ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/201
މުހައްމަދު އަނީސް ވ. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕވޓ ލޓޑ، 2016/HC-A/201
Mohamed Anees v. Pletinam Kepital Holdings Pvt Ltd 2016/HC-A/201 (2016/HC-A/201, High Court of the Maldives, 16 November 2021)
މުހައްމަދު އަނީސް ވ. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕވޓ ލޓޑ
މައިގަނޑު ސުވާލު
އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދޯންޏަކީ، އެހެން ޤަޟިއްޔާއެއްގެ ޙުކުމަކުން ވާރިޘުންނަށް ލިބުނު ދޯނިކަމަށް ބަލައި، އެ ދޯނީގެ މިލްކުވެރިއަކަށް އޭނާ ނުބެލެވޭނެކަމަށް ބަލައި ކުލި ހޯދުމުގެ ދަޢުވާ ރައްދުކުރުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ދަށުކޯޓުގެ ޙުކުމްތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުގައެވެ (ޤާނޫނާ ޚިލާފަށް ބިނާކުރުން، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށް، ނުވަތަ ނިންމުމަށް އަސަރުކުރާ އިޖުރާއީ ބާޠިލުކަން).
- ދަޢުވާއެއްގައި ބަޔާންކުރާ މުދަލަކީ (ދޯނި) ސީދާ ކޮން މުދަލެއްކަން ސާފުކޮށް އެނގެން އޮންނަންވާނެއެވެ؛ އެކަމުގައި އޮޅުންތަކެއް ނުވަތަ ސުވާލުތަކެއް އުފެދިފައިވާނަމަ ޝަރީޢަތުން އެކަން ސާފުކުރަންޖެހޭނެއެވެ.
- ދަޢުވާ ރައްދުވާ ފަރާތަށް ދަޢުވާ ރައްދުކުރެވޭ ޤާނޫނީ ޙައިޘިއްޔަތު (ތަޢާޤުދީ ގުޅުމެއް ނުވަތަ އެހެން ގުޅުމެއް) ސާފުކޮށް ބަޔާންކުރެވި، ދަޢުވާކުރާ ފަރާތުން ހެކިޤަރީނާގެ އަލީގައި އެކަން ސާފުކޮށްދީ، ޙުކުމުގައިވެސް ސާފުކޮށް އެނގެން އޮންނަންވާނެއެވެ.
- ޤާނޫނުން ރަޖިސްޓްރީއެއް އޮތުން ލާޒިމްކޮށްފައިވާ ޙާލަތްތަކުގައި ޤާނޫނީ ގޮތުން އޮންނަ އިފްތިރާޟަކީ އެ ރަޖިސްޓްރީގެ ވެރިފަރާތަކީ އެ މުދަލުގެ ވެރިފަރާތްކަމުގައި ބެލުމެވެ؛ އެ އިފްތިރާޟް އެނޫން ގޮތަކަށް ބޭނުންކުރެވޭކަށް ނެތެވެ.
- ދިވެހިރާއްޖޭގެ ސަރަޙައްދުގައި ދުއްވާ އުޅަނދުތައް ދުއްވަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގައި ރަޖިސްޓްރީކޮށްގެންނެވެ؛ އަދި ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެވެ.
- މިލްކުވެރިކަމާ ގުޅުމެއްނެތް އެހެން ޤަޟިއްޔާއެއްގެ ޙުކުމަކުން ރަޖިސްޓްރީ ކުރެވިފައިވާ މުދަލެއްގެ މިލްކުވެރިކަން ބަދަލުވެފައިވާކަމަށް ޙުކުމްކޮށްފައި ނުވާނަމަ، އެ ޙުކުމަށް ބިނާކޮށް ރަޖިސްޓްރީގެ ވެރިފަރާތަކީ މިލްކުވެރިއެއް ނޫންކަމަށް ބެލުމަކީ ޤާނޫނީ ގޮތުން ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށްގެން ބެލި ބެލުމެއް ނޫނެވެ؛ އެފަދަ ޙާލަތުގައި މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭނެއެވެ.
ޙުސައިން ޝަހީދު ތާއީދުކުރެއެވެ).
3މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2013-/Cv3232 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއް ގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފކު ރުމަށު އެދި ދަފްތަރު ނަންބަރު 0044 މުޙައްމަދު އަނީސް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްއެވެ. އަދި މި ޤަޟިއްޔއަށާ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަދައްޚުލުވެފައިވެއެވެ.
3. އަގު ދައްކާ ޚަލާޞްކުރުމުން މިލްކުވާގޮތަށް 12 ފެބްރުއަރީ 2441 ގައި މުޙައްމަދު އަނީސް މިފްކޯއިން ދޯންޏެއް ގަތެވެ. އެ ދޯންޏަކީ "މިފްކޯ- 212" އެވެ. އަދި އެ ދޯނީގެ ރަޖިސްޓްރީ ނަންބަރަކީ T-10 -5090-03 އެވެ.
2ބުނެވިދިޔަ ދޯނި މެދުފުށި އައިލެންޑް ރިސޯޓަށް މުޙައްމަދު އަނީސް ކުއްޔަށް ދީފައިވެއެވެ. އެ ދޯނި ކުއްޔަށް ދިން ތާރީޚަކީ 25 ފެބްރުއަރީ 2441 އެވެ. އަދި މަހު ކުއްޔަކީ -15,000/ރ. (ފަނަރަ ހާސް ރުފިޔާ) ކަމާއި ކުލީގެ މުއްދަތަކީ 14 (ދިހައެއް) އަހަރު ދުވަސްކަން މި ދެފަރާތުގެ ދެމެދު ލިޔުމުން ވެފައިވާ އެއްބަސްވުމނު އެނގެންއޮވެއެވެ.
1. ދޯނީގެ އަގު މިފްކޯއަށް ދައްކާ ޚަލާޞްކުރުމާ ގުޅިގެން އެ ދޯނި ވަނީ މުޙައްމަދު އަނީސްގެ ނަމަށް ރަޖިސްޓްރީކޮށްދީފައެވެ. މުޙައްމަދު އަނީސްގެ ނަމަށް އެ ދޯނި ރަޖިސްޓްރީ ވުމާ ގުޅިގެން އެ ދޯނީގެ ރަޖިސްޓްރީ އައިޑީރަޖިސްޓްރީ ނަންބަރު C702/2005 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އެގްރީމެންޓް ނަންބަރ: A-CFPP/212/95/07-MIFCO ( މި އެގްރީމެންޓަކީ 0.1 ގެ ގޮތުގައި މުޙައްމަދު އަނީސް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމާއެކު ހުށަހެޅި ޑޮކިއުމެންޓެކެވެ). ދޯނި އެގްރީމެންޓް (މި އެގްރީމެންޓަކީ 0.2 ގެ ގޮތުގައި މުޙައްމަދު އަނީސް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމާއެކު ހުށަހެޅި ޑޮކިއުމެންޓެކެވެ). ނަންބަރަކީ T-10 04-P1243A އެވެ. އަދި އެ ދޯނީގެ ނަމަކީ "ބެއްލަންވިލާ 2" އެވެ. އެ އުޅަނދުގެ ރަޖިސްޓްރީ ދޫކުރި ތާރީޚަކީ 10 މެއި 2440 އެވެ.
5[…] ޢަބްދުﷲ ޢަލީ އާއި މަރްހޫމް މޫސާ ފަހީމުގ ވާރިސުންގެ ނަމުގައި ހިންގަމުން ގެންދިޔަ މެދުފުށި އައިލެންޑް ރިސޯޓުގައި (އޭއޭއޭ 20 ގެ ނަމުގަ އ) ކުއްޔަށް ބާއްވާފައިވާ "މިފްކޯ- 212" ދޯނި ބުނެވިދިޔަ ދެފަރާތުގެ މުދާ ވަކިކުރުމަށް މަދަނީ ކޯޓުން ނިންމި ނަންބަރު 462/MC/2004 ޤަޟިއްޔާއިން 0 (އަށެއް) ވާރިސުންނަށް ލިބުނު ތަކެތީގެ ތެރޭގައި ހިމެނިފައިވާކަމަށ މުޙައްމަދް އަނީސްގެ ފަރާތުން ބުނެ ލިސްޓެއް ހުށަހަޅާފައިވެއެވެ.
611 އޮގަސްޓް 2441 ވަނަ ދުވހަ އެ ދޯންޏާއި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަވާލުވެ އެ ތާރީޚުން ފެށިގެން އެ ދޯނި ބޭނުންކުރަމުން ދަނީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށް މުޙައްމަދު އަނީސް ބުނެއެވެ.
3އެ ދޯންޏާއި އެ ދޯނީގެ ކުއްޔަށް ދުވާލަކަށް -1,000/ރ. (އެއްހާސް ރުފިޔާ) ގެ މަގުން 11 އޮގަސްޓް 2441 އިން ފެށިގެން 34 ނޮވެންބަރު 2413 ގެ ނިޔަލަށް 2112 ދުވަހަށްވާ -2,662,000/ރ. (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ދެހާސް ރުފިޔާ) ހޯދުމަށް މުޙައްމަދު އަނީސް ސިވިލް ކޯޓަށް ދޢަ ވާ ހުށަހެޅިއެވެ. އެ ދަޢވާގައު ވަކީލު ފީއަށްވާ -15,000/ރ. (ފަނަރަހާސް ރުފިޔާ) ނަގާދިނުމަށް ވެސް އެދިފައިވެއެވެ. އަދި ދޯނި ރަނިންގ ކަންޑިޝަންގައި ޝަރީޢަތް މެދުވެރިކޮށް ޙަވާލުކުރާ ދުވަހާ ހަމައަށް ދުވާލަކަށް -/1444ރ. (އެއްހާސް ރުފިޔާ) ގެ ރޭޓުން ކުލި ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
8އިސްތިއުނާފު ކުރެވިފައި މިވަނީ ސިވިލް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. ކަނޑު އުޅަނދުގެ ރަޖިސްޓްރީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ( މިއީ 0.3 ގެ ގޮތުގައި މުޙައްމަދު އަނީސް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމާއެކު ހުށަހެޅި ޑޮކިއުމެންޓެކެވެ). މޫސާ ފަހީމުގެ ވާރިސުންނަށް ޖެއްސިފައިވާ މުދަލާއި،ނަގުދު ފައިސާގެ ލިސްޓް ( މި ލިސްޓަކީ 0.0 ގެ ގޮތުގައި މުޙައްމަދު އަނީސް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމާއެކު ހުށަހެޅި ޑޮކިއުމެންޓެކެވެ). ސިވިލް ކޯޓުގެ ނަންބަރު C/2013-/Cv3232 ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
3. މުޙައްމަދު އަނީސް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ގެ ޚުލާސާގައި ބަޔާންކޮށްފައިވަނީ: " މިފްކޯއިނު އަޅުގަނޑަށ ވިއްކާފައިވާ ރަޖިސްޓްރީ ނަންބަރ T-01 10-C1243A "މިފްކޯ 212" (އޭ.އޭ.އޭ
20) އަދި މިހާރު އަޅުގަނޑުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ރަޖިސްޓަރީ ނަންބަރު -04 10-P1243A T ގެ އިންޖީނުއެޅި ދޯނި (ބެއްލަންވިލާ 2) 11 އޮގަސްޓް 2441 ދުވަހު މިދޯންޏާއި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަވާލުވެ އެތާރީޚުނ ފެށިގެން އެދޯނި ބޭނުންކުރަމުން ގެންދަނީ މިޤަޟިއްޔާގައި ދަޢުވާލިބޭ ޕީ.ސީ.އެޗް ކޮމްޕެނީ ޕްރިވެޓް ލިމިޓެޑްގެ ފަރާތާ ން ކަމަށްވާތީ، އެދޯންޏާއު، އަދި އެދޯނީގެ ކުއްޔަށް ދުވާލަކަށް -1,000/ (އެއްހާސް ރުފިޔާ)ގެ މަގުން 11 އޮގަސްޓް 2441 އިން ފެށިގެން 34 ނޮވެންބަރު 2413 ގެ ނިޔަލަށް 2112 ދުވަހަށްވާ -2,662,000/ރ. (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ދެހާސް ރުފިޔާ) އާއި، މިފައިސާ ހޯދުމަށްޓަކައި ޢައްޔަންކުރި ވަކީލު ފީއަށް ދިނުމަށް އަޅުގަނޑާއި ވަކީލާއި ދެމެދު އެއްބަސްވެ ހަމަޖައްސާފައިވާ -15,000/ރ. (ފަނަރަހާސް ރުފިޔާ) އާއި އެކުޖުމްލަ -2,677,000/ރ. (ދެމިލިއަން ހަލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) އާއި އަދި މި ދޯނި އެފަރާތުން އަޅުގަނޑަށް (އޭގެ ރަނިން ކަންޑޝި ންގައި) ޝަރަ ޢީތ މެދުވެރިކޮށް ލިބިދެއްވާ ދުވަހަކާއި ހަމައަށް ދުވާލަކަށް -1,000/ރ. (އެއްހާސް ރުފިޔާ) ގެ ރޭޓުން އެ ދޯންޏަށް ލިބެންޖެހޭ ކުލި މިޤަޟިއްޔާގައި ދަޢުވާލިބޭ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އަޅުގަނޑަށް ލިބދިނި މަށު ދަޢުވާ ކުރަމެވެ." މިފަދައިންކަން އނި ގެން އޮވެއެވެ.
32.އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަފްތަރު 0044 މުޙައްމަދު އަނީސް ދަޢުވާކުޅަ މި ޤަޟިއްޔާގައި ހިމެނޭ ރަޖިސްޓްރީ ނަންބަރު T-01 10-C1243A "މިފްކޯ 212" (އޭ.އޭ.އޭ 20) އަދި މިހާރު މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ރަޖިސްޓަރީ ނަންބަރު ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 1 ވަނަ ނަންބަރު P1243A-04 10-T "ބެއްލަންވިލާ 2" އިންޖީނުއެޅި ދޯންޏަކީ މަދަނީކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމްގެ ބާރުން މަރްހޫމް މޫސާފހީމުގަ ވާރިޘުންގެ މިލްކެއްކަން އެޙުކުމގު ޢިބާރާތަށް ބެލުމުން ސާފުކޮށް އެނގެން އޮތުމާއެކު މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލްނުވެދެމިއޮތ ޙުކުމެއްކަން އެނގެން އޮންނާތީ އެޙުކުމް މައުޖޫދުވެ ދެމިއޮތުމުން އޭ.އޭ.އޭ 20 (ދޯނި) އަށް 19/05/2008 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއިން ހައްދަވާ ދެއްވާފައިވާ ރަޖިސްޓްރީއަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާ ތަޢާރަޟުވާގޮތަށް އެ ދޯނީގެ މިހާރުގެ މިލްކްވެރި ފަރާތަކީ މުޙައްމަދު އަނީސްކަމށް ޝަރުޢީ އަދި ޤާނޫނަ ހަމަތަކުގެ މަތީން ބެލެވޭނެ ތަނެއް އޮތް ލިޔުމެއް ނޫންކަން އެނގެން އޮތުމާއިއެކު ރަޖިސްޓަރީ ނަންބަރު T-04 10-P1243A "ބެއްލަންވިލާ 2" (އޭ.އޭ.އޭ 20) ނަމަކަށް ކިޔާ އުޅަނދަކީ މުޙައްމަދު އަނީސްގެ މިލްކު އުޅަނދެއްކަމަށް ޤާނޫނީ އަދި ޝަރުޢޫ ހަމަތަކުން މިހާރު ބެލެވެންނެތަތީ ބަޔާންވެދިޔަ އުޅަނދާއި، އަދި އުޅަނދުގެ ކުލީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ އާއި، ވަކީލުފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން މުޙައްމަދު އަނީސްއަށް ޝަރީޢަތުން ނަގާދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ]. މިފަދައިންނެވެ.
11.ސިވިލް ކޯޓު ގެ ނަންބަރު C/2013-/Cv3232 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު އަނީސްގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެ ނުކުތާއާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކތާއު ކ؛
11.1 ރަޖިސްޓަރީ ނަންބަރ T-04 10-P1243A "ބެއްލަންވިލާ 2" ދޯންޏަކީ (އޭ.އޭ.އޭ
20) ކަމަށް ޤާޟީ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 04 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ރަޖިސްޓަރީ ނަންބަރު T-04 10-P1243A އުޅަނދަށް އޭ.އޭ.އޭ 20 ގެ ނަމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުންރަޖިސްޓްރީއެއް ހދާދީފައުނުވަނީސް، ރަޖިސްޓަރީ ނަންބަރ T-10 04-P1243A ދޯންޏަކީ މުޙައްމަދު އަނީސްގެ ދޯންޏެއް ނޫންކަމަށް ޝަރީޢަތުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި ޝަރު ޢީ އުޞޫލުތަކާ ޚިލާފަށް ކަމަށާ އަދި މައްސަލަ އިސްތިއުނާފުކުރި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ ސިޓގައީ ދީފައިވާ މަޢުލޫމާތުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ނުކު ށ އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު ގެއްލޭ ގޮތަށް މައްސަލަ ނިނމާފައް ވާކަމަށި ބުން ފާހަގަކުރި ނުކުތާއެވެ.
33އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "މަތުގައި ބަޔާންކުރެވިފައޫވާ ޤަނޫނީ ހަމަތަކާއި ޝަރުޢީ އާ ޞާލުތަކާއި، މިމައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތައްތަކާއި ނުކުތާތަކަށް ވިސްނާވަޑައިގެން ރިޢަޔަތްކުރައވްވައި،އިސްތިއުނާފުކުރާ ފަރާތުނ އެދެނީ ސިވިލް ކޯޓުގެ ނަންބަރ 2323/Cv-C/2013 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކުރައްވައި، މިމައްސަލަ އަލުން ބަލައި ނިންމުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 2414/22) ގެ 01 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ ސިވިލްކޯޓަށް ތަޙުވީލްކޮށް މައްސަލަ އެކޯޓުން އަލުންބެއްލެވުމަށް އަންގަވައި ދެއްވުން އެދި އަދަބު ވެރިކަމާއެކު ދަންނަވަމެވެ". މިފަދައިންކަން އެނގެން އޮވެއެވެ.
32. އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓުގައި ހިނގަމުން ދިޔަ މި ޤަޟިއްޔާއަށް ތަދައްޚުލުވުމަށް އެދުމުން އެ ފަރާތަށް އެފުރުސަތު ދެވިފައިވެއެވެ.
31.ތަދައްޚުލުވުމަށް އެދް ހުށަހެޅި ފޯމުގައި ތަފުސީލީ ގޮތެއްގައި ތަދައްޚުލުވުމަށް އެދޭ ސަބަބާއި ތަދައްޚުލުވާ ފަރާތުން އެދޭގޮތް ބަޔާންކޮށްފައިވެއެވެ. މިގޮތުން، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ މި ޤަޟިއްޔާގައި އިސްތިއުނާފު ފޯމުގެ 14 ވަނަ ނަންބަރު އެ ޑެލިވަރީ ނޯޓަކާމެދު ވާހަކަދެކެވޭ ޑެލިވަރީ ނޯޓަކީއޭ.އޭ.އެ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓ ލިމިޓެޑުން ތައްޔާރުކޮށްފައިވާ ލިޔުމެއްނޫންކަމަށް ބުނފާހަގަކުރާ ކުރުމެވެ.
35.އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ:
1..1 ރަޖިސްޓަރީ ނަންބަރު T-04 10-P1243A "ބެއްލަންވިލާ 2" ދޯންޏަކީ (އޭ.އޭ.އޭ
20) ކަމަށް ޤާޟީ ނިންމަވާފައިވަނީ ޤާނޫނީ ހަމަތަކާއި ޝަރުޢީ އުޞޫ ލުތަކާ ޚިލާފަށް މައްސަލާގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރެއްވުމެއް ނެތިކަމަށާއި، ރަޖިސްޓްރީ ނަންބަރު T-04 10-P1243A ދޯންޏަށް ދީފައިވާނަމަކީ ބެއްލަންވިލާ 2 ކަން އެ ދޯންޏަށް ހައްދަވާދެއްވާފައިވާ ރަޖިސްޓްރީގެ ނައްސުން އެނގެން އޮތްހިނދު، ސިވިލް ކޯޓުގެ ނަންބަރު 2323/Cv-C/2013 ޤަޟިއްޔާއިން، އެ ދޯނީގެ ނަމަކީ (އޭ.އޭ.އޭ
20) ކަމަށް ޙުކުމް ކުރައްވާފައިވަނީ ޤާނޫނު ނަންބަރު 01/0 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)،(ށ)،(ނ)،(ރ)،(ބ) އަދި (ކ) އާއި އެ ޤާނޫނު ގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާގެ ރޫހާއި ޝަރު ޢީ އުޞޫލުތަކާ ޚިލާފަށްކަން.
1..2 ރަޖިސްޓަރީ ނަންބަރު T-10 04-P1243A "ބެއްލަންވިލާ 2" މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމު ގައިވެސް އަދި މއ ޟު ޢޫ ގޮތުނ ވެސް ހިމެނިފައިނުވާއިރު، އެ އުޅަނދަކީ މަރުހޫމް މޫސާ ފަހީމުގެ ވާރިސުންނަށް ލިބިދެވިފައިވާ އުޅަނދެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހމައެއްއޮތްކަމަށަ ނުދެކޭކަމަށާއި، އެހެނެ އެ ޤަޟިއްޔާއިން ބަހާ ވަކިކޮށް ދެއްވާފައިވާ މުދަލަކީ އެ ޤަޟިއްޔާގައި ދަޢުވާކުރި ފަރާތާއި ދަޢުވާލިބުނު ފަރާތުގެ ފައިސާ އާއި ތަކެތިކަމަށް ވާތީ އަދި މި ދޯންޏަކީ އެޤަޟިއްޔާގައ ހިމެނި ފަރާތްތަކު އެއްވެސް ގުޅުމެއް އޮތ އުޅަނދެއްނޫންކަމަށާއި، މަދަނީ ކޯޓުގެ ނަންބަރ 462/MC/2004 ޤަޟިއްޔާ ހިނގަމުންދިޔައިރު އެ އުޅަނދަކީ މެދުފުށި އައިލި ންޑް ރިޒޯޓުގައި ކުއްޔަށް ބޭއްވިފައިވެ މުޙައްމަދު އަނީސގް އުޅަނދއްކަން.
1..3 ޓްރާންސްޕޯޓު އޮތޯރިޓީން ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ "ބެއްލަންވިލާ 2" އާއި އޭ.އޭ.އޭ 20 އެއީ އެއް އުޅަނދެއްކަމުގައި އެ އޮތޯރިޓީ ގެ ރެކޯޑުތަކުން ނުދައްކް ކަމަށްކަން.
1..0 އެހެންކަމުން، "ބެއްލަންވިލާ 2" އެއީ އޭ.އޭ.އޭ 20 ކަމުގައި ބަލަންޖެހޭ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް އޮތްކަމަށް ނުދެކޭކަން.
1... ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 01/14) ގެ 1. ވަނަ މާއްދާގެ (ހ) ގައި، ކުންފުންޏަކީ ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚުޞެއްކަމުގައި ވާއިރު، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުން އެ ކުންފުންޏާއި އެއްވެސް ގުޅުމެއްނުވާ ރަޖިސްޓްރީ ނަންބަރު T-04 10-P1243A "ބެއްލަންވިލާ 2" ދޯނި 11 އޮގަސްޓް 2441 ގައި ހަވާލުވެގެން ގެން ގޮސްފައިވަނީ އެ ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާ ޚިލާފަށްކަން.
1..1 އޭ.އޭ.އޭ ޑެލިވަރީ ނޯޓު (Delivery Note)ގެ 1 ވަނަ އައިޓަމްގައިވާ ރަޖިސްޓްރީ ނަންބަރު T-10 01-C1243A ދޯންޏަށް އޭރު އެ ދޯނި ކުއްޔަށް ބޭއްވިފައިވާ މެދުފުށި އައިލެންޑް ރިޒޯޓުން އެފަރާތުގެ އިދާރީ ފަސޭހައަކަށްޓަކައި އޭ.އޭ.އޭ 2. ގެ ނަމުން މުޚާތަބު ކޮށްފައިވާކަމަށް އޭރު އެ ރަށުގެ ލޯންޗް ސެކްޝަނުގައި އުޅުނު ސ.މަރަދޫ/ފޭދޫ ސަންޝައިނ ޙުސެއިން މުޙައްމަދް އާއު ސ. ފޭދޫ / ބާޑީގެ ޙަސަން ދީދީމަޢި ލޫމާތްދީފައިވާއރުވެސ، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން އަލްމރްހޫމަ މޫސާ ފަހީމު ގެ ވާރިސުންނަށް ލިބފައިވާކަމަށ ބުން އޭ.އޭ.އ 20 ނަންބަރު ދޯނކަމަށި ހީކުރެވިގެން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ހަވާލުވެ ގެންގޮސްފައިވަނީ އިސްވެ ބަޔާންކޮށްފައިވާ ރަޖިސްޓަރީ ނަންބަރު T-01 10-C1243A ދޯނިންކަން އެނގޭކަ ން.
1..1 މުޙައްމަދު އަނީސް މިފްކއިނޯ ގަނެފައިވ" މިފްކޯ 212" ރަޖިސްޓްރީ ނަންބަރު T-01 10-C1243A ދޯނީގެ ނަން އޮޅުމަކުން އޭ.އޭ.އޭ 20 ގެ ނަމުން މުޚތަބާ ކުރެވިފައިވަނީ 11 ޖުލައި 4124 ގައި އަލްމަހުރޫމް މޫސާ ފަހީމގު ވާރިސުންގެ ފަރާތުން މުޙައްމަދު ޝަވީދު […] ޢަބްދުﷲ ޢަލީ އަށް ފޮނުވި ސިޓީއަށް ބުރެވެވިގެންކަމަށ ދެކޭކަމަށް ބުނެފައިވާކަން.
1..0 މި ދޯނީގެ 40% ކުލި ހޯދުމަށް […] އަލްމަރްހޫމް މޫސާ ފަހީމގު 40 ވރިޘުންގާ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1048/Cv-C/2011 ޤަޟިއްޔާގެ ޙުކުމްގއަ ވެސި މި ދޯންޏަކީ އޭ.އޭ.އޭ 20 ކަމުގައި ބުނެފައިނުވާކން.
36.އިސްތިއުނާފީ ދަޢުވާއާ ގުޅިގެން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ:
11.1 ހުށަހެޅިފައިވާ ގޮތަށް ޕީސީއެޗްގެ މައްޗަށް އިޖުރާއީގޮތުން ދަޢުވާ ނުކުރެވޭނެ ކަމަށާއި އިސްތިއުނާފުވެސް އެ ފަރާތަށް ރައްދުވާގޮތަށް ނުކުރެވޭނެކަން.
11.2 ދަޢުވާގައި ބުނާ ދޯންޏަކީ މިފްކޯއާ އަނީސް ދެމެދާ އޮތު އެގްރީމެންޓްގެ ދަށުން ދޫކޮށްފައިވާ ދޯންޏެއކަން.
11.3 އެ ދޯނީގެ ރަޖިސްޓްރީ ނަންބަރަކީ T-10 -5090-03 ކަން.
11.0 މުޙައްމަދު އަނީސްގެ ނަމަށް އެ ދޯނި ރަޖިސްޓްރީ ވުމާ ގުޅިގެން އެ ދޯނީގެ ރަޖިސްޓްރީ ނަންބަރަކީ T-04 10-P1243A ކަން.
11.. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގގ ބެލުމުގެ ދަށުގައި އޮތްކަމަށް އަނީސް ބުނާ ދޯންޏަކީ އެ ދޯނިކަން.
11.1 ޑެލިވަރީ ނޯޓަށް ބަލާއިރު، ޕީސީއެޗްއިން ޙަވާލުވިކަމަށ ބުން ލިޔުމުގައި އޮންނަނީ އޭ.އޭ.އޭ 20 ކަން.
11.1 އޭ.އޭ.އޭ 20 އޮންނަނީ ސިވިލް ކޯޓުގެ ނަންބަރު 462/MC/2004 ޤަޟއްޔާއިނި މަރްހޫމް މޫސާ ފަހީމު ގެ ވާރިސުންނާ ޢަބްދުﷲ ޢަލީއާ މި ދެފަރާތުގެ މުދަލާ ފައިސާ ބެއްސެވ ޤަޟިއްޔާގައި ސިވިލް ކޯޓުގެ ޙުކުމުން ވާރިސުންނަށް ލިބިދީފައިވާ މުދަލުގެ ތެރޭގައިކަން.
11.0 އެހެންވީމާ މި މައްސަލައަކީ އަސްލު ޙަޤީޤަތުގައި ޕީސީއެޗްއިން އަނީސްގެ ދޯންޏެއް ނުވަތަ މުދަލެއް ނިގުޅައިގަނެގެން އުޅޭ މައްސަލައެއް ނޫންކަމާއި މޫސާ ފަހީމގު ވާރިސުންނަށް ޙުކުމަކުން ލިބިފައިވާ ދޯންޏެއްކަން.
11.0 ތްރީ އޭ އިން އޮޅުވާލުމެއް އޮޅުވާލާފައިވާނަމަ އެއީ ވަކިކަމެއް ކަމަށާއި މި ދަޢުވާއަކީ މުޙައްމަދު އަނީސްގެ ފަރާތުން ޕީސީއެޗްގެ މައްޗަށް ކުރެވިގެންވާނެ ދަޢުވާއެއް ނޫންކަން އަދި އެގޮތަށް އިސްތިއުނާފުވެސް ކުރެވިގެން ނުވާނެކަމަށް ދެކޭކަން.
33. އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ ސިވލި ކޯޓުން ކޮށްފައިވް ޙުކުމަށް ތއީދުކޮށާ މައްސަލަ ނިންމައިދިނުމަށެވެ. އިސްތިއުނާފީ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް
38.ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރާ ޤާނޫނަކީ ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުކަން އެނގެންއޮވެއެވެ.
33.ބުނެވިދިޔަ ޤާނޫނުގައި ދަށު ކޯޓުގެ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ ޤާނޫނުގެ 03 ވަނަ މާއްދާގައި އޮންނަނީ: " މި ޤާނޫނުގެ 30 ވަނަ މާއްދާ އާއި،30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއިނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން.
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން. (1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން. (2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން. (3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން. (0) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން." މިފަދައިންނެވެ.
32.ސިވިލ ކޯޓަށް ހުށަހެޅް ދަޢުވި ފޯމުގެ 1 ވަނަ ނަންބަރުގައި ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާޞާ ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ދަޢުވާ ހުށަހެޅި ފަރާތުން ދަޢުވާގައި ބުނަނީ ސީދާ ކޮން ދޯންޏެއްކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. އެހެން ފާހަގަ މިކުރ ސަބަބަކާ ދަޢުވާގެ ޚުލާޞާގައި "މިފްކޯ 212" މިހެން ލިޔުމަށްފަހު ބްރެކްޓްކޮށް "އޭ.އޭ.އޭ 20" މިފަދައިން ލިޔެ އަދި މިހާރު އެ ދޯންޏަކީ "ބެއްލަންވިލާ ޤާނޫނު ނަންބަރު 2414/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 1 ވަނަ މާއްދާ 2 " ކަމަށް ބަޔާންކޮށްފައި އޮތަތީއެވެ. ބުނެވިދިޔަ ތިން ނަމުން މުޚާތަބުކުރެވެނ އެއީ ދޯންޏަކަށްކަނ ދޭހަވާގޮތަށް ދަޢުވާގެ ޚުލާޞާގައި ދޯނީގެ ނަން ހިމނާފައިވާކަނ އެނގެން އޮންނާތީއެވެ.
33.ދަޢުވާގައި ތަފާތު ތިން ނަމަކުން މުޚާތަބުކޮށްފައިވާ ދޯނީގެ ރަޖިސްޓްރީގެ މަޢުލޫމާތު ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް ސިވިލް ކޯޓުން ލިޔުމުން، އެ މަޢުލޫމާތު ކޯޓަށް ފޯރުކޮށްދީފައިވާކަން އެނގެންއޮވެއެވެ.
33.ބުނެވިދިޔަ ސިޓީއަށް ބަލާއިރު އެ ސިޓީގައި ބަޔާންކޮށްފައިވަނީ: "... ހަވާލާދީފައިވާ ސިޓީގައި ބަޔާންކޮށްފައިވ ރަޖިސްޓްރީ ނަންބަރ T-10-04-P1243A އުޅަނދު ފުރަތަމަ ރަޖިސްޓްރީ ކޮށްފައިވަނީ "މިފްކޯ 212" މިނަމުގައެވެ. "މިފްކޯ 212" މި ނަމުން ނަންބަދަލު ކޮށްފައިވަނީ "ބެއްލަންވިލާ 42" މި ނަމަށެވެ. އެހެންކަމުން، "އޭ.އޭ.އޭ20" އެއީ އެއް އުޅަނދެއްކަމުގައ މި އޮތޯރިޓީގެ ރެކޯޑްތަކުންނުދައްކާ ވާހަކަ ދެންނެވީމެވެ." މި ފަދައިންކަން އެނގެންއޮވެއެވެ.
32.ދަޢުވާއެއްގެ މައިގަނޑު އެއް ބޭނުމަކީ އުފެދިފައިވާ ޚުޞޫމާތައް އިންސާފު ހޯދުން ކަމަށްވާއިރު،އަހުރެން ދެކެނީ ދަޢުވާގައި ބަޔާންކުރާ ދޯންޏަކީ ސީދާ ކޮން ދޯންޏެއްކަނ ސާފުކޮށް އެނގެން އޮންނަންވާނެކަމަށެވެ. އަދި އެކަމުގައި އޮޅުންތަކެއް ނުވަތަ ސުވާލުތަކެއް އުފެދިފައިވާނަމަ އެކަމެއް ސާފުވާންޖެހޭނެކަމުގައި އަހުރެން ދެކެމެވެ. އެހެންނަމަވެސް، ސިވިލް ކޯޓުގައި މި މައްސަލަ ބެލުނު އިރު އެކަން އެންމެ ރަނގަޅަށް ސާފުކުރެވިފައި އޮތްކަމަކަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް، މުޙައްމަދު އަނީސްގެ ފރާތުނަ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި އެދޭގޮތް ކަމަށް ބަޔާންކޮށްފައިވާ ސުރުހީގެ ދަށުގައި ލިޔެފައިވަނީ ރަޖިސްޓްރީ ނަންބަރު T-04 10-P1243A "ބެއްލަންވިލާ2 " ގެ ވާހަކައެވެ. އޭއޭއޭ 20 ގެ ވާހަކައެއް ނޫނެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރު 8202M/144/2014/ ސިޓީ (ތާރީޚް: 21 މާރިޗު 2410)
31.ދަޢުވާއެއް ހުށަހެޅް ބެލެމުންދާއިރު ދަޢުވާ ރައްދުވާ ފަރާތަށް ދަޢުވާ ރައްދުކުރެވޭ ހައިސިއްޔަތުވެސް ސާފުކޮށް އެނގެން އޮންނަންވާނެކަމުގައި އަހުރެން ދެކެމެވެ. މިގޮތުން، ދަޢުވާކުރާ ފަރާތާއި ދަޢުވާރައްދުވާ ފަރާތާ ދެމެދު ތަޢާޤުދީ ގުޅެއްވާނަމަ އެ ގުޅުމެއް ބަޔާންކުރެ ވިގެން މެނުވީ އެ ފަރާތަކަށް ދަޢުވާ ރައްދުކުރެވޭ ހައިސިއްޔަތު ސާފުވެގެން ދާނެކަމަކަށ އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އަދި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާދެމެދު ސީދާ ތަޢާޤުދީ ގުޅުމެއް ނެތް ނަމަވެސް، ދަޢުވާ އެ ފަރާތަކަށް ރައްދު ކުރެވޭނަމަ، ދަޢުވާ ރައްދުކުރެވޭ ފަރާތަށް އެ ދަޢުވާއެއް ރައްދުކުރެވެނީ ކޮންގޮތަކުންކަމާއ އަދި ކިހިނެއްކަން ސާފުކޮށް ބަޔާންކޮށްދެވިފައި އޮންނަންޖެހޭނެކަމުގައި އަހުރެންދެކެމެވެ. އަދި ދަޢުވާކުރާފަރާތުން، އެ ދަޢުވާއެއް ދަޢުވާރައްދުވާ ފަރާތަށް ނިސްބަތްކުރެވޭ ޤާނޫނީ ހައިސިއްޔަތު ހެކިޤަރީނާގެ އަލީގައި ސާފުކޮށް ދެވެންޖެހޭނެކަމުގައި އަހުރެންދެކެމެވެ. އަދި އެކަން ޙުކުމުގައި ސާފުކޮށް އެނގެން އޮންނަންވާނެކަމަށް އަހުރެން ދެކެމެވެ.
35.ޤާނޫނުން ރަޖިސްޓްރީއެއް އޮތުން ލާޒިމްކޮށްފައިވާ ޙާލަތްތަކުގައި ޤާނޫނީ ގޮތުން އޮންނަ އިފްތިރާޟަކީ އެ ރަޖިސްޓްރީއެއްގެ ވެރި ފަރާތަކީ އެ މުދަލެއްގެ ވެރިފަރާތްކަމުގައި ބެލުމެވެ. އެނޫން އެހެން ގޮތަކަށް އެ އިފްތިރާޟް ބޭނުންކުރެވިދާނެކަމަށް އަހުރެންނުދެކެމެވެ.
36.ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙައްދުގެ ތެރޭގައި ދުއްވާ އުޅަނދުތައް ދުއްވަންވާނ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގައި ރަޖިސްޓްރީކޮށްގެންކަން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު ގެ 1 ވަނަ މާއްދާއިން އެނގެންއޮވެއެވެ.
33.ޝަރީޢަތުން ނުވަތް ޤާނނޫ ނ ލިޔުމެއް އޮތުނު ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ޤާނޫނީ ގޮތުން ބެލޭނީ ހަމަ އެލިއުމެއްކަން ހެއްކާބެހޭ ޤާނޫނު ގެ . ވަނަ މާއްދާއިން އެނގެންއޮވެއެވެ. ޤާނޫނު ނަންބަރު 10/10 ޤާނޫނު ނަންބަރު 11/20
38.މަދަނީ ކޯޓުގެ ނަންބަރު 2004C/462/M ޤަޟިއްޔާއަކީ، މުޙައްމަދު އަނީސާއި އޭނާގެ ނަމުގައި ރަޖިސްޓްރީކުރެވިފައި އޮތް، މި ދަޢުވާގައި ބަޔާންކުރާ، ރަޖިސްޓްރީ ނަންބަރު T-10 04-P1243A "ބެއްލަންވިލާ2 " ދޯނީގެ މިލްކުވެރިކަމާ ގުޅުންހުރި މައްސަލައެއް ނޫންކަން އެ ޤަޟިއްޔާއިން އެނގެންއޮވެއެވެ. އަދި އެ ޤަޟިއްޔާގައި ރަޖިސްޓްރީ ނަންބަރު T-04 10-P1243A "ބެއްލަންވިލާ2 " ދޯނީގެ މިލްކުވެރިކަނީ ބަދަލުވެފައިވާކަމަށް ޙުކުމްކޮށްފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި، ރަޖިސްޓްރީ ނަންބަރު T-04 10-P1243A "ބެއްލަންވިލާ2 " އަކީ މުޙައްމަދު އަނީސްގެ މިލްކުގައިވާ ދޯންޏެއް ނޫންކަމަށް ބަލާފައިވާ ބެލުމަކީ ޤާނޫނީގޮތުން އެންމެ ފުރިހަމައަށް ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކުރެވިގެން ބެލިފައިވާ ބެލުމެއްކަމަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.
33.ވީމާ، އަހުރެން ޤަބޫލުކުރަނީ ސިވިލް ކޯޓުގެ އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާ، ބުނެވިދިޔަ ކަންކަމުގެ އަލީގައި، އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
22.މި މައްސަލައަށް ތަދައްޚުލުވި ފަރާތް ކަމުގައިވާ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ވަކީލް، ސ. މަރަދޫފޭދޫ / އަލަނާސިގެ، އަހްމަދު ޙަމްޒާ އަށް މި މައްސަލައިގެ ޙުކުމް ކުރުމަށް ބޭއްވުނު ޝަރީޢަތުގެ މަޖިލީޙަށ ހާޒިރުވުމަށް ފޮނުވުން މި ކޯޓުގެ ނަންބަރު B6/CHT/2021/6690-95 "ކޯޓަށް ހާޒިރުވުމުގެ އަމުރު" ރައްދުވެ މަގުބޫލު އުޒުރަކާއ ނުލައި ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެފއިނުވާތަ މި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ އެފަރާތުގެ ޣައިރު ހާޒިރުގައެވެ.
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ
- ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/76) ގެ 5 ވަނަ މާއްދާ (ލިޔުމެއް ލާޒިމުކުރާ ކަމެއްގައި ހެއްކަކީ ހަމަ އެ ލިޔުން)
- ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު (ރަޖިސްޓްރީ ލާޒިމުކުރާ މާއްދާ)
- މަދަނީ ކޯޓުގެ 462/MC/2004 ޤަޟިއްޔާ (ޙަވާލާދީފައިވާ ޙުކުމް)
- ބެންޗު
- ޙަސަން ޝަފީޢު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް