ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/261
2016/HC-A/261، 2016/HC-A/261
2016/HC-A/261 (2016/HC-A/261, High Court of the Maldives, 14 June 2016)
2016/HC-A/261
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުގެ J/MD/2016/4427-145 އަމުރުން، ތުހުމަތުކުރެވޭ މައްސަލައަށް ބަލައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށް ބެހެއްޓުމަށް އަމުރުކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތް މުޖުތަމަޢުގެ ސަލާމަތަށްޓަކައި 3 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނެވެ.
އިސްތިއުނާފުކުރި ފަރާތުގެ ނުކުތާއަކީ، ބަންދުގެ މަޖިލީހަށް ޙާޟިރުކުރިއިރު އޭނާ ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް ނާންގާ ބަންދުގެ މުއްދަތު ޖެހުމުން ޤާނޫނުއަސާސީގެ 48 (ށ) އާއި ބަންދާބެހޭ ޤަވާޢިދުގެ ދަށުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ގެއްލުނު ކަމެވެ.
މައިގަނޑު ސުވާލު
ބަންދުގެ މުއްދަތުގެ މަޖިލީހަށް ޙާޟިރުކުރިއިރު ތުހުމަތުކުރެވޭ ފަރާތުގެ ޤާނޫނީ ވަކީލަށް ނުއަންގާ ބަންދުގެ މުއްދަތު ޖެހުމުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ބަންދު އަމުރު ނެރެފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ޤާއިމް
ދައުލަތުގެ ވާހަކައާއި ލިޔުންތަކަށް ބެލުމުން، ޤާނޫނުއަސާސީއާއި ބަންދާބެހޭ ޤަވާޢިދާ އެއްގޮތަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފުލުހުން ފަހިކޮށްދީފައިވާކަމުގައި ބެލެވެން އޮތުމުން، އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު ހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެމީހަކަށް ފަހިކޮށްދެވިފައި އޮތުމަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ނ))
- ޤާނޫނުއަސާސީގައި އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގައި ބަޔާންކުރާ އުސޫލުތަކާއި އެއްގޮތަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފުލުހުންގެ ފަރާތުން ފަހިކޮށްދީފައިވާކަމުގައި ބެލެވެން އޮތްއިރު، ބަންދުގެ މަޖިލީހަށް ޙާޟިރުކުރިއިރު ޤާނޫނީ ވަކީލަށް ނާންގާ ބަންދުގެ މުއްދަތު ޖެހިކަމަށް ބުނެ ހުށަހަޅާ ނުކުތާގެ މައްޗަށް ބިނާކޮށް ކޯޓު އަމުރު ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށްކަމަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ)-(ނ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ)
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ
- ޚިލާފު ރައުޔު
- ނެތް