ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/297
އިސްމާޢީލް އަޒްމީ ޢަދުނާން ވ. އަޙްމަދު މުޙައްމަދު، 2017/HC-A/297
Ismail Azmee Adhunaan v. Ahmed Mohamed 2017/HC-A/297 (2017/HC-A/297, High Court of the Maldives, 8 June 2021)
އިސްމާޢީލް އަޒްމީ ޢަދުނާން ވ. އަޙްމަދު މުޙައްމަދު
މައިގަނޑު ސުވާލު
ކޯޓުގެ ހުއްދަ ލިބިގެން ރާއްޖެއިން ބޭރަށް ގޮސްފައިވާ ދަޢުވާލިބޭ ފަރާތަށް ޙާޟިރުވުމުގެ އަމުރު ރައްދުނުވުމުން އޭނާގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ޙުކުމްކުރީ ޤާނޫނީ އުޞޫލުތަކާއި ކަނޑައެޅިފައިވާ އިޖްރާއަތާ އެއްގޮތަށްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާލިބޭ ފަރާތް ރާއްޖެއިން ބޭރަށް ފުރާފައިވަނީ ކޯޓުން ޗުއްޓީ ދީ ހުއްދަ ލިބިގެންނަމަ، 'ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ފުރާފައިވާތީ' ކަމަށް ބުނެ އޭނާގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށް ނިންމުމަކީ ރަނގަޅު ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ކޯޓުން ދިން ޗުއްޓީގެ މުއްދަތުގައި އެނބުރި ނާދެވޭނަމަ، އެކަން ކޯޓަށް އަންގައި ޗުއްޓީ އިތުރުކުރުމަކީ އެ ޚަޞްމުގެ ޒިންމާއެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16)
- މަދަނީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތަށް ޗިޓް ރައްދުނުކުރެވޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނީ 'ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު' ގެ 28 ވަނަ މާއްދާއާ އެއްގޮތަށެވެ؛ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތްނަމަ ނުވަތަ ވީތަނެއް ނޭނގޭނަމަ، އޭނާ ހޯދުމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން އިޢުލާނުކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17–18)
- ޣައިރު ޙާޟިރުގައި މައްސަލަ ހިންގަން ނިންމުމުގެ ކުރިން ކަނޑައެޅިފައިވާ އިޖްރާއަތު ފުރިހަމަކޮށްފައިވާކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ނުވަތަ ފައިލުން ނޭނގޭނަމަ، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ތަޙްވީލުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18–19)
ތާއީދުކުރައްވައެވެ.
1މިއީ، ސިވިލް ކޯޓުގެ ނަންބަރު: 6C/201-Cv/856 ޤަޟިއްޔާ އެކޯޓުން ނިނމް ފ އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞލތުކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ، އިސްމާޢީލް ޢަޒްމީ ޢަދުނާނގް ފރާތުނަ އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފއިވަ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ނ. ވެލިދޫ / ކެތި، އަޙްމަދު މުޙައްމަދު އެވެ.
2އިސްމާޢީލް ޢަޒްމީ ޢަދުނާން އެދިގެން އަނބުރާ ދައްކާގޮތަކަށް އެކި ފަހަރު މަތީން ޖުމްލަ US$ 35,000.00 (ތިރީސްފަސްހާސް އެމރިކެ ޑޮލަރު) އަޙްމަދު މުޙައްމަދގު ފަރާތުން އިސްމާޢީލް ޢަޒްމީ ޢަދުނާނށަ ދީފައިވެއެވެ. މިފައިސާ އަނބުރާ ލިބިފައިނުވާތީ ފައިސާ ދެއްކުމާ މެދު ދެފަރާތުގެ ދެމެދުގައި 14 ޑިސެންބަރު 2015 ގައި ސެޓްލްމެންޓް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.
3މި"ފައިނަލް ޑެބްޓް ސެޓްލްމަންޓް އެގްރީމެންޓު" ގައި 14 ޑިސެމްބަރު 2015 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބުނެވިދިޔަ ފައިސާ ދައްކައި ޚަލާސްކުރުމަށް އިސްމާޢީލް ޢަޒްމީ ޢަދުނާން އެއްބަސްވެފައިވެއެވެ. ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ ފޯމުގައި އަޙްމަދު މުޙައްމަދުގެ ފަރާތުން ކަން ހިނގާފައިވާގޮތް ކަމަށް ބުނެ ފާހަގަކޮށްފައިވާ ގޮތް އިސްމާޢީލް ޢަޒްމީ ޢަދުނާން އާއި އަޙްމަދު މުޙައްމަދު އާ ދެމެދު 14 ޑިސެމްބަރު 2015 ސޮއިކުރެވިފައިވާ އެގްރީމެންޓގް ކޮޕީ. އެއްބަސްވުމުގެ 2 ވަނަ މާއްދާ، ޚާއްސަކޮށް 2.3 ގައި ބަޔާންކޮށްފައިވަނީ " umthe debtor agrees to pay the Debt within a maxim of 30 ( thirty) working days from the date of this agreement.
4އެއްބަސްވުމާ އެއްގޮތަށް އިސްމާޢީލް ޢަޒްމީ ޢަދުނާން ފައިސު ދައްކާފައިނުވާތީ، ބުނެވިދިޔަ US$ 35,000.00 (ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) ލިބިގަތުމަށް އެދި އިސްމާޢީލް ޢަޒްމީ ޢަދުނާނުގެ މައްޗަށް އަޙްމަދު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވެއެވެ.
5މިދަޢުވާއަށް އިންކާރުކުރަމުން މައިގަނޑުގޮތެއްގައި އިސްމާޢީލް ޢަޒްމީ ޢަދުނާނު ފާހަގަކޮށްފައިވަނީ ބުނެވިދިޔަ ފައިނަލް ޑެބްޓ ސެޓްލްމަންޓް އެގްރީމެންޓުގައި އެފަރާތުން ސޮއިކޮށްފައިވަނީ މަޖުބރުންކަމަށެވެ. އަދި އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ ނަންބަރު 309704 ކޭސްއިން އެނގޭނެކަމަށާއި އަދި އެއްބަސްވުމުގައި ސޮއިކުރުވާފައިވަނީ މަޖުބޫރުން ކަމާއި ކަން ހިނގާފައިވާ ގޮތް […] އަޠީޤުއްރަޙްމާން ޢަލީ އާއި […] / ޢަލީ ޢަމަންގެ ހެކިބަހުން ސާފުވާނެކަމަށެވެ. އަދި 26 ސެޕްޓެމްބަރ 2016 ގައި އިސްމާޢީލް ޢަޒްމީ ޢަދުނާނުގެ ފަރާތުން ކޯޓަށް ފޮނުވި ސިޓީގައި ޝަރީޢަތުގައި ހެކިބަސްދޭނެ ހެކިވެރިންނަކީ ބުނެވި ދިޔަ ދެމީހުންގެ އިތުރުން ދަފްތަރު ނަންބަރު 1690/ މަހުމ ދ އިބްރާހިމް ކަމަށް ބަޔާންކޮށްފައިވެއެވެ.
6ސިވިލް ކޯޓގައު މައްސަލަތައް ހިންގުމުގައި ޝަރީޢަތުގެ ކުރީ މަރޙު ލާގައަ ބޔާނަ ބަދަލުކުރުމަށްޓަކައި އަޑުއެހުން ތާވަލްކުރެވޭ އުސޫލުން ޕްރީ ޓްރައަލްގެ އިޖުރާއާތު މިމައްސަލައިގައި ފުރިހަމަކރެވިފައިވެއެވެ.
7މައްސަލަ ހިނގަމުންދިޔައިރު ޚަސްމުން އެދިގެން އެކިފަހަރު މަތިން އަޑުއެހުން ފަސްކުރެވިފައިވާ ކަން އެނގެއެވެ. މައްސަލައިގެ ރެކޯޑު ޝީޓުން 24 އޮކްޓޯބަރު 2016 ގައި ދަޢުވާ ލިބޭ އިސްމާޢީލް ޢޒްމަ ޢަދުނާނު ޗުއްޓީގައި ހުރި ކަން އެނގެއެވެ. އެހެންނަމަވެސް މިޗުއްޓީއ ގުޅާ ލިޔެކިޔުންތައް މައްސަލައިގެ ފައިލްގައި ހމެނިފައިނުވާކަން ފާހަގަކުރެވެއެވެ. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/856 ޤަޟިއްޔާ ދަޢުވާ ލިބޭ ފަރާތުން ސިވިލް ކޯޓަށް 25 ޖުލައި 2016 ގައި ހުށަހެޅި ފުރަތަމަ ބަޔާން ދަޢުވާ ލިބޭ ފަރާތުން ސިވިލް ކޯޓަށް 25 ޖުލައި 2016 ގައި ހުށަހެޅި ފުރަތަމަ ބަޔާނުގެ 2 ވަނަ ނަންބަރު
8މައްސަލައާ ގުޅިގެން 14 ނޮވެންބަރު 2016 އަށް އަޑުއެހުމެއް ތާވަލްކޮށ ސިވިލް ކޯޓުގް ނަންބަރ CR2/2016/2300-B3 ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވާފައިވާކަން އެނގެއެވެ. އެހެންނަމަވެސް މިޢަމުރު އެފަރާތަށް ރައްދުވެފައިނުވެއެވެ. އަމުރުގައި ނޯޓުކޮށްފައިވަނީ " ލަންކާގައި އަންހެނުން ބަލިވެ އުޅޭތީ، އާދެވޭ ދުވަހެއް ނޭނގޭ" މިގޮތަށެވެ.
9މިއަމުރު ރައްދުނުވުމުނ ކޯޓުގް ހުއްދަ ނެތި ދަޢުވާ ލިބޭ ފަރާތް ރަށުން ބޭރަށް ފުރާފައިވާތީ މިމައްސަލަ ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ޚާޟިރުގައި ނިންމުމަށް ސިވިލް ކޯޓަށް ނިންމިއެވެ. ސިވިލް ކޯޓުގެ ނިންމުން:
10ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/856 ޤަޟިއްޔާ ނިންމާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ ބަޔާންތަކަށާއި، ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކެތި، އަޙްމަދު މުޙައްމަދު (ދރކ ނަންބަރު ) އާއި […] / މާލެ އިސްމާޢީލް ޢަޒްމީ ޢަދުނާން (ދރކ ނަންބަރު ) އާއި ދެމެދު 14 ޑިސެމްބަރު 2015 ގައި ސޮއިކޮށް ވެފައިވާ "ފައިނަލް ޑެބްޓް ސެޓްލްމަންޓް އެގްރިމެންޓް" ގައި ބަޔާންކޮށްފައިވާ US$ 35,000.00 (ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) އަކީ ދައުވާލިބޭ ކ.މާލެ، އިސްމާޢީލް ޢަޒްމީ ޢަދުނާންގެ ފަރާތުން ދައުވާކުރާ ކެތި، އަޙްމަދު މުޙައްމަދު އަށް ދޭންޖެހޭ ނުދީވާ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، މިމައްސަލައާ ގުޅިގެން ހާޟިރުކުރެވުނު ހެކިންގެ ބަހަށްބަލައި، މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އަދި އެލިޔުން ލިބިފައިނުވާތީ ޝަރީޢަ ތުގެ ފަރާތުން ލިޔުން ހޯދުމަށް އެދޭ ކަމަށް ބުނެފައިވެއެވެ. ދަޢުވާ ލިބޭ ފަރާތުން 25 އޯގަސްޓް 2016 ގައި ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީ ބުނެވުނު US$ 35,000.00 (ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) ނުވަތަ އެ އަދަދަށް ޖެހޭ ދިވެހި ފައިސާގެ މިންވަރު ދައުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 16 ނޮވެމްބަރު 2016 އިން ފެށިގެން 02 (ދޭއް) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މިންވަރަށްވުރެ މަދުނޫން ފައިސާގެ އަދަދެއް މިކޯޓަށް ދައްކައި މިފައިސާ ޚަލާޞްކުރުމަށް ދައުވާލިބުނު […] / މާލެ އިސްމާޢީލް ޢަޒްމީ ޢަދުނާންއަށް އަންގައި، އިސްމާޢީލް ޢަޒްމީ ޢަދުނާންގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
11ސިވިލް ކޯޓުގެ މިނިންމުން ބިނާވެފައިވަނީ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ފާހަގަކުރެއެވެ.
1.11. ދެފަރާތުގެ ދެމެދުގައި ލިޔުމުން ކުރެވިފައިވާ އެއްބަސްވުމެއް އޮތް ކަން؛
2.11. މިއެއްބަސްވުމުގައި ސޮއިކުރީ މަޖުބޫރުން ކަމަށް އިސްމާޢީލް ޢަޒްމީ ޢަދުނާނު ބުނާތީ ހެކި ހުށަހެޅުމަށް ދެފަރާތަށްވެސް ފުރުސަތު އެރުވުނުކަން؛
3.11. އަޙްމަދު މުޙައްމަދގު ފަރާތުން ހުށަހެޅި ހެކި މ ސ އަޠްފާލްގެ ބަހުން އިސްމާޢީލް ޢަޒްމީ ޢަދުނާނށ އަޙްމަދް މުޙައްމަދު އަނބުރާ ދައްކާގޮތަށް US$ 35,000.00 (ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) ދީފައިކަން އެނގޭކަމާއި މާލޭ ދަފްތަރު 1211، ޝާން އަޙްމަދުގެ ބަހުން 14 ޑިސެންބަރު 2015 ގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނުކަން އެނގޭކަމާއި މިއެއްބަސްވުމަކީ އަނބުރާ ފައިސާ ދެއްކުމާ ގުޅިގެން ވެވުނު އެއްބަސްވުމެއްކަން އެނގޭކަން؛
4.11. ދަޢުވާ ލިބޭ ފަރާތުން ހެކި ހުށަހެޅުމަށް ދެވުނު ފުރުސަތުގައި ހެކި ހުށަހަޅާފައިނުވާކަމާއި އެހެންނަމަވެސް 26 ޑިސެންބަރު 2016 ގައި ސިޓީއަކުން 3 ފަރާތެއްގެ ނަން ހުށަހަޅާފައިވާއިރު އެއީ ކޮން ކަމެއް ސާބިތުކުރުމަށް އެފަރާތުން ހުށަހަޅާ ހެކިން ކަން އެނގެން ނެތް ކަމަށް؛
5.11. މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ދަފްޢު ޘބިތުކުރާމަކީ އެދަފްޢުއެއ ހުށަހަޅް ފަރާތުގާ ޒިންމާއެއް ކަމަށާއި އިސްމާޢީލް ޢަޒްމީ ޢަދުނާނގެ ފަރާތުނު އެޒިންމާ އަދާކޮށް އެއްބަސްވުމުގައ ސޮއިކުރި މަޖުބ ރުން ކަން ޝަރީޢަތަށް ސާބިތުކޮށްދީފައިނުވާކަން؛
6.11. މައްސަލައާ ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކުންނާއި ހެކިންގެ ބަހުން "ފައިނަލް ސެޓްލްމަންޓް އެގްރީމަންޓްގައިވާ US$ 35,000.00 (ތިރީސްފަސްހާސް އެމެރިކާ ޑޮލަރު) އަކީ އިސްމާޢީލް ޢޒްމަ ޢަދުނާންގެ ފަރާތުން އަޙްމަދު މުޙައްމަދަށް ދޭންޖެހި ނުދެއްކިވާ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަން؛
7.11. މައްސަލައިގައި އިސްމާޢީލް ޢަޒްމީ ޢަދުނާނަ ށ ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވެފައިނުވަނީ އެފަރާތް ރަށުގައި ނެތުމުގެ ސަބަބުން ކަމަށއާ ރަށުން ބޭރަށް ފުރައިގެން ގޮސްފައިވަނީ ކޯޓަށް އެންގުމެއް ނެތި ކަމަށް ވާތީ އެފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގިފައިވާކަމާއި އެފަރާތުން ހުށަހަޅާފައިވާ ހެކިން ޙާޟިރުކޮށްފައިނުވާކަން؛ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު އ
12ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/856 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގޅިގެނު ކ.މާލެ، އިސްމާޢީލް ޢަޒްމީ ޢަދުނާނގް ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހއިކޯޓުގައަ އިސްތިއުނާފު ކުރމުނަ އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާ ތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތގު މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/856 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 6 ވަނަ ނަންބަރު
1.12. ދަށުކޯޓުގައި ބެލުނު މައްސަލަ، އެ އެއްބަސްވުމެއްގެ މައްޗަށް ބިނާވެގެންވާ އެއްބަސްވުމަކީ މަރުގެ އިންޒާރުދީގެން މަޖުބރުކޮށްގެނ ގަދަކަމުން ސޮއިކުރުވާފައިވާ އެއްބަސްވުމެއް ކަމަށާއި އަދި އެމައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެއް ކަމަށް ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްމާޢީލް ޢަޒްމީ ޢަދުނާންގެ ފަރާތުން ބުނެފައިވާއިރު އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2.12. ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޟިރުކުރި ދެހެކިންގެ ތެރެއިން ޝާން އަޙްމަދަކީ އަޙްމަދު މުޙައްމަދުގެ އެއްބަނޑު ކޮއްކޮ ކަމަށް ވުމާއި، އަޙްމަދު މުޙައްމަދުގެ އެއްބަނޑު ކޮއްކޮ އޭނައާއި އެއްކޮޅަށްދޭ ހެކިބަހަކީ ފުރިހަމަ ހެކިބަހެއް ކަމުގައި ނުބެލެވޭނެ ކަމާއި، ޝާން އަޙްމަދާއި ހުރި ގާތްކަން ޝަރީޢަތުން ބަލައި، މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.12. އަޙްމަދު މުޙައްމަދގު ފަރާތުން ހުށަހެޅި ދެހެކިންގެ ހެކިބަސް ވެސް ނަގާފައިވަނީ، އަދި މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ އިސްމާޢީލް ޢަޒްމީ ޢަދުނާން ޣައިރު ޙާޟިރުގައި ކަމަށާއި، އަދި އިސްމާޢީލް ޢަޒްމީ ޢަދުނާންގެ އަންހެނުންނަށް ކެންސަރު ޖެހިފައިވާކަން އެދުވަސްވަރު އެގިގެން، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ކޯޓުން ޗުއްޓީ ނަގައިގެން ގޮސް ހުއްޓާކަމަށާއި، އަދި ޗުއްޓީ ހަމަވިތަނާހެން ދެ ހެކިންގެ ހެކިބަސް ނަގާފައި އޭގެ ދެ ދުވަސްފަހުން އިސްމާޢީލް ޢަޒްމީ ޢަދުނާންގެ ޣައިރު ޙާޟިރުގައި މައްސަލަ ޙުކުމް ކޮށްފައިވަނީ އޭނަގެ ޙާލަތަށް ރިޢާޔަތްނުކޮށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4.12. އިސްމާޢީލް ޢަޒްމީ ޢަދުނާން ހެކިންގެ ނަންތައ ހުށަހެޅް އިރު، ހެކިން ޙާޟިރުކުރާ ބނުނޭ ބަޔާންކޮށްފައި ނުވާކަމަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާގައި ބަޔާން ކޮށްފައިވާއިރު، އިސްމާޢީލް ޢަޒްމީ ޢަދުނނާ 25 ޖުލައި 2016 ގައި ޝަރީޢަތަށް ހުށަހެޅި ބަޔާނުގެ 3 ވަނަ ނަންބަރުގައި ހެކިން ޙާޟިރުކޮށްގެން ސާބިތު ކުރަން ބޭނުންވަނީ ކޮން ކަމެއްކަން ވަރަށް ސާފުކޮށްބަޔާންކޮށްފައިވާއިރު، އޭނަގެ ޣައިރު ހާޟިރުގައި ޙުކުމް ކުރައްވާފައިވަނީ ހެކިން ޙާޟިރުކުރަން އިސްމާޢީލް ޢޒަ މ ޢަދުނާން އެކަށީގެންވާ ގޮތެއްގައި ފުރުޞަތު ނުދީ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13ސިވިލް ކޯޓުގެ ނަންބަރު 6C/201-Cv/856 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްމާޢީލް ޢަޒްމީ ޢަދުނާނގް ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު، މިމައްސަލައިގައި ހައިކޯޓު ނ ގޮތެއް ކަނޑައަޅަންޖެހޭ ފުރަތަމަ ނުކުތާއަކީ އިސްމާޢީލް ޢަޒްމީ ޢަދުނާންގެ ޣައިރު ހާޟިރުގައި މައްސަލަ ހިންގާ ނިމިފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްތޯއެވެ؟
14ޝަރީޢަތުގައި ހިނގަމުންދާ މަދަނީ މައްސަލައެއް، ދަޢުވާ ލިބޭ ފަރާތެއްގެ ޣައިރު ޙާޟިރުގައި ހިންގިދާނެ ތަފާތު ހާލަތްތަކެއް ކޯޓަ ށ މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މިމައްސަލައިގައި، ދަޢުވާ ލިބޭ ފަރާތުގެޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށް ސިވިލް ކޯޓުގެ ޝަރީޢަތުން ނިންމާފައިވަނީ، ދަޢުވާ ލިބޭ ފަރާތް ކޯޓަށް ނާންގައި ރަށުން ބޭރަށް ފުރާފައވާތި ކަމަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/856 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 6 ވަނަ ނަންބަރު
15ޕްރިސިޑެންސް 1އިސްމާޢީލް ޢޒަމީ ޢަ ދުނާނުގެ ފަރާތުން މިކޯޓަށް ހުށަހެޅި ސިވިލް ކޯޓނު ޗުއްޓީ ދިނުމާގުޅޭ ސިޓީގައި އެފަރާތަށް، 18 އޮކްޓބަރޯ 2016 އިން ފެށިގެން 05 ނޮވެންބަރު 2016 ގެ ނިޔަލަށް ޗުއްޓީ ހަމަޖެހިފައިވާކަން އެނގެއެވެ. ސިވިލް ކޯޓުގެ C/2016-Cv/856 ޤަޟިއްޔާގެ ފައިލް އަށް ބަލާއިރު، މިޗުއްޓީއ ގުޅާ ލިޔެކިޔުންތައް ފައިލްގައި ނެތު މުން އެލިޔެކިޔުންތައ އެކޯޓުން ހޯދިފައި ވާނެއެވެ. މިލޔެކިޔުންތަކަށް ބަލާއިރު، އިސްމާޢީލި ޢޒްމަ ޢަދުނާނު ޗުއްޓީއަށް އެދިފައިވަނީ އޭނާގެ އަންހެނުން ބަލިވެގެން ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓްތަކެއ ހެދުމަށް ކަމަށް ބަޔާންކޮށްފައިވެއެވެ. ޗުއްޓީއަށް އެދުނީ ރާއްޖެއިން ބޭރަށް ދިއުމަށްކަން ބަޔާންކޮށްފައި އޮތުމުން އެފަރާތުން ފުރާފައިވަނީ ކޯޓުގައި އެކަމަށް އެދި ކޯޓުން ހުއްދަ ދެވިގެންނެވެ. އެހެންކަމުން ކޯޓުގެ ހުއްދަ ހޯދުމެއް ނެތި ރަށުން ބޭރަށް ފުރައިފައިވާތީ، މިމައްސަލަ އސްމާޢީލި ޢަޒްމީ ޢަދުނާންގެ ޣައިރު ޙާޟިރުގައި ހިންގުމަށް ނިންމަވާފައިވަނީ ރަނގަޅު ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށްކަމުގައި ބެލެވެން ނެތެވެ.
16ޕްރިސިޑެންސް 2މިމައްސަލައިގައި އސްމާޢީލި ޢަޒްމީ ޢަދުނާން ޗުއްޓީއަށް ރަށުން ބޭރަށް ފުރުމުގެ ހުއްދަ ކޯ ޓުން ދީފައިވަނީ 5 ނޮވެންބަރު 2016 ގެ ނިޔަލަށެވެ. މައްސަލަ ހިންގުމަށްޓަކައި ސިވިލް ކޯޓުން ކޯޓަށް ޙާޟިރވުމަށު އެންގުމަށް އަމުރު ރައްދު ކުރުމަށް މަސައްކަތް ކޮށްފައިވަނީ 14 ނޮވެންބަރު 2016 އަށެވެ. އެހެންކަމުން،ރަށުނެ ބޭރަށް ދިއުމަށް ޗުއްޓީ ލިބިފައިވާ މުއްދަތުގައި އެއްވެސް ސަބަބަކާ ހުރެ އެނބުރި ރަށަށް ނުދެވޭނަމަ އާ ކަނެ ކޯޓަށް އަންގައި ޗުއްޓީ އިތުރުކުރުމަކީ އިސްމާޢީލް ޢަޒްމީ ޢަދުނާނގެ ޒިންމާއެއްކަމުގައް ދެކެމެވެ.
17ޕްރިސިޑެންސް 3މަދަނީ މައްސަލަ ތަކުގައި ދަޢުވާ ލިބޭ ފަރާތަށް ޗިޓް ރައްދު ނުކުރެވޭނަމަ އެމައްސަލައެއްގައި އެ ޚަސްމުގެ ޣައިރު ޙާޟިރުގައި ޙކުމްކުރުނ ޢަމަލުކުރެވެން "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ސިވިލް ކޯޓުގެ ނަންބަރު REG/2016/CFJ/185 ( 24 އޮކްޓޯބަރު 2016) ހައިކޯޓުގެ ނަންބަރު B9/144/2021/94-95 ސިޓީއާއި ސިވިލް ކޯޓުގެ ނަންބަރު D/95/2021/106-144 ސިޓީ ގަވާއިދު"ގައިވާ ގޮތުންނެވެ. އެގޮތުން ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށް ބާރުދެނީ އެގަވާއިދުގެ 28 ވަނަ މާއްދާއެވެ.
18ޕްރިސިޑެންސް 428 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާފަދައިން، ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، ނުވަތަ އެމީހާ ވީތަނެއް ނޭނގޭނަމަ، ހާޒިރުކުރަންޖެހޭ މީހާ ހޯދުމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން އިޢުލާންކުރަނވްނކަން ހައިކޯޓުގެ އޙަ މަދް މަމްދޙު ވ ބޭންކް އޮފް މޯލްޑިވްސް ޤަޟިއްޔާއާއި ހައިކޯޓުގެ ޖާރނީ ވޯލްޑ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ މާލެ އަތޮޅު ހިންމަފުށި ކައުންސިލްގެ އިދާރާ ޤަޟިއްޔއާއާ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ މޫސާ ޢަބްދުއްރަޙީމް ޤަޟިއްޔާއިން އެނގެއެވެ. އިސްމާޢީލް ޢަޒްމީ ޢަދުނާނގް ޣައިރު ޙާޟިރުގައި މިމައްސަލަ ހިންގަން ނިންމި އިރު ދަށު ކޯޓުން މިއިޖުރާއާތު ފުރިހަމަކޮށްފައިވާ ކަން މައްސަލައިގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އަދި މައްސަލައިގެ ފައިލުންވެސް އެނގެން ނެތެވެ. ވުމާއެކު، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބލަ އިރު، މިމައްސަލަ ޣައިރު ޙާޟިރުގައި ހިންގުމަށް ދަށު ކޯޓުން ނިންމާ ފައިވަނީ ކަނޑައެޅިފައިވާ އިޖުރާއަތާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.
19އެހެންކަމުން އިސްމާޢީލް ޢަޒްމީ ޢަދުނާނގެ ޣައިރު ޙާޟިރުގައް ސިވިލް ކޯޓުގެ ނަންބަރު: 6C/201-Cv/685 ޤަޟިއްޔާ ގައިކޮށްފައިވާ ޙުކުމް ބާޠިލްކޮށް، އެމައްސަލަ އަލުން ބެލުމަށޓަކައް ޤާނޫނު ނަންބަރ 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ދަށުން އެމައްސަލަ ސިވިލް ކޓަށޯ ތަޙްވީލުކުރުމަށް އަހުރެންނަށް ފެނެއެވެ. ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު A/240-HC/2014 ޤަޟިއްޔާ ނިމުނު ގޮތު ގެ ޚުލާޞާގެ ފާހަގަކުރެވުނު ނުކުތާގެ 3.3 ފާހަގަކޮށްފައިވާ ކަންތައްތައް. ހައިކޯޓުގެ ނަންބަރު A/247-HC/2014 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާގެ ފާހަގަކުރެވުނު ނުކުތާގެ 3.5 ފާހަގަކޮށްފައިވާ ކަންތައްތައް . ސުޕްރީމް ކޯޓުގެ ނަންބަރު A/02-SC/2021 ޤަޟިއްޔގާ 27 ވަނަ ނުކުތާ.
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ހައިކޯޓުގެ ނަންބަރު 2014/HC-A/240 ޤަޟިއްޔާ (އަޙްމަދު މަމްދޫޙު ވ. ބޭންކް އޮފް މޯލްޑިވްސް)
- ހައިކޯޓުގެ ނަންބަރު 2014/HC-A/247 ޤަޟިއްޔާ (ޖާރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާލެއަތޮޅު ހިންމަފުށި ކައުންސިލްގެ އިދާރާ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 ޤަޟިއްޔާ (އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް)
- ބެންޗު
- ފާޠިމަތު ފަރްހީޒާ، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް