ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-A/89
ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޑރ. ޙުސައިން ފާއިޒް، 2024/HC-A/89
Judicial Service Commission v. Dr. Hussain Faiz 2024/HC-A/89 (2024/HC-A/89, High Court of the Maldives, 9 February 2026)
ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޑރ. ޙުސައިން ފާއިޒް
މައިގަނޑު ސުވާލު
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ނިންމުމުގައި ވަކިކުރި ޗިޓުގައިވާ ސަބަބު ފިޔަވައި އެހެން ކަންކަމަށް ރިޢާޔަތްކުރިތޯ، ޓްރައިބިއުނަލް ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފުވިތޯ، އިތުބާރު ގެއްލުމުގެ އުޞޫލު (2014/SC-A/27) ތަޠުބީޤުވާތޯ، އަދި ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާ ޚިލާފުވިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި، ވަޒީފާދޭ ފަރާތުން ވަކިކުރިއިރު ބަޔާންކުރި ސަބަބަކީ ވަކިކުރި ސަބަބުކަމުގައި ބަލަންޖެހޭނެއެވެ؛ މި އުޞޫލުން މުވައްޒަފަށް ވަޒީފާ ގެއްލުނު ސަބަބު އަވަހަށް އެނގޭކަން ކަށަވަރުކޮށްދީ، ވަޒީފާދޭ ފަރާތަށް ސަބަބުތައް ފަހުން ބަދަލުކުރުމަށް ހުރަސްއަޅައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47-48)
- އެ އުޞޫލުގެ މާނައަކީ ހަމައެކަނި ވަކިކުރި ޗިޓަށް ބަލަންޖެހޭކަމެއް ނޫނެވެ؛ ޗިޓުގައިވާ ސަބަބު ހަމަ ޙަޤީޤަތުގައިވެސް ވުޖޫދުވިތޯ ދެނެގަތުމަށް މަޝްވަރާ، މެމޯ، ރިޕޯޓު ފަދަ އެހެން ލިޔެކިޔުންތަކާއި ހެކިތަކަށް ޓްރައިބިއުނަލުން ބެލުމަކީ މައުޟޫޢީ ޢަދުލުވެރިކަން ބެލުމަށް ކުރަންޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 49-52)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާގައިވާ ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމުގެ މާނައަކީ އެ ފަރާތުން އެދޭގޮތަށް މައްސަލަ ނިންމުމެއް ނޫނެވެ؛ ނިންމުމަކީ ފަރާތަކަށް ނުރުހޭ ނުވަތަ މާޔޫސްކަން ގެނުވާ ނިންމުމަކަށްވުމަކީ އެ މާއްދާއާ ޚިލާފުވިކަމަށް ބެލޭނެ ހަމައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 60, 64)
- އިތުބާރާއި އަމާނާތްތެރިކަން ގެއްލިފައިވާކަމަށް ވަޒީފާދޭ ފަރާތުން ބުނުމުން މުވައްޒަފުގެ ޣައިރު ސުލޫކު ސާބިތުކުރުމުގެ ބުރަ ފިލައިގެން ނުދެއެވެ؛ އިތުބާރު ގެއްލުމަކީ ސާބިތުވެފައިވާ ޣައިރު ސުލޫކެއްގެ ނަތީޖާއެއް ކަމުން، 2014/SC-A/27 ގައިވާ އިތުބާރު ގެއްލުމުގެ އުޞޫލު ތަޠުބީޤުވާނީ ފުރަތަމަ ޣައިރު ސުލޫކު ސާބިތުވެއްޖެނަމައެވެ. އެއީ މުވައްޒަފުން ވަކިކުރުމަށް އިޚްތިޔާރުކުރެވޭނެ ކުރު މަގެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 70-73)
- މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާ ޙާލަތުގައި، ނޯޓިސް ދީގެން ވިޔަސް ނުދީ ވިޔަސް ވަޒީފާއިން ވަކިކުރުން ޤާނޫނާ އެއްގޮތްކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 74)
- ބަދަލުގެ މިންވަރު ކަނޑައެޅުމުގައި މުވައްޒަފު ބައިވެރިވި މިންވަރަށް ރިޢާޔަތްކުރުމުގެ އުޞޫލު (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ)) އާ ޚިލާފުވިކަމަށް ބުނެވޭނީ މުވައްޒަފުގެ ޢަމަލު ސާބިތުވެފައިވާނަމައެވެ؛ މުވައްޒަފާ މެދު ކުރި ތުހުމަތުތައް ސާބިތުނުވާތީ ކަނޑައެޅި ބަދަލަކީ އެ އުޞޫލާ ޚިލާފު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 76-78)
- އިސްތިއުނާފުގައި ޓްރައިބިއުނަލަށް ހުށަހެޅި ހުއްޖަތްތައް އެކި ބަސްތަކުން ތަކުރާރުކުރުމަކީ ޓްރައިބިއުނަލުގެ ޤާނޫނީ ނަތީޖާއަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 58, 75)
1މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 260/VTR/2022 މައްސަލަ އިސްތިއުނާފުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައ އިސްތިއުނާފި ރައްދުވު ފަރާތަކީ ޑރ.ޙުސައިން ފާއިޒް އެވެ.
2މި މައްސަލަ ހުށަހެޅުނުއިރު، އިސްތިއުނާފުކޮށްފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ކަމުގައިވީނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ޝާކިރު އަދި އިތުރު 9 ފަރާތެއް ޤަޟިއްޔާގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ކޯޓުގައި ދަޢުވާ ކުރުމާއި ދަޢވު ލިބިގަތުމުގެ ބާރު ލިބިގެންވާކަމަށް ކަނޑައެޅިގެންދިއުމާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު D/95/2024/25-195 (27 ޖޫން 2024) ސިޓީއިން، ކޯޓުތަކާއި ޓްރައިބިއުނަލްގައި އެ ކޮމިޝަނުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތަމްސީލުކުރި ކުރުން ހުއްޓާލުމަށް ނިންމަވާކަމަށް ކަނޑައަޅާފައިވާކަން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު L/95/2024/37-198 (26 ސެޕްޓެންބަރު 2024) ސިޓީއިން އަންގާފައިވެއެވެ. އަދި މި މައްސަލައިގައި ޚަސްމެއްގެ ގޮތުގައި ހާޒިރުވެފައިވަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝލަ އެޑްމިނިސްޓްރޭޝަންގެ ފަރާތުންނެވެ. އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފކުރު ފަރާތާ ކަމަށު މީގެ ފަހުން އިޝާރާތްކޮށްފައިވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނިސްބަތްކޮށެވެ.
3ޑރ. ޙުސައިން ފާއިޒްއަކީ 07 ޖަނަވަރީ 2019 އިން ފެށިގެން 06 ޖަނަވަރީ 2024 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ވަޒީފާއަދާކުރަމުންދިޔަ މީހެކެވެ.
4ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ބަލަމުންދާ ދަނޑިވަޅުގައި، ޑރ. ޙުސައިން ފާއިޒް އޮފީހުގެ މަސައްކަތަށް ނުކުމެ އުޅޭނަމަ، ތަހުޤީޤު ކުރިއަށް ގެންދިއުމުގައި، ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުޞަތު އޮތތީވެ، މައްސަލަ ތަޙްޤީޤުކުރަމުންދަ މުއްދަތުގައި، ޝަރުޢީދާއިރާގ މުވައްޒަފުންގެ ޤަވާއިދުގެ 2011 ގެ 220 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، 31 މާރިޗު 2022 އިން ފެށިގެން، މުސާރަލިބޭގޮތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވެއެވެ.
501 ނޮވެންބަރު 2022 ގައި، ޑރ. ޙުސައިން ފާއިޒް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
6ޑރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، މި މަޤާމަކީ 05 އހަރަ ދުވަހު މުއްދަތުގެ މަޤާމަކަށްވާތީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުން ނިމޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާގެ ފަރާތުން މައްސަލަ ހުށަހެޅުމުން، އެ ޓްރައިބިއުނަލްގެ ނަންބަރު 260/VTR/2022 މައްސަލައިގައި އެ މައްސަލަ ބަލާފައިވެއެވެ. މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 260/VTR/2022 މައްސަލައިގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓެރޭޝަންގެ ނަންބަރު 198/2022/01 "ކޯޓު/އިދާރީ އަށާ ނުކުތުން މަނާކުރިކަން އަންގާ ލިޔުން" ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑިމިނިސްޓްރޭޝަންގެ ނަންބަރު (2)115/DJA/2022 (01 ނޮވެންބަރު 2022) 'ވަޒީފާއިން ވަކިކުރި ޗިޓް' ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައާއި އެ ޓްރައިބިއުނަލގް ނިންމުން
7ޑރ. ޙުސައިން ފާއިޒް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި 07 ޖަނަވަރީ 2019 އިން ފެށިގެން ވަޒީފާއަދާކުރަމުން ދަނިކޮށް، ދެފަރާތުގެ ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ޝަރުޢީދާއިރާގ މުވައްޒަފުންގެ ގަވާއިދު 2011 އާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް 02 ނޮވެންބަރު 2022 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ޑރ. ޙުސައިން ފާއިޒް ވަޒީފާއިނަ ވަކިކޮށްފައިވާތީ، ޑރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، މި މަޤާމަކީ 05 އަހަރު ދުވަހު ވަޒީފާއެއް އަދާކުރަމުންގޮސްފައިވާ ފަރާތަކަށްވާތީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުން ނިމޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ނަގައިދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ރައްދުވާގޮތަށް 15 ޑިސެންބަރު 2022 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލގު ނަންބަރު 260/VTR/2022 މައްސަލަ ނިންމާފައިވަނީ: "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާ ންނުއ މައްސަލި ރައްދުވަ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކާއި މައްސަލު ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް ބެލިއިރު، ޑޮކްޓަރ. ޙުސައިން ފާއިޒް (ދަފްތަރު ނަންބަރު 1325، މާލެ) (ދިވެހި ރައްޔިތެއްކަން އަންގައިދޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫ ނ) އާ ޚިލާފަށް 02 ނޮވެންބަރު 2022 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ޑޮކްޓަރ. ޙުސައިން ފާއިޒް އަދާކުރަމުންދިޔަ ވަޒީފާއިން އެފަރާތް ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި، ޝަރުޢީދާއިރާގ މުވައްޒަފުންގެ ގަވާއިދު 2011 އަދި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފށަ ކަމަށް ކަނޑައަޅައިދިނުމަށާއި، ޑޮކްޓަރ. ޙުސައިން ފާއިޒް އަދާކުރަމުންދިޔަ މަޤާމަކީ 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އަދާކުރަމުންގޮސްފައިވާ މަޤާމެއްކަމަށްވާތީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާގެ އެއްބަސްވުން ނިމޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ނަގައިދިނުމަށް އެދި ޑޮކްޓަރ. ޙުސައިން ފާއިޒްގެ ފަރާތުން 15 ޑިސެންބަރު 2022 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، ޑޮކްޓަރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާފަދަ ޙާލަތެއް މެދުވެރިވެގެންކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ސާބިތުކޮށްދެވިފައިނުވާތީ، ޑޮކްޓަރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅައި، ޑޮކްޓަރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން fariness) (substantive ޤާއިމުކުރުމެއްނެތިކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، ޢަދުލުވެރި ބަދަލެއްގެ ގޮތުގައި، ޑޮކްޓަރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކުރި ތާރީޚު ކަމަށްވާ 02 ނޮވެންބަރު 2022 އިން ފެށިގެން ދެފަރާތުގެ މެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުކަމުގައިވާ 06 ޖަނަވަރީ 2024 ގެ ނިޔަލަށް ޑޮކްޓަރ. ޙުސައިން ފާއިޒަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބެމުންދިޔަ -48,000/ (ސާޅީސ އަށްހާސް ރުފިޔާ) ގެ ނިޞްބަތުން -678,090.32/ރ. (ހަލައްކަ ހަތްދިހަ އަށްހާސް ނުވަދިހަ ރުފިޔާ ތިރީސް ދެލާރި) ޑޮކްޓަރ. ޙުސައިން ފާއިޒްއަށ ނަގައިދިނުމަށް ކަނޑައަޅައި، މި ފައިސާ، މިއަދު (09 އޮކްޓޫބަރު 2023) އިން ފެށިގެން ރަސްމީ ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޑޮކްޓަރ ޙުސައިން ފާއިޒްއަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަންގާ އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފީ ނުކުތާތައް
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 260/VTR/2022 މައްސަލަ އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.
1.9 އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށް ފައިނުވ ކަމަށާ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމާފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަލަންޖެހެނީ، ވަޒީފާއިން ވަކިކުރި ސަބަބު ކަމަށް ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައިވާ ސަބަބުކަމާއި، އެ ސަބަބު ފިޔަވައި އެހެން ސަބަބުތކަށަ ރިޢާޔަތްނުކުރެވޭނެކަމަށް، ޕްރިސިޝަނ މެރިން ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރައްޒާޤް ޢަލީ ޤަޟިއްޔާގައި އަދި މާރިސް ކޮންސްޓްރަކްޝަން ވ. މުޙައްމަދު ޒާލިފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް އަދި، މި މައްސަލައިގައި މައްސަލަ ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންތައްތަކަށް ރިޢާޔަތްނުކޮށް، ދެފަރާތުން ކުރެ ފަރާތަކުން ފާހަގަކޮށްފައިނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
2.9 މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ސަބަބުތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔެކިޔުންތަކާއި ހެކިންގެ ހެކިބަހުން ސާބިތުކޮށްދީފައި ވީނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތަށް ތުހުމަތު ކުރެވުނު ކަންތައްތައް ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ، މައުޟޫޢީގޮތުން މައްސަލަ ބެލުމުގައި ޢަމަލުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާގައި ކަނޑައަޅާފައިވގޮތާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަކާ ނުލައި ކަމުގައި ވުން ކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛
3.9 އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރުޢީދާއިރާގ އެންމެ މަތީ ކޯޓުގެ އިދާރީ އިސްވެރިޔާގެ މަޤާމުގައި ހުރެ ޢަމަލުކޮށްފައިވާގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިތުބާރު ގެއްލިފައިވާތީ، ޝަރުޢީދާއިރގާ މުވައްޒަފުންގެ ގަވާއިދު 2011 ގެ 93 ވަނަ މާއްދާގެ ދަށުން ކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަކިކުރަންޖެހޭފަދަ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މުވައްޒަފަކު ކުރާ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި އޮންނަ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަން ޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް ކަމުގައިވާނަމަ، އެ ޢަމަލަކީ ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވިދާނެ ކަމަށް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
4.9 އިސްތިއުނާފު ރައްދުވާ ފަރާތާމެދު ޢަމަލުކޮށްފައި ވަނި އެންމެ އިންޞާފުވެރި ގޮތެއްގައި ކަމަށް ބުރަނުވެވޭނ ކަމަށެ ވަޒީފާއާބެހް ޓްރައިބިއުނަލުން ނިންމައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލެއްގެ ގޮތުގައި 678,00/32ރ. (ހަލައްކަ ހަތްދިހަ އަށްހާސް ނުވަދިހަ ރުފިޔާ ތިރީސް ދެ ލާރި) ނަގައި ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މި މައްސަލައިގައި ގޮތެއް ނިންމުމުގައި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމަކާ ނުލައި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާއި ބަދަލު ދިނުމުގައި ތަބާވާންޖެހޭ އުޞޫލުތަކުގެ ގޮތުގައި އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކމަށ ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލް އިސްތިއުނާފީ ފުރަތަމަ ނުކުތާ
10ޑރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކުރަންޖެހުނު ސަބަބުކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާ ސަބަބަށާއި، ވަޒީފާއިން ވަކިކުރި ޗިޓް ގައި ބަޔާންކޮށްފައިވަ ސަބަބަށާއި އަދި ވަޒީފާއިން ވަކިކުރި ސަބަބުތައް ތަފްސީލްކޮށް ޑރ. ޙުސައިން ފާއިޒްއަށް ދީފައިވާ ސިޓީ ގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި، ޓްރައިބިއުނަލުން ރިޢާޔަތްކުރަންޖެހެނީ،
1.10 އިސްތިއުނާފު ރައްދުވާ ފަރާތުން ނަހަމަގޮތުގައި ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވޭތޯ؟ އާއި؛ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު (2)115/DJA/2022 (01 ނޮވެންބަރު 2022) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު A/MIS/2022/216-198 (02 ނޮވެންބަރު 2022) ސިޓީ
2.10 އިސްތިއުނާފު ރައްދުވާ ފަރާތުން ނަހަމަގޮތުގައި ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާނަމަ، ދައުލަތުގެ ބަޖެޓުގެ ބޭނުން މިފަދައިން ކުރިއަށް އޮތް ތަނުގައި ވެސް ޚަރަދު ކުރުމުގެ ބިރު އޮތްތޯ އާއި އެކަމުގެ ކުޑަބޮޑު މިނަށް ރިޢާޔަތްކުރާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާ ނުއުފުލުމުގެ ސަބަބުން މަސައްކަތަށް ބޮޑު ގެއްލުމެއް ލބިދާނ ކަމުގެ ބިރު އޮތްތޯ؟ އާއި؛
3.10 އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރުޢީދާއިރާގ މުވައްޒަފުންގެ ގަވާއިދު 2011 ގައި މަނާކޮށްފައިވާ ކަމެއް ކޮށްފައިވޭތޯ؟ އަދި
4.10 އިސްވެ ބުނެވުނު ކަންތައްތަކުގެ ކުޑަ ބޮޑުމިނަށް ރިޢާޔަތްކުރާއިރު އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިތުބާރު ގެއްލިފައިވޭތޯ؟ ކަމަށް ވީނަމަވެސް، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 8 ވަނަ ނަންބަރުގެ 8.1 ވަނަ ނަންބަރާއި 8.2 ވަނަ ނަންބަރުގެ ދަށުން، ވަޒީފާއިން ވަކިކުރި ޗިޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސިޓީގައިވާ ކަންތައްތައް ފާހަގަކުރުމަށްފަހު، މައުޟޫއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ބެލުމުގައި ރިޢާޔަތްކޮށްފައިވަނީ މުޅިން އެހެން ކަންތައްތަކެއްގެ މައްޗަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
11ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވަނީ ތިރީގައިވާ ކަންތައްތަކަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
1.11 އިސްތިއުނާފު ރައްދުވާ ފަރާތުން ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގައި ޢަމަލުކޮށްފައިވަނީ އެފަދަ ކަންކަމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތްތަކާ އެއްގޮތަށްތޯ؟
2.11 މައްސަލަ ހުށަހެޅި ފަރާތުން ސުޕްރީމް ކޯޓުގެ ކެމެރާ ސިސްޓަމް ހަރުކޮށްފައިވަނީ ފަނޑިޔާރުންނާއި މުވައްޒަފުންގެ މޫވްމަންޓްސްތައް ދެނެގަތުމަށްތޯ؟
3.11 ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ކެމެރާ ސިސްޓަމް ހަރުކޮށްފައިވަނީ ކޯޓު މާސްޓަރުންނާ މަޝްވަރާކުރުމެއް ނެތިތޯ؟
4.11 އިސްތިއުނާފު ރައްދުވާ ފަރާތުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މުޢާމަލާތް ކުރުމަށް މަސައްކަތް ކޮށްފައިވޭތޯ؟
12އިސްވެ ބަޔާންކުރެވުނު ކަންކަމަކީ މި މައްސަލައިގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބެލުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާ ކަންތައްތައްކަނ ވަޒީފާއާބެހް ޓްރައިބިއުނަލުގެ ނަންބަރު 260/VTR/2022 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 9.6 އަދި 9.7 ވަނަ ނަންބަރު ޕެރެގްރާފުތަކަށް ބެލުމުން އެނގޭއިރު، މިއީ އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ސަބަބުތަކާ މުޅިން ތަފާތު ކަންތައްތަކެއްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ހަވާލާދެވުނު ދެ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ ކަންތައްތައް، އަދި ޙަވާލާދީފައިވާ ލިޔުންތަކަށް ބެލުމުން އެނގޭކަމަށް
13ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫއީ އަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ބެލުމުގައި ހަދާފައިވާ ގޯހަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ކަންތައްތައް ހިނގާދިޔަގޮތް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބުގައި އަދި ލިޔެކިޔުންތަކނު ސާފުކޮށްދީފައިވާއިރު އަދި ތަކުރާރުކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ރިޢާޔަތްކޮށްފައިވަނީ ހަމައެކަނި ދެކަމެއްގެ މައްޗަށްކަމަށާއި، އެ ދެ ކަންތަކާގުޅޭގޮތުން ހުށަހަޅާފައި ހުރި ކަންތައްތައް ތަފުސީލްކށޮ ބަޔާންކޮށްފައިދީފައި ވީނަމަވެސް، އެ ކަންތައްތަކަށް ރިޢާޔަތްކުރުމެއް ނެތި ހަމައެކަނި، "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން ކުރެވުނު އިދާރީ ތަޙްޤީޤު ރިޕޯޓު" ގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުންކަމާއި، އެހެންނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމުގެ 4.2.6 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން، "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓުން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން ކުރެވުނު ތަޙްޤީޤު ރިޕޯޓު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން އިސްވެ ބުނެވުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް އިތުރަށް ބެލުމަށްފަހު، ނިންމުންތަކެއް ނިންމައި، އެ ކަންތަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރަތަށް ޖަވާބުދާރީވުމަށް ފުރުޞަތުތަކެއް ދީފައިވާކަމާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން، ޒިންމާދާރުކަން ކުޑަ ގޮތެއްގައި، ނަހަމަގޮތެއްގައި ދައުލަތުގެ ފައިސާ ޚަރަދުކޮށްފައިވާ ކަމާއި، ސުޕްރީމްކޯޓުގެ ފަނޑިޔާރެއް ދެއްވި އިރުޝާދާ ޚިލާފުވެފައިވާ ކަމަށް ސާބިތުވާތީ އެ ދެ ކަންތަކުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިތުބާރު ގެއްލިފައިވާތީ، އިސްތިއުނާފ ރައްދުވު ފަރާތާ ވަޒީފއިނާ ވަކިކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކަށް ރިޢާޔަތްނުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ރިޢާޔަތްކޮށްފައިނުވާ އެހެން ކަންތައްތަކެއްގެ މައްޗަށް މި މައްސަލައިގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބެލުމުގައި ރިޢާޔަތްކޮށްފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަލަންޖެހޭނީ، ވަޒީފާއިން ވަކިކުރި ސަބަބު ކަމަށް ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައިވާ ސަބަބު ކަމާއި، އެ ސަބަބު ފިޔަވައި އެހެން ސަބަބުތަކަށް ރިޢާޔަތް ނުކުރެވޭނެ ކަމަށް، ޕްރިސިޝަން މެރިން ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރައްޒާޤް ޢަލީ ޤަޟިއްޔާގައި އަދި މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޒާލިފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
15ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި އިންސާފުވެރިކަމާއެކު، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މަޞްލަޙަތާއި، ދެ ފަރާތުގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭނެ ގޮތަކަށް ރިޢާޔަތްކުރަންވާނެ ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އެ ފަރާތުން ކޮށްފައިވާ ދެ ކަމެއްގެ ސަބަބުން ކަމަށްވެފައި، އެ ދެ ކަންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔެކިޔުންތަކާއި ހެކިންގެ ހެކިބަހުން ސާބިތުކޮށްފައި ވީ ނަމަވެސް، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތަށް އެންމެ އންސާފުވެރިގޮތަކަށި ނޫން ކަމަށް
16އިސްތިއުނާފ ރައްދުވު ފަރާތާ ވަޒީފާއިން ވަކިކުރުމަށް ނިންމް ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ހިމެނޭއިރު، އެކަމާގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ސާބިތުކޮށްފައިވާ ކަންކަމުގެ ތަފްސީލު ބަޔާންކުރުމަށްފަހު، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމްވެފައިނުވާކަމަށް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތަށް އުނިކަން ލިބޭގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
17އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ މަޤާމުގައި ހުރެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އިރުޝާދާ ޚިލާފަށް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޙައްޞާޞީ މައްސަލައެއްގައި ހިމެނޭ ޚަސްމަކާ އިސްތިއުނާފު ރައްދުވާ ފަރާތުން ކޮންޓެކްޓ ވެފައިވުން ހިމެނޭއިރު އެކަމާގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާ ސާބިތުކުރި ކަންތައްތަކުގެ ތަފްސީލް ބަޔާންކުރުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ކަމށަ ނިންމާފައިވަން އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތަށް އުނިކަން ލިބޭގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
18ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކޮށްފައިވަނީ ސެކިއުރިޓީ ހަރުދަނާކުރުމަށްވުރެ ބޮޑަށް މުވައްޒަފުން ކޯޓު ތެރޭގައި އުޅޭނޫޅޭގޮތް ބަލައި މުވައްޒަފުންގެ މޫވްމަންޓްސް މޮނިޓަރ ކުރުމަށާއި، މުވައްޒަފުންގެ ހާޒިރީ ކަންތައްތައް ރަނގަޅުކުރުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ކަމަށްވެފައި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އިރުޝާދު ދިންގޮތަށ ކޯޓަށް މުވައްޒަފެއް ވަންނަ ހިސާބުން ނުގެއްލޭގޮތަށ ފެންނަން ހުންނަގޮތަށް ކެމެރާތައް އެޅުމުގެ ބަދަލުގައި ސެކިއުރިޓީ ބޭނުމަށް ކެމެރާ ނުގެއްލޭގޮތަށް ފެންނަން ހުންނަގޮތަށް ކެމެރާތައް އެޅުމުގެ ބަދަލުގައި ސެކިއުރިޓީ ބޭނުމަށް ކެމެރާ ސިސްޓަމް ހަރުކުރިނަމަ، އަސްލު ހަރުކޮށްފައިވާ މިންވަރަށް ކެމެރާ އަޅަންނުޖެހޭނެ ކަމުން އަދި، ސެކިއުރިޓީ ބެލެހެއްޓުމަށް އެ ކެމެރާތައް ބޭނުންނުވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކެމެރާތަކެއް ނެގިފައިވާއިރު، ބޭނުންވާ މިންވަރަށްވުރެ ގިނައިން ކެމެރާ ހަރުކުރެވިފައިވާ ކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އެހެން ގޮތަކަށް (މިސާލަކަށް ސެކިއުރިޓީ ބޭނުމަށް ކެމެރާ އެޅުމަށް) އިރުޝާދު ދިންނަމަ، ކެމެރާ އެޅުމަށް ޚަރަދުވި މިންވަރަށް ޚަރަދު ނުވާނެ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހެއްކެއްގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުލަށް ހާޒިރުވި އަޙްމަދު ޚަލީލުގެ ހެކިބަހުން ސާބިތުވާއިރު، މިއީ ދައުލަތުގެ ބަޖެޓނު ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޚަރަދުކުރުން ނުވަތަ ދައުލަތުގެ ފައިސާ ނަހަމަގޮތެއްގައި ބެނުންކުރުން ކަމުގައިވާތީ، މިފަދަ ކަމެއް އިސްތިއުނާފު ރައްދުވާ ފަރާތުން ތަކުރާރުކޮށްފާނ ކަމުގެ ބިރު އޮތުމުން، މިކަމުގެ ކުޑަބޮޑު މިނަށް ބަލައި، މުވައްޒަފު ޒިންމާ ނުއުފުލުމުގެ ސަބަބުން މަސައްކަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮންނާނެ ކަމީ، ސުވަލެއ ނެތް ކަމެއް ކަމުގައް ވެފައި، މި ޢަމަލުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިތުބާރު ގެއްލިފައިވީނމަ ވެސް، އެކަމަށް ވަޒީފާއާބެހޭ ޓަރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
19މީގެ އިތުރުން، ޝަރުޢީދާއިރާގ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި އަދި މަސައްކަތުގެ މާހައުލުން ބޭރުގައިވެސ ޢަމަލުތައް ބަހައްޓަންވާނީ ޝަރުޢީދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އަބުރާއި ޢިއްޒަތާއި ޝަރަފާއި ޤަދަރު ހިފެހެއްޓޭ ގޮތަށް ކަމަށް ޝަރުޢީދާއިރާގ މުވައްޒަފުންގެ ގަވާއިދުގައި މުވައްޒަފުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު އަދި ޝަރުޢީދާއިރާގެ އެއްވެސް ޢަމަލެއް ނުވަތަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޝަރުޢީދާއިރާގ އެންމެ މަތީ ކޯޓުގެ އިދާރީ އިސްވެރިޔާގެ މަޤާމުގައި ހުރި މީހެއް ކަމުގައި ވުމުން، އިސްތިއުނާފު ރައްދުވާ ފަރާތަކީ އެހެން މުވައްޒަފުންނަށް ނަމޫނާއަކަށް ވާންޖެހޭ ފަރާތެއްކަމާއި، އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ ޚައްޞާޞީ މައްސަލައެއްގައި ކޯޓަށް ހާޒރިވ މީހުންނާ އެއްވެސް ގޮތަކަށް ދިމާނުވާގޮތަށ ކޯޓުގް މުވައްޒަފުންގެ ހަރަކާތްތައ ބެހެއްޓުމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި ހުންނެވ ފަނޑިޔާރި ދެއްވާފައިވާ އިރުޝާދާ ޚިލާފުވެ، އިސްތިއުނާފު ރައްދުވާ ފަރާ ތުން ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރިއިރު އިސްތިއުނާފު ރައްދުވާ ފަރާތާއެކު މަސައްކަތްކުރެއްވި އެ ޚައްސާސީ މައްސަލައިގައި ހާޒިރުވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ ކޮންޓެކްޓުވެފައިވާކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމމަށްފަހުވުސް، އިސްތިއުނާފު ރައްދުވާ ފަރާތުގެ މި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ނޫންކަމަށް ނިންމާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ވަކީނ ޚާއްސަކޮށް އެކޯޓުގެ އެހެން މުވައްޒަފުންގެ ކުރިމަތީގައި ފެނިގެން ނުވާނެ ކަމެއް ކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުގާ މި ޢަމަލުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިތުބާރު ގެއްލިފައި ވީނަމަވެސް، އެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކުރުމެއް ނެތި ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
20މުވައްޒަފަކު ކުރު ކަމަކީ، ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް ކަމުގައިވާނަމަ، އެ ކަމަކީ ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނެ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވިދާނެ ކަމަށް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޤަޟިއްޔާގައިކަނޑައަޅުއްވާފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިދާރީ އިސްވެރިޔާގެ މަޤާމުގައި ހުރެ، އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުތައް ބަހައްޓާފައިވާގތުން، ސުޕްރީމްކޯޓުގެ ބަޖެޓުން އެންމެ ރަނގަޅު ނުން ގޮތުގައި ނުވަތަ ނަހަމަގޮތުގައި 207,088/74ރ. (ދެލައްކަ ހަތްހާސް އަށްޑިހައަށ ރުފިޔް ހަތްދިހަ ހަތަރު ލާރި) ޚަރަދުވެފައިވާތީއާއި، ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިއެއްގެ މަޤާމުގައި ހުރެ އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަން ހުރި މަޤާމެއްގައި ހުރެ، ފަނޑިޔާރަކު ދެއްވާފައިވާ އިރުޝާދާ ޚިލާފުވެ، ވަކި ފަރާތަކަށް ޖެހޭފަދަ ގޮތަކަށް، ޝަރުޢީދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭ ގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެ ކޯޓުގެ އެހެން މުވައްޒަފުންގެ ކުރިމަތީގައި ޢަމަލުތައް ބަހައްޓާފައިވާ ކަމަށް ސާބިތުވެފައިވާތީ އާއި އެފަދަ ޢަމަލުތައް ތަކުރާރުވެއްޖެނަމަ ވެދާނެ ގެއްލުމަކަށްބަލައި، އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިތުބާރު ގެއްލިފައި ވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަކިކުރަންޖެހޭފަދަ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ، އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
21ބަދަލުދިނުމުގެ އަމުރެއް ޓްރައިބިއުނަލުން ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ ކަމަށް އަދި ޢަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ ޢަދަދެއް ކަމަށާއި، މިފަދައިން ޢަދަދު ކަނޑައެޅުމުގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދީމާވ މުވައްޒަފަކީ ކުރު ޢަމަލެއްގެ ސަބަބުން ކަމަށް ވާނަމަ، އެ ކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަދި، ވަޒީފާއާބެހޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެ ވެސް ވަރެއްގެ ނުރަނގަޅު ޙިއްސާއެއް ނުވަތަ އިހުމާލެއް އޮވެގެންތޯ ބަލަންވާނެ ކަމުގައި، އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވީނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ދިމާވެފައިވަނީ، އެ ފަރާތުގެ ޢަމަލުތައް ހުރި ގޮތުން ކަމުގައި މި މައްސަލައިގައި ސާފުކޮށް އެނގެން އޮތް ނަމަވެސް، ބަދަލުގެ ޢަދަދު ކަނޑައެޅުމުގައި ޓްރައިބިއުނަލުން އިސްވެ ބުނެވުނު ކަންކަމަށް ރިޢާޔަތްކޮށްފައިވނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ.
22އިސްތިއުނާފ ރައްދުވު ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް އޮތް އިތުބާރު ގެއްލުނު އެއް ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރެ ގޮތެއްގައި ނުވަތަ ނަހަމަގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ސީދާ ބެލުމުގެ ދަށުން ޚަރަދުކޮށްފައި ވުމުން، އެފަދަ ކަމެއް ތަކުރާރުވުމުގެ ފުރުޞަތު އޮތުމުން ކަމަށް ވުމާއި، ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިދާރީ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އެ ކޯޓުގެ އެހެން މުވައްޒަފުންނަށް ނަމޫނާއެއ ކަމުގައް ވާންޖެހޭ ފަރާތެއް ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ހިނގި ޚައްސާސީ މައްސަލައެއްގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި ހުންނެވ ފަނޑިޔާރި ދެއްވި އިރުޝާދާ ޚިލާފުވެ، އެ މައްސަލައިގައި ހިމެނޭ ޚަސްމަކާ ކޯޓުގެ މުވައްޒަފުންގެ ކުރިމަތީގައި ކޮންޓެކޓްވފައިވާކަމަށެ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. މިކަންކަން މިހެން ހުރި އިރުވެސް، އިސްތިއުނާފު ރައްދުވާ ފަރާތާމެދު ޢަމަލުކޮށްފައިވަނީ އެންމެ އިންޞާފުވެރި ގޮތެއްގައި ކަމަށް ބުރަނުވެވޭ ކަމަށް ނިންމައި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚު ކަމަށްވާ 02 ނޮވެންބަރު 2022 އިން ފެށިގެން ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުކަމުގައިވާ 06 ޖަނަވަރީ 2024 ގެ ނިޔަލަށް އިސްތިއުނާފު ރައްދުވާ ފަރާތަށް މުސާރައާއި ޢިނޔަތުގާ ގޮތުގައި ލިބެމުންދިޔަ -48,000/ (ސާޅީސ އަށްހާސް ރުފިޔާ) ގެ ނިސްބަތުން 678,090/32ރ. (ހަލައްކަ ހަތްދިހަ އަށްހާސް ނުވަދިހަ ރުފިޔާ ތިރީސް ދެލާރި) އެއްވެސް އަދަދެއް އުނިނުކށޮ ނަގައިދިނުމަށް ވަޒީފާ އާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމަކާ ނުލައި، ވަޒީފާއިން ވަކިކުރުމަށް ދިމާވީ އިސްތިއުނާފު ރައްދުވާ ފަރާތުން ކުރި އަމަލުތަކެއްގެ ސަބަބުން ކަމަށް ވީނަމަވެސް، އެ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބައިވެރިވި މިންވަރަށް ރިޢާޔަތްނުކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
23ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 260/VTR/2022 މައްސަލައިގެ ނިންމުން ބާޠިލުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެ، މަޢުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހު ކަމުގައި ކަނޑައަޅައި ދިނުމަށާއި އިސްތިއުނާފު ރައްދުވާ ފަރާތަށް އެއް ވެސް ބަދަލެއް ދޭންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންތައްތައް ފުރަތަމަ ނުކުތާއާ ގުޅޭ
24އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމާއި، މައްސަލައިގެ ނިންމުމަށް ވާސިލުވުމުގެ ކުރިން ވަޒީފާއިން ވަކިކުރި ސަބަބަކީ ކޮބައިކަމާއި، އެ ސަބަބު ތަފްސީލުކުރަމުން، އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާއި އެ ނޫން ވެސް އެންމެހައި ކަންކަމާއި، ރިޢާޔަތްކުރި ގޮތް ޓްރައިބިއުނަލް ރިޕޯޓުގެ 8 ވަނަ ޕެރެގްރާފުން ފެށިގެން ބަޔާންކޮށްފައިވާކަމާއި، މިއިން އެއްވެސް ކަމެއް ޤާނޫނާ ޚިލާފުވާ ގޮތެއް، ޚިލާފުވަނީ ކޮން ޤާނޫނަކާކަމެއ ކޮން ޤާނޫނީ އުޞޫލަކާ ކަމެއް އިސްތިއުނާފު ނުކުތާއިން ސާފު ނުވާ ކަމަށް ޑރ. ޙުސައިން ފާއިޒްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
25މައުޟޫއީ ޢަދުލުވެރިކަން ގާއިމުނުވާ ކަމަށް ކަނޑައެޅުމުގައި، ޓްރައިބިއުނަލުން ބުރަވެފައިވަނީ، ވަޒީފާއިން ވަކިކުރި ޗިޓްގައިވާ ސަބަބަށްކަމާއި، އެ ސަބަބަކީ އެއަށްވުރެ ފުޅާ ކުރެވޭނެ ސަބަބެއް ނޫން ނަމަވެސް، އެ ސަބަބު މެދުވެރިވެފައިވާކަން ދެނެގަތުމަށްޓަކައި ކަމާގުޅޭ ވާގިއާތައް ހުރިނެތް ގޮތް ކަށަވަރުކުރެވިދާނެކަމާއި، އެކަން ޓްރައިބިއުނަލުން ފުރިހަމައަށް ކޮށްފައިވާކަމަށް ޑރ. ޙުސައިން ފާއިޒްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެކަން ޓްރައިބިއުނަލްގެ ރިޕޯޓުގެ 9.6 އަދި 9.7 ގައި ބަޔާންކޮށްފައިވާކަމާއި މިއީ ދެފަރާތުން ދެއްކި ވާހަކަތައް ނޫންކަމާއި، ވަޒީފާއިން ވަކިކުރި ސަބަބު ފިޔަވައި އެހެން ކަންކަން ހިމަނާފައިވާ ކަމަށް ބުނެ ފާހަގަކުރާ ނުކުތާއަކީ އެއްވެސް އަސްލެއް އަސާސެއް ނެތް ވާހަކަތަކެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
26ވަޒީފާއިން ވަކިކުރި މައިގަނޑު ސަބަބުގެ އެއްބައިކަމުގައިވާ "ދައުލަތުގެ ފައިސާ ނަހަމގޮތުގައަ ބޭނުންކުރުން" މިބައިކަމާއި، މިއީ ސުޕްރީމް ކޯޓުގައި ކެމެރާ ހަރުކުރުމަށް ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭތ ފާހަގަކޮށްފައިވީ ކަމެއް ކަމަށްވާއިރު، ފެންނަން ހުރި ލިޔުންތަކުން އެ ވާޤިއާތައް އެނޫން ގޮތަކަށް ހުރިކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށް ފާހަގަކޮށް، ޓްރައިބިއުނަލްގެ ރިޕޯޓުގައި މި ކަންކަން ފާހަގަކޮށްފައިވާ ގޮތް ޑރ. ޙުސައިން ފާއިޒްގެ ފަރާތުން އިސްތިއުނާފީ ޖަވާބުގައި ފާހަގަކޮށްފައިވެއެވެ.
27ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ޑރ. ޙުސައިން ފާއިޒް ބޭނުންކުރި ކަމަށް ބުނާ ބުނުމަކީ، ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކށޮދެވުނ ކަމެއު ނޫންކަމާއި، އެކަން ނިންމާފައިވަނީ، ދެފަރާތުގެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި، އަދި މި ނުކުތާއާ ގުޅިގެން ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާ ޚިލާފުވި ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނެތް ކަމަށް ޑރ. ޙުސައިން ފާއިޒް ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ކަންކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމިކަމަށް ބުނާ ކަންކަމަކީ އެފަދައިން ހުރި ކަންކަން ނޫންކަމާއި، އެކަންކަމަށް ރިޢާޔަތް ކުރުމެއް ނެތި މައްސަލަ ނިންމިކަމުގައި ބުނާނަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ނިންމުމުގައި ބަޔާންކޮށްފައިވާ ފަދައިން އެކަމުގެ ތަފްސީލް ހާމަކުރަންވާނެ ކަމަށާއި، ނަމަވެސް އެފަދަ ތަފްސީލެއް ހުށަހަޅާފައި ނެތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
28ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާއަށް ބަލާއިރު، އިސްތިއުނާފީ ނުކުތާގެ މައިގަނޑު ވާޤިއާއާމެދު ޓްރައިބިއުނަލްގެ ނިންމުން ގޯސްވާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާގައި ބުނެދީފައި ނުވާކަމާއި، އެ މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ޓްރައިބިއުނަލުން ޚިލާފުވީ ކޮންކަމަކާ ކަމެއް ބުނެދީފައިނުވާކަމަށް ޑރ. ޙުސައިން ފާއިޒްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
29އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ، ޑރ. ޙުސައިން ފާއިޒް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ މުޢާމަލާތުކުރަނ މަސައްކަތް ކޮށްފައިވާކަމަށް ބުން ބުނުން އެފަރާތަށް ސާބިތުކށޮ ދެވިފައިނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު، އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަޑައިގެންނެތި ވަގުތާ ދިމާކށޮ ޑރ. ޙުސައިން ފާއިޒް ނުކުތް ނުކުތުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމުގައި ބުރަ ނުވެވޭކަމަށް ނިންމާފައިވާކަމާއި މި ނިންމުމުގައި އެ ޢަމަލަކީ، ވަޒީފާގެ ގުޅު ނ އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއްކަމުގައި ވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ފާހަގަކޮށްފައިވާއިރު، މިކަންކަން ޤާނޫނާ ޚިލާފުވީ ގޮތެއް އިސްތިއުނާފު ނުކުތާއިން ސާފުނުވާކަމަށް ޑރ. ޙުސައިން ފާއިޒް ފާހަގަކޮށްފައިވެއެވެ.
30ރައީސް ޔާމީންގެ ޝަރީޢަތްތައް ސުޕްރީމްކޯޓުގައި ކުރިއަށް ދިޔައީ 2021 ވަނަ އަހަރުގެ ފަހު ކޮޅުގައި ކަމުގައިވާއިރު، އެއިގެ ފަހުން 03 މަހަށްވުރެ ގިނަދުވަސްވީއިރު، އެކަން ހިނގިތޯވެސް ވަޒީފާ ދިން ފަރާތުން ސުވާލު ކޮށްފައިނުވާކަމާއި، ސީރިއަސް ޣައިރު ސުލޫކީ ޢަމަލެއް ނަމަ، ވަޒީފާދިން ފަރާތުން އެކަށޭނަ އަވަސްމިނެއްގައި އެކަމާ ގުޅިގެން ފިޔަވަޅު އަޅާ ނިންމާނެކަމަށް ޑރ. ޙުސައިން ފާއިޒްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
31އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިސްމާޢިލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި، "އިތުބާރު" އޮތްކަން ނުވަތަ ނެތްކަން ދެނެގަތުމުގެ އުޞޫލުތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޙަވާލާދެމުނ ތަޠުބީޤުކޮށް ނިންމާފައިވާ އިސްމާޢިލް ސިވާ ން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި، ކޮންމެ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ އެ ޢަމަލެއްގެ ސަބަބުން މީހަކު ވަގުތުން ވަޒީފާއިން ވަކިކުރަންޖެހޭވަރުގެ ޢަމަލަކަށް ނުވެދާނެކަމާއި، މުވައްޒަފެއްގެ ކިބައިން ހިނގާ ނޭދެވޭ ސުލޫކީ ޢަމަލުތަކާމެދުވެސް ފިޔަވަޅު އަޅަންވާނީ އެ ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެ ޢަމަލަކާ އެކަށީގެންވާ ގޮތަކަށްކަމާއި، ސިޔާސީ ހަރުކަށި ފިކުރު ދެއްކުމަކީ މުވައްޒަފެއްގެ ކިބައިން ފެނުން އެދެވިގެންވާ ކަމެއް ކަމުގައިނުވާއިރު، ވަޒީފާދޭ ފަރާތުންވެސް އެފަރާތުގެ ޢަމަލުތައް ބެހެއްޓުމުގައި މިފަދަ ހަރުކަށިކަން ދައްކައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 86A/-SC/2120 ޤަޟިއްޔާ
32އިސްވެ ބުނެވުނު ނިންމުން މި މައްސަލައަށް ތަޠުބީޤުކުރާއިރު، ޑރ. ޙުސައިން ފާއިޒްގ އެ ޢަމަލަކީ، ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފު ޢަމަލެއް ނޫންކަމާއި، އަދި އެ ޢަމަލުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރުގެ ސުވާލެއް އުފެދޭނެ ޖާގައެއް ނެތްކަމަށާއި، ނުވަތަ ވަޒީފާގެ ހައިސިއްޔަތުން ވަޒީފާ ދިން ފަރާތަށް ޑރ. ޙުސައިން ފާއިޒް އަދާކުރަންޖެހޭ އިލްތިޒާމްތަކަށް އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފުވާ ޚިލާފުވުމެއް ނެތްކަމާއި، އިސްތިއުނާފުކުރާ ފަރާތަށް މިއިން އެއްވެސް ކަމެއް ސާބިތުކޮށް ނުދެވޭ ކަމަށް ޑރ. ޙުސައިން ފާއިޒްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
33ތިންވަނަ އިސްތިއުނާފީ ނުކުތާގައި ބުނެދޭން މަސައްކަތްކުރަނީ ކޮން ވާހަކައެއްކަން ސާފު ނުވާކަމާއި، މި ނުކުތާގައި، ކުރީގެ ނުކުތާގައި ތަފްސީލްކޮށް ބަޔާންކުރި، ކެމެރާ ހަރުކުރުމުގެ ހާދިސާގައި، ޑރ. ޙުސައިން ފާއިޒް އިތުރަށް ވަޒީފާގައި ދެމިހުރެއްޖެނަމަ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފާނެ ކަމުގައި ބެލެވުމާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ ގުޅޭ ހާދިސާގެ ވާހަކަ ކަމަށް އޭނާ ފާހަގަކުރެއެވެ.
34މި ދެ ހާދިސާގައިވެސް، ދެފަރާތުގެ ދެމެދުގައިވާ އިތުބާރަށް އަސަރުކުރާނެ އެއްވެސް ކަމެއް ނެތްކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އިސްމާޢީލް މަސްއޫދު ވ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލަ ތަޠުބީޤުކުރާނެ ޖާގައެއް ނެތްކަމަށް ޑރ. ޙުސައިން ފާއިޒް ފާހަގަކޮށްފައިވެއެވެ.
35މ ނުކުތާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެޕޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއާ ހަވާލާދީ އެއްވެސް ކަމެއްގެ ތަފްސީލެއް އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ފާހަގަކޮށްފައިނުވާކަމާއި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަދަލާބެހޭ ގޮތުން ފާހަގަކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިވާ ގޮތުގެ މައްޗަށް ބަލައި ބަދަލުގެ މިންވަރު ތަފާތުކުރާ ވާހަކަ ކަމަށް ޑރ. ޙުސައިން ފާއިޒް ފާހަގަކޮށްފައިވެއެވެ.
36ޓްރައިބިއުނަލްގައި ބަދަލުގެ މިންވަރާ ގުޅިގެން އެއްވެސް ކަމެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަނުކރުކަމާއި، މައްސަލައިގެ ވަށައިގެންވާ ކަންކަން އަދި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ވާހަކައެއް ޓްރައިބިއުނަލް މަރުޙަލާގައި ދައްކާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
37ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޓްރައިބިއުނަލުން މި މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތް ކުރާއިރު، މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށް ޑރ. ޙުސައިން ފާއިޒް އެދިފައިވެއެވެ.
38މ އިސްތިއުނާފުގައި އޮތީ، އެއްބަސްވުމެއްގެ ދަށުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ ކޯޓަކަށް ޚިދުމަތްކުރުމަށް އެއްބަސްވެ، އެގޮތުގެ މަތިން، މަސައްކަތްކުރަމުން ދިޔަ މުވައްޒަފެއްގެ ވަޒީފާއާމެދު ކަންހިނގާދިޔަ ގޮތުގެ ވާހަކައެވެ. މި އިސްތިއުނާފުގައި އޮތީ، އެ އެއްބަސްވުމުގައި ބުނާ 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތު ގުނަމުން ދަނިކޮށް، 03 (ތިނެއް) އަހަރާއި، 09 (ނުވައެއް) މަހާއި، 27 (ހަތާވީސް) ދުވަސް ފަހުން، އެއްވެސް ނޯޓިހެއް ދިނުމެއްނެތި، ވަޒީފާއިން އެ މުވައްޒަފު ވަކިކުރި ވަކިކުރުމުގެ ވާހަކައެވެ.
39އެ މުވައްޒަފަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މަސައްކަތްކުރި މުވައްޒަފެކެވެ. އެ މުވައްޒަފަކީ، އެ ކޯޓުގެ ސެކެޓަރީ ޖެނަރަލް (އެސްޖީ)ގެ މަޤާމުގައި އޭރު ހުރި މުވައްޒަފެކެވެ. އެ މުވައްޒަފަކީ، "ޑރ. ޙުސައިން ފާއިޒް" ނަމަކަށްކިޔާ މުވައްޒަފެކެވެ.
40އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާއަށް ދިން އެއްވެސް ނަސޭހަތެއް ނެތެވެ. އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާއަށް ދިން އެއްވެސް އިންޒާރެއް ނެތެވެ. އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއަށް ދިން އެއްވެސް ނޯޓިހެއް ނެތެވެ. އެ ކަންކަމާމެދު ޚަޞްމުންގެ މެދުގައި އެއްވެސް ޚިލާފެއްވެސް ނެތެވެ.
41ބުނެވިދިޔަ ފަދައިން، ކުރިން ނޯޓިހެއް ދިނުމެއްނެތި، އެ މުވައްޒަފު ވަޒީފާއިން ވަކިކުރިވަކިކުރުމާ ގުޅިގެން، އެކަމަށް އިންސާފު ހޯދުމަށް އެދި، އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ދޮރުގައި ޓަކިޖެހިއެވެ. އެ މުވައްޒަފު ބުނަމުން ދިޔައީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާ ސޮއިކުރި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށެވެ. އެ މުވައްޒަފު ބުނަމުން ދިޔައީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ ޚިލާފަށްކަމަށެވެ. އެ މުވައްޒަފު ބުނަމުން ދިޔައީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާ ވެސް ޚިލާފަށްކަމަށެވެ. އެ މުވައްޒަފު އެދެމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓއާ ޑރ. ޙުސައިން ފާއިޒް އާ ދެމެދު 07 ޖަނަވަރީ 2019 ގައި ވެފައިވާ "ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާގެ އެއްބަސްވުން" ގަވާއިދު ނަންބަރު 5-2011/R ޤާނޫނު ނަންބަރު 2008/2 ދިޔައީ، އޭނާ ސޮއިކުރި 05 (ފަހެއް) އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތުގެ ބާކީ އޮތް ދުވަސްތަކަށް، ވަކިކުރި ދުވަހުން ފެށިގެން، މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ. އެ މުވައްޒަފު ބުނަމުން ދިޔަ ބުނުމަށާއި ނަގައިދިނުމަށް އެދެމުން ދިޔަ ފަރުވާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެއްބަސްވެ އެގޮތުގެ މައްޗަށް އެ މައްސަލަ ނިންމިއެވެ.
42މިއީ، ބުނެވިދިޔަ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލެވޭ އިސްތިއުނާފީ މައްސަލައެކެވެ.
43މ އިސްތިއުނާފުގައި މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭކަމަށް އަހުރެންނަށް ފެންނަ ނުކުތާތަކަކީ:
1.43 މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަލަންޖެހެނީ، ވަޒީފާއިން ވަކިކުރި ސަބަބު ކަމަށް ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައިވާ ސަބަބުކަމާއި، އެ ސަބަބު ފިޔަވައި އެހެން ސަބަބުތަކަށް ރިޢާޔަތްނުކުރެވޭނެކަމަށް، ޕްރިސިޝަނ މެރިން ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރައްޒާޤް 21 20 ޢަލީ ޤަޟިއްޔާގައި އަދި މާރިސް ކޮންސްޓްރަކްޝަން ވ. މުޙައްމަދު ޒާލިފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްތޯ އާއި، އަދި، މި މައްސަލައިގައި މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ވަޒީފާދފަރާތުނޭ ހުށަހެޅް ކަންތައްތަކަށް ރިޢާޔަތްނުކޮށް، ދެފަރާތުން ކުރެ ފަރާތަކުން ފާހަގަކޮށްފައިނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެންތޯ؟ އާއި
2.43 މުވައްޒަފާމެދު ތުހުމަތު ކުރެވުނު ކަންތައްތައް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި މައުޟއޫ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ، މައުޟޫއީގޮތުނ މައްސަލް ބެލުމުގައި ޢަމަލުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތާ ޚިލާފަށް ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަކާ ނުލައތި؟ އާއި
3.43 މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ، އެ މުވައްޒަފު ޝަރުޢީދާއިރާގ އެންމެ މަތީ ކޯޓުގެ އިދާރީ އިސްވެރިޔާގެ މަޤާމުގައި ހުރެ ޢަމަލުކޮށްފައިވާގޮތުން، މުވައްޒަފަށް އޮތް އިތުބާރު ގެއްލިފައިވާތީ، ޝަރުޢީދާއިރާގ މުވައްޒަފުންގެ ގަވާއިދު 2011 ގެ 93 ވަނަ މާއްދާގެ ދަށުން ކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަކިކުރަންޖެހޭފަދަ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް މުވައްޒަފު ކޮށްފައިނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މުވައްޒަފަކު ކުރާ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގއަ އޮންނަ ވަޒީފާގެ ގުޅުމުގައި އޮންނަ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަން ޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް ކަމުގައިވާނަމަ، އެ ޢަމަލަކީ ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވިދާނެ ކަމަށް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްތޯ؟ އަދި
4.43 މުވައްޒަފާމެދު ޢަމަލުކޮށްފައި ވަނީ އެންމެ އިންޞާފުވެރި ގޮތެއްގައި ކަމަށް ބުރަނުވެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައި، މުވައްޒަފަށް ބަދަލެއްގެ ގޮތުގައި 32/90678,0ރ. (ހަލައްކަ ހަތްދިހަ އަށްހާސް ނުވަދިހަ ރުފިޔާ ތިރީސް ދެ ލާރި) ނަގައި ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މި މައްސަލައިގައި ގޮތެއް ނިންމުމުގައި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމަކާ ނުލައި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާއި ބަދަލު ދިނުމުގައި ތަބާވާންޖެހޭ އުޞޫލުތަކުގެ ގޮތުގައި އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްތޯއެވެ. ގޮތް ކަނޑައެޅުން މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބަށާއި، ދެފަރާތުން ހުށަހެޅި ކަންކަމަށް ރިޢާޔަތްނުކޮށް މައްސަލައިގައި ގޮތް ކަނޑައަޅާފައިވާކަމަށް ބުނާ ބުނުން
44އެއްކަމަކަށް މި ނުކުތާގައި ވަޒީފާދޭ ފަރާތުން ފާހަގަކޮށްފައިވަނީ، ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި، މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައިވާ ސަބަބަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، އެހެންކަމުން، އެ ނިންމުން ޕްރިސިޝަނ މެރިން ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރައްޒާޤް ޢަލީ ޤަޟިއްޔާގައި އަދި މާރިސް ކޮންސްޓްރަކްޝަން ވ. މުޙައްމަދު ޒާލިފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުކަމަށެވެ. ނަމަވެސް، މުވައްޒަފުގެ ފަރާތުން އެ ބުނުމަށް އިންކާރުކޮށް އެކަމުގެ ތަފުސީލު ފާހަގަކޮށްފައިވެއެވެ.
45އެހެންކަމުން، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުން ތަޙްލީލުކުރުމަށްޓަކައި ފުރަތަމަ ބަލަންޖެހޭ ކަމަކީ، ވަޒީފާއިން ވަކިކުރި ޗިޓުގައި އޮތް ސަބަބަކީ ކޮބައިތޯކަމުގައި އަހުރެން ދެކެމެވެ. އެއަށްފަހު ދެން ބަލަންޖެހޭ ކަމަކީ، އެ ސަބަބު ނޫން ސަބަބަކަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި އޮތްތޯ ނުވަތަ ނޫންތޯކަމުގައި އަހުރެން ދެކެމެވެ.
46ވަޒީފާއިން ވަކިކުރި ޗިޓުގައި މުވައްޒަފު ވަޒީފައިން ވަކިކުރި ސަބަބުކަމަށް ފެންނަންއޮތް ސަބަބަކީ: "ދައުލަތުގެ ފައިސާ ނަމަގޮތުގައި ބޭނުންކޮށް، ޝަރުޢީދާއިރާގ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވުމުން، ޑރ. ޙުސައިން ފާއިޒްއަށ އޮތް އިތުބާރު ގެއްލިފައިވާތީ، ޝަރުޢީދާއިރާގ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 88 ވަނަ މާއްދާގެ (ރ) ގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން." މިއެވެ.
47ޕްރިސިޑެންސް 1ވަޒީފާއިން ވަކިކޮށްގެން ހުށަހެޅް މައްސަލަތައް ބެލުމުގައި، ވަޒީފާދޭ ފަރާތުން ވަޒީފާއިން ވަކިކުރިއިރު ބަޔާންކޮށްފައިވާ ސަބަބު އެއީ ވަޒީފާއިން ވަކިކުރި ސަބަބުކަމުގައި ބަލަންޖެހޭނެކަމާމެދު އެއްވެސް ސުވާލެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އެހެނީ، އެއީ ވަޒީފާއާބެހޭ މައްސަލަތަކުގައި ޢަމަލުކުރަމުން އަންނަ އިސްތިޤްރާރުވެފައިވާ ހަމައެއްކަމުގައި ވާތީއެވެ. އަދި އެކަމަކީ މި މައްސަލައިގެ ޚަޞްމުންގެ މެދުގައި އުފެދިފައި އޮތް ސުވާލެއްކަމުގައިވެސް ނުވާތީއެވެ.
48ވަޒީފާއިން ވަކިކުރާ ސަބަބަކީ، ވަޒީފާއިން ވަކިކުރިއިރު ބަޔާންކޮށްފައިވާ ސަބަބަށްވާންޖެހޭނެކަމީ އަހުރެންވެސް ޤަބޫލުކުރާ އުޞޫލެވެ. މި އުޞޫލުން ވަޒީފާއަދާކުރާ ފަރާތަށާއި ވަޒީފާދޭ ފަރާތަށްވެސް ރައްކާތެރިކަން ލިބިދެއެވެ. އެގޮތުން، މި އުޞޫލުން، ވަޒީފާއަދާކުރާ ފަރާތަށް އޭނާގެ ވަޒީފާ ގެއްލިފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު (2)115/DJA/2022 "ވަޒީފާއިން ވަކިކުރި ޗިޓު" ކީއްވެގެންކަން ސާފުކޮށް، ލަސްނުވެ އަވަހަށް އެނގިގެންދާކަން ކަށަވަރުކޮށްދެއެވެ. މި އުޞޫލުން، ވަޒީފާދޭ ފަރާތަށް އެ ފަރާތުން ބަޔާންކުރި ސަބަބުތައް ފަހުން ބަދަލުކުރުމަށް ހުރަސްއެޅެއެވެ.
49ޕްރިސިޑެންސް 2ނަމަވެސް، ބުނެވިދިޔަ އުޞޫލުގެ މާނައަކީ، ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި ބަލަންޖެހޭނީ ހަމައެކަނި ވަޒީފާއިން ވަކިކުރި ޗިޓަށް އެކަނިކަމަކަށ އަހުރެންނަކަށް އެއްބަހެއްނުވެއެވެ. އެނޫން އެހެން ލިޔެކިޔުންތަކަށް ރިޢާޔަތްނުކުރެވޭނެކަމަކަށ އަހުރެންނަކަށް އެއްބަހެއްނުވެއެވެ.
50ކޮންމެ މަސައްކަތުގެ މާހައުލެއްގައިވެސ ނިންމުންތައް ބައްޓަންކުރެވެނީ، މަޝްވަރާތަކާއި، މެމޯތަކާއި އަދި ރިޕޯޓްތަކަށް ބަރޯސާވެގެންކަމަކީ، ކަންހިނގި ގޮތަށާ ބެލުމުން ސާފުވާކަމެކެވެ. ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޓްރައިބިއުނަލުން އެފަދަ ލިޔެކިޔުންތަކަށް ބަލައި ކަންކަން ދަނެގަތުމަކީ، އެ ޓްރައިބިއުނަލަށް ކުރެވިދާނެކަމެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ. ޓްރައިބިއުނަލުން އެ ލިޔުންތަކަށް ބަލަނީ ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައިވާ ސަބަބު އެއީ ހަމަ ޙަޤީޤަތގައިވެސު މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބުކަން ދެނެގަތުމަށްޓަކައި ކަމުގައި އަހުރެންނަށް ބެލެވެއެވެ. އެހެން ޢިބާރާތަކުން، ކުރުކޮށް، ބުނާނަމަ އަހުރެންނަށް ވެސް އެއްބަސްވވެނީ، ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައިވާ ސަބަބު ބަދަލު ނުކުރެވޭނެކަމަށެވެ. އަހުރެންނަށް އެއްބަސް ނުވެވނެ، ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ޗިޓުގައި ބަޔާންކުރާ ސަބަބަށް ބާރުދޭ ހެކިތަކަށް ރިޢާޔަތްކށޮ ޓްރައިބިއުނަލުން ބެލި ބެލުން ގޯސްކަމަށެވެ.
51މ މައްސަލައިގައި ކަނި ހިނގާފައިވާ ގޮތަށް ބަލާއިރު، ފެންނަން އޮތް ޙަޤީޤަތަކީ، ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި އޮތްކަމަށް ވަޒީފާދޭ ފަރާތުން ބުނާ ރިޕޯޓަކީ އައު ރިޕޯޓެއް ނޫންކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި އޮތްކަމަށް ވަޒީފާދޭ ފަރާތުން ބުނާ ރިޕޯޓަކީ މުވައްޒަފު އަމިއްލައަށް ތައްޔާރުކޮށް ހުށަހެޅި ރިޕޯޓެއްވެސް ނޫންކަމެވެ. ފެންނަން އޮތް ޙަޤީޤަތަކީ، ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައި އޮތްކަމަށް ވަޒީފާދޭ ފަރާތުން ބުނާ ރިޕޯޓަކީ ވަޒީފާދިން ފަރާތުން އަމިއްލައަށް ތައްޔާރުކޮށް ހުށަހެޅި ރިޕޯޓެއްކަމެވެ.
52މ މައްސަލައިގައި ކަނި ހިނގާފައިވާ ގޮތަށް ބަލާއިރު، ޓްރައިބިއުނަލުން ކޮށްފައި އޮތްހައިވެސް ކަމަކީ، ވަޒީފާދިން ފަރާތުން ވަޒީފާއިން ވަކިކުރި ޗިޓްގައ ބަޔާންކުރި ސަބަބު ހަމަ ޙަޤީޤަތުގައިވެސް ވުޖޫދުވިތޯ ބެލި ބެލުމެވެ. އަދި އެފަދައިން ބެލި ބެލުމުގައި ކޮށްފައި އޮތްހައިވެސްކަމަކީ، ހުށަހެޅިފައިހުރި ހެކިތަކަށް ރިޢާޔަތްކުރިކުރުމެވެ. އެއީ މައުޟޫއީ ޢަދުވެރިކަން އޮތްތޯ ބެލުމަށްޓަކައި ޓްރައިބިއުނަލުން ކުރަންޖެހޭނެކަމެއްކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އަދި އެއީ މައުޟޫއީ ޢަދުލުވެރިކަން އޮތްތޯ ބެލުމުގައި ނުކޮށްދޫކޮށްލެވިދާނެކަމެއްކަމުގައި އަހުރެންނަށް ބުރައެއްނުވެވެއެވެ. ޓްރައިބިއުނަލުން އައު ތުހުމަތުތަކެއް އުފަންކޮށް އައު ސަބަބުތަކެއް އުފައްދާފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ވަޒީފާދޭ ފަރާތުން ބަޔާންކުރި ސަބަބުތަކުގެ ތަރަޙައިނ ޓްރައިބިއުނަލުން ބޭރުވެފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އަހުރެންނަށް ފާހަގަކުރެވެނީ، ވަޒީފާދިން ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުން ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް ބާރު ލިއްބައިދޭތޯ ޓްރައިބިއުނަލުން ވަޒަންކޮށްފައިވާކަމެވެ.
53އެހެންކަމުން،ވަޒީފާއިން ވަކިކުރި ޗިޓުގައި މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ފެންނަންއޮތް ސަބަބު ފިޔަވައި އެހެން ސަބަބަކަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާކަން އެ ނިންމުމުން އަހުރެންނަށް ފެނި ފާހަގައެއް ނުކުރެއެވެ. އެހެންކަމުން، ވަޒީފާދޭ ފަރާތުގެ އެ ބުނުމާ އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު (2)115/DJA/2022 "ވަޒީފާއިން ވަކިކުރި ޗިޓު"
54އަނެއް ކަމަކަށް މި ނުކުތާގައި ވަޒީފާދޭ ފަރާތުން ފާހަގަކޮށްފައިވަނީ، ދެފަރާތުންކުރެ ފަރާތަކުން ފާހަގަނުކުރާ ކަންތައްތަކެއް ޓްރައިބިއުނަލުން ފާހަގަކުރިކަމަށ ބުން ބުނުމެވެ. ނަމަވެސް، ޓްރައިބިއުނަލުގެ ނިންމުމަށް ބެލުމުން ސާފުވާކަމަކީ، ފާހަގަކޮށްފައިވާ ކަންކަމަކީ، ހުށަހެޅުނު ހެކިތަކުގެ އަލީގައި ޗިޓުގައި ބަޔާންކުރާ ސަބަބަށް ރިޢާޔަތްކޮށް ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ކަންތައްތަކެއްކަމެވެ. އެހެންކަމުން، އެކަމުގައި ގޯހެއް އޮތްކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. މައުޟޫއީގޮތުން މައްސަލަ ބެލުމުގައި ޢަމަލުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތ ޚިލާފަށާ ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުން
55ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "68. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި އިންސާފުވެރިކަމާއެކު، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މަޞްލަޙަތާއި، ދެފަރާތުގެ ޙައްޤުތައް ރައްކައުތެރިކޮށްދެވޭނެ ގޮތްތަކަށް ރިޢާޔަތް ކުރަންވާނެއެވެ."
56މ ނުކުތާގައި މައިގަނޑުގޮތެއްގައި ވަޒީފާދޭ ފަރާތުން ފާހަގަކުރަނީ ޓްރައިބިއުނަލުން އެ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށްބުނެ އެކަމެވެ. އެ މާއްދާގައި ބުނެފައިވަނީ، މައްސަލަތައް ބެލުމުގައި ޓްރައިބިއުނަލުން ޢަމަލުކުރަން ވީ ގޮތެވެ. އެ ގޮތަކީ، އިންސާފުވެރިކަމާއެކު ޢަމަލުކުރުމެވެ. އެ ގޮތަކީ، ވަޒީފާދޭ ފަރާތާއި މުވައްޒަފުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމެވެ. އެ ގޮތަކީ، ދެފަރާތުގެ ޙައްޤުތަކަށް އިޙްތިރާމްކުރުމެވެ.
57ބުނެވިދިޔަ މާއްދާއާ ޙަވާލާދީ ވަޒީފާދޭ ފަރާތުން ފާހަގަކުރަނީ ކޮންކަމެއްތޯ ބަލާއިރު، ފާހަގަކުރަނީ އެ ޓްރައިބިއުނަލުން މައްސަލަ ބެލުމުގައި އިންސާފުވެރިވެފައ ނެތި ކަމށ ބުން އެކަމެއަނޫނެވެ. އެ މާއްދާއާ ޙަވާލާދީ ވަޒީފާދޭ ފަރާތުން ފާހަގަކުރަނީ، އެ ޓްރައިބިއުނަލުން މައްސަލަ ބެލުމުގައި، އެ ފަރާތުގެ ޙައްޤުތަކަށް އިޙްތިރާމްކޮށްފައި ނެތްކަމަށް ބުނެ އެކަމެއްވެސް ނޫނެވެ. އެހެނަސް، އެ މާއްދާއާ ޙަވާލާދީ ވަޒީފާދޭ ފަރާތުން ފާހަގަކުރަނީ، ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށްފައި ނެތް ކަމަށް ބުނަ އެކަމެވެ.
58ޕްރިސިޑެންސް 7ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށްފައި ނެތް ކަމަށް ބުނެ އެ ފަރާތުން ފާހަގަކުރަނީ ކޮންކަމެއްތޯ ބަލާއިރު، އެގޮތުން ފާހަގަކުރަނީ، މައުޟޫއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ޓްރައިބިއުނަލުން ނިންމާފައިވާތީ އެކަމެވެ. ނަމަވެސް، އެ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށްފައި ނެތްކަމަށް ވަޒީފާދޭ ފަރާތުން ބުނެ އެފަދައިން ޝަކުވާކުރާއިރު، އެ ޝަކުވާކުރާ ޤާނޫނީ ހަމައެއް ވަޒީފާދޭފަރާތަށް ބުނެއެއްނުދެވެއެވެ. މި ނުކުތާގައި ތަކުރާރުކުރަނީ ޓްރައިބިއުނަލަށްވެސް ހުށަހެޅި ކަންކަން ފާހަގަކޮށް ހަމަ އެކަންތައްތަކެވެ. އެ ކަންކަން އެގޮތަށް ފާހަގަކުރުމުން ޓްރައިބިއުނަލުން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާގޮތެއް، ވަކިން ޚާއްޞަކޮށް މި ނުކުތާގައި ޙަވާލާދޭ ޓްރައިބިއުނަލުގެ ޤަވާޢިދުގެ 68 ވަނަ މާއްދާއާ ޚިލާފުވާގޮތެއް ބުނެއެއްނުދެއެވެ.
59މިހާހިސާބުން އުފެދޭ ސުވާލަކީ، ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރިކަމަށް ބެލޭނީ، އެ ފަރާތުން އެދޭގޮތަށް މައްސަލައާމެދު ގޮތް ކަނޑައެޅިފައި އޮތުމުންތޯ އުފެދޭ ސުވާލެވެ. ނުވަތަ ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރިކަމަށް ބެލޭނީ، އެ ފަރާތުން ހުށަހަޅާ ކަންކަމަށް ހަމައެގޮތަށް އެއްބަސްވެ އެ ފަރާތުން އެދޭ ނަތީޖާއަށް ވާޞިލުވުމުންތޯ އުފެދޭ ސުވާލެވެ.
60ޕްރިސިޑެންސް 3ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަކީ، އެ ފަރާތުން އެދޭގޮތަށް މައްސަލައާމެދު ގޮތް ކަނޑައެޅުންކަމަކަށ އަހުރެންނަކަށް ދޭހައެއްނުވެއެވެ. ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކުރުމަކީ، އެ ފަރާތުން އެދޭގޮތަށް މައްސަލައާމެދު ގޮތް ކަނޑައެޅުންކަމަކަށް އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ. އެހެންކަމުން، ވަޒީފާދޭ ފަރާތުން ބުނާ ފަދައިން، މި މައްސަލައިގައި، އެ ފަރާތުގެ ބުނުމާ އެއްބަސްވެ އެ ނަތީޖާއަށް ވާޞިލުވެފައި ނެތުމަކީ، ޓްރައިބިއުނަލްގެ ޤަވާޢިދުގެ 68 ވަނަ މާއްދާއާ ޚިލާފު ވެފައިވާކަމަށް ބެލިދާނެ ހަމައެއްކަމަކަށ އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ.
61ޓްރައިބިއުނަލުގެ ރެކޯޑުތަކުން ދައްކާގޮތުގައި، މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބުތައް ވަޒީފާދޭ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އެ ސަބަބުތައް ކިޔައިދިނެވެ. އެ ސަބަބުތައް ތަފުސީލުކޮށްދިނެވެ. ކަންމިހެން އޮތްއިރު، މިތަނުގައި އުފެދޭ ސުވާލަކީ، އެ ކަންކަމާމެދު ޓްރައިބިއުނަލުން ޢަމަލުކޮށްފައި އޮތީ ކޮންގޮތަކަށްތޯ އުފެދޭ ސުވާލެވެ. އެ ސަބަބުތައް ޓްރައިބިއުނަލުން ތަޖާހުލުކޮށްލީތޯއެވެ؟ ނޫނެކެވެ. އެ ސަބަބުތަކަށް ޓްރައިބިއުނަލުން ބީރު ކަންފަތެއް ދިނީތޯއެވެ؟ ނޫނެކެވެ. އެ ސަބަބުތަކަށް ރިޢާޔަތްނުކުރީތޯއެވެ؟ ނޫނެކެވެ.
62ޓްރައިބިއުނަލުގެ ރެކޯޑުތަކުން ދައްކާގޮތުގައި، މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބުތަކަށް ރިޢާޔަތްކުރިއެވެ. އެ ސަބަބުތަކަށް ބެލިއެވެ. އެ ސަބަބުތައް ވަޒަންކުރިއެވެ. އެ ސަބަބުތަކު މައްޗަށް ބަލައި، މި މައްސަލައިގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބެލިއެވެ. އެ ބެލިބެލުމުން ޓްރައިބިއުނަލަށް ވާސިލުވެވުނު ނަތީޖާ ބަޔާންކުރިއެވެ. އެ ނަތީޖާއަކީ، މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމުގައި ޓްރައިބިއުނަލަށް ބުރަނުވެވުމެވެ.
63ބުނެވިދިޔަ ނިންމުމަކީ، ފަހަރެއްގައި، ވަޒީފާދޭ ފަރާތުން އުންމީދުކުރި ނިންމުމަކަށް ނުވެދާނެއެވެ. އެ ނިންމުމަކީ، ފަހަރެއްގައި، ވަޒީފާދޭ ފަރާތަށް މާޔޫސްކަން ގެނުވި ނިންމުމަކަށްވެސް ވެދާނެއެވެ. އެ ނިންމުމަކީ، ފަހަރެއްގައި، ވަޒީފާދޭ ފަރާތް ނުރުހޭ ނިންމުމަކަށްވެސް ވެދާނެއެވެ. އެ ނިންމުމަކީ، ފަހަރެއްގައި، ވަޒީފާދޭ ފަރާތް ގަޔާނުވާ ނިންމުމަކަށްވެސް ވެދާނެއެވެ.
64މައުޟޫއީ ޢަދުލުވެރިކަމާމެދު ޓްރައިބިއުނަލުން ނިންމި ނިންމުމަކީ، ވަޒީފާދޭ ފަރާތުން އުންމީދުކުރި ނިންމުމަކަށް ނުވުމަކީ، ނުވަތަ މާޔޫސްކަން ގެނުވި ނިންމުމަކަށްވުމަކީ، ނުވަތަނުރުހޭ ނިންމުމަކަށް ވުމަކީ، ނުވަތަ އެ ނިންމުމަކީ، ގަޔާނުވާ ނިންމުމަކަށްވުމަކީ، ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށާ ޓްރައިބިއުނަލނު ރިޢާޔަތްކޮށްފައި ނެތްކަމަށް ބެލޭނެ ހަމައެއްކަމުގައި އަހުރެންނަކަށް ފާހަގައެއްނުވެއެވެ.
65އެހެންކަމުން، ވަޒީފާދޭ ފަރާތުގެ މަޞްލަޙަތަށް ރިޢާޔަތްކޮށްފައި ނެތްކަމަށް ބުނާ ބުނުމާ އަހުރެންނަކަށް އެއްބަހެއްނުވެއެވެ. ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމުގައި ވާނަމަ، އެ ޢަމަލަކީ، ނޯޓިހެއް ދިނުމެއް ނެތި، ވަޒީފާއިން ވަކިކުރެވިދާނެ ޢަމަލެއްކަމަކަށ ބެލިދާނެކަމަށް ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާކަމަށް ބުނާ ބުނުން
66ވަޒީފާދޭ ފަރާތުން މި ނުކުތާގައި ފާހަގަކޮށްފައި އޮތީ، ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމުގައި ވާނަމަ، އެ ޢަމަލަކީ، ނޯޓިހެއް ދިނުމެއް ނެތި، ވަޒީފާއިން ވަކިކުރެވިދާނެ ޢަމަލެއްކަމަކަށ ބެލިދާނެކަމަށް ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާކަމަށް ބުނެ އެކަމެވެ.
67މި ނުކުތާއާ މެދު ގޮތް ކަނޑައެޅުމަށް ވިސްނި ހިނދު އަހުރެންނަށް ފާހަގަވީ، ވަޒީފާދޭ ފަރާތުން މި އިސްތިއުނާފުގައި ތަޠުބީޤުކޮށްދިނުމަށް އެދިފައިވާ، އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ، އުޞޫލު އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައަށް ތަޠުބީޤުކުރންޖެހޭ ޙާލަތެއަ ވުޖޫދުގައި ނެތްކަމަށެވެ.
68އެގޮތަށް އަހުރެންނަށް ފާހަގަވީ ފުރަތަމަ ސަބަބަކީ، މި މައްސަލައިގައި މުވައްޒަފު ވަޒީފާއިން ވަކިކުރިކުރުމަކީ މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ވަކިކުރި ވަކިކުރުމެއްކަމަށް ޓްރައިބިއުނަލުން ނިންމާފައިވާތީއެވެ.
69ދެވަނަ ސަބަބަކީ، މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނެތްކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް އަހުރެންނަށް މި އިސްތިއުނާފުގައި އެއްބަސްވެވިފައިވާތީއެވެ.
70ޕްރިސިޑެންސް 4ތިންވަނަ ސަބަބަކީ، އިތުބާރާއި އަދި އަމާނާތްތެރިކަން ގެއްލިފައިވާކަމަށް ވަޒީފާދޭ ފަރާތުން ބުނެލާ ބުނެލުމަކުން، އޭގެ ސަބަބުން، ވަޒީފާދޭ ފަރާތަށް މުވައްޒަފުގެ ޣައިރު ސުލޫކެއް އޮތްކަން ސާބިތުކޮށްދިނުމަށް މަތިކުރެވިފައި އޮންނަ ބުރަ ފިލައިގެންދާނެކަމަށް ނުބެލެވޭތީއެވެ.
71ހަތަރުވަނަ ސަބަބަކީ، މި މައްސަލައިގައި މުވައްޒަފުގެ ޣައިރު ސުލޫކެއ އޮތްކަން ސާބިތުކޮށްދެވިފައި ނެތަތީއެވެ.
72ފަސްވަނަ ސަބަބަކީ، އިތުބާރާއި އަދި އަމާނާތްތެރިކަން ގެއްލުމަކީ ސާބިތުވެފައިވާ ޣައިރު ސުލޫކެއްގެ ނަތީޖާއެއް ކަމުގައިވާތީ އާއި އެއީ ވަޒީފާއިން މުވައްޒަފުން ވަކިކުރަން އިޚްތިޔާރުކުރެވިދާނެ ކުރު މަގެއް ކަމުގައި އަހުރެންނަށް ނުބެލެވޭތީއެވެ.
73ހަވަނަ ސަބަބަކީ، ވަޒީފާދޭ ފަރާތުން ޙަވާލާދޭ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާ އިތުބާރާއި އަދި އަމާނާތްތެރިކަން ގެއްލުމުގެ އުޞޫލު ތަޠުބީޤުކުރެވޭނީވެސް ފުރަތަމަކަމަކަށް މުވައްޒަފުގެ ޣައިރު ސުލޫކު ސާބިތުވެފައި އޮވެއްޖެނަމަކަމަށް ބުރަވެވޭތީއެވެ.
74ޕްރިސިޑެންސް 5ހަތްވަނަ ސަބަބަކީ، މައުޟޫއީ ޢަދުލުވެރިކަން، މި ޙާލަތުގައި، ޤާއިމުވެފައިނުވާއިރު، ނޯޓިސް ދިނުމާއެކުވިޔަސ ނުވަތް ނޯޓިސް ދިނުމެއްނެތި ވިޔަސް ވަޒީފާއިން ވަކިކުރި ވަކިކުރުން ޤާނޫނާއެއްގޮތްކަމަށް ބެލެވޭނެ ހަމައެއް ވަޒީފާދޭ ފަރާތަށް ބުނެދެވިފައި ނެތަތީއެވެ.
75އެހެންކަމުން، ވަޒީފާދޭ ފަރާތުން މި މައްސަލައިގައި ހިމެނޭ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ދެއްކި ޙުއްޖަތް އެކި ބަސްތަކުން ނުވަތަ އެކި ޢިބާރާތްތަކުން މި އިސްތިއުނާފުގައި ތަކުރާރުކުރާކުރުމަކީ، ޓްރައިބިއުނަލުން ވާޞިލުވެފައިވ ޤާނޫނާ ނަތީޖާއަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއްކަމަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ. މުވައްޒަފާމެދު ޢަމަލުކޮށްފައި ވަނީ އެންމެ އިންޞާފުވެރި ގޮތެއްގައި ކަމަށް ބުރަނުވެވޭނ ކަމަށެ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައި، ބަދަލު ނަގައި ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މި މައްސަލައިގައި ގޮތެއް ނިންމުމުގައި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމަކާ ނުލައި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާއި ބަދަލު ދިނުމުގައި ތަބާވާންޖެހޭ އުޞޫލުތަކުގެ ގޮތުގައި އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނާ ބުނުން
76ޕްރިސިޑެންސް 6ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ؛ "ބަދަލުދިނުމުގެ އަމުރެއް ޓްރައިބިއުނަލުން ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ އަދަދަކަށެވެ. މިފަދައިން އަދަދު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރިގޮތުނ އެމުވައްޒަފަކަށް ސީދާގޮތުން ލިބުން ގެއްލުމަށާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފަކުކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތް ކުރަންވާނެއެވެ. މުވައްޒަފަށް ބަދަލު ދިނުމުގައި، އޭނާ ވަޒީފާއިން ވަކިކުރީ މި ޤާނުނުގެ 23 ވަނަ މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށް ކަމުގައިވާނަމަ، އެކަމަށްޓަކައި އެމުވައްޒަފަކަށް އިތުރު އަދަދެއްގެ ފައިސާ ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރެވިދާނެއެވެ."
77މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން އުފައްދާ ބަހުސަކީ، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ދިމާވީ މުވައްޒަފަކު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ، އެ ކަމުގައި އޭނާ ބައިވެރިވީ މިންވަރަށް ރިޢާޔަތްކުރާންވާނެ ކަމަށް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވީނަމަވެސް، މި މައްސަލައިގައި ހިމެނޭ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އެ ފަރާތުގެ ޢަމަލުތައް ހުރި ގޮތުން ކަމުގައި ސާފުކޮށް އެނގެން އޮތުމުން ކަމަށް ބުނެ އުފައްދާ ބަހުސެކެވެ.
78ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ސާފުކޮށް ބަޔާންކޮށްފައިވާ ފަދައިން، ބަދަލުގެ ޢަދަދު ކަނޑައަޅާފައިވަނީ، އެ މުވައްޒަފުގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަން ވަޒީފާދޭ ފަރާތށަ ސާބިތުކޮށްދެއްވިފައިނުވާތީއެވެ. އެހެންކަމުން، މި އިސްތިއުނާފީ ނުކުތާގައި، އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާއާ ޓްރައިބިއުނަލުން ޚިލާފުވީ ގޮތެއް ސާފުކޮށް ބުނެދެވިފައިވާކަމަށ އަހުރެން ނުދެކެމެވެ.
79އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2VTR/202/260 މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
80ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެނ ތާއީދުކުރަމެވެ.
81ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެނ ތާއީދުކުރަމެވެ.
82މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ox>> o.,.,, 2024/HC-A/89 ,OJ.,,.,,,..,,. .,..,.,..,,,..., 40 ,. " (. :,x:, :, o.; .,,,, .S.J'>.S_,,.,.?.,,.,.,., ✓.,.,,.,~ ,, .,:, 37 LL L.,:, L,,, O,.,:,,, 0 o , ox~ o.,,, ~ ~:, (. :,x:, :, • ,.,PA_,,.,_,,,s..J, ✓ /' ✓ /'_J.,,.,.A.J'>,-.J.A ,-.J,.,P_rV.,,.,oP /'A ,-.J,?/ .S.J'>.S_,,.,_;;,_,,., ,, ,, ,, ,, ,, o:,:,:, 0.,,,. (.:,:,c(. 0.,,,.0.,,, ::>:>t.>O~.,,,. .,,,:,.,,,~:,:, :,:.,t,:,.,,,.,,,~ t.O ,_,,.,_;;,.,,.,./ _,,.,.,.,_;;, .S.J'>.SA .,,.,V_,,.,V _,,.,..J>.,,.,V.,,.,floP .A.SV.J'>.J'>V_,,., _,,.,..J>.,,.,V.S ✓_J ,.,P,-.J,A ,, o, :, 0 (.:,.,,, :, .,,,. 0 .,,-.;;,.;;,.,,.,.,,., 260NTR/2022 .s.?_,,.,.,,, .,,.,,,.,,., E ,, ,, ,, o,.,,, 0 t. .? /'.?V.J'>_,,., ,, L (. ox O :, :, 0 :, ~ 0 •,.,P.?_J _rV .?V./. _,,.,.:J_J .J'>.AA + .,,, .,,, :;, o:;,:;, ,,,, -,,.o ,, :....-v~ ,?VJ( ;A_;• -"A~.S; ;,?
4.,J~..,:,f:?: .,,.,_✓• .,,.,flt..,,.,.,J~,, , .,,,s:, +(!.? .,,, .,,.,.,,,_0 .,,, .,,, ✓:,• .,,.,flt..,,.,:,~.,,, .,J.,,,, ( ,.,,..,,.:; ,, ~ C. , ,,,. * :, ,,,.o., :,:,:,~ 36 (.r) 284; .S.,OA'C~ ~;; ) 32/2021 ., .,,,-.,,- .,,.,.,.,.:,: ( , ,, ~ C. , ,,,. 4,-, , ., 0,,, :, >> ~ .,,,.,.,,,.,:; ., ..,,-.,,.- .,,,,.,.,,,.,.:,: 37 (.r- ) 284 ; .S,sOA_,,,t e,: ~;; ) 32/2021 o (? c.o? c. c.? o> >>> ? o(? ,., L«. O ? C. www- highcou rt- gov-mv :;-:;:_,;; info@highcourt-gov-mv
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 68 ވަނަ މާއްދާ
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު R-5/2011) ގެ 93 ވަނަ މާއްދާ، 88 ވަނަ މާއްދާގެ (ރ) ގެ 5، 220 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން)
- ސުޕްރީމް ކޯޓުގެ 2022/SC-A/72 (ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ޝާކިރު އަދި އިތުރު 9 ފަރާތް)
- ހައިކޯޓުގެ 2012/HC-A/280 (ޕްރިސިޝަން މެރިން ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުއްރައްޒާޤް ޢަލީ)
- ހައިކޯޓުގެ 2020/HC-A/304 (މާރިސް ކޮންސްޓްރަކްޝަން ވ. މުޙައްމަދު ޒާލިފް)
- ސުޕްރީމް ކޯޓުގެ 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) - ރައްދުވާ ފަރާތުން ހަވާލާދީފައި
- ސުޕްރީމް ކޯޓުގެ 2021/SC-A/86 (އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް) - ރައްދުވާ ފަރާތުން ހަވާލާދީފައި
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް