ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/390
މަރްޔަމް ޙަލީމް ވ. ހައިމަން ކޮންސްޓްރަކްޝަން ޕވޓ ލޓޑ، 2016/HC-A/390
Mariyam Haleem v. Haiman Construction Pvt Ltd 2016/HC-A/390 (2016/HC-A/390, High Court of the Maldives, 24 March 2021)
މަރްޔަމް ޙަލީމް ވ. ހައިމަން ކޮންސްޓްރަކްޝަން ޕވޓ ލޓޑ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ވެރިފަރާތުން މަސައްކަތް ހުއްޓުވި ސަބަބުން މުއްދަތަށް ނުނިމުމުގެ ބަދަލު ނުނަގައިދެވޭނެކަމަށާއި، ވެރިފަރާތުން އަމިއްލައަށް ޢައްޔަންކުރި ފަރާތްތަކުގެ ރިޕޯޓުތަކުގެ މައްޗަށް ފެންވަރު ދަށްކަމަށް ނުކަނޑައެޅޭނެކަމަށާއި، އެއްބަސްވުން ނިމިފައިވާތީ ބާޠިލުކުރާނެ ސަބަބެއް ނެތްކަމަށެވެ.
8 ބުރީގެ ޢިމާރާތެއް ކުރުމަށް 2009 ގައި ގޯތީގެ ވެރިފަރާތާއި ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމުގެ ބީ.އޯ.ކިއު ގައި ޙަޤީޤަތް އޮޅުވާލި ކަމަށާއި، ފެންވަރު ދަށް މަސައްކަތް ކޮށް، މުއްދަތަށް ނުނިންމި ކަމަށް ބުނެ ވެރިފަރާތުން އެއްބަސްވުން ބާޠިލުކޮށް ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރިއެވެ. މުއްދަތު ހަމަވުމުގެ ކުރިން ވެރިފަރާތުން މަސައްކަތް ހުއްޓުވައި ޢިމާރާތުގައި ދިރިއުޅެން ފެށިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ބީ.އޯ.ކިއު މަކަރާ ޙީލަތުން ތައްޔާރުކުރި ކަމަށާއި ފަންނީ މާހިރުންގެ ރިޕޯޓުތައް ބަލައިނުގަތުމަކީ ހެކީގެ އުޞޫލުތަކާ ޚިލާފު ކަމަށެވެ. ކުންފުނިން ބުނީ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރި ކަމަށާއި ވެރިފަރާތުން ޤަޞްދުގައި މަސައްކަތް ހުއްޓުވިކަން އިޢުތިރާފުވެފައިވާ ކަމަށެވެ.
މައިގަނޑު ސުވާލު
ޢިމާރާތްކުރުމުގެ އެއްބަސްވުމުގެ ބީ.އޯ.ކިއު ގައި ޙަޤީޤަތް އޮޅުވާލި ކަމަށް ބުނެ އެއްބަސްވުމުގެ މާއްދާ ބާޠިލުކުރެވޭނެތޯ، މުއްދަތަށް މަސައްކަތް ނުނިމުމާއި ފެންވަރު ދަށް މަސައްކަތަށް ކޮންޓްރެކްޓަރ ބަދަލު ދޭންޖެހޭނެތޯ، އަދި ދަޢުވާކުރާ ފަރާތުން އަމިއްލައަށް ތައްޔާރުކުރުވި ފަންނީ ރިޕޯޓުތައް ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެތޯ.
ނިންމި ގޮތް
ނުކިޔެވޭ (ޙުކުމުގެ ފަހު ބައި ކިޔޭގޮތަށް ނެތް)
ހައިކޯޓުން ފާހަގަކުރީ އެއްބަސްވުމުގައި ސޮއިކުރީ އަމިއްލަ އިޚްތިޔާރުގައިކަމާއި، މުއްދަތު ހަމަނުވަނީސް މަސައްކަތް ހުއްޓުވީ ވެރިފަރާތުންކަމާއި، ނަމަވެސް ފަންނީ ރިޕޯޓުތަކަކީ ތައްޔާރުކުރި ފަރާތްތަކުގެ ބަހާއެކު ބަލައިގަނެވޭނެ ހެކިކަމާއި، ކުންފުނިން އެ ރިޕޯޓުތަކަށް އިންކާރުކޮށްފައި ނުވާކަމެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދެ ފަރާތެއްގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ޖައުހަރީ މާއްދާއެއް ބާޠިލުކުރުމުގެ ނަތީޖާއަކީ މުޅި އެ އެއްބަސްވުމެއް ބާޠިލުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.5)
- އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މަޖްބޫރުން ނުވަތަ އިޚްތިޔާރުން ބޭރުން ކަމެއް ސާބިތުނުވާނަމަ، ބީ.އޯ.ކިއު އާ ޚިލާފަށް މަސައްކަތްކުރި ކަމަށް ބުނުމަކުން އެއްބަސްވުމުގެ މާއްދާއެއް ބާޠިލުކުރާނެ ޝަރުޢީ ޤާނޫނީ ހަމައެއް ނޯވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.7-8.10)
- ޚުޞޫމަތު އުފެދި ޝަރީޢަތަށް އައުމުގެ ކުރިން، އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ކްލައިންޓް މަސައްކަތް ހުއްޓުވައި ޢިމާރާތާ ޙަވާލުވުމަކީ އެއްބަސްވުމާ ކްލައިންޓް ޚިލާފުވުމެވެ؛ އަދި ބައިވެރިން ޢަމަލުކުރި ގޮތުން އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.9، 8.13)
- މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ ދުވާލަކަށް ފައިސާ ދެއްކުމަށް އެއްބަސްވުމުގައިވާ ޝަރުޠަކީ މުއްދަތަށް ނުނިމުމުން ކްލައިންޓަށް ލިބޭ ގެއްލުމަށް އެއްބަސްވުމުން ކަނޑައަޅާފައިވާ ޙައްލެވެ؛ މުއްދަތު ހަމަވުމުގެ ކުރިން ކްލައިންޓް އަމިއްލައަށް މަސައްކަތް ހުއްޓުވައިފިނަމަ، އޭގެ ސަބަބުން ލިބޭ ގެއްލުމަށް ކޮންޓްރެކްޓަރ ޒިންމާ ނުކުރުވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.12-8.13)
- ދަޢުވާއެއް ސާބިތުކުރުމަށް ހެކި ހުށަހެޅުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެވެ؛ ދަފްޢެއް ސާބިތުކުރުމަކީ ދަފްޢު ހުށަހަޅާ ފަރާތުގެ ޒިންމާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.17)
- ބީ.އޯ.ކިއު އާ ޚިލާފަށް މަސައްކަތްކޮށްފައިވާކަމަށް ޝައްކުކުރެވޭ ޙާލަތުގައި ޢަމަލުކުރަންޖެހޭނީ ކަމާބެހޭ ފަންނީ މާހިރުންގެ ކިބައިން އޮޅުން ފިލުވުމަށެވެ؛ ފަންނީ މާހިރުން ތައްޔާރުކުރާ ރިޕޯޓުތަކަކީ ތައްޔާރުކުރި ފަރާތްތަކުގެ ބަހާއެކު ޝަރީޢަތަށް ބަލައިގަނެވޭނެ ހެކިތަކެވެ؛ އަނެއް ފަރާތުން އިންކާރުކުރާނަމަ އެ ފަރާތަށްވެސް މާހިރުން ޢައްޔަންކޮށް ރިޕޯޓު ހޯދުމުގެ ފުރުޞަތު އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 8.18-8.19)
ޙުސައިން ޝަހީދު ތާއީދުކުރައްވައެވެ . ދަޢުވާގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، […] / މާލެ މަރްޔަމް ޙަލީމްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއު ނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ . މައްސަލައިގެ ފަސްފަހަތް : 2- […] އެވެކިޔާ ގޯތީގެ 08 ބުރީގެ ޢިމާރާތެއް ކުރުމަށް 19 މެއި 2009 ގައި […] މަރްޔަމް ޙަލީމއި، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއް ގައި ސޮއިކޮށްފައި ވެއެވެ . 3- ބުނެވިދިޔަ އެއްބަސްވުމުގައިވާ ބީ .އޯ .ކިއު .ގެ ޙަޤީޤަތް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ން އޮޅުވާލާފައިވާ ކަމަށްބުނެ އެ އެއްބަސްވުން ބާޠިލްކޮށް، ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގެ މައްޗަށް މަރްޔަމް ޙަލީމް ދަޢުވާކޮށްފައިވެއެވެ . 4- ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ މަރްޔަމް ޙަލީމު ގެ ފަރާތުން ތިން ކަމެއް ފާހަގަކޮށްފައިވެއެވެ .
4.1- ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ، ބީ .އޯ .ކިއު އޮޅުވާލުންކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމެވެ .
4.2- ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ، ބީ .އޯ .ކިއުއާ ޚިލާފަށް ފެންވަރު ދަށްކޮށް ކޮށްފައިހުރި މަސައްކަތް ކަމަށް ބުނެ ފާހަގަ ކޮށްފައިވާ ކަންކަމެވެ .
4.3- ތިންވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ، ޢިމާރާތްކޮށް ނިންމުމަށް އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވެފައިވާ ދުވަހަށް ޢިމާރާތްކޮށް ނިންމާފައިނުވާ ކަމަށް ބުނެ ފާހަގަ ކޮށްފައިވާ ކަންކަމެވެ . 5- މަރްޔަމް ޙަލީމާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 މެއި 2009 ގައި ވެފައިވާ އެއްބަސްވުމާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށާއި، އެއްބަސްވުމުގެ ދަށުން ހުށަހަޅާފައިވާ ބީ .އޯ .ކ އ ގައި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޙަޤީޤަތް އޮޅުވާފައިވާކަމަށާއި، […] އެވެކިޔާ ގޯތީގައި ޢިމާރާތް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ކޮށްފައިވާ އެގްރީމެންޓް ބާޠިލްކޮށް ދިނުމަށާއި، މަރްޔަމް ޙަލީމަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދު މަށް ކަމަށް ބުނެ މަރްޔަމް ޙަލީމު ގެ ފަރާތުން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް އިންކާރުކުރާ ކަމަށާއި، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ސަބަބުން މަރްޔަމް ޙަލީމަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާނެކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ކޮށްފައިވާ އެގްރީމެންޓާ ޚިލާފުވެފައިވަނީ މަރްޔަމް ޙަލީމް ކަމަށާއި، އެކަމުގެ ސަބަބުން ގެއްލުން ލިބިފައިވަނީވެސް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ކަމަށް ބުނެ، ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި، މަރްޔަމް ޙަލީމު ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް އިންކާރުކޮށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އެމައްސަލައަށް ޖަވާބުދީފައިވެއެވެ . ސިވިލް ކޯޓުގެ ނަންބަރ 4C/201-Cv/1345 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުން : 6- ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާ ގައި އެކޯޓުން ޙުކުމްކުރައްވާ ފައިވަނ، ]ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، […] އެވެކިޔާ ގޯތީގެ 08 ބުރީގެ ޢިމާރާތެއް ކުރުމަށް 19 މެއި 2009 ގައި […] މަރްޔަމް ހަލީމް އާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމާއި، ބަޔާންވެ ދިޔަ އެއްބަސްވުމުގައި ހިމެނޭ ޖުމްލަ އަގަކީ 6,242,043.79ރ) .ހަމިލިޔަން ދެލައްކަ ސާޅީސް ދެހާސް ސާޅީސް ތިންރުފިޔާ ހަތްދިހަ ނުވަލާރި ( ކަން އެއްބަސްވުމުގެ 12.1ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، ބަޔާންވެދިޔަ އެއްބަސްވުމާއި އެކުގައިވާ ބީ .އޯ ކިޔުގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް ކޮންޓްރެކްޓަރ އޭނާގެ އަމިއްލަ ތަކެތީގައިކޮށް ނިންމުމަށް ދީފައިވާ މުއްދަތަކީ މީލާދީ 12 )ބާރަ( މަސް ދުވަސް ކަމާއި، މި މުއްދަތުގައި މަސައްކަތް ނިންމާނުލެވިއްޖެނަމަ ކަން ކުރަންވީގޮތް އެއްބަސްވުމުގެ 13ވަނަ މާއްދާގައި ބަޔާންވެގެންވާކަމާއި، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތުން ކުރަމުންދިޔަ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރަމުން ނުދާކަމަށާއި އެއްބަސްވުމުގައި ބަޔާންވެގެންވާ މުއްދަތަށް މަސައްކަތް ނުނިމޭ ކަމަށް ބަލައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މަރްޔަމް ޙަލީމުގެ ފަރާތުން މަސައްކަތް ހުއްޓުވައި އެ ޢިމާރާތުގައި ދިރިއުޅެން ފަށާފައިވުމުން އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން މަސައްކަތް ކުރުމުގެ ފުރުޞަތު ދަޢުވާލިބޭ ފަރާތަށް ލިބިފައިނުވާތީ އެއްބަސްވުމުގައި ބަޔާންވެގެންވާ މުއްދަތަށް މަސައްކަތް ނުނިމމު ގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ވެފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައި ދެވެން ނެތްކަމަށާއި، އަދި ދަޢުވާކުރާ ފަރާތުން ޢިމާރާތުގައި ދިރިއުޅެން ފެށުމަށްފަހު ދަޢުވާކުރާ ފަރާތުގެ އެދުމަށް ފޯވާރޑް ކޮންސްޓްރަކްޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހަދާފައިވާ ރިޕޯޓްއާއި، ޑިޒައިން ބިލްޓް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އިން ހަދާފައިވާ ރިޕޯޓާއި، އާރޗް އިންޖިނިއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަދާފައިވާ ރިޕޯޓަކީ ދެ ފަރާތުން ވާހަކަ ދެކެވިގެން ދެ ފަރާތުން އެއްބަސްވެވިފައިވާ ފަރާތްތަކެއް މެދުވެރިކޮށް ދެ ފަރާތުން ދީފައިވާ މަޢުލޫމާތެއްގެ މައްޗަށް، ނުވަތަ ޝަރީޢަތެއްގެ ތެރެއިން ކަނޑައެޅޭ ޝަރުޢީ އަގު ކޮމިޓީ އަކުން ހަދާފައިވާ ރިޕޯޓް ތަކަކަށް ނުވާއިރު އެ ރިޕޯޓްތަކަކީ ދަޢުވާކުރާ ފަރާތުން އަމިއްލައަށް ޢައްޔަންކޮށްފައިވާ ފަރާތްތަކކުނަ ދަޢުވާކުރާ ފަރާތުން އެކަނި ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓް ތަކެއް ކަމުން ބަޔާންވެދިޔަ ރިޕޯޓްތަކުގެ މައްޗަށް ރިޢާޔަތްކޮށް ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ މަސައްކަތް އެއްބަސްވުމާއި ޚިލާފަށް ފެންވަރު ދަށްކޮށް ކޮށްފައިވާކަމަށް ކަނޑައެޅެން ނެތްކަމަށާއި، މި ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ކުރެވެ މ ންދިޔަ މަސައްކަތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހުއްޓުވައި ދަޢުވާކުރާ ފަރާތުން އެ ޢިމާރާތުގައި ދިރިއުޅެން ފަށާފައި ވާކަން އެނގެން އޮތުމާއިއެކު ދެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށްބެލުމުން މި އެއްބަސްވުން ނިމުމަކަށް އައިސްފައިވާތީއާއި، އަދި އެއްބަސްވުމުގެ މުއްދަތުވެސް މިހާރު ހަމަވެފައިވާތީ މިހާރު މި އެއްބަސްވުން ޝަރީޢަތުގެ ފަރާތުން ބާޠިލް ކުރަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދަޢުވާލިބޭ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ .[ މި ފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . އިސްތިއުނާފީ ޖަދަލު : 7- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި ޙުކުމްކުރެ އްވު މުން، އެ ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބުނެ، މަރްޔަމް ޙަލީމު ގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް 07 )ހަތެއް ( ނުކުތާ ފާހަގަކޮށް ފައިވެއެވެ .
7.1- ފުރަތަމަ ނުކުތާއކ: […] / މާލެ އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަން ޙަވާލުކުރެވިފައިވާ މަސައްކަތްތައް ބީ .އޯ .ކިއު އާ ޚިލާފަށް ކޮށްފައިވާކަން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދު ވާ ފަރާތާ ޙިއްސާކޮށފައިވާއިރުވެސް އަދި ބީ .އޯ .ކިއު އާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތައް ރަނގަޅުކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ސާބިތުވާން އޮތްއިރުވެސް، އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް […] އިސްތިއުނާފު ރައްދުވާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމާއި، އަދި އެ ކަން ސައިޓް ލޮގް ފޮތުން އެނގެން އޮތްކަމާއި، އެ ކަންކަން އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04ވަނަ ނަންބަރު ގެ )ޅ( އިން ވަރަށް ސާފުކޮށް އެނގެން އޮތްކަމަށް ބުނެ އެގޮތުގެ މަތިން މިނުތާއަށް ރައްދު ދީފައިވެއެވެ .
7.2- ދެވަނަ ނުކުތާއަކީ : ޢިމާރާތުގައި ކުރެވިފައިވާ މަސައްކަތް އަގުކުރުމަށްފަހު އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯ ޓަށް ހުށަހަޅާ ފައިވާ ރިޕޯޓުތަކާއި، ބީ. އޯ.ކިއު އާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތައް ދެނެގަތުމަށްފަހު، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓަކީ، އެ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ވާހަކަތަކާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިވާ ވާހަކަތަކެއް ކަމަށް ނުވާއިރު، އަދި ރިޕޯޓުތައް ތައްޔާރުކޮށްފައިވަނީ، ކަމާބެހޭ ފަންނީ މާހިރުންކަމަށްވާއިރުވެސް، މިފަދަ ރިޕޯޓްތައް ޞައްޙަ ރިޕޯޓްތަކެއް ކަމަށް ޤަބޫލުކުރެވޭނީ، އެފަދަ ރިޕޯޓްތައް ތައްޔާރުކުރާނެ ފަރާތަކާމެދު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވެފައިވާނަމަ ކަމަށް، ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ، ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހަޅަންޖެހޭ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާ ނިންމެވުމުގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހެޅުނު ހެކިތަކާމެދު ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ މަދަނީ މައްސަލަތަކުގައި ޢަމަލުކުރަމުންދާ އުޞޫލާ އެއްގޮތަށް އިންޞާފުވެރިކަމާ އެކުގައި ކަމަށް އިސްތިއުނާފު ރައްދުވާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދެކޭކަމަށެވެ .
7.3- ތިންވަނަ ނުކުތާއަކީ : […] / މާލެ އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރަން ޙަވާލުކުރެވުނު މަސައްކަތްތަކުގެ ޖުމްލަ އަގަކީ، 6,242,043.79ރ) .ހަމިލިއަ ން ދެލައްކަ ސާޅީސްދެހާސް ސާޅީސްތިނެއް ޕޮއިންޓް ހަތެއް ނުވައެއް ( ރުފިޔާ ކަމަށް ވާއިރު، އެ އަގަށް ބިނާކޮށްގެން ބީ .އޯ .ކިއު ތައްޔާރުކުރަން ޙަ ވާލުކުރެވުނީ އިސްތިއުނާފު ރައްދުވާ ފަރާތަށް ކަމަށްވުމުން، ބީ .އޯ .ކިއު ގައި މައްސަލައެއް ނުވާނެ ގޮތުގެ މަތިން ބީ .އޯ .ކިއު ތައްޔާރުކުރުމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށްވާއިރުވެސް، އަދި ތައްޔާރުކޮށްފައިވާ ބީ .އޯ .ކިއު އަކީ ކަނޑައެޅިގެން މަކަރާ ޙީލަތުން އެކުލަވާލާފައިވާ ބީ .އޯ. ކިއު އެއްކަން ފެންނަން އޮތްއިރު އެ ކަމަށް ރިޢާޔަތްކުރެއްވުމެއް ނެތި، ސިވިލް ކޯޓުން މި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް […] އިސްތިއުނާފު ރައްދުވާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ކޮށްފައިވަނީ ދެފަރާތުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާ އެއް ގޮތަށް ކަމާއި، އަދި އެ މަސައްކަތް ހުއްޓުވާފައިވަނީ އިސްތިއުނާފު ކުރާ މަރްޔަމް ޙަލީމުގެ ފަރާތުން އެ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ކަމާއި، މަސައްކަތް ހުއްޓުވާލީ އިސްތިއުނާފު ކުރާ ފަރާތުން އަމިއްލައަށް ކަމާއި، އަދި މަސައްކަތް ހުއްޓުވާލިއިރު އެއްބަސްވުމުގެ މުއްދަތު ހަމަނުވާކަމާއި، މި ކަންކަމަކީ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި ކަނޑައެޅިގެން އެނގެން ހުރި ކަންކަން ކަމުގައި ބުނެ އެގޮތުގެ މަތިން މިނުކުތާއަށް ރައްދު ދީފައިވެއެވެ .
7.4- ހަތަރުވަނަ ނުކުތާއަކީ : […] / މާލެ އެވެކިޔާ ގޯތީގައި ޢިމާރާތް ކުރުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާ ކޮންމެ ގޮތަކުން ބެލުމުންވެސް ދެއްކިފައިވާކަން ފަންނީ މާހިރުންގެ ރިޕޯޓްތަކުން އެނގެން އޮތްއިރު، މަސައްކަތް ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތި މަސައްކަތް ހުއްޓާލުމުން، އެއްބަސްވުމާ ޚިލާފުވެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުންކަން ފެންނަން އޮތްއިރުވެސް އެކަމަށް ރިޢާޔަތްކުރެއްވުމެއް ނެތި، އެއްބަސްވުމާ ޚިލާފުވެފައިވަނީ އިސްތިއުނާފުކުރާ ފަރާތުންކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނކުތާއެވެ . ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް […] ގައި އިސްތިއުނާފު ރައްދުވާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ކުރަމުން ދަނިކޮށް އިސްތިއުނާފުކުރާ މަރްޔަމް ޙަލީމްގެ ފަރާތުން ޤަޞްދުގައި މަސައްކަތް ހުއްޓުވާލިކަން ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި އިޢުތިރާފު ވެފައިވުމުން، ދ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން ކަން ޤާނޫނީ ހަމަތަކުން ބަލަންޖެހޭ ކަމާ އ، އެކަން އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 09 ގައި ބަޔާންކޮށްފައިވާ ކަމަށް ބުނެ، މިނުކުތާއަށް ރައްދު ދީފައިވެއެވެ .
7.5- ފަސްވަނަ ނުކުތާއަކީ : […] / މާލެ އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތާ ކުރަން ޙަވާލުކުރެވުނު މަސައްކަތްތައް މުއްދަތު ހަމަނުވަނީސް އިސްތިއުނާފުކުރާ ފަރާތުން ހުއްޓުވާލާފައިވާކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޙަޤީޤަތާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް […] ގައި އިސްތިއުނާފު ރައްދުވާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ކުރަމުން ދަނިކޮށް، އިސްތިއުނާފު ކުރާ މަރްޔަމް ޙަލީމުގެ ފަރާތުން ޤަޞްދުގައި މަސައްކަތް ހުއްޓާލިކަމަށް ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި އިޢުތިރާފު ވެފައިވުމުން އަދި މަސައްކަތް ހުއްޓުވާފައި ވަނީވެސް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 01 މަސް ދުވަސް ކުރިން ކަމަށް އިސްތިއުނާފު ކުރި މަރްޔަމް ޙަލީމުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި އިޢުތިރާފު ވެފައިވުމުން، އިސްތިއުނާފު ކުރާ ފަރާ ތުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް އިސްތިއުނާފު ރައްދުވާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން ދެކޭކަމަށާއި، އަދި އެ ކަން އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04ވަނަ ނަންބަރުގެ )ރ( ގައި ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްފައިވާކަ މަށް ބުނެ މިނުކުތާއަށް ރައްދު ދީފައިވެއެވެ.
7.6- ހަވަނަ ނުކުތާއަކީ : […] / މާލެ އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް ދެ ފަރާތުގެ ދެމެދު ގައި ވެފައިވާ އެއްބަސްވުމުގެ 11ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސައިޓް ލޮގު ފޮތުގައި ކޮންމެވެސް ފަރާތަކުން ސޮއިކުރުމަކީ، މަސައްކަތުގެ ފެންވަރު، އިސްތިއުނާފުކުރާ ފަރާތުގެ އެންގުމާ ފެނުމުގެ ތެރެއިން ބެލުނކަން ދަލީލުކޮށްދޭ ކަމެއް ނޫންކަން އެއްބަސްވުމުގެ 11ވަނަ މާއްދާއަށް ބެލުމުން އެނގެން އ ތްއިރު، އަދި އެއްބަސްވުމުގެ 11ވަނަ މާއްދާގެ މަޤްޞަދަކީ މަސައްކަތް ނުކުރެވޭ ދުވަސްތައް ދެނެގަތުންކަން ދެ ފަރާތުގެ ދެމެދު ގައި ވެފައިވާ އެއްބަސްވުމުގެ 11ވަނަ މާއްދާއަށް ބެލުމުން އެނގެ ން އޮތްއިރު، އެއްބަސްވުމުގެ 11ވަނަ މާއްދާ ސިވިލް ކޯޓުން މާނަކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާއާ ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކުގެ ތެރޭގައި ސައިޓް ލޮގް ފޮތް ހުށަހެޅިފައި ވާކަމާއި، އަދި އެ ލޮގް ފޮތުގައި ރެކޯޑު ކުރެވިފައިވާ ކަންކަމަށް ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި ބައްލަވާފައިވާ ކަމާއި، އަދި މި ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ޝަރީޢަތުގެ މަޖިލީހުގައި ޝަރުޢީ އަދި ޤާނޫނީ މިންގަނޑުން ބައްލަވާފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04ވަނަ ނަންބަރުގެ )ޅ( އިން އެނގޭ ކަމަށް ބުނެ މިނުކުތާއަށް ރައްދު ދީފައިވެއެވެ .
7.7- ހަތްވަނަ ނުކުތާއަކީ : […] / މާލެ އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށްޓަކައި ދެ ފަރާތުގެ ދެ މެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި އެދުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިވާކަން، ދަޢުވާގެ ޖަވާބު ފޯމުން އެނގެން އޮތުމުން، އަދި އެއްބަސްވުން ބާޠިލްވާނެ ގޮތެއް ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތްއިރުވެސް، ދެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުން ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވު ން ނިމުމަކަށް އައިސްފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި އިސްތިއުނާފުކުރާ މަރްޔަމް ޙަލީމުގެ ފަރާތުން އެދިފައިވާ ގޮތަށް އެއްބަސްވުން ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައި ވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވާލާފައިވަނީ އިސްތިއުނާފު ކުރާ ފަރާތުންކަމާއި އަދި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީވެސް އިސްތިއުނާފު ކުރާ މަރްޔަމް ޙަލީމުގެ ފަރާތުންކަން، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ ކަމަށް އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމާއި، އަދި އެ ކަން ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުން ވަރަށް ސާފުކޮށް އެނގޭކަ މާއި، އަދި އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އުޞޫލުތަކާ އެއް ގޮތަށް ކަމުގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭކަމަށް ބުނެ މިނުކުތާއަށް ރައްދު ދީފައިވެއެވެ . ފާހަގަކުރެވުނު ނުކުތާތައް : 8- ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މަރްޔަމް ހަލީމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެ ނުކުތާތަކާ ގުޅިގެން މައްސަލައި ގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ .
8.1- ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި މަރްޔަމް ޙަލީމް ދަޢުވާކޮށްފައިވަނީ […] އެވެކިޔާ ގޯތީގެ 08 ބުރީގެ ޢިމާރާތެއް ކުރުމަށް 19 މެއި 2009 ގައި މަރްޔަމް ޙަލީމާއި، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑނު ޚިލާފުވެފައިވާކަމަށް ބުނެ އެއްބަސްވުން ބާޠިލްކޮށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދިގެންނެ ވެ .
8.2- ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ މަރްޔަމް ޙަލީމު ގެ ފަރާތުނ ތިން ކަމެއް ފާހަގަކޮށްފައިވެއެވެ . ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ، ބީ .އޯ .ކިއު އޮޅުވާލުންކަމާއި، ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ، ފެންވަރު ދަށްކޮށް ކޮށްފައިހުރި މަސައްކަތްތައްކަމާއި، ތިންވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ، ޢިމާރާތްކޮށް ނިންމުމަށް އެއްބަސްވެފައިވާ ދުވަހަށް ޢިމާރާތްކޮށް ނިންމާފައިނުވު މެވެ . […] .އޯ .ކިއު އޮޅުވާލުން : ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމުގައި ވާހަކަ ދެކެވުނުއިރު، މަސައްކަތުގެ އަގެއްގެ ގޮތުގައި އެއްބަސްވެފައިވަނީ 6 )ހައެއ( މިލިއަން ރުފިޔާކަމަށާއި، ނަމަވެސް އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، އެއްބަސްވެފައިވަނީ 6,242,043.79ރ. )ހަމިލިއަން ދެލައްކަ ސާޅީސް ދެހާސް ސާޅީސް ތިންރުފިޔާ ހަތްދިހަ ނުވަލާރި( ކަމަށާއި، އެއްބަސްވުމުގައި ކޮންޓްރެކްޓަރ 01 ޑިސެންބަރު 2008 ގައި ހުށަހަޅާފައިވާ ބީ .އޯ .ކިއު ގެ ޖުމްލަ އަގަކީ 7,907,000.00ރ. )ހަތްމިލިއަން ނުވަލައްކަ ހަތްހާސް ރުފިޔާ ( ކަމަށާއި، ނަމަވެސް އެ ބީ .އޯ .ކ އ ގައި ޖުމްލަ އަގުކަމަށް ބުނެފައިވަނީ 6,425,653.94ރ. )ހަމިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް ހަސަތޭކަ ފަންސާސްތިންރުފިޔާ ނުވަދިހަ ހަތަރުލާރި( ކަމަށާއި، ދެ ފަރާތުން ވާހަކަދެއްކުމަށްފަހު ދެވަނަ ބީ .އޯ .ކ އ އެއްގެ އަގުކަމަށް 15 ސެޕްޓެންބަރު 2009 ގައި ކޮންޓްރެކްޓަރ 5,781,452.80ރ. )ފަސް މިލިއަން ހަތް ލައްކަ އަށްޑިހަ އެއް ހާސްހަތަރުސަތޭކަ ފަންސާސް ދެރުފިޔާ އަށްޑިހަލާރި( ހުށަހެޅި ނަމަވެސް، ފަހުން ހުށަހެޅުނު ބީ .އޯ .ކ އ ޖުމްލަ ކުރުމުން އަންނަ ޢަދަދަކީ 7,261,172.00ރ. )ހަ ތ މިލިއަން ދެ ލައްކަ ފ ސްދޮޅަ ސ އެއްހާސް އެއް ސަތޭކަ ހަތްދިހަ ދެ ރުފިޔާ ( ކަމަށާއި، ކޮންޓްރެކްޓަރ ބިލްކޮށްފައިވަނީ އެންމެ ފަހުން ހުށަހެޅުނު ބީ .އޯ.ކ އ ގައިވާ ގޮތުގެ މަތީން ކަމަށާއި، […] ހެދުމުގެ އެގްރީމެންޓްގައިވާ ބީ .އޯ .ކ އ ގައި ޢިމާރާތުގެ ކޮންމެ ފަންގިފިލައަކަށްވާ ޖުމްލަ ބަޔާންކޮށް، އަދި މީގެ އިތުރުން ކޮންމެ ފަންގިފިލައެއްގެ ވަކިވަކި ޚަރަދުތައްވެސް ބަޔާންކޮށްފައިވީނަމަވެސް، ކޮންކްރިޓް މަސައްކަތް، ކަރަންޓް ވައިރުކުރުމާއި ދޮރުތައް ފަދަ ވަކިވަކި ޚަރަދުތަކުގެ ޖުމްލަ މުޅި ފަންގިފިލައަށް ޚަރަދުވާނެ ކަމަށް ބަޔާންކޮށްފައިވާ ޢަދަދަށްވުރެ އިތުރުކަމަށާއި، ބީ .އޯ .ކިއު ގެ މުޅި ޖުމްލަ އަގެއްކަމުގައި ފެންނަން އޮތީ 5,781,452.80ރ) .ފަސް މިލިއަން ހަތް ލައްކަ އަށްޑިހަ އެއް ހާސް ހަތަރުސަތޭކަ ފަންސާސް ދެރުފިޔާ އަށްޑިހަލާރި ( ކަމަށާއި، އެހެންނަމަވެސް މި ބީ .އޯ .ކ އ ގައި ހިސާބު ދިމާނުވާގޮތަށް ތަފްޞީލު ހެދިފައިވުމުން މުޅި ކޮންޓްރެކްޓްގެ އަގު ކަމުގައިވަނީ 7,261,172.00ރ. )ހަ ތްމިލިއަން ދަލައްކަ ފ ސްދޮޅސް އެއްހާސް އެއް ސަތޭކަ ހަތްދިހަ ދެ ރުފިޔާ ( ކަމަށާއި، އެހެން ކަމުން މަސައްކަތް ކުރުމަށް ހެދިފައިވާ ބީ .އޯ .ކ އ ގެ އަގުގެ އިތުރަށް 1,479,719.48ރ) .އެއްމިލިއަން ހަތަރުލައްކަ ހަތްދިހަ ނުވަހާސް ހަތް ސަތޭކަ ނަވާރަރުފިޔާ ސާޅީސް އަށް ލާރި ( ބީ .އޯ.ކިއު ގެ ތަފްޞީލުން ކޮންޓްރެކްޓަރއަށް މުޅި މަސައްކަތް ނިމޭއިރު ދެވޭނެކަމަށާއި، އެއީ ކޮންޓްރެކްޓް އަގަށް ބަލާއިރު 25.59% އިތުރު ޢަދަދެއް ކަމަށާއި، ޑީޓެއިލްސްއިން ޕޭ ކުރަންޖެހޭ ކޮންމެ އެމައުންޓަކުން 25.59% އުނިކުރަންޖެހޭ ކަމަށާއި؛ މަސައްކަތުގެ އަގު ދައްކާނީ ޕޭމަންޓް ޝެޑިއުލްގައިވާ ގޮތުގެ މަތީން އެ މަސައްކަތްކޮށް ނިމުމުން ކްލައަންޓަށް ބިލްކުރުމުން ކަމަށް އެއްބަސްވުމުގެ 12ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، ފައިސާ ދައްކަންޖެހޭނީ ކޮށް ނިމިފައިވާ މަސައްކަތްތަކަށް ކަމަށާއި ނިމިފައިނުވާ މަސައްކަތަށް އެއްވެސް ފައިސާއެއް ދައްކަންނުޖެހޭނެކަމަށާއި؛ […] ގޯތީގައި ހަދާ ފައިވާ ޢިމާރާތް މިނިވަން އިންޖނި އ ރުގެ ގޮތުގައި ޑި ޒަ އިން ބިލްޑް ސޮލިއުޝަން )ޑީ .ބީ .އެސް( އިން އެސެސްކުރުމަށްފަހު ރިޕޯޓުގައި ނިމިފައިވާ މަސައްކަތްތަކަށް ބީ .އޯ .ކ އ ގެ ތަފްޞީލުން އަރަނީ 2,490,476.30ރ. )ދެމިލިއަން ހަތަރުލައްކަ ނުވަދިހަހާސް ހަތަރު ސަތޭކަ ހަތްދިހަ ހަހާސް ރުފިޔާ ތިރީސލާރި ( ކަމަށާއި، ނަމަވެސް ވޭރިއަންސްގެ މިންވަރު ކެނޑުމުން އަސްލު އަގަކީ 2,026,204.10ރ. )ދެ މިލިއަން ސައްބީސްހާސް ދުއިސައްތަ ހަތަރުރުފިޔާ ދިހލާރި ( ކަމަށާއި، މި ގޮތުން ބެލިކަމުގައިވިޔަސް ކޮންޓްރެކްޓަރ އިތުރަށް 464,272.20ރ) .ހަތަރުލައް ކ ފަސްދޮޅަސް ހަތަރު ހާސް ދުއިސައްތަ ހަތްދިހަ ދެރުފިޔާ ވިހލާރި ( ހޯދުމަށް އެދިފައިވާ ކަމަށާއި؛ ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު ( ގެ 12ވަނަ މާއްދާގައި ޙަޤީޤަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ގޮތަކަށް ނުފޫ ޒެ އ ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓްރެކްޓަކީ އަމިއްލަ އިޚްތިޔާރުގައި އުފައްދާފައިވާ ކޮންޓްރެކްޓެއް ނޫންކަމަށް ބަޔާންކޮށްފައިވާކަމަށާއި، މިފަދަ ކޮންޓްރެކްޓެއްގައި ބައިވެރިވެފައިވާނަމަ އެ ކޮންޓްރެކްޓެއްވާނީ ބާޠިލް ކޮންޓްރެކްޓެއްކަމަށް ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު ( ގެ 13ވ ނ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި ؛ ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު ( ގެ 16ވަނަ މާއްދާގައި، ކޮންޓްރެކްޓެއްގައި ބައިވެރިވާ މީހަކަށް އެނގޭ ގޮތުން ނުވަތަ އެ މީހަކު ޤަބޫލުކުރާ ގޮތަކުން ޙަޤީޤަތާ ޚިލާފުކަމެއް ނުވަތަ އެއްޗެއް އެއީ ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދެއްކުމުން ނުވަތަ ވަކާލާތުކުރުމުން އަނެކަކު އެ ކަމުގެ ނުވަތަ އެ އެއްޗެއްގެ މައްޗަށް އިތުބާރުކޮށްގެން ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ، އެއީ ޙަޤީޤަތް އޮޅުވާލުމުގެ ޢަމަލު ހިންގީކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ނ ޒަ ރުކުރާއިރު، ދެ ފަރާތުގެ ދެމެދު ވާހަކަ ދެކެވި، ދެ ވަނަ ބީ .އޯ .ކ އ އެއްގެ އަގުތަކަށް 15 ސެޕްޓެންބަރު 2009 ގައި ހުށަހަޅާފައިވާކަމަށާއި، އެއީ 5,781,452.80ރ. )ފަސްމިލިއަން ހަތްލައްކަ އަށްޑިހަ އެއްހާސް ހަތަރުސަތޭކަ ފަންސާސް ދެ ރުފިޔާ އަށްޑިހަލާރި( ކަމަށާއި ނަމަވެސް ފަހުން އެއްބަސްވެވުނު ބީ .އޯ .ކ އ ގައިވާ ޢަދަދުތައް އެއްކުރުމުން އަންނަ ޢަދަދަކީ 7,261,172.00ރ. )ހަތްމިލިއަން ދެލައްކަ ފަސްދޮޅަސް އެއްހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ( ކަމަށާއި، ކޮންޓްރެކްޓަރ ބިލްކޮށްފައިވަނީ، މި ބީ .އޯ .ކ އ ގައިވާ އަގުތަކަށް ކަމަށާއި ؛ ޢިމާރާތްކުރުމަށް ހޭދަވާ މިންވަރަކީ 5,781,452.80ރ) .ފަސްމިލިއަން ހަތްލައްކަ އަށްޑިހަ އެއްހާސް ހަތަރުސަތޭކަ ފަންސާސް ދެރުފިޔާ އަށްޑިހަލާރ( ކަމަށް ކޮންޓްރެކްޓަރ ބުނި ނަމަވެސް ޙަޤީޤަތަކީބީ .އޯ .ކާއި ޖުމްލައަ ކ 7,261,172.00ރ. )ހަތްމިލިއަން ދެލައްކަ ފަސްދޮޅަސް އެއްހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ( ކަމަށާއި، މި ޙާލަތުގައި ކޮންޓްރެކްޓަރ ވަނީ ބީ .އޯ .ކ އ ޙަޤީޤަތަކާ ޚިލާފަށް ނުވަތަ މަސައްކަތަށް ދާނެ ޚަރަދަކީ 5,781,452.80ރ) .ފަސްމިލިއަން ހަތްލައްކަ އަށްޑިހަ އެއްހާސް ހަތަރުސަތޭކަ ފަންސާސް ދެރުފިޔާ އަށްޑިހަލާރި( ކަމަށް ބުނެ، އެއީ، ތެދެއްކަމަށް މަކަރުވެރި ގޮތަކަށް ދައްކާ ނުވަތަ ވަކާލާތުކޮށްފައި ކަމަށާއި، ޢިމާރާތްކުރުމަށް ކޮންޓްރެކްޓަރަށް މަސައްކަތް ޙަވާލުކޮށްފައިވަނީ މި ކަންތައްތަކަށް އިތުބާރުކޮށްގެން ކަމަށާއި، މިއީ ޙަޤީޤަތް އޮޅު ވާލު މުގެ ޢަމަލު ހިންގީކަމަށް ބެލެވޭނެ ކަމަށާއި ؛ މި ޙާލަތުގައި […] އެވެކިޔާ ގޯތީގެ 8 ބުރީގެ ޢިމާރާތް ޓެރަސް ހިމެނޭ ގޮތުން ހަދާ ޢިމާރާތުގެ މަސައްކަތް ކުރުމާބެހޭ ގޮތުން 19 މެއި 2009 ގައި […] މަރްޔަމް ޙަލީމާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުމަކީ، މަރްޔަމް ޙަލީމުގެ އަމިއްލަ އިޚްތިޔާރުގައި ކޮށްފައިނުވާ އެއްބަސްވުމެއްކަމު ން، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 13ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުމުގެ 12ވަނަ މާއްދާއަކީ ބާޠިލް މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުން އެދޭ ކަމަށް ބުނެފައިވެއެވެ . ށ. ފެންވަރު ދަށްކޮށް ކޮށްފައިހުރި މަސައްކަތްތައް : އެއްބަސްވުމުގެ 05ވަނަ މާއްދާގައި ކޮންޓްރެކްޓަރުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި އެގްރީމެންޓާ ޚިލާފުނުވާ ގޮތަށް ފަރުވާތެރިކަމާއެކު ބަޔާންކުރެވިފައިވާ މުއްދަތުގައި މަސައްކަތް ނިންމާ ކްލައިންޓާ ޢިމާރާތް ޙަވާލުކުރުމަށް އެއްބަސްވެފައިވާކަމަށާއި، ނަމަވެސް ޢިމާރާތްކުރުމުގައި ތަފާތު އެތައް ކަމެއް ފެންވަރު ދަށްކޮށް ކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި […] ގައި ހަދާފައިވާ ޢިމާރާތް އެސެސްކުރުމަށްފަހު މިނިވަން އިންޖީނިއަރ އާރކް އިންޖިނިއަރސް ގެ ފަރާތުން ހަދާފައިވާ ރިޕޯޓުގައި ފާހަކޮށްފައިވާ ކަންކަން ހިމެނޭކަމަށާއި ؛ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް އެ ގޮތަށް އެއްބަސްވުމާ ޚިލާފަށް ކޮށްފައިވުމަކީ ގޯތީގެ ވެރިފަރާތަށް ލިބިފައިވާ ގެއްލުމެއްކަމަށއި، އެހެން ކަމުން ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުން އެއްބަސްވުމާ ޚިލާފަށް ކޮންޓްރެކްޓަރ މަސައްކަތްކޮށްފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭނެ ކަމަށާއި، އެއީ އެއްބަސްވުމާ ޚިލާފަށް ފަރުވާ ކުޑަކޮށް މަސައްކަތްކޮށްފައިވާތީ ލިބިފައިވާ ގެއްލުން ކަމަށާއި، ފެންވަރު ދަށްކޮށް ކޮށްފައިހުރި މަސައްކަތް އަލުން ކުރަން 1,320,487.50ރ) .އެއް މިލިއަން ތިން ލައްކަ ވިހި ހާސް ހަތަރުސަތޭކަ އަށްޑިހަ ހަތް ރުފިޔާ ފަންސާ ސްލާރި ( ޚަރަދުވާނެ ކަމަށް މިނިވަން އިންޖިނިއަރސްގެ ރިޕޯޓުން ބެލެވޭ ކަމަށް ބުނެފައިވެއެވެ . ނ. ޢިމާރާތްކޮށް ނިންމުމަށް އެއްބަސްވެފައިވާ ދުވަހަށް ޢިމާރާތްކޮށް ނިންމާފައިނުވުން : 19 އޯގަސްޓް 2009 ގައި ކޮންޓްރެކްޓަރަށް ބިން ޙަވާލުކޮށްފައިވަނި 1 އަހަރު )19 އޯގަސްޓް 2010 ނިޔަލަށް ( ދުވަހުގެ ތެރޭގައި 8 ބުރީގެ ފައުންޑޭޝަނެއް އަޅައި ޢިމާރާތުގެ ހުރިހާ މަސައްކަތްތައް ނިންމުމަށް ކަމަށާއި، ނަމަވެސް ޢިމާރާތުގެ ފައުންޑޭޝަން އެޅުމަށްފަހު، ނިންމާފައިވަނީ 4 ޝީޓާއި ދެ ބުރީގެ ފިނިޝިން ގެ ބައެއް މަސައްކަތް ކަމަށާއި، ފުރަތަމަ ބުރިއާއި ދެވަނަ ބުރީގެ ފިނިޝިން އެއްކޮށް ނިންމާލެވިފައިވަނީ، ގޭގެ ވެރިފަރާތުން އެތަކެއް ޚަރަދެއް ކޮށްގެން ކަމަށާއި، އެ ގޮތުން ފްލޯތައް ބޭނުން ކުރެވޭވަރު ކުރުމަށް 118,572.00ރ. )އެއް ލައްކަ އަށާރަ ހާސް ފަސް ސަތޭކަ ހަތްދިހަ ދެ ރުފިޔާ ( ޚަރަދުކޮށްފައިވާ ކަމަށާއި، އެއްބަސްވުމުގެ މުއްދަތަށް ޢިމާރާތް ނިންމާފައި ނުވުމަކީ، ކޮންޓްރެކްޓަރ އެއްބަސްވުމާ ޚިލާފުވުން ކަމަށް ފާހަގަކޮށްފައިވެއެވެ .
8.3- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި މަރްޔަމް ޙަލީމުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ މަރްޔަމް ޙަލީމާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބީ .އޯ .ކ އ ގައި ޙަޤީޤަތް އޮޅުވާލައިފައިވުމުން، ވެފައިވާ އެއްބަސްވުމަކީ މަރްޔަމް ޙަލީމު ގެ އަމިއްލަ އިޚްތިޔާރުގައި ކޮށްފައިވާ އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅައި އެއްބަސްވުމުގެ 12ވަނަ މާއްދާ ބާޠިލްކޮށްދިނުމަށާއި ؛ ވެފައިވާ މަސައްކަތްކުރުމުގެ އެއްބަސްވުމާ ޚިލާފަށް ޢިމާރާތްކުރުމުގައި ތަފާތު އެތައްކަމެއް ފެންވަރު ދަށްކޮށް ކޮށްފައިވާކަމަށް ސާބިތު ވާކަމަށް ކަނޑައަޅައި ދިނުމަށާއި ؛ އެއްބަސްވެފައިވާ މުއްދަތަށް ޢިމާރާތްކޮށް ނިންމާފައި ނުވާކަމަށާއި، އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑަޅައި ދިނުމަށާއި ؛ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބިފައިވާ މާލީ ގެއްލުމުގެ ގޮތުގައި ދަޢުވާ ފޯމުގެ 8ވަނަ ނަންބަރުގައިވާ ގެއްލުމުގެ ބަދަލަކީ ޤާނޫނު ނަންބަރު 91/4 )ކޮންޓްރެކްޓާ ބެހޭ ޤާނޫނު ( ގެ 23ވަނަ މާއްދާގެ )ށ( ގެ )1(ވަނަ ނަންބަރާއި )2(ވަނަ ނަންބަރުގެ ދަށުން ކޮންޓްރެކްޓަރ ދޭންޖެހޭ ބަދަލެއްކަމަށް ކަނޑައަޅައި ދިނުންކަން އެނގެން އޮވެއެވެ . އެއްބަސްވުމުގެ 12ވަނަ މުއްދާ ބާޠލްކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން:
8.4- މަރްޔަމް ޙަލީމާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބީ .އޯ .ކ އ ގައި ޙަޤީޤަތް އޮޅުވާލައިފައިވުމުން، ވެފައިވާ އެއްބަސްވުމަކީ މަރްޔަމް ޙަލީމު ގެ އަމިއްލަ އިޚްތިޔާރުގައި ކޮށްފައިވާ އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅައި އެއްބަސްވުމުގެ 12ވަނަ މާއްދާ ބާޠިލްކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ނަޒަރުކުރާއިރު؛ […] މަރްޔަމް ޙަލީމާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 މެއި 2009ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތުގެ އަގަކީ 6,242,043.79ރ. )ހަމިލިއަން ދެލައްކަ ސާޅީސް ދެހާސް ސާޅީސް ތިން ރުފިޔާ ހަތްދިހަ ނުވަލާރި ( ކަމާއި، އަގު ދައްކާނީ ޕޭމަންޓް ޝެޑިއުލްގައިވާ ގޮތުގެ މަތިން ކޮންޓްރެކްޓަރ އެ މަސައްކަތެއް ކޮށް ނިމުމުން ކްލިއަންޓަށް ބިލްކުރުމުން ކަމާ އ، ބިލް ހުށަހަޅާ ދުވަހުން ފެށިގެން 07 )ހަތެއް ( ދުވަހުގެ ތެރޭގައި ބިލްގައިވާ ފައިސާ ކޮންޓްރެކްޓަރަށް ދިނުމކަ ކްލިއަންޓް ކުރަންޖެހޭނެ ކަމެއް ކަމާއި، އެ ގޮތުގެ މަތިން ކްލިއަންޓްގެ ފަރާ ތުން ކޮންޓްރެކްޓަރަށް ފައިސާ ނުލިބިއްޖެނަމަ އެ ހިނދުން ފެށިގެން ޢިމާރާތުގެ މަސައްކަތް ހުއްޓާލުމުގެ އިޚްތިޔާރު ކޮންޓްރެކްޓަރަށް ލިބިގެން ވާ ކަމާއި، އެ ގޮތުގެ މަތީން މަސައްކަތް ހުއްޓާލަން ޖެހިއްޖެނަމަ އަލުން މަސައްކަތް ފެށޭނީ ކްލިއަންޓް އެ ފައިސާ ކންޓްރެކްޓޮ ރަށް ދީ ނިމުމުންކަމަށް އެއްބަސްވުމުގެ 12ވަނަ މާއްދާ ބަޔާންކޮށްފައިވެއެވެ . މި އެގްރީމެންޓްގެ ދަށުން ކުރެވޭ މަސައްކަތަށް ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބިލް އޮފް ކްއަންޓިޓީ )ބީ .އޯ.ކ އ ( އާއި، މަސައްކަތްކު ރަންޖެހޭ ތަފްސީލުބަޔާންކޮށްފައިވާ ޝީޓާއި، ޢިމާރާތުގެ ކރެހުމަކު، އެގްރީމެންޓްގެ ބައެއްގެ ގޮތުގައި ހިމެނޭ ލިޔުންތަކެކެވެ . މަސައްކަތް ނިންމަންޖެހޭ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމިއްޖެނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ދުވާލަކަށް 1000 )އެއްހާސް ( ރުފިޔާ ކޮންޓްރެކްޓަރ، ކްލިއަންޓަށް ދައްކަންޖެހެއެވެ . ހަމަ އެފަދައިން އެގްރީމެންޓްގެ 4ވަނަ މާއްދާގައި ބުނެފައިވާ ބީ .އޯ .ކިޔުގައި ކަނޑައެޅިފައިވާ މަސައްކަތް ނިންމުމަށްފަހު، 12ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ކްލިއަންޓް، ކޮންޓްރެކްޓަރަށް އަގު މަރްޔަމް ޙަލީމާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 މެއި 2009ގައި ސޮއިކުރެވިފައިވާ އެއްބސްވުމުގަ 18ވަނަ މާއްދާ. އެއްބަސްވުމުގެ 13ވަނަ މާއްދާ. ނުދީފިނަމަ ފައިސާ ނުދައްކާ ހޭދަވާ ކޮންމެ ދުވަހަކަށް 1000 )އެއްހާސް ( ރުފިޔާ ކްލިއަންޓް، ކޮންޓްރެކްޓަރަށް ދައްކަންވާނެކަމަށް އެގްރީމެންޓްގެ 14ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ .
8.5- ބަޔާންވެދިޔަ ކަންތައްތަކަށް ބެލުމުން، […] އެވެކިޔާ ގޯތީގެ 08 ބުރީގެ ޢިމާރާތެއް ކުރުމަށް 19 މެއި 2009 ގައި މަރްޔަމް ޙަލީމް އާއި، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 12ވަނަ މާއްދާއަކީ، އެ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއްކަން އެ މާއްދާއަށާއި މުޅި އެއްބަސްވުމަށް ބެލުމުން އެނގެ އެވެ . ދެ ފަރާތެއްގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ޖައުހަރީ މާއްދާއެއް ބާޠިލުކުރުމުގެ ނަތީޖާއަކީ، މުޅި އެ އެއްބަސްވުމެއް ބާޠިލުވުމެވެ .
8.6- އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމަކީ އިސްތިއުނާފުކުރާ މަރްޔަމް ޙަލީމްގެ އަމިއްލަ އިޚްތިޔާރުގައި ކޮށްފައިވާ އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅައި، މަރްޔަމް ޙަލީމްގެ ފަރާތުން އެ އެއްބަސްވުމުގެ 12ވަނަ މާއްދާ ބާޠިލުކުރަން ހުށަހެޅި ސަބަބަކީ، މަރްޔަމް ޙަލީމާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރ )ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ( ހުށަހަޅާފައިވާ ބީ .އޯ .ކ އ ގައި ޙަޤީޤަތް އޮޅުވާލައިފައިވާކަމަށް މަރްޔަމް ޙަލީމްގެ ފަރާތުން ދެކޭތީއެވެ .
8.7- އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅިގެނ ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން، މަރްޔަމް ޙަލީމް އާއި، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމަ ކ، އިސްތިއުނާފުކުރާ މަރްޔަމް ޙަލީމްގެ އިޚްތިޔާރުން ބޭރުން ނުވަތަ މަޖްބޫރުން ސޮއިކުރެވިފައިވާ އެއްބަސްވުމެއްކަން އެނގެން ނެތްކަމާއި، އެއާ ޚިލާފަށް ބުނެވިދިޔަ އެއްބަސްވުމުގައި އެއްބަސްވުމުގެ ބައިވެރިން ސޮއިކޮށްފައިވަނީ،އަމިއްލަ އިޚްތިޔާރުގައި ކަން އެނގެން އޮވެއެވެ.
8.8- ބީ.އޯ.ކިއުއަކީ އެއްބަސްވުން ވެވުނު އިރުވެސް އ އެއްބަސްވުމާ އެކު އެޓޭޗް ކުރެވިފައިވާ އެއްބަސްވުމުގެ ބައެއްކަން އެނގެން އޮވެއެވެ . […] އެވެކިޔާ ގޯތީގައި ޢިމާރާތްކުރަމުން ގެންގޮސްފައިވަނީ، މަރްޔަމް ޙަލީމްގެ އެނގުމާއި ފެނުމުގެ ތެރެއިންނެވެ . ބީ .އޯ .ކިއުއާ ޚިލާފަށް މަސައްކަތް ކުރިއަށް ގެންދާނަމަ އެކަން ހުއްޓުވައި ޝަރީޢަތަށް އައުމުގެ ޙައްޤު، ދެ ފަރާތުގެ މެދު ގައިވެފައިވާ އެއްބަސްވުމުގައި މަނާކޮށްފައި ނުވެއެވެ . މަރްޔަމް ޙަލީމުގެ ފަރާތުން މަސައްކަތް ހުއްޓުވާފައިވަނީވެސް، ބީ .އޯ .ކިއުއާ ޚިލާފަށް ކޮންޓްރެކްޓަރ މަސައްކަތް ކުރާ ކަމަށް ބުނެ އެކަން ފާހަގަކޮށެއް ނޫނެވެ . މަސައްކަތް ހުއްޓުވައި ޢިމާރާތާ އިސްތިއުނާފުކުރާ ފަރާތުން ޙަވާލުވެ އެ ތަނަށް ވަދެފައިވަނީ، އެއްބަސްވުމުގައި ބުނާ މުއްދަތަށް ޢިމާރާތްކޮށް ނުނިމޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭތީ އެކަމުގެ މައްޗަށްކަން އިސްތިއުނާފުކުރާ މަރްޔަމް ޙަލީމްގެ ބަހުންވެސް އެނގެން އޮވެއެވެ .
8.9- އެއްބަސްވުމާމެދު އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޚުޞޫމަތު އުފެދި ޝަރީޢަތަށް އައުމުގެ ކުރިން، އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެއްބަސްވުމުގެ ބައިވެރިން ޢަމަލުކޮށްފައިވާ ގޮތުން އެނގެން އޮވެއެވެ . އެގޮތުން؛ […] ނިންމުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުގެ ކުރިން، މަރްޔަމް ޙަލީމް ގެ ފަރާތުން، މަސައްކަތް ހުއްޓުވައި ތަނާއި ޙަވާލުވެފައިވާކަން އެނގެއެވެ . ށ. އެއްބަސްވުމާމެދު ޚުޞޫމަތު އެފެދި ޝަރީޢަތަށް އައުމުގެ ކުރިން، އެއްބަސްވުމާ ޚިލާފަށް މަރްޔަމް ޙަލީމް ގެ ފަރާތު ން ޢަމަލުކޮށްފައިވާ ކަން އެނގެއެވެ . ނ. އެއްބަސްވުމާ ޚިލާފަށް މަރްޔަމް ޙަލީމު ގެ ފަރާތުން ޢަމަލު ކުރުމުން، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން، އެކަމަށް ޖަދަލުކޮށް ޝަރީޢަތަށް ހުށަހަޅާފައިނުވެއެވެ .
8.10- އެހެންކަމުން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބީ .އޯ .ކިއުއާ ޚިލާފަށް މ ސ އ ކަތް ކޮށްފައިވާކަމަށް ބުނެ، އެއްބަސްވުމުގައި މަރްޔަމް ޙަލީމުގެ ފަރާތުން ސޮއިކޮށްފައިވަނީ، މަޖުބޫރުން އަދި އެ ފަރާތުގެ އިޚްތިޔާރުގެ ބޭރުންކަމަށް ބަލައި، އެއްބަސްވުމުގެ 12ވަނަ މާއްދާ ބާޠިލުކުރާނެ ޝަރުޢީ ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ . އެއްބަސްވެފައިވާ މުއްދަތަށް ޢިމާރާތްކޮށް ނިންމާފައި ނުވާކަމަށާއި،އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑަޅައި ދިނުމަށް އެދި ހުށަހެޅި ހުށަހެޅުން :
8.11- ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ މަސައްކަތް ފެށިތާ 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި ޢިމާރާތުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނިންމާފައިވެ އެވެ .
8.12- އެއްބަސްވުމުގެ ދަށުން، މަސައްކަތް ނިންމުމަށް ދެވިފައިވަނީ 12 މަސްދުވަހުގެ މުއްދަތެއް ކަމުގައި ވާއިރު ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން 03 މަސްދުވަހަށްވުރެ ގިނަ ދުވަސް ވަންދެން މަސައްކަތްނުކޮށް ހުއްޓާލު މާ ގުޅިގެން، އޭރު މަރްޔަމް ޙަލީމް ދިރިއުޅެމުންދިޔައީ ކުއްޔަށް ކަމުގައިވާތީ، ލިބެމުންދާ ގެއްލުން ކުޑަކުރުމަށްޓަކައި ފުރަތަމަ ފަންގިފިލާ ނިމުމުން އެ ފަންގިފިލާގައި ދިރިއުޅެން ފަށާފައިވެއެވެ . މަރްޔަމް ޙަލީމު ގެ ފަރާތުން މަސައްކަތް ހުއްޓުވާލީ ޢިމާރާތް ކުރުމަށް ދީފައިވާ މުއްދަތު ހަމަވާން އެންމެ މަހަކަށްވީއިރު މަސައްކަތުގެ ބޮޑުބައެއް ނުނިމިހުރުމާއެކު ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އެ މަސައްކަތް އެއްބަސްވުމުގައި ބަޔާންވެގެންވާ މުއްދަތުގައި ނިންމާލެވޭނެ ކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލު ނުކުރެވޭތީ ކަމަށް މަރްޔަމް ޙަލީމްގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނާތީ، އެއްބަސްވުމާހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚިލާފުވެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމާފައި ނުވާކަމަށް މިޙާލަތުގައި ބެލެވޭނެ ހަމައެއް ނެތެވެ . ސަބަބަކީ؛
8.12- އެއްބަސްވުމުގައި ކޮންޓްރެކްޓަރުގެ ފަރާތުން މަސައްކަތް ނިންމުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވީނަމަވެސް، އެއްބަސްވުމުގައި ބަޔާންވެގެންވާ މުއްދަތުގައި މަސައްކަތް ނިންމާނުލެވިއްޖެނަމަ އިތުރުވާ ކޮންމެ ދުވަހަކަށް -/1000ރ) .އެއްހާސް ރުފިޔާ ( ކޮންޓްރެކްޓަރުގެ ފަރާތުން ކްލަޔަންޓަށް ދައްކަން ޖެހޭކަމަށް އެއްބަސްވުމުގައި ބަޔާންވެގެންވަނީ އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނިންމާ ނުލެވިއްޖެނަމަ ކްލަ ޔަންޓަށް ލިބިދާނެ ގެއްލުމަކަށް ޓަކައިކަން އެ މާއްދާގެ މަޤްޞަދަށް ބެލުމުން އެނގެއެވެ . އަދި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިންމެއްޖެނަމަ، އެއްބަސްވުމުން ފަހިކޮށްދީފައިވާ ޙަ އ ލަކީވެސް އެއީ އެ ވެ .
8.13- އެހެންކަމުން، އެއްބަސްވުމުގައި ހިމެނޭ މުއްދަތަށް މަސައްކަތް ނުނިމޭނެކަމަށް ބަލައި އެއްބަސްވުމުގައި ބަޔާންވެގެންވާ މުއްދަތު ހަމަނުވަނީސް މަރްޔަމް ޙަލީމްގެ ފަރާތުން މަސައްކަތް ހުއްޓުވާލި ހުއްޓުވާލުމަކީ، އެއްބަސްވުމާ ޚިލާފަށް މަރްޔަމް ޙަލީމު ގެ ފަރާތުން ކޮށްފައިވާ ޢަމަލެއް ކަން އެނގެއެވެ . މަރްޔަމް ޙަލީމުގެ ފަރާތުން ކޮށްފައިވާ ޢަމަލެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ޒިންމާ ނުކުރުވޭނެއެވެ . އެހެން ކަމުން […] އެވެކިޔާ ގޯތީގެ ޢިމާރާތް ނިންމުމަށް އެއްބަސްވެ ފައިވާ މުއްދަތަށް ނިންމާފައިނުވާކަމަށް ބަލައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުން މަރްޔަމް ޙަލީމަށް ބަދަލު ނަގައިދެވޭނެ ނުވަތަ ލިބިދޭންޖެހޭނެ ހަމައެއް އޮތްކަމަކަށް ނުފެނެއެވެ . އެއްބަސްވުމާ ޚިލާފަށް ޢިމާރާތްކުރުމުގައި ތަފާތު އެތައްކަމެއް ފެންވަރު ދަށްކޮށްކޮށްފައިވާކަމަށް ސާބިތުވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ހުށަހެޅުން:
8.14- ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ 05ވަނަ މާއްދާ ޚިލާފަށް ޢިމާރާތްކުރުމުގައި ތަފާތު އެތައް ކަމެއް ފެންވަރު ދަށްކޮށް ކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި […] ގައި ހަދާފައިވާ ޢިމާރާތް އެސެސްކުރުމަށްފަހު އާރކް އިންޖިނިއަރސް ގެ ފަރާތުން ހަދާފައިވާ ރިޕޯޓު ގައި ފާހަކޮށްފައިވާ ކަންކަން ހިމެނޭކަމަށް މަރްޔަމް ޙަލީމު ގެ ފަރާތުން ދަށުކޯޓުގައި ފާހަގަކޮށްފައިވެއެވެ .
8.15- ބުނެވިދިޔަ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް އެ ގޮތަށް އެއްބަސްވުމާ ޚިލާފަށް ކޮށްފައިވުމަކީ ގޯތީގެ ވެރިފަރާތަށް ލިބިފައިވާ ގެއްލުމެއްކަމަ ށާއި، އެހެންކަމުން ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 23ވަނަ މާއްދާގެ ދަށުން އެއްބަސްވުމާ ޚިލާފަށް ކޮންޓްރެކްޓަރ މަސައްކަތްކޮށްފައިވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭނެ ކަމަށާއި، އެއީ އެއްބަސްވުމާ ޚިލާފަށް ފަރުވާ ކުޑަކޮށް މަސައްކަތްކޮށްފައިވާތީ ލިބިފައިވާ ގެއްލުން ކަމަށާއި، ފެންވަރު ދަށްކޮށް ކޮށްފައިހުރި މަސައްކަތް އަލުން ކުރަން 1,320,487.50ރ) .އެއް މިލިއަން ތިން ލައްކަ ވިހި ހާސް ހަތަރުސަތޭކަ އަށްޑިހަ ހަތް ރުފިޔާ ފަންސސްލާރި ( ޚަރަދުވާނެ ކަމަށް މިނިވަން އިންޖިނިއަރސްގެ ރިޕޯޓުން ބެލެވޭ ކަމަށް ބުނެފައިވެއެވެ . .168- އެއްބަސްވުމާ ޚިލާފަށް ޢިމާރާތްކުރުމުގައި ތަފާތު އެތައްކަމެއް ފެންވަރު ދަށްކޮށް ކޮށްފައިވާކަމަށް ސާބިތުވާކަމަށް ކަނޑައަޅައި ދިނުމަށް އެދި މަރްޔަމް ޙަލީމު ގެ ފަރާތުން، ހުށަހެޅި ނުކުތާއާ ގުޅިގެން، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4ވަނަ ނަންބަރުގެ )ވ( ގައި ނުވަވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ]އިސްވެ ބަޔާންކުރެވުނު ފޯވާރޑް ކޮންސްޓްރަކްޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހަދާފައިވާ ރިޕޯޓާއި، ޑިޒައިން ބިލްޓް ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑުން ތައްޔާރު ކޮށްފައިވާ ރިޕޯޓާއި، އާރޗް އންޖިނިއަރސި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ދެ ފަރާތުން އެއްބަސްވެގެން ދެ ފަރާތުން އެއްބަސްވެވޭ ފަރާތްތަކެއް މެދުވެރިކޮށް ދެ ފަރާތުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް، ނުވަތަ ޝަރީޢަތެއްގެ ތެރެއިން ކަނޑައެޅޭ ޝަރުޢީ އަގު ކޮމެޓީއަކުން ހަދާފައިވާ ރިޕޯޓްތަކަކަށް ނުވާއިރު، އެ ރިޕޯޓްތަކަކީ ދަޢުވާކުރާ ފަރާތުން އަމިއްލައަށް ޢައްޔަންކޮށްފައިވާ ފަރާތްތަކަކުން ދަޢުވާކުރާ ފަރާތުން އެކަނި ދީފައިވާ މަޢުލޫމާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓް ތަކެއްކަން އެނގެން އޮތުމާއެކު ބަޔާންވެދިޔަ ރިޕޯޓްތަކުގެ މައްޗަށް ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ މަސައްކަތުގެ ޖުމްލަ އަގު ޝަރީޢަތުން ކަނޑައެޅޭނެ ޤާނޫނީ ހަމައެއް ނެތްކަން އެނގެން އޮންނަ އޮތު ން [. މިފަދައިންނެވެ.
8.17- ދަޢުވާކުރާ ފަރާތުން ހުށަހަޅާ ދަޢުވާއެއް ސާބިތުކުރުމަށް ހެކިހުށަ ހެޅުމަކީ، ދަޢު ވާކުރާ ފަރާތުގެ ޒިންމާއެކެވެ . އަދި ދަޢުވާއަކާ ގުޅިގެން، ދަފްޢު ހުށަހަޅާ ފަރާތުން އެ ދަފްޢު ސާބިތުކުރުމަށްޓަކައި ހެކި ދެއްކުމަކީ، ދަފްޢު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާއަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން، އެ ފަރާތުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން، ކަމާގުޅޭ ފަންނީ މާހިރުން، ޢިމާރާތް އ ގުކުރުމަށްފަހު، އަދި ބީ .އޯ.ކިއު އާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރުމަށް ފަހު، ތައްޔާރުކޮށްފައިވާ ޖުމްލަ 3 ރިޕޯޓެއް ޝަރީޢަތަށްހުށަހަ ޅާފައިވެއެވެ . އޭގެ ތެރެއިން 2 ރިޕޯޓާމެދު ރިޕޯޓް ތައްޔާރުކުރި ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކޮށްފައިވެއެވެ . އޭގެ އިތުރުން، ކަމާގުޅޭ އެހެނިހެން ކިތާބީހެކިވެސް ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ.
8.18- މަރްޔަމް ޙަލީމުގެ ފަރާތުން ހުށަހެޅި ރިޕޯޓުތަކާ މެދު ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އިންކާރު ކޮށްފައިވާކަން އެނގެން ނެތެވެ . ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އެ ރިޕޯޓުތަކަށް އިންކާރު ކުރާނަމަ، އެ ފަރާތުން ޢައްޔަންކުރާ ނުވަތަ ދެ ފަރާތް އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމާގުޅޭ ފަންނީ މާހިރުން ޢައްޔަންކޮށް، އެފަދަ ރިޕޯޓެއް ތައްޔާރުކުރުމުގެ ފުރުޞަތުވެސް އޮތެވެ . މިފަދަ އެއްވެސް ކަމަކަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އަދި ޝަރީޢަތުންވެސް މަސައްކަތްކޮށްފައިވާކަން އެނގެން ނެތެވެ.
8.19- ދެ ފަރާތެއްގެ ދެމެދުގައި ޢިމާރާތް ކުރުމާބެހޭ ގޮތުން އެއްބަސްވުމެއް ވުމަށްފަހުގައި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބީ .އޯ .ކިއު އާ އެއްގޮތަށް ޢިމާރާތްކުރަންވާނެކަމަށް ބަޔާންކޮށްފައި ވާނަމަ، ޢިމާރާތް ކުރަންވާނީ ބީ .އޯ .ކިއު އާ އެއްގތްވާގޮތުގޮ މަތިން ބީ .އޯ .ކިއުގައި ބަޔާންކޮށްފައިވާ ފެންވަރަށެވ. ބީ .އޯ .ކިއުއާ ޚިލާފަށް މަސައްކަތް ކޮށްފައިވާކަމަށް ޝައްކުކުރެވޭ ޙާލަތުގައި ޢަމަލުކުރަންޖެހޭނީ، ބީ .އޯ .ކިއުގައި ބަޔާންވެގެންވާ ޓެކްނިކަލް މަސައްކަތްތައް ދަންނަ، ކަމާބެހޭ ފަންނީ މާހިރު ންގެ ކިބައިން، މަސައްކަތްތަކުގެ ފެންވަރު އޮޅުން ފިލުވުމަ ށެވެ . ކަމާބެހޭ ފަންނީ މާހިރުން ތައްޔާރުކުރާ ރިޕޯޓުތަކަކީ، އެ ރިޕޯޓް ތައްޔާރުކުރާ ފަރާތްތަކުގެ ބަހާއެކު ޝަރީޢަތަށް ބަލައިގަނެވޭނެ އެއްޗެކެވެ .
8.20- ވީމާ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 1345/Cv-C/2014 ޤަޟިއްޔާގައި، އެއްބަސްވުމާ ޚިލާފަށް ޢިމާރާތްކުރުމުގައި ތަފާތު އެތައްކަމެއް ފެންވަރު ދަށްކޮށް ކޮށްފައިވާކަމަށް 20 16 / HC-A /3 90 '* ""''*0 >t.'*>t.,:J (..;';1 0,,~, ~ .PA.,J.?.r'.r' .,S.?.?.J-//'/ /'//'/ /'.?V.J>JO<P- ... ... ... _,. ' ' ' ' , 0, ,; 0 ' , 0 +ox" ' ~, , ,, > ,, ~ > ""' • .J> A,/".,J.r" /'.? v A .? .?,/",/" .PJ0 .S .A .A VJO_?,...,...,.A .r"./".S 4-'~ '* + o>t. Ot. ;o """' """'""ox O/.; ., (? + t.t. o., o:~...-ot.t. .r't.f!.?,? f!.PA-'.-1 ,r-~v_,e-rv ./".?A./ .A.sJO.s .nv.J>A _?ft.,SA · A.? '.r'.?V./"./A """" ""' ,; "" + .,'!!/} + ., ox 0 ~, "".,., , ,; ~ 0 .... t.uo+ t. >t.+;ot. .J>A.,J/'V,/",/1 <P A.)-A t../"V A.S,/1A,_:...; J .s cA-', .P,r .r .?-'.Pr.,J ... ... ... ... ... ... t.e.e.e. o.,,. uc.o;>> o, o;(? o o;>o ot.x o>.; o t.t. t. .,.,., •.J>.?V.,S /'.?V /c./"-'V,/.J>/..JI' /'/!!V ,/.J>- '/'.?.?./"./" .A,JO.S ./",/.A ./".A-'.1" .S.A/-'.J" + ""'"" ., ., o>>>o..,~ """'"o"" >:>t.>o+.; .,;,,-+>> >>t.:J;,~ t.D 'r .?-' v .J0./14-' /',?V,/"V ./".J'-'V./",/1<P A.SVJOJOV,r' .r'.J>-'V.S./.,1 .)>-A ... ... ... "''*0 , ' .A.S,/1A,_:...; J 1345/Cv-C/2014 ... ;.;,. / 0;/+:J + 0"'''* /OX DXO""' :>...-Ot. Dt./O;t. >+_., ,,>>o++ .A.)-.A t../"V /'.?V.J>JO<P- /',?V.J>A.,J/'V _,-v.,-_r -'.J>./".,1 A,;> VAJ<'A JO.,1 JO A.S .?-' VJO-' .?4 ... ... ... """' ""' ., (:J + t.(. 0/ ox> + ""' t. t. , , 0 + ., + 0 , t. + , t.""' , t., , (. ,/".?A/ A .S JO .S ,/1 V .)>A _?./'.,SA • .A ,;> ' /'V_?.J'I<P .A<P.A .S.?.?.r'.r' .J>.A.,J.?.r'./" .,S.?.?.J-//'/ /'//'/.,SA "" ., + , , + ., ""' .,. , "' , ""' 0 _,. 0/ 0 0 0 X .s"""'* c"'-', .Pt..r .r>"'*'"' .?-'.Pr..1 ,/"~ V, f!-./"V ... ... :J/0/ >>>?. D"'>O Ot..X O>; 0 t.(. t. .; , ""' + ., ox 0 +., ., .... .,. , , + 0 ""' -'"".r'.r' ,/",/".S ' .,..? .?./"./" .AJO .s ./".?.A ./"A-'JO .SA/-'J<' .J>.A.,J/'V,/",/f<P .A.)-At../"V .A.S./1A,_:...;J ... ... ... ... ... ox> o; """(? o o>,. c. '/'V_?.)>/.J<' /'/!!V _?.P- ./"/'.,S .S (...-) + .;.; ' ' ox 0 > > 0 > ~ 0 t.o>+ """ c. ,,(?, c.uo+ t. +o ,. • .J>.?,.I/'V,?V/, ./"J.,JJO.A.A .S.r'-'./1 t../".,1 ?"" A.S EVA/ .sc"'-'"'.P,r ,/1.A,..:..;.s .? '* ., .... ., , ., , , ""' , ,; >o>> """" +D .; ,V,?V/, A_?<P ,/1A,_:...;J,? + "" ""' "" ;~.. ~ ~Z"!):, . J.;t..r-;... ,, + ) J0_,/7, ... 0::1 :I' ;JI ::J-:- :;~(? .... ~c.Ltt+' 331647 1 ' /"'.S./"' / i!.,.. _,A 4f!! V-:./ Jf! A-'-:.J'..; WWW ·highCO Urt·gOV· ITI V info @hi ghcourt·gov·mv
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12 ވަނަ، 13 ވަނަ، 16 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުގެ ހުށަހެޅުމުގައި)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް