ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/14
އިބްރާހީމް ޢަބްދުﷲ ވ. ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފް، 2023/HC-A/14
Ibrahim Abdhuﷲ v. Abdhushukooru Abdul Latheef 2023/HC-A/14 (2023/HC-A/14, High Court of the Maldives, 7 May 2026)
އިބްރާހީމް ޢަބްދުﷲ ވ. ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފް
މައިގަނޑު ސުވާލު
ދެމީހެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ދޯނި، ހިއްސާވާ މިންވަރު ރަޖިސްޓަރީގައި ބަޔާންނުކޮށް ހުރުމުން ދެފަރާތަށް ހަމަހަމައަށް މިލްކުވާ ދޯންޏެއްކަމަށް ދަށުކޯޓުން ކަނޑައެޅީ ރަނގަޅަށްތޯ، އަދި ރަޖިސްޓަރީގައިވާ މީހަކު މިލްކުވެރިކަމުގައި ޝާމިލުނުވާކަން ސާބިތުކުރުމުގެ ބުރަ އޮންނަނީ ކާކުގެ މައްޗަށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- މުދަލެއް ރަޖިސްޓަރީކުރުން ޤާނޫނުން ލާޒިމްކުރާ ޙާލަތުގައި، ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ވަކި މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށް ދޫކުރާ ރަސްމީ ރަޖިސްޓަރީއަކީ އެ މުދަލުގެ މިލްކުވެރިކަން ސާބިތުކުރުމުގައި ބޭނުންކުރެވޭނެ އެންމެ ބާރުގަދަ ހެކި އަދި ޔަޤީނީ ދަލީލެވެ؛ އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު، ރަޖިސްޓަރީގައިވާ ފަރާތްތަކަކީ މިލްކުވެރިންކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 23)
- ކަނޑުގައި ދުއްވާ އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޭނުންކުރަންވާނީ ރަޖިސްޓަރީކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21)
- ރަޖިސްޓަރީގައި ނަން ހިމެނޭ ފަރާތެއް އެ މުދަލުގެ މިލްކުވެރިކަމުގައި ޝާމިލުނުވާކަމަށް ބުނާ ފަރާތުގެ މައްޗަށް އެކަން ސާބިތުކުރުމުގެ ބުރަ އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެވެ؛ ނަމަވެސް ޝަރީޢަތަށް ހުށަހަޅާ ދަފްޢެއް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އޮންނަނީ އެ ދަފްޢު ކުރިމަތިކުރި ފަރާތުގެ މައްޗަށެވެ؛ އަދި ސާބިތުކުރުމުގެ ބުރައިގައި ހެކި ހުށަހެޅުމުގެ ބުރައާއި (burden of production) ހުށަހަޅާ ހެކި އެކަށީގެންވާ މިންވަރަށް ޤަބޫލުކުރުވުމުގެ ބުރަ (burden of persuasion) ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29، 33)
- ރަޖިސްޓަރީއަށް ބިނާކޮށް ޙިއްޞާ ބައިކޮށްދިނުމަށް ކުރާ ދަޢުވާއަކަށް، ދަޢުވާލިބޭ ފަރާތުން އިންކާރުކޮށް އަނެއް ފަރާތް މިލްކުވެރިކަމުގައި ޝާމިލުނުވާކަމަށް ދަފްޢުކުރާނަމަ، ސާބިތުކުރުމުގެ ބުރަ ދަފްޢުކުރާ ފަރާތަށް ފުރޮޅެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- ދަށުކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ނުވަތަ ހެކި ސާބިތުކުރުމުގެ އުޞޫލުތަކާ ޚިލާފުވާ ގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެ ނުދެވޭނަމަ، އަދި ދަށުކޯޓުން ޝަރީޢަތް ކުރިއަށްގެންދިޔަ ގޮތާމެދު އެ މަރުޙަލާގައި ސުވާލު އުފައްދާފައި ނުވާނަމަ، ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، 35)
1މިއީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި މާލެ ދަފްތަރު ނަންބަރު ރސ 3042 / އިބްރާހީމް ޢަބްދުﷲ (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ "އިބްރާހީމް ޢަބްދުﷲ)"ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހއ. އިހަވަންދޫ/ މަލަފެހި، ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފު (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފު)" އެވެ.
2އިސްތިއުނާފު ކުރެވިފައި މިވާ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫމެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާއަކީ، އިބްރާހީމް ޢަބްދުﷲ އާއި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފު އާދެމީހުންގެ މެދުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު: 07A 01-P3742B "އަސްދާނު" އެވެ ނަމަކަށް ކިޔާ ދޯނި ދެމީހުންގެ ނަމުގައި ބާއްވައިގެން ދުއްވުމުގެ މަސްލަޙަތު ގެއްލިފައިވާ ކަމަށް ބުނެ ދެމީހުންގެ ޙިއްޞާ ބައިކޮށްދިނުމަށ އެދް ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް 01 ޑިސެންބަރު 2021 ގައި ހުށަހެޅުމުން އެ ކޯޓުން ބެލި މައްސަލައެވެ.
3ދެފަރާތުގެ ނަމުގައި ދޯނި ރަޖިސްޓަރީ ކުރެވިފައި ވީނަމަވެސް ދޯނި ބަނުމަށް ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން އެއްވެސް ޚަރަދެއްކޮށްފައި ނުވާނެ ކަމަށާއި، ދޯނީގެ މިލްކްވެރިކަމުގައި އައިޑީ ނަންބަރު އައިޑީ ނަންބަރު ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފް އެއްވެސް ވަރަކަށް ޝާމިލްނުވާކަމަށ ބުން ދަޢުވާއަށް އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން އިންކާރުކޮށް، ދަޢުވާގައި އެދިފައިވާ ފަދައިން އެ ދޯންޏަކީ އެ ދެފަރާތުގެ ޙއްޞި އެއްވަރަކަށ އޮތް ދޯންޏެއްކަމަށ ކަނޑައެޅެން ނެތްކަމަށް ކަނޑައަޅައް ދިނުމަށް ދަޢުވާއަށް ރައްދު ދެމުން އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން އެދުނެވެ.
4ދަޢުވާއަށް އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން އިންކާރުކޮށްފައިވާތީ، އެމައްސަލަ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ދޯނީގެ މިލްކްވެރިކަނ އޮތް ގޮތެއް ސާބިތުކުރުމުގެ ގޮތުން މައްޗަށެވެ.
5އެ ޤަޟިއްޔާގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓު ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ހއ. އިހަވަންދޫ/ މަލަފެހި، ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފް އާއި މާލެ. ދަފްތަރު ނަންބަރު ރސ 3042 އިބްރާހީމް ޢަބްދުﷲ އާ ދެމީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީ ނަންބަރު: 07A 01-P3742B "އަސްދާނު" ނަމަކަށް ކިޔާ ދޯންޏަކީ މި ދެމީހުންނަށް ހަމަހަމަ އުޞޫލުން މިލްކުވެގެންވާ ދޯންޏެއް ކަމަށް ޙުކުމްކޮށްފީމެވ".
6ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި، އެ ނުކުތާތައް ތަފުސީލުކޮށްފައިވެއެވެ.
1.6 ފުރަތަމަ ނުކުތާއަކީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއާއި 69 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާއި ޤާނޫނު ނަންބަރު 76/27 (ހެއްކާ ބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ޤާނޫނީ ހަމަތަކާ ޚިލާފުކަމަށާއި؛
2.6 ދެވަނަ ނުކުތާއަކީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާ ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޔާންކުރެވިފައިވާ އއިބުތަކުގަ ތެރެއިން، އެ މާއްދާގެ އެ އަކުރުގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ފަދަ އއިބެއްގަ ސަބަބުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުން، އިސްތިއުނާފުކުރާފަރާތް މަޙުރޫމް ވެގެންދާގޮތަށްކަމަށާއި؛
3.6 ތިންވަނަ ނުކުތާއަކީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ އާއި ނަންބަރު 2013/SC-A/27 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޖުޑީޝަލް ޕްރިންސިޕަލްތަކާ ޚިލާފުވެފައިވުމުން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 145 ވަނަ މާއްދާގެ (ނ) އާއި އަދި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ކަނޑައެޅިގެން ޚިލާފުވެފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
7އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދެއްކި ވާހަކަތަކުގައި މައިގަނޑު ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
1.7 ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާ ނިންމުމުގައި ދޯނީގެ ރަޖިސްޓަރީއަށް ބަލައި އެ ދޯންޏަކީ ދެމީހުންގެ ހަމަހަމަ މިލްކެއްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާއި ހެއްކާއި ބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށާއި، ކޯޓަކަށް ދަޢުވާއެއް ހުށަހަޅާ ފަރާތަކުން އެފަރާތުގެ ދަޢުވާއަކީ ކޮބައިކަމާއި އެ ދަޢުވާ ބިނާކުރާ އަސާސްތަކަކީ ކޮބައިކަމާއި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކަކީ ކޮބައިކަން ސާފުކޮށްދިނުމަކީ ދަޢުވާ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގައި ދަޢުވާގައި ބުނާ ދޯންޏަކީ އޭގެ މިލްކުވެރިކަން ދެފަރާތަށް ހަމަހަމަ ވެގެންވާ ދޯންޏަކަށް ވާންޖެހުނު ސަބަބެއް ސާފުވާ މިންވަރަށް ބަޔާންކޮށްދީފައި ނުވާކަމަށާއި ދަޢުވާ އިތުރަށް ސާފުކޮށްދޭ އެއްވެސް ޢިބާރާތެއް ދަޢުވާ ފޯމުގެ އެއްވެސް ތަނެއްގައި ބަޔާންކޮށްފައި ނުވާކަމަށެވެ. އިސްތިއުނާފު ކުރާ ފަރާތުން ދަށުކޯޓުގައި ދަޢުވާއަށް އިންކާރުކޮށްފައި ވާތީ، މި ޙާލަތުގައި މި ދޯންޏަކީ އެފަރާތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހަމަހަމަ މިލްކެއްކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތްކަމަށެވެ.
2.7 އަސްދާނު ދޯނި ރަޖިސްޓަރީ ކުރެވިފައިވަނީ މިދެފަރާތުގެ ދެމެދުގައި ކަމަށްވިޔަސް، އެ ރަޖިސްޓަ ރީއަކީ މި ދެފަރާތް ހިއްސާވެ މިންވަރާ އެނގެނު އޮތް ލިޔުމެއް ނޫންކަމަށާއި، ދައުލަތުގެ އިދާރާއަކުން ދެމީހެއްގެ ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ އެއްޗެއް މިލްކުވެރިކަމުގައި، އޭގެތެރެއިން ކޮންމެ މީހަކު އިންސައްތައިން ހިއްސާކުރާ މިންވަރު ޤާނޫނު ނަންބަރު 76/27 (ހެއްކާބެހޭ ޤާނޫނު) އެނގެން ނޯންނަ ހާލަތުގައި އެ އެތީގެ މިލްކުވެރިކަމުގައި އެމީހަކު ބައިވެރިވާނީ ހަމަހަމަކޮށް ކަމަށް ބަލަންޖެހޭ ޤާނޫނީ ނައްސެއް ނެތްކަމަށެވެ.
3.7 އަސްދާނު ދޯންޏަށް ދެފަރާތުން ޚަރަދުކޮށްފައިވާ މިންވަރަކީ ކޮބައިކަމާއި އެ މިންވަރުގެ ތެރެއިން މި ދެފަރާތުންކުރެ ކޮންމެ ފަރާތެއްމެ ހިއްސާވާ މިންވަރާއި މިކަންކަމަކީ އެ ޤަޟިއްޔާގެ ޙުކުމަށް ވާސިލުވުމުގައި އެއްވެސް އޮޅުމެއް ނެތި ސާފުކޮށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ސާބިތުވާންޖެހޭ ކަމެއްކަމަށް ވާއިރު، މިއިން އެއްވެސް ކަމެއް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑުން ސާބިތުވާ ކަމަށް ސާފުކޮށް އެނގޭގޮތަށް ދަށުކޯޓުން ޙުކުމަށް ވާސިލުވުމުގައި ޝަރީޢަތުން ފާހަގަކޮށްފައިނުވާ ކަމަށެވެ.
4.7 އަސްދާނު ދޯންޏަށް އިސްތިއުނާފު ރައްދުވާ ފަރާތާއި އިސްތިއުނާފުކުރާ ފަރާތުން ޚަރަދުކުރި ޢަދަދުގެ މައްޗަށް ބިނާކޮށް ބަލާއިރު އަސްދާނު ދޯންޏަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޚަރަދުކޮށްފައިވަނީ، %18.19 (އަށާރަ ޕޮއިންޓް އެކެއް ނުވައެއް) އިން ސައްތަކަމަށއި، އިސްތިއުނާފުކުރާ ފަރާތުން ޚަރަދުކޮށްފައިވަނީ %81.81 (އަށްޑިހަ އެކެއް ޕޮއިންޓް އަށެއް އެކެއް) އިން ސައްތަ ކަން އެނގެން އޮތުމުން އަސްދާނު ދޯންޏަކީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތް ހަމަހަމަ އުޞޫލުން މިލްކުވެގންވެ ދޯންޏެއްކަމަށް ކަނޑައަޅާފައި ވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ.
5.7 އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ދޯނި ވުޖޫދަށް އައިސުރެން ދޯނި ދުއްވައިގެން ދޯންޏަށް ލިބޭ ހުރިހާ ފައިސާއެއްމެ، އިސްތއުނާފި ކުރާ ފަރާތުން ބޭނުންވާ ގޮތަކަށް އެއާމެދު ތަޞައްރަފުކުރުމަށްޓަކައި އެއްވެސް ޝަރުޠަކާ ނުލައި އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލުކުރަމުންދިޔައީ އިސްތިއުނާފު ކުރާ ޤާނޫނު ނަންބަރު 76/27 (ހެއްކާބެހޭ ޤާނޫނު) ފަރާތަށް ކަމަށާއި، މި ވާޤިޢާއިން އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓުގައި ކުރި ދަޢުވާގެ މުޅި އަސާސް ގެއްލިފައިވާ ކަމާއި އެދޯނީގެ މިލްކުވެރިކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތް އެއްވެސް ވަރަކަށް ބައިވެރިނުވާކަމާއ އިސްތިއުނާފުކުރި ފަރާތަކާ ޚާލިސް މިލްކުވެރިފަރާތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތް ޤަބޫލުކޮށްފައިވާ ކަމާއި މިކަން އެފަރާތުގެ ޢަމަލުންވެސް އެނގޭކަން ސާބިތުވާ ކަމަށެވެ. ދޯނި ބަނުމަށްޓަކައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމުގައި އޮޑިހަރުގެ ނަގާފައިވުމާއި އެފަރާތުގެ ނަމުގައި އޮޑި ނަންބަރު ނަގާފައިވުމަކީ އެދޯނީގެ މިލްކުވެރިކަމުގައި އެފަރާތުން އެއްވެސް މިންވަރަކަށް ހިއްސާވާކަން ސާބިތުވާ ކަންކަމެއް ނޫންކަމަށެވެ.
8އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، އިސްތިއުނާފު ފޯމުގެ 06 ވަނަ ނަންބަރާއި 07 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެނމެހައް ކަންކަމަށް ރިޢާޔަތްކޮށް، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށް މައްސަލަ ނިންމައިދިނުމަށެވެ. އިސްތއުނާފި ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ
9އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނާއެއްގޮތްވާ ގޮތުގެ މަތިން ހެކި ވަޒަންކުރުމަށްފަހު ބުއްދީގެ ހަމައަށްވެސް ރިޢާޔަތްކޮށްގެން ކަމަށެވެ.
10ދަށުކޯޓަށް ހުށަހެޅި ދަޢުވާ ފޯމު ފުރިހަމަ ނޫންކަމަށާއި ދަޢުވާފޯމާއެކު ހުށަހަޅަންޖެހޭ ހެކިތަކާ ގުޅޭގޮތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރިކަމަކީ ދަށުކޯޓުގައި ފާހަގަކޮށްފައިވާ ކަމެއް ނޫންކަމަށާއި އޭގެ ބަދަލުގައި އިސްތިއުނާފުކުރި ފަރާތުން ދަޢުވާ ފޯމުގައި ހުރިކަންކަން އިތުރަށް ސާފުކޮށް ދަށު ކޯޓުގައި ހިނގަމުން ދިޔަ މައްސަލައަށް ޖަވާބުދާރީވެ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ. އަދި ހުށަހެޅުނު ހެކިތަކާއި ގުޅިގެނވެސ ސުވާލެއް އުފައްދާފައި ނުވާކަމަށާއި، އެހެންކަމުން މިއީ ބަލައިގަނެވިދާނެ އިސްތިއުނާފީ ނުކުތާއެއްކަމުގައި ނުދެކޭ ކަމަށެވެ.
11އަސްދާނު ދޯންޏަކީ މި ދެފަރާތުގެ މިލްކެއްގ ގޮތުގައެ އޮތް ދޯންޏެއް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނަނީ ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބުރަވެ ކަމަށާއި އެކަންކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައިވާކަމަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމަށާއި، އަދި އެދޯންޏަކީ އިސްތިއުނާފު ކުރާ ފަރާތުގެ އެކަނި މިލްކެއްކަމަށް ޝަރީޢަތަށް ސާބިތުކުރެވޭ މިންވަރުގެ ހެކި ލިބިފައިނުވާކަމަށް ޝަރީޢަތުން ކަނޑައަޅާފައިވާ ކަމަށެވެ.
12ދޯނި ބަންނަން ފެށުމުގެ ކުރިން ލިޔުމުން ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމެއް ނެތް ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތާއި އަދި ދެ މީހުންގެ އެއްޗެއްގެ ގޮތުގައި އަސްދާން ދޯނި ބަނމަށު ދެ ފަރާތް ދެމެދުގައި އެއްބަސްވުމެއް އޮތްކަން ޝަރީޢަތަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ކޯޓަށް ހުށަހަޅާފައިވާކަމަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާއި ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވާ ކަމަށެވެ
13ދަށުކޯޓުގެ ކޯޓުގެ ޙުކުމއާ ފެންނަން ހުރި ކިތާބީ ހެކިތަކާއި ހެކިންގެ ހެކިބަހަށް ބެލި ނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން މި އިސްތިއުނާފުގައި އެ ބަޔާންކުރާ ޢަދަދު ތަކަކީ، އެ ފަރާތުން ގެންގުޅޭ އުޞޫލީ ހަމައިން ބެލި ނަމަވެސް ޤަބޫލު ކުރެވޭ އަދި ޝަރީޢަތަށް ސާބިތުވާނެ ޢަދަދުތަކެއް ނޫންކަމަށާ ފާހަގަކުރާ ކަމަށެވެ.
14ދަށުކޯޓު ހުކުމުނ މައްސަލް ކުރިޔަށް ގެންދިޔަ ގޮތާއި އެ ޙުކުމަށް ވާޞިލުވި ސަބަބުތައް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށާއި، ދަށުކޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން ވަކާލާތު ކޮށްފައިވަނީ އަސްދާނު ދޯނީގެ މުޅި މިލްކު ވެރިކަން ހޯދަން ކަމަށާއި އެކަން ކޯޓުގައި އެފަރާތށަ ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.
15މިމައްސަލައިގައި ދަށު ކޯޓަށް ހުށަހެޅި ކޮންމެ ކަމެއް ހެކިންގެ ހެކިބަހުން ސާބިތުކޮށްދީފައި ވާނެ ކަމަށާއި އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ކަމެއް ސާބިތު ކުރުމަކީ އެފަރާތުގެ ޒިންމާއެއް ކަމަށާއި، ދަށު ކޯޓުން މައްސަލަ ނިންމުމުގައި ސާބިތުކޮށް ނުދެވި އޮތީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ކޮން ކަމެއްކަން އިސްތިއުނާފު ފޯމުގައި ބަޔާންކޮށްދީފައި ނެތްކަމަށެވެ.
16އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A7C/202166/ ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމަށް ކަނޑައަޅއަ އެ ޙުކުމަށް ބަދަލު ގެންނާނެ ތަނެތ ނެތްކަމަށް ކަނޑައަޅައް މައްސަލި ނިންމައި ދިނުމަށެވެ.
17އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފަށް ބަލާއިރު، މިއަ އިބްރާހީމް ޢަބްދުﷲ އާއި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ 'އަސްދާނު' އެވެ ނަމަކަށް ކިޔާ ދޯނީގެ މިލްކވެރިކަމުގައު ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފގު ބައިވެރިވުމެއް ނެތްކަމަށް ބުނެ އެ ވާޤިޢާގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ އިސްތިއުނާފެކެވެ.
18'އަސްދާނު' ދޯންނަކީ މިދެފަރާތަށް ހަމަހަމަ އުޞޫލުން މިލްކުވެގެންވާ ދޯންޏެއް ކަމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިނިންމުން ޤާނޫނާ ޚިލާފުކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުން ބިނާކޮށްފއިވަނަ އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ.
(ހ) ދޯނީގެ ރަޖިސްޓަރީއަކީ ދެފަރާތް ހިއްސާވާ މިންވަރު އެނގެން އޮތް ލިޔުމެއް ނޫންކަމަށާއި؛
(ށ) މި ދޯންޏަކީ ދެފަރާތުގެ ހަމަހަމަ މިލްކެއްކަނ ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތް ކަމަށާއި؛
(ރ) ދޯނީގެ މިލްކުވެރި ފަރާތަކީ އިބްރާހީމް ޢަބްދުﷲ ކަމަށް ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން އަމަލުކުރަމުން އައިގޮތަށް ބަލާއިރު ބަލައިގެންފައިވާ ކަމަށެވެ. ރަޖިސްޓަރީއަކީ ދެފަރާތް އޙި ޞް ވ މިންވަރާ އެނގެނު އޮތް ލިޔުމެއް ނޫންކަމަށް ބުން ބުނުން
19އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ދޯނީގެ ރަޖިސްޓަރީއަކީ މި ދެފަރާތް އޙި ޞްވާ މިންވަރު އެނގެން އޮތް ލިޔުމެއް ނޫންކަމަށާއި، ދައުލަތުގެ އިދާރާއަކުން ދެމީހެއްގެ ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ އެއްޗެއްގެ މިލްކުވެރިކަމުގައި، އޭގެތެރެއިން ކޮންމެ މީހަކު އިންސައްތައިން ހިއްސާކުރި މިންވަރާ އެނގެނު ނޯންނަ ހާލަތުގައި އެ އެތީގެ މިލްކުވެރިކަމުގައި އެމީހަކު ބައިވެރިވާނީ ހަމަހަމަކޮށް ކަމަށް ބަލަންޖެހޭ ޤާނޫނީ ނައްސެއް ނެތްކަމަށެވެ.
20މިމައްސަލައަށް ބަލާއިރު، "އަސްދާނު" އެވެ ކިޔާ ދޯންޏަކީ އިބްރާހީމް ޢަބްދުﷲ އާއި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދެއްކަނ ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ ނަންބަރު: 01 07A-P3742B ކަނޑު އުޅަނދުގެ ރަޖިސްޓަރީން އެނގެއެވެ. މި ރަޖިސްޓަރީއާމެދު މި މައްސަލައިގެ ޚިލާފެއް ނެތެވެ. މިމައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން އުފައްދާ ސުވާލަކީ ދޯނީގެ މިލްކްވެރިކަމާމެދު އުފައްދާ ސުވާލެކެވެ. މިލްކުވެރިކަން ސާބިތުކުރުމުގައި ރަޖިސްޓަރީއަށް ދެވެނީ ކިހާ ބުރަދަނެއް ހެއްޔެވެ.
21ޕްރިސިޑެންސް 2ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރ ދިވެހިރާއްޖޭގު ކަނޑުގެ ސަރަޙައްދުގައި ބޭނުންކުރަންވާނީ ރަޖިސްޓަރީކޮށްގެން ކަމަށް ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގައި ބަޔާންކުރެއެވެ.
22ޕްރިސިޑެންސް 1މުދަލެއް ރަޖިސްޓަރީ ކުރުން ޤާނޫނީ ގޮތުން ލާޒިމް ކުރުމަށްފަހު، ވަކި މީހެއްގެ ނަމުގައި އެ މުދަލެއް ރަޖިސްޓަރީ ކުރުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަކީ، އެމުދަލުގެ މިލްކްވެރިކަން ސާބިތުކުރުމުގައި ބޭނުންކުރެވޭނެ އެންމެ ބާރުގަދަ ހެކި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤާނޫނު ނަނަބަރު 78/69 )ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު)ގެ 1 ވަނަ މާއްދާ އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު ޤަޟިއްޔާގައި ބަޔާންކުރެއެވެ. އެ ޤަޟިއްޔާގައި ބަޔާންކށްފައިވޮ "ރަޖިސްޓަރީން މިލްކްވެރިކަން ސާބިތުކުރުމުގެ އުޞޫލު"، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/21 ޤަޟިއްޔާ އަދި ނަންބަރު 2021/SC-F/02 ޤަޟިއްޔާގައި ވެސް އެ ކޯޓުން ދަމަހައްޓާފައިވެއެވެ.
23ޕްރިސިޑެންސް 3އެހެންކަމުން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓަރީކޮށް ދޫކޮށްފައިވާ ރަސްމީ ރަޖިސްޓަރީއަކީ އެ މުދަލުގެ މިލްކުވެރިކަން، އެމުދަލެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މީހަކަށް އޮތްކަން އެނގޭ ޔަޤީނީ ދަލީލެކެވެ. ވުމާއެކު އެހެންގޮތަކަށް ސާބިތުނުވާ ހިނދަކު"އަސްދާނު" ދޯނީގެ ރަޖިސްޓަރީން ސާފުކޮށް އެނގެން އޮތް ހަޤީޤަތަކީ އެ ދޯނީގެ މިލްކްވެރިންނަކީ އިބްރާހީމް ޢަބްދުﷲ އާއި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުކަމެވެ. މި ދޯނީގެ މިލްކުވެރިކަމުގައި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފު ޝާމިލްނުވާކަމަށް އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން ބުނާނަމަ އެކަން ސާބިތުކޮށްދިނުމަކީ އިބްރާހީމް ޢަބްދުﷲ ގެ މައްޗަށް އޮތް ބުރައެކެވެ.
24އިސްތިއުނާފުކުރެވޭ މައްސަލައަށް ބަލާއިރު، ދޯނީގެ މިލްކުވެރިކަމުގައި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފު ޝާމިލްނުވާކަމަށް އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން ފާހަގަކުރުމާ ގުޅިގެން މައްސަލަ އެކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ދޯނީގެ މިލްކވެރިކަނު ސާބިތުކުރުމުގެ މައްޗަށެވެ. މިލްކވެރިކަމު މެދާ ގޮތެއް ނިންމުމަށްޓަކައި ދެފަރާތަށްވެސް ހެކި ހުށަހެޅުމަށް ފުރުޞަތު ދެވި ހެކި ހުށަހަޅާފައިވެއެވެ. ދަށުކޯޓުގެ ޙުކުމުގައި ކަނޑައަޅާފައިވަނީ، ރަޖިސްޓަރީ ނަންބަރު: 07A 01-P3742B "އަސްދާނު" ނަމަކަށް ކިޔާ ދޯންޏަކީ މި ދެމީހުންނަށް ހަމަހަމަ އުޞޫލުން މިލްކުވެގެންވާ ދޯންޏެއް ކަމަށެވެ.
25އެ ނިންމުން ނިންމާފައިވަނީ ދެފަރާތުގެ ވާހަކައިންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ޝަރީޢަތުގެ މަޖިލީހަށް ހެކިބަސް ދިން ހެކިންގެ ހެކި ބަހުން، އަސްދާނު ދޯނި ވުޖޫދުވެފައިވަނީ މި ދެފަރާތުގެ މާލާއި މަސައްކަތުންކަން ސާބިތުވތާ އާއި ދޯނީގެ މިލްކުވެރިކަމުގައި މި ދެފަރާތުގެ މެދުގައި ތަފާތެއް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގެ 05 ވަނަ ނަންބަރުގެ (ކ) ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީކަން ޙުކުމަށް ވާޞިލުވުމުގައި ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
26ދޯނީގެ މިލްކުވެރިކަން އޮތްގޮތެއް ސާބިތުކުރުމުގެ މައްޗަށް ޝަރީޢަތް ކުރިއަށް ގެންދަން ޖެހިފައިވާތީ ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން ދަށުކޯޓުގައި އެދުނު ފަރުވާ ކަމުގައިވާ ދޯނީގެ ޙިއްޞާ ބައިކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ޝަރީޢަތަށް ނުފެންނަ ކަމަށާއި އެ މައްސަލަ ނިމުމުން ޙިއްޞާ ބައިކުރުމުގެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.
27ޕްރިސިޑެންސް 6އިސްތިއުނާފުކުރެވިފައި މިވާ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫމެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާގައި މި ދޯންޏަކީ ދެފަރާތަށް ހަމަހަމަ އުސޫލުން މިލްކުވާ ދޯންޏެއްކަމަށް ނިނމް ނިންމުނި ޤާނޫން ޚިލާފުވާ ގޮތެއް މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާ ކަމަށް ނުފެނެއެވެ. އެހެންކަމުން މި ނުކުތާގައި ދަށުކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ހުށަހެޅިފައިވާކަމަށް ކަމަށް ނުފެނެއެވެ. ދޯންޏަކީ ދެފަރާތުގެ ހަމަހަމަ މިލްކެއްކަނ ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތްކަމަށް ބުނާ ބުނުން
28އިސްތިއުނާފު ކުރާ ފަރާތުން ބުނަނީ، ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން ދަށުކޯޓުގައި ކޮށްފައިވާ ދަޢުވާގައި އެ ދޯންޏަކީ އޭގެ މިލްކުވެރިކަން ދެފަރާތަށް ހަމަހަމަ ވެގެންވާ ދޯންޏެއް ކަމަށް ބަޔާންކުރާ ކަމަށާއި، ހަމަހަމަ ވީ ގޮތެއް ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެ ކަމަށެވެ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A7C/202166/ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 14 ވަނަ ނަންބަރު އބމ 17 ވަނަ ނުކުތާ
29ޕްރިސިޑެންސް 4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ ޤަޟިއްޔާގައި ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޡާބިތުކުރުމުގެ ބުރަ probandi) (onus އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށް ޝަރީއަތަށް ހުށަހަޅާ ދަފްއެއް ސާބިތުކުރުމުގެ މަސްއޫލިއްޔަތަކީ އެ ދަފްއެއް ކުރިމަތި ކުރި ފަރާތުގެ މައްޗަށް އޮންނަ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި، ދަޢުވާ ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމާއި، އެއީ (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ޘާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމާއި production) of (burden، (2) ހުށަހަޅާފައިވާ ހެއްކަކީ) އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު) އެ ދަފުޢު ޘާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށްވުން (burden of persuasion)، ހިމެނޭކަމުގައި ބަޔާންކޮށްފައިވެއެވެ.
30މި މައްސަލއަށަ ބަލާއިރު، ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާގައި ބުނެފައިވަނީ، ރަޖިސްޓަރީ ނަންބަރު: 07A 01-P3742B "އަސްދާނު" ދޯންނަކީ އިބްރާހީމް ޢަބްދުﷲ އާއި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުއާ ދެމީހުންގެ ހިއްސާ އެއްވަރަކަށ އޮތް ދެމީހުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ދޯންޏެއް ކަމަށާއި، ނަމަވެސް ދެމީހުންގެ މެދުގައި މަސްލަހަތު ހުރިކަމަށް ނުފެންނާތީ ދެމީހުންގެ ޙިއްޞާ ބައިކޮށްދިނުމަށް އެދޭކަމަށެވެ.
31ދަޢުވާއަށް ރައްދު ދެމުން، ދޯނީގެ މިލްކުވެރިކަމުގައި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފް އެއްވެސް ވަރަކަށް ޝާމިލް ނުވާކަމަށް ބުނެ ދަޢުވާއަށް އިސްތިއުނާފު ކުރާ އިބްރާހީމް ޢަބްދުﷲ ގެ ފަރާތުންދަށު ކޯޓުގައި އިންކާރުކުރިއެވެ. އެގޮތުން އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން ދަށުކޯޓުގައި އެދިފައިވަނީ، ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފްގެ ފަރާތުން ދޯނި ބަނުމަށް އެއްވެސް ޚަރަދެއް ކޮށްފައިވާ ނުވާކަމަށާއި، އެފަރާތުން ހުށަހަޅާފައިވާ މައްސަލަ ސާބިތުކޮށްދިނުމުގެ ބޭނުމަށް އެފަރާތުން އެއްވެސް ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/02 ޤަޟިއްޔާ ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/28 ޤަޟިއްޔާ ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، މިދެފަރާތުގެ ދެމެދު މިވީހާތަނަށްވެސް ޢަމަލުކުރެވިފައިވާ ގޮތަށް ބަލާއިރު ދޯނީގެ މިލްކުވެރިޔަކީ އިބްރާހީމް ޢަބްދުﷲ ކަމުގައިވާތީ އާއި، ޢބްދުއްޝުކޫރަ ޢަބްދުއްލަޠީފްއަކީ ދޯނީގެ ފަޅުވެރިއެއް ކަމުގައިވާތީ، ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފްގެ ފަރާތުން އެދިފައިވާ ފަދައިން "އަސްދާން" ދޯންޏަކީ މި ދެފަރާތުގެ ހިއްސާ އެއްވަރަކަށ އޮތް ދޯންޏެއްކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.
32ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފު ގެ ފަރާތުން ކުރި ދަޢުވާއަށް އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން ދިން ޖަވާބާ ގުޅިގެން މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ދޯނީގެ މިލްކުވެރިކަން އޮތްގޮތެއް ސާބިތުކުރުމުގެ މައްޗަށެވެ.
33ޕްރިސިޑެންސް 5އަބްދުއްޝުކޫރު ޢަބްދުއްލަޠީފްގެ ފަރާތުން އުފުލި ދަޢުވާއަކީ ދެފަރާތުގެ ނަމުގައި އޮތް ދޯނީގެ ރަޖިސްޓަރީ އަށް ބިނާކޮށް ދޯނީގެ އޙި ޞް ބައިކޮށްދިނުމަށ އެދް ހުށަހެޅި ދަޢުވއެއާ ނަމަވެސް ދަޢުވާއަށް އިބްރާހީމް ޢަބްދުﷲ އިންކާރުކޮށް ދޯނީގެ މިލްކުވެރިކަމުގައި ޢަބްދުއްޝަކޫރު ޢަބްދުއްލަޠީފް އެއްވެސް މިންވަރަކަށް އޙި ޞް ނުވާކަމަށާ ފާހަގަކޮށްފައިވާތީ، މިހާލަތުގައި ދޯނީގެ މިލްކުވެރިކަމުގައި ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފް އެއްވެސް ވަރަކަށް އޙި ޞް ނުވާކަން ޝަރީޢަތަށް ސާބިތުކުރުމުގެ ބުރު އުފުލަންޖެހޭ ފަރާތަކީ އިބްރާހީމް ޢަބްދުﷲ އެވެ. އެއީ ޝަރީޢަތށަ ހުށަހަޅް ދަފއެއު ސާބިތުކުރުމުގެ މަސްއޫލިއްޔަތަކީ އެ ދަފުއެއް ކުރިމަތި ކުރި ފަރާތުގެ މައްޗަށް އޮންނަ މަސްއޫލިއްޔަތެއް ކަމުގައި ވާތީ ދަފުޢު ސާބިތުކޮށްދިނުމުގެ ބުރަ ފރޮޅިފައިވާތީއެވެ.
34ދޯނީގެ މިލްކުވެރިކަމުގައި މި ދެފަރާތުގެ މެދުގައި ތަފާތެއް ކުރަންޖެހޭ ސަބަބެއް އޮތްކަމަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާއިރު، ދަފުޢު ސާބިތުކުރުމާ ގުޅޭގޮތުން އިސްވެ އިބްރާހީމް ޢަބްދުﷲގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި "ދަޢުވާ ނުވަތާ މައްސަލައިގަ ޖަވާބު ހުށަހަޅާ ފޯމް" ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 8 ވަނަ ނުކުތާ މިބުނެވުނުކަންކަނ މިމޭރުމުން ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 09 ވަނަ ނުކުތާގައި ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
35ދަށުކޯޓުން ޝަރީޢަތް ކުރިއަށްގެންދިޔ ގޮތުގަ މައްޗަށް އެމަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފައްދާފައިވާކަން ވެސް އެނގެން ނެތުމުން މި ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރިކަންކަމުގެ އަލީގައި ބަލާއިރު ދަށުކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުފެނެއެވެ. އެހެނީ ދަށުކޯޓގު ނިންމުން ނިންމުމުގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ހެކި ސާބިތުކުރުމުގެ އުޞޫލުތަކާ ޚިލާފުވާ ގޮތެއް މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާކަމަށް ނުފެނެއެވެ. ދޯނީގެ މިލްކުވެރި ފަރާތަކީ އިބްރާހީމް ޢަބްދުﷲ ކަމަށް ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން ބަލައިގެންފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާ
36މި ދެފަރާތުގެ ދެމެދުގައި ޢަމަލުކުރަމުންދިޔަ ގޮތަށް ބަލާއިރު، ދޯނީގެ މިލްކުވެރި ފަރާތަކީ އިބްރާހީމް ޢަބްދުﷲ ކަމަށް ޢަބްދުއްޝުކޫރު ޢަބްދުއްލަޠީފުގެ ފަރާތުން ބަލައިގަނެފައިވާ ކަމަށް ބުނެ އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކުރި ނުކުތާއާ ގުޅިގެން ބަލާއިރު، ދޯނީގެ މިލްކްވެރިކަން ސާބިތުކުރުމުގައި މި ވާޤިޢާގެ މައްޗަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިވާކަން އިސްތިއުނާފުމިކުރެވޭ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 12 ވަނަ ނަންބަރުގައި އެނގެން އޮންނައިރު އެނިންމުން ޤާނޫނާ ޚިލާފުވާގޮތެއް މިއިސްތިއުނާފުގައި ބުނެދެވިފައިނުވެއެވެ.
37އަދި މިއީ، ދޯނީގެ މިލްކްވެރިކަން ސާބިތުކުރުމުގެ މައްޗަށް ފާހަގަކޮށްފައިވާ ނުކުތާއެއް ކަމަށްވާއިރު، ދޯނީގެ މިލްކްވެރިކަން ސާބިތުކުރިކުރި ގޮތުގެ މައްޗަށް މި ރިޕޯޓުގެ 19 ވަނަ ނުކުތާއިން 27 ވަނަ ނުކުތާގެ ނިޔަލަށް ފާހަގަކުރިކަންކަނ އެފަދައިން ހުރުމުން މިނުކުތާގެ މައްޗަށް އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރަނީ، ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤާއި ގުޅޭގޮތުން ނިންމަންފެންނަ ގޮތް
38ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 66/A7C/2021 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، އިބްރާހީމް ޢަބްދުﷲ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
39މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެރައުޔަށް ތާއިދުކުރަމެވެ.
40މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދު ﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.
41މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 69/78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2010/SC-A/17 (އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2018/SC-A/21 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2021/SC-F/02 ޤަޟިއްޔާ (ޕީޑީއެފްގައި އޮތް ގޮތަށް)
- ސުޕްރީމް ކޯޓުގެ 2020/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ) ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2023/SC-A/28 (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް