ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/387
އަޙްމަދު މުޖާޙް ވ. އިބްރާހީމް ރަޝީދު، ދަފްތަރު ރސ 13541، 2022/HC-A/387
Ahmed Mujaah v. Ibrahim Rasheed، Dhaftharu Rs 13541 2022/HC-A/387 (2022/HC-A/387, High Court of the Maldives, 28 April 2024)
އަޙްމަދު މުޖާޙް ވ. އިބްރާހީމް ރަޝީދު، ދަފްތަރު ރސ 13541
މައިގަނޑު ސުވާލު
ދަރަނިއަށް ދިން ފައިސާ އަނބުރާ ހޯދުމަށް ކުރި ދަޢުވާއެއްގައި، ޕޭމަންޓް ވައުޗަރަކާއި ހެކިވެރިއެއްގެ ބަހުން ދަޢުވާ ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ސާބިތުކުރުމުގެ ބުރައާ ބެހޭ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފަށްތޯއާއި، ދަރަނި ޚަލާޞްކުރިކަމަށް ހުށަހެޅި އެއްބަސްވުމަށް ރިޢާޔަތްނުކުރުމުން ޙުކުމަށް އަސަރުކުރޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ފައިސާ ހޯދުމަށް ކުރާ ދަޢުވާއެއްގައި އެ ފައިސާ ލިބެންޖެހޭ ސަބަބު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުންނެވެ. އެކަން ސާބިތުކުރަންވާނީ އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ ބެހިގެންވަނީ ދެ ބަޔަކަށެވެ: ދަފްޢު ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ބުރަ (burden of production) އާއި، ހުށަހަޅާ ހެކި އަނެއް ފަރާތުގެ ހެކިތަކާ އަޅާކިޔާއިރު އެކަށީގެންވާ މިންވަރަށް ވުމުގެ ބުރަ (burden of persuasion) އެވެ. ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ ދަފްޢެއް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ދަފްޢެއް ކުރާ ފަރާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- މަދަނީ މައްސަލަތަކުގައި ޙާދިޘާއެއް ނުވަތަ ޢަމަލެއް ސާބިތުކުރުމަށް ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" (balance of probabilities) އެވެ. ޙާދިޘާއާ ގުޅުންހުރި އިތުރު ހެކިތަކާއި ޤަރީނާތަކަށް ރިޢާޔަތްކޮށް، އެ ޙާދިޘާ ނުހިނގާ ކަމަށްވުރެ ހިނގިކަމަށް ފަނޑިޔާރަށް ބޮޑަށް ބުރަވެވުމުން އެ ޙާދިޘާ ހިނގިކަމަށް ކަނޑައަޅާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ކިތާބީ ހެއްކަކަށް (ޕޭމަންޓް ވައުޗަރަކަށް) ދަޢުވާލިބޭ ފަރާތުން އިންކާރުކުރިނަމަވެސް، ފައިސާގެ މުޢާމަލާތް ހިނގިކަމަށް ހެކިވެރިއެއްގެ ބަހުން ބާރުދޭނަމަ، ހެކި ވަޒަންކޮށް މަދަނީ މިންގަނޑަށް ދަޢުވާ ސާބިތުވާކަމަށް ބެލެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17، 18)
- ދަރަނި ޚަލާޞްކުރިކަމަށް ދިފާޢުގައި ހުށަހަޅާ އެއްބަސްވުމުން، އެ އެއްބަސްވުމުގައި ބަޔާންކުރާ ފައިސާއަކީ ދަޢުވާގައި ހިމެނޭ ފައިސާކަމާއި ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާގެ ސެޓްލްމެންޓެއް އޭގެ ތެރެއިން ވެފައިވާކަން ނޭނގޭނަމަ، ދަށުކޯޓުން އެ އެއްބަސްވުމަށް ރިޢާޔަތްކޮށްފައި ނުވުމަކީ ޙުކުމަށް އަސަރުކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 22)
1މިއީ،ސިވިލ ކޯޓުގް ނަންބަރު 1692/Cv-C/2020 ޤަޟިއްޔާއެ ކޯޓުން ނިންމާފައިވަނީ، ޝަރުޢއަދީ ޤާނޫނީ އުޞޫލު ތެކާ ޚިލާފަށްކަމަށް ބުނީ، ދ.މީދޫ / ހަނދުވަރީވިލާ، އަޙްމަދު މުޖާޙް ) ދިވެހިރައްޔިތެއްކަން އަންގައިދ ނަންބަރ: (ގެ ފަރާތުން އްމައްސަލަ އިސްތިއުނާފުކޮށް ދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ގައީ އިސްތިއުނާފި ރައްދުވު ފަރތަކ މާލެ / ދަފްތަރު ނަންބަރު ރސ 13541، އިބްރާހީމް ރަޝީދު )ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރު: (އެވެ.
2މި މައްސަލަ އިގެ އިސްތިއުނާފު ރައްދުވަ އިބްރާހީމް ރަޝީދުގެ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް ޖުމްލަ US$ 56,381.00 )ފަންސާސހްހާސް ތިންސަތޭކަ އަށްޑިހައެކެއް އެމެރިކާ ޑޮލަރު( ދިންކަމަށް ބުނެއެވެ. އަދި މި ފައިސާގެ ތެރެއިން އިސްތިއުނާފުރައްދުވ އިބްރާހީމް ރަޝީދަށް ލިބިފައިވަނީ US$ 20,625.00 )ވިހިހާސް ހަސަތޭކަ ފަންސަވީސް އެމެރިކާ ޑޮލަރު( ކަމަށާއި، 35,756.00 US$ )ތިރީސްފަސްހާސް ހަތްސަތޭކަ ފަންސާސްހަޔެއް އެމެރިކާ ޑޮލަރު( ނުލިބިވާކަމަށް ބުނެއެވެ.
3އިސްވެ ބަޔާންކުރެވުނު US$ 35,756.00 )ތިރީސްފަސްހާސް ހަތްސަތޭކަ ފަންސާސްހަޔެއް އެމެރިކާ ޑޮލަރު( ނުލިބިވާތީ، އެ ފައިސާ ހޯދުމަށް އިސްތިއުނާފ ރައްދުވާ ފަރާތުން އިސްތިއުނާފު ކުރް ފަރާތުގާ މައްޗަށް ސިވިލ ކޯޓުގައި ދަޢުވާކުރިއެވެ.
4އިސްތިއުނާފު ކުރެވިފައި މިވަނީ، އިސްވް ބުނުވެނު ދަޢުވެ ކުރުމުނު ސިވިލް ކޯޓުން ނިންމާފައިވާ އެ ކޯޓުގ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާއެ ވެ.
5އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ދަފްތަރު ނަންބަރު ރސ 13541 / މާލެ، އިބްރާހީމް ރަޝީދު، ހަނދުވަރީވިލާ، އަޙްމަދު މުޖާޙާއަށް އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ނުލިބިވާ 35,756.00 US$ )ތިރީސްފަސްހާސް ހަތްސަތޭކަ ފަންސާސްހަޔެއް އެމެރިކާ ޑޮލަރު( އާއި، މިފައިސާ ހޯދުމަށް ޤާނޫނީ ވަކީލުންނަށް ޚަރަދުވި 40,000/-ރ. )ސާޅީސްހާސް ރުފިޔާ( އާއި، ފައިސާ ހޯދުމަށް 15 އޯގަސްޓް 2020 ގައި ފޮނުވި ސިޓީގައި ބުނެފައިވާ ޖޫރިމަނާ ހޯދުމަށް އެދި ދަފްތަރު ނަންބަރު ރސ 13541 / މާލެ، އިބްރާހީމް ރަޝީދުގެ ފަރާތުން ހަނދުވަރީވިލާ، އަޙްމަދު މުޖާޙްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލައެއްކަން އެނގެން އޮވެއެވެ.
6ސިވިލް ކޯޓުގެ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާ ނިންމަވާފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގައި ހުރުމާއެކު، ދަފްތަރު ނަންބަރު ރސ 13541 / މާލެ، އިބްރާހީމް ރަޝީދުގެ ފަރާތުން ހަނދުވަރީވިލާ، އަޙްމަދު މުޖާޙްގެ މައްޗަށް ކުޅަ މިދަޢުވާގައި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން 0US$ 35,756.0 )ތިރީސްފަސްހާސް ހަތްސަތޭކަ ފަންސާސްހަޔެއް އެމެރިކާ ޑޮލަރު( ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭކަނ މަދަން މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 24 މާރިޗް 2022 އިން ފެށިގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު ހަނދުވަރީވިލާ، އަޙްމަދު މުޖާޙްއަށ އަންގައި، މިގޮތުގެ މަތީން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
7ސިވިލް ކޯޓުގެ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފ ކުރުމަށް އެދިދ.މީދޫ / ހަނދުވަރީވިލާ، އަޙްމަދު މުޖާޙ )ދިވެހިރައްޔިތެއްކަން އަންގައިދޭ ނަންބަރ: (ގ ފަރާތުން 03 ތިން) އް( ނުކުތާ ހުށަހަޅައި އާނުކުތާތަކަ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތތަކކީ؛
7.1 ސިވިލް ކޯޓުގެ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާގައި، ދަޢުވާކުރާ ފަރާތުން ހުށަހެޅި ނަންބަރު MC-002/PV/2017 )04 އޮކްޓޯބަރު 2017 ( ޕޭމަންޓް ވައުޗަރއިން އެ ވައުޗަރގައިވާ ތާރީޚާ ހަމައަށް ދަޢުވާލިބޭ ފަރާތުން ސީދާ ދަޢުވާކުރާ ފަރާތަށް USD 37,006.00 ދައްކަންޖެހި އޮތްކަމަށާއި، ދަޢުވާގައި ހިމެނޭ ފައިސާއަކީ ދަޢުވަ ލިބާ ފަރާތުން ދަޢުވާކުރާ ފަރާތަށް އަނބުރާ ދައްކަންނުޖެހޭ ފިއިސާއެއްކަމުގެ އިތުރު ޤާނޫނީ ސަބަބެއް އެކުލެވިގެންވާ ދިފާޢެއް ދަޢުވާލިބޭ ފަރާތުން މިމައްސަލާގައ ހުށަހެޅިފައި ނުވާކަމަށް ނިންމަވާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި އަދި ހެކިވަޒަންކުރުމުގައި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށްކަމަށްވުން؛
7.2 ދަޢުވާކުރާ ފަރާތުން ހުށަހެޅި ނަންބަރު MC-002/PV/2017 )04 އޮކްޓޯބަރު 2017 ( ޕޭމަންޓް ވައުޗަރއިނ އެކަނިވެސް އ ވައުޗަރގައިވ ތާރީޚާ ހަމައަށް ދަޢުވާލިބޭ ފަރާތުން ސީދާ ދަޢުވާކުރާ ފަރާތަށް USD 37,006.00 ދައްކަންޖެހި ނުދެއްކިވާކަމާއި، އަދި މި ކިތާބީ ހެކީގެ ޒެ ރިއްޔާއިނ ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފައިސާ ދީފައިވާކަމަށް އެނގެން އޮންނަކަމަށް ސިވިލް ކޯޓުގ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އެ ވާޤިއާ ސާބިތުވާ އެއްވެސް ހެއްކެއް / ޤަރީނާއެއް ނެތިކަމާއި، މިއީ ސުޕްރީމް ކޯޓުން ވެސް ބަލައިގެންފައިވާ ވާޤިއީ ޤަރީނާ (presumption of fact) ސާބިތުކުރުމުގެ ހަމައާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚލާފި ނިންމުމެއްކަމަށްވުން؛
7.3 ސިވިލް ކޯޓުގެ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާ ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 75/24 )ހެއްކާބެހޭ ޤާނޫނު(ގެ 6 ވަނަ މާއްދާއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަ ށްވުން؛ ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
8މ މައްސަލު ގައި، ހުށާ ހެޅި ލިޔުންތަކަށާއި އިސްތިއުނާފ ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވަ ފަރާތުން ދެއްކި ވާހަކަތް ކ ށ ޝަރުޢީ އަދ ޤާނޫނީ ހަމަތަކުން ބަލާއިރު ތިރީގައިވާ ކަންކަން އެގޮތުގައި ހުރިކަމަށެއަހަރެންނަށ ޤަބޫލުކުރެ ވ އެވެ.
9އިސްތިއުނާފ ކުރެވިފައި މިވާ މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފު ކުރު ފަރާތުން ހުށަހަޅާފައިވަނީ މައިގަނޑު 02 )ދޭއް( ސަބަބެވެ. )ހ( އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ނަންބަރ MC-002/PV/2017 ޕޭމަންޓް ވައުޗަރއިން އެ ވައުޗަރގައިވ ތާރީޚާ ހަމައަށް އިސްތިއުނާފ ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް USD 37,006.00 )ތިރީސްހަތްހާސ ހަޔެއް އެމެރިކާ ޑޮލަރު( ދައްކަނޖެހް އޮތު ކަމަށް ނިންމާފައިވަން ސުޕްރީމް ކޯޓުގެ ނަންބަރ 2013/SC-A/28 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި އަދި ހެކިވަޒަންކުރުމުގައި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށްކަމަށް ނިންމާފައިވުން އަދި )ށ( ދެވަނަ ސަބަބަކީ، ސިވިލް ކޯޓުގ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ދެކޭކަމަށެވެ.
10މި ސަބަބުތަކުގެ މައްޗަށް ބިނާކށ އިސްތިއުނާފު ކުރު ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރ 1692/CV-C/2020 ޤަޟިއްޔާ ނ ންމާފައިވަނ ޝަރުޢީ އަދި ޤާނޫނީ އ ޞު ލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރ 1692/Cv-C/2020 ޤެޟިއްޔގާޙުކުމ ބާޠިލުކޮށް ދެއްވުމަށެވެ.
11ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔންކުރަނާ " ޙަޤީޤް ތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއަ ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށެޤ ބޫލު ކުރެވިއްޖެ ހިނދެއްގައެވެ.އަދ ބުއްދި ސަލާމަތުން ހުރް މީހަކު އިކަމެއ ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލް ކުރަންޖެހޭފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ،އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުޞޫލެއްގެމަތިން އެކަމެއްގެ ޙަޤީޤަތް ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުނަ ނިންމިދާނެއެވެ. " މިފަދައިންނެވެ.
12ޕްރިސިޑެންސް 1ސޕްރީމު ކޯޓުގް ނަންބަރ 2013/SC-A/28 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ )ނ( ގެ 04 އަދި 05 ވަން ޕްރެގްރާފުގައި، ފައިސާ ހޯދުމަށް ކުރެވޭ ދަޢުވާއެއްގައި، ހޯދުމަށިއެދޭ ފައިސާއެއް ލިބެންޖެހޭ ސަބަބު ޘާބިތުކޮށްދްނުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުން ކަމަށާއި، އެކަން ސާބިތުކޮށުދޭންޖެހޭނީ ހެކި ހށަހަޅައިގެން ކަމަށާއި، އަދި ހުށި ހެޅ ހެއްކަކީ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް ކަމުގައި ވާންޖެހޭކަމަށ ކަނޑައަޅާފައިވެއެވެ.
13މ މައްސަލާގައި އިސްތިއުނާފ ކުރާ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1692/Cv-C/2020 ޤަޟއްޔާގި ދަޢުވާގައި ހޯދުމަށް އެދިފައިވް ފައިސާއަކީއިސްތިއުނާފ ރައްދުވު ފަރާތަށް ލިބެންޖެހޭ ފައިސާކަމަށް ކަނޑައަޅާފައިވަނީ، އިސްތިއުނު ފ ރައްދުވު ފަރާތުން ހުށަހެޅ އެ ފަރާތުގެ ނަންބަރ MC-002/PV/2007 ޕޭމަންޓް ވައުޗަރއިނ އެކަންސބިތުވެފައާ ނުވަނީސް ކަމަށ އިސްތިއުނާފު ކުރާ ފަރާތުން ބުނާއިރު، މި ޕޭމަންޓް ވައުޗަރަކީ މުޖާޙް )ކައުންޓާރ( އިން މި މައްސަލް އ ގެ އިސްތިއުނާފު ރައްދުވާ ފަރާތަށް 150,000/- ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( ދިނުމަށް ދޫކުރި ޕޭމަންޓް ވައުޗަރެއްކަންއެ ޕޭމަންޓް ވައުޗަރަށ ބެލުމުން އެނގެން އޮވެއެވެ. އަދި މި ޕޭމަންޓް ވައުޗަރގައި އިސްތިއުނާފު ރައްދުވާ ފަރާތަށް 37,006.00 USD )ތިރީސހަތް ހާސް ހަޔެއް އެމެރިކާ ޑޮލަރު( ދައްކަންޖެހޭކަމަށް ބަޔންކޮށފައިވެއެވެ.
14އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ދެވަނަ ސަބަބަށް ބަލާއިރު، އެ ނުކުތާގެ މައިގަނޑު އަސާސަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށާ ސިވިލް ކޯޓުން މައްސަލައިގް ޙުކުމްކޮށްފައިވާކަމަށް ބުނާ ބުނުމެވެ. އެގޮތުނީމި ނުކުތާގެ ތަފްޞު ލާގައ އިސްތިއުނާފި ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާގައި އިސްތިއުނާފު ކުރް ފަރތުނާ އިސްތިއުނާފަ ރައްދުވު ފަރާތަށް ފައިސާއެއް ދައްކަންޖެހި ނުދެއްކިވާކަމަށ ސާބިތުވާކަމަށް ނިންމާފައިވނ، ދިވެހިރާއްޖޭގެސޕްރީމު ކޯޓުގް ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާއާންމ އީ ޞޫލުކަމުގައިވާ މަދަނަ ޚުޞޫމާތްތަކުގައި ޘާބިތުކުރުމުގެ ބުރަ (ONUS PROBANDI) އ ޞު ލާ ޚިލާފށަ ކަމަށެވެ.
15ޕްރިސިޑެންސް 2މަދަނީ ޚުޞޫމތްތަކުގައ ދަޢުވި ސާބިތުކުރުމުގެ ބުރަ (burden of proof) އަކީއުޞޫލެއްގެ ގޮތުން ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެއްކަން ޤާނޫނީ އަދި ޝަރުޢީ އުޞް ލުތަކާއި ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން އެނގެއެވެ. ދަޢުވާ ސާބިތުކުރުމުގެ ބުރަ ބެހިގެންވަނަ 02 )ދޭއް( ބަޔަކަށެވެ. އެއީ )1 ( ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތކޮށްދިނުމަށ ހެކް ހުށަހެޅުމާއި، (burden of production) އަދި )2( ހށަހަޅާފައިވ ހެއްކަކާ )އަނެއް ފަރާތުން ހުށަހަޅާފައިވް ހެއްކާ އަޅާކިޔާއިރު( އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް )of persuasion (burden ވާންޖެހުންކަނ ސުޕްރީމް ކޯޓުގެ މުޙައްމަދު ސަޢީދު އިސްމާއީލް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އ ފީސ ޤަޟިއްޔާއަށް ބެލުމުން އެނގެން އޮވެއެވެ. ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމެ ތްތަކުގައާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތއްކަމާއ، މި މާނީ ގައާ ދަޢުވާކުރާ ފަރާތަކާ ހަމައެކަނި ދަޢުވި ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ 'ދަފްޢު' ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން ސުޕްރީމް ކޯޓުގެ ނިންމުންތަކުންވެސ އެނގެން އޮވެއެވެ. މިގޮތުން މިފަދައިން ނިންމާފައިވާ ޤަޟިއްޔާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ) އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ( ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/02 ) މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު( ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A49 ) ދިވެހި ރައްޔިތުންގެ ޕާޓީ ވ. ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާ ފާހަގަކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/13 ޤަޟިއްޔާ ދިވެހިރާއްޖޭގު ސުޕްރީމް ކޯޓުގެ ނަންބަރ 2010/SC-A/02 ) އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ( ޤަޟިއްޔާ
16ޕްރިސިޑެންސް 3މަދަނީ މައްސަލަތަކުގައިޙާދޘޭ ނުވަތަ ޢަމލަ ސާބިތުކުރުމަށް ބަލާނީ "ބޮޑަށް ބުރަވެވޭ ގޮތަށް" (balance of probabilities) އަށެވެ.ހިނގާފައިވާ ވަކި ޙާ ދ ޘ އެއި އެއް ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައެޅުމަށްޓަކައ، ޙާ ދަ ޘާ އާ ގުޅުންހުރި އިތުރު ހެއްކާއި ޤަރީނާތަކަށް ރިޢާޔަތްކުރުމާއެކާ،އެޙާ ދީ ޘެ އަކީ ޙަޤީޤަތުގައިވެސް ހިނގިކަމެއްތޯ ކަނޑައަޅާނީ އ ޙާ ދެޘ އަކީ ނުހިނގާކަމަށްވުރ ބޮޑަށް ހިނގިކަމެއް ކަމަށް ފަނޑިޔާރަށް ބުރަވެވުމުންނެވ.
17ޕްރިސިޑެންސް 4އިސްތިއުނާފު ރައްދުވާފަރާތުން އިސްތިއުނާފ ކުރާ ފަރާތަށްފައިސާ ޙަވާލުކުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން ދަށު ކޯޓަށް ކިތާބީ ހެކި ހުށަހަޅާފައިވެއެވެ. އެއީ އިސްތިއުނާފު ރައްދުވު ފަރާތުން ހުށަހެޅި އެ ފަރާތުގެ ނަންބަރ MC-002/PV/2007 ޕޭމަންޓް ވައުޗަރއެވެ. އެ ޕޭމަންޓް ވައުޗަރކްއިސްތިއުނާފު ރައްދުވާ ފަރާތަށް 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( ދިނުމަށް ދޫކުރި ޕޭމަންޓް ވައުޗަރެއްކަމާއި، އިސްތިއުނާފ ރައްދުވާ ފަރާތަށް 37,006.00 US$ )ތިރީސ ހަތް ހާސް ހަޔެއް އެމެރިކާ ޑޮލަރު( އަދ ދައްކަންޖެހޭކަމަށް ބަޔންކޮށްފައިވާކަނ އެނގެއެވެ. އެ ލިޔުމަށް އިސްތިއުނާފު ކުރާ ފަރާތުން އިންކާރުކުރިނަމަވެސް، މި މައްސަލައާއި ގާޅިގެން ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓަށިޙު ޟރުވި މުޙައްމަދ ޒާހިރުގެ ހެކިބަހަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފ ކުރާ ފަރާތަށް ފައިސާދޭން އެއްބަސްވެފައިވަނީ އިސްތިއުނާފ ކުރާ ފަރާތާއި، އިސްތިއުނާފު ރައްދުވާ ފަރާތާއި ހެކިވެރިޔާއާއިޙެ ޟާ ރުވ ތިބެ ކުރެވުނު މަޝްވަރާތަކެއްގައިކަމަށ ބުނެފައިވުމުނު،އިސް ތިއުނާފާކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުދމެދެ ފައިސާގެ މުޢާމަލާތެއް ހިނގިކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ފައިސާ ދިންކަމަށް މި ހެކިވެރިޔާގެ ބަހުންވެސް ބާރުދެއެވެ.
18އެ ހެންކަމުން އިސްވެ ބަޔާންކުރެވުނު ކަންތައްތަކަށް ރިޢާޔަތްކުރާއިރު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ހުށަހެޅިފައިވާ ހެކި ވަޒަންކުރުމާއި މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް އެ ހެކި ތަޠުބީޤު ކުރުމާގުޅޭ ޤާނޫނުތަކުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 )ޢަލީ މޫސާ ވ. އާޝިޔަތު ނިޒާރު( ޤަޟިއްޔާ ސިވިލް ކޯޓުގެ ނަންބަރު 1692/Cv-C/2020 ޤަޟިއްޔާއާއި ގުޅިގެން ހެކީންގެ ބަޔާނަށް ހުށަހަޅަ ބަޔާން މައްޗަށް ބަލާއިރުޤާނޫނުގައ ބަޔާންކުރި މިންގަނޑަށް އިސްތިއުނާފު ރައްދުވާ ފަރާތަށެދަޢުވާ ސާބިތުކޮށްދެވިފައިވާކަމަށް ބަލަންޖެހެއެވެ.
19އިސްތިއުނާފު ކުރާ ފަރާތުގެ އަތުން އިސްތިއުނާފު ރައްދުވާ ފަރާތްނަގާފައިވ ފައިސާ އަނބުރާ ދައްކާ ޚަލޞ ކޮށްފައިވާކަމާއި އަދި އެ ފައިސާއަކީ މުޙައްމަދު ޒާހިރުގެ އަތުން ވިޔަފާރިއަށް އިންވެސްޓްކޮށްފައިވ ފައިސުކަމަށާއި، އަދި އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން، މުޙައްމަދު ޒާހިރު އެދިގެން އިސްތިއުނާފް ކުރާ ފަރާތަށްއ ފައިސާ ދައްކާފައިވާކަމަށ ބުނި ދަށު ކޯޓުގައި އުފެއްދި ސުވާލުތަކަށް ސިވިލް ކޯޓުން ރިޢޔަތްކޮށްފައާ ނުވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެއެވެ. މި ނުކުތާއާ ގުޅިގެނ އިސްތިއުނާފު ކުރާ ފަރާތް އިތުރަށް ބުނެފައި ވަން އަދި އެކަނ ސާބިތުކުރުމަށް 17 ސެޕްޓެންބަރު 2017 ގައާ ސޮއިކޮށްފައވި އެއްބަސްވުމެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެކަންކަމަށް ސިވިލް ކޯޓުނަ ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
20މާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމަކީ ސެވެން ވީކްސ ޕްރައިވެޓް ލިމިޓެޑް އާއް ޔުނައިޓެޑް ވެންޗާސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދި […] 10 ބުރީގެ އިމާރާތެއް ކުރުމަށް 28 މާރިޗު 2017 ވަނަ ދުވަހު ވެވިފައިވާ އެއްބަސްވުމަށް ގެނެވޭ އެމެންޑްމަންޓއްކަނެ އެނގެން އޮވެއެވެ. މި އެއްބަސްވުމުގެ ދަރަނި ޚަލާޞް ކުރުން ޞުރުޚ އެއްގެ ގޮތުގައި ބަޔާންކޮށް،ޔުނައިޓެޑް ވެންޗެ ރސ ޕްރައިވެޓް ލިމިޓެޑަ ގ މެނޭޖިންގ ޑިރެކްޓަރ ޙުސައިންއިސްމް ޢާލް އަދި ޑިރެކްޓަރ މުޙައްމަދު ޒާހިރުގެ އަތުން ސެވަން ވީކްސ ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުޖީޙ އެކި ފަހަރުމަތިން ނެގި ފައިސާއަކީ ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ވިޔަފާރިއަށްއިންވެސްޓްކޮށް ނަފާ ހޯދުމަށް އަޙްމަދު މުޖޙާ ނަގާފައިވަ ފައިސާ ކަމުގް އ ވީނަމަވެސް، މި ފައިސާ އިންވެސްޓްކުރި ފަރާތަށް އެއްވެސް މަންފާއެއް ނުވަތަ ފައިދާއެއް ލިބިފައިނުވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް އިންވެސްޓްކުރި ފަރާތުން އެދުނުހިނދު އެ ފައިސާ މި އެއްބަސްވުމުގް ތެރެއިން ބައިބަޔަށް ދައްކާ ޚަލް ޞު ކުރުމަށްއަޙްމަދަ މުޖާޙް ގެ ފަރާތުން ސެވން ވީކްސ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވާކަމަށް ބަޔާންކޮށްފައިވެއެވެ.
21ޕްރިސިޑެންސް 5ހުށަހެޅިފައިމިވާ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި އެއްބަސްވުމުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ދ ންޖެހޭ ފައިސާ ދައްކާ ޚަލާޞ ކުރެވިފައިވާ ކަމަށެ އިސްތިއުނާފު ކުރާ ފަރާތުން ބުނިނަމަވެސް، އިސްވެ ބަޔާންކުރެވުނު އެއްބަސްވުމަށް ބަލާއިރު، ފެންނަންއޮތެ ޙަޤީޤަތަކީ އ އެއްބަސްވުމުގް ބަޔާންކުރާ ފައިސާއަކީ އިސްތިއުނާފު ކުރާ ފަރާތުގެ އަތުން އިސްތިއުނާފު ރައްދުވާ ފަރާތާ ނަގާފައިވާ ފައިސާކަން އެނގެން ނެތްކަން އަދި އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭކަމަށް ބުންފައިސާގ އެއްވެސ ސެޓްލްމެންޓެއް އ އެއްބަސްވުމުގެ ތެރެއނ ވެފައިވާކަން އެނގެން ނެތްކަމެވެ.
22އސްތިއުނާފި ކުރި ފަރާތުން ދިފާޢުގެ ގޮތުގައި ހުށަހަޅާފައިވާމަހުށަހެޅުމ ގުޅިގެނާ ދަށް ކޯޓު މަރި ޙްލާގައ ވާހަކަ ދައްކާފައިވެއެވެ. މިކަން ސިވިލް ކޯޓުގެ މަޙުޟަރު ބަޔާނަށް ބެލުމުން އެނގެއެވެ. ދަށް ކޯޓަ ގެ ޝަރީޢަތު ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު މައްސަލަ ނިންމުމުގައި އިސްތިއުނާފ ކުރް ފަރާތުން ފާހަގަކުރާ އެއްބަސީ ވުމަށް ރިޢާޔަތްކޮށްފައިވާކަން އެނގެން ނެތެވެ. ނަމަވެސް އެ އެއްބަސްވުމަށް ރިޢާޔަތްކުރިނަމަވެސް އެ އެއްބަސްވުމަކީ މައްސަލައިގެ ޙުކުމަށް އަސަރުކުރާނެ ނުވަތަ ބަދަލެއް އަންނާނެހް އްޖަތެއްގ ގޮތުގައެ ބެލެވޭނެ އެއްބަސްވުމެއް ކަމުގައި ނުދެކެމެވެ.
23ބުނެވިދިޔ ކަންކަނަ އެހެން ހުރުމުން ސިވިލް ކޯޓުގެ ނަންބަރ 1692/Cv-C/2020 ޤަޟިއްޔާގެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔ އާއާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2010/SC-A/02 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ އަދި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.
24އިސްވެ ބަޔާންކުރަނިވި ކްންކަނަ އެގޮތުގެމަތީން ހުރުމުނެ،ސިވިލ ކޯޓުގް ނަންބަރ 1692/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދެއަޙްމަދު މުޖާޙާގްފަރާތުނ ހުށަހަޅާފައިވް ނުކުތާތަކުގެ މައްޗަށ ރިޢާޔަތްކޮށީ، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދ ޤާނޫނި ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވ.
25އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
26އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ .
27މ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފްކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/02 (މުޙައްމަދު ރަޝާދު ވ. ޙުސައިން ރަޝީދު)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/49 (ދިވެހި ރައްޔިތުންގެ ޕާޓީ ވ. ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/13 (މުޙައްމަދު ސަޢީދު އިސްމާޢީލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/53 (ޢަލީ މޫސާ ވ. އާޝިޔަތު ނިޒާރު)
- ބެންޗު
- ޙުސައިން ޝަހީދު، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް