ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/161
މޯލްޑިވްސް ޕޮލިސް ސަރވިސް ވ. މުޙައްމަދު ޤާސިމް، 2019/HC-A/161
Maldives Police Service v. Mohamed Qasim 2019/HC-A/161 (2019/HC-A/161, High Court of the Maldives, 8 September 2022)
މޯލްޑިވްސް ޕޮލިސް ސަރވިސް ވ. މުޙައްމަދު ޤާސިމް
މައިގަނޑު ސުވާލު
ސައިކަލުގައިވާ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ރަޖިސްޓްރީގައިވާ މަޢުލޫމާތާ ދިމާނުވާ ޙާލަތުގައި، ހަމައެކަނި ރަޖިސްޓްރީއަށް ބަލައި ސައިކަލުގެ މިލްކުވެރިކަން ކަނޑައަޅައި، ފުލުހުންގެ ތަޙުޤީޤު ނުނިމެނީސް ސައިކަލު ރަޖިސްޓްރީ ވެރިފަރާތާ ޙަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ޙުކުމް ޤާނޫނާ އެއްގޮތްތޯ.
ނިންމި ގޮތް
ނުނގޭ - ލިޔުމުގައި ޙުކުމުގެ ބައި ނެތް (ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގައި ދަށުކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ދެކިފައި)
ކަނޑައެޅުނު އުޞޫލުތައް
- އެއްގަމު އުޅަނދާ ގުޅޭ މައްސަލަތަކުގައި ރިޢާޔަތްކުރަންޖެހޭ އެންމެ އަސާސީ ޤާނޫނަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނެވެ.
- އިންޖީނުލީ އެއްގަމު އުޅަނދަކީ ރަޖިސްޓްރީކުރުން ޤާނޫނުން ލާޒިމުކުރާ އުޅަނދެކެވެ؛ ރަޖިސްޓްރީކުރުމުގެ ނަތީޖާއެއްގެ ގޮތުން އުޅަނދުގެ މިލްކުވެރިކަން ކަނޑައެޅިގެންދެއެވެ؛ އަދި ރަޖިސްޓްރީ ސެޓްފިކެޓަކީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި މިލްކުވެރިކަން ބަދަލުކުރުމުގައި ބަރޯސާވާ ރަސްމީ ލިޔުމެވެ.
- ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން މައްސަލައިގައި ހުށަހެޅޭ ހެއްކާއި ޤަރީނާއަށް ފަނޑިޔާރު ރިޢާޔަތްކުރަންވާނެއެވެ؛ ރަޖިސްޓްރީގައިވާ މަޢުލޫމާތާއި އުޅަނދުން ފެންނަން ހުރި މަޢުލޫމާތު ދިމާނުވާކަން ދައްކާ ހެއްކެއް (ފުލުހުންގެ ފޮރެންސިކް ރިޕޯޓެއް) ހުށަހެޅިފައިވަނިކޮށް، އެއަށް ރިޢާޔަތްނުކޮށް އެ ރަޖިސްޓްރީ ފުރިހަމަ ހެއްކެއްގެ ގޮތުގައި ބަލައިގެން ޙުކުމްކުރުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއް ނޫނެވެ.
- އުޅަނދަށް ދީފައިވާ ރަޖިސްޓްރީ ނަންބަރު ނޫން ނަންބަރެއް ހަރުކުރުމާއި، ހުއްދައެއް ނެތި އިންޖީނު ނުވަތަ ޗެސިސް ނަންބަރަށް ބަދަލުގެނައުމަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން މަނާކުރާ ކުށެއް ކަމުން، އެފަދަ ބަދަލު ގެނެވިފައިވާ އުޅަނދެއް ދުއްވުމުގެ ހުއްދަ ދިނުމަކީ އެ މާއްދާއާ ޚިލާފު ކަމެކެވެ.
- އުޅަނދުގެ ނަންބަރުތަކަށް ބަދަލުގެނެސްފައިވާކަމަށް ތުހުމަތުކޮށް ފުލުހުން ކުރާ ތަޙުޤީޤު ނިމުމުގެ ކުރިން، އެ އުޅަނދު ވަކި ފަރާތަކާ ޙަވާލުކުރުމަށް ކޯޓުން ޙުކުމްކޮށްފިނަމަ ވެރިފަރާތް ނޫން ފަރާތަކަށް ލިބުމުގެ އިޙްތިމާލު އޮންނާތީ، ތަޙުޤީޤު ނިމުމުގެ ކުރިން މިލްކުވެރިފަރާތް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
- ކުށެއްގެ ތުހުމަތުގައި ތަޙުޤީޤުކުރާ މައްސަލަތައް ލަސްނުކޮށް ތަޙުޤީޤުކޮށް ނިންމުމަކީ ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދޭ ޙައްޤެއްގެ ބައެއް ކަމަށާއި، އަވަސް ޝަރީޢަތެއް ލިބުމަކީ އަސާސީ އިންސާނީ ޙައްޤެއް ކަމަށް ފާހަގަކުރެވިފައިވެއެވެ.
3މިއީ، ސިވިލް ކޯޓގު ނަންބަރު 3117/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފކު ރުމަށް އެދު ދައުލަތް (މޯލްޑިވްސ ޕޮލިސް ސަރވިސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތާ ކ، ގއ.ދާންދޫ / ނޫބަހާރުގެ، މުޙައްމަދު ޤާސިމް އެވެ.
3. ގއ.ދާންދޫ/ ނޫބަހާރު، މުޙައްމަދު ޤާސިމގް ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު D P96980AA ބޯޑު ހަރުކޮށްފައިވާ ސައިކަލު 12 އޯގަސްޓް 1820 ގައި ޝަހީދު ޢބްދަ ﷲ ޒުހައިރު ހިންގުމުގައި، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވަނިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސގް ބެލުމުގެ ދަށަށް ގެންދެވިފައިވެއެވެ.
2މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު ޤާސމްއި އިސްވާ ބުނެވުނު ސައިކަލު ހަވާލުކޮށްފައިނުވާތީ، 28 މެއި 1820 ވަނަ ދުވަހު އޭނާ ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބުގައި އެ ސަރވިސްގެ ފަރާތުން 20 ސެޕްޓެމްބަރު 1820 ގައި ފޮނުވާފައިވާ ސިޓީގައި، ރަޖިސްޓްރީ ނަންބަރު P9698 AA0D ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މައްސަލަ ތަޙުޤީޤކުރުމުނު ސައިކަލުގެ އިންޖީނު ނަންބަރާއި އަދި ޗެސިސް ނަންބަރު ކަމަށް ހޯދިފައވަނީ ސައިކަލްގި ރަޖިސްޓްރީގައި، އިސްވެ ބުނެވުނު ސައިކަލުގެ އިންޖީނު ނަންބަރު އަދި ޗެސިސް ނަންބަރުކަމަށް ލިޔެފައިވާ ނަންބަރުތައް ނޫންކަމަށާއި، ސައިކަލގު މިލްކުވެރިކަމާއމެދި ސުވާލއުފެދޭތު ސައިކަލުގެ ވެރިފަރާތްކަމަށް ދަޢުވާކުރާ ފަރާތްތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ސިވިލް ކޯޓުން ނިންމާގޮތެއްގެ މަތިން ސައިކަލާ މެދު ގޮތެއް ނިންމުމަށް އެ ސަރވިސް އިން ނިންމާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
1. ޤާނޫނުއަސާސީގެ 1 ވަނަ ބާބުގެ 10 ވަނަ މާއްދާގެ (ހ) (ށ) (ރ) އާ ޚިލާފަށް މޯލްޑިވްސް ޕޮލިސް ސރވިސަ ގެ ފަރާތުން މުޙައްމަދް ޤާސިމްގެ ސައިކަލު ހިފަހައްޓާފައިވކަމަށް ބުނެ، ބޮޑެތި ގެއްލުންތަކެއް ލިބމުންދާތީ އެ ސައިކަލެ މުޙައްމަދު ޤާސިމްއާއި ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އެންގުމަށް އެދި ސިވިލް ކޯޓަށް މުޙައްމަދު ޤާސިމް މައްސަލަ ހުށަހެޅިއެވެ. އިސްތިއުނާފު ކުރެވިފައިމިވަނީ އެގޮތުން ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 3117/Cv-C/2017 ޤަޟިއްޔާއެވެ.
5މުޙައްމަދު ޤާސިމގް ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ގެ ޚުލާޞާކަމުގައި ބަޔާންކޮށްފައިވަނީ: " މި މައްސަލައަކީ މީގެ 5 އަހަރުކުރިން އަޅުގަނޑު ބޮއިލިންގް ގަރާޖުނ ގަނެގެން އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރީކޮށް ބޭނުންކުރަމުން އައި AAOD/P9698 ރަޖިސްޓްރީ ނަންބަރުގެ މޮޓޯސައިކަލް ޕާކިންގް ޒޯނުގެ ބޭރުގައި ޕާކު ކޮށްފައި ވަނިކޮށް މޯލްޑިވްސް ޕޮލިސް ސާވިސ އިން ޓޯކުރުމަށް ފަހު އެ ސައިކަލް ގެ ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ އިންޖީނު ނަންބަރާއި ޗެސިސްނަންބަރު ސައިކަލުގައިވާ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރާ ދިމާނުވާކަމަށްބުނެ ސައިކަލް ހިފަހައްޓާފައިވާތީ މި ސައިކަލް އަޅުގަނޑާއި ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް ގެ މައްޗަށް އެންގުމަށް އެދި ކޮށްފައިވާ ދައުވާއެކެވެ."
6އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޤަވާޢިދާއި ޚިލާފަށް ޕާކްކޮށްފައި ހުރެގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް (ޓޯޔާޑަށް) ގެންގޮސްފައިވާ ރަޖިސްޓްރީ ނަންބަރު AAOD/P9698 (މޮޓޯ ސައި ކަލް) އަކީ، ވަގަށް ނަގާފައިވާ ސައިކަލަކަށ ވެގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އެފަދް ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީއާއި، ރަޖިސްޓްރީ ނަންބަރު AAOD/P9698 (މޮޓޯ ސައިކަލް) ޓްރާންސްޕޯޓް އޮތޯރިޓީއިން ސިވިލް ކޯޓަށް ހުށަ ހެޅި ދަޢު ވާ ފޯމުގެ 0 ވަނަ ނަންބަރު ރަޖިސްޓްރީކޮށްދީފައިވާ، އަދި ސައިކަލުގާ ވެރިފަރާތުގެ ގޮތުގައުދައުވާކުރާ ގއ. ދާންދޫ ނޫބަހަރުގެ މުޙައްމަދ ޤާސިމ ނޫން އެހެން ފަރާތެއް އެސައިކަލުގ ވެރިފަރާތެއްގެ ގޮތުގައެ ބަލާނެ ތަނެއް ނެތްކަން، ހުށަހެޅިފައިވާ ލިޔުންތަކުނ ޝަރީޢަތަށް ޘާބިތުވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް (ޓޯޔާ ޑުށް) ގެންގޮސްފައިވާ ރަޖިސްޓްރީ ނަންބަރ AAOD/P9698 (މޮޓޯ ސައިކަލް)، 20 އޮކްޓބަރޯ 1820 މިދުވަހުން ފެށިގެން 80 (ތިނެއް) ދުވަހުގެ ތެރޭގައި، ދަޢުވާކުރާ ގއ. ދާންދޫ، […] މުޙައްމަދު ޤާސިމް އާއި ޙަވަލުކުރުމަށް މޯލްޑިވްސ ޕޮލިސް ސާރވިސް އަށާއި، ދިވެހި ދައުލަތަށް އަންގާ ޙުކުމްކޮށްފީމެވެ.] އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
3ސިވިލް ކޯޓުގެ ނަންބަރު C/2017-/Cv3117 ޤަޟިއްޔާ އިސްތިއުނާފކު ރުމަށް އެދު ދައުލަތުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާ ތަކާ ބެހގޮތުނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން، ހުށަހަޅާފައިވާ ނުކުތާތަކަކީ:
0.2 ޤާނޫނު ނަންބަރު 1828/20 (ފަނޑިޔާރުންގެ ޤާނޫނ) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި، މައްސަލަ ނިންމުމުގައި މައްސަލައާ ގުޅިގެން ހުށަހަޅާ އެންމެހައި ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ރިޢާޔަތްކުރައްވާނެ ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 3117/Cv-C/2017 ޤަޟިއްޔާގެ ޙުކުމުގައި، ރަޖިސްޓްރީ ނަންބަރު D/P9698AA0 ސައިކަލުގެ ވެރިފަރާތަކީ މުޙައްމަދު ޤާސިމް ނޫން އެހެން ފަރާތެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކަށް ރިޢާޔަތްކުރެއްވުމެއް ނެތކަމަށި ބުން ހުށަހެޅި ނުކުތާއާއި؛ ސިވިލް ކޯޓުގެ ނަންބަރު 3117/Cv-C/2017 ޤަޟިއްޔާގެ ޙުކުމް.
0.1 ޤާނޫނު ނަން ބަރު 1882/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ށ) ގައި، މިނިސްޓްރީއިން އެ އުޅަނދަކަށް ދީފައިވާ ރަޖިސްޓްރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ޖަހައިގެން ދުއްވުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔަންކށްފޮ އިވަ ފަދައިން އެހެން ނަން ބަރެއ ޖަހައިގެން ދުއްވުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެހެން ނަންބަރެއް ޖަހައިގެން ދުއްވަމުންދިޔަ އުޅަނދެއް ދޫކޮށްލުމަށް ސިވިލްކޯޓުގެ ނަންބަރު 3117/Cv-C/2017 ޤޟަ އްޔާއިނި ޙުކުމްކުރއްވާފައިވަނަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) އާ ކިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި؛
0.0 ރަޖިސްޓްރީ ނަންބަރު D/P96980AA ސައިކަލު ގުޅާ މައްސަލައަކީ މޯލްޑިވްސް ޕލިސޮ ސަރވިސްއިން މިހާރުވެސް ތަޙޤީޤުކުރަމުންދާ މައްސަލައެއްކަމުގައިވާއިރު، އެ މައްސަލައިގެ ތަޙުޤީޤު ނުނިމެނީސް އެ ސައިކަލު އިސްތިއުނާފުރައްދުވ ފަރާތާ ހަވާލުކުރުމަށް ސިވިލްކޯޓުގެ ނަންބަރު 3117/Cv-C/2017 ޤަޟިއްޔާއިން އަންގަވާފައިވާ އެންގުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤު ފުރިހަމަކުރުމަށް ހުރަސްއެޅޭނެ ފަދަ އެނު ގެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.4 އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް
8އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: " މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެހެން ހުރުމުން، ދައުލަތުން އެދެނީ، ސިވިލް ކޯޓުން ނަންބަރު -3117/Cv C/2017 ޤަޟިއްޔާގައި، ރަޖިސްޓްރީ ނަންބަރު AAOD P9698 ސައިކަލަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ސައިކަލެއްކަމަށް ކަނޑައަޅުއްވައި އެ ސައިކަލު އިސްތިއުނާފު ރައްދުވާ ފަރާތާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ދިވެހި ދައުލަތުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނި ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި، ރަޖިސްޓްރީ ނަންބަރު P9698 AAOD ސައިކަލުގެ ތަޙްޤީޤު ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 0 ވަނަ ނަންބަރު ނިންމާލެވެންދެން، އެސައިކަލު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަންގަވައި އެ މޭރުމުނ ފައިޞަލާކޮށްދެއްވައ މައްސަލި ނިންމަވައިދެއްވުމެވެ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
3. އިސްތިއުނާފު ރައްދުވާފަރާތުން ބޭނުންކުރަމުން އައި ސައިކަލު ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާތީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، ފުލުހުން އެ ސައިކަލު ބެލިބެލުމުގައި އެ ސައިކަލުގައި ޖަހާފައިވާ އިންޖީނު ނަންބަރު ކަހާލައި އެ ނަންބަރުގެ މަތީގައި އެހެން ނަންބަރެއް ޖަހާފައިވާކަމަށާއި، އެ ސައިކަލްގައި ޖަހާފައިވާ ޗެސިސް ނަންބަރާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ސައިކަލުގެ ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ޗެސިސް ނަންބަރާ ދިމާނުވާކަން ފާހަގަކުރެވިފައިވާތީ އެކަންކަން އިތުރަށް ކަށަވަރުކޮށް ބެލުމަށްޓަކައި ފުލުހުންގެ ފަރާތުން، ފޮރެންސިކް ތަހުލީލުތަކެއް ކޮށްފައިވާކަމާއި، އެގތުނޮ މޯލްޑިވް ސ ޕޮލިސް ސަރވިސްގެ ނަންބަރު ER/2016/089K(g)P "ސީރިއަލް ނަންބަރު ރީސްޓޮރޭޝަނ އެގްޒެމިނޭޝަން ރިޕޯޓު" އަށް ބަލާއިރު، އެ ސައިކަލުގައި ކުރިން ޖަހާފައިވާ އިނޖް ނ ނަންބަރު އެއްޗަކުން ގޯނާ ފ ހެލުމަށްފަހު އޭގެ މަތީގައި އާ ނަންބަރެއް ޖަހާފައވި ކަމާއި،ފުލުހުންގެ ބެލުމުގެ ދަށަށް އެ ސައިކަލް ގެނެވުނއިރު އ ސއިކަލްގައި އިނޖް ނ ނަންބަރއެ ގޮތުގައި ޖަހާފައިވަނީ ނަންބަރު 2002205”-“JB22E ކަމަށާއި އެހެންނަމަވެސް އނި ޖ ނ ނންބަރުގަ ދށުގައަ ތަފާތު ފޮންޓަކުން ލިޔެފައިވާ ނަންބަރު 5002329-“NF215MCE ރީސްޓޯކުރެވިފައިވާކަމަށް ފުލުހުންގެ ތަހުގީގަށް ހޯދިފައި ވާކަމަށް ބަޔާންކށްފައިވޮ އެވެ. ކަންމިހެނ އޮތް އިރު، އިސްވެ ޙަވާލދެވުނާ "ސީރިއަލް ނަންބަރު ރީސްޓޮރޭޝަނ އެގްޒެމިނޭޝަން ރިޕޯޓު" އަށް ބަލާއިރު، ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 28 ވަނަ ނަންބަރު އެ ސައިކަލުން ރީސްޓޯރ ކުރެވިފައިވާ އިންޖީނު ނަންބަރު 5002329-“NF215MCE އަކީ އެ ސައިކަލުގެ އަސްލު ނަންބަރުކަން ހާމަވާން އޮތްއިރު، އެ ނަންބަރަކީ ސައިކަލު އުފެއްދި ކުންފުނިން ޖަހާފައިވާ ސައިކަލުގެ އަސްލު އިންޖީނު ނަންބަރު ކަމަށް ބެލެވޭކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ސައިކަލުގެ އެއްގަމު އުޅަނދުގެ ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ އިންޖނީ ނަންބަރާއި އެ ސައިކަލުގައި ޖަހާފައިވާ އެ ސައިކަލުގެ އަޞްލު އިންޖީނު ނަންބަރު ދިމަނުވާކން މޯލްޑިވްސ ޕޮލިސް ސަރވިސްގެ ފާހަގަކޮށްފައިވެއެވެ.
32.ފުލުހުންގެ ބެލު މުގެ ދަށަށް ގެނެވިފައިވާ ސއަ ކ ލުގައަ ލިޔެފައިވާ އިންޖީނު ނަންބަރާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓަށް ހުށަހަ ޅާފަ އިވަ ސައިކަލުގެ އެއްގަމު އުޅަނދުގެ ރަސްޓް ރީގައި ބަޔާންކޮށްފައިވާ އިންޖނީ ނަންބަރާއި ޗެސިސް ނަންބަރާ ދިމނާ ވާކަނު ދައުލަތުން ދށަ ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވާން އޮތްއިރު، ރަޖިސްޓްރީ ނަންބަރު D P96980AA ސައިކަލުގެ މިލްކުވެރިއަކީ އިސްތިއުނާފރު އ ދ ވާ ފަރާތްކަމަށް ކަނޑައަޅުއްވައި ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ދައުލަތުން ދަށު ކޯޓަށް ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަލް ނަންބަރު ރީސްޓޮރޭޝަނ އެގްޒެމިނޭޝަން ރިޕޯޓަށް ރއާޔިތްކުރެއްވުމެއްނެތިއެވެ. އަދި ފަނޑިޔާރުންގެ ޤނޫނުގާ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި މައްސަލަ ނިންމުމުގައި މ އްސަލައ ގުޅިގެނާ ހުށަހަޅާ އެންމެހއަ ހެއްކާއި ޤަރީނާއަށް ފަނޑޔި ރުނާ ރިއާޔަތކުރަންވާންކަމަށް ބަޔާންކޮށްފައިވާއިރު، ދައުލަތުން ހުށަހެޅި އިސްވެ ދެންނެވުނު ލިޔެކިޔުމަށް ރިޢާޔަތްކުރެއްވުމެއް ނެތި ޙުކުމްކޮށްފައި ފައިވާތީ، ދަށު ކޯޓުގެ އެ ޙުކުމަކީ ހައިކޯޓުން ބަދަލު ގެންނަޖެހޭފަދަ ހުކުމއްކެ މަށަ ދައުލަތުން ފާހަގަކޮށްފައިވެއެވެ.
33.މީގެ އިތުރުން، ރަޖިސްޓްރީ ނަންބަރު P9698 D0AA ސައިކަލުގެ ފޮރެންސިކް ތަޙްލީލުން ރީސްޓޯރކުރެވުނު އެ ސައިކަލުގެ އިންޖީނު ނަންބަރައި ޗެސިސް ނަންބަރުގައި ރަޖިސްޓްރީ ކޮށްފައިވާ އެހެން ސައިކަލެއް ލ. ފޮނަދޫ އިން ފެނިފައިވާތީ، ލ. ފޮނަދޫއިނ ފެނުން އެ ސައިކަލުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ދައުލަތުން ދަށު ކޯޓުގައި ފާހަގަކޮށްފައިވާނެކަމަށާއި، އެހެންނަމަވެސް، އިސްވެ ދެންނެވުނު ކަންކަމަށް ރިއާޔަތްކުރުމެއްނެތި ރަޖިސްޓްރީ ބުނެވުނު ސައިކަލުގައި ލިޔެފައިވާ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރުގެ އެހެން ސައިކަލެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައ ނުވާކަމަށީ ސިވިލް ކޯޓުން ބެލި ޤަޟުއްޔާގެ ޝަރަޢަތ ނިމުން ގޮތުގު ޚުލާސާ ރިޕޯޓު ގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ކަނޑައަޅާފައިވާއިރު، އެ ޙުކުމަކީ ބަދަލު ގެންން ނޖެހޭފަދަ ހުކުމެއްކަނ ދައުލަތުން ފާހަގަކޮށްފައިވެއެވެ.
33.އެގޮތުން މި މައްސަލައިގެ ބާވަތަށް ބަލާއިރު، މިއީ ރަޖިސްޓްރީ ނަންބަރ D P96980AA ސައިކަލުގެ މިލްކުވެރިކަމާމެދު ސުވާލުއުފެދިފައިވާތީ، އޭގެ މިލްކުވެރިކަން ސާބިތުކުރުމަށްޓަކއ އިސްތިއުނާފި ރައްދުވަ ފަރަތުން ދަށު ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުންކުރމުނަ އައި ސައިކަލުގައި ލިޔެފައިވާ ނަންބަރު ތަކަކީ ސައްހަ ނަންބަރުތަކެއ ނޫންކަން ފުލުހުންކުރި ތަހލީލަށު އެނގެން އޮތްއިރު އެ ސައިކަލުގެ މިލްކުވެރި އެހެން ފަރާތެއް ވޭތޯ ކަނޑައެޅުމުގައި ދށަ ކޯޓުނު ބަލަންވާނަ އެ ސައިކަލުގެ އަސްލު އިންޖީނު ނަންބަރާއި ޗެސިސް ނަންބަރުގައި އެހެން ސައިކަލެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވޭތޯކަމަށާއި، ނަމަވެސް، ސައިކަލުގެ މިލްކުވެރިކަން ސާބިތުކުރުމަށް ހުށެހެޅިފައިވާ މައްސަލައިގައި، އެ ސައިކަލުގެ ބޭރުގައި ލިޔެފައިވާ ޞައްޙަ ނޫން އެހެން ނަންބަރުތަކެއްގައި އެއްވެސް ސައިކަލެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިނުވާކަމަށ ސިވިލް ކޯޓުގް ޤަޟިއްޔާގެ ރިޕޯޓުގައި ކަނޑައަޅުއްވާފައިވަނީ، ޝަރުއީ އަދި ކޮން ޤާނޫނީ ހަމައަކުންކަން ސާފުނުވާކަމަށާއި، ފުލހުންގު ފޮރެންސިކް ތަޙްލީލުން ރީސްޓޯރ ކުރެވުނު އެ ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރުގައި ރަޖިސްޓްރީކޮށްފައިވާ އެހެން ސައިކަލް ލ.ފޮނަދޫއިނ ފެނިފައިވާކަމަށް ދައުލަތުން ފާހަގަކުރިނަމަވެސް އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
32.ސައިކަލު ގެ ޗެސިސް ނަންބަރާއި އިންޖީނު ނަންބަރަކީ އެ ސައިކަލު އުފައްދާ ކުންފުނިން އެ ސައިކަލެއްގެ ފްރޭމްގައި ޖަހާ އެ ސައިކަލަކަށް ދޭ ޚާއްސަ ވަކި ނަންބަރެއްކަމުގައިވާއިރު، އެއީ އެ ސައިކަލު އެފަދަ އެހެން ސައިކަލުތަކާއި މިލްކުވެރިކަން ސާބިތުކުރުމަށް އެއްގަމުއުޅަނދުގެ ރަޖިސްޓްރީއަކަށް ރުޖޫޢަވާނަމަ، އެ ރަޖިސްޓްރީގައި ބަޔާންކޮށްފައިވި އާ ސައިކަލެގެ އިންޖީނު ނަންބަރާއުޗެސިސް ނަންބަރާއި، އ ސައިކަލެ ގައި ލިޔެފައިވާ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރާއި ދިމާވޭތޯ ބެލުން މުހިއްމުކަމަށާއި، ބުނުވިދިޔަ ފަދައިން އެއްގަމު އުޅަނދުގެ ރަޖިސްޓްރީގައި ބަޔާންކޮށި ފައިވާ އެ ސައިކަލަގެ މަޢުލޫމާތުތަކާއ ޙަޤީޤަތުގައި އެ ސައިކަލުން ފެންނަންހުރި މަޢުލޫމާތުތަކާ ދިމާނުވާނަމަ، އެ ރުޖިސްޓްރީއަށް ބުރަވެ އ ސައިކަލީ ގެ މިލްކުވެރިކަން ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ފަރަ ތުގެ މައްޗަށް ސާބިތުކުރެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކު މަށާއި، އަދި މި މަޢުލޫމާތުތައް ރަޖިސްޓްރީގައިވެސް ހިމަނާފައިވާއިރު، އެއްވެސ ސަބަބެއް މެދުވެރިވެގެން ސައިކަލުގެ އިންޖީނު ބަދަލުކުރަންޖެހޭ ޙާލަތުގައިވެސް، އެ އައި ބަދަލް އެއްގަމުގައ ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ އެނެކްސު2 ގ ގޮތުގައެ ހިމެނިފައިވާ "އެއްގަމު އުޅަނދުގެ ޚިދުމަތަށިއެދޭ ފޯމް" މެދުވެރިކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް އެންގެމަކީ އ އުޅަނދެއްގެ ވެރިފަރާތެއްގެ މަސްއޫލިއްޔަތެއްކަމަށާއ، ފުލުހުންގެ ބެލުމުގެ ދަށަށް އުޅަނދު ގެނައުމަށްފަހު، ރަޖިސްޓްރީގައިވާ މައުލޫމާތާއ އުޅަނދުގައި ލޔެފައިވި މައުލޫމާތު ދިމާވެ އޅު ނދުގަ ވެރިފަރާތް ކަށަވަރުވުމުނ ނޫން ފުލުހުން ޢާންމު އުސޫލެއްގެ ގޮތުން ސައިކަލު ދޫނުކުރާކަމަށް، ދައުލަތުން ފާހަގަކޮށްފައިވެއެވެ.
31ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ (ނ) ގައި، ދަޢުވާއެއްގައި އެއް ޚަސްމު އަނެއް ޚަސްމަކު ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތެއްކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލާގައި ހިމެނޭ ސައިކަލަކީ މުޙައްމަދު ޤާސިމްގެ މިލްކެއްކަމަށް ބުނާނަމަ އެކަން ސާބިތުކުރުމުގެ މަސްއޫލިއްޔަތަކީ އެފަރާތުން އުފުލަންޖެހޭ ޒިންމާއެއްކަމަށްވާއިރު، ސައިކަލްގ ރަޖިސްޓްރީގެ ކޮޕީ ފިޔަވައި، ސައިކަލްގެ މިލްކުވެރިފަރާތަކީ މުޙައްމަދު ޤާސިމްކަނ ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާއިރު، އަދި އެ ރަޖިސްޓްރީއަކީ މައްސަލައިގައި ހިމެނޭ ސައިކަލްގެ މިލްކުވެރި ފަރާތް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ވަޞީލަތަކަށް ނުވާއިރު، އޭނާއަކީ ސައިކަލްގެ ވެރިފަރާތްކަމަށް ކަނޑައެޅޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
35ޤާނޫނު ނަންބަރު 1882/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު)ގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން، އުޅަނދުގެ ވެރިފަރާތްތަކަށް އުޅަނދު ރަޖިސްޓްރީކުރުން ލާޒިމްކުރިނަމަވެސް، މުޙައްމަދު ޤާސިމްގެ ފަރާތުން ހުށަހެޅި ރަޖިސްޓްރީއަކީ މި މައްސަލައިގައި ހިމެނޭ ސައިކަލު ގެ މިލްކުވެރިކަން ސާބިތުކުރާފަދަ ކިތާބީ ހެއްކަކަށް ނުވާއިރު، ސައިކަލްގެ މިލްކުވެރިކަން ސާބިތުކުރުމަށް ރަޖިސްޓްރީ ފިޔަވައި އެހެން ހއްކެއެ ހުށަހަޅާފައިނުވާއިރު، ޤާނޫނު ނަންބަރު 00/11 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ ތަޠްބީޤުކށްފައިވަނޮ ރަނގަޅަށް ނޫންކަމަށާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2014/SC-A/03 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (އ) ގެ 0 ވަނަ ނަންބަރުގައި (ޞަފްޙާ 20) ގައި، ޝަރީޢަތުން ނުވަތަ ޤާނޫނަކުން ލިޔުމެއް އޮތުން ލާޒިމްކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ ހަމަ އެ ލިޔުމެއްކަމަށް ޤާނޫނު ނަންބަރު 00/15 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި އޮންނަ މުޠުލަޤު އުޞޫ ލެއް ނޫންކަން އެ މާއްދާއިން އެނގެން އޮންނަކަމަށް ކަނޑައަޅުއްވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
36ހަމައެކަނި ރަޖިސްޓްރީއަށް ބަލައި މިލްކުވެރިކަން ސާބިތުނުވާނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާއިން އ ސްތިޤްރާރުވެފައި މަބްދަޢުއެއްކަމަށާއި، ހަމައެކަނި ރަޖިސްޓްރީއަށް ބަލައި މިލްކުވެރިކަން ސާބިތުނުކުރެވޭނެ ކަމަށާއި، މައްސަލައިގެ ވަށައިގެންވާ ހެކިތަކަށް ބަލައި މިލްކުވެރިކަން ސާބިތުކުރުން މުހިއްމުކަމަށާއި، ދަށުކޯޓަށް ދައުލަތުން ހުށަހެޅި ލިޔުންތަކުން، ސައިކަލުގައި ލިޔެފައިވާ މައުލޫމާތާއި ސައިކަލުގެ ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ ދިމާނުވާކަން ސާފުކޮށް އެނގޭއިރު، ހަމައެކަނި ރަޖިސްޓްރީއަކަށް ބުރަވެ މި މައްސަލާގައި މިލްކުވެރިކަން ސާބިތުކުރުމަކީ، އިސްވެ ބުނެވުނު ސުޕްރީމްކޯޓުގެ ޤަޟިއްޔާއާ ޚިލާފު ޙުކުމެއްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
33.ސިވިލ ކޯޓުން މައްސަލް ނިންމުމުގައި އެހެން މީހެއްގެ ފަރާތުން މި މައްސަލާގައި ހިމެނޭ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބުނެ ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށ ފާހަގަކޮށް އެ ސަބަބުގެ މައްޗަށް ރިޢާޔަތްކޮށް އެއީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މިލްކެއްކަމަށް ކަނޑައަޅާފައިވާއިރު، އެއީ މިލްކުވެރިކަން ސާބިތުކުރުމަށް ރިޢާޔަތްކުރެވިދާނެ ސަބަބެއް ނޫންކަމަށާއި، ދިވެހިރާއްޖޭގައި މިލްކުވެރިކަމާ ގުޅޭ ކަންކަމުގައި ވަކި މުއްދަތެއްގެ ތެރޭގައި ދަޢުވާނުކޮށްފިނަމަ މިލްކުވެރިކަމުގެ ޙައްޤު ނެތިގެންދާނެ ޤާނޫނެއް (ލިމިޓޭޝަން ޤާނޫނު) މިހާތަނަށް ނެތްއިރު، މިހާތަނަށް ޝަކުވާއެއް ހުށަހަޅާފައިނެތުމަކީ ސައިކަލްގެ ވެރިފަރާތަށް މިލްކުވެރިކަމުގެ ހައްޤު ގެއްލޭ ކަމަކަށް ނުވާނެތީ، ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
38ޤާނޫނު ނަންބަރު 1882/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާ ނ ނުވަތަ ބޭނުންކުރަންވާނީ އެ ޤާނޫނު އަދި އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާގޮތުން ރަޖިސްޓްރީކޮށްގެނ ކަމަށް ބަޔާންކޮށްފައިވާކަމާއި، އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާޢިދުގެ 0 ވަނަ މާއްދާގެ (ހ) ގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށްފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރަރ ނުވަތަ ރަޖިސްޓްރަރ އައްޔަންކުރާ ފަރާތުން ދޭ ނަންބަރެއް ނަންބޯޑުގައި ހުރަކުރުމަށްފަހ ކަމަށު ބަޔާންކޮށްފައިވާކަމާއި، އަދި އެ ޤަވާއިދުގެ 1 ވަނަ މާއްދާގައި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅަންވާނީ އެ ޤަވާޢިދުގެ އެނެކްސް 82 ގައިވާ "އެއްގަމު އުޅަނދުގެ ޚިދުމަތަށް އެދޭ ފޯމް" އާ އެއްކޮށްކަން ބަޔާންކޯށްފައިވާކަމާއި އެ ފޯމުގައި އިންޖީނު ނަންބަރު އަދި ޗެސިސް ނަންބަރު ފަދަ މައުލޫމަ ތ ލިޔަންޖެހޭކަމަށާއި، މި މައްސަލައިގައި ހިމެނޭ ސައިކަލްގެ ރަޖިސްޓްރީގައިވާ މައުލޫމާތު ދިމާނު ވާތީ، އެއީ ދޮގު މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ރަޖިސްޓްރީކޮށްފައިވާ ސައިކަލެއްކަމަށް ބަލަންޖެހޭކަމަށާއި، މިގޮތަށް ރަޖިސްޓްރީކުރުމަކީ އިސްވެ ބުނެވުނު މާއްދާއާ ޚިލާފު ކަމެއްކަމަށްވާތީ، އެފަދް ސއިކަލެއ ދޫކުރުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
33. ޤާނޫނު ނަންބަރު 1825/00 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށު 0 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) އަށް ގެނެވުނު އިޞްލާޙުގައި، މިނިސްޓްރީއިން އެ އުޅަނދަކަށް ދީފައިވާ ރަޖިސްޓްރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ޖަހައިގެން ދުއްވމަކު ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، އެއްގަމުގައ ދުއްވި އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 0 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޯޑު ހަރުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، މި މައްސަލާގައި ހިމެނޭ ސައިކަލްގައިވާ މައުލޫމާތާއި، ބޯޑު ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ މައުލޫމާތާއި ދިމާނުވާތީ، އެއީ އިސްވެ ބުނެވުނު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށެއްކަމަށްވާތީ، ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
32. ރަޖިސްޓްރީ ނަންބަރު P9698 AA0D ސައިކަލު ގުޅާ މައްސަލައަކީ ފުލުހުން މިހާރުވެސް ތަޙްޤީޤުކުރަމުންދާ މައްސަލައެއްކަމަށާއި، ސައިކަލާ ގުޅޭގޮތުން ފުލުހުންގެ ތަޙްޤީޤަށް ހޯދުނު އިންޖީނު ނަންބަރާއި ޗެސިސް ނަންބަރުގައި ރަޖިސްޓްރީކޮށްފައިވާ ސައިކަލެއް ލ.ފޮނަދޫއިނ ފެނިފައިވާކަމަށް ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާނެކަމަށާއި، އެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލި ބެލުމުން، އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލުމަށްފަހު އާ ނަންބަރުތަކެއް އެ ސައިކަލުގައިވެސް ލިޔެފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށާއި، އެ ސައިކަލުގެ އަސްލު ނަންބަރު ހޯދުމަށް އިތުރަށް ތަޙޤީޤުކޮށު ބެލިބެލުމުން، ލ.ފޮނަދޫއިނ ފެނުން ސައިކަލުގެ އިތުރުން ތިންވަނަ ސައިކަލެއްވެސް މިހާރު ހޯދިފައިވާކަމަށާއި، އެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ތިންވަނަ ސައިކަލުގެ މައުލޫމާތަކީ ތަހްޤީޤަށް ވަރަށް ފަހުން ހޯދިފައިވާ މައުލޫމާތެއްކަމުން، ސިވިލް ކޯޓުގައި ފާހަގަކުރުމުގެ ފުރުސަތު ލިބިފައިނުވާ އައު ވާހަކައެއްކަމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 2015/SC-A/05 ޤަޟިއްޔާގައި، ދަށުކޯޓަށް ހުށަހެޅުމަށް ނުކުޅެދުނު އާ ހެއްކާއި އާ ދިފާޢުތައް އިސްތިއުނާފީ ކޯޓަށް އަލުން ހުށަހެޅުމަކަށް، މައްސަލަ އިސްތިއުނާފު ކުރުމާބެހޭ ޤާނޫނީ އުޞޫލުތައް އެއްވެސް މިންވަރަކަށް ހުރަސްނާޅާކަމަށް ބަޔާންކުރައްވާފައިވާތީ، ހައިކޯޓުން މި ކަމަށް ރިޢާޔަތްކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވެއެވެ.
33.ރަޖިސްޓްރީ ނަންބަރު AA0D P9698 ސައިކަލުގެ އަސްލު މިލްކުވެރިފަރާތަކީ ކޮބައިކަން ދެނެގަނެވޭނީ މި މައްސަލައިގެ ތަޙްޤީޤު އެއްކޮށް ނިންމާލެވިގެންކަމަށާއި، މިގޮތަށް ނަންބަރުތައް ދިމާނުވާ މައްސަލަތަކުގައި ފުލުހުން ޢާންމުކޮށް އަމަލުކުރާގޮތަކީ އެފަދަ ސައިކަލްގެ އަސްލު އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ހޯދުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެސައިކަލުގެ އަސްލު ނަންބަރުތައް ސައިކަލްގައި ޖަހާ އެ ސައިކަލުގައިވާ މަޢުލޫމާތުތައް ރަނގަޅުކުރުމަށްފަހު، ސައިކަލުގެ އަސްލު މިލްކުވެރިފަރާތަށް ސައިކަލު ހަވާލުކުރުން ކަމަށްވާތީ، ފުލުހުންގެ ތަހްޤީޤު ނުނިމެނީސް އިސްތިއުނާފު ރައްދުވާ ފަރާތަށް ސައިކަލު ހަވާލުކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ދައުލަތުން ދެކޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
33. ސައިކަލާމެދު ދަޢުވާކުރަނީ މުޙައްމަދު ޤާސިމް އެކަނި ކަމަށާއި، އެ ސައިކަލަކީ މުޙައްމަދު ޤާސިމް ދިހަވަރަކަށް އަހަރު ކުރިން ބޮއިލިންގ ގަރާޖުން ގަނެފައިވާ ސައިކަލެއް ކަމަށާއި، ދުއްވާތާ ފަސްވަރަކަށް އަހަރުވެ، ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފީއެއް ދައްކައިގެން ދުއްވަމުން ދިޔަ ސައިކަލެއް ކަމަށާއި، ދެފަހަރެއްގެ މަތިން ގަވާއިދާ ޚިލާފަށް ޕާކު ކޮށްގެން ސައިކަލް ޓޯ ކުރި ކަމަށާއި، ފުރަތަމަ ފަހަރު ދޫކޮށްލީ ކަމަށާއި، އެއީ ކީއްވެކަން ނޭނގާ ކަމަށާއި، މިއީ ގެއްލިގެން ރިޕޯޓު ކޮށްފައިވާ ސައިކަލަށްނުވާތީ އެހެން މީހެއްގެ ސައިކަލެއް ކަމަށް ފުލުހުންނަށް ނުބުނެވޭނެ ކަމަށް، އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
32. މިފަދަ މައްސަލަތަކުގައި އާއްމުކޮށް އަމަލުކުރާގޮތަކީ، ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތެއްގެ މައްޗަށް ސައިކަލު ދޫކުރުން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މައުލޫމާތު ދީފައިވާކަމަށާއި، ދަށު ކޯޓުގެ ނިންމުމުގައި، މި ސައިކލަކަ އެހެން ފަރާތެއް މި ސައިކަލުގެ މައްޗަށް ދަޢުވާކުރާ ސައިކަލެއް ނޫންކަމަށް ބަޔާންކޮށް، މި ސައިކަލަކީ މި ސައިކަލު ހޯދުމަށް ދަޢުވާކުރާ ފަރާތުގެ ސައިކަލެއްކަމަށް ނިންމިދާނެ ބަޔާންކޮށްފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
31. މި މައްސަލާގައި ހިމެނޭ ސައިކަލު ގުޅިގެނާ އެއްވެސް މީހަކު މިއަދާ ހަމައަށްވެސް ފުލުހުންނަށް މައްސަލައެއް ޖައްސާފައިނުވާކަމަށާއި، އެހެންކަމުން އިސްތިއުނާފ ރައްދުވު ފަރާތުން ގަބޫލުކުރަނ މިއީ އިސްތިއުނާފީ ރައްދުވާ ފަރާތުގެ ސައިކަލެއްކަމަށ އެފަރާތުން ދެކޭކަމަށާއި، ނަމަވެސް، ސައިކަލު ގަތް ފަހުން ގިނަ ދުވަސް ވެފައިވާތީ ރަޖިސްޓްރީ ނޫން އެހެން ލިޔުމެއް މިހާރު އޭނާގެ އަތުގައި ނެތްކަމަށާއި، ހައިކޯޓުން މައްސަލަ ނިންމުމުގައި މުޙައްމަދު ޤާސިމްއަށް ސައިކަލު ލިބޭނެގޮތަށ މައްސަލް ނިންމައިދިނުމަށް އެދޭކަމަށްވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން އެއްގަމު ދަތރުފަތުރުގ ޤާނޫނެ
35.ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމާއި، ދުއްވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރު ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ތަންތަން ރަޖިސްޓަރީ ކުރުމާއި، އެއްގަމު ދަތުރުފަތުގެ ޚިދުމަތް ދިނުމާއި، މި ނޫނަސް އެއްގަމު ދަތުރުފަތުރުގެ ނިޒާމާގުޅޭ އެންމެހައި ކަންތައްތަކާބެހޭ ޤާނޫނެއް ވުޖޫދުގައި އޮތްކަން ފާހަގަކުރެވެއެވެ. އެއީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނެވެ. އެހެންކަމުން، އެއްގަމު ޤާނޫނު ނަންބަރު 1882/5 ގެ 2 ވަނަ މާއްދާ އާއި 1 ވަނަ މާއްދާ އުޅަނދާގުޅޭ މިފަދަ މައްސަލަތަކުގައި ރިޢޔަތްކުރަންޖެހޭ އެންމެ އަސާސީ އެއް ޤާނޫނަކީ ބުނެވިދިޔ ޤާނޫނުކަމުގައި އަހުރެން ދެކެމެވެ.
36.ތަފާތު ބްރޭންޑްތަކުގެ ސައިކަލު ބާޒާރަށް ނެރެ ވިއްކަމުންދާއިރު، އެއިން ކޮންމެ ބްރޭންޑެއްގެ އެތައްސަތޭކަ މޮޑެލެއް ބާޒާރުގައި ވިއްކަން ހުންނަކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. އެ މޑެލްތަކުގައި ހަމައެކަނޮ އެއްގޮތް ސިފަތަކެއް ހުންނަނީއެއް ނޫނެވެ. އޭގެ އިތުރުން، ފެންނަ ފެނުމަށްވެސް އެ މޮޑެލްތައް ހުންނަނީ އެކަތި އަނެކައްޗާ ވަކިނުވާހާ އެއްގޮތްކޮށެވެ. ފެންނަ ފެނުމަށ އެއްވެސް ފަރަގެއް ނުހުރެއެވެ. އެހެންކަމުން، އެއްގޮތް އެތައް ސައިކަލެއް އެއް ސަރަހައްދެއްގައި ޕާކުކޮށްފައި ހުންނައިރު، އެ މީހެއްގެ ސައިކަލު އެ މީހަކަށް ވަކިކުރަން އުނދަގޫވެގެން އުޅޭ ފަހަރުވެސް މަދެއްނޫނެވެ.
33.ނަމަވެސް، ރިމޯޓ ލޮކް ފަދަ ސިސްޓަމްތައް ހަރުކޮށްފައި ހުންނަ ޒަމާނީ ސައިކަލެއްނަމަ އެ ސައިކަލެއް ވަކި ކުރުމަކީ އޭގެ ރިމޯޓ އޮންން މީހަކަށް ވަރަށް ފަސޭހަކަމެކެވެ. އަތުގައި އޮތް ރިމޯޓަށް ފިއްތާލުމުން ސައިކަލުން އެލާމް އެޅުމުގެ އިތުރަށް ސައިކަލު ދިއްލެއެވެ. މިގޮތުން، ސައިކަލު ވަކިކުރަންވަރަށް ފަސޭހައެވ.
38.ރިމޯޓް ލޮކް ފަދަ ސިސްޓަމެއ ނެތް ނަމަވެސް، އެ މީހެއްގެ ސައިކަލު ދެނެގަތުމަކީވެސް މާ އުނދަގޫ ކަމެއް ނޫނެވެ. އެއީ، ކޮންމެ ސައިކަލަކަށްވެސް ތަފާތު ނަންބަރު ޕްލޭޓެއް ދީފައިވާއިރު، އެ ނަންބަރު ޕްލޭޓަށ ބަލައިގެން އެ މީހެއްގެ ސައިކަލު އެ މީހަކަށް ދެނެގަނެވޭނެއެވެ. އެގޮތަށް ސައިކަލު ދެނެގަތުމަށްޓަކައި ހަމައެކަނި އެ މީހަކަށް އެނގެން ޖެހެނީ އެ މީހެއްގެ ސައިކަލުގެ ނަންބަރު ޕްލޭޓެވެ. އެ ނަންބަރު ޕްލޭޓަކީ އެ އުޅަނދެއްގެ ރަޖިސްޓަރީ ސެޓްފިކެޓްގައ ބަޔާންކުރި ރަޖިސްޓްރީ ނަންބަރެވެ.
33.މ ޤަޟިއްޔާގައި ހިމެނޭ މޮޓޯ ސައިކަލަކީ ކޮންމެހެން ރަޖިސްޓަ ރީކުރުން ޤާނޫނީ ގޮތުން ލާޒިމު އުޅަނދެއްކަމާމެދު އެއްވެސް ދެބަސްވުމެއް ނެތެވެ. ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނގު ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެންކަނ ސާފުކޮށް އެނގެއެވެ. އެހެންކަމުން، އެފަދަ އުޅަނދުތަކަކީ ކޮންމެހެން ރަޖިސްޓަރީކުރުނ ޤާނޫނުން ލާޒިމުކުރާ އުޅަނދުތަކެއްކަން އެނގެއެވެ.
22. އުޅަނދެއް ރަޖިސްޓަރީކުރެވޭއިރު އެ އެޅަނދެއްގެ މަޢުލޫމާތުތައް އެއްކުރެވެއެވެ. އަދި އެ މަޢުލޫމާތުތައް އެ އުޅަނދެއްގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވެސް އޮވެއެވެ. އެގޮތުން:
08.2 މޮޑެލް ނަންބަރު؛ އާއި
08.1 ޗެސިސް ނަންބަރު؛ އާއި
08.0 އިންޖީނު/ މޯޓަރު އުފެއްދި ކުންފުނި؛ އާއި
08.1 އިންޖީނު/ މޯޓަރު ސީރިއަލް ނަންބަރު؛ އާއި
08.5 އިންޖީނު/ މޯޓަރު ކެޕޭސިޓީ؛ އާއި
08.0 އުފުލޭ މީހުންގެ އަދަދު؛ އާއި
08.0 ފުރަތަމަ ރަޖިސްޓަރީ ކުރި ތާރީޚް؛ އާއި
08.0 އެތެރެކުރި އަހަރު؛ އާއި
08.2 ރަޖިސްޓަރީކުރި ތާރީޚް؛ އާއި
08.28 ބޭނުންކުރާ ޒޯން؛ އާއި
08.22 ދޫކުރި ތާރީޚް؛ އަދި
08.21 ރަޖިސްޓަރީ ނަންބަރު، ހިމެނިފައި އޮވެއެވެ. ޤާނޫނު ނަންބަރު 1882/5 ގެ 2 ވަނަ މާއްދާ އާއި 1 ވަނަ މާއްދާ
23.އުޅަނދެއް ރަޖިސްޓަރީ ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ އުޅަނދެއްގެ މިލްކުވެރިކަންވެސް ކަނޑައެޅިގެން ދެއެވެ. އެ މީހެއްގެ ނަމުގައި އެ އެއްގަމު އުޅަނދެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓެއް ނެތް ނަމަ، އެ މީހަކީ އެ އުޅަނދުގެ ވެރިފަރާތުގެ ގޮތުގި އެއް ނުބެލެވެއެވެ.
23.އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ސެޓްފިކެޓަކީ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާކަމުގެ ރަސްމީ ލިޔުމެކެވެ. މަގުމަތީގައި ދުއްވާ ކޮންމެ އުޅަނދަކީ ޤާނޫނާ އެއްގޮތަށް ރަޖިސްޓްރީކުރެވިގެން ދުއްވާ އުޅަނދެއްކަން ޔަޤީންކޮށ ކަށަވަރުކުރުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަކީ އުޅަނދުގެ ރަޖިސްޓްރީއެވެ.
22.މިގޮތުން، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންވެސް ބަރޯސާވާ މައިގަނޑު ޑޮކިއުމަންޓަކީ އުޅަނދުގެ ރަޖިސްޓްރީއެވެ. އަދި އުޅަނދެއް ގަނެ ވިއްކާއިރު، އޭގެ މިލްކުވެރިކަން ބަދަލުކުރމަށްވެސް ރަޖިސްޓްރު އަށް ބަރޯސާވެއެވެ.
21.ރަޖިސްޓްރީ ނަންބަރު AA0D P9698 ސައިކަލު ގަވައިދ ޚިލާފަށާ ޕާކުކޮށްފައިވަނިކޮށް ޓޯކުރުމަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. އަދި އެ ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރަކީ ސައިކަލުގެ ރަޖިސްޓްރީގައި އެ ސައިކަލުގެ އިންޖީނު ނަންބަރު އަދި ޗެސިސް ނަންބަރުކަމަށް ލިޔެފައިވާ ނަންބަރުތައް ނޫންކަން ފުލުހުންނަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، އެ ސައިކަލު ދޫކޮށްފައިނުވަނީ ސައިކަލު ގެ މިލްކުވެރިކަމާއިމެދު ސުވާލުއުފެދޭތީކަނ ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮވެއެވެ. އެއީ އެ ސައިކަލުގެ ރަޖިސްޓަރީ ކަމަށް ބުނެ މުޙައްމަދު ޤާސިމް ހުށަހެޅި ރަޖިސްޓްރީގައިވާ މަޢުލޫމާތުތަކާއި އަސްލު ސައިކަލުން ފެންނަންހުރި މަޢުލޫމާތު ފުށުއާރާތީކަން އެނގެއެވެ.
25.80 ނޮވެމްބަރު 1820 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފޯމުގައި މުޙައްމަދު ޤާސިމް ބަޔާންކޮށްފައިވަނީ އެ ސައިކަލަކީ އޭގެ 85 (ފަހެއް) އަހަރު ކުރިން އޭނާ ގަތް ސައިކަލެއްކަމަށެވެ. އެހެންކަމަށްވާނަމަ، އޭގެ މާނައަކީ އޭނާ އެ ސައިކަލު ގަނެފައިވަނީ 1821 ވަނަ އަހަރުއެވެ.
26.މުޙައްމަދު ޤާސިމް ބުނެފައިވަނީ އޭނާ އެ ސައިކަލު ގަތީ ބޮއިލިންގް ގަރާޖުން ކަމަށެވެ. އެހެންނަމަވެސް، އެ ސައިކަލު ގަތްކަން އެނގޭނެ އެއްވެސް ލިޔުމެއް ސިވިލް ކޯޓަށް ވެސް އަދި މި ކޯޓަށްވެސް ހުށަހަޅާފައެއް ނުވެއެވެ. އަދި އޭނާގެ ދަޢުވާ ސާބިތުކުރުމަށް ސިވިލް ކޯޓަށް އެއްވެސް ހެކިވެރިޔަކުވެސް ހުށަހަޅާފައެއްނުވެއެވެ. މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ރިޢާޔަތްކޮށްފައިވޭތޯ ބެލުން
23. ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނ ންބަރުގައި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
28.ރަޖިސްޓްރީ ނަންބަރު P9698 AA0D ސައިކަލު ގަވާ އދ ޚިލާފަށާ ޕާކްކޮށްފައިވާތީ އެ ސައިކަލު ޓޯކޮށް، ސައިކަލު ބެލިބެލުމުގައި އިންޖީނު ނަންބަރު ކަހާލައި އެ ނަންބަރުގެ މަތީގައި އެހެން ނަންބަރެއް ޖަހާފައިވާތީއާއި، ސައިކަލުގެ ރަޖިސްޓްރީ ކަމަށް ބުނެ މުޙައްމަދު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ ރަޖިސްޓްރީގައި ބަޔާންކޮށްފައިވާ ޗެސިސް ނަންބަރާ ދިމާނުވާކަން ފާހަގަކުރެވިގެން، އެކަންކަން އިތުރަށް ކަށަވަރުކުރުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޮރެންސިކް ތަޙްލީލްތަކެއް ކޮށް، އެ ސަރވިސްގެ ނަންބަރު K(g)/PER/2016/089 "ސީރިއަލް ނަންބަރު ރީސްޓޮރޭޝަނ އެގްޒެމިނޭޝަން ރިޕޯޓް" ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މި ރިޕޯޓުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. "ފާހަގަކުރެވުނު ކަންތައްތައް 2 ޤާނޫނު ނަންބަރު 1828/20
2. ހ ގައިވާ P9698 AA0D ސައިކަލުގެ އިންޖީނު ނަންބަރެއްގެ ގޮތުގައި ޖަހާފައިވާ ނަންބަރު އެއްޗަކުން ގާނާ ފުހެލާފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި އިންޖީނު ނަންބަރެއްގެ ގޮތުގައި ޖަހާފައިވަނީ 2002205”-“JB22E ނަންބަރެވެ. އަދި މިއަކުރުތަކުގެ އެލައިމަންޓ އެއް އަކުރާ އަނެއް އަކުރާ ދިމާނުވާކަން ފާހަގަކުރެވެއެވެ. އަދި ތަޙްލީލް ކުރިކުރުމުން މި އަކުރުތަކުގެ ދަށުން ތަފާތު ސިފައެއް ހުރި 5881012”-“NF215MCE ނަންބަރު ވަނީ ރީސްޓޯކުރެވިފައެވެ.
2. ހ ގައިވާ AA0D P9698 ސައިކަލުގެ ޗެސިސް ނަންބަރެއްގެ ގޮތުގައި ޖަހާފައިވާ ނަންބަރު އެއްޗަކުން ގާނާ ފުހެލާފައިވާކަން ފާހަގަކުރެވިފައެއް ނުވެއެވެ. އަދި ޗެސިސް ނަންބަރެއްގެ ގޮތުގައި ޖަހާފައިވަނީ 5881012”-“NF215MC ނަންބަރެވެ. "
23. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްލީލް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، މުޙައްމަދު ޤާސިމްގެ ފަރާތުން ހުށަހަޅާފައިވާ ރަޖިސްޓްރީގެ ޞައްޙަކަމާމެދު ސުވާލު އުފެދޭފަދަ ކަންތައްތައް ފާހަގަކޮށްފައިވާކަމަށް އަހުރެންނަށް ގަބޫލުކުރެވެއެވެ. އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ނިންމުމުގައި ރަޖިސްޓްރީ ނަންބަރު P9698 AA0D ސައިކަލަކީ މުޙައްމަދު ޤާސިމްގެ މިލްކެއްކަމަށް ކަނޑައަޅާފައިވަނީ، އޭނާގެ ފަރާތުން ހުށަހެޅި ރަޖިސްޓްރީއަށް އެކަނި ބުރަވެއެވެ. ނަމަވެސް، ރަޖިސްޓްރީގައިވާ މަޢުލޫމާތާއި ސައިކަލުން ފެންނަންހުރި މަޢުލޫމާތު ދިމާނުވާކނަ އެނގެން އޮވެއެވެ. އެހެންކަންމުން، ރަޖިސްޓަރީގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވަނިކޮށް އެ ރަޖިސްޓަރީ އަކީ ފުރިހަމަ ހެއްކެއްކަމަށް ބަލައިގެ ނ ސިވިލް ކޯޓުން ޙުކުމްކުރި ކުރުމަކީ ޤާނޫނާ އެއްގޮތަށް ކުރި ޙުކެއްކަމަކަށް އަހުރެން ނުދެކެމެވެ. އެ ރަޖިސްޓްރީގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ފަދަ ހެއްކެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވަނިކޮށް އެ ކަމަކަށް ރިޢާޔަތްކުރުމެއްނެތި ނިންމި ނިންމުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއްކަން ފާހަގަކުރެވެއެވެ. އުޅަނދަށް ދީފައިވާ ރަޖިސްޓްރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ޖެހުން
12. އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ: "12. ( ށ) މިނިސްޓްރީން ނުވަތާ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، އުޅަނދަކަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކުރުމާއި، ރަޖިސްޓަރީނުކުރާ އެއްގަމު އުޅަނދެއްގައި މި ޤާނޫނާ ޚިލާފަށް ރަޖިސްޓަރީ ނަންބަރެއް ހަރުކުރުމާއި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނެތި އެއްގަމު އުޅަނދެއްގެ އިންޖީނު ނަންބަރަށް ނުވަތަ ޗެސިސް ނަންބަރަށް ބަދަލުގެނައުމަކީ މަނާކަމެކެވެ . އެފަދަ ކަމެއް ކުރި ފަރާތެއްގެ އަދަބަކީ ؛ (2) އެފަދަ އުޅަނދެއް އެވަގުތު ދުއްވަން ހުރި ފަރާތް -1,000/( އެއްހާސް( ރުފިޔާއިން ޖޫރިމަނާކުރުމެވެ . (1) އެފަދަ ކަމެއް ސާބިތުވެއްޖެނަމަ އެކަމެއް ކުރި ފަރާތެއް -10,000/( ދިހަހާސް( ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން އެކަން ކުރީ ވިޔަފާރިކުރާ ތަނަކުންނަމަ އެ ތަނެއްގެ ވިޔަފާރީގެ ހުއްދަ 2 )އެކެއ( އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމެވެ."
13. އިސްވެބުނެވުނު މާއްދާއިން އުޅަނދަށް ކަމާބެހޭ މިނިސްޓްރީއިން ދީފައިވާ ރަޖިސްޓްރީ ނަންބަރު ނޫން ނަންބަރެއް ޖަހައިގެން ދުއްވުމަކީ ކުށެއްކަން އެނގެއެވެ. ރަޖިސްޓްރީ ނަންބަރު P9698 AA0D ސައިކަލުގެ ރަޖިސްޓްރީގައި ލިޔެފައިވާ ޗެސިސް ނަންބަރާއި ޓޯކޮށްފައިވާ ސައިކަލުގައި ލިޔެފައިވާ ޗެސިސް ނަންބަރު ދިމާނުވާކަމާއި، ޓޯކޮށްފައިވާ ސައިކަލުގެ ނަންބަރުތަކަށް ބަދަލު ގެނެވިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސގް އެގްޒެމިނޭޝަން ރިޕޯޓުން އެނގޭއިރު، މިފަދައިން ބަދަލު ގެނައުމަކީ ކުށެއްކަން އެނގެން އޮންނައިރު، މި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމަކީ، އިސްވެ ބުނެވުނު މާއްދާއާ ޚިލާފު ކަމެއްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
13. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޓޯކޮށްފައިވާ ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރަށް ބަދަލު ގެނެވިފައިވާކަމަށް ތުހުމަތުކޮށް ތަޙުޤީޤެއް ކުރަމުންދާކަން، ސިވިލް ކޯޓުގައިވެސް ފާހަގަކޮށްފައިވާކަމާއި، ތަޙުޤީޤަށް ހޯދުނު އިންޖީނު ނަންބަރާއި ޗެސިސް ނންބަރުގައަ ޓޯކޮށްފައިވާ ޤާނޫނު ނަންބަރު 1882/5 (ޤާނޫނު ނަންބަރު 1818/28 އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ސައިކަލުގެ އިތުރުން ދެ ސައިކަލު ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުނ ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމާލެވިފައިނުވާތީ، ސައިކަލުގެ ވެރިފަރާތް އަދ ހޯދިފައިނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ތަޙުޤީޤު ނިމުމުގެ ކުރިން ސައިކަލު ވަކި ފަރާތަކަށް ދިނުމަށް ކޯޓުން ޙުކުމް ކޮށްފިނަމަ، ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ސައިކަލު ލިބުމުގެ އިހުތިމާލު އޮންނާނ ކަމަށެ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުން ބުނުމަށް އަހުރެންނަށް އެއްބަސްވެވެއެވެ. އެހެންކަމޭ ން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤު ނިމުމުގެކުރިން، މި މައްސަލާގައި ހިމެނޭ ސައިކަލުގެ މިލްކުވެރި ފަރާތަކީ، މުޙައްމަދު ޤާސިމްކަމަށް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
12.އަސާސީ ޙައްޤުތަކާއި މިނިވަންކަމަކީ ދުޅަހެޔޮ މުޖުތަމަޢެއްގެ ބިންގާކަމުގައިވާއިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ވަކި ބާބެއް ޚާއްޞަކުރެވިފައިވެއެވެ. އެއީ ޤާނޫނުއަސާސީގެ ދެވަނަ ބާބެވެ. އެ ބާބުގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދީފައިވެއެވެ. އެކަން އެމަގަށް ބައްޓަންކުރެވިފައިވަނީ ފޭރާންހެޔޮ މުޖުތމަޢެއް ބިނާކުރުމުގެ ބޭނުމުގައި ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ، ފަރުދުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އިޙްތިރާމު ނުކުރާ މުޖުތަމަޢެއްގައި ހެވެއ އޮންނާނެކަމަށް ބެލވެންނެތަތީއެވެ.
11. ޤާނޫނުއަސާސީގެ ބުނެވިދިޔަ ދެވަނަ ބާބުގައި އަވަހަށް މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާ އުފުލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ކުށެއްކޮށްފިކަމަށ ތުހުމަތުކޮށް ތަޙުޤީޤުކުރާ ފަރާތަކަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެ މައްސަލައެއް ތަޙުޤީޤުކޮށް ނިންމަންވާނެއެވެ. އަދި އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހާއާ މެދު ދަޢުވާކުރާންޖެހޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ، ވީ އެންމެ އަވަހަކަށް ދަޢުވާ އުފުލާންވާނެއެވެ." ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ (ހ)
15.އަހުރެން ދެކޭގޮތުގައި އަވަސް ޝަރީޢަތެއް ލިބުމުގެ ޙައްޤަކީ ޖިނާއީ ދ ޢަވާލިބޭ މީހުން މުއްދަތެއް ނެތް ގޮތަށް ޖިނާއީ ތުހުމަތުތަކުގެ ކަޅު ވިލާގަނޑެއްގެ ދަށުގައި ބޭތިއްބޭ ބޭތިއްބުމުން މިންޖުކޮށްދޭ ޙައްޤެކެވެ. އަދި ޖިނާއް ދަޢުވާލިބި ފަރާތަށި އ ންސާފުވެރެ ޝަރީޢަތެއް ލިބޭނެކަމުގްޔަޤީންކަނ ކަށަވަރުކޮށް ދިނުމަށްޓަކައިވެސ އަވަސް ޝަރީޢަތެއްގެ ޙައްޤު ވަރަށް މުހިންމެވެ. އޭގެ އިތުރުން މުޅި މުޖުތަމަޢުގެ ޙައްޤުގައިވެސ އަވަސް ޝަރީޢަތެއްގެ ޙައްޤު މުހިންމެވެ.
16.ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، ހަމައެކަނި ކުށްވެރިވާ މީހާގެ މައްޗަށް ކުށް ސާބިތުވެ، ކުށެއްނެތް މީހާ ކުށުން ބަރީޢަވުން އެކަންޏެއް ނޫނެވެ. އެކަމަކު، އެއީ އިންސާފުވެރި އަދި އަވަސް ޝަރީޢަތާ ވެސް ގުޅިލާމެހިފައިވާ ކަމެކެވެ.
13.އަވަސް ޝަރީޢަތެއް ލިބުމަކީ އިންސާނީ ޙައްޤުތަކުގެ ތެރެއިން އަސާސީ އެއް ޙައްޤެވެ. އަވަސް ޝަރީޢަތަކާއި ނުލައި، އިންސާފު އޭގެ ފުރިހަމަ މާނާގައި ފޯރުކޮށްދެވިދާނެކަމަކަށް އަހުރެން ނުދެކެމެވެ.
18.މ މައްސަލާގައި ކަނި ހިނގާފައިވާ ގޮތަށް ބަލާއިރު، އެ ސައިކަލު ޓޯކޮށްފައިވަނީ 12 އޯގަސްޓް 1820 ގައިކަން އެނގެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ސައިކަލު ގެންގޮސް ބެލިބެލުމުން، ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ރަޖިސްޓްރީގައިވާ ނަންބަރާ ދިމާނުވާތީ އެ މައްސަލަ ތަޙްޤީޤުކުރަންފަށާ، 02 އޯގަސްޓް 1820 ގައި ތަހުލީލު ކުރުމަށް ފޮރެންސިކް ސަރވިސްއަށް ފޮނުވާފައިވާކަން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ސީރިއަލް ނަންބަރ ރީސްޓޮރޭޝަނ އެގްޒެމިނޭޝަން ރިޕޯރޓް" އިން އެނގެން އޮވެއެވެ. އެހެންކަމުން، އެ މައްސަލަ ތަޙުޤީޤު މަރުޙަލާގައި މިހާރު 0 (ހައެއް) އަހަރވެފައިވާކަން އެނގެނު އޮތްކަން ފާހަގަކުރެވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(g)/PER/2016/089 ރިޕޯޓް (2 ސެޕްޓެމްބަރު 1820)
- ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) - ރަޖިސްޓްރީކުރުން ލާޒިމުކުރާ މާއްދާ، އަދި (ށ) ގެ ދަށުން ނަންބަރު/އިންޖީނު/ޗެސިސް ނަންބަރަށް ބަދަލުގެނައުން މަނާކުރާ މާއްދާ (އިޞްލާޙާއެކު)
- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ)
- ޤާނޫނުއަސާސީގެ ދެވަނަ ބާބު - ލަސްނުކޮށް ތަޙުޤީޤުކޮށް ދަޢުވާ އުފުލުމާބެހޭ މާއްދާ
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް