ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/220
ޢަބްދުލްއަޢުލާ އަލީ ޚަލީލް ވ. ކ. ގުޅީ ކައުންސިލްގެ އިދާރާ، 2024/HC-A/220
Abdhulaulaa Alee Khaleel v. K. Gulhee Council Office 2024/HC-A/220 (2024/HC-A/220, High Court of the Maldives, 22 January 2025)
ޢަބްދުލްއަޢުލާ އަލީ ޚަލީލް ވ. ކ. ގުޅީ ކައުންސިލްގެ އިދާރާ
މައިގަނޑު ސުވާލު
ދަޢުވާ ހުށަހެޅުމުގެ ކުރިން ގެސްޓްހައުސްގެ ކުރިމަތީގައި ކައުންސިލުން ފެންސް ޖެހުން ހުއްޓުވުމަށް އެދުނު ވަގުތީ އަމުރުގައި، އެދުނު ފަރާތަށް ޙިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެފައިނުވާކަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅުމަކީ ރަނގަޅު ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، އަލުން ބެލުމަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރަކީ ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމަށް ނެރެދޭ އަމުރެވެ؛ އަދި (ށ) ގެ 2 ގެ ދަށުން ވަކި ކަމެއް ނުކުރުމަށް އަންގައި ވަގުތީ އަމުރު ނެރެދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18-19)
- ކޯޓަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން (މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން) ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރު ނެރެދެވޭނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން، މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް (urgent matter) ކަމަށްވުން، ނުވަތަ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް (in the interests of justice) ކަމަށްވުމުންނެވެ (2022/HC-A/352). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ފާޅުކަންބޮޑު ގޮތެއްގައި އޮތުމަކީ ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައެޅި ތިން ޝަރުޠުގެ ތެރެއިން އެކެވެ؛ މި ޝަރުޠު ފުރިހަމަވޭތޯ ބަލަނީ ޙަޤީޤަތްތަކުގެ ފުނަށް ނުފީނައި، މައްސަލައިގެ ވާޤިޢާތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް މަތިމަތިން ބަލައިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28)
- ކުއްޔަށް ދީފައިވާ ބިމާއި އިންވެގެން އޮންނަ ބީޗާއި ބީޗް ސަރަޙައްދު ބޭނުންކުރުމުގެ ޙައްޤު އެއްބަސްވުމުން ލިބިދޭކަން މަތިމަތިން ބެލުމުން ފެންނަނަމަ، އަދި ސަރުކާރުގެ އުޞޫލުގައިވާ ގްރީން އޭރިއާގެ ޝަރުޠަށް ބިނާކޮށް ހުށަހެޅުމެއް ކުރެވިފައިވާނަމަ، ޙިމާޔަތްކުރަންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވާކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-30)
- ފުރަތަމަ ޝަރުޠު ފުރިހަމަނުވާކަމަށް ދަށުކޯޓުން ކުށުން ކަނޑައަޅައި އެހެން ޝަރުޠުތަކަށް ބަލާފައިނުވާނަމަ، އެ ކަނޑައެޅުން ބާޠިލުކޮށް، ދެންހުރި ޝަރުޠުތައް ފުރިހަމަވޭތޯ ބަލައި އަލުން ގޮތެއް ނިންމުމަށް މައްސަލަ ދަށުކޯޓަށް ފޮނުވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
1މިއީ، މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލީ، ޢަބްދުލްއަޢުލާ ޢަލީ ޚަލީލު ގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2024/HC-A/220 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ އަތޮޅު ގުޅީ ކައުންސިލްގެ އިދާރާއެވެ. ކަންހިނގި ގޮތް:
2ކ. ގުޅީގައި ޓޫރިސ ގެސްޓް ހައުސްއެއް ތަރައްޤީކުރުމަށްޓަކައި 13650 އަކަފޫޓްބިން 50 އަހަރަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން ޢަބްދުލއަޢުލް ޢަލީ ޚަލީލް އާއި ޓުއަރިޒަމް މިނިސްޓްރީ އާ ދެމެދު 30 އޮކްޓޫބަރު 2018 ގައި އެއްބަސްވުމެއް ވެފައިވެއެވެ. ބުނެވުނު އެއްބަސްވުމް ގެ ދަށުން ޢަބްދުލްއަޢުލާ ޢަލީ ޚަލީލް އަށް ކިއު ޔަށް ދޫކުރެވިފައިވާ ބިމުގައި ޢިމާރާތްކޮށް ގެސްޓް ހައުސްއެއް އޮޕަރޭޓް ކުރަމުން ދެއެވެ.
3އެ ގެސްޓްހައުސްގެ މޫދާވީ ފަޅިނ ގެސްޓް ހައުސް އިމުން 3 ފޫޓު ދޫކޮށް މާލެ އަތޮޅު ގުޅީ ކައުންސިލުން ގެސްޓު ހައުސްގެ ގެސްޓުންނަށް އުނދަގޫވާގޮތަށް އަދި ވިޔަފާރިއަށް ދަތިވާގޮތަށް ފެންސު ޖެހުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ބަޔާންކޮށް އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް މާލެ އަތޮޅު ގުޅީ ކައުންސިލުގެ މައްޗަށް އަމުރުކޮށްދިނުން އެދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ވަގުތީ އަމުރަކަށް މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގައި އެދުނެވެ.
4މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔާއިން އެ ވަގުތީ އަމުރާމެދު ގޮތެއް ނިންމައި އެ ކޯޓުން ނިންމީ، އެ މައްސަލައިގައި ވަގުތީ އަމުރު ނެރެންޖެހޭ ޙާލަތެއް އައިޑީ“AMENDED AND RESTATED AGREEMENT TO THE LEASE OF THE PLOT OF LAND IN GULHI KAAFU ATOLL, REPUBLIC OF MALDIVES FOR THE DEVELOPMENT, OPERATION AND MANAGEMENT OF TOURIST GUEST HOUSE” ART 1,2i. ނެތްކަމަށް ކަނޑައަޅައި، ޢަބްދުލްއަޢުލާ ޢަލީ ޚަލީލުގެ ފަރާތުން އެދިފައިވާ ގޮތަށް އެ ވަގުތީ އަމުރު ނެރެދެވެން ނެތްކަމުގައެވެ.
5މި ޤަޟިއްޔާގައި އިސްތިއުނާފަށް ހުށަހެޅިފައި މިވަނީ އިސްވެ ބުނެވުނު ވަގުތީ އަމުރު ނެރެވެން ނެތްކަމަށް އެ ކޯޓުން ނިންމި ޤަޟިއްޔާއެވެ. އިސްތިއުނާފީ ނުކުތާތައް:
6އިސްވެ ބުނެވުނު ވަގުތީ އަމުރު ނެރެވެން ނެތްކަމަށް މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔާ ގައި ނިނމިނިން މުން އިސްތިއުނާފުކުރުމަށް އެދި ޢަބްދުލްއަޢުލާ ޢަލީ ޚަލީލގު ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާއެވެ.
1.6 އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ވަގުތީ އަމުރު މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެގެންވާކަމަ ށ ބެލެވެންނެތް ކަމަށް ނިންމައި، ވަގުތީ އަމުރު ނެރެދީފައި ނުވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށދިނުމަށ ބިން ކ ނ ޑައެޅުމާބެހޭ އުޞޫލަށް 1ވަނަ އިޞްލާޙު ގެނައުމުގެ އުޞޫލުގެ 4 ވަނަ މާއްދާގެ (ރ) އާއި (ބ) އާ ޚިލާފަ ށ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ ގުޅިގެން މައްސަލައިގެ ހިމެނޭ ދެ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާޞާ: އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަ:
7އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ބުނެފައިވަނީ، އިސްތިއުނާކުރާ ފަރާތާއި މިނިސްޓްރީ އޮފް ޓޫރިޒަމް ދެމެދާ ވެފައިވާ އެއްބަސްވުމގު 2 ވަނަ މާއްދާގެ ރޯމަން 2 އަށް ބަލާއިރު މާލެ އަތޮޅު ގުޅީ ކައުންސިލުން ފެންސ ޖެހުމަށް މަސައްކަތްކުރާ ބިމަކީ ޓޫރިޒަމް ޒޯނުގެ ބިމެއްކަން އެނގޭ ކަމަށެވެ.
8އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށްދިނުމަށް ބިން ކަނޑައެޅުމާބެހޭ އުޞޫލު ގެ 4 ވަނަ މާއްދާގެ (ނ) ގައި އ މާއްދާގެ (ރ) އަށް ބަލާއިރު ޓޫރިޒަމް ބޭނުމަށް ކަނޑައަޅާފައިވާ ބިމާއި އާ ނޫން ބިންތަކާއި ދެމެދު 5 މީޓަރުގެ ގްރީން އޭރިއާ އެއް އޮންނަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ޕްރިމިއަރ ބީޗް ހިންގާ ބިމަކީ ރަށުގެ އެއްކޮޅުގައި ރަށުގެ އާބާދީއާ ވަކިން އޮންނަ ތަނެއް ކަމަށްވާއިރު އެ ސަރައްޙއްދަކަ ގެސްޓްހައުސްގެ ބޭނުމަށް ތަޙައްޞު ސްކުރެވޭނެ ތަނެއް ކަމަށް ބުނުމާއެކު، އެ ޙިމާޔަތް ލިބިގެންދަނީ 5 މީޓަރުގެ ގްރީން އޭރިއާ އކަށްވުރެ ވެސް ބޮޑުކޮށް ކަމަށެވެ.
9އިސްތިއުނާފުކުރ ފަރާތުން ހިންގާ ގެސްޓް ހައުސް ހިންގާ ބިމާއި ކައުންސިލނު މަސައްކަތެއް ކުރް އެހެނ ބިމަކާ ދެމެދު 5 މީޓަރުގެ ގްރީން އޭރިއާއެއް ނުބަހައްޓައި ރަށު ކައުންސިލުގެ ފަރާތުން އެ ގެސްޓްހައުސްގެ ވަށައި 3 ފޫޓުގެ އިމެއް ދޫކުރުމަށްފަހު ފެންސް ޖަހަމުން ދާ ދިއުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް އަދި ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގންވާތެ ކަމަށާއި، އެހެންނަމަވެސް ދަށުކޯޓުން މިމައްސަލައިގައި ވަގުތީ އަމުރެއް ނެރެދީފައި ނުވަނީ އިސްވެބުނވުނެ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ.
10އިސްތިއުނާފކުރު ފަރާތުން މި އިސްތިއުނާފުގައި އެދިފައިވަނީ؛ "މި މައްސަލައިގައި މާ ލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔާއިން ވަގުތީ އަމުރު ނެރެނުދޭން ނިންމި ނިންމުން ބާޠިލުކޮށް، މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާގެ ފަރާތުން ޕްރިމިއަރ ބީޗް ހޮޓެލް އެންޑް ރެސްޓޯރަންޓްގެ އަތިރި މައްޗާއި ވީ ފަޅިން ފެންސު ޖަހަމންދާ މައްސަލައިގައި މައުޟޫޢީ ގޮތުން މައްސަލު ހުށަހަޅާ އެއާމެދު ވަކި ގޮތެއް ނިންމުމުގެ ކުރިން، އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތުގެ ގެސްޓްހައުސްގެ ކުރިމަތީގައި ފެންސު ޖަހައިފިނަމ އިސްތިއުނާފުކުރަ ފަރާތަށް އިޢާދަނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އޮތަތީ އާއި މިވަގުތު ކައުންސިލްގެ ފަރާތުން ފެންސު ނުޖެހުމުގެ ސަބަބުން ކައުންސިލަށް ލިބޭނެ ގެއްލުމަށްވުރެން ފެންސު ޖެހުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިދާނެ ގެއްލުން ބޮޑުކަމަށް ފެންނާތީ، މި ދަޢުވާ މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަޑައެޅުމުގެ ކުރިން ފެންސު ޖެހުމާ ގުޅޭގޮތުން މާލެއަތޮޅު ގުޅީ ކައުންސިލުގެ ފަރާތުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމަށް އިސްތިއުނާފުރައްދުވ ފަރާތުގާ މައްޗަށް އަންގައި އަމުރުކޮށް، މި މައްސަލައިގެ މައުޟޫޢީ ދަޢުވާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ދަޢުވާކުރާ ފަރާތަށް އަންގައި އަމުރުކުރަމެވެ." މިފަދައިންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ:
11އިސްތިއުނާފުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ މައުޟޫޢީ ދަޢުވާއެއް ނެތި ވަގުތީ އަމުރެއް ނެރދިނުމަށ އެދް ހުށަހަޅާފައިވެ މައްސަލައެއް ކަމަށާއި، މައުޟޫޢީ ދަޢުވާއެއް ނެތި ވަގުތީ އަމުރެއް ނެރދިނުމަށެ އެދް ހުށަހަޅާ މައްސަލައެއްގައި ވަގުތީ އަމުރު ނެރުމުގައި ފުރިހަމަ ވާންޖެހޭނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި ބުނާ ދެ ޝަރުޠު ކަމަށާއި ނަމަވެސް ވަގުތީ އަމުރު ނެރެދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ތަޠުބީޤުކުރުމަށް އެދި ހުށަހަޅާފައިވާ ޤާނޫނީ އުޞޫލަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލުތައްކަމަށާއި އެ އުޞޫލުތަކަކީ މައުޟޫޢީ ދަޢުވާއެއް ހުށަހެޅިފައި އޮންނަ ޙާލަތުގައު ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭ ޝަރުޠުތައް ކަމަށް ވާތީ އެ އުޞޫލުތައް މި މައްސަލައަށް ޠަތުބީޤުކުރެވޭނެ ހަމައެއް އޮތްކަމަށް ނުދެކޭކަމަށެވެ.
12އިސްތިއުނާފުކުރި ފަރާތުން އެދުނު ވަގުތީ އަމުރު ނެރެދީފައި ނުވަނީ ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 އަދި ސަބަބެއްވެސް ބުނެދެވިފައި ނުވާތީކަމަށާއި، އަދި އިންސާފު ޤާއިމުކުރުމަށްޓަކައި މިއަމުރު ކޮންމެހެން ނެރެދެންޖެހޭ ސަބަބަކީ ކޮބައިކަންވެސް ބުނެދެވިފައި ނުވާކަމަށެވެ.
13އިސްތިއުނާފުރައްދުވާ ފަރާތުން މި އިސްތިއުނާފުގައި އެދިފައިވަނީ، މާ ލެއަތޮޅ ގުޅު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނަ ކަންކަން:
14މާ ލެއަތޮޅ ގުޅު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުލްއަޢުލާ ޢަލީ ޚަލީލުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފަކީ، ޢަބްދުލްއަޢުލާ ޢަލީ ޚަލީލް އާއި ޓުއަރިޒަމް މިނިސްޓްރީ އާ ދެމެދު 30 އޮކްޓޫބަރު 2018 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޢަބދުލްއަޢުލާ ޢަލީ ޚަލީލް އަށް ކުއްޔަށް ދޫކުރެވިފައިވާ ބިމުގައި ޢިމާރާތްކޮށް ހިންގަމުންދާ ގެސްޓް ހައުސްގެ މޫދާވީ ފަޅިނ ގެސްޓް ހައުސް އިމުން 3 ފޫޓު ދޫކޮށް ފެންސެއް ޖެހުމުގެ މސަ އަކަތް މާލެ އަތޮޅު ގުޅީ ކައުންސިލުން ކުރަމުން ގެންދާތީ އެމަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރަކަށް އެދި މާލެ އަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓަ ށ ހުށަހެޅުމުން އެ އަމުރު ނެރެދީފައި ނުވާތީ ހުށަހެޅިފައިވާ އިސްތިއުނާފެކެވެ.
15ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ "ވަގުތީ އަމުރަށް އެދޭ ފޯމު" (ފޯމު 32) އނި ޢަބްދުލްއަޢުލާ ޢަލީ ޚަލީލުގެ ފަރާތުން އެ ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި އެދިފައިވަނީ އަންނނަ ވި ފަދައިންނެވެ. "އިސްވެދެންވުނ ކަންކަނު އެގޮތުގައި ހުރުމުން، މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާގެ ފަރާތުން ޕްރިމިއަރ ބީޗް ހޮޓެލް އެންޑް ރެސްޓޯރަންޓްގެ އަތިރި މައްޗާއި ވީ ފަޅިން ފެންސު ޖަހަމުންދާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި " ވަގުތީ އަމުރަށް އެދޭ ފޯމު" ގެ ވަގުތީ އަމުރު އޮންނަންވީގޮތް" މައުޟޫޢީގޮތުން މައްސަލަ ހުށަހަޅާ އެއާމެދު ވަކި ގޮތެއް ނިންމުމުގެ ކުރިން، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ ފަރާތުން ދަޢުވާކުރާ ފަރާތުގެ ގެސްޓްހައުސްގެ ކުރިމަތީގައި ފެންސު ޖަހައިފިނަމަ ދަޢުވާކުރާ ފަރާތަށް އިޢާދަނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ފެންނަން އޮތަތީ އާއި މިވަގުތު ކައުންސިލްގެ ފަރާތުން ފެންސު ނުޖެހުމުގެ ސަބަބުން ކައުންސިލަށް ލިބޭނެ ގެއްލުމަށް ވުރެން ފެންސު ޖެހުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް ލިބިދާނެ ގެއްލުން ބޮޑުކަމަށް ފެންނާތީ، މި ދަޢުވާ މައުޟޫޢީ ގޮތުން ބަލައި ގޮތެއް ކަޑައެޅުމުގެ ކުރިން ފެންސު ޖެހުމާ ގުޅޭގޮތުން މާލެއަތޮޅު ގުޅީ ކައުންސިލުގެ ފަރާތުން ކުރަމުންދާ އެންމެހައި މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމަށް ދަޢުވާލިބޭ ފަރާތުގެ މައްޗަށް އަންގައި އަމުރުކޮށް، މި މައްސަލައިގެ މައުޟޫޢީ ދަޢުވާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ދަޢުވާކުރާ ފަރާތަށް އަންގައި މައްސަލަ ނިންމީއެވެ ."
16ވަގުތީ އަމުރު ނެރެދޭތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ ވަގުތީ އަމުރާ ގުޅޭ އަޞްލު މައުޟޫޢީ މައްސަލަ ހުށަހަޅާނެ ކަމަށް، ބަޔާންކޮށް އެދުނު އެ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް މާލެއަތޮޅު ގުޅާ މެޖިސްޓްރޭޓް ކޯޓު ން ނިންމީ، ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޝަރުޠުތައް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާ ގައި ބަޔާންކުރާ އެއް ޝަރުޠު ކަމަށްވާ ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެފައި ނުވާތީއެވެ.
17މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ހުށަހެޅުމަކީ، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރަކަށް އެދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ވަގުތީ އަމުރެއް ނެދެދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
18ޕްރިސިޑެންސް 1ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު ނެރުމާއި ގުޅޭ އިޖުރާއަތު ބަޔާން ކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ބާވީސް ވަނަ ބާބު ގައެވެ. އެ ބާބުގެ ބޭނުމަށްޓަކައި " ވަގުތީ އަމުރު" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔގާ ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓުގެ 13 ވަނަ ނަންބަރު ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ ވަގުތީ ފަރުވާގެ އަމަ ރ ކަމަށު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެއެވެ.
19ވަގުތީ އަމުރު ގެ ގޮތުގައި ކޯޓަށް ނެރެދެވިދނ ބާވަތުގެ އަމުރުތައާ ބަޔާންކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގައެވެ. މި މައްސަލައިގައި އިސްތިއުނާފުކުރ ފަރާތުން އެދިފައިވަނާ މި މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ "ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް" ނެރެދިނުމަށެވެ.
20ޕްރިސިޑެންސް 2ކޯ ޓަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އެޅުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެދޭންވާނީ ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ވާނަމަ ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ. ކޓޯ ށ ހުށަހެޅް ދާނެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އެޅުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެދެވޭނީ (1) މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއް (matter urgent) ކަމަށްވުން ނުވަތަ(2) އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވުން (justice of stseinter the in) ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/352 ޤަޟިއްޔާގައި ވެސް ފާހަގަކޮށްފައިވެއެވެ.
21ބުނެވުނުޤާނޫނީ ހަމަތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މިއީ، ކޯޓަށް ހުށަހެޅިދާނެ ދަޢުވާ އަކާއި ގުޅިގެން ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އަޅައިދިނުމުގ ގޮތުނެ ހުށަހަޅާފައިވް ހުށަހެޅުމެއްކަން ވަގުތީ އަމުރަށް އެދި މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމުން އެނގެން އތުމުގޮ އިތުރުން، ވަގުތީ އަމުރާ ގުޅޭ މައުޟޫޢީ މައްސަލަ ހުށަހަޅާނެ މުއްދަތު އެ ހުށަހެޅުމުގައި ބަޔާންކުރެއެވެ.
22ވަގުތީ އަމުރަށް އެދިފައިވަނީ ޢަބްދުލްއަޢުލާ ޢަލީ ޚަލީލް އާއި ޓުއަރިޒަމް މިނިސްޓްރީ އާ ދެމެދު 30 އޮކްޓޫބަރު 2018 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޢަބްދުލްއަޢުލާ ޢަލީ ޚަލީލް އަށް ކުއްޔަށް ދޫކުރެވިފައިވާ ބިމުގައި ޢިމާރާތްކޮށް ހިންގަމުންދާ ގެސްޓްހައުސްގެ މޫދާވީ ފަޅިނ ގެސްޓް ހައުސް އިމުން 3 ފޫޓު ދޫކޮށް ފެންސެއް ޖެހުމުގެ މސަ އަކަތް މާލެ އަތޮޅު ގުޅީ ކައުންސިލުން ކުރަމުން ގެންދާކަމަށް ބުނެ އެކަން ހުއްޓުވުމުގެ އަމުރަކަށެވެ. އެވަގުތީ އަމުރު ނެރެދިނުމަށް ބާރުދޭ ހެކިތއަ އެ ހުށަހެޅުމާއެކު ހުށަހަޅައިފައިވާއިރު، ގެސްޓްހައުސްގެ ކުރިމަތިން 3 ފޫޓް ދޫކޮށް ފެންސް ޖެހުމުގެ މަސައްކަތް ކުރާކަން އެނގޭނެ ފޮޓޯ ސެޓެއް ހުށަހެޅިފައިވެއެވެ. ފެންސް ޖެހުމުގެ މަސައްކަތް ނުހުއްޓުވައފިނަމަ އެފަރާތަށް ލިބޭނި ގެއްލުމާއި އެކަމަށް ބާރުދނެ ލިޔުންތައް ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމާއެކު ހުށަހަޅާފައިވެއެވެ.
23އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތުނި އެދުނު ވަގުތީ އަމުރާ ގުޅިގެން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ފުރިހަމަ ވާންޖެހޭ އިޖުރާއަތުތައް ފުރިހަމަވެފައިވާ ކަން އިސްތިއުނާފު ކުރެވިފައިމިވާ މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔާގއަ ޝަރީޢަތުން ވެސް ފާހަގަކޮށްފައިވެއެވެ.
24ނަމަވެސް، އެދިފައިވާ ވަގުތީ އަމުރު އެ ކޯޓުން ނެރދީފައިނުވަނެ ވަގުތީ އަމުރަށް އެދުނު ފަރާތަށް ޤާނޫނާ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެފައި ނުވާކަމަށް ބަޔާންކޮށެވެ. އެކަން އިސްތިއުނާފު ކުރެވިފައިމިވާ ނިންމުމުގެ 13 ވަނަ ޕެރެގްރާފުން އެނގެއެވެ.
25އެގޮތުން، އެ ނިންމުމުގެ 10 ވަނަ ނުކުތާއާއި 11 ވަނަ ނުކުތާއާ ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތގު ޙިމާޔަތްކުރާންޖެހޭ މައުޟޫޢީ ޙައްޤެއް ނެތްކަމށަ ކަނޑައަޅާފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އިސްތިއުނާފުކުރާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގައި ބަޔާންކުރާ މާއްދާތަކަކާއި ޙަވާލާދީފައި ވީނަމަވެސް، އެފަދަ އެއްބަސްވުމެއް ޝަރީޢަތަށް ހުށަހަޅާފައި ނުވުމާއި އަދި ގެސްޓްހައުސްގެ ކުރިމަތީގައިވާ ބީޗކަ ވަކި ފަރާތުގެ ބޭނުމަކަށް ތަޙައްޞުސް ކުރެވިދާނެ ތަނެއް ނޫން ކަމާއި އެތަން ބޭނުންކުރުން އެންމެނަށ ވެސް ހުއްދަކުރެވިގެންވާކަމަށް ބަޔާންކޮށް އެކަމުގެ މައްޗަށެވެ.
26ޙިމާޔަތްކުރަންޖެހޭ މައުޟޫއީ ޙައްޤެއްނެތަތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިން، ޙިމާޔަތްކުރަންޖެހޭ މައުޟޫއީ ޙައްޤެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައި ނުވާތީ، ބުނެވިދިޔަ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެހެން ޝަރުޠުތަށް ފުރިހަމަވޭތޯ އެހިނދަށް ބަލަން ނުޖެހޭކަމަށް އިސްތިއުނާފު ކުރެވިފައިމިވާ ނިންމުމުގެ 13 ވަނަ ޕެރެގްރާފުގައި ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ. މައުޟޫޢީ ޙައްޤު:
27ޕްރިސިޑެންސް 3ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުމަކީ، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވާންޖެހޭނެ ތިން ޝަރުޠުގެ ތެރެއިން އެއް ޝަރުޠުކަމުގައި ސުޕްރީމް ކޯޓުގެ ނެކްސްބިޒް ޤަޟިއްޔާ ގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އަމުރަށް އެދޭ ފަރާތަށް ލިބިފައިވުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތްކަން، މައްސަލައިގެ ޙަޤީޤަތްކަތުގެ މައްޗަށް ނުފީނައި މައްސަލައިގެ ވާޤިޢާތަކުން އެކަން ސާފުވާން ޖެހެއެވެ.
28ޕްރިސިޑެންސް 4މި މައްސަލައިގެ އިސްތިއުނާފަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ޙަވާދޭ މިނިސްޓްރީ އޮފް ޓޫރިޒަމާއ އިސްތިއުނާފުކުރި ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުން ޝަރީޢަތަށް ހުށަހަޅާފައި ވެއެވެ. އެ އެއްބަސްވުމަށް މަތިމަތިން ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ހިންގާ ގެސްޓް ހައުސްއާއި އިންވެގެން އޮންނަ ބީޗާއ އަދި ބީޗް ސަރަޙައްދު ބޭނުންކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބެއެވެ.
29ޙަވާލާދޭ އެއްބަސްވުމުގެ ދަށުން، އިސްތިއުނާފުކުރާ ފަރާތުން ކ. ގުޅީގައި ގެސްޓްހައުސްއެއް ހިންގަމުން ގެންދެއެވެ. އެކަމަށް މައްސަލައިގެ ޚަޞްމުންގެ މެދުގައި ޚިލާފެއް ނެތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
30އިސްތިއުނާފުކުރާ ޢަބްދުލްއަޢުލާ ޢަލީ ޚަލީލްގެ ފަރާތުން ވަގުތީ އަމުރަށް އެދިފައިވަނީ ޢަބްދުލްއަޢުލާ ޢަލީ ޚަލީލް އާއި ޓުއަރިޒަމް މިނިސްޓްރީ އާ ދެމެދު 30 އޮކްޓޫބަރު 2018 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޢަބދުލްއަޢުލާ ޢަލީ ޚަލީލް އަށް ކުއްޔަށް ދޫކުރެވިފައިވާ ބިމުގައި ޢިމާރާތްކޮށް ހިންގަމުންދާ ގެސްޓް ހައުސްގެ މޫދާވީ ފަޅިނ ގެސްޓް ހައުސް އިމުން 3 ފޫޓު ދޫކޮށް ފެންސެއް ޖެހުމުގެ މަސައްކަތް މާލެ އަތޮޅު ގުޅީ ކައުންސިލުން މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ކަމަށް ވާއިރު، އެފަރާތުގެ އެ ހުށަހެޅުން ބިނާކޮށްފައިވަނީ، ޓރިޒަމޫ މިނިސްޓްރީއާ އެފަރާތ ދެމެދާ ވެފައވި އެއްބަސްވުމުގެ 2 ވަނަ މާއްދާއަށް ބަލާއިރު ފެންސްޖެހުމަށ މަސައްކަތް ކުރް އެބިމަކީ ޓޫރިޒަމް ޒޯނުގެ ބިމެއް ކަމަށްބުނެ ފާހަގަކުރާ އަސާސްއާއަ އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށްދިނުމަށް ބިން ކަނޑއެޅުމާބެހަ އުޞޫލު ގައި، ޓޫރިޒަމް ބޭނުމަށް ކަނޑައަޅާފައިވާ ބިމާއި އެނޫން ބިންތަކާއި ދެމެދު 5 މީޓަރުގެ ގްރީން އޭރިއާއެއ އޮންނަން ވާނެކަމަށް ބަޔާންކުރާ އަސާސްގެ މައްޗަށް ބިނާކޮށެވެ. ވުމާއެކު ވަގުތީ އަމުރަށް އެދުނު ފަރާތަށް ޤާނޫނީ ގޮތުނާ ޙިމާޔަތް ލިބެންޖެހި މައުޟޫޢީ ޙައްޤެއް ގާއިމު ވެގެންދާކަނ ފާޅުކޮށް އެނގެއެވެ. ނިންމަން ފެންނަގޮތް:
31ޕްރިސިޑެންސް 5އެހެންކަމުން، މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-H11C-CIV-26 ޤަޟިއްޔާގައި ވަގުތީ އަމުރަށް އެދުނު ފަރާތަށް ޤާނޫނާ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެފައި ނުވާކަމަށް ކަނޑައަޅާފައިވާ ކަނޑއެޅުނަ ބާޠިލުކޮށް، ވަގުތީ އަމުރަށް އެދުނު ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔތަ ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެނ ވާކަމަށް ކަނޑައަޅައި، ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ރޯމަން 5 ކަމަށް ބަޔާންކޮށް އެމާއްދާ އެހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށްދިނުމަށް ބިން ކަނޑައެޅުމާބެހޭ އުޞޫލުގެ 1 ވަނަ އިސްލާޙުގެ 4 ވަނަ މާއްދާގެ (ރ) ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވަ ޝަރުޠުތަކގު ތެރެއިން ދެންހުރި ޝަރުޠުތައް ފުރިހަމަވޭތޯ ބަލައި، މި އަމުރާމެދު އަލުން ގޮތެއް ނިންމުމަށް، މިމައްސަލަ މާލެއަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް މައްސަލަ ނިންމަން ފެނެއެވެ. އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު:
32މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް ތާއިދުކުރަމެވެ.
33މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔަށް ތާއިދުކުރަމެވެ. އިސްތިއުނާފު ކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:
34މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތރީޚުނާ ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތަރީޚެވެ. އެހެން ނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު ) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 2
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ށ)
- މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށްދިނުމަށް ބިން ކަނޑައެޅުމާބެހޭ އުޞޫލު (1 ވަނަ އިޞްލާޙު) ގެ 4 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓު 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ހައިކޯޓު 2022/HC-A/352
- ބެންޗު
- މުޙައްމަދު ސަލީމް، ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް