ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/194
ޢަބްދުލް ޣަފޫރު ޢަލީ ވ. ނެތް، 2024/HC-A/194
Abdhul Ghafooru Ali v. Not specified 2024/HC-A/194 (2024/HC-A/194, High Court of the Maldives, 24 November 2024)
ޢަބްދުލް ޣަފޫރު ޢަލީ ވ. ނެތް
މައިގަނޑު ސުވާލު
އެފިޑެވިޓް/ހެކިބަޔާން ނެތުމާއި، ލަސްވެގެން އެދުމާއި، ޣައިރު ޙާޟިރުގައި ނެރެންޖެހޭ ސަބަބު ބަޔާންނުކުރުމުގެ ސަބަބުން، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ދޯނި ރައްދުކުރުމުގެ ވަގުތީ އަމުރު ނުނެރުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، ފައިސާއިން ނުވަތަ މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދެންވާނީ އެފިޑެވިޓް (429 (ލ) ގައިވާ ގޮތުން ހުވައިމަތީ ލިޔުމުން ދޭ ބަޔާން) މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައި، އަދި އެނޫން ވަގުތީ އަމުރުތަކަށް ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ؛ އެ ހުށަނާޅާނަމަ އިޖުރާއަތު ފުރިހަމަނުވާކަމަށް ކަނޑައެޅުމަކީ 2022/HC-A/351 ޤަޟިއްޔާއާ ޚިލާފު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20–24)
- ވަގުތީ ފަރުވާއަކީ އޭގެ ޒާތުގައި އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކަށް ޙައްލު ހޯދުމަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމުން (އިޢާދަނުކުރެވޭނެ ގެއްލުން ހުއްޓުވުމާއި މައުޟޫޢީ މައްސަލަ ނިމެންދެން ސްޓޭޓަސް ކޯ ދެމެހެއްޓުން)، އަމުރަށް އެދުމުގައި ލަސްވުމަކީ އެ މަޤްޞަދަށް ބުރޫއަރާ ކަމެކެވެ؛ ލަސްވުމުން ދައްކުވައިދެނީ އަމުރަށް އެދޭ ފަރާތުންވެސް އެއީ އަވަސް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްކަމަށް ނުދެކޭކަމާއި ހުށަހެޅުން ބަލިކަށިކަމެވެ؛ އެހެންކަމުން ލަސްވުމަށް ރިޢާޔަތްކޮށް ވަގުތީ އަމުރު ނުނެރުމަށް ނިންމުމަކީ ރަނގަޅު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28–30)
- ލަސްވުމުގެ ސަބަބުން ވަގުތީ އަމުރު ނުނެރޭނަމަ، ލަސްވުން ފާހަގަކޮށް ނިންމާލުމުގެ ބަދަލުގައި އަވަހަށް އެދެންޖެހޭ ސަބަބުތައް ކޮންމެވެސް މިންވަރަކަށް ބަޔާންކޮށްދިނުމުން ނިންމުން އިތުރަށް ފުރިހަމަވެ، އެދުނު ފަރާތަށް ސަބަބު ސާފުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- ދަށުކޯޓުން ފާހަގަކުރި 6 މަސްދުވަހުގެ މުއްދަތަކީ ވަގުތީ އަމުރު ނެރުމަށް ކަނޑައެޅި ޝަރުޠެއް ނޫން ކަމުން، މައްސަލައިގެ ވާޤިޢާތަކަށް ބަލައި އަމުރަށް އެދުމުގައި ލަސްވެފައިވާކަން ބަޔާންކުރުމަށް އެކަން ފާހަގަކުރުމަކީ ޤާނޫނީ ޢައިބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32)
- ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން ޚަޞްމެއްގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރެއް ނެރެވޭނީ އެ މާއްދާގައިވާ ޙާލަތްތަކުން ޙާލަތެއް މެދުވެރިވެފައިވާކަމަށް ޤާޟީއަށް ޤަބޫލުކުރެވިއްޖެނަމައެވެ. ޣައިރު ޙާޟިރުގައި އަމުރަށް އެދޭ ފަރާތުން އެގޮތަށް ނެރެންޖެހޭ ސަބަބު ބަޔާންނުކޮށްފިނަމަ ފަނޑިޔާރަށް އެފަދަ ޙާލަތެއް ދެނެގަނެވޭނެ ގޮތެއް ނެތުމުން، ޣައިރު ޙާޟިރުގައި އަމުރު ނުނެރުމަށް ނިންމުމަކީ ގޯސް ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35–36)
1މިއީ، ސިވިލް ކޯޓގު ނަންބަރު B12/VN/2024/02-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިސްތިއުނާފުކުރުމަށް އެދި ސ.މަރަދޫ/ ކަނަންދޫ، ޢަބްދުލްޣަފޫރު ޢަލީ (މީގެ ފަހުން "ޢަބްދުލްޣަފޫރު ޢަލީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތެއްގެ ގޮތުގައި އެއްވެސް ފަރާތެއް ބަޔާންކޮށްފައި ނުވެއެވެ.
2ޢަބްދުލްޣަފޫރު ޢަލީ އާއި، ލ.ކަލައިދޫ/ ފަރުދާބަގީޗާގެ، އަޙްމަދު ޢަލީ (މީގެ ފަހުން "އަޙްމަދު ޢަލީ" ކަމަށް ބަޔާންކޮށްފާއިވާ) އާ ދެމެދު ރަޖިސްޓްރީ ނަންބަރު S-04 03-P2844A "ކަނަންދޫ ޢަލީ" އެވެ، ކިޔާ ދޯނި ވިއްކުމަށް 2018 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހު ވެފައިވާ ނަންބަރު 652/2018-C/C-Cv އެއްބަސްވުމާ އަޙްމަދު ޢަލީގެ ފަރާތުން ޚިލާފުވެފައިވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި އެ އެއްބަސްވުން ބާޠިލްކޮށްފައިވާތީ، އަޙްމަދު ޢަލީގެ ފަރާތުން ދޯނި ވިއްކުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޢަބްދުލްޣަފޫރުއަށ ލިބުން ގެއްލުމުގެ ބަދަލު ހޯދުމަށް އަޙްމަދު ޢަލީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވެއެވެ.
3މި ދަޢުވާ ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1888 ޤަޟިއްޔާގައި ބަލަމުން ދަނިކޮށް، އަޙްމަދު ޢަލގީ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ޢަބްދުލްޣަފޫރު ޢަލީ ގެ ފަރާތުން އެދިފައިވެއެވެ. އޭނާގެ ފަރާތުން އެދިފައިވަނީ، ޢަބްދުލްޣަފޫރު ޢަލީ އާއި އަޙްމަދު ޢަލީއާ ދެމެދު ވެވުނު ދޯނި ވިއްކުމުގެ އެއްބަސްވުން ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2020 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާތީއާއި، އެ އެއްބަސްވުމުގެ ދަށުން އައިޑީ ކާޑު ނަންބަރު […] އަޙްމަދު ޢަލީ އާއި ހަވާލުކޮށް ފައިވާ ދޯންޏަކީ ޢަބްދުލްޣަފޫރު ޢަލީގެ ނަންމަތީގައިވާ އެފަރާތުގެ މިލްކެއްކަން ދޯނީގެ ރަޖިސްޓްރީގެ ކޮޕީއިނ އެނގެން އޮތަތީއާއި، ދެފަރާތުގެ ދެމެދުގައި ވެވުނު ދޯނި ވިއްކުމުގެ އެއްބަސްވުން ބާޠިލްވުމުގެ ސަބަބުން، އެ ދޯނީގެ މައްޗަށް އަޙްމަދު ޢަލީ ގެ އެއްވެސް މަސްލަހަތެއް ނެތްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތަތީއާއި، އަދި އެ ދޯނި އަނބުރާ އޭގެ ވެރިފަރަތާށް ރައްދުކުރުން ލަސްވާނަމަ ޢަބްދުލްޣަފޫރު ޢަލީއަށް ފޫނުބެއްދޭވަރުގެ މާލީ ގެއްލުމެއް ލިބުމުގެ ފުރޞު ތ އޮތަތީއާއި އެ ދޯނަ އޭގެ ވެރިފަރާތުގެ ނުރުހުމުގައި އަޙްމަދު ޢަލީގެ އަތުގައި ބާއްވަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތުމުން، އެ ދޯނި، އަމުރު ނެރޭ ހިނދުން ފެށިގެން ދޯނީގެ ވެރިފަރާތަށް އަނބުރާ ރައްދުކުރުމަށް އަޙްމަދު ޢަލީގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށާއި، އެއަމުރުގައިވާ މުއްދަތުގައި އެ ދޯނި ޢަބްދުލްޣަފޫރު އާއި ހަވާލު ނުކޮށްފިނަމަ، އެ އަމުރު ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ދޯންޏާއި ގުޅިގެން އެއްވެސް މުޢާމަލާތެއް އަޙްމަދު ޢަލީ އާއި ނުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
4ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު B12/VN/2024/02-144 "ވަގުތީ އަމުރާމެދު ނިންމި ގޮތް" ނިންމާފައިވެއެވެ. މިއީ އެ ނިންމުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލެވޭ ޤަޟިއްޔާއެވެ. ވަގުތީ އަމުރާމެދު ސިވިލް ކޯޓުން ނިންމިގޮތު ބިނާކުރި ސަބަބުތައް
5ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގެ ދަށުން މުދާ ރައްދުކުރުމަށް ކުރާ ވަގުތީ އަމުރަކަށް އެދި ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާ އެކުގައި ކަމަށް ބަޔާންކޮށްފައިވާ ތީއާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ވަކި ކަމެއް ނުކުރުމަށް އަންގާ ކުރާ ވަގުތީ އަމުރަކަށް އެދި ހުށަހަޅާނަމަ، ހުށަހަޅަންވާނީ ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާ އެކުގައި ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީ، މިއީ އިޖުރާއީގޮތުން ކޮންމެހެން ފުރިހަމަވާންޖެހޭ ކަމެއްކަން އެނގެން އޮންނާތީ، މި އަމުރަށް އެދި ހުށަހެޅިއިރު، އެފިޑެވިޓް މެދުވެރިކޮށް އަދި ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެކި ވަގުތީ އަމުރަށް އެދި ހުށަހަޅާ ފޯމާއެކު ވަގުތީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާފައިނުވާތީ، މި މައްސަލައިގައި އިޖުރާއަތު ފުރިހަމަނުވާކަމަށް ބަލަންޖެހޭކަމަށާއި، ޢަބްދުލްޣަފޫރު ޢަލއީ އަޙްމަދު ޢަލީއާ ދެމެދު ވެވުނު އެއްބަސްވުން ސިވިލް ކޯޓުގެ ނަންބަރު 1451/Cv-C/2020 ޤަޟިއްޔއިނާ ބާޠިލްކޮށްފައިވަނީ، 17 ޖަނަވަރީ 2024 ގައި ކަމާއި،އެ ޤަޟިއްޔާގައި ދޯނި ހަވާލުކުރުމާމެދު ވަކި ގޮތެއް ކަނޑައަޅާފައިނުވާކަމަށާއި، ސިވިލް ކޯޓުގެ 2024-CVC-1888 ޤަޟިއްޔާ ހުށަހެޅަ 28 ޖުލައި 2024 ގައި ކަމަށްވާއިރު، އެއްބަސްވުން ބާޠިލްކުރުމާއި، ވަގުތީ އަމުރަށް އެދި ހުށަހެޅުމާ ދެމެދު 06 (ހައެއް) މަސްދުވަސް ހިންގާފައިވާތީ، ޢަބްދުލްޣަފޫރު ޢަލީ ގެ ފަރާތުން ނެރުމަށް އެދިފައިވާ ވަގުތީ އަމުރު އަވަސް މައްސަލައެއްގެ ގޮތުގައި، އަޙްމަދު ޢަލީ ގެ ޣައިރު ހާޟިރުގައި ނެރެދިނުމަށް އެދިފައިވަނީ، އެކަށީގެންވާ އަވަސް މިނެއްގައި ކަމަށްނުވުމާއި، ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި ވަގުތީ އަމުރު ނެރެވޭނެކަނ ގަވާއިދް ނަންބަރު 105-2022/R (ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު ) ގެ 115 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ޙާލަތަކުންކުރެ ޙާލަތެއް އޮތްކަން ވަގުތީ އަމުރަށް ބަލާއިރު އެނގެން ނެތަތީ އަޙްމަދު ޢަލީ ގެ ބަހެއް ނުހޯދާ އެފަރާތުގެ ޣައިރު ހާޟިރުގައި އަވަހަށް ގޮތް ނިންމަންޖެހޭ ފަދަ އަމުރެއްކަމަށް ޝަރީޢަތަށް ބުރަނުވެވޭކަމށެވެ.
6ޢަބްދުލްޣަފޫރު ޢަލގީ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ: މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައި ބުނާ ހެކިބަޔާނ ނެތުމުން އެ ޤާނޫނުގައި ބުނާ އިޖުރާއަތު ފުރިހަމަވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/351 ޤަޟިއްޔާއާއި އަދި ސިވިލް ކޯޓުން މިބާވަތުގެ މައްސަލަތަކުގައި ނިންމާފައިވާ އެހެނިހެން ނިންމުންތަކާއި އެއްގޮތަށް ނޫންކަމަށްވުމުން، ދަށުކޯޓުގެ ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛ ވަގުތީ އަމުރަށް އެދިފައިވަނީ އަމުރު ރައްދުވާ ދޯންޏާއި ގުޅޭ އެއްބަސްވުން ސިވިލް ކޯޓުން ބާޠިލްކުރިތާ 06 (ހައެއް) މަސްދުވަސް ފަހުން ކމަށްވާތަ އަވަސް ފަރުވާގެ ގޮތުގައި އަމުރު ނެރެނދިނުމަށު ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާއާއި ޚިލާފު އަދި އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއްކަމުން، އެކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި އަމުރެއް ނެރެދިނުމަށް އެދިފައިވާތީވެ، ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅމަކު ނުލައި މައްސަލަ ނިނމުމަކް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 އަދި 5 ވަނަ މާއްދާއާ އަދި އެ ޤާނޫނުގެ 242،243،244 އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފކުރު ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާގުޅޭ
7ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއޔާގް އ ކަނޑައަޅާފައިވާ 3 ޝަރުޠު ފުރިހަމާވޭތޯ ނުވަތަ ނޫންތޯ ބެލުމަކާނުލައިނުލައި ވަގުތީ އަމުރަށް އެދުމުގެ އިޖުރާއަތު ފުރިހަމަ ނުވާކަމަށް ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/351 ޤަޟިއްޔާއާ ޚިލާފު ނިންމުމެއް ކަމަށް ޢަބްދުލްޣަފޫރު ޢަލގެ ފަރާތީ ން ފާހަގަކޮށްފައިވެއެވެ.
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/351 ޤަޟިއްޔާގެ 25 ވަނަ ޕެރެގްރާފުގައި، ވަގުތީ އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ އެފިޑެވިޓް (އަދި ހެކިބަޔާން) ހުށަހަޅާފައިނެތ ނަމަވެސް އެކަމަށް ބާރުދޭ ހެކި ހުށަހަޅާފައިވާ ހާލަތުގައި އެކަން ބަލަންޖެހޭނެ ކަމަށް ބޔާންކޮށްފައިވަ ތ، ދަށުކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމަށް ޢަބްދުލްޣަފޫރު ޢަލީ ފާހަގަކުރެއެވެ.
9ސިވިލް ކޯޓުގެ އެހެން ޤަޟިއްޔާތަކުގައި އެފިޑެވިޓް/ ހެކި ބަޔާން ހުށަހަޅާފައި ނުވިނަމަވެސް، ކިތާބީ ހެކި ހުށަހަޅާފައި އޮންނަ އޮތުމަށް ބަލައި މަދަނީ އިޖުރާއަތުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކަމުގައި ބަލައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަ ޅާފައިވާ ޝަރުޠުތައް ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ބައްލަވާކަން އެ ކޯޓުގެ ނިންމުންތަކުން އެނގޭކަމަށް ޢަބްދުލްޣަފޫރު ޢަލގީ ފަރާތުން ފާހަގަކޮށް، ސިވިލް ކޯޓުގެ 2024-CVCHD-08 ޤަޟިއްޔާ، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1542 ޤަޟިއްޔާ، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1360 ޤޟިއްޔަ ފާހަގަކޮށްފައިވެއެވެ. އަދި އެ ޤަޟިއްޔާތަކަކީ، އިސްތިއުނާފުކޮށްފައިމިވާ ނިންމުން ނިންމި ކޯޓުން ނިންމާފައިވާ ނިންމުންތަކަކަށްވާއިރު، ވަގުތީ އަމުރަށްއެދޭ ފޯމާއެކު ހެކިބަސްދޭ ފަރާތުގެ ހެކިބަޔާން ހުށަހަޅާފައި ނެތްކަމަށް ކަނޑައަޅައި މަދަނީ އިޖުރާއަތުގެ ޤނޫނުގާ 22 ވަނަ ބާބުގައި ބުނާ އިޖުރާއަތު ފުރިހަމަ ނުވާކަމަށް ނިންމުން އެ ނުކުތާގައި ސިވިލް ކޯޓުގެ އެހެން ނިންމުންތަކަށް ރިޢާޔަތްނުކުރާކަން ފާހަގަކުރެވޭތީ ދަށުކޯޓުން އެ ނުކުތާގައި ނިންމިގޮތް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ޚލާފުކަމަށި ޢަބްދުލްޣަފޫރު ޢަލގެ ފަރާތުން ދެކެއެވެ.
10ދަށުކޯޓުން ވަގުތީ އަމުރަށް އެދުމުގައި 06 (ހައެއް) މަސްދުވަސް ހޭދަކޮށްފައިވާކަމަށް ކަނޑައެޅި ޝަރުޠަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވޭތޯ ބަލަންޖެހޭ ޝަރުޠުތައް ބަޔާނކް ށްފޮ އިވާއިރު، ބަޔާނަ ކޮށްފައިވް ޝަރުޠެއް ނޫންކަމަށާއި، އަދި އެގޮތަށް ކަނޑއެޅުމަ ގައި، ޙަވާލު ދިނާ ޝަރުޢީ އުޞޫލެއް ނުވަތަ ޤާނޫނީ މާއްދާއެއް ބުނދިފައެ ނުވާތީ، މިއީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާއާ ޚިލާފު ނިންމުމެއްކަމުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަދި ހަމައެއާއެކު ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ) ގެ (2) ވަނަ ނަންބަރާ ޚިލާފުކަމަށް ޢަބްދުލްޣަފޫރު ޢަލގެ ފަރާތުން ފާހަގީ ކޮށްފައިވެއެވެ.
11ވަގުތީ އަމުރަށް އެދުމުގެ ކުރިން އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ކަނޑައަޅާފައިވަނީ އެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭފޯމގު 5 ވަނަ ނަންބަރުގައި ދައްކާފައި ވާ ވާހަކަތކަ ށ ރިޢާޔަތްކުރުމެއަ ނެތް ކަމަށާއި، ދަށުކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމުގައި "މައްސަލައިގައ ކަންހިނގާފައި ގޮތް" މި ސުރުޚީގެ ދަށުން 5 ވަނަ ނަންބަރުގެ ގޮތުގައި ވަގުތީ އަމުރަށް އެދުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ދޯނި ހޯދުމަށް ސިވިލް ކޯޓުގައި މައްސަލައެއް ހިންގާފައިވާކަމުގައި ބަޔާންކޮށްފައިވާނެ ކަމަށާއި، މިކަމަށް ރިޢާޔަތްކޮށްފައި ނުވުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ
(ށ) ގެ (1) ވަނަ ނަންބަރާ ޚިލާފު ކަމެއް ކަމަށް ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ދެކެއެވެ.
12ވަގުތީ އަމުރަށް އެދުނު ފޯމުގައި އަމުރަށް އެދުނު ފަރާތުން ބޭނުންވީ މައްސަލަ އަވަސް ކުރުމުގެ ނިޔަތުގައި އަމުރު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި އަމުރާމެދު ގޮތް ކަނޑައެޅުންކަމަށް ބަޔާންކޮށްފައިވާތީވެ މުޅި އަމުރާމެދު ގޮތެއް ކަނޑައޅުމަކެ ނުލައި، މައްސަލަ ނިނމުމަކް ޢަދުލުވެރި ޝަރީޢަތެއްގެ ސިފައެއް ކަމުގައި ނުދެކޭކަމަށ ޢަބްދުލްޣަފޫރު ޢަލީ ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ސަބަބަކީ މައްސަލައިގެ ޚަސްމަކު އެ މައްސަލައެއް ހިންގަން ބޭނުންވަނީ އަނެއް ޚަސްމުގެ ޣައިރު ހާޟިރުގައި ކަމަށް ބުނެފައި ވީނަމަވެސް މައްސަލަ ރައްދުވާ ޚަސްމު ކޯޓަށް ހާޟިރުކޮށް އެފަރާތުގެ ބަހެއް ހޯދުމަކީ ކޯޓުތަކާބެހޭ ޤާނޫނުގެ 72 ވަނަ މާއްދާއާ، ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އަދި (އ) އާ އަދި ހަމަ އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ށ) އަދި (ނ)، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 އަދި 5 ވަނަ މާއްދާގެ ދަށުންވެސް ކޯޓަށް ކުރެވިދާނެ ކަމެއްކަމަށާއި، އަދި ވަކިން ޚާއްސަކޮށް ޚަޞްމެއްގެ އަސާސީ ޙައްޤަކާ ގުޅޭ ކަމެއްގައި އެ ޙައްޤު އޭގެ އެންމެ ފުޅާމާނައިގާ ތަންފީޒުކޮށްދިނުމަކީ ކޯޓުތަކުންނާއި ރަސްމީ އިދާރާތަކުން ކުރަންޖެހޭނޭ ކަމެއްކަން ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާކަމަށް ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި، އަމުރު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި އަމުރާމެދު ގޮތް ކަނޑައަޅައިދިނުމަށް އެދިފައިވުމުން، މުޅި އަމުރާމެދު ގޮތް ކަނޑައެޅުމަކާ ނުލައި މައްސަލަ ނިންމި ނިނމުމަކް މަދަނީ އިޖުރާއަތުގެ ޤާނޫނާއި މައްސަލަތައް ޢަދުލުވެރިކަމާއެކު ހިނގުމުގައް ކޯޓުތަކަށާއި ފަނޑިޔާރުންނަށް ލިބިދީފައިވާ ފުޅާ ބާރު ވަރަށް ހަނި ގޮތަކަށް މާނަކޮށް އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤުތައް ގެއްލޭ ގޮތަށް ނިނމާފައިވް ނިންމުމެއްކަމުން އެ ނިންމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފުކަމަށް ޢަބްދުލްޣަފޫރު ޢަލގެ ފަރާތުން ދެކެއެވެ.
13މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ މާއްދާއަށް ބަލާއިރު މި ޤާނޫނުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކާމެދު އެކަށީގެންވާ އަވަސް މިނެއްގައި ގޮތެއް ނިންމުން ކަމަށާއި، އަދި 5 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، މި ޤާނޫނުގެ ދަށުން ކޯޓުތަކަށް ލިބިދޭބާރުތައް ތަންފީޒުކުރުމުގައި ކޯޓުގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާ މަޤްޞަދު ޙާސިލު ކުރުންކަމަށާއި، އަދި މި ޤާނޫނުގެ 22 ވަނަ ބާބަށް ބަލާއިރު މައްސަލައެއްގައި ވަގުތީ އަމުރެއް ނެރުމަކީ ކޯޓަށް ކުރެވިދާނެ ކަމެއް ކަމަށް ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ވަގުތީ އަމުރަކަށް އެދި ކޓަށޯ ހުށަހަޅް ހުށަހެޅުމެއްގައި ގޮތެއް ކަނޑައެޅުމަކީ އެ ޤާނޫނުގެ 4 އަދި 5 ވަނަ މާއްދާގެ ބޭނުމަށްޓަކައި ޤާނޫނީ ގޮތުންނާއި ވިރާސީ ގޮތުން ކޯޓަށް ލިބިފައިވާ ހުރިހާ ބާރަކާއި އިޚްތިޔާރެއް ބޭނުންކުރަނވާން އެ ވާޖިބު އަދާކުރުމަށްކަމަށާއި، އެހެންނަމަވެސް، މި މައްސަލައިގައި ދަށުކޯޓުން ޢަމަލުކޮށްފައިވަނީ މި މަޤްޞަދާ ދިމާ އިދިކޮޅަށް ކަމުގައި ދެކޭކަމަށާއި، ސަބަބަކީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ވަގުތީ އަމުރަށްއެދޭ ފޯމުގައި މައްސަލަ ހިންގަން ބޭނުންވަނީ އަމުރު ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި ކަމަށް ބަޔާންކުރި ސަބަބަށްޓަކައި މުޅި އަމުރާމެދު މައުޟޫއީ ގޮތުން ގޮތް ނިންމުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށް ޢަބްދުލްޣަފޫރު ޢަލީ ފާހަގަކޮށްފައިވެއެވެ.
14މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު ކޯޓަށް ހުށަހެޅޭ ދަޢުވާއެއްގައި ވަގުތީ ފަރުވާއެއް ނުވަތަ ރައްކާތެރިކަމެއްގ ގޮތުނެ އެ މާއްދާގެ (ށ) ގައި ބަޔާންކުރާ ބާވަތްތަކުގެ ފިޔަވަޅެއް އެޅުމަކީ ކޯޓަށް ލިބިގެންވާ ބާރެއް ކަމަށާއި، އެ ޤާނޫނުގެ 243 ވަނަ މާއްދާއަށް ބަލާއިރު އެފަދަ އަމުރަކަށް އެދުމުގެ ޙައްޤަކީ މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ލިބިދީފައިވާ ޙައްޤެއްކަން އެނގޭ ކަމަށާއި، މިގޮތުން މި ޙައްޤުގެ ބޭނުން ހިފުމުގައި އެ ޚަޞްމަކަށް ޖެހެނީ އެ ޤާނނުގޫ 244 ވަނަ މާއްދާގައި ބުނާ ކަންކަން ފުރިހަމަ ކުރުން ކަމަށް ޢަބްދުލްޣަފޫރު ޢަލީ ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
15ދަށުކޯޓަށް ހުށަހެޅް މައުޟޫއީ ދަޢުވާއަކީ، އިސްތިއުނާފުކުރާ ފަރާތުގެ ދޯނީގެ އަގު 1 އަހަރު ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކުރާނޭ ކަމަށް އެއްބަސް ވ އެ ދޯނި އެފަރާތުން ގެންގޮސް 5 އަހަރު ފާއިތުވެ ދިޔައިރުވެސް އޭގެ އަގު ނުދެއްކުމުގެ ސަބަބުން އެއްބަސްވުން ކޯޓުން ބާޠިލުކުރުމާ ގުޅިގެން އެފަރާތަށް ލިބުނު ގެއްލުން އަދި އެއްބަސްވުން ބާޠިލު ކުރުމުންވެސް ދޯނި އަނބުރާ ހަވާލު ނުކުރުމުގެ ސަބަބުން އެފަރާތަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެކެވެ. މި ދަޢުވާގެ ތެރެއިން އެފަރާތުން އިތުރަށް ކޯޓުގައި އެދުނީ މައުޟޫއީ މައްސަލައިގައި ޙުކުމެއް ކުރުމުގެ ކުރިން އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުގައި ދޯނި ބާއްވަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތުމުން އެ ދޯނި އަނބުރާ އިސްތިއުނާފު ރައްދުވާ ފަރާތަށް ރައްދުކުރުމުގެ އަމުރެއް ނެރެދނުމަށްކަމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ
(ށ) ގެ 5 ވަނަ މާއްދާއަށް ބަލާއިރު މިފަދަ ވަގުތީ އަމުރަކަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އެދެވިދާނެކަން އެނގޭ ކަމަށާއި، އެ އަމުރާމެދު ގޮތެއް ނިންމުމަކީ ދަށުކޯޓުން މައްސަލަ ބައްލަވާ ފަނޑިޔާރު ކރަންޖެހު ކަމެއްކަން އެނގެން އޮންނައިރު އެގޮތުގެ މަތިން ފަނޑިޔާރު ޢަމަލު ނުކުރުމުގެ ނަތީޖާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 އިން 244 ގެ ނިޔަލަށް އިސްތިއުނާފުކުރާ ފަރާތަށް ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ބީވެގެން ދިޔުންކަމަށް ޢަބްދުލްޣަފޫރު ޢަލީ ފާހަގަކޮށްފައިވެއެވެ. މިކަން އިތުރަށް ކަށަވަރުވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2022/HC-A/351 ޤަޟިއްޔާ ނިމުނު ގޮތުގެ 25 ވަނަ ޕެރެގްރާފުގައި ފަނޑިޔާރު މުޙައްމަދު ނިޔާޒު ފާހަގަކުރައްވާފައިވާ ނުކުތާއިން ކަމަށް ފާހަގަކޮށް، އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރަށް އެދޭ ފޯމާއެކު ހެކިތައް ހުށަހަޅާފައިވަނިކޮށް އެ ހެކިތަކާއެކު ހެކިބަސްދޭ މީހުންގެ ބަޔާން ނެތްކަމަށް ބުނެ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ޙާލަތެއް އޮތްތޯ ބެލުމަކާނުލައި މައްސަލަ ނިންމި ނިންމުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243،242 އަދި 244 ވަނަ މާއްދާއާ ޚިލާފު ކަމަށް ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ދެކެއެވެ.
16އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "އެދޭގޮތް 1 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައި ބުނާ އިޖުރާއަތު ފުރިހަމަ ނުވާކަމަށް ކަނޑައަޅުއްވައި ދަށުކޯޓުން ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގެ A/351-HC/2202 ޤަޟިއްޔާއާ ސިވިލްކޯޓުން އެ ނުކުތާގައި މީގެ ކުރީން ނިންމާފައިވާ ނިންމުންތަކާއި ޚިލާފުކަމަށް ވާތީވެ ދަށުކޯޓުން އެ ނުކުތާގައި ނިންމެވިގޮތް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅުއްވައި ދެއްވުން؛ ވަގުތީ އަމުރަށް އެދުމުގައި، ދޯނީގެ އެއްބަސްވުނ ސިވިލް ކޯޓުން ބާޠިލުކުރި ފަހުން 06 މަސް ހޭދަވެފައިވާތީ ކަމަށް ބަޔާންކޮށް ވަގުތީ އަމުރު ނެރެނުދޭން ނިންމަވާފައިވަނީ ވަގުތީ އަމުރަށް އެދުމުގެ ކުރީން އިސްތިއުނާފުކުރާ ފަރާތުން ޝަރުޢީ ފަރުވާއެއް ހޯދުމުގެ މަސައްކަތް ކޮށްފައިއޮތްކަން ސާބިތުކުތުމަށ ހުށަހެޅް ހެކި ޤަރީނާތަކަށް ބެލުމެއްނެތިކަމުން އެ ނުކުތާގައި ދަށުކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 2012/SC-A/21 ޤަޟިއްޔާއާއި ޚިލާފުކަމަށްވާތީ އެކަން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފުކަމުގައި ކަނޑައަޅުއްވައި ދެއްވުން؛ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރު ނެރެދިނުމށަ އެދިފައިވުމުން މުޅި މައްސަލައިގައި ގޮތެއް ކަނޑައެޅުއްވުމަކާނުލައ މައްސަލި ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4، އަދި 5 ވަނަ މާއްދާއާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242،243، އަދި 244 އާ ޚިލާފުކަމަށް ކަނޑައަޅުއްވައިދެއްވުން؛ އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން ދަށުކޯޓުގެ ޙުކުމް ބާޠިލު ކޮށްދެއްވައި އަދި މި މައްސަލައިގއަ އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށާއި ދަށުކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ބަޔާންކުރާ 3 ޝަރުޠު ފުރިހަމަ ވެފައިވާ ކަމުގައި ކަނޑައަޅުއްވައިދެއްވައި ދަށުކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ނެރެދެއްވުމަށ އެދުން އަންނަނިވި ވަގުތީ އަމުރު ނެރެދެއްވުން އެދެމެވެ. ކަނަންދޫ ޢަލީއާއި ފަރދާބުގީޗާގެ ޢަލީ އާއި ދެމެދު ވެވުނު ގަނެވިއްކުމުގެ އެއްބަސްވުން ސިވިލްކޯޓުގެ ނަންބަރު 1451/Cv-C/2020 ޤަޟިއްޔާއިން ބާޠިލުކޮށްފައިވާތީއާއި އެ އެއްބަސްވުމުގެ ދަށުން ފަރީދު ބަގާޗާގެ/ ލ/ކަލައިދޫ އާއި ޙަވާލުކުރެވުނު "ކަނަންދޫ އަލީ" އެވެ ކިޔާ ރަޖިސްޓްރީ ނަންބަރު -03 04-P2844A ދޯންޏަކީ ކަނަންދޫ ޢަލީގެ ނަންމަ ތީގައިވާ އެފަރާތުގެ މިލްކެއްކަން ދޯނީގެ މައްޗަށް މިހާރު އެއްވެސް މަޞްލަޙަތެއް ފަރދުބަގީޗާގެ ޢަލީގެ މައްޗަށް ނެތްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތަތީއާއި އަދި އެ ދޯނި އަނބުރާ އޭގެ ވެރިފަރާތަށް ރައްދުކުރުން ލަސްވާނަމަ އަމުރށަ އެދް ފަރާތަށް ފޫނުބެއްދޭ ވަރުގެ މާލީ ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތަތީއާއި، އެ ދޯނި އޭގެ ވެރިފަރާތުގެ ނުރުހުމުގައި ފަރދުބަގީޗާގެ ޢަލީގެ އަތުގައި ބާއްވަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތުމުން "ކަނަންދޫ އަލީ" އެވެ ކިޔާ ދޯނި ރަޖިސްޓްރީ ނަންބަރު 04-P2844A -03 މި އަމުރު ނެރޭ ހިނދުން އޭގެ ވެރިފަރާތަށް އަނބުރާ ރައްދުކުރުމަށް ފަރދުބަގީޗާގެ ޢަލީގެ މައްޗަށް އަންގައި އަމުރު ކުރަމެވެ. އަދި މި ދޯނި އަނބުރާ ލިބިގަތުމުގައި އޭގެ ވެރިފަރާތުން އެހީއަކަށް އެދިއްޖެނަމަ އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި އަމުރުކުރަމެވެ. އަދި ދޯންޏާއި ގުޅިގެން އެއްވެސް މުޢާމަލާތެއް ފަރދުބަގީޗާގެ ޢަލީއާ ނުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މައްޗަށް އަންގައި އަމުރުކުރަމެވެ. އެދޭގޮތް 2 މަތީގައި އެދިފައިވާ ގޮތަށް އަމުރު ނެރެދެވެން ނެތްނަމަ، މި ނަންބަރުގެ 3،2،1 ގައިވާ ކަންކަމުގެ އަލީގައި ދަށުކޯޓުގެ ނިންމުން ބާޠިލުކޮށްދެއްވައި އެ ނުކުތާތަކުގައި ދަށުކޯޓުން ޢަމަލުކުރަންޖެހޭ ޤާނޫނީ އުސޫލުތައް ބަޔާންކޮށްދެއްވައި، މި މައްސަލަ ދަށުކޯޓަށް ތަހުވީލު ކޮށްދެއްވުން" ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައަ
17އިސްތިއުނާފުކޮށްފައި މިވާ ނިންމުމަށް ބަލާއިރު، ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ދަށުކޯޓުގައި ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު، އެ އަމުރު ރައްދުވާ އަޙްމަދު ޢަލީގެ ބަހެއް ނުހޯދާ އެ ފަރާތުގެ ޣައިރު ޙާޟިރުގައި، ނެރެދެވެން ނެތްކަމަށް އެ ކޯޓުން ކަނޑައަޅާފައިވާކަން އެ ނިންމުމަށް ބެލުމުން އެނގެއެވެ. އެ ނިންމުމަށް ވާސިލުވުމުގައި މައިގަނޑު 3 (ތިނެއް) ކަމެއް ދަށުކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވާކަން އެ ނިންމުމަށް ބެލުމުން އެނގެއެވެ. އެކަންކަމަކީ: މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 244 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފިޑެވިޓް އަދި ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހަޅާފައިނުވުން؛ އާއި ދަޢުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި އަވަސް އަމުރެއްގެ ގޮތުގައި އަމުރު ނެރެދިނުމަށް އެދިފައިވާއިރު، ދަށުކޯޓުން އެއްބަސްވުން ބާޠިލްކޮށް ޤަޟިއްޔާ ނިންމިތާ 6 (ހައެއް) މަސް ފަހުން އަމުރަށް އެދިފައިވުން (އަމުރަށް އެދުމުގައި ދިގު މުއްދަތެއް ހޭދަވެފައިވުން)؛ އަދި ދަޢުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޟިރުގައި އަވަސް އަމުރެއްގެ ގޮތުގައި އަމުރު ނެރެދިނުމަށް އެދިފައިވާއިރު، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ޙާލަތްތަކުންކުރެ ޙާލަތެއް އޮތްކަން ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެނގެން ނެތުމެވެ. ޤާނޫނު ނަންބަރު 2021/32 (މީގެ ފަހުން މި ރަޢުޔުގައި "މަދަނީ އިޖުރާއަތުގެ ޤާނޫނު ކަމަށް ބުނެފައިއެވަނީ، ޤާނޫނު ނަންބަރު 2021/32 އަށް ނިސްބަތްކޮށެވެ.) މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައި ބުނާ ހެކިބަޔާން ހުށަހަޅާފައި ނެތުމުން އެ ޤާނޫނުގައިބުނ އިޖުރާއަތާ ފުރިހަމަވެފައނުވާކަމަށް ކަނޑައި ޅ އެޅުން ގޯސްކަމަށް ބުނާބުނުން
18ޢަބްދުލްޣަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ވަގުތީ އަމުރަށް އެދޭ ފޯމުގައި، އޭނާގެ ފަރާތުން ވަގުތީ އަމުރަށް އެދޭ ސަބަ ބުގ ގޮތުގައެ ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު ފާހަގަކުރެވެނީ، އަމުރު ރައްދުވާ ފަރާތުން ދޯނި ގަނެވިއްކުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ސިވިލްކޯޓުގެ ނަންބަރު 1451/Cv-C/2020 ޤަޟިއްޔާގައި ކަނޑައަ ޅާފައިވާތީ، އޭގެ ސަބަބުން އަމުރަށް އެދޭ ފަރާތަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި މައްސަލައިގެ ތެރެއިން އެހިނދުން އެހިނދަށް އޭގެ ވެރިފަރާތަށް އެ ދޯނި ރައްދުކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ހ)، (ށ) (2) އަދި (5،) 243 (ހ) އަދި 244 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ސިވިލް ކޯޓަށް ކުރެވިދާނެ އަދި މައްސަލައިގައި އަވަހަށް އިންސާފު ޤާއިމުކުރުމަށް އެޅިދާނޭ މުހިންމު ފިޔަވަޅެއްކަމަށް ދެކޭކަމަށް ބުނެ ހުށަހެޅި ހ ށަހެޅުމެއްކަނ އެނގެން އޮވެއެވެ.
19މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގައި ކޯޓަށް ނެރެވިދާނެ އަމުރުގެ ބާވަތްތައް ބަޔާންކޮށްފައިވާއިރު، ޢަބްދުލްޣަފޫރުގެ ފަރާތުން އަމުރަށް އެދިފައިވަނީ އެ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ވަކި ކމެއ ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް" އަދި ( 5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "މުދާ ރައްދުކުރުމަށް ކުރާ އަމުރު" އާ ހަވާލާދީކަން އެނގެއެވެ.
20ޕްރިސިޑެންސް 1ސިވިލ ކޯޓުގް ނަންބަރު B12/VN/2024/02-144 ވަގުތީ އަމުރާމެދު ނިންމގޮތުގި 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ؛ "ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 244 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ 5 ވަނަ ނަންބަރުގެ ދަށުން މުދާ ރައްދުކުރުމަށް ކުރާ ވަގުތީ އަމުރަކަށް އެދި ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާ އެކުގައި ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރަކަށް އެދި ހުށަހަޅާނަމަ، ހުށަހަޅަންވާނީ ހެކިބަސްދޭ ފަރާތުގެ ބަޔަން މެދުވެރުކޮށ ހުށަހަޅް ހެއްކާ އެކުގައި ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާތަކަށް ބެލުމުން އެއީ އެފަދަ އަމުރަކާ ގުޅިގެން އިޖުރާއީގޮތުން ކޮންމެހެން ފުރިހަމަވާންޖެހޭ ކަމެއްކަން އެނގެން އޮންނާތީ، މި އަމުރާއެކު އެފިޑެވިޓް މެދުވެރިކޮށް އަދި ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާ ނުލައި މިފަދަ އަމުރަކަށް އެދި ހުށަހެޅުމަކީ ޤާނޫނުން އިޚުތިޔާރަށް ދޫކޮށްލާފައި ވާ ކަމެއް ނޫންކަން އެނގެން އޮވެއެވެ. ވަގުތީ އަމުރަށް އެދޭ ފަރާތުން މިވަގުތީ އަމުރަށް އެދި ހުށަހެޅިއިރު، އެފިޑެވިޓް މެދުވެރިކޮށް އަދި ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެކި ވަގުތީ އަމުރަށް އެދި ހުށަހަޅާ ފޯމާއެކު ވަގުތީ އަމުރަށް އެދޭ ފަރާތުން ހުށަހަޅާފައިނުވާތީ، މި މައްސަލާގައި މިއިޖުރާ އަތު ފުރިހަމަ ނުވާކަމުގައި ބަލަންޖެހެއެވެ."
21މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ؛ "244 (ނ) ފައިސާއިން ނުވަތަ މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. އެނޫން ބާވަތުގެ ވަގުތީ އަމުރަށް އެދެންވާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރުކޮށ ހުށަހަޅް ހެއްކާ އެކުގައެވެ."
22މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 429 ވަނަ މާއްދާގެ (ލ) ގައި އެފިޑެވިޓް މާނަކޮށްފައިވަނީ؛ "429 (ލ) "އެފިޑެވިޓް" ކަމަށް ބުނެފައި އެވަ ނ، ހެކިބަސްދޭ މީހާ ހުވައި މަތީގައިހުރެ ލިޔުމުން ދީފައިވާ އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ."
23މި އިސްތިއުނާފުގައި ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ފާހަގަކުރަނީ، ދަށުކޯޓުގެ މި ނިންމުމަކީ ހައިކޯޓުގެ ނަންބަރު 2022/HC-A/351 ޤަޟިއްޔާއާ ޚިލާފު ނިންމުމެއް ކަމަށެވެ. އެ ޤަޟިއްޔާއަށް ބަލާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 244 ވަނަ މާއްދާގެ (ނ) ގެ ދަށުން އަމުރަށް އެދޭ ފަރާތުން އެދި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައި ކަމަށާއި، އެފަދައިން އެފިޑަވިޓް ހުށަހަޅާފައިނުވާތީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން އެ އަމުރަށް އެދުނުއިރު ފުރިހަމަކޮށް ފައިވާކަމަށް ނުފެންނަކަމަށް އެ ޤަޟިއްޔާގެ 24 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާކަން އެނގެއެވެ.
24އިސްތިއުނާފުކޮށްފައިމިވާ ނިންމުމުގައިވެސް، ދަށުކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވަނީ، އެފިޑެވިޓް އަދި ހެކިބަޔާން ހުށަހެޅުމުގެ އިޖުރާއަތު ފުރިހަމަ ނުވާކަމަށެވެ. އެހެންކަމުން، އެ ނިންމުމަކީ ހައިކޯޓުގެ ނަންބަރު 2022/HC-A/351 ޤަޟިއްޔާ އާ ޚިލާފު ނިންމުމެއްކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާއަށް ބަލައި، ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖހޭކަމަކަށެ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ދޯންޏާއި ގުޅޭ އެއްބަސްވުން ބާޠިލްކުރިތާ 6 (ހައެއް) މަސްދުވަސް ފާއިތުވެފައިވާތީ އަވަސް ފަރުވާގެ ގޮތުގައި ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ނިންމާފައިވަނީ ގޯސްކޮށްކަމަށް ބުނާ ބުނުން
25ދަށުކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ 1451/Cv-C/2020 ޤަޟިއްޔާއިން ދެފަރާތުގެ ދެމެދުގައި ވެވުނު ދޯނި ވިއްކުމުގެ އެއްބަސްވުން ބާޠިލްކޮށްފައިވާކަމަށާއި، އެ މައްސަލަ ނިމިފައިވަނީ 17 ޖަނަވަރީ 2024 ގައި ކަމަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-1888 ޤަޟއްޔި 28 ޖުލައި 2024 ގައި ހުށަހެޅިއިރު ވަގުތީ އަމުރަކަށް އެދުނުއިރު، އެއްބަސްވުން ބާޠިލުކުރުމާއި ވަގުތީ އަމުރަށް އެދުމާ ދެމެދު 06 (ހައެއް) މަސް ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެ ގޮސްފައިވާއިރު މައްސަލައިގެ ތެރެއިން އަޅައިދޭ ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތު ގައި، ދޯނި އެހިނދުން އެހިނދަށް ދޯނީގެ ވެރިފަރާތަށް ރައްދުކުރުމަށް އަމުރެއް އަވަސް މައްސަލައެއްގެ ގޮތުގައި، ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ނެރެދިރުމަށާ އެދިފައިވަނީ، އެކަށީގެންވާ އަވަސްމިނެއްގައި ނޫންކަން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގޭ ކަމަށެވެ.
26ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމަށް ބަލާއިރު، އެ ފޯމުގައި އަމުރު ނެރެން ބޭނުންވަނީ އަވަސް މައްސަ ލައެއްގ ގޮތުގައެ ކަމަށި ބަޔާންކޮށްފައިވެއެވެ. އަދި އެ އަމުރު ނެރެދިނުމަށް އެދިފައިވަނީ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައިކަންވެސް އެނގެއެވެ. ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ، 6 (ހައެއް) މަސް ފާއިތުވެފައިވާކަމަށް ކަނޑައެޅި ޝަރުޠަކީ، ވަގުތަ އަމުރު ނެރުމުގައި ބަލާ ޝަރުޠެއް ނޫންކަމަށާ އ، އެ މުއްދަތުގައިވެސް ދޯނި ހޯދުމަށް ކުރެވުނު މަސައްކަތްތައް ވަގުތީ އަމުރަށް އެދުނު ފޯމުގައި ބަޔާންކޮށްދީފައިވާނެ ކަމަށެވެ.
27ދަށުކޯޓުން ފާހަގަކޮށްފައިވަނީ، އަވަސް އަމުރެއްގެ ގޮތުގައި މި އަމުރު ނެރުމަށް އެދުނުއިރު، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން ބާޠިލްކޮށް މައްސަލަ ނިންމިތާ، 6 (ހައެއް) މަސް ފާއިތުވެފައިވާތީ އެކަމެވެ.
28ޕްރިސިޑެންސް 2ވަގުތީ އަމުރަށް އެދި ހުށަހެޅުމުގައި ލަސްވެފައިވާނަމަ، އެ ލަސްވި ލަސްވުން އަމުރަށް އެދޭ ފަރާތާ ދެކޮޅަށް ބޭނުންކުރެވެނީ، ވަގުތީ ފަރުވާ ދިނުމަކީ، އޭގެ ޒާތުގައި ކޮންމެހެން އަދި އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ފަރުމާކޮށްފައިވާ އެއްޗަކަށް ވާތީކަމަށ އަހުރެންނަށް ޤަބޫލުކުރެވެއެވެ. މިގޮތުން ބަލާއިރު، އަމުރަށް އެދުމުގައި ލަސްކުރުމަކީ، އޭގެ ސަބަބުން، މިފަދަ ފަރުވާތަކުގެ މަޤްޞަދަށް ބުރޫއަރާނެ ކަމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. އެފަދަ އަވަސް ފަރުވާތަކުގެ އެއް މަޤްޞަދަކީ، އިއާދަނުކުރެވޭނެ ގެއްލުން ހުއްޓުވުމެވެ. އަދި އަނެއް މަޤްޞަދަކީ، މައުލޫއީ މައްސަލަ ފައިސަލާކޮށް ނިމުމާ ހަމައަށް ސްޓޭޓަސް ކުއޯ ދެމެހެއްޓުމެވެ.
29ވަގުތީ އަމުރެއް ނެރެދެނީ ގެއްލުމެއް ނުވަތަ ބޭއިންސާފެއް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމަށް ބަލައިގެންކަމަށްވާއިރު، އަމުރަށް އެދި ހުށަހެޅުމުގައި ލަސްވެފައިވާނަމަ، އެ ލަސްވުމުން ދައްކުވައިދެނީ އެ މައްސަލައަކީ ޙަޤީޤަތުގައިވެސް ކޮންމެހެން އަވަސް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްކަމުގައި އަމުރަށް އެދުނި ފަރާތުންވެސް ދެކިފައިނުވާކަމެވެ. އެހެންކަމުން، އަމުރަށް އެދި ހުށަހެޅުން ލަސްވުމަކީ، އެ ހުށަހެޅުމަކީ ބަލިކަށި ހުށަހެޅުމެއްކަމުގައި ބެލުމުގެ ފުރުސަތު ބޮޑު ކަމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.
30ވަގުތީ އަމުރަކީ ޚާއްޞަ ޙާލަތްތަކެއްގައި ދެވޭ އަވަސް ފަރުވާއެއްކަމުގައިވާއިރު، އެ ފަރުވާ ހޯދުމަށް އަވަހަށް ހުށަހަޅާފައިނެތ ނެތުމަށް ރިޢާޔަތްކޮށް ދަށުކޯޓުގެ ފަނޑިޔާރު ނިންމާފައިވާ ނިންމުމަކީ، ރަނގަޅު ނިންމުމެއްކަމަށް އަހުރެންނަށް ތާއީދުކުރެވެއެވެ.
31ޕްރިސިޑެންސް 3ދެފަރާތުގެ ދެމެދު އިހުއޮތ އެއްބަސްވުން ބާޠިލުކުރިތާ 6 (ހައެއް) މަސްދުވަސް ފާއިތުވެދިޔަފަހުން، ވަގުތީ އަމުރަކަށް އެދުނުކަން ދަށުކޯޓުން ފާހަގަކޮށްފައިވާއިރު، އެ ނުކުތާގައި ވަގުތީ އަމުރަށް އެދުމުގައި ލަސްވެފައިވާ ލަސްވުން އެކަނި ފާހަގަކޮށް ނިންމާލުމުގެ ބަދަލުގައި، ވަގުތީ އަމުރަށް އެދި ހުށަހެޅުމުގައި ލަސްނުކޮށް އަވަހަށް އަމުރަށް އެދެންޖެހޭ ސަބަބުތައް ކޮންމެވެސް މިންވަރަކަށް ބަޔާންކޮށދެވިފައި އޮތްނަމަ، އެ ނިންމުން އިތުރަށް ފުރިހަމަވާނެކަމުގައި އަހުރެން ދެކެމެވެ. އަދި އޭރުން، އެ އަމުރު ނެރެދޭން އެދުނު ފަރާތަށްވެސް ސަބަބު ސާފުވެފައި އޮންނާނެކަމަށް އަހުރެން ދެކެމެވެ.
32ޕްރިސިޑެންސް 4އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ފަދައިން 6 (ހައެއް) މަސްދުވަހުގެ ޝަރުޠެއް ދަށު ކޯޓުން ކަނޑައަޅާފައިވާކަމަކަށ އަހުރެންނަކަށް ނުބެލެވެއެވެ. އެއާ ޚިލާފަށް، އެ މައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލައި، 6 (ހައެއް) މަސްދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން، ވަގުތީ އަމުރަކަށް އެދިފައިވާތީ، ދަށުކޯޓުން ފާހަގަކޮށްފައި އެވާ ނުކުތާއަކީ، ވަގުތީ އަމުރަށް އެދުމުގައި ލަސްވެފައިވާކަން ބަޔާންކުރުމުގެ ގޮތުން ފާހަގަކޮށްފައިވާ ނުކުތާއެއްކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާއަށް ބަލައި، ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަކަށ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާ ޟިރުގައ އަމުރި ނެރެދިނުމަށް އެދިފައިވާތީ، އަމުރާމެދު ގޮތް ކަނޑައެޅުމަކާ ނުލައި މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނާ ބުނުން
33ދަށުކޯޓުން ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރަށް އެދޭ ފަރާތުން އަވަސް މައްސަލައެއްގެ ގޮތުގައި، ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި އަމުރު ނެރެދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ބަހެއް ނުހޯދާ އެ ފަރާތުގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރެއް ނެރެވޭނެކަމަށް، ގަވާއިދު ނަންބަރު 105-2022/R (ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 115 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ޙާލަތްތަކުންކުރެ ޙާލަތެއް އޮތްކަން، ވަގުތީ އަމުރަށް އެދޭ ޢަބްދުލްޣަފޫރގު ފަރާތުން، ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެނގެން ނެތަތީ، އެ ވަގުތީ އަމުރަކީ ޢަބްދުލްޣަފޫރުގެ ފަރާތުން އެދުނު ގޮތަށް ވަގުތީ އަމުރު ރައްދުވާ އަޙްމަދު ޢަލީގެ ބަހެއަ ނުހޯދާ އެ ފަރާތުގެ ޣައިރު ހާޟިރުގައި އަވަހަށް ގޮތެއް ނިންމަންޖެހޭ ފަދަ އަމުރެއްކަމަށް ދަށުކޯޓަށް ބުރަ ނުވެވޭ ކަމަށެވެ.
34އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ދަށުކޯޓުން ގޮތް ކަނޑައަޅާފައިވަނީ ވަގުތީ އަމުރަށް އެދުނުއިރު، އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި އަމުރު ނެރެދިނުމަށް އެދިފައިވާތީ އެ އެދުމުގެ މައްޗަށް ބަލައި ގެންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ މައިގަނޑު ޝަކުވާއަކީ އަމުރާމެދު މައުލޫއީ ގޮތުން ގޮތް ކަނޑައަޅާފައިނުވތީ ކުރާޝަކުވާއެއްކަން އެނގެއެވެ. އެގޮތުން، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަނީ، ދަށުކޯޓުގެ ނިންމުމަކީ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރުމުގެ ޙައްޤު ގެއްލޭ ގޮތަށް ނިންމާފައވި ނިންމުމެއްކަމަށެވެ. އަދި މައްސަލަ ރައްދުވާ ފަރާތް ކޯޓަށް ޙޟިރުކޮށާ އެ ފަރާތުގެ ބަހެއް ހޯދުމަކީ، ކޯޓުތަކުގެ ޤާނޫނުގެ 72 ވަނަ މާއްދާއާ ފަނޑިޔާރުންގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އަދި (އ) އާ އަދި ހަމަ އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ށ) އަދި (ނ) އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 އަދި 5 ވަނަ މާއްދާގެ ދަށުންވެސް ކޯޓަށް ކުރެވިދާނޭ ކަމެއްކަމަށްވެސް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
35ޕްރިސިޑެންސް 5ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ ގައި ބަޔާންކޮށްފައިވަނީ،
115(ހ) ވަގުތީ ފަރުވާއާއި ރައްކައުތެރިކަމުގ އަމުރެ ފަދަ އަމުރެއް، އެ އަމުރު ރައްދުވާ ޚަޞްމުގެ ޣައިރު ހާޒިރުގައި ޝަރީޢަތުގެ ކުރިން ނުވަތަ ޝަރީޢަތުގެ ތެރޭގައި ނުވަތަ ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ނެރެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރެއް ހޯދަން އަމުރެއް ހޯދަން އެދިފައިވަނީ އަނެއް ޚަޞްމުގެ ޣައިރު ހާޒިރުގައި ކަމަށް ވާނަމަ، އެ އަމުރަށް އެދިފައިވާ ފޯމު، އަމުރު ރައްދުވާ ފަރާތަށް ފޮނުވައި، އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދާކަށެއް ނުޖެހޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޚަޞްމެއްގެ ޣައިރު ހާޒިރުގައި އަމުރެއް ނެރެދޭންވާނީ، އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ ކަމަށް ޤާޟީއަށް ގަބޫލުކުރެވޭނަމައެވެ. (1) އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއް ކަމަށްވުން؛ ނުވަތަ (2) ހެކި ނައްތައިލަފާނ ކަމުގެ ބިރު އޮތުން؛ ނުވަތަ (3) ފައިސާއެއް ޤައުމުން ބޭރަށް ނުވަތަ އެހެން ފަރާތަކަށް ތަހްވީލުކުރުމުގެ އިޙްތިމާލު އޮތުން؛ ނުވަތަ (4) މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ އިޙްތިމާލު އޮތުން؛ ނުވަތަ (5) އެފަދަ އަމުރެއް ޣައިރު ހާޒިރުގައި ނެރެންޖެހޭ އެހެންވެސް ސަބަބެއް އޮތްކަމަށް ޤާޟިއަށް ގަބޫލުކުރެވުން."
36ދަށުކޯޓުގެ ފަނޑިޔާރު ފާހަގކޮށްފައިވަ ފަދައިން ވަގުތީ އަމުރަށް އެދުނު އިރު ޣައިރު ޙޟިރުގައާ އަމުރު ނެރެދޭން އެދިފައިވާއިރު، ޣައިރު ޙާޟިރުގައި އަމުރު ނެރެދޭންޖެހޭ ސަބަބު ޢަބްދުލްޣަފޫރު ޢަލީގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. އަވަސް އަމުރެއްގެ ގޮތުގައި އަމުރު ނެރެދޭންޖެހޭކަމަށް ބަޔާންކުރުމަށްފަހު، ޣައިރު ޙާޟިރުގައި އަމުރު ނެރެދޭން އެދޭ ސަބަބު އަމުރަށް އެދި ހުށަހަޅާ ފަރާތުން ބަޔާންނުކޮށްފިނަމަ، ފަނޑިޔާރަށް ޣައިރު ޙާޟިރުގައި އަމުރު ނެރެދޭންޖެހޭފަދަ ހާލަތެއް އޮތްކަން ދެނެގަނެވޭނެ ގޮތެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ. ޣައިރު ޙާޟިރުގައި އަމުރު ނެރެދޭން އެދުނު ފަރާތުން، އަމުރު ރައްދުވާ ފަރާތް ޙާޟިރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށއޮތްކަމަށް ބުނާއިރު، އޭނާގެ ފަރާތުން ޣައިރު ޙާޟިރުގައި އަމުރު ނެރެދޭން އެދުނީ ކޮން މަޤްޞަދުގައިކަމެއްވެސް މި މަރުޙަލާގައިވެސް ޢަބްދުލްޣަފޫރު ޢަލީއަށ ސާފުކޮށްދެވިފައި ނުވެއެވެ. ދަށުކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީވެސް، ވަގުތީ އަމުރަށް އެދޭ ފަރާތުން އެދިފައިވާ ގޮތުގެ މަތިން، އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، ވަގުތީ އަމުރު ރައްދުވާ އަޙްމަދު ޢަލީގެ ބަހެއް ނުހޯދާ އެ ފަރާތުގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާއަށް ބަލައި، ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަކަށ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.
37އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި ބެލިބެލުމުން ސިވިލް ކޯޓުގެ ނަންބަރު 22022/0/VN/12B-144 ވަގުތީ އަމުރާމެދު ނިންމިގޮތުގައި ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ފާހަގަކުރެވިފައިނުވާތީ، އެ ނިންމުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅއ މި ޤަޟިއްޔާ ނިންމަނަ ފެނެއެވެ.
38ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
39ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
40މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2024/l I(l-A/ I 9;l izv.t ./- 2.r..,/o2>> O / .rr9 2 .r- t,.P y JP22. t'.P/ e J4 t yJ.r. y.r! ,P2./y5-/' IP.. 1 44-B I 2/\,Tj/2 022102 .1 .ii 5e). I -,'t,r.r4.,2 ,,,r4r 2 s t roro vJp 2rJ t,2--// ./-p-/l rr4 t.S.a22😉 y2t2,v aazo/2 a. // O. oa// 3 er.,1./9J 2 t.r2t/?rP.4@@rJ t, //aazo/ ro ., .P/--l ro2.t- 42r tp JJ -/ C.'../ e '*.4 '22e .t 2) ,,-t2 2 v-l ,2J4 Lr)- t ,t-31r.a.a t.P-r..rr ,a -t e )/r./ 2z.r-J a@ -. ,o :rrY 2 Y.t .r2 - .rr.tr, 3 2 4J ,PP.,, -,.r 22.r'J l-e t-2t I 33164'71 tLtj ,332s029 :.x1,[:.1-i2 .;3 ,-i; ).t, 3 :.+ ,ij-, j: ,if-t ]t:i.;1 Z] www,highcoutt.govrnv : 3. i- 3.i rnfo@highcourt,gornl "3..3.
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާ (ހ)، (ށ) (2) އަދި (5)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 243 ވަނަ މާއްދާ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 244 ވަނަ މާއްދާ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 429 ވަނަ މާއްދާ (ލ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- ގަވާއިދު ނަންބަރު 2022/R-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 115 ވަނަ މާއްދާ (ހ)، (ށ)، (ނ)
- ހައިކޯޓުގެ 2022/HC-A/351 (24 ވަނަ ނަންބަރު)
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ވަލީދު އިބްރާހީމްމަނިކު، ގޭޖް ލޯޔަރސް
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް