ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/206
މާލެ ހައި ޕްރައިވެޓް ލިމިޓެޑް ވ. ޑރ. މުޙައްމަދު މުނީޒް، 2022/HC-A/206
Male Hai Private Limited v. Dr. Mohamed Muneez 2022/HC-A/206 (2022/HC-A/206, High Court of the Maldives, 23 December 2025)
މާލެ ހައި ޕްރައިވެޓް ލިމިޓެޑް ވ. ޑރ. މުޙައްމަދު މުނީޒް
މައިގަނޑު ސުވާލު
ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައެޅުމުގައި ހައިކޯޓުގެ 2011/HC-A/180 ޤަޟިއްޔާ ޓްރައިބިއުނަލުން ތަޠުބީޤުކުރުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ؛ އަދި މުވައްޒަފު ސީދާ އެދިފައިނުވާ ހާލަތުގައި އެއް މަސްދުވަހުގެ މުސާރަ ބަދަލުގެ ގޮތުގައި ނަގައިދިނުމަކީ ޤާނޫނީ އަސާސެއް ނެތި ކުރި ނިންމުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް (އަޣުލަބިއްޔަތުން)
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ "ނިންމުންތައް" ޚާއްޞަވެފައިވަނީ ޤާނޫނުއަސާސީ ނުވަތަ ޤާނޫނުގެ މާއްދާއެއް މާނަކުރާ ނިންމުންތަކަށް ނޫން؛ ޤާނޫނީ މަފްހޫމެއް ބަޔާންކޮށް ނިންމާ ނިންމުމުގެ ތެރެއިން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ކޮންމެ ނިންމުމަކަށް ދަށު މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތައް ތަބާވާން ޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-43، 45) (ހުރިހާ ފަނޑިޔާރުން ތާއީދުކުރި)
- ފަނޑިޔާރުންގެ މުސްތަޤިއްލުކަމުގެ މާނައަކީ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ފަނޑިޔާރުން ތަބާނުވުން ނޫނެވެ؛ ތަބާވުމުގެ އުޞޫލުން ބާރުއަޅަނީ އެއްގޮތްކަމަށާއި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ހަމަހަމަކަމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 48-49، 52-53)
- ޤާނޫނުއަސާސީގެ 61 ވަނަ މާއްދާ އަމާޒުވެފައިވަނީ ޤާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ޢަމަލުތަކަށް ކަމުން، ދަށު މަރުޙަލާއިން މަތީ މަރުޙަލާގެ ނިންމުންތައް ތަޠުބީޤުކުރުމަކީ އެ މާއްދާގެ ބޭނުން ކެނޑޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 51-52)
- މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި (ރިޑަންޑަންސީ ހާލަތުގައި ވެސް) މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ދެކަންވެސް ޤާއިމުކުރެވިފައި އޮންނަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 71) (އަޣުލަބިއްޔަތު)
- ވަޒީފާއާބެހޭ ޤާނޫނުގެ 87 (ށ)، 29 (ހ) އަދި (ރ) އާއި ޓްރައިބިއުނަލްގެ ގަވާއިދުގެ 105 ވަނަ މާއްދާގެ ދަށުން ބަދަލު ދިނުމުގެ އަމުރު ނެރުމާއި ބަދަލުގެ މިންވަރު ކަނޑައެޅުމުގެ އިޚްތިޔާރީ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 72-74) (އަޣުލަބިއްޔަތު)
- މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ހާލަތުގައި މުވައްޒަފު ވަޒީފާއަށް ރުޖޫޢަ ނުކުރެވޭނެ، ދެވޭނީ ހަމައެކަނި ބަދަލެވެ؛ އެ ބަދަލަކީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެ މުއްދަތަށް ރިޢާޔަތްކޮށް ދެވޭ، މައުޟޫޢީ ޢަދުލުވެރިކަން ނެތް ހާލަތަށްވުރެ ލުއި، ރަމްޒީ ބަދަލެކެވެ؛ މިފަދަ ހާލަތުގައި ބަދަލު ނަގައިދިނުމަކީ ޤާއިމުވެފައިވާ އުޞޫލަކަށް ވާތީ، ޚާއްޞަކޮށް ބަދަލަށް ނާދެވުނަސް ހަމަ އަސާސީ (އެއް މަސްދުވަހުގެ) ބަދަލު ދިނުމަކީ ޓްރައިބިއުނަލުގެ އިޚްތިޔާރުގެ ތެރެއިން ކުރެވޭނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 76-77، 81، 83، 86-89) (އަޣުލަބިއްޔަތު)
- ބަދަލުގެ މިންވަރު ސަބަބުވެރި އަދަދަކަށް ބިނާނުވެ، ޖާއިޒު ސަބަބެއް ބަޔާންކޮށްފައި ނުވާނަމަ އެއީ ބަހުސްކުރެވޭނެ ދާއިރާއެކެވެ؛ ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެ އެކަށީގެންވާ މުއްދަތާ ގުޅޭ އެއް މަސްދުވަހުގެ މުސާރައާއި އިނާޔަތަކީ އެންމެ ލުއި، އެކަށީގެންވާ މިންވަރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 87-88) (އަޣުލަބިއްޔަތު)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 09/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް އެދި މާލެ ހައި ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، […] / ޑރ. މުޙައްމަދު މުނީޒް އެވެ.
2ޑރ. މުޙައްމަދު މުނީޒްއަކީ، މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ހިންގާ މަންދު ކޮލެޖުގެ ޕްރޮވޯސްޓް އެކެޑެމިކް ގެ މަޤާމުގައި 29 ޑިސެންބަރު 2018 އިން ފެށިގެން ވަޒީފާއަދާކުރަމުން ދިޔަ ފަރާތެކެވެ.
3ޑރ. މުޙައްމަދު މުނީޒް، އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން، 23 ޑިސެންބަރު 2020 ގައި ވަކިކޮށްފައިވެއެވެ.
4ޑރ. މުޙައްމަދު މުނީޒ ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށް ބުނެ އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 09/VTR/2021 މައްސަލައިންނެވެ.
5މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 09/VTR/2021 މައްސަލަ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ދަޢުވާ އާއި ޓްރައިބިއުނަލްގެ ނިންމުން
6[…] / ޑރ.މުޙައްމަދު މުނީޒް މާލެހައި ޕްރައިވެޓް ލިމިޓެޑްއިން ހިންގާ މަންދު ކޮލެޖުގެ ޕްރޮވޯސްޓް އެކެޑެމިކްގެ މަޤާމުގައި 29 ޑިސެމްބަރު 2018 އިން ފެށިގެން ވަޒީފާއަދާކުރަމުން ދަނިކޮށް، ދެފަރާތުގެ ރެޖިސްޓްރޭޝަން ނަންބަރު 0122/2010-C އައިޑީކާޑު ނަންބަރު […] ދެމެދުވެފައިވާ އެއްބަސްވުމާ ޚިލާފަށް 23 އޮކްޓޯބަރ 2020 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ އާއި، ވަޒީފާއިން ވަކިކުރިއިރު އެފަރާތަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދީފައިނުވާތީ، ޑރ.މުޙައްމަދު މުނީޒަށް މުސާރަ އާއި އިނާޔަތުގެގޮތުގައ ލިބެންޖެހި ފައިސާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލިބިދިނުމަށާއި، ކޮވިޑް-19 ގެ ހާލަތު ނިމެންދެން އެ ފަރާތަކީ ވަޒީފާގައި ދެމިހުރި މީހެއްކަމަށް ކަނޑައަޅައިދިނުމަށާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށްޓަކައި ޚަރަދުވި ފައިސާ ނަގައިދިނުމަށް އެދި، 20 ޖަނަވރަ 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދަޢުވާ އުފުލާފައިވެއެވެ.
7އިސްވެ ބުނެވުނު ދަޢުވާއާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލނު ނިންމާފައިވަނީ ޑރ.މުޙައްމަދު މުނީޒް އަދާކުރަމުންދިޔަ މަޤާމުން އޭނާ ވަކިކޮށްފައިވަނީ ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން، ހަޤީޤަތުގައިވެސް ކުންފުނި ރީސްޓްރަކްޗަރ ކުރަންޖެހުމުގެ ސަބަބުންކަން އެނގެން އޮތަތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކނަ (substantive fairness) ޤާއިމުކޮށްފައިކަމަށެވެ.
8ނަމަވެސް، ޑރ.މުޙައްމަދު މުނީޒް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން (procedural fariness) ޤާއިމުކުރުމެއްނެތި ކަމަށް ބުރަވެވޭތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އޭނާއަށް ޢަދުލުވެރި ބަދަލެއް ނަގައިދިނުމަށް ބުރަވެވޭތީ، މައްސަލަ ހުށަހެޅި ފަރާތަށް މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ -16,800/ރ. (ސޯޅަހާސް އަށްސަތޭކަ ރުފިޔާ) އަދި އިނާޔަތުގެ ގޮތުގައި ޖެހޭ -8,500/ރ. (އަށްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނިސްބަތުން 1 (އެކެއް) މަސްދުވަހުގެ މުސާރައިގެ ގޮތުގައި ޖެހަ -25,300/ (ފަންސަވީސްހާސް ތިންސަތޭކަ ރުފިޔާ) އަކީ މައްސަލަ ހުށަހެޅި ފަރާތަށް ބަދަލެއްގެ ގޮތުގައި ނަގައިދޭން އެކަށީގެންވާ ޢަދަދެއްކަމުގައި ކަނޑައަޅާފައިވެއެވެ.
9އަދި އެ ފައިސާ 24 މޭ 2022 އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ޑރ.މުޙައްމަދު މުނީޒަށ އެކް އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި މާލެ ހައި ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް އަންގާ އަމުރުކޮށް، މައްސަލަ ނިންމާފައިވެއެވެ.
10އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.10 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/180 ޤަޟިއްޔާގެ ނިންމުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށް މި މައްސަލައިގައި ތަޠުބީޤުކޮށްފައިވާކަމަށ ބުން ހުށަހެޅި ނުކުތާ؛ އާއި
2.10 މައްސަލަ ހުށަހެޅި ފަރާތަށް އެއް މަސްދުވަހުގެ މުސާރަ ބަދަލެއްގެ ގޮތުގައި ނަގައިދީފައިވަނީ، ބަދަލެއް ނަގައިދޭންޖެހޭ ޤާނޫނީ އަސާސެއްނެތި، ބަދަލުގެ މިންވަރު ހިސާބުކޮށްފައިވާ ގޮތް ބަޔާންކުރުމަކާވެސް ނުލައި، އަދި މައްސަލަ ހުށަހެޅި ފަރާތުން ބަދަލަކަށް އެދިފައިވެސް ނުވަނީސް، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އާ އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަނޑައަޅާފައިވާ ޝަރީޢަތްކުރުމާބެހޭ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
3.10 ބަދަލު ދިނުމަށް ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ ދެ ޚަސްމުންކުރެ ޚަސްމަކަށް ބަސްބުނުމުގެ ފުރުޞަތު ލިބިފައިނުވާ ނުކުތާއެއްގެ މައްޗަށް ކަމަށްބުނެ ހުށަހެޅި ނުކުތާ؛ އަދި
4.10 ކުންފުނިން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންކަން އެނގެން އޮތްއިރު، އަދި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެ ފަރާތަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ގޮތުން ނޫންކަމާއި، އެކަން ކޮށްފައިވަނީ، ރަނގަޅު ސަބަބެއް އޮވެގެން ކަމުގައި ކަނޑައެޅުމަށްފަހު، މާލެ ހައި ޕްރައިވެޓް ލިމިޓެޑނު ޚިލާފުވީ ޤާނޫނެއް ނުވަތަ ކުޅަ ކުށެއް ޤާއިމްކުރުމެއްނެތި އެހެން ފަރާތެއްގެ މައްޗަށް ނިންމާފައިވާ މަތީ މަރުޙަލާގެ ކޯޓެއްގެ ނިންމުމަށް ކުންފުނިން ޢަމަލުކޮށްފައިނުވާކަމަށް ބުނެ، ކުންފުންޏަށް ދޭ އަދަބެއްގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތަށް ބަދަލެއް (punitive damages) ނަގައިދީފައިވާކަމަށ ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
11މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށުމަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ކަމާއި، އެ މާއްދާގައި އެ އޮންނަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ހުރިހާ ބާވަތެއްގެ ނިންމުންތަކގު ވާހަކަ ނ ންކަމަށާއި، އެ މާއްދާގައި ބުނެފައިއެވަނީ ހަމައެކަނި، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ ޤާނޫނެއްގެ މާއްދާއެއް މާނަކުރައްވާ މަތީކޯޓަކުން ނިންމާފައި ހުންނަ ނިންމުންތަކުގެ ވާހަކަކަމަށ މާލް ހައި ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރެއެވެ. މީގެ އިތުރުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/180 ޤަޟިއްޔާއަކީ، އެފަދަ ނިންމުމެއް ނޫންކަމުން، އެ ނިންމުމަކީ މި މައްސަލައިގެ ވާޤޢިތަކަށ ޓްރައިބިއުނަލުން ތަޠުބީޤުކުރަންޖެހޭ ނިންމުމެއް ނޫންކަމަށެވެ.
12ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ)، (ށ)، (ނ) ގައި ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތައް މާނަކުރުމާ ގުޅޭ އުސޫލުތައް ކަމުން، ޤާނޫނުތައް ފަރުމާކުރުމުގެ ހަމަތަކަށް ބަލާއިރު، އެ މާއްދާގެ
(ރ) ގައި ޤާނޫނު މާނަކުރުމުގެ މަފްހޫމުން ބޭރު އެހެން މައުޟޫއެއްގެ ވާހަކަ ނުހިމެނޭނެކަމަށް މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
13ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާގެ 48 ވަނަ ނަންބަރުގައި، "ކޯޓުން ކަނޑައަޅާ ޢާންމު އުޞޫލެއް ހުރިހާ ބާވަތެއްގެ މައްސަލަތަކަކަށްވެސް ތަޠުބީޤު (apply) ކުރެވިދާނެއެވެ. މިސާލަކަށް ވަކި ޤާނޫނެއްގެ ވަކި މާއްދާއެއް ތަޠުބީޤުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން މަތީ މަރުޙަލާގެ ކޯޓަކުން ކަނޑައަޅާފައިވާނަމަ، މާނަކުރެވުނ މާއްދު ތަޠުބީޤުކުރަންޖެހޭ ކޮންމެ ބާވަތެއްގެ މައްސަލައަކަށްވެސް އެ އުޞޫލު ހިނގާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމަށާއި، މި ބާވަތުގެ ނިންމުންތައް ފިޔަވައި މަތީ މަރުޙަލާގެ ކޯޓަކުން ބަލާފައިވާ މައްސަލައެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަންވާނެކަމަށް ބަޔާންކޮށް ނިންމާފައި ހުންނަ ނިންމނު ދަށް މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލުން ތަޠުބީޤުކުރާނަމަ، ކޯޓުތަކަށް ޤާނޫނު ހެދުމުގެ ބާރު ލިބުނީކަމަށ މާލް ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރެއެވެ. ނަމަވެސް، ކޯޓުތަކަށް ޤާނޫނުހެދުމުގެ ބާރު ލިބިގެންނުވާކަމާއި، އެ ބާރު އޮންނަ ހަމައެކަނި މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީސްކަން ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) ގައި ސާފުކޮށް ބަޔާންކޮށްފައިވާކަމާއި، މިކަމަކީ އެއާމެދު ސުވާލު އުފައްދާނެ ޖާގައެއް އޮތް ކަމެއް ނޫންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
14ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)، މި މައްސަލައިގައި ޓްރައިބިއުނަލުން މާނަކޮށް ތަޠުބީޤުކޮށްފައިވާ ގޮތަކީ، ޞައްޙަ ގޮތެއްކަމުގައި ބަލާނަމަ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ބާރު ކެނޑުނީކަމަށްވެސް ދެވަނަ ނުކުތާއާގުޅޭ
15ޑރ. މުޙައްމަދު މުނީޒށަ 1 (އެކެއް) މަސްދުވަހުގެ މުސާރަ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމިއިރު، އެއީ ކޮން ބާވަތެއްގެ ބަދަލެއް ކަމެއް ބަޔާންކޮށްފައިނުވާކަމާއި، އެއީ ގެއްލުމުގެ ބަދަލެއް ނަމަ ވެފައިވަނީ ކޮން ގެއްލުމެއްކަންވެސް ބަޔާންކުރަންޖެހެނޭކަމަށާއި، އަދި އެއީ ކުންފުނިން ޤާނޫނާ ނުވަތަ ކޮންޓްރެކްޓާ ޚިލާފުވެގެން ލިބުނު ގެއްލުމެއްކަން ޤާއިމުވާންޖެހޭ ކަމަށް ވީނަމަވެސް، މިފަދަ ކަމެއް ފާހަގަކޮށްފައިނުވާކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން ބަދަލަކަށް އެދިފައިވެސް ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. އެހެންކަމުން، މިއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާގައި، ހުށަހެޅިފައިނުވާ މައްސަލައަކަށް ޙުކުމް ނުކުރުން ހިމެނޭކަމަށވެސް ފާހަގަކޮށްފައިވެއެވެ.
16ބަދަލުގެ ގޮތުގައި އެއްމަސްދުވަހުގެ މުސާރަ ނަގައިދީފައިވާއިރު، މެންބަރުން އެ ޢަދަދަށް ވާސިލްވި ގޮތެއް ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
17ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2020/SC-A/100 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 33 ވަނަ ނަންބަރުން 35 ވަނަ ނަންބަރާ ދެމެދު ފާހަގަކޮށްފައިވާ ކަންކަން ބަޔާންކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކޮށްފައިމިވާ މައްސަލައިގައި، ވަޒީފާއާބެހޭ ޤާނޫނުގެ 82 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެއް މަސްދުވަހުގެ މުސާރަ ބަދަލެއްގެ ގޮތުގައި ނަގައިދީފައިވާކަމާއި، އެ އަކުރުގައި އޮންނަނީ "މ ޤާނޫނުގި ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން ޓްރައިބިއުނަލނު ބެލުމަށް ކަނޑައަޅު މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސލަތައަ ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ." މިފަދައިންކަމަށެވެ. މިއަކުރުގައި ބުނެފައިވަނީ "ރަނގަޅުކަމަށް ފެންނަ ގޮތް" ރަނގަޅުވާ ގޮތެއް ބުނެދިނުމަކާނުލައި، ހިތަށް ފެންނަހައި ގޮތަކަށް މައްސަލަ ނިންމުމުގެ ބާރު ޓްރައިބިއުނަލަށް ލިބޭ ވާހަކަ ނޫންކަމާއި، "ރަނގަޅު ކަމަށް" ފެންނަން ވާނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ޝަރީޢަތެއް ހިންގައި، އެ ބަލާ މައްސަލައަކާ ގުޅޭ ޤާނޫނުތަކގު މާއްދާތައް މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށް ތަޠުބީޤުކުރުމުން އަންނަ ނަތޖާއެއްކަމާއ އަދި ނިންމުމުގައީ ނަތީޖާއަށް ވާސިލުވި ގޮތް މައްސަލއިގަ ޚަސްމުންނަށެ ފަސޭހައިން ދޭހަވާން މޭރުމަކުން ތިލަބަހުން ބަޔާންކޮށްދީފައި އޮންނަންވާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/180 ޤަޟިއްޔާގެ ނިންމުން މި މައްސަލައިގެ ވާޤިއާތަކުގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީވެސް، އެ ނިންމުން އެމައްޗަށް ބިނާކޮށްފައިވާ އުސޫލަށް (ratio decidendi) ބެލުމެއް ނެތި ހަމައެކަނި އެ ނިންމުމުގެ ދެލިގަނޑަށް ބަލައިގެންކަމާއި، ހައިކޯޓުގެ ނިންމުން އެމައްޗަށް ބިނާކޮށްފައިވާ އުސޫލަކީ، ރިޑަންޑަންސީގެ އުސޫލުން މުވައްޒަފުން ވަކިކުރާނަމަ، އެކަމާބެހޭ މަޢުލޫމާތު އެ މުވައްޒަފުންނަށް ދުރާލައި އެނގިފައި އޮތުން ކަމާއި، މައްސަލައިގައި ހުށަހެޅުނު ހެކިތަކާއި، ދައްކާފައިހުރި ވާހަކަތަކަށް ބެލުމުން، ރިޑަންޑަންޓްވާ ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އެކަން އަންގައި، ކުންފުނިން ނިންމި ނިންމުމަށް އެމީހުންގެ ރުހުން ހޯދާފައިވާކަމާއި، ޑރ.މުޙައްމަދު މުނީޒ ވަޒީފާއިން ވަކިކުރި ކުރުމާމެދު އެއްވެސް އިރެއްގައި އިންކާރުކޮށް މައްސަލައެއް އުފުލާފައި ނުވާކަން އެނގޭކަމަށް އޮންނަކަމަށް ތިންވަނަ ނުކުތާއާގުޅް
19ޓްރައިބިއުނަލުން މައްސަލަ ހުށަހެޅި ފަރާތަށް ބަދަލުނަގައިދިނީ ހައިކޯޓުގެ ޤަޟިއްޔާއެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކެއް މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ކޮށްފައިނުވާކަމަށް ބުނެ ކަމަށްވާއިރު، އެއީ މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ނުކުތާއެއް ނޫންކަމާއި، މައްސަލައިގެ އެއްވެސް ހިސާބެއްގައި، މައްސަލަ ބެލި މެންބަރު އެކަނި ވެފައި އޮތްގޮތެއ ސާފުކުރުމަށް އެއްވެސް ސުވާލެއް ކޮށްފައިނުވާކަމާއި، އެހެންކަމުން، މި ނުކުތާ ނަފީކުރުމަށް ނުވަތަ މިނުކުތާއާ މެދު ކުންފުނިން ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު ކުންފުންޏަށް ލިބިފއިނުވާކަމަށަ މާލް ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
20ޓްރައިބިއުނަލްގެ މައްސަލައިގެ ނިންމުމުގައިވާ ބަދަލުދިނުމާގުޅޭ ނިންމުން އެ މައްޗަށް ބިނާކޮށްފައިވާ ނުކުތާއާމެދު މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ބަހެއް ހޯދުމަކާނުލައި، މައްސަލަ ހުށަހެޅި ފަރާތަށް އެއް މަސްދުވަހުގެ މުސާރަ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށް ހަތަރުވަނަ ނުކުތާއާ ގުޅޭ
21ޓްރައިބިއުނަލްގެ ނިންމުމުގައި، މައްސަލަ ހުށަހަޅާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން ހަގީގަތުގައިވެސ ކުންފުން ރީސްޓްރަކްޗަރ ކުރަންޖެހުމުގެ ސަބަބުން ކަމުގައި ޓްރައިނިއުނަލުނ ކަނޑައަޅާފައިވް ކަމާއި، މީގެ އިތުރުން އެފަރާތް ވަޒީފާއިން ވަކިކުރުމުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމާ ކުންފުނިން ޚިލާފުވެފައިވާ ކަމަކަށްވެސް ޓްރައިބިއުނަލުން ބުނެފައިނުވާކަމަށާއި، އެހެންކަމުން، މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ގަބޫލުކުރެވެނީ ޓްރައިބިއުނަލުން ނަގާދީފައިވާ ބަދަލަކީ އެ ކުންފނިނު ކުރަންޖެހޭކަމަށް ޓްރައިބިއުނަލަށް ގަބޫލުކުރެވޭ ކަމެއް ނުކުރުމުގެ ސަބަބުން އަދަބެއްގެ ގޮތުގައި ނަގައިދީފައިވާ ބަދަލެއް (punitive damages) ކަމަށް ފާހަގަކޮށްފައިވެއެވެ.
22އަދަބެއް ކަނޑައެޅުމުގެ ގޮތުން ނަގައިދެވޭ ބަދަލަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓަ ބެހޭ ޤާނޫނު ދަންނަ މަފްހޫމެއާ ނޫންކަމާއި އަދި ވަޒީފާއާބެހޭ ޤާނޫނުގައިވެސް މި ބާވަތުގެ ބަދަލުގެ ވާހަކައެއް ހިމެނިފައިނުވާކަމަށް
23ތަހުޒީބު މުޖުތަމަޢުތަކުގައި ވެސް ކޮންޓްރެކްޓާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތަކުގައި، އަދަބެއްގެ ގޮތުގައި ބަދަލެއް ނުދޭކަމާއި، ޢާންމު ގޮތެއްގައި މިބާވަތުގެ ބަދަލަކީ ގަސްތުގައި މީހަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން ނަދައިދެވޭ ބަދަލެއްކަމާއި، އެހެނީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި އެއްވެސް މީހަކަށް އެއްވެސް އަދަބެއް ދޭންވާނީ ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދައި ޢާންމުކޮށް ޝާޢިއުކޮށްފައިވާ ޤަވާޢިދެއްގައި މަނާކުރާ ކަންތަކާއި، އެކަމަކަށް ކަނޑައެޅޭ އަދަބު ސާފުކޮށް ބަޔާންކޮށްފައި އޮވެގެން ކަމަށް އޮންނަކަމާއި، މި މައްސަލައިގައި ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ބަދަލަކީ ކޮން ޤާނޫނެއް ނުވަތަ ކޮން ޤަވާޢިދެއްގައި ބަޔާންކޮށްފައިވާ ކޮން ކަމެއް ކަމާއި، ކޮންތާކު ބަޔާންކޮށްފައި އޮތް އަދަބެއްކަން އެނގޭކަށް ނެތްކަމާއި އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އިން މިބާވަތުގެ ބަދަލު ނަގައިދިނުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ ކަމުގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ނުދެކޭކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
24އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ؛ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 9/VTR/2021 މައްސަލައިގެ ނިންމުމުގައި، މައްސަލަ ހުށަހެޅިފަރާތަށް މި ކުންފުނިން އެއްމަސްދުވަހުގެ މުސާރަ ދޭންޖެހޭ ކަމަށް ކަނޑައަޅުއްވައި ނިންމާފައިވާ ބައި ބާޠިލްކޮށްދެއްވުން؛ އިސްތިއުނާފުމިކުރެވޭ މައްސަލައިގައި، ހައިކޯޓުން ފައިސަލާކުރަނިވި ޙުކުމެއް ކުރައްވަންދެން، މައްސަލަ ހުށަހެޅި ފަރާތަށް، އެއްމަސްދުވަހުގެ މުސާރަ، 14 ދުވަހުގެތެރޭގައި ދިނުމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ކަނޑައަޅާފައިވާ ބައި ތަންފީޛުކުރުން މަޑުޖައްސާލުމުގެ ވަގުތީއަމުރެއް ނެރެދެއްވުން؛ އިސްތިއުނާފުމިކުރެވޭ މައްސަލައަކީ، އެއްވެސް އަސާސެއް ނެތް (malicious and vaxatious claim) މައްސަލައެއް ކަމުގައި ކަނޑައަޅުއްވައި، މީގެ ސަބަބުން މި ކުންފުނީން ޓްރައިބިއުނަލްގައްޔާ އ އަދި އިސްތިއުނާފުކުރުމަށް ކުރާންޖެހުނު ބުރަ މަސައްކަތާއި، ވަކީލުންގެ ޚަރަދަށް ހިނގި ޚަރަދުގެ ރަމްޒީ ބަދަލެއްގެ ގޮތުގައި -100/ރ (ސަތޭކަ ރުފިޔާ) ދަޢުވާލިބޭ ފަރާތުނު މި ކުންފުންޏަށް ދޭންޖެހޭ ކަމުގައި ކަނޑައަޅުއްވައިދެއްވުން." އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން
25ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/180 ޤަޟިއްޔާގައިވާ ގޮތުން، ރީސްޓްރަކްޗަރ ކުރުމަށް ނިންމާފައިވާނަމަ، އެކަން ލިޔުމުން މުވައްޒަފުންނަށް ސާފުކޮށްދޭންޖެހޭނެކަމަށް ބަޔާންކޮށްފައވާއިރު އެގޮތަށި މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދީފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ރީސްޓްރަކްޗަރ ކުރުމަށް ނިންމާފައިވާ ނިންމުންކަމަށް ބުނެ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ކުރެހުން ނުވަތަ ޗާޓުގައި، އ4 ގަނޑެއްގައި ކުރަހަލާފައިވާ ކުރެހުމެއް ފިޔަވައި ކުންފުނިން އެކަން ނިންމި ދުވަހެއް، ކުންފުނީގެ ސްޓޭމްޕެއް، ކުންފުނީގެ ލެޓަރ ހެޑެއް، މިއނި އެއްވެސް އެއްޗއެ ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުނަ ފާހަގަކޮށްފައިވެއެވެ. އެގޮތަށް ނިންމަން ޖެހުނު މާލީ ސަބަބު ބަޔާންކޮށް ހުށަހަޅާފައިވާ ޑޮކިއުމަންޓަށް ބަލާއިރު މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ އެމް.ޑީގެ ސޮއި ފިޔަވައި، ލެޓަރ ހެޑް، ނިންމި ތާރީޚު އަދި އެކަންދިމާވި ޙާލަތު ބަޔާންކޮށްފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން
26މުވައްޒަފުންނާ ކުރެވިފައިއޮތް ހަމައެކަނި މުޢާމަލާތަކީ އަހަރުގެ ކުރީކޮޅުގައި، މާލީ ދަތިތަކެއް ހުރީމަ ކޮންމެ މުވައްޒަފެއްގެ މުސާރައިންވެސ ކޮންމެވެސް ވަރެއް އުނކުރަމުންދާނެކަމަށް އަންގާފައިވުނިކަމާއި، އެއަށްފަހު ހާލަތު ރަނގަޅުވިހާ އަވަހަކަށް އެ އަދަދުތައް އަނބުރާ ކޮންމެ މުވައްޒަފަކަށްވެސް ދެމުންދާނެކަމަށް އަންގާފައިވާކަމަށާއި، އެ މުޢާމަލާތް ފިޔަވައި ރީސްޓްރަކްޗަރ ކުރަންޖެހޭ އެއްވެސް ސަބަބެއް މުވައްޒަފުންނަށް އަންގާފައިނެތްކަމަށއާ އެހެންކަމުން، ރިޑަންޑަންސީގެ ހާލަތު ސާބިތުކޮށްދެވިފައިނުވާކަމަށް ދެކޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
27މި މައްސަލައިގައި ދެފަރާތަށްވެސް އެކަށީގެންވާ ވަރަށް ހެކި ހުށަހެޅުމަށް ފުރުސަތު ދެވުނު ކަމާއި، ޝަރީޢަތުގެ ވަރަށް ގިނަ ވަގުތު ޓްރައިބިއުނަލްގައި ހޭދަވެގެންދިޔަކަމާއި، އެހެންކަމުން، އިންސާފުވެރިކަމާއެކު ޝަރީޢަތްކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ޓްރައިބިއުނަލްގައި ކުރެވިފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޤަބޫލުކުރާކަމާއި، އެ ފަރާތުން ހުށަހަޅަން ބޭނުންވި އެއްވެސް ހެއްކެއް ހުށަހަޅަން ބޭނުންވެ ހުށަނޭޅި އޮތްކަމެއް އެއްވެސް ޝަރީޢަތަކުން އެނގިފައި ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން
28އިސްތިއުނާފުރައްދުވ ފަރާތާ ވަޒީފާއަށް އެކަށީގެންނުވުންފަދަ އެއްވެސް ހާލަތެއް ނެތްކަމާއި، އެއްވެސް ކަހަލަ ޑިސިޕްލިނަރީ އިޝޫއެއް ނެތްކަމަށާއި، އަދި އެފަދަ ކަމަކާ ގުޅިގެން މުޢާމަލާތެއް ވެސް ކޮށްފައިނުވާތީ، ވަޒީފާއިން ވަކިކުރަންޖެހޭފަދަ ހާލަތެއް ނެތްކަން އެނގޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
29ކޮވިޑުގެ ހާލަތުގައި ސަރުކާރުން ދޫކުރި ލޯނު މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާކަމާއި، އެ ލޯނުގެ ޝަރުޠެއްގެ ގޮތުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރުން ހިމަނާފައިވާތީ، ވަޒީފާއިން ވަކިކުރެވޭނެ ގޮތެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ފޯނުން ގުޅާ އިސްތިއުފާ ދިނުމަށް އެދުނު ކަމަށާއި، ލިޔުމުން، އެއަށް ރައްދު ދިނުމުގެ ގޮތުން، އީމެއިލް މެދުވެރިކޮށް، އިސްތިއުފާ ދިނުމަށް ބޭނުންނުވާކަމަށް ބުނެފައިވާނެ ކަމަށާއި، އޭގެ ފަހުން ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދީފއިވާކަމަށަ އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
30ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމުން، 2021 ވަނަ އަހަރު ޖަނަވަރީ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އަންގާފައިވާކަން، އަދި ނުލިބިއްޖެނަމަ ޓްރައިބިއުނަލަށް ދިޔުމުގެ ފުރުޞަތު އޮތްކަމަށް އަންގާފައިވާކަމަށްވެސް އިސްތިއުނާފު ރައްދުވާ ފަރާތުން
31މައްސަލަ ހިނގަމުންދިޔައިރު ޗެކެއްގެ ސިފައިގ ފައިސާ ފޮނުވިކަމާއި، ޓްރައިބިއުނަލް ހިއްސާ ކުރުމަށްފަހު އެ ޗެކު ބަލައިގެންފައިވާކަމާއި އެ ފައިސާ ސެޓް އޮފް ކޮށްފައިވާނެކަމަށާއި، އަދި އެހުރިހާ ކަމަކަށް ރިޢާޔަތްކުރުމަށްފަހު، 1 މަސްދުވަހުގެ މުސާރަ ނަގައިދީފައިވާކަމަށް ޑރ. މުޙައްމަދު މުނީޒްގެ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
32ޓްރައިބިއުނަލްގެ ނިންމުން ބަދަލުކުރަންޖެހޭ ޤާނޫނީ ހަމައެއް ނެތަތީ ޓްރައިބިއުނަލްގެ ނިންމުން ދެމެހެއްޓުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ.
33މި ޤަޟިއްޔާގައި މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ:
1.33 ޑރ. މުޙައްމަދު މުނީޒ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމކޮށްފައިނުވާކަމަށު ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/180 ޤަޟިއްޔާގެ ނިންމުން، މި މައްސަލައިގައި ތަޠުބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށްތޯ؛ އަދި
2.33 ބަދަލު ނަގައިދިނުމަށް ނިންމާފައިވަނީ އެއްވެސް ޤާނޫނީ އަސާސެއް ނެތި، ހަވާލާދީފައިވާ ޤާނޫނުތަކާ ޚިލާފަށތް މި ދެނުކުތާއެވެ. ޑރ. މުޙައްމަދު މުނީޒ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައެޅުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2011/HC-A/180 ޤަޟިއްޔާގެ ނިންމުން، މި މައްސަލައިގައި ތަޠުބީޤުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށްތޯ ބަލައި ވަޒަންކުރުން
34މި އިސްތިއުނާފީ ނުކުތާގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/180 ޤަޟިއްޔާގެ ނިންމުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށް، މި މައްސަލައަށް ޓްރައިބިއުނަލުން ތަޠުބީޤުކޮށްފައިވާކަމަށ ބުން ހުށަހަޅާ ހުށަހެޅުމެކެވެ.
35ޓްރައިބިއުނަލުން އިސްވެ ބުނެވުނު ޤަޟިއްޔާއަށް ރިޢާޔަތްކޮށްފައިވާ ގޮތަށް ބަލާއިރު، ޓްރައިބިއުނަލްގެ ނިންމުމުގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ؛ "ރިޑަންޑަންސީ (redundancy) ގެ ޙާލަތުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައިވާކަމުގައި އާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ ވަޒީފާދޭ ފަރާތުން އަންނަނިވި އިޖުރާއަތުތައް ފުރިހަމަކޮށްފައިވާނަމަކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/180 ޤަޟިއްޔާއިން އެނގެން އޮވެއެވެ.
1.ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވުން؛ އަދި
2. ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވުން، އަދި
3.ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވޭނީ، ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށްވުމާއެކު، ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރީން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރީން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެ ޤާނުނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދީފައިވުން، އަދި
4.ރިޑަންޑަންޓްވެގެނ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެ ޢިނާޔަތްތައް ލިބިދެވޭނެގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އެނގިފައިވުން."
36ބުނެވިދިޔަ ކަންކަން ބަޔާންކުރުމަށްފަހު، "ހުށަހެޅިފައިމިވާ މައްސަލައިގައި އިޖުރާއީ ޢަދުލުވެރި ކަން ޤާއިމުކޮށްފައިވޭތޯ ބަލައި، ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވީނަމަވެސް، ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓްވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި އުޞޫލުތަކަކީ ކޮބައިކަން މައްސަލަ ހުށަހެޅި ފަރާތަށް ކުރިއާލާ އަންގާފައިވާކަން އެނގެނެ ނެތްކަމާއި، އަދި މައްސަލަ ހުށަހެޅި ފަރާތް ރިޑަންޑަންޓްކުރުމަށް ނިންމާފައިވަނީ ކިހިނެއްކަން އެފަރާތަށް ކުރިއާލާ އަންގާފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައިވާކަމަށް ބުރަނުވެވެއެވެ." މިގޮތަށް ކަނޑައަޅާފައިވެއެވެ.
37އިސްތިއުނާފުކުރާ ފަރާތުން ބުނާ އެއްވާހަކައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައި އެ އޮންނަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ހުރިހާ ބާވަތެއްގެ ނިންމުންތަކުގެ ވާހަކައެއްނޫންކަމަށެވެ. އެ މާއްދާގައި ބުނެފައި އެވަނީ، ހަމައެކަނި ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ ޤާނޫނެއްގެ މާއްދާއެއް މާނަކޮށް މަތީ މަރުޙަލާގެ ކޯޓަކުން ނިންމާފައި ހުންނަ ނިނމުންތަކުގް ވާހަކަކަމަށެވެ.
38އެ ބުނުމުގެ ޙުއްޖަތެއްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 48 ވަނަ ނަންބަރުގެ އެއްބަޔެވެ. އެއީ އެ ނަންބަރުގައި ބަޔާންކޮށްފައިވާ "ކޯޓަކުން ކަނޑައަޅް ޢާންމު އުޞޫލެއް ހުރިހާ ބާވަތެއްގެ މައްސަލަތަކަކަށްވެސް ތަޠުބީޤު (apply) ކުރެވިދާނެއެވެ. މިސާލަކަށް ވަކި ޤާނޫނެއްގެ ވަކި މާއްދާއެއް ތަޠުބީޤުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން މަތީ މަރުޙަލާ ކޯޓަކުން ކަނޑައަޅާފައިވާނަމަ، މާނަކުރެވުނ މާއްދު ތަޠުބީޤުކުރަންޖެހޭ ކޮންމެ ބާވަތެއްގެ މައްސަލައަކަށްވެސް އެ އުޞޫލު ހިނގާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާ ބަޔެވެ.
39އިސްތިއުނާފުކުރާ ފަރާތުން ބުނާ އަނެއް ވާހަކައަކީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ ޤާނޫނެއްގެ މާއްދާއެއް މާނަކޮށް ނިންމާފައިވާ ނިންމުންތައް ފިޔަވައި، މަތީ މަރުޙަލާގެ ކޯޓުތަކުން ބަލާފައިވާ މައްސަލައެއްގައި ވަކި ކަމެއް ވަކިގޮތަކަށް ކުރަންވާނެކަމަށް ބަޔާންކޮށް ނިންމާފައި ހުންނަ ނިންމުންތައް ދަށު މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ތަޠުބީޤުކުރާނަމަ، ކޯޓުތަކަށް ޤާނޫނު ހެދުމުގެ ބާރު ލިބުނީ ކަމަށް ބުނާ ވާހަކައެވެ. އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)، އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ޓްރައިބިއުނަލުން މާނަކޮށް ތަޠުބީޤުކޮށްފައިވާ ގޮތަކީ ޞައްޙަ ގޮތެއްކަމުގައި ބަލާނަމަ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ބާރު ކެނޑުނީކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
40ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "143. (ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނުއަސާސީ އާ ހިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށެވެ .
(ށ) ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ގާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ގާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތައާރުޒްވާކަމެއް ނޫނެވެ .
(ނ) ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުހަލާއަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވެއެވެ .
(ރ) މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ ."
41ޕްރިސިޑެންސް 1ބުނެވިދިޔަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ." މިފަދައިންނެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނާގޮތާ ޚިލާފަށް އެ މާއްދާގައި ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނުގެ މާއްދާއެއް މާނަކޮށް ނިންމާ ނިންމުންތަކާއި އެނޫން ނިންމުންތައް ފަރަޤުކޮށް ވަކި ނިންމުންތަކަކަށް އެ މާއްދާ ޚާއްޞަކޮށްފައިވާތީއެއ އަހުރެންނަކަށް ނުފެނެއެވެ. އަހުރެންނަށް ފެންނަނީ އެ ދުސްތޫރީ ނައްސު ވަރަށް ސާދާކަމަށެވެ. އަހުރެންނަށް ފެންނަނީ އެ ދުސްތޫރީ ނައްސު ޢާންމުކަމަށެވެ. އެހެނީ، އެ ނައްސުގައ އޮތި ނިންމުންތަކުގެ ވާހަކަ ކަމުގައިވާތީއެވެ. ވަކި ޚާއްޞަ ބާވަތެއްގެ ނިންމުންތަކުގެ ވާހަކަ ކަމުގައި ނުވާތީއެވެ.
42އިސްތިއުނާފުކުރާ ފަރާތުން ބުނާފަދައިން އެ މާއްދާ މާނަކުރަންޖެހޭކަން އެ މާއްދާގެ އެއްވެސް ލަފުޒަކުން ފެންނާކަށް ނެތެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނާފަދައިން އެ މާއްދާ މާނަކުރަންޖެހޭކަން އެ މާއްދާގެ އެއްވެސް ޢިބާރާތަކުން ފެންނާކަށް ނެތެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނާފަދައިން އެ މާއްދާ މާނަކުރަންޖެހޭކަން މާއްދާގެ އެއްވެސް ދޭހައަކުނ އެނގޭކަށް ނެތެވެ.
43ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ "ނިންމުންތައް" އެއީ ޤާނޫނުއަސާސީގެ މާއްދާއެއް މާނަކޮށް ނިންމާ ނިންމުމެއްކަމުގައިވިޔަސ ނުވަތް ޤާނޫނެއްގެ މާއްދާއެއް މާނަކޮށް ނިންމާ ނިންމުމެއްކަމުގައިވިޔަސ ނުވަތް ޤާނޫނަ މަފްހޫމެއް ބަޔާންކޮށް ނިންމާ ނިނމުމެއްކަމުގައިވިޔަސް ނިންމާ ކޮންމެ ނިންމުމެއް ޝާމިލުވާނެހެނ ބަޔާންކޮށްފައިވް ނިންމުމެއްކަމުގައި އެ މާއްދާގެ ޢާންމު މާނައިން ދޭހަވެއެވެ.
44އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ހުށަހެޅުމުގެ ޤާނޫނީ ހުއްޖަތެއްގ ގޮތުގައެ ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 48 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ: "ކޯޓަކުން ކަނޑައަޅް ޢާންމު އުޞޫލެއް ހުރިހާ ބާވަތެއްގެ މައްސަލަތަކަކަށްވެސް ތަޠުބީޤު (apply) ކުރެވިދާނެއެވެ. މިސާލަކަށް ވަކި ޤާނޫނެއްގެ ވަކި މާއްދާއެއް ތަޠުބީޤުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން މަތީ މަރުޙަލާ ކޯޓަކުން ކަނޑައަޅާފައިވާނަމަ، މާނަކުރެވުނ މާއްދު ތަޠުބީޤުކުރަންޖެހޭ ކޮންމެ ބާވަތެއްގެ މައްސަލައަކަށްވެސް އެ އުޞޫލު ހިނގާނެއެވެ. އެއާ ޚިލާފަށް، ސާފުކޮށް ވަކި އުޞޫލެއް މައްސަލައެއްގައި ކަނޑައަޅާފައި ނުވިނަމަވެސް، އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމްގެ ދަށުން، މަތީ މަރުޙަލާގެ ކޯޓަކުން ނިންމާ ނިންމުންތަކާ، ފަހުން ދަށު ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ އެންމެ މުހިންމު ވާގިއާތައް facts) (material އެއްގޮތް ނަމަ، ކުރިން ނިންމި މައްސަލައާ އެއްގޮތަށް ފަހުން ހުށަހެޅޭ މައްސަލަ ނިންމަންވާނެއެވެ."
45ބުނެވިދިޔަ ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފާހަގަކޮށްފައި އޮތީ މަތީ މަރުޙަލާގެ ނިންމުންތަކަށް ތަބާވުމުގެ މިސާލެކެވެ. އެއީ، ޤާނޫނއަސާސީގު 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ނިންމުންތައް ހަމައެކަނި އެ މިސާލުގައ ބަޔާންކުރި ކަންކަމަށް މަޙްދޫދުކުރުމުގ ގޮތުނެ ބަޔާންކޮށްފައިވް ބަޔާންކުރުމެއްކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
46ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "142. ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ."
47ބުނެވިދިޔަ މާއްދާގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުން ތަބާވާންޖެހެނީ ޤާނޫނުއަސާސީ އާއި ޤާނޫނަށްކަމަށާއި މައްސަލަތައް ނިންމަންވާނީ ވަކިފަރާތަކަށް ބުރަނުވެ، ޖެހިލުންވުމެއްނެތި، ތަޢައްޞުބުން އެއްކިބާވެތިބެކަމަށެވެ.
48ޕްރިސިޑެންސް 2ދަށު މަރުޙަލާއިން މަތީ މަރުޙަލާގެ ނިންމުންތަކުގެ ތެރެއިން ހަމައެކަނި ތަބާވާންޖެހޭ ނިންމުންތަކަކީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ ޤާނޫނެއްގެ މާއްދާއެއް މާނަކޮށް ތަރުޖަމާކޮށް ނިންމާފައިވާ ނިންމުންތައް އެކަނިކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއނާފުގައ ހުށަހަޅާފައިވި ހުށަހެޅުމަކީ، ފަނޑިޔާރުންގެ މިނިވަންކަމުގެ ނުވަތަ މުސްތަޤިއްލުކަމުގެ ތަރަޙައަށް ދެވޭ ރަނގަޅުނޫން ތަރުޖަމާއެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
49ފަނޑިޔާރުންގެ މިނިވަންކަމަކީ ނުވަތަ މުޞްތަޤިއްލުކަމަކީ، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ މިނވަންކި ނ ކަށަވަރުކޮށްދޭކަމެއް ކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އެއްވެސް ޙާލެއްގައި ފަނޑިޔާރުން މިނިވަންވުމުގެ މާނައަކީ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ފަނޑިޔާރުން ތަބާވާން ނުޖެހުންކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
50ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "61. (ހ) ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ރައްޔިތުން އެމައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޢާންމުންނަށް ލިބޭންހުންނާނޭ ގޮތަކަށް އިންތިޒާމުކޮށް، ޢާންމުކޮށް ޝާއިޢުކުރާންވާނެއެވެ .
(ށ) ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދެއްގެ ދަށުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެޤަވާޢިދަކީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާން ކޮށްފައި އޮވެގެންނެވެ.
(ނ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ދައުލަތުގެ ސިއްރު ކަމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފިޔަވައި ސަރުކާރުން ނިންމާ ނިންމުން ތަކާއި ކުރާ ކަންތައްތަކާ ބެހޭ އެންމެހައި މަޢުލޫމާތު ޢާންމުކޮށް ލިބޭން ހުންނާންވާނެއެވެ .
(ރ) ކޮންމެ ރައްޔިތަކަށްމެ އެ މީހަކާ ބެހޭގޮތުން ސަރުކާރުގެ އިދާރާތަކުގައި ރައްކާކުރެވިފައިވާ އެންމެހައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިގެންވެއެވެ."
51ޕްރިސިޑެންސް 3ބުނެވިދިޔަ މާއްދާގައި ބަޔާންކޮށްފައި އެވަނީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޝާއިޢުކޮށ ޢާންމުންނަށް ލިބޭނެގޮތް ހަދަންޖެހޭނެކަމަށެވެ. އެ މާއްދާ އަމާޒުކޮށްފައި އޮތީ ޢަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރުގެ ޢަމަލުތަކުގެ މައްޗަކަށް ނޫނެވެ. އެއާ ޚިލާފަށް، އެ މާއްދާ އަމާޒުކޮށްފައި އޮތީ، ޤާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ޢަމަލުތަކުގެ މައްޗަށެވެ. ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ނިންމުންތަކަކީ، ޢާންމު އުޞޫލުން ބަލާއިރު، ޢާންމުކޮށް ފާޅުގައި ޝަރީޢޮ ތ ހިންގައި، ޝާއިޢުކުރުމުގެ ތެރެއިން ލިބެން ހުންނަ ނިންމުންތަކެކެވެ.
52އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ފަދައިން ދަށު މަރުޙަލާއިން މަތީ މަރުޙަލާގެ ނިންމުންތައް ތަޠުބީޤުކުރުމަކީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ ބޭނުން ކެނޑޭނެކަމެއ ކަމުގައް ބެލެވެން އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި ބުނާ ޝާއިޢުކުރުމުގެ އުޞޫލުން ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމަށް ބާރުއަޅައެވެ. މަތީ މަރުޙަލާގެ ނިންމުންތަކަށް ތަބާވުމުގެ އުސޫލުން ބާރުއަޅަނީ ކޮންކަމަކަށްތޯ ބަލާއިރު، އެ އުސޫލުން ބާރުއަޅާކަމަކީ، އެއްގޮތްކަން ކަށަވަރުކޮށްދިނުނކަން އަހުރެންނަށް ފާހަގަކުރެވެއެވެ. ވުމާއެކު، މި ދެކަންތައް އެއްކަންތައ އަނެއް ކަންތަކާ، އިސްތިއުނާފުކުރާ ފަރާތުން ބުނާފަދަ، ފުށުއެރުމެއްވާކަމެއ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އަހުރެންނަށް ފާހަގަވަނީ މިދެކަންތަކުގެ ސަބަބުން ހިތްވަރުލިބި، މަގުފަހިވެގެންދަނީ ހާމަކަން ބޮޑުކޮށް ދެފުއްފެންނާނެހެން ކަންކަން ކުރުމަށާއި އެއްގޮތްކަން ދެމެހެއްޓުމަށްކަމަށެވެ.
53މަތީ މަރުޙަލާގެ ނިންމުންތަކަށް ތަބާވުމުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފަދަ ޤައިދެއް ގެނެސްފިނަމަ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން ލިބިގެން ދިއުމަށްވެސް ހުރަސްއެޅިގެންދާނެކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި މުޅި ރާއްޖޭގެ އެކި އެކި ކޯޓުތަކުގައި އެކި ގޮތްގޮތަށް ޤާނޫނީ އެއްސުވާލަކާމެދ ގޮތު ކަނޑައެޅިގެން ދިއުމަށް މަގުފަހިވެގެންދާނެކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
54އެހެންކަމުން، އަހުރެންނަށް ބުރަވެވެނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)، އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ޓްރައިބިއުނަލުން ތަޠުބީޤުކުރިގޮތަކީ، ޞައްޙަނޫން ގޮތެއްކަމަށް ބަލާނެ ޤާނޫނީ ހަމައެއް މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާކަމަށެވެ.
55އިސްތިއުނާފީ ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ނުކުތާއަކީވެސް، ޓްރައިބިއުނަލުން ބަދަލު ނަގައިދީފައިވާގޮތާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ނުކުތާތަކެވެ.
56ބަދަލު ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައެޅުމަށްފަހު އެކަމުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ޢަދުލުވެރި ބަދަލެއް ނަގައިދިނުމަށް ބުރަވެވޭތީ، މުޙައްމަދު މުނީޒްއަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ -16,800/ރ. (ސޯޅަހާސް އަށްސަތޭކަ ރުފިޔާ) އަދި ޢިނާޔަތުގެ ގޮތުގައި ލިބެމުން ދިޔަ -8,500/ރ. (އަށްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނިސްބަތުން 1 (އެކެއް) މަސްދުވަހުގެ މުސާރައިގެ ގޮތުގައި ޖެހޭ -25,300/ރ. (ފަންސަވީސްހާސް ތިންސަތޭކަ ރުފިޔާ) އަކީ މައްސަލަ ހުށަހެޅި ފަރާތަށް ބަދަލެއްގެ ގޮތުގައި ނަގައިދެވޭނެ އެކަށީގެންވާ ޢަދަދެއް ކަމުގައި ކަނޑައަޅާފައިވެއެވެ.
57ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު މުޙައްމަދު މުނީޒްގެ ފަރާތުން އެދިފައިވަނީ؛
1.57 ދަޢުވާކުރާ ފަރާތް ވަޒީފާ އިން ވަކިކުރިއިރު މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭންވާ ފައިސާގެ ތެރެއިން އުނިކޮށްފައިވާ 217.00,42 (ސާޅީސ ދެހާސް ދުއިސައްތަ ސަތާރަ) ރުފިޔާ އަކީ ދަޢުވާލިބޭ ފަރާތުން ވަގުތުން ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައިދިނމާއި،
2.57 ކޮވިޑް -19 ގެ ހާލަތު ނިމެންދެން ދައުވާކުރާ ފަރާތަކީ ވަޒީފާގައި ދެމިހުރި ފަރާތެއްކަން ކަނޑައަޅައިދިނުމާއި،
3.57 ދައުވާގައި ހިމެނޭ ކަންތައްތައް ސުލްހަވެރިކަމާއެކު ހައްލުކޮށް ނުދިނުމުގެ ސަބަބުން އެފައިސާ ހޯދުމަށް ޓްރައިބިއުނަލްއަށް އަންނަންޖެހުމުނ ޤާނޫން ވަކީލެއްގެ އެހީތެރިކަމަށް ހޭދަކުރަންޖެހުނު 000.00,10 (ދިހަ ހާސް) ރުފިޔާއާއެކު ޖުމްލަ 52,217.00 (ފަންސާސ ދެހާސް ދުއިސައްތަ ސަތާރަ) ރުފިޔާ އެއީ ދަޢުވާލިބޭ ފަރާތުން ދޭންޖެހޭނެ ފައިސާކަމަށް ކަނޑައަޅައިދޭ މައްސަލީ ނިންމައި ދިނުން މިއެވެ.
58ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތުގެ ރިޕޯޓުގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ "މ މައްސަލި ކުރިއަށް ދިޔަ މަރުޙަލާގައި، މައްސަލަ ހުށަހެޅި ފަރާތުގެ މުސާރައިން މައްސަލަ ރައްދުވި ފަރާތުން އުނިކޮށްފައިވާ -42,217/ (ސާޅީސ ދެހާސް ދުއިސައްތަ ސަތާރަ ރުފިޔާ) އަނބުރާ މައްސަލަ ހުށަހެޅި ފަރާތށަ ދީފައިވާކަން ސާބިތުކޮށްދިނުމުގެ ބޭނުމަށް މަންދު ކޮލެޖްގެ ޕޭމަންޓް ވައުޗަރ ނަންބަރު 129/PV/2021-MC (08 ޖޫން 2021) ހުށަހަޅާފައިވާއިރު، މި ފައިސާ މައްސަލަ ހުށަހެޅި ފަރާތަށް ލިބިފައިވާކަމަށް އެފަރާތުން އިޤުރާރުވެފައިވާކަމަށ އެފަރާތުން އިޤުރާރުވެފައިވާތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަދާކުރި މުއްދަތުގައި އެފަރާތަށް ލިބެންޖެހޭ މުސާރަ އަނބުރާ ދައްކާފައިވާތީ، އެކަމާއާ ގުޅިގެނި މި މައްސަލަ ނިންމުމުގައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަކަށް ނުދެކެމެވެ." މިފަދައިންނެވެ.
59އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު ފާހަގަކުރެވުނީ، ޓްރައިބިއުނަލުން ނަގައިދިނުމަށް ނިންމި ބަދަލަކީ، ޑރ. މުޙައްމަދު މުނީޒްގެ ފަރާތުން އެދިފައިވާ މުސާރައިން އުނިކުރި ފައިސާގެ ގޮތުގައި ނަގައިދިނުމަށް އެދުނު ފައިސާ ނޫންކަމެވެ. އެހެންނަމަވެސް، އޭނާއަކީ ވަޒީފާގައި ދެމިހުރި މީހެއްކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާތީ އެކަމުގެ މައްޗަށް ބަލައި، ޑރ. މުޙައްމަދު މުނީޒ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިނުވާކަމަށ ކަނޑައަޅައް ދެވުނު ބަދަލެއް ކަމަށް، އަހުރެންނަށް ފާހަގަކުރެވެއެވެ.
60އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުވެފައިނުވާ ޙާލަތުގައި ނަގައިދެވޭ ބަދަލުގެ ޢަދަދު މައްސަލަތަކުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ޙާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ ޢަދަދަށްވުރެ ކުޑަވާންޖެހޭނެކަމާއ އަދި މިފަދަ ބަދަލަކީ އިޖުރާއީ އިންސާފު ޤާއިމުކޮށްފައިނުވާތީވެ ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެއްކަމުގައި ބަލަންޖެހޭކަން އެނގެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/395 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން، މިފަދަ ބަދަލެއް ނަގައިދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/30 ޤަޟިއްޔާގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 48 ވަނަ ނަންބަރު ދިނުން ޞައްޙަކަމަށް ބެލެވެން އެބައޮތް ކަމާއި، އެހެންނަމަވެސް، މިފަދަ ބަދަލެއްވެސ ނަގައިދޭން ޖެހޭނީ މިފަދަ ބަދަލަކަށް ޝަކުވާ ހުށަހެޅި ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށް އެ ބަދަލުގެ މިންވަރާއި މެދު ވާހަކަ ދައްކާ ޝަކުވާ ރައްދުވާ ފަރާތަށް އެކަމުގައި ޖަވާބުދާރީވާނެ ފުރުސަތު ދިނުމަށްފަހުގައިކަމަށާއި، އެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ބެލި އެންމެހައި ކަންކަން މައްސަލަ ނިންމާ ގޮތުގެ ރިޕޯޓުގައި ފާހަގަކުރެވިފައި އޮންނަންވާނެކަމަށް އަހުރެންވެސް ދެކެމެވެ.
61މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާއިޝަތު ރަޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ނޭދޭކަމަކަށް ފައިސަލާކުރުމާއި، ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމަކީ، ރާއްޖޭގައި ޢަމަލުކުރާ އިޖުރާއަތުތަކާ ޚިލާފުވުމުގެ އިތުރުން، އިންސާފު ޤާއިމުކުރުމުގެ އުޞޫލުތަކުގެ ޠަބީޢަތާ ޚިލާފުކަމެއްކަން އެނގެން އޮވެއެވެ.
62މި މައްސަލައިގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަދަލުގެ ގޮތުގައި ޑރ.މުޙައްމަދު މުނީޒްއަށް -25,300/ރ. (ފަންސަވީސްހާސް ތިންސަތޭކަ ރުފިޔާ) ނަގައިދިނުމަށް ނިންމިއިރު، މިއީ ޑރ. މުޙައްމަދު މުނީޒް އެދިފައިވާ ބަދަލެއް ނޫންކަމާއި، މި އަދަދާ ގުޅިގެން ޚަސްމުންނަށް ވާހަކަދެއްކުމުގެ ފުރުޞަތު ދީފައިވާކަން އެނގެން ނެތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި ބަދަލު ދިނުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް އަހުރެން ދެކެމެވެ.
63އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 09/VTR/2021 މައްސަލައިގެ ނިންމުމުގައި ޑރ. މުޙައްމަދު މުނީޒްއަށް ބަދަލުގެ ގޮތުގައި -25,300/ރ. [2025] SC 25 ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) ވ. ޢާއިޝަތު ރަޝީދު [2025] SC 25 މައްސަލައިގެ ޕރެގްރާފެ 15 އިން 21 އަށް (ފަންސަވީސ ހާސް ތިންސަތޭކަ ރުފިޔާ) ނަގައިދިނުމަށް ނިންމި ނިންމުނި ބާޠިލުކޮށް މި މައްސަލަ ނިންމަން ފެނެއެވެ.
64މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ރިޔާސަތު ފަނޑިޔާރުގެ ރައުޔުގައި ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާތީ، އެކަން ތަކުރާރުކުރާކަށް ނެތީމެވެ. ހަމައެއާއެކު، މި މައްސަލައިގައި ރިޔާސަތު ފަނޑިޔާރުގެ ރައުޔުގެ 54 ވަނަ ނުކުތާއާ ހަމައަށް ފާހަގަކުރައްވާފައިވާ ކަންކަމަށް ތާއީދުކުރަމެވެ.
65މި މައްސަލައިގައި އަހަރެންގެ ރައުޔު ތަފާތުވަނީ ބަދަލުދިނުމ ގުޅާ ގޮތުން ރިޔާސަތު ފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ކަންކަމގައު އ، އެކަމުގައި ނިންމާ ވ ފައިވާ ނިންމުމާ ގައެވެ.
66މި ބަހުސް ކުރެވޭ ދާއިރާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަދަލާއި ގުޅޭ ގޮތުން ނިންމާފައިވާ ނިންމުން ކަމުގައިވާއިރު، މި މައްސަލައިގައި ބަދަލު ކަނޑައަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒފާއިނީ ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކުރެވިފައިވީނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބުރަނުވެވޭކަމުގެ މައްޗަށް ބިނާކޮށެވެ.
67އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާކަމަށް ބުރަނުވެވޭކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމާފައިވާ ސަބަބަކީ، ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވީނަމަވެސް، ރިޑަނޑްންޓްވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި އުޞޫލަކީ ކޮބައިކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައިވާކަން އެނގެންނެތަތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތް ރިޑަންޑަންޓްކުރުމަށް ނިންމާފައިވަނީ ކިހިނެތްކަން އެ ފަރާތަށް ކުރިއާލާ އަންގާފައިނުވާތީ ކަމުގައެވެ.
68މިކަމުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމެއްނެތި ކަމުގައި ބުރަވެވޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެ ފަރާތަށް އަދުލުވެރި ބަދަލެއް ނަގައިދިނުމަށް ބުރަވެވޭތީ، އިސްތިއުނާފު ރައްދުވާ ފަރާތަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔަ -16,800/ރ. (ސޯޅަހާސް އަށްސަތޭކަ ރުފިޔާ) އާއި އިނާޔަތުގެ ގޮތުގައި ޖެހޭ -8,500/ރ. (އަށްހާސް ފަސްސަތޭކަ ރުފިޔާ) ގެ ނިސްބަތުން 1 (އެކެއް) މަސްދުވަހުގެ މުސާރައިގެ ގޮތުގައި ޖެހޭ -25,300/ރ. (ފަންސަވީސްހާ ތިންސަތޭކަ ރުފިޔާ) އަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލެއްގެ ގޮތުގައި ނަގައިދޭން އެކަށީގެންވާ އަދަދެއްކަމުގައި ކަނޑައަޅާފައިވެއެވެ.
69މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅާފައިވާ ބަދަލުގެ މައްޗަށް ބިނާވާ އިސްތިއުނާފީ ނުކުތާތަކަކީ، އިސްތިއުނާފީ ދެވަނަ ނުކުތާއާއި، ތިންވަނަ ނުކުތާއާއި، ހަތަރުވަނަ ނުކުތާއެވެ. އެއީ، އަންނަނިވި އިސްތިއުނާފީ ނުކުތާތަކެވެ.
1.69 މައްސަލަ ހުށަހެޅި ފަރާތަށް 1 (އެކެއް) މަސްދުވަހުގެ މުސާރަ ބަދަލެއްގެ ގޮތުގައި ނަގައިދީފައިވަނީ، ބަދަލެއް ނަގައިދޭންޖެހޭ ޤާނޫނީ އަސާސެއް ނެތި، ބަދަލު ގެ މިންވަރު ހިސާބުކޮށްފައިވާ ގޮތް ބަޔާންކުރުމަކާވެސް ނުލައި، އަދި މައްސަލަ ހުށަހެޅި ފަރާތުން ބަދަލަށް އެދިފައިނުވަނީސް، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޝަރީޢަތްކުރުމާބެހޭ އުޞޫލުތަކާއި ޚިލާފަށްކަމަށްވުމާއި،
2.69 ބަދަލު ދިނުމަށް ނިންމާފައވ ނިންމުނާ ބިނާކޮށްފައިވަނީ ދެ ޚަޞްމުންކުރެ ޚަޞްމަކަށް ބަސްބުނުމުގި ފުރުޞަތު ލިބިފައިނުވާ ނުކުތާއެއްގެ މައްޗަށް ކަމަށްވުމާއި،
3.69 ކުންފުނިން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަން އެނގެން އޮތްއިރު، އަދި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެފަރާތަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ގޮތުން ނޫންކަމާއި، އެކަން ކޮށްފައިވަނީ ރަނގަޅު ސަބަބެއް އޮވެގެން ކަމުގައި ކަނަ ޑައެޅުމަށްފަހު، މި ކުންފުނިން ޚިލާފުވީ ޤާނޫނެއް ނުވަތަ ކުޅަ ކުށެއް ޤާއިމުކުރުމެއްނެތި، އެހެނެ ފަރާތެއްގެ މައްޗަށް ނިންމާފައިވާ މަތީ މަރުޙަލާގެ ކޯޓެއްގެ ނިންމުމަށް ކުންފުނިން ޢަމަލުކޮށްފައިނުވާކަމަށް ބުނެ، ކުންފުންޏަށް ދޭ އަދަބެއްގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތަށް ބަދަލެއް ނަގައިދީފައިވުމެވެ.
70މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ނިންމި ނިންމުމަކީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެ، އެކަމުގެ މައްޗަށް އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާކަން ފާހަގައެއްނުކުރެވެއެވެ. އެހެނަސް، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކޮށްފައިވާ ކަންކަމުގެ ތެރޭގައި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމގައު އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށްޓަކައި، އެ ފަރާތަށް އަދުލުވެރި ބަދަލެއް ނަގައިދޭންޖެހޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުރަވެ، ބަދަލެއް ނަގައިދީފައިވުމުގެ މައްޗަށް ބިނާކޮށް، ނުކުތާތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
71ޕްރިސިޑެންސް 4މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގއަ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައި އޮންނަންވާނެއެވެ. މިއީ އިސްތިޤުރާރުވެފައިވާ އުޞޫލެކެވެ. މިކަން ރިޑަންޑަންސީ ޙާލަތުގައި މުވައްޒަފުން އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 1966) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ޢަމަލުކުރަންޖެހޭ އަދުލުވެރި ހަމަތައް ބަޔާންކުރެއެވެ. މިގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި fairness) (substantive އިޖުރާއީ އަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައި އޮންނަންވާނެކަން ކަނޑައަޅައި، ބަޔާންކުރެއެވެ. މި އުޞޫލަކީ ދިވެހިރާއްޖޭގައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައިވެސް އެކުލަވާލާފައިވާ އުޞޫލެކެވެ. ވަކި ކުރުމުގެ މައްޗަށްވެސް ތަޠުބީޤުވާނެއެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާނަމަ، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި natural justice ގެ އުޞޫލުތަކަށާއި، due process ގެ ތެރެއިން ޢަމަލުކޮށްފައިވާކަމުގައި ބެލެވޭނެއެވެ.
72ޕްރިސިޑެންސް 5ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލަތަކުގައި، އެ ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް މައްސަލަ ނިންމުމުގެ ފުރިހަމަ ބާރު ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދެއެވެ. އަދި މިގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައި ކަމުގައި ކަނޑައެޅިއްޖެ ޙާލަތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންނަނިވި ބާވަތުގެ އަމުރުތައް ނެރިވިދާނެކަމުގައި ބަޔާންކުރެއެވެ.
1. އެމުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރުން؛
2. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން، އަދި އެއަމުރުގައި ބަޔާންވެގެންވާ ނުވަތަ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު އެއްބަސްވެވޭ ޝަރުޠުތަކަކާއި މާއްދާތަކަކއާ އެއްގޮތަށް ޢަމަލުކުރުމަށާއި، ވަކި ތާރީޚަކުން ފެށިގެން އެވަޒީފާއާ ހަވާލުވުމަށް އަމުރުކުރުން؛
3. ބަދަލުދިނުމަށް އަމުރުކުރުން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/36,37,38 (ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް) ޤަޟިއްޔާ
73ގަވާއިދު ނަންބަރު 14-2022/R (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 105 ވަނަ މާއްދާގައި، އެ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ ރަނގަޅު ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އަންނަނިވި އަމުރުތައް ހިމެނޭ ގޮތުން، އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު، މައްސަލަ ބަލާ މަޖިލީހަށް ލިބިގެންވާކަމުގައި ބަޔާންކުރެއެވެ. އެ އަމުރުތަކަކީ،
1. ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު
2. ވަޒީފާއިން ވަކިކޮށްފައިވާ މީހާއަށް އަނބުރާ ވަޒީފާ ދިނުމަށް ކުރާ އަމުރު
3. މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައެއް އަނބުރާ އެ މީހަކަށް ލިބޭނެގޮތް ހެދުމަށް ކުރާ އަމުރު
4. ބަދަލު ދިނުމަށް ކުރާ އަމުރު
5. ބަޔާންކޮށްފައިވާ އަމުރުތަކުގެ އިތުރު ން ވެސް، އެ މައްސަލައިގައި އިންސާފު ޤާއިމުކުރުމަށްޓަކައި ނެރެންޖެހޭކަމަށް މައްސަލަ ބަލާ މަޖިލީހަށް ފެންނަ ކޮންމެ އަމުރެއް.
74ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފަރުވާ ދިނުމުގެ ގޮތުން، އަމުރެއް ނުވަތަ އަމުރުތަކެއް ނެރުމުގެ ބާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަން ބަޔާނވެދިޔް ނައްސުތަކުން ސާފުވެގެން ދެއެވެ. އޭގެ ތެރޭގައި ބަދަލުދިނުމުގެ އަމުރު ނެރުމުގެ އިޚްތިޔާރީ ބާރާއި، އެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައި ތަފްޞީލުކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ބަދަލުގެ މިންވަރު ކަނޑައެޅުމުގެ އިޚްތިޔާރީ ބާރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދެވެއެވެ. މިގޮތުން ބަދަލުދިނުމުގެ އަމުރު ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ އަދަދަކަށްކަމާއި، މިފަދައިން އަދަދު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރިގޮތުނ އެމުވައްޒަފަކަށް ސީދާގޮތުން ލބުނި ގެއްލުމަށާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފަކުކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނަ ބައިވެރިވާ މިންވަރަށް ރިޢާޔަތް ކުރަންވާނެކަނ ވަޒީފާއާބެހް ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.
75އިސްވެ ބަޔާންކުރި ފަދައިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއެކު، އިޖުރާއީ އަދުލުވެރިކަންވެސް ޤާއިމުވާންޖެހޭހިނދު، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުވިނަމަވެސް އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާ ޙާލަތުގައި، ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯއެވެ. މިކަމުގެ ޖަވާބު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/38 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާއިން ލިބިދެއެވެ.
76ޕްރިސިޑެންސް 6ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައި ނެތްނަމަ، އެ މީހަކު ކުރިން ހުރި ވަޒީފާއަށް ރުޖޫޢަ ނުކުރެވޭނެއެވެ. އެ ޙާލަތުގައި ވަކިކުރެވުނު މުވައްޒަފަށް ނަގައިދެވޭނީ ހަމައެކަނި ބަދަލެވެ. މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިނުވާނަމަ، ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައި އޮތް މިންވަރުގެ މައްޗަށާއި، އިޖރާއު އަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެކަމަށް ބެލެވޭ މުއްދަތަށް ރިޢާޔަތްކޮށް ނަގައިދެވޭ އަދުލުވެރި ބަދަލެއްކަމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/38 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.
77މީގެ މާނައަކީ، މައުޟޫޢީ އަދުލުވެރކަނި ޤާއިމުނުވާކަމަށް ކަނޑައަޅަ ޙާލަތުގައި ނަގައިދޭ ބަދަލަށްވުރެ އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ކަނޑައަޅަ ޙާލަތުގައި ނަގައިދެވޭ ބަދަލުގެ މިންވަރު ލުއިވާނެކަމެވެ. މިފަދައިން ބަދަލު ކަނޑައެޅުމުގެ ޒަރޫރަތްތެރިކަމަށް ވެފައިވަނީ، ވަޒީފާދޭ ފަރާތުން ފުރިހަމަކުރުމަށް ލާޒިމުކުރާ އިޖުރާއަތު ފުރިހަމަކޮށްފައިނުވާތީ، އެކަމުގެ ބަދަލުގައެވެ. އެއީ ވަޒީފާދޭ ފަރާތުގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު) ޤަޟިއްޔާގެ 32 ވަނަ ނުކުތާ މައްޗަށް ޤާނޫނީ ގޮތުން ލާޒިމުކުރާ އިޖުރާއީ އިންސާފު ޤާއިމުކޮށްފައިނުވާތީ ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެކެވެ.
78ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/38 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމުގެ މައްޗަށް ނަގައިދީފައިވަނީ ބަދަލުގެ މިންވަރުގެ 20 (ދޭއް) މަސްދުވަހުގެ މުސާރައާއި އެއްވަރުގެ އަދަދެކެވެ. އޭގެ ހިކުމަތަކީ، 02 (ދޭއް) މަސްދުވަހުގެ މުއްދަތަކީ އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނެ ކަމަށް ބެލެވޭ އެކަށީގެންވާ މުއްދަތުކަމަށް ފެންނާތީކަމުގައި އެ ޤަޟިއްޔާގައިވެއެވެ. މި މައްސަލައިގައި ޤާއިމުވެފައިވާ އުޞޫލަކީ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ، ބަދަލު ނަގައިދެވޭ އުޞޫލެވެ.
79ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/44 ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު ޤަޟިއްޔާގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިނުވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 02 (ދޭއް) މަސްދުވަހުގެ މުސާރަ ނަގައިދިނުމަށް އަމުރުކޮށްފައިވެއާ ވެ.
80ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/71 މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް (މޯލްޑިވްސ ޕޮލިސް ސަރވިސް) ޤަޟިއްޔާގައި، މައުޟޫޢީ އަދުލުވެރިކަން ޤާއިމުކުރެވިފައިވީނަމަވެސް، އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، ނަގައިދީފައިވާ ބަދަލަކީ 03 (ތިނެއް) މަސްދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެކެވެ. އޭގެ ބިނާއަކީ، މި މުއްދަތަކީ އިޖުރާއީ އިންސާފު ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނެ ކަމަށް ބެލެވޭ އެކަށީގެންވާ މުއްދަތެއް ކަމުގައި ފެންނާތީ، އެކަމުގެ މައްޗަށް ބިނާކޮށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު) ޤަޟިއްޔާގެ 34 ވަނަ ނުކުތާ
81ބަޔާނވެދިޔް ނިންމުންތަކުން ފާޅުވާ އެއް ޙަޤީޤަތަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެފައިވީނަމަވެސް، އިޖުރާއީ އަދުލުވެރިކަން ޤާއިމުވެފައިނުވާ ޙާލަތުގައި، އެކަމުގެ މައްޗަށް ޤާނޫނުގެ ތެރެއިން ދެވޭ އެއް ޙައްލަކީ ނުވަތަ ފަރުވާއަކީ ބަދަލު ނަގައިދިނުންކަމުގައެވެ.
82މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއްގައި ނޫންކަމަށްވާތީ، ކޮވިޑް-19ގެ ޙާލަތު ނިމެންދެން އެ ފަރާތަކީ ވަޒީފާގައި ދެމިހުރި ފަރާތެއްކަން ކަނޑައަޅައިދިނުމަށް އެދިފައވި އެވެ. މިއީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދުނު މައިގަނޑު ފަރުވާއެވެ.
83މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު އެދުމުގެ މައްޗަށް ބަލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ބަލަންޖެހޭ އުންސުރުތަކުގެ ތެރެއިން އެއް އުންސުރު، އެހެނީ އިޖުރާއީ އަދުލުވެރިކނަ ޤާއިމުކުރުމުގެ އުންސުރު ފުރިހަމަނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަދަލެއް ކަނޑައަޅާފައިވެއެވެ. މިއަށް ދެވިފައިވާ ބަދަލުގެ ޙައްލަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދޭ އެދުމުގެ ތެރެއިން، އަދި މި ބާވަތުގެ މައްސަލަތަކުގައި މަތީ މަރުޙލާގަ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކގު ތެރެއިން ދެވިފައިވާ ފަރުވާއެކެވެ. އަދި މިއީ ވަޒީފާއާބެހޭ ޤާނޫނުގައި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގައިވެސް، އެ ޓްރައިބިއުނަލަށް ދެވޭނެ ޤާނޫނީ ޙައްލުތަކުގެ ތެރެއިން، ދެވޭ އެއް ޙައްލުކަމުގައި ބަޔާންކުރާ ޙައްލެކެވެ.
84ދެން އޮތީ، މި މައްސަލައިގައި ފަރުވާ ދިނުމުގައި ބަސް ބުނުމުގެ ފުރުޞަތު ދީފައިނުވާކަމަށް އުފައްދާފައިވާ ބަހުސެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން މުވއަޒަފަކ ހުރު ވަޒީފާއަށް އަނބުރާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފޯމުގެ 7.5 ވަނަ ނަންބަރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ފޯމުގެ 9 ވަނަ ނަންބަރު ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އާއި، މި ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) އަދި (ރ) އާއި، ވަޒިފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 105 ވަނަ މާއްދާގެ (ރ) ރުޖޫ ޢަކުރުމުގައި ބަލަންޖެހޭ ކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑު ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2018/SC-A/49 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާނު ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2019/SC-A/36 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާއިން ކަނޑައަޅާފައިވާހިނދު، އެކަމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅަންވާނީ، އެ ޙާލަތްތައް ވަޒަންކުރުމަށް ފަހުއެވެ. ހަމައެއާއެކު، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާ ފަށްކަމަށ ކަނޑައަޅް ޙާލަތުގައި، މުވައްޒަފަށް ވަޒފީ ދިނުމުގެ އިތުރުން، ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2019/SC-A/27 އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑު ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2019/SC-A/22 ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ޖުމްލަކޮށް ބައެއް ޙާލަތްތައް ފާހަގަކުރެއެވެ.
85މި މައްސަލައިގައި އިސްވެ ބަޔާންކުރި ޙާލަތުން ކުރެ ޙާލަތެއްނެތެވެ. އެހެނީ، މި މައްސަލައަކީ ވަޒފީ އަނބުރާ އިއާދަކުރުމަށް ނިންމާފައިވާ ނިންމުމަކަށްނުވާއިރު، މުވައްޒަފަށް ވަޒީފާ ދިނުމުގެ އިތުރުން، އިތުރު ބަދަލެއް ކަނޑައަޅާފައިވާ މައްސަލައެއްވެސް ނޫނެވެ.
86އަހަރެންވެސް އެއްބަހެވެ. މިފަދައިން ބަދަލެއް ނަގައިދިނުމާއި ގުޅޭ ގޮތުން ފާޅުކަން ބޮޑު ޤާނޫނީ ޖަދަލެއް އޮތްނަމަ، justice natural ގެ އުޞޫލުތައް އެންމެ ފުރިހަމައަށް ތަޠުބީޤުކުރުމުގައި ބަސް ބުނުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ. އެހެނަސް، މި މައްސަލައަށް މިކަން ވަޒަންކުރާއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ނިންމި ނިންމުމުގެ މައްޗަށް ބަހުސެއް ނެތެވެ. މި ޙަޤީޤަތް ބަލައިގަނެ، މި މައްސަލައިގައި އުފަންކޮށްފައިވާ ބަހުސަކީ، ބަދަލެއް ނަގައިދީފައިވާ ކަމުގެ މައްޗަށް އުފަންކުރާ ބަހުސެކެވެ.
87ޕްރިސިޑެންސް 7މި ބާވަތުގެ މައްސަލަތުގައި، އެހެނީ މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާ ޙާލަތުގައި، ބަދަލެއް ނަގައިދިނުމކަ ޤާއިމުވެފައިވާ އުޞޫލެކެވެ. އެކަމުގައި އެއްވެސް ދެބަސްވުމެއްނެތެވެ. ދެން އޮތީ، ބަދަލުގެ މިންވަރެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން މި މައްސަލައިގައި ނަގައިދީފައިވާ ބަދަލުގެ މިންވަރަކީ މި ބާވަތުގެ މައްސަލަތުގައި އާންމުކޮށް ނަގައިދޭ ބަދަލުގެ މިންވަރުގެ ތެރެއިން، އެންމެ އަސާސީ އަދި އެންމެ ލުއި މިންވަރެވެ. އެއީ 01 (އެކެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ޖެހޭ މިންވަރު އަދުލުވެރި ބަދަލެއްކަމުގައި ކަނޑައެޅި ކަނޑައެޅުމެވެ.
88މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވާ ޙާލަތުގައި ނަގައިދޭ ބަދަލަކީ ސަބަބުވެރި އަދަދެއްގެ މައްޗަށް ބިނާވާ ބަދަލެއްކަމުގައިނުވާނަމަ، އަދި އެ މިންވަރު ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް ޖާއިޒު ސަބަބެއް ބަޔާންކޮށްފައިނުވާނަމަ، އެއީ ބަހުސްކުރެވޭނެ ދާއިރާއެއްކަމުގައި ދެކެމެވެ. އެހެނަސް، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދީފައިވާ ބަދަލުގެ މިންވަރަށް ބަލާއިރު، އެއީ މި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތަށް ހޭދަވާނެ ކަމަށް ބެލެވޭ އެކަށީގެންވާ މުއްދަތެއް ކަމުގައި ދެކެމެވެ.
89މިކަމުގެ މައްޗަށް ބިނާކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމެއްނެތިކަމގައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އެ ފަރާތަށް އަދުލުވެރި ބަދަލެއް ނަގައިދިނުމަށް ބުރަވެ، އެ ފަރާތަށް މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ އަދަދާއި، އަދި އިނާޔަތުގެ ގޮތުގައި ޖެހޭ އަދަދުގެ ނިސްބަތުން 01 (އެކެއް) މަސްދުވަހުގެ މުސާރައިގެ ގޮތުގައި ޖެހޭ ޖުމްލަ އަދަދަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ނަގައިދޭން އެކަށީގެންވާ އަދަދެއްކަމުގައ ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ތަނެއް އޮތްކަމަކަށް ނުދެކެމެވެ.
90މި މައްސަލައިގައި، ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގެ ނުކުތާ 1 އިން 54 އަށް ތާއީދުކުރުމާއެކު، ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރއަ ޔާއި ނިންމުމަށް ތާއީދުކުރަމެވެ.
91މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) O:J< :, > O; ; 2022/ HC -A/206 .,;o.s .,...,.,,,., .,0-,?.,,t~ 36 ~ .,, :, ; 0,,,,, G 0/:, .,,, 0 U' ~~ _,,, 0:,:,:, 0 G G O _,,,, 0 _,,,, :, :, G:, 0 ~.,,, G 0 _,..iP.r'.r' .S/.r'AtPA_,..E ✓ tPA_,I ~.P ' .r-.?_,.. ✓ .r' ✓ A .r-v.r-v .r'.P..,..V.r',/1tP _,, _ _,,, .,,,.,,, 6 .,,, O ✓ :, :> > ~ :, 0 /'.?..,.. V _,l.r'A.J'°,-....J,A 09NTRJ202l .,, .,, ✓✓✓ ✓ O ✓✓ O, o,_,, "'0 ✓ o, :I ✓✓ 0 ✓ :10 , _,, o,, OXO ✓ ~ O,,~:,:, A.},A t..r'V /.?V.J'°.r' ,AtPtP,-....J ✓ c.r'.r'.r'.S /.,,..tP /'.?.?.r'.r' .S.A/,-....JA,7 ,A ( ,/'V.J'°,/1,1..,.. /V.J'°.J'°V.r' .,,, .,,, .,,, .,,, ,, oxo>> o,.,,,o .,,,,o.,,, '" 0 ~ C. C: ✓ / 0/ •.P ,7_,I /V ,7V./, .r'.J'°,/1,A tP//4.A .s c.,,,..,.. ✓ .,,.,,.. /tP /-.A.? .? ~ .,, .,,, .,,, .,,, .,,, > o>> ,,..,,. *" .,,. :_,.. v .,;,v ✓, -"/• .,,.,,~ .s .,;, ., ,,,, .,,,, .,,,, 0 / :, ~~.,,, 0.,,,.,,, :,~ .,,, :,.,,,o.,,,, ~ ,,, ,~ .,,, -1.,I ,.:,..; .,,.,_./, ..,...,, t..r'.,I .,,.. .?.A/..? _,I .A~./, ..,.. .,, t..r'.,I ~ .,, .,, .,, www-highcourt -gov -mv : ~-::-•-" info@highcourt-gov -m v
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)
- ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 61 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ)
- ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާއި (ރ)
- ވަޒީފާއާބެހޭ ޤާނޫނުގެ 21، 22، 25 ވަނަ މާއްދާ (ޓްރައިބިއުނަލުގެ ނިންމުމުން ނަޤުލުކޮށް)
- ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 105 ވަނަ މާއްދާ
- ILO Termination of Employment Convention 1982 (No. 158) އަދި Termination of Employment Recommendation 1982
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)
- ހައިކޯޓުގެ 2011/HC-A/180
- ހައިކޯޓުގެ 2018/HC-A/395
- ސުޕްރީމް ކޯޓުގެ 2019/SC-A/15
- ސުޕްރީމް ކޯޓުގެ 2014/SC-A/30
- ސުޕްރީމް ކޯޓުގެ 2017/SC-A/38 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު)
- ސުޕްރީމް ކޯޓުގެ 2017/SC-A/44 (ސަންލޭންޑް ޓްރެވަލް ވ. އަންޖަލީން މޭރީ ނާޒިއު)
- ސުޕްރީމް ކޯޓުގެ 2018/SC-A/36,37,38 (ކްރައުން ކޮމްޕެނީ ވ. ޢަބްދުﷲ އާނިސް)
- ސުޕްރީމް ކޯޓުގެ 2019/SC-A/71 (މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް)
- ސުޕްރީމް ކޯޓުގެ 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް)
- ސުޕްރީމް ކޯޓުގެ 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ވ. ޖާބިރު ޢަބްދުއްރަޙްމާނު)
- ސުޕްރީމް ކޯޓުގެ 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ވ. އަސްފާޤު ވަޙީދު)
- ސުޕްރީމް ކޯޓުގެ 2019/SC-A/22 (ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން)
- ސުޕްރީމް ކޯޓުގެ [2025] SC 25 (ދިވެހި ދައުލަތް ވ. ޢާއިޝަތު ރަޝީދު)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ރިޟާ، ރެކްޓަރސް ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު
- ޚިލާފު ރައުޔު
- ދީބާނާޒް ފަހުމީ