ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/473
މަސްޢޫދު ރަނِِާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، 2016/HC-A/473
Masoodhu RanِِAa v. Prosecutor General's Office 2016/HC-A/473 (2016/HC-A/473, High Court of the Maldives, 28 November 2016)
މަސްޢޫދު ރަނِِާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ޚުލާޞާ
"ތުހުމަތު ކުރެވޭތީ މުޖުތަމަޢުގެ ސަލާމަތަށްޓަކައި" މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި.
ހިއުމަން ޓްރެފިކިންގ، ޞައްޙަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލުކުރުމާއި އޮޅުވާލުމުގެ ތުހުމަތުގައި ބިދޭސީ ރައްޔިތަކު މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް އަމުރުކުރެވުނެވެ.
ތުހުމަތުކުރެވޭ ފަރާތުން ބުނީ ބަންދުގެ މަޖިލީހަށް ޙާޟިރުކުރިއިރު ޢައްޔަންކޮށްފައިވާ ވަކީލަށް ނާންގާ ބަންދުގެ މުއްދަތު ޖެހުމުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ގެއްލުނު ކަމަށެވެ.
މައިގަނޑު ސުވާލު
ބަންދުގެ މުއްދަތު ޖެހުމުގެ މަޖިލީހަށް ޙާޟިރުކުރިއިރު ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް ނުއަންގާ ބަންދުގެ މުއްދަތު ޖެހުމުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިގެންވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ގެއްލިފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ޤާއިމް؛ އިސްތިއުނާފު ބަލައިނުގަނެވި
ހައިކޯޓަށް ހެއްކެއްގެ ގޮތުގައި ޙާޟިރުކުރި އިންވެސްޓިގޭޝަން އޮފިސަރުގެ ބަޔާނަށް ބެލުމުން ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ފަހިނުކޮށްދީފައިވާކަމުގައި ނުބެލެވޭ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގައި، ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު ހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެމީހަކަށް ފަހިކޮށްދެވިފައި އޮތުމަކީ ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް ދަށުކޯޓަށް ޙާޟިރުވި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ޙާޟިރުކޮށް ބަޔާންނެގުމުން، ބަންދުގެ މުއްދަތު އިތުރުކުރުމުގެ މަޖިލީހުގައި ކަން ހިނގާދިޔަ ގޮތްކަމަށް ބަޔާންކޮށްދީފައިވާ ކަންކަމަށް ބެލުމުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ފަހިނުކޮށްދީފައިވާކަމުގައި ނުބެލެވޭނަމަ، އެ ނުކުތާގެ މައްޗަށް ބިނާކޮށް ބަންދުގެ އަމުރަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް