ސައިޓޭޝަން ކޮޕީ ކުރުމަށް
2021/HC-A/057
އިސްމާޢީލް ޖަލީލް މުޙައްމަދު ވ. ނެތް، 2021/HC-A/057
Ismail Jaleel Mohamed v. Not specified 2021/HC-A/057 (2021/HC-A/057, High Court of the Maldives, 25 October 2021)
އިސްމާޢީލް ޖަލީލް މުޙައްމަދު ވ. ނެތް
މައިގަނޑު ސުވާލު
ކޯޓަށް މީހުން ޙާޟިރުކުރުމުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ބާޠިލުކުރި ނަސަބު ނަފީކުރުމުގެ ދަޢުވާއެއް (ލިޢާނަށް އެދި ހުށަހެޅި)، ދަޢުވާ ރައްދުވާ މަންމަ ނިޔާވުމަށްފަހު ޑީ.އެން.އޭ ޓެސްޓަށް އެދި އަލުން ހުށަހެޅުމުން، އެ ދަޢުވާ ބަލައިނުގަތުމަށް ފެމިލީ ކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ކުރިން ބާޠިލުކުރި ދަޢުވާއާއި އެއް މައުޟޫޢެއްގެ ދަޢުވާއެއް ނަމަވެސް، އެ މައުޟޫޢު ސާބިތުކުރަން ހުށަހަޅާ ގޮތް (މިސާލަކަށް ލިޢާނުގެ ބަދަލުގައި ޑީ.އެން.އޭ) މުޅިން ތަފާތުނަމަ، އެއީ ކުރިން ހިނގަހިނގާ އޮތް ޤަޟިއްޔާ އަލުން ހުށަހެޅުމެއް ނޫން، ތަފާތު އައު ދަޢުވާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބިނާކޮށް 29 ވަނަ މާއްދާގެ (ހ) ގެ 1 ގެ ދަށުން ބާޠިލުކުރި ދަޢުވާއެއް 33 ވަނަ މާއްދާގެ ދަށުން އަލުން ހުށަހަޅާއިރު، އުނިއިތުރު ގެނެސްފިނަމަ އެއީ އައު ދަޢުވާއެއް ކަމުގައި ބަލައިގަނެވޭނީ، ބާޠިލުކުރި ދަޢުވާ ކުރިއަށް ގެންދާ ގޮތަށް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12)
- ބާޠިލުކުރި ދަޢުވާއެއް 33 ވަނަ މާއްދާގެ ދަށުން އަލުން ހުށަހެޅުމަކީ ޝަރުޠަކާނުލައި އެ ދަޢުވާ ބަލައިގަންނަން ޖެހޭ ޤާނޫނީ ސަބަބެއް ނޫނެވެ. ޤާނޫނަށް ނުވަތަ ގަވާއިދަށް އައި ބަދަލަކާ ނުވަތަ ދަޢުވާގެ މައުޟޫޢަށް އައި ބަދަލަކާ ގުޅިގެން އެއީ ކޯޓުން އަލުން ބެލިދާނެ މައްސަލައެއް ނުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13)
- ދަޢުވާ ރައްދުވާ ފަރާތް ނިޔާވެ، އެ ތުހުމަތަށް ޖަވާބުދެވޭނެ ގޮތެއް ނެތި ޙާލަތު ބަދަލުވެފައިވާއިރު، ކުރިން ދަޢުވާ ހުށަހަޅާ ބާޠިލުކޮށްފައި އޮތުމުގެ މައްޗަށް އެކަނި ބުރަވެ އެ ދަޢުވާ އަލުން ބަލައިގަތުމަކީ ކޯޓަށް ލާޒިމް ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ޢާއިލާއާބެހޭ ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތުގައި ނަސަބު ނަފީކުރަން ހުށަނޭޅިއްޖެނަމަ، އޭގެ ފަހުން ނަސަބު ނަފީކުރުމުގެ މައްސަލައެއް ބަލައިދެވޭނީ ކުއްޖާ ވިހާފައިވަނީ ކާވެނިކުރިތާ 6 މަސް ދުވަހުގެ ކުރިން ނުވަތަ ވަރިކުރިތާ 1 އަހަރު ފަހުންކަން އެނގޭ ލިޔުންތަކާއެކު ހުށަހެޅުމުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- ދަރިލައްވާ މުއްދަތުގެ ތެރޭގައި (ކާވެނިކުރިތާ ހިޖުރީ ގޮތުން 6 މަސް ފަހުން، ވަރިކުރިތާ ނުވަތަ ފިރިމީހާ މަރުވިތާ ހިޖުރީ ގޮތުން 1 އަހަރު ތެރޭ) ދަރި ވިހާފައިވުމަކީ އެ ފިރިމީހާއަށް ނަސަބު ސާބިތުވާނެ ޝަރުޢީ އަދި ޤާނޫނީ ހުއްޖަތެކެވެ. އެ ނަސަބު ނަފީކުރެވޭނީ ލިޢާންކޮށްގެންނެވެ. މި އުޞޫލަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އައިސް ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގައި ތަދުވީނުކުރެވިފައިވާ، އިސްލާމީ ޝަރީޢަތަށް ބިނާކޮށްފައިވާ އުޞޫލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-19)
ސަމީރު ތާއީދު ކުރައްވައެވެ.
1މި މައްސަލައަކީ، ފެމލި ކޯޓުގެ ނަންބަރު 269/IQB/2019 "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލއަ ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެ ނިންމުން އިސްތިއުނާފ ކުރުމަށު އެދާ […] / އިސްމާޢީލް ޖަލީލް މުޙައްމަދު (އައި.ޑީ.ކާރޑް ނަންބަރު:)ގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމު ނ ބެލުން މައްސަލައެކެވެ. މައްސަލައިގެ ފަސްފަހަތް:
2[…] / އިބްރާހީމް ޝަރީފްއަކީ، އިސްމާޢީލް ޖަލީލް މުޙައްމަދުގެ ދަރިއެއްކަމަށް ޤަބޫލުނުކުރާކަމަށް އިސްމާޢީލް ޖަލީލް މުޙައްމަދުބުނެ، މިމައްސަލަ ޝަރީޢަތުން ބަލައި، ގޮތެއް ކަނޑައަޅައިދިނުމަށް އެދި އިބްރާހީމް ޝަރީފްގެ މަންމަ […] ޢާއިޝަތު ޒަކަރިއްޔާގެ މައްޗަށް އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން ފެމލި ކޯޓަށް މައްސަލަ ހުށހެޅުމުނަ ފެމިލީ ކޯޓުގެ ނަންބަރު C/2011-Fm/1886 ޤަޟިއްޔާއިން އެމައްސަލަ ހިންގައި އެމައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށްފައިވެއެވެ. އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން ހުށަހެޅި މައްސަލާގައި ފެމިލީ ކޯޓުން ދައުވާ ފޯމް ބާޠިލްކޮށފައް ވަނި އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ. . ފެމިލީ ކޯޓަށް އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ 05 ޑިސެމްބަރު 2011 ގައި
1.2 އިބްރާހީމް ޝަރީފްގެ އުފަންދުވަހުގެ ސެޓްފިކެޓްގައި އިބްރާހީމް ޝަރީފުގެ ބައްޕައަކީ އިސްމާއީލް ޖަލީލުކަމުގައި ބަޔާންކޮށްފައިވާތީއާއި،
2.2 އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން ނަސަބު ސާބިތުކުރުމަށް އެދި މައްސަލަ ހުށަހަޅާފައިވަނީ އިބްރާހީމް ޝަރީފްގެ އުމުރުން 35 އަހަރު ފަހުންކަމަށްވާތީއާއި،
32 މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި އިސްމާޢީލް ޖަލީލް މުޙައްމަދަށް ފޮނުވުނު ފެމިލީ ކޯޓުގެ ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވިއިރު ދީފައިވާ އެޑްރެހުގައި ނޫޅޭތީ އާއި އިސްމޢީލާ ޖަލީލް މުޙައްމަދު ކޯޓަށް ދީފައިވާ ނަންބަރަށް ނުގުޅޭތީ، މައްސަލަ ކުރިއަށް ގެންދެވެން ނެތުމުގެ ސަބަބުން ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދުގެ 18 ވަނަ މާއްދާގެ
(ހ) އާއި (ށ) އަށް ބިނާކޮށް، އެޤަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވަ ގޮތުގެ މަތިން އެމައްސަލަ ބާޠިލްކޮށވެ. އިސްމާޢީލް ޖަލީލު މުޙައްމަދުގެ ފަރާތުން ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުން:
3. 2020 ޖަނަވަރީ 05 ގައި އަނެއްކާވެސް އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން ނަސަބު ނަފީކުރުމުގެ މައްސަލައެއް ފެމިލީ ކޯޓަށް ހުށަހެޅިއެވެ. މިފަހަރު މައްސަލަ ހުށަހެޅިއިރު ދަޢވު ފޯމުގައި ދަޢވު ރައްދުވާ ފަރާތެއް ބަޔާންކޮށްފައެއް ނުވެއެވެ. ދަޢު ވ ރައްދުވާ ފަރާތެއް ބަޔާންކށްފައިނުވަނީ ދަޢވު ރައްދުވާ ފަރާތްކަމަށްވާ […] ޢާއިޝަތު ޒަކަރިއްޔާ ފެމިލީ ކޯޓުގެ ނަންބަރު C/2011-Fm/1886 ޤަޟިއްޔާ ކުރިއަށް ދަނިކޮށް ނިޔާވެފައިވާތީކަމަށް ބަޔާންކޮށްފައިވެއެވެ. . ފެމިލީ ކޯޓުން މިމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ 09 ޑިސެންބަރު 2013 ގައެވެ.
4އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރތުނާ 05 ޖަނަވަރީ 2020 ގައި ފެމިލީ ކޯޓި ށ ހުށަހެޅް ދަ ޢަ ވ ފޯމުގައި އެދިފައިވަނީ، […] އަލްމަރްހޫމާ ޢާއިޝަތު ޒަކަރިއްޔާ 13 ފެބްރުއަރީ 1976 ގައި ވިހާފައިވާ، […] އިބްރާހީމެ ޝަރީފްއަކީ، އިސްމާޢީލް ޖަލީލް މުޙައްމަދު، މަރްހޫމާ ޢާއިޝަތު ޒަކަރިއްޔާ ވަރިކުރިތާ ހިޖްރީ ގޮތުން 11 މަހާއި 25 ދުވަސް ފަހުން ވިހާފައިވާ ކުއްޖަކަށްވެފައި، ވަރިކުރި އިރު ޢާއިޝަތު ޒަކަރިއްޔާ އިނީ ބަލިވެ ނޫންކަމަށް ވަރިކުރިތާ އެއްމަސް ފަހުން އާއިޝަތު ޒަކަރިއްޔާ އޭނާގެ ގާތުގައި ބުނެފައިވުމާއި، ޢާއިޝަތު ޒަކަރިއްޔާ ބަލިވެ އިންކަމެއްވެސް ވިހޭކަމެއްވެސ އޭނާއަށް އެނގިފައި ނުވުމާއި، އަދި ޢާއިޝަތު ޒަކަރިއްޔާވެސާ 05 ޑިސެނބަރް 2011 ގައި މިމައްސަލަ އޭނާ ކޯޓަށް ހުށަހެޅުމާއި ހަމައަށްވެސާ އެކަން އޭނާއަށް އަންގާފައިނުވުމާއި، އަދި ދަރިއަކު ހުރިކަން ނޭނގުމުގެ އިތުރުން ދަރީގެ ޚަރަދެއް ހޯދަންވެސް އުޅެފައިނުވުމާއި، މީގެކުރިން މިމައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު ދަރި ނަފީކޮށް ހުވާކޮށް ލިޢާންކުރުމަށް ހުރިކަމަށް އޭނާ ހުށަހެޅި ހުށަހެޅުމާއިމެދު ޝަރީޢަތުން ގޮތެއް ނުނިމި އޮއްވާ ޢާއިޝަތު ޒަކރިއްޔަ ނިޔާވެފައިވުމާއެކު، މިހާރު ލިޢންކުރުމުގާ ފުރުޞަތު ނެތުމާއެކު، އިބްރާހީމް ޝަރީފުގެ ޑީ.އެން.އޭ ނަންގަވައިދެއްވ އިބްރާހީމާ ޝަރީފަކީ އިސްމާއީލް ޖަލީލް މުޙައްމަދުގެ ދަރިއެއްކަން ސާބިތނުވާކަމަށު ޝަރީޢަތުން ކަނޑައަޅައދިނުމަށި ވެ. ފެމިލީ ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން:
5އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން ދެވަނަ ފަހަރަށް ހުށަހެޅި އިސްވެ ދެންނެވުނު ދަޢުވާގައި އެދިފައިވު ކަންކަމަކީ ފެމިލީ ކޯޓުން ބަލާ މައްސަލައަކަށް ނުވާތީ، މިދަޢުވާ ފޯމު ކޯޓަށް ބަލައިގަނެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވެނ ނެތްކަން އަންގާ ދަޢުވާ ފޯމު ބަލައިނުގަތުމަށް ފެމިލީ ކޯޓި ގެ ރަޖިސްޓްރާރ ނިންމިއެވެ. ފެމިލީ ކޯޓުގެ ނަންބަރު E1/2020/97 ދައުވާ ފޯމުގެ ޖަވާބު އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން ފެމިލީ ކޓަށޯ ހުށަހެޅް މައްސަލި ބަލައިގަނެވެން ނެތްކަމަށް ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމުގައި ބަޔާންކޮށްފައިވަނީ؛ "ނަސަބު ނަފީކުރުމަށް އެދި އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން މިކޯޓަށް ހުށަހަޅާފައިވާ (އެންޓްރީ ނަންބަރު 2020/0009) ފޯމާ ގުޅިގެން ދަންނަވަމެވެ. ކުއްޖެއްގެ ނަސަބު ނަފީކުރަން ބޭނުންވާނަމަ، ކުއްޖާވިހޭ ތާރީޚުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅާންވާނެކަމަށް، ޢާއިލާއާބެހޭ ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި މިމާއްދާގެ (ށ) ގައި، މިމާއްދާގެ (ހ) ގައި ބުނާ މުއްދަތު ހަމަވުމަށްފަހު، ކުއްޖާގެ ނަސަބު ނަފީކުރުމުގެ މައްސަލައެއް ކޯޓުން ބަލައިދެވޭނީ ކުއްޖާގެ މަންމަ އެކުއްޖާ ވިހާފައިވަނީ އެކުއްޖާގެ ނަސަބު ނަފީކުރެވޭ މީހާއާއެކު ކާވެނިކުރިތާ 06 (ހައެއް) މަސްދުވަސް ކުރިން ނުވަތަ ވަރިކުރިތާ 01 (އެކެއް) އަހަރު ފަހުންކަން އނެ ގޭ ލިޔެކިއުންތަކާއެކު ކޯޓަށް ހުށަހެޅުމުންކަމަށް ބުނެފައިވާއިރު، މިގަވާއިދުގައި ބުނާ މުއްދަތުގައި ނަސަބު ނަފީކުރުމުގެ މައްސަލަ ހުށަހަޅާފައިނުވާކަން އެނގޭކަމާއި، މިމުއްދަތު ހަމަވެފައި ވީނަމަވެސް މިމައްސަލަ ބަލައިދިނުމަށް އެދިފައިވާ ސަބަބަކީ، އޭރު އެމައްސަލަ ހުށަހަޅާފައިނުވަނީ އޭނާގެ ދަރިއެއްކަން އޭނާއާބެހޭ ރަސްމީ އެއްވެސް ލިޔުމެއްގައި ލިޔެފައިވާކަން ނޭނގި އޮތުމާއި އޭނާގެ ބެލުމަށް ނުވަތަ އެހެންވެސް ކަމަކަށް އިސްމާޢީލް ޖަލީލް މުޙައްމަދު އަތުން ޚަރަދު ހޯދުމަށް އައިސްފައިނުވުމާއި، އަދި އޭނާގެ އުމުރުގެ އެއްވެސް ހިސާބެއްގައި އިސްމާޢީލް ޖަލީލް މުޙައްމަދުގެ ގޭގައި ދިރިއުޅެފައިނެތުމާއި އޭނާއަކީ އިސްމާޢީލް ޖަލީލް މުޙައްމަދަށް ނިސްބަތްކޮށްފައިވާ ކުއްޖެއްކަން އެނގޭނެ އެއްވެސްކަމެއް އިސްމާޢީލް ޖަލީލް މުޙައްމަދަށް އެނގިފައި ނެތުމުންކަމަށް ބަޔާންކޮށްފައިވީނަމަވެސް، ކުރިން އިސްމާޢީލް ޖަލީލް މުޙައްމަދު ހުށަހަޅައިގެން ބެލުނު މިކޯޓުގެ ނަންބަރު C/2011-Fm/1886 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރަށް ބެލުމުންނާއި އެޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ޙުކުމަށް ވާޞިލުވި ސަބަބުތަކުގެ ތެރޭގައި އިބްރާހީމް ޝަރީފްގެ ނަސަބާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިބްރާހީމް ޝަރީފްގެ އުމުރުން 35 އަހަރަށްވުރެ ގިނަދުވަސް ފާއިތުވެފައިވަނިކޮށްކަމަށް ވުމުން، އިސްމާޢީލް ޖަލީލް މުޙައްމަދު އެމައްސަލަ ހުށަހަޅާފައިވަނީ އިބްރާހީމް ޝަރީފުގެ ނަސަބު ގުޅާ މަޢުލޫމާތު އިސްމާޢީލް ޖަލީލް މުޙައްމަދަށް ލިބުމާއެކު ނޫންކަން އެނގޭކަމާއި، މިމައްސަލައިގައި ދޢަ ވ ރައްދުކުރަންޖެހޭ ފަރާތް ([…] ޢާއިޝަތު ޒަކަރިއްޔާ) ނިޔާވެފައިވާކަން ބަޔާންކޮށް ލިޢާން ކުރުމަށް ފުރުޞަތު ނެތަތީ ދަރި ނަފީކުރުމަށްޓަކައި، […] އިބްރާހީމް ޝަރީފްގެ ޑީ.އެން.އޭ ނަގައިދިނުމަށް އެދިފައިވާކަން އެނގެން އޮންނައިރު، މިމައްސަލައަކީ ޢާއިލާއާބެހޭ ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުންވެސް ކޯޓަށް ބަލައިގަނެވޭނެ މައްސަލައެއްނޫންކަން ބުނެވިދިޔަ ޢާއިލާއާބެހޭ ގަވާއިދަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ A/45-SC/2011 ޤަޟިއްޔާއަށް ބެލުމުން އެނގެން އޮތަތީއާއި، އެދިފައިވާ ގޮތަށް ކޯޓު މެދުވެރިކޮށް ޑީ.އެން.އޭ ހެދުމަށް އެންގުމަކީ މިކޯޓުން ބަލާ މައްސަލައަކަށް ނުވާތީ، މިދައުވާ ފޯމު ކޯޓަށް ބަލައިގަނެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވެނ ނެތްކަން އަންގާ ދަޢުވާ ފޯމުގެ ދެކޮޕީ ސެޓު އަނބުރާ ރައްދުކުރީމެވ". މިފަދައިންނެވެ. ފެމލި ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުން:
6ފެމިލީ ކޯޓުގެ އެންޓްރީ ނަންބަރު 2020/0009 ގެ ފޯމު ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމަވާފައިވާ ނިންމުން ރަނގަޅު ނޫންކަމަށްބުނެ ފެމލި ކޯޓުގެ ނަންބަރު E1/2020/97 (24 ފެބްރުވރަ 2020) ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތާ ން ފެމިލީ ކޯޓަށް ހުށަހެޅިއެވެ. އެހުށަހެޅުމާމެދު ފެމިލީ ކޯޓުގެ ހިންގުމާއި ޙަވާލުވެހުރި ޤޟަ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފަހާގަކުރެވުނ ކަންކަނު އެގޮތުގެ ހުރުމުން، […] އިސްމާޢީލް ޖަލީލް މުޙައްމަދު ހުށަހެޅި ދަޢުވާ ފޯމު މިކޯޓަށް ބަލައިގަނެވެނ ނެތްކަމަށް އަންގައި، މިކޯޓުގެ ނަންބަރު E1/2020/97 "ދައުވާ ފޯމުގެ ޖަވާބު" އިން ދީފައިވާ ޖަވާބަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ." މިފަދައިންނެވެ. ރަޖިސްޓްރާރގެ ނިންމުން ނިންމާފައިވަނީ 24 ފެބްރުއަރީ 2020 ގައި. ނަންބަރު:269/IQB/2019 (12 ޖުލައި 2020) "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމި ގޮތް" އިސްތިއުނާފީ ނުކުތާތައް
7ފެމލި ކޯޓުގެ ނަންބަރު 269/IQB/2019 "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމި ގޮތް" އިސްތިއުނާފުކުރަމުން އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ: .17. ފމެ ލީ ކޯޓުގެ ނަންބަރު C/2011-Fm/1886 ޤަޟިއްޔާ ނިންމަވާފައިވަނީ ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤވާއިދުގަ 18 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބިނާކޮށް، މިޤވާއިދުގަ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކޮށް ޙުކުމް ކުރައްވާފައިވާކަމަށް ބަޔާންކުރައްވާފައިވާއިރު، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާގޮތުގެ ޤަވާއިދުގެ 33 ވަނަ މާއްދާއަށް ބަލާއިރު، 29 ވަނަ މާއްދާގެ ދަށުން ބާޠިލުކުރާ މައްސަލައެއް ކޯޓަށު އަލުން ހުށަހެޅުމުގައި އެއްވެސް ޤާނޫނީ ހުރަހެއް ނެތްކަން އެނގޭއިރު، އަދި މައްސަލަ ބާޠިލުކުރެވުނުތާ ގިނަވެގެން 03 މަސް ދުވަސް ހަމަވުމުގެ ކުރިން ކޯޓަށް މައްސަލައެއް ހުށަހަޅާނަމަ އިތުރަށް ހަމައެކަނި ލާޒިމުވެގެންވަނީ -/500ރ. ފީއެއ ދެއްކުންކަން އެނގޭއިރު، ފެމިލީ ކޯޓުގެ ނަންބަރު C/2011-Fm/6188 ޤަޟިއްޔާއަކީ މައުޞޫޢީގޮތުނ ގޮތެއް ކަނޑައެޅުއްވުމެއްނެތި ޗިޓު ރައްދުނުވެގެނ ކަމަށް ވިދާޅުވެ ބާޠިލްކުރައްވާފައިވާ ޤަޟިއްޔާއަކަށްވާއިރު، އެމައްސަލަ ފެމިލީ ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .27. ޢާއލާބެހޭ ޤި ވާއިދުގ 82 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޙަވާލާދީ ފެމިލީ ކޯޓުގެ ނަންބަރ C/2011-Fm/1886 ޤަޟިއްޔާގައި ބަލައިގަނެ މައުޟޫޢީ ގޮތުން ކަނޑައެޅުމުގެ ކުރިން ބާޠިލުކުރި ޤަޟިއްޔާ ބަލައިގަނެވެން ނެތްކަމަށް ފެމިލީ ކޯޓުގެ ރަޖިސްޓްރާރ ނިންމެވި ނިންމެވުމަށް ކޯޓުގެ އިސްޤާޟީ ތާއީދުކުރެއްވިއިރު، ފެމިލީ ކޯޓުގެ ދެންނެވުނު ޤަޟިއްޔާ ކޯޓި ށ ބަލައިގަނެފައިވަނީ 02 ޑސެނި ބަރް 2011 ގައި ކަމަށްވެފައި، ޢާއިލާއާބެހޭ ޤވާއިދުގަ 82 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް އައިސްފައިވާ އިސްލާޙަކީ 15 ފެބްރުވރަ 2006 ގައި ގެނެވިފައިވާ އިޞްލޙަކަށްވާއިރު، ފެމލި ކޯޓުގައި ހިންގަ ހިނގާއޮތް ޤަޟިއްޔާއެއް ބަލައިގަނެފައިވާ ގޮތުގެ ޞައްޙަކަމާމެދު ސުވާލު އުފެދި އެކަމާމެދު ޗެލެންޖު ކުރެވިފައިނެތިސް، އަދި އެޤަޟިއްޔާ ނިންމެވިއިރުވެސް އެނިންމެވުމުގެ ޞައްޙަކަމާމެދު މައްސަލަ ބެއްލެވި ފަނޑިޔާރު ސުވާލު އުފައްދާފައިނުވާއިރު، އެމައްސަލަ އަލުން ކޯޓަށް ހުށަހެޅުމުން، މައްސަލަ ބަލައިނުގަތުމުގައި ޢާއިލާއާބެހޭ ޤަވާއިދުގެ 82 ވަނަ މާއްދާގެ (ހ) އަދި (ށ) މިމައްސަލައިގައި ޠަޠްބީޤު ކުރައްވާފައިވަނީ ޝަރުއީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. .37. ފެމިލީ ކޯޓުގެ ނަންބަރު C/2011-Fm/1886 ޤަޟިއްޔާ ބާޠިލުކޮށްފައިވަނީ މައުޟޫޢީ ގޮތުން ގޮތެއް ކަނޑަނާޅުއްވާ އަދި ދަޢވާކުރު ފަރާތަށް ޗިޓު ރައްދުނުވެގެން ކަން އެނގެން އޮންނާތީ އެމައްސަލަ ފެމިލީ ކޯޓަށް ދަޢުވާކުރާފަރާތުން އަލުން ހުށަހެޅުމުން އެމައްސަލަ ބަލައިނުގތުމަށަ ފެމިލީ ކޯޓުން ޙަ ވާލާދެއްވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/45-SC/2011 ޤަޟިއްޔާ، މިމައްސަ ލާގައި ކަންހިނގާފައިވާ ގޮތުގެ ޙަޤީޤަތްތަކާއި މުޅިން ތަފާތުކަން ސާފުކޮށް އެނގެން އޮންނާތީ، ފެމިލީ ކޯޓުގެ ނަންބަރ C/2011 -Fm/1886 ޤަޟިއްޔާ ގައި ހުށަހަޅައި މައުޟޫއީ ގޮތުން ގޮތެއް ނުނިމިވާ މައްސަލަ އަލުން ހުށަހެޅުމުން އެމައްސަލަ ބަލައިނުގަތުމަށް ފެމލި ކޯޓުގެ ރަޖިސްޓްރާރ ނިންމަވާ އަދި އެކޯޓުގެ ރެޖިސްޓްރާރ ނިންމެވި ނިންމެވުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަށް ތާއީދުކުރުމަށް ފެމިލީ ކޯޓުގެ އިސްޤާޟީ ނިންމެވި ނިންމެވުމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މައްދާގެ (ހ) އާއި (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމަށްވާތީ، އެނިންމެވުން ޝަރުޢީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
8އިސްމާޢިލް ޖަލީލު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، މިކޯޓުން ފުރަތަމަ ޖަވާބު ދޭންޖެހޭ ސުވާލަކީ، ފެމިލީ ކޯޓުގެ ނަންބަރ C/2011-Fm/1886 ޤަޟިއްޔާ އާއި އިސްމާޢީލް ޖަލީލު މުޙައްމަދި މިހާރު ހުށަހަޅާފައިވާ ޤަޟިއްޔާއާ އެއީ ކުރިން އެކޯޓުގައި ހިނގަހިނގާ އޮތް ޤަޟިއްޔާ ތޯ ނުވަތަ ނޫންތޯއެވެ؟ މިސުވާލުގެ ޖަވާބު ލިބުމާއިއެކު މިޤަޟިއްޔާއާމެދ ގޮތެއު ނިންމް ދާނެއެވެ. ފެމިލީ ކޯޓުގެ ނަންބަރ C/2011-Fm/1886 ޤަޟިއްޔާ:
9ފެމލި ކޯޓުގެ ނަންބަރު:C/2011-Fm/1886 ޤަޟިއްޔާ ގެ މައުޟޫއއުކީ ނަސަބު ސާބިތުކުރުމެވެ. މިޤަޟިއްޔާގައި ނަސަބު ސާބިތު ކުރުމަށް އިސްމާޢީލް ޖަލީލް މުޙައްމަދު އެދިފައިވު ގޮތަކާ ދަޢުވީ ރައްދުވާ […] ޢާއިޝަތު ޒަކަރިއްޔާއަށ ލިޢާން ދީގެން ނަސަބު ސާބިތުވާކަން ނުވަތަ ނުވާކަން ކަނޑައެޅުމެވެ. މިޤަޟިއްޔާގައި ނަސަބު ސާބިތު ކުރުމަށް ޑީ.އެން.އޭ ޓެސްޓް ހެދުމާއި ގުޅޭ ގޮތުން އިސްމާޢީލް ޖަލީލު މުޙައްމަދުގެ ފަރާތުން އެދި ފައެއްނެތެވެ. ފެމިލީ ކޯޓަށް ހުށަހެޅި އެންޓްރީ ނަންބަރު: 2020/0009 ދަޢުވާ ފޯމް:
10އިސްމާޢީލް ޖ ލީލު މުޙައްމަދުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި ނަންބަރު:2020/0009 ފޯމުގައި ބަޔާންކުރާ ދަޢުވާގެ މައުޟއޫ އަކު ނަސަބު ނަފީކުރުމެވެ. މިފޯމުގައި ނަސަބު ނަފީކުރުމަށް އިސްމާޢީލް ޖަލީލު މުޙައްމަދު އެދިފައިވާ ގޮތަކީ ޑީ.އެން.އޭ ތަޙްލީލުކޮށްގެން ނަސަބާމެދ ގޮތެއު ނިންމުމެވެ. ދަޢުވާ ރައްދުވާ ފަރާތެއް ބަޔާންކޮށްފައެއް ނެތެވެ. ފެމިލީ ކޯޓުގެ ނަންބަރު: C/2011-Fm/1886 ޤަޟިއްޔާއާއި އެންޓްރީ ނަންބަރު:2020/0009 ދަޢުވާ ފޯމްގެ ތަފާތު:
11ޕްރިސިޑެންސް 1ފެމިލީ ކޯޓުގެ ނަންބަރު: C/2011-Fm/1886 ޤަޟިއްޔާއާއި އެންޓްރީ ނަންބަރު:2020/0009 ދަޢުވާ ފޯމުގައި ބަޔާންކުރާ ދަޢުވާގް ނަތީޖާއަކީ އެއްނަތީޖާއެއް ނިކުމެދާނެ މައުޟޫއެއް ނަމަވެސް، އެމައުޟޫއ ސާބިތު ކުރުމަށް އިސްމާޢީލް ޖަލީލު މުޙައްމަދު ހުށަހަޅާ ގޮތަކީ މުޅިން ތަފާތު ގޮތެކެވެ. ކުރިން ހުށަހެޅި ދަޢުވާގައި ދަޢުވާ ރައްދުވާ ފަރާތް ހުރުމާއެކު ދަޢުވާ ސާބިތު ކުރުމަށް އެދިފައވަނި ޝަރުޢީ އުޞޫލުން ލިޢާން ކުރުވައިގެންނެވެ. ނަމަވެސް ފަހުން ހުށަހެޅި ދަޢުވާ ފޯމްގެ މައުޟޫއު ސާބިތަ ކުރަން އެދިފައިވަނީ ދަޢުވާ ރައްދުވާ ފަރާތް ނިޔާވުމުގު ސަބަބުން ޑީ.އެން.އޭ ސާމްޕަލް ނަގައު ގެންނެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ދަޢުވާގެ މައުޟޫއު ސާބިތު ކުރުމަށް ފަހުން ހުށަހެޅި ގޮތަކީ ކުރިން ހުށަހެޅި ދަޢުވާގައި ހުށަހަޅާފައި ނެތް މުޅިން އައު ގޮތެވެ. އެހެންކަމުން، އިސްމާޢީލް ޖަލީލު މުޙައްމަދުގެ ފަރާތުން ފަހުން ހުށަހެޅި ދަޢުވާ ފޯމަކީ ފެމިލީ ކޯޓި ން ބާޠިލުކުރު އެކޯޓުގެ ނަންބަރު:C/2011-Fm/1886 ގައި ހިނގަހިނގާ އޮތް ޤަޟިއްޔއެއާ ނޫނެވެ. އެއީ އއ މަޢުޟއޫ ގައި ހުށަހެޅު ތަފާތު އައު ދަޢުވާ އެކެވެ. ވީމާ، ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ގަވާއިދުގެ 33 ވަނަ މާއްދާއަށް ޙަވާލާދީ އިސްމާޢީލް ޖަލީލު މުޙައްމަދގު ފަރާތުން ހުށަހެޅި ނުކުތާއަކީ ރނަ ގަޅު ނުކުތާއެއް ނޫނެވެ.
12ޕްރިސިޑެންސް 2ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤވާއިދުގަ 18 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބިނާކޮށް އެޤވާއިދުގަ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ބާޠިލްކުރާ ދަޢުވާއެއް އެޤަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ހުށަހަޅާއިރު، އިތުރު ހުށަހެޅުންތަކެއް ހުށަހަޅައިފިނަމަ، ނުވަތަ ކަންތައްތަކެއް އުނިކޮށްފިނަމަ، އެހުށަހެޅެނ ބާޠިލުކުރީ ދަޢުވާގެ ބަދަލުގައި ބާޠިލުކުރި ދަޢުވާއަށް އުނިއިތުރު ގެނެސްގެން ހުށަހަޅާ އައު ދަޢުވާއެކެވެ. އެފަދަ ދަޢުވާއެއް ބަލައިގަންނަ ނަމަ ބަލައި ގަނެވޭނ އައީ ދަޢުވާއެއް ގެ ގޮތުގައެވެ. ބާޠިލުކުރި ދަޢުވާ ކުރިން އޮތްގޮތަށް ކުރިއަށް ގެންދެވޭ ދަޢުވާއެއްގެ ގޮތުގައެއް ނޫނެވެ. ކޯޓުން ބާޠިލުކުރި ދަޢުވާއެއް ދެވަނަ ފަހަރަށް ހުށަހެޅުމަކީ ޝަރުޠަކާއ ނުލައި ބަލައިގަންނަންޖެހޭ ސަބަބެއް ނޫނެވެ:
13ޕްރިސިޑެންސް 3އެންޓްރީ ނަންބަރު:2020/0009 ދަޢުވާ ފމޯ ގައި ބަޔާނު ކުރާ ދަޢުވާއަކީ، ފެމިލީ ކޯޓުން ބާޠިލުކުރި އެކޯޓުގެ ނަންބަރު:C/2011-Fm/1886 ޤަޟިއްޔާ އެގޮތުގައި އަލުން ހުށަހެޅި ދަޢުވާއެއްކަމަށް ބަހުޘްގެ ބޭނުމަށް ބެލިނަމަވެސް، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤވާއިދުގަ 18 ވަނަ މާއްދާގެ (ހ) އާއި
(ށ) އަށް ބިނާކޮށް އެޤަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ބާޠިލްކުރާ ދަޢުވާއެއް އެޤަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން އަލުން ހުށަހެޅުމަކީ، ޝަރުޠަކާއ ނުލައި އެދަޢުވާއެއް އެކޯޓަށް އަލުން ބަލައިގަންނަންޖެހޭ ޤާނޫނީ ސަބަބެއް ނޫނެވެ. އެހެނީ، ކުރިން ބާޠިލުކުރި ޤަޟިއްޔާއެއު އަލުން ހުށަހަޅާއިރު، ޤާނޫނަށް ނުވަތަ ޤަވާއިދަށް އައިސްފައިވާ ބަދަލަކާއި ގުޅިގެން ނުވަތަ އެދަޢުވާގެ މައުޟޫއަށް އައިސްފައިވާ ބަދަލަކާއި ގުޅިގެން އެމައްސަލައަކީ އެކޯޓުން އަލުން ބެލިދާނެ މައްސަލައެއް ކަމަށް ނުވެދާނާ އެވެ.
14ޕްރިސިޑެންސް 4އިސްމާޢީލް ޖަލީލު މުޙައްމަދުގެ ފަރާތުން ފުރަތަމަ ހުށަހެޅި މައްސަލައަކީ، […] އިބްރާހިމް ޝަރީފްއަކީ އިސްމާޢީލް ޖަލީލް މުޙައްމަދުގެ ދަރިއެއްކަމަށް ޤަބޫލުނުކުރާކަމަށްބުނެ […] އާއިޝަތު ޒަކަރިއްޔާގެ މައްޗަށް ރައްދުކޮށް 05 ޑިސެންބަރު 2011 ގައި ފެމިލީ ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. ޙަޤީޤަތުގައި އިސްމާޢީލް ޖަލީލު މުޙައްމަދުގެ މިތުހުމަތަކީ ޢާއިޝަތު ޒަކަރިއްޔާގެ މައްޗަށް ކުރާ ޤަޛުފުގެ ތުހުމަތެކެވެ. ނަމަވެސް އެކަމާއިމެދު ބަހެއް ބުނުމަށް ޢާއިޝަތު ޒަކަރިއްޔާއަކަށް މިހާރަކު ފުރުޞަތެއް ނެތެވެ. ސަބަބަކީ އޭނާ މިހާރުވަނީ ނިޔާވެފައެވެ. މިފަދަ ޙާލަތެއް އޮއްވައި ކުރިން ދަޢުވާ ހުށަހަޅައި ބާޠިލު ކޮށްފައި އޮތް އޮތުމުގެ މައްޗަށް އެކަނި ބުރަވެ އެދަޢުވާ އަލުން ބަލައި ގަތުމަށް ކޯޓަށް ލާޒިމެއް ނޫނެވެ. ސަބަބަކީ ދަޢުވާ ރައްދުވާ ފަރާތަށް އެޚުޞޫމާތަށް ޖަވާބު ދެވޭނެ ގޮތެއް ނެތި ޙާލަތު ބަދަލުވެފައި ވުމާއިއެކު އިސްމާޢީލް ޖަލީލު މުޙައްމަދު ހުށަހަޅާ ހުށަހެޅުމަކީ މުޅިން އައު ހުށަހެޅުމަކަށްވާތީ އެވެ. ނަސަބު ނަފީކުރުމުގެ އުޞޫލު:
15ނަސަބު ނަފީކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އުޞޫލަކީ 15 ފެބްރުވރަ 2006 ގައި ގެނެވިފައިވާ އިޞްލާޙާއ ގުޅިގެނި ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށި އުޞޫލެއް ނޫނެވެ. ކުރިން ޢަމަލު ކުރަމުންދިޔަ ޢާއިލާއާބެހޭ ޤަވާއިދުގެ 81 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގެ (ރ) ގެ (2) ނަންބަރުގައި ނަސަބު ސާބތި ވާނެ ޝަރުޠެއްގެ ގޮތުގައި ބަޔާންކުރާ އެއްޝަރުޠަކީ "އެކުއްޖާ ވިހާފައިވަނ ޝަރުޢީ ހަމަތަކުގް މަތިން ދަރިލައްވާ މުއްދަތުގެ ތެރޭގައި ކަމުގައިވުން." މިއެވެ.
16ޕްރިސިޑެންސް 5މިހާރު ޢަމަލު ކުރަމުންދާ ޢާއިލާއާބެހޭ ޤަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާނކުރް މުއްދަތުގައި ކުއްޖެއްގެ ނަސަބު ނަފީކުރަން ހުށަނޭޅިއްޖެނަމަ، ދެން އެމައްސަލައެއް ހުށަހެޅޭނެ ގޮތް ބަޔާންކުރަނީ އެމާއްދާގެ
(ށ) ގައެވެ. އެއަކުރުގައި އޮތީ؛ "މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު ކުއްޖާގެ ނަސަބު ނަފީކުރުމުގެ މައްސަލައެއް ކޯޓުން ބަލައިދެވޭނީ ކުއްޖާގެ މަންމަ އެކުއްޖާ ވިހާފައިވަނީ އެކުއްޖާގެ ނަސަބު ނަފީކުރެވޭ މީހާއާއެކު ކާވެނިކުރިތާ 6 (ހައެއް) މަސްދުވަހުގެ ކުރިން ނުވަތަ ވަރިކުރިތާ 1 (އެކެއް) އަހަރު ފަހުންކަން އެނގޭ ލިޔުންތަކާ އެކު ކޯޓަށް ހުށަހެޅުމުންނެވެ." މިފަދައިންނެވެ. އެހެންކަމުން، ނަސަބު ނަފީކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާނަމަ، އެކުއްޖާ ވިހާފައިވާ މުއްދަތަކީ ކާވެނިކުރިތާ 6 މަސް ދުވަހުގެ ކުރިން ނުވަތަ ވަރިކުރިތާ 1 އަހަރު ފަހުންކަން އެނގޭނެ ލިޔުން ހުށަހަޅަން ޖެހެއެވެ. މިމައްސަލައިގައި އިސްމާޢީލް ޖަލީލު އިޢުތިރާފުން އެނގޭ ގޮތުގައި ކުއްޖާ ވިހާފައވަނި ވަރިކުރިތާ 1 އަހަރު ވުމުގެ ކުރިންނެވެ.
17ޕްރިސިޑެންސް 6ދަރިލެއްވުމާ އ ނަސަބު ސާބިތު ކުރުމާއި ގުޅޭގޮތުން ޤާނޫނ ނަންބަރު: 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގައި ބަޔާނާ ކޮށްފައިވަނީ؛ "(ހ) ދަރި ލެއްވުމުގެ އެންމެ ކުރުމުއްދަތަކީ، ކާވެނިކުރި ވަގުތުން ފެށިގެން ހިޖުރީ ގޮތުން ހަމަސް ދުވަހެވެ.
(ށ) ދަރިލެއްވުމުގެ އެންމެ ދިގު މުއްދަތަކަކީ، ވަރިކުރި ވަގުތުންފެށިގެން، ނުވަތަ ފިރިމީހާ މަރުވި ވަގުތުން ފެށިގެން ހިޖުރީ ގޮތުން އެއްއަހަރު ދުވަހެވެ.
(ނ) އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ލިޢާންކޮށް، ކުއްޖެއްގެ ނަސަބު ނަފީކުރުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ." މިފަދައިންނެވެ.
18އެހެންކަމުން، ދަރި ލައްވާ މުއްދަތުގެ ތެރޭގައި އެދަރި ވިހާފައިވުމަކީ ކާވެނިކޮށްގެން ހުރިމީހާއަށް ނުވަތަ ވަރިކުރި މީހާއަށް ނުވަތަ ނިޔާވެފައިވާ މީހާއަށް އެދަރ ލައްވައި ނަސަބު ސާބިތުވާނެ ޝަރުޢީ އަދި ޤާނޫނީ ހުއްޖަތެކެވެ. އެކަން ނަފީކުރެވޭނީ ލިޢާން ކޮށްގެންނެވެ. މިއުޞޫލަކީ މަޙްކަމަތުއްޝަރުޢިއްޔާ (ހ) ގެ ނަންބަރު ހ 65/4 (11 މެއި 1965) އިޢުލާނުގައި ބަޔާންކުރާ ދަރިލެއްވުމާބހެ ގޮތުން ޢަމަލުކުރުމަށް އަންގާފައިވާ ޤަވާއިދުގައިވެސް ބަޔާންކުރެވުނު އުޞޫލެކެވެ. މިޤަވާއިދަށް ޢަމަލު ކުރަން އަންގާފައިވަނީ 11 މުޙައްރަމް 1385 (13 މެއި 1965) ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން، މިއުޞޫލު މަޙްކަމަތުއްޝަރުޢިއްޔާ (ބ) ގެ ނަންބަރު : ބ. 67.19/70 (25 ޖުލައި 1967) ސިޓީގައި ބަޔާންކޮށް އަންގާފައިވެއެވެ. އަދި އެއަށްފަހު މިއުޞޫލު މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު: 93/27-އެމް. ޖޭ. ސީ ސަރކިއު ލރަ (27 އޮކްޓބަރޯ 1993) އަންގައި ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (5) ގެ 99 ވަނަ މާއްދާގައި "ދަރިލެއްވުނ" މިސުރުޚީގެ ދަށުގައި ބަޔާންކޮށްފައިވެއެވެ. 01 ޖުލައި 2001 ގައި ޢަމަލު ކުރަންފެށި ޤާނޫނު ނަންބަރު: 2000/4 (ޢާއިލާއާބެހޭ ޤާނޫނު ) ގެ 52 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި މިއުޞޫލު ބަޔާންކޮށް ޤާނޫނުގައި ހިމަނާފައިވެއެވެ. އެހެންކަމުން، މިއުޞޫލަކީ ޒަމާނއުސުރެނ ފެށިގެން ދިވެހިރާއްޖެއިން ޢަމަލް ކުރަމުން އައިސް މިހާރު ޤާނޫނުގައި އެއުޞޫލު ތަދުވީނު ކުރެވިފައިވާ އުޞޫލެކެވެ.
19ޙަޤީޤަތުގައި މިއުޞޫލު ބިނާކޮށްފައިވަނީ އިސްލާމީ ޝަރުޢީ ހަމަތަކުގެ މައްޗަށެވެ. މިގޮތުން ދަރިލެއްވުމުގެ އެންމެ ކުރުމުއްދަތަކީ ކީރިތި ޤުރުޢާނުގައި ބަޔާނކޮށްފައިވް "...އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ..." މިއާޔަތާއި ...އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސް މަސްދުވަހެވެ..." މިއާޔަތުގެ އަލީގައި މާބަނޑުވުމާއި ކިރިތުނބުން ވީލުމުގެ 30 މަސްދުވަހުގެ ތެރެއިން ކިރު ތުނބުން ވީއްލުމުގެ 24 މަސްދުވަސް (ދެއަހަރު) ކެނޑުމުން ބާކީ އޮތް 6 މަސް ދުވަހުގެ މުއްދަ ތކަމަށ ޢިލްމުވެރިން ބަޔާންކުރެއެވެ. ހަމައެ ފަދައިން ދަރިލެއްވުމުގެ އެންމެ ދިގު މުދައްތާއ ގުޅި ގޮތުން ދިވެހިރާއްޖޭގައި ޢަމަލު ކުރަމުން އައިގޮތް ބަޔާންކުރެވިފައިވަނީ އިސްލާމީ ފިޤުހުގައި އެކަމާއިމެދު ކުރެވިފައި ބަހުޘްތަކުގެ މައްޗަށް ބުރަވެ ހަނދުމަހުން 01 އަހަރު ދުވަހެވެ. މައްސަލަ ނިންމުން:
20ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، އިސްމާޢީލް ޖަލީލް މުޙައްމަދގު ފަރާތުން މިހާރު އިސްތިއުނާފު ކޮށްފައިވާ މައްސަލއިގައ ހިމެނި ދަޢުވާ ފޯމަކީ ފެމިލީ ކޯޓުގެ ނަންބަރު 2011/C-Fm/1886 ޤަޟިއްޔާ އެކޯޓުން ބާޠިލު ކުރުމުން ހިނގަހިނގާ އޮތް އެމައްސަލަ އަލުން ހުށަހެޅި ހުށަހެޅުމެއް ކަމަށް ބުރައެއް ނުވެވެއެވެ. އަދި އިސްމާޢީލް ޖަލީލް މުޙައްމަދުގެ ފަރާތުން ދަރި ނަފީކުރުމަށް ފެމިލީ ކޯޓަށް އެންމެ ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނީ އިބްރާހީމް ޝަރީފްގެ ޢުމުރުން 35 އަހަރަށްވުރެ ގިނަ ދުވަސްފަހުން ކަމަށްވާއިރު، އެމައްސަލައިގެ ދައުވާ ފޯމް ބާޠިލްކުރުމުން ދެވަނަ ފަހަރަށް ދަރި ނަފީ ކުރުމުގެ މައްސަލަ އިސްމާޢީލް ޖަލީލު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީވެސް އެމައްސަލާގެ ދަޢވު ފޯމާ ބާޠިލްކުރިތާ 7 އަހރަށްވަ ރ ގިނަދުވަސްފަހުން ނެވެ. ދަރި ނަފީކުރުމަކީ އެކަމުގައި ސީރިއަސް ޝަރުޢީ ނަތީޖާތަކެއް ނިކުންނާނެ ކަމެކެވެ. ޚާއްޞަކޮށް އަންހެނާއަށް ގަޛުފ ކުރެވު ނުވަތަ ޒިނޭގެ ތުހުމަތު ރައްދު ކުރެވޭ އަދި އެކަމުން ބަރީޢަވުމަށްޓަކައި ފިރިހެންމީހ އާ ހަދަނީ ތެދުނަމަ، މާތް ﷲ ގެ ކޯފާ އެއަންހެނާގެ މައްޗަށް ހުރިކަމަށް ބުނެ ހުވައި ކުރަންޖެހފަދޭއަކުނ ކަންކަން ހިނގާނެ މައްސަލައަކަށްވާއިރު، އިސްމާޢީލް ޖަލީލު މުޙައްމަދުގެ ޢަމަލުތަކުނަ މިފަދަ ސީރިއަސްކަމެއ ފެންނާކަށް ނެތެވެ. ވީމާ ފެމިލީ ކޯޓުގެ ނަންބަރ 269/IQB/2019 ރަޖސްޓްރާރގި ނިންމުން އަލުން ބަލައި ނިންމިގޮތަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ބަލިވެ އިނުމުގ އެންމެ ދިގު މުއްދަތާއި ގުޅިގެން ފިޤުހު ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ރަޢުޔުތައ ބަލަން އެދް ފަރާތަކަށް އެމަޢުލޫމާތު ލިބޭނެ ބައެއް މަސްދަރުތަކަކީ
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާ (ހ)، (ށ)، (ނ)
- ޢާއިލާއާބެހޭ ގަވާއިދުގެ 82 ވަނަ މާއްދާގެ (ހ) އަދި (ށ)
- ކުރިން ޢަމަލުކުރި ޢާއިލާއާބެހޭ ގަވާއިދުގެ 81 ވަނަ މާއްދާގެ (ރ) ގެ (2)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ)، 29 ވަނަ މާއްދާގެ (ހ) ގެ 1، 33 ވަނަ މާއްދާ
- މަޙްކަމަތުއްޝަރުޢިއްޔާ (ހ) ގެ ނަންބަރު ހ 65/4 (11 މެއި 1965) އިޢުލާން (ދަރިލެއްވުމާބެހޭ ގޮތުން ޢަމަލުކުރާ ޤަވާއިދު)
- މަޙްކަމަތުއްޝަރުޢިއްޔާ (ބ) ގެ ނަންބަރު ބ. 67.19/70 (25 ޖުލައި 1967) ސިޓީ
- މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 93/27-އެމް.ޖޭ ސަރކިއުލަރ (27 އޮކްޓޯބަރ 1993) / ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު (5) ގެ 99 ވަނަ މާއްދާ
- ކީރިތި ޤުރުއާނުގެ އާޔަތްތައް (ކިރުތުނބުން ވީއްލުމުގެ މުއްދަތު ދެއަހަރު؛ މާބަނޑުވުމާއި ކިރުތުނބުން ވީއްލުމުގެ މުއްދަތު 30 މަސް)
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް