ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/20
ކްރިސްޓީނާ ކޮރެއްޓޯ ވ. އިބްރާހީމް ސާލިޙް، 2021/HC-A/20
Kristeenaa Koretoa v. Ibrahim Saalih 2021/HC-A/20 (2021/HC-A/20, High Court of the Maldives, 9 June 2021)
ކްރިސްޓީނާ ކޮރެއްޓޯ ވ. އިބްރާހީމް ސާލިޙް
މައިގަނޑު ސުވާލު
މަދަނީ ދަޢުވާއެއް ހިނގަމުންދަނިކޮށް ބިދޭސީ ދަޢުވާލިބޭ ފަރާތަކު ރާއްޖެއިން ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރަކީ ޝަރީޢަތްކުރުމާބެހޭ ޤަވާޢިދުގެ 295 ވަނަ މާއްދާއާއި ވަގުތީ އަމުރުގެ އުޞޫލުތަކާއި ދަތުރުފަތުރުކުރުމުގެ މިނިވަންކަމާ އެއްގޮތަށް ނެރުނު އަމުރެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް (އަޣުލަބިއްޔަތުން)
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (06) ގެ 295 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގެ ދަށުން ވަގުތީ ފިޔަވަޅެއް ނެރެވޭ ޙާލަތްތަކުގެ ތެރޭގައި، ދަޢުވާލިބޭ މީހާ ފިލައިގެން ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމާއި، ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ވަގުތީ އަމުރު ނެރުމުގެ އިޚްތިޔާރީ ބާރަކީ މުޠުލަޤު ބާރެއް ނޫނެވެ؛ އެދޭ ފަރާތަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އޮތުމުގެ އިޙްތިމާލު ފާޅުވުމާއި، އަމުރު ނުނެރެފިނަމަ އިޢާދަނުކުރެވޭފަދަ ނުރައްކަލެއް އޮތުމާއި، އެދޭ ފަރާތަށް އެކަމަށް އެދުމުގެ ޞިފަތު ލިބިގެންވުން ފުރިހަމަވާންޖެހެއެވެ (ނެކްސްބިޒް ޤަޟިއްޔާ)؛ އަދި އަމުރު ނެރެފިނަމަ އަދި ނުނެރެފިނަމަ ދެފަރާތަށް ލިބިދާނެ ގެއްލުން އަޅައިކިޔަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13–14)
- ދަތުރުފަތުރުކުރުމުގެ މިނިވަންކަމަކީ މުޠުލަޤު ޙައްޤެއް ނޫނެވެ؛ ޤާނޫނުގައިވާ ގޮތުގެ މަތިން އެހެން ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ހަނިކުރެވިދާނެއެވެ. ދިވެހިރާއްޖެއިން މީހަކު ފުރުން މަނާކުރެވޭނީ (އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ނެތްނަމަ) ކޯޓު އަމުރެއްގެ ދަށުން، އެ އަމުރުގައި ކަނޑައަޅާ މުއްދަތަކަށެވެ؛ ކޯޓުގައި ހިނގާ މައްސަލައެއްގައި ދަޢުވާލިބޭ މީހާ ފިލައިގެން ހިނގައިދާނެ އެކަށީގެންވާ ސަބަބުތަކެއް އޮތްނަމަ ކޯޓު އަމުރަކުން ޕާސްޕޯޓް ހިފެހެއްޓިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16–17)
- ކޯޓުގައި މައްސަލައެއް ހިނގަމުންދަނިކޮށް ދަޢުވާލިބޭ ފަރާތް ފުރައިގެން ގޮސްފިނަމަ އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅިދާނެނަމަ ފުރުން މަނާކުރެވިދާނެއެވެ؛ އެގޮތަށް އަމުރު ނެރުމުގައި ރަނގަޅު ސަބަބެއްގެ މައްޗަށް ބިނާވާ ދަޢުވާއެއް އޮތުމާއި، ދަޢުވާ ކާމިޔާބުވުމުގެ ފުރުޞަތުގެ މިންވަރާއި، ކޯޓުގެ އިޚްތިޞާޞް ނުހިނގާ ތަނަކަށް ފުރައިގެން ދާން އުޅޭކަމަށް ބެލެވޭ ސަބަބާއި، އެނބުރި ނައުމުގެ އިޙްތިމާލަށް ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- އަސާސީ ޙައްޤެއް ހިފެހެއްޓުމުގައި ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭނެ ކަމަށާއި، ދަތުރުފަތުރުކުރުމުގެ ޙައްޤު ހިފެހެއްޓިފައިވާ ޙާލަތެއްގައި ވީހާވެސް އަވަހަކަށް މައްސަލަ ނިންމުމަށް ކޯޓުތަކުން އިސްކަން ދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- ޤާނޫނީ ވަކީލަކު ނުވަތަ ބަދަލުގައި ފަރާތެއް ޢައްޔަންކޮށްފައިވުމަކީ، އެއީ އެއްބަސްވުމެއްގެ ދަށުން ޢައްޔަންކުރެވޭ އަދި ނިމުމަކަށް ގެނެވިދާނެ އިންތިޒާމަކަށްވާތީ، ހަމައެކަނި އެ ސަބަބަށް ބިނާކޮށް ފުރައިގެން ދިއުމުން ޝަރީޢަތް ހިންގުމަށް ހުރަސް ނޭޅޭނެކަމަށް ބެލެވޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
1މިއީ، ފެލިދެއަތޮޅު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު J1C/VN/2020/01 ވަގުތީ އަމުރާ މެދު ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށބުން އެނިންމުން ކްރިސްޓީނާ ކޮރެއްޓޯ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބލަ ފައިވާ ޤަޟިއްޔާ އެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރު ތަކާ ވ.ފުލިދޫ/ގުލްޗަންޕާއާގެ، އިބްރާހީމް ޞާލިޙް އެ ވެ. ކަން ހިނގާފައިވާ ގޮތް:
2ވ.ފުލިދޫ، ޓފުލާވަރ ގޯތީގައި އެއް ބުރީގެ އިމާރާތެއް އެޅުމަށް ކްރިސްޓީނާ ކޮރެއްޓޯ އާއި އިބްރާހީމް ޞާލިޙާ ދެމެދު 23 އޭޕްރީލް 2018 ގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ.
3މިއެއްބަސްވުމުގެ ދަށުން މަސައްކަތް ޙަވާލުކުރި ފަރާތަކީ ކްރިސްޓީނާ ކޮރެއްޓޯއެވެ. އަދި މަސައްކަތާ ޙަވާލުވި ފަރާތަކީ އިބްރާހީމް ޞާލިޙް އެވެ. އެމަސައްކަތުގެ އަގަކީ 2.5 (ދޭއ ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާއެވެ. އެމަސައްކަތް ހަވާލުވި ތާރީޚަކީ 29 އޭޕްރީލް 8201 އެވެ. އަދި މަސައްކަތް ނިންމަން އެއްބަސްވެފައިވާ ތާރީޚަކީ 29 އޭޕްރީލް 2019 އެވެ. މީގެ އިތުރުން މަސައްކަތް ލަސްވާ ދުވަސްތަކަށް ފައިސާ އުނިކުރެވޭނެ ކަމާއި މަސައްކަތަށް ފައިސާ ދެއްކުމުގައި ލަސްވާ ދުވަސްތަކަށް އިތުރަށް ޗާޖް ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާކަން މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބެލުމުން އެނގެއެވެ.
4މި އެއްބަސްވުމާ އެއްގޮތަށް އިބްރާހީމް ޞާލިޙް މަސައްކަތް ކުރަމުންދަނިކޮށް، އަދި އެއްބަސްވުމުގައިވާ ގޮތުގެމަތިން ކުރެވިފައިވާ މަސައްކަތުގެ އަގު ދިނުމެއް ނެތި ކުއްލި ގޮތަކަށް މަސައްކަތް ހުއްޓުވައި މަސައްކަތް ކުރަމުން ދިޔަ ސައިޓުން ނެރެފައިވާތީ، އެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ އެންމެހައި ފައިސާއާއި އެއްބަސްވުމާ ޚިލާފަށް މަސައްކަތް ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލމުގު ބަދަލު ހޯދުމަށް އެދި ކްރިސްޓީނާ ކޮރެއްޓޯގެ މައްޗަށް އިބްރާހީމް ޞާލިޙް ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއްޔާގައި ބެލުމަށް ހަމަޖެހުނެވެ.
5އެ މައްސަލައިގައި ކްރިސްޓީނާ ކޮރެއްޓގޯ އަތުން 1،344،084.50ރ (އެއްމިލިއަން ތިންލައްކަ ސާޅީސްހަތަރުހާސް އައްޑިހަހަތަރު ރުފިޔާ ފަންސާސް ލާރި) ހޯދުމަށް އިބްރާހީމް ޞާލިޙްގެ ފަރާތުން އެދިފައި ވެއެވެ. ވަގުތީ އަމުރަށް އެދުނު ސަބަބު:
6ބުނެވިދިޔަ މައްސަލަ ފލިދ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއްޔާގައި ބަލމުނަ ދަނިކޮށް، ކްރިސްޓީނާ ކޮރެއްޓޯގެ މަސްލަހަތު ހިމެނޭ އިމާރާތް އެހެން ފަރާތަކަށް ދިނުމަށް ފަހު،އެ މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން ރާއްޖެ ދ ކޮށް ފުރުމަށް އޭނާ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އޭނާ ރާއްޖެއިން ފުރައިގެން ގޮސްފިނަމަ ދަޢުވާގައި އެދިފައިވާ ފައިސާއާއި ގެއްލުމުގެ ބަދަލު ޝަރީޢަތުން ޙުކުމް ކުރެއްވި ނަމަވެސް ނުލިބިދާ ނެތީ، އެކަމުގެ ސަބަބުން އިބްރާހީމް ޞާލިޙަށް އިޢާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން، ޢިމާރާތް އެހެން ބަޔަކަށް ނުދިނުމަށާއ އަދި ރާއްޖެ ދ ކޮށް ފުރައިގެން ނުދިއުމަށް ކްރިސްޓީނާ ކޮރެއްޓޯ އަށް އަންގައި، މޯލްޑިވްސް އިމިގްރޭޝަނަށާއި ކަމާގުޅޭ އިދާރާތަކުން ކްރިސްޓީނާ ކޮރެއްޓޯގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އިބްރާހީމް ޞާލިޙްގެ ފަރާތުން ކޯޓުގައި އެދުނެވެ. އެއަމުރގުޅާ ގޮތުން ދެފަރާތުން ދެއްކި ވާހަކަތަކަށާއި ހުށަހެޅި ކަންތައްތަކަށް ބެލުމަށްފަހު ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު J1C/VN/2020/01 ވަގުތީ އަމުރުގައި ކްރިސްޓީނާ ކ ރެއްޓޮ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކޮށް އަމުރު ނެރުނެވެ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު:
7ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު J1C/VN/2020/01 ވަގުތީ އަމުރާމެދު ނިންމި ގޮތަށް ބަލާއިރު، އެކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއްޔާގައި ވަކި ގޮތަކަށް ޙުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތަކަށް އަންގަންދެން ދިވެހިރާއްޖެއިން ފުރައިގެން ނުދިއުމަށް ކްރިސްޓީނާ ކޮރެއްޓޯއަށް އަންގައި، އަދި އެ ޤަޟިއްޔާގައި ވަކި ގޮތަކަށް ޙުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތަކަށް އަންގަންދެން ކްރިސްޓީނާ ކޮރެއްޓޯ ދިވެހިރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އަންގާފައި ވެއެވެ. އަދި ކްރިސްޓީނާ ކޮރެއްޓޯ ވ.ފުލިދޫ އިން ނަގާފައިވާ ޢިމާރާތް އެހެންފަރާތަކަށް ނުދިނުމަށް، އެފަރާތުގެ މައްޗަށް އަމުރެއް ނެރެންޖެހޭފަދަ ސަބަބެއް އޮތްކަމަށް ނުބެލެވޭތީ، ދަޢުވާލިބޭ ފަރާތުން އެދިފައިވާ ގޮތަށް އެޢިމާރާތް އެހެން ފަރާތަކަށް ނުދިނުމަށް ކްރިސްޓީނާ ކޮރެއްޓޯގެ މައްޗަށް އަމުރު ކުރާނެ ތަނއ ނެތްކަމަށް ކަނޑައަޅާފައިވާކަން އެނގެއެވެ. -ކޯޓު އަމުރުގައި "ދަޢުވާލިބޭފަރާތް" ލިޔެފައިވަނީ ރަނގަޅަށް ނޫންކަން ފާހަގަ ކުރެވެއެވެ. އެހެނީ އެމައްސަލައިގައި ދަޢުވާލިބޭފަރާތަކީ ކްރިސްޓީނާ ކްރެއްޓޯއެވެ. އަދި ދަޢުވާކުރާފަރާތަކީ އިބްރާހީމް ޞާލިޙް އެވެ. ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނީ އިބްރާހީމް ޞާލިޙްގެ ފަރާތުންނެވެ.
8މިއީ، އިސްވެ ބުނެވުނު ވަގުތީ އަމުރުގައި ކްރިސްޓީނާ ކޮރެއްޓޯ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ކޮށްފައިވާތީ އެކަމާމެދު ހިތްހަމަ ނުޖެހިގެން އޭނާގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާ އެކެވެ. އިސްތިއުނާފުކުރުމށް ހުށަހެޅި ނުކުތާ:
9ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު J1C/VN/2020/01 ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް ކްރިސްޓީނާ ކޮރެއްޓޯގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:-
1.9 ވަގުތީ ފަރުވާތަކުގެ ތެރެއިން މި ބާވަތުގެ އަމުރެއް ނެރެދިނުމުގައި ބަލަންޖެހޭނެ ކަމަށް މިނިވަން ދިމިގްރާތީ ނިޒާމުތަކުގައި ކަނޑައެޅިފައިވާ އުސލުތަކާއި، ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު (06) ގެ 295 ވަނަ މާއްދާގައި މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމާއި ވަގުތީ ފަރުވާ ދިނުމުގައި ބަލަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށްފައި ނެތުން؛
2.9 ވަގުތީ ފަރުވާތަކުގެ ތެރެއިން މިބާވަތުގެ އަމުރެއް ނެރެދިނުމުގައި ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ގަޒިއްޔާއިން ނިންމާފައިވާ ނެކްސ ބިޒް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން މައްސަލައިގައި ކަނޑައަޅާފައިވާ ޢއްމާ އުސލުތަކާއި، ޝަރީޢަތު ގެ އަދާލަތުގެ ހަމަ (އިކުއިޓީ) ގެ ހަމަތަކުގެ މައްޗަށް ރިޢާޔަތްކޮށް ހައިކޯޓުގެ ނަންބަރު 2018/HC-A/305 ގަޒިއްޔާއިން ނިންމާފައިވާ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު މައްސަލައިގައި "ގެއްލުން" އާ ގުޅިގެން ކަނޑައަޅާފައިވާ ކަންތައްތަކާ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު (06) ގެ 295 ގައި ބަޔާންކޮށްފައިވާ، ވަކި ގޮތަކަށް ޢމަލަ ކުރުމުގު އަމުރުން ހުއްޓުވުމާއި، ގެއްލުން ކުޑަކުރުމާ ގުޅޭ ގޮތުން ކަނޑަ އަޅާފައިވާ އުސޫލުތަކާ ޚލާފުވ ގޮތަށާ މައްސަލަ ނިންމާފައިވުން.
10އިސްވެ ބުނވުނެ ދެ ނުކުތާ އިސްތިއުނާފަށް ހުށަހެޅުމަށްފަހު، ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު J1C/VN/2020/01 ވަގުތީ އަމުރމެދާ ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށް ކަނޑައަޅައި، އެ ނިންމުން ބާޠިލްކޮށް ދިނުމަށް ކްރިސްޓީނާ ކޮރެއްޓޯގެ ފަރާތުން އެދިފައިވެއެވެ.
11މ މައްސަލައިގައި އިބްރާހީމް ޞާލިޙުގެ ފަރާތުން އެދިފައިވަނީ ކްރިސްޓީނާ ކޮރެއްޓޯ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަދީފިނަމ އޭނަ އެނބުރި ރާއްޖެ ނައުމުގެ ފުރުޞަތު އޮތުމާއި އެގޮތަށް އެކަން ވެއްޖެނަމަ، އިބްރާހީމް ޞާލިޙް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތުން ހިންގުމުގައާއި އަދި އެމައްސަލަ އޭނާއަށް ކާމިޔާބު ވެއްޖެނަމަ، ކުރެވޭ ޙުކުމް ތަންފީޒުކޮށް އިންޞާފު ލިބުމަށް ހުރަސްއެޅިދާނެ ކަމަށް ފެންނތާ ކްރިސްޓީނާ ކޮރެއްޓގޯ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރެފައިވ އަމުރު ބާޠިލް ކުރަންޖެހޭ ސަބަބެއްނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ފާހަގަ ކުރެވުނު ކަންތައްތައް:
12ޕްރިސިޑެންސް 1ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (06) ގެ 295 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި، ވަގުތީ ފިޔަވަޅެއް އެޅުމުގެ އަމުރެއް ނެރެވޭނެ ޙާލަތްތައް ބަޔާންކޮށްފައި ވެއެވެ. އެއީ :-
1.12 ދަޢުވާލިބޭ މީހާ ފިލައިގެން ހިނގައިދާނެ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ އެކަން ހުއްޓުވުމުގެ އަމުރެއް.
2.12 ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމުގެ ބިރު ހީވާނަމަ އެކަން ހުއްޓުވުމުގެ އަމުރެއް.
3.12 ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާގެ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް، ނުވަތަ އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ގަބ ލ ކުރެވޭނަމަ އެކަން ހުއްޓުވުމުގެ އަމުރު.
4.12 މައްސަލައިގައި ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަގުސަދު ހާސިލުނުވެ ހިނގައިދާނެ ކަމަށް ގަބ ލުކުރެވޭ ސަބަބުތަކެއް ހުރެއްޖެނަމަ އެކަން ހުއްޓުވުމުގެ އަމުރެއް.
5.12 މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ލިބިގެންދާނެ ކަމަށް ގަބ ލުކުރެވޭ ގެއްލުމެއް ހުއްޓުވުމުގެ އަމުރެއްކަން އެނގެން އޮވެއެވެ.
13ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، ނެކްސްބިޒް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި، ވަގުތީ އަމުރު ނުވަތަ ވަގުތީ ފިޔަވަޅު އެޅުމަށް ކޯޓުތަކަށް ލިބިފައިވާ އިޚްތިޔާރީ ބާރަކީ އެއްވެސް ޤާނޫނީ ނިޒާމެއްގައި މުޠުލަޤު ބާރެއނން ކަމަށާއި، އެފަދަ އަމުރެއް ނެރެމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ޝަރުޠުތަކެއްވާ ކަމަށާއި، އެގޮތުން:-
1.13 ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުން ؛
2.13 ވަގުތީ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޢޫ ދަޢުވީ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ (ވަގުތީ އަމުރަށް އެދޭ ފަރާތަށް ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ) ނުރައްކަލެއް އޮތުން؛
3.13 ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" (capacity) ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއް ކަމުގައިވުން؛ ކަމަށް ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރު
14ވަގުތީ އަމުރު ނެރުމުގެ ކުރިން ވަގުތީ އަމުރު ނުނެރިފިނަމަ ވަގުތީ އަމުރަށް އެދޭ ފަރާތަށް ލިބިދާނެ ގެއްލުމާއި ވަގުތީ އަމުރު ނެރެފިނަމަ ވަގުތީ އަމުރު ރައްދުވާފަރާތަށް ލިބިދާނެ ގެއްލުން އަޅައިކިޔަން ޖެހޭ ކަމާއި، މިގޮތުން ވަގުތީ އަމުރު ނެރެފިނަމަ އަދި ނުނެރިފިނަމަ، އެޙާލަތުގައއެއިނި ފަރާތަކަށް ލިބިދާނެކަމަށް ބެލެވޭ ގެއްލުމަށް ޝަރީޢަތުން ރިޢާޔަތް ކުރަންވާނެ ކަމަށް ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙއްމަދަ އިބްރާހީމު މަނިކަ ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ.
15ފ ލިދ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު J1C/VN/2020/01 ވަގުތީ އަމުރު ނެރުނު ސަބަބު ކަމުގައި ބަޔާންކޮށްފައިވަނީ، "މިމައްސަލައިގައި ދަޢުވާކުރާފަރާތަކ ވަގުތީ އަމުރަކަށް އެދުމުގެ ޞިފަތު ލިބިގެންވާ ފަރާތެއް ކަމާއި، ވަގުތީ އަމުރެއް މެދުވެރިކޮށް ޤާނ ނ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް އޮތް ފަރާތެއްކަން އެނގޭ ކަމާއި އަދި މި މައްސަލައިގައި ދަޢުވާރައްދުވާ ފަރާތަކީ ބިދޭސީއެއް ކަމަށްވެފައި، ހިނގަމުންދާ މައުޟއޫ ދަޢުވީ ޝަރީޢަތުން ވަކި ގޮތަކަށް ނިންމުމުގެ ކުރިން އެފަރާތުން ދިވެހިރާއްޖެ ދ ކޮށް ފުރައިގެން ހިނގައްޖެނަމަ، މި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއެޅިގެން ދާނޭކަމާއ އަދި އެކަމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް އިޢާދަ ނުކުރެވޭފަދަ ގެއްލުމެއް ލިބިދާނޭ ކަމަށް ޝަރީޢަތަށް ޤަބޫލު ކުރެވެއެވެ." މިފަދައިންކަން އެނގެން އޮތުމުން މި މައްސަލައިގައި ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު (06) ގެ 295 ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ. އަދި މި މައްސަލައިގައި ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި "ޝަރީޢަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (06)"ގެ 295 ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞ ލުތަކަށް ރިޢާޔަތް ނުކުރާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާބުނުމަކީ ރަނގަޅު އަޞާޞެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއް ނ ނެވެ. -ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރު 2018/HC-A/305 ޤަޟިއްޔާ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން:
16ޕްރިސިޑެންސް 3އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމަކީ އިންސާނީ ޙައްޤުތަކާބެހޭ ޤާނނންނާއި ބައިނަލްއަޤްވާމު އެކިއެކި މުޢާހަދާތަކުގެ ދަށުން އިންސާނުންނަށް ލިބިދީފައިވާ އަސާސީ މިނިވަން ކަމެކެވެ. އެއްޤައުމުން އަނެއް ޤައުމަށް ދަތުރުފަތުރު ކުރުމުގައި ބޭނުންކުރެވޭ ބައިނަލްއަޤްވާމީ ގޮތުން ޤަބ ލުކުރާ ޑޮކިއުމަންޓަކީ އެމީހެއްގެ ނަމުގައި ހަދާފައިވާ ޕާސްޕޯޓެވެ. ޞައްޙަ ޕާސްޕޯޓެއް ނެތި ދަތުރުފަތުރު ކުރުމަކީ ދަތިކަމެކެވެ. އެހެންކަމުން، މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަކީ ޤާނނުންނާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ލިބިދީފައިވާ ދަތުރުފަތުރު ކުރުމުގެ ޙައްޤަށް ހުރަސްއެޅޭ ކަމެކެވެ.
1.16 ޔުނިވަރސަލް ޑެކްލަރޭޝަނ އޮފް ހިޔުމަން ރައިޓްސް ( ޔު.ޑީ.އެޗް.އާރު)ގެ 13 ވަނަ މާއްދާގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދެމުން އަންނަނިވި ގޮތަށް ބަޔާންކޮށްފައި ވެއެވެ.
1. Everyone has the right to freedom of movement and residence within the borders of each State.
2. Everyone has the right to leave any country, including his own, and to return to his country.
16.2 އިންޓަރނޭޝަން ކަވަނެންޓ އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައި. ސީ. ސީ. ޕީ. އާރ). ގެ 12 ވަނަ މާއްދާގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދެމުން ބަޔާންކޮށްފައިވަނީ،
1. Everyone lawfully within the territory of a State shall, within that territory, have the right to liberty of movement and freedom to choose his residence.
2. Everyone shall be free to leave any country, including his own. -Universal Declaration of Human Rights 1948 -Internation Covernant on Civil and Political Rights
3. The above-mentioned rights shall not be subject to any restrictions except those which are provided by law, are necessary to protect national security, public order (ordre public), public health or morals or the rights and freedoms of others, and are consistent with the other rights recognized in the present Covenant.
16.3 ދަތުރުފަތުރުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ޔު ރަޕްގެ ގައުމުތަކުން އެކުލަވާލާފައިވާ، ޕްރޮޓޮކޯލް 4 ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، 1 Everyone lawfully within the territory of a State shall, within that territory, have the right to liberty of movement and freedom to choose his residence. 2 Everyone shall be free to leave any country, including his own. 3 No restrictions shall be placed on the exercise of these rights other than such as are in accordance with law and are necessary in a democratic society in the interests of national security or public safety, for the maintenance of ordre public, for the prevention of crime, for the protection of health or morals, or for the protection of the rights and freedoms of others. 4 The rights set forth in paragraph 1 may also be subject, in particular areas, to restrictions imposed in accordance with law and justified by the public interest in a democratic society. މިފަދައިން ނެވެ. މަތީގައި ބަޔާންވެދިޔަ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ލިބިދީފައިވަނީ އެއްވެސް އިސްތިސްނާއެއް ނެތި މުޠުލަޤު ގޮތެއްގައި ނ ންކަމާއި، ދަތުރުފަތުރި ކުރުމުގެ މިނިވަންކަން ހިފެހެއްޓިދާނެ ނުވަތަ ހަނިކުރެވިދާނެ ޙާލަތްތަކެއްވާ ކަމާއި، އެގޮތުން ޤައުމީ ސަލާމަތާއަ ރައްކާތެރިކަމަށއާ، މުޖްތަމަޢުގެ ހަމަ ޖެހުމާއި ސަލާމަތަށާއި، ޢަމަންއަމާންކަން ޤާއިމްކުރުމަށއާ ކުށްކުރުން ހުއްޓުވުމަށާއި، ޞިއްޙީ ނުވަތަ އަޚްލާޤީ ނުވަތަ އެހެންފަރުދުންގެ މިނިވަންކަމާއި ޙައްޤުތައް -Protocol No. 4 to the Convention for the Protection of Human Rights and Fundamental Freedoms, securing certain rights and freedoms other than those already included in the Convention and in the first Protocol thereto * ރައްކާތެރިކުރުމަށްޓަކައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަދި ދިމިޤްރާތީ މުޖްތަމަޢު ޤަބ ލުކުރާ ހަމަތަކުގެ މަތިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ހިފެހެއްޓުދާނެކަން އެނގެއެވެ.
17ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު (ޤާނޫނުނަންބަރު 2007/1) ގެ 5 ވަނަ މާއްދާގެ (ހ) އާއި
(ށ) އަށް ބަލާއިރު،
(ހ) ޝަރުޢީ ކޯޓެއްގެ އަމުރަކާ ނުވަތަ ޙުކުމަކާ ގުޅިގެން ނުވަތަ މީހުން ހައްޔަރުކޮށް ހިފެހެއްޓުމުގެ ބާރު ޤާނޫނުން ލިބިދޭ ފަރާތަކުން އަންގާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެއިން ފުރުން މަނާކުރެވޭ މީހުން ފިޔަވައި، އެހެންކޮންމެ ދިވެހިރައްޔިތަކީ، ރާއްޖެއިން ބޭރަށް ފުރައިގެން ދެވިދާނެ އަދި ރާއްޖޭން ބޭރުގައި ހުރެ ވިދާނ ނުވަތެ ރާއްޖެއިން ބޭރުގައި އުޅެވިދާނެ މީހެކެވެ.
(ށ) އެހެންޤާނ ނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖެއިން މީހަކު ފުރުން މަނާކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން، އެއަމުރުގައި ކަނޑައަޅާފައިވާ މުއްދަތަކަށެވެ. އެޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ، "ބިދޭސީއަކަށް ރާއްޖޭން ފުރޭނީ،މިޤާނ ނުގެ ދަށުން ހަދާ ޤަވާޢިދުގައި އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު،އެޤަވާޢިދުގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ އެމްބާކޭޝަނ ފޯމެއް ފުރައި އޭނާގެ ޕާސްޕޯޓާއެކު އިމިގްރޭޝަން އޮފިސަރަކަށް ހުށަހަޅައި،ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ލިބިގެންނެވެ." މި މައްސަލަ އިސްތިއުނާފުކުރާ ކްރިސްޓީނާ ކޮރެއްޓޯއަކީ ޓްއަރިސްޓް ވިސާގައި ރާއްޖޭގައި އުޅޭ މީހެއްކަމާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްޗަށްވެސް (ޤާނ ނުން އިސްތިސްނާ ލިބިދީފައިވާ ކަންކަމާއި، މީހުން ފިޔަވައި އެހެން މީހުން) ދިވެހިރާއްޖޭގެ ޤާނ ނުތައް ހިނގާނެ ކަމާއި، ބިދޭސީއަކަށް - އީޔ ޕްރޮޓޮކޯލް 4 ގެ 2.3 އާއި އައިސީސީޕީއާރުގެ 12 ވަނަ މާއްދާގެ 3 ވަނަ ނަންބަރު - އެޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/27) - މިމާއްދާގެ ދަށުން ޕާސްޕޯޓް ހިފެހެއްޓުމުގެ ބާރު ލިބިގެންވަނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށެވެ. (5 ވަނަ މާއްދާގެ (ނ) ގައި ރާއްޖޭން ބޭރަށް ފުރައިގެން ދެވޭނީ ރާއްޖޭން ފުރުމުގެ ހުއްދަދިނުމުންކަން އިސްވެ ބުނެވުނު އިމިގްރޭޝަން ޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) އިން އެނގޭއިރު، ކޯޓުން ބަލަމުންދާ މއްސަލައެއްގަ ދަޢުވާލިބޭމީހާ ފިލައިގެން ހިނގައިދާނެ އެކަށީގެންވާ ސަބަބުތަކެއް އޮތްނަމަ، ކޯޓުން ކުރާ އަމުރެއްގެ ދަށުން މީހެއްގެ ޕާސްޕޯޓް ހިފެހެއްޓިދާނެ ކަމާއި، މިގޮތުން މި މައްސަލައިގައި ކްރިސްޓީނާ ކޮރެއްޓޯ ރާއްޖޭން ބޭރަށް ފުރައިގެން ދިއުން ކޯޓު އަމުރަކުން މަނާކޮށްފައިވާ ކަމާއި، އެގޮތަށް އަމުރު ކޮށްފައިވަނީ އޭނާއާއި އިބްރާހީމް ޞާލިޙް ދެމެދާ ވ.ފުލިދޫ، ޓފުލާވަރ ގޯތީގައި އެއް ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ކުރުމާގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް އިބްރާހީމް ޞާލިޙްގެ ފަރާތު ން ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެން ނުވަތަ ޙުކުމް ކުރަންދެން ކަމާއި، ކްރިސްޓީނާ ކޮރެއްޓއަކޯ އިޓަލީގެ ރައްޔިތަކަށްވާތީ އޭނާ ރާއްޖޭން ފުރައިގެން ގޮސްފިނަމަ، އެނބުރި ރާއްޖެއަށް އައުމަށްވުރެ ނައުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވިދާނެ ކަމާއި، އެހެން އެކަން ވެއްޖެނަމަ، މި މައްސަލައިގެ ޝަރީޢަތް ހިންގުމަށް ދަތިވެ ހުރަސްއެޅިދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމާއި، އަދި އޭނާގެ މިލްކް މުދަލެއް ރާއްޖޭގައި ނެތުމާއެކު، މައްސަލަ ނިމޭ ގޮތުން މިހާރު ހިގަމުންދާ މައްސަލައިގައި ޢަދުލްއިންޞާފު ޤާއިމް ނުކުރެވިދާނެ ކަމަށް ބެލެވިގެންކނަ އެނގެއެވެ.
18ސާބިތު ޙުކުމެއް ނެތި މައްސަލަ ހިނގަމުންދަނިކޮށް ފުރައިގެން ދިއުން މަނާ ނުކުރެވޭނެ ކަމަށާއި މީހެއްގެ މައްޗަށް ދަޢުވާއެއް ހުށަހަޅާފައިވުމަކީ އޭނާ ފުރައިގެން ދިއުން މަނާކުރެވޭނެ ސަބަބއްނ ންކަމަށެ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށް ހުށަހަޅާފައިވާ އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، ސ ތިޝް ޗަންދުރަ ވަރުމާ ވ. ޔނިއަނ އޮފް އިންޑިއާ (2019) މައްސަލައަށް ބަލާއިރު، އެމައްސަލައަކީ ސަތިން ޗަންދުރާ ވަރުމާގެ މައްޗަށް ވަޒީފާދިންފަރާތުން ކުރަމުންދާ ތަޙްޤީޤު proceeding) (departmental ހިނގަމުންދަނިކޮށް، އިންޑިޔާއިން ބޭރުގައި ދިރިއުޅޭ އޭނާގެ ޢާއިލާގެ މެންބަރުން ކައިރިއަށް ދިއުމުގެ ހުއްދަ ނުދިނުމަށް ސެންޓަރަލް އެޑްމިނިސްޓްރޭޓިވް ޓްރިބިއުނަލުން ނިންމި ނިންމުމާގުޅޭ މައްސަލައެއް ކަމާއި، ޓްރައިބިއުނލުގަ ނިންމުމަށް މެޑްރާސް ހައިކޯޓުން ތާއީދުކޮށްފައިވާކަން އެނގެއެވެ. ސަތިޝް ޗަންދުރަ ވަރުމާއަކީ އިނިސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސްގެ މަޤާމުގައި ހުރި މީހެކެވެ. އޭނާއާ ދެކޮޅަށް ހިންގެން ޖިނާއީ ކުށެއްގެ މައްސަލައިގެ ތަޙްޤީޤެއް ނ ންކަމާއި، އެމައްސަލައިގެ ތަޙްޤީޤީ ހިނގަމުން ދަނިކޮށް (މީގެ ކުރިން) 08 މއ 2017 ގައި ހުއްދަ ލިބިގެން ޤއުމުނަ ބޭރަށް ދިއުމަށްފަހު އެނބުރި އައި ކަމާއި، އެހެންކަމުން އޭނާއަކީ ތަޙްޤީޤަށް ފިލައިގެން ދާންއުޅޭ މީހެއް ކަމަށް ނުބެލެވޭ ކަމާއި، މިކަންކަމުގެ މައްޗަށް ބެލުމަށްފަހު އޭނާ އެދިފައިވާ ގޮތަށް އިންޑިއާއިން ބޭރަށް (ޔު .އެސް.އޭ. އާއި ފްރާންސަށް) ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ދަޢުވާރައްދުވާ ފަރާތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކުރިއެވެ. އަދި މުވައްޒަފަކާ ގުޅޭ ޑިސިޕްލިނަރީ މައްސަލައެއް ތަޙްޤީޤު ކުރުމަކީ، ޤާނޫނުއަސާސީން ލިބިދީފައިވާ ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ހިފެހެއްޓޭނެ ސަބަބެއް ނޫން ކަމަށްވެސް ސުޕްރީމް ކޯޓުގެ ނިންމމުގައު ފާހަގަ ކޮށްފައިވެއެވެ. ޔަންގް ވ.ޔަންގް (2012) މައްސަލއިގައަ ކޯޓި އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ މރ.ސްކޮޓް ޔަންގް (އެޗް) ގެ ޕާސްޕޯޓް ދ ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޕާސްޕޯޓް ދކުރުމަށ އަމުރް ނެރެދެވެން ނެތް ކަމަށެވެ. އެގޮތަށް އަމުރުކުރި ސަބަބުތައް ކަމަށް ބަޔާންކޮށްފައިވަނީ އެކަށީގެންވާ ރަނގަޅު ސަބަބެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދަޢުވާއެއް އޮތު މާއި، ޤައުމުން ބޭރަށް ދަތުރުކުރަން ބޭނުންވަނީ ހިލޭސާބަހަށް މަސައްކަތްކުރުމަށް ސައުތު އެފރިކާއަށް ކަމަށް ބުނެފައިވީނަމަވެސް، އޭނާ ފުރައިގެން ދިއުމަށް ހުއްދަ ދީފިނަމަ، ފިލައިފާނެ ކަމަށް ޤަބ ލ ކުރެވުމާއި، އަދި އޭނާ ފުރައިގެން ގޮސްފިނަމަ، މައްސަލަ ހުށަހެޅި ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ނުލިބި އަދި އިންޞާފު ނުލިބި ހިނގައިދާނކަނެ ސާފުކޮށް ފެންނަން އޮތުމުންކަން އެނގެއެވެ.
19ޕްރިސިޑެންސް 4ކޯޓުގައި މައްސަލައެއް ހިނގަމުންދަނިކޮށް އެމައްސަލައިގައި ދަޢުވާލިބޭ ފަރާތުން ފުރައިގެން ގޮސްފިނަމަ އިންޞާފު ޤާއިމް ކުރުމަށް ހުރަސްއެޅިދާނެ ކަމަށް ޤަބ ލ ކުރެވޭނަމަ، އެފަރާތް ފުރައިގެން ދިއުން މަނާ ކުރެވިދާނެ ކަމާއި މިފަދަ މައްސަލައެއްގައި ފުރައިގެން ދިއުން މަނާކޮށް އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމާއި، އެގޮތުން ކޯޓުން އަމުރު ނެރުމުގައި، ރަނގަޅު ސަބަބެއްގެ މއްޗަށަ ބިނާކޮށް ހުށަހެޅިފައިވާ ދަޢުވާއެއް އޮތުމާއި، މައްސަލަ ހުށަހެޅިފަރާތަށް އެމައްސަލަ ކާމިޔާބުވުމުގެ ފުރުޞަތު އޮތްމިންވަރު ކުޑަ/ބޮޑު ކަމާއި، ކޯޓުގެ އިޚްތިޞާޞް ނުހިނގާ ތަނަކަށް ފުރައިގެން ދާންއުޅޭ ކަމަށް ބެލެވޭ ސަބަބެއް އޮތުމާއި، ފުރައިގެން ގޮސްފިނަމަ، އެނބުރި އައުމުގެ ފުރުޞަތު ނެތް މިންވަރުގެ މައްޗަށް ޝަރީޢަތުން ބަލަންޖެހޭނެކަން އެނގެއެވެ.
20އިސްވެ ބަޔާންކޮށްފައިވާ ސަތިޝް ޗަންދުރަ ވަރުމާގެ މައްސަލައަކީ އަމިއްލަ ފަރުދެއްގެ ޙައްޤަކާ ގުޅޭ މައްސަލައެއް ނޫންކަމާއި އެ މައްސަލައަކީ އޭނާގެ ވަޒީފާއާގުޅޭ މައްސަލައއެ ކަމާއި،އަދި ޔަންގް މައްސަލައިގައި ދައްކަންޖެހޭ ފައިސާގެ ދަރަންޏެއް އޮތްނަމަވެސް، ޤައުމުނ ބޭރަށް ފުރައިގެން ދިއުން މަނާކޮށްފައިވަނީ ފުރައިގެން ދިއުމުގެ ހުއްދަދީފިނަމަ، އެނބުރި އައުމުގެ ފުރުޞަތު ނެތުމާއި އަދި އެކަމުގެ ސަބަބުން ޢަދުލު އިންޞާފު ޤާއިމް ކުރމަށު ހުރަސްއެޅިދާނެ ކަމަށް ބެލެވިގެންކަން އެނގެއެވެ. މި މައްސަލައަކީ ޢާންމު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާގުޅޭ މަދަނީ ޙައްޤެއް އެކުލެވިގެންވާ މައްސަލައެއް ކަމާއި، މި މައްސަލައިގައި ވަގުތީ އަމުރެއްގެ ދަށުން ކްރިސްޓީނާ ކޮރެއްޓޯ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކޮށްދިނުމަށް އެދިފައިވަނީ އޭނާގެ މައްޗަށް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް ރާއްޖެ ދ ކޮށް ފިލައިގެން ދިއުމުގެ ބިރު އޮތމުނު ކަމާއި، އަދި އެގޮތަށް އޭނާ ގޮއްސިނަމަ ޝަރީޢަތް ހިންގުމުގައި ހުރަސްތަކެއް މެދުވެރިވެދާނެތީކަން އެނގއެ ވެ. އިސްވެ ބުނެވުނު ދެ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި މިމައްސަލައިގައި ކަންހިނގާފައިވާ ވާޤިޔާ ތަފާތުކަން ފާހަގަ ކުރެވެއެވެ.
21މަދަނީ މައްސަލައެއް ކޯޓުގައި ހިނގަމުންދަނިކޮށް މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނީ ޤާނޫނުގައި ކަނޑައެޅިފައިވާ އިޖްރާއަތުތަކާ އެއްގޮތަށް ކަމާއި އަދި ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން އޭނާގެ ބަސް ޝަރީޢަތުން ހޯދަންޖެހޭނެކަން އިންޑިޔާގެ ކޯޓުތަކުން ނިންމާފައިވާ މިބާވަތުގެ މައްސަލަތަކަށް ބެލުމުން އެނގެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ރާއްޖޭން ބޭރަށް ފުރުން މަނާ ކުރުމަށް އަމރުކޮށްފައު ވަނި އެކަމާ ގުޅޭ ގޮތުން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވައި ދެފަރާތުގެ ވާހަކަ އަޑު އެހުމަށްފަހުގައިކަން އެނގެއެވެ.
22ޕްރިސިޑެންސް 5ދަތުރުފަތުރު ކުރުމަކީ އަސާސީ ޙައްޤެއް ކަމަށްވާއިރު، މީހެއްގެ އަސާސީ ޙައްޤެއް ހިފެހެއްޓުމުގައި ޚާއްޞަ ފަރުވާތެރިކަމެއް ބެހެއްޓުމާއި އަދި މިފަދަ ޙައްޤު ހިފެހެއްޓިފައިވާ ޙާލަތެއްގައި ވީހާވެސް އަވަހަކަށް އެ މައްސަލައެއް ބަލައި ފައިސަލާކޮށް ގތެއޮ ނިންމުމަށް ކޯޓުތަކުން އިސްކަން ދޭންޖެހޭނެ ކަމަށް ދެކެމެވެ.
23ޕްރިސިޑެންސް 6މ މައްސަލައިގައި ކްރިސްޓީނާ ކޮރެއްޓޯ ފުރައިގެން ދިޔަކަމުގައި ވީނަމަވެސް ކޯޓުގައި އޭނާ ތަމްސީލް ކުރާ ފަރާތް ޢައްޔަންކޮށްފައިވާ ކަމަށާއި އޭނާ ފުރައިގެން ދިޔަ ކަމުގައި ވީނަމަވެސް ކޯޓުގައި މައްސަލަ ހިންގުމަށް ހުރަސް ނޭޅޭނެ ކަމަށާއި އޭނާގެ މަސްލަޙަތު ހިމެނޭ ވިޔަފާރީގެ މުޢާމަލާތެއް އޮތުމާއެކު، މި މައްސަލަ އިބްރާހީމް ޞާލިޙަށް ކާމިޔާބުވާ ޙާލަތއްގައެ އިބްރާހީމް ޞާލިޙްގެ ޙައްޤު ހޯދޭނެ ގޮތް ބަންދުނުވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާކަން ފާހަގަ ކުރެވެއެވެ. މިނުކުތާއަށް ބަލާއިރު، ކްރިސްޓީނާ ކޮރެއްޓގެ ފަރާތުން މައްސަލައިގައި އޭނާ ތަމްސީލޯ ކުރުމަށް ބަދަލުގައި އަދި ވަކީލުންގެ ގޮތުގައި ޢައްޔަންކޮށްފައި ވީނަމަވެސް، ބަދަލު ނުވަތަ ވަކީލުންނަކީ އެފަރާތްތަކާއި ކްރިސްޓީނާ ކޮރެއްޓޯއ ދެމެދާ ވެވޭ އެއްބަސްވުމެއްގެ ދަށުން ޢައްޔަންކުރެވޭ ބައެއް ކަމަށްވާތީ، ބޭނުންވެއްޖެ ހިނދެއްގައި އެއެއްބަސްވުން ނިމުމަކަށް ގެނެވިދާނެ ކަމާއި، އަދި ވަކީލުންނަށް ނުވަތަ ބަދަލުގައި Mrs.Maneka Gandhi v.Union of India and Ors (1978) 1 SCC 248- ޢައްޔަންކޮށްފައިވާ ފަރާތަށް ކްރިސްޓީނާ ކޮރެއްޓގޯ ފަރާތުން އަދާކުރަންޖެހޭ ޒިންމާ (މިސާލަކަށް: މަސައްކަތުގެ އަގު/ފީ) އަދާނުކުރާ ޙާލަތެއްގައި ވަކީލުންނަށް ނުވަތަ ބަދަލުގައި ޢައްޔަންކޮށްފައިވާ ފަރާތަށްވެސް އެއެއްބަސްވުމުން ނުކުމެ ދުރަށްދިއުމަށް ހުރަހެއް އޮތްކަމަކަށް ނުފެނެއެވެ. އެހެންކަމުން، ބަދަލުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މީހަކު ނުވަތަ ފަރާތެއް ޢައްޔަންވެފައިވުމަކީ ހަމައެކަނި އެސަބަބުގެ މައްޗަށް ބިނާކޮށް ކްރިސްޓީނާ ކޮރެއްޓޯގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީޢަތް ހިންގުމުގއަ ހުރަސްތަކެއް ދިމނުވާނާ ކަމަށެ ބެލެވޭނެ ސަބަބެއްނންކަން އެނގެއެވެ. މި މައްސަލައިގައި އިބްރާހީމް ޞާލިޙަށް ކާމިޔާބު ވެއްޖެ ޙާލަތެއްގައި، ކްރިސްޓީނާ ކޮރެއްޓޯގެ މަސްލަޙަތު ހިމެނޭ ވިޔަފާރީގެ މުޢާމަލާތުގައި އެފަރާތުން ކްރިސްޓީނާ ކޮރެއްޓއަށޯ ފައިސާ ދެއްކުމުގެ ބަދލުގައަ އިބްރާހީމް ޞާލިޙަށް ދެއްކިދާނެ ކަމާއި އެހެންކަމުން އެފަދަ ޙާލަތެއްގައިވެސް އިބްރާހީމް ޞާލިޙުގެ ޙައްޤު ހޯދޭނެކަމަށ އިސްތިއުނާފުކުރާފަރާތުން ބުނެފައިވީނަމަވެސް، އެގޮތަށް އެއިންތިޒާމް ހަމަޖެހޭނީ ކްރިސްޓީނާ ކޮރެއްޓޯއާއެކު ވިޔަފާރީގެ މުޢާމަލާތުގައި ހިމެނޭ އަނެއް ބައިވެރިޔާގެ ފަރާތުން އެގޮތަށް އެޙާލަތުގައި ޢަމަލުކުރުމަށް އެއްބަސްވެ ޔަޤީންކަން ކޯޓަށް ދިނުމުން ކަމުގައި ޤަބޫލުކުރެވޭ ކަމާއި، މި މައްސަލައިގައި ކްރިސްޓީނާ ކޮރެއްޓޯގެ ފަރާތުން އިސްވެ ބުނެވިދިޔަ ފަދަ ޔަޤީންކަމެއ ދިނުމަށް ކޯޓަށް ހުށަހަޅާފައިވާ ކަން އެނގޭކަށް ނެތެވެ.
24މ މައްސަލައިގައި ކްރިސްޓީނާ ކޮރެއްޓޯ ރާއްޖޭން ބޭރަށް ދިއުމަށް ބޭނުންވަނީ އޭނާގެ ނަފްސާނީ ބައްޔަށް ބޭސްފަރުވާ ކުރުމަށް ކަމާއި ރާއްޖޭން ބޭރަށް ދަނީ ރާއްޖޭގައި ހުރެގެން އެބައްޔަށް އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން ކަމާއި އޭނާ ރާއްޖޭގައި ހުރެއްޖެނަމަ، ބަލިބޮޑުގެ އެކަމުގެ ސަބަބުން އޭނާއަށް ގެއްލުންތައް ލިބޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާކުރެވެން ހުންނަ ކަމާއި، ނަފްސާނީ ބައްޔަށް ރާއްޖޭގައި ލިބެންހުރި ފަރުވާކުރުމުގެ ފުރުސަތު އޮތުމާއެކު، މި މައްސަލަ އިގައަ ކްރިސްޓީނާ ކޮރެއްޓޯ ރާއްޖޭން ބޭރަށް ފުރައިގެން ދިއުން މަނާކުރުމުން އޭނާއަށް ލިބޭ ގެއްލުމަށް ވުރެ، އޭނާ ފުރައިގެން ދިއުމުގެ ހުއްދަ ދީފިނަމަ، އިބްރާހީމް ޞާލިޙަށް ލިބިދާނެ ގެއްލުން ބޮޑު ކަމަށް ފެނެއެވެ. އެހެންކަމުން، މި ޙލަތުގައާ އެންމި މަޞްލަޙާ ތ ބޮޑު ގޮތަކީ ކްރިސްޓީނާ ކޮރެއްޓޯ ފުރައިގެ ނ ދިއުން ހުއްޓުވުމެވެ.
25އިސްތިއުނާފުކުރެވިފައި މިވާ ކޯޓު އަމުރު އަލުން ރިވިއުކޮށް ދިނުމަށް ކްރިސްޓީނާ ކޮރެއްޓޯގެ ފަރާތުން ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެއަމުރު ރިވިއުކުރުމަށް ފަހު، ކްރިސްޓީނާ ކޮރެއްޓޯ ރާއްޖޭން ބޭރަށް ދިއުމަށް ބޭނުންވަނީ ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމާއި، އެނުކުތާއާ ގުޅޭ ގޮތުން ދަށު ކޯޓުން ފާހަގަ ކޮށްފައިވަނީ ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރުން ރާއްޖޭގައި ތިބުމާއެކު އެއީ ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަދޭންޖެހޭ ސަބަބެއްނން ކމަށާއަ އަދި ކަފާލާތުގެ ދަށުން ދ ކޮށްދިނުމަށް އެދި ކަފާލާތުގެ ގޮތުގައި ބެހެއްޓުމަށް އެއްބަސްވެފައިވާ ފައިސާގެ ޢަދަދަކީ މައްސަލައިގެ މައުޟޢުގައ ހިމެނި ޢަދަދަށްވުރެ ކުޑަ ޢަދަދަކަށްވާތީ އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އޭނާ ފުރައިގެންދިއުމުގެ ހުއްދަ ދެވެންނެތް ކަމަށް ނިންމާފައިވާކަން އެނގެއެވެ. އެ އަމުރު ރިވިއުކޮށް ނިންމި ނިންމުން މިކޯޓަށް އިސްތިއުނާފުކުރުމަށް ކްރިސްޓީނާ ކޮރެއްޓޯގެ ފަރާތުން ހުށަހަޅާފައި ވެއެވެ. އެމައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ މިކޯޓުގެ ނަންބަރު 2021/HC-A/97 ޤަޟިއްޔާގައެވެ. އެ މައްސަލައި ގެ ބެންޗުގައި ހިމެނެނީ މި މައްސަލައިގެ ބެންޗުގައި ވެސް ހިމެނޭ ފަނޑިޔާރުންނެވެ. އެ މައްސަލައިގެ މަޢުޟޢ އާއު އަދި މައްސަލައިގައި ހިމެނި ފަރާތްތައް އެއްބައެއް ކަމުގައި ވީނަމަވެސް، އެ މައްސަލަ މިކޯޓުގައި ރަޖިސްޓްރީވާ މައްސަލެ ބަލަ ސެކްޝަނަށް ލިބިފައިވަނީ،މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމި،މައްސަލއިގަ ޙުކުމު ކުރުމަށް ފުރަތަމަ ޝެޑއުލްކުރި ފަހުން ކަމުގައިވާތީއާ އ، މިވަގުތު ރާއްޖޭއާއި މުޅިދުނިޔެއަށްވެސް ދިމާވެފައިވާ ކޮވިޑް 19 ގެ ޙާލަތުގައި ކޯޓުގެ މަސައްކަތް ކުރާ ގޮތަށާއި ސްޓާފުންނާއ އަދި ފަނޑިޔާރުން ކަރަންޓީނުގައި ތިބެންޖެހުމުން ޝަރީޢަތް ހިންގުމުގައި ދިމާވެފައިވާ ދަތިއުނދަގ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް، މިދެ މައްސަލއިގަ - އިދާރީ ސަބަބެއް މެދުވެރިވެގެން މައްސަލައިގެ ޙުކުމް ކުރުމަށް ބޭއްވުމަށް ހަމަޖެހުނު އަޑުއެހުން ކެންސަލް ކުރިއެވެ. ޝަރީޢަތގު އަޑުއެހުން ވަކިން ހިންގައި ނިންމުމަށް މި ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައި ވެއެވެ.
26އިސްވެ ބަޔާންވެދިޔަ ކަން ތައްތައ އެގޮތަށް ހުރުމުން ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ކްރިސްޓީނާ ކޮރެއްޓޯގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަދި އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ދިއުން މަނާ ކުރުމަށް އަމުރު ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞ ލތަކ ޚިލާފަށާ ކަމަކަށް ނުފެނު އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް:
27މިމައްސަލައިގެ ޚުލާޞާ އާއި އަދި މައްސަލައިގައި ކަންހިނގާފައިވާ ގޮތްކަމަށް ރިޔާސަތުން ބަޔާން ކޮށްފައިވަނީ ރަގަޅަށް ކަމަށްވާތީ، އެކަންކަމަށް ތާއީދު ކުރަމެވެ. ވަގުތީ އަމުރަށް ނެރެދިނުމަށް އެދި ހުށަހެޅި ހުށަހެޅުން:
28އިސްތިއުނާފް ކުރެވިފައިވާ ވަގުތީ އަމުރަކީ ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއްޔާ އާއި ގުޅިގެން ނެރެފައިވާ ވަގުތީ އެއަމުރެކެވެ. ބަޔާން ވެދިޔަ ޤަޟިއްޔާއަކީ، އިސްތިއުނާފް ކުރާ ކްރިސްޓީނާ ކޮރެއްޓޯ (Cristina Coretto) އާއި އިސްތިއުނާފް ރައްދުވާ އިބްރާހިމް ޞާލީޙްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކޮށްފައިވާކަމަށް ބުނެ ހުށަހެޅި މަސައްކަތްތަކެއްގެ އަގު ނުލިބިވާތީ އެމަސައްކަތްތަކުގެ އަގާއި ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުނު މައްސަލައެކެވެ.
29އިސްތިއުނާފް ރައްދުވާ އިބްރާހިމް ޞާލިޙުގެ ފަރާތުން ވަގުތީ އަމުރަށް އެދުނީ، ފުލިދޫ މެޖިސްޓްރޭޓް ކޯޓުގައި އެމައްސަލަ ހިނގަމުން ދަނިކޮށް، ޚުޞ މަތު އުފެދިފައިވާ އިމާރާތް އިސްތިއުނާފް ކުރާ ފަރާތުން އެހެން ފަރާތަކަށް ދިނުމަށްފަހު، އެމައްސަލަ ވަކިގޮތަކަށް ނިމުމުގެކުރިން އިސްތިއުނާފް ކާރު ފަރާތް ރާއްޖެ ދ ކޮށް ފުރުމަށ މަސައްކަތް ކުރަމުންދާތީ ކަމަށް ބުނެއެވެ. އަދި މިމައްސަލައިގެ ތެރެއިން ޚުޞޫމަތު އުފެދިފައިވާ އިމާރާތް ދަޢުވާލިބޭ ފަރާތުން އެހެން ފަރާތަކަށް ދިނުމަށްފަހު، މިމައްސަލަ ވަކިގޮތަކަށް ނިމުމުގެކުރިން ދަޢުވާލިބޭ ފަރާތް ރާއްޖެ ދ ކޮށް ފުރައިގެން ގޮސްފިނަމަ މިދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއާއި ގެއްލުމުގެ ބަދަލު ޝަރީޢަތުން ޙުކުމް ކުރެއްވިނަމަވެސް ނުލިބިދާނެތީ، އެކަމުގެ ސަބަބުން އިބްރާހިމް ޞާލިޙަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުން ތަކެއް ލިބޭނެ ކަމަށް ބުނެއެވެ.
30އެހެންވެ، ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއްޔާއިން ވަކި ގޮތެއް ނިންމުމުގެ ކުރިން އިސްތިއުނާފް ކުރާ ފަރާތުން ފުރައިގެން ގޮސްފިނަމަ މައްސަލައިގައި ޝަރީޢަތުން އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅިދާނެކަމަށ ފެންނަކަމަށް ބުނެ، މިމައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން އިސްތިއުނާފ ކުރް ފަރާތާ ނަގާފައިވާ އިމާރާތް އެހެން ބަޔަކަށް ނުދިނުމަށާއ އަދި އޭނާ ރާއްޖެ ދ ކޮށް ފުރައިގެން ނުދިއުމަށާއ އަދި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވަސް އިމިގްރޭޝަނަށާއި ކަމާގުޅޭ އިދާރާތަކުގެ މައްޗަށް އަމުރު ކޮށްދިނުމަށް އިސްތިއުނާފ ރައްދުވް އިބްރާހިމް ޞާލީޙުގެ ފަރާތުން އެދުނެވެ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު J1C/VN/2020/01 ވަގުތީ އަމުރު:
31އިސްތިއުނާފ ރައްދުވް އިބްރާހިމް ޞާލިޙުގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރުގައި ބަޔާން ކުރާ ކަންތައްތަކުގެ ތެރެއިން ފުލިދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެދީފައިވަނ އިސްތިއުނާފީ ކުރާ ކްރިސްޓީނާ ކޮރެއްޓޯ ދިވެހިރާއްޖެއިން ފުރައިގެން ނުދިއުމަށާއ އަދި އޭނާ ދިވެހިރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުދިނުމުގެ މައްޗަށެވެ. އިސްތިއުނާފް ރައްދުވާ އިބްރާހިމް ޞާލިޙުގެ ފަރާތުން އެދިފައިވާފަދައިން އިސްތިއުނާފ ކުރް ކްރިސްޓީނާ ކޮރެއްޓޯ ވ.ފުލިދއިން ނަގާފައިވާކަމަށް އިސްތިއުނާފ ރައްދުވް ފަރާތުން ބުނެފައިވާ ޢިމާރާތް އެހެން ފަރާތަކަށް ނުދިނުމަށް އަމުރެއް ނެރެންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ. ވަގުތީ އަމުރުގެ ބޭނުމކަ ކްރިސްޓީނާ ކޮރެއްޓޯ ރާއްޖޭގައި މަޑުކުރުންވުންތޯ ނުވަތަ ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންދިއުންތޯ ސާފުވާން ޖެހެއެވެ.
32ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ރައްދުވާ ފަރާތަކީ ބިދޭސީއަކަށް ވުމަކީ އޭނާގެ ރާއްޖޭއިން ފުރުން މަނާކުރެވޭނެ ސަބަބެއް ނޫނެވެ. ދަޢުވާ ލިބޭ މީހާ ފިލައިގެން ހިނގައިދާނެކަމަށް ނުވަތަ ކޯޓަށް ޙާޟިރު ނުވެ އަބަދަށް ރާއްޖެ ދ ކޮށް ގޮސް ނައިސްދާނެކަމަށް ޤަބލ ކުރެވު އެކަށީގެންވާ ސަބަބުތަކެއް ވަގުތީ އަމުރަށް އެދޭ ފަރާތުން ކޯޓަށް ހުށަހަޅައިފިނަމަ، އެކަން ހުއްޓުވުމުގެ ގޮތުން އެފަދަ މީހަކު ރާއްޖެއިން ފުރުން ވަގުތީ ގޮތުން މަނާ ކުރެވިދާނެއެވެ.
33ހުށަހެޅިފައިވާ މައްސަލައިގައި، ކްރިސްޓީނާ ކްރއެޓޯގެ ފަރާތުން ވަނީ ކޯޓަށް ޙާޟިރުވެފައެވެ. އަދި އޭނާގެ ފަރާތުން ޤާނޫނީ ވަކީލުންގެ ޓީމެއް ހަމަޖައްސައިގައި ޤާނޫނީ ހަމަތަކުގެ މަތިން ކޯޓަށް ހުށަހެޅިފައިވާ ދަޢުވާގައި ކްރިސްޓީނާ ކްރެންޓޯ ތަމްސީލު ކުރާނެ ގޮތްވަނީ ހަމަޖައްސާފައެވެ. އެހެންކަމުން، ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއްޔާ އެކޯޓުގައި ކުރިއަށް ގެންދިއުމުގައި ކްރިސްޓީނާ ކޮރެއްޓޯ ޝަޚްޞީ ގޮތުން ކޯޓަށް ޙާޟިރުވެ ހުރުމުގެ ބޭނުމެއް ނެތެވެ. އޭނާ ޝަޚްޞީ ގޮތުން ކޯޓަށް ޙާޟިރު ނުވިނަމަވެސް، ޤާނޫނީ ހަމަތަކުގެ މަތިން އޭނާގެ ފަރާތުން ޕަވަރ އޮފް އެޓާރނީ ހަމަޖައްސައިގެނ ކޯޓަށް ޙާޟިރުވާ އޭނާގެ ވަކީލުންގެ ޙާޟިރުގައި ބަޔާންވެދިޔަ ޤަޟިއްޔާ ކުރިއަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތެވެ.
34ސުވާލަކީ، ކްރިސްޓީނާ ކޮރެއްޓޯ ރާއްޖެ ދ ކޮށް ހިގައްޖެނަމަ، އަދި އޭގެފަހުން އޭނާގެ ފަރާތުން ޤާނޫނީ ވަކީލުންނަށް ދީފައިވާ ޕަވަރ އޮފް އެޓާރނީ އަނބުރާ އަތުލައިފިނަމަ، ދެން ހަދާނެ ގޮތަކީ ކޮބާހެއްޔެވެ؟ މި ކަމެއް އޮވެދާނެކަމަށް ޤަބޫލު ކުރެވޭނޭ މ، އެކަން ޙައްލު ކުރުމަށްޓަކައި ކްރިސްޓީނާ ކޮރެއްޓޯ މިހާރު ކޯޓަށް ޙާޟިރުކޮށް އެކަމާއި މެދު ކޯޓުން ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
35ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރު ނެރުނުއިރު ބަޔާން ކޮށްފައިވަނީ، އިސްތިއުނާފް ކުރާ ފަރާތަކީ ބިދޭސީއއެކަމަށްވެފައި، ހިންގަމުންދާ މައުޟޢޫ ދަޢުވީ ޝަރީޢަތުން ވަކިގޮތަކަށް ނިމުމުގެ ކުރިން އެފަރާތުން ދިވެހިރާއްޖެ ދ ކޮށް ފުރައިގެން ހިނގައްޖެނަމަ، މިމައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއެޅިދާނޭކަމަށ ޝަރީޢަތަށް ޤަބލ ކުރެވު ކަމަށެވެ. ނަމަވެސް ކްރިންޓީނާ ކޮރެއޓްގެ ފަރާތުން ޤާނޫނީ ހަމަތަކުގެ މަތިން ޕަވަރ އޮފް އެޓާނީ ހަމަޖައްސައި ކޯޓުގައި އޭނާ ތަމްސީލު ކުރާނެ ޤާނޫނީ ވަކީލުންގެ ޓީމެއް ހަމަޖައްސައި އެކަން ކޯޓަށް އަންގާފައި އޮތުމުން، ކްރިސްޓީނާ ކޮރެއްޓޯ ޝަޚްޞީގޮތުނ ކޯޓަށް ޙާޟިރުނުވުމަކީ ހުށަހެޅިފައިވާ މައުޟއޫ މައްސަލީ ކުރިއަށް ގެންދިއުމަށް ހުރަސްއެޅެންޖެހޭ ސަބަބެއް ނޫންކަން އެނގެއެވެ. ވީމާ ކްރިސްޓީނާ ކޮރެއްޓޯ ރާއްޖޭގައި މަޑުކުރުވުމުގެ ބޭނުމެއް އަދި އޮތްކަމަށް ބުރައެއް ނުވެއެވެ. ވަގުތީ އަމުރު ނެރުމުގެ ބޭނުމަކީ ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއޔާގް ޙުކުމް އިސްތިއުނާފ ރައްދުވް އިބްރާހިމް ޞާލިޙުގެ މަޞްލަޙަތުގައި ނިމިއްޖެނަމަ އެޙުކުމް ތަންފީޛު ކުރުންތޯ ބަލަންޖެހެއެވެ.
36ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޙުކުމް އަތުވެދާނެ ގޮތެއް އަންދާޒާކޮށ އެޙުކުމް ތަންފީޛު ނުވެދާނެ ކަމަށްޓަކައި ދަޢުވާ ލިބޭ ފަރާތް ރާއްޖެއިން މުއްދަތެއް އެނގެން ނެތް ގޮތުގައި ފުރައިގެން ދިއުން މަނާ ކުރެވިގެން ނުވާނެއެވެ. ހުށަހެޅިފައިވާ މައުޟޫއީ ޤަޟިއްޔާއަކީ 2019 ވަނަ އަހަރުގެ ޤަޟިއްޔާއެކެވެ. މިއީ 2021 ވަނަ އަހަރެވެ. އެޤަޟިއްޔާގައި ކޯޓުން ޙުކުމެއް ކުރުމަށްފަހު އެޙުކުމް ތަންފީޛު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ދެކި މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި ނުވަތަ ރާއްޖެއިން ފުރުން މަނާކުރަންވެއްޖެނަމަ، ހުޅުވިގެން އެދަނީ ރަގަޅު ދޮރެއް ނޫނެވެ. ދަތުރު ފަތުރުކޮށް އުޅުމުގެ މިނިވަންކަން އަދި ރާއްޖެއަށް އައުމާއި ދިއުމުގެ މިނިވަންކަން ހިފަހައްޓަންޖހެނީ އެނނ ދެން އެހެން ގޮތެއް ނެތިގެން އިސްތިނާއީ ޙާލަތްތަކުގައެވެ. އެއީ ޢާންމު ޙާލަތަށް ވެގެން ނުވާނެއެވެ.
37މިމައްސަލައިގައި، އިސްތިއުނާފ ރައްދުވް އިބްރާހިމް ޞާލިޙުގެ މަޞްލަޙަތުގައި މިމައްސަލަ ނިމި ޙުކުމް ތަންފީޛު ކުރަން ބެލިނަމަވެސް، އެންމެ ފަސޭހައިން އަތްލެވެނ އޮތް އެކައްޗަކީ ނުވަތަ މުދަލަކީ ހުށަހެޅި ލިޔުންތަކުގެ އަލީގައި ބަލާއިރު، ކްރިސްޓީނާ ކޮރެއްޓޯ ވ.ފުލީދ އިން ނަގާ ތަރައްޤީ ކުރަމުންދާ ކަމަށް ބަޔާން ކުރާ ޢިމާރާތްތާއި އެޢިމާރާތާއި ގުޅިފައިވާ އޭނާގެ މަސްލަޙަތު ތަކެވެ. އެ ޢިމާރާތް އެހެން ފަރާތަކަށް ނދިނުމަށު ނުވަތް ކްރިންޓީނާ ކޮރެއްޓޯގެ މަޞްލަޙަތު އެޢިމާރާތުން ނެތިގެންދާ ގޮތެއް ހެދުން ހުއްޓުވުމަށް އިސްތިއުނާފ ރައްދުވް އިބްރާހިމް ޞާލިޙުގެ ފަރާތުން އެދުނު އެދުން ދަށު ކޯޓުން ބަލައިގެން ފައެއް ނެތެވެ. ވީމާ ހުށަހެޅިފައިވާ މައްސަލައިގައި، ދަށު ކޯޓުން ބަލާފއިވަނަ ހުށަހެޅިފައިވާ މައްސަލަ އިސްތިއުނާފ ރައްދުވް އިބްރާހިމް ޞާލީޙުގެ މަސްލަޙަތުގައި ނިމިއްޖެނަމަ، އެޙުކުމް ތަންފީޛު ކުރުންކަމަށް ބުނާ ބުނުން ދިމާލެއް ނުވެއެވެ.
38ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު J1C/VN/2020/01 ވަގުތީ އަމުރުން، އެކޯޓުގެ ނަންބަރު 09/J1C/2019 ޤަޟިއްޔާގައި ވަކި ގޮތަކަށް ޙުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކި ގޮތަކަށް އަންގަންދެން ދިވެހިރާއްޖެއިން ފުރައިގެން
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު (06) ގެ 295 ވަނަ މާއްދާ (4 ވަނަ ނަންބަރު)
- ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި 7 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 27/2014 (އިމިގްރޭޝަން ޤާނޫނަށް 1 ވަނަ އިޞްލާޙު)
- Universal Declaration of Human Rights 1948 ގެ 13 ވަނަ މާއްދާ
- International Covenant on Civil and Political Rights ގެ 12 ވަނަ މާއްދާ
- Protocol No. 4 to the European Convention on Human Rights ގެ 2 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ (ނެކްސް ބިޒް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ހައިކޯޓުގެ ނަންބަރު 2018/HC-A/305 ޤަޟިއްޔާ (ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު)
- Satish Chandra Verma v. Union of India (2019) – އިންޑިއާގެ ސުޕްރީމް ކޯޓު
- Mrs. Maneka Gandhi v. Union of India and Ors (1978) 1 SCC 248
- Young v Young [2012] EWHC 138 (Fam)
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- މުޙައްމަދު ނިޔާޒް