ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-B12/16
އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2025/HC-B12/16
Iuthisam Mohamed Saeed v. Prosecutor General 2025/HC-B12/16 (2025/HC-B12/16, High Court of the Maldives, 19 May 2025)
އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން 13 އެޕްރީލް 2025 ގައި، ސިއްރު ހެކިވެރިޔާ 1 ގެ ތަޙްޤީޤީ ބަޔާން (ފޯލިއޯ 131) ހެކިވެރިޔާއަށް ނުރައްކާ ކުރިމަތިވެދާނެތީ ސިއްރުކުރުމަށް އަމުރު ނެރުނެވެ.
ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދަޢުވާ 2017 ގައި ކްރިމިނަލް ކޯޓުގައި އުފުލި ނަމަވެސް، 2022 ގައި ދައުލަތުން ދަޢުވާ ފޯމު އިޞްލާޙުކޮށް ސިއްރު ހެކި ހިމެނޭ ގޮތަށް ހެކި 15 އިން 30 އަށް އިތުރުކުރިއެވެ. ހައިކޯޓުން 2024/HC-B12/36 ގައި އެ އިޞްލާޙު 91(ށ) އާ ޚިލާފުކަމަށް ކަނޑައަޅައި، 2017 ގެ ފޯމު އަލުން ހުށަހެޅުމުން ދައުލަތުން 2022 ގެ ހެކި ރައްކާތެރިކުރުމުގެ ފޯމުވެސް ފޮނުވިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ 2017 ގެ ފޯމުގައި ސިއްރު ހެއްކެއް ނެތް ކަމަށާއި، އަމުރަކީ 36 ނަންބަރު ޤަޟިއްޔާގެ ނަތީޖާއާ ތަޢާރުޟުވާ، 8 އަހަރުވެފައިވާ ޝަރީޢަތުގައި އިންސާފުވެރި ޝަރީޢަތަށް އަސަރުކުރާ އަމުރެއް ކަމަށެވެ. ދައުލަތުން ބުނީ ސިއްރު ހެކި 17 އޮގަސްޓް 2017 ގައި ސިޓީއަކުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށާއި، ކުރިން ހެއްކެއް ނެތްކަމަށް ބުނީ އޮޅުމަކުން ކަމަށެވެ.
މައިގަނޑު ސުވާލު
ކުރީގައި ހައިކޯޓުން (2024/HC-B12/36) ބާޠިލުކޮށްފައިވާ 2022 ގެ އިޞްލާޙުކުރި ދަޢުވާ ފޯމާ ގުޅިގެން ހުށަހެޅި ހެކި ރައްކާތެރިކުރުމުގެ ފޯމަށް ބިނާކޮށް، ސިއްރު ހެކިވެރިއެއްގެ ތަޙްޤީޤީ ބަޔާން ސިއްރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޞައްޙަތޯ، އަދި 2017 ގެ ދަޢުވާ ފޯމުގައި ނުހިމެނޭ އެ ހެއްކަކީ ދަޢުވާއާއެކު ހުށަހަޅާފައިވާ ހެއްކެއް ކަމަށް ބެލެވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ 2017 ގެ ދަޢުވާ ފޯމުގައިވާ ހެކިތަކަށް ބިނާކޮށް މައްސަލަ ކުރިއަށް ގެންދިޔުމަށް އަންގައިފި
އަމުރު ނެރެފައިވަނީ ބާޠިލުކުރެވިފައިވާ 2022 ގެ ދަޢުވާ ފޯމުގެ ފޯލިއޯއަކަށް ޙަވާލާދީ ހުށަހެޅި ފޯމަކަށް ބިނާކޮށް ކަމުން އެއީ 36 ނަންބަރު ޤަޟިއްޔާގެ ނަތީޖާއާ ތަޢާރުޟުވާ ކަމެކެވެ. އަދި ދައުލަތުން ހެއްކެއް ނެތްކަމަށް ބުނެ ދަޢުވާލިބޭ ފަރާތަށް މަޢުލޫމާތު ނުދީ ގެންގުޅުމުން، އެ ހެއްކަކީ މައްސަލައާއެކު ހުށަހަޅާފައިވާ ހެއްކެއް ކަމަށް ނުބެލެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަތީ ކޯޓަކުން ބާޠިލުކޮށްފައިވާ ދަޢުވާ ފޯމަކާ ގުޅިގެން، އެ ފޯމުގެ ފޯލިއޯ ނަންބަރަކަށް ޙަވާލާދީ ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ ހުށަހެޅުމަކީ ދިރިހުރި ހުށަހެޅުމެއް ނޫނެވެ؛ އެފަދަ ހުށަހެޅުމަކަށް ބިނާކޮށް ނެރޭ ހެކި ރައްކާތެރިކުރުމުގެ އަމުރަކީ މަތީ ކޯޓުގެ ޙުކުމުގެ ނަތީޖާއާ ތަޢާރުޟުވާ، ބާޠިލު އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24-25، 38-39)
- ދަޢުވާއާއެކު ހެއްކެއް ހުށަހެޅިކަމުގެ މަޢުލޫމާތު ދަޢުވާލިބޭ ފަރާތަށް ނާންގައި، އަދި އެ ހެއްކެއް ނެތްކަމަށް ދަޢުވާލިބޭ ފަރާތަށް ތަޞައްވަރުވާ ގޮތަށް ދައުލަތުން ކޯޓުތަކުގައި ވަކާލާތުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާއާއި އެ ޤާނޫނުގެ މަޤްޞަދާއި ދަޢުވާއިން ދިފާޢުވުމުގެ ޙައްޤު ބޮލައިލާޖެހުމެކެވެ؛ މިފަދަ ޢަމަލުތަކުގައި ކޯޓުތަކުން މަލަން ނާޅާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-30)
- އެހެންކަމުން، ދަޢުވާ ފޯމުގައި ބަޔާންނުކޮށް، ދަޢުވާލިބޭ ފަރާތަށް މަޢުލޫމާތު ނުދީ ސިޓީއަކުން ކޯޓަށް ފޮނުވާފައިވާ ސިއްރު ހެކިވެރިއެއްގެ ބަޔާނަކީ މައްސަލައާއެކު ހުށަހަޅާފައިވާ ހެއްކެއް ކަމަށް ނުބެލެވޭނެއެވެ؛ މައްސަލަ ކުރިއަށް ގެންދަންވާނީ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަށް ބިނާކޮށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31-32)
- ހެކި ހާމަނުކުރުމުގެ އަމުރަކަށް އެދޭއިރު، ރައްކާތެރިކުރަން އެދޭ ހެކި ހުށަހަޅަނީ ކޮން ކަމެއް ސާބިތުކުރުމަށް، ކޮން ދަޢުވާއެއްގެ ދާއިރާގައިކަން ސާފުވާންޖެހެއެވެ (ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36-37)
މައްސަލައިގެ ތަޢާރުފު:
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/HRA/2025/03145-B9(655-) 13 އެޕްރީލް 2025( ކޯޓު އަމުރްކަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވްއަމުރެއކަމަށ ބުނު އެއަމުރ އިސްތިއުނާފުކުރުމަށް އެދި ގދ. މަޑަވެލި، ގަމަރީ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެފަރާތުން )މީގެފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އިޢުތިޞާމް މުޙައްމަދް ސަޢީދު"( ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް"(އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
2ޤާނޫނު ނަންބަރު 32/2015 )ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު(ގެ 4 ވަނަ މާއްދާގެ )ށ( އާއި 5 ވަނަ މާއްދާގެ )3( ވަނަ ނަންބަރާއި، )7( ވަނަ ނަންބަރާއި އެ ޤާނޫނުގެ 6 ވާނަ މާއްދާގަ )ހ( އާ ޙަވާލާދީ އެ މާއްދާގެ )ނ( ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމުގެ ކުށުގެ ދަޢުވާ 2017 ވަނަ އަހަރު އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. އެ ދަޢުވާ ބަލަމުންދިޔައީ އެ ކޯޓުގ ނަންބަރ 655/Cr-C/2017 ޤަޟިއްޔާއިންނެވެ.
3އ ޤަޟިއްޔާގެ އިބްތިދާއީ މަރުޙަލާގައި ދައުލަތުން އެދިގެން ދަޢުވާ އިޞްލާޙުކާ ރުމަށް ފުރުޞަތުދެވ ދަޢުވި އިޞްލާޙުކޮށްފައިވެއެވެ.މިފަދައިން އިޞްލާޙުކުރިކުރުނ ގޯސްކަމަށް ބުން އިސްތިއުނާފުކުރެ ފަރާތުން އ ޤަޟިއްޔާގެ އިބްތިދާއީ މަރުޙަލާގައި ޝަރީޢަތުގެ ކުރިން ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލައިނުގަތުމަށް ދަށު ދރކ ނަންބަރު ކޯޓުނު ކަނޑައެޅުމުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ އިސްތިއުނާފު ބަލާފައިވަނީ ހައިކޯޓުގެ ނަންބަރ 2024/HC-B12/36 ޤަޟިއްޔާގައެވެ. މި ޤަޟިއްޔާގައި މައިގަނޑުގޮތެއްގައި ނިންމާފައިވާ ކަންކަން ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
1.3.ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކި / ޤަރީނާއަށް ބަލާއިރު، ފުރަތަމަ ދަޢުވާ ފޯމާއެކު ހުށަހަޅާފައިނުވާ އިތުރު ހެކި / ޤަރީނާއަށް ފަހުން ހުށަހެޅި ދަޢުވާ ފޯމުގައި ޙަވާލާދީފައިވކަން.
2.3.ފުރަތަމަ ހުށަހެޅަ ދަޢުވި ފޯމުގައި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ޖުމްލަ 15 )ފަނަރަ( ހެކި / ޤަރީނިކމަށާއ، ފަހުން އިޞްލާޙުކޮށް ހުށަހެޅި ދަޢުވާ ފޯމާއެކު، ސިއްރު ހެކި ހިމެނޭގޮތުން ޖުމްލަ 30 )ތިރީސް( ހެކި / ޤަރީނާ ހުށަހަޅާފައިވާކަން.
3.3.ފަހުން އިޞްލާޙުކޮށް ހުށަހެޅް ދަޢުވި ފޯމުގައި، ކުރިން ދަޢުވާ ކުރި ސަބަބުގެ އިތުރުނަ،އިތުރު ޢަމަލުތަކަކާއި ވާޤިޢާތަކެއް ހިމަނައި އަދި އެކަންކަން ސާބިތުކުރުމަށް އިތުރު ހެއްކާއި ޤަރީނާ ހިމެނޭ ގޮތުން ދަޢުވާ ފޯމަށް ގެނެސްފައިވާ ބަދަލުތައް ހާމަކަމާއެކު ފެންނަން އޮތް ހިނދު، ދަޢުވާ އިން ދިފާޢުވުމުގެ ޙައްޤު ލިބިދީފައިވާ ފަރާތަށް ދަޢުވާ ކުރިތާ އެތައް އަހަރެއް ފަހުން މި ގެނައި ބަދަލަކީ، ދިފާޢުވުމުގެ ޙައްޤަށް ލިބިދެވޭނެ ގޮންޖެހުމއްކަން.
4.3.ދަޢުވާއަށް ގެނެސްފައިވާ ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ )ށ( ގެ އިމުން ބޭރުން ގެނެސްފައިވާ ބަދަލެއްކަން.
5.3.ކްރިމިނަލް ކޯޓުގް ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ ދަޢުވާ ފޯމަށް 09 މާރިޗު 2022 ގައިގެނައި ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަން މާއްދާގަ )ށ( އާ ޚިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށް ކަނޑައަޅާފައިވާކަން.
4ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިއްޔާގެ ނިންމުމާ ގުޅިގެން ކުރީގެ ދަޢުވާފޯމު އޮތްގޮތަށް ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ 2017 ވަނަ އަހަރު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށު އުފުލި ދަޢުވާފޯމު އަލުން ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވެއެވެ. އެއަށްފަހު، ކުރީގެ ދަޢުވަ ފޯމާ ފޮނުވިއިރު، ހެކި ރައްކާތެރިކުރުމަށް އެދި ދައުލަތުން ހުށަހެޅި ފޯމާއި، މައްސަލައިގައި އޭރު ދަޢުވާފޯމު ހުށަހެޅިފަހުން ސިއްރު ހެއްކެއް ހުށަހަޅާފާއިވާނެކަމު ށއި، މި ދެލިޔުނ ދަޢުވް ފޯމާއެކު ފޮނުވާފައިނުވާތ އިދާރީ ބޭނުމަށް އަލުން ހެކި ރައްކާތެރިކުރުމަށް އެދި ހުށަހެޅި ފޯމާއި، ސިއްރު ހެކި ހުށަހެޅ ސިޓީގެ ކޮޕީ ފޮނުވާކަމަށ ބަޔާންކޮށް ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ.
5އެއަށްފަހު، ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/HRA/2025/03145-B9(655- )13 އެޕްރީލް 2025( ކޯޓު އަމުރުން، ސިއްރު ހެކި 1 ފުލުހުންގެ ތަޙުޤީޤަށް ދީފައިވާ ބަޔާން )ފޯލިއޯ ނަންބަރު 131( ސިއްރުކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި އެފަދައިން ކަނޑައެޅި ސަބަބެއް ކަމުގައި ބަޔާންކޮށްފައިވަނީ ހިމެނޭ މައުލޫމާތުތަކަށ ބެލުމުން އެ ފަރާތުގެ އައުޑެންޓިޓީ ހާމަވާ މައުލޫމާތުތައް ހުރުމުން، މިފަދަ މައުލޫމާތެއް ހާމަވެއްޖެނަމަ އ ފަރާތަކީ ކާކުކަން ދެނެގަނެވިދާނެކަމަށ ޝަރީޢަތަށް ބުރަވެވޭއިރު، މައްސަލައިގެ ބާވަތާއި، ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ޢަމަލުގެ ބާވަތަށް ބަލާއިރު، ސިއްރު ހެކްވެރިޔާއަށް ނުރެ އްކަލެއް ކުރިމަތިވެދާނެ ކަމަށ ފެންނާތީކަމަށވެ.
6މި އިސްތިއުނާފަކީ ބުނެވިދިޔަ އަމުރު އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އިސްތިއުނާފީ ނުކުތާތައް:
7ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/HRA/2025/03145-B9(655- )13 އެޕްރީލް 2025( ކޯޓު އަމުރީނެރްފައިވަނެ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ،އިޢުތިޞާމް މުޙައްމަދް ސަޢީދގު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު A/145/2025/326-196 ސިޓީ )07 އެޕްރީލް 2025.( ފަރާތުން އެނިންމުނ އިސްތިއުނާފު ކުރުމަށް 04 )ހަތަރާއި( ނުކުތާ ހުށަހަޅައާ އެނުކުތާތަކެމެދެދިވެހިރާއްޖޭގ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅ؛
1.7.ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފުކޮށްފައިވާ އަމުރުގައި ސިއްރު ހެކިވެރިޔާ-1 ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން ސިއްރުކުރުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އ ޚިލާފު ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
7.2.ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކޮށްފައިވާ އަމުރުގައި ސިއްރު ހެކިވެރިޔާ-1 ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން ސިއްރުކުރުމަށް ނިންމާފައިވާ ނިންމުމަކީ، ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިއްޔާގެ ނިންމުމުގެ މައްޗަށް ތަރުތީބުވާ އަޙްކާމްތަކުގެ މައްޗަށް ރިޢާޔަތްކުރުމެއް ނެތި ނިންމާފައިވާ ނިންމުމެއްކަމުގައި ބުނެ ހުށަހެޅި ނުކުތާއާއި،
7.3.ތިންވަނަ ނުކުތާއަކީ: އިސްތިއުނާފުކޮށްފައިވާ އަމުރުގައި ސިއްރު ހެކިވެރިޔާ-1 ފުލުހުންގެތަޙްޤީޤަށް ދީފައިވާ ބަޔާނާ ސިއްރުކުރުމަށް ނިންމާފައިވާ ނިންމުމަކީ، ދައުވާލިބޭ ފަރާތަށް ލިބިގެންވާ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް ނޭދެވޭ އަސަރުކުރާގޮތަށް، އަދި އިޖުރާއީ ވަގޮށްތައ ޖެހޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
7.4.ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފީ ފުރަތަމަ 3 ނުކުތާ ކާމިޔާބު ނުވާ ޙާލަތެއްގައި، މައްސަލައިގައި ސިއްރު ހެއްކެއް ހިމެނޭކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، އެ ސިއްރު ހެކިވެރިޔާ)ސިއްރު ހެކިވެރިޔާ –1( ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން ހާމަނުކުރުމުގެ އަމުރެއް ނެރެދިނުމުގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރު ބޭނުންހިފުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފުގެ )ރ( ގައި ބަޔާންކޮށްފައިވާ ޙާލަތު މެދުވެރިވެފައިވުމާއި، އަދި އަމުރަ ނެރުނު ސަބަބު ބަޔާންކޮށްދިނުމުގެ ވާޖިބު ފުރިހަމވެފައިނުވާތީ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފކުރު ފަރާތުން އެދގޮތޭ :
82017 ވަނަ އަހަރުގެ ދަޢުވާ ފޯމުގައި ސިއްރުހެއްކެއް ހިމެނިފައިނުވާކަން ހާމަޔަށ ސާފުކޮށް ފެންނާންއޮތްއިރު، ކްރިމިނަލް ކޯޓުގެ ނަންބަރ 2017)/HRA/2025/03145-B9(655- )13 އެޕްރީލް 2025( ކޯޓު އަމުރުގެ ދަށުން ސިއްރުހެކި –1 ގެ ބަޔާން ސިއްރުކުރުމަށް ނެރެފައިވާ އަމުރަކީ ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިޔާގެ ނިންމުމުގައި ކަނޑައަޅާފައިވާ ކަނޑައެޅުންތަކާ އަދި/ނުވަތަ އޭގެ ނަތީޖާއާ ތަޢާރުޟުވާ އަމުރެއްކަމަށް ކަނޑައަޅައިދިނުމަށާއި،
9ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ )ހ( ގައިވާ ގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލއަކަ ނުވަތާ ކަމަކާ ގުޅޭ ގޮތުން އެ ޤާނޫނާއި، ހައިކޯޓުގެ ޤަވާޢިދުގެ ދަށުން ކުރަންޖެހޭ އެންމެހާ އްމެރުތައް ކުރުމާއި އަދި އެފަދަ މއްސަލަތަކާއ ނުވަތި ކަމަކާ ގުޅޭ ގޮތުން ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމު ނަހަމަގޮތުގައި ހިފިޔަ ނުދިނުމަށާއި، އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތީއް އެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންވާ ހިނދު އިޖުރާއުގޯސްތަކުގެ ސަބަބުން ދަޢުވާލިބޭ ފަރާތަށް އެކަށީގެންވާ މުއްދައްތެއްގެ ތެރޭގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބެމުންދާތީ ހައިކޯޓުގެ ނަންބަރ 2024/HC-B12/36 ޤަޟިއްޔާގެ ނިންމުމާ ގުޅިގެނ 2017 ވަނަ އިހަ ރ ހުށަހެޅު ދަޢުވި ފޯމަށް ކްރިމިނަލް ކޯޓުން ރުޖޫޢަވުމަށާއި، އަދ 2017 ވަނަ އަހަރު ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އެ މައްސަލާގައި ހުށަހެޅިފައިވާ ހަމައެކަނި ހެކިތައް ކަމަށް ބަލައިގެން މައްސަލަ ކުރިއަށް ގެންދިޔޮމަށ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކށްދިނުމަށާއި،
10ކްރިމިނަލް ކޯޓުގް ނަންބަރު 2017)/HRA/2025/03145-B9(655- )13 އެޕްރީލް 2025( ކޯޓު އަމުރުގެ ދަށުން ސިއްރުހެކ -1 ގެ ބަޔާން ސިއްރުކުރުމަށް ނެރެފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާޞާ
11އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.11. ޤާނޫނުއަސާސީގެ 143 ވަނީ މާއްދާގަ )ރ( ގެ ދަށުން މަތީ މަރުޙަލާގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާންޖެހޭއިރު، މަތީ ކޯޓުތަކުން ނިންމާ "މުބާޝިރު" ނިންމުންތަކަކީ per incurum ނިންމުމެއްކަމަށ ބުން ބޮލައިލާނުޖެހޭނެ ކަމަށާއި، ހައިކޯޓުގެ ނަންބަރ 2024/HC-B12/36 ޤަޟިއްޔާގެ 15، 27 އަދި 28 ވަނަ ނުކުތާގައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، އެ ޤަޟިއްޔާއިން 2 ކަމެއް ނިންމާފައިވާ ކަމަށާ، އެއީ، އެ ޤަޟިއްޔާގައި އިސްތިއުނާފުކުރި ނިންމުން ބާޠިލުކުރުމަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރ 655/Cr-C/2017 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ ދަޢުވާ ފޯމަށް 09 މާރިޗު 2022 ގައި ގެނައި ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ )ށ( އާ ޚިލާފަށް ގެނެސްފައިވާ ބަދަލެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
2.11. ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤްޟިއްޔާގ ނިންމުމުގެ ނަތީޖާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރ 655/Cr-C/2017 ޤަޟިއްޔާގެ ނިންމުމުގެ ނަތީޖާއަކީ 2017ގ ދަޢުވެ ފޯމަކަށް ރުޖޫޢަވާންޖެހުންކަމަށެވެ.
3.11. އިސްތިއުނާފުކޮށްފައިވާ އަމުރުން ސިއްރުހެކިވެރިޔާގ ބަޔާނެ ސިއްރުކުރުމަށް ކަނޑައަޅާފައިވުމަކީ އެ ނަތީޖާއާ ތަޢާރުޟުވާކަމެއް ކަމަށެވެ.
4.11. ބުނެވިދިޔަ ނަތީޖާއަކީ ދައުލަތުންވެސް ޤަބޫލުކުރާ ގޮތްކަން އިސްތިއުނާފުކުރާ ފަރާތުގެ ބަންދު އަމުރު އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ހައިކޯޓުގެ ނަންބަރު 2025/HC-B12/2 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަމަށެވެ.
5.11. އެގޮތުން، ހައިކޯޓުގެ ނަންބަރ 2025/HC-B12/2 ޤަޟިއްޔާގެ އަޑުއެހުމުގައި 2017 ވަނަ އަހަރުގެ ފޯމަށް ރުޖޫޢަވާއިރ މިހާރު ސިއްރު ހެއްކެއް ހިމެނިފައި ނޯންނާނެކަމަށް ދައުލަތުގެ ވަކީލު ބުނެފައިވާކަމަށެވެ.
6.11. މައްސަލައިގައި 2017ގެ ފޯމު އަލުން ހުށަހެޅިއިރު ސިއްރު ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.
12އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.12. އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ހައްޤަށ އުނިކަން ލިބިފައިވާ ކަމަށާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ށ( ލިބިދީފައިވާ ޙައްޤަށް އުނިކަން އައިސްފައިވާކަމަށެވެ.
2.12. އެގޮތުން މި މައްސަލަ އިބްތިދާއީ މަރުޙަލާގައި އޮންނަތާ 8 )އަށެއް( އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ޝަރީޢަތް ލަސްވެފައިވާކަމަށ ދައުލަތުން ޤަބޫލުކުރާކަން 23 ނޮވެންބަރު 2021ގައި ދައުލަތުން އިސްތިއުނާފުކުރާ ފަރާތުގެ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅި ފޯމުން އެނގެން އޮންނަކަމަށެވެ.
3.12. 2017 ވަނަ އަހަރުގެ ދަޢުވާ ފޯމުގައިވާ ސިއްރުހެއްކެއް ހުށަހަޅާފައިނުވާއިރު، 2022ގެ ތާރީޚުގައިވ ހެކާ ސިއްރުކުރުމަށް އެދޭ ފޯމެއްގެ މައްޗަށް ބިނާކޮށް އަމުރު ނެރެފައިވާ ޤާނޫނީ އަސާސެއް އިސްތިއުނާފުކޮށްފައިވާ އަމުރުން ފެންނާންނެތް ކަމަށެވެ.
4.12. ސުޕްރީމު ކޯޓުގެ އައްޔޫބު ޢަލީ ވ. އިބްރާހީމް ވަޙީދު ޤަޟިއްޔާގެ 27 ވަނަ ޕެރެގްރާފުގައި އިޖުރާއީ ވަގޮށްތައ ޖެހޭގޮތަށް ކަންކަން ކުރެވި، ފަހުން އެ ވަގޮށްތައް މޮހެން ޖެހުމަކީ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްކުގެ އިތުރުން ކޯޓަށްވެސް ނުހަނު ތަކްލީފް ބޮޑު، އިންސާފު ޤާއިމްކުރުމުގެ މަފްހޫމާ ދެކޮޅަށް ހިނގާ ކަމެއްކަމަށް ފާހަގަކޮށްފައިވާކަމަށެވެ.
13އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ތަފްޞީލުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައިވެއެވެ.
1.13. މާ ނުކުތާއަކީބަހުސްގެ ބޭނުމަށް އިސްތިއުނާފީ ދެންހުރި ނުކުތާތަށް ކާމިޔާބުނުވެޙާލަތުގައ ހުށަހަޅާ ނުކުތާއެއްކަމަށާއި، އެގޮތުން، ހައިކޯޓުގ ނަންބަރު 2023/HC-B12/14,16 ޤަޟިއްޔާގެ 34 ވަނަ ޕެރެގްރާފއާ 36 ވަނަ ޕެރެގްރާފަށް ބެލުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭއިރު، އެދޭ ފަރާތުން އެފަދަ އިޙްތިމާލެއް އޮތްކަން އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްކޮށްދިނުމަކީ، ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދޭ ފަރާތުގެ މައްޗަށް އޮތ ޒިއްމާއެއްކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
2.13. މި މައްސަލައިގައި އެފަދަ ޙާލަތެއް އޮތްކަން ދައުލަތަށް ބަޔާންކޮށްދީފައިނުވާކަމަށެވެ.
3.13. އިސްތިއުނާފުކޮށްފައިވާ އަމުރުގައި އަމުރު ނެރޭ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ "ސިއްރު ހެކިވެރިޔާއަށ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ" ކަމަށް ބުނެފައިވީނަމަވެސް، އެއަމުރ ނެރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސަބަބު ބަޔާންކޮށްދިނުމުގެ ވާޖިބު ފުރިހަމައަށް އަދާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/15 ޤަޟިއްޔާ. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ޚުލާޞާ
14އިސްތިއުނާފީ ފުރަތަމަ ނުކުތާ އަދި ދެވަނަ ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ
1.14. މި މައްސަލި އެންމެ ފުރަތްމަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު ސިއްރުހެކި ލިބިފައިނުވާތީ އެ ހެކަ ފޯމުގައި ބަޔާންކޮށްފައިނުވާ ކަމަށާއި، ކްރިމިނަލް ކޯޓަށި ދަޢުވާ ހުށަހެޅީ ޖުލައި 2017 ގައި ކަމަށާއި، ސިއްރު ހެކީގެ ބަޔާން ތަޙުޤީޤަށް ލިބިފައިވަނީ 14 އޮގަސްޓު 2017 ގައި ކަމަށެވެ. އަދި 17 އޮގަސްޓުގައި އެ ހެކީގެ މައުލޫމާތު ސިޓީ އެއްގެ ޒަރީއާއިން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށެވެ.
2.14. ވީމާ، ސިއްރު ހެއްކަކީ 2017 ވަނަ އަހަރުވެސ ހުށަހަޅާފައިވް ހެއްކަކެއްކަމަށެވެ.
3.14. ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިއްޔާގެ ނިންމުމާ ގުޅިގެން 2017 ވަނަ އަހަރުގ ދަޢުވެ ފޯމާ އަލުން ކުރިން ހުށަހެޅިއިރު އޮތްގޮތަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާނެކަމަށާއި، އެއާއެކ ކުރިނު ހުށަހަޅާފައިވް ހެކާ ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމުވެސް ހުށަހަޅާފައިވާނެކަނ ޕްރޮސިކިއުޓަރ ޖނެރަލްގ އޮފީހުގެ A/145/2025/326-196 ސިޓީއިން އެނގޭކަމަށެވެ.
4.14. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ބަހުސްކުރާ ފަދައިން ސިއްރު ހެއްކަކީ ނެތް ހެއްކެއްކަމަށް ބެލެވެން ނެތްކަމަށެވެ.
5.14. ޖަވާބު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޝަރީޢަތުން ކުރިސުވާލަކ ގުޅިގެނާ ދައުލަތުން ބުނެފައިވަން މި މައްސަލައާ ގުޅިގެން އެހެން ޝަރީޢަތެއްގައި ސިއްރު ހެއްކެއް ނޯންނާނެ ކަމަށެ ބުނެފައިވާނަމަ އެއީ އޮޅުމަކުން ބުނެފައިވާ ބުނުމެއްކަމަށެވެ. އެގޮތުން ކުރީގެ މައްސަލަތައް ސިސްޓަމަށް އަޅާއިރު ސިޓީއަކުން ހުށަހަޅާފައިވާ ހއްކަކަށްވާތީ އެ ހެކި އޮތްކަން ޝަރީޢަތުގެ އަޑުއެހުމުގައި އެނގިފައިނުވަނީކަމަށެވެ.
15އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ؛
1.15. އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވާ ފަދައިން އިސްތިއުނާފުކޮށްފައިވާ އަމުރުން ސިއްރުކުރުމަށް އެދިފައިވާ ހެއްކަކީ 2017 ވަނަ އަހަރު ހުށަހަޅާފައިވާ ހެއްކަކަށް ވާއިރު، އަދި އެ ހެކި ރައްކާތެރިކުރުމަށް ފޯމުން ހުށަހެޅުމުގެ އިޖުރާއަތެއް އރުގައ ނޯންނަކަމަށެވެ. 2022 ވަނަ އަހަރު އިސްލާހުކުރ ދަޢުވި ފޯމާއެކު ފޯމެއް ހުށަހަޅާފައިވަނީ އޭރު ޖިނާއީ އިޖުރާއަތުގެ ޤާނޫނު ވުޖޫދުވި އެފަދަ ހުށަހެޅުންތަކަށް ވަކި ފޯމެއް ހަމަޖެހިފައިވާތީ ކަމަށެވެ.
2.15. ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިއްޔާގައި 2022 ވަނަ އަހަރު ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި އައު ކުށްތައް ހިމަނާފައިވާތީ، އެ ފޯމަށް ގެނެވިފައިވާ ބަދަލުތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނި މާއްދާގަ )ށ( ގެ އިމުން ބޭރުން ގެނެސްފައިވާ ބަދަލުތަކެއްކަމަށް ނިންމާފައިވާ ނިންމުމާ، ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފު ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާ ކަމަށެވެ.
16އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ޖަވާބުގައިދައުލަތުނ ބުނެފައިވަން ހައިކޯޓުގ ނިކޮލަސް ބޯމެންޑިލް އަދ އިތުރު ފަރާތެއް ވ. ވަންޑަރލަސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތްތައް ޤަޟިއްޔާގެ 42 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފުކޮށްފައިވާ އަމުރުގައި ސަބަބު ބަޔާންކޮށްފައިވާކަމަށް ދެކޭކަމަށެވެ. އިސްތިއުނާފުރައްދް ވ ފަރާތުނު އެދޭގޮތް:
17ކްރިމިނަލް ކޯޓުގް ނަންބަރު 2017)/HRA/2025/03145-B9(655- )13 އެޕްރީލް 2025( ކޯޓު އަމުރު )ހެކި ހާމަނުކުރުމަށް / ވަކި މިންވަރަކަށް ހެކި ހާމަކުރުމުގެ އަމުރު( އަކީ ޤާނޫނީ އުޞޫލުތަކާ ހައިކޯޓުގެ ނަންބަރު 2022/HC-A/439 ޤަޟިއްޔާ. އެއްގޮތަށް ނެރެފައިވާ އަމުރަކަށްވާތީ، އެ އަމުރު ބާޠިލްކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައަ :
18މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ސުވާލަކީ؛
1.18. އިސްތިއުނާފުކޮށްފައިވ އަމުރާ ނެރެފައިވަނީ ހައިކޯޓުގެ ނަންބަރ 2024/HC-B12/36 ޤަޟިއްޔާގެ ޙުކުމުގެ ނަތީޖާއާ ތަޢާރުޟުވާ ފަދައިންތޯ؟
2.18. މައްސަލައިގައި އިޖުރާއީ ގޮތުން ކަނހިނގާފައިވ ގޮތަށާ ބަލާއިރް ނަތީޖާއަކީ ކޮބައިތް ؟ އިސްތިއުނާފުކޮށްފައިވ އަމުރާ ނެރެފައިވަނީ ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިއްޔާގެ ޙުކުމުގެ ނަތީޖާއާ ތަޢާރުޟުވާ ފަދައިންތޯ؟
19ހައިކޯޓުގެ ނަންބަރު 2024/HC-B12/36 )އިޢުތިޞާމް މުޙައްމަދް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާ )މީގެފަހުން "36 ނަންބަރު ޤަޟިއްޔާ" ކަމަށް ބުނެފައި(ގެ ޙުކުމުގއ ވަނި އަންނަނިވ ފަދައިންނެވެ. " ދެންފަހެ، ބަޔާނވެދިޔް ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގ ނަންބަރު 2017)/2024/03145-B9/SHN(655- ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމުގައްއިޢުތިޞާމ މުޙައްމަދް ސަޢީދުގެ ފަރާތުން ހުށަހެޅި ފުރަތަމަ ހުށަހެޅުމާ ގުޅިގެނު ނިންމި ނިންމުން ބާޠިލުކުރުމަށް ކަނޑައަޅައި، އަދި، ކްރިމިނަލް ކޯޓުގެ ނަންބަރ 655/Cr-C/2017 ޤާޟިއްޔާއިން ބަލަމުންދިޔަ މައްސަލައިގެ ދަޢުވާ ފޯމަށް 09 މާރިޗު 2022 ގައި ގެނައި ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ )ށ( އާ ޚިލާފަށްގެނެސްފައިވާ ބަދަލެއް ކަމަށްކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މ ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވ."
20މ ޤަޟިއްޔާގައި މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވާ ކަންކަން މި ރިޕޯޓުގައި މީގެ ކުރިން ބަޔާންކޮށްފައިވާނެއެވެ. އެގޮތުން، ފީރަތަމ ހުށަހަޅަ ދަޢުވި ފޯމުގައި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ޖުމްލަ 15 )ފަނަރަ( ހެކި / ޤަރީނާކަމަށާއި،ފަހުން އިޞްލާޙުކޮށް ހުށަހެޅް ދަޢުވި ފޯމާއެކު، ސިއްރު ހެކި ހިމެނޭގޮތުން ޖުމްލަ 30 )ތިރީސް( ހެކި / ޤަރީނާހުށަހަޅާފައިވާކަން އެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފހަގަކޮށްފައިވެއެވެ.
21ހައިކޯޓުގެ 36 ނަންބަރާ ޤަޟިއްޔާ ގެ ޝަރީޢަތުގެ އަޑުއެހުމުގައި އިސްތިއުނާފުކުރ ފަރާތުނ 2017 ވަނަ އަހަރުގެ ދަޢުވާ ފޯމާއެކު ސިއްރު ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، 2022 ވަނަ އަހަރު އެ ހެކި ހުށަހަޅާފައިވް ކަމަށާ ބުން ޝިކާޔަތު ކޮށްފައިވާއިރު، ދައުލަތުން އެ ނުކުތާގައި އެއްވެސ ޖަވާބެއް ދީފައިނުވެއެވެ.
22އެއަށްފަހު، އިސްތިއުނާފުކުރާ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމާފައިވާ ކޯޓު އަމުރެއްގެ އިސްތިއުނާފުގައި ހައިކޯޓުގެ ނަންބަރ 2025/HC-B12/2 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގ 36 ނަންބަރު ޤަޟިއްޔާގެ ނަތީޖާއަކީ މިހާރު މި މައްސަލައިގައި ސިއްރު ހެއްކެއާ ނެތުން ކަމަށެވެ.
23މ އިސްތިއުނާފުގައި އިސްތިއުނާފުކުރި ފަރާތުގާ އެއް ވާހަކައަކިދައުލަތުންވެސް، ސިއްރު ހެއްކެއް ނެތްކަމަށް އެއްބަސްވެފައިވާވުމެވެ. ނަމަވެސް، އިސްތިއުނާފުގެ ޖަވާބު ހުށަހެޅި ފޯމުގައްދައުލަތުނައެކަމަށ އެއްވެސް ރައްދެއް ދީފައިނުވެއެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެފަދައިން ބުނެފައިވާނެތޯ އާއި އެހެން ކަމަށްވާނ އެފަދައިން ބުނެފައިވަން ކީއްވެތްޝަރީޢަތުނ ސުވާލުކުރުމުން، އެފަދައިން ބުނެވިފައިވާނަމ އެއަ އޮޅުމަކުން ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން 2017 ވަނަ އަހަރު ދަޢުވާ ހުށަހެޅުމަށްފަހު ހަމަ އެ އަހަރު ސިއްރު ހެއްކެއް ސިޓީއެއްގެ ޒަރީއާއިން ހުށަހަޅާފައިވާނެކަމަށް ބުނެފައިވެއެވެ.
24ޕްރިސިޑެންސް 1އިސްތިއުނާފުކޮށްފައިވާ އަމުރަށް ބަލާއިރު، އެ އަމުރުގައި އަމުރު ނެރުމަށް ހަވާލާދީފައިވަނީ 2022 ވަނަ އަހަރު ދައުލަތުން އިސްލާހުކޮށް ހުށަހެޅި ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ "ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު" އީކށްކަން އެ އަމުރުން އެނގެއެވެ. ސަބަބަކީ، އެ އަމުރުގައި ހަވާލާދޭ ފޯމުގެ ނަންބަރެއްގެ ގޮތުގައި "145/HRF/2022/27" ބަޔާންކޮށްފައިވާތީއެވެ. އެ އަމުރުގައިރައްކާތެރިކުރުމަށް ކަނޑައަޅާ ހެކީގެ ގޮތުގައި ބަޔާންކޮށްފައިވަނީ "ސިއްރުހެކ 1 ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން. )ފޯލިއޯ ނަންބަރު 131(" ކަމަށްވާތީއެވެ. ދައުލަތުގެ ޖަވާބާ އެކު ހުށަހަޅާފައިވާ ސިޓީގައި ކުރީގެ ދަޢުވާ ފޯމާއެކު ހުށަހެޅި ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު އަލުން ހުށަހެޅި ކަމަށް ބަޔާންކޮށްފައިވާތީއެވެ. 2017 ވަނަ އަހަރު ހުށަހެޅި ދަޢުވާ ފޯމުގައި ފޯލިއޯ ނަންބަރ 131 ހިމެނިފައިނުވާތީއެވެ.އެފަދައިން ބަޔާންކޮށްއަމުރ ނެރެފައިވުމީ މި މައްސަލައިގެ ފަސްފަހާތުގައި ހިނގާފައިވާ ކަންކަމަށް ނަޒަރުކުރާއިރު ގޯހުން ހިނގާފައިވާ ކަމެއް ކަމުގައި ދެކެމެވެ.
25އެހެނީ، ހައިކޯޓުގ 36 ނަންބަރު ޤަޟިއްޔާގައ 2022 ވަނަ އަހަރު ދައުލަތުން ހުށަހެޅި ދަޢުވާ ފޯމު ބާޠިލުކުރުމަށް ކަނޑައަޅާފައިވާއިރު، އެ ފޯމާ ގުޅިގެން އެ ފޯމުގެ ފޯލިއޯ ނަންބަރަކާ ހަވާލާދީ ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކީ ދިރި ހުރި ހުށަހެޅުމެއްކަމަށް ނުދެކެމެވެ. އެ ސަބަބަށީޓަކައި، އިސްތިއުނާފުކޮށްފައިވ އަމުރަކާ ހައިކޯޓުގ 36 ނަންބަރު ޤަޟިއްޔާގެ ނަތީޖާއާ ތަޢާރުޟުވާ ނިންމުމެއްކަމަށް ދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާއާގުޅިގެނ 12 މޭ 2025 ގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު A/145/2025/362-196) 07 އެޕްރީލް 2025( ސިޓީ. އިޖުރާއީ ގޮތުން ކަންހިނގާފައިވާ ގޮތަށް ބަލާއިރުދެން ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯ؟
26ޕްރިސިޑެންސް 2ދާއުލަތުނ އެކް މަހައްލުގައި ސިއްރުހެއްކެއ ނެތް ކަމަށް ބުނެފައިވުމާއި، މައްސަލަ ދިގުލައިގެން ގޮސްފައިވުމުގެ ސަބަބުން ދަޢުވާލިބޭ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ޝަކުވާ މި އިސްތިއުނާފުގައި ހުށަހަޅާފައިވެއެވެ.
27ހައިކޯޓުގެ 36 ނަންބަރު ޤަޟިއްޔާނިންމުމާ ގުޅިގެން މި މައްސަލައިގައ 2017 ވަނަ އަހަރު ހުށަހެޅި ދަޢުވާ ފޯމުއަލުނ ހުށަހެޅުމުގެ ފުރުޞަތު ދައުލަތަށް ލިބިފައިވެއެވެ. އެ ފޯމަށް އިސްލާޙު ގެނެސް އަލުން ހުށަހެޅުމުގެ ފުރުޞަތުވެސް އޮތްކަން ޚުދު ދައުލަތުންވެސް ޤަބޫލުކުރެއެވެ.
28އެހެންނަމަވެސް، 2017 ވަނަ އަހަރު ހުށަހެޅި ދަޢުވާއަކާ ގުޅިގެން،އެ އަހަރު ސިއްރު ހެއްކެއް ހުށަހަޅާފައިވާކަނީދަޢުވާލިބޭ ފަރާތަށް އެނގިފައިވަނީ 2025 ވަނަ އަހަރު ބޭއްވި،އެ ހެކި ރައްކާތެރިކުރުމާމެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހުގައިކމަށ މައްސަލައިގް ޚަސްމުން އެއްބަސްވެފައިވެއެވެ.
29ހައިކޯޓުގެ 36 ނަންބަރު ޤަޟިއްޔާގައި ވެސް 2017 ވަނަ އަހަރު ސިއްރު ހެއްކެއް ހުށަހެޅިކަން ހައކޯޓަށ އަދި މައްސަލައިގެ ދަޢުވާލިބޭ ފަރާތަށް އެންގުމުގެ ފުރުޞަތު ދައުލަތަށް ލިބިފައިވެއެވެ. ހައިކޯޓުގެ ނަންބަރު 2025/HC-B12/2 ޤަޟިއްޔާގައިވެސް މި ފުރުޞަތު ލިބިފައިވާއިރު، އެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ މިހާރާހައިކޯޓުގ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައިގެ ދައުލަތުން އެ ބުނާ ބުނުމާ ދިމާ އިދިކޮޅަށް، އެފަދަ ހެއްކެއް ދެން ނުވެސް އޮންނާނެ ކަމަށެވެ. 2017 ވަނަ އަހަރުގެ ދަޢުވާ ފޯމު 2025 ވަނަ އަހަރު އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅިއިރުވެސް، މި ހެކި ވުޖޫދުގައިވާކަން ދަޢުވާލިބޭ ފަރާތަށް ބުނެދިނުމުގެ ފުރުޞަތު އޮތެވެ. 23 ސެޕްޓެންބަރު 2024 ދުވަހު ބޭއްވުނު 36 ނަންބަރު ޤަޟިއްޔާގެ އަޑުއެހުމުގައި ދެފަހަރު އިސްތިއުނާފުކުރާ ފަރާތުން 2017 ވަނަ އަހަރުގެ ފޯމާ އެކު ސިއްރު ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ބުނެފައިވީނަމަވެސް، ދައުލަތުން އެ އަށް ރައްދެއް ދީފައިނުވޭ.
30ނަމަވެސް، މިއިން އެއްވެސް މަހައްލު އެ ގައި، ޖިނާއީ އިޖުރާއަތުގެ މަޤްސަދު ނަގަހައްޓާ، ދަޢުވާލިބޭ ފަރާތަށް ދިފާޢުވުމަށް ލިބިދެވޭ ޙައްޤު ކަށަވަރުކުރުމުގެ ފިޔަވަޅެއް ދައުލަތުން އަޅާފައިނުވެއެވެ. މިމައްސަލައިގ ދައުލަތުން ސިއްރުހެކިވެރިޔ ހުށަހަޅާފައިވާ މަގަށް ބަލާއިރު، އެ ހެކި ހުށަހެޅިކަމުގެ މައުލޫމާތު ދަޢުވާލިބޭ ފަރާތަށް އަންގާފައިނުވުމަކީ، އަދި އެ ހެއްކަކީ ނެތް ހެއްކެއްކަމަށް ދަޢުވާލިބޭ ފަރާތަށް ތަސައްވަރުވާނ ބީދައިން ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކޮށްފައިވުމީ، ދައުލަތުން މި މައްސަލައިގައިޖިނާއެއިޖުރާއަތުގ ޤާނޫނުގެ 83 ވަނަ މާއްދާއއާ، އެ ޤާނޫނުގެ މަޤްޞަދު ބޮލައިލާޖަހާފައިވާ ކަމަށ އަހުރެން ދެކޭ ސަބަބެވެ. މިފަދަ އަމަލުތަކުގައި މަލަން އެޅުމަކީ ކޯޓުތަކުން ކުރާނެ ކަމެއް ނޫނެވެ.
31ޕްރިސިޑެންސް 3ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، މި މައްސަލއާއެކ ހުށަހެޅު ކަމަށި ދައުލަތުން ބުން ސިއްރު ހެކަ -1 އަކީ މިހާރު ހުށަހަޅާފައިވާ މައްސަލައާއެކު ހުށަހަޅާފައިވާ ހެއްކެއް ކަމަށް ނުދެކެމެވެ. މައްސަލަ ނިންމަން ފެންނަ ގޮތް:
32ބުނެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން،
1.32. ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/HRA/2025/03145-B9(655- )13 އެޕްރީލް 2025( ކޯޓު އަމުރކަ ބާޠިލު އަމުރެއްކަމަށް ކަނޑައަޅައި، އަދި
2.32. ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާގައި 2017 ވަނައަހަރު ހުށަހެޅި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ރިފަރެންސް ނަންބަރ 535/ކރކ/2017/1424 ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ކަމުގައި ބްލައްގެނ ކްރިމިނަލިކޯޓު ގައި މައްސަލަ ކުރިއަށް ގެންދިޔުމަށް އަންގައި މައްސަލަ ނިންމަން ފެނެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ށ(. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ށ(. ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/23 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު( ޤަޟިއްޔާގެ 54 ވަނަ ޕެރެގްރާފް. ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔާ :
33މި މައްސަލައިގައިއިސާތިއުނާފުކުރެވިފައިވަނީ ހެކި ހާމަނުކުރުމަށް/ ވަކި މިންވަރަކަށް ހެކި ހާމަކުރުމުގް އަމުރެކެވެ. ހެކި ބަލައިގަތުމާ މެދު ނިންމާފައިވާ ނިންމުމެއް ނޫނެވެ. ސުވާލަކީ މި އަމުރުނާހިމާޔަތްކުރި ހެކިތަކުގެ ތެރޭގައި ހިމެނޭ ސިއްރު ހެކިވެރިޔާ -1 ގ ބަޔާނަކީ ހައިކޯޓުގެ ނަންބަރ 2024/HC-B12/36 )އިޢުތިޞާމް މުޙައްމަދް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާއިން ބަލައިނުގަތުމަށް ކަނޑައަޅާފައިވާ ހެއްކެއްތޯ އެވެ؟ އަދި، އިސްތިއުނާފު ކުރެވޭ މ އަމުރުހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައެޅުނު އުސޫލުތކ ޚިލާފުވޭތޯ އެވެ.
34ހައިކޯޓުގެ ނަންބަރު 2024/HC-B12/36 )އިޢުތިޞާމް މުޙައްމަދް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގއަ،މިމައްސަލައިގައި ހ މެނި ދާޢ ވ 2022 ވަނަ އަހަރު އިސްލާޙުކުރިކުރުން ބަލައިނުގަނެވަނީ ދޢަ ވާ ސީޣާއަށާއި ވާޤިއާތަކަށާއ އަދި ހެކި ޤާރީނާތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާއިން ތަސައްވަރު ނުކުރާހާ ފުޅާ މިންވަރަށް ބަދަލު ގެނެސްފައިވާތީކަން ފާހަގަކުރެވެއެވެ.
35ދައުލަތުގެ ބަހުޘަކީ ހައިކޯޓުގެ ނަންބަރު 2024/HC-B12/36 )އިޢުތިޞާމް މުޙައްމަދް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައި، 2017 ވަނަ އަހަރުގެ ދްޢަވާ ފޯމަށް ރުޖޫޢަވުމަށް އަންގާފައިވާއިރު، ރައްކާތެރިކުރެވިފައިވާ ސިއްރު ހެކިވެރިޔާ 1ގެ ބަޔާނަކީ 2017 ވަނަ އަހަރުގެ ދާޢެވަ ފޯމާ ގުޅިގެން އެފޯމުގްތެރއިނަކްރިމިނަލ ކޯޓަށް ހުށަހެޅިފައިވާ ބަޔާނެއް ކަމަށެވެ. އެގޮތުން، މި މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު ސިއްރުހެކި ލިބިފައިނުވާތީ އެ ހެކި ފޯމުގައި ބަޔާންކޮށްފައިނުވ ކަމަށާއި، ދާޢަވ ކްރިމިނަލް ކޯޓަށް ހުށަހެޅީ ޖުލައި 2017 ގައި ކަމަށާއި، ސިއްރު ހެކީގެ ބަޔާން ތަޙުޤީޤަށް ލިބިފައިވަނީ 14 އޮގަސްޓު 2017 ގައި ކަމަށް ބުނެފައިވެއެވެ. އަދި 17 އޮގަސްޓު 2017 ގައި އެ ހެކީގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/36 )އިޢުތިޞާމް މުޙައްމަދް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާ މައުލޫމާތު ސިޓީ އެއްގެ ޒަރީއާއިން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށއާ މިކަން ސާބިތުކުރުމަށް 2017 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ސިޓީ މިކޯޓަށް ހުށަހަޅާފައިވެއެވެ.
36ޕްރިސިޑެންސް 4އެހެންކަމުން،ތާރީޚްތަކަށް ބަލާއިރު، ދައުލަތުން މިފާހަގަކުރ ބަޔާނަކީ، 2017 ގެ ދ ޢަވ ފޯމާ އެކާ ހުށަހޅީފައިވާ ބަޔާނެއް ކަމުގައި ބެލުމުގެ ފުރުސަތު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ފާހަގަކުރެވޭ ކަމަކީ 2017 ގެ މިބަޔާނ ހުށަހަޅަމުން ދައުލަތުން ބަޔާން ހުށަހަޅަން ކޮން ކަމެއް ސާބިތުކުރުމަށް ކޮން ދާއިރާއެއްގެ ތެރޭގައކަނ އެނގެން ނެތް ކަމެވެ.
37ދެން މިމައްސަލައިގައިފާހަގަކުރެވޭ އަނެއްކަމަކީ ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގައި ދައުލަތުން ޢެ މަލުކޮށފައިވާ ގޮތެވެ. ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދެﷲގެރައުޔގު 24 ވަނަޕެރެގްރާފްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރާއިރު، ސިއްރުކުރުމަށް އެދިފައިވާ ބަޔާނަކީ 2022 ވަނަ އަހަރުގެ ދައުވާ ފޯމާއެކު ފޯލިއޯ 131 ގއ ހިމެނި ހެކި ބަޔާންކަން އެނގެއެވެ. އަމުރުން ހިމާޔަތްކޮށްފައިވަނީ ވެސް މިފޯލިއޯގައ ހިމެނި ތަޙްޤީޤު ބަޔާނކވެ. 2017 ވަނަ އަހަރު ހުށަހެޅުނު ދައުވާ ފޯމުގައި މިފޯލިއޯ ނަންބަރުގެ ބަޔާނެއް ހިމެނިފައި ނެތެވެ. މި އަމުރަށް އެދުމުގައި ދައުލަތުން"ކުރީގެ ދިޢވ ފޯމާ ފޮނުވިއިރު، ހެކި ރައްކާތެރިކުރުމަށ ދައުލަތުން ހުށަހެޅް ފޯމު" ފޮނުވާކަމަށް އ އޮފީހުގެ 07 އޭޕްރީލް 2025 ގެ ސިޓީގައި ބަޔާންކޮށްފައިވާއިރު މ ސޓީއަކުނ ވެސް ރައްކާތެރިކުރުމަށް އެދެނީ 17 އޮގަސްޓު 2017 ގައާ ހުށަހެޅާފައިވާ ބަޔާނެއް ކަން އެނގޭކަށް ނެތެވެ.
38އެހެންކަމުން، އިސްތިއުނާފުކޮށު ފައިވާ އަމުރުން ހިމާޔަތްކޮށް ރައްކާކޮށްފައިވަނީ ހައިކޯޓުގެ ނަންބަރ 2024/HC-B12/36 )އިޢުތިޞާމް މުޙައްމަދް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު A1/145/2017/1455-196 )17 އޯގަސްޓް 2017( އިސްތިއުނާފުކުރެވޭ އަމުރުގައި ރައްކާތެރިކޮށްދޭ ހެކީގެ މަޢުލޫމާތުގެ ގޮތުން )1( ނަންބަރުގެ ސުރުހީގައި ޙަވާލާދީފައިވަނީ މި ފޯލިއޯ ނަންބަރަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 26A/145/2025/3-196) 07 އެޕްރީލް 2025( ސިޓީ. ޤަޟިއްޔާގައި ބަލައަ ނުގަނެވޭނެކަމަށ ކަނޑައަޅާފައިވް ދޭޢ ވާ ފޯމުގައި ހިމެނޭ އަދި އެދަޢިވާ ފޯމުގައި ޙަވާލާދީފައިވާ ފޯލިއޯއެއްގައ ހިމެން ބަޔާނއެކަމުގައިވާތީ ކްރިމިނަލް ކޯޓުގ ނަންބަރު 2017)/HRA/2025/03145-B9(655- )13 އެޕްރީލް 2025( އަމުރގު )1( ވަނަ ނަންބަރުން މިތަޙްޤީޤ ބަޔާނު ރައްކާތެރިކުރުމަށް ނިންމާފއިވަނަ، ހައިކޯޓުގެ ނަންބަރު 2024/HC-B12/36 )އިޢުތިޞާމް މުޙައްމަދް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް( ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލުތަކާނުސީދާގޮތށަޚިލާފުވެވޭގޮތަށް ޤާނޫނީގޮތުން ގޯސްކޮށް ކަމުގައި ދެކެމެވެ.
39އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/HRA/2025/03145-B9(655- ) 13 އެޕްރީލް 2025( އަމުރުން ސިއްރު ހެކި- 1 ފުލުހުންގެ ތަޙުޤީޤަށްދީފައިވާ ބަޔާން )ފޯލިއޯ ނަންބަރު 131( ރައްކާތެރިކުރުމަށް ނިންމި ނިންމުން ބާޠިލްކުރަންޖެހޭ ކަމުގައި ދެކެމެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ :
40މ މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދެ ﷲ ގ ރައުޔަށް ތާއިދުކުރަމެވެ.
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 91 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ، 51 ވަނަ މާއްދާގެ (ށ) އަދި 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ)، 5 ވަނަ މާއްދާ އަދި 6 ވަނަ މާއްދާ
- 2024/HC-B12/36 (އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2025/HC-B12/2
- 2022/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު)
- 2024/SC-A/15 (އައްޔޫބު ޢަލީ ވ. އިބްރާހީމް ވަޙީދު)
- 2020/SC-A/100 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- 2023/HC-B12/14,16
- 2022/HC-A/439 (ނިކޮލަސް ބޯމެންޑިލް އަދި އިތުރު ފަރާތެއް ވ. ވަންޑަރލަސްޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް)
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ފާޠިމަތު ފަރްހީޒާ