ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/303
ކަމީލު އިބްރާހީމް ދީދީ ވ. ފެންޓަސީ ޕްރައިވެޓް ލިމިޓެޑް، 2021/HC-A/303
Kameelu Ibrahim Didi v. Fentasee Private Limited 2021/HC-A/303 (2021/HC-A/303, High Court of the Maldives, 8 December 2025)
ކަމީލު އިބްރާހީމް ދީދީ ވ. ފެންޓަސީ ޕްރައިވެޓް ލިމިޓެޑް
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމަށްފަހު ހުށަހެޅި، އިޞްލާޙުގެ ކުރިން ވަޒީފާ އަދާކުރި މުއްދަތުގެ އުޖޫރައާ ގުޅޭ ޝަކުވާއެއް، ޝަކުވާ ހުށަހެޅި ފަރާތަކީ ހިންގުމުގެ އިސް މަޤާމެއްގައި ހުރި ފަރާތެއްކަމަށް ބަލައި ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ޓްރައިބިއުނަލުން ނިންމުން ރަނގަޅުތޯ.
ނިންމި ގޮތް
ޓްރައިބިއުނަލުގެ އިޚްތިޞާޞް ނެތްކަމަށް ނިންމި ނިންމުން ބާޠިލު، ޓްރައިބިއުނަލަށް ތަޙްވީލުކުރި
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 22/2020 (ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު) ގެ ދަށުން 34 ވަނަ މާއްދާ އިޞްލާޙުކުރެވުމާއެކު، 22 ސެޕްޓެންބަރު 2020 އިން ފެށިގެން ހިންގުމުގެ އިސް މަޤާމުގައި ތިބޭ މީހުންގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދީފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 25)
- އިޖުރާއީ ޤާނޫނުތަކަކީ އެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޢަމަލުކުރަން ފެށުމާއެކު ތަޠުބީޤުވާ ޤާނޫނުތަކެކެވެ؛ މަދަނީ ޤާނޫނުތައް މާޒީއަށް ނުހިންގުމުގެ މަބްދައު ތަޠުބީޤުކުރާއިރުވެސް، ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އޮތްތޯ ކަނޑައަޅާނީ (މައްސަލަ ހުށަހަޅާ) ވަގުތު ޢަމަލުކުރަމުންދާ ޤާނޫނުގެ އަލީގައެވެ. ޤާނޫނުގައި ސަރީޙަ ބަހުން އެހެން ގޮތެއް ބަޔާންނުކުރާހާ ހިނދަކު، މައްސަލައިގެ ހާދިސާ ހިނގި ތާރީޚަކީ އިޚްތިޞާޞް ކަނޑައެޅުމަށް އަސަރުކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21–22)
- އުޖޫރައާ ގުޅޭ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާތީ (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ))، 6 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށިފަހުން ހުށަހަޅާ އެފަދަ ޝަކުވާއެއް ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންވެއެވެ؛ ޝަކުވާ ހުށަހެޅި ފަރާތަކީ ހިންގުމުގެ އިސް މަޤާމެއްގައި ހުރި ފަރާތެއްކަމުގައި ވިޔަސް ނުވިޔަސްމެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26–27)
- އިޞްލާޙުގެ ކުރިން ޤާނޫނުގައި އޮތް ގޮތަށް ރިޢާޔަތްކޮށް، 6 ވަނަ އިޞްލާޙަށްފަހު ހުށަހެޅި މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ނިންމުމަކީ ސުޕްރީމް ކޯޓުގެ ސާބިތު ޤަޟިއްޔާތަކުގައި އިޚްތިޞާޞް ކަނޑައެޅުމާ ބެހޭ އުޞޫލާ ޚިލާފު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް އެދި މާލެ […] ކަމީލު އިބްރާހީމްދީދީ (މީގެ ފަހުން "ކަމީލު އިބްރާހީމްދީދީ" ނުވަތަ "އިސްތިއުނާފުކުރީ ފަރާތް" ކަމަށް ބަޔާންކުރާ)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފެންޓަސީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ފެންޓަސީ ޕްރައިވެޓް ލިމިޓެޑް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް ބަޔާންކުރާ ) އެވެ. ކަން ހިނގާފައިވާގޮތް:
227 ފެބްރުވަރީ 2019 އިން ފެށިގެން 01 (އެކެއް) އަހަރުގެ މުއްދަށް ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގައި ފްލޯރ މެނޭޖަރެއްގެ ވަޒީފާ އަދކުރުމާ ގުޅާ ގޮތުނ ކަމީލު އިބްރާހީމްދީދީއާ ފެންޓަސީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 03 މާރިޗު 2019 ގައި 'LETTER OF APPOINTMENT / JOB DESCRIPTION' މިނަމުގައި އެއްބަސްވުމެއްވިއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ކަމީލު އިބްރާހީމްދީދީ ވަޒީފާ އަދާކުރަންޖެހެނީ ފެންޓަސީ ސްޓޯރގައެވެ.
3އެ އެއްބަސްވުމުގެ ދަށުން ކަމީލު އިބްރާހީމްދީދީ ވަޒީފާ އަދާކުރަން ޖެހެނީ ހަފުތާއަކު 48 ގައި އިރު ނަމަވެސް، ހުކުރު ދުވަސް ހިމެނޭ ގޮތުން ރަސްމީ ބަންދު ދުވަސް ތަކުގައި ކަމީލު އިބްރާހީމްދީދީ މަސައްކަތް ކޮށްފައިވާ ކަމަށާއި، ވަޒީފާއާ އަދާކޮށްފައިވާ މުއްދަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 38 ވަނަ މާއްދާ އަދި 37 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުޖޫރަ ލިބިފައި ނުވާތީ، ވަޒީފާގެ މުއްދަތުގައި މަސައްކަތް ކޮށްފައިވާ ދރއރަޖިސްޓަރީ ނަންބަރު 95/2005-C Letter of appointment /job description ގައި ހިމަނާފައިވާ ' employment contract' ގެ 3.3، 3.4 Letter of appointment /job description ގެ 2 ވަނަ ނަންބަރު ރަސްމީ ބަންދު ދުވަސްތަކަށާއި އިތުރު ގަޑި ތަކަށްވާ އުޖޫރައާއި ޢިނާޔަތް އެކީ އެއްފަހަރާ ދެއްކުމަށް ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި 25 ޖަނަވަރީ 2021 ގައި ކަމީލު އިބްރާހީމްދީދީގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
4އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލައިންނެވެ. ކަމީލު އިބްރާހީމްދީދީ އަކީ ކުންފުނީގެ ހިންގުމުގެ އިސްމަޤާމެއްގެ ހުރި ފަރާތެއް ކަމަށް ބުނެ، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނުކުތާ އާއި ޙަވާލާދީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާ ފަރާތެއް ކަމުގައި ކަނޑައަޅައިދިނުމަށާއި، އެ ސަބަބަށްޓަކައި އެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި ދިނުމަށެ ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމައްސަލައިގައ އިޖުރާއީ އިއުތިރާޒެއް ހުށަހެޅިއެވެ.
5އެ އިޖުރާއީ އިއުތިރާޒުގައި ފާހަގަކޮށްފައިވަނީ، ކަމީލު އިބްރާހީމްދީދީ އަދާކުރަމުން ދިޔައީ 'ފްލޯރ މެނޭޖަރ' މަޤާމު ކަމަށާއި އެ އެފަރާތުން ސީދާ ރިޕޯޓުކުރާނީ މެނޭޖަރ އަށާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ކަމަށާއި މި މަޤާމުގެ ދަށުން ކަމީލު އިބްރާހީމްދީދީގެ އެންމެހާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ލެޓަރ އޮފް އެޕޮއިންޓްމެންޓްގެ ޖަދުވަލު 1 ގެ ގޮތުގައި ހިމެނިފައިވާ 'ޖޮބް ޑިސްކްރިޕްޝަން' ގައި ބަޔާންކުރެވިފައިވާ ކަމަށާއި، މި ލިޔުންތަކަށާއި ކަމީލު އިބްރާހީމްދީދީގެ ފަރާތުން ސީދާ ރިޕޯޓު ކުރާ ފަރާތެއްގެ ގޮތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބަޔާންކޮށްފައި އޮތުމުންނާއި ކުންފުނީގެ އިދާރީ އޮނިގަނޑު އެކުލަވާލވިފެއިވ ގޮތުނާ ކަމީލު އިބްރާހީމްދީދީ އަކީ ކުންފުނީގެ ހިންގުމުގެ އިސްމަޤާމެއްގެ ހުރި ފަރާތެއްކަން އެނގެން އޮންނަކަމަށެވެ.
6ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އެ އިޖުރާއީ ނުކުތާއާ ގުޅިގެން އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި އިޖުރާއީ ނިންމުމުގައި އެ މައްސަލަ ބެލުމުގެ އިޚްތިޞާސް ލިބިގެނނުވ ކަމަށާ ކަނޑައަޅައް 26 އޮގަސްޓް 2021 ގައި އެ މައްސަލަ ނިންމާފައިވެއެވެ
7މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލައިގައިއިޖުރާއީ ގޮތުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ކަމީލު އިބްރާހީމްދީދީގެ ފަރާތުން ހުށަހެޅި މައްސަލައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިގޮތް:
8ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލައިގައި އިޖުރާއީ ގޮތުން ނިންމިގޮތުގައި ކަނޑައަޅާފައިވަނީ" ކަމީލް އިބްރާހީމްދީދީއަކީ ޤާނޫނު ނަންބަރު 2008/2 ( ވަޒީފާއާބެހޭ ޤާނޫނު) އަށް ޤާނޫނު ނަންބަރު 2008/14 (ޤާނޫނު ނަންބަރު 2008/2 ( ވަޒީފާއާބެހޭ ޤާނޫނު) އަށް 01 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިސްލާޙުތަކަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން، އެ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާކުރެވޭ މުވައްޒަފެއްކަމުގައި ބުރަވެވޭހިނދު، އިސްވެބަޔާންކޮށްފައިވާ ފަދައިން، "ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން" ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާވާނެކަން ޤާނޫނު ނަންބަރު 0802/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުއަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، 'ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން' އަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ލިބިދީފައިވަނީ އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ދަށުން އެ ޤާނޫނުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުޞޫލުތަކުގެ ދަށުން މީހަކަށް ލިބިދޭ ޙައްޤަކަށް އުނިކަމެއް ލިބޭ ޢަމަލެއް ހިންގައިފިނަމަ އެކަމުގެ ޝަކުވާކަމަށްވާއިރު، މި މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުޞޫލުތަކުގެ ދަށުން ލިބިދޭ ޙައްޤަކަށް އުނިކަމެއް ލިބުމުގެ ސަބަބުން، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ދަށުން ހުށަހަޅާފައިވާ މައްސަލައެއްކަމަށް ބުރަނުވެވޭތީ، ކަމީލު އިބްރާހިމްދީދ ހުށަހަޅާފައިވީ މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަމެވެ. " މިފަދައިންކަން އެނގެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު VTR/IJ/2021/25-200 'އިޖުރާއީގޮތުން ނިންމް ގޮތް' (21 އޮގަސްޓް 2021)
9މި ނިންމުމަށް ވާޞިލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.
1.9 ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަށްފަހު، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި، ބަޔާންކުރެވިފައިވާ ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން އެ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާވާނެކަމަށް ބަޔާންކޮށްފައިވާއިރު، 22 ސެޕްޓެންބަރު 2020 ގައި ޢަމަލުކުރަން ފެށުނު ވަޒީފާއާބެހޭ ޤާނނޫ ށ 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ގެނެވުނު އިޞްލާޙުތަކަށްފަހު ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް އިސްތިސްނާވަނީ އެ ޤާނޫނުގެ 32 ވަނަ މާއްދާއާއި، 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިންކަން އެނގެން އޮންނަކަމަށެވެ.
2.9 ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-E/05 ޤަޟިއްޔާއަށް ރިޢާޔަތްކުރާއިރު، އިސްވެ ބަޔާންކުރެވުނު ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ މައްސަލަތަކާއި ޚިލާފުތަކ ގުޅިގެނާ ހުށަހަޅް ޝަކުވާތަކުގައި ރިޢާޔަތްކުރަންވާނީ ވަޒީފާއާބެހޭ ޤާނނޫ ށ 6 ވަނަ އިޞްލާޙު ގެނައުމުގެ ކުރިން އެ ޤާނޫނުގައި އޮތްގޮތަށްކަމަށް ބުރަވެވޭކަމަށާއި، މި މައްސަލައަކީ ކަމލީ އިބްރާހީމްދީދީ 27 ފެބުރުވަރީ 2019 އިން 27 ފެބުރުވަރީ 2020 އަށް ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާއަދާކުރި މުއްދަތުގައި ރަސްމީ ބަންދު ދުވަސްތަކާއި އިތުރު ގަޑީގެ މަސައްކަތަށްވ ފައިސާ ހޯދުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެންއޮތަތީ، މި މައްސަލައިގައި ރިޢާޔަތްކުރަންވަނީ ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޤާނޫނުގައި ބަޔާންކޮށްފައި އޮތްގޮތަށް ކަމަށް ބުރަވެވޭކަމށެވެ.
3.9 ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ގެނެވުނު އިޞްލާޙަށްފަހު ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން އެ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއިން ފެށިގެންގޮސް 64 ވަނަ މާއްދާއާ ދެމެދުގައިވާ މާއްދާތަކަކީ 4 ވަނަ ބާބުގެ ދަށުން ތަރުތީބުވެފައިހުރި މާއްދާތަކެއްކަމާއި، އެ ބާބުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުމާގުޅޭ ބަޔާއި މަސައްކަތުގެ އަޚްލާޤު އަދި ވަޒީފާއިން ވަކިކުރުމާބެހޭ އުޞޫލުތަކާބެހޭ ބަޔާއި، މަސައްކަތްކުރާ ގަޑިއާގުޅޭ އުޞޫލުތަކާއި، ޙައްޤުވާ އެކިއެކި ޗުއްޓީތަކާއި އުޖޫރައާބެހޭ ޢާންމު އުޞޫލުތައް ހިމެނިގެންވާކަމަށް،
4.9 ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ގެނެވުނު އިޞްލާޙަށްފަހު ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ހިންގުމުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން އެ ޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއިން ފެށިގެން 64 ވަނަ މާއްދާއާ ދެމެދުގައިވާ މާއްދާތަކަކީ 4 ވަނަ ބާބުގެ ދަށުން ތަރުތީބުވެފައިހުރި މާއްދާތަކެއްކަމާއި، އެ ބާބުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުމާގުޅޭ ބަޔާއި މަސައްކަތުގެ އަޚްލާޤު އަދި ވަޒީފާއިން ވަކިކުރުމާބެހޭ އުޞޫލުތަކާބެހޭ ބަޔާއި މަސައްކަތްކުރާ ގަޑިއާގުޅޭ އުޞޫލުތަކާއި ޙައްޤުވާ އެކިއެކި ޗުއްޓީތަކާއި އުޖޫރައާބެހޭ އާންމު އުޞޫލުތައް ހިމެނިގެންވާކަމށަ،
5.9 ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާވާ މުވައްޒަފުންގެ ތެރޭގައި ހިންގުމުގެ އިސްމަޤާމުގައ ހިމެނި މުވައްޒަފުން ހިމެނިފައިވީނަމަވެސް ހިންގުމުގެ އިސްމަޤާމުގައި ތިބޭ މުވައްޒަފުންނަކީ ކޮބައިކަމާއި އަދި އެފަދަ މީހުން ދެނެގަންނާނީ ގޮތެ އެ ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމަށާއި، ވަޒީފާއާބެހޭ މިފަދަ ޤާނޫނުތަކުގެ ބޭނުމަށް ހިންގުމުގެ އިސްމަޤާމަކީ ކޮބައިކަން ދެނެގަތުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް ވ. އަޙްމަދު ނާޡިމް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު، ކަމީލ އިބްރާހީމް ދީދީއަށް ދީފައިވާ 'ޖޮބް ޑިސްކްރިޕްޝަން' ލިޔުމުގެ 23 ވަނަ ނުކުތާގައި "to day running of the outlets-carry out any other tasks in the day" މިފަދައިން ބަޔާންކޮށްފައިވާ ކަމަށާއި، ފެންޓަސީ ސްޓޯރއާއި ފެންޓަސީ އެކްސްޕްރެސް ހިންގުން ހަވާލުކޮށްފައިވަނީ ކަމީލު އިބްރާހީމދީދީއަށް ކަން އެނގޭކަމާއި، މީގެ އިތުރުން މި ފަރާތަށް ވެރިއެއްގެ ހައިސިއްޔަތުން އެހެން ޒިންމާތައްވެސް މަތިކުރެވިފައިވާކަން މި ލިޔުމަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި އެފަރާތަށް ދީފައިވާ ލެޓަރ އޮފް އެޕޮއިންޓްމަންޓ އާއް ޖޮބް ޑިސްކްރިޕްޝަންގައިވެސ އެފަރާތް ރިޕޯޓުކުރާނީ ސްޓޯރ މެނޭޖަރަށާއި މެނޭޖިންގ ޑިރެކްޓަރަށްކަން ބަޔާންކޮށްފައިވާއިރު، ކަމީލު އިބްރާހީމްދީދީ އަދާކުރަމުން ދިޔަ މަޤާމަކީ އިސްވެ ދެންނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް ވ. އަޙްމަދު ނާޡިމް ޤޟިއްޔާގައަ ހައިކޯޓުގެ ނަންބަރު 2015/HC-A/158 ޤަޟިއްޔާ ބަޔާންކޮށްފައިވާ ފަދަ ހިންގުމުގެ އިސް މަޤާމުތަކުގައި ހިމެނޭ އުންސުރުތައް ފުރިހަމަވާ މަޤާމެއްކަން އެނގެން އޮތްކަމަށް އެނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފީ ނުކުތާތައް:
10ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލައިގައި އިޖުރާއީގޮތުން ނިންމި ގޮތް އިސްތިއުނާފު ކުރުމަށް އެދި ކަމީލު އިބްރާހީމްދީދީގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.
1.10 ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލަ އިޖުރާއީ ގޮތުން ނިންމި ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގައި އަދާކުރަމުންދިޔަ މަޤާމަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް ޤާނޫނު ނަންބަރު 2008/14 (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 01 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިސްލާޙުތަކަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 05 ވަނަ ނަންބަރުގެ ދަށުން، އެ ޤާނޫނުގެ 04 ވަނަ ބާބުން އިސްތިސްނާކުރެވޭ މުވައްޒަފެއް ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް ވ. އަޙްމަދު ނާޡިމް ޤަޟިއްޔާގައި ހިންގުމުގެ އިސް މަޤާމަކީ ކޮބައިކަން ދެނެގަތުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި އުންޞުރުތައް މިމައްސަލައަށް ތަޠުބީޤުކުރެވޭ ކަމަށާއި، މައްސަލަ ބެލުމުގެ އިޙްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ކަނޑައަޅާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލގައު މައްސަލަ ކުރިއަށް ދިޔައިރު އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މުހިއްމު ބައެއް ނުކުތާތަކަށް ރިޢާޔަތްކުރުމެއް ނެތިކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
2.10 ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލަ ބެލުމުގައި އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ހޯދުމަށް ހައިކޯޓުގެ ނަންބަރު 2015/HC-A/158 ޤަޟިއްޔާ އެދުނު އައު ލިޔުންތަކާ ގުޅިގެން ޖަވާބުދާރީ ވުމަށް އިސްތިއުނާފުކުރާ ފަރާތަށް ފުރުޞަތު ދިނުމަކާ ނުލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަ:
11އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ؛
1.11 ކަމީލު އިބްރާހީމދީދީއަކް، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވނ މާއްދާގަ (ހ) ގ 5 ވަނަ މާއްދާގެ ބުނާ ފަދައިން ކުންފުނީގެ އިސް މަޤާމެއްގައި ހުރި ފަރާތެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނލަ ނ ނިންމުމުގައި،"ޖޮބް ޑިސްކްރިޕްޝަން" ގައި ބަޔާންކޮށްފައިވާ، ފްލޯރ މެނޭޖަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ފިހާރައިގެ ސޭލްސް ބެލެހެއްޓުމާ ސޭލްސް އޮފިސަރުންގެ މަސއްކަތުގަ ކަންކަން ބެލެހެއްޓުމާ ގުޅޭ އެޑްމިނިސްޓްރޭޓިވް ޓާސްކ ތަކަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާ ނުވާކަމަށެވެ. އެ "ޖޮބް ޑިސްކްރިޕްޝަން"ގައި ހިމެނި ކަންކަމުން، އިސްތިއުނާފުކުރާ ފަރާތަށް ވެރިއެއްގެ ހައިސިއްޔަތުން އެހެން ޒިންމާތައް މަތިކޮށްފައިވާ ކަމަށް ނިންމާފައިވާއިރު، "ވެރިއެއް" ގެ ހައިސިއްޔަތުން ކޮށްފައިވާ ކަންކަމަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާކަމަށެވެ.
2.11 ކުންފުނީގެ އިސްމަޤާމެއްގައި ހުރި ފަރާތެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުލުން ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް ވ. އަޙްމަދު ނާޡިމް ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި ބަޔާންކުރާ އުންސުރުތައް ފުރިހަމަ ވެފައިވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު އެޤަޟިއްޔާގެ ކަނޑައަޅާފައިވާ އުޞޫލުތަކާއި އުންސުރުތައް މި މައްސަލައިގައި ފުރިހަމަވާގޮތް ސާފުކޮށްދީފައި ނުވާކަމަށެވެ. އިސްތިއުނާފު ފޯމުގެ 8.8.1، 8.8.2 ދިވެހިރާއްޖޭގެ ހައިކޯޓުގެނަންބަރު 2015/HC-A/158 ޤަޟިއްޔާ އިސްތިއުނާފު ފޯމުގެ 8.8.3
3.11 ކަމީލު އިބްރާހީމް ދީދީ އާއި އޭނާ ވަޒީފާގެ މުއްދަތުގައި ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގެ ސްޓޯރ މެނޭޖަރުގެ ވަޒީފާ އަދާކުރި ފަރާތުގެ މަޤާމު އަޅައި ކިޔައި ދެ މަޤާމުގެ ފަރަގު ސާފުކުރުމަށްޓަކައި ސްޓޯރ މެނޭޖަރގެ ޖޮބް ޑިސްކްރިޕްޝަން އަދި ސެލެރީ ބޭންޑަށ ރިޢާޔަތްކުރުން މުހިއްމުކަމާއި އެލިޔުންތައް ފޯރުކޮށްދިނުމަށް އެދި އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައި ފާހަކުރިކަންކަމަށ ވަޒީފާއާބެހް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.
4.11 އިސްތިއުނާފު ރައްދުވި ފަރާތުން ޢަމަލުކޮށްފައިވާ ގޮތުން ކަމީލު އިބްރާހީމްދީދއަކީ އިސްތިއުނާފީ ރައްދުވާ ފަރާތުގެ ހިންގުމުގެ އިސްމަޤާމެއްގައި ހުރި ފަރާތެއް ނޫންކަން ސާފުވާކަމަށާއި މި ނުކުތާއާ ގުޅިގެން ފާހަގަކުރި ކަންކަމަށްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
5.11 ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް ވ. އަޙްމަދު ނާޡިމް ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޠާރިޤް ޢަލީ ލުޠުފީ ޤަޟިއްޔާއަށް ބަލާއިރު، މުވައްޒަފެއް އެއީ ކުންފުނީގެ ހިންގުމުގެ އިސްމަޤާމެއްގައި ހުރި މީހެއްތޯ ބަލާ އެއް މިންގަނޑަކީ ކުންފުނީގެ އޯގަނައިޒޭޝަން ސްޓްރަކްޗި ރ ގައި އެ މުވައްޒަފަކު ހިމެނޭނީ ކޮންފަންތިއެއްގައިތޯ ބެލުން ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ ބޭނުމަށް ބަލާ އެއް ޓެސްޓަކީ އެކުންފުނީގެ މަސައްކަތްކުރާ މުވައްޒަފަކު ސީދާ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ރިޕޯޓުކުރަންޖެހޭ ޙާލަތްތަކުގައި އެއީ އިސް މަޤާމެއްގައި ހުރި ފަރާތެއްކަމަށް ބެލުންކަމަށާއި، ކަމީލު އިބްރާހީމްދީދީގެ "ޖޮބް ޑިސްކްރިޕްޝަން" އަށް ބަލާއިރު، އޭނާ ރިޕޯރޓް ކުރަންޖެހޭނީ ސްޓޯރ މެނޭޖަރަށް ކަން އެނގޭ ކަމަށާއި، އޭނާ ކުރަންޖެހޭ މަސައްކަތަކީ ފިހާރައިގެ ދުވަހުން ދުވަހަށް ހިންގުމަށް ކުރަންޖެހޭ މަސައްކަތް ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް ވ. އަޙްމަދު ނާޡިމް ޤަޟިއްޔާގައި ބުނާފަދއިނަ ކުންފުނީގެ ސްޓްރެޓެޖިކް އބމ ގެ 8.8.5 އބމ 8.8.6 ދިވެހިރާއްޖޭގެ ހައިކޯޓުގެނަންބަރު 2010/HC-A/110 ނިންމުންތަކަށް ނުފޫޒު ފޯރުވޭފަދަ އެއްވެ ސ ކަމެއް ކަމީލު އިބްރާހީމްދީދީގެ "ޖޮބް ޑިސްކްރިޕްޝަން" ގައި އޭނާގެ މަސްޢޫލިއްޔަތުގެ ތެރޭގައި ބަޔާންކޮށްފައި ނުވާ ކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ، ހުށަހެޅިފައިވާ ވަޒީފާގެ ބަޔާނާއި ޙަވާލާދެވުނު ޤަޟިއްޔާތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއް ނެތި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ (ށ) އާ ޚިލާފަށް ކަމަށް އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގައި ދެއްކި ވާހަކަތަކުގައި ފާހަގަކުރިއެވެ.
12އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ، ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގެ ސްޓޯރ މެނޭޖަރުގެ ވަޒީފާ އަދާކުރި ފަރާތުގެ ޖޮބް ޑިސްކްރިޕްޝަން ހިއްސާކުރުމަށް އެދުމުން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިވި ފަހުން ވަޒީފާ ދިން ފަރާތެއްގެ ޖޮބް ޑިސްކްރިޕްޝަން ކަމަށާއި، އެ ލިޔުންތަކަކީ ކޮވިޑް-19 ގެ ދުވަސްވަރުގެ ލިޔުންތަކަށް ވެފައި، ޕެންޑަމިކ ޙާލަތް ގުޅިގެނާ ކުންފުނީގެ ސްޓްރަކުޗަރ އަދި ވަޒީފާގެ މަޤާމުތަކާއި މަސްޢޫލިއްޔަތުތަކަށ ވެސް ބަދަލް އައިސްފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެލިޔުންތަކަކީ ރެލިވެންޓް ލިޔުންތަކެއް ނޫންކަމަށާއި، މިމައްސަލައިގެ މުހިއްމު ލިޔެކިޔުމަކީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާގައި ހުރި މުއްދަތުގައި ފެންޓަސީ ސްޓޯރގެ ސްޓޯރ މެނޭޖަރގެ ވަޒީފާގެ މަސްއޫލިއްޔ ގުޅާ ލިޔުންތައް ކަމަށާއި، އެހެންނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ބުނެވުނު ލިޔެކިޔުންތަކާއި ގުޅިގެން ޖަވާބުދާރީވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފުކުރާ ފަރާތަށް ފުރުޞަތު ދީފައި ނުވާކަމަށެވެ. މިޤަޟިއްޔާއާ ގުޅިގެން 08 ޖުލައި 2025 ގައި ބޭއްވި އަޑުއެހުންމުގައި އިސްތިއުނާފުކުރާފަރާތުގެ ވަކީލުގެ ދެއްކި ވާހަކަ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
13އިސްތިއުނާފުކުރާ ފަރާތުން އެދެނީ؛
1.13. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ގޮތނު މައްސަލް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުނު ހުށަހެޅި މުހިއްމު ނުކުތާތަކަށް ރިޢާޔަތްކުރުމެއް ނެތިކަމަށް ކަނޑައަޅައިދިނުމަށާއި،
2.13. އިސްތިއުނާފުކުރާ ފަރާތަކީ ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން ހިންގުމުގެ އިސް މަޤާމެއްގައި ހުރި ފަރާތެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި،
3.13.ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް، މިމައްސަލަ ބެލުމުގެ އިޙްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ކަނޑައަޅައި މިމައްސަލަ އަލުން ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙްވީލުކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:
14އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަމްސުލްމުނާ ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ ގައި އިސްތިއުނާފީ އޮޅިގަނޑު ގުޅާ ގޮތުން ކަނޑައަޅުއްވާފައިވާ ޤާނޫނީ އުސޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެ ނުކުތާގައި ވެސް ބަޔާންކޮށްފައިވަނ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެފަރާތުން ހުށަހަޅާފައިވާ މުހިންމު ނުކުތާތަކަކަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި އެފަރާތުން ހޯދުމަށް އެދުނު ލިޔެކިޔުންތަކަކާއ ގުޅިގެނި ޖަވާބުދރީވާނާ ފުރުސަތުދީފައިނުވާކަމގައު ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު ގެއްލިފައިވަނީ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމެވުން ކޮން ޤާނޫނީ އުސޫލަކާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87 ޚިލާފުވެގެން ކަމެއް އަދި އެ ނުކުތާތަކުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެއްވެސް ވަރަކަށް ބުނެދެވިފައިނުވާ ކަމަށާއި، ހުށަހަޅާފައިވާ އެއްވެސް އިސްތިއުނާފީ ނުކުތާއެއްގައި އެއްވެސް ޤާނޫނީ މާއްދާއަކާ ޙަވާލާދީފައި ނުވާކަމަށެވެ.
15ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ އެފަރާތުން ޓްރައިބިއުނަލުގައި ފާހަގަކުރި ބައެއް މުހިއްމު ނުކތު ތަކަށް ރިޢާޔަތްނުކޮށް ކަމަށާ ބަޔާންކުރުމުގެ އިތުރުން އެއްވެސް އިތުރު ކަމެއް އެފަރާތުން އިސްތިއުނާފީ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައި ނުވާކަމަށެވެ.
16އިސްތިއުނާފީ ދެވަނަ ނުކުތާގައި، މައްސަލައިގައި ނަގާފައިވާ އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފުރައްދުވ ފަރާތުގާ ކިބައިން ހޯދުމަށް އެދުނު އައު ލިޔެކިޔުންތަކާއި ގުޅިގނެ ޖަވާބުދާރީވުމަށް އިސްތިއުނާފުކުރާ ފަރާތަށް ފުރުސަތު ދިނުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށާއި ޖަވާބުދާރީވުމަށް ފުރުޞަތު ލިބުނުނަމަ، ބަޔާންކުރާނެ ކަންކަން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މައްސަލަ ބެލި ފުރަތަމަ މަރުހަލާގައި ފާހަގަނުކުރި ސަބަބުތަކެއް އިސްތިއުނާފު ފޯމުގައި ބަޔާންކުރުމަކީ އިސްތިއުނާފީ މައްސަލަތައް ބެލެވޭ ތަރަހައިން ބޭރުން ފާހަގަކޮށްފައިވާ ކަމެއް ކަމަށެވެ. އިސްތިއުނާފްކުރާ ފަރާތަށް މި ނުކުތާއާއި ގުޅިގެން އުފެދިފައިވާ ޤާނޫނީ ބަހުސަކީ ކޮބައިކަން ބުނެދެވިފައި ނުވާތީއއާ ފުރަތަމަ މަރުހަލާގައި އިސްތިއުނާފްކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކަށް ނުވާތީ މި ނުކުތާއަކީ ހައިކޯޓަށް ބަލައިގަނެވޭނެ ނުކުތާއެއް ނޫންކަމަށެވެ.
17ބަހުސްގެ ބޭނުމަށް މައުޟޫޢީ ގޮތުން ޖަވާބު ދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، މިމައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތަކީ ހިންގުމުގެ އިސްމަޤާމެއްގައި ހުރި ފަރާތެއްކަން އިސްތިއުނާފުރައްދުވާ ފަރާތުން ސާބިތުކޮށްދެވިފައިވާ ކަމަށާއި، މިމައްސަލައިގައި ނިންމާފައިވާ ނިންމުމަކީ އިޖުރާއީ އިއުތިރާޒަކ ގުޅިގެނާ ނިންމް ނިންމުމެއް ކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރްޔަމް ޝުނާނާ ވ. ޖާހު އިންވެސްޓްމަންޓް ޤަޟިއްޔާއަށް ރިޢާޔަތްކުރާއިރު މި އިޖުރާޢީ އިޢުތިރާޟާމެދު ގޮތެއް ދިވެހިރާއްޖޭގެ ހައިކޯޓުގެނަންބަރު 2025/HC-A/105 ޤަޟިއްޔާގެ 28 ވަނަ ޕެރެގްރާފް ނިންމުމުގައި ދެ ފަރާތުގެ ހުށަހެޅުންތައް ވަޒަންކުރަންޖެހޭނީ ޕްރައިމާ ފޭޝީ މިންގަނޑުން ކަމަށާއި، އެގޮތުގެ މަތިން، އިސްތިޢުނާފްކުރާ ފަރާތުގެ ޖޮބް ޑިސްކްރިޕްޝަނަށް ރިޢާޔްކުރާއިރު، އިސްތިއުނާފުކުރާ ފަރާތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް ވ. އަޙްމަދު ނާޡިމް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން، އެފަރާތުގެ ބޮލުގައި އެޅިފައިވާ ޒިންމާތަކާއި މަސައްކަތުގެ އުޞޫލުގެ މައްޗަށް ރިޢާޔަތްކުރާއިރު، ހިންގުމުގެ އިސް މަޤާމެއްގައި ހުރި މުވައްޒަފެއްކަން ކަނޑައެޅިގެން އެނގެން އޮންނަކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
18އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލައިގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
19މިއީ، ހިންގުމުގެ އިސު މަޤމުގައ ތިބި މީހުނާ ގ ވަޒީފާއާބެހޭ މައްސަލަތައް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ ބާބުން އިސްތިސްނާވާނެ ކަމަށް އެ ޤާނޫނުގެ 34 ވަނަ މާއްދާ
(ހ)ގައި ބަޔާންކޮށްފައި އޮތް އޮތުމަށް ރިޢާޔަތްކޮށް، ކަމީލު އިބްރާހީމްދީދއަކީ ހިންގުމުގެ އިސް މަގމެއްގައާ ހުރި ފަރާތެއް ކަމަށް ބަޔާންކޮށް މި މައްސަލަ ބެލުމުގެ އިޚްތިޞާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނެތްކަމަށް ބަޔާންކޮށް މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައިވާ ނިންމުމެއް އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައެކެވެ.
20ޕްރިސިޑެންސް 1މި ނިންމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިއިރު، ވަޒީފާއާބެހޭ ޤާނޫނަށް އަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ އިސްލާޙު ކުރެވި 22 ޤާނޫނު ނަންބަރު 2020/22 ( ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 06 ވަނަ އިސްލާޙުގެ ގެނައުމުގެ ޤާނޫނު ސެޕްޓެންބަރު 2020 އިން ފެށިގެން ހިންގުމުގެ އިސް މަޤާމުގައި ތިބޭ މީހުންގެ މައްސަލަ ބެލުމުގެ އިހްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދީފައިވެއެވެ.
21ޕްރިސިޑެންސް 2ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އެ ޤާނޫނުގެ 34 ވަނަ މާއްދާއަށް އިސްލާޙު ގެނައިފަހުން ހިންގުމުގެ އިސްމަޤާމުގއ ތިބި މީހުންގަ ވަޒީފާއާ ގުޅޭ މައްސަލތައަ ބެލުމުގެ އިޙްތިޞާސްއާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ އުޞޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 19 18 އިޙްސާން ޝަރީފް އަދި އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅައިފައިވއިރާ، އިޖުރާއީ ޤާނޫނު ތަކަކީ އެ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެމައްޗަށް ޢަމަލުކުރަންޖެހޭނެ ޤާނޫނެއް ކަމަށް ކަނޑައަޅައި، މަދަނީ ޤާނޫނުތައް މާޒީއަށް ނުހިންގުމުގެ މަބުދައު މި ބުނެވުނު ޤަޟިއްޔާތަކުގައި ތަޠުބީޤުކޮށްފައިވެއެވެ.
22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޙްސާން ޝަރީފް އަދި އަޙްމަދު މާޖިދު ޤަޟިއްޔާގައި މަދަނީ ޤާނޫނުތައް މާޒީއަށް ނުހިންގުމާ ގުޅޭގޮތުން ތަޠްބީޤުކޮށްފައިވާ އިސްވެބުނެވިދިޔަ އުޞޫލަށް ރިޢާޔަތްކޮށް ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށ ހުށަހެޅް މައްސަލައަކާ ގުޅިގެން އެ މައްސަލަ ބެލުމަށް އެ ކޯޓެއް ނުވަތަ ޓްރައިބިއުނަލްއެއްގެ އިޚްތިޞާޞް އޮތްކަން ނުވަތަ ނެތްކަން ކަނޑައަޅާނީ އެ ވަގުތެއްގައި ޢަމަލުކުރަމުންދާ ޤާނޫނެއްގެ އަލީގައި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަލފިއްޔް އަންވަރު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން އެ ޤަޟިއްޔާގައި " ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށ ހުށަހެޅް މައްސަލައަކާގުޅިގެން އެ މައްސަލަ ބެލުމަށް އެ ކޯޓެއް ނުވަތަ ޓްރައިބިއުނަލްއެއްގެ އިޚްތިޞާޞް އޮތްކަން ނުވަތަ ނެތްކަން ކަނޑައަޅާނީ އެ ވަގުތެއްގައި ޢަމަލުކުރަމުންދާ ޤާނޫނެއްގެ އަލީގައެވެ. އަދި ޤާނޫނެއްގައި ވަކި ގޮތަކަށް ޢަމަލުކުރަން ސަރީހަ ބަހުން ބަޔާންކޮށްފައި ނުވާނަމަ، އިޚްތިޞާޞް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އެ ކޯޓަށް ނުވަތަ ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/97 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/108 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/93 ޤަޟިއްޔާގެ 24 ވަނަ ނަންބަރު މައްސަލައިގައި ހިމެނޭ ހާދިސާ ހިނގި ތާރީޚަކީ އެ ފަދަ ނިންމުމަކަށް އަސަރު ކުރާނެ ކަމެއް ނޫނެވެ ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
23ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލަ އެ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ނިންމި ނިންމުމަކީ، އިސްތިއުނާފުކުރި ފަރާތަކީ ހިންގުމު އިސް މަޤާމެއްގައި ހުރި ފަރާތެއް ކަމަށްވާތީ އެ އަސާސްގެ މައްޗަށް ނިންމި ނިންމުމެއް ކަމަށްވާތީ، މި މައްސަލައިގެ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނަށް އަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އެ ޤާނޫނުގެ 34 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙާ ގުޅިގެން ޢަމަލުކުރަންޖެހޭ ގޮތްކަމަށް އިސްވެ ބަޔާންކުރެވިދިޔަ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އޞޫލުތަކުގު އަލީގައި މި މައްސަލައަށް ބަލައިލުން މުހިއްމުކަމަށް ފެނެއެވެ.
24އެގޮތުން އިސްތިއުނާފަށް ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކީ، ކަމީލު އިބްރާހީމްދީދީ 27 ފެބުރުވަރީ 2019 އިން 27 ފެބުރުވަރީ 2020 އަށް ކަމލީ އިބްރާހީމްދީދީ ފެންޓަސީ ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާއަދާކުރި މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތަކާއި އިތުރު ގަޑީގެ މަސައްކަތަށްވ ފައިސާ ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ. މައްސަލަ ހުށަހަޅާފައިވަނީ 25 ޖަނަވަރީ 2021 ތާރީޚުގައެވެ.
25ވަޒީފާއާބެހޭ ޤާނޫނަށް އަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ އިސްލާޙުކުރެވި އެ އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ، 22 ސެޕްޓެންބަރު 2020 އިން ފެށިގެންނެވެ. އެހެންކަމުން މިއީ ވަޒީފާއާބެހޭ ޤާނޫނަށް އަށް 06 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެކެވެ.
26ޕްރިސިޑެންސް 3ކަމީ ލ އިބްރާހީމްދީދގެ ފަރާތުން ހުށަހެޅީ އުޖޫރައާ ގުޅޭ ޝަކުވާއެކެވެ. އުޖޫރައާ ގުޅޭ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާކަން މި މައްސަލަ ހުށަހެޅުނު އިރު ޤާނޫނު ނަންބަރު 2020/22 ( ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 06 ވަނަ އިސްލާޙުގެ ގެނައުމުގެ ޤާނޫނު ވަޒީފާބެހޭ ޓްރައިބިއުނަލުން ޢަމަލުކުރަމުންދިޔަ އެ ޓްރައިބިއުނަލުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ.
27ހުށަހެޅިފައިވާ ޝަކުވާއަކީ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުން ލާޒިމްވާ ބާވަތުގެ ޝަކުވާއަކަށް ނުވުމާއި، އަދި ވަޒީފާއާބެހޭ ޤާނޫނަށް 06 ވަނަ އިސްލާޙުގެނައުމުގެ ޤާނޫނުގެ ދަށުން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާ އިސްލާޙުވ ހިންގުމުގެ އިސް މަޤާމުގައި ތިބޭ ފަރާތްތަކުގެ މައްސަލަބެލުމުގެ އިޚްތިޞާސް 22 ސެޕްޓެންބަރު 2020 އިން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިދީފައިވާތީ، މި މައްސަލަ ހުށަހެޅިއިރު ވެސް، މިމައްސަލަ ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތަކީ ހިންގުމުގެ އިސް މަޤާމެއްގައި ހުރިފަރާތެއް ކަމުގައި ބެލި ނަމަވެސް ނުވަތަ ނުވަތަ ނޫންކަމުގައި ވީނަމަވެސމެއެވެ.
28ޕްރިސިޑެންސް 4ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލައިގައި ވަޒީފާއާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނށ ޢަމަލުކުރަން ފެށުމުގެ ކުރިނަ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އޮތްގޮތަށް ރިޢާޔަތްކޮށް މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިޙްތިޞާޞް ނެތްކަމަށް ނިންމި ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޙްސާން ޝަރީފް އަދި އަޙްމަދު މާޖިދު ޤަޟިއްޔާ އަދި ސަލްފިއްޔާ އަންވަރު ޤަޟިއްޔާގައި އިޙްތިޞާޞްއާމެދ ގޮތެއު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަމަށް ބަޔާންކުރާ އުޞޫލާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަން އެނގެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ(ހ) ގައި ބަޔާންކުރަނީ ""ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ. އެހެންނަމަވެސް އުޖޫރައާ ގުޅުންހުރި މައްސަލަތައް ހުށަހެޅުމަށް މި މާއްދާ ހުރަހެއްނާޅައެވެ." މިފަދައިންނެވެ. މައްސަލަ ނިންމަން ފެންނަގޮތް:
29ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 15/VTR/2021 މައްސަލަ ބެލުމުގެ އިޙްތިޞާޞް ނެތްކަމަށް ނިންމި ނިންމުން ބާޠިލްކޮށް މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ތަޙވީލުކުރަންޖެހޭ ކަމަށް ފެނެއެވެ.
30މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ. ފނޑިޔާރަ ޙަސަނު ޝަފީޢުގެ ރައުޔު:
31މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ. އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:
32މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާ (ހ) ގެ (5)
- ޤާނޫނު ނަންބަރު 22/2020 (ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 14/2008 (ވަޒީފާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު)
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 ގެ 8 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/97 އަދި 2021/SC-A/108 (އިޙްސާން ޝަރީފް އަދި އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/93 (ސަލަފިއްޔާ އަންވަރު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް) ޤަޟިއްޔާގެ 24 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް