ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/52
މިނިސްޓްރީ އޮފް ފިނޭންސް ވ. އެސްކޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، 2022/HC-A/52
Ministry of Finance v. Eskey Construction Private Limited 2022/HC-A/52 (2022/HC-A/52, High Court of the Maldives, 15 June 2026)
މިނިސްޓްރީ އޮފް ފިނޭންސް ވ. އެސްކޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ބީލަމުގެ މައްސަލަތައް ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ ޚިލާފަށް ނޭޝަނަލް ޓެންޑަރ ބޯޑުން ބީލަމެއް ޑިސްކޮލިފައިކުރުމާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމްތައް، އިސްތިއުނާފުގައި އައު ނުކުތާ ބެލެވޭނެތޯއާއި، އެދިފައިނުވާ ފަރުވާއެއް (ގެއްލުމުގެ ބަދަލަށް ދަޢުވާކުރުމުގެ ޙައްޤު) ކަނޑައެޅުމާއި، މަޝްރޫޢު ތިންވަނަ ފަރާތަކަށް ޙަވާލުކުރެވިފައިވީނަމަވެސް އެދިފައިވާ ފަރުވާ (އަލުން އިވެލުއޭޓްކޮށް އެވޯޑްކުރުން) ދެވިދާނެތޯ ކަނޑައެޅުން.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުގެ މައިގަނޑު ކަނޑައެޅުމެއް (މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ތަބާވާންޖެހޭ ކަމަށް ކުރި ކަނޑައެޅުން) އިސްތިއުނާފުކޮށްފައި ނުވާނަމަ، އެ ކަނޑައެޅުމުގެ ދަށަށް ވެއްޓޭ ވާހަކައެއް (ބިޑުގެ ރިކުއަރމަންޓް ފުރިހަމަނުވާކަން) އިސްތިއުނާފުގައި ދެއްކުމަކީ އިސްތިއުނާފު ކުރިއިރު ހުށަހަޅާފައިނުވާ އައު ނުކުތާއެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ނުކުތާ ބަލައިގަނެ ގޮތް ކަނޑައެޅޭނެ ނުކުތާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34، 35)
- މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ތަބާވާންޖެހޭ ކަމަށް ކަނޑައަޅާފައިވާ ހިނދު، ބިޑް ރިކުއަރމަންޓާ ގުޅޭ ލިޔުންތަކަށް ރިޢާޔަތް ނުކުރުމަށް ނިންމި ސަބަބު ސާފުކޮށް އެނގެން އޮތްނަމަ، އެ ލިޔުންތަކަށް ރިޢާޔަތް ނުކުރުމަކީ ދަށުކޯޓުން ހަދާފައިވާ ގޯހެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37)
- ޖުޑީޝަލް ރިވިއު ފަދަ މައްސަލަތަކުގައި ކުރިން އޮތް ހާލަތަށް ކަންކަން ރުޖޫޢަކުރުން މުސްތަޙީލުވެ، އެދިފައިވާ ފަރުވާ ނަގައިދެވެން ނެތްނަމަ، އާންމު އުޞޫލަކުން އޮންނާނީ ގެއްލުމެއް ލިބިފައިވާނަމަ ބަދަލު ހޯދުމުގެ ފުރުޞަތެވެ. އެހެންކަމުން ޚަޞްމުން އެދިފައިނުވިނަމަވެސް، ގެއްލުމުގެ ބަދަލަށް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމަށް ބަޔާންކުރުމަކީ ގޯހެއް ނޫނެވެ. ނަމަވެސް ގެއްލުމުގެ ބަދަލަކަށް އެދިފައިނުވާނަމަ ބަދަލުގެ މިންވަރެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43، 44)
- މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ އެއްގޮތަށް ބިޑް އެވޯޑް ނުކުރުމުގެ މައްޗަށް ހުށަހެޅޭ މައްސަލައެއްގައި، މަޝްރޫޢު އެހެން ފަރާތަކަށް އެވޯޑްކުރެވިފައިވާކަން ހަމައެކަނި ބަޔާންކުރުމަކުން، އެދިފައިވާ ފަރުވާ ނަގައިނުދެވޭނެކަން އެކަށީގެންވާ ހަމައަކުން ބަޔާންކޮށްދިނީ ކަމުގައި ނުބެލެވޭނެއެވެ. އެވޯޑްކުރެވުނު ފަރާތާއެކު މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު، އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމާއި ކުރެވިފައިވާ މަސައްކަތާއި ޚަރަދުގެ މިންވަރަކީ ދަޢުވާއަށް ޖަވާބުދިނުމުގައި މުހިންމު ނުކުތާތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47، 48)
- ކުރިން އޮތް ހާލަތަށް ރުޖޫޢަ ނުކުރެވޭނެކަމަށް ދެކޭ ސަބަބުތައް އެކަށީގެންވާ ތަފްޞީލާއެކު މައްސަލައިގެ މައުޟޫޢުގައި ބަޔާންކޮށްދިނުމަކީ އެ ވާހަކަ ދައްކާ ފަރާތުގެ ޒިންމާއެކެވެ. ވަގުތީ އަމުރަށް ޖަވާބުދިނުމުގައި ހަމައެކަނި ދައްކާފައިވާ ވާހަކައަކަށް ބިނާކޮށް، މައުޟޫޢުގައި އެދިފައިވާ ފަރުވާ ނަގައިދިނުމުގައި ފަނޑިޔާރު ގޯހެއް ހަދާފައިވާކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49، 50، 52)
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާ އާއި ނަންބަރު 2763/Cv-C/2021 ޤަޟިއްޔާ އަދި އެކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް (މީގެ ފަހުން "ދައުލަތް " ނުވަތަ "އިސްތިއުނާފ ކުރު ފަރާތް)"ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލެ ޤަޟިއްޔާތަކެވެ.
2މި ޤަޟިއްޔާތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އެސް.ޖޭ ކޮންސްޓްރަކްޝަން") އާއި އެސް.ޖ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އެސް.ޖޭ ޓްރޭޑް") އެވެ.
3އިސްތިއުނާފު ރައްދުވާ އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑަކީ، މިނިސްޓްރީ އޮފް ފިނޭންސގް ނަންބަރު K/13/2021/21-(IUL)13 (02 ފެބްރުވަރީ 2021) އިޢުލާނުން، ތ. ވިލުފުށީގައި ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 04/R01-TES/2020/W ޓެންޑަރއާއި، ހދ. ހަނިމާދޫ ގައި ހައުސިންގ ޔުނިޓު ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރި ނަންބަރު 013/R01-TES/2020/W ޓެންޑަރ އާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު K/13/2021/53-(IUL)13 15) ފެބްރުވަރީ 2021) އިޢުލާނުން، ހދ. ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓގު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ރަޖިސްޓަރީ ނަންބަރު: 0357/1996-C ރަޖިސްޓަރީ ނަންބަރު: 0749/2017-C ނަންބަރު R01-012-TES/2021/W ޓެންޑަރ އިޢުލާނާ ގުޅިގެން، ޖޮއިންޓް ވެންޗަރ ކޮށް ބިޑު ހުށަހެޅި ފަރާތެކެވެ.
4ބުނެވުނު ރަށްތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފރާތަ ނ ހުށަހެޅް ބޑުތަކުގައި އެމްޕްލޯޔަރސް ރިކުއަރމެންޓް އަދި ފައިނޭންޝަލް ރިސޯސަސް ރިކުއަރމެންޓް ފުރިހަމަ ނުވާކަމަށް ނިންމައި އެ ބިޑުތއަ ޑިސްކޮލިފައ ކަމަށި ނޭޝަނަލް ޓެންޑަރ ބޯޑުން ނިންމިއެވެ.
5ބުނެވުނު ތިން ރަށާ ގުޅޭ ބިޑުތައް ޑިސްކޮލިފައިކަމަށ ނޭޝަނަލް ޓެންޑަރ ބޯޑުން ކަނޑައެޅުމުން، އެ މައްސަލަތައް ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީ އަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުމުން ބީލަމުގެ މައްސަލަބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.
1.5 މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު K/13/2021/21-(IUL)13 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގ މައްސަލެ މުސްތަޤިއްލު ރިވިއު ކޮމިޓީން ބަލައި ނިންމީ، އެސް. ޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ ބިޑް ޑޮކިއުމަންޓަކީ ޝަރުޠު ހަމަވާ އަދި ބަލައިގަންނަންޖެހޭ ޑޮކިއުމަންޓްތަކެއް ކަމަށާއި، އެސް. ޖޭ ޓްރޭޑް އާއި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރއިން، މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު K/13/2021/21-(IUL)13 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އަލުން އިވެލުއޭޓްކުރުމަށް އެންގުމަށެވެ.
2.5 ހދ . ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު K/13/2021/53-(IUL)13 15) ފެބްރުވަރީ 2021) އިޢުލާނާ ގުޅޭ ބީލަމުގެ މައްސަލަ އެކޮމިޓީން ބެލިއިރު އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ލެޓަރ އޮފް ކްރެޑިޓް ފައިނޭންޝަލް ރިސޯސަސްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމާ ފައިވާ ނިންމުން ރަނގަޅުން ނޫންކަމަށާއި، އެފަރާތުން ފާހަގަކޮށްފައިވާ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު P/13/2021/555-(MEMO)13 (20 އެޕްރީލް 2021 ) އިންޓަރނަލް މެމޯ ކަންކަމަށް ބަލައި މިނިސްޓްރީ އޮފް ފިނޭންސގް ނަންބަރު K/13/2021/53-(IUL)13 15) ފެބްރުވަރީ 2021) އިޢުލާނާ ގުޅިގެން އެސް. ޖޭ ޓްރޭޑް އާއި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރއިނ ހުށަހަޅާފައިވް ބީލަން އަލުން އިވެލުއޭޓްކޮށްގެނ ކުރިއަށް ގެންދިޔުމަށް އެންގުމަށް އެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުމުން ނިންމިއެވެ.
6އަދި މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމި ގޮތް އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގިއެވެ. އެގޮތުން؛
1.6 ތ. ވިލުފުށީގައި ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތް ކުރުމަށް އިޢުލާންކުރި ޓެންޑަރއާ ގުޅިގެން ހުށަހަޅާފައިވާ ބިޑް ޑޮކިއުމަންޓަކީ ޝަރުޠު ހަމަވާ އަދި ބަލައިގަންނަންޖެހޭ ޑޮކިއުމަންޓެއް ކަމަށާއި، އެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީ ލަންތައ އަލުން އިވެލުއޭޓްކުރުމަށް ނޭޝަނަލް ޓެންޑަރ އަށް ބީލަމުގެ މައްސަލަބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން އަންގާފައިވާ ކަމަށް މިނިސްޓްރަ އޮފް ފިނޭންސްގެ ނަންބަރު P/PRIV/2021/473-13 (20 އެޕްރީލް 2021) ސިޓީން އެންގިއެވެ.
2.6 ހދ. ނޮޅިވަރަންފަރުގައި ޢިމާރާތް ކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި އިޢުލާނާ ގުޅިގެން އެސް.ޖޭ ޓްރޭޑް އާއި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ ބީލަން އަލުން އިވެލުއޭޓް ކޮށްގެން ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޓެންޑަރއަށް އެންގުމަށް އެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުމުން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު P/PRIV/2021/703-13 (01 ޖޫން 2021) ސިޓީން އެންގިއެވެ.
3.6 ހދ. ހަނިމާދޫ ގައި 100 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އެސް.ޖޭ ޓްރޭޑް އާއި އެސް.ޖޭ ކޮންސްޓްރަކްޝަން ގ ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ ބީލަން އަލުން އިވެލުއޭޓް ކޮށްގެން ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޓެންޑަރއަށް މިނިސްޓްރީ އޮފް ފިނޭންސްނަންބަރު 722/P/13/2021-(MEMO)13 (01 ޖޫން 2021 ) އިންޓަރނަލް މެމޯ އެންގުމަށް ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީގެ 2021 ވަނަ އަހަރުގެ 51 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު P/PRIV/2021/789-13 (27 ޖޫން 2021) ސިޓީން އެންގިއެވެ.
7އެ ނިންމުމާ ގުޅިގެން ނޭޝަނަލް ޓެންޑަރ ބޯޑުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ފައިނޭންޝަލް ރިސޯސަސް ރިކުއަރމެންޓާ ގުޅޭ މަޢުލޫމާތު ބޭންކް އޮފް ސިލޯނުން ސާފުކުރުމަށްފަހު އެ މަޢުލޫމާތުތަކަށް ބެލުމަށފަހް އެލިޔުންތަކަކީ ކުރިންވެސް ހުށަހެޅެން އޮތް ލިޔުންތަކެއް ކަމަށްބުނެ ޓެންޑަރ ބޯޑުން ކުރިން ނިންމި ނިންމުން ބަދަލު ކުރެވެން ނެތްކަމަށް ނިންމިކަމަށް ދައުލަތުން ބުނެއެވެ.
8އިސްވެ ބުނެވުނު ބީލަންތައް އަލުން އިވެލުއޭޓްކޮށް ޓެންޑަރ އެވޯޑް ކުރުމަށް ބީލަމުގެ މައްސަލަ ބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމި ނަމަވެސް އެ ނިންމުމާ އެއްގޮތަށް ނޝަނަލޭ ޓެންޑަރ ބޯޑުން ޢަމަލުކޮށްފައި ނުވާކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން އެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހެޅިއެވެ.
1.8 ހދ. ހަނިމާދޫގައި ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 013/R01-TES/2020/W ޓެންޑަރއާ ގުޅިގެން ހުށަހެޅި ބީލަމާގުޅޭ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/3327 ޤަޟިއްޔާއިންނެވެ.
2.8 ހދ. ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު R01-012-TES/2021/W ޓެންޑަރ އިޢުލާނާ ގުޅިގެން ހުށަހެޅި ބީލަމގުޅާ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/3276 ޤަޟިއްޔާއިންނެވެ.
3.8 އަދި ތ. ވިލުފުށީގައި ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 04/R01-TES/2020/W ޓެންޑަރއާ ގުޅިގެން ހުށަހެޅި ބލަމީ ގުޅޭ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާއިންނެވެ.
9މިއީ، ސިވިލް ކޯޓުން ބެލި އިސްވެބުނެވުނު މައްސަލަތައް އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހެޅި އިސްތިއުނާފެވެ.
1.9 ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/52 ޤަޟިއްޔާއިންނެވެ.
2.9 ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/3276 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/339 ޤަޟިއްޔާއިންނެވެ.
3.9 އަދި ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފކުރުމަށު ހުށަހެޅި މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/383 ޤަޟިއްޔާއިންނެވެ.
10ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑް އަކީ ފައިނޭންޝަލް ރިސޯސަސްއާއި އެމްޕްލޯޔާސް ރިކުއަރމަންޓް ފުރިހަމަވެފައިވާ ފަރާތްތަކެއް ކަމުގައި ކަނޑައަޅައި، އެފަރާތްތަކުގެ ބިޑަކީ ފައިނޭންޝަލް ރިސޯސަސްއާއި، އެމްޕްލޯޔާސ ރިކުއަރމަންޓް ފުރިހަމަވެފައިވާ ބިޑެއ ކަމަށް ބަލައިގެން، 02 ޖަނަވަރީ 2022 އިން ފެށިގެން 20 ދުވަސް ތެރޭގައި އެފަރާތުގެ ބިޑް ރީ-އިވެލިއޭޓްކޮށް، މިހާރު އިވެލުއޭޓްކޮށް ނިންމާފައިވާ ބިޑްތަކާއަ، އެސް.ޖޭ ކޮންސްޓްރަކްޝަން އަދި އެސް.ޖޭ ޓްރޭޑުގ ބިޑުގެ ތެރެއިން، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް ބިޑް އެވޯޑްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސާއި، ކަމާބެހޭ ފަރާތްތަކަށް އަންގައިއެވެ.
11ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/3276 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، ހދ. ނޮޅިވަރަންފަރުގައި އިމާރާތް ކުރަން ފަށާފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ނިންމުމުގެ ޕްރޮޖެކްޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރ K/13/2021/53-(IUL)13 15) ފެބްރުވަރީ 2021) އިއުލާނާ ގުޅިގެން އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑްގެ ފަރާތުން ހުށަހެޅި ޖޮއިންޓް ވެންޗަރ ބީލަމާ ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހުށަހެޅި މައްސަލައިގައި ނޭޝަނަލް ޓެންޑަރ ބޯޑު، ޕްރޮކިއުމަންޓް އޮފިސަރު އަދި މުސްތަޤިއްލު ރިވިއުކޮމިޓީއިން ޢަމަލުކޮށްފައިވަނީ ދައުލަތުގެ މާ ލިއްޔަތު ގަވާއިދާއި ޚިލާފަށްކަމަށް ކަނޑައަޅައި އެ ބީލަމާއ ގުޅިގެނި އެސް.ޖޭ ކޮންސްޓްރަކްޝަން އަދި އެސް.ޖޭ ޓްރޭޑްއަށ ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދޢަ ވާކުރުމުގެ ޙައްޤު އޮތްކަމަށު ކަނޑައަޅައެވެ.
12ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، ތ. ވިލުފުށީގައި ޢިމާރާތްކުރަން ފަށާފައިވާ 64 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާއި، އެރަށުގައި އަލަށް ޢިމާރާތްކުރާ 36 ހައުސިންގ ޔުނިޓުގެ ޑިޒައިން އެންޑް ބިލްޑ އުޞޫލުން އިމާރާތްކުރުމުގެ މަސައްކަތަށް އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑްގެ ފަރާތުން ހުށަހަޅާފައިވަ ބީލަން، ނޭޝަނަލް ޓެންޑަރ ބޯޑުގޭ އިވެލުއޭޝަންގައި ނުހިމެނުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެސް.ޖޭ ކޮންސްޓްރަކްޝަން އާއި އެސް.ޖޭ ޓްރޭޑްއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިއެވެ.
13ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާ އަދި އެ ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން އަންނަނިވި ނުކުތާ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
1.13 ބެލީ މުގެ މައްސަލަތައް ބަލާ މުޞްތަޤިއަލު ރިވިއު ކޮމިޓީގެ ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުނަ ޢަމަލުކުރުމަށް ލާޒިމްވނާ އެއީ ޓެންޑަރ ޑޮކިއުމަންޓާ އެއްގޮތަށް އަންގާފައިވާ އެންގުމެއްނަމަކަމާއި، އެހެން ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ކިބައިގައި ޓެންޑަރ ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ ފައިނޭންޝަލް ރިސޯސް ރިކުއަރމަންޓާއި އެމްޕްލޯޔަރސް ރިކުއަރމަންޓް ފުރިހަމނުވަ ކަނާ ސާފުކޮށް އެނގެން އޮތްއިރު، އެ ރިކުއަރމަންޓްތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/383 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގެ 6.1 ނުކުތާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/52 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގެ 7.1 ނުކުތާ ފުރިހަމަނުވާކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކަކީ ނެތް ލިޔކެ ޔިންތަކެއް ކަމަށް ބަލައިގެން ނިންމި ނިންމުމުގެ ސަބަބުން، ސިވިލް ކޯޓުގެ ނިންމުމަކީ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤޟަ އ ޔްގައ ކަނޑައަޅާފައިވި އުޞޫލާ ޚލި ފަށާ، ބީލަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓގު ދައުލަތް (މިނިސްޓްރީ އޮފް އިކޮނމޮ ކ ޑިވެލޮޕްމަންޓް) ވ. ސައިރިކްސް ކޮމްޕިއުޓަރ ޓްރެއިނިންގ ސެންޓަރ ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޔޮޓް ޓްއަ ރސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޝަނޭ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގި 45.10 ވަނަ މާއްދާ އާއި 46.10 ވަނަ މާއްދާއާ ޚިލާފަށާ ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
14ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން އިސްވެ ބަޔާންކުރެވުނު ނުކުތާގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/3276 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާ ދައުލަތުން ހުށަހަޅާފައިވެއެވެ.
1.14 މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު K/13/2021/53-(IUL)13 15) ފެބްރުވަރީ 2021) އިޢުލާނއާ އަދި ނަންބަރު K/13/2021/21-(IUL)13 (02 ފެބުރުވަރީ 2021) އިޢުލާނަށް ހުށަހެޅި ޖޮއިންޓް ވެންޗަރ ބީލަމާއ ގުޅިގެނި ނޭޝަނަލް ޓެންޑަރ ބޯޑު، ޕްރޮކިއުމަންޓް އޮފިސަރު އަދި މިނިވަން މުސްތަޤިއލް ރިވިއު ކޮމިޓީން ޢަމަލުކޮށްފައިވަނީ ދައލު ތުގެ މާލިއްޔަތުގެ ގަވާއިދަ ޚިލާފަށްކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު އޮތްކަމަށް ސިވިލް ކޯޓުގެ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 83A/3-2023/HC ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގެ 6.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/339 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގެ 6.1 2763/Cv-C/2021 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ގޟަ އްޔާގައި، ޚަސްމުންގި ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމަށް ބަޔާންކުރާ އުޞޫލާއި ޚިލާފަށް، އަދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދީ ބާޖު އިންވެސްޓްމަންޓާ ޕްރައިވެޓް ލިމިޖެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕާޓ އެންޑް ސިވިލް އޭވިއޭޝަން) ޤަޟިއްޔާގައި، އެދިފައިނުވާ ބަދަލެއް ނަގައި ދިނުމަކީ ޝަރީޢަތްކުރުމުގެ އުޞޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށެވެ.
15އަދި ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން ފުރަތަމައަށް ބަޔާންކުރެވުނު ނުކުތާގެ އިތުރުން، އަންނަނިވި އިސްތިއުނާފީ ނުކުތާ ފާހަގަކޮށްފައިވެއެވެ.
1.15 ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބިޑު ވެސް ހިމެނޭނެހެން އަލުން ބިޑުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް ޕްރޮޖެކްޓް އޮވެ ޑްކުރުމަށޯ ޙުކުމް ކޮށްފައިވަނީ، އެ މޝްރޫޢަ ތިންވަނަ ފަރާތަކަށް ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށް ދައުލަތާއި ތިންވަނަ ފަރާތާ ދެމެދު އުފެދިފައިވާ ތަޢާޤުދީ ގުޅުމުގެ ދަށުން ދެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ރިއާޔަތްކުރުމަކާނުލއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު ފަރުވާ (specific performance) ނަގާދީފައި ވަނީ އިސްވެ ބަޔާންކުރެވުނު އެއްބަސްވުމުގެ ދަށުން އުފެދިފައިވާ އިލްތިޒާމުތަކަށާއި، ގެއްލުމުގެ ބަދަލަކީ އެކަށީގެންވާ ފަރުވާއެއް ކަން ނުވަތަ ނޫންކަން ބެލުމަކާ ނުލައިކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/52 ޤަޟިއްޔާގެ އިސްތިއުނާފު ފޯމުގެ 27. ނުކުތާ އިސްތިއުނާފު ކުރާ ފަރާތގު ވާހަކަ
16ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާ އަދި ނަންބަރު 2763/Cv-C/2021 ޤަޟިއްޔާ އަދިނަންބަރު 2764/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފީ ނުކުތާތކަ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1.16 ބެލީ މުގެ މައްސަލަތައް ބަލާ މުޞްތަޤިއަލު ރިވިއު ކޮމިޓީގެ ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުނަ ޢަމަލުކުރުމަށް ލާޒިމްވާނީ، އެ އެންގުމަކީ ބީލަމުގެ ދަޢުވަތާ އެއްގޮތަށް އަންގާފައިވާ އެންގުމެއނަމް ކަމަށެވެ.
2.16 އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ބީލަމުގައި ބިޑު ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ އެމްޕްލޯޔަރސް ރިކުއަރމެންޓާއި ފައިނޭންޝަލް ރިސޯސް ރިކުއަރމެންޓް ފުރިހަމަ ނުވާކަމަށާއި މި ޙާލަތުގައި އެ ރިކުއަރމެންޓް ފުރިހަމަވެފައިވާ ކަމަށް މުސްތަޤިއްލު ރިވިއު ކޮމިޓީން ނިންމި ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ޢަމަލުކުރުމަށް ލާޒިމްވާނެކަމަށް ނުދެކޭ ކަމަށެވެ.
3.16 އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާ ފައިވާ ބީލަމަކީ ބިޑް ޑޮކިއުމަންޓާއި އެއްގޮތަށް ހުށަހަޅާފައިވާ ބީލަމެއް ނޫން ކަމަށެވެ. އެގޮތުން އެފަރާތުގެ ކިބައިގައި ބިޑުގައި ބުނާ ކޭޝް ފްލޯގެ ގޮތުގައި ހުންނަންޖެހޭ ޢަދަދު އެކުންފުނީގައި ހަމަނުވާތީ، ފައިނޭންޝަލް ރިސޯސް ރިކުއަރމަންޓް ފުރިހަމަނުވާ ކަމަށެވެ. ބިޑާއ އެކި ހުށަހަޅާފައިވާ ބޭންކް އޮފް ސިލޯން އިން "އެސް.ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް" އަށް 04 އެޕްރީލް 2011 ގައި ދޫކޮށްފައިވާ "ރީ- ކްރެޑިޓް ފެސިލިޓީސް" މި ލިޔުމަކީ ބީލަން ހުށަހެޅި ބީލަންވެރިޔާގެ ނަމުގައި ދޫކޮށްފައިވާ ސިޓީއެއް ނޫން ކަމަށާއި، 2017 ވަނަ އަހަރު ކުންފުނީގެ ނަން ބަދަލު ވެފައި އޮވެމެ، އެ ސިޓީ ދޫކުރުމުގެ 10 އަހަރު ފަހުން ހުށަހަޅާފައިވާ ބީލަމަކާއެކުވެސް ކުންފުނީގެ ކުރީގެ ނަމުގައި ދޫކޮށްފައިވާ ފެސިލިޓީއެއް ހުށަހަޅާފައިވާތީއއި، އެ ފެސިލިޓީއަކީ ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު އަދި ޞައްޙަ އަދި ބޭނުންކުރެވޭނެ ފެސިލިޓީއެއްކަން އެނގޭނެ އެއްވސެ ލިޔުމެއް ބީލަމަކާއެކު އެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ. އިތުރު ޑޮކިއުމަންޓް ހުށަހެޅުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށާއި އެއީ ނޭޝަނަލް ޓެންޑަރ ބޯޑުގެ ޒިންމާއެއް ނޫންކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިގައި އެމްޕްލޯޔަރސް ރިކުއަރމެންޓް ފުރިހަމަ ނުވާކަމަށް ނިންމާފައިވަނީ ބީ.އޯ.ކިއު ބިޑު ޑޮކިއުމަންޓު އެއްގޮތަށް ހުށަހަޅާފައިނުވާތީ ކަމަށެވެ.
4.16 މިމައްސަލައިގައި ދަށުކޯޓުން ނަގާދީފައިވާ ފަރުވާއަކީ އެފަރާތުން އެދިފައިވާ ކަމެއް ނޫންކަމަށާއި އެގޮތުން ނެޝަނަލް ޓެންޑަރ ބޯޑުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ކަނޑައެޅުމާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައެޅި ކަނޑައެޅުމަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދަށުކޯޓުގައި އެދުނު ފަރުވާއެއް ނޫންކަމާއި އެފަރާތުން ހުށަހެޅި ދޢަ ވާފޯމުގައ ވެސި އެދުން ފަރުވާއެއް ނޫންކަމަށާއި އެފަރާތުން އެދިފައިވާ ފަރުވާއިނ ބޭރުން ގޮތެއް ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤޟަ އްޔި އާއާ ދީ ބާޖު އިންވެސްޓްމަންޓާ ޕްރައިވެޓް ލިމިޖެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ޤަޟިއްޔާގައި ޚަސްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމަށް ބަޔާންކުރާ އުޞޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
5.16 އަދި ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބިޑު ވެސް ހިމެނޭނެހެން އަލުން ބިޑުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް ޕްރޮޖެކްޓް އެވޯޑްކުރުމަށް ޙުކުމް ކޮށްފައިވާއިރު އެ މަޝްރޫޢު ތިންވަނަ ފަރާތަކަށް ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށާއި މިފަދައިން ނިންމިއިރު އެ އެއްބަސްވުމަށް ވާނި ކިހނެތްކަމާއި އެފަރާތަށް ލިބޭނެ ގެއްލުމަށް ރިޢަޔާތްކޮށްފައި ނުވާކަމަށެވެ. ކޯޓުން ނަގައިދޭ ފަރުވާއަކީ އެންމެހައި ފަރާތްތަކުގެ ޙައްޤުތަކަށް ރިޢާޔަތްކޮށް އަދާލަތުގެ ހަމަތަކުގެ މަތިން ނަގައިދެވޭ އިންސާފުވެރި ފަރުވާއަކަށް ވާންޖެހޭނެ ކަމަށެވެ. މިމައްސަލައިގައި ވަކިގޮތަކަށް ޢަމަލުކުރުމަށް އަމުރުކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެފައިވާ ކަމަށް ބަލައި އެފަދަ ނިންމުމެއް ނިންމި ސަބަބު ސާފުކޮށްދީފައި ނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
17ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން އެދިފައިވަނީ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި އިސްތިއުނާފީ ރައްދުވާ ފަރާތަކީ ފައިނޭންޝަލް ރިސޯސް ރިކުއަރމެންޓާއި، އެމްޕްލޯޔަރސް ރިކުއަރމެންޓް ފުރިހަމަނުވާ ފަރާތެއް ކަމުގައި ނޭޝަނަލް ޓެންޑަރ ބޯޑުން ކަނޑައަޅާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ބީލަމުގެ ދަޢުވަތާ އެއްގޮތަށްކަމަށް ކަނޑައަޅައި އެމޭރުމުން ޙުކުމްކޮށް ދެއްވުމަށެވެ.
18ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/3276 ޤަޟިއްޔާއާ ގުޅިގެން އެދިފައިވަނީ، އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ފައިނޭންޝަލް ރިސޯސް ރިކުއަރމެންޓާއި، އެމްޕްލޯޔަރސް ރިކުއަރމެންޓް ފުރިހަމަނުވާ ފަރާތެއް ކަމުގައި ނޭޝަނަލް ޓެންޑަރ ބޯޑުން ކަނޑައަޅާފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ބީލަމުގެ ދަޢުވަތާ އެއްގޮތަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.
19ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން އެދިފައިވަނީ، އެ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކގު ބީލަން، ނޭޝަނަލް ޓެންޑަރ ބޯޑުގެ އިވެލުއޭޝަންގައި ނުހިމެނުމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށްދިނުމަށެވެ.
20އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގައި ޖުމްލަކޮށް ފހާ ގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނިންމުން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ Remedies of Exhaustion of ctrineoD ނުވަތަ އެތެރޭގެ ޙައްލު ހޯދުމުގެ ނިޒާމުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ މައްޗަށް ކަމަށްވާއިރު، މިއީ ޙުކުމް ބިނާ ކުރި މައިގަނޑު ސަބަބު ކަމަށްވާއިރު އެކަން ޤާނޫނާ ޚިލާފުވި ގޮތެއް އިސްތިއުނާފުގައި ބަޔާންކޮށްދީފައި ނުވާކަމަށެވެ.
21ސިވިލް ކޯޓުގެ ނިންމުން ބިނާކޮށްފައި ވަނީ މުސްތަޤިއްލު ރިވިއު ކޮމިޓީއިން ފައިނޭންޝިއަލް ރިސޯސް ރިކުއަރމެންޓް އަދި އެމްޕްލޯޔަރސް ރިކުއަރމެންޓް އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިގައި ފުރިހަމަވާ ކަމަށް ކަނޑައެޅުމުން، އެއީ ބިޑާ ގުޅޭގޮތުން، އޭރުގައި އޮތް އެންމެ ފަހުގެ ނިންމުން ކަމަށާއި އެނިންމުމާ ޚިލާފަށް ޢަމަލުކުރުމުގެ ބާރު ނޭޝަނަލް ޓެންޑަރ ބޯޑަށް ލިބިގެން ނުވާކަމަށެވެ. ނަމަވެސް މި އިސްތިއުނާފުގައި ސިވިލް ކޯޓުގެ ނިންމުމަށް ވާޞިލުވި ސަބަބު، ގޯސްވާ ޤާނޫނާ އުޞޫލެއް ވެސް ދައުލަތުން ބަޔާންކޮށްދީފައި ނުވާކަމަށެވެ.
22ސިވިލް ކޯޓަށް ދައުލަތުން ހުށަހެޅި ޖަވާބުގައި ފާހަގަކޮށްފައިވަނީ ދައުލަތުން މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ އެއްގޮތަށް ނެޝަނަލް ޓެންޑަރ ބޯޑުން ޢަމަލުކޮށްފައިވާ ކަމުގައި ކަމަށާއި، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ޢަމަލުކުރުން ލާޒިމްވަނީ އެ ނިންމުމެއް މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވެގެން ކަމަށް ބަޔާންކޮށްފައި ނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ޤަޟިއްޔާތަކަށް ބަލާއިރު ވެސް މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ބިޑް އިވެލުއޭޓްކުރާ ފަރާތުން ތަބާވާން ނުޖެހޭ ޤާނޫނީ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އަދ ޙވާލާދީފައިވ ޤާނޫނާ މަސްދަރުތަކުގަ އަވެސ ދައުލަތުން ބަޔާންކުރާ އުޞޫލު ބަޔާންކޮށްފައި ނެތްކަމަށެވެ.
23އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ބީލަމާއެކު ފައިނޭންޝިއަލް ރިސޯސް ރިކުއަރމެންޓް އަދި އެމްޕްލޯޔަރސް ރިކުއަރމެންޓް ފުރިހަމަކުރުމުގެ ގޮތުން ލިޔުންތައް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން ހުށަހެޅި ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީ ލިޔުން ބަލައިނުގަތުމަށް ނިންމާފައިވަނީ އެއީ 'އެސް.ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް' އަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީ އަކަށް ވުމުން ކަމަށާއި އެސް.ޖޭ ކޮންސްޓްރަކްޝަންގެ ރަޖިސްޓަރީ ބީލަމާއެކު ހުށަހަޅާފައިވާނެ ކަމަށާއި އެލިޔުމުން ކުންފުނީގެ ނަމަށް ބަދަލު އައިގޮތް ފެންނަން އޮތްކަމަށެވެ. އަދި ބިޑް ނެޝަނަލް ޓެންޑަރ ބޯޑުން ޑިސްކޮލިފައި ކުރިއިރު އެ ކްރެޑިޓް ފެސިލިޓީއަކީ އެކްޓިވް ފެސިލިޓީ އެއްތޯ ބެލުމަށް ކްލެރިފިކޭޝަނަށ ވެސް ފޮނުވާފައި ނުވާކަމަށެވެ. ކުންފުނީގެ ނަމަށް ބަދަލު އައިފަހުނ ވެސް މި ކްރެޑިޓް ފެސިލިޓީ ހުށަހަޅައިގެން ބިޑް ޝަރުޠުހަމަވ ކަމަށާ ބަލައިގެންފައިވާ ކަމަށެވެ
24އަދި ބީލަމުގެ ދައުވަތުގައި އެމްޕްލޯޔރަ ސ ރިކުއަރމެންޓާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ ބީ.އޯ.ކިއު ޝެޑިއުލްއާއި ވޯކް ޝެޑިއުލްއާއ މި ދެ ޝެޑިއުލް ފިޔަވައި އިތުރު ޝެޑިއުލް 'އެމްޕްލޯމެންޓް ރިކުއަރމެންޓް' ގެ ތެރޭގައި ހިމެނޭނަމަ އެފަދަ ޝެޑިއުލެއ ހުށަހެޅުމަށް ކަމަށާއި، ނަމަވެސް ބުނެވުނު ފަދަ އިތުރު ޝެޑިއުލެއް އެމްޕްލޯޔަރސް ރިކުއަރމެންޓްގެ ތެރޭގައި ނުހިމެނޭ ކަމަށާއި އަދި ބ. އޯ. ކިއު ވަކި ފޯމެޓަކަށ ހުށަހެޅުމަށް ބިޑް ޑޮކިއުމަންޓް ލާޒިމު ނުކުރާ ކަމަށެވެ. ބިޑާއެކު ހުށަހަޅާފައިވާ ބީ.އޯ.ކިއު ގައި މައްސަލައެއް އުޅޭނަމަ އެކަމެއް ރަނގަޅު ކުރުމަކީ ބިޑް އިވެލުއޭޝަން މަރުޙަލާގައި އަބަދުވެސް ކުރާ ކަމެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޖޮއިންޓް ވެންޗަރ ކޮށް ހުށަހެޅި ބިޑްގައި ބިޑް ޑޮކިއުމަންޓުގައި ލާޒިމްކޮށްފައިވާ ގޮތަށް އަދި ބީ.އޯ.ކިއު ހުށަހެޅުމުގައި ހާސިލްވާންޖެހޭ މަޤުޞަދު ހާސިލްވާގޮތަށް މަސައްކަތުގެ އަގު އަދި އެއަގު ބިނާވެފައިވާ ގޮތް އެނގެން އޮތްއިރު ބީ.އޯ.ކިއު އާ ގުޅޭގޮތުން އެމްޕްލޯޔަރގެ ފަރާތުން އެނގެން ބޭނުންވާ މަޢުލޫމާތު ހުށަހަޅާފައިވާ ބީ.އޯ.ކިއުއިން އެނގެން އޮތްކަމަށެވެ.
25ހދ. ހަނީމާދޫ ހައުސިންގ ޔުނިޓުގެ މަސައްކަތާ ގުޅޭ ޕްރޮޖެކްޓް ތިން ވަނަ ފަރާތަކަށް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނިކޮށް ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާގއަ ޙުކުމްކުރުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމުގެ މައްޗަށް ފާހަގަކުރާއިރު، އެ މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި ވަނިކޮށް އެފަރާތަށް ދައުލަތުން ފައިސާ ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށެވެ.
26އެ ދިފައިވ ކަންކަނާ ފިޔަވައި އެހެން ކަންތައްތަކަށް ޙުކުމް ނުކުރުމާ ގުޅޭ އުޞޫލާ ގުޅޭ ފާހަގަކުރި ނުކުތާގެ ޖަވާބުގައި ބުނެފައިވަނީ، އެދިފައިނުވާ ކަންކަމަށް ޙުކުމް ކޮށްދިނުމުގެ ޢާންމު އުޞޫލަކީ، އެދިފައިވާ ގޮތް ފިޔަވައި އެހެން ގޮތަކަށް ޙުކުމް ކޮށންދިނުނ ކަމަށްވީނަމަވެސް އެކަން އެގޮތަށް ކުރަންޖެހުނު މަސްލަޙަތެއް ބަޔާންކުރުމަށްފަހު އެކަން ކުރެވިދާނެ ކަމަށް ހައިކޯޓުގެ އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު ޤަޟިއްޔާއާ ޙަވާލާދީ ފހަގަކާ ރ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ޞަ ފ ރ ނާފިއު މޫސާ ވ. މުޙައްމަދު ޝަރީފު ޤަޟިއްޔާ އަށް ބެލުމުން އެދިފައިވާ ގޮތަށް ބައެއް ފަހަރު ޙުކުމް ނުކުރެވިދާނެކަން އެނގޭ ކަމަށެވެ. މިމައްސަލައިގައި 'ގެއްލުމުގެ ބަދަލަށް ދަޢުވާކުރެވިދާނެ ކަމަށް' ޙުކުމުގައި ކަނޑައަޅާފައިވަނީ މައްސަލައިގެ ހިމެނޭ ވަކި މަސްލަޙަތުތަކެއް ހިމާޔަތްކުރުމުގެ ގޮތުން ކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެއީ އެކަށީގެންވާ މަސްލަހަތެއްތޯ ނުވަތަ ނޫންތޯ އެކަން ބަޔާންކޮށް އިސްތިއުނާފުގައި ދައުލަތުން ފާހަގަކޮށްފައިނުވާ ކަމަށެވެ.
27އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފަށް ހުށަހެޅި މިވާ ތިން ޤަޟިއްޔާވެސް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައިދީ އެ ޤަޟިއްޔާތަކުގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިއެވެ.
28ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން، އެއްގޮތް ނުކުތާއެއްގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވަނީ؛
29ބީލަމުގެ މައްސަލަތައް ބަލާ މުސްތަ ޤިއްލ ރިވިއު ކޮމިޓީގެ ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ޢަމަލުކުރަން ލާޒިމުވާނީ، އެއީ ޓެންޑަރ ޑޮކިއުމެންޓާ އެއްގޮތަށް އަންގާފައިވާ އެންގުމެއްނަމަ ކަމާއި، އެހެންނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ކިބައިގައި ޓެންޑަރ ޑޮކިއުމެނޓްގައި ބަޔާންކޮށްފައިވް ފައިނޭންޝަލް ރިސޯސް ރިކުއަރމަންޓާއި އެމްޕްލޯޔަރސ ރިކުއަރމަންޓް ފުރިހަމަނުވާކަން ސާފުކޮށް އެނގެން އޮތްއިރު، އެކަންކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކަކީ ނެތް ލިޔެކިޔުންތަކެއް ކަމަށް ބަލައިގެން މައްސަލަ ނިންމާފައިވާކަމަށެވެ. އަދި އެކަމަކީ މަތީ މަރުޙލާގަ ނިންމުންތަކެއްގެ އިތުރުން މާލިއްޔަތު ގަވާއިދާ ޚލާފުކަމެއ ކަމުގައް ފާހަގަކޮށްފައިވެއެވެ.
30ދަށު ކޯޓުން މައްސަލަ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ނޭޝަނަލް ޓެންޑަރ ބޯޑް ނ އިސްތިއުނާފު ރައްދުވާ ފަރާތުގެ ބީލަން ޑިސްކޮލިފައި ކުރުމުން، އެކަމުގައި ޢމަލުކުރުމަށ އޮންން އިޖުރާއަތަ ފުރިހަމަ ކުރިކަމާމެދު ޚސްމުންގަ މެދުގައި ދެބަސްވުމެއް ނެތްކަމަށާއި އެގޮތުން، ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހެޅުމާއި، އަދި މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ކަމަށާއި، މުސްތަޤިއްލު ރިވިއު ކޮމިޓީން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބީލަން ޑޮކިއުމަންޓްތަކަކީ ޝަރުޠހަމަވާ، އަދި ބަލައިގަންނަންޖެހޭ ޑޮކިއުމަންޓްތަކެއް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި، މި ހާލަތުގައި މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ތަބާވާންޖެހޭ ކަމަށާއި، އެއީ މާލިއްޔަތު ގަވާއިދުގައި އެކަންކުރަނ ބަޔާންކޮށްފައިވް މަގު ކަމުގައި ބަޔާންކޮށްފައިވެއެވެ.
31މީގެއިތުރުން ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓުގައިވެސް ދެއްކި ވާހަކައަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިގައި ރިކުއަރމަންޓް ފުރިހަމަނުވާ ކަމުގެ ވާހަކަ ކަމަށާއި، އެހެންނަމަވެސް އެކަމުގައި މުސްތަޤއްލި ރިވިއު ކޮމިޓީން ގޮތެއް ނިންމފާ އ އެބައޮތަ ކަމުގައް ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މުސްތަޤިއްލު ރިވިއު ކޮމިޓީން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ރިކުއަރމަންޓް ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވަނިކޮށް، އޭގެފަހުން، އަނެއްކާވެސް ނޭޝަނަލް ޓެންޑަރ ބޯޑުން ރިކުއަރމަންޓް ފުރިހަމަނުވާ ކަމަށް ނިންމާފައިވަނީ، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ ޚިލާފަށް ކަމާއި، އެފަދައިން އެކަން ކުރުމުގެ ބާރު ނޭޝަނަލް ޓެންޑަރ ބޯޑަށް ލިބިގެން ނުވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވެއެވެ.
32މީގެ އިތުރުން ދަށުކޯޓުގެ ފަނޑިޔާރު ކަނޑައަޅާފައިވަނީ، މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައެއްގައި އ ކޮމިޓީން ނިންމާ ނިންމުމަކަށް ނޭޝަނަލް ޓެންޑަރ ބޯޑުން ޢަމަލުކުރަން ނުޖެހޭނމަ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ހަމަޖެހިފައި އޮތް އިޖުރާއަތުގެ ތެރެއިން، ފަހުބަސް ބުނުމަށް މުސްތޤައްލ ރިވިއު ކޮމިޓީއެއް އޮތުމުގެ ބޭނުމެއް ނޯންނާނެ ކަމަށާއި، އޭރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ހަމަޖެހިފައި އޮތް ނިޒާމެއްގެ ބޭނުން ކެނޑޭ، ނުވަތަ ބާރު ކެނޑި ހިނގައިދާނި ކަމުގައެވެ.
33މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢތުގަ މަޖިލީހުގައި، ދައުލަތާ ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި ބުނެފައިވަނީ، މުސްތަޤިއްލު ރިވިއު ކޮމިޓީން ވަކިގޮތަކަށް ޢަމަލުކުރަން އަންގައިފިނަމަ އެގޮތަކަށް ޢަމަލުކުރުމަކީ، ނޭޝަނަލް ޓެންޑަރ ބޯޑުން ކުރަންޖެހޭކަމެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ނުކުތާ އިސްތިއުނާފު ކުރެވިފައި ނުވާނެކަމުގައެވެ.
34ޕްރިސިޑެންސް 1އެހެންނަމަވެސް، މި އިސްތިއުނާފުގައިވެސް އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބަހުސްކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިގައި، ބިޑުގެ ރިކުއަރމަންޓް ފުރިހަމަ ނުވާކަމުގެ މައްޗަށެވެ. ދަށު ކޯޓުން އެ ނުކުތާގައި ނިންމިގޮތް އިސްތިއުނާފު ކޮށްފައި ނުވާއިރު، އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އެހެން އައު ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް، އެ މައްސަލައެއް ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވުމުން، އެއީ މިހާރު އިސްތިއުނާފު ކުރާ ފަރާތަށް ދެއްކެން އޮތް ވާހަކައެއް ކަމުގައި ނުދެކެމެވެ.
35ނޭޝަނަލް ޓެންޑަރ ބޯޑނު އިސްތިއުނާފު ރައްދުވާ ފަރާތުގެ ބީލަން ޑިސްކޮލިފައި ކުރުމުން، އެކަމުގައި ޢަމަލުކުރުމަށް އޮންނަ އިޖުރާއަތު ފުރިހަމަ ކުރިކަމާމެދު ޚަސްމުންގެ މެދުގައި ދެބަސްވުމެއް ނެތްއިރު، މުސްތަޤިއްލު ރިވިއު ކޮމިޓީން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބީލަން ޑޮކިއުމަންޓްތަކަކީ ޝަރުޠހަމަވާ، ބަލައިގަންނަންޖެހޭ ޑޮކިއުމަންޓްތަކެއްކަމަށް ކަނޑައަޅާފައިވާހިނދު، އެނިންމުމާ އެއްގޮތަށް ޢަމަލުކުރުމަކީ، ނޭޝަނަލް ޓެންޑަރ ބޯޑުން ކުރަންޖެހޭ ކަމެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ނުކުތާ އިސްތިއުނާފު ކޮށްފައިނުވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިގައި، ބިޑުގެ ރިކުއަރމަންޓް ފުރިހަމަ ނުވާކަމުގެ މައްޗަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނގު 33 ވަނަ މާއްދާގެ
(ރ) ގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކުރުމުން، މި މައްސަލައިގައި ބަލައިގަނެ ގޮތް ކަނޑައެޅޭނެ ނުކުތާއެއް ނޫނެވެ.
36އަދި ސިވިލް ކޯޓަށް ހުށަހެޅުނު ނަންބަރު 2733/Cv-C/2021 ޤަޟިއްޔާ އަދި އެ ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާކޮށްފައިވަނީ، ހުށަހަޅާފައިވާ ބީލަމުގައި 2 ރިކުއރަ މަންޓް ފުރިހަމަވާ ކަމަށް މުސްތަޤއްލ ރިވިއު ކޮމިޓީއިން އަންގާފައި ވާއިރު، އެ . ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 33 ވަނަ މާއްދާގެ (ރ). އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައިވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެއެވެ. . ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު)ގެ 33 ވަނަ މާއްދާގެ (ރ). އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައިވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެއެވެ. ކޮމިޓީގެ ނިންމުން ބަދަލުކުރުމުގެ ބާރު ނޭޝަނަލް ޓެންޑަރ ބޯޑަށް ލިބިގެންނުވާތީ، ބީލަން އިވެލުއޭޓްކޮށް އެވޯޑްކުރުމަށ ނުވަތް ރިކުއަރމަންޓް ފުރިހަމަވާ ކަމަށް ޝަރީޢަތުން ކަނޑައަޅައި، ބީލަން އިވެލުއޭޓްކޮށަ އެވޯޑް ކުރުމަށް ފިނޭންސް މިނިސްޓްރީއާއި ނޭޝަނަލް ޓެންޑަރ ބޯޑުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށެވެ.
37ޕްރިސިޑެންސް 2ދަށު ކޯޓުން ކަނޑައަޅާފައިވަނީ، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ތަބާވާންޖެހޭ ކަމަށާއި، އެއީ މާލިއްޔަތު ގަވާއިދުގައި އެކަންކުރަނ ބަޔާންކޮށްފައިވް މަގު ކަމުގައެވެ. އެހެންކަމުން، ދަށު ކޯޓުގެ ފަނޑިޔާރުގެ މައިގަނޑު ކަނޑައެޅުމަކަށް ވެފައި ވަނީ، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ތަބާވާންޖެހޭ ކަމަށާއި، އެގޮތުން ބިޑް ރިކުއަރމަންޓާގުޅޭ ވާހަކައެއް މިހާރު ދައުލަތަށް ނުދެއްކޭނެ ކަމުގައެވެ. އެހެންކަމުން، ބަޔާންވެދިޔަ ކަންކަމށަ ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން، ބާ ލަމުގީ 2 ރިކުއރަ މަންޓާ ގުޅޭގޮތުން، ހުށަހަޅާފައވި ލިޔުންތަކަށް ރިޢޔަތާ ނުކުރުމަށް ނިންމި ސަބަބު ސާފުކޮށް އެނގެން އޮތުމުން، އެ ލިޔުންތަކަށް ރިޢާޔަތް ނުކުރުމަކީ ދަށު ކޯޓުނާ ހަދާފައިވާ ގޯހެއްކަމުގައި ނުދެކެމެވެ.
38ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/3276 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/4276 ޤަޟިއްޔާއާ ގުޅިގެން އެއްގޮތް ނުކުތާއެއްގެ ގޮތުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާގައި ބަޔާންކޮށްފައިވަނީ؛
39ބީލަމާއ ގުޅިގެނި ނޭޝަނަލް ޓެންޑަރ ބޯޑު، ޕްރޮކިއުމަންޓް އޮފިސަރު އަދި މިނިވަން މުސްތަޤިއްލު ރިވިއު ކޮމިޓީން ޢަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު އޮތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2764/Cv-C/2021 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު 2763/Cv-C/2021 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝމްޢީލަ ރަޝީދު ޤަޟިއްޔާގައި، ޚަސްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމަށް ބަޔާންކުރާ އުޞޫލާއި ޚިލާފަށް، އަދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޖެޑް ވ. ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޓ އެންޑް ސިވިލ އޭވިއޭޝަން) ޤަޟިއްޔާގައި، އެދިފައިނުވާ ބަދަލެއް ނަގައި ދިނުމަކީ ޝަރީޢަތްކުރުމުގެ އުޞޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށް ކަނޑައަޅުއްވާފައިވ އުޞޫލާ ޚިލާފަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށެވެ.
40ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙއަ ޤް އޮތްކަމަށް ކަނޑައަޅާފައިވެއެވެ. އެފަދައިން ބަޔާންކޮށްފައިވާ ސަބަބެއް ކަމުގައި ފެންނާން އޮތީ، މައްސަލަ ހުށަހެޅިފަހުން ގިނަ ދުވަސްތަކެއް ވެފައި ވުމާއި، ތިންވަނަ ފަރާތަކަށް ޕްރޮޖެކްޓް ހަވާލުކޮށް އެޑްވާންސް ފައިސާ ދޫކޮށް، ދައުލަތާއެކު އެއްބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ކުރެވެމުންދާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ ފަރުވާ ނަގައިދެވެން ނެތުމުންނެވެ.
41ހަމައެހެންމެ، ފަރުވާއެއް ނަގައިދިންކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރި ނަމަވެސް، ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ ގެއްލުމެއް ވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢވާކުރުމުގު ޙައްގު އޮތްކަމުގައެވެ. ގެއްލުމުގެ ބަދަލެއް ދޭންޖެހޭކަމަށް ނުވަތަ ގެއްލުމުގެ ބަދަލުގެ މިންވަރެއް ކަނޑައެޅިފައި ނުވެއެވެ.
42ސިވިލް ކޯޓުގެ ނަންބަރު 2763/Cv-C/2021 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު އެ ޙުކުމުގައި، ނޭޝަނަލި ޓެންޑަރ ބޯޑާއި، ޕްރޮކިއުމަންޓް އޮފިސަރއާ އަދި މުސްތަޤިއްލު ރިވިއު ކޮމިޓނީ ޢމަލުކޮށްފައިވަނަ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި، އިސްތިއުނާފު ރައްދުވާ ފަރާތުން އެ ޤަޟިއްޔާގައި ހޯދުމަށް އެދިފައިވާ ފަރުވާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން އެ ޙުކުމް އިސްތިއުނާފު ކޮށްފައިނުވއިރާ އަދި ހަމައެހެންމެ، މި މައްސަލއިގައަ އިސްތިއުނާފި ކުރު ފަރާތުން، އިސްތިއުނާފަށް ހުށަހަޅާފައިވަނީ އެ ޤަޟިއްޔާގެ ޙުކުމުގެ ބައެއް (ބަދަލު ހޯދުމަށް ދަޢވާކުރުމުގު ޙައްޤު އޮތްކަމަށް ކަނޑައެޅި ބައި) ކަމުގައިވާއިރު، އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދިނުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2763/Cv-C/2021 ޤަޟިއްޔާ ގެ ޙުކުމް ނެގެހެއްޓުމަށެވެ.
43ޕްރިސިޑެންސް 3ކޯޓަކަށް ހުށަހެޅިފައިވާ ޖުޑީޝަލް ރިވިއުގެ މައްސަލައެއް ނިމޭއިރު، އެކަމެއްގެ މައުޟޫގައި، ކުރިން މައްސަލަ ހުށަހެޅުނުއިރު އޮތް ހާލަތަށް ކަންކަން ރުޖޫއަކުރުމަކީ މުސްތަހީލު ކަމަކަށް ވެދާނެ އެތައް ހާލަތެއް އައިސްދާނެއެވެ. އެހެނީ މައްސަލައެއް ހުށަހެޅޭ ކޮންމެ ފަހަރަކީ، އެ ހިނގާފައިވާ ކަމެއް އެ ހިސާބުގައި ބާއްވައިގެން ހުރިހާ މަސައްކަތެއް ހުއްޓާލައިގެން ތިބޭ ހާލަތަކަށް ނުވާތީއެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި، އެދިފައިވާ ފަރުވާ ނަގައިދެވެން ނެތްނަމަ، އެކަމެއްގައި އާންމު އުޞޫލަކުން އޮންނާނީ ގެއްލުމެއް ލިބިފައިވާނަމަ އެކަމެއްގެ ބަދަލު ދިނުމުގެ ފުރުސަތެވެ. އެކަން އިއާދަކޮށްދިނުމުގެ ފުރުސަތެއް ނޯވެދާނެއެވެ. އެހެންކަމުން، ޚަސްމުންގެ ފަރާތުން އެދިފައިނުވިނަމަވެސް، ޖުޑީޝަލް ރިވިއު ފަދަ މައްސަލަތަކުގައި ކުރިން އޮތް ހާލަތަށް ކަންކަން އިއާދަކޮށް، އެދިފައިވާ ފަރުވާ ނަގައިދެވެން ނެތްނަމަ، އެކަމުގައި އޮތް މަގަކީ ގެއްލުމުގެ ބަދަލަށް އެދުންކަމަށް ބަޔާންކުރުމަކީ ގޯހެއް ނޫނެވެ. އެހެންނަމަވެސް، އެ މައްސަލައިގައި އެފަދަ ގެއްލުމުގެ ބަދަލަކަށް އދިފައެ ނުވާނަމަ، ގެއްލުމުގެ ބަދަލުގެ މިންވަރެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެއެވެ. މި މައްސަލައިގައިވެސް، ގެއްލުމުގެ ބަދަލަށް އެދުމުގެ ޙައްޤު އޮތްކަމަށް ބަޔާންކޮށް މައްސަލަ ވަނީ ނިންމާފައެވެ. ގެއްލުމުގެ ބަދަލެއް ނަގައިދީފައި ނުވެއެވެ. އެހެންކަމުން ދަށު ކޯޓުން މި ނުކުތާގައި ގޮތް ނިންމުމުގައި ޤާނޫނީ ގޯހެއް ހަދާފައިވާ ކަމުގައި ނުދެކެމެވެ.
44މީގެ އިތުރުން، އިސްތިއުނާފު ކުރާ ފަރާތުން، ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، މައްސަލައިގައި އދިފައިވ ފަރުވާ ނަގައިދޭނެ ނުޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ގެއްލުމުގެ ބަދަލަކީ އެކަށީގެންވާ ފަރުވާއެއްކަނ ނުވަތް ނޫންކަން ބެލިދާނެ ކަމަށް ބަޔާންކޮށްފައިވުމުންނާއި، ވަކިގޮތަކަށް ޢަމަލުކުރުމަށް ނެރޭ ފަދަ އަމުރު ތަކަކީ، އާންމު އޞުލެއްގ ގޮތުނެ ގެއްލުމުގެ ބަދަލަކީ ފުދޭވަރުގެ ބަދަލަކަށް ނުވާނަމަ ނެރެދެވޭ އެއްޗެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވުމުން، އެ މައްސަލައިގައި ހިމެނޭ ދަށު ކޯޓުގެ ޤަޟއްޔި ގައިވެސް ދަޢުވާކުރިއިރު ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައި ނުވުމުން، ގެއްލުމުގެ ބަދަލަށް އެދިފައިނުވާ ހާލަތުގައިވެސް، މައްސަލަ ބަލާ ފަނޑިޔާރަށް، އެ މައްސަލައިގެ ވަށައިގެންވާ ހާލަތާއި، އެދިފައިވާ ފަރުވާ ނަގައިދީފިނަމަ ދިމާވެދާނެ ހާލަތްތަކަށް ރިއާޔަތްކޮށް، ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައި މައްސަލަ ނިންމިދާނެކަމީ އިސްތިއުނާފު ކުރާ ފަރާތުންވެސް ޤަބޫލުކުރާ ކަމެއްކަން އެނގެން އޮވެއެވެ.
45ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވަނީ؛
46އިސްތިއުނާފު ރައްދުވާ ފަރާތުގެ ބިޑު ވެސް ހިމެނޭނެހެން އަލުން ބިޑުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް ޕްރޮޖެކްޓް އެވޯޑްކުރުމަށް ޙުކުމް ކޮށްފައިވަނީ، އެ މަޝްރޫޢު ތިންވަނަ ފަރާތަކަށް ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށް ދައުލަތާއި ތިންވަނަ ފަރާތާ ދެމެދު އުފެދިފައިވާ ތަޢާޤުދީ ގުޅުމުގެ ދަށުން ދެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކަށް ރިއާޔަތްކުރުމަކާނުލައި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު ފަރުވާ (specific performance) ނަގާދީފައިވަނީ އިސްވެ ބަޔާންކުރެވުނު އެއްބަސްވުމުގެ ދަށުން އުފެދިފައިވާ އިލްތިޒާމުތަކަށާއި، ގެއްލުމުގެ ބަދަލަކީ އެކަށީގެންވާ ފަރުވާއެއް ކަން ނުވަތަ ނޫންކަން ބެލުމަކާ ނުލައިކަމަށެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/52 ޤަ ޟިއްޔާގ އިސްތިއުނާފެ ފޯމުގެ 7.2 ވަނަ ނުކުތާގެ ފަހު 3 ފޮޅުވަތް. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/52 ޤަ ޟިއްޔާގ އިސްތިއުނާފެ ފޯމުގެ 8.2.8 ވަނަ ނުކުތާ.
47ޕްރިސިޑެންސް 4މި މައްސަލައަކީ، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ އެއްގޮތަށް ބިޑް އެވޯޑްކޮށްފައި ނުވާތީ، އެކަމުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު، މައްސަލައިގައި ޖަވާބުދާރީވުމުގައި މިހާރު އެހެން ފަރާތަކަށް ޕްރޮޖެކްޓް އެވޯޑް ކުރެވިފައިވާ ކަމަށް ބުނާ ބުނުމަކީ، އެ މިންވަރުން މައްސަލައިގައި އެދިފައިވާ ފަރުވާ ނުދެވިދާނެ ހާލަތެއް ކަމަށް ބެލިދާނެބާއެވެ؟ އަހުރެންގެ ނަޒަރުގައި، މުސްތަޤިއްލު ރިވިއު ކޮމިޓީގެ ނިންމުމާ އެއްގޮތަށް ބިޑް އެވޯޑްކޮށްފައި ނުވާތީ، އެކަމުގެ މައްޗަށް ހުށަހެޅޭ މައްސަލައެއްގައި، އެކަމުގައި ޝަކުވާ ކުރާ މީހާނޫނ އެހެން މީހަކަށް ޕްރޮޖެކްޓް އެވޯޑް ކުރެވިފައި އޮތް އޮތުން އެއީ، މައްސަލަ ހުށަހަޅާ ފަރާތުގެ މައްސަލަ ބިނާ ކުރާނެ އެއާ އަސާސެ ވެ.
48އެހެންކަމުން، މި ހާލަތުގައި އެހެން ފަރާތަކަށް އެވޯޑްކުރެވިއްޖެ ކަމަށް ހަމައެކަނި ބަޔާންކޮށްލުމަކުން، އެދިފައިވާ ފަރުވާ ނަގައިނުދެވޭނެ ކަމަށް އެކަށީގެންވާ ހަމައަކުން ބަޔާންކޮށްދިނީ ކަމުގައި ބެލެވިދާނެ ކަމުގައި ނުދެކެމެވެ. ޕްރޮޖެކްޓް އެވޯޑް ކުރެވުނު ފަރާތާއެކު، މަސައްކަތް ކުރިއަށް ގެންދެވިފައިވާ މިންވަރަކީ، މައްސަލައިގައި އެދިފައިވާ ފަރުވާ ނަގައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ނުކުތާއެވެ. އެހެންކަމުން، ހަމައެކަނި އެއްބަސްވުމެއްގައި ސޮއިކުރެވުނީތޯ، ނުވަތަ އެ އެއްބަސްވުމުގެ ދަށުން އެއްވެސް މަސައްކަތެއް ކުރެވިއްޖެތޯ، ނުވަތަ ކުރެވިފައިވާ މަސައްކަތުގެ މިންވަރު ނުވަތަ މާލީގޮތުން އެއީ ކިހާ މިންވަރެއްގެ ޚރަދެއްތޯ މިފަދަ ކަންކަމަކީ ދަޢުވާއަށް ޖަވާބު ދިނުމުގައި މުހިންމު ނުކުތާތަކެވެ.
49ޕްރިސިޑެންސް 5އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން، ވަގުތީ އަމުރަށް ޖަވާބު ދިނުމުގައި، އެހެން ފަރާތަކަށް ޕްރޮޖެކްޓް އެވޯޑް ކުރެވިފައިވާކަމަށް ބަޔާންކުރުމުގެ އިތުރުން، އެކަމުގެ އެކަށީގެންވާ ތަފުސީލެއް، ނުވަތަ އަލުން ކުރީގެ ހާލަތަށް ނުވަތަ އެދިފައިވާ ފަރުވާ ނަގައިދެވޭނެ މަހައްލށަ ރުޖޫޢަ ނުކުރެވޭނެ ހާލަތެއް މެދުވެރިވެފައިވާކަމުގެ މައްޗަށް ވާހަކަ ދައްކާފައި ނުވާނަމަ، މިފަދަ މައްސަލައެއްގައި އެދިފައިވާ ފަރުވާ ނަގައިދިނުމަށް ނިންމުމުގައި ފަނޑިޔާރު ގޯހެއް ހަދާފައިވާކަމުގައި ނުދެކެމެވެ. އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކށްފައިވަނީ، ދަށު ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު، މައްސަލައިގެ ތެރެއިން ހުށަހެޅުނު ވަގުތޮ އަމުރާގުޅޭ ޖަވާބުގައި، އެ ޕްރޮޖެކްޓް އެހެން ފަރާތަކަށް އެވޯޑްކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ބަޔާންކޮށްފައިވާނެ ކަމުގައެވެ.
50މީގެ އިތުރުން، މައްސަލައިގެ މައުޟޫގައި ވާހަކަ ދައްކަމުން އެއްވެސް އިރެއްގައި މިވާހަކަ ދަށު ކޯޓުގައި ދެއްކި ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައި ނުވާއިރު، މިއީ ވަގުތީ އަމުރެއް ނެރެދޭން ނުޖެހޭ ސަބަބެއްގެ ގޮތުގައި، އެ އަމުރާ ގުޅިގެން ދެއްކި ވާހަކައެވެ. މައްސަލައިގެ މައުޟޫގައި އެކަމަށް ރިޢާޔަތްކޮށްދިނުމަށް އެދޭނަމަ، އެއަށްވުރެ ތަފްސީލު ގޮތެއްގައި، ކުރިން އޮތް ހާލަތަށް (އަލުން އެވޯޑްކުރުމުގެ ހާލަތަށް) ރުޖޫއަ ނުކުރެވޭނެކަމަށްދެކޭ ސަބަބުތައް ބަޔާންކޮށްދިނުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެއްނަމަވެސ އެކަން އިސްތިއުނާފުކުރާ ފަރާތުން ކޮށްފައި ނުވެއެވެ.
51އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2763/Cv-C/2021 ޤަޟިއްޔއަށާ ބަލާއިރު، އެހެން ފަރާތަކަށް ޕްރޮޖެކްޓް އެވޯޑްކޮށްފައިވުމުގެ އިތުރުން، އެ ފަރާތަށް އެޑްވާންސް ފައިސާ ދެވިފައިވުމާއި، އަދި އެއްބަސްވުމުގެ ދަށުން މިހާރު މަސައްކަތްފެށި ކުރިއަށްދާކަން އެނގޭނެ ލިޔުންތައް، އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާއާ ގުޅިގެން އެފަދަ ލިޔުންތަކެއް ހުށަހަޅާފައި ނުވެއެވެ. އޮތީ ޕްރޮޖެކްޓް އެހެން ބަޔަކަށް އެވޯޑްކޮށްފައި ވާކަމަށް ބުނާ ބުނުން އެކަންޏެވެ. އެވާހަކަވެސް ބަޔާންކުރީ، ވަގުތީ އަމުރެއް ނެރެދޭންނުޖެހޭ ސަބަބު ބަޔާންކޮށްދިނުމުގެ ގޮތުންކަމަށް ޚުދު އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ.
52ބަޔާންވެދިޔަ ފަދައިން، އެކަށީގެންވާ ތަފްސީލު ބަޔާންކޮށްނުދިނުމުގެ ސަބަބުން ނުރަނގަޅު ހާލަތެއް މެދުވެރިވެފައި ވާނަމަ ދެން އެކަމުގައި، އެއްބަސްވެވޭ ހައްލެއް ހޯދަންވާނީ އިސްތިއުނާފު ކުރާ ފަރާތުންނެވެ. އެކަމުގައި ކޯޓުގެ ނިންމުން ގޯސްވާންވީ ސަބަބެއް ނެތެވެ. ނިންމަން ފެންނަގޮތް:
53ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 2733/Cv-C/2021 ޤަޟިއްޔާ އާއި، ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/3276 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު C/2021-Cv/4276 ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
54މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދު ކުރަމެވެ.
55މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދު ކުރަމެވެ.
56ޙުކުމް ކުރެވޭ ތާރީ ޚން ފެށިގެނު 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް