ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/391
އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް، 2021/HC-A/391
Ahmed Ibrahim v. Maldives Police Service 2021/HC-A/391 (2021/HC-A/391, High Court of the Maldives, 14 August 2023)
އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް
މައިގަނޑު ސުވާލު
ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓަށް ބިނާކޮށް ފުލުހެއް ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ޤާނޫނީ ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމަކީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ)، ސުޕްރީމް ކޯޓުގެ ސާބިޤާތަކާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ؛ އަދި ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމަށް ކަނޑައެޅުން ރަނގަޅުތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި ދެ އުންޞުރު ފުރިހަމަވާންޖެހޭނެއެވެ: ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވުމާއި، އެ ޢަމަލުގެ ސަބަބުން އެ މީހަކު ވަޒީފާގައި ބެހެއްޓުމަކީ މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް ޢާއްމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމަކަށް ވުމެވެ (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 28).
- ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކުރާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އެންމެ ފުރަތަމަ ބަލަންޖެހެނީ ބޯޑުގެ ނިންމުން ބިނާވާ އެކަށޭނަ ހެއްކެއް ބޯޑުގެ ކުރިމަތީގައި އޮތްތޯއެވެ (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28).
- ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޢާންމު ޤާނޫނުގެ ދަށުން ރިޢާޔަތްކުރާ މިންގަނޑަށްވުރެ ލުއިވާންޖެހޭނެއެވެ؛ ދަށު ކޯޓުން އެ މިންގަނޑުން ހެކިތަކަށް ރިޢާޔަތްކޮށްފައިވާނަމަ، އެ ނިންމުމުގައި ޤާނޫނީ ކުށެއް ނެތެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30).
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ 2019/SC-L/91 ގެ 10 ވަނަ ނުކުތާއާ އެއްގޮތަށް، ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ހަމައެކަނި ބުނުމަކީ އިސްތިއުނާފީ ނުކުތާއެއް ނޫނެވެ؛ ދަށު ކޯޓުގެ ނިންމުމުގައިވާ ޤާނޫނީ މައްސަލައާއި އޭގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުޘް ސާފުކޮށް ބަޔާންނުކޮށްފިނަމަ، އެ ނުކުތާގެ މައްޗަށް ގޮތެއް ނިންމަންޖެހޭ ކަމެއް ނޫނެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-34).
- ދަށު ކޯޓުގައި ތުހުމަތު ސާބިތުކުރުމަށް އޮތް ހަމައެކަނި ހެއްކަކީ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުކަން އިސްތިއުނާފުކުރާ ފަރާތް ޤަބޫލުކޮށް، އެ ރިޕޯޓުގެ ޞައްޙަކަމާ މެދު ދަށު ކޯޓުން ގޮތް ކަނޑައަޅާފައިވާއިރު، ތަޙުޤީޤު ފުރިހަމަ ނޫންކަމަށް އިސްތިއުނާފުގައި ބުނުމަކީ ދަށު ކޯޓުގައި އޭނާ ފާހަގަކުރި ކަންކަމާ ޚިލާފު ބުނުމެކެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36).
- ދަށު ކޯޓުގެ ނިންމުމަކީ މަތީ ކޯޓުތަކުގެ ސާބިޤާތަކާ ޚިލާފު ނިންމުމެއްކަމަށް ބުނާނަމަ، އެ ސާބިޤާތަކުގައި ކަނޑައަޅާފައިވާ ކޮން އުޞޫލަކާ ޚިލާފުވީކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނެދޭންވާނެއެވެ؛ އެހެން ނުކޮށްފިނަމަ ޤާނޫނީ ބަހުޘެއް އުފެދިފައެއް ނުވެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38).
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު: ފޮރެންސިކް ރިޕޯޓެއްގައި ލިޔެވިފައިވާ ތާރީޚެއް އޮޅުމަކުން ލިޔެވިފައިވާކަން އެ ރިޕޯޓުގެ އެހެން މަޢުލޫމާތުތައް އެކުއެކީގައި ބަލައި ކިޔުމުން އެނގޭނަމަ، އެ އޮޅުމުގެ ސަބަބުން ރިޕޯޓު ޞައްޙަ ނޫންކަމަށް ނުބެލެވޭނެއެވެ؛ އަދި ބޯޑަށް މައްސަލަ ހުށަހަޅާ ފޯމުގައި ހެއްކެއްގެ ގޮތުގައި ރިޕޯޓު ހިމެނޭނަމަ، ނިންމުން ނިންމިއިރު އެ ރިޕޯޓު ބޯޑުގެ ކުރިމަތީގައި އޮތްކަން އެނގެއެވެ (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-47).
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1566/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހދ.ކުޅުދުއްފުށި/ ކިމޮލޮސް، އަޙްމަދު އިބްރާހީމް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވު ފަރާތަކީ، ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) އެވެ.
2ހދ.ކުޅުދުއްފުށި/ ކިމޮލޮސް، އަޙްމަދު އިބްރާހީމްއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި 20 މެއި 2007 އިން ފެށިގެން ވަޒީފާއަދާކުރަމުންދިޔަ މީހެކެވެ.
3އަޙްމަދު އިބްރާހީމް އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރެ އޭނާގެ ބެލުމުގެ ދަށުން ތަޙުޤީޤު ކުރި މައްސަލަ އެއްގައި ސީންއަށް ދިޔަ ފުލުހަކު ތަޙުޤީޤަށް ދީފައިވާ ބަޔާނަށް އިންކާރުކުރުމުން އެ މައްސަލަ ބެލި ބެލުމުގައި، އެ އޮފިސަރުގެ ބަޔާނުގައި ޖަހާފައިވާ އިނގިލީގެ ނިޝާނަކީ އަޙްމަދު އިބްރާހީމްގެ ވައަތު ބޮޑުވާ އިނގިލީގެ ނިޝާންކަމަށް ތުހުމަތުކުރެވޭ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ތަޙުޤީޤުކޮށް، އަޙްމަދު އިބްރާހމީ ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 6، 8، 11 އަދި 13 އާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ) ގެ 18 ވަނަ ނަންބަރާ ޚިލާފުވެފައިވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބުދިނުމާބެހޭ އައިޑީކާޑު ނަންބަރު […] މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު LC2016/03811 ކޭސް ޤަވާޢިދުގެ 18 ވަނަ މާއްދާގެ (ކ) ގެ ދަށުން ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމުމާ ގުޅިގެން، އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
4އަޙްމަދު އިބްރާހީމް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބުނެ، އޭނާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުގެ ނަންބަރު 1566/Cv-C/2020 ޤަޟިއްޔާގައި އެ މައްސަލަ ބަލާފައިވެއެވެ. މިއީ ސިވިލް ކޯޓުގެ ނަންބަރު -1566/Cv C/2020 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
5އަޙްމަދު އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެއްވެސް ސަބަބެއްނެތި ޤާނޫނުއަސާސީއާއި ފުލުހުންގެ ޤާނޫނާ އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދތަކާއު މިބާވަތުގެ މައްސަލަތަކުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމާއެކު ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިޢާދަކޮށްދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދި އަޙްމަދު އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
6އަޙްމަދު އިބްރާހީމް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި، ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 1556/Cv-C/2020 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2018/24 "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
7އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.7 ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު) ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/10 (އެޓަރނީ ޖެނެރަލް ވ. ޢަލީ ނަޝީދު) ޤަޟިއްޔއިނާ ޤާއިމުކޮށްފައިވާ އުޞޫލުތަކަށް ރިއާޔަތްނުކޮށް، އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވަނީ، ބުނެވިދިޔަ ޤާނޫނީ އުޞޫލުތަކާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާ؛ އަދި
2.7 މައްސަލާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2013/SC-A/10 (އެޓަރނީ ޖެނެރަލް ވ. ޢަލީ ނަޝީދު) ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/15 (މުޙައްމަދު ފަޔާޟް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާއިން ކަނޑައަޅާފައިވް އުޞޫލުތަކާ ޚިލާފަށާ އަދި ޤާނޫނއަސާސީގު 143 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާގުޅޭ
8ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި، ފުލުހަކު ވަޒީފާއިން ވަކިކުރެވޭނެ ގޮތް ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2017/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު) ޤަޟިއްޔާގައިވެސް ބަޔާންކޮށްފައިވާ ހަމައަކީ ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތައް ނޫންކަމާއި މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި ހުރި މުވައްޒަފަކު ޤާނޫނާ ނުވަތަ ޤަވާޢިދާ ޚިލާފަށް ކުޅަ ނުވަތަ ނުކޮށް ދޫކޮށްލި ޢަމަލަށް ބަލާއިރު އެކަމަކީ އެ މުވައްޒަފު އިތުރަށް ވަޒީފާގައި ބެހެއްޓުމުގެ ސަބަބުން އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމަކަށް ވާނަމަ އެއީ އެ މުވައްވަޒަފު ވަކިކުރުމަށް ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަން "ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދު" ގެ 24 ވަނަ މާއްދާގެ (ށ) އިން އެނގޭތީ، ފުލުހެއް ވަޒީފާއިން ވަކިކުރުމުގައި ދެ އުންސުރެއް ފުރިހަމަވާންޖެހޭނެ ކަމަށާއި، އެއީ ޤާނޫނާ ޤަވާޢިދާ ޚިލާފަށް ޢަމަ ލުކޮށްފިކަން ސާބިތުވުމާއި، އެ ޢަމަލުގެ ސަބަބުން އެފަދަ މީހަކު ވަޒީފާގައި ބެހެއްޓުމަކީ މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމަކަށް ވުންކަމަށް އަޙްމަދު އިބްރާހީމްގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
9އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރި މައްސަލައެއްގައި ސީނަށް ހާޒިރުވި ފުލުހެއްކަމަށްވާ، ޢަލީ ސައިފްގެ ބަޔާންނަގައި ޢަލީ ސައިފްގެ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަން ޖެހޭ ތަނުގައި އަޙްމަދު އިބްރާހީމްގެ އިނގިލީގެ ނިޝާން ޖަހާފައިވާކަމަށް ތުހުމަތުކޮށްކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/10 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު) ޤަޟިއްޔާގައި، ކޯޓުގެ ކުރިމައްޗަށް ފުލުހަކު ވަޒީފާއިން ވަކިކުރާ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެންމެ ފުރަތަމަ ބަލަންޖެހެނީ، އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑު ކުރިމަތީގައި އޮތްތޯ ނުވަތަ ނޫންތޯކަމަށް ކަނޑައަޅާފައިވާކަމަށާއި، މި މައްސަލާގައި އޮތް ހަމައެކަނި ހެއްކަކީ މޯލްޑިވްސް ޕޮލިސް ސަރވިސް ނަންބަރު (K(d)005/FCR/2018 ފިންގަރޕްރިންޓް ކޮމްޕެރިޒަން ރިޕޯޓްކަމަށާއި، މި މައްސަލާގައި ކޯޓުގެ ކުރިމަތީގައި އޮތީ ދެ ސުވާލު ކަމަށާއި، އެއީ، ފިންގަރޕްރިންޓް ކޮމްޕެރިޒަނ ރިޕޯޓް ޑިސިޕްލިނަރީ ބޯޑުގެ ކުރިމަތީ އޮތްތޯ އާއި މިއީ އެކަށީގެންވާ ހެއްކެއްގެ ގޮތުގައި ބަލައިގަނެވނޭ ޞައްޙަ ރިޕޯޓެއްތޯ ކަމަށާއި، މި ރިޕޯޓުގެ ޞައްޙަކަމާމެދު ޝައްކު އުފައްދާފައިވީނަމަވެސް، އެ ރިޕޯޓުގައިވާ ފުށުއެރުންތަކަށް، ދަށު ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ އެ ރިޕޯޓުގައިވާ ފުށުއެރުންތައް އަޙްމަދު އިބްރާހީމް ފާހަގަކޮށްފައިވެއެވެ.
10ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަން ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރި ފަރާތާ މެދު ތުހުމަތުކުރެވުނު މައްސަލއާއަ ގުޅިގެނި އެކަށީގެންވާ އިދާރީ ތަޙްޤީޤެއް ކޮށްފައިވޭތޯ ބެލުމަކީ މަތީ މަރުޙލާގަ ކޯޓުތަކުގެ ނިންމުންތަކުގައި އިސްތިޤްރާރުވެފައިވާ އުޞޫލެއްކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/SC-A/15 (މުޙައްމަދު ފަޔާޟް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ޑިސިޕްލިނަރީ ބޯޑުން ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ޤަބޫލުކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙްޤީޤެއް ކޮށްފައިވާކަން ނުވަތަ ނޫންކަން ކޯޓުން ބަލަންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާކަމާއި، މި މައްސަލާގައި އިދާރީ ގޮތުން ތަޙޤީޤުކޮށ އަޙްމަދް އިބްރާހީމު ވަޒީފާއިން ވަކިކުރުމުގެ ކުރިން މައްސަލައިގް ތަފްޞީލް ދެވިފައިވާކަމާއި، ޑިސިޕްލިނަރީ ބޯޑުން އޭނާ ހާޒިރުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާކަމާއި، ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދެވިފައިވާތީ މި މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ޤާއިމްވެފައިވާކަމަށް ދަށު ކޯޓުން ނިންމާފައިވާކަމަށް އަޙްމަދު އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
11މި މައްސަލާގައި، ތުހުމަތުކުރެވުނު ކަމަކީ LC2016/03811 ކޭސް ގައި ސީންއަށް ދިޔަ ފުލުހުންގެ ބަޔާން ނެގިއިރު 17 މާރިޗް 2017 ގައި ސީން އަށް ދިޔަ ފުލުހެއް ކަމުގައިވާ ޢަލީ ސައިފްގެ ބަޔާނުގައި ޢަލީ ސައިފްގ އިނގިލީގެ ނިޝާން ޖަހަންޖެހޭ ތަނުގައި އަޙްމަދު އިބްރާހީމްގެ އިނގިލީގެ ނިޝާން ޖަހާފައިވުންކަމަށާއި، 14 ޖަނަވަރީ 2018 ގައި ތަޙްޤީޤަށް ދިން ބަޔާނުގައި، އިސްވެ ބުނެވުނު ކޭސްގައި އޭނާއާ ސުވާލުކުރީ ސަރޖަންޓް ޢަލީ ރިޔާޟްކަމަށާއި، އަޑުއަހަން ތިބީ ޕޮލިސް ލާންސްކޯޕްރަލް ޢަލީ ނާފިޢު އާއި ޕޮލިސް ކޮންސްޓަބަލް އަޙްމަދު އިރުފާންކަމަށް ޢަލީ ސައިފް ބުނެފައިވީނަމަވެސް، އެ ފަރާތްތައް ޑިސިޕްލިނަރީ ބޑޯ ށ ހާޒިރުކޮށް ސުވާލުކޮށްފައިނުވާކަމަށާއި، ކޭސް ނުނިމެނީސް އަޙްމަދު އިބްރާހީމް ޓަރމް ނިމުމުން އެނބުރި ކުޅުދުއްފުއްޓަށް ދިޔުމުގެ ކުރިން އެ މައްސަލަ އައިއޯ އިންޗާޖ ޕޮލިސް ސްޓާފް ސަރޖަންޓް ޢަބްދުލްމަޖީދުއާ ހަވާލުކުރިކަމަށ އަޙްމަދް އިބްރާހީމް ބުނެފައިވާއިރު، ޢަބްދުލްމަޖީދުއާ ސުވާލުކޮށްފައިނުވާކަމަށާއި، މައްސަލަ ހިނގިއިރު، ޢަބްދުލްމަޖީދު އާދަމްއާއި ޢަބްދުލްޣަނީ މުޙައްމަދު އަކީ ގއ.ވިލިނގިލި ޕޮލިސީ ސްޓޭޝަންގައ އެންމި އިސްވެރިންގ ގޮތުގައެ ތިބި ފަރާތްތައްކަމާއ އަދި ސުލޫކީ ބޯޑުގައި މައްސަލަތަކެއް ހުރުމުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކެއްކަމުން، ސުވާލު އުފެދޭ އިނގިލީގެ ނިޝާންއަކީ މި ފަރާތްތަކުގެ އިނގިލީގެ ނިޝާނެއތް ތަޙލީލްކުރެވިފައިނުވާތީ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުވާކަމަށް ބުނެ އެކަން އަޙްމަދު އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12އަޙްމަދު އިބްރާހީމް 15 ޖަނަވަރީ 2018 ގައި ވަޒީފާއިން ވަކިކޮށްފައި ވަޒީފާއިން ވަކިކުރުމުގެ ލިޔުން އޭނާއަށް ހަވާލުނުކުރާކަމަށާއި، މިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 11(a)2020/129 ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ޗިޓް ހަވާލުކުރި ލިޔުމުން ދޭހަ ވާކަމަށާއި، ޗިޓުގައި 28 އޮކްޓޫބަރު 2019 ގައި ގުޅިކަމަށް ބަޔާންކޮށްފައިވާކަމާއި، އެއީ ވަޒީފާއިން ވަކިކުރިތާ 1 އަހަރު ފަހުގެ ތާރީޚެއްކަމަށާއި، ވަޒީފާއިން ވަކިކުރި ލިޔުން ނުލިބިގެން އަޙްމަދު އިބްރާހީމްގެ ވަކީލުން ލިޔުން ހޯދުމަށް ސިޓީއަކުން އެދުމުން އެ ލިޔުން ހަވާލުކުރިއިރު، ތާރީޚަކަށް ލިޔެފައިވަނީ 20 ޖަނަވަރީ 2020 ކަމުން، ދެ އަހަރު ފާއިތުވެގެން ދިޔަ އިރުވެސް ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށް ވަޒީފާއިން ވަކިކުރި ލިޔުން އަޙްމަދު އިބްރާހީމްއަށް ލިބިފައިނުވާކަމަށް ބަޔާންކޮށްފައިވެއެވެ.
13އިސްތިއުނާފުކުރ ފަރާތާ ވަޒީފާއިން ވަކިކޮށްފައިވަނީ ކަނޑައެޅިފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދީ އަޙްމަދު އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އަލުން ރުޖޫޢުކޮށްދީ، ވަޒީފާއިން ވަކިކޮށްފައިވަނީ ސަރޖަންޓް ރޭންކްގެ ޕްރޮމޯޝަން ޙާއް ޤުވެފައިވަނިކޮށް ކަމުގައިވާތީ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއަށް އިޢާދަކޮށްދިނުމުގެ ނިޔަލަށް ހިންގާ ދުވަސްތަކަށް ސަރޖަންޓް ރޭންކްގެ އޮފިސަރަކަށް ލިބެންޖެހޭ މުސާރައާއި އިނާޔާތްތައް ބަދަލެއްގެ ގޮތުގައި އޭނާއަށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އަޙްމަދު އިބްރާހީމް އެދިފައިވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
14އަޙްމަދު އިބްރާހީމްއާމެދ ކުރެވުނު ތުހުމަތާއި ގުޅިގެން ޑިސިޕްލިނަރީ ބޯޑުން ކުރި ތަޙްޤީޤުން، މައްސަލާގައި ސީނަށް ދިޔަ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ސައިފު ދީފައިވާ ބަޔާނުގައި ޖަހާފައިވާ އިނގިލީގެ ނިޝާންއާއި އަޙްމަދު އިބްރާހީމްގެ ވައަތު ބޮޑުވައި އިނގިލީގެ ނޝާންއާ ދިމާވެފައިވާކަން ފިންގަރި ޕްރިންޓް ކޮމްޕެރިސަން ރިޕޯޓުން އެނގޭކަމާއި، އަޙްމަދު އިބްރާހީމްއަށް ތުހުމަތުކުރެވުނު މައްސަލައިގެ ތަޙްޤީޤަށް ޢަލީ ސައިފް ދިން ބަޔާނުގައި، އޭނާ މައްސަލައާ ގުޅިގެން ބަޔާން ދިން ނަމަވެސް، އެ ބަޔާނުގައި ސޮއިކުރުވާފައިނުވާކަމާއި، އިނގިލީގެ ނިޝާން ޖަހާފައި ނުވާކަމަށް ހެކިންގެ ގޮތުގައި ހިމަނާފައިވާ ފަރާތްތަކުންވެސް އެ ބަޔާނުގައިވަން އެ މީހުންގެ ސޮއި ނޫންކަމަށާއި، ސޮއި ކުރީ ކާކުކަން ނޭނގޭކަމަށް ބުނެފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(d)/FCR/2018/005 (9 ޖަނަވަރީ 2018) ފިންގަޕްރިންޓ ކޮމްޕެރިސަން ރިޕޯޓް
15އަޙްމަދު އިބްރާހީމްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑަށް ދީފައިވާ ބަޔާނުގައި އޭނާ ތަޙްޤީޤުކުރި މައްސަލައާ ގުޅިގެން ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ސައިފްއާ ސުވާލުކޮށްފައިވީނަމަވެސް، އޭނާ އަތަށް އެ ބަޔާން ޕްރިންޓްކޮށްފައި ކިޔަން ދެވުނު ހަނދާނެއްވެސް އަދި އެ ބަޔާނުގައި އޭނާ ލައްވާ ސޮއިކޮށް ފިންގަރޕްރިންޓް ޖެހުނުކަން ޔަޤީންނުވާކަމަށް ބުނެފައިވާކަމަށާއި، ގއ.ވިލިނގިލީގައި މަސައްކަތްކުރިއިރު، އޭނާ ނެގި ބައެއް ބަޔާންތަކުގައި ސޮއިކުރެވިފައި ނެތުމުން އެ ބަޔާންތަކުގައި އޭނާ ލައްވާ އައި.އޯ އިންޗާޖ ޕޮލިސް ސްޓާފް ސަރޖަންޓް ޢަބްދުލްމަޖީދު އާދަމް ސޮއިކުރި ކަމަށާއި، އެ ބަޔާންތަކުގައި އޭނާ ލައްވާ ފިންގަރޕްރިންޓް ޖެހުވިކަމަށްވެސ އަޙްމަދް އިބްރާހީމް ބުނެފައިވާކަމަށާއި، ޢަލީ ސައިފްގެ ބަޔާނުގައިވާ ފިންގަރޕްރިންޓް އަޙްމަދު އިބްރާހީމްގެ ބޮޑުވައި އިނގިލީގެ ނިޝާނާ ދިމާވަނީ ކީއްވެކަން ނޭނގޭކަމަށާއި ނިދާފައި އޮއްވާ ކޮންމެވެސް މީހަކު އޭނާއަށް ގެއްލުން ދިނުމށަ އޭނާގެ އިނގިލި ޢަލީ ސާއިފްގެ ބަޔާނގައު ޖައްސާފައި ހުރެދާނެކަމަށ ފާހަގަކޮށްފައިވާކަމަށް ދައުލަތގު ޖަވާބުގައި ފާހަގަކޮށްފައިވެއެވެ.
16ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 6، 8 އަދި 11 ވަނަ މާއްދާތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، އަޙްމަދު އިބްރާހީމް އަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލްގެ ވަޒީފާގައި އެސް.އޯއެއްގެ ގޮތުގައި މައްސަލަ ބަލައި ތަޙްޤީޤުކުރުމުގެ މަސައްކަތްކުރަމުންދިޔަ ފުލުހަކަށްވެހުރެ، ފުލުހުންނަށް ލިބޭ ބާރާއި ނުފޫޒު ހަމައެކަނި ބޭނުންކުރަންޖެހޭނީ ފުލުހުންގެ ވާޖިބުތައް ފުރިހަމަކުރުމަށާއ ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށްކަމަށްވާއިރު، އަޙްމަދު އިބްރާހީމްގެ ފރާތުނަ ފެނިފައިވާ ޢަމަލަކީ ތަޙޤީޤުކުރް މީހެއްގެ ފަރާތުން ފެނިގެންވާނެ ޢަމަލެއް ނޫންކަމުން، ބަޔާންކުރެވުނު މާއްދާތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ 18 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަމަލަކަށްވާތީ އަޙްމަދު އިބްރާހީމްގެ ފަރާތުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވެފައިވާކމަށާއި، ދަށު ކޯޓުން ޙުކުމް ކުރައްވާފައިވަނީ މި އެންމެހައި ކަމަށް ރިޢާޔަތްކޮށްކަން ދަށުކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ޅ) އިން އެނގޭކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަޔާޟް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ޤަޟިއްޔެ އާއި އެއްގޮތަށާ މި މައްސަލާގައިވެސް، ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި ހެކިތަކަށް ރިޢާޔަތްކޮށް އެ ހެކިތައް ވަޒަންކުރުމަށްފަހު މައްސަލަ ނިންމާފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
17ދެވަނަ އުންޞުރާއި ބެހޭގޮތުން ދައުލަތުން ފާހަގަކޮށްފައިވަނީ، އަޙްމަދު އިބްރާހީމް އެސް.އޯ އެއްގެ ގޮތުގައި މައްސަލަ ބަލައި ތަޙްޤީޤުކުރުމުގެ މަސައްކަތްކުރަމުންދިޔަ ފުލުހަކަށްވެހުރެ ފުލުހުންނަށް ލިބޭ ބާރާއި ނުފޫޒު ހަމައެކަނި ބޭނުންކުރަންޖެހޭނީ ފުލުހުންގެ ވާޖިބުތައް ފުރިހަމަކުރުމަށާއި ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށްކަމަށްވާއިރު، އަޙްމަދު އިބްރާހީމްގެ ކިބައިން ފެނިފައިވާ ޢަމަލަކީ ފުލުހުންގެ މަސައްކަތާމެދު ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަން ގެއްލި އަދި ނުޙައްޤުން މީހަކަށް އަދަބެއް ލިބިދާނެ ޢަމަލަކަށްވާތީ، މިއީ ޒިންމާދާރު މަޤާމެއްގައި ހުރި ފަރާތުން ޢަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށާއި، ދިވެހިއްރާއްޖޭގެ ސުޕްރީމްކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު ޤަޟިއްޔާގައި ފުލުހުންނަކީ ހުވައެއް މަތީގައި ތިބެ ޤާނޫނު ތަންފީޛުކުރުމާއި އަމަން ބެލހެއްޓުމ ގުޅާ ކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުންދެ ބައެއްކަމާއި، ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބެއް ކަމަށާއި، އެ ވާޖިބާ ފުށުއަރާފަދަ ގޮތަކަށް ފުލުހެއްގެ ޢަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށްވާތީ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރާނެ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޢާންމު ޤާނޫނުގެ ދަށުން ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. އަޝްފާޤް ވަޙީދު ޤަޟިއްޔާގައި، މުވައްޒަފުގެ މައްޗަށް އޮންނަ އިތުބާރާމެދު ވަޒީފާދޭ ފަރާތަށް ޝައްކު އުފެދޭ ޙާލަތުގައި ވަޒިފާ ރުޖޫޢުކުރުމަކީ އެންމެ އެކަށީގެންވާ ގޮތްކަމަށް ނުވެދާނެ ކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، ފުލުހުންގެ ވާޖިބުތަކާއި ފުށުއަރާގޮތަށް ޢަމަލުކުރުމަކީ ފުލުހުންގެ ޤާނޫނާއި ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވުންކަމުގައާއި އެ މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫއަރާނެ ކަމެއްކަމަށާއި، ޤާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން ފުލުހެއްގެ ޢަމަލުތައް އިސްވެ ދެންނެވުނު ފަދައިން ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް ބައްޓަން ކުރެވިއްޖެނަމަ، އެ މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރާއި ޤަދަރު ގެއްލިގެން ދިޔުމުގެ އިޙތިމާލް އޮތްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
18ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓްގައި އަސްލު ފޮރެންސިކް ލބޯޓްރީއަށް ލިބިފައިވަނެ 19 ޑިސެމްބަރު 2018 ކަމުގައި ލިޔެވިފައިވަނީ އޮޅުމަކުން ކަމަށާއި، ޞައްޙަ ތާރީޚަކީ 19 ޑިސެމްބަރު 2017 ކަމަށާއި، އަސްލު ތާރީޚަކީ 19 ޑިސެމްބަރު 2017 ކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ "މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުން" އަށް ބެލުމުން އެނގެން އޮތުމުން، މިކަމުގެ މައްޗަށް ބިނާކޮށް، މިއީ ޞައްޙަ ރިޕޯޓެއް ނޫންކަމަށް ބުނެވޭނެ ހަމައެއް ނެތްކަމަށާއި، މުޞްޠަފާ މުޙައްމަދުދީދީ ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ބ) ގައި ކަނޑައަޅުއްވާފައިވ އުޞޫލާ ތަޠުބީޤު ކުރުމުންވެސް އެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ނޫންކަމުގައި ކަނޑއެޅޭނަ ޤާނޫނީ ހަމައެއް ނެތްކަމަށާއި، ތަޙުލީލުކުރަން ލެބޯޓްރީއަށް ފޮނުވި ބަޔާން ހަވާލުކުރި ޕޮލިސް ސަރޖަންޓް ޢަބްދުﷲ ނަޝީދު ސޮއިކޮށްފައނުވާތި އެ ބަޔާން 19 ޑިސެމްބަރު 2017 ގައި ލެބޯޓްރީއަށް ހުށަހަޅާފައިވާކަމަށް ނުބެލެވޭނެކަމަށް އަޙްމަދު އިބްރާހީމް ގެ ފަރާތުން ބުނެފައިވާއިރު، ބަޔާން ތަހުލީލުކުރުމަށް އެ ތާރީޚުގައި ހަވާލުކޮށްފައިވާކަމަށާއި، ލެބޯޓްރީގެ ފަރާތުން ބަޔާނާ ހަވާލުވެފައިވާކަމަށ ސިވިލް އެސިސްޓަންޓް ޢާއިޝަތު ހާސިން ޢަލީ ސޮއިކޮށްފައިވާކަމަށް، ދައުލަތުން ފާހަގަކޮށްފައިވެއެވެ.
19ޑިސިޕްލިނަރީ ބޯޑުން އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު (9 ޖަނަވަރީ 2018) އަށް ބެލުމަށްފަހުކަމާއި އެ ނިންމުން، 02/BF/2018 "މައްސަލަ އިސްތއުނާފި ކުރުމަށު އެދް ހުށަހަޅި ފ މ" އިން އިސްތިއުނާފުކުރުމުނ ފޮރެންސިކުނ ސާފުކުރުމަށް ބޭނުންވާ ކަންކަން ސާފުކުރުމަށްފަހު އަލުން ކޮމިޓީއަށް ހުށަހެޅުމަށް 22 ޖަނަވަރީ 2018 ގައި ނިންވާމަފައިވާކަމާއި، ފޮރެންސިކުނ ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް 22 ޖަނަވަރީ 2018 ގައި ހުށަހަޅާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސްގެ ނަންބަރު F1(f)/DER/2018/007 (24 ޖަނަވަރީ 2018) "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓު" ނިމިފައިވަނީ 24 ޖަނަވަރީ 2018 ގައި ކަމާއި، އެ ރިޕޯޓު ނިމުމުން ފޮރެންސިކްގެ ތަހުލލުނީ ހޯދު ހޯދުންތަކާއެކު ނަންބަރު 03/ABF/2018 "މައްސަލަ އިސްތިއުނާފަ ކުރުމަށު އެދް ހުށަހަޅި ފޯމް" އިން އިސްތިއުނާފު ކޮމިޓީއަށް އަލުން މައްސަލަ ހުށަހެޅުމުން ޑިސިޕްލިނަރީ ބޮޑުން ނިންމާފައިވާ ނިންމި މަށް ބަދަލަ އ ގެންނަންޖެހެ ސަބަބެއް ނެތްކަމށަ 1 މާރިޗް 2018 ގައި ނިންމާފައިވާތީ، އިސްތިއުނާފު ކޮމިޓީއިން މައްސަލަ ނިންމާފައިވަނީ ފޮރެންސިކް ރިޕޯޓް ނިމުމުގެ ކުރިންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ ޙަޤީޤަތު ޚިލާފު ބުނުމެއްކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
20ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓްގެ ޞައްޙަކަމާމެދު ސުވާލު އުފައްދާ އެ ރިޕޯޓާ ގުޅިގެން އަޙްމަދު އިބްރާހީމްގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނި ނަމަވެސް، އއ ދަށުކޯޓުން ރިޢާޔަތްކށްފައިވާ އަދި ބޮޑަށް ބުރަވެވޭ މިންގަނޑުން ދަށު ކޯޓުން ގޮތް ކަނޑައަޅާފައިވާކަމަށާއި އަދި އެކަން ސިވިލް ކޯޓުގެ ނަންބަރު 1566/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(d)/FCR/2018/005 ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓް ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ޅ) ގެ ދެވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކުރެއެވެ.
21ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު ޤަޟިއްޔާގައި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރާނެ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޢާންމު ޤާނޫނުގެ ދަށުން ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާއިރު، ދަށު ކޯޓުން ޙުކުމްކުރުމުގައި މި މިންގަނޑުން ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަމަށާއި، ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާ އެ ރިޕޯޓާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިވާއިރު، އިސްތިއުނާފުގައި، ދަށުކޯޓުގެ ނިންމުމުގއަ އޮތި ޤާނޫނީ މައްސަލައަކީ ކޮބައިކަމެއް އަދި އޭގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުޘަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާކަމާއި، މިއީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމު ގޮތުގެ ރިޕޯޓުގެ 10 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާ ގޮތަށް ހުށަހަޅާފައިވާ އިސްތިއުނާފެއް ނޫންކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވ.
22ޢަލީ ސައިފް ދީފައިވާ ބަޔާނުގައި ޖަހާފައިވާ އިނގިލީގެ ނިޝާނަކީ އަޙްމަދު އިބްރާހީމްގެ ފިންގަރ ޕްރިންޓްކަމަށް ތުހުމަތުކުރެވުމުން އެ ބަޔާނުގައި ސޮއިކޮށްފައިވާ ހުރިހާ ފަރާތެއްގެ ބަޔާން ޑިސިޕްލިނަރީ ބޯޑުން ނަގާފައިވާކަމަށާއި، ފ ންގަރޕްރިންޓްގެ ފޮރެންސިކް ތަޙުލީލް ހަދައި އެކަން ކަށަވަރުކޮށް، ސާވިތުވެފައިވކަމާއި، އެކަށިގެންވާ ތަޙްޤީޤެއް ކޮށްފައިވާކަމަށާއި ދިވެހިރާއްޖޭގ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/15 (މުޙައްމަދު ފަޔާޟް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ޑިސިޕްލިނަރީ ބޯޑުން ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ޤަބޫލުކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙުޤީޤެއް ކޮށްފައިވާކަން ނުވަތަ ނޫންކަން ބަލަންޖެހޭނަކަމަށް ކަނޑައަޅުއްވާފައިވާއިރު، ދަށުކޯޓުން މި އުޞޫލަށް ރިޢާޔަތްކޮށްފައިވާކަން ދަށުކޯޓުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ޅ) ގެ ތިންވަނަ ޕެރެގްރާފުން އެނގޭކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
23އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރެވިފައިވަނީ 15 ޖަނަވަރީ 2018 ގައި ކަމަށް އޭނާގެ ފަރާތުން ބުނި ނަމަވެސް، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 21 ފެބުރުވަރީ 2018 ގައިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2018/24 "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" (05 މާރިޗް 2018) އިން އެނގޭކަމަށާއި، ޑިސިޕްލިނަރީ ބޯޑު ބައްދަލުވުމުގައި އަޙްމަދު އިބްރާހީމް ބައިވެރިވެފައިވާތީއާއި، އޭނާއާ މެދު ކުރެވުނު ތުހުމަތާ ގުޅިގެން ޖަވާބދާރީވުމުގ ގޮތުނެ ބަޔާންދީފައިވާތީއާއި މައްސަލަ ނިމުނުގޮތުގެ ރިޕޯޓާ ހަވާލުވެފައިވާތީ، އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު އޭނާއަށް ނޭނގޭކަމށ ބުން ބުނުމާއަ ވަޒީފާއިން ވަކިކޮށްފައިވާކަން އަންގާފައިނވާކަމަށު ބުން ބުނުމަކީ ޙަޤީޤަތާއި ޚިލާފު ބުނުމެއްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މި ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވަނީ، ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ޗިޓް ހަވާލުކުރުމަށް މަސައްކަތްކޮށް، އޭނާގެ ފަރާތުން ހަވާލުވާން ގޮސްފައިނުވާތީ އެ ޗިޓު ހަވާލުކުރެވިފައިނުވަނީ ކަމަށާއި، އަދި މިކަން، އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 11/PRIV/2020/427-171 (26 ފެބުރުވަރީ 2020) ސިޓީއަށް ބެލުމުންވެސް އެނގޭކަމަށެވެ.
24ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާއާ ހަވާލާދީ، ވަޒީފާއިން ވަކިކުރި ޗިޓް ހަވާލުނކުރި ނަމަވެސް، ބޯޑުން ނުވަތަ ކޮމިޓީއިން ނިންމި ނިންމުން ހަވާލުކުރުމުން އެ ފަރާތެއް ވަޒީފާއިން ވަކިކުރަން ނިންމިކަން އެންގުނީކަމަށާއި، އިޖުރއާ ޢދުލުވެރިކަނަ ޤާއިމްކުރެވުނީ ކަމަށް ދއުލަ ތުން ފާހަގކަ ށ ފައިވް އެވެ. ބޯޑުގެ ނިންމުން މުރާޖައާކޮށް، އެ ނިންމުމަށް ބަދަލު ގެންނަންނޖު ހ ކަމަށް ނިންމާ "މައްސަ ލ ނިމުނުގޮތުގެ ލިޔުން" އަޙްމަދު އިބްރާހީމްއާ 08 މާރިޗް 2018 ގައި ހަވާލުކޮށްފައިވާތީ، އެ ލިޔުމުން، މައްސަލިއގެ ޚުލާސާއާއ ނިންމި ނިންމުމާ ސަބަބުވެސް އެނގޭތީ، ސަބަބުވެސް އަޙްމަދު އިބްރާހީމްއަށް އެންގިފައވާކަމަށި ދައުލަތުން ފާހަގަކޮށްފައިވެއެވެ.
25އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1566/Cv-C/2020 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށވާތީ، އެ ޙުކުމް ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމއ ކަމަށް ބުނެ ބުނުން
26ޕްރިސިޑެންސް 1ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ: "24. މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެންނެވެ. ...)ހ(
(ށ) މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފް ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަ އަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނވަތު ކޮމިޓީއިން ހުށަހެޅުމުން؛ "
27މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނިންމުމަކީ، އިސްވެ ބަޔާންކުރެވުނު މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/38 (އެޓާރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު) ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/10 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު) ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ އޞު ލުތަކަށް ރިޢާޔަތްނުކޮށޫ ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
28ޕްރިސިޑެންސް 2އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި، ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ ނކަމަށެ 2 އުންސުރު ބަޔާންކޮށްފައިވާކަމަށާއި، އެއީ، ޤާނޫނާއި ޤަވާޢދި ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވުމާއި، އެ ފުލުހަކު ކުޅަ ޢަމަލުގެ ސަބަބުން އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް ޢާއްމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމަކަށްވުމެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އެޓަރނީ ޖެނެރަލް ވ. ޢަލީ ނަޝީދު ޤަޟިއްޔާގައި ކޯޓުގެ ކުރި މައްޗަށް ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކުރާ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެންމެ ފުރަތަމަ ބަލަންޖެހޭނީ، އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑު ކުރިމަތީ އޮތްތޯ ނުވަތަ ނޫންތޯކަމަށް ފާހަގަކޮށްފައިވެއެވެ.
29މި ނުކުތާގައި އިސްވެ ބުނެވުނު މަސްދަރުތަކާ ހަވާލާދީ، ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާފައިވާ ފިންގަރޕްރިންޓް ކޮމްޕެރިޒަން ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާފައިވަނިކޮށް، އެކަމަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2017/SC-A/38 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2013/SC-A/10 ޤަޟިއްޔާ މައްސަލަ ނިންމާފައިވާކަމަށް އަޙްމަދު އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައި ވެއެވެ. ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 1566/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 3 ވަނަ ނަންބަރުގެ (ޅ) ގައި، ..."ދަޢުވާކުރާ ފަރާތުގާ މައްޗަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައިވާ މައްސަލައިގައި ހެކި ނުވަތަ ޤަރީނާގެ ގޮތުގައި އޮތީ ހަމައެކަނި ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓު (K(d)/FCR/2018/005) ކަމަށާއި، ދަޢުވާކުރާ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމިއިރު މި ރިޕޯޓު ޑިސިޕްލިނަރީ ބޯޑުގެ ކުރިމައްޗަށް ހުށަހެޅިފައިނުވާ ކަމަށާއި، ޑިސިޕްލިނަރީ ބޯޑުން ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމައި، އޭގެ ފަހުގެ ތާރީހެއްގައ މި ރިޕޯޓު ހުށަހަޅާފައިވަނީ އިސްތިއުނާފު ކޮމިޓީގެ އެދުމުގެ މަތިން އިސްތިއުނާފު ކޮމިޓީއަށް ކަމުގައި ދަޢުވާކުރާ ފަރާތުން ބުނެފައިވާ ބުނުމާއި އަދި ހެކީގެ ގޮތުގައި ހުށަހެޅިފައިވާ ލިޔުންތައް ފޮރެންސިކަށް ހަވާލުކުރެވުނު ތޯ އަދި ހަވާލުކުރެވުނު ތާރީޚާއި މައްސަލަ ނިންމި ތާރީޚާމެދު ދަޢުވާކުރާ ފަރާތުން ސުވާލު އުފައްދާފައި އޮތް އޮތުމުގެ މައްޗަށް ބަލާއިރު، ފޮރެންސިކަށ ޙަވާލުކުރިކަމަށް ސޮއިކޮށްފައި ނެތްކަމަށް ބުނެފައިވާ "ޢަލީ ސައިފްގ ބަޔާނުގެ އަސްލު1" ފޮރެންސިކް ޑިޕާޓްމަންޓް އަށް ލިބުނު ކަމަށް އެ ޑިޕާޓްމަންޓްގެ މުވައްޒަފެއް ސޮއިކޮށްފައިވާކަމާއި، އަދި ޗެއިން އޮފް ކަސްޓަޑީ އިންވެސް މި ލިޔުން ފޮރެންސިކް ޑިޕާޓްމަންޓް އިން ހަވާލުވެފައިވާކަނ އެނގެން އޮންނަކަމާއި، އަދި ޑިސިޕްލިނަރީ ބޯޑުން ދަޢުވާކުރާ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތް ނިންމުމަށް ލިބިފައިވާ ހެއްކާއި ޤަރީނާގެ ގޮތުގައި 6 ވަނަ ނަންބަރުގައި "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓް ނަންބަރު (K(d)/FCR/2018/005) ހިމަނާފައިވާކަން އެނގެން އޮންނައޮތުމުން، ޙަވާލާދެވިފައިވާ ލިޔުމަކީ ޑިސިޕްލިނަރީ ބޯޑުން ދަޢުވާކުރާ ފަރާތާމެދު ހުށަހެޅިފައިވާ މައްސަލައިގައި ގޮތް ނިންމިއިރު އެ ބޯޑުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ލިޔުމެއްކަން އެނގެން އޮންނަކަމާއި، އަޙްމަދު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަޙުޤީޤެއް ކޮށްފައިވާކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައި، މައްސަލައިގެ ތަޙުޤީޤު ބަޔާންތަކުންނާއި، ބޯޑުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ލިޔުމުން އަޙްމަދު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވުނު ކުށާއި އަޙްމަދު އިބްރާހީމްއާ ގުޅވޭނު އެކަށޭނަ ހެކި ހުރިކަމަށް ޝަރީޢަތަށް ބުރަވެވޭތީ، ދައުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުން، ނިންމާފައިވަނީ ޤަވާޢިދާއި ޚިލާފަށްކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމާއި، އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ މި ނިންމުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް އެނގެން އޮންނަ އޮތުމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އަޙްމަދު އިބްރާހީމްގެ ފަރާތުން، ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓާ ގުޅިގެން އުފައްދާފައިވާ ސުވާލުތަކަށް ރިޢާޔަތްކޮށްފައިވާކަން އެނގެން އޮވެއެވެ.
30ޕްރިސިޑެންސް 3ދިވެހިރާއްޖޭގ ސުޕްރީމްކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު ޤަޟިއްޔާގައި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރާނެ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޢާންމު ޤާނޫނުގެ ދަށުން ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެކަމަށް ކަނޑައަޅާފައިވާއިރު، ދަށު ކޯޓުން ޙުކުމްކުރުމުގައި މި މިންގަނޑުން ހެކިތަކަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. އަދި ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާ އެ ރިޕޯޓާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިވާކަންވެސް އެނގެއެވެ.
31ޕްރިސިޑެންސް 4ނަމަވެސް، އިސްތިއު ނާފުކުރާ ފަރާތުން އިސްތިއުނާފުގައި، ދަށުކޯޓުގެ ނިންމުމުގައި އޮތް ޤާނޫނީ މައްސަލައަކީ ކޮބައިކަމެއް ބަޔާންކޮށްފައެއްނުވެއެވެ. އަދި އޭގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުޘަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފއެއްވެސް ނުވެއެވެ.
32އެހެންކަމުން، މިއީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިނމް ގޮތުގެ ރިޕޯޓުގެ 10 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ގޮތް ށ ހުށަހަޅާފައިވް އިސްތިއުނަ ފީ ނުކުތއެއާ ކަމުގައި އަހުރެން ނުދެކެމެވެ.
33ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓުގެ 10 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ: "ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނާބުނުމަކުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2013/SC-A/10 ޤަޟިއްޔާ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލްނުވެވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިމަންނަގެ ހައްގު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ." މިފަދައިންނެވެ.
34ވުމާއެކު، މި އިސްތިއުނާފީ ނުކުތާ ބަލައިގަނެ އެ ނުކުތާގެ މައްޗަށް މި މަރުޙަލާގައި ގޮތެއް ނިންމަންޖެހޭނެ ކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެ ފައިވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބުނާ ބުނުން
35މި ނުކުތާގައި އަޙްމަދު އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/10 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު) ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/15 (މުޙައްމަދު ފަޔާޟް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާއި ނ ކަނޑައަޅާފައިވް އުސޫލުތަކާ ޚިލާފަށްކަމަށްވާތީ، މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށެވެ.
36ޕްރިސިޑެންސް 5އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ އިދާރީ ތަޙްޤީޤެއް ނުކޮށްކަމަށް ދެކޭ ސަބަބުތައް ކަމަށްބުނެ އޭނާގެ ފަރާތުން ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އަޙްމަދު އިބްރާހީމްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާއި ގުޅުންހުރި އެހެން ބައެއް ފަރާތްތައް ޑިސިޕްލިނަރީ ބޯޑަށް ހާޟިރުކޮށް ބަޔާންނަގާފައިނުވާކަމަށ ބުން ކުރެ ޝަކުވާއެއްކަން އެނގެއެވެ. ދައުލަތުން މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ، ސުވާލު އުފެދުނު ބަޔާނުގައި ސޮއިކުރި ހުރިހާ ފަރާތްތަކެއްގެ ބަޔާންވެސް ޑިސިޕްލިނަރީ ބޯޑުން ނަގާފައިވާކަމަށެވެ. އަޙްމަދު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ، މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ސައިފް ދީފައިވާ ބަޔާނުގައި އަޙްމަދު އިބްރާހީމްގެ ފިންގަރޕްރިންޓް ޖަހާފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްކަން ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމުން އެނގެން އޮވެއެވެ. ސިވިލް ކޯޓަށް 16 ނޮވެމްބަރު 2020 ގައި އަޙްމަދު އިބްރާހީމްގެ ފަރާތުން ދީފައިވާ ބަޔާނުގައި، "އެއްވެސ ބަޔާނެއް ނުވަތަ އެހެންވެސް ތަނެއްގައި އޮތީ ވަކި ފަރާތެއްގެ އިނގިލީގެ ނިޝާންކަން ކަށަވަރުކުރެވޭނެ ގޮތްތަކުގެ ތެރެއިން އިނގިލީގެ ނިޝާންޖެހިއިރު ލޮލަށް ފެނުނު ހެކީން ނުވަތަ އިނގިލީގެ ނިޝާންޖެހި ފަރާތުން އަމިއްލައަށްވާ އިއުތިރާފު މި މައްސަލާގައި ނެތެވެ. އެހެންވީމާ މިމައްސަލާގައި އިނގިލީގެ ނިޝާނާ ގުޅިގެން އޮތީ ހެއްކަކަށް ބެލެވިދާނެ އެންމެ އެއްޗެކެވެ. އެއީ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އަދި އެއަށްފަހު، ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައިވެއެވެ. އެހެންކަމުން، އަޙްމަދު އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވިފައި ވ މައްސަލާ ސާބިތުކުރުމަށް ހެއްކެއްގެ އިސްތިއުނާފު ފޯމުގެ 8.2.4 އިން 8.2.7 އަށް ގޮތުގައި ބެލެވޭނެ އެއްޗަކަށް އޮތީ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުކަން އޭނާގެ ފަރާތުންވެސް ގަބޫލުކުރެއެވެ. ޑިސިޕްލިނަރީ ބޯޑުން މައްސަލަ ނިންމާފައިވަނީ އެ ރިޕޯޓަށް ބުރަވެއެވެ. އެރިޕޯޓުގެ ޞައްހަކަމާމެދު އުފައްދާފައިވާ ސުވާލުތަކާ ގުޅިގެން ދަށުކޯޓުން ގޮތް ކަނޑައަޅާފައިވެއެވެ. އެހެންކަމުން، އަހުރެންނަށް ބުރަވެވެނީ، އަޙްމަދު އިބްރާހީމްގެ މައްޗަށް ކުރެވުނު ތަހްޤީޤަކީ ފުރިހަމަ ނޫން ތަހްޤީޤެއް ކަމަށް އޭނާގެ ފަރާތުން ބުނާ ބުނުމަކީ އިސްވެ އިޝާރާތްކުރެވުނު ފަދައިން ދަށުކޯޓުގައި އޭނާ ފާހަގަކޮށފައިވް ކަންކަމާ ޚިލާފު ބުނުމެއްކަމެވެ.
37އަޙްމަދު އިބްރާހީމްގެ ފަރާތުން ދެން ފާހަގަކޮށްފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން އޭނާއަށް އަންގާފައިނުވާކަމަށާއި ވަޒީފާއިން ވަކިކުރި ސަބަބުވެސް އަންގާފައި ނުވާކަމަށް ފާހަގަކޮށްފައިވީ ނަމަވެސް ސިވިލް ކޯޓުން މިކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 1566/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 (ކ) ގައި އިޖުރާއީ ޢަދުލުވެރިކަމާއި ގުޅިގެން ބަޔާންކޮށްފައިވަނީ، "ދަޢުވާކުރާ ފަރާތާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން (Procedural Fairness) ޤާއިމްކޮށްފައިނުވާކަމަށް، ދަޢުވާކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑިސިޕްލިނަރީ ބޯޑުން، އެ މައްސަލަ އިދާރީގޮތުން ތަޙުޤީޤުކޮށް، މައްސަލައިގެ ތަފްޞީލު އަޙްމަދު އިބްރާހީމް އަށް ދީ، އަޙްމަދު އިބްރާހީމް ޙާޟިރުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތާއި، ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދީފައިވާކަން އެނގެން އޮންނަކަމާއި، ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން އެފަރާތާއި ހަވާލުކޮށްފައި ނުވާކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާކަމާއި، ދަޢުވާކުރާ ފަރާތަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ޙަވާލުކުރެވިފައިނުވަނީ އެފަރާތުން އެލިޔުމާ ހަވާލުވާން ޙާޟިރުވެފައިނުވާތީކަމަށާއި، އަދި ޙަވާލުކުރުމަށް އަންގާފައިވާ މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދޫކޮށްފައިވާ ޔުނިފޯމް އައިޓަމްސްތަކާއި، ޕޮލިސް ކާޑު އަނބުރާ ޙަވާލުކށޮފައިނުވާތީކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވާތީއާއި، ދަޢުވާކުރާ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓާ ދަޢުވާކުރާ ފަރާތުން ޙަވާލުވެފައިވާކަން އެނގެން އޮންނާތީ، މި މައްސަލައިގައި ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަނ އެނގެން އޮންނަ އޮތުމެވެ." މިފަދައިންނެވެ.
38ޕްރިސިޑެންސް 6ސިވިލް ކޯޓުގެ ނިންމުމުގައި އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް އެ ކޯޓުން ކަނޑައަޅާފައިވާ ސަބަބުތައް ސާފުކޮށް ބަޔާންކޮށްފައިވާކަނ އިސްވެ ބަޔާންކުރެވުނު ޕެރެގްރާފު ނ އެނގެން އެބައޮތެވެ. އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާކަމަށް ދަށުކޯޓުގެ ފަނޑިޔާރު ނިންމީ ހަވާލާދީފައިވާ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާއި ޚިލާފަށް ކަމަށް ބުނި ނަމަވެސް އެއީ އެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިން ކޮން އުޞޫލަކާކަން ސާފުކޮށް އިސްތިއުނާފު ކުރި ފަރާތަށް ބުނެދެވިފައިވާކަމަކަށް ނުދެކެމެވެ. އެހެންކަމުން، ދެވަނަ ނުކުތާގައި ޤާނޫނީ ބަހުސެއް އޮތް ކަމަކަށް އހުރެން ނުދެކެމެވެ.
39އެހެންކަމުން، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައި ސިވިލް ކޯޓުގެ ނަންބަރު 1566/Cv-C/2020 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.
40މި މައްސަލާގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
41ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން 30 ވަނަ ނުކުތާގެ ނިޔަލަށް ރިޔާސަތު ފަނޑިޔާރު ޙަސަން ޝަފީޢު ފާހަގަކުރައްވާފައިވާ ކަންކަމަށް ތާއީދުކުރުމާއިއެކު، އަންނަނިވި ކަންކަން ފާހަގަކުރަމެވެ.
42އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިވާ މައިގަނޑު ޖަދަލަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(d)/FCR/2018/005 ފިންގާ ޕްރިންޓް ކޮންޕެރިޒަން ރިޕޯޓުގައި ފުށު އެރުންތައ ހުރިކަމަށް ފާހަގަކުރާ ކުރުމެވެ. މިއާ ގުޅިގެން ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމު މަށް ބެލުން މުހިންމެވެ. ޑިސިޕްލިނަރީ ބޯޑުން 15 ޖަނަވަރީ 2018ގައި ނިންމާފައިވާ ނިންމުމަށް ބަލާއިރު، އެ ބޯޑަށް ހުށަހެޅުނު މައްސަލައަކީ 2016 މާރިޗް 17 ވަނަ ދުވަހު 04:15 ހާއިރު "ސައިމާ" ބޯޓުން ގއ.ވިލިނގިލި އެރޯމާ ޢަބްދުﷲ މަޖީދު ގއ.ވިލިނގިލިއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރާ މައްސަލައިގައި ސީނަށް ދިޔަ ޕޮލިސް ކޯޕަރަލް ޢަލީ ސައިފު ތަޙުޤީޤަށް ދީފައިވާ ބަޔާނަށް އިންކާރުކުރުމުން އެ މައްސަލަ ބެލި ބެލުމުން ޕޮލިސް ލ.ކޯޕްރަކް ޢަލީ ސައިފުގެ ބަޔާނުގައިވާ އިނގިލީގެ ނިޝާންއާއި އެ މައްސަލަ ބެލި އައި.އޯ ޕޮލިސް ކޯޕްރަލް އަޙްމަދު އިބްރާހީމްގެ ވައަތު އިނގިލީގެ ނޝާންއި ދިމާވެފައިވާ މައްސަލައެވެ. އަދި މި މައްސަލަ ބެލުމަށްފަހު މި ބޯޑުން ނިންމާފައިވަނީ ޕޮލިސް ކޯޕަރަލ އަޙްމަދް އިބްރާހީމްގެ ފަރާތުން ފެނިފައިވާ މިޢަމަލަކީ ފުލުހުންގެ ކޯޑް އޮފް ކޮނޑަކްޓްގް 11, 8, 6 އަދި 13 މި މާއްދާތަކާއި ޚިލާފު ޢަމަލަކަށްވާތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ)ގެ 18 ވަނަ ނަންބަރާއި ޙަވާލާދީ، އެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ކ)ގެ ދަށުން ޕޮލިސް ކޯޕްރަލް އަޙްމަދު އިބްރާހީމް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށެވެ.
43ޕްރިސިޑެންސް 7ތަހުޤީޤު މަރުޙަލާއަށް ލިބިފައިވާ ހެއްކާއި ޤަރީނާގެ ތެރޭގައި ނަންބަރު K(d)/FCR/2018/005 ފިންގާ ޕްރިންޓް ކޮންޕެރިޒަނ ރިޕޯޓް ހިމެނޭކަން "ޑިސިޕްލިނަރީ ބޯރޑަށ މައްސަލް ހުށަހަޅަ ފޯރމ" އިން އެނގެއެވެ. އަދި މި މައްސަލަ ތަހުޤީޤު ކުރި ކުރުމުގައި ފާހަގަކުރެވުނު ކަންކަމުގައި "LC2016/03811 އެޕް.ސީ ކޭސްއާއި އެޓޭ ޗްކޮށފައިވާ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ސައިފު (ސ.ނަންބަރު:5168)ގެ ބަޔާނުގައި ފޯމް ނަންބަރު: 07/DBMF/2018 ޖަހާފައިވާ އިނގިލީގެ ނިޝާންއާއި އެ މައްސަލަ ބެލި އައި.އޯ ޕޮލިސް ކޯޕްރަލް އަޙްމަދު އިބްރާހީމް (ސ.ނަންބަރު: 1535)ގެ ވައަތު ބޮޑުވައި އިނގިލީގެ ނިޝާންއާއި ދިމާވެފައިވާކަން ޕިންގަރޕްރިންޓް ކޮމްޕެރިސަން (ރިޕޯޓު ނަންބަރު (K(d)/FCR/2018/005 އިން އެނގޭކަން" މިފަދައިން ބަޔާންކޮށްފައިވުމުން، މި މަރުޙަލާގައިވެސް މި ރިޕޯޓު ޑިސިޕްލިނަރީ ބޯޑުގެ ކުރިމަތީގައި އޮތްކަމާއި، ނިންމުން ނިންމުމުގައި މި ރިޕޯޓަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.
44ފޯމް ނަންބަރު 02/ABMF/2018 "އިސްތިއުނާފު ކޮމިޓީއަށް މައްސަލަ ހުށަހަޅާ ފޯރމް"ގައި "ފޮރެންސިކުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށްފަހު ކޮމިޓީއަށް ހުށަހެޅުމަށް" މިފަދައިން 22 ޖަނަވަރީ 2018ގައި ބަޔާންކޮށްފައިވާތީ، މި ތާރީޚާއި ހަމައަށް ފިންގާ ޕްރިންޓް ކޮންޕެރިޒަން ރިޕޯޓު ލިބިފައިވާނަމަ މިފަދައިން މި ޢިބާރާތް ލިޔަންޖެހޭ ސަބަބެއް ނެތްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. މި ފޯމުގައިވެސް ލިބިފައިވާ ހެއްކާއި ޤަރީނާގެ ތެރޭގައި ނަންބަރު 2018/005/K(d)/FCR ފިންގާ ޕްރިންޓް ކޮންޕެރިޒަނ ރިޕޯޓް ހިމެނޭކަން މި ފޯމަށް ބެލުމުން އެނގެއެވެ. އަދި 22 ޖަނަވަރީ 2018ގައި އިސްތިއުނާފި ކޮމިޓީއިން ނިންމި ގޮތުގައި "ފޮރެންސިކުން ސާފުކުރަންޖެހޭ ކަންތައްތައް ސާފުކުރުމަށްފަހު ކޮމިޓީއަށް ހުށަހެޅުމަށް" މިފަދައިން ބަޔާންކޮށް، މީގެ އިތުރު ތަފްޞީލެއް ދީފައިނުވާއިރު، މިފަދައިން ބަޔާންކޮށްފައިވަނީ ފިންގާ ޕްރިންޓް ކޮންޕެރިޒަނ ރިޕޯޓް ނުލިބިވާތީކަން މި ނިންމުމުން އެނގޭކަށްނެތެވެ. އޭގެ ފަހުން 1 މާރިޗް 2018ގައި އިސްތިއުނާފި ކޮމިޓީއިން ނިންމި ނިންމުމުގައި ކުރިން ޑިސިޕްލިނަރީ ބޯޑުން ޕޮލިސް ކޯޕްރަލް އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ، އެ ނިންމުން ދަމަހައްޓަން ނިންމާފައިވެއެވެ. އަދި މި ފޯމުގައި ތަހުޤީޤުކުރާ ފަރާތުގެ ކޮމެންޓަށް ބެލުމުން، މި މައްސަލައާއި ގުޅިގެން ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ސައިފު ދިންކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނުގައިވާ ސޮއިއާއި އެ މައްސަލާގައި އައި.އޯއެއްގެ ގޮތުގައި ބަޔާން ނަގާފައިވާ ޕޮލިސް ކޯޕްރަލް އަޙްމަދު އިބްރާހީމްގެ ސޮއިއާއި ދިމާވޭތޯ ބެލުމަށްފަހު ކޮމިޓީއަށް އަލުން ހުށަހެޅުމަށް ނިންމާފައިވާތީ، ކުރިން ކޮމިޓީއިން ނިންމި ގޮތަށް އެކަން ބެލުމުން، އައި.އޯގެ ގޮތުގައި ސޮއިކޮށްފައިވާ ސޮއިއާއި ނަމޫނާގޮތުގައ ހުށަހަޅާފައިވި ޕޮލިސް ކޯޕްރަލް އަޙްމަދު އިބްރާހީމްގެ ސޮއިތަކާއި އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ފޮރެންސިކް ރިޕޯޓުން އެނގެއެވެ. މީގެންވެސް އެނގިގެންދަނީ އައި.އޯގެ ގޮތުގައި ސޮއިކޮށްފައިވާ ސއޮ އާއި ނަމޫނާ ގޮތުގައި ހުށަހަޅާފައިވާ ސޮއިތަކާއި އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ފޮރެންސިކް ރިޕޯޓުންވެސް ކަށަވަރުވެފައިވާކަމެވެ.
45މި މައްސަލައިގައި ނަންބަރު K(d)/FCR/2018/005 ފިންގާ ޕްރިންޓް ކޮންޕެރިޒަން ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްނޫންކަމުގައި އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވަނީ، އެ ރިޕޯޓުގައި "ތިރީގައި ބަޔާންކުރެވިފައިވާ މައްސަލައާއި ގުޅިގެން ބަޔާނުގެ އަސްލު، 2018 ޑިސެމްބަރު 19 ވަނަ ދުވަހު، ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓްގެ ނަމްބަރުތަކާއިއެކު ފިންގަރޕްރިންޓް ލެބޯޓަރީއަށް ވަނީ ހުށަހެޅިފައެވެ" މިފަދައިން ބަޔާންކޮށްފައިވުމުންނާއި، މިއީ އެ ރިޕޯޓު ތައްޔާރުކުރި ތާރީޚުކަމުގައިވާ 9 ޖަނަވަރީ 2018ގެ ފަހުގެ ތާރީޚަކަށްވުމުންނެވެ. މީގެ ރައްދުގައި އިސްތިއުނާފަ ރައްދުވު ފަރާތުން ބުނެފައިވަނީ މި ރިޕޯޓުގައިވާ އެހެނިހެން މަޢުލޫމާތަށް ބެލުމުން، "19 ޑިސެމްބަރު 2018" މި ތާރީޚު ލިޔެފައިވަނީ އޮޅުމަކުންކަން އެނގޭކަމުގައެވެ.
46މި ފިންގާ ޕްރިންޓް ކޮންޕެރިޒަނ ރިޕޯޓަށް ބަލާއިރު، މި ރިޕޯޓު ހުށަހެޅި ގޮތުގެ ތަފްސީލުގައ މި ރިޕޯޓީ ހުށަހެޅި ތާރީޚާއި ގަޑިއަކީ "2017-012-19 12:01" ކަމުގައި ބަޔާންކުރެއެވެ. އަދި މި ރިޕޯޓުގައި އަޙްމަދު އިބްރާހީމްގެ ފިންގަރޕްރިންޓް 2018 ޖަނަވަރީ 8 ވަނަ ދުވަހު ޕޮލިސް ކޯޕްރަލް މުޙައްމަދު ސަމީރު ނެގުމަށްފަހު، 2018 ޖަނަވަރީ 8 ވަނަ ދުވަހު ފިންގަރޕްރިންޓް ލެބޯޓްރީއަށ ފޮނުވާފައިވާކަން އެނގެއެވެ. މި މަރުހަލާގައި ޙަވާލާދޭ ފޮރެންސިކް ރިޕޯޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ 24 ޖަނަވަރީ 2018ގެ ރިޕޯޓު ނަންބަރު: F1(f)/DER/2018/007 "ޑޮކިއުމެންޓް އެގްރެމިނޭޝަން ރިޕޯރޓު"ކަން މި ރިޕޯޓުގައި ބަޔާންކުރާ ހުށަހެޅި ތާރީޚުންނާއި، މި ރިޕޯޓުގައި ބަޔާންކުރާ މާއްދީ ހެކީގެ ތަފްޞީލުންނާއި، ފާހަގަކުރެވުނު ކަންކަމާއި އަދި ތަޙުލީލުގެ ނިންމުމަށް ބެލުމުން އެނގެއެވެ. ނަންބަރު K(d)/FCR/2018/005 ފިންގަރޕްރިންޓް އެނަލައިޒް ކުރުމަށްފަހު، 9 ޖަނަވަރީ 2018ގައި ނިންމުނި ނިންމައި، މި ރިޕޯޓު ތައްޔާރުކޮށްފައިވާކަން އެނގެއެވެ. އެހެންކަމުން، މި އެންމެ މަޢުލޫމާތުތައް އެކުއެކީގައި ބަލައި ކިޔުމުން، ބަޔާނުގެ އަސްލު، "2017"ގައި ލިބުނުކަމަށް ލިޔުމުގެ ބަދަލުގައި 2018 ވަނަ އަހަރު ހުށަހެޅުނުކަމަށް ލިޔެވިފއިވަނަ އޮޅުމަކުންކަމުގައި ބުރަވަމެވެ.
47މި އެންމެ ކަންކަމަށް ބެލުމަށްފަހު، ސިވިލް ކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުމަކީ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު) ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2013/SC-A/10 (އެޓަރނީ ޖެނެރަލް ވ. ޢަލީ ނަޝީދު) ޤަޟިއްޔާއިން ޤާއިމުކޮށްފައިވާ އުޞޫލުތަކާއި، ޤާނޫނުއަސާސީގެ 143 ވަނަ މައްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ.
48ދެވަނަ އިސްތިއުނާފީ ނުކުތާގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
49މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 6، 8، 11 އަދި 13 ވަނަ މާއްދާ
- ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ) ގެ 18 ވަނަ ނަންބަރު އަދި 18 ވަނަ މާއްދާގެ (ކ)
- ސުޕްރީމް ކޯޓުގެ 2017/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު)
- ސުޕްރީމް ކޯޓުގެ 2013/SC-A/10 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓުގެ 10 ވަނަ ނުކުތާ)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނޫރުއްސަލާމް އަބޫބަކުރު، ލ ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ރަޝީދު، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން ޝަހީދު، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙުޒައިފާ މުޙައްމަދު