ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/360
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ވ. މުހައްމަދު ހަސަން، 2021/HC-A/360
Ministry of Islamic Efearz v. Mohamed Hassan 2021/HC-A/360 (2021/HC-A/360, High Court of the Maldives, 5 March 2023)
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ވ. މުހައްމަދު ހަސަން
މައިގަނޑު ސުވާލު
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މުޙައްމަދު ޙަސަންގެ ދީނީ ތަޤްރީރުކުރުމާއި ވަޢުޡުބުނުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން ޤާނޫނާ ޚިލާފުކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުގައި، ހެކި ވަޒަންކުރުމާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާ ތަޠުބީޤުކުރުމާއި، ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) މާނަކުރުމުގައި ގޯހެއް ހަދާފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ މައްސަލަތަކުގައި ހާދިސާއެއް ނުވަތަ ޢަމަލެއް ސާބިތުކުރުމަށް ބަލާނީ 'ބޮޑަށް ބުރަވެވޭ ގޮތަށް' (balance of probabilities) އެވެ. އެއީ ދަޢުވާކުރާ ފަރާތުން ހުށަހަޅާ ކަމެއް ވުޖޫދުގައި ނެތުމަށްވުރެ އޮތުން ގާތްކަމަށް ކޯޓަށް ޤަބޫލުކުރެވުމެވެ. މި މިންގަނޑު ހެއްކާބެހޭ ޤާނޫނުގައިވެސް އިސްތިޤްރާރުވެފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ހެކިތައް ވަޒަންކުރުމުގައި ކަން ހިނގާފައިވާ ގޮތަށް ވެދާނެ ގޮތްތައް ފަނޑިޔާރު ވަޒަންކޮށް، އެންމެ ގާތް ގޮތަކީ ކަންވުންތޯ ނުވަތަ ނުވުންތޯ ކަނޑައަޅަންވާނެއެވެ. ތުހުމަތު ސީރިއަސްވާވަރަކަށް، އެ ޢަމަލު ހިނގިކަމަށް ބުރަވުމަށް ހެކި ވަރުގަދަވާންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- ސޯޝަލް މީޑިއާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓުތައް، އެ އެކައުންޓާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ސީދާ ގުޅުވާލެވޭ ހެއްކެއް ނެތި، އެ ފަރާތުން އިންކާރުކުރާއިރު، އޭނާއަށް ނިސްބަތްކޮށް އޭނާ ޤާނޫނާ ޚިލާފު ޢަމަލެއް ކުރިކަމަށް ބެލޭކަށް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- މީހެއްގެ އަމިއްލަ އެކައުންޓުން ކޮށްފައިވާ ޕޯސްޓުތަކުގައިވެސް، ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ގަވާއިދާ ޚިލާފުވާ ކޮން ވާހަކައެއްކަން ދައުލަތުން ސާފުކޮށް ބުނެދީ، އެފަދަ ވާހަކައެއް އެ ލިޔުމުގެ ޒާތުން ފެންނަން ނެތްނަމަ، އެއީ ޚިލާފުވުމެއްގެ ހެއްކެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން އިދާރީ ފިޔަވަޅެއް އަޅާއިރު، އެ ފިޔަވަޅު ޤާނޫނާ އެއްގޮތަށް، ޢަދުލުއިންޞާފުގެ ހަމަތަކާ އެއްގޮތަށް، އެކަށީގެންވާ އަވަސް މިނެއްގައި އެޅުމަކީ އެ ފިޔަވަޅު އެޅޭ މީހާގެ ޙައްޤެވެ. ދަށުކޯޓުން އެ ޝަރުޠުތައް ފުރިހަމަނުވާ ގޮތް ސަބަބާއެކު ބަޔާންކޮށްފައިވާއިރު، އެ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22-24)
- ޤާނޫނު މާނަކުރުމުގެ މަސައްކަތް ފެށެނީ ޤާނޫނުގެ އިބާރާތާއި އޮނިގަނޑުންނެވެ. މާއްދާއެއް ކިޔަންވާނީ ޤާނޫނު އެއްކަތިގަނޑެއްގެ ގޮތުގައެވެ. ޞަރީޙަ އިބާރާތާ ޚިލާފަށް މާނަނުކުރެވޭނެއެވެ. ޤާނޫނު ނުވަތަ ގަވާއިދުގައި ނުހިމެނޭ ކަމެއް އޭގައި ހިމެނުމަކީ ކޯޓަށް ލިބިދީފައިވާ ބާރެއް ނޫނެވެ (ޤާނޫނު ނަންބަރު 4/2011 ގެ 3 ވަނަ މާއްދާގެ (ނ)). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-29)
- ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އާއި (ށ) އެކުއެކީ ކިޔުމުން، ގަވާއިދާ ޚިލާފު ކަމެއް ކޮށްފިކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ލިބިއްޖެނަމަ، ކޯޓުން ގޮތެއް ކަނޑައަޅަންދެން ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ހުއްދަ ހިފެހެއްޓުމުގެ ކުރިން މައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށް ދަށުކޯޓުން މާނަކުރުމަކީ މާއްދާގައި ނެތްކަމެއް އިތުރުކޮށް މާނަ ފުޅާކުރުމެކެވެ. ކޯޓުން ޚިލާފުވިކަމަށް ކަނޑައަޅައިފިނަމަ ހުއްދަ ބާޠިލުކުރެވޭނެއެވެ. ޚިލާފުވެފައިނުވާކަމަށް ނިންމައިފިނަމަ ހިފަހައްޓާފައިވާ ހުއްދަ އަނބުރާ ދޫކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-31)
- ދަށުކޯޓުން ގަވާއިދުގެ މާއްދާއެއް ގޯސްކޮށް މާނަކޮށްފައިވިޔަސް، ހުއްދަ ހިފެހެއްޓުމަށް ބިނާކުރި ޚިލާފުވުން ބޮޑަށް ބުރަވެވޭ މިންގަނޑުން ދައުލަތުން ސާބިތުނުކުރާނަމަ، ހުއްދަ އަނބުރާ ދިނުމަށް ދަށުކޯޓުން ނެރުނު އަމުރު ބާޠިލުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32-33)
1ގދ.ތިނަދޫ، ރެޑްސީ، މުޙައްމަދު ޙަސަން )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތް "މުޙައްމަދު ޙަސަން( އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "މިނިސްޓްރީ" ނުވަތަ "ދައުލަތް"( އިން ދޫކޮށްފައިވާ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވ ޢުޡު ބުނުމުގެ ހުއްދަ" ޤާނޫނާއި، ޤަވާޢިދާއި، ޢަދުލު އިންސާފުގެ ޢާންމްހަމަތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒއިނިހިފަހައްޓާފައިވާކަމަށް ބުނެއ ހުއްދަ ހ ފހެއްޓުމުގައި ޢަމަލުކޮށްފައިވަނިޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އެ ހުއްދަ ހފަހައްޓާފައ އޮތީ އޮތުން ނިމުމަކަށް ގެނައުމަށާއި، މުޙައްމަދު ޙަސަންއަށް އެ ހުއްދަ އަނބުރާ ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މައްޗަށް އަމުރުކުރުމަށާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒްއިން ޤާނޫނާއި ޚިލާފަށް ޢަމަލުކޮށްފައިވުމުގެ ސަބަބުން މުޙައްމަދު ޙަސަންއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދަޢުވާކުރުމުގެ ޙް އްޤު ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދި މުޙައްމަދ ޙަސަންގެ ފަރާތުނ ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. މިދަޢުވާ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 1245/Cv-C/2020 ޤަޟިއްޔާއިންނެވެ.
2މިއީ ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ ދައުލަތް )މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް(ގެ ފަރާތުން އ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގ ދަޢުވާގެ ޚުލާޞާ މައްސަލާގައި ކަން ހިނގާފައިވާ ގޮތް
3މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ" 03 މެއި 2009 ގައި މުޙައްމަދު ޙަސަންއަށް ދޫކޮށްފައިވާއިރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި ވަޢުޡުބުނުމާއި ޢާންމުކޮށް ދީނުގެ ޙުކުމްތައް ބަޔާންކުރުމަށްޓަކައ އެއްބަސްވާ އިޤްރާރު" ގައި މުޙައްމަދު ޙަސަން ސޮއިކޮށްފައިވެއެވެ. މުޙައްމަދާ ޙަސަންއަށް ދޫކޮށްފައިވާ ނަންބަރު 12/2009 "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި ވަޢުޡު ބުނުމުގެ ހ އްދަ" މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިނ 17 ޑްސެ ނބަރ 2019 ގައި ވަގުތީ ގޮތުން ހިފެހެއްޓިއެވެ. "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރު ކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން" މި ލިޔުމުގައި ވަނީ މުޙައްމަދު ޙަސަން ޤާނޫނު ނަންބަރ 94/6 )ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު(ގެ 4 ވަނަ މާއްދާގެ )ހ(، )ށ( އަދި ގަވާއިދު ނަންބަރ 2011/R-40 )ދިވެހިރައްޔިތުންގެދީނުއެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދު(ގ 4 ވަނި މާއްދާގަ )ހ( އާއި 5 ވަނަ މާއްދާގެ )ރ(، )ބ( އަދި ) ވާ( ގައި ބަޔާންކޮށްފައިވި މާއްދާތަކާ ޚިލާފަށް ޢަމަލުކުރަމުންދާކަމަށ މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދ މިގޮތުން، ދީނީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހްގޮތުން މުޖުތަމަޢުގައި ބައިބައިވުމާއި ފިތުނަފަސާދައަށ މަގުފައިވާނެހެން ވާހަކް ދެއްކުމާއި ދީނީ ޢިލްމުވެރިންނާމެދު ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފެތުރުމާއި ދަންނަބޭކަލުންގެ އިޖުމާޢު ނެތްކަންކަމުގައި ތިމާ ބުރަވާ ކޮޅަކ އިސްލާމީ ދީން ކަމުގައި ހަދައި އެގޮތަށި ބާރު އަޅައި ވާހަކު ދެއްކުމާއް އަދި މިމޭރުމުން ސޯޝަލް މީޑިޔާގައި މަޢުލޫމާތު ފަތުރަމުންދާކަނ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ 3 މެއި 2009ގެ ނަންބަރު 12/2009 "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި ވަޢްޡުބުނުމުގެ ހުއްދަ" މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި ވަޢުޡުބުނުމާއި ޢާންމުކޮށް ދީނުގެ ޙުކުމްތައް ބަޔާންކުރުމަށްޓަކައި އެއްބަސްވާ އިޤްރާރު"ގައި 4 އެޕްރިލް 2009ގައި މުޙައްމަދު ޙަސަން ސޮއިކޮށްފައިވެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު C1/INDIV/2019/1004-142 )17 ޑިސެމްބރަ 2019( "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރު ކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން" މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ، ގަވާއިދު ނަންބަރު 2011/R-40 )ދިވެހިރައްޔިތުންގެ ދިނީ އެއްބައިވަންތަކަން ޙިމުޔަތްކުރުމުގެ ގަވާއިދު(ގ 11 ވަނަ މާއްދާގެ )ހ(ގެ ދަށުން ވަގުތީ ގްތުނ މުޙައްމަދް ޙަސަންއަށް ދޫކޮށްފައިވާ ނަންބަރު 12/2009 "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ" ވަގުތީ ގޮތުން ހިފަހައްޓާފައިވާކަމަށެވެ.އަދި މިކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިޢުލާންކޮށްފައިވެއވެ.
4އެ ހުއްދަ ހިފެހެއްޓިކަން 17 ޑސެންބަރި 2019ގައި މިނިސްޓްރީއިން އިޢުލާންކުރިއިރު އެކަ ނ މުޙައްމަދް ޙަސަންއަށް އަންގާފައިނުވާކަމަށާއި، ރަސްމީކޮށް އެ މަޢުލޫމާތު ފޯރުކޮށްދީފައިނުވާކަމަށާއި، އެ ހުއްދަ ހިފެހެއްޓުމުގެ ކުރިން މުޙައްމަދު ޙަސަންގެ ބަހެއާހޯދާފައިނުވާކަމަށާއ އަދި ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިނުވާކަމަށީއި، އެ ހުއްދަ ހިފަހައްޓާފައިވަނެ މުޙައްމަދު ޙަސަންގެ ފަރާތުން ކޮން ޢަމަލެއްކޮށްގެންކަމަށް ބަޔާންކޮށްފައިނުވާކަމަށް ބުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިނ ހުއްދަ ހިފެހެއްޓުމުގައި ޢަމްލުކޮށްފައިވަނ ޤާނޫނީ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ހުއްދަ ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސްހުއްދަ އަނބުރާ އިޢާދަކޮށްދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މައްޗަށ އަމުރުކޮށްދިނުމަށާއި،މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޤނޫނ ޚިލާފަށާ ޢަމަލުކޮށްފައިވުމުގެ ސަބަބުނ މުޙައްމަދު ޙަސަންއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދަޢުވާކުރުމުގެ ޙައްޤި އޮތްކަމަށް ކަނޑައަޅައިދިނުމަށް އެދް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒައަށ ރައްދުވާގޮތަށް މުޙައްމަދް ޙަސަނު ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު C1/INDIV/2019/1004-142 )17 ޑިސެންބަރު 2019( ލިޔުމުގައި މިފަދައިން ބަޔާންކޮށްފައިވޭ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރ S/142/2019/4-(PR)142 "ނޫސްބަޔާން" "އިދާރީ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު" ގައި ބަޔާންކޮށްފައިވެއެވެ.
5މި ދަޢުވާއަށް ދައުލަތުން އިންކާރުކުރިއެވެ. އަދި މުޙައްމަދު ޙަސަންއަށް ދޫކޮށްފައިވާ ނަންބަރު 12/2009 "ދިވެހިރާއްޖޭގައި ދީނީތަޤްރީރުކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ" ވަގުތީ ގޮތުން ހިފަހައްޓާފައިވަނީ، ޤާނޫނު ނަންބަރ 94/6 )ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު(ގެ 4 ވަނަ މާއްދާގެ )ހ(، )ށ( އާއި މި ޤާނޫނުގެ ދަށުން ހަދާފައިވު ގ ވާއިދ ނަންބަރ 2011/R-40 )ދިވެހިރައްޔިތުންގެ ދިނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެގަވާއިދ(ގ 5 ވަނަ މާއްދާގެ )ރ(، )ބ( އަދި )ވ( ގައި ކަނޑައަޅާފައިވާ ގޮތި ޚިލާފަށާ މުޙައްމަދް ޙަސަނު ޢަމަލުކުރަމުންދާކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް އެނގިފައިވާތީ، މ ގަވާއިދގ 11 ވަނި މާއްދާގަ )ހ(ގެ ދަށުން ޤާނޫނާއިގަވާއެ ދާއި އެއްގޮތްވާގޮތަ ގެ މަތިން ކަމުގައި ބުނީ ދައުލަތުން ޖވާބުދާރީވެފައިވެއެވެ.
6ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވަނީ، "ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިޔުންތަކާއި ކަމާގުޅޭ ޤާނޫނީ ނައްޞުތަކަށް ބަލާއިރު، ދަޢުވާލިބޭ މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒ އިން ދަޢުވާކުރާ ގދ. ތިނަދޫ / ރެޑްސީ، މުޙައްމަދް ޙަސަނު އަށް ދީފައިވާ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރު ކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ" ވަގުތީގޮތުން ހިފަހައްޓާފައިވަނީ، އެފަދަ ހުއްދަ ހިފެއްހެއްޓުމަށް، ގަވާއިދު ނަންބަރު 2011/R-40 )ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދު( ގ 11 ވަނަ މާއްދާގެ )ހ( ގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އިޖުރާއަތާ ޚިލާފަށްކަން، ކަންހިނގާފައިވާ ގޮތުންނާއި، ޤާނޫނީ ނައްޞުތަކުން ޝަރީޢަތަށް ޘާބިތުވާތީ، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދީފައިވާ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރު ކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ" މިއަދ )26 އޮކްޓބަރޯ 2021( އިން ފެށިގެން 10 )ދިހައެއް( ދުވަހުގެ ތެރޭގައި އަނބުރާ ދަޢުވާކުރިފަރާތަށ ދިނުމަށް ދަޢުވާލިބުނު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ދިވެހި ދައުލަތުގެ މައްޗަށް އަންގާ އަމުރުކޮށް، ދަޢުވާކުރާ ފަރާތަށް ދީފައިވާ "ދިވެހިރާއްޖޭގައި ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތަ މައްސަލަ ނިންމާފައިވަނީ 26 އޮކްޓޫބަރު 2021 ގައެވެ. ދީނީ ތަޤްރީރު ކުރުމާއި، ވަޢުޡުބުނުމުގެ ހުއްދަ" ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިފެހެއްޓުމުގެ ސަބަބުން، ދަޢުވާކުރާ ފަރާތަށް ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމެއް ވަޒަންކޮށް،އ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދަޢުވާކުރުމުގެ ޙައްޤު ދަޢވާކުރު މުޙައްމަދާ ޙަސަނއަށ ލިބިގެންވާކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
7ސިވލިކޯޓު ގ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތ ނުވާކަމަށާ ބުނެ އެޤަޟިއްޔް އިސްތިއުނާފު ކުރުމަށއެދ ދައުލަތުގެފަރާތުން ހުށަހަޅާފައިވަނީ 04 )ހަތަރެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
7.1. ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވު ފަރާތަށް ދައުލަތުނ ކޮށްފައިވް ތުހުމަތާ ސާބިތުކޮށްދިނުމަށް ހުށަހެޅި އިސްތިއުނާފ ރައްދުވުފަރާތުގެ ސޯޝަލް މީޑިއާގައި ލިޔެފައިވާ ބައެއް ލިޔުންތަކަށް ބަލާއިރު، އެ ލިޔުންތަކުގެ ސަބަބުން ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ އެއްވެސް ވާހަކައެއް ހުރިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ވަރަށް ފެންނަން ނެތްކަމުގައިވާތ ދައުލަތުން ކޮށްފައިވާ ތުހުމަތަކީ ޝަރުޢީ އދ ޤާނޫނި އަސާސެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ތުހުމަތުތަކެއްކަމުގައި ބެލެވެން ނެތްކަމުގައި ކަނޑައަޅުއްވާފައިވަނ، ދައުލަތުން ހުށަހެޅި ކަންކަން ޝާމިލުގޮތެއްގައި ބެލުމުން އިސްތިއުނާފު ރައްދުވެފަރާތުގ މައްޗަށު ތުހުމަތު ކުރް ވުންކަންކަނ ބެލެންސް އޮފެ ޕުރޮބެބިލިޓީސްގް މިންގަނޑުން ސާބިތުވާކަން އެނގޭއިރި،ދައުލަތުން ހުށަހެޅް ކަންކަން ޝާމިލުގޮތެއްގައި ބެލުމެއްނެތީ،ދައުލަތުން ހުށަހަޅާފައިވް ހެކިތަކުން ސިވިލް ކޯޓުން ނެރެފައިވާ ދޭހައަކީ ރަނގަޅު ދޭހައެއް ކަމުގައިނުވާތީ، އެ ލިޔުންތަކުން ކުރެވޭ ނުރަނގަޅު ދޭހައެއް ގެ މައްޗަށް ބިނާކޮށް، މައްސަލަ ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގ 1 ވަނަ ނަންބަރާ ޚިލިފަށްކަމަށ ބުން ހުށަހެޅި ނުކުތާ އާއި،
7.2. ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގައި، އިސްތިއުނާފެ ރައްދުވާ ފަރާތުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ )ހ( އާ ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ހ( އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙސަނަ ޤަޟިއްޔާގެ 33 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ އުޞޫލާ ޚިލާފަށް، ދައުލަތުން ހުށަހެޅި ހެކިތައް ވަޒަންކުރި ގޮތާއި، ޙުކުމަށ ފަނޑިޔާރް ވާޞިލުވި ސަބަބުތައް ބަޔާންކުރުމެއް ނެތިކަމަށްބުނެ ހުށަހެޅި ނުކުތއާއ،
7.3. ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގައި، އިސްތިއުނާފުރައް ދ ވ ފަރާތަށެ ދައުލަތުން ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް ހުށަހެޅި އިސްތިއުނާފު ރައްދުވާ ފަރާތުގެ ސޯޝަލް މީޑިއާގައި ލިޔެފައިވާ ބައެއް ލިޔުންތަކަކީ އެފަރާތުން ލިޔެފައިވާލިޔުންތަކެއްކަން އެ ލިޔުންތަކުން އެނގެން ނެތްކަމަށާއި، މަކްތަބާ ސަލަފިއްޔާއާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނާ ބުނުން ނަފީކުރވަރުގެ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުނާ ހުށަހަޅާފައިނުވާކަމަށާއި، އަދި އޭގެތެރެއިނ ބައެއް ލިޔުންތަކަށް ބަލާއިރު، އެ ލިޔުމިގެ ސަބަބުން ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ އެއްވެސ ވާހަކަތަކެއް ހުރިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ވަރަށް ފެންނަން ނެތްކަމަށް ކަނޑައެޅުއްވުމުގައ، ދައުލަތުނ ހުށަހެޅް ކަންކަން ޝާމިލުގޮތެއްގައި ބެލުމުން އިސްތިއުނާފު ރައްދުވެ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަން ބެލެންސް އޮފް ޕްރޮބެބިލިޓީސްގ މިންގަނޑުން ސާބިތުވާކަން އެނގޭއިރު، ދައުލަތުން ހުށަހެޅި ކަންކަން ޝާމިލުގޮތެއްގައި ބެލުމެއްނެތި، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ ސިވިލް ކޯޓުން ނެރެފައިވާ ދޭހައަކީ ރަނގަޅު ދޭހައެއް ކަމުގައިނުވާތީ އާއި، އިސްތީ އުނާފު ރައްދުވި ފަރާތަކު މަކްތަބާ ސަލަފިއްޔާއާ ގުޅުން އޮތް ފަރާތެއްކަމަށް ސާބިތުކުރުމަށް ހުށަހެޅިފައިވާ ކިތާބީ ހެއްކާއި ޤަރީނާއަށް ރިޢާޔަތްނުކޮށް ނިންމެވި ނިންމެވުމަކީ ޤާނޫނު ނަންބަރ 2010/13 )ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގެ 1 ވަނަ ނަންބަރާޚިލާފަށް ނިންމަވާފައިވާ ނިންމެއްވުމެއްކަމަށ ބުން ހުށަހެޅި ނުކުތާއާއި،
7.4. ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގައި،އިސްތިއުނާފ ރައްދުވު ފަރާތަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ވިޔަސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއޒްއަށް ހިފެހެއްޓޭނީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދިޚިލާފުކަމެއް އެމީހަކު ކޮށްފިކަމުގެ ހެކި މިނިސްޓްރީއަށް ލިބޭ، އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށްފަހު،އެ މައްސަލައެއްގައި އެމީހަކާމެދު ކޯޓުން ޙުކުމެއް އިއްވަންދެން ކަމަށް ކަނޑައެޅުއެ ވުމުގައ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދގ 11 ވަން މާއްދާގަ )ހ( މާނަކުރެއްވުމުގައި ކުށެއް ހެދިފައިވާތީ އާއި މި މާނަކުރުމަކީ ޤާނޫނު ނަންބަރ 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު( ގ 3 ވަނަ މާއްދާގެ )ނ( އާ ޚިލާފު މާނަކުރުމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކަށް މުޙައްމަދު ޙަސަންގެ ފަރާތުން ދީފައިވާ ރައްދު
8އިސްތިއުނާފީ ފުރަތަމަނުކުތާ ގެ ރައްދުގައި މުޙައްމަދު ޙަސަންގެ ފަރާތުންބުނެފައިވަނީ މުޙައްމަދު ޙަސަންގ ހުއްދަ ވަގުތީގޮތުން ހިފަހެއްޓިކަން އެނގުނީ މިނިސްޓްރީގެ ނަންބަރު -S/142/2019/4(PR)142 ނޫސްބަޔާނުން އެކަން 17 ޑިސެންބަރު 2019 ގައި އިޢުލާންކުރުމުންކަމަށާއި، އިޢުލާންކުރިއިރު އެކަން މުޙައްމަދު ޙަސަންއަށް އަންގާފައިނުވާކަމަށާއި، އަދި މިހާތަނަށްވެސް ރަސްމީކޮށް އެކަނ މުޙައްމަދު ޙަސަންއަށް އަންގާފައިނުވާކަމަށެވެ. މީގެ އިތުރުން، އެކަން ކުރުމުގެ ކުރިން މުޙައްމަދު ޙަސަންގެ ބަހެއް ހޯދައި، ޖަވާބުދާރީވުމުގެ ފުރުޞަތުވެސް ދީފައިނުވކަނޭ މި ނުކުތާގައި މުޙައްމަދު ޙަސަންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އިދާރީ ފިޔަވަޅުތަކާ ގުޅޯ މައްސަލަތަކުގައި މީހަކާމެދު ކުރެވޭ ތުހުމަތުތަކަށް އޭނާ ދ ރައްދަކީ ކޮބައިތޯ ބަލަންޖެހޭކަމަށާއި،އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު އޭނާއަށް ދޭންޖެހޭކަމަ ށއި، މިއިން އެއްވެސް ކަމެއް ކުރުމަކާނުލައި މީހަކާމެދު އިދާރީ ފިޔަވަޅެއް އަޅައިފިނަމަ، އެ ފިޔަވަޅު އެޅި ފަރާތެއްގެ ހުއްޖަތްތައް ހަމައެކަނި ގައިދުކުރެވޭނީ އެ ފިޔަވަޅެއްގެ ޝަރުއިއްޔަތ ނުވަތު constitutionality އާ މެދުގައިކަމުގައި މުޙައްމަދު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ. މި މައްސަލައިގައި ދައުލަތުނިހުށަހެޅި ލިޔުންތަކަށް އެކުއެކީ ޝާމެ ލުކޮށް އަދި ވްކިވަކިން ބލިނަމަވެސ، މުޙައްމަދު ޙަސަންގެ މައްޗަށް ސާބިތުކުރެވޭނެކް މަށް ދީ އުލަތުނ ބުން އެއްވެސް ކަމަކީ މުޙައްމަދު ޙަސަންއަށް ނިސްބަތްކުރެވޭނެކަމެއް ނޫންކަމަށާއި، ދައުލަތުން ހަވާލާދޭ ޕޯސްޓުތައް ކުރި މީހެއް، ކުރި ތާރީޚެއް އެނގެން ނެތްއިރު، އެ ޕޯސްޓުތަކަށް ބިނާކޮށް މުޙައްމަދު ޙަސަންގެ މައްޗަށް ފިޔަވަޅު އެޅޭނެކަމަށް ބުނުމަކީ ޤާނޫނީ ގޮތުންވިޔަސް، އަދްމަންތިގ ހަމަތަކުން ބެލިޔަސް ދެކޮޅުޖެހޭކަމެއް ނޫންކަމުގައި މުޙައްމަދު ޙަސަންގެ ފަރާތުން ބުނެފައިވެއެވެ.
9އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި މުޙައްމަދު ޙަސަންގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދަށް ކޯޓުނު ނިންމް ނިންމުމުގައި އެ ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށްފައިނުވާކަމަށް ދައުލަތުނު ބުނި ނަމަވެސެ އެއް ރަނގަޅީ ބުނުމެއް ނޫންކަމަށާއި، އެ ސަބަބުތައް ދަށު ކޯޓުގެ ނިންމުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަމަށާއި،ދައުލަތުން ހުށަހެޅް ސްކްރީންޝޮޓްތަކުގ ތެރެއިން މުޙައްމަދު ޙަސަންއަށް ނިސްބަތްކުރެވޭ ކަމެ ށ ބެލެވޭ ލިޔުންތަކުންވެސް، މުޙައްމަދު ޙަސަން ދީނީ އެއްބައިވަންތަކަން ނަގާލާފަދަ ވާހަކައަކަށް ދެއްކީ ކޮން ވާހަކައެއްކަން ބުނެ ނުދެވޭކަން ދަށު ކޯޓުގެ ނިންމުމުގެ ފާހަގަކުރެވޭ ނުކުތާތަކުގަ 3 ވަނަ ކަމެއްގެ ގޮތުގައި ސާފުކޮށް ބަޔާންކޮށްދީފައިވާކަމަށާއި، މުޙައްމަދު ޙަސަންގ މައްޗަށ ކުރެވުން އެއްވެސް ތުހުމަތަކާ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަނު ޙމާޔަތްކުރުމުގ ޤާނޫނެ އާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙމާޔަތްކުރުމުގ ގަވާއިދުގެ އެއްވެސް މާއްދާއަކާ މީގެ ކުރިން ގުޅުވާފައިނުވާކަމަށާއި، އެކަމާ ގުޅިގެން މުޙައްމަދު ޙަސަންއާ ސުވާލުކޮށްފައިނުވާކަމަށާއި، ދައުލަތުން އެޅި ފިޔަވަޅުގައި ފުރިހަމަ ނުވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގަ )ހ( ގައި ބަޔާންކުރާ ކޮން ޝަރުޠެއްކަން ބަޔާންކުރެވޭނީ ދައުލަތުން ފިޔަވަޅު އެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަކުރިނަމެކަމަށާއި، ދައުލަތުން އެންމެ ކުޑަމިނުން ނެޗުރަލް ޖަސްޓިސް ލާޒިމުކުރާ އެންމެ ދަށް މިންގަނޑުވެސް ފުރިހަމަކޮށްފައިނުވާކަމަށެވެ.
10އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި މުޙައްމަދު ޙަސަންގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ޙަސަންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގާބޮޑ ބަޔަކު "މަކްތަބާ ސަލަފިއްޔާ" ކިޔާ ބަޔަކާ މުޙައްމަދު ޙަސަންއާ ގުޅުވައި ކޮށފައިވް ތުހުމަތުތަކެއްކަމަށާއ، މި "މަކްތަބާ ސަލަފިއްޔާ" ހިންގަނީ މުޙައްމަދު ޙަސަންކަމަށް ދައުލު ތުނ ބުނާކަމަށާއި، މިކަންކަމަށް މުޙައްމަދު ޙަސަންގެ ފަރާތުން ކަނޑައެޅިގެން އިންކާރުކުރާކަމަށާއި، މި އިންކާރު ނަފީކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓެއްކަމަށާއި،މި ރިޕޯޓު ބިނާކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމަކަށްކަމަށާއި، މި ރ ޕޯޓުގައ ހުރި ވާހަކަތަކަށް ބަލާއިރު، "މަކްތަބާ ސަލަފިއްޔާ"އަކީ ޖަމިއްޔާއެއްކަމުގައި ބަޔާންކުރާކަމަށާއި، އެހެންކަމަށްވާނަމަ އެ ޖަމިއްޔާގެ މުއައްސިސުންގެ ތަފްޞީލުތައް ހޯދުމަކީ ދަތކަމަކަށްނުވާނެކަމަށާއި، އެހެނަސް ދައުލަތުން އެކަން ކޮށްފައިނުވާކަމަށާއި، ދައުލތުނ ހުށަހަޅާފައިވް ރިޕޯޓަކީ 19 އޮކްޓޫބަރު 2020 ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވާއިރު، މުޅި ރިޕޯޓު ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ 4 ވަނަ ޞަފްޙާގައި 21 ޑުސެންބަރި 2019ގައި އޮތި ނޫސްވެރިންގެ ބައްދަލުވުމެއްގއަދެއްކި ވާހަކަތަކަށްކަމަށްވާއިރު، ރިޕޯޓު ތައްޔާރުކުރި ތާރީޚާއި އަދި ރިޕޯޓު ބިނާކޮށްފައިވާ ހާދިސާ ހިނގި ތާރީޚުތަކަކީ މުޙައްމަދު ޙަސަންގެ ހުއްދަ ހިފެހެއްޓި ތާރީޚުގެ ފަހގްތާރީޚު ތަކެއްކަމަށެވެ.
11އަސްތިއުނާފީހަތަރުވަނ ނުކުތާގެ ރައްދުގައި މުޙައްމަދު ޙަސަންގެފަރާތުން ބުނެފައިވަނީދިވެހިރައްޔިތުންގ ދީނީ އެއްބައިވަންތަކަނެޙަ މާޔަތްކުރުމުގ ގެ ވާއިދުގ 11 ވަނަ މާއްދާގަ )ށ( ގައި ސާފު އިބާރާތުން ބަޔާންކޮށްފައިވަނީ، ދީނީ ތަޤްރީރުކުރުމާއި ވަޢުޡު ބުނުމުގެ ހުއްދްވަގުތީގޮތުން ހިފެހެއްޓޭނީ އެ މައްސަލައިގައ އެމީހަކާމެދ ކޯޓުނު ޙުކުމެއް އިއްވަންދެންކަމަށާއި، އެހެންކަމުން ވަގުތީގޮތުން ހުއްދަ ހިފެހެއްޓޭނީ އެމީހެއީގ މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހުގައ ކަމަށި ކަނޑައެޅުމަކްދިވެހިރައްޔިތުންގިދީނީ އެއްބައިވަންތަކަނ ޙަމާޔަތްކުރުމުގެ ގވާއިދުގ 11 ވަން މާއްދާގަ )ށ( ގައި ނެތްކަމެއް ހިމަނައިގެން އެ މާއްދާގައި ބުނާ އެއްޗެއްގެ މާނަ ފުޅާކުރުމެއް ނޫންކަމަށާއި، ޤާނޫނު ނަންބަރ 4/2011 )މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު( ގ 03 ވަން މާއްދާގަ )ހ( ގައި ބަޔާންކޮށްފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ބަސް ނުވަތަ އިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ އާންމު މާނަ އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދޭންވާނެކަމަށާއި، ދަށު ކޯޓުނ ކޮށފައިވާ ތަރުޖަމާއަކީ މި ހަމައިގެ ތެރެއިން ކޮށްފައިވާ ތަރުޖަމާއެއްކަމުގައ ދެކި ކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަނަ ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ވަޒަންކުރުން
12މުޙައްމަދު ޙަސަންއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ދޫކޮށްފައިވާ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ" 17 ޑިސެންބަރު 2019 ގައި ވަގުތީގޮތުން ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ ދަނަނަބޭކަލުންގް މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން ބައިބައިވުމާއ ފިތުނަފަސާދއަށްމަގުފަހިވާނޭހެނ ވާހަކް ދެއްކުމާއި ދީނީ ޢިލްމުވެރިންނާމެދު ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމާއި ދަންނަ ބޭކަލުންގެ އިޖުމާޢުނ އެނގެންނެތް ކަންކަމުގައި ތިމާ އަމިއްލަޔަށް ދެކޭގޮތަކީ އިސްލާމްދީނުގައި ހަމައެކަނި އޮތްގޮތްކަމުގައ ހަދައި އެގޮތަށް ބާރުއަޅައ ވާހަކަދެއްކުމާއި އަދި މިމޭރުމުން ސޯޝަލްމީޑިޔާގައި މަޢުލޫމާތު ފަތުރަމުންދާކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ސަމާލުކަމަށް އައިސްފައިވާކަމަށް ބުނެ،ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަނ ޙިމާޔަތްކުރުމުގެ ޤާނޫނގު 4 ވަނަ މާއްދާގެ )ހ( އާއި )ށ( އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަނެ ޙިމާޔަތްކުރުމުގެ ގަވާއިދގު 4ވަނަ މާއްދާގެ )ހ( އާއި 5 ވަނަ މާއްދާގެ )ރ(، )ބ( އަދި )ވ(ގައި ބަޔާންކޮށްފައިވެ މާއްދާތަކާއި ޚިލާފަށް ޢަމަލުކުރަމުންދާކަމަށ މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާތީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދގ 11 ވަނަ މާއްދާގެ )ހ( ގެ ދަށުންކަން އެނގެން އޮވެއެވެ.
13އިސްވެ ޙަވާލާދީފައިވާ މާއްދާތަކަށް ބަލާއިރު، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނގައީވަނީ ދިވެހިރާއްޖޭގައި ދީނީ ޝިޢާރު ފާޅުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަކީ މިނިސްޓްރީ ގެ މަސްޢޫލިއްޔަތެއްކަމަށާއި، ދިވެހިރާއްޖޭގެ ދީނީ ތަޤްރީރުކޮށް، ދީނީ ނަޞޭޙަތްދީ، އަދި ދީނީ ގަވާއިދު ނަންބަރ 40-2011/R މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު C1/INDIV/2019/1004-142 )17 ޑިސެމްބަރު 2019 ( "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރު ކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން" ގައި ބަޔާންކޮށްފައިވ ޤާނޫނު ނަންބަރު 2014/8 )ޤާނޫނު ނަންބަރު 94/6 )ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު(އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު( ގައި "މިނިސްޓްރީ" މާނަކޮށްފައިވަނީ އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާގެ ގޮތުގައެވެ. ފޮތްތައް ޝާއިޢުކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންކަމަށެވެ.އަދ މި ޤާނޫނުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމާއި، މ ހުންގެ މެދުގައި ދީނީ ގޮތުނ ޚިލާފަ އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލުކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ މަނާކަމެއްކަމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، ނުވަތަ މުޖުތަމަޢުގަވަކި ބައެއްގެ ޙއްޤުތަކަށ އުނިކަން ލިބޭފަދަ ގޮތަކަށް ދީނީ ތަޤްރީރުކުރުމާއި، ޢާންމުކޮށް ވާހަކަ ދެއްކުމަކީ މަނާކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ.
14ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގ ވާއިދގައަދިވެއްސަކު ކަމުގައިވިއަސް، އަދި ބިދޭސީއަކު ކަމުގްއިވިޔަސް ރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ ޢަޤީދާއ ފުށުނާރާގޮތަށުއިސްލާމީ ވަޙްދަތ ދެމެހެއްޓުމާއެކުކަމާއި، އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމުގައްޔާއި، ދީނުގެ ކަންކަމުގައި ތަޤްރީރުކޮށ ނުވަތް ނަސޭހަތް ދީ، ވަޢްޡު ބުނުމގައ ދިވެހިރާއްޖޭގެ ދީނީ، އިޖުތިމާޢީ ޤާނޫނު ނަންބަރު 2014/8 )ޤާނޫނު ނަންބަރު 94/6 )ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު(އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު(ގ 3. "ބުނެވިދިޔަ ޤާނޫނުގެ 2 ވަން މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން"ގެ ދަށުނ އަރިމަތީ ސުރުޙީގައިދީނީ ޝިޢާރު ފާޅުކުރުމުގެ އިޚްތިޞާޞާއި ތަބާވާންޖެހޭ މުހިންމު ކަންތައް 2 )ހ( ގެ ގޮތުގައި ބަޔާންކުރާ "ދިވެހިރާއްޖޭގައި ދީނީ ޝިޢާރު ފާޅުކުރުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަކީ މިނިސްޓްރީގެ މަސެ އޫލިއްޔަތެކެވެ. މިގޮތުން ދިވެހިރާއްޖޭގ މީހުން ދިރިއުޅޭ ރަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކާއި ނަމާދުގެތައް ހުންނަންވާނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ." އާއި )ނ(ގ ގޮތުގައެ ބަޔާންކުރި "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ދީނީ ނަޞޭޙަތްދީ، އަދި ދީނީ ފޮތް ޝާއިޢުކުރެވޭނީ މިނިސްޓރީނ ލިޔުމަކުން ހުއްދަ ލިބިގެންނެވެ." ޤާނޫނު ނަންބަރު 94/6 )ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު(ގ 4 ވަނީ މާއްދާގަ )ހ( ގައީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށ މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނި ގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ، މަނާ ކަމެއްކަމަށް އެ މާއްދާގައި ބަޔާންކުރާއިރު، މި މާއްދާގެ )ށ( ގައަދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް، ނުވަތި މުޖްތަމަޢުގެ ވަކި ބައެއްގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް، ދީނީ ތަޤްރީރުކުރުމާއި، ޢާންމުކޮށް ވާހަކަ ދެއްކުމަކީ މަނާކމެއްކަމުގައަ ބަޔާންކުރެއެވެ. ޤާނޫނު ނަންބަރ 2014/8 )ޤާނޫނު ނަންބަރު 94/6 )ދިވެހިރައްޔިތުންގެ ދީން އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު(އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު(ގައި "4. ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ )ށ(ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން." މިފަދައިން ބަޔާންކޮށްފައިވުމުންނާއި، އަދި ޤާނޫނު ނަންބަރ 2016/6 )ޤާނޫނު ނަންބަރު 94/6 ) ދިވެހިރައްޔް ތުންގ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު(އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު(ގެ 1 ގެ ގޮތުގައި "1. ބުނެވިދިޔަ ޤާނޫނުގެ 4 ވަން މާއްދާގަ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން." މިފަދައިން ބަޔާންކޮށްފައިވުމުން، 4 ވަނަ މާއްދާގައި އޮތީ ޤާނޫނު ނަންބަރ 94/6 ގައު އެ މާއްދާގެ )ހ( އާއި )ށ( ގެ ގޮތުގައި ބަޔާންކޮށްފައިވާ ޢިބާރާތާއި، ޤާނޫނު ނަންބަރ 2014/8 އިން 4 ވަނަ މައްދާގެ ފަހަތަށް )ނ( ގެ ޢިބާރާތްތައް އިތުރުކުރެވުނުގޮތަށް، އެ މާއްދާގައިވި )ހ(، )ށ( އަދި)ނ( ތަރުތީބުކޮށްފައިވާކަމުގައ ބެލެވެއެވެ. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދު )ގަވާއިދު ނަންބަރު 40-2011/R(ގެ 4 ވަނަ މާއްދާގެ )ހ( ޢުރުފަށާއި ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރަންވާނެކަމަށާއި، ދީނާ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފް އިވަ މައްސަލަތަކާ ބެހޭ ގޮތުން ދެވޭ މަޢުލޫމާތަކީ، ބައިބައިވުމާއި ފިތުނަފަސާދައަށ މަގުފަހިކުރ މަޢުލޫމާތަށް ވެގެންނުވާނެކަމަށާއި،އިންސާނީ ތަރައްޤީއާއި ތަހުޒީބާއި ތަމައްދުނު ލިބިގަތުމަށް ހުރަސްއެޅޭގޮތަށް، އަދި މިޒަމާނުގެ ޢިލްމީ ހޯދުންތަކާއި ކުރިއެރުންތަކުން މީސްތަކުނ މަޙްރޫމް ކުރުވުމަށް، ދަންނަބޭކަލުންގ އިޖުމާޢ ނެތް ކަންކަމުގައި، ތިމާގެ ރައުޔަކީ، ނުވަތި ތިމާ ބުރަވާ ކޮޅަކީ އިސްލާމްދީން ކަމުގައި ހަދައި އެގޮތަށް ވާހަކަދައްކައިގެންނުވާނެ ކަމުގައި ބަޔާންކުރެއެވެ.
15މި ގަވާއިދުގެ ދަށުން ދީން ތަޤްރީރ ކުރުމުގު ހުއްދަ ހޯދާފައިވާ މީހަކު، މި ގަވާއިދާއި ޚިލާފު ކަމެއް ކޮށްފިކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށ ޤަބޫލުކުރެވޭވަރަށް އެކަމުގެ ހެކި ލިބިއްޖެނަމަ، އެ މައްސަލައެއްގައި އެމީހަކާމެދު ކޯޓުން ޙުކުމެއް އިއްވަންދެން، ދީނީ ތަޤެ ރީރ ކުރުމަށު އެ މީހަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތް ގޮތުން ހިފެހެއްޓުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ލިބިގެންވާކަމުގައި މި ގަވާއިދުގެ 11 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރެއެވެ. އަދި ދީނީ ތަޤްރީރުކުރުމުގެ ހުއްދަ ނަގާފައިވާ މީހަކު، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނީ ނުވަތަ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަނ ޙިމާޔަތްކުރުމުގެ ގަވާއިދާއާޚިލާފުވެއްޖެކަމަށ ކޯޓުން ކަނޑައަޅައިފިނަމަ، އެ މީހަކަށް ދޫކޮށްފައިވެ ހުއްދަ ބާޠިލުކުރެވޭނެކަމުގައ މި ގަވާއިދުގެ 11 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރެއެވެ. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދު )ގަވާއިދު ނަންބަރު 40-2011/R(ގެ 5 ވަނަ މާއްދާގެ )ރ( ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދު )ގަވާއިދު ނަންބަރު 40-2011/R(ގެ 5 ވަނަ މާއްދާގެ )ބ( ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދު )ގަވާއިދު ނަންބަރު 40-2011/R(ގެ 5 ވަނަ މާއްދާގެ )ވ(
16މިނިސްޓްރީ އިން މުޙައްމަދާ ޙަސަނެ އަށް ދޫކޮށްފައިވާ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ" ވަގުތީ ގޮތުނި ހިފެހެއްޓުމުގައި މުޙައްމަދް ޙަސަނީ ގެ މައްޗަށ ކޮށްފައިވާ ތުހުމަތުތައް ބިނާކޮށްފައިވަނީ އަންނަނިވި ލިޔެކިޔުންތަކުގެ މައްޗަށެވެ.
16.1. ޖަމިއްޔަތު ސަލަފްގެ ރައީސް، ޓެރަރިޒަމަށް މަގުފަހިވާގޮތަށ އެކަމަށް ހިތްވަރުދޭކަމަށް ބުނެ، އެއްވެސް ހުއްޖަތެއް ބަޔާންކުރުމަކާ ނުލައި، މުޙައްމަދު ޙަސަން އިސްވެ ހިންގާ މަކްތަބާ ސަލަފިއްޔާގެ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓް ކަމަށް ބުނެ ހުށަހަޅާ ލިޔުން – މި ލިޔުމުގައިވަނީ މަކްތަބާ ސަލަފިއްޔާ މޯލްޑިވްސ ގެ ޓްވިޓަރ އެކައުންޓުން ކަމަށް ބަޔާންކުރާ، އަންނަނިވި ޓްވީޓެވެ. މި ލިޔުމާ ގުޅިގެން މުޙައްމަދު ޙަސަނު ގެ ފަރާތުން ބުނެފައިވަނޭ މަކްތަބާ ސަލަފިއްޔާއަކީ މުޙައްމަދ ޙަސަން ހިންގާ ތަނެއް/އެއްޗެއް ނޫންކަމަށާއި، އަދި ޙަވާލާދީ @SalafiMV ޓްވިޓަރ ދައުލަތުން ހުށަހަޅާ ޖަވާބު ފޯމުގެ 7.5.1، އެގްޒިބިޓ 5ގ ގޮތުގައެ ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެނބަރް 2020ގައި ހުށަހެޅި ލިޔުން ޓވިޓަރް ހެންޑެލްގ ގޮތުގައެ ވަނީ @SalafiMV އެކައުންޓަކީވެސ މުޙައްމަދް ޙަސަނު ނުވަތް އޭނާގެ އެއްވެސް ދައުރެއް އޮވެގެން ހިންގާ އެކައުންޓެއްނޫންކަމަށެވެ.
16.2. އިސްވެ ބަޔާންކުރަނިވ 16.1 ގައިވާ ޓްވީޓް، މުޙައްމަދު ޙަސަންގެ އަމިއްލަ ޓްވިޓަރ އެކައުންޓުން ރީޓްވީޓްކޮށ ކޮށްފައިވް ޓްވީޓް ކަމަށް ބުނެ ހުށަހަޅާ ލިޔުން – މި ލިޔުމަކީ @AbuAnasMV ޓްވިޓަރ ހެންޑަ ލްއިނ 16.1 ގައިވާ ޓްވީޓް، ރީ -ޓްވީޓްކޮށް ލިޔެފައިވާ އަންނަނިވި ޓްވީޓެވެ. މި ލިޔުމާ ގުޅިގެން މުޙައްމަދު ޙަސަންގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ޙަސަން ޓްވީޓުކުރިކަމަށް ބުނާ ޢިބާރާތުގައި އޮތް މައްސަލައަކީ ކޮބައިކަމެއް ދައުލަތަށް ބުނެދެވިފައިނުވާކް މަށާއި، އެ ޖުމްލައިން ސިވިލް ކޯޓަށް 1 އޮކްޓބަރޯ 2020ގައި މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ”ދަޢުވާކުރާ ފަރާތުގާ ފުރަތަމަ ބަޔާނު"ގެ 5.1.1ގައި ދައުލަތުން ހުށަހަޅާ ޖަވާބު ފޯމުގެ 7.5.2، އެގްޒިބިޓ 6ގެ ގޮތުގައި ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020ގައި ހުށަހެޅި ލިޔުން ޚިލާފުވަނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަނެ ޙް މާޔަތްކުރުމުގ ޤާނޫނުގެ ކޮން މާއްދް އަކާކަނާ ދައުލަތުނަ ފާހަގކޮށްފައިނުވާކަމަށެވެ.
16.3. މަކްތަބާ ސަލަފިއްޔާގެ ޓުވިޓަރ އެކައުންޓުން، މަޝްހޫރު ދީނީ އިލްމުވެރިއެއްކަމުގައިވާ އިސްމާޢީލް އިބްނު މޫސާ މެންކް )މުފްތީ މެންކ( ބަދުނާމުވާފަދަ ވާހަކަތައް ހިމަނާފައިވާ ޕޯސްޓަރެއް ޓުވީޓުކޮށް، އެއާ ގުޅޭ ގޮތުން ލިޔެފައިވާ ޓްވީޓް ކަމަށް ބުނެ ހުށަހަޅާ ލިޔުން – މި ޓްވީޓްގައި"މުފްތ މެންކުގެ ވާހަކަތަކާ މެދުގައި ދެވަނަ ވިސްނުމަކަށް ދާންޖެހިފައި" މި ސުރުހީ ހިމެނޭ ޕޯސްޓަރެއ ހިމަނައި، އަންނަނިވި އިބާރާތް ހިމެނޭ ޓްވީޓކޮށްފައިވެއެވެ. ސިވިލް ކޯޓަށް 1 އޮކްޓބަރޯ 2020ގައި މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ”ދަޢުވާކުރާ ފަރާތުގާ ފުރަތަމަ ބަޔާނު"ގެ 5.1.2ގައި ދައުލަތުން ހުށަހަޅާ ޖަވާބު ފޯމުގެ 7.5.3، އެގްޒިބިޓް 7ގ ގޮތުގައެ ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020ގައި ހުށަހެޅި ލިޔުން މި ލިޔުމާ ގުޅިގެން މުޙައްމަދު ޙަސަންގެ ފަރާތުން ބުނެފައިވަނީ މަކްތަބާ ސަލަފިއްޔާއަކީ މުޙައްމަދު ޙަސަން ހިންގާ ތަނެއް/އެއްޗެއް ނޫންކަމަށާއި، އަދި ޙަވާލާދީ @SalafiMV ޓުވިޓަރ އެކައުންޓަކީވެސ މުޙައްމަދް ޙަސަނު ނުވަތް އޭނާގެ އެއްވެސް ދައުރެއް އޮވެގެން ހިންގާ އެކައުންޓެއްނޫންކަމަށާއި، ބަޔަކު ކުރިކަމަކަށ ނުވަތް ލިޔުނު އެއްޗަކަށް މުޙައްމަދު ޙަސަންގެ ފަރާތުނ ޖަވާބުދާރީވާންޖެހޭނ ނުވަތެ ޒިންމާވާންޖެހޭނެ ސަބަބެއްނެތްކަމަށެވ.
16.4. މަކްތަބާ ސަލަފިއްޔާގެ ޓުވިޓަރ އެކައުންޓްގައި ޑރ. މުޙައްމަދު ޢިޔާޟް ބަދުނާމުވާގޮތަށް ފޮޓޯ ޖަހައި އެ އެކައުންޓުން ކޮށްފައިވާ ޓުވީޓު ކަމަށް ބުނެ ހުށަހަޅާ ލިޔުން – މި ލިޔުމުގައިވަނީ "މަކްތަބ ސަލަފިއްޔާ މޯލްޑިވްސެ" ގ ޓްވިޓަރ އެކައުންޓުން ކަމަށް ބަޔާންކުރާ، އަންނަނިވި ޓްވީޓެވެ. ސިވިލް ކޯޓަށް 1 އޮކްޓބަރޯ 2020ގައި މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ”ދަޢުވާކުރާ ފަރާތުގާ ފުރަތަމަ ބަޔާނު"ގެ 5.1.3ގައި ދައުލަތުން ހުށަހަޅާ ޖަވާބު ފޯމުގެ 7.5.4، އެގްޒިބިޓް 8ގ ގޮތުގައެ ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020ގައި ހުށަހެޅި ލިޔުން މި ލިޔުމާ ގުޅިގެން މުޙައްމަދު ޙަސަންގެ ފަރާތުން ބުނެފައިވަނީ މަކްތަބާ ސަލަފިއްޔާއަކީ މުޙައްމަދު ޙަސަން ހިންގާ ތަނެއް/އެއްޗެއް ނޫންކަމަށާއި، އަދި ޙަވާލާދޭ ޓުވިޓަރ އެކައުންޓް )@SalafiMV( އަކީވެސް މުޙައްމަދް ޙަސަންގެ ނުވަތް މުޙައްމަދަ ޙަސަންގެ އެއްވެސް ދައުރެއް އޮތ އެކައުންޓަކަށްނުވާތީ، ބަޔަކު ކުރާ ކަމަކަށް ނުވަތަ ލިޔާ ލިޔުމަކަށް މުޙައްމަދު ޙަސަންގެ ފަރާތުނ ޖަބާދުވާރީވެ، ޒިންމާވާންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭކަމަށެވެ.
16.5. މުޙައްމަދު ޙަސަންގެ އަމިއްލަ ޓްވިޓަރ އެކައުންޓުން ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތަށް ފާޑުކިޔައި، ޢިލްމުވެރިން ބަދުނާމުވާގޮތަށް ފޮޓޯ ޖަހާފައިވާ ޓްވީޓު ކަމަށް ބުނެ ހުށަހަޅާ ލިޔުން – މި ލިޔުމުގައިވަނީ އަންނަނިވި ޓްވީޓެވެ. ސިވިލް ކޯޓަށް 1 އޮކްޓބަރޯ 2020ގައި މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ”ދަޢުވާކުރާ ފަރާތުގާ ފުރަތަމަ ބަޔާނު"ގެ 5.1.4ގައި ދައުލަތުން ހުށަހަޅާ ޖަވާބު ފޯމުގެ 7.5.5، އެގްޒިބިޓ 9ގ ގޮތުގައެ ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020ގައި ހުށަހެޅި ލިޔުން މި ލިޔުމާ ގުޅިގެން މުޙައްމަދު ޙަސަންގެ ފަރާތުން ބުނެފައިވަނީ ޤައުމުގެ ތަޢުލީމީ ނިޒާމަށް ނުވަތަ އެހެންވެސް ސިޔާސަތަށް ފާޑުކިޔުމަކީ އެއްވެސް ޤާނޫނެއްގައި މަނާކޮށްފައި އޮންނަ ކަމެއްނޫންކަމަށާއި، މިއި ޤާނޫނީ އަސާސީއިން ލިބިދީފައިވުޚޔާލެފާޅުކުރުމުގ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ޙައްޤެއްކަމަށާއި، އަދި މިއީ ދިވެހިރައްޔިތުންގްދީނީ އެއްބައިވަންތަކަނި ޙިމާޔަތްކުރުމުގެ ޤާނޫނާއި ޚިލާފުކަމެއް ނޫންކަމަށެވެ.
16.6. ފައިސާއިން ޒަކާތް ދެއްކުމާއި ގުޅޭ ގޮތުން މަކްތަބާ ސަލަފިއްޔާގެ ޓްވިޓަރ އެކައުންޓުން ޓްވީޓުކޮށްފައިވާ ވީޑިއޯ ކަމަށް ބުނެ ހުށަހަޅާ ލިޔުން – މިއާ ގުޅޭ ގޮތުން ދައުލަތުން ބުނެފައިވަނީ މިއީ ޢާންމުންގެ މެދުގައި ފިތުނަ އުފެދޭގޮތަށް މަކްތަބާ ސަލަފިއްޔާގެ އެކައުންޓުން އާންމުކޮށްފައިވާ ވީޑިއޯއެއްކަމަށެވެ. ދައުލަތުން ހުށަހަޅާފައިވާ ލިޔުން ތިރީގައި އެވަނީއެވެ. ސިވިލް ކޯޓަށް 1 އޮކްޓބަރޯ 2020ގައި މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ”ދަޢުވާކުރާ ފަރާތުގާ ފުރަތަމަ ބަޔާނު"ގެ 5.1.5ގައި ދައުލަތުން ހުށަހަޅާ ޖަވާބު ފޯމުގެ 7.5.5، އެގްޒިބިޓ 10ގ ގޮތުގައެ ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020ގައި ހުށަހެޅި ލިޔުން މި ލިޔުމާއި ގުޅިގެން މުޙައްމަދު ޙަސަންގ ފަރާތުން ބުނެފައިވަނީ މަކްތަބާ ސަލަފިއްޔާގ ޓްވިޓަރ އެކައުންޓަކީ މުޙައްމަދު ޙަސަން ހިންގާ އެކައުންޓަކަށް ނުވާތީ، އެއަށް މުޙައްމަދު ޙަސަން ޖަވާބުދާރީވާންޖެހޭ ނުވަތަ ޒިންމާވާންޖެހޭ ސަބަބެއްނެތްކަމަށެވެ.
16.7. މަކްތަބާ ސަލަފިއްޔާ ކާޝިދޫ ފޭސްބުކް އެކައުންޓުން ޕޯސްޓްކޮށްފައިވާކަމަށް ބުނެ ދައުލަތުން ހުށަހަޅާ ލިޔުން – ދައުލަތުން ބަޔާންކުރަނީ އަންނަނިވި ލިޔުމަކީ ރާއްޖޭގައި ފިޠުރ ޒަކާތު ނެރެވޭ ގޮތާއި ގުޅޭ ގޮތުން ޢާންމުންގެ މެދުގައި ފިތުނޯއުފެދޭގޮތަށް މަކްތަބާ ސަލަފިއްޔާގެ ކާށިދޫ ގޮފިން ފޭސްބުކްގައި ޕސްޓްކޮށްފައިވާ ލިޔުމެއްކަމަށެވެ. ސިވިލް ކޯޓަށް 1 އޮކްޓބަރޯ 2020ގައި މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ” ދަޢުވާކުރާ ފަރާތުގެ ފުރަތަމަ ބަޔާނު"ގ 5.1.6ގައި ދައުލަތުން ހުށަހަޅާ ޖަވާބު ފޯމުގެ 7.5.6، އެގްޒިބިޓ 11ގ ގޮތުގައެ ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020ގައި ހުށަހެޅި ލިޔުން މ ލިޔުމާއި ގުޅިގެނި މުޙައްމަދް ޙަސަންގެ ފަރާތުން ބުނެފައިވަނީ މިކަމަށް މުޙައްމަދު ޙަސަންގެ ފަރާތުނ ޖަވާބުދާރީވާންޖެހޭނެކަމުގައި ނުދެކޭކަމަށެވެ. އެހެނ ބަޔަކީ ކުރު ކަމަކަށް ނުވަތަ ލިޔުނު ލިޔުމަކަށް މުޙައްމަދު ޙަސަން ޖަވާބުދާރީވާންޖެހޭ ނުވަތަ ޒިންމާވާންޖެހޭ ސަބަބެއް ނެތްކަމަށެވެ.
16.8. މަކްތަބާ ސަލަފިއްޔާގެ ޔޫޓިއުބް ޗެނަލްގައި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ފޮޓޯ ޖަހައި އާންމުކޮށްފައިވާ ވީޑިއޯ ކަމަށް ބުނެ ހުށަހަޅާ ލިޔުން – މި ލިޔުން ތިރީގައި އެވަނީއެވެ. ސިވިލް ކޯޓަށް 1 އޮކްޓބަރޯ 2020ގައި މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ” ދަޢުވާކުރާ ފަރާތުގެ ފުރަތަމަ ބަޔާނު"ގ 5.1.7ގައި ދައުލަތުން ހުށަހަޅާ ޖަވާބު ފޯމުގެ 7.5.9، އެގްޒިބިޓ 12ގ ގޮތުގައެ ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020ގައި ހުށަހެޅި ލިޔުން މިއާއ ގުޅިގެނި މުޙައްމަދް ޙަސަންގެ ފަރާތުން ބަޔާންކޮށްފައިވަނީ މުޙައްމަދު ޙަސަން އިސްވެ ބަޔާންކޮށްފައިވާ އެއްވެސ ބަހެއް ބުނެފައިވާނަމަ، އެކަމަކު އޭނާ ބުނާ ބުނުމަކާ ހަމައިން ނިންމާލެވޭނެ ކަމެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުން މިކަން ސާބިތުކޮށްދޭންޖެހޭނެކަމަށެވެ.
16.9. 03 ޑިސެންބަރު 2019 ގައި މަކްތަބާ ސަލަފިއްޔާގެ ފަރާތުން ކުރިއަށް ގެންދިޔްނިއުސ ކޮންފެރެންސްއެއގައި މުޙައްމަދު ޙަސަން ބައިވެރިވިކަމަށާއި، އެ ނިއުސް ކޮންފެރެންސްގެ 00:10:00 )ދިހަ ވަނަ މިނެޓ ސުން ސިކުންތު( ގައިމުޙައމަދ ޙަސަނު ދެއްކި ވާހަކައިގައި "އަޅުގަނޑުމެން މަކްތަބާ ސަލަފިއްޔާގެ ޓްވިޓަރ އެކައުންޓްތައް" މިފަދައިން ބުނެ ވާހަކަދައްކާފައިވާކަނ ސާބިތުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު -MIS-INT-2020-213D1(b) )19 އޮކު ޓް ބަރް 2020( އިންޓެލިޖެންސް ރިޕޯޓުގެ ކޮޕީ ދައުލަތުން ހުށަހެޅިއެވެ.އެ ރިޕޯޓާއި ގުޅިގެން މުޙައްމަދ ޙަސަންގެ ފަރާތުން ބަޔާންކޮށްފައިވަނ އެ ރިޕޯޓަށް އިންކާރުކުރާކަމަށާއި، މުޅި އެ ރިޕޯޓް ބިނާކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމަށްކަމަށާއި، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކެއް ސާބިތްކޮށްދިނުމަށ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅަނެ ނުޖެހޭނެކަމަށާއި، ދައުލަތުން ހުށަހަޅަންޖެހޭނީ އެ ނޫސްވެރިންގ ބައްދަލުވުމުގެ ވީޑިއޯ ރިކޯޑިންގއެއްކަމަށާއި، އަދި އޭގައި ދެއްކިނަމ ދެއްކި ވާހަކައެއް ވަކި ވަގުތކާ ހަވާލާދީ ސާބިތުކޮށްދިނުމަކީ އިންޓެލިޖެންސް ރިޕީ ޓޯ ޙަވާލާދީ ކުރަންޖެހޭ ކަމެއްނޫންކަމަށާއި، ސަބަބަކީ އިންޓެލިޖެންސް ރިޕޯޓަކީ އެކްސްޕާޓް އެވިޑެންސްއަކަށް ނުވާތީކަމަށެވެ. ސިވިލް ކޯޓަށް 1 އޮކްޓބަރޯ 2020ގައި މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ” ދަޢުވާކުރާ ފަރާތުގެ ފުރަތަމަ ބަޔާނު"ގ 5.1.9ގައި އެގްޒިބިޓް 14 ގެ ގޮތުގައި ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020 ގައި ހެކިލިސްޓާއެކ ހުށަހެޅު ލިޔުން ސިވިލް ކޯޓަށި 18 ނޮވެންބަރު 2020 ގައް ދަޢުވާކުރި ފަރާތުން ހުށަހެޅި "ދަޢުވާކުރާ ފަރާތުގާ ޚުލާޞާ ބަޔާން"ގެ ޕެރެގްރާފް 16
17ޕްރިސިޑެންސް 1ހ ދިސާއެއ ނުވަތް ޢަމަލެއް ސާބިތުކުރުމަށް މަދަނީ މައްސަލަތަކުގައި ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" ށެވެ. މި މިންގަނޑަކީ ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑަށް ވުރެ ލުއި މިންގަނޑެކެވެ. މިއީ މަތީ މަރުހަލާ ކޯޓުތަކުން މަދަނީ މައްސަލަތަކުގައި ހާދިސާ ސާބިތުކުރުމަށް ބަލައިގަނެފައިވާ މިންގަނޑެވެ. މި މިންގަނޑު މިހާރު ވަނީ 18 ޖަނަވަރީ 2023 ގައި ޢަމަލުކުރަން ފެށި ޤާނޫނު ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނު( ގައިވެސް އިސްތިޤުރާރުވެފައެވެ. މަދަނީ މިންގަނޑުން ދަޢުވާއެއް ސާބިތުވުމަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅް ކަމެއް ވުޖޫދުގައި ނެތުމަށް ވުރެ އެކަމެއް ވުޖޫދުގައި އޮތުން ގާތް ކަމަށް ކޓަށޭ ޤަބ ލުކުރެވޫ ޙާލަތުގައި، އެކަމެއް އެފަދައިން ސާބިތވާކަމަށަކޯޓުން ކަނޑައަޅއ މައްސަލި ނިންމުމެވެ.އެއީ އެ ހާދިސާއަކީ ހިނގިކަމެއްތޯ ކަނޑައެޅުމުގައި، އެ ހާދިސާއަކީ ނުހިނގާކަމަކަށްވުރެ ބޮޑަށް ހިނގިކަމެއްކަމަށ (balance of probabilities) ބުރަވެވުމެވެ.
18ޕްރިސިޑެންސް 2މި މިންގަނޑާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާންޤަޟިއްޔާގައި ފާހަގަކށްފައިވަނޮކަން ހިނގާފައިވާ ގޮތްކަމަށް ބުން ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އ އިން އެއްވެސް ގޮތަކީ މުސްތަހީލު ގޮތެއް ކަމަށް ނުބެލެވޭނަމަ، އެ ތަނުން އެއްގޮތަކީ ވުން މާ ދުރު ގޮތެއް ކަމަށް ފ ނޑިޔާރ ކަނޑައަޅައިފިނަމަ، ދެނީ ބާކީ އޮންނަ ގޮތަކީ ބޮޑަށް ޤަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތްކަމަށް ބެލެވިދާނެކަމަށާއި، ހަމައެގޮތަށް، ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރާއިރު، ކަންވެފައިވާ ގޮތް ކަމަށް ވެދާނެ ތިންގޮތެއ ނުވަތް އެއަށްވުރެ ގިނަ ގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި އޮވެއްޖެނަމަ،އެ ހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކޮށް، ކަންވެފައިވާ ގޮތާ އެންމެ ގާތްކުރާ ގޮތްތަކުގެ ތަރުތީބުން އ ގޮތްތައް އަތުރާލުމުން، އެ ތަނުން ކަންވުމާ އެންމެ މީގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 ) ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރ 2012/SC-A/27 )އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ( ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2010/SC-A/02 )އަޙްމަދ ނާޝިދު ވ. މުޙައްމަދު މުސްޠަފާ( ޤަޟިއްޔާ ހިމަނަމެވެ. ޤާނޫނު ނަންބަރު 2022/11 )ހެއްކާބެހޭ ޤާނޫނު (ގެ 137 ވަނަ މާއްދާގެ )ށ( ގާތްގޮތް ނުވަތަ ކަންވެފައިވާކަމަށ ފަނޑިޔާރަށް ބުރަވެވޭގޮތް އޮންނާނީ ހޯދިފައިކަމަށާއި،ޕަސަންޓޭޖުގެ އުޞޫލުން ބަޔާންކުރާ ކަމަށް ވެއްޖް އްޔާ، ކަމެއް ވެފައިވާކަމަށް 50% އަށާ ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ ދަޢުވާކުރާ ފަރާތަށް މައްސަލަ ގެއްލުނީކަމަށާއި، އެއާ ޚިލާފަށް ކަންވެފައިވާ ކަމަށ 51% އަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ އެ ދަޢުވާ ދަޢުވާކުރާ ފަރާތަށް ކާމިޔާބުވާނެކަމަށާއި، އެހެންކަމުން ބޮޑަށް ޤަބޫލުކުރެވޭ ގޮތުގެ މިންވަރަކީ 1% ގެ ތަފާތެއް ކަމަށް ވުމަކީވެސް އެކަށގެންވާކަމެއްކަމަށާއި، ދެ ގޮތުން ކުރެ ބޮޑަށް ބުރަވެވޭ ގޮތް ވަޒަންކުރުމުގައި، ކުރެވޭ ތުހުމަތުގެ ލުއިކަމާއި ބުރަކަމުގެ މައްޗަށް ވެސް ފަނޑިޔާރު ރިޢާޔަތްކުރަންވާނެކަމަށާއި، ފަނޑިޔާރުގެ ކުރިމަތީގައި އޮތީ، ކަން ހިނގި ޙަޤީޤީ ގޮތް ކަމަށު ވުމުގެ ފުރުޞަތު އޮތް ދެ ތުހިމަތު ކަމަށްވެފައި، އެ މައްސަލައިގައި އެއީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ވާނަމަ، ބޮޑަށް ބުރަވާންވާނ ދީ ތުހުމަތުން ކުރެ ސީރެ އަސ ތުހުމަތެއް ކުރެވޭ ޢަމަލު ހިނގުމުގެ ފުރުޞަތު ކުޑަކަމަށާއި، އާ ދެ ގޮތުންކުރެ ސީރިއަސް ތުހުމަތުކުރެވޭ ޢަމަލު ހިނގާފައިވާ ކަމަށް ބުރަވާ ނަމަ އެކޮޅަށް ހުރި ހެކިތައް ވަރުގަދަވާންޖެހޭނެކަމަށެވެ.
19އެހެންކަމުން، ބޮޑަށް ބުރަވެވޭ މިންގަނޑު ކަނޑައެޅުމުގައި ކަން ހިނގާފައިވާ ގޮތަށާއި، ހުށަހަޅާފައިވާ ހެކަ ގަރީނާއަށް ރިޢާޔަތްކޮށް، އެންމެ ގާތް ގޮތަކީ ކަން ވުމަށް ވުރެ ކަން ނުވުންތޯ ނުވަތަ ކަންވުން ގާތްތޯ ފަނޑިޔާރު ވަޒަންކުރަންވާނެއެވެ.
20ޕްރިސިޑެންސް 3މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ" ވަގުތީ ގޮތުން މިނިސްޓްރީއިން ބާޠިލުކުރިކުރުން ބިނާކުރި ހެކިތް ކުގެ ގޮތުގައި ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން އެގްޒިބިޓ 5، 7، 8، 10، 11 އަދި 12 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ"މަކްތަބާ ސަލަފިއްޔެ "ގިޓްވިޓަރ އެކައުންޓނ ކޮށްފައިވް ޓްވީޓްތަކެއްކަމާއ، މި ޓްވީޓްތަކާއިއިސްތިއުނާފ ރައްދުވާ ފަރާތާއި ސީދާ ގުޅުވާލެވޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާއިރު، މިއީ އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ ޓްވީޓްތަކެއްކަމަށް އިސްތިއުނާފުރައްދުވ ފަރާތުން އިންކާރުކުރާއިރު، މި ޓްވީޓްތަކަކ އިސްތިއުނާފީ ރައްދުވު ފަރާތުން ނުވަތަ އެ ފަރާތް މެދުވެރިވގެނ ކޮށްފައިވް ޓްވީޓްތަކެއްކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައެއްނުވެއެވެ. އެހެންކަމުން، އެގްޒިބިޓ 5، 7، 8، 10، 11، 12 އަދި 14 ގެ ގޮތުގައް ދައުލަތުން ހުށަހަޅާފައިވި ލިޔެކިޔުންތަކުން "މަކްތަބާ ސަލަފިއްޔާ"އާއްއިސްތިއުނާފ ރައްދުވު ފަރާތާއި ގުޅުވާލެވެން ނެތްއިރު، މި ޓްވީޓްތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މުޙައްމަދު ޙަސަންމަސައްކަތްކރިކަމާއު، މީހުންގެ މެދުގައި ދީނީ ގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކިކަމާއި، އެފަދަ ގޮތަކަށް ޢަމަލުކުރިކަމާއި އަދި މުޖުތަމަޢުގެ ވަކި ބައެއްގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް މުޙައްމަދު ޙަސަން ޢަމަލުކުރިކަމަކަށް ބެލެވޭކަށްނެތެވެ.
21ޕްރިސިޑެންސް 4އެގްޒިބިޓް 6 އަދި 9ގ ގޮތުގައެ ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުމަކީ މުޙައްމަދ ޙަސަންގެ ޓްވިޓަރ އެކައުންޓުން މުޙައްމަދު ޙަސަން ކޮށްފައިވެ ޓްވީޓްތަކެއްކަމުގައިވީނަމަވެސް، މި ޓްވީޓްތަކުންދިވެހިރައްޔިތުންގ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއިދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ 5 ވަނަ މާއްދާއާ ޚިލާފަށް އިސްލާމީ ޢަޤީދާއާ ފުށުއަރާގޮތަށް އަދި ބައިބައިވުމާއި ފިތުނަ ފަސާދައަށް މަގުފަހިވާގޮތަށް މުޙައްމަދު ޙަސަން ދީން ތަޤްރީރުކޮށް ދީން ބަޔާންކޮށްދީފައިވާ ގޮތެއް ނުވަތަ އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކޮށްފައިވާގޮތެއް، ނުވަތަ އިންސާނީ އެގްޒިބިކް 14 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމަކީ ދައުލަތުން ސިވިލް ކޯޓަށް 04 ނޮވެންބަރު 2020 ގައި ހެކިލިސްޓާއެކ ހުށަހެޅު ޕޮލިސް ސަރވިސްގެ އިންޓެލިޖެންސް ރިޕޯޓެވެ. ތަރައްޤީއާއި ތަހުޒީބާއި ތަމައްދުނު ލިބިގަތުމަށް ހުރަސްއެޅޭގޮތަށް، އަދި މިޒަމާނުގެ ޢިލްމީ ހޯދުންތަކާއި ކުރިއެރުންތަކުން މީސްތަކުނ މަޙްރޫމް ކުރުވުމަށް، ދަންނަބޭކަލުންގ އިޖުމާޢީނެތް ކަންކަމުގައި، ތިމާގެ ރައުޔަކީ، ނުވަތި ތިމާ ބުރަވާ ކޮޅަކީ އިސްލާމިދީން ކަމުގައް ހަދައްއެގޮތަށް ވާހަކަދައްކާފައިވާ ކަމެއް ދައުލަތަށް ސާފުކޮށް ބުނެދެވިފައިނުވާއިރު، އެގްޒިބިޓ 6 އަދި 9 ގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ލިޔުމުން، ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ ވާހަކައެއް އޮތްކަމަކަށް ލިޔެކިޔުންތަކަށް އޭގެ ޒާތުން ބެލުމުންވެސް ޝަރީޢަތަށު ފެންނާކަށް ނެތެވެ. މިކަން ދަށު ކޯޓުގެ "ޝަރީޢަތް ނިމުނުގޮތް" ގައިވެސް ފާހަގަކޮށްފައިވެއެވެ. މުޙައްމަދު ޙަސަންގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކަކީ، ޤާނޫނުއަސާސީގެ 43 ވަން މާއްދާގަ )ހ( އ ޚިލާފަށާ އަޅާފައިވާ ފިޔަވޅުތަކެއްކަމަށި ދަށު ކޯޓުން ކަނޑައެޅިއިރު އެ ނިންމުމަށް ވާޞިލުވި ސަބަބު ބަޔާންކޮށްފައިވޭތ ބެލުން
22ޕްރިސިޑެންސް 5ޤާނޫނުއަސާސީގެ 43ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރަނީ އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނި އެއްގޮތްވާ ގޮތުގެމަތީން، ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތީށް އެކަށީގެންވާ އަވަސް މިނެއްގައި ކަންކުރެވުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަމަށެވެ. މި މާއްދާއި ޙަވާލާދީ ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ މީހަކާމެދު އިދާރީގޮތުން ފިޔަވަޅެއް އަޅާއިރު، ތިންކަމެއް ފުރިހަމަވާންޖެހޭކަމަށާއި، ފުރަތަމަކަމަކ އެމީހަކާ މެދު އިދާރީ ފިޔަވަޅު އެޅުން ޤާނޫނީ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމާއި، ދެވަނަކަމަކީ އެމީހަކާމެދު އެފިޔަވަޅެއ އެޅުން ޢަދުލު އިންޞާފުގެ ހަމަތަކާއި އެއްގޮތަށްތޯ ބެލުމާއި، ތިންވަނަކަމަކ އެމީހަކާމެދު އެ ފިޔަވަޅެއް އެޅުނީ އެކަށީގެންވާ އަވަސްމިނެއްގައތޯ ބެލުންކު މަށާއި،މި ކަންކަމަކީ، އެ ފިޔަވަޅު އެޅުނު މީހާގެ ޙައްޤެއްކެ މަށާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ތިން ކަންތައް ސިވިލް ކޯޓުގެ ނަންބަރު 0C/202-1245/Cv ޤަޟިއްޔާގެ 3 ވަނަ ނުކުތާގެ )ނ( މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފުރިހަމަކޮށްފައިނުވާކަން މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލުމުން އެނގެން އޮންނަކަމަށެވެ.
23ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަ ނުވަނީ ކިހިނެއްކަން ދަށު ކޯޓުގް ނިންމުމުގެ ތިންވަނަ ނުކުތާގެ )ނ( ގައި ބަޔާންކޮށެ ފައިވެއެވެ. އޭގި މައިގަނޑު ސަބީ ބެއްގ ގޮތުގައެ ފާހަގަކޮށްފައިވަނ އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދިން ސްކްރީންޝޮޓްގެ ތެރެއިނެއިސްތިއުނާފ ރައްދުވު ފަރާތާ އެއްވެސް ގުޅުމެއް ނެތް ސްކްރީންޝޮޓްތަކެއް ހިމަނާފައިވުމާއި، އޭގޯތެރެއިން ގިނަ ސްކްރީންޝޮޓްތަކަކީ ކާކު ކޮން އިރަކު ޕިސްޓްކުރި އެއްޗެއްވެސް ނޭނގޭ، އެއަށް ހެއްކެއްގެ ބުރަދަންދޭނ އެއްވެސް ގޮތަކުން ނުފުދޭ މިންވަރުގެ ތަކެތިކަމާއި، ދައުލަތުން އެގްޒިބިކ 6 އާއި އެކްޒިބިޓް 9ގ ގޮތުގައެ ހުށަހަޅާފައިވި ދެ ލިޔުމުގައިވެސް ދިނީ އެއްބައިވަންތަކަން ގެއްލޭފަދަ އެއްވެސް ވާހަކަތަކެއް ހުރް ނަމަ، އެ ވާހަކަތަކަކީ ކޮބައިކަމެއް އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ އެއްވެސް ވާހަކައެއް ހުރިކަނާފެންނަން ނެތުމުން، ދައުލަތުން އިސްތިއުނާފު ރައްދުވާ ފަރތަށާ ދޫކޮށްފައިވާ "ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ" ވަގުތީ ގޮތުން ހީފެހެއްޓުމުގައި ދައުލަތުން ތުހުމަތުކޮށްފައިވާ ކަންކމަކެ،ޤާނޫނީ އަދި ޝަރުޢީ އަސާސެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކެއްކަމަށ ބެލެވެން ނެތްކަން ސިވިލް ކޯޓުގް ނިންމުމުގައި ފާހަގަކޮށްފައިވެއެވ.
24އެހެންކަމުން، ދަށު ކޯޓުން މައްސަލަ ނިންމުމުގައި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޙަވާލާދީ، ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ހ( އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމާއި ޚިލާފު ނިންމުމެއްކަމުގައި ބެލެވޭނެ ކަމަކަށް ނުދެކެމެވެ. ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 3 ވަނަ ނުކުތާގެ )ރ( ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް" ގެ 3 ވަނަ ނުކުތާގެ )ނ( ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ )ހ( ދަށް ކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށްތޯ ބެލުން
25ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަނީ މި ގަވާއިދުގެ ދަށުން ދީނީ ތަޤްރީރ ކުރުމުގު ހުއްދަ ހޯދާފައިވާ މީހަކު، މި ގަވާއިދާ ޚިލާފު ކަމއެ ކޮށްފިކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ގަބޫލުކުރެވޭ ވަރަށް އެކަމުގެ ހެކި ލިބިއްޖެނަމަ، އ މައްސަލައެއްގއެއެމީހަކާމެދ ކޯޓުނު ޙުކުމެއް އިއްވަންދެން، ދީނީ ތަޤްރީރ ކުރުމަށު އެމީހަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ އިޙްތިޔާރުމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ލިބިގެންވާކަމަށެވެ. އަދި އެ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވަނ ދީނީ ތަޤްރު ރުކުރުމުގެ ހުއްދަ ނަގާފައިވާ މީހަކު، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނ ނުވަތަ މި ގަވާއިދާ ޚިލާފުވެއްޖެކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެ މީހަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރެވޭނެކަމަށެވެ.
26ބުނެވިދިޔަ މާއް ދ ދަށުކޯޓުން މާނަކޮށްފައިވާ ގޮތަށް ބަލާއިރު ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޡު ބުނުމުގެ ހުއްދަ މީހަކަށް ދިނުމަށްފަހު، އެ ހްއްދަ ވަގުތީ ގޮތުނ ހިފެހެއްޓޭނީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދު ޚިލާފުކަމެއް އެމީހަކު ކޮށްފިކަމުގެ ހެކި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ލިބި، އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށްފަހު، އެ މައްސަލައެއްގައި އެމީހަކާމެދު ކޯޓުން ޙުކުމެއް އިއްވަންދެންކަމށެވެ.ދަށު ކޯޓުނު އެ މާއްދް މާން ކުރިކުރުން ރަނގަޅު ނޫންކަމަށް ދައުލަތުން ދެކޭ މައިގަނޑު ސަބަބަކީ އެ މާއްދާގައި ނުހިމެނޭ ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"ގެ ހަވަނަ ނުކުތާ ކަންތައްތަކެއް ހިމަނައި، އެ ގަވާއިދގު ދަށުން ހުއްދް ދޫކުރެވިފައިވާ މީހެއްގެ ހުއްދަ ވަގުތީގޮތުން ވިޔަސް ހިފެހެއްޓޭނެ ހަމައެކަނި ޙާލަތަކީ ފުރަތަމަ އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުންކަމަށ ބަޔާންކޮށްފައިވާތކަމުގައީ ދައުލަތުން ފާހަގަކުރެއެވެ. އަދި ދީނީ ތަޤްރީރިކުރުމުގު ހުއްދަ ވަގުތީގޮތުން ހީފަހައްޓަންޖެހޭ ކޮންމެ ފަހަރަކު ޝަރީޢަތަށް މައްސަލައެއް ހުށަހަޅައިގެން ހުއްދަ ހިފަހައްޓަން ޖެހިއްޖެނަމަ، އެކަމަށް ދިގު މުއްދަތެއް ހޭދަވެގެންދާނެތެ،އެ މުއްދަތުގައި އެ ފަރާތުން ގަވާއިދާ ޚިލާފަށް ދީނީ ތަޤްރީރުކުރުން ހުއްޓުވޭނެ އިތުރު ޤާނޫނީ ހަމައެއް ނޯންނާނެ ކަމަށްވެސްދައުލަތުގ ފަރާތުނ ބުނެފައިވެއެވެ.
27ޕްރިސިޑެންސް 6ޤާނޫނު ނަންބަރު 4/2011 )މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު( ގެ 3 ވަން މާއްދާގަ )ނ( ގައި ބުނެފައިވާ ގޮތުނު،ބަހެއް، ނުވަތަ އިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާ ކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފ ޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ ރަނގަޅުގޮތެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާއި، އ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނ ގައި ބަޔާންކޮށްފައިވާއިރު، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިނަމަވެސް މާނަކުރުމުގެ މަސައްކަތް ފެށެނީ ޤާނޫނުގެ އިބާރާތާއި އޮނިގަނޑުންކަމަށާއި، އެހެންކަމުން ކޯޓުން މާނަކުރަންޖެހޭ މާއްދު ނުވަތާ އިބާރާތް ހިމެނޭ ޤާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައިކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ A/46-0/SC202 ދައުލަތް )މިނިސްޓްރީ އޮފް ޓުއަރިޒަމް( ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 ޤަޟިއްޔާގެ ޕެރެގްރާފް 73
28ރުއްޔިތުންނާއި ދައުލަތުގެ އިދާރާތަކުން އެކަމެއްގެ މައްޗަށް ޢަމަލުކުރަންޖެހޭ ކަންކަން ފަހުމްވާނެ ފަދައަކުން ޤާނޫނގައ ބަޔާންކޮށްފައި އޮންނަންވާނެއެވެ. އެހެނީ، ޤާނޫން ހެދުމުގެ މަޤުޞަދަކީ އޭގެ މައްޗަށް ޢަމަލުކުރްނ ތިބި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަދި ޢަމަލުކުރަންޖެހޭ ދެފުށި ފެންނަ ގޮތަކަށް ބަޔާންކޮށްދިނުމަށްޓަކައި ރައްޔިތުންނަށް އުޞޫލާއި ސިޔާސަތު އަންގައިދޭ، އަދ އެ މައްޗަށް ލާޒިމު މަސްދަރުކަމަށްވާތީއެވެ. ޤާނޫނު މާނަކުރަންވާ ގޮތް، ޤާނޫނުގެ ޞަރީޙަ އިބާރާތުން ބަޔާންކޮށްފައި އޮންނަ ގޮތާއި ޚިލާފަށް މާނަ ނުކުރެވޭނެކަމަށާއި،ޤާނޫނުގައި ބުނި އެއްޗަކާ މެދު ހީވްހީވުމެއްގެ މައްޗަށް ރައްޔިތުންޢަމަލުކުރުން ލާޒިމުނުކުރެވޭނެކަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/23 މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
29ޤާނޫނުއަސާސީގެ މާއްދާއެއް ދެނެގަނެ، މާނަކުރުމާގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-C/78,79 މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދު ﷲ ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ ޤާނޫނުއަސާސީގައި މަނާކޮށްފައިވާ ކަމެއް ކުރުމުން، އެކަމެއް ބާޠިލުވުމުގެ އިތުރުން އެހެނ ނަތީޖާއެއް ނެރުމަށް ޤާނޫނުއަސާސީގައް ޞަރީޙަ ބަހުން ބުނެފައިނުވާނަމަ، އެކަންކުރުމުނ ވަކް ނަތީޖާއެއް ނިކުންނާނެކަމަށ ކޯޓުން ބުނެފިނަމަ އެއީ ޤާނޫނުއަސާސީގައި ނެތްކަމެއް ޤާނޫނުއަސާސީއަށް އިތުރު ކުރުން ކަމަށް ބެލެވޭނެކަމާއި، ޤާނޫނުއަސާސީ މާނަކުރުމުގެ ބާރު ކޯޓުތަކަށލިބިފައިވީނަމަވެސް، އެ މަސްއ ލިއްޔަތު އަދާކުރުމުގެ ތެރޭގައި ޤާނޫނުއަސާސީގެ މާއްދައެއްގައި ނުހިމެނޭކަމެއް އެ މާއްދާއަށް އިތުރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއްނޫންކަމުގައެވެ. މި މަބްދައު ޤާނޫނު އަދި ގަވާއިދުތަކުގެ މައްޗަށް ތަޠުބީގުކުރުމުން، ޤާނޫނުގައި ނުވަތި ގަވާއިދުގައި ޞަރީޙަ ނައަ ސުން ބަޔާންކޮށްފައިނުވާކަމެއ ނުވަތް ޤާނޫނުގައި ނުވަތަ ގަވާއިދުގައި ނުހިމެނޭކަމެއް، އެއަށް އިތުރުކުރުމަކީ ކޯޓަށް ލިބިދީފައިވާ ބާރު ފުޅާކުރުމުގެ އިތުރުން، ޤާނޫނުން ނުވަތަ ގަވާއިދުގް މާއްދާގައުނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށު މަސައްކަތްކުރުން ކަމުގައި ބެލުމުގެ އިހުތިމާލު އެބަ އޮތެވެ.
30ޕްރިސިޑެންސް 7ބުނެވިދިޔަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު ތަޠްބީޤުކުރާއިރު، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާ ކިޔަންޖެހޭނީ އެ މާއްދާގެ )ހ( އަދި )ށ( އެކުއެކީކަމުގައި ދެކެމެވެ. އެގޮތުން އެ މާއްދާގެ )ހ( އަދި )ށ( އެކުއެކީގައި ކިޔާލުމުން އެނގިގެންދަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތކަނަ ޙިމާޔަތްކުރުމުގެ ގަވާއިދާއް ޚިލާފު ކަމެއް ކޮށްފިކަމަށް މިނިސްޓްރީއަށް ޤަބޫލުކުރެވޭ މިންވަރަށް އެކަމުގެ ހެކި ލިބިއްޖެނަމަ، އެ މީހެއްގެ ހުއްދަ ވަގުތީ ގޮތުނެ ހިފެހެއްޓުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމެވެ. ދީނީ ތަޤްރީރުކުރުމަށ އެމީހަކަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފ ޙާލަތެއްގައި ބަޔާންކުރަނިވި ގަވާއިދާއި ޚިލާފުވެއްޖެކަމަށް ކަނޑައެޅުމަށްޓަކައި ނުވަތަ އެމީހެއްގެ ހުއްދަ ހިފެހެއްޓި ހިފެހެއްޓުން ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްކޯޓަށް ހުށަހެޅިދާނެއެވެ. އަދި މިފަދައިން ޝަރީޢަތަށް ހުށަހަޅާފައިވާ ހުށަހެޅުމާއި މެދު ގޮތެއް ކަނޑައަޅަންދެން ދީނީ ތަޤްރީރުކުރުމަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ދީނީ ތަޤްރީރުކުރުމުގެ ހުއްދަ ނަގާފައިވާ މީހަކު، ބަޔާންކުރަނިވި ޤާނޫނާއި ގަވާއިދާއި ޚިލާފުވެއްޖެކަމަށް ކޯޓުނ ކަނޑައަޅައިފިނަމެ، އ މީހަކަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރެވޭނެއެވެ. މއ ޚިލާފަށާ ދީން ތަޤްރީރުކުރުމުގ ހުއްދަ ނަގާފައިވާ މީހަކު، ކަމާ ގުޅޭ ޤާނޫނާއި ނުވަތަ ގަވާއިދާއި ޚިލާފުވެފައިވާކަމަށްނުބެލެވޭކަމަށް ޝަރީޢަތުން ނިންމާ ޙާލަތުގައި، ދީނީ ތަޤްރީރުކުރުމުގެ ހުއްދަ ހިފަހައް ޓާފައިވާނަމަ، އެ ހުއްދަ އަލުން އަނބުރާ ދޫކުރަންވާނެއެވެ. ނުވަތަ އެފަދައިން ހިފެހެއްޓި ހިފެހެއްޓުން ބާޠިލުވިކަމަށް ބެލުމަކީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދގާ )ހ( އަދި )ށ( އެކުއެކީގައި ކިޔުމުން ނިކުންނަ ނަތީޖާތަކެވެ.
31އެހެންކަމުން، ދަށު ކޯޓުންދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވއިދުގ 11 ވަނަ މާއްދާ މާނަކުރުމުގައި، އެ ގަވާއިދުގް ދަށުން ހުއްދަ ދޫކުރެވިފައިވާ މީހެއްގެ ހުއްދަ ވ ގުތީގޮތުނ ވިޔަސް ހިފެހެއްޓޭނީ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދާއި ޚިލާފުކަމެއް ކޮށްފިކަމުގެ ހެކި މިނިސްޓްރީއަށް ލިބި، "އެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށްފަހު" ކަމަށް ދަށު ކޯޓުން ދެކި، މ މޭރުމުން މި މާއްދާއަށް ދީފައިވާ ތަރުޖަމާއަކީ، އެ މާއްދާގެ އެ އަކުރުގައި ނެތްކަމެއް އެ މާއްދާއަށް އިތުރުކޮށް، އެ މާއްދާއަށް ގެނެވިފައިވާ އުނިއިތުރެއކަމާއި، އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 3 ވަނަ މާއްދާގެ )ނ(ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކެ ރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާއިން ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމާއި، އަދި އޭގައި ނުހިމެނޭ ކަންކަން އޭގައި ހިމެނުންކަމުގައި ދެކެމެވެ.
32ޕްރިސިޑެންސް 8މިފަދައިން ދެކުނު ނަމަވެސް، ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ދޫކޮށްފައިވ ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ ވަގުތީ ގޮތުން މިނިސްޓްރީއިން ހިފަހައްޓާފައިވަނ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއިދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދާއިޚިލާފ ކަމެއު އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާކަމުގެ ހެކި މިނިސްޓްރީއަށް ލިބިގެންތެ އާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުންދިވެހިރައްޔިތުންގ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދާއިޚިލާފުވެފައިވާކަމަށް މިނިސްޓްރއިނީ ޤަބޫލުކުރކުރުން ބިނާކޮށްފައިވާ ހެކީގެ މައްޗަށް ބުރަވެ، އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( އަދި )ށ( އާއިދިވެހިރއްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގަ ގަވާއިދުގެ 4 ވަނަ މާއްދާގެ )ހ( އާއި 5 ވަނަ މާއްދާގެ )ރ(، )ބ( އަދި )ވ( އާ ޚިލާފުވެފައިވާކަން ބޮޑަށް ބުރަވެވޭ މިންގަނޑުން ޝަރީޢަތަށް ސާބިތުވޭތޯއެވެ. އިސްވެ ބަޔާންކޮށްފައިވާ 17 ވަނަ ނުކުތާއިން 21 ވަނަ ނުކުތާގައވ ކަންކަމަށް ބިނާކޮށް، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ )ހ( އަދި )ށ( އާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ )ހ( އާއި 5 ވަނަ މާއްދާގެ )ރ(، )ބ( އަދި )ވ( އާ އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވެފައިވާކަން ބޮޑަށް ބުރަވެވޭ މިންގަނޑުން ދައުލަތުން ސާބިތުކޮށްދީފައިވާކަމުގައި ނުދެކެމެވެ. އެހެންކަމުން، އިސްތިއުނާފުރައްދުވ ފަރާތަށް ދޫކޮށްފައިވަ ދިވެހިރީ އްޖޭގައި ދީނީ ތަޤްރީރުކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދާ މިނިސްޓްރީއިން ހިފަހައްޓާފައިވަނ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދާއި ޚިލާފު ޢަމަލެއްކޮށްފައިވާކަމަށް ޤަބޫލުކުރެވޭ ވަރަށް އެކަމުގެ ހެކާ ލިބިގެންކަމުގައި ބެލެވެން ނެތަތީ، މި މައްސަލައިގައި ދައުލަތުން އެދިފައިވާ އެހެނެ ދަށު ކޯޓަށް މުޙައްމަދު ޙަސަންގެ ފަރާތުން ހުށަހެޅި "އިދާރީ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު"ގ 12 ވަނަ ނަންބަރުގައި ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތްކަމަށް ބަޔާންކޮށްފައިވަނީ؛ "...1. ދަޢުވާކުރާ ފަރާތުގެ ހުއްދަ ހިފެހެއްޓުމުގައި ދަޢުވާލިބޭ ފަރާތުން ޢަމަލުކޮށްފައިވަނީ ޤާނޫނ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި؛ 2. އެ ހުއްދަ ހިފެހެއްޓުމަށްޓަކައ ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި؛ އަދި 3. ދަޢުވާކުރި ފަރާތުގާ ހުއްދަ ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހުއްދަ އަނބުރާ އިއާދަކުރުމަށް ދަޢުވާލިބޭ ފަރާތުގެ މައްޗަށް އަމުރުކޮށްދެއްވައި؛ އަދ
4. ދަޢުވާލިބޭ ފަރާތުން މި މައްސަލައިގައި ޤާނޫނާ ޚިލާފަށްޢަމަލުކޮށްފައިވުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅުއްވައދެއްވައި، ވެވަޑައިގެން އެންމެ އަވަސް ފުރުސަތެއްގައ މައްސަލި ނިންމަވައިދެއްވުމެވެ." މިފަދައިންކަމެވެ. ފަދައިން ދަށު ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ އަމުރެއް ނެރެދޭނެ ޝަރުޢީ އަދި ޤަ ނޫން ހަމައެއް ނެތްކމުގައ ކަނޑައެޅެން އޮތްކަމުގައި ނުދެކެމެވެ.
33އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1245/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގީ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ.
34ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އހުރެން ތާއީދު ކުރަމެވެ.
35ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
36މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚް ޞމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރި ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނު އިޖުރާއަތުގެ ޤާނުނު )ޤާނޫނޫ ނަންބަރ 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވނ މާއްދާގަ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ (ހ)، (ނ) އަދި 4 ވަނަ މާއްދާގެ (ހ)، (ށ)
- ޤާނޫނު ނަންބަރު 8/2014 (ޤާނޫނު ނަންބަރު 6/94 އަށް 1 ވަނަ އިޞްލާޙު)
- ޤާނޫނު ނަންބަރު 6/2016 (ޤާނޫނު ނަންބަރު 6/94 އަށް 2 ވަނަ އިޞްލާޙު)
- ގަވާއިދު ނަންބަރު 2011/R-40 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގެ (ހ)، 5 ވަނަ މާއްދާގެ (ރ)، (ބ)، (ވ)، 11 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 11/2022 (ހެއްކާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޕެރ. 40، 41، 43
- ސުޕްރީމް ކޯޓުގެ 2013/SC-A/53 (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު)
- ސުޕްރީމް ކޯޓުގެ 2012/SC-A/27 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ)
- ސުޕްރީމް ކޯޓުގެ 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ)
- ސުޕްރީމް ކޯޓުގެ 2020/SC-A/46 (ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2016/SC-A/23 (މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޕެރ. 73
- ސުޕްރީމް ކޯޓުގެ 2020/SC-C/78، 79 (މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުގޫބު ޢަބްދުﷲ)
- ސުޕްރީމް ކޯޓުގެ 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) (ދައުލަތުގެ އިސްތިއުނާފީ ނުކުތާގައި)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ޝުހައިލް މުޙައްމަދު، މުޙައްމަދު ޒަޔާން ޢަބްދުﷲ، އީމާނު ހާނީ، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް