވާނކަމެއެ ކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.
36ޕްރިސިޑެންސް 4ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން މާލީ ގޮތުން ހަގީގީ ގެއްލުމެއް ލިބެންދެން މަޑުކުރާކަށް ވަޒީފާދޭ ފަރާތަކަށް ނުޖެހެއެވެ. ބުނެވިދިޔަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ޢިބާރާތަށް ބަލާއިރުވެސް އެ ޢިބާރާތުގައި ބަޔާންކޮށްފައި އޮތީ "...ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން" މި ފަދައިންކަމާއި "ގެއްލުންވުން" ނޫންކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން، މުވައްޒަފު ވަޒީފާގައި ބެހެއްޓުމަކީ ވަޒީފާދޭ ފަރާތަށް ނުވަތަ މަސައްކަތުގެ މާހައުލަށް ގެއްލުންވެދާނެ ކަމެއް ކަމަށް ފެނުމުން ފުދޭނެކަމަށް އެ މާއްދާއިން އަހުރެންނަށް ދޭހަވެއެވެ.
37ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި ޢަދުލުވެރި ސަބަބެއް އޮތްތޯ ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލާއިރު، އެ ޤަޟިއްޔާގެ 32 ވަނަ ނަންބަރުގައި ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭ އެއް ޙާލަތަކީ "ފާޅުކަން ބޮޑް ޣައިރު ސުލޫކު ޢަމަލެއް ކުރުން" ކަން އެނގެއެވެ.
38ޣައިރު ސުލޫކު ޢަމަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލާއިރު، އެ ކޯޓުގެ ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 20 ވަނަ ނަންބަރުގައި ޣައިރު ސުލޫކީ ޢަމަލުތަކެއްގެ ގޮތުގައި ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލައަށް އެކަންކަން ތަޠުބީޤުކުރާއިރު، މުޙައްމަދު މަޤްދިމްގެ ޢަމަލުތައް ހުރިގޮތުން ދެފަރާތުގެ ދެމެދު އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާކަން އެނގޭކަމާއި، މީގެ އިތުރުން، މުޙައްމަދު މަޤްދިމް ކޮށްފައިވާ ކަންކަމަކީ ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން އަދި ސީދާގޮތުން ޚިލާފު ކަމެއްކަން އެނގޭކަން ފާހަގަކުރެވެއެވެ.
39ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ފަދައިން އެހެން ވަޒީފާއަކަށް ކުރިމަތިލުމަކީ، މުވައްޒަފު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއްކަމަށް އަހުރެންނަށްވެސް ބުރައެއްނުވވެ އެވެ.
40ނަމަވެސް، މި މައްސަލައިގައި މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކުރީ ހަމައެކަނި ވަޒީފާއަކަށް ކުރިމަތިލައިގެން ނޫންކަން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ޓަރމިނޭޝަން ލެޓަރއިނ ސާފުކޮށް އެނގެން އޮވެއެވެ. މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ޓަރމިނޭޝަން ލެޓަރގައި ބަޔާންކޮށްފައިވަނީ އަންނަނިވި ޢިބާރާތެވެ. “As you have failed to inform the Management that you have applied / accepted th employment at another company and attended a bid/ tender at STELCO on 9 November 2021 at 11:00 on behalf of the said company (Checkers Club Company / Global Five Supplies) who is also a competitor in our line of business. This was done during an official working day during your workhours which directly affects the business.” އެހެންކަމުން، މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކުރީ، އޭނާ އެހެން ވަޒީފާއަކަށް ކުރިމަތިލައ އެކަނި ވަޒީފާދޭ ފަރާތަށް އަންގާފައިނުވާތީ އެކަމުގެ މައްޗަށް އެކަނި ބަލައިގެން ނޫންކަން އެނގެއެވެ. އޭނާ ރަސްމީ މަސައްކަތު ދުވަހެއްގައި މަސައްކަތު ގަޑީގައި އެހެން ކުންފުންޏެއްގެ ފަރާތުން ޕްރީ ބިޑް މީޓިންއކަށް ގޮސްފައިވާތީކަނަ އެނގެއެވެ. މިކަން މިގޮތަށް ހިނގާފައިވާކަން، މުޙައްމަދު މަޤްދިމްގެ ބަހުންވެސް ސާފުވެއެވެ. އަދި ޓްރައިބިއުނަލުގެ ނިންމުމުންވެސ އެކަން ސާފުވެއެވެ.
41ސްޓެލްކޯގައ އޮތި ޕްރީބިޑް މީޓިންގ އަށް ރަސްމީ ދުވަހެއްގައި މަސައްކަތު ގަޑީގައި މުވައްޒަފު ވާދަވެރި އެހެން ކުންފުންޏެއްގެ ފަރާތުން ދިޔަ ދިޔުމަކީ، ބިޒްނަސް އެތިކްސްއާ ޕްރޮފެޝަނަލިޒަމާއި ކޮންފިޑެންޝަލިޓީގެ އުޞޫލުތަކާ ޚިލާފުކަމެއްކަމަށް ވަޒީފާދޭ ފަރާތުން ބުނެފައިވީނަމަވެސް، އެކަމަކީ މުވައްޒަފާއި ވަޒީފާދޭފަރާތާ ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ނުވަތަ އެހެން ގޮތަކުންވެސް މަނާކަމެއްކަމަށް މުވައްޒަފަށް އަންގާފައިވާކަން ސާބިތުކޮށްދެވިފައިނުވާތީ އާއި އަދި ބިޑަށް ހާޒިރުވިއިރު، ވަޒީފާދޭ ފަރާތުން އެ ބިޑަށް ހާޒިރުވާކަނ މުވައްޒަފަށް އެނގިފައިނުވާތީ، އެ ސަބަބަކީ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމުގައި ބުރަނުވެވޭކަމަށ ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ.
42ނަމަވެސް، ވަޒީފާގެ ގުޅުން ދެމިއޮތްހާހިނދަކު، މުވައްޒަފު އޭނާއަށް ވަޒީފާދޭ ފަރާތަށް ވަފާތެރިކަމާއެކު ޚިދުމަތް ކުރަންޖެހޭނެކަމީ އެއްވެސް ދެބަސްވުމެއް އޮތްކަމެއްގ ގޮތުގައެ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އަދި އެފަދައިން އެކަން ކުރަން ނުޖެހޭނެކަމަށް ބުނެ މި މައްސަލައިގައި މުވައްޒަފުގެ ފަރާތުން ވަކާލާތުކޮށްފައެއްވެސް ނުވެއެވެ. އަދި ހަމައެހެންމެ ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް އެފަދައިން ބަޔާންކޮށްފައެއްނުވެއެވެ.
43ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ލިޔެފައި ނެތް ނަމަވެސް، ވަޒީފާ އަދާކުރާ ކުންފުނީގެ ހުއްދަ ހޯދުމެއް ނެތި އެ ކުންފުނީގެ ވާދަވެރި ކުންފުންޏެއް ތަމްސީލު ކުރުމަކީ މުވައްޒަފުގެ ހުންނަންޖެހޭ ސުލޫކާ ޚިލާފު ޢަމަލެއްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެ ވެ. މިފަދަ ޢަމަލެއްގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވާނެކަމަށް ކުންފުނީގެ ފަރާތުން ބުނާ ބުނުމާވެސ އަހުރެންނަށް އެއްބަސްވެވެއެވެ. އަދި މި ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާ މުވައްޒަފާ ދެމެދު އޮންނަންޖެހޭ އިތުބާރު ގެއްލޭނެ ކަމަށްވެސް އަހުރެންނަށް އެއްބަސްވެވެއެވެ.
44މުވައްޒަފު އޭނާ ވަޒީފާއަދާކުރާ ފަރާތަށް ވަފާތެރިކަމާއެކު ޚިދުމަތްކުރުމުގެ ވާޖިބަކީ، ހަމައެކަނި ލިޔެފައިވާ އެއްބަސްވުމަކުން، އަތްމަތީ ފޮތަކުނ ނުވަތް ސަރކިއުލާއަކުން އުފަންވާކަމެއ ކަމުގައް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ. އެއީ ވަޒީފާގެ ގުޅުމުގެ ތެރެއިން އުފެދޭ ވާޖިބެއްކަމުގައި އަހުރެންނަށް ބުރަވެވެއެވެ. ސުވާލަކީ، ވަޒީފާގައި ދެމިހުރެ ވަޒީފާދޭ ފަރާތާ ވާދަކުރުމަކީ، މުވައްޒަފު އޭނާ ވަޒީފާއަދާކުރާ ފަރާތަށް ވަފާތެރިކަމާއެކު ޚިދުމަތްކުރުމުގެ ވާޖިބާ ފުށުނާރާނެކަމެއްތޯއެވެ؟ އެއީ ފާޅުކަންބޮޑު ޣައިރެ ސުލޫކު ޢަމަލކަށަ ނުވާނެތޯއެވެ؟އެއީ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއްކަމަށް ނުވާނެތޯއެވެ؟ އެއީ ދެފަރާތުގެ ދެމެދު އޮންނަންޖެހޭ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދާ ޢަމަލަކަށްނުވާނެތޯއެވެ؟ ބުނެވިދިޔަ ސުވާލުތަކުގެ ޖަވާބުގައި އަހުރެންނަށް "ނޫނެކޭ" ބުނެ ޓްރައިބިއުނަލުގެ ނިންމުމާ އެއްބަހެއްނުވެވެއެވެ.
45އެހެންކަމުން، މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި ނުވާކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ގޯހުން ކަމަށް އަހަރެންނަށް އެއްބަސްވެވެއެވެ. ވުމާއެކު، މުޙައްމަދު މަޤްދިމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ ޢަދުލުވެރިކަން ޤާއިމްނުކޮށްކަމަށ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އެ ގޮތުގައި ދެމެހެއްޓިދާނެކަމަކަށ އަހުރެންނަކަށް އެއްބަހެއްނުވވެ އެވެ. މުޙައްމަދު މަޤްދިމް އަދާކުރަމުންދިޔަ މަޤާމަށް އަނބުރާ ރުޖޫޢުކުރުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން އެ ގޮތުގައި ދެމެހެއްޓިދާނެތޯ ބެލުން
46މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ބަހުސަކީ، ޓްރައިބިއުނަލުން ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ މައްޗަށް ބިނާކޮށގެންކަމަށްވާއިރު، އެ ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާއިން ބަލައި 13 އޯގަސްޓް 2020 ގައި އެ ކޯޓުން ޙުކުމްކޮށްފައިވާ މައްސަލައެއްކަމާއި، ސުޕްރީމް ކޯޓުގެ ނިންމުމުގައި، ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށްފައިވާތީ ޓްރައިބިއުނަލުން ހަވާލާދިން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާއަކީ، އެ ޤަޟިއްޔާގެ މައްޗަށް ޢަމަލުކުރެވޭނެ ޤަޟިއްޔާއެއް ނޫންކަމަށް ބުނެ، މުޙައްމަދު މަޤްދިމ މަޤާމަށް އަނބުރާ ރުޖޫޢުކުރުމަށް ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން ގޯސްކަމަށް ބުނެ ހުށަހެޅި ބަހުސްކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
47ރައްދުގައި މުޙައްމަދު މަޤްދިމްގެ ފަރާތުން ފާހަގަކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން މުޙައްމަދު މަޤްދިމްއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވެސް ނުވާކަމަށާއި، އިންޓަރނަލް ތަހުގީގެއ އެއްވެސް ވަރަކަށް ކޮށްފައި ނުވާކަމަށާއި، މިކަންކަން ފުރިހަމަ ނުކޮށް އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަވެގެން ނުދާނެކަމަށެވެ. އަދި މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާ ހާލަތުގައި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރަންޖެހޭކަމަށ ބުން އެކަން މުޙައްމަދު މަޤްދިމްގެ ފަރާތުން ފާހަގަކުރެއެވެ.
48އޭގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2018/SC-A/49 ޤަޟިއްޔާއާ ގުޅިގެން ފާހަގަކުރި ކަންކަމުގެ ރައްދުގައި މުޙައްމަދު މަޤްދިމް ފާހަގަކޮށްފައިވަނީ، ވަޒީފާއިން ވަކިކުރަންޖެހޭ ވަރަށް އިތުބާރު ގެއްލެންޖެހޭ ސަބަބެއް މި މައްސަލައިގައި ނެތްކަމަށާއި، ވަޒީފާއެއްގައި އުޅުނު ކަމުގައިވިޔަސް ކޮންމެވެސް ވަރަކަށް މިނިވަންކަން އޮންނާނެ ކަމަށާއި، ކޮމްޕެޓިޓަރ އަކާ ބައްދަލުކޮށްލުމުން އިތުބާރު ގެއްލޭނަމަ، ހަމައެކަނި ހިމާޔަތް ކުރެވިގެން ދާނީ ވަޒީފާދޭ ފަރާތުގެ ހައްޤުތައްކަމަށެވެ.
49ޕްރިސިޑެންސް 6މޯލްޑައިސ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅް މި ބަހުސަށް ބަލާއިރު، ޓްރައިބިއުނަލުން މުޙައްމަދު މަޤްދިމް އަނބުރާ މަޤާމަށް ރުޖޫޢުކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާއަށް ހަވާލާދީގެންކަން އެނގެއެވެ. އެކަމާމެދު ޚަޞްމުންގެ މެދުގައި ޚިލާފެއް ނެތްކަންވެސް އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާގައި މަޤާމަށް ރުޖޫޢުކުރުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން އެ ކޯޓުގެ ނަންބަރ 2019/SC-A/36 ޤަޟިއްޔއިނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ޤަޟިއްޔާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 91/VTR/2022 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 14 ވަނަ ނަންބަރު ބާޠިލުކޮށްފައިވާކަމަށް މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ ބުނުމަށް މުޙައްމަދު މަޤްދިމްގެ ފަރާތުން އިޢުތިރާޒުކޮށްފައިނެތްކަން އެނގެއެވެ.
50އިސްވެ ބުނެވުނު ހައިކޯޓުގެ 2016/HC-A/555 ޤަޟިއްޔާއާއި ސުޕްރީމްކޯޓުގެ 2019/SC-A/36 ޤަޟިއްޔާއަށް ބެލުމުން ކަންވެފައ އޮތި މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ ފަދައިންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
51އެހެންކަމުން، ޓްރައިބިއުނަލްގެ ނިންމުމަކީ، މަޤާމަށް ރުޖޫޢުކުރުމަށް ނިންމި ނިންމުން ޓްރައިބިއުނަލުން ބިނާކުރި ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާގައި ބަޔާންކުރާ މަޤާމަށް ރުޖޫޢުކުރުމުގެ ބައި ސުޕްރީމް ކޯޓުގެ 2019/SC-A/36 ނަންބަރު ޤަޟިއްޔާއިން 13 އޯގަސްޓް 2020 ގައިބާޠިލްކުރި ފަހުން، 22 އޯގަސްޓް 2022 ގައި ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމެއްކަން އެނގެއެވެ.
52ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފޯރުކޮށްދެވޭނެ ޙައްލުތަކާއި އެ ޙައްލުތައް ފޯރުކޮށްދެވޭނެ ޙާލަތްތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، އެ ޤަޟިއްޔާގެ 53 ވަނަ ނަންބަރުގައި ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށް ހުރަސްއަޅާނެ ސަބަބުތަކުގެ ތެރެއިން (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "އަނބުރާ އިއާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން" މިފަދައިންކަނ އެނގެއެވެ.
53މ މައްސަލައިގައި މުޙައްމަދު މަޤްދިމްގެ ޢަމަލުތައް ހުރިގޮތުން ދެފަރާތުގެ ދެމެދުގައި އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކާއި މި މައްސަލައިގައި ކަންހިނގާފައިވާގޮތުނ އެނގެން އޮތްހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާ މައުލޫއީ އަދުލުވެރިކަމާމެދ ގޮތު ކަނޑައެޅުން ނުކުތާގައިވެސް އެކަން އެގޮތަށް އަހުރެންނަށް ފާހަގަކުރެވިފައިވާތީ، މަޤާމަށް ރުޖޫޢުކުރުމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ގޯހުންކަމަށް އަހަރެންނަށް އެއްބަސްވެވެއެވެ. ވުމާއެކު، މުޙައްމަދު މަޤްދިމ މަޤާމަށް ރުޖޫޢުކުރުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އެ ގޮތުގައި ދެމެހެއްޓިދާނެކަމަކަށ އަހުރެންނަކަށް އެއްބަހެއްނުވވެ އެވެ. ބަދަލު ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން އެ ގޮތުގައި ދެމެހެއްޓިދާނެތޯ ބެލުން
54މ ނުކުތާގައި މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާ މައިގަނޑު ޝަކުވާއަކީ، ޓްރައިބިއުނަލުން ބަދަލު ނަގައިދިނުމުގައި ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޝަކުވާއެވެ.
55ޓްރައިބިއުނަލުގެ ނިންމުމުގައި ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/44 ޤަޟިއްޔާ އަކީ 26 ނޮވެންބަރު 2020 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއްކަމާއި، އެއީ ރިޑަންޑަންސީގެ މައްސަލައެއް ކަމާއި، އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަރުޙަލާގައި އެ ފަރާތުން ގެއްލުން ކުޑަކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން ހުށަހެޅުންތަކެއް ހުށަހަޅާފައިނުވާތީކމަށަ މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރެއެވެ. އަދި ބަލަމުން މިދާ މައްސަލައިގައި މުޙައްމަދު މަޤްދިމް އެއްވެސް ވަޒީފާއެއް އަދާކުރަމުންދާކަން އަދި އެ ފަރާތަށް މުސާރަ ނުވަތަ އާމްދަނީގެ ގޮތުގައި ލިބެމުންދަނީ ކިހާ މިންވަރެއްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސާފުކޮށްފައިނުވާކމަށާއަ އަދި އެކަންކަން ސާފުކުރުމެއް ނެތި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު ޤަޟިއްޔާ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނަގައިދިނުމާ ގުޅޭ އާންމު އުސޫލުތަކަށް ރިޢާޔަތްކުރުމެއްނެތި މުޠުލގަކޮށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 04 (ހަތަރެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް މޯލްޑައިސ ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
56ރައްދުގައި މުޙައްމަދު މަޤްދިމްގެ ފަރާތުން ބުނެފައިވަނީ އޭނާ މި މައްސަލައިގެ ތެރޭގައި އުޅެމުންދާތާ ދިގު މުއްދަތެއް ވެފައިވާކަމަށާއި، ބަދަލުގެ ގޮތުގައި 4 (ހަތަރެއް) މަސްދުވަހަކީ ކުޑަ މުއްދަތެއް ކަމަށާއި، އަހަރަކަށާ ވުރެ ގިނަ ދުވަހުގެ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭނެކަމަށް އޭނާ ދެކޭކަމަށެވެ.
57ބަދަލު ނަގައިދިނުމާ ގުޅޭގޮތުން މޯލްޑައިސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންފާހަގަކުރ ޤާނޫނި އަސާސްތަކާއި ގުޅިގެން މުޙައްމަދު މަޤްދިމްގެ ފަރާތުން އެއްވެސް ކަމެއް ފާހަގަކޮށްފައިނެތްކަނ އަހުރެންނަށް ފާހަގަކުރެވެއެވެ.
58ޕްރިސިޑެންސް 7މ މައްސަލައިގައި ޓްރައިބިއުނަލުން ބަދަލު ނަގައި ދިނުމަށް ނިންމާފައިވަނީ، މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަންވެސް ޤާއިމްނުވާކަމަށް ކަނޑައެޅުމަށްފަހުގައިކަން އެނގެއެވެ. އެހެންނަމަވެސް، މުޙައްމަދު މަޤްދިމ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދލުވެރިކަނު ޤާއިމްވެފައިވާކަމަށް އަހުރެންނަށް ޤަބޫލުކުރެވޭކަމަށް މައުލޫއީ ޢަދުލުވެރިކަމާ ގުޅޭ ނުކުތާގައި ފާހަގަކުރެވިގެންގޮސްފައިވާތީ، އަދި މި އިސްތިއުނާފުގައި އިޖުރާއީ ޢަދުލުވެރިކަމާ ގުޅޭ ބަހުސެއް މި މައްސަލަ އިސްތިއުނާފުކުރި މޯލްޑައިސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުންވެސް ހުށަހަޅާފައި ނެތަތީ، ޓްރައިބިއުނަލުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ނިންމި ނިންމުމާމެދު މި ޤަޟިއްޔާގައި އެއްޗެއް ބުނަންޖެހޭ ޙާލަތެއް ނެތްކަމަށް އަހުރެންދެކެމެވެ.
59އެހެންކަމުން،މި ޙާލަތުގައި،ސުޕްރީމް ކޯޓުގެ ނިންމުންތަކާއެއްގޮތަށް، ބަދަލުގެ މިންވަރާމެދު އަލުން ގޮތް ކަނޑައަޅަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެގޮތަށް ގޮތްކަނޑައެޅުމުގައި ވާޤިޢީގޮތުން އިތުރަށް ކަށަވަރުކުރަންޖެހޭ ކަންކަން ހުރިކަން މިހިނދަށް ފާހަގަކުރެވިފައިވާތީ، އެކަން ކަނޑައެޅުމަށް ޓްރައިބިއުނަލަށް މައްސަލަ ތަޙުވީލުކުރަންޖެހޭކަމަށ އަހުރެން ދެކެމެވެ. ވުމާއެކު، މުޙައްމަދު މަޤްދިމްއަށް 04 (ހަތަރެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތް ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އެ ގޮތުގައި ދެމެހެއްޓިދާނެކަމަކަށ އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.
60އިސްވެބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 91/VTR/2022 މައްސަލައިގައި:
1. މުޙައްމަދު މަޤްދިމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނެތްކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލުކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
2. ވަޒީފާ އަނބުރާ އިޢާދަކުރުމަށް ކަނޑައަޅާފައިވާ ކަނޑައެޅުންވެސ ބާޠިލުކުރަންޖެހޭކަމަށް އަހުރެން ދެކެމެވެ.
3. މި މައްސަލައިގައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތްނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނ ތްކަމަށ ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުން އެގޮތުގައި ދެމިއޮތަތީ، މި ޙާލަތުގައި ގެއްލުމުގެ ބަދަލާމެދު ގޮތްކަނޑައެޅުމުގައި ރިޔާޢަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޔާޢަތްކޮށް ގެއްލުމުގެ ބަދަލާމެދު އަލުން ގޮތްކަނޑައެޅުމަށް މި މައްސަލަ ޓްރައިބިއުނަލަށް ތަޙުވީލުކުރަންޖެހޭކަމަށ އަހުރެން ދެކެމެވެ.
61އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާޢީދުކުރަމެވެ.
62އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރަޢުޔަށް ތާޢީދުކުރަމެވެ.
63މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) e>:c :, :, O.;- _, 2022/I-1C-N 409 J"J .,,-.;,.,,- J"-1.,,,..., 33 ., <' o:,:,:, o.,,,. 1.:,xc. o;o.; :,:,t.:,o~.,,,. .,,,:,.,,,~:,:, :,:,c.:,.,,,,.,,,,~ c.o 'r .7-" ./ r .I".,, .7 .s.I" .s A r V r V r .,P-" V r fl "" .,,A .s V .I" .I" V r r .,P-" V .s .,,,,_,,, .,P ,-..,.,,A t. :, ,,,,. > .,,, 0 91 /VTR/2022 .S/ ./4'A <PA.,>' f! ,, ,, ~ .,,, ~,,,,,.,,, .,,, o.,,,,, ,,,,._,,,.,.,,,.,,, ~.,,,.:, ox.,,,.~ ~:, .,,,,,,. ~ .,,,. ~.,,,.,,,.,,::,,:, 0 ~ .,PA_,1.J-A t..r'V .,.7./4'_r A .S ./4'/ _r <P ' A.r.7./4'_r.rv_r~A .,>' ""./4'A ,,,1 (! .,P ' A,r✓ V .,P./4' ,7.A J .,, .,, .,, ,, ,, ,, ~ 0 :, .,,,. :, t. ~,.,,,. 0/XOt.~~ > ~ _,,,. ox O ~.,,,. .,,, ~ 0 .,,, o,,-:, ~ .,, ./4'/A _r .7/ _r <P .r.J".SAA_r~.,>'A .,PA_,1 ,r V ./4'fl <P A .S fl.A,..:- .S ,r,7V_,?~<P ,A<P ,, ,, ,, ,, ,, ,, C ,.,,,a.,,,.>>>~ O/;Jt./ /OX
46 .s 22/2010 -""".r'.r' rr.:i ' .r.7.,J,A t../"V.J".S o.;:,:,:, :,.,,,. o,,:, / 0 .,,, .,,, a.,, C .r.7.,>< V.,? .,P ✓..I° ,r//"A <PA_,< f! /,-..,A.7 .s ~ ,, .,, t. C. ox O :, > 0 :, ~ 0 C. 0:, ~ .,,,. C. / / o, • ..P;_,1.rv ;v ✓• r .:i,,,1.J"AA .sr .,>< fl t. r ,,,1 / "" _,,:,,,-..,A ; ~ .,,, .,,, .,, ,, :, o:,:, .,., #0 , ;..,..v ,v.✓. A~• _,,_,.~.:J -' - ., , ., > ~ o ~o ,~ .,,,. .,>< ./ .7 .7./.,>< <PA .,><fl t. ./4'_,1 .,,,, ~ ,,,,, .,,, o (? t.O <# l. t.-# 0 7 0 ; 0 t.
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- 2014/SC-A/27,30 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- 2019/SC-A/22 (ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- 2016/HC-A/555 (އަސްފާޤު ވަޙީދު ވ. އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް)
- 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޢައްވިޒު ރަޝީދު، އެޑްވޮކަސީ ޗެމްބަރސް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އިބްރާހީމް ރަމީޒު
- ބެންޗު
- ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ، އިބްރާހީމް މާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް