ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/212
ޙަސަން މަނިކު ވ. މުޙައްމަދު ޝަރީފް، 2019/HC-A/212
Hassan Maniku v. Mohamed Shareef 2019/HC-A/212 (2019/HC-A/212, High Court of the Maldives, 17 January 2024)
ޙަސަން މަނިކު ވ. މުޙައްމަދު ޝަރީފް
މައިގަނޑު ސުވާލު
ބިން ގަނެވިއްކުމުގެ އެއްބަސްވުމާ ޚިލާފުވެ އެއްބަސްވުން ބާޠިލުކުރަން ކޯޓަށް ހުށަހެޅީ ވިއްކާ ފަރާތް ކަމުގައިވާއިރު، ގަންނަ ފަރާތަށް ލިބެންޖެހެނީ ސެކިއުރިޓީ ޑިޕޮސިޓް އަނބުރާތޯ ނުވަތަ އޭގެ ދެގުނަތޯ؛ އެއްބަސްވުމަށް ބުރަވެ ކުރި ޚަރަދުތަކުގެ ގެއްލުމުގެ ބަދަލާއި ވަކީލު ފީ ނަގައިދޭންޖެހޭތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި (ސެކިއުރިޓީ ޑިޕޮސިޓްގެ ދެގުނަ ލިބެންޖެހޭކަމަށް ކަނޑައެޅި)؛ ގެއްލުމުގެ ބަދަލާމެދު ނިންމުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމެއް ބާޠިލުކުރުމަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުމެވެ؛ އެއްބަސްވުމެއް ބާޠިލުކުރެވޭނީ އަނެއް ފަރާތް އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވެފައިވާނަމައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6)
- ދެބަސްވުން ވާހަކަ ދައްކައިގެން ޙައްލުކުރުމަށް އެއްބަސްވެފައިވާއިރު، އަނެއް ފަރާތް އެއްބާރުލުން ނުދިނުމުން އެއްބަސްވުން ކުރިއަށް ނުގެންދެވުނުކަމަށް ބުނާ ފަރާތުން އެކަމާ ގުޅިގެން މަޝްވަރާކޮށް ޙައްލުކުރަން މަސައްކަތްކުރިކަން ސާބިތުނުކޮށްފިނަމަ، އަނެއް ފަރާތް އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ބާޠިލުކުރިކަމަށް ބެލޭނެ ޤާނޫނީ ހަމައެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 7)
- އެއްބަސްވުމާ ޚިލާފުވީ ފަރާތުން އަމިއްލައަށް އެއްބަސްވުން ބާޠިލުކުރުމަށް ކޯޓަށް ހުށަހަޅައިގެން، އެއްބަސްވުމުގެ ދަށުން އަނެއް ފަރާތަށް ލިބިފައިވާ ބާޠިލުކުރުމުގެ އިޚްތިޔާރާއި އޭގެ ނަތީޖާ (ދައްކާފައިވާ ފައިސާގެ ދެގުނަ) ގެއްލުވައިލެވޭނެ ނުވެއެވެ؛ އެފަދަ ޙާލަތުގައި އަނެއް ފަރާތުން ބާޠިލުކުރިކަމަށް ބަލައި އެ މާއްދާ ތަޠުބީޤުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10-12)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އަނެއް ފަރާތަށް ލިބޭ ސީދާ ގެއްލުމުގެ ބަދަލާއި، ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ކޮންޓްރެކްޓާ ޚިލާފުވުމުން ނަގައިދޭ ގެއްލުމުގެ ބަދަލުގެ މަޤުޞަދަކީ، ކޮންޓްރެކްޓަށް ފުރިހަމައަށް ޢަމަލުކުރިނަމަ ޚިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނެ މަޤާމާ ވީހާވެސް ގާތަށް އޭނާ ގެންގޮސްދިނުމެވެ (އެކްސްޕެކްޓޭޝަން ޑެމޭޖަސް)؛ ބިން ވިއްކާނެކަމުގެ ޔަޤީންކަމަށް ބުރަވެ ގަންނަ ފަރާތުން ކުރި ތައްޔާރީތަކުގެ ޚަރަދަކީ ނަގައިދެވޭނެ ބަދަލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-19)
- ހައިކޯޓަކީ ވާޤިޢާތައް ކަށަވަރުކޮށް ހެކި ވަޒަންކުރާ މަރުޙަލާގެ ކޯޓެއް ނޫން ކަމުން، ގެއްލުމުގެ ބަދަލާ ގުޅޭ ހެކި ދަށުކޯޓުން ވަޒަންކުރުމަށް މައްސަލަ ތަޙްވީލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20-21)
- ޤާނޫނީ އެހީތެރިކަން ހޯދުމަށް ކުރި ޚަރަދު ނަގައިދެވޭނީ އެކަމާ ގުޅިގެން އެއްބަސްވުމެއް ވެފައިވާނަމަ ނުވަތަ ދެފަރާތުގެ އެއްބަސްވުމުގައި އެ ޚަރަދު ނަގައިދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޙާލަތުގައެވެ؛ އަދި އެ ޙާލަތުގައިވެސް ނަގައިދެވޭނީ ޤާނޫނީ މަސައްކަތަށް ދައްކައި ޚަލާޞްކޮށްފައިވާ ފައިސާއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-24)
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2018C/-Cv/503 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ […] . ޙަސަނމަނިކުގް ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގއަ އިސްތިއުނާފު ރައްދުވާ ފަރާތަކީ […] މުޙައްމަދު ޝަރީފް އެވެ.
2[…] ޙަސަނމަނިކު އާއް […] މުޙައްމަދާ ޝަރީފް އާ ދެމެދު، […] އެވެ ކިޔާ 846 އަކަފޫޓުގެ ގޯތި ގަނެ ވިއްކުމާބެހޭ ގޮތުން 30 އޮކްޓޫބަރު 2014 ގައި ވެފައިވާ އެއްބަސްވުމާ މުޙައްމަދު ޝަރީފް ޚިލާފުވެފައިވާތީ އާއި އެ އެއްބަސްވުމާ އެއްގޮތަށް […] އެވެ ކިޔާ ގޯތި ޙަސަންމަނިކު އަށް ވިއްކުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅި ނަންބަރު C/2014-2277/CV ޤަޟިއްޔާ ބާޠިލްކުރުމަށްފަހު، އެ ގޯތި ސިވިލް ކޯޓުގެ ނަންބަރު 872/Cv-C/2015 ޤަޟިއްޔާއިން މުޙައްމަދު ސިމާޢު ފުވާދަށް ވިއްކާފައިވާތީ، ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ޙަސަނު މަނިކުގެ ފަރާތުން މުޙައްމަދު ޝަރީފަށް ދައްކާފައިވާ -200,000/ރ (ދެލައްކަ ރުފިޔާ) އާއި އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން ޙަސަންމަނިކުއަށް އެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާއާއި، ޙަސަންމަނިކުއަށް ލިބިފައިވާ ސީދާ އަދި ނުސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ޙަސަންމަނިކުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ . އައިޑީއައިޑީސިވިލް ކޯޓުގެ ނަންބަރު 503/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
3ސިވިލް ކޯޓުގެ ނަންބަރު 503/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު […] ޙަސަންމަނިކު އާއި […] މުޙައްމަދު ޝަރީފް އާ ދެމެދު، […] އެވެ ކިޔާ 846 އަކަފޫޓުގެ ގޯތި ގަނެ ވިއްކުމާބެހޭ ގޮތުން 30 އޮކްޓޫބަރު 2014 ގައި ވެފައިވާ އެއްބަސްވުން މުޙައްމަދު ޝަރީފް އުވާލާފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި، އިސްވެ ބަޔާންކުރެވުނު އެއްބަސްވުމުގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓްގ ގޮތުގައެ ޙަސަންމަނިކުގެ ފަރާތުން މުޙައްމަދު ޝަރީފަށް ދީފައިވާ -200,000/ރ (ދެލައްކަ ރުފިޔާ) އަކީ ޙަސަންމަނިކުއަށް ލިބެންޖެހޭ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވިދިޔަ -200,000/ރ (ދެލައްކަ ރުފިޔާ) ޙަސަންމަނިކުއަށް ލިބިދިނުމުގެ ގޮތުން 26 ފެބުރުވަރީ 2019 މި ދުވަހުން ފެށިގެން މީލާދީ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މި ފައިސާ ސިވިލްކޯޓަށް ދައްކާ ޚަލާސްކުރުމަށް ދަޢުވާލިބޭ މުޙައްމަދު ޝަރީފަށް އަންގައި ޙުކުމްކޮށްފީމެވެ ".
4ސިވިލް ކޯޓުގެ ނަންބަރު 2018C/-Cv/503 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޙަސަންމަނިކުގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅައި އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
1.4- އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ އެގާރަވަނަ ނުކުތާގައި، އެއްބަސްވުން ބާޠިލްކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުންކަން ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ. ސިވިލް ކޯޓުގެ ނަންބަރު 503/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު
2.4- އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ބާރަވަނަ ނުކުތާއާއި، ތޭރަވަނަ ނުކުތާއާއި ސާދަވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތަށް އެއްބަސްވުމުގެ ދަށުން ލިބެން ޖެހޭ ފައިސާ ނަގައިނުދިނުމަށް ކަނޑައަޅާފައިވާ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާ ފަށާ ކަމަށް ބުން ހުށަހެޅި ނުކުތާ.
5އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލުގައި ޙަސަންމަނިކުގެ ފަރާތުން ބުނެފައިވަނީ، ދެފަރާތް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލްކުރެވޭނެ ނުވަތަ އުވާލެވޭނެ ޙާލަތްތައް އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ބަޔްނާކޮށްފައިވާއިރު، އެއްވެސް ސަބަބެއް ނެތި، އަނގަބަހުން ނުވަތަ ލިޔުމުންވެސ އެއްވެސް އެންގުމަކާނުލައި، މުޙައްމަދު ޝަރީފުގެ ފަރާތުން 13 މެއި 0152 ވަނަ ދުވަހު މައްސަލަ ބާޠިލްކުރުމަށް ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި ގޯތީގެ މިލްކުވެރިކަން މުޙައްމަދު ސިމާޢު ފުވާދުއަށް ބަދަލުކޮށްފައިވުމަކީ މުޙައްމަދު ޝަރީފުގެ ފަރާތުން އެއްބަސްވުމާއި ޚިލާފުވުން ކަމާއި، ޤާނޫނު ނަންބަރު 14/9 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ
(ހ) ގެ ދަށުން ކޮންޓްރެކްޓް ކުރާ މީހުން އެ ޙަޤީޤަތެއްގެ މައްޗަށް އެ ކޮންޓްރެކްޓް ކުރި ޙަޤީޤަތް ކޮންޓްރެކްޓްގައި ބައިވެރިވި އެއްވެސް މީހަކަށް ނޭނގި ނުވަތަ އެއްވެސް މީހެއްގެ ބާރެއްނެތި ބަދަލު ވެއްޖެނަމަ އެކޮންޓްރެކްޓް ވާނީ ބާޠިލް އެއްޗެއްކަމަށެވެ. އަދި ޙަސަންމަނިކު އާއި މުޙައްމަދު ޝަރީފް އާދެމެދު ވެފައިވާ އެއްބަސްވުމުގައި ޙަޤީޤަތް ބަދަލުވެފައިވަނީ ނުވަތަ އެއްބަސްވުމަށް ރުޖޫޢަނުވެވޭ ޙާލަތަކަށް އައިސްފައިވަނީ މުޙައްމަދު ޝަރީފަށް އެނގިހުރެ، އަމިއްލަ ބާރުގައިކަމުން، މުޙައްމަދު ޝަރީފް ޢަމަލު ކުރި ކުރުމަކީ އެއްބަސްވުން ބާޠިލްކުރި ކުރުމެއްކަމުގައި ނުބެލެވޭނެކަމާއި، އެއީ އެއްބަސްވުމާއި ޚިލާފުވީކަމުގައި ބަލަންޖެހޭކަމެއްކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ 8.4 ވަނަ މާއްދާގެ ދަށުން ޙަސަންމަނިކުގެ ފަރާތުން އެއްބަސްވުން ބާޠިލްކުރިކަން މުޙައްމަދު ޝަރީފް އަށް އަންގާފައިވާ އެންގުމަކީ، އެހިނދު އެއްބަސްވުން ބާޠިލްކުރި ފަރާތަކީ ޙަސަންމަނިކު ކަމުގައި ބަލަންޖެހުމެވެ. އަދި މި ސަބަބާ ހުރެ، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފއިސާގަ ދެގުނައަށްވާ ފައިސާއަކީ ޙަސަންމަނިކުއަށް ލިބެންޖެހޭ ފައިސާއެއްކަމަށެވެ.
6ޕްރިސިޑެންސް 1އެއްބަސްވުމެއް ބާޠިލްކުރުމަކީ އެ އެއްބަސްވުން ނިމުމަކަށް ގަނައުމެވެ. އެގޮތުން އެއްބަސްވުމެއް ބާޠިލްކުރެވޭނީ އެއްބަސްވުމާއި ޚިލާފުވި ފަރާތް އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވެފައިވާނަމައެވެ. މުޙައްމަދު ޝަރީފުއާއި ޙަސަންމަނިކުއާއ ދެމެދި ވެވުނު އެއްބަސްވުމުގެ 8 ވަނަ މާއްދާގައި އެއްބަސްވުން އުވާލާނެ ނުވަތަ ބާޠިލްކުރެވިދާނެ ޙާލަތްތަކެއް ބަޔާންކޮށްފައިވެއެވެ . އެ ޙާލަތްތަކަކީ: އެއްބަސްވުމުގެ 8.2: މި އެގްރީމަންޓްގެ 3 ވަނަ މާއްދާގެ ދަށުން ގަންނަ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާ ދެއްކުމަށްފަހު، އެގްރީމަންޓަށް ޢަމަލުކުރުމަށް ޤާނޫނީ ހުރަހެއްނެތި ގަންނަ ފަރާތުން އެގްރީމަންޓަށަ ޢަމަލުނުކޮށްފިނަމަ ވިއްކާ ފަރާތަށް މި އެގްރީމަންޓް ބާޠިލްކޮށް، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ ގަންނަ ފަރާތަށް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. އެއްބަސްވުމުގެ 8.3: އެހެންނަމަވެސް، ޝަރުޢީ މަރުޙަލާގައި މި މުޢާމަލާތް ކުރިއަށް ގެންދެވޭނެ ގޮތް ނުވެއްޖެނަމަ، ނުވަތަ އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް ޤާނޫނީ ހުރަހެއް މެދުވެރިވެއްޖެނަމަ އެގްރމަންޓީ ބާޠިލްކޮށް، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދައްކާފައިވާ ފައިސާ، އެގްރީމަންޓް ބާޠިލްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ވިއްކާ ފަރާތުން ގަންނަ ފަރާތަށް ދައްކާ ޙަލާސްކުރަންވާނެއެވެ. އެއްބަސްވުމުގެ 8.4: މި އެގްރިމަންޓްގެ 3 ވަނަ މާއްދާގެ ދަށުން ގަންނަ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގު ފައިސާ ދައްކާފައިވަނިކޮށް އެގްރިމަންޓަށ ޢަމަލުކުރުމަށް ޤާނޫން ހުރަހެއްނެތ ވިއްކި ފަރާތުން އެގްރީމަންޓަށް "މއ. މާސް އެވެ ކިޔާ 846 އަކަފޫޓު ގޯތި ގަނެ ވިއްކުމާބެހޭ އެގްރީމަންޓް"ގެ 8 ވަނަ މާއްދާ ޢަމަލުނުކޮށްފިނަމަ މި އެގްރމަންޓީ ބާޠިލްކުރުމުގެ އިޚްތިޔާރު ގަންނަ ފަރާތަށް ލިބިގެންވެއެވެ. މިފަދައިނި މި އެގްރީމަންޓް ގަންނަ ފަރާތުން ބާޠިލުކުރަންޖެހިއްޖެ ޙާލަތެއްގައި، އެހާތަނަށް ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދައްކާފައިވާ އެންމެހާ ފައިސާގެ ދެގުނަ ފައިސާ އެގްރިމަންޓް ބާޠިލްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ވިއްކާ ފަރާތުން ގަންނަ ފަރާތަށް އެކީ އެއްފަހަރާ ދައްކާ ޚަލާސްކުރަންވާނެއެވެ.
7ޕްރިސިޑެންސް 2މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެއްބަސްވުމާ އެއްގޮތަށް ބިން ވިއްކުމުގެ މުޢާމަލާތާ ކުރިއަށް ނުގެންދެވުނީ ޙަސަންމަނިކުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ނުދިނުމުން ކަމަށް މުޙައްމަދު ޝަރީފު ބުނެއެވެ. ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ދެބަސްވުން ޙައްލުކުރާނެ ގޮތަކީ ދެފަރާތުން ވާހަކަ ދައްކައިގެންކަމަށް ބަޔާންކޮށްފައިވެއެވެ . ނަމަވެސް ޙަސަނމަނިކުގެ ފަރާތުން އެ ލިބެންޖެހް އެއްބާރުލުން ނުލިބޭ ކަމަށް މުޙައްމަދު ޝަރީފު ބުނި ނަމަވެސް، އެއްބާރުލުން ނުދިނުމުގެ ސަބަބުން އެކަމު ގުޅިގެން ޙަސަން މަނިކު މަޝްވަރާ ކުރިކަން ނުވަތަ އެ ވާހަކަ ދެފަރާތް ދެމެދު ވާހަކަ ދެކެވި ޙައްލު ކުރުމަށް މަސައްކަތް ކުރިކަން މުޙައްމަދު ޝަރީފުގެ ފަރާތުން ދަށުކޯޓުގައި ސާބިތުކޮށްދީފައިނުވެއެވެ. އެހެންކަމުން، މުޙައްމަދު ޝަރީފުގެ ފަރާތުން އެއްބަސްވުނ ބާޠިލްކޮށްފައިވަނީ ޙަސަންމަނިކު އެއްބަސްވުމާ ޚިލާފުވެގެން ކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތެވެ.
8ދެން އުފެދޭ ސުވާލަކީ ޙަސަން މަނިކު އެއްބަސްވުމާ ޚިލާފު ނުވާ ޙާލަތުގައި މުޙައްމަދު ޝަރީފުގެ ފަރާތުން އެއްބަސްވުން ބާޠިލްކުރާ ކަމުގައިވަނީނަމަ ސެކިއުރިޓީ ޑެޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާގެ ދެގުނަ ފައިސާ ޙަސަނމަނިކަށް އަދާކުރަންޖެހޭތޯއެވެ. "މއ. މާސް އެވެ ކިޔާ 846 އަކަފޫޓު ގޯތި ގަނެ ވިއްކުމާބެހޭ އެގްރީމަންޓް"ގެ 9 ވަނަ މާއްދާ: މި އެއްބަސްވުމުގައިވާ ކަމަކާ ގުޅިގެން، ނުވަތަ އެއްބަސްވުމުގައި ބަޔާންކުރެވިފައިނުވ ކަމަކާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއް އުފެދިއްޖެނަމަ އެކަމެއް ޙައްލުކުރާނީ ދެފަރާތުން ވާހަކަ ދައްކައިގެންނެވެ. އެގޮތަށް އެކަމެއް ޙައްލު ނުކުރެވިއްޖެނަމަ، ދެން މައްސަލައަށް ޙައްލެއް ހޯދާނީ ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެންނެވެ.
9އެއްބަސްވުމުގެ 8.4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނ ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާ ދައްކާފައިވަނިކޮށް އެގްރިމަންޓަށ ޢަމަލުކުރުމަށް ޤާނޫން ހުރަހެއްނެތ ވިއްކި ފަރާތުން އެގްރީމަންޓަށް ޢަމަލުނުކޮށްފިނަމަ މި އެގްރީމަންޓް ބާޠިލްކުރުމުގެ އިޚްތިޔާރު ގަންނަ ފަރާތަށް ލިބިގެންވާކަމަށާއި، މިފަދައިން މި އެގްރީމަންޓް ގަންނަ ފަރާތުން ބާޠިލުކުރަންޖެހިއްޖެ ޙާލަތެއްގައި، އެހާތަނަށް ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދައްކާފައިވާ އެންމެހާ ފައިސާގެ ދެގުނަ ފައިސާ އެގްރިމަންޓް ބާޠިލްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ވިއްކާ ފަރާތުން ގަންނަ ފަރާތަށް އެކީ އެއްފަހަރާ ދައްކާ ޚަލާސްކުރަންވާނެކަމަށެވެ.
10ޕްރިސިޑެންސް 3އެގޮތުން ބަލާއިރު އެއްބަސްވުމާއި ޚިލާފުވެފައިވަނީ މުޙައްމަދު ޝަރީފެވެ. އަދި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމަށް ހުށަހެޅީވެސް މުޙައްމަދު ޝަރީފުއެވެ. އެއްބަސްވުން ބާޠިލްކުރުމަށް އެދެވިދާނެ ގޮތްތަކުގެ ތެރެއިން ވިއްކާ މީހާ (މުޙައްމަދު ޝަރީފު) އަށް އެއްބަސްވުން ބާޠިލްކުރުމަށް ހުށަހެޅޭނީ އެއްބަސްވުމުގެ 38. ވަނަ މާއްދާ އެފަދައިން ވުޖޫދު ވެގެންނެވެ. އެއީ ޝަރުޢީ މަރުޙަލާގައި އެ މުޢާމަލާތް ކުރިއަށް ގެންދެވޭނެ ގޮތް ނުވެއްޖެނަމަ، ނުވަތަ އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް ޤާނޫނީ ހުރަހެއް މެދުވެރިވެއްޖެނަމަ އެގްރީމަންޓް ބާޠިލްކޮށް، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދައްކާފައިވާ ފައިސާ، އެގްރީމަންޓް ބާޠިލްކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ވިއްކާ ފަރާތުން ގަންނަ ފަރާތަށް ދައްކާ ޙަލާސްކުރުމެވެ. މި މައްސަލައިގައި ޝަރުޢީ މަރުޙަލާގައި އެ މުޢާމަލާތް ކުރިއަށް ނުގެންދެވުނަ ނުވަތަ އެއްބަސްވުން ބާޠިލްކުރަންޖެހުނީ ޙަސަން މަނިކުގެ ސަބަބުން ކަމެއް މުޙައްމަދު ޝަރީފަށް ސާބިތުކޮށްދެވިފައިނުވާކަނ ކުރިންވެސް ފާހަގަކުރެވިއްޖެއެވެ. އެހެންކަމުން، އެއްބަސްވުމާ ޚިލާފުވީ މުޙައްމަދު ޝަރީފު ކަމަށްވެފައި އަދި އެއްބަސްވުން ބާޠިލްކުރަން އެދުނީވެސް މުޙައްމަދު ޝަރީފު ކަމުގައިވާތީ، އެފަދައިން އެއްބަސްވުން ބާޠިލްކުރީ އަމިއްލައަށް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަން މުޙައްމަދު ޝަރީފް ބނުންނުވާތޭ ކަމަށް އަހުރެންނަށް ބުރަވެއެވެ.
11މުޙައްމަދު ޝަރީފު އަމިއްލައަށް އެއްބަސްވުން ބާޠިލްކުރުމަށް އެދުނު ކަމުގައިވީނަމަވެސް، އެއްބަސްވުމާ ޚިލާފުވީ މުޙައްމަދު ޝަރީފު ކަމަށްވާތީ، އެއްބަސްވުމުގެ 8.4 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤުކުރެވިދާނެ ކަމަށް އަހުރެން ދެކެމެވެ. ސަބަބަކީ، މުޙައްމަދު ޝަރީފު އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަން ބޭނުންނުވެމެ އެއްބަސްވުން ބާޠިލްކުރުމަށް ކޯޓަށް ހުށަހެޅުމުން އެއްބަސްވުމުގެ 8.4 ވަނަ މާއްދާގެ ދަށުން ޙަސަނމަނިކަށް އެއްބަސްވުން ބާޠިލްކުރުމަށް އޮތް ފުރުސަތު ގެއްލިގެން ދާތީއެވެ. އެހެންކަމުން ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވީ މުޙައްމަދު ޝަރީފު ކަމަށްވެފައި، މުޙައްމަދު ޝަރީފު އަމިއްލައަށް އެއްބަސްވުން ބާޠިލްކުރުމަށް އެދުމުގެ ނަތީޖާއަކީ އެއްބަސްވުމުގެ 8.4 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލް ކުރުމަށް ޙަސަނމަނިކްއަށ އޮތް ފުރުސަތު ގެއްލިގެން ދިއުންކަމުގައިވެފައި، މުޙައްމަދު ޝަރީފުގެ ފަރާތުން އެއްބަސްވުން ބާޠިލްކުރުމަށް ހުށަނޭޅިނަމަ، އެ ފުރުސަތު ޙަސަންމަނިކަށް ލިބި އެއްބަސްވުމުގެ 8.4 ވަނަ މާއްދާއާ އެއްގޮތަށާ ޢަމަލުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.
12މީގެ އިތުރުން މުޙައްމަދު ޝަރީފުގެ ފަރާތުން އެއްބަސްވުން ބާޠިލްކުރުމަށް ހުށަހެޅި ހުށަހެޅުމަކީ އެއްބަސްވުމުގެ
8.4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ ފުރުސަތު ޙަސަންމަނިކަށް ނދިނުމު ގ ގޮތުން ކޮށްފައިވާކަމެއ ކަމަށް އަހުރެންނަށް ޤަބޫލުކުރެވޭތީ އެ މާއްދާގައި ބުނާ އެޑްވާންސް ފައިސާގެ ދެގުނަ ފައިސާ ޙަސަނމަނިކަށް އަދާކުރަންޖެހޭ ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
13އިސްތިއުނާފު ކުރާ ފަރާތުން އިތުރަށް ފާހަގަކުރާ ކަމަކީ ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބަދަލު ނަގައިދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އަދި އެއްބަސްވުމުގެ 8.5 ވަނަ މާއްދާގައި އެއްބަސްވުމުގެ 8.4 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލްވެއްޖެނަމަ ޙަސަންމަނިކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ނުވަތަ އެއްބަސްވުން ތަންފީޛު ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު ޙަސަންމަނިކަށ ލިބިގެންވީނަމަވެސް މުޙައްމަދް ޝަރީފްގެ ފަރާތުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން އެއްބަސްވުން ރުޖޫޢަކުރެވޭނެ ޙާލަތަކަށް މިހާރު ދެވެން ނެތްކަމުން އެއްބަސްވުމުގެ ދަށުންލިބެންޖެހޭ ފައިސާއާއި ގެއްލުމުގެ ބަދަލު ލިބެންޖެހޭނެކަމަށެވެ.
14އިސްތިއުނާފު ކުރާ ފަރާތުން ހޯދުމަށް އެދި ހުށަހެޅި ގެއްލުމުގެ ބަދަލު ބިނާކޮށްފައިވަނީ، […] އެވެ ކިޔާ ގޯތީގައި ޙަސަންމަނިކުގެ ފަރާތުން ޢިމާރާތްކުރުމަށް ގަސްދުކުރި ޢިމާރާތުގެ ކުރެހުމާއި، އެ ޢިމާރާތުގެ އެޕާޓްމަންޓްތައް ވިއްކުމަށްޓަކައި ހަދާފައިވާ ގަނެވިއްކުމުގެ އެއްބަސްވުންތައް އެކުލަވާލުމަށް ކުރަންޖެހުނު ޚަރަދާއި، ބުނެވިދިޔަ ޢިމާރާތުގެ އެޕާޓްމެންޓްތައް ވިއްކުމުގެ މަޝްރޫޢުގެ ފައިނޭންޝިއަލް ފީސިބިލިޓީ ރިޕޯޓު އެކުލަވާލުމަށް ޚަރަދުކުރަނ ޖެހުން ފައިސާއާއި، އެ މަޝްރޫޢުގެ ބްރޭންޑިންގެ މަސައްކަތާއި އިޝްތިހާރުކުރުމަށް އެކުލަވާލި ތަކެއްޗާއި، އެ މަސައްކަތަށް ޚަރަދުވި ފައިސާގެ މައްޗަށެވެ. ބުނެވުނު ކަންކަމަށް އެފަދައިން ޚަރަދުކުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން ޙަސަނމަނިކުގެ ފަރާތުން އިންވޮއިސްތަކެއްވެސް ހުށަހަޅާފައިވެއެވެ.
15ޙަސަންމަނިކު ހޯދުމަށް އެދުނު ގެއްލުމުގެ ބަދަލު ނަގައިދޭ ން ޖެހޭ ތަނެއް ނެތްކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ޙަސަންމަނިކުގެ ފަރާތުން ކުރި ކަމަށް ބުނާ މަސައްކަތްތަކީ އއ ޙަސަނމަނިކާއި މުޙައްމަދް ޝަރީފުއ ދެމެދާ އެއްބަސްވުމެއްވެފައިވާކަމެއްކަނ ލިޔުމުން އެނގެން ނެތުމާއި، އެއްބަސްވުމާ ގުޅިގެން އެކަށީގެންވާ ވަރަށް ޙަސަންމަނިކު ރައްކާތެރި ނުވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ރައްކާތެރިނުވި ފަރާތަށް ބަދަލު ލިބިދިނުމެއް ނޯންނާނެ ކަމަށް ބުނެއެވެ .
16ޕްރިސިޑެންސް 4އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން، އަނެއް ބައިވެރިޔާއަށް ލިބޭ ސީދާ ގެއްލުމުގެ ބަދަލާއި، އެފަދަ ޢަމަލެއްގެ ސަބަބުން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވިދާނެކަމަށް ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 23 ވަނަމާއްދާގައި ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 503/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ (ތ) ގައި ފާހަގަކޮށްފައި ޤާނޫނު ނަންބަރު 4/91
17ޕްރިސިޑެންސް 5ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އަނެއް ފަރާތަށް ކޯޓުން ނަގައިދޭ ގެއްލުމުގެ ބަދަލުގެ މަޤުޞަދަކީ އެ ކޮންޓްރެކްޓަށް ފުރިހަމައަށް ޢަމަލުކޮށް ނިމުނުނަމަ، ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނޭ މަޤާމާ ވީހާވެސް ގާތަށް ގެންގޮސް ދިނުމެވެ. އަދި ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނޭ މާގާމާ ވީހާވެސް ގާތަށް ގެންގޮސް ދިނުމުގެ މާނައަކީ ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތް ކޮންޓްރެކްޓުގެ ޒަރިއްޔާއިން ހޯދި ވިޔަފާރީގެ މަންފާ އޭނާއަށް ލިބިދިނުމެވެ. މިބާވަތުގެ ގެއްލުމަށް "އެކްސްޕެކްޓޭޝަން ޑެމޭޖަސް" އ ކިޔައެވެ. އަދި "އެކްސްޕެކްޓޭޝަން ޑެމޭޖަސް" އޭ ކިޔަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދަޢުވާކުރާ ފަރާތުން އެ ކޮންޓްރެކްޓުން ހާސިލުކުރަން އުއްމީދ ކުރު މަސްލަހަތު ހިމާޔަތްކޮށާ ދިނުމަށް ކޯޓުން މަސައްކަތްކޮށްދޭތީކަމަށ ސުޕްރީމް ކޯޓުގެ ދައުލަތް ވ ވިލާ އެއަރ ޕވޓ ލޓޑ ޤަޟިއްޔާ ގައި ބަޔާންކޮށްފައިވެއެވެ.
18ޙަސަންމަނިކާއި މުޙައްމަދު ޝަރީފްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު އެއީ ބިން ގަނވިއްކުމާ ގުޅެ އެއްބަސްވުމެކެވެ. ގަނެ ވިއްކުމުގެ މުޢާމަލާތް އެއްބަސްވުމެއް ސިފައިގައި ކުރިއަށް ގެންގޮސްފައި ވީނަމަވެސް ޝަރުޢީ ގޮތުން ގަނެ ވިއްކުމުގެ މުޢާމަލާތް ފުރިހަމަ ވަނީ ޝަރީޢަތް މެދުވެރިކޮށް އެ މުޢާމަލާތް ފުރިހަމަވުމަށްފަހުގައެވެ. ކަންމިހެން ހުރިނަމަވެސް ގަނެ ވިއްކުމަށް ވެވޭ އެއްބަސްވުންތަކަކީ އެ އެއްބަސްވުމުގައ ވިއްކުމަށް ބުނާ އެއްޗެއް ވިއްކާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ. މިމައްސަލައަށް ބަލާކަމުގައިވަނީނަމަ ބިމެކެވެ. އެ ޔަޤީންކަމުގެ މައްޗަށް ބުރަވެ ހުރެ ޙަސަންމަނިކުގެ ފަރާތުން އެ ބިމުގައި އެފަރާތުން ތަސައްވަރު ކުރާ ވިޔަފާރީގެ ޕްލޭންގެ މަސައްކަތް ފަށައި އެ މަސައްކަތްތަކަށް ޚަރަދުވި ފައިސާ ދައްކާފައިވާކަމަށް ބުނެއެވެ. އެކަން ސާބިތުކުރުމަށް އެފަރާތުން ލިޔެކިޔުންތައްވެސް ހުށަހަޅާފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާ؛ [2021] SC 52 އެފަރާތުން އެދެނީ އެފަރާތަށް އެއްބަސްވުމާ އެއްގޮތަށް ބިން ވިއްކާނެކަމުގެ ޔަގީންކަން އެއްބަސްވުމުން ލިބި، އެ ގޯތީގައި އެފަރާތުން އުއްމީދުކުރި ވިޔަފާރިކުރުމަށް ކުރި މަސައްކަތްތަކަށް ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
19ޙަސަންމަނިކުގެ ފަރާތުން ހޯދަން އެދޭ ގެއްލުމުގެ ބަދަލަކީ ވިއްކުމަށް އެއްބަސްވި ގޯތި އެފަރާތަށް ލިބޭނެ ކަމުގެ އުއްމީދުގައި އެފަރާތުން ވި ތައްޔާރީތަކުގެ ޚަރަދު ކަމުގައިވާއިރު، އަދި މިފަދަ ބާވަތުގެ ގެއްލުމުގެ ބަދަލަކީ ނަގައިދެވޭނެ ބަދަލެއްކަން ސުޕްރީމް ކޯޓުގެ އިސްވެ ބުނެވުނު ދައުލަތް ވ ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އިން ވެސް އެނގެން އޮންނަކަމުން، ގެއްލުމުގެ ބަދަލާއި ގުޅިގެން ދަށުކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަކަށް އހުރެން ނުދެކެމެވެ.
20ޕްރިސިޑެންސް 6ދިވެހިރާއްޖޭގެ ހައިކޯޓަ ކ އިސްތިއުނާފީ ކޯޓަކަށްވާއިރު، އިސްތިއުނާފީ ކޯޓަކީ ވާގިއާތައް ކަށަވަރުކޮށް ހެކި ވަޒަންކުރުމުގެ މަރުހަލާ ހިނގާ ކޯޓެއް ނޫނެވެ. އެހެންކަމުން، ޙަސަންމަނިކުގެ ފަރާތުން ހޯދުމަށް އެދުނު ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުރި ވަގިއާތަކާއި، ހުށަހަޅާފައިވާ ހެކިތައް ދަށުކޯޓުން ވަޒަންކުރުމުން މެނުވީ އެއަށް އިސްތިއުނާފީ ކޯޓަކުން ގޮތެއް ކަނޑަނޭޅޭނެއެވެ.
21އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 503/Cv-C/2018 ޤަޟިއްޔާގައި ޙަސަނމަނިކުގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބަލައި، ގެއްލުމުގެ ބަދަލާއި ގުޅިގެން އަލުން ގޮތެއް ކަނޑައެޅުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭ ކަމަށް ފެނެއެވެ.
22ތިންވަނަކަމަކަށް ޙަސަންމަނިކުގެ ފަރާތުން ފާހަގަކޮށްފައިވަނީ ޤާނޫނީ އެހީތެރިކަން ހޯދުމަށް ކުރަންޖެހުނު ޚަރަދު ނަގައިދީފައި ނުވަނީ ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި ނުސީދާ ގޮތުން ލިބޭ ގެއްލުން އެގޮތަށް އޮތްއިރު ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާ؛ [2021] SC 52 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 ޤަޟިއްޔާ؛ [2021] SC 67 ޤާނޫނީ އެހީތެރިކަން ހޯދުމަށް ކުރަންޖެހުނު ޚަރަދަކީ އެއްބަސްވުމުގައި ނެތް މާއްދާއެއް ކަމަށް ކަނޑައަޅައި ފައިސާ ނަގާދީފައިނުވިނަމަވެސް މި ފައިސާއަކީ ބުނެވިދިޔަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނަގައިދެވޭނެ ފައިސާއެއްކަމަށް ދެކޭކަމަށެވެ.
23ޕްރިސިޑެންސް 7ޤާނޫނީ އެހީތެރިކަން ހޯދުމަށް ކުރަންޖެހުނު ޚަރަދއާ އެފަދަ ފީއެއް ނަގައިދިނުމާ ގުޅޭގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ޤާނޫނީ އެހީތެރިކަން ހޯދުމަށް ކުރަންޖެހުނު ޚަރަދަކީ އެކަމާއި ގުޅިގެން އެއްބަސްވުމެއް ވެފައިވާނަމަ، ނުވަތަ ދެފަރާތް ދެމެދު ވެފައިވާ އެއްވަސްވުމުގައި ޤާނޫނީ އެހީތެރިކަން ހޯދުމަށް ކުރަންޖެހުނު ޚަރަދު ނަގައިދޭންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަ ޙާލަތްތަކުގައި ނަގައިދެވޭ ޚަރަދެއްކަމާއި، އެފަދަ އެއްބަސްވުމެއް އޮންނަ ޙާލަތުގައިވެސް އެ ޚަރަދު ޝަރީޢަތުން ނަގައިދެވޭނީ ޤާނޫނީ މަސައްކަތަށް ޚަރަދުވި ފައިސާގެ ގޮތުގައި ދައްކައި ޚަލާސްކޮށްފައިވާ ފައިސާއެވެ. ސިވިލް ކޯޓުގެ ނަންބަރު 2018C/-Cv/503 ޤަޟިއްޔާ ގައިވެސް މިކަން ކަން ފާހަގަކޮށް، ޤާނޫނީ އެހީތެރިކަން ހޯދުމަށް ކުރަންޖެހުނު ޚަރަދު ނަގައިނު ދޭން ނިންމާފައިވަނީ އެފަދަ މުޢާމަލާތެއް ޙަސަންމަނިކުއާއި މުޙައްމަދު ޝަރީފާއި ދެމެދު ވެފައިނުވާކަމުގެ މައްޗަށެވެ .
24ޤާނޫނީ އެހީތެރިކަން ހޯދުމަށް ކ ރަންޖެހުނު ޚަރަދާއި ގުޅޭގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތައް މިއަދާ ހަމައަށްވެސް ދެމިއޮތް އިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެ ޚަރަދު ނަގައިދޭން ޖެހޭ ޝަރުޢީ އަދި ޤާނޫނީ އުސޫލަކީ ކޮބައިކަމެއް ޙަސަންމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތަށް ބުނެދެވިފައިނުވެއެވެ.
25މަތީގައި ބުނެފައިވާ ކަންކަން އެގޮތުގެ މަތިން ހުރުމުން: ސިވިލް ކޯޓުގެ ނަންބަރު 503/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ (ލ) ގައި ފާހަގަކޮށްފައި
26ޙަސަން މަނިކު އާއި މުޙައްމަދު ޝަރީފް އާ ދެމެދު. […] އެވެ ކިޔާ 846 އަކަފޫޓު ގޯތި ގަނެ ވިއްކުމާބެހޭ ގޮތުން 30 އޮކްޓޫބަރު 0142 ގައި ވެފައިވާ އެއްބަސްވުން ބާޠިލްވެފައިވަނީ އެއްބަސްވުމުގެ 8.4 ވަނަ މާއްދާގެ ދަށުން ވިއްކާ ފަރާތުން އެގްރީމަންޓަށް ޢަމަލުނކުރުގެ ސަބަބުން ކަމަށްވާތު އެއްބަސްވުމުގެ 8.4 ވަނަ މާއްދާގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތައި ޙަސަންމަނިކުގެ ފަރާތުން މުޙައްމަދު ޝަރީފަށް އަދާކުރި ފައިސާގެ ދެގުނަ ފައިސާ ޙަސަން މަނިކަށް ލިބެންޖެހޭ ފައިސާއެއްކަމަށާއި،
1.26- މުޙައްމަދު ޝަރީފުގެ ފަރާތުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޙަސަންމަނިކަށ ލިބުން ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ ތަނެއް އޮތްތޯ ބެލުމަށް ސިވިލް ކޯޓުގެ ނަންބަރު 503/Cv-C/2018 ޤަޟިއްޔާގައި ޙަސަން މަނިކުގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބަލައި، ގެއްލުމުގެ ބަދަލާއި ގުޅިގެން އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ފެނެއެވެ.
27މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
28މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
29މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2019/SC-A/85 (ދައުލަތް vs ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ؛ [2021] SC 52
- ސުޕްރީމް ކޯޓުގެ 2021/SC-A/50 ޤަޟިއްޔާ؛ [2021] SC 67 (ވަކީލު ފީ ނަގައިދިނުމުގެ އުޞޫލު)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް