ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/144
އިބްރާހީމް ޛަހީން ޢަލީ ވ. މުޙައްމަދު ޝައުޤީ، 2020/HC-A/144
Ibrahim Zaheen Ali v. Mohamed Shauqee 2020/HC-A/144 (2020/HC-A/144, High Court of the Maldives, 17 September 2023)
އިބްރާހީމް ޛަހީން ޢަލީ ވ. މުޙައްމަދު ޝައުޤީ
މައިގަނޑު ސުވާލު
ކުއްޔަށްދިން ފަރާތް ޔުޓިލިޓީ ހަމަޖައްސައިނުދީގެން ކުލި ދެއްކުން މަޑުޖެއްސުން (އައްދަފްޢު ބިޢަދަމިއްތަންފީޛު) ޞައްޙަތޯ، 2018 އޮގަސްޓު މަހުގެ ކުލި ދައްކާފައިވޭތޯ، އަދި ކުލީގެ އެއްބަސްވުމުގެ ދުވަހަކަށް 2.5% ޖޫރިމަނާގެ މާއްދާއަކީ ނަގައިދެވޭނެ މާއްދާއެއްތޯ ނުވަތަ ޕެނަލްޓީ ކްލޯޒެއްތޯ.
ނިންމި ގޮތް
ބައެއް ބަދަލުކުރި - 2018 އޮގަސްޓު މަހުގެ ކުލި (8,650ރ.) އާއި ޖޫރިމަނާ (98,393.75ރ.) އުނިކޮށް، 34,600ރ. 1 މަހުގެ ތެރޭގައި ދެއްކުމަށް ކަނޑައެޅި
ކަނޑައެޅުނު އުޞޫލުތައް
- ދަށު ކޯޓުގެ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ހެކިތަކަށް ނުވަތަ ދެއްކި ވާހަކަތަކަށް ރިޢާޔަތް ނުކުރި ކަމަށް ހަމައެކަނި ބުނުމަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ އިސްތިއުނާފީ މިންގަނޑަށް ނުފޯރާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25)
- އެއްބަސްވުމުގެ ފަރާތެއް އޭނާގެ ޒިންމާ އަދާކުރުން މަޑުޖައްސާލުމުގެ ޙައްޤު (އައްދަފްޢު ބިޢަދަމިއްތަންފީޛު) ބޭނުންކުރަން ބުނާ ފަރާތުން، އަނެއް ފަރާތަށް އެ ޒިންމާއެއް އެއްބަސްވުމުގެ ދަށުން އޮތްކަމާއި، އެކަމަށް އެދުނު ތާރީޚާއި، އަމިއްލަ ޒިންމާ އަދާކުރިކަން ސާބިތުކުރަން ޖެހެއެވެ؛ ކުއްޔަށްދިން ފަރާތް ޔުޓިލިޓީ ގުޅައިދިނުމަށް ބާރު ނުލާނަމަ ކުއްޔަށްހިފި ފަރާތަށް ޝަރީޢަތް މެދުވެރިކޮށް ފަރުވާ ހޯދުމުގެ ފުރުޞަތު އޮންނައިރު، އެކަމަށް ޢަމަލުނުކޮށް ކުލި ނުދެއްކުމަކީ ޞައްޙަ ޢުޒުރެއް ނޫނެވެ (ދަށު ކޯޓުގެ މި ނިންމުމަށް ތާއީދުކޮށް). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-26)
- ދަޢުވާގެ ދިފާޢުގައި ފާހަގަކުރަން ބޭނުންވާ ކަންކަން ޖަވާބު ފޯމާއި ބަޔާން ހުށަހެޅުމަށް ދެވޭ ފުރުޞަތުތަކުގައި ލިޔުމުން ހުށަހެޅުމަކީ އެ ފަރާތުގެ ޒިންމާއެކެވެ. ދަށު ކޯޓުގައި ފާހަގަކުރަން ފުރުޞަތު ލިބި ފާހަގަ ނުކުރާ ކަމަކާމެދު އިސްތިއުނާފީ ކޯޓުގައި ގޮތެއް ކަނޑައެއް ނޭޅޭނެއެވެ؛ ނަމަވެސް ހެކިލިސްޓުގައި އެކަން ފާހަގަކޮށް ލިޔުން ހުށަހަޅާފައިވާނަމަ، އެ ނުކުތާ ދަށު ކޯޓުގައި އުފައްދާފައިވާ ކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-31)
- މަދަނީ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރާނީ ބޮޑަށް ބުރަވެވޭ މިންގަނޑުންނެވެ؛ ފައިސާ ޓްރާންސްފަރ ކުރިކަން ދައްކާ ލިޔުމަށް އިންކާރު ނުކޮށް، އެ ފައިސާ ލިބުނީ ކޮން މުޤާބިލަކަށްކަން ބުނެ ނުދެވޭނަމަ، ހެކިބަހުން ބާރުލިބޭ އެ ލިޔުމުން ކުލި ދައްކާފައިވާކަން ސާބިތުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34-35)
- އެއްބަސްވުމެއްގެ ދަށުން ޖޫރިމަނާ ނުވަތަ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ، އެ މާއްދާއަކީ ޚިލާފުވުމުން ލިބޭ ގެއްލުމުގެ އެކަށޭނަ އަންދާޒާއެއް (liquidated damages) ހިމެނޭ މާއްދާއެއްތޯ ނުވަތަ ޚިލާފުވާ ފަރާތަށް އުޤޫބާތެއް ކުރިމަތިކުރާ ޖަޒާއީ ޝަރުޠެއް (penalty clause) ތޯ ބެލުމަށްފަހުއެވެ؛ މިކަން ވަޒަންކުރާނީ ސުޕްރީމް ކޯޓުން ތަޠުބީޤުކޮށްފައިވާ Dunlop (genuine pre-estimate of loss) އާއި Cavendish (legitimate interest) ޓެސްޓުތަކުގެ އަލީގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38-39)
- Cavendish ޓެސްޓުގެ ދަށުން (1) މާއްދާއަކީ އަސާސީ އިލްތިޒާމަކާ ޚިލާފުވުމުން އުފެދޭ ސާނަވީ އިލްތިޒާމެއްކަމާއި، (2) މައުޞޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތުގެ ތަބީޢަތާއި މިންވަރާއި، (3) ސާނަވީ އިލްތިޒާމުގެ ނަތީޖާއަކީ އެ މަޞްލަޙަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް ކަމަށްވާނަމަ، އެ މާއްދާއަކީ ޕެނަލްޓީ ކްލޯޒެއް ކަމަށް ބެލެވޭނެއެވެ؛ މައުޞޫމް ފަރާތުގެ ޞައްޙަ މަޞްލަޙަތު އޮތްކަން ސާބިތުކުރުމަކުން ނުފުދި، އެ މަޞްލަޙަތާއި ޚިލާފުވި ފަރާތު މައްޗަށް އަޅާ ބުރަ ނުބައްދަލު ނުވާން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40-41)
- ކުލި ދެއްކުމަކީ ކުއްޔަށްހިފި ފަރާތުގެ އަސާސީ އިލްތިޒާމަކަށް ވެފައި، ލަސްވާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ދެއްކުމަކީ ސާނަވީ އިލްތިޒާމަކަށްވާއިރު، ޖޫރިމަނާ ލިބިގަތުމުގެ ޞައްޙަ މަޞްލަޙަތެއް ކުއްޔަށްދިން ފަރާތުން ސާބިތު ނުކޮށް، ޖޫރިމަނާގެ އަދަދަކީ ކުލީގެ އަދަދަށްވުރެ އެތައް ގުނައެއް ބޮޑު، މުޢާމަލާތާ ނުބައްދަލު އަދަދަކަށްވާނަމަ، އެ މާއްދާއަކީ ޕެނަލްޓީ ކްލޯޒެއް ކަމުން އެ ޖޫރިމަނާ ނަގައިނުދެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-44)
1މިއީ ސިވިލް ކޯޓުގ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 166/Cv-C-HD/2019 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށ އދ ށ.ފީވައް ހުސްނުހީނާގެ، އިބްރާހީމް ޛަހީން ޢަލ )ދިވެހި ރައްޔިތެއްކަން އަންގައިދޭ( )މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތެ "އިބްރާހީމް ޛަހީން ޢަލީ"( ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ހުޅުމާލެ. ޝަބްނަމް ލޮޖ 10398، މުޙައްމަދު ޝައުޤު )ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ ( )މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "މުޙައްމަދު ޝައުޤީ"( ގެ މައްޗަށެވެ.
3މުޙައްމަދު ޝައުޤީ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ގޯތި ނަންބަރ 10398 )ހުޅުމާލެ. ޝަބްނަމް ލޮޖ 10398( އެވެ ކިޔާ ގޯތީގެ 02 ވަނަ ފަންގިފިލާގެ 02 ކޮޓަރީގެ އެޕާޓްމަންޓް (2A) ކުއްޔަށްދިނުމއާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތާ އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު "ކުއްޔަށް ދިނުމުގެ އެއްބަސްވުން" )މީގެ ފަހުން "ކުލީގެ އެއްބަސްވުން"( ގައި ސޮއިކޮށްފައވެއެވެ. މި އެއްބަސްވުމަކީ ހުޅުމާލެ. ޝަބްނަމް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-166/Cv ޤަޟިއްޔާއާ ގުޅިގެން ދަޢުވާ ފޯމާއެކު ޑޮކިއުމަންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާ "ކުއްޔަށްދިނުމުގެ އެއްބަސްވުން" ލޮޖް 10398 އެވެ ކިޔާ ގޯތީގެ 02 ވަނަ ފަންގިފިލާގެ 02 ކޮޓަރީގެ އެޕާޓްމަންޓް (2A) އަމިއްލަ ޚަރަދުގައި ހަދައިގެން ބޭނުންކުރުމަށް ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުމެކެވެ.
4ބުނެވިދިޔަ ކުލީގެ އެއްބސްވުމުގަ ދަށުން މުޙައްމަދު ޝައުޤީއަކ ކުއްޔަށްދޭ ފަރާތެވެ. އަދި އިބްރާހމީ ޛަހީން ޢަލީއަކ ކުއްޔަށްހިފާ ފަރާތެވެ.
5ދެފަރާތުގެ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާ އިބްރާހީމެ ޛަހީން ޢަލި ޚިލާފުވެފައިވާކަމަށް ބުނެ އ އެއްބަސްވުން ބާޠިލުކޮށްދިނުމަށާއި، އެ އެއްބަސްވުމުގެ މުއްދަތުގައި ނުދައްކައިވާ ފައިސާ ހޯދުމަށް އެދޭ މުޙައްމަދު ޝައުޤީގ ފަރާތުން 28 ޖަނަވަރީ 2019 ގައި ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 09/Cv-C-HD/2019 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގެ އަޑުއެހުންތައް ނިމިފައިވަނިކޮށް އެ ޤަޟިއްޔާގެ ދަޢުވާކުރާ ފަރާތް )މުޙައްމަދު ޝައުޤީ( ކޯޓަށް ޙާޟިރުވުމުގެ އަމުރާ އެއްގޮތަށް ކޯޓަށް ޙާޟިރުވެފައިނުވާތީ އެ ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކޮށފައިވެއެވެ.
6މުޙައްމަދް ޝައުޤީގެ ފަރާތުން އަލުން އެ މައްސަލަ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް 17 އޮކްޓޫބަރު 2019ގައި ހުށަހޅުމުނެ އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރ 166/Cv-C-HD/2019 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 09/Cv-C-HD/2019 ޤަޟިއްޔާގައި އެދިފައިވާ ކަންކަމުގެ އިތުރުން މުޙައްމަދް ޝައުޤީގ ފަރާތުން އެދިފައިވަނީ މައްސަލައާ ގުޅިގެން ޝަރީޢަތުން ޙުކުމްކުރާ ދުވަހާ ހަމައަށް އިބްރާހީމާ ޛަހީން ޢަލީގެ ފަރާތުނ ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސ ނަގައިދިނުމަށާއި،ސިވި ލ ކޯޓުގް ހުޅުމާލެ ޑިވިޜަންގެ ނަންބަރު ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރ HD/2019-C-09/Cv ޤަޟިއްޔާގެ ޙުކުމް. 09/Cv-C-HD/2019 ޤަޟިއްޔާ ގޮސްފައިވާ ހިސާބުން އެ ކޯޓުގެ ނަންބަރު 166/Cv-C-HD/2019 ޤަޟިއްޔާ ކުރިޔަށްގެންދިޔުމަށެވެ. މިކަމަށް ދެފަރާތުންވެސް އެދި، އެއްބަސްވެފައިވާތީ، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 09/Cv-C-HD/2019 ޤަޟިއްޔާގައި ނުހިމެނޭ، އައު ކަމެއްގެ ގޮތުގައު މުޙައްމަދު ޝައުޤީގ ފަރާތުން އެދުނު ނުކުތާއާމެދު އެ ކޯޓުގެ ނަންބަރ HD/2019-C-166/Cv ޤަޟިއްޔާގައި ފައިޞަލާކޮށްފައިނުވާކަން އެނގެއެވެ.
7ސިވިލް ކޯޓގު ހުޅުމާލެ ޑިވިޜަނުން އެ ކޯޓުގެ ނަންބަރު 166/Cv-C-HD/2019 ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ އަންނަނިވި ކަންކަމެވެ.
7.1. ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ޝަރީޢަތުގެ ފަރާތުން ބާޠިލުކޮށްދެވެން ނެތްކަމަށް.
7.2. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 09/Cv-C-HD/2019 ޤަޟިއްޔާ )23 ޖަނަވަރީ 2019 ގައި( ހުށަހެޅުމާ ހަމައަށް ފާއިތުވެފައިވާ 05 )ފަހެއް( މަސްދުވަހުގެ ކުއްޔާއި، ޖޫރިމަނާގެ ގޮތުގައި 141,643/75ރ. )އެއްލައްކަ ސާޅީސްއެއްހާސް ހަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދީ ހަ ފަސް ލާރި( އަކް އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން މުޙައްމަދު ޝައުޤީއަށާއަދާކުރަންޖެހި އަދާކޮށްފައިނުވ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް.
7.3. ބުނެވިދިޔަ ފައިސާ މުޙައްމަދު ޝައުޤީއަށް ލިބިދިނުމުގެ ގޮތުން 11 ފެބުރުވަރީ 2020 އިން ފެށިގެން
30 )ތިރީސް( ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާޞްކުރުމަށް އިބްރާހީމް ޛަހީނ ޢަލީއަށ އަންގާފައިވާކަން. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-166/Cv ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ 4 ވަނަ ނަންބަރުގެ )ހ(.
8ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 166/Cv-C-HD/2019 ޤަޟިއްޔާ އާ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކްއެއްގޮތ ނުވާކަމަށް ބުން އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިބްރާހީމް ޛަހީން ޢަލީގެ ފަރާތުނ ހުށަހަޅާފައިވަނީ އަންނަނިވި 03 )ތިނެއް( ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
8.1. ކޮންޓްރެކްޓްގެ ބައިވެރިންގެ ތެރެއިން އެއްބައިވެރިޔަކު އަދާކުރަންޖެހޭ އިލްތިޒާމް )ޒިންމާ( ކޮންޓްރެކްޓުގައި ބުނެފައިވާގޮތަށ އަދާކުރަމުން ނުދާ ޙާލަތުގައި އަނެއް ބައިވެރިޔާވެސް އެފަރާތުގެ ޒިންމާ އަދާކުރުން މަޑުޖައްސާލުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނީ ޤާޢިދާއެއްކަމު ށްވާ )އައްދުފު ޢ ބިޢަދަމިއްތަންފީޛގެ( ޤާޢިދާގެ ދަށުން ހުއްދަކަމެއްކަމުގައިވާއިރު، އަދި މިޤާޢިދާއަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ކުރިންސުރެ ބަލައިގަނެ އެމައްޗަށް ޢަމަލުކުރަމުން އަންނަ ޤާޢިދާއެއްކަނ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2009/HC-A/160 ޤަޟިއްޔާއިން ސާފުކޮށ އެނގެން އޮންނައިރު، އިސްތިއުނާފުކޮށްފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށ ބުނެ ހުށަހެޅި ނުކުތާ އާއި،
8.2. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުގެ ނަންބަރު 166/Cv-C-HD/2019 ޤަޟިއްޔާގައި އިބްރާހީމް ޛަހީން ޢަލީގެ ފަރާތުނާމުޙައްމަދު ޝަޢުޤީއަށ ދައްކާފައިނުވާކަމަށް ބުން ކުލި ހިސާބުކުރުމުގައި، އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ކުލި ދައްކާފައިވާ 2018 ވަނި އަހަރުގެ އޮގަސްޓް މަހަކީ ކުލި ދައްކާފައިނުވާ މަހެއްގެ ގޮތުގައި ބަލާފައިވަނީ ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް ފެންނަންހުރި ހެކިތަކާއި ޚިލާފަށްކަމަށްވުމުން، ދައްކަންޖެހޭ ފައިސާ ޝަރީޢަތުން ހިސާބުކޮށްފައިވަނ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި،
8.3. ކޮންޓްރެކްޓުގެ އެއްބައިވެރިއަކ ކޮންޓްރެކްޓު އެއްގޮތަށް ޢަމަލުކުރަމުން ނުދާނަމަ، ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އޭނާގެ ޒިންމާ އަދާކުރުން މަޑު ޖައްސލުމުގެ ޙައްޤަކާ އެފަރާތަކަށް ޤާނޫނީގޮތުން ލިބިފައިވާ ޙައްޤެއްކަމުގައިވާއިރު، ޤާނޫނީ އިމުގެ ތެރެއިން އަދާކުރި އިލްތިޒާމެއްގެ ސަބަބުނު ޖޫރިމަނާ ދައްކަންޖެހޭގޮތަށ ސިވިލް ކޯޓުގް ހުޅުމާލެ ޑިވިޜަންގެ ނަންބަރ 166/Cv-C-HD/2019 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލި ފަށްކަމަށްވުމުގާ އިތުރުން، އ ޖޫރިމަނާ ކަލްކިއުލޭޓް ކޮށްފައިވަނީ އެގްރީމެންޓުގައި ޖޫރިމަނާގެ ކްލޯޒް ހިމެނު މަޤްޞަދާއި މަފްހޫމާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުންއިބްރާހީމް ޛަހީން ޢަލީގީފަރާތުން ބުނެފައިވަން ދެފަރާތުގެ ދެމެދު ހުޅުމާލެ ޝަބްނަމް ލޮޖް )ލޮޓް 10398( ކުއްޔަށްހިފުމުގެ އެއްބަސްވުން ވެފައިވާ މައިގަނޑު ސަބަބަކީ އެ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ އެޕާޓްމަންޓާރަނގަޅު ފެންވަރަކަށް ހެދުމަށްފަހު، އެތަން ތިންވަނަ ފަރާތަކަށް ކުއްޔަށްދީގެން މަންފާ ޙާޞިލްކުރުންކަމަށާއި، 01 އޮކްޓޫބަރު 2016 ގައި ދެފަރާތުގެ ދެމެދް އެއްބަސްވުން ވުމަށްފަހު، އެއްބަސްވުމުގެ ދަށުން ތަން މަރާމާތުކުރުމަށް )ކުލި ނުހިނގާނެ ގޮތުން( ދީފައިވާ މުއްދަތު ނިމުނުފަހުން 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2018 ވަނި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކުލި ދައްކާފައިވާނެކަމަށާއެ، އ މުއްދަތުގައި ކުއްޔަށްހިފި ފަރާތަށް ކުއްޔަށްހިފި ތަނުގެ މަންފާ ޙާޞިލްވެފައިނުވާކަމަށާއި،އެ މުއްދަތުގައި ކުއްޔަށްދިން ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމު އަދާކުރުމެއްނެތި، ހަމައެކަނި ކުލީގެ މަންފާ ކުއޔަށްދިނ ފަރާތުން ޙާޞިލްކޮށްފައިވާކަމަށެވެ.
10ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ބުނެފައިވަން އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން މުޙައްމަދު ޝައުޤީއަށ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 141,643/75ރ. )އެއްލައްކަ ސާޅީސް އެއްހާސް ހަސަތޭކަ ސާޅީސް ތިން ރުފިޔާ ހަތްދިހަ ފަސް ލާރި( ދިނުމަށް ދަށު ކޯޓުން ޙުކުމްކޮށްފައިވާއިރު، އެ އަދަދު ހިސާބުކުރުމުގައި، ކުއްޔަށްހިފި ފަރާތުން ކުލި ދައްކާފައިވާ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ކުލި ދައްކާފައިނުވާކަމަށ ކަނޑއަޅާފައިވާކަމަށާއި، ނަމަވެސް އެ މަހުގެ ކުލި އިބްރާހީމް ޛަހީން ޢަލީގެ ފަރާތުނ ދައްކާފައިވާނެކަމަށާއި އެ ފައިސާ ދައްކާފައިވާކަން އަންގައިދޭ ލިޔުންވެސ ދަށު ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ.
11ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިބްރާހީމެ ޛަހީން ޢަލީ ގ ފަރާތުން ބުނެފައިވަނެ ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ކުލީގެ އެއްބަސްވުމުގ 10 ވަނަ މާއްދާގައި "މ އެއްބަސްވުމުގި ދަށުން އަދާކުރަންޖެހޭ މަހުކުލި ކޮންމެ މީލާދީ މަހެއްގެ 05 ވަނަ ދުވަހުގެ ކުރިން އަދާކުރަންވާނެއެވެ. މިމުއްދަތުގައި ކުލި ނުދައްކައިފިނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް މަސްދުވަހުގެ ކުލީގެ ގޮތުގައި 2.5% އިންސައްތަ ޖޫރިމަނާ ދައްކަންވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުގެ މާނައަކީ، މުޙައްމަދު ޝައުޤީއަށް ނުޙައްޤު މަންފާއެއް ޝަރީޢަތް މެދުވެރިކޮށް ހޯދައިދިނުމަށް ހުއްދަކުރުމެއް ނޫންކަމަށާއި، އެ މާއްދާއިންމުޙައްމަދ ޝައުޤީއަށު މަންފާއެއް ލިބޭނަމަ، އެ ލިބޭ މަންފާއަކީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ، އަދި މުޙައްމަދް ޝައުޤީއަށ ޙައްޤުވާ މަންފާއަކަށްވުން ކޮންމެހެން ލާޒިމުކަމެއްކަމަށް ދެކޭކަމަށެވެ. އެއްބަސްވުންތަކުގައި ޖަޒާއީ ޝަރުޠީ ހިމެނުމުގެ ބޭނުމަކީ، އެއްބަސްވުމާ ޚިލާފުވި ފަރާތަށް ނުވަތަ ކޯޓުގައި ކުރިން ދަޢުވާކުރާ ފަރާތަށް ނުޙައްޤު މަންފާއެއް ހޯދައިދިނުމެއް ނޫންކަމަށާއި، އެއާ ޚިލާފަށް ޖަޒާއީ ޝަރުޠުގްބޭނުމަކީ، އެއބަސްވުމ ޚިލާފުވާ ބައިވެރިޔާގެ އަތުން އަނެއް ބައިވެރިޔާއަށް ލިބުނު ގެއްލުމާއި އެއްވަރުގެ ބަދަލެއް ނަގައިދިނުމަށް މަގުފަހިކުރުންކަމަށެވެ. މިމައްސަލައިގައި ހިމެނޭ އެއްބަސްވުމާ ޙަޤީޤަތުގައި ޚިލާފުވި ފަރާތަކީ، އަދި އެ ޚިލާފުވުން މަތީގައި ދެމިހުރި ފަރާތަކީ މޙި އްމަދަ ޝައުޤީކަމަށާއި، އެއީ ކުލީގެ މުޢާމަލާތުގައި ކުއްޔަށް ދޫކުރި ފަރާތްކަމަށެވެ. މުޙައްމަދު ޝައުޤީގި ޒިންމާއަކީ ހަމައެކަނި ކުލި ބަލައިގަތުމުގެ މައްޗަށް ހުއްޓިފައިވާ ޒިންމާއެއް ނޫންކަމަށާއި، ކުއްޔަށްދިން ތަނުގެ މަންފާ ކުއްޔަށް ހިފިފަރާތަށް ފުރިހަމައަށް ލބޭނ ވަޞީލަތްތައް ޤާއިމުކޮށްދިނުމަކީ ކުއްޔަށް ދިން ފަރާތުގެ ޒިންމާއެއްކަމަށާއި، އެގޮތުން އެ އެޕާޓްމަންޓުގައި ބަޔަކަށް ދިރިއުޅުމުގެ ހުއްދަ އެޗް.ޑީ.ސީ އިން ލިބޭނީ އެޕާޓްމަންޓްގެ ކަރަންޓާއި ފެނި ވަކިކޮށްގެންކަމަށްވާއިރު،އެޕާޓްމަންޓްގައ ބޭނުންކުރި ކަރަންޓަށއި ފެނަށާ ވަކިކޮށްގެންކަމަށްވާއިރު، މީޓަރު ލައިދިނި މަކީ އެފަރާތުގެ ޒިންމާއެއްކަމަށެވެ. ކުއްޔަށްހިފި ތަނުގެ މަންފާ ޙާޞިލުނުކުރެވުނު ކަމުގައި ވީނަމަވެސް، 2016 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2018 ވަން އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިބްރާހީމް ޛަހީން ޢަލީގެ ފަރާތުނ ކުލި ދައްކާފައިވާނެކަމަށާއި، 2018 ވަނީ އަހަރުގެ ސެޕްޓެންބަރު މަހުނ ފެށިގެން ކުލި ދެއްކުން މަޑުޖައްސާލާފައިވާނ މުޙައްމަދު ޝައުޤީގެ ފަރާތުން ޢަމަލުކުރި ގޮތުގެ ސަބަބުން، ކުއްޔަށްހިފި ފަރާތުގެ ޙައިސިއްޔަތުން ލިބެމުންދާ ގެއްލް ން ކުޑަކުރުމުގެ ގޮތުންކަމަށާއި، އިބްރާހީމް ޛަހީން ޢަލީގެ ފަރާތުނ ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކޮށްފައިވާއިރު، ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރާ ފަރާތަށް ގެއްލުން ލިބުމަކީ ޤާނޫނީ ހަމައެއްކަމުގައި ބެލެވިގެންވާނެކަމުގައި ނުދެކޭކަމަށެވެ.
12އިސްތިއނާފުކުރު ފަރާތުން އެދިފައިވަނީ އަންނަނިވި ކަންކަމެވެ.
12.1. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 166/Cv-C-HD/2019 ޤަޟިއްޔާގައި ދެފަރާތުގެ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާއި ޙަޤީޤަތުގައި ޚިލާފުވި ފަރާތަކީ އެ ޤަޟިއްޔާގައި ދަޢުވާލިބުނު ފަރާތްކަމަށާއި، އަދި ކުލީގެ މުޢާމަލާތުގައި ކުއްޔަށް ހިފި ފަރާތްކަމުގައި ބައްލަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި،
12.2. އެޕާޓްމަންޓް ކުއްޔަށް ދޫކުރި ފަރާތުން އެއްބަސްވުމުގް ދަށުން އަދާކުރަންޖެހޭ އިލްތިޒާމް އެއްބަސްވުމާއި އެއްގޮތަށް އަދާކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައިދިނުމަށާއި، އިސްތިއުނާފުކުރެ ފަރާތުން ހުށަހެޅި "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށ އެދް ހުށަހަޅި ފޯމް" ގ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން.
12.3. އެޕާޓްމަންޓް ކުއްޔަށްހިފި ފަރާތުން ކުލި ދެއްކުން މަޑު ޖައްސާލާފައިވަނީ، އެއްވެސް މަންފާއެއް ނުލިބި، ގިނަ މަސްތަކެއްގައ ކުލި ދެއްކުމަށްފަހު، ކުއްޔަށް ދޫކުރި ފަރާތުގެ އިލްތިޒާމްތައް އަދާކުރަމުން ނުދާތީ، ކުއްޔަށް ހިފި ފަރާތަށް ލިބެމުންދާ ގެއްލުން ކުޑަކުރުމުގެ ގޮތުންކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށާއި،
12.4. ކުލީގެ އެއްބަސްވުމެއްގައި، ކުއްޔަށް ދޫކުރި ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމް އެކަށީގެންވާގޮތުގައި އަދާކެ ރުމަށް މަސައްކަތް ކުރަމުން ނުދާކަން ސާފުކޮށް އެނގެން އޮވެފައި، އެކަމުގެ ސަބަބުނ ކުއްޔަށްހިފާ ފަރާތަށް އެކަށީގެންނުވާ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާނަމަ، އެގެއްލުން ކުޑަކުރުމުގެ ގޮތުނާ އެފަރާތުގެ އިލްތިޒާމް އަދާކުރުން މަޑުޖައްސާލުމަކީ، ކުއްޔަށްހިފި ފަރި ތަށް ލިބިގެންވާ ޙައްޤެއްކަމުގައި ކަނޑައަޅައިދިނުމަށާއި، އެފަދަ ޙާލަތުގައި އެއީ ކުއްޔަށްހިފި ފަރާތުން އެއްބަސްވުމާއި ޚިލާފުވީކަމުގައި ނުބެލެވޭނެކަމަށް ކަނޑައަޅައިދިނުމަށާއި،
12.5. ކުލީގެ އެއްބަސްވުމެއްގައި، ކުއްޔަށް ދޫކުރި ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމް އެކަށީ ގެންވާގޮތުގައ އަދާކުރުމަށް މަސައްކަތްކުރަމުން ނުދާކަން ސާފުކޮށް އެނގެން އޮވެފައި، އެކަމުގެ ސަބަބުން ކުއްޔަށްހިފި ފަރާތަށް އެކަށީގެންނުވާ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާނަމަ، އެގެއްލުން ކުޑަކުރުމުގެ ގޮތުނ އެފަރާތުގެ އިލްތިޒާމު އަދާކުރުން މަޑުޖައްސާލުމަކު، ކުއްޔަށްހިފި ފަރާތުން ގެއްލުމުގެ ބަދަލު ދޭންޖެހޭކަމެއ ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، ތަނުގެ ކުލި ދައްކަންޖެހޭނީ ތަނުގައި ދިރިއުޅުމުގެ ހުއްދައާއި، އެ ހުއްދަ ހޯދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ދާއިމީ ކަރަންޓާއި ފެން )އެޕާޓްމަންޓަށް ވަކިން( ލިބިދިނުމުނކަމުގައި ކަނޑައަޅައިދިނުމަށާއި، އަދ
12.6. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 166/Cv-C-HD/2019 ޤަޟިއްޔާގައި ނިންމަވާފައިވާ އެންމެހައި ނިންމުންތައް ބާޠިލުކަމުގައި ކަނޑައަޅައިދިނުމަށެވެ.
13އިސްތިއުނާފީ ފުރަތަމަ ނުކުތާގެރައްދުގައި މައިގަނޑު ގޮތެއްގައި މުޙައްމަދު ޝައުޤީގ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ކަން ހިނގާފައިވް ގޮތަށް ބަލާއިރު، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުނ އިސްތިއުނާފުކުރާ ފަރާތަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ނުގެންދެވުނީ އިމާރާތަށް ފޯރުކޮށްދޭންޖެހޭ ފެނާ ކަރަންޓް ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީފައިނުވާތީ އާއި އެ ތަނުގައި ދިރިއުޅުމަށް ބޭނުންވާ ހުއްދަތައް އިސްތިއުނާފު ރައްދުވާ ފަރާތުން ނަގާދީފައިނުވާތީ އެ ތަނުން މާލީ މަންފާ ހޯދުމުގެ ފުރުޞަތު ނ ތުމުންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީ ނަމަވެސް، ދެފަރާތުގެދެމެދު އެއްބަސްވުން ވެވުނު އިރުވެސް އިމާރާތަކީ ކޮންކްރީޓްގެ ހުރިހާ މަސައްކަތާއި ރާނާ ސިމެންތި ޖަހާފައިވާ ތަނެއްކަމަށެވެ.
14އެގޮތުން ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި "ކުއްޔަށްދޭ ތަން ހެދުން" މި ސުރުހީގެ ދަށުނ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުއްޔަށްހިފާފައިވާ އިމާރާތުގެ 02 )ދޭއް( ވަނަ ފަންގިފިލާ )އެޕާޓްމަންޓް 2A( ގައި މައިގަނޑު ގޮތެއްގައި ނިންމަންޖެހޭ މަސައްކަތަކީ މުށި ޖެހުމާއި، ދަވާދުލުމާއި، ދޮރުސެޓު ބެހެއްޓުމާއި، ފެން އަދި ކަރަންޓުގެ މަސައްކަތް ނިންމުންކަމަށާއި، މި މަސައްކަތްތައް ފުރިހަމަކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުނ އިސްތިއުނާފު ރައްދުވާ ފަރާތަށް އ ންގާފައިނުވާކަމަ ށާއި، މަސައްކަތްތައް ކުރުމަށްފަހު އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ޚަރަދުތަކުގެ ބިލްތައް ދަށާ ކޯޓަށު މައްސަލާ ހުށަހެޅުމާ ހަމައަށްވެސް އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ހުށަހަޅާފައިނުވާކަމަށެވެ.
15އެޗް.ޑީ.ސީ އިން ކިރަންޓާއަ އަސާސީ ޚިދުމަތް ފޯރުކޮށްދޭނަ ވަކިވަރަކަށ ކަންކަން ނންމުމުންކަމާ ށާއި، ފެނާއި ކަރަންޓްގެ ޚިދުމަތަށް އެދި އިސްތިއުނާފުކުރާ ފަރާތުން އެއްވެސް އިރެއްގައި އިސްތިއުނާފުރައްދުވ ފަރާތުގެ ކިބައިގައި އެދިފައިނުވާކަމަށެވެ. އިމާރާތުގެ 02 )ދޭއް( ވަނަ ފްލޯރގެ ކަރަންޓާ ފެނުގެ ޚިދުމަތް ދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން އެޗް.ޑީ.ސީއަށް ހުށަހެޅުމުން އެކަމުގެ ހުއްދަ ދީފައިވާކަން އެނގޭކަމަށާއި، ތަކުރާރުކޮށް މިކަންކަން ކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތަށްގުޅުމަށ މަސައްކަތކުރިނަމަވެސ އެއްވެސް ޖަވާބެއް ދީފައިނުވާތީ އެޕާޓްމަންޓް ސާރވޭ ކުރެވިފައިނުވާކަމަށެވެ.
16އިސްތިއުނާފީ ދެވަނެނުކުތާގެ ރައްދުގައި މުޙައްމަދު ޝައުޤީގ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް 2018 ވަން އަހްރުގަ އޮގަސްޓް މަހުގެ ނިޔަލަށް އިސްތިއުނާފުކުރާ ފަރާތުނ ފުރިހަމަ ކުލި ދައްކަމުނގޮސްފައިނުވާކަމަށެވެ. އަދި 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޑިސެންބަރު މަހުގެ ކުލި ލިބިފައިނުވާކަމަށެވެ.
17އިސްތިއުނާފު ތިންވަނަ ނުކުތާގެ ރައްދުގައިމުޙައްމަދ ޝައުޤީގ ފަރާތުނު ބުނެފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި ޖޫރިމަނާ ނެގޭނެކަމަށް ބަޔާންކޮށްފައިވާތީ ޖޫރިމަނާ ފައިސާ ނެގުމަށް ހުރަހެއް ނެތްކަމަށެވެ.
18އިސްތިއުނާފެ ރައްދުވު ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރ HD/2019-C-166/Cv ޤަޟިއްޔާ ނިންމާފައިވަނީ ރަނގަޅަށްކަމުގައި ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މިކަންކަން 26 އޮކްޓޫބަރު 2021 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މިކަންކަން 26 އޮކްޓޫބަރު 2021 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މިފަދައިން 05 ޖޫން 2023 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މިފަދައިން 25 ނޮވެންބަރު 2021 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މިފަދައިން 25 ނޮވެންބަރު 2021 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް އިސްތިއުނާފީ ފުރަތަމަ ނުކުތާ
19މާ ނުކތާއު ގުޅިގެނާ އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ބުނެފައިވަނީ ކޮންޓްރެކްޓްގެ ބައިވެރިންގެ ތެރެއިން އެއްބައިވެރިޔަކު އަދާކުރަންޖެހޭ އިލްތިޒާމް )ޒިންމާ( ކޮންޓްރެކްޓުގައި ބުނެފައިވާގޮތަށ އަދާކުރަމުން ނުދީ ޙާލަތުގައި އަނެއް ބައިވެރިޔާވެސް އެފަރާތުގެ ޒިންމާ އަދާކުރަން މަޑުޖައްސާލުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނ ޤާޢިދާއެއްކަމަށްވާ )އައްދފްޢ ބިޢަދަމިއްތަންފީޛު(ގ ޤާޢިދާގެ ދަށުން ހުއްދަކަމެއްކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/160 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2017/HC-A/49 ޤާޟިއްޔައިން ސާފުކޮށް އެކަން އެނގެން އޮންނައިރު ދަށު ކޯޓުނ މައްސަލަ ނިންމިއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ.
20ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ކުއްޔަށްހިފާ އެޕާޓްމަންޓް ރަނގަޅު ފެންވަރަކަށް ހެދުމަށްފަހު، އެތަން ތިންވަނަ ފަރާތަކަށް ކުއްޔަށްދީގެން މަންފާ ޙާޞިލުކުރުންކަމަށާއ، އެޕާޓްމަންޓް ތިންވަނަ ފަރާތަކަށް ކުއްޔަށް ދެވޭނީ އެ އެޕާޓްމަންޓަށް ފެނާއި، ކަރަންޓް ވަކިކުރެވި، ދިރިއުޅުމަށް ބޭނުންވާ ހުއްދަ ލިބިގެންކަމަށްވާތކަމަށ އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ބުނެފައިވެއެވެ. އެކަން ފުރިހަމަކޮށްދިނުމކަ މުޙައްމަދު ޝައުޤީގެޒިންމާއެއްކަމުގއިވާއިރު، މުޙައްމަދު ޝައުޤީގަ ގާތުގައި އެތައް ފަހަރެއްގެ މަތިން އެކަމަށް އެދުނުކަމަށާއި، އެހެނަސް، މުޙައްމަދު ޝައުޤީގެ ފަރާތުން އެކަންކަން ފުރިހަމަކޮށްދިނުމަށް އެޗް.ޑީ.ސީއަށް ހުށަހަޅާފައިވަނީ 28 ނޮވެންބަރު 2018 ގައި ކަމަށާއި، އަދި ފެނުގެ މުޙައްމަދް ޖަމީލު ވ. ސީރި ޓްރީޓްސ ޕްރައިވެޓް ލިމިޓެޑް ކަންކަން ހަމަޖެއްސުމަށް އެމް.ޑަބްލިއު.އެސް.ސީ އަށް ހުށަހަޅާފައިވަނީ 20 ޑިސެންބަރު 2018 ގައު ކަމުން މި މުއްދަތުގައި ކުލި ދެއްކުން މަޑުޖައްސާލެވިދާނެކަމަށ އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ދެކޭކަމަށެވެ.
21ކުއްޔަށްދީފައިވާ ތަނަށް ބޭނުންވާ ފެނާއި ކަރަންޓާ އަދި އެހެނިހެން ހުއްދަތައް ހޯދުމަކީ މުޙައްމަދު ޝައުޤީގެ ޒިންމާއެއްކަމަށް އިބްރާހީމް ޛަހީން ޢަލީގެ ފަރާތުނަބުނެފައިވާއިރު، މިކަމާ ގުޅިގެން ދެ ފަރާތް ދެމެދު ވެފއިވާ އެއްބަސްވުމުގައި ދެ ފަރާތުން މިކަމުގައި އަދާކުރަންޖެހޭ އިލްތިޒާމު ޤާއިމުވެފައިވާގޮތް ބެލުން މުހިންމެވެ. ދެ ފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގައި ތަނުގެ ކަރަންޓާއި ފެން ފަދަ އަސާސީ ޚިދުމަތް ލައިދިންމަކީ މުޙައްމަދު ޝައުޤީ އަދާކުރަންޖެހޭ އިލްތިޒާމެއްކަން ސާފުކޮށް ބަޔާންކުރާ މާއްދާއެއްނެތެވެ. އެހެނަސް، މިއާ އެންމެ ކައިރިކުރ މާއްދާއަކާ އެއްބަސްވުމުގެ 16 ވަނަ މާއްދާއެވެ.
22މި މާއްދާގައި ބަޔާންކުރަނީ "މ އެއްބަސްވުމުގި ދަށުން ކުއްޔަށް ހިފާ ފަރާތުން އިމާރާތުގައި ވިޔަފާރިއެއް ކުރުމަށް ނުވަތް ބޭނުންކުރުމަށް ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ހުއްދަ ހޯދުމަށްޓަކައި އިމާރާތުގެ ވެރި ފަރާތުން ސޮއިކުރަންޖެހޭ ލިޔެކިޔުންތަކުގައި އެކަށީގެންވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ސޮއިކޮށް އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެއެވެ." މިފަދައިންނެވެ.
23ޕްރިސިޑެންސް 2ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އުފެދުނު ޖަދަލާއ ގުޅިގެނި ދަށް ކޯޓުނު ނިންމާފައިވަނީ މުޙައްމަދ ޝައުޤީގ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން، މި ޚިދުމަތަށް މުޙައްމަދު ޝައުޤީ އެދުނުކަމަށާއި، އްހެނަސް، އިބްރާހީމް ޛަހީން ޢަލީގެ ބެލުމުގެ ދަށުގައި ހުރި އެޕާރޓްމަންޓ ތަޅުލާފައި ހުރުމުގެ ސަބަބުން، އެ ޚިދުމަތް ގުޅޭ ގޮތް ވެފައިނުވާކަމަށް އެ ލިޔެކިޔުންތަކުން ބާރު ދޭކަމުގައެވެ. މީގެ އިތުރުން މުޙައްމަދު ޝައުޤް ފެނާއި ކަރަންޓުގެ ޚިދުމަތް ގުޅައިދިނުމަށް އެއްބާރުލުން ނުދޭނަމަ، ޝަރީޢަތް މެދުވެރިކޮށް ފަރުވާއެއް ހޯދުމުގެ ފުރުޞަތު އިބްރާހީމް ޛަހީނ ޢަލީއަށް އޮވެމެ، އެފަދައިން ޢަމަލުކުރުމަކީ ނުލައި، އިބްރާހީމް ޛަހީން ޢަލީގެ ފަރެތުން ކުލި އަދާނުކުރުމަށް ދެއްކި އުޒުރަކ ރަނގަޅީ އުޒުރެއްކަމުގައާ ބެލެވެން ނެތްކަމުގައެވެ.
24މި އެއްބަސްވުމުގެ 16 ވަނަ މާއްދާގެ ދަށުން ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ހުއްދަ ހޯދުމަށްޓަކައި ލިޔެކިޔުމުގައި ސޮއިކުރުމަކީ މި އެއްބަސްވުމުގެ ދަށުން މުޙައްމަދ ޝައުޤް ކުރަންޖެހޭކަމެއްކަން އެނގޭއިރު، މި ހުއްދަ ހޯދުމަށްޓަކައި އިދާރީ މަސައްކަތް ކުރަންޖެހޭ ފަރާތެއް އަދި މިކަން ޢަމަލީގޮތުން ކުރަންޖެހޭ ފަރާތެއް މި އެއްބަސްވުމަކުނު ސާފެއްނޫނެވެ.މުޙައްމަދ ޝައުޤީގްފަރާތުން ކަރަންޓާއި ފެނުގެ ޚިދުމަތް ގުޅައިދީ، އެކަމުގައި މުޙައީމަދ ޝައުޤެކުރަންޖެހޭ ސޮޔެއ ކުރުމަށް މުޙައްމަދު ޝައުޤީގުފަރާތުން އިބްރާހީމް ޛަހީން ޢަލީ އެދުނު ތާރީޚެއް އޭނގެކަށްނެތެވެ. އިމާރާތް ކޮށް ނިމުމުން، މި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން އިމާރާތް ބޭނުންކުރަން ފެށުމުގެ ކުރިން އިބްރާހީމް ޛަހީން ޢަލީ އަދުކުރަންޖެހާ އިލްތިޒާމު އަދާކުރިކަމެއްވެސް އެނގޭކަށްނެތެވެ. މިކަން އެނގެންއޮތްނަމަ، އިމާރާތްކޮށް ނިމިފައިވާކަން މުޙައްމަދް ޝައުޤީއަށ އެނގިފައިވާކަމުގައި ބެލުމުގެ ފުރުޞަތު ތަނަވަސްވާނެއެވެ. އެހެނަސް،މުޙައްމަދ ޝައުޤީގ ފަރާތުން ޔުޓިލިޓީ ގުޅައިދިނުމަށ އިބްރާހީމް ޛަހީން ޢަލީ އެދުނު ވަކި ތާރީޚެއް އެނގެން ނެތްއިރު، ފެންނަން އޮތީ، ހުޅުމާލެ ލޮޓް ނަންބަރ 10308ގެ އެޕާރޓްމަންޓ 2A އަށް ފެން މީޓަރެއް ބޭނުންވެގެން 20 ޑިސެންބަރު 2018ގައި އެމް.ޑަބްލިއު.އެސް.ސީގައިމުޙައްމަދު ޝައުޤީ އެދުނުކަމެވެ.
25ޕްރިސިޑެންސް 1ދަށު ކޯޓް ނ ނިންމް ނިންމުމުގައި މައްސަލް ބަލަ ފަނޑިޔާރާ ޤާނޫނު ގޮތުން ގޯހެއް ހަދާފައިވާ ކަމަށ ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-166/Cv ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ )ރ( މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު E/1/2019/1900-MWSC )18 އެޕްރިލް 2019( ސިޓީ ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ޤާނޫނު ނަންބަރު 2010/22 ) ދިވެހިރާއްޖޭގެ ކޯޓުތަކުގެޤާނޫނު(ގ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވނެއެވެ.
26އިސްވެ ބަޔާންކުރަނިވި 22 ވަން ނުކުތާގައި ތަފްސީލުކޮށްފައިވ ދަށާ ކޯޓުނު މި ނުކުތާގެ ނިންމުން ބިނާކުރި ސަބަބަށް ވާސިލުވުމުގައި ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ސާފުކޮށްދެވިފައެއްނުވެއެވެ. އެހެނީ އިބްރާހީމް ޛަހީން ޢަލީ އިމާރާތްކޮށް ނިންމާ، އެކަން އެއްބަސްވުމުގައިވާ ގޮތުގެ މަތިން މުޙައްމަދު ޝައުޤީއަށް އެންގިކަމެއް، އަދި މުޙައްމަދު ޝައުޤީގި ފަރާތުން ޔުޓިލިޓީގެ ޚިދުމަތްތައް ގުޅައިދިނުމަށ އިބްރާހީމް ޛަހީން ޢަލީ އެދުނު ތާރީޚެއް، އަދި މިކަމުގައްމުޙައްމަދު ޝައުޤީގެ ފަރާތުންއަދާކުރަންޖެހޭ ޒިންމާއެއް އޮތްކަނީއިބްރާހީމް ޛަހީނ ޢަލީއަށް ސާބިތުކޮށްދެވިފައނުވާތި އާއި، މި ނުކުތާގައި ދަށު ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2009/HC-A/160 ޤަޟިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/49 ޤަޟިއްޔާއާ ޚިލާފުވެފައިވާ ގޮތއ އިބްރާހީމް ޛަހީނ ޢަލީއަށް ބުނެދެވިފައިނުވާތީ، މި ނުކުތާއާ ގުޅިގެން ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
43ޕްރިސިޑެންސް 7މި ޤާނޫނުގެ 38 ވަނަ މާއްދާއާއި، 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ. )ހ( އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމްނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން. )ށ( ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބ ވަތެއްގ އައިބެއްގެ ސަބަބުނަ އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން. )1( އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން. )2( ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއަބެލުމަށް ޝަރުޢްނުވަތ ޤާނޫނަ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިޔަކު ކަމުގައިވުން. )3( ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން. )4( ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 )އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން( "މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު" މުޙައްމަދު ޖަމީލް ވ. ސީރިޓްރީޓްސ ޕްރައިވެޓް ލިމިޓެޑް އިސްތިއުނާފީ ދެވަނަ ނުކުތާ
27މި ނުކުތާގައި އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ފާހަގަކޮށްފައިވަނ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ކުލި ދައްކާފައިވާކަމުގެ ހެކި ދަށު ކޯޓަށް ހުށަހަޅާފައިވީނަމަވެސް އެ މަހުގެ ކުލި ނުދައްކާމަށ ބަޔާންކޮށް އެ މަހުގެ ކުލި ހިމަނައިގެން ކުލީގްއަދަދު ހިސާބުކޮށްފައ އޮތްކަމުގައެވެ.
28ދަ ށ ކޯޓުނު ނަގައިދީފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޑިސެންބަރު މަހުގެ ކުލީގެ ފައިސާއަށްވާ ޖުމްލަ 43,250/-ރ. )ސާޅީސ ތިންހާސް ދުއިސައްތަ ފަންސާސް ރުފިޔާ(ކަން ދަށް ކޯޓުގެ ނިންމުމުން އެނގެން އޮވެއެވެ.
29ޕްރިސިޑެންސް 3މުޙައްމަދު ޝައުޤީގެ ފަރާތުން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޑިސެންބަރު މަހުގެ ކުލި ހޯދުމަށް ދަށް ކޯޓުގައު އެދިފައވާކަންދަޢުވާ ފޯމުންނާއ މައްސަލައި ގުޅިގެނާ މުޙައްމަދް ޝައުޤީގެ ފަރާތުން ހުށަހެޅި ބަޔާންތަކުން އެނގެން އޮވެއެވެ. އިބްރާހީމު ޛަހީން ޢަލީގެ ފަރާތުން ދަށު ކޯޓަށް ހުށް ހެޅި ޖަވާބަ ފޯމުގައި އޮގަސްޓް މަހުގެ ކުއްޔާ ގުޅިގެން ޚުޞޫމާތެއް އުފައްދާފައި ނުވާކަމާއި އަދި ދަޢުވާއިން ބަރީޢަވުމަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައިނުވާކަން އެ ޖަވާބު ފޯމުން އެނގެން އޮވެއެވެ. އަދި އޭގެ ފަހުން އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ހުށަހެޅ އެއްވެސް ބަޔާނެއްގައިވެސް 2018 ވަނަ އަހަރުގެއޮގަސްޓް މަހުގެ ކުލި އެފަރާތުން ދައްކާފައިވާކަން ބަޔާންކޮށް އެކަން ފާހަގަކޮށްފައި ނުވެއެވެ. ދަޢުވާގެ ދިފާޢުގައި ފާހަގަކުރަން ބޭނުންވާ އެންމެހާ ކަންކަން ޖަވާބު ފޯމު އަދި ބަޔާން ހުށަހެޅުމަށް ދެވޭ ފުރުޞަތުތަކުގައި ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-166/Cv ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ )ބ( އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-09/Cv ޤަޟިއްޔާއާ ގުޅިގެން 08 އޭޕްރީލް 2019 ގައި ހުށަހަޅާފައިވާ "ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-09/Cv ޤަޟިއްޔާއާ ގުޅިގެން އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން 14 މޭ 2019 ގައި ހުށަހަޅާފައިވާ "ދަޢުވާލިބޭ ފަރާތުގެ ފުރަތަމަ ބަޔާން" އަދ 05 ސެޕްޓެންބަރު 2019 ގައި ހުށަހަޅާފައިވާ "ދަޢުވާލިބޭ ފަރާތުގެ ޚުލާޞާ ބަޔާން". ލިޔުމުން ހުށަހަޅެމަކީ އެފަރާތުގެ ޒިންމާއެކެވެ. އެކަން އެގޮތަށް އޮންނަނަ ޝަރީޢަތަށްވެސް މައްސަލައިގައި ގޮތް ކަނޑައެޅުމަށް ފަސޭހަކުރަން މގުފަހިކުރުމުގެ ބޭނުމުގައެވެ.
30އެހެންނަމަވެސް، އިބްރާހީމް ޛަހީން ޢަލްއަށ ދަށް ކޯޓުނު ހެކިލިސްޓް ހުށަހެޅުމަށް ދެވުނު ފުރުޞަތުގައީ އޮގަސްޓް މަހުގެ ކުއްޔާ ގުޅޭ ކަންކަން ފާހަގަކޮށްފައިވާކަން އެނގެން އޮވެއެވެ. ދަށް ކޯޓުގައު ފާހަގަކުރަން ފުރުޞަތު ލިބި އެކަމެއް ފާހަގަކޮށްފައިނުވާ ކަންކަމާ ގުޅިގެން އިސްތިއުނާފީ ކޯޓުގައި ގޮތް ކަނޑައެއްނޭޅޭނެއެވެ. އިބްރާހީމް ޛަހީން ޢަލީގެ ފަރާތުނ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ކުލި ދައްކާފައިވާކަމަށް އެފަރާތުން ހުށަހެޅި އެއްވެސުބަޔާނެއްގައި ފާހަގަކޮށްފައިނުވިނަމަވެސް ހެކިލިސްޓްގައި އެކަން ފާހަގަކޮށް އެކަމާ ގޅ ލިޔުން ހުށަހަޅާފައިވާތީ އެ ނުކުތާ މި މަރުޙަލާގައި އެއްފަރާތް ކުރެވިދާނެކަމަކަށ ނުދެކެމެވެ.
31އެގޮތުން އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިންގެ ލިސްޓްގައި ދަޢުވާއިން ދިފާޢުވުމަށ ކިތާބީ ހެކި އަދި ޝަފަވީ ހެކިން ހުށަހަޅާފައިވެއެވެ. އެގޮތުން "ޑޮކިއުމަންޓް 3" ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމަކީ 2018 ވަން އަހަރުގެ ޖުލައި މަހާއި އޮގސްޓަ މަހުގެ ކުލި ދެއްކިކަން އަންގައިދިނުމުގެ ގޮތުން ހުށަހަޅާ 02 )ދޭއް( ސްލިޕްގެ ކޮޕީކަމަށާއި، އެ ލިޔުން ހުށަހަޅާ ސަބަބަކީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ކުލި ދެއްކިކަމަށް ސާބިތުކުރުމަށްކަމަށް އެ ލިޔުމުގައި މުޙް އްމަދު ޛަހީން ޢަލީގެ ފަރާތުން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ދަށު ކޯޓުގައިވެސް މުޙައްމަދު ޛަހީން ޢަލީގެ ފަރާތުނ 2018 ވަނި އަހަރުގެ އޮގަސްޓް މަހުގެކުލ ދެއްކިކަމުގެ ޖަދަލު އުފައްދާފައިވާކަން އެނގެއެވެ. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-09/Cv ޤަޟިއްޔާއާ ގުޅިގެން އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން 30 މެއި 2019 ގައި ހުށަހަޅާފައިވާ "ހެކިންގެ ލިސްޓް"
32މުޙައްމަދް ޛަހީން ޢަލީގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ބުނެވިދިޔަ "ޑޮކިއުމަންޓް 3 "ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމުގައި 02 )ދޭއް( ސްލިޕެއްގެ ކޮޕއެއްވެއެވެ. އެގޮތުން ފުރަތަމަ ސްލިޕްގައ ބަޔާންކޮށްފައިވަނީ "2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހަށް ޒަހިންގެ ފަރާތުން ކުލީގެ ފައިސާ ޙަވ ލުކުރިކަން އަންގައިދޭ ސްލިޕް-1" މިފަދައިންނެވެ. އެ ސްލިޕްގައި ބަޔާންކޮށްފައިވަނީ 02 ސެޕްޓެންބަރު 2018 މި ތާރީޚުގައި އާދަމް ފަރުޝާންގެ ފަރާތުން މުޙައްމަދު ޝައުޤީއަށް USD 1,060.00 )އެއްހާސް ފަސްދޮޅަސް އެމެރިކާ ޑޮލަރު( ފޮނުވާފައިވާކަމަށެވެ. އަދި ދެވަނަ ސްލިޕގައް ބަޔާންކޮށްފައިވަނީ "2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހަށް ޒަހިންގެ ފަރާތުން ކުލީގެ ތެރެއިން ބާކީ ފައިސާ ޙަވާލުކުރިކަން އަންގައިދޭ ސްލިޕް-2" މިފަދައިންނެވެ. އެ ސްލިޕްގައި ބަޔާންކޮށްފައިވަނީ 03 ސެޕްޓެންބަރު 2018 މި ތާރީޚުގައި އާދަމް ފަރުޝާންގެ ފަރާތުން މުޙައްމަދު ޝައުޤީއަށް 650/- ރ. )ހަސަތޭކަ ފަންސާސް ރުފިޔާ( ފޮނުވާފައިވާކަމަށެވެ.
33މި ޑޮކިއުމަންޓާ ގުޅިގެން ދަށުކޯޓުގައި މުޙައްމަދް ޝައުޤީގެ ފަރާތުން އެއްވެސް ކަމެއް ފ ހަގަކޮށްފައިނުވާކަނާ އެ ފަރާތި ނ ދަށް ކޯޓަށު ހުށަހަޅާފައިވް ބަޔާންތަކުން އެނގެން އޮވެއެވެ. އަދި މި ކޯޓުގައި މިމައްސަލ ހިނގަމުންދިޔައިރު މ ޑޮކިއުމަންޓާގުޅިގެނ ޝަރީޢަތުން މުޙައްމަދް ޝައުޤީއާ ސުވާލުކުރުމުން އެ ޑޮކިއުމަންޓާ ގުޅިގެން ސީދާ އެއްޗެއް ބުނަން ނޭނގޭކަމަށް މުޙައްމަދ ޝައުޤީގެ ފަރާތުން ބުނެފައިވެއެވެ. މި ޑޮކިއުމަންޓް ގުޅިގެން މުޙައްމަދު ޛަހީން ޢަލީގެ ފަރާތުން ބުނެފައިވަނީ ޖުލައި އަދި އޮގަސްޓް މަހުގެ ކުލި ދައްކާފައިވަނީ ސެޕްޓެންބަރު މަހުގައިކަމަށާއި، އ 02 )ދޭއް( ސްލިޕްގައިވ އަދަދާ ދިވެހި ރުފިޔާއިން ހިސާބުކުރުމުން އެއް 02 )ދޭއް( މަހުގެ ކުއްޔަށްވާ ފައިސާކަން އެނގޭކަމަށާއި،މުޙައްމަދު ޝައުޤީގ ފަރާތުން ޖުލައި މަހުގެ ކުލި ލިބިފައިވާކަމަށް އެއްބަސްވާއިރ އޮގަސްޓު މަހުގެ ކުލިވެސް ދައްކާފައިވަނީ މި މައްސަލައާ ގުޅިގެން 05 ޖޫން 2023 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ޝައުޤީގެ ފަރާތުން މިފަދައިން ބުނެފައިވެއެވެ. ޖުލައި މަހުގެ ކުއްޔާއެކީކަމަށްވާތީ އޮގަސްޓް މަހުގެ ފައިސާވެސް އެފަރާތަށް ލިބިފައި ވާކަން އެނގެން އޮންނަކަމަށެވެ.
34ޕްރިސިޑެންސް 4އެޑްވާންސް ފައިސާ އުނިކުރުމަށްފަހު ކުލީގެ ފައިސާގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 8650/- ރ. )އަށްހާސް ހަސަތޭކަ ފަންސާސް ރުފިޔާ( ކަމާއި، މި އަދަދާއި ގުޅިގެން ދެފަރާތުގެ ދެމެދު ޚުޞޫމާތެއް ނެތްކަން ދަށު ކޯޓުގައި ދެފަރާތުން ދައްކާފައް ވާ ވާހަކަތުންނާއ އަދި ދަށު ކޯޓުގެ ނިންމުމުންވެސ އެނގެން އޮވެއެވެ. ޑޮކިއުމަންޓް 3 ގެ ގޮތުގައި އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ހުށަހެޅި ލިޔުމުން، 2018 ވަނަ އަހަރުގެ ޖުލައި މަހާއި އެ އަހަރުގެ އޮގަސްޓް މަހަށްވާ ކުލީގެ ފައިސާ ދައްކާފައިވާކަން އެނގި އެވެ. މ ލިޔުމަށް މުޙައްމަދު ޝައުޤީގެ ފަރާތުން އިންކާރުކޮށި ފައިނުވާއިރް މ ލިޔުމުން،މުޙައްމަދު ޝައުޤީއަށް ޓްރާންސްފަރކޮށްފައިވާކަނ ދައްކުވައިދޭފައިސ މުޙައްމަދާ ޝައުޤީއަށް ލިބިފައިވަނީ ކޮން މުޤާބިލެއްގެ ގޮތުގައިކަމެއ މުޙައްމަދް ޝައުޤީއަށް ބުނެދެވިފައެއް ނުވެއެވެ. ހަމަމިއާއެކު، ޖުލައި މަހުގެ ކުލި ނުލިބޭކަމަށް މުޙައްމަދް ޝައުޤީގެ ފަރާތުން ޚިލާފު އުފައްދާފައިނުވާއިރު ޖުލައި މަހުގެވެސް ކުލި ދައްކާފައިވަނީ ޑޮކިއުމަންޓް 3 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމުގައި ބަޔާންކުރާ ގޮތުގެ މަތިންކަމަށް އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ބުނެފައިވެއެވެ. މި ޑޮކިއުމަންޓްއަށ އިތުރަށް ބާރުދެނީ އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ދަށު ކޯޓަށު ހުށަހެޅް […] އާދަމް ފަރުޝާންގެ ހެކިބަހެވެ. އާދަމް ފަރުޝާންގެ ފަރާތުން ދަށު ކޯޓަށް ހެކިބަސް ދެމުން ބުނެފައިވަން އިބްރާހީމް ޛަހީނ ޢަލީ ބުނެގެން މުޙައްމަދު ޝައުޤީއަށ ޓްރާންސެކްޝަންތަކެއް ހެދިކަމަށާއި، މިގޮތުން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ކުލި މި މައްސަލައާ ގުޅިގެން 05 ޖޫން 2023 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން މިފަދައިން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން 05 ޖޫން 2023 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން މިފަދައިން ބުނެފައިވެއެވެ. ދައްކާފައިވާކަމގައެވު . މިކަންކަމަށް ދަށު ކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައިވާކަން ދަށު ކޯޓުގެ ނިންމުމުން އެނގޭކަށް ނެތެވެ.
35ބުނެވިދިޔަ ސަބަބުތަކަށްޓަކައި މ ދަނީ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރަން އޮންނަ މިންގަނޑުކަމުގައިވަ ބޮޑަށް ބުރަވެވޭ މިންގަނޑުން އަހުރެންނަށް ބުރަވެވެނީ އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން މުޙައްމަދ ޝައުޤީއަށ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ކުލި ދައްކާފައިވާކަމުގައެވެ.
36އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ފޯމު ހުށަހެޅިއިރު އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ބަޔާންކޮށްފައިވަނީ ޖޫރިމަނާގެ ފައިސާ ނަގައިދިނުމަށް ދަށު ކޯޓުން ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނ ހަމަތަކާ ޚިލާފަށްކަމަށްވުމުގެ އިތުރުނާޖޫރިމަނާ ހިސާބުކޮށްފައިވަނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި ޖޫރިމަނި ގެ ކްލޯޒް ހިމެނި މަޤްޞަދާއި މަފްހޫމާއި ޚިލާފަށްކަމަށެވެ. އަދ މިމައްސަލ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނެ ފަހުންޖޫރިމަނާގެ ފައިސާ ނަގައިދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުން އައު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާކަމަށާއި، އެގޮތުން ދިވެހިރުއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2020/SC-A/28 ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ޖޫރިމަނާ ފައިސާ ނަގައިދިނުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ބަޔާންކުރާ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއ، މި އުޞޫލު މި މައްސަލަ ޠަތްބީޤުކުރާއިރު ދެފަރާތުގެ ދެމެދު ވެފައިވް އެއްބަސްވުމުގައި ޖޫރިމަނާގެ ފައިސާ ނަގައިދިނުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަމަށް ދެކޭތީ ޖޫރިމަނާގެ ފައިސާ ނަގައިދެވޭނެކަމަށ ނުދެކޭކަމަށެވެ. އެކަމާ ގުޅިގެން މުޙައްމަދު 16 ޖުލައި 2019ގައި އާދަމް ފަރުޝާން ދީފައިވާ ހެކިބަސް. ޝައުޤީގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގައި ޖޫރިމަނާގެ ފައިސާ ނެގޭނެކަމަށް ދެފަރާތުން އެއްބަސްވެފައިވާތީ ޖޫރިމަނާގެ ފައިސާ ނަގައިދިނުމަށް ހުރަހެއް ނެތްކަމަށެވެ.
37މި ނުކުތާއާ ގުޅިގެން މިކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ މަތީ މަރުޙަލާގެ ކޯޓުތަކުން ޖޫރިމަނާ ނަގައިދިނުމާއި ގުޅޭގޮތުން މިހާރު ކަނޑައަޅާފައިވާ އުޞޫލުތަކުގެ އަލީގައި ޖޫރިމަނާގެ ފައިސާ ނަގައިދެވޭނެތޯ ނުވަތަ ނޫންތޯއެވެ.
38ޕްރިސިޑެންސް 5އެއްބަސްވުމެއްގެ ދަށުން ނަގައިދޭ ޖޫރިމަނާ ނުވަތަ ގެއްލުމުގެ ބަދަލު ނަގައިދިނުމާމެދު ގޮތެއް ކަނޑައެޅޭނީ، އެފަދަ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނ މިންވަރުގ އެކަށޭނެ އަންދާޒާއެއް ހިމެނޭ )ލިކުއިޑޭޓެޑް ޑެމޭޖަސްގެ( މާއްދާއެއްތޯ ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވީ ފަރާތަށް އުޤޫބާތެއް ކުރިމަތިކުރުމުގ ގޮތުނެ ޖަޒާއީ ޝް ރުޠެއ ހިމެން މާއްދާއެއް )ޕެނަލްޓީ ކްލޯޒްއެއް( ތޯ ބެލުމަށްފަހު، އެ ފައިސާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްވާނަމަކަމަށާއި،އެއްބަސްވުމުގެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަނ ނުވަތު ނޫންކަން ވަޒަންކުރުމުގައި ކޯޓުތަކުން ބަލައިގަންނަ މިންގަނޑުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/28 ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން Motor Ltd Dunlop Pneumatic Tyre Co Ltd v New Garage & ޤަޟިއްޔާގައި ދުނިޔޭގެ އެކި ޤައުމުތަކުން ޢަމަލުކުރަމުންދިޔަ އަދި ޢަމަލުކުރަމުންދާ އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 43 އަދި 44 ވަނަ ޕެރެގްރާފް . މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/14 )އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައި -ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2015/SC-A/24 )ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއް ޔު އާއާ އެ ކޯޓުގ ނަންބަރ 2019/SC-A/13 އަދި 2021/SC-A/52 )ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރ 2019/SC-A/14 )ސެންޓަރ އެންޓަރޕްރސަސ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( ޤަޟިއްޔާ އަދި އެ ކޯޓުގެ ނަންބަރު 2018/SC-A/28 )ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް( ޤަޟިއްޔާގައި ތަޠުބީޤުކޮށްފައިވެ އެވެ. [1915] A.C. 847 genuine pre-estimate of loss ޓެސްޓާއި Cavendish Square Holding BV v Tala Eye Ltd v BeavisParking ;El Makdessi ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ބުނެވިދިޔ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ރިޢާޔަތްކޮށްފައިވެއެވެ.
39ޕެނަލްޓީ ކްލޯޒްއެއްތޯ ނުވަތަ ނޫންތޯ ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ބުނެވިދިޔަ 02 )ދޭއް( ޓެސްޓް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2019/SC-A/70 ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލމިޓެޑި ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އިތުރަށް ތަފްޞީލްކޮށްދީފައިވެއެވެ. ޑަންލޮޕް ޓެސްޓާއި ކެވެންޑިޝް ޓެސްޓްގެ މައިގަނޑު ތަފާތަކީ، ޑަންލޮޕް ޓެސްޓްގެ ދަށުނ ބޮޑަށް ބަރޯސާވަނީ ކޮމްޕެންސޭޝަން ނުވަތަ ބަދަލުގެ ތަބީއަތަށް ކ މުގައިވާއިރު، ކެވެންޑިޝ ޓެސްޓްގެ ދަށުން ގެއްލުން ލިބުނު ފަރާތުގެ ކޮމްޕެންސޭޝަން ނުވަތަ ލިބިދާނެ ބަދަލަކީ ހަމައެކަނި އެއްބަސްވުމުގެ ދަށުން ލިބިދާނެ މާލީ ގެއްލުމަކަށްވުމުގެ އިތުރުން، އެ ނަގައިދެވޭ ޢަދަދަކެ ވީ ޔަފާރީގ ޞައްޙަ މަސްލަހަތަށް ރިޢާޔަތްކޮށް، އެކަށް ގެންވާ ޢަދަދެއްކަމުގައިވާނަމަ އެ ޢަދަދު ނަގައިދިނުންކަމަށާއި، އެއީ ޑަންލޮޕް ޓެސްޓްގެ ދަށުނ genuine pre-estimate of loss އާއި ކެވެންޑިޝް ޓެސްޓްގެ ދަށުން legitimate interests ގެ ތަފާތުކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
40ޕްރިސިޑެންސް 6ކެވެންޑިޝް ޓެސްޓްގެ ދަށުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ އެއްބަސްވުމެއްގައިވާ މާއްދާއެއް އެއީ ޕެނަލްޓީ ކްލޯޒްއެއްކަމަށް ބެލެވިދާނެއެވެ.
1. ކަމާ ގުޅާ މާއްދާއަކީ އަސާސީ އިލްތިޒާމްއަކ (primary obligation) ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމްއެއ (secondary obligation) [2015] UKSC 67
2. އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތުގެ )އެއްބަސްވުމާ ޚިލާފުނުވާ ފަރާތް( ސައްހަ މަސްލަހަތުގ (legitimate interest) ތަބީއަތާއި މިންވަރު
3. ސާނަވީ އިލްތިޒާމްގެ ނަތީޖާއަކީ މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަހައްމަލުކުރުން.
41އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމުގާ ދަށުން އަސާސީ އިލްތިޒާމެއްކަމަށ ބަލަން އ އެއްބަސްވުމުގައި އެއް ފަރާތުން ކުރާނެކަމަށް ވައުދުވީ ކަންކަމަށާއި،މިއާ ޚިލާފަށް، ސާނަވީ އިލްތިޒާމަކާ އސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން އުފެދޭ އިލްތިޒާމި އްކަމަށާއި،ޢާންމުކޮށް އެ ހާލަތުގައި އުފެދޭ ސާނަވީ އިލްތިޒާމުގައި ހިމެނޭނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭގޮތުނކަމަށވެ. މިހާ ލަތުގައި ކޯޓުނަ ބަލާނީ ސާނަވީ އިލްތިޒާމެއެ ފުރިހަމަ ކުރުމުން މަންފާ ލިބޭ ފަރާތް ނުވަތަ މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތުތަކެއް ހިމާޔަތްކުރެވިގެންދޭތޯ އާއި އެ މަސްލަހަތުގެ ތަބީއަތާއި މިންވަރަށެވެ. މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތު ހިމާޔަތްކުރުން އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތުން އުފުލަންޖެހޭ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތަކަށ ވެގެން ނުވާނެކަމަށާއި، މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތު ސާބިތުކޮށްދިނުމަކުން ނުފުދޭކަމަށާއި، މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތާއި، އެއްބަސްވުމާ ޚިލާފުވާ ފަރާތުގަ ސާނަވީ އިލްތިޒާމްގެ ދަށުން އުފުލަންޖެހޭ ބުރަ ނުބައްދަލުވެގނ ނުވާނެކަމަށް ބުނެވިދިޔ ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
42މި މައްސަލައިގައި އިބްރާހީމް ޛަހީން ޢަލީ އާއި މުޙައްމަދު ޝައުޤީ އާދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "މިއެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ދައްކަންޖެހޭ މަހުކުލި އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 76 ވަން ޕެރެގްރފާ ކޮންމެ މީލާދީ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން އަދާކުރަންވާނެއެވެ. މިމުއްދަތުގައި ކުލި ނުދައްކައިފިނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް މަސްދުވަހުގެ ކުލީގެ 2.5% އިންސައްތަ ޖޫރިމަނާ ދައްކަންވާނެއެވެ." މިފަދައިންނެވެ.ދަށުކޯޓުގައި މުޙައްމަދު ޝައުޤގެ ފަރާތުން އެދިފައިވަނީ 05 )ފަހެއް( މަހާއި 23 )ތޭވީސް( ދުވަހުގެ ކުލީގެ ފައިސާގެ ގޮތުގައި ދައްކަންޖެހޭ 49,882/-ރ. )ސާޅީސ ނުވަހާސް އަށްސަތޭކަ އަށްޑިހަ ދެ ރުފިޔާ( ހޯދުމަށާއި، އެއްބަސްވުމުގެ 10 ވަނަ މާއްދާއާޙަވާލާދީ ކުލީގެ ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރޭ މަނާގ ގޮތުގައެ ދައްކަންޖހ 483,275/- ރ. )ހަތަރު ލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ހަތްދިހަ ފަހެއް ރުފިޔާ( ހޯދުމަށެވެ. ދަށު ކޯޓުގައި ޖޫރިމަނާގެ ފައިސާ ހިސާބުކޮށްފައިވާގޮތަށް ބަލާއިރު، މަހު ކުލީގެ ގޮތުގައި ބަލާފައިވަނީ 8,650/- ރ. )އަށްހާސް ހަސަތޭކަ ފަންސާސް ރުފިޔާ( ކަމާއި، އެއްބަސްވުމުގ 10 ވަނަ މާއްދާގެ ދަށުން ނަގައިދީފައިވަނީ ކުލީގެ ފައިސާ ނުދައްކައިވާ 05 )ފަހެއް( މަސްދުވަހުގެ ޖޫރިމަނާއަށްވާ ފައިސާކަމާއި، އެގޮތުން ދުވާލަކަށް )މަހުކުލި ކަމުގައިވާ( 8,650/- ރ. )އަށްހާސް ހަސަތޭކަ ފަންސާސް ރުފިޔާ( ގ 2.5% )ދޭއ ޕޮއިންޓް ފަހެއް އިންސައްތަ( އަށްވާ 216/25ރ. )ދުއިސައްތަ ސޯޅަ ރުފިޔާ ފަންސަވީސް ލާރި( ގެ ރޭޓުން 05 )ފަހެއް( މަސްދުވަހުގެ ކުލި އަދާކޮށްފައިނުވުމުގެ ސަބަބުން އެކު ޖުމްލަ ޖޫރިމަނާގެ ގޮތުގައި 98,393/75 ރ. )ނުވަދިހަ އަށްހާސް ތިންސަތޭކަ ނުވަދިހަ ތިން ރުފިޔާ ހަތްދިހަ ފަސް ލާރި( ނަގައިދީފައިވކަނ ދަށް ކޯޓުގު ނިންމުމުން އެނގެއެވެ.
43ޕްރިސިޑެންސް 7ބަޔާންކުރަނިވި އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، ކުލީގެ ފައިސާ ދެއްކުމަކީ ދެފަރާތުގެ ދެމެދު ވެފައިވް އެއްބަސްވުމުގާ ދަށުނ އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން އަދާކުރަންޖެހޭ އަސާސީ އިލްތިޒާމެކެވެ. ޖޫރިމަނާގ ގޮތުގައެ ދައްކަންޖެހި ފައިސާއަކީ އަސާސީ އިލްތިޒާމް އަދާނުކުރުމުގެ ސަބަބުން އުފަންވާ ސާނަވީ އިލްތިޒާމެކެވެ. އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން ކުލި ނުދެއްކުމުގެ ސަބަބުން މުޙައްމަދު ޝައުޤީއަށ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-166/Cv ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގެ )ޅ( ޖޫރިމަނާގެ ފައިސްލިބިގަތުމުގެ ސައްޙަ މަސްލަހަތެއް އޮތްކަން މުޙައްމަދު ޝައުޤއަށީ ސާބިތުކޮށްދީފައެއްނުވެއެވެ. ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށް އެދޭ މިންވަރަކީ އެކަށީގެންވާ މިންވަރެއްތ ބަލާއިރު، ކުލީގެ ގޮތުގައި 49,882/- ރ. )ސާޅީސް ނުވަހާސް އަށްސަތޭކަ އަށްޑިހަ ދެ ރުފިޔާ( ނުދެއްކުމުގެ ސަބަބުން އޭގެ ބަދަލުގައި ޖޫރިމަނާގެ ގޮތުގައި 483,275/-ރ. )ހަތަރު ލައްކަ އަށްޑިހަ ތިންހާސް ދުއިސައްތ ހަތްދިހަ ފަހެއް ރުފިޔާ( ހޯދުމަށް އެދިފައިވާއިރު، އަދި ސިވިލް ކޯޓުން ޖޫރިމަނާގެ ގޮތުގައި 98,393/75ރ. )ނުވަދިހަ އަށްހާސް ތިންސަތޭކަ ނުވަދިހަ ތިން ރުފިޔާ ހަތްދިހަ ފަސް ލާރި( ނަގައިދިނުމަށް ކަނޑައަޅާފައިވާއިރު، ޖޫރިމަނާގެ ގޮތުގައި ހޯދުމަށް މުޙައްމަދު ޝައުޤީގެ ފަރާތުނައެދިފައިވާ ފައިސާގެ މިންވަރާއި، އަދި ސިވިލް ކޯޓުން ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދަކީ، ކުލީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަށްވުރެ އެތައް ގުނައެއް ބޮޑު އަދަދަކަށްވުމުން އެ އަދަދަކީ ދެފަރާތުގެ ދެމެދު ހިނގި މުޢާމަލާތާ ނުބައްދަލު އަދަދެއްކަމުގައި ބެލެވެއެވެ.
44ދެފަރާތް ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގ 10 ވަނީ މާއްދާއަށް ބަލާއިރު، މި މާއްދާއަކީ އެއްބަސްވުމް ޚިލާފުވުމުނ ފައިސް ދައްކަންޖެހޭ ފަރާތަށް އުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްކަމަށް ބުރަވެވޭތީ ބުނެވިދިޔަ ސަބަބުތަކަށްޓަކައި އެ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއްކަމުގައި އަހުރެން ދެކެމެވެ. އެހެންކަމުން ޖޫރިމަނާ ފައިސާ ނަގައިދިނުމުގައި މިހާރު ޢަމަލުކުރެވޭ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު މއ ނަގައިދެވިދާނެ ފައިސާއެއްކަމަށް އަހުރެންނަކަށް ބުރައެއްނުވވއެވެ. ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމްގެ 12 ވަނަ ނަންބަރު . ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު HD/2019-C-166/Cv ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގެ )ޅ(.
45ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 166/Cv-C-HD/2019 ޤަޟިއްޔާއިން 05 )ފަހެއް( މަސްދުވަހުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އިބްރާހީމްޛަހީން ޢަލީގެ ފަރާތުން މުޙައްމަދު ޝައުޤީއަށް ދައްކަނަ ޖެހޭކަމަށް ކަނޑައަޅާފައިވާ ޖުމްލަ 141,643/75 ރ. )އެއްލައްކަ ސާޅީސ އެއްހާސް ހަސަތޭކ ސާޅީސް ތިނެއް ރުފިޔާ ހަތްދިހަ ފަސް ލާރި( ގެ ތެރެއިން 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ކުއްޔަށްވާ 8,650/- ރ. )އަށްހާސް ހަސަތޭކަ ފަންސާސް ރުފިޔާ( އިބްރާހީމް ޛަހީން ޢަލިދައްކާފައިވާކަނ މަދަން މިންގަނޑުތަކުން ސާބިތުވާތީ، މި ފައިސާއާއާއަދި ޖޫރިމަނާއަށްވާ ފައިސާގެ ގޮތުގައި އެ ކޯޓުން ނަގައިދީފައިވާ 98,393/75ރ. )ނުވަދިހަ އަށްހާސް ތިންސަތޭކަ ނުވަދިހަ ތިން ރުފިޔާ ހަތްދިހަ ފަސް ލާރި( އުނިކުރަންޖެހޭކަމަށ ދެކެމެވެ. އަދި މި އަދަދުތައް އުނިކުރުމުން އިބްރާހީމް ޛަހީން ޢަލީގެ ފަރާތުން މުޙައްމަދު ޝައުޤީއަށ 34,600/- ރ. )ތިރީސ ހަތަރުހާސް ހަސަތޭކަ ރުފިޔާ( ދައްކަންޖެހޭކަމަށ ކަނޑައަޅައި، މި ފައިސ 01 )އެކެއް( މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓް ގެ ހުޅުމާލެ ޑިވިޜަނަށް ދެއްކުމަށް އަންގަން ފެނެއެވެ.
46ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައޔަށ އަހުރެން ތާއީދު ކުރަމެވެ.
47ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރއުޔަށަ އަހުރެން ތާއީދު ކުރަމެވެ.
48މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލާ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 )ތިރީސް( ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނެ ގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުނ މައްސަލައިގް ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖީހޭ ވަގުތީ ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނު އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރ 2021/32(ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނ ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ރ( ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ހ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ށ( މަދަނީ އިޖުރާއަތުގެ ޤާނޫނު )ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ )ނ(
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން)
- ހައިކޯޓުގެ ނަންބަރު 2009/HC-A/160 (ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން)
- ހައިކޯޓުގެ ނަންބަރު 2017/HC-A/49 (މުޙައްމަދު ޖަމީލް ވ. ސީރި ޓްރީޓްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/28 (ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/70 (ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/14 (އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ހައި-ލައިން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/24 (ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/13 އަދި 2021/SC-A/52 (ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/14 (ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/28 (ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް)
- Dunlop Pneumatic Tyre Co Ltd v New Garage & Motor Co Ltd [1915] AC 79 (ޙުކުމުގައި '[1915] A.C. 847' ގޮތަށް)
- Cavendish Square Holding BV v Talal El Makdessi; ParkingEye Ltd v Beavis [2015] UKSC 67
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު އަޙްމަދު ޝަކީލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު އަޙްމަދު ޝަކީލް
- ޚިލާފު ރައުޔު
- ނެތް