ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/181
މަރީރު މުޙައްމަދު ޙުސްނީ ވ. ޢަބްދުﷲ ވަޙީދު، 2021/HC-A/181
Mareeru Mohamed Husnee v. Abdhuﷲ Waheed 2021/HC-A/181 (2021/HC-A/181, High Court of the Maldives, 15 July 2024)
މަރީރު މުޙައްމަދު ޙުސްނީ ވ. ޢަބްދުﷲ ވަޙީދު
މައިގަނޑު ސުވާލު
އެޕާޓްމަންޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ޚިލާފުވެ ތަން ޙަވާލުނުކުރުމުން، ގެއްލުނު މަންފާގެ ބަދަލުގެ ގޮތުގައި އެދުނު 780,000 ރުފިޔާ، ހެކި ހުށަހަޅާފައިނުވާކަމަށްބުނެ ހައިކޯޓުގެ 2012/HC-A/350 ޤަޟިއްޔާއަށް ބިނާކޮށް ނަގައި ނުދިނުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯއާއި، ނަގައިދިން ބަދަލުގެ މިންވަރު އިތުރުކުރަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓުގައި ބަޔާންކުރާ ތާރީޚަށް ތަން ޙަވާލުނުކުރެވިއްޖެނަމަ މަހަކު ވަކި ޢަދަދެއް ދައްކަން ދެފަރާތް އެއްބަސްވެފައިވާ ޝަރުޠަކީ، ތަން ޙަވާލުނުކުރުމުން ލިބޭނެކަމަށް ދެފަރާތުން ތަޞައްވަރުކުރި ގެއްލުމުގެ ބަދަލު ކުރިއާލައި ކަނޑައަޅާފައިވާ ޝަރުޠެކެވެ؛ އެއީ ސީދާ ލިބުނު ގެއްލުމެއް ނޫން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުގައި ހިމެނޭ ގެއްލުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23، 24، 27)
- ކޮންޓްރެކްޓުގެ ދަށުން ތަޞައްވަރުކުރެވޭ ގެއްލުމުގެ ބަދަލު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން ނަގައިދީފައިވާނަމަ، ތަން ކުއްޔަށްދީގެން ލިބޭނެ މަންފާގެ ނަމުގައި އިތުރު ސުރުޚީއެއްގެ ދަށުން ބަދަލެއް ނަގައިދޭންޖެހޭ ތަނެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29، 32)
- ގެއްލުމުގެ ބަދަލު ހިސާބުކުރާއިރު، އެއްބަސްވުމާ ޚިލާފުނުވާ ފަރާތުން ގެއްލުން ކުޑަކުރުމަށް ކުރެވެން ހުރި ކަންކަން ކޮށްފައިވޭތޯ ބަލައި އެކަމަށް ރިޢާޔަތްކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ހައިކޯޓުގެ 2012/HC-A/350 ޤަޟިއްޔާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ހުރިހާ ޙާލަތަކަށް ފެތޭ ފޯމިއުލާއެއް އެކަށައެޅި ޤަޟިއްޔާއެއް ނޫން، އެ ޤަޟިއްޔާގެ ވާޤިޢާތަކުގެ މައްޗަށް ބުރަވެ ނިންމި ޤަޟިއްޔާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33، 34)
- ޖުޑީޝަލް ޕްރެސިޑެންޓްގެ އަސާސަކީ ކޯޓުތަކުގެ ތަރުތީބެވެ. ދަށުކޯޓުން މައްސަލައެއް ފައިޞަލާކުރާއިރު، ހުށަހެޅިފައިވާ ނުކުތާއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއް އޮތްތޯ ބެލުމަކީ ފުރަތަމަ ކުރަންޖެހޭ ކަމެވެ؛ ސުޕްރީމް ކޯޓުގެ ނިންމުމެއްގައި އެ ނުކުތާއާ ގުޅޭ އުޞޫލު ނުވަތަ ރޭޝިއޯއެއް އޮތްނަމަ، ހައިކޯޓުގެ ނިންމުމަކަށް ރުޖޫޢަވުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން ބަދަލު ކަނޑައަޅަން ބަލަންޖެހޭ އަސާސަކީ، ކޮންޓްރެކްޓާ ޚިލާފުވެއްޖެނަމަ އަނެއް ފަރާތަށް އެ ގެއްލުން ލިބިދާނެކަން އެނގިފައިވުމާއި، ބަދަލުގެ މިންވަރަކީ "ތަޢައްސުފު"ވެ ލިބޭ ގެއްލުމާ ނުބައްދަލު، އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއް ނުވުމެވެ؛ ކުރިއާލައި ކޮންޓްރެކްޓުގައި ބަދަލު ކަނޑައަޅާފައިނުވާނަމަ، ތަޢާޤުދީ މަސްއޫލިއްޔަތުގެ އުޞޫލުތަކަށް ރިޢާޔަތްކޮށް ބަދަލުގެ މިންވަރު ކަނޑައެޅުމަކީ ކޯޓަށް ލިބިގެންވާ ބާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37، 38)
- ޕްރޮސްޕެކްޓިވް ޑެމޭޖަސް ސާބިތުކުރަން ހުށަހަޅަންޖެހޭ ހެއްކަކީ ގެއްލުން ހަޤީޤަތުގައި ވެއްޖެކަން ސާބިތުކުރާ ހެއްކެއް ނޫނެވެ، ސަބަބަކީ އެއީ މުސްތަޤްބަލުގައި ލިބޭނެ މަންފާގެ އަންދާޒާއެއް ކަމުންނެވެ. އަންދާޒާ ހިސާބެއް ހުށަހަޅާފައިވާނަމަ، ސަބަބުވެރި ހަމައަކުން އެ ހިސާބަށް ބަލައި އުނިކުރަންޖެހޭ އުނިކުރުންތައް އުނިކޮށް ބަދަލުގެ މިންވަރު ކަނޑައެޅުމަކީ ފަނޑިޔާރުގެ ޒިންމާއެވެ؛ އެހެންކަމުން ދަށުކޯޓުން 2012/HC-A/350 ޤަޟިއްޔާ ތަޠުބީޤުކުރީ ރަނގަޅަކަށް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 39)
ފަރްހީޒާ ތާޢީދު ކުރެއެވެ.) މައްސަލައިގެ ތަޢާރަފް
1މިއީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނގް ނަންބަރު:HD/2020-C-118/Cv ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނ ނ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ސ.ހިތަދޫ، […] / މަރީރު މުޙައްމަދު ޙުސްނީ (މީގެ ފަހުން "މަރީރު މުޙައްމަދު" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޅ.ކުރެންދޫ، މާރސް / ޢަބްދުﷲ ވަހީދު (މީގެ ފަހުން "ޢަބްދުﷲ ވަހީދު" ނުވަތަ "އިސްތިއުނާފ ރައްދވު ފަރާތް)" އެވެ. ދެފަރާތް ދެމެދު ކުރެވުނު މުޢާމަލާތް:
2ހުޅުމާލެ ގޯތި ނަންބަރު 10109 ގެ ފަސްޓް ފްލޯރގެ 2 ރ މ އެޕާޓްމަންޓް އަދި 01 ރ މ އެޕާޓްމަންޓް (މީގެ ފަހުން "އެޕާޓްމަންޓްތައް") މަރީރު މުޙައްމަދަށ 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ޢަބްދުﷲ ވަހީދު 05 މާރިޗް 2018 ގައި އެއްބަސްވުމެއް ވިއެވެ. މިއެއްބަސްވުމުގެ ދަށުން ޙަވާލު ކުރަންޖެހޭ އެޕާޓްމަންޓްތަކުގެ އެންމެހާ މަސައްކަތްތައް ނިންމާ 01 ޖ ން 2018ގައި މަރީރު މުޙައްމަދު އާ ޙަވާލު ކުރަންޖެހެއެވެ. މިކަން އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
3މިއެއްބަސްވުމުގެ ދަށުން ކުއްޔަށްދޭ އެޕާޓްމަންޓްތަކުގެ ކުއްޔަކީ ފުރަތަމަ 05 އަހަރަށް -/500,000ރ. (ފަސްލައްކަ ރުފިޔާ) އެވެ. ބާކީ 13 އަހަރު ދުވަހުގެ ކުއްޔަކީ މަހަކު -/10,000ރ. (ދިހަހާސް ރުފިޔާ) އެވެ. އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ) ގައި މިކަން ބަޔާންކޮށްފައިވެއެވެ.
4ފުރަތަމަ 5 އަހަރު ދުވަހުގެ ކުލީގެ ގޮތުގައި ދެއްކުމަށް ހަމަޖެހިފައިވާ -/500,000ރ (ފަސްލައްކަ ރުފިޔާ) ގެ ތެރެއިން -/300,000ރ. (ތިންލައްކަ ރުފިޔާ) އެގްރިމަންޓްގައ ސޮއިކުރި ދުވަހު އަދި ބާކީ -/200,00ރ. (ދެލައްކަ ރުފިޔާ) އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ދައްކަންވާނެކަމަށް އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
5އެއްބަސްވުމާއި އެއްގޮތަށް އެއްބަސްވުމުގެ ފުރަތަމަ 5 އަހަރުގެ އެޑްވާންސް ކުލީގެ ގޮތުގައި -/500,000ރ. (ފަސްލައްކަ ރުފިޔާ) މަރީރު މުޙައްމަދުގެ ފަރާތުން ޢަބްދުﷲ ވަހީދުއަށްވަނީ ދައްކާފައެވެ.
6ނަމަވެސް، އެއްބަސްވެފައިވާ މުއްދަތު ފާއިތުވެ އެތައް ދުވަހެއް ދިޔައިރުވެސް، އެޕާޓްމަންޓްތައް ޙަވާލެއް ނުކުރެވުނެވެ. ޢަބްދުﷲ ވަހީދު ބަޔާންކުރާ ގޮތުން އެކަން ނުކުރެވުނީ، ތަނުގެ ވެރިފަރާތުން އެތަނީ ޢަބްދުﷲ ވަހީދުގެ އަތުން އަތުލައި އެހެން ފަރާތަކަށް ދިގުމުއްދަތަކަށް ކުއްޔަށް ދިނުމުންނެވެ.
7އެއްބަސްވުމާއި އެއްގޮތަށް އެޕާޓްމަންޓްތައް ޙަވާލުނުކޮށް އެއްބަސްވުމާއި ޚިލާފުވެފައިވާތީ، މަރީރު މުޙައްމަދުގެ ފަރާތުން 07 ސެޕްޓެމްބަރު 2020 ގައި ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނަށް މައްސަލަ ހުށަހެޅިއެވެ.
8މިމައްސަލައިގައި މަރީރު މުޙައްމަދު އެދިފައިވަނީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ޢަބްދުﷲ ވަހދުގީ ފަރާތުން ދައްކަންޖެހޭ 1,133,333.33ރ. (އެއް މިލިއަން އެއްސަތޭކަ ތިރީސްތިންހާސް ތިންސަތޭކަ ތިރީސްތިން ރުފިޔާ ތިރީސް ތިންލާރި) އާއި އެއްބަސްވުމާ އެއްގޮތަށް ތަން ހަވާލުނުކުރުމުގެ ސަބަބުން މަރީރު މުޙައްމަދަށް ގެއްލިގެންދާ މަންފާގެ ބަދަލު ކަމަށްވާ -/780,000ރ. (ހަތްލައްކަ އަށްޑިހަހާސް ރުފިޔާ) އާއި ފިނިޝިންގ ނިންމުމަށްކަމަށ ބުން ހޯދި -/50,000ރ. (ފަންސާސް ހާސް ރުފިޔާ) އާއި އެކު ޖުމްލަ 1,193,333.33ރ. (އެއްމިލިއަން ނުވަލައްކަ ފަސްދޮޅަސް ތިންހާސް ތިންސަތޭކަ ފަސްލައްކަ ރުފިޔާ ޢަބްދުﷲ ވަހީދުއަށް މަރީރުގެ ފަރާތުން ލިބުނުކަމުގެ ލިޔުން ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) ޢަބްދުﷲ ވަހީދގެ ކިބައިން ހޯދުމަށެވެ. މިމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން ގެ ނަންބަރު HD/2020-C-118/Cv ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން ނިންމި ގޮތް:
9ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2020-C-118/Cv ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު ފިތުރޯނުގެ، މަރީރު މުޙައްމަދު ޙުސްނީގެ ފަރާތުން މާރސް، ޢަބްދުﷲ ވަހީދުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން 83,333/3311,ރ. (އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިރީސް ތިން ލާރި) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވުނު ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 06 އޭޕްރީލް 2021 އިން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ ޢަދަދަށްވުރެ މަދުން ން ފައިސާގެ ޢަދަދެއް ސިވިލް ކޯޓަށް ދައްކައި، މިދަރަނި ޚަލާސްކުރުމަށް ދަޢުވާލިބުނު މާރސް، ޢަބްދު ﷲ ވަހީދުއަށް އަންގައި، މިގޮތުގެ މަތީން ޙުކުމްކޮށްފީމެވެ".
10ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނުން މިމައްސަލަ ބެލުމަށްފަހު ތަން ހަވާލުނުކުރުމުގެ ސަބަބުން މަރީރު މުޙައްމަދަށް ގެއްލިގެންދާ މަންފާގެ ބަދަލު ކަމަށްބުނެ ހުށަހެޅް -/780،000ރ. (ހަތްލައްކަ އަށްޑިހަހާސް ރުފިޔާ) ސާބިތުކޮށްދިނުމަށް މަރީރު މުޙައްމަދުގެ ފަރާތުން ހެކި ހުށަހެޅިފައިނުވާތީ ގެއްލުމުގެ ބަދަލގު ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައި ދީފައެއް ނުވެއެވެ. މަރީރު މުޙައްމަދުގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައިމިވަނީ ގެއްލުމުގެ ބަދލުގ ގޮތުގައެ އެފައިސަ ނަގާދީފައިނުވާ ބައެވެ. މަރީރު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގެ ދަޢުވާ ފޯމުގައި ހޯދުމަށް އެދިފައިވާ އެކު ޖުމްލަ ޢަދަދު، ވަކިވަކި ޢަދަދުތައް އެއްކުރުމުން އަންނަ ޢަދަދު ދިމާނުވާކަން ފާހަގަކުރެވެއެވެ. އިސްތިއުނާފީ ނުކުތާތައް:
11ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު: HD/2020-C-118/Cv ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، މަރީރު މުޙައްމަދުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛
1.11.ވެފައިވާ ގެއްލުން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅާފައިނުވާކަމަށްބުނ ގެއްލުމުގެ ބަދަލު ނަގާދީފައިނުވަނީ ޤާނޫނު ނަންބަރު 91/4 ގެ 23 ވަނަ މާއްދާއާ ޚިލާފަށް އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/350 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސ ލ ނުބައިކޮށް މާނަކޮށްގެން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
12އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ތަފާ ޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާގެ ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛ .121- އިސްތިއުނާފީ ނުކުތާ ތަފްސީލްކުރަމުން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ގެއްލުމުގެ ބަދަލގު ފައިސާ ތަފްސީލުކޮށް ހިސާބުކުރެވިފައިވަނީ ކިހިނެއްކަން ބަޔާންކޮށްފައިވާނެކަމަށެވެ. ދަށު ކޯޓުން ނަގާދީފައިނުވާ -780,000/ރ. (ހަތްލައްކަ އަށްޑިހަހާސް ރުފިޔާ) ވެސް ހިސާބުކުރެވިފައިވާ ގޮތް ހުށަހަޅާފައިވާނެކަމަށެވެ. މިގޮތުން ހިސާބުކުރެވިފައިވަނީ 60 (ފަސްދޮޅަސް) މަހަށް -/10000ރ. (ދިހަހާސް ރުފިޔާ) ގެ ކުލީގެ ރޭޓުން އެ އެއްބަސްވުމުގެ މުއްދަތަށް އެ ލިބޭނެކަމަށް ބަލައިގެންކަމަށެވެ. އަދި މިހިސާބުކުރެވިފައިވަނީ ރަނގަޅަށްނ ންކަމަށްބުނ އިސްތިއުނާފެ ރައްދުވާ ފަރާތުން އެކަމަށް ޗެލެންޖްކޮށް އިންކާރުކޮށްފައިނުވާކަމަށް ބުނެފައިވެއެވެ. .221- ސިވިލް ކޯޓުން މިމައްސަލައަށް ތަޠުބީޤުކުރި 2012/HC-A/350 ނަންބަރު ޤަޟިއްޔާ އަކީ މިހާރު ހުށަހެޅިފައިވާ ޤަޟިއްޔާއާ ތަފާތު ދެ ބާވަތެއްގެ ދެމައްސަލައެއްކަމަށާއި، އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާއަކީ އިންވޮއިސްތަކަށް ފައިސާ ނުދައްކައިގެން ގެއްލުމުގެ ބަދަލަށްވީ ފައިސާ ހޯދުމަށް އެދި ހުށަހެޅުނު މައްސަލއެއަ ކަމަށެވެ. ހައިކޯޓުން މިޤަޟިއްޔާގައި ނަގާދީފައިނުވަނ ޖީ ރިމަނާގެ ގޮތުގައި ނަގައިދިނުމަށް އެދުނު ފައިސާކަމަށެވެ. މިމައްސަލަ ދަށު ކޯޓުގައި ހިންގުނުއިރު ގެއްލުމުގެ ބަދަލަކީ ނަގައިނުދެވޭނެ ފައިސާއެއްކަން ނުވަތަ ހިސާބު ކުރެވިފައިވަނީ ގޯސްކޮށްކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިނުވާކަމަށެވެ. މީގެ އިތުރުން މިމައްސަލާގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އަންދާޒާކުރެވޭނެ ފަދަ ގެއްލުމުގެ ބަދަލެއްކަމަށެވެ. އެހެންކަމުން މި ގެއްލުމުގެ ފައިސާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނަގައިދެވޭނެ ފައިސާއެއްކަމަށާއި، އެފައިސާ ނަގައި ނުދެވޭނެކަމަށްބުނެ ސިވިލް ކޯޓުން ހައިކޯޓުގެ 2012/HC-A/350 ނަންބަރު ޤަޟިއްޔާ މިމައްސަލައަށް ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނންކމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:
13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނގް ނަންބަރު 20HD/20-C-118/Cv ޤަޟިއްޔާއިން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލުގެ ތެރެއިން ނަގައިދީފައި ނުވާ -780,000/ރ. (ހަތްލައްކަ އަށްޑިހަހާސް ރުފިޔާ) އަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި އެފައިސާ އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން އެކީ އެއްފަހަރާ ނަގައިދިނުމަށް ޙުކުމްކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
14އިސްތިއުނާފ ރައްދުވު ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އެޕާޓްމަންޓް ކުއްޔަށް ހިފުމަށް އިންވެސްޓްކުރީ -500,000/ރ. (ފަސްލައްކަ ރުފިޔާ) ކަމަށާއި، އަދި އިންވެސްޓް ކުރި އެޕާޓްމަންޓް ހުރި ގެ، އެގޭގެ ވެރިފަރާތުން އިސްތިއުނާފުކުރާ ފަރާތަށް އެޕާޓްމަންޓް ދިނުމަށްޓަކައި ފިނިޝިންގ މަސައްކަތް ކުރަމުން ދަނިކޮށް އެ ގޭގެ ވެރިފަރާތުން އޭނާގެ އަތުން އެތަން އަތުލާފައިވކަމަށެވެ. އެހެންކަމުން އެއީ އޭނާގެ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްކަމަށެވެ. އަދި އިސްތިއުނާފުކުރ ފަރތަށާ އެތަނުން ތަނެއް ދެވެންދެން $1500.00 (ފަނަރަސަތޭކަ އެމެރިކާ ޑޮލަރު)ގެ 3 ކޮޓަރީގެ އެޕާޓްމަންޓެއް އިސްތިއުނާފު ރައްދުވާ ފަރާތުން ކުއްޔަށް ހިފާފައިވާނެކަމަށާއި އެތާގައި 7 މަސް ވަންދެން އިސްތިއުނާފުކުރާ ފަރާތުން ހުރެފައިވާކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާގެ ދަތިކަން ކުރިމަތިވެގެން 3 މަސް ދުވަސް ކުރިން ކުލި ނުދެއްކިގެން އަދި އެޕާޓްމަންޓް ކުއްޔަށް ދިން ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތް ގޮވައިގެން ކޯޓަށް ދިއުމނު $27,000 (ހަތާވީސ ހާސް ޑޮލަރު) ގެ ޙުކުމެއްކޮށފައިވާކަމަށެވެ.
15މީގެއިތުރުން، އިސްތިއުނާފުކުރާ ފަރާތުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ސިވިލް ކޯޓުގައު ދައުވާކުރުމުނ އެއްމިލިޔަން ރުފިޔް ދިނުމަށް ޙުކުމްކޮށްފައިވާކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖ ރިމަނާ ފައިސާ ނަގާދީފައިނުވާކަމަށާއި، އަދި އެފައިސާތަކަކ ނަގައިދެވޭނީ ފައިސާއެއް ނންކަމަށއާ އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭގޮތުގައި ޖ ރިމަނާއާއި ގެއްލުމުގެ ބަދަލު އެއީ އެކައްޗެއްކަމަށެވެ. މީގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް މިހާރު ކޮށްފައި އޮތް ޙުކުމާއި އެއްގޮތަށްވެސް ފައިސާ ނުދެއްކިގެން އުޅެނިކޮށް އަދި އެއަށްވުރެ މާބޮޑު ޢަދަދެއް އަތުގައި ތަން ނެތި ދައްކަން ޖެހުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޮޅު ހަދާކަމެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
16އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ އިސްތިއުނާފު ކުރާ ފަރާތުން ދިރިއުޅުނު 7 މަސް ދުވަހުގެ ކުލި ކެނޑުމަށްފަހު ބާކީ ދޭންވާ ފައިސާ ދޭންޖެހޭ ގޮތަށް މައްސަލަ ނިންމަވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
17މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2020-C-118/Cv ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް މަރީރު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތއާށާއި، އެނުކުތއާއ ގުޅިގެނި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ދަށު ކޯޓަށް ހުށަހެޅި ދަޢުވާ:
18މަރީރު މުޙައްމަދު ދަށު ކޯޓަށް ހުށަހެޅި ދަޢުވާއަކީ، 05 މާރިޗް 2018 ގައި ޢަބްދުﷲ ވަހީދު އާއެކު ވެފައިވާ އެއްބަސްވުމާއި ޚިލާފުވެ، އެއެއްބަސްވުމުގައި ބަޔާންކުރާ އެޕާޓްމަންޓްތައް ޙަވާލުކޮށްފައި ނުވާތީ، އެއްބަސްވުމުގެ 06 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޢަބދް ﷲ ވަހދީ ދައްކަންޖެހޭ 33/3331,133,ރ (އެއްމިލިއަން އެއްސަތޭކަ ތިރީސްތިންހާސް ތިންސަތޭކަ ތިރީސްތިން ރުފިޔާ ތިރީސްތިން ލާރި) އާއި އެއްބަސްވުމާއި އެއްގޮތަށް އެޕާޓްމަންޓްތައް ޙަވާލު ނުކުރުމުގެ ސަބަބުން، މަރީރު މުޙައްމަދަށް ލިބޭނޭ މަންފާ ގެއްލި ދިއުމުގެ ސަބަބުން، އެ މަންފާގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/780,000ރ (ހަތްލައްކަ އައްޑިހހާސަ ރުފިޔާ) އާއި އެތަނުގެ ފިނިޝިންގ ނިންމުމަށްކަމަށްބުނެ ޢަބްދުﷲ ވަހީދު ނެގި -/50,000ރ (ފަންސާސް ހާސް) ރުފިޔާ އާއެކު ޖުމްލަ 1,193,333/33ރ (އެއްމިލިޔަން އެއްސަތޭކަ ނުވަދިހަތިނހާސް ތިންސަތޭކަ ތިރީސްތިން ރުފިރާ ތިރީސްތިން ލާރި) ހޯދުމުގެ ދަޢުވާ އެކެވެ
19ދަށު ކޯޓުން މިދަޢުވާ ބެލުމަށްފަހު، ބަޔާން ކޮށްފައިވަނީ، މިމައްސަލައިގައި ޙަވާލާދޭ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެމަތީން މަރީރު މުޙައްމަދު އާ ޙަވާލު ކުރަންޖެހޭ އެޕާޓްމަންޓްތައް ޙަވާލުކުރެވިފައި ނުވާކަން ޢަބްދުﷲ ވަހދީގެ ބަހުން އެނގެން އޮންނަ ކަމަށެވެ. ދަށު ކޯޓުން ނަގައިދިން ފައިސާ:
20އިސްތިއުނާފުކުރާ ފަރާތުގެ މިދަޢުވާއާއި ގުޅިގެން، ދަށު ކޯޓުން ނަގައިދީފައިވަނީ، އެއްބަސްވމުގު 06 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފައިސާ އާއި އެތަނުގެ ފިނިޝިންގ ނިންމުމަށް ކަމަށްބުނެ ޢަބްދުﷲ ވަހދީ ނެގިކަން ސާބިތުވާ -/50,000ރ (ފަންސާސ ހާސް ރުފިޔާ) އާއެކު ޖުމްލަ 1,183,333/33ރ (އެއްމިލިއަނ އެއްސަތޭކަ އަށްޑިހަތިނހާސް ތިންސަތޭކ ތިރީސްތިން ރުފިޔާ ތިރީސްތިން ލާރި) އެވެ. އެއްބަސްވުމުގެ 6 މާއްދާގެ (ނ) ގައި ބަޔާން ކުރާ ފައިސާ އަކީ ކޮން ފައިސާއެއް؟
21ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރަނީ؛ " މިއެއްބަސްވުމުގެ ދަށުން ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ތަނުގެ މަސައްކަތްތައް ނިންމާ ކުއްޔަށް ހިފާ ފަރާތާއި ޙަވާލު ކުރުމަށް ބުނެފައިވާ ތާރީޚް (01 ޖ ން 2018) އަށް ތަން ޙަވާލު ނުކުރެވިއްޖެނަމަ، ކުއްޔަށް ދިން ތަން ޙަވާލު ކުރެވެންދެން މަހަކު،-/20,000 ރުފިޔާ ކުއްޔަށް ހިފި ފަރާތާއި ޙަވާލު ކުރަންވާނެއެވެ."
22އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ؛ "މިއެއްބަސްވުމުގެ ދަށުން ކުއްޔަށް ދީފައިވާ ތަން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް ސަބަބަކާއި ހުރެ ކުއްޔަށް ހިފި ފަރާތުން ތަނުން ނިކުންނަން ޖެހިއްޖެނަމަ، ތަނުން ނިކުންނަން ޖެހުނު ތާރީޚުން ފެށިގެން އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގައި ދިރިއުޅޭނެ އެކަށީގެންވާ 2 ރ މްގެ އެޕާޓްމަންޓެއް އަދި 01 ރ މ އެޕާޓްމެންޓ ކުއްޔަށް ހިފި މުއްދަތު ހަމަވަންދެން ކުއްޔަށް ހިފި ފަރާތާއި ޙަވާލު ކުރަންވާނެއެވެ."
23ޕްރިސިޑެންސް 1އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ށ) އަދި (ނ) އަކީ ވަކި ދެމާއްދާއެވެ. އެއްބަސްވުމުގެ 6 ވަނަ މާއްދާގެ
(ށ) ޙަރަކާތް ކުރަންފަށާނީ ކުއްޔަށް ހިފި ތަނުން މަރީރު މުޙައްމަދު ނިކުންނަންޖެހޭ އެއްވެސް ޙާލަތެއް މެދުވެރި ވެއްޖެނަމައެވެ. ނަމަވެސް މިމައްސަލައަކީ، ކުއްޔަށްހިފި އެޕާޓްމަންޓްތައް މަރީރު މުޙައްމަދާއި އެއްގޮތަކަށްވެސް އަލަށްވެސް ޙަވާލު ނުކުރެވެނީސ ދިމާވެގެން އުޅޭ ޙާލަތެކެވެ. ވީމާ، މިޙާލަތުގައި ޙަރަކާތް ކުރަން ފަށާނީ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ނ) އެވެ.
24ވީމާ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފައިސާއަކީ، ކުއްޔަށް ހިފިތަން ޙަވާލު ނުކުރުމުގެ ސަބަބުން، އެތަން ޙަވާލު ކުރަންދެން އިސްތިއުނާފުކުރި ފަރާތް ދިރިއުޅުމަށް އެހެންތަނެއް ކުއްޔަށް ހިފުމަށްދާ ޚަރަދު ލިބިދިނުމަށް ބަޔާންކުރި ފައިސާގެ ޢަދަދެއް ނޫނެވެ. އެފައިސާގެ ޢަދަދަކީ، އެއްބަސްވުމުގައި ބަޔާންކުރާ ތާރީޚަށް އެޕާޓްމަންޓްތައް ޙާވާލު ނުކުރެވިއްޖެނަމަ، ލިބޭނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެފަރާތުން އެއްބަސްވެ ހިމަނާފައިވާ ފައިސާގެ ޢަދަދެކެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްބަސްވުމުގައި އެޕާޓްމަންޓްތައް ޙާވާލު ކުރަން ބަޔާންކުރާ ތާރީޚުގައި އެޕާޓްމަންޓްތައް ހަވާލު ނުކުރެވިގެން، މަރީރު މުޙައްމަދަށް ލިބޭނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައި އޮތް ފައިސާގެ ޢަދަދެކެވެ. އެއްބަސްވުމުގައި ބަޔާންކުރާ ތާރީޚަށް އެޕާޓްމަންޓްތައް ޙަވާލު ނުކުރުމުގެ ސަބަބުން ލިބޭނެ ކަމަށް ދެފަރާތުން ތަޞައްވަރު ކުރި ގެއްލުމުގެ ބަދަލަކީ އެއީއެވެ.
25އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޑޮކިއުމެންޓް 3 ގައި ބަޔާންކުރާ ތަފްޞީލުތަކަށް ބަލާއިރުވެސް އެތަފްސީލު ތަކުގައި ބަޔާންކުރަނީ؛ Advanced amount 500,000.00 Additional amount for finishing works 50,000.00 Dates for the apartment keys 1-Jan-18 Number of months in delay 4 C92C was provided 21-Oct-18 Left the apartment C92C 1-Sep-19 އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މި ލިޔުމުގައި ފައިސާގެ ޢަދަދުތައް ލިޔެފައިވާއިރު އެޢަދަދުތައް ކައިރީގައި ލިޔެފައިވަނީ އެމެރިކާ ޑޮލަރުގެ ރަމްޒެވެ. ނަމަވެސް މިއީ ދިވެހި ރުފިޔާއިން ކޮށްފައިވާ މުޢާމަލާތެއްކަމަށް ފެނެއެވެ. Compensation per month if keys not provided 20,000.00 Number of month not given key from 1June 2018 – 21 Oct 2018 4 months 20 days Loss in income due to additional renting in 2019 60,000.00 Loss in income due to additional renting in 2020 180,000.00 Grand total required 1,373,333.33
26އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވުމުގެ ދަށުން ޚަރަދުކޮށްފައިވާކަން ސާބިތުވަނީ، ޖުމްލަ -550,000/ރ (ފަސްލައްކަ ފަންސާސް ހާސް ރުފިޔާ) އެވެ. ސީދާ ގެއްލުމުގެ ބައިގައި ހިމެނޭނެ އެއްބަޔަކީ މި ފައިސާއެވެ. އަނެއް ބަޔަކީ، އެއްބަސްވުމުގެ ދަށުން، އެޕާޓްމަންޓްތައް ޙަވާލު ކުރަންޖެހޭ ތާރީޚުގައި ޙަވާލު ނުކުރެވުމުގެ ސަބަބުން، އެހެންތަނެއް ކުއްޔަށް ހިފަންޖެހިގެނ ކުރާން ޚަރަދެވެ.
27ބަޔާންވެދިޔަ ކަންކަމުން އެނގިގެންދަނީ، 01 ޖޫން 2018 އަށް އެޕާޓްމަންޓްތައް ހަވާލު ނުކުރެވިއްޖެނަމަ، ތަން ޙަވާލު ކުރެވެންދެން މަހަކު -/20,000ރ (ވިހިހާސް ރުފިޔާ) ކުއްޔަށް ހިފި މަރީރު މުޙައްމަދު އާ ޙަވާލު ކުރަންވާނެ ކަމަށް ބަޔާންކޮށް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ނ) ގައި ދެފަރާތުން އެއްބަސްވެފައިވާ ފައިސާގެ ޢަދަދަކީ، ސީދާ ލިބުނު ގެއްލުމެއް ނޫނެވެ. އެއީ އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ތެރޭގައި ހިމެނޭ ނުވަތަ ދެފަރާތުން ތަސައްވަރު ކުރި ގެއްލުމުގެ ބަދަލު ލިބި ދިނުމުގެ ގޮތުން ހިމަނާފައިވާ ޢަދަދެއް ކަމެވެ.
28ޤާނޫނު ނަންބަރު: 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ؛ ގެއްލުމުގެ ބަދަލު ދިނުން 23. (ހ) ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއ ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެއެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލުދޭން ޖެހޭނެ ގެއްލުމަކީ : (1) ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން . (2) އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން.
29ޕްރިސިޑެންސް 2ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފައިސާ ހިސާބުކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ޑޮކިއުމެންޓް 3 އަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން އިތުރު ތަނެއް ކުއްޔަށް ހިފަންޖެހުމުގެ ސަބަބުން ގެއްލުނު އާމްދަނީގެ ގޮތުގައި Loss in income due to additional( renting) ވެސް ބައެއް ފައިސާ ހިމަނާފައި އޮތްކަން އނެ ގެއެވެ. މިކަންކަން މިހެން ހުރުމުން، އަހުރެންނަށް ބުރަވެވެނީ، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޙަވާލު ކުރަންޖެހޭ އެޕާޓްމަންޓްތައް ޙަވާލު ނުކުރެވުމުގެ ސަބަބުން، ލިބުނު ގެއްލުމުގެ ބަދަލު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ނަގައިދެވިފައިވާ ކަމަށެވެ. އިތުރު ސުރުޚީއެއްގެ ދަށުން، އެޕާޓްމަންޓް ކުއްޔަށް ދީގެން ލިބޭނެ މަންފާގެ ނަމުގައި ބަދަލެއް ނަގައިދޭންޖެހޭ ތަނެއް ނެތް ކަމަށެވެ.
30އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެ ފައިވާ އެއްބަސްވުމުގެ ދަށުން، އިސްތިއުނާފުކުރާ ފަރާތުން އިންވެސްޓްކުރި 550,000ރ (ފަސްލައްކަ ފަންސާސްހާސް ރުފިޔާ)ގެ ބަދަލުގައި، ޙަވާލު ކުރަންޖެހޭ އެޕާޓްމަންޓްތައް ޙަވާލު ނުކުރެވުމުގެ ސަބަބުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޖުމްލަ 1,183,333/33ރ (އެއްމިލިއަން އެއްސަތޭކަ އަށްޑިހަތިންހާސް ތިންސަތޭކަ ތިރީސްތިން ރުފިޔާ ތިރީސްތިން ލާރި) ނަގައިދީފައިވެ އެވެ.
31ޕްރިސިޑެންސް 3ގެއްލުމުގެ ބަދަލު ހިސާބު ކުރާއިރު، ގެއްލުން ކުޑަކުރުމަށް އެއްބަސްވުމާއި ޚިލާފު ނުވާ ފަރާތަށް ކުރެވެން ހުރި ކަންކަން ކޮށްފައިވޭތޯ ބަލައި އެކަމަށް ރިޢާޔަތް ކުރަންޖެހެއެވެ. މިމައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓުގައި ފާހަގަކޮށްފައިވާ؛ " މަރީރު މުޙައްމަދު ޙުސްނީ އަޅުގަނޑު އަތުން ދިގުމުއްދަތަކަށް ކުޑަކުއްޔަކަށް ނެގި އެޕާރޓްމަންޓް ގޭގެ ވެރިފަރާތުން އަޅުގަނޑު އަތުން އަތުލާ އެހެން ފަރާތަކަށް ދިގުމުއްދަތަކަށް ކުއްޔަށްދިނުމާ ގުޅިގެން އަޅުގަނޑު ހުޅުމާލޭގައި ހަދާ 4 ބުރި ނިންމާފައިވާ ހުޅުމާލެ ލޮޓް 11255 ގޭގެ ފަސްޓް ފްލޯގައި ހަދާފައިވާ 2 ރ މ އެޕާރޓްމަންޓް އަދި 1 ރ މ އެޕާރޓްމަންޓް ދޭންވެގެން މަރީރު މުޙައްމަދު ޙުސްނީ އެތަން ބަލަން ފޮނުވި ފަރާތް އެތަން ދެއްކުމުން އެފަރާތުން ބުނުއްވީ މަރީރު މުޙައްމަދު ޙުސްނީ ބޭނުންވަނީ ހުޅުމާލެ ލޮޓް 10109 ގެއިން އެފަރާތުން އެޑްވާންސް ދެއްކި ފްލޯ ކަމުގައި ބުނެ އެތަން ބޭނުން ނ ނ ކަމަށް ބުނުމުން އަނެއްކާވެސް ގޭގެ ވެރިފަރާތާއި އަޅުގަނޑާއި މަރީރު މުޙައްމަދު ޙުސްނީ ބައްދަލުކޮށް ވާހަކަ ދައްކައިގެންވެސް އެފަރާތުން އަޅުގަނޑު ހެދި ފަސްޓް ފްލޯ މަރީރު މުޙާއްމަދު ޙުސްނީއަށް ދޭން އެއްބަސްނުވުން" މިނުކުތާއަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތަށް ގެއްލުން ކުޑަކުރަން ފުރުޞަތު އޮތްކަން އެނގެއެވެ. ނަމަވެސް ބޭނުންވީ، ދެފަރާތުން އެއްބަސްވި އެއްބަސްވުމުގައި އޮތް ގޮތަކަށް އެޑްވާންސް ފައިސާ ދެއްކި އެޕާޓްމަންޓް ލިބި ގަންނާށެވެ. ނަމަވެސް އެކަން އޭރު އެހެން ކުރެވެން ނެތީ ތަނުގެ ވެރިފަރާތުން އެތަން އިސްތިއުނާފު ރައްދުވާ ފަރާތުން އަތުލާފައިވާތީކަން މަތީގައި ފާހަގަކުރި ނުކުތާއިން އެނގެއެވެ.
32މިމައްސަލައިގައި، ދަށު ކޯޓުން ގެއްލުމުގެ ބަދަލު ނަގައި ދީފައިވެއެވެ. އަދި އެބަދަލަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުގައި ހިމެނޭ ބަދަލެއް ކަމަށްވާއިރު، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ނަތީޖާއަކީ ގެއްލުމުގެ ބަދަލުގެ މިންވަރުގެ ގޮތުގައި ނަގައިދިން ފައިސާގެ ޢަދަދު އިތުރު ކުރުމެވެ. އަހުރެންހިތުން، މިމައްސަލައިގައި، ދަށު ކޯޓުން ނަގައިދިން ގެއްލުމުގެ ބަދަލުގެ މިންވަރަށް އިތުރު ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ. ޢަބްދުﷲ ވަހީދު ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބު ހައިކޯޓުގެ ނަންބަރު 2012/HC-A/350 ޤަޟިއްޔާ ތަޠްބީޤު ކުރި ގޮތާއި ގުޅޭ:
33ޕްރިސިޑެންސް 4މަތީގައިވާ ހައިކޯޓުގެ ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ
(ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭ ގޮތުން ހުރިހާ ޙާލަތަކަށް ފެތޭ ފޯމިއުލާއެއް އެކަށައެޅި ޤަޟިއްޔާއެއް ނޫނެވެ.
34އެމައްސަލައިގައި ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ އެ ޤަޟިއްޔާގެ ވާޤިޢާ ތަކުގެ މައްޗަށް ބުރިވއެވެ. މިގޮތުން، ހައިކޯޓުގައި ބެލުނު އެ ޤަޟިއްޔާއަކީ ކޮންޓްރެކްޓެއްގެ ދަށުން ކޮށް ނިންމާފައިވާ މަސައްކަތްތަކަށް އިންވޮއިސް ކުރުމުން، އެއިންވޮއިސްތަކަށ ފައިސް ނުދިނުމުން އެފައިސާ ހޯދުމަށާއި އެފައިސާ ނުލިބުމުން ލިބުނު ގެއްލުންތަކެއްގ ބަދަލުގެ ގޮތުގައެ ހަތްލައްކަ ރުފިޔާ ހޯދުމަށް އެދި ހުށަހެޅި ދަޢުވާއެކެވެ. އެމައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ؛ "ކޮންޓްރެކްޓްގެ ބައިވެރިއަކު އެ ކޮންޓްރެކްޓަކާ ޚިލާފު އަމަލެއް ކޮށްފިނަމަ، އެޢަމަލެއ ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރިމީހަކު، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުމާއި، އެފަދަ ޚިލާފު ޢަމަލެއް ކުރުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުމުގެ ބަދަލު ދޭންޖެހޭނެކަން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއިން އެނގޭކަމާއި، ނަމަވެސް މިމައްސަލާގައި ....ގެއްލުމުގެ ބަދަލެއްގެ ގޮތުގައެ ހޯދުމަށް އެދިފައިވާ -/700،000ރ (ހަތްލައްކަ ރުފިޔާ) ހިސާބުކުރެވިފައިވާ ގޮތެއް އަދި އޭގެ ތަފްޞީލެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، އެހެންކަމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އެފައިސާއަކީ ޝަރީޢަތަށް ސާބިތުވާ ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވައި، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލްކޯޓުގެ ޤާޟިއްޔާގައި އެފައިސާ ނަންގަވައިދެއްވާފައި ނުވަނީ ރަނގަޅަށްނންކަމަށް ބަލާނެތަނެއް ނެތްކަމަށެވެ." މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން:
35ޕްރިސިޑެންސް 5ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ފަނޑިޔާރުން ޢަމަލު ކުރުމުގައި ނަގަހައްޓާންޖެހޭ އަސާސީ އެއް ހަމައަކީ ކޯޓުތަކުގެ ތަރުތީބު ނުވަތަ ހައިރާކީ އަށް ބެލުމެވެ. ޑޮކްޓްރިންގ އޮފް ޖުޑީޝަލް ޕްރެސިޑެންޓް އެކަށައެޅިގެން ދިއުމުގެ އަސާސަކީ، ކޯޓުތަކުގެ ތަރުތީބެވެ. ފަނޑިޔާރުންގެ ނިންމުންތަކުން، ޤާނޫނީ ބާރުލިބިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/350 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ (ޅ) ތަތްބީޤ ކުރެވު ނިންމުންތައް ތަރުތީބުވާ އުޞ ލަކީ މަތިން ތިރިއަށް އަންނަ އުޞޫލެކެވެ. ވީމާ، ދަށު ކޯޓުން މައްސަލައެއް ފައިޞަލާ ކުރާއިރު، ހުށަހެޅިފައިވާ ނުކުތާއާގުޅޭ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެކަށައެޅިފައިވާ އެންމެ މަތީކޯޓު ކަމުގައިވާ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް އެކަމާ ގުޅޭ ގޮތުނާ އޮތްތޯ ބެލުމަކީ ފުރަތަމަ ކުރާންޖެހޭ ކަންތަކެވެ. ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއްގެ ނިންމުމުގައި އެނުކުތާއާގުޅޭ ގޮތުން ޢަމަލުކުރާންޖެހޭ ގޮތުގެ އުޞ ލ ނުވަތު ރޭޝިއޯއެއް ފެންނާން އޮވެއްޖެނަމަ، އެއަށްވުރެ ދަށު މރުޙަލަ ގައާ ހިމެނޭ ހައިކޯޓުގެ ނިންމުމަށް ރުޖ ޢަ ވުމަކީ ކުރެވިދާނެ ކަމެއް ނ ނެވެ.
36އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ދަށު ކޯޓުން ނިންމިއިރު، ހައިކޯޓުގެ ނަންބަރު 2012/HC-A/350 ޤަޟިއްޔާ އަށްވުރެ ފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/32 ޤަޟިއްޔާގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަދަލު ނަގައި ދިނުމާއިގުޅޭ އުޞ ލީ ހަމައެއް ބަޔާން ކޮށްފައިވެއެވެ.
37ޕްރިސިޑެންސް 6ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/32 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) 23 ވަނަ މާއްދާ ތަފްޞީލު ގޮތެއްގައި ބަޔާން ކޮށްދިނުމަށްފަހު، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން، ލިބިދާނެކަމަށް ކޮންޓްރެކްޓްގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަޞައްވަރު ނުވަތަ ލަފާ ކުރެވޭ ގެއްލުން (foreseeable/prospective damages) ނުވަތަ ބަދަލު ނަގައިދިނުމާއި ގުޅޭ ގޮތުން ބަޔާން ކޮށްފައިވަނީ؛ ..."ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން، "އޮޕޯރޗުނިޓީކޮސްޓް" ގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓާ ޚިލާފުނުވިނަމަ ޙާޞިލުވާނެކަމަށް ޤަބޫލުކުރެވޭ މަންފާގެ ގޮތުގައި ....ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ މިންވަރު ނުވަތަ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ފާއިތުވެފައިވާ މަންފާގެ މިންވަރު ޘާބިތުކުރުމަށް ހުށަހަޅާފައިވާ....ބަދަލުގެ މިންވަރު ހިސާބުކޮށްފައިވާ އަސާސްތަކާއި މިންގަޑުތަކާއ އޭގައި ބަޔާނި ކޮށްފައިވް ޢަދަދަށް ވާޞިލުވެފައިވާ ގޮތުގެ ތަފްޞީލު ކަމާބެހޭ ކޯޓުން ތަޢާޤުދީ މަސްއ ލިއްޔަތުގެ އަސާސްތަކ އެއްގޮތްވާ ގޮތުގެމަތިން ބަލައި ވަޒަންކުރުމަށްފަހު ކަނޑައަޅާ ބަދަލަކަށް ވާންޖެހޭނެކަމާއި، އެގޮތަށް ކަނޑައަޅާ ބަދަލުގެ މިންވަރަކީ، އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެކަމާއި، އެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި "ތަޢައްސުފު"ވެ، ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ތަފާތު ޤާނ ނ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާ ކަނޑައެޅިގެން ތަޢާރުޟުވާ ކަމެއްކަން އެނގެން އޮންނައިރު، ...ކޮންޓްރެކްޓްގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން، ނުވަތަ އަދާނުކޮށް ލަސްކުރުމުން ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާއަށް ލިބިދާނެނުސީދާ ގެއްލުމުގެ ބަދަލާމެދު ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ކުރިއާލައި ރުހި އެއްބަސްވެ ކޮންޓްރެކްޓުގައި ހިމަނާ ޝަރުޠެއްގެ ދަށުން ބަދަލުގެ މިންވަރު ކަނޑައަޅައިފައި ނުވާނަމަ، އެ ބަދަލުގެ މިންވަރު ތަޢާޤުދީ މަސްއ ލިއްޔަތުގެ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކަނޑައެޅުމަކީ ކަމާބެހޭ ކޯޓަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނަ "... ކަމަށެވެ.
38އެހެންކަމުން، ޤާނޫނު ނަންބަރު 91/4 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހޯދުމަށް އެދި ހުށަހަޅާ ބަދަލާއި ގުޅޭ ގޮތުން ބަލަންޖެހޭ އަސާސަކީ، ކޮންޓްރެކްޓާއި ޚިލާފުވެއްޖެނަމަ، އަނެއްފަރާތަށް އެ ގއްލުމެ އެ ލިބިދާނެކަން އެގިފައިވުމާއި، އެގެއްލުމުގެ މިންވަރު ހިސާބު ކުރުމުގައި "ތަޢައްސުފު"ވެ ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށް ވުރެ މާބޮޑު މިންވަރެއްގެ ބަދަލެއް ކަމުގައި ނުވުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕވޓ ލޓޑ) ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 (އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު އަށް މީހުން)ގެ ޤަޟިއްޔާގައި މިދެންނެވި އުޞ ލީ ހަމަތައް މާ ތަފްޞީލުކޮށް ބަޔާންކޮށްދީފައިވެއެވެ.
39ޕްރިސިޑެންސް 7ވީމާ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) 23 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުގައި ބަޔާންކުރާ ޕްރޮސްޕެކްޓިވް ޑެމޭޖެސ ސާބިތުކޮށްދިނުމަށް ހުށަހަޅަންޖެހޭ ހެއްކަކީ އަސްލުވެސް އެގެއްލުންތައް ވެއްޖެކަމުގެ ވާޤިއާ ސާބިތުކުރަން ހުށަހަޅާ ހެއްކެއް ނޫނެވެ. އެހެނީ އެފަދަ ވާޤިއާއެއް ވުޖދަކު ނުވާނެއެވެ. ސަބަބަކީ އެއީ މުސްތަޤްބަލުގައި ލިބޭނެ މަންފާއެއްގެ އަންދޒާއެއްކަމަށާ ވާތީއެވެ. މުސްތަޤުބަލުގައި ލިބޭނެ މަންފާގެ އަންދާޒާ ހިސާބެއް ހަދައި ހުށަހަޅައިފައި އޮވެއްޖެނަމަ، ފަނޑިޔާރުގެ ޒިންމާއަކީ، ސަބަބުވެރި ހަމައަކުން އެހިސާބުތަކުގެ މައްޗަށް ބަލައި އުނިކުރަންޖެހޭ އުނިކުރުންތައް އުނިކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/32 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ވ) އބމ ފާހަގަކުރެވުނު ނުކުތާތަކުގެ (ހ) ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅު މެވެ. ވީމާ، ހައިކޯޓުގެ ނަންބަރު 2012/HC-A/350 ޤަޟިއްޔާ، މިމައްސަލައިގައި ދަށު ކޯޓުން ތަޠްބީޤުކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ. މައްސަލަ ނިންމުން:
20. ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަނގް ނަންބަރު HD/2020-C-118/Cv ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތެވެ.
21. މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
22. މި ދެމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
23. މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) ox,::, o, .,., 2021 /HC-A/ 18 1 .f".sr,;,.r .S°4~~ 19 ~ " ,o.,, ,~:,., :,(? 0 a:,:,:, ot.c. a.,,,,.,,,.,,, .,,, ,a~.,,, t. ✓ Ot. .s.r.,i' .Pt. /.?,,J,✓ ev /.I',-...., '.r.?-"' ✓ ./"✓ A As""""",-...., fl_,,:,.P./"flOP /_,/./"_,,:, .,,. .,,. .,,. .,,. .,,. 118/Cv-C-HD/2020 , , ox a:,:, o :, ~ o c.o,~ .,,,. t. ~o .,,,. •.P.?_,//'Y ,?V ✓• ./".S_,/.J"AA .S./"-"'fl t../"/ / "" fl A p-!..J .S .? ~ ,,,,,. ,, .,,,, .,,,. ,,, .,,,. > o:,:, .,,,.,,, ~o .,,, .,,,V ,?V./. A/• fl,Ap-!..JJ,? , ,, .,,, ,, ~ ~0/ .,.,,,.., ~ :,~ .,,, (! ✓.,,,/ .I° .?~/ .,,,fl t../"/ + .,,, ,, www- highcourt-gov-mv :; -:;:....,:_; info@highcourt-gov- mv
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) (1)، (2)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ހައިކޯޓުގެ ނަންބަރު 2012/HC-A/350
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/32
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/95 (އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު 8 މީހުން)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް