ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/202
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ އިދާރާ ވ. އަޙްމަދު ޝާފިއު، 2025/HC-A/202
Huvadhuatholhu Uthuruburee Gemanafushi Council Office v. Ahmed Shaafiu 2025/HC-A/202 (2025/HC-A/202, High Court of the Maldives, 23 April 2026)
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ އިދާރާ ވ. އަޙްމަދު ޝާފިއު
މައިގަނޑު ސުވާލު
ދަޢުވާ ހުށަހެޅުމުގެ ކުރިން، އެއް ޚަސްމެއްގެ ޣައިރު ހާޒިރުގައި މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރަކީ، ޣައިރު ހާޒިރުގައި އަމުރު ނެރެވޭނެ ހާލަތު، ނެކްސްބިޒް މައްސަލައިގެ ޝަރުޠުތައް، އަދި ހެކިންގެ ބަޔާނުގެ ފޯމު ފުރިހަމަ ނުވުމާ ބެހޭ ގޮތުން ޤާނޫނާ ޚިލާފަށް ނެރުނު އަމުރެއްތޯ؛ އަދި މައުޟޫޢީ މައްސަލައިގައި ޙުކުމްކުރުމަށްފަހު އިސްތިއުނާފު ކުރިއަށް ގެންދިއުމުގެ ފައިދާ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާ ހުށަހެޅުމުގެ ކުރިން ނެރޭ ވަގުތީ އަމުރުން ދިން މުއްދަތުގައި މައުޟޫޢީ ދަޢުވާ ހުށަހަޅައި އެ މައްސަލައިގައި ޙުކުމްކޮށްފިނަމަ، ވަގުތީ އަމުރަކީ ނިމުމަކަށް އައިސްފައިވާ އަމުރަކަށް ވާތީ، އެ އަމުރުގެ އިސްތިއުނާފު ނިންމުމުން އެއްވެސް ނަތީޖާއެއް ހާޞިލު ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ވަގުތީ އަމުރު ނެރުމާމެދު ގޮތް ނިންމުމަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރެއް ކަމަށާއި، އެއީ މައްސަލައިގެ މައުޟޫއަށް ނުފީނައި، ރައްކާތެރިކަމުގެ ފިޔަވަޅެއް އަވަހަށް އަޅަންޖެހޭތޯ މަތިމަތިން ވަޒަންކޮށް ނިންމަންޖެހޭ ނިންމުމެކެވެ. ދަޢުވާލިބޭ ފަރާތާ ލިޔުންތައް ހިއްސާކޮށް އަޑުއެހުމަކަށް ތާވަލުކުރުމަށްފަހުވެސް ޣައިރު ހާޒިރުގައި އަމުރު ނެރުމާމެދު ގޮތް ނިންމަން ޖެހިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 22)
- ދަށުކޯޓުގެ ފަނޑިޔާރު އިޚްތިޔާރު ބޭނުންކުރި ގޮތުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަނުމަކީ އިސްތިސްނާ ހާލަތެއްގައި މެނުވީ ނުކުރެވޭނެ ކަމެއް ކަމަށާއި، އިޚްތިޔާރު ބޭނުންކުރި ގޮތް ޤާނޫނީ ގޮތުން ގޯސްކަމާއި އޭގެ ތެރެއަށް ވަންނަންޖެހޭ ސަބަބު ދައްކުވައިދޭންޖެހެނީ އިސްތިއުނާފުކުރާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23)
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރު ނެރޭއިރު ބަލަންޖެހެނީ، މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައަކަށް ވުމާއި، އިންސާފު ޤާއިމުކުރުމަށް އަމުރު ނެރުން ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވުމެވެ. ނެކްސްބިޒް މައްސަލައިގެ ޝަރުޠުތައް ވަކިވަކިން ފުރިހަމަވާގޮތް ބަޔާން ނުކުރިނަމަވެސް، އަމުރު ނެރުމުގައި ރިޢާޔަތްކުރި ސަބަބުތައް ބަޔާންކޮށްފައިވާނަމަ އެ އަމުރަކީ ޤާނޫނީ ގޯހެއް ހިމެނޭ އަމުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ވަކި ކަމަކަށް ކަނޑައެޅިފައިވާ ފޯމެއްގައި ފުރަންޖެހޭ މައުލޫމާތު އެ ތަނެއްގައި ފުރަންވާނެ ނަމަވެސް، މައުލޫމާތެއް މަދުވުން ނުވަތަ އެހެން ތަނެއްގައި ލިޔުމުން ކިހާވަރެއްގެ ނަތީޖާއެއް ނިކުމެދާނެތޯ ބަލަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27، 28)
- މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅަކަށް އެދޭ މައްސަލައެއްގައި، މައުޟޫޢީ މައްސަލައެއްގައި ފުރިހަމަވާންޖެހޭ އިޖުރާއީ ކަންކަން އަކުރުން އަކުރަށް ފުރިހަމަވޭތޯ ބެލުމުގެ ބަދަލުގައި، ވަޒަންކޮށް ބަލަންޖެހޭ ކަންކަން ހުށަހެޅިފައިހުރި ކަންކަމުން ފަނޑިޔާރަށް ދެނެގަނެވޭނަމަ އެ މިންވަރުން ފުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
1ގއ. ގެމަނަފުށީގައި ވަށައިގެން މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އެރަށު ރިހްލ އެވާ ކިޔާ ގޯތި ހިމެނޭ ބުލޮކްގެ ހުޅަނގު ފަރާތުން މަގުހެދުމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ އިދާރާ އިން ނިންމާފައިވާތީ، އެ ސަރަޙައްދަކީ ޤަވާއިދު ނަންބަރު 92-2022/R (ދެވި ހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހި ގަވާއިދު)ގެ ދަށުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދެއް ކަމަށްވާތީ އާއި އެ މަސައްކަތާ ގުޅިގެން އީ. ޕީ. އޭއިނ އެފަދް އެއްވެސް ހުއްދައެއް ނަގާފައިވާ ނުވާކަމަށް ބުނެ، ރިހްލާ ގޯތި ހިމެނޭ ސަރަޙައްދުން ހެދުމަށް ހަދާފައިވާ މަގު ހެދުމުގެ މަސައްކަތް މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގައި ގއ. ގެމަނަފުށި/ ރިހްލާ، އަޙްމަދު ޝާފިޢުގެ ފަރާތުން އެދުނެވެ.
2ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 242 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރުގެ ދަށުން މައުޟޫޢީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި އެ ހުށަހެޅުމުގައި އެދިފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ އިދާރާގެ ޣައިރު ހާޒިރުގައި އަމުރު ނެރެދި ނުމަށެވެ.
3މިއީ، އެ ހުށަހެޅުމާ ގުޅިގެން ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-P9C-CIV-18 ޤަޟިއްޔާގައި 30 އެޕްރީލް 2025 ވަނަ ދުވަހު ނިންމި ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލފުކަމަށާ ބުނެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ އިދާރާގެ (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ "ގެމަނަފުށި ކައުންސިލް" ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
4މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގއ. ގެމަނަފުށި/ ރިހްލާ، އަޙްމަދު ޝާފިޢު (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "އަޙްމަދު ޝާފިޢު)" އެވެ.
5ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، އަޙްމަދު ޝާފޢިގެ ފަރާތުން ހުށަހެޅުމަށް ޤަސްތުކުރާ މަޢުޟޫޢީ މައްސަލަ ހުށަހަޅައި އެޤަޟިއްޔާގައި މި އަމުރާއިމެދު މިނޫންގޮތެއް ކަނޑައަޅަންދެން، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލް އިދާރާއިން ގެމަނަފުނީގައި ވަށައިގެން މަގު ހެދުމަށް ނިންމާފައިވާ ސަރަހައްދުގެ ތެރެއިން ރިޙްލާ ގޯތި ހިމެނޭ ބުލޮކުގެ(މިބުލޮކުގައި 5 ގޯތި ހިމެނޭ) ހުޅަގ ފަރާތުނު ހެދުމަށް ނިންމާފައިވާ މަގު ހެދުމުގެ މަސައްކަތް ހުއްޓައިލުމަށް، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސލި އިދާރާއަށް އަމުރުކުރުމާއިއެކު، ކުރިޔަށް އޮތީ ބަންދު ދުވަސްތަކެއް ކަމަށް ވުމުން، މި ސަރަހައްދުގައ މަތީގައި ބަޔާންވެދިޔަ މަގުހެދުމުގެ މަސައްކަތް ފެށިއްޖެނަމަ، މި މަސައްކަތް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކުރަމެވެ. މި ޚުޞޫމަތާއ ގުޅި މަޢުޟޫޢީ ދައުވާ 2025 ވަނަ އަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި، އަދި މިމުއްދަތުގެ ތެރޭގައި އެފަދަ ދަޢުވާއެއް ހުށަހަޅާފައިނުވާނަމަ، މި އަމުރު ބޠާލްވާނެ ކަމަށް ކަނޑައަޅައި، އަދި ބުނެވުނު މުއްދަތުގައި މައުޟޫޢީ ދަޢުވާ ހުނަހަޅައިފިނަމަ، ޝަރީޢަތުން މިނޫންއެހެން ގޮތަކަށް އަންގަންދެން ނުވަތަ އެ މައުޟޫޢީ މައްސަލައިގައި ޙުކުމް ކުރުމާއި ހަމައަށް މި ވަގުތީ އަމުރު ދެމިއޮންނާނެކަމަށް ކަނޑައަޅައި، މިވަގުތީ އަމުރު ރައްދުވާ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފށު ކައުންސިލް އިދާރާގެ ޣައިރު ހާޒިރުގައި މިޤަޟިއްޔާ ނިންމީމެވެ." މިފަދައިންނެވެ.
6ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-P9C-CIV-18 ޤަޟިއްޔާ ގައި ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް އެދި ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލް އިދާރާގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
1.6. އިސްތިއުނާފުކުރެވޭ މައްސަލައިގައި ޣައިރު ހާޒިރުގައި ވަގުތީ އަމުރު ނެރެފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022 ގެ، 150 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއް ޚަސމުގް ޣައިރު ހާޒިރުގައި އަމުރު ނެރުމުގައި، އަމުރު ނެރެދޭވެނެ ހލަތްތަކަށާ ރިޢާޔަތްކުރުމެއްނެތި އެ ހާލަތްތަކުންކުރެ ހާލަތެއް ވުޖޫދުވެފައި ނުވަނީސްކަމުގައިވާތީ، އެ ނިންމުމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު )ގެ 5 ވަނަ މއްދާގާ (ހ) އާ ޚިލާފު ނިންމުމެއް ކަމަށާއި؛
2.6. ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-P9C-CIV-18 ޤަޟިއްޔާގެ 14 ވަނަ ނަންބަރާއި 15 ވަނަ ނަންބަރުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުން ވަގުތީ އަމުރެއް ނެރުމުގައި ބަލާނެ ޢާއްމު ޝަރުޠުތަކެއް މަތީ މަރުހަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާކަމަށާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު A/21-SC/2012 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރުމުގައި ރިޢާޔަތްކުރަންޖެހޭނެ ޝަރުޠުތަކެއް ކަނޑައަޅާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ދެ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް މި މައްސަލައަށު ތތުބީގަ ކުރެވިފައިވާ ގޮތުގެ ތަފުޞީލު ބަޔާންކޮށްފައިނުވާތީ، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-P9C-CIV-18 ޤަޟިއްޔާގައި ނެރެފައިވާ ވަގުތީ އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާގެ 33 އިން 36 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ އުސލޫ ތަކާ ޚިލާފަށް އަދި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި؛
3.6. ވަގުތީ އަމުރަށް އެދޭ ފޯމާއެކު އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ބަޔާންތަކުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 328 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފުރިހަމަވެފައިނުވާއިރު، ޝަފަހީ ހެކިންގެ ބަޔާންތައް ބަލައިގަނެ، މައްސަލަ ނިންމުމުގައި ޝަފަހީ ހެކިންގެ ބަޔާންނަށް ރިޢާޔަތްކޮށްފައިވުން، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ހ)އާ ޚިލާފުކަމަށެ ވެ. އިސްތިއުނާފ ގުޅިގެނާ ދެފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސަ
7އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރެވޭ މި އަމުރު ނެރެދިނުމުގައި މައްސަލައިގައި ކޯޓުން ހިންގާފައިވާ އިޖުރާތުތަކާއި އަމުރު ނެރެދިނުމާ ހަމައަށް ކަން ވެފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ޣައިރު ހޒިރުގައާ އަމުރު ނެރެނޖް ހ ހާލަތެއް މި މައްސަލައިގައި ވުޖޫދުވެފައިވޭތޯ ދަށުކޯޓުން ވަޒަންކޮށްފައި ނުވާކަމަށެވެ. އަމުރަށް އެދުނު ފަރާތުން ދަށުކޯޓުގައި އެދުނީ ޣައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ނަމަވެސް ހުވަދުއަތޮޅު އުތބުރީ ގެމަނަފުށު މެޖިސްޓްރޭޓް ކޯޓުގެ 2025-P9C-CIV-18 ޤަޟިއްޔާ 30 އެޕްރީލް 2025 ވަނަ ދުވަހަށް ތ ވަލުކުރުމުން ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވުމަށް ވަކީލަކު ހަމަޖެއްސުމަށް ލިޔުމުން ފުރުޞަތަކަށް އެދިފައިވާނެކަމަށއާ ޣައިރު ހޒިރުގައާ އަމުރި ނެރެންޖެހޭ ހާލަތެއް މި މައްސަލައިގައި ވުޖޫދުވެފައި ނުވާކަމަށާއި އަދި އެ އަމުރު ނެރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/21-SC/2012 ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރުމުގައި ރިޢާޔަތްކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުޠުތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އަދި އެއަމުރު ނެރުމުގައި ހެކީންގެ ބަޔާންތަކަށް ބުރަންދަން ދީފައިވަނީ ވެސް ޤާނޫނާ ޚިލާފަށް ކަމަށާއި މި އިސްތިއުނާފުގައި ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ރިޢާޔަތް ޤާނޫނު ނަންބަރު 2021/32 ކުރުމަށްފަހުގައި މި ވަގުތީ އަމުރަކީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާއި ޚިލާފަށް ނެރެފައިވާ އަމުރަކަށްވާތީވ އެ އަމުރަކީ ބާޠިލު އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށްކަމަށެވެ.
8އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އެފަރާތުން ހުށަހެޅި ހުށަހެޅުމުގައި އެދިފައިވާނީ އިސްތިއުނާފު ކުރާ ފަރާތުގެ ޣައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ކަމަށާއި އެއީ ގެމަނަފުށީ ކައުންސިލުން އެ މަގު ހެދުމ ގުޅާ ކަންކަމުގައި އޭނާކުރި މަސައްކަތަށް އެކަށީގެންވާ އިޖާބެއް ދީފައި ނުވާތީ ކަމަށާއި އެފަރާތުން ޤަބޫލުކުރާ ގޮތުގައި މި މައްސަލައިގައި ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.
9ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގެ 2025-P9C-CIV-18 ޤަޟިއްޔާގައި މައުޟޫޢީ ދަޢުވާ ހުށަހެޅުމަށް ކަނޑައަޅާފައިވާ 07 ދުވަހުގެ މުއްދަތުގެ ތެރޭގައި ދަޢުވާ ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި، އެ މައްސަލައަށް ޖަވާބުދިނުމަށް ގެމަނަފުށި ކައުންސިލަށް ކޯޓުން ދިން މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ޖަވާބުދާރީވެފައި ނުވާތީ އަމުރާ ގުޅޭ މައުޟޫޢީ މައްސަލައިގައި 28 އޮގަސްޓް 2025 ތާރީޚުގައި އިސްތިއުނާފު ރައްދުވާ ފަރާތާ އެއްކޮޅަށް އިސްތިއުނާފު ކުރާ ފަރާތުގެ ޣައިރު ހާޒިރުގައި ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވާ ކަމަށް އިސްތިއުނާފަށް ރައްދު ދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރިއެވެ.
10އެ ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، މި އިސްތިއުނާފު ހުށަހެޅިއިރު އެފަދި މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި، އިސްތިއުނާފަށް ހުށަހެޅިފައިވާ އަމުރަކީ މައުޟޫޢީ މައްސަލައާ އެކު ނިމުމަކަށް އަންނާނެ އަމުރެއް ކަމަށާއި، މި އަމުރާ ގުޅޭ މައުޟޫޢީ މައްސަލަ ވަކިގޮތަކަށް ނިމިފައިވާނަމަ މި އިސްތިއުނާފަކީ އިތުރަށް ކުރިއަށް ގެންދެވޭނެ އިސްތިއުނާފެއް ކަމެއް ނުދެކޭ ކަމަށާއި، އެ މައުލޫމާތު ޝަރީޢަތުން ސާފުކުރުމަށްފަހު މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމާމެދު ގޮތެއް މި ޤަޟިއްޔާއާ ގުޅިގެން 13 ނޮވެންބަރު 2025 ގައި ބޭއްވި ޝަރީޢަތުގެ މަޖިލީސް ނިންމުން އިޢުތިރާޒު ނުކުރާކަމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި ކައުންސިލްގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވެއެވެ.
11އިސްތިއުނާފަށް ހުށަހެޅިފައިވާ ވަގުތީ އަމުރާ ގުޅޭ މައުޟޫޢީ މައްސަލަ ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-P9C-CIV-21 ޤަޟިއްޔާ އިން ބަލައި، އެ ޤަޟިއްޔާގައި މައުޟޫޢީ ގޮތުން ފައިޞަލާކޮށް 28 އޮގަސްޓް 2025 ގައި ޙުކުމްކޮށްފައިވެއެވެ. ފާހަގަކުރެވުނު ކަންތައްތައް:
12މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބެލިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
13މި މައްސަލައަކީ، ދަޢު ވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމުން ނެރެދީފައިވާ އަމުރެއްގެ އިސްތިއުނާފެވެ.
14އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ، މި މައްސަލައަކީ، މި މައްސަލައިގައިވާ އަމުރުގައި ދީފައިވާ މުއްދަތުގައި މައުޟޫޢީ މައްސަލައެއް ހުށަހަޅައި، މިހާރު އެ މައުޟޫޢީ މައްސަލަވެސް ނިމިފައިވަނިކޮށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށެވެ.
15މިކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، މި މައްސަލއަ ގައި ތަފުސީލީގޮތެއްގައި އިސްތިއުނާފީ ނުކުތާތަކެއް ހުށަހެޅިފައިވީނަމަވެސް، މި މައްސަލަ ހުށަހެޅުނުއިރު، މި މައްސަލައާގުޅޭ މައުޟޫޢީ ދޢަ ވާއެއް ހުށަހެޅި ނިމުނުކަން އެނގިފައިނުވާތ މިއީ އެފަދަ މައްސަލައެއް ނިމިފައިވާކަމަށް ބަލައިގެން ހުށަހެޅިފައިވާ މައްސަލައެއް ނޫންކަމަށާއި، އެހެންކަމުން، މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވާނަމަ، މި މައްސަލައިގައި އެދިފައިވާ ގޮތް އެހެން ގޮތަކަށް ބަދަލުވާނެ ކަމަށާއި، އެއީ އިތުރަށް މި މައްސަލަ ކުރިއަށް ނުގެންދިއުން ކަމަށާއި، އެހެނ ވަގުތީ އަމުރަކީ މައުޟޫޢީ މައްސަލައާއެކު ނިމޭނެކަމެއް ކަމުގައިވާތީ ކަމަށާއި، ހަމައެހެންމެ، ބަޔާންވެދިޔަ ފަދައިން މި މައްސަލައާގުޅޭ މައުޟޫޢީ މައްސަލަ ނިމިފައިވާކަން އެކަން ބެލުމުން އެނގިއްޖެނަމަ، މައްސަލއަ ގައި ކަނޑައަޅަންވީ ގޮތަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ކަނޑައަޅައިދޭންވ ވަގުތީ އަމުރާގުޅޭ ކަންކަން އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަމަށާއި، އެއީ ވަގުތީ އަމުރުގެ ބާރު އެހިނދު ނެތިގޮސްފައިވާނެކަމަށް ދެކޭތީކަމަށާއި، އަދި މައްސަލައިގެ މަޢުލޫމާތު ސާފުކުރުމުން، އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ (މޢަ ޟޫޢު މައްސަލއަ ގައި ޙުކުމް ކޮށްފައިވާކަން އެނގެން އޮތްނަމަ) މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަކާނުލައި، މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނުމުން، އެކަމުގައި އިއުތިރާޒެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުންވެސް ބުނެފައިވެއެވެ.
16އެހެންނަމަވެސް ބަޔާންވެދިޔަ ތާރީޚުގެ ފަހުން އިސްތިއުނާފު ކުރާ ފަރާތުން މިކޯޓަށް ފޮނުވާފައިވާ އީމެއިލްގައި، މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.
17އިސްތިއުނާފު ކުރެވިފައިވާ ވަގުތީ އަމުރު ނެރުމުގައި ކޯޓުން ކަނޑައަޅާފައިވާ ކަންކަމަށް ބަލާއިރު، މި ޚުޞޫމާތާއ ގުޅި މަޢުޟޫއީ ދަޢުވާ 2025 ވަނަ އަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހުން ފެށގި ނ 07 (ހަތެއް) ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި، އަދި މި މުއްދަތުގެ ތެރޭގައި މަޢުޟޫއީ ދަޢުވާ ހުށަހަޅާފައި ނުވާނަމަ، މި އަމުރު ބޠާ ލުވާނެކަމަށް ކަނޑައަޅައި، އަދި ބުނެވުނު މުއްދަތުގެ ތެރޭގައި މައުޟޫޢީ ދަޢު ވާ ހުށަހެޅިއްޖެ ހިނދެއްގައި، އަމުރު ދެމި އޮންނާނީ، އެ އަމުރާމެދު ޝަރީޢަތުން އެހެން ގޮތެއް ކަނޑައަޅަންދެން ނުވަތަ މައުޟޫޢީ މައްސަލައިގެ ޙުކުމް ކުރުމާ ހަމައަށްކަމަށްވެސް ކަނޑައަޅާފައިވެއެވެ.
18ޕްރިސިޑެންސް 1ބަޔާންވެދިޔަ ފަދައިން، އަމުރުން ދަޢުވއެއާ ހުށަހެޅުމަށް ލިބުން މުއްދަތުގައި މައުޟޫޢީ ދަޢުވާ ހުށަހެޅި އެ މައްސަލައިގައި މިހާރު ޙުކުމެއް ކުރެވިފައިވާކަން އެނގެން އޮތްހިނދު، މި މައްސަލައަކީ މިހާރު ކުރިއަށް ގެންދިޔަ ނަމަވެސް، މި މައްސަލަ މި ކޯޓުން ނިންމުމަކުން އެކަމުން އެއްވެސް ނަތީޖާއެއް ހާސިލުކުރެވިދާނެ މައްސަލައެއް ކަމުގައި ނުފެނެއެވެ. އެހެނީ، އަމުރުގައި ކަނޑައެޅުނު މުއްދަތު ފާއިތުވެފައިވާތީ އާއި، އަމުރުގެ ޠބީއަތަށަ ބަލާއިރް އެއު ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރަކަށް އެދުމުން ނެރެފައިވާ އަމުރަކަށްވާއިރު، އެ މައުޟޫގައި މައުޟޢޫ މައްސަލައެއް ހުށަހެޅި، ވަގުތީ އަމުރުން ލިބިދިން ފަރުވާ މިހާރު މައުޟޫޢީ މައްސަލައަކުން ލިބިދީފައިވާއިރު އިސްތިއުނާފު ކުރެވިފައިވާ ވަގުތީ އަމުރަކީ ނިމުމަކަށް އައިސްފައިވާ އަމުރެއްކަމުގައި ވާތީއެވެ.
19އެހެންނަމަވެސް، މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ގޮތް ކަނޑައަޅައި ދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާތީ، އެކަންކަމާމެދު ފެންނަގޮތް ތިރީގައި އެވަނީއެވެ. އިސްތިއުނާފު ކޮށްފައިވާ އަމުރު ނެރެފައިވަނީ، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށި މެޖިސްޓްރޭޓް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022 ގެ 150 ވަނަ މާއްދާއާ ޚިލާފަށްތޯ ބެލުން
20ޕްރިސިޑެންސް 2ބަޔާންވެދިޔަ މާއްދާއަށް ބަލާއިރު، މި މައްސަލއަ ގައިވާ ހާލަތުގައި، އެފަދަ އަމުރަކާމެދު ގޮތް ނިންމުމަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚުތިޔާރެކެވެ. އަދި މިފަދަ މައްސަލަތަކުގައި އެ އޚިތިޔާރަކީ ވަރަށް މަތިމަތިން ވަޒަންކޮށް، މައްސަލައިގެ މައުޟޫއަށް ނުފީނައި، ރައްކާތެރިކަމުގެ ފިޔަވަޅެއް އަވަހަށް އަޅަންޖެހޭތޯ ދެނެގަނެ ނިންމަންޖެހޭ ނިންމުމެކެވެ.
21މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން މިނުކުތާގައި ހުށަހަޅާފައިވާ މައިގަނޑު އެއް ބަހުސަކީ، އަމުރަށް އެދުނު ފޯމު ދަޢު ވާލިބޭ ފަރާތާ ހިއްސާކޮށް، އަޑުއެހުމެއް ތާވަލުކޮށް އެކަން ދަޢު ވާލިބޭ ފަރާތަށް އެންގުމުން، ޣައިރު ހާޒިރުގައި އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް ނެތްކަމުގެ މައްޗަށް ފަނޑިޔާރަށް ބުރަވެވިފައިވާކަން ދަލާލާތުކޮށްދޭ ކަމުގައެވެ.
22އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ ގޮތަށް އަހުރެންނަށް އެކަމުގައި ނުވިސްނެއެވެ. އަމުރަކަށް އެދި ހުށަހެޅުމުން، ދަޢުވާލިބޭ ފަރާތުގެ ބަހެއް ހޯދުމަކީ ޢާންމު އުސޫލަކުން ކުރާ ކަމަކަށްވެފައި، އެކަމާގުޅޭ ލިޔުންތައް ހިއްސާކޮށް އަޑުއެހުމަކަށް ތާވަލުކުރާ ފަހުންވެސް، އެކަމުގައި އަވަސް ގޮތެއްގައި އަދި ދަޢު ވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި އަމުރު ނެރުމާމެދު ގޮތް ނިންމަން ޖެހިދާނެއެވެ. އަދި މިމައްސަލައަށް ބަލާއިރު ދަޢު ވާލިބޭ ފަރާތަށް އަމުރާ ގުޅޭ ލިޔުންތައް ހިއްސާކޮށް މައްސަލައިގެ އަޑުއެހުމަކަށް ތާވަލުކޮށް އެންގުމުން، ޖަވާބުދާރީ ވުމަށާއި، ވަކީލަކު ހަމަޖެއްސުމުގެ ގޮތުން އިތުރު ފުރުސަތެއް ދިނުމަށް އެދިފައިވާކަމަށް އިސްތިއުނާފު ކުރެވިފައިވާ އަމުރުގެ 7 ވަނަ ނުކުތާގައި ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އަމުރަށް އެދުނުފަރާތުނ އަމުރަކަށް އެދެމުން ފާހަގަކޮށްފައިވާ ކަންކަމަށް އެކަމުގައި ރިޢާޔަތްކޮށްފައިވާކަން އަމުރުގެ 8 ވަނަ ނުކުތާއިން ދެނެގަނެވޭއިރު، ކުރިން ބަޔާންކުރެވުނު ފަދައިން، ޣައިރު ހާޒިރުގައި އެފަދަ އަމުރުތަކާމެދު ގޮތްނިންމުމަކީ އެފަދަ އަވަސް ފިޔަވަޅެއް އަޅަންޖެހޭތޯ ދެނެގަނެވިއްޖެނަމަ އެ ފަނޑިޔާރަކަށް އޮތް އިޚުތިޔާރެކެވެ.
23ޕްރިސިޑެންސް 3އެހެންކަމުން މި ހާލަތުގައި، ފަނޑިޔާރަށް ލިބިގެންވާ އެ އިޚުތިޔާރުގެ ބޭނުން ހިފާފައިވާގޮތް ޤާނޫނީ ގޮތުން ގޯސްކަން ދައްކުވައިދޭ ނުކުތާތަކެއް އިސްތިއުނާފު ކުރާ ފަރާތުން ދައްކުވައިދޭންޖެހޭނެއެވެ. އަދި ފަނޑިޔާރު ބޭނުންކުރި އިޚުތިޔާރުގެ ތެރެއަށް އިސްތިއުނާފީ މަރުހަލާއިން ވަންނަންޖެހޭ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތުން ދައްކުވައިދޭން ޖެހޭނެކަމުގައި އަހުރެން ދެކެމެވެ. މިފަދަ ހާލަތްތަކުގައި ފަނޑިޔާރު ބޭނުންކުރި އޚިތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުތަކުން ވަނުމަކީ، އިސްތިސްނާ ހާލަތެއްގައި މެނުވީ ކުރެވޭނެކަމެއްކަމުގައި އަހުރެން ނުދެކެމެވެ. އެހެންކަމުން ފަނޑިޔާރުގެ އިޚުތިޔާރު ބޭނުންކުރި ގޮތް ޤާނޫނީ ގޮތުން ގޯސްކަމުގެ މައްޗަށް ބަހުސެއް މިނުކުތާގައި ހުށަހެޅިފައި ނެތުމުން، މިއީ މިކޯޓުން މި ނުކުތާގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއްކަމުގައި އަހުރެން ނުދެކެމެވެ. އިސްތިއުނާފު ކޮށްފައިވާ އަމުރު ނެރެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ A/100-C2020/S ޤަޟއްޔާގި 26 އިން 33 އަށް ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށްތޯ ބެލުން
24އިސްތިއުނާފު ކުރެވިފައިވާ ނިންމުމަށް ބަލާއިރު، އަމުރު ނެރުމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވަނީ ކީއްވެކަން، އެ ނިންމުމުގެ 12 ވަނަ ނުކުތާއިން ފެށިގެން 18 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމުން ދެނެގަނެވެއެވެ.
25އެގޮތުން 12 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ މަގު ހެދުމުގެ މަސައްކަތާމެދު ކަންބޮޑުވުން ފާހަގަކޮށް، އިސްތިއުނާފު ކުރާ ފަރާތަށާއި، އީޕީއޭއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސިޓީ ފޮނުވާފައިވާކަން އެނގެން އޮންނަކަމަށާއި، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކށޮ ދެމެހެއްޓުމާބެހޭ ގަވާއިދުގައި، ރަށުގެ ހޭޅީގައ އެންމި ގޮނޑުދޮށަށް ހެދިފައިވާ ރއު/ގަހުން ފެށިގެން 20 (ވިހި) މީޓަރުގައި ހެދިފައިވާ ހުންނަ ރުއްގަސް (ކޯސްޓަލް ވެޖިޓޭޝަން ބެލްޓގައު ހިމެނި ރއު ގަސް) ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމަކީ މަނާކަމެއްކަމުގައި ބަޔާންކޮށްފައިވާއިރު، އެއީ މަނާކަމެއްކަމާއި އެފަދަ ހުއްދައެއް ދީފައިނުވާނެކަމަށްވެސް އީޕީއޭއިން މެއިލްއަކުނ އަންގާފައިވާކަން އެނގެން އޮތުމާއި، ހެކިންގެ ހެކިބަހަށް ބަލާއިރު، ރަށުގެ ބައެއް ގޯތިތަކާއި އެ ސަރަހައްދާއި ދެމެދު 20 މީޓަރު ނެތްކަން އެނގެން އޮތުމާއި، ބަޔާންވެދިޔަ ކަންކަމަކީ މައުޟޫއީ ދަޢު ވާއެއް ހުށަހެޅުމަށް ގަސްތުކުރާއިރު އެ ދޢުވަ ބިނާވާ ސަބަބުތައްކަން އެނގެން އޮތުމުގެ މައްޗަށް ރިޢޔަތްކޮށްފައިވާކަން އެ އަމުރުން އެނގެއެވެ.
26ޕްރިސިޑެންސް 4އެހެންކަމުން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، ނެކްޒްބިޒް މައްސަލައިގައި ކަނޑައަޅާފައިވާ ޝަރުޠތަކު ކޮބައިކަން ބަޔާންކޮށް، އެ ޝަރުޠުތައް ވަކިވަކިން ފުރިހަމަވާގޮތް ބަޔާންކޮށްދީފައިނެތްނަމަވެސް، އަމުރު ނެރުމުގައި ރިޢޔަތްކުރެވުނާ ސަބަބުތައް ބަޔާންކޮށްފައިވާކަމުގައި ބުރަވެވެއެވެ. އަދި މިފަދަ ވަގުތީ އަމުރުތައް (މައުޟޢޫ މައްސަލައެއް ހުށަހެޅުމުގެ ކުރިން އެދޭ ވަގުތީ އަމުރުތައް) ގެ މައްސަލަތަކުގައި ނެކްޒްބިޒް މައްސަލައަށް ހުރިހާ ހާލަތެއްގައި ހަވާލާދީ، ވަގުތީ އަމުރު ނެރުމުގައި އެ އުސޫލު ތަތުބީގުކުރަންޖެހޭނެކަމުގެ މައްޗަށް އިސްތިއުނާފު ކުރާ ފަރާތުން ބަހުސެއް ހުށަހަޅާފައެއް ނުވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން މިފަދަ އަމުރުތައް ނެރޭއިރު، ބަލަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ދެކަމަކަށެވެ. އެއީ، އެ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމުގައިވުމާއި، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ ޤާނޫނު ނަންބަރު 2021/32 އިންސާފު ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށްވުމެވެ. އެފަދަ ޤާނޫނީ އުޞޫލުތައް ތަޠުބީޤުކޮށް، ގާނޫނުގައި ބަޔާންވެފައިވާ ކަންކަން ވަގުތީ އަމުރު ނެރުމަށް ފުރިހަމަ ވެއްޖެކަމުގައި ފަނޑިޔާރަށް ބުރަވެވިއްޖެނަމަ އަމުރެއް ނެރުމަށް ނިންމިދާނެއެވެ. އެހެންކަމުން މި ނުކުތާގައި ފަނޑިޔާރު ޤާނޫނީގޮތުން ހަދާފައިވާ ގޯހެއް އޮތްކަމުގައި ބުރަނުވެވެއެވެ. އިސްތިއުނާފު ކޮށްފައިވާ އަމުރަށް އެދުނުއިރު ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ބަޔާންތަކުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 328 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވެފައި ނުވަނީސް، އެ ބަޔާންތަކަށް ރިޢާޔަތްކޮށްފައިވަނީ ފަނޑިޔާރުންގެ ޤނޫނުގާ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްތޯ ބެލުން
27ޕްރިސިޑެންސް 5މި މައްސަލައަށް ބަލާއިރު، މިއީ މައުޟޢޫ މައްސަލައެއް ހުށަހެޅުމުގެ ކުރިން، އެއް ޚަސްމުގެ ޣައިރް ހާޒިރުގައި އަވަސް އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމުން ނެރެފައިވާ އަމުރެކެވެ. އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، ވަކި ކަމަކަށް ވަކި ފޯމެއް ކަނޑައެޅިފައިވާއިރު، އެ ފޯމުގައި ފުރަންޖެހޭކަމަށ ބަޔާންކޮށްފައިވް އެންމެހާ މައުލޫމާތު އެ ފޯމުގައި އެކަމަށް ކަނޑައެޅިފައިވާ ތަނުގައި ފުރާފައި އޮންނަންވާނެއެވެ.
28އެހެންނަމަވެސް، ފޯމެއް ފުރުމުގައި މައުލޫމާތެއް މަދުވުމަކީ، ނުވަތަ އެ މައުލޫމާތެއް ޖަހަންޖެހޭ ތަން ނޫން އެހެން ތަނެއްގައި މައުލޫމާތެއް ލިޔެވިފައިވުމަކީ އެކަމުން ކިހާވަރެއްގެ ނަތީޖާއެއް ނިކުމެދާނެ ކަމެއްތޯ ބަލަންޖެހެއެވެ. މި މައްސަލައަށް ބަލާއިރު، ހެކިންގެ ބަޔާން ހުށަހެޅި ފޯމުގައި، ދަޢވާކުރު ފަރާތުގެ މައުލޫމާތުގެ ލިޔަންއޮތް ތަނުގައި ލިޔެފައިވަނީ ހެކިވެރިޔާގެ މައުލޫމާތެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައި ނުވިނަމަވެސް، މައްސަލައިގެ ޤަޟިއްޔާ ނަންބަރެއްވެސް އެ ފޯމަކު ނެތެވެ. އަދި ހެކިބަސްދެނީ ކޮން ޚަސްމެއްގެ ފަރާތުން ކަމެއްވެސް ބަޔާންކޮށްފައި ނެތެވެ.
29އެގޮތުން ބަޔާންވެދިޔަ ފޯމުގައި އެ މައުލޫމާތު މަދުވާން ދިމާވި ސަބަބެއްގެ ގޮތުގައި އަހުރެންނަށް ފާހަގަވަނީ، އެފަދަ މައުލޫމާތު ބަޔާންކުރާނެ ތަނެއް ނެތުމާއި، ޤަޟިއްޔާ ނަންބަރު ފަދަ މައުލޫމާތަކީ އަލަށް ކޯޓަށް މައްސަލައެއް ހުށަހަޅާއިރު ލިބިފައި އޮންނާނެ ނަންބަރަކަށް ނުވުމެވެ. އެގޮތުން ފޯމަށް ބަލާއިރު، އެ ފޯމުގައި އެންމެ ފުރަތަމަ ފުރަންޖެހެނީ މައްސަލައިގެ ޤަޟއްޔި ނަންބަރެވެ. އެއަށްފަހު ދެން އޮތީ، ދޢަ ވ ކުރާ ފަރާތުގާ މައުލޫމާތެވެ. ދެން އޮތީ ދަޢު ވ ލިބާ ފަރާތުގެ މައުލޫމާތެވެ. ހެކިވެރިޔާގެ އެފަދަ މައުލޫމާތު ބަޔާންކުރާނެ ގޮޅިއެއް އެ ފޯމުގައި ނެތެވެ. ދެން ހުރި ބައިތަކަކީ، ހެކިބަސްދޭ ފަރާތުގެ ތޢަ ރަފާއި، ހެކިބަސްދޭ މައްސަލައިގެ ޚުލާސާއާއި، ހެކިބަހުގެ ތަފުސީލެވެ. ހެކިބަސް އަދާކުރަނީ ކޮން ޚަސްމެއްގެ ފަރާތުން ކަމަށް ވަކިން ބަޔާންކޮށް ފުރަންޖެހޭ ގޮޅިއެއް ނެތެވެ. ދެން ފާހަގަވާ ކަމަކީ، އެ ފޯމުގައި ފުރަންހުރި ހުރިހާ ބައިތަކެއްވެސް ފުރާފައިވާކަމެވެ. އެއްވެސް ބައެއް ދޫކޮށްލާފައި ނެތެވެ.
30ހަމައެހެންމެ ފޯމުގައިވާ މައުލޫމާތުތަކަށް ބަލާއިރު، ހެކިވެރިންގެ ބަޔާން ހުށަހަޅާފައިވަނީ، ހުށަހެޅިފައިވާ މައްސަލައާ ގުޅިގެންކަމާއި، ހެކިވެރިން ދައްކަން ބޭނުންވާ ވާހަކައަކީ ކޮބައިކަން އެ ފޯމުން ސާފުވެއެވެ. އަދި މިއީ ދަޢު ވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ވަގުތީ އަމުރެއް ނެރުމަށް އެދިފައިވާ މައްސަލައެއްކަމުން، މިއީ ކޮން ޚަސްމެއްގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނެއްކަންވެސް ސާފުވާކަމުގައި ދެކެމެވެ.
31ޕްރިސިޑެންސް 6މި ހާލަތުގައި ދެނެގެންނަންޖެހޭކަމަކީ، މިއީ މައުޟޢޫ މައްސަލައެއް ނޫނެވެ. މައުޟޫޢީ މައްސަލައެއް އެ ހާލަތުގައި އަދި ހުށަހެޅިފައިވެސް ނުވެއެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމުގައި އިޖުރާއީ ކަންކަމާއި، މައުޟޫޢީ މައްސަލައެއްގައި ފުރިހަމަވާންޖެހޭ ކަންކަން، އޭގެ އެންމެ ހަރުކަށި ގޮތުގައި ފުރިހަމަވެފައިވޭތޯ އަކުރުން އަކުރަށް ބެލުމުގެ ބަދަލުގައި، އެފަދަ މައްސަލައެއްގައި ވަޒަންކޮށް ބަލަންޖެހޭކަންކަން ހުށަހެޅިފައިހުރި ކަންކަމުން ފަނޑިޔާރަށް ދެނެގަނެވޭނަމަ އެމިންވަރުން ފުދެއެވެ.
32ބަޔާންވެދިޔަ ކަންކަމަށް ރިޢާ ޔަތްކޮށް، ދަށު ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ނުވަތަ ބާޠލުކުރަންޖެހި ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
33މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދު ކުރަމެވެ.
34މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރއުޔަށަ އަހުރެން ތާއީދު ކުރަމެވެ.
35މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 328 ވަނަ މާއްދާ
- މަދަނީ އިޖުރާއަތުގެ ގަވާއިދު 2022 ގެ 150 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ 2012/SC-A/21 (ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން)
- ސުޕްރީމް ކޯޓުގެ 2020/SC-A/100
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުﷲ ޖަމީލް މޫސާ، އިބްރާހީމް މާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް